ގާނޫނީ ރަދީފު
"ސެލެރީ ސައިކަލް" ކަމަށް ބުނެފައި އެވަނީ، މަހެއްގެ މުސާރަ ދިނުމުގެ ބޭނުމަށް އެ މަހެއްގެ ހާޒިރީ ބެލޭ މުއްދަތަށެވެ.
"ސެލްފް އެމްޕްލޯއިޑް" ނުވަތަ "އަމިއްލަ ވަޒީފާގައި އުޅޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގައިވާ ފަދައިން އެއްވެސް ފަރާތެއްގެ މުވައްޒަފަކު ކަމުގައި ނުވާނެހެން އަދި ވަޒީފާދޭ ފަރާތެއްގެ ބާރު ނުފޯރާނެހެން ނުވަތަ ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުން ކުރާކަމަކަށް ނުވާނޭ ގޮތަށް، މުދާ ވިއްކައިގެން ނުވަތަ ހިދުމަތެއް ދީގެން ނުވަތަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށެވެ.
"ސެލްފް ޑިވަލޮޕްމަންޓް" ކަމަށް ބުނެފައި އެވަނ، އަމިއްލަ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، މަސައްކަތުގެ ހޭލުންތެރިކަމާއި ގާބިލުކަމާއި ހުނަރު އިތުރުކޮށް ކުރިއެރުވުމަށް ކުރާ ކަންކަމަށެވެ.
"ސެލްފް-އިންކުއަރީ ރިޕޯޓް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކުން އެދުމުން، ސިސްޓަމުން ނަގާ އެ ފަރާތުގެ ޒާތީ މައުލޫމާތާއި ކްރެޑިޓްއާބެހޭ މައުލޫމާތު ހިމެނޭ ރިޕޯޓަކަށެވެ.
"ސެޓިފައިޑް ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ލައިސަންސް ދީފައިވާ ނުވަތަ ސަރުކާރުން ގަބޫލުކުރާ ލެބޯޓްރީއަކަށެވެ.
"ސެޓިފިކެޓު" ކަމަށް ބުނެފައި އެވަނީ، ސޮއިކުރާ ފަރާތާއި ސޮއިގެ ކްރިއޭށަން ޑޭޓާއާ ދެމެދު އޮންނަ ގުޅުން ކަށަވަރުކޮށްދ ޑޭޓާ މެސެޖެއް ނުވަތަ އެނޫން ރިކޯޑަކަށެވެ.
"ސެޓިފިކޭށަން މާރކް" ކަމަށް ބުނެފައި އެވަނީ، އެ މާރކް ނިސްބަތްކުރެވޭ މުދާ ނުވަތަ ހިދުމަތަކީ، އެ މުދަލެއްގެ އަސްލަށް ނުވަތަ އޭގައި އެކުލެވިގެންވާ މާއްދާތަކަށް ނުވަތަ އެ އެއްޗެއް ތައްޔާރުކުރެވޭ ގޮތަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދެވޭ ގޮތަށް ނުވަތަ މުދަލެއް ނުވަތަ ހިދުމަތެއްގެ ފެންވަރު ނުވަތަ އެކިއުރެސީ ނުވަތަ އެނޫންވެސް ހާއްސަ ސިފަތަކަށް ބިނާކޮށް، އެ މާރކްގެ ވެރިފަރާތުން ސެޓިފައިކޮށްފައިވާ މުދަލެއް ނުވަތަ ހިދުމަތެއްކަން ދައްކުވައިދޭ މާރކަކަށެވެ.
"ސެޓެލައިޓް ޓަރމިނަލް" ކަމުގައި ބުނެފައި އެވަނީ، ސެޓެލައިޓް މެދުވެރިކޮށް ދެކޮޅަށް މުއާސަަލާތު ކުރެވޭ އިކުއިޕްމަންޓަށެވެ. މީގެ ތެރޭގައި ސެޓެލައިޓް ފޯނު ވެސް ހިމެނެއެވެ.
(ފ) "ސެޓްފިކެޓް" ކަމަށް ބުނެފައިއެވަނީ، ރަޖިސްޓްރާރ ކަނޑައަޅާ މައުލޫމާތުތަކެއް ހިމަނައި، ވިޔަފާރި ރަޖިސްޓަރީ ވެއްޖެކަން ނުވަތަ ވިޔަފާރިއާ ގުޅޭގޮތުން އެއްވެސް ބަދަލެއް ގެނެސްފައިވާކަން އަންގައިދޭ ލިޔުމަކަށެވެ.
"ސެޓްފިކެޓް" ކަމަށް ބުނެފައިއެވަނީ، ރަޖިސްޓްރާރ ކަނޑައަޅާ މައުލޫމާތުތަކެއް ހިމަނައި، ވިޔަފާރި ރަޖިސްޓަރީ ވެއްޖެކަން ނުވަތަ ވިޔަފާރިއާ ގުޅޭގޮތުން އެއްވެސް ބަދަލެއް ގެނެސްފައިވާކަން އަންގައިދޭ ލިޔުމަކަށެވެ.
"ސެޓްފިކެޓް އޮފް ކޮމްޕްލަޔަންސް ފޯރ ސްޓްރަކްޗުރަލް ސްޓެބިލިޓީ" ކަމަށް ބުނެފައި އެވަނީ އިމާރާތެއްގެ "ސްޓްރަކްޗުރަލް ސްޓެބިލިޓީ" ލިބޭނެކަން ކަށަވަރުވާގޮތަށް ފަރުމާކޮށްފައިވާ އިމާރާތުގެ ކުރެހުމާ އެއްގޮތަށްކަން އިމާރާތްކޮށްފައިވަނީ ކަށަވަރުކުރުމަށްފަހު ބިލްޑިންގ އިންސްޕެކްޓަރ ދޫކުރާ ސެޓްފިކެޓަށެވެ.
"ސެޓްފިކެޓް އޮފް އޮރިޖިން" ކަމަށް ބުނެފައި އެވަނީ، ގައުމަކުން، "ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު" (ގާނޫނު ނަންބަރު 2022-13) ގެ ޖަދުވަލު 3 ގައި ހިމަނާފައިވާ ދިރޭއެއްޗެހި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް އެ ގައުމަކުން އެކްސްޕޯޓްކުރަން ބަލާއިރު އެ އެއްޗަކީ އެ ގައުމު ނޫން އެހެން ގައުމަކުން (ޖަދުވަލު 3 ގައި ނުހިމަނާ ގައުމަކުން) އައިސްފައިވާ އެއްޗެއްނަމަ އެ އެއްޗެއްގެ އަސްލު އައިސްފައިވާ ގައުމު ސާބިތުކޮށްދ ލިޔުމަށެވެ.