ގާނޫނީ ރަދީފު
"މާސްޓަރ" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގައި ހަރާކާތްތެރިވާ އުޅަނދު ނުވަތަ ބޯޓުގައި ގާއިމްވެ ހުންނަ އެންމެ އިސްފަރާތަށެވެ.
"މާސްޓަރ" ކަމުގައި ބުނެފައި އެ ވަނީ، މަސްވެރިކަން ކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.
"މާސްޓަރ" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަން ކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ. މީގެ ތެރޭގައި އުޅަނދުގެ ކެޔޮޅު ނުވަތަ ސްކިޕަރ ހިމެނެއެވެ.
"މާސްޓަރ ރެކޯޑިންގ" ކަމަށް ބުނެފައި އެވަނީ، އޮންއެއަރ ރެކޯޑިންގ އަށެވެ.
"މާސްޓަރ ކޭސް" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތްތައް އިމްޕޯޓްކޮށް، ރީ-އެކްސްޕޯޓުކޮށް، ހޯލްސޭލްކޮށް، ޑިސްޓްރިބިއުޓްކޮށް ނުވަތަ ގަނޑުކޮށް އެއްތަނުން އަނެއްތަނަށް އުފުލުމުގައި، ދުންފަތުގެ ބާވަތްތައް ބަންދުކޮށްފައި ހުންނަ ފޮށި ނުވަތަ ބަސްތާ ނުވަތަ ގޯނި ނުވަތަ މިފަދަ އެހެނިހެން ތަކެއްޗަށެވެ.
"މާސްޓަރ ލޭބަލް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގެ ވަކި އުފެއްދުމެއް ބޭނުންކުރާނެ ގޮތާއި، އެއާމެދު ސަމާލުވުމަށް ދޭ އިރުށާދުތައް ހިމެނޭނެހެން ލޭބަލުގެ މިންގަނޑުތަކަށް ފެތޭގޮތަށް އެ ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ތަފުސީލީ މައުލޫމާތު ކަރުދާހަށެވެ.
"މާސްޓަރސް ޑިގްރީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކުގެ ލެވަލް 9 ގެ ޑިގްރީ ފެންވަރުގެ ސަނަދެއްކަމަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅާ ސަނަދަށެވެ.
"މި ނޫންވެސް މި ފަދަ ތަކެތި" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމަށްޓަކައި ޕްރިންޓް މީޑިއާ މެދުވެރިކޮށް މައުލޫމާތާއި ހަބަރު ފެތުރުމަށް އާންމުކުރެވޭ ލިޔުންތަކާއި، އިލެކްޓްރޯނިކް މީޑިއާގެ މެދުވެރިކޮށް ށާއިއުކުރާ ވެބްސައިޓާއި ޕޭޖާއި ބްލޮގްތައް ހިމެނޭ ގޮތުންނެވެ.
"މިށަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާއި، "ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961" އާ އެއްގޮތްވާ ގޮތުގެމަތިން ގާއިމުކުރާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށެވެ.
"މިނިވަން ކޮންޓްރެކްޓަރު" ކަމަށް ބުނެފައި އެވަނީީ، މަސައްކަތް ހަވާލުކުރާ ފަރާތެއްގެ މުވައްޒަފެއްކަމުގައި ނުވާ، ހަމައެކަނި ވަކި މަސައްކަތެއް ކުރުމަށް އެއްބަސްވުމެއްގެ ދަށުން މަސައްކަތުގެ ދާއިރާއާއި ތަފްސީލުތަކާއި އުޖޫރަ ކަނޑައެޅިގެން މަސައްކަތް ހަވާލުކުރާ ފަރާތަށްސީދާ ނުވަތަ ތިންވަނަ ފަރާތް މެދުވެރި ކޮށް ހިދުމަތެއް ނުވަތަ މަސައްކަތެއް ކޮށްދޭ ފަރާތަކަށެވެ.