gaanoon_logo
-
ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާ

"ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާއިންނާއި، ގާނޫނުތަކާއިގަވާއިދުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދޭ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އެކިއެކި ޒިންމާތައް އޮންނަ އެންމެހައި ފަރާތްތަކާއި، އެ ޒިންމާތައް އެހެން ފަރާތަކާ ހަވާލުކުރެވޭ ހާލަތުގައި އެ ފަރާތްތަކަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފު

"ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ކުޑަކުއްޖަކު ބެލެހެއްޓުމާއި، ކުޑަކުއްޖަކަށް އެހީތެރިކަމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމާއި، އެ ކުދީންގެ ތައުލީމާއި ތަރުބިއްޔަތާއި ސުލޫކާއި އަހްލާގާއި، ޖިސްމާނީ ދުޅަހެޔޮކާމާއި ނަފްސާނީ ދުޅަހެޔޮކާމާ ގުޅުންހުރި އެއްވެސް ކަމެއް ކުރުމުގައި އަމަލީގޮތުން ސީދާ ހަރަކާތްތެރިވާ މުވައްޒަފުންނާއި، ކުޑަކުދިންގެ ހައްގަކާ ގުޅުންހުރި ކަމެއްގައި ގޮތް ކަނޑައެޅުމުގެ ބާރު ލިބިދީފައިވާ އެންމެހައި މުވައްޒަފުންނަށެވެ. އެއީ، އެކިއެކި މަގާމުތަކަށް އިންތިހާބުކުރެވޭ މީހުންނާއި، އައްޔަނުކުރެވޭ މަގާމުތަކުގައި ތިބޭ މީހުންނާއި، ވަގުތީ މުވައްޒަފުންނާއި، ކޮންސަލްޓަންޓުންނާއި، އިންޓަރނުންނާއި، ހިލޭސާބަހަށް މަސައްކަތްކުރާ މީހުން ހިމެނޭހެންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފު ހިންގާ އަމަލު

"ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފު ހިންގާ އަމަލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 115 ވަނަ މާއްދާގެ (ރ) ގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހުގީގު ކުރާ ކަންކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމު
"ކުޑަކުދިންގެ އަދުލުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ބޮޑެތިމީހުންގެ މައްޗަށް ހިންގާ ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިވެފައިވާ، ކުށުގެ ޖިނާއީ ޒިންމާއުފުލަންޖެހޭ އުމުރުފުރައިގެ ކުދިންނަށް އަމާޒުވާ، ހާއްސަ ގާނޫނާއި، ސިޔާސަތުތަކަކާއި، އުސޫލުތަކާއި އިޖުރާއަތްތަކާއި އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ، ކުޑަކުދިންނަށް ލިބިދޭންޖެހޭ ހާއްސަ ރައްކާތެރިކަމާއި އެހީތެރިކަން ލިއްބައިދޭ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަށް އިސްކަން ދޭ ނިޒާމެކެވެ.
ކުޑަކުދިންގެ މަރުކަޒު
"ކުޑަކުދިންގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 18/2019) ގެ 80 ވަނަ މާއްދާއާއި 82 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒުތަކަށެވެ.
ކުޑަކުދިންގެ މަރުކަޒު
"ކުޑަކުދިންގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 18/2019) ގެ 79 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށެވެ.
ކެނޑުން

"ކެނޑުން" ކަމަށް ބުނެފައި އެވަނީ، ރުކުގެ ނުވަތަ ގަހުގެ ބުޑު ބެހެއްޓުމަށްފަހު، ރުއް ނުވަތަ ގަސް ކަނޑައިލުމަށެވެ.

ކެނެބިހުން މުއާމަލާތުކުރުން
"ކެނެބިހުން މުއާމަލާތުކުރުން" ކަމަށް ބުނެފައިއެވަނީ، ކެނެބިސް ވިއްކުމާއި، ދިނުމާއި، ވިޔަފާރިކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުން ހިމެނޭގޮތުންނެވެ.
ކެނެބިސް
"ކެނެބިސް" ކަމަށް ބުނެފައިއެވަނީ، ކެނެބިސް އާއިލާގެ ގަސްގަހުގެ ތެރެއިން ގަހަކަށް ނުވަތަ އެއިން ގަހެއްގެ ބަޔަކަށް، އެއަށް ކޮންމެ ނަމެއް ކީނަމަވެހެވެ.
ކެނެބިސް ރެޒިން
"ކެނެބިސް ރެޒިން" ކަމަށް ބުނެފައިއެވަނީ، ޓެޓްރާހައިޑްރޯކެނެބިނޯލް އެއްވެސް ވަރަކަށް ހިމެނޭ މާއްދާއަށެވެ.
ކެނެބިސް ރެޒިން
"ކެނެބިސް ރެޒިން" ކަމަށް ބުނެފައިއެވަނީ، ޓެޓްރާހައިޑްރޯކެނެބިނޯލް އެއްވެސް ވަރަކަށް ހިމެނޭ މާއްދާއަށެވެ.
ކެނެބިސް މިކްސްޗަރ
"ކެނެބިސް މިކްސްޗަރ" ކަމަށް ބުނެފައިއެވަނީ، ޓެޓްރާހައިޑްރޯކެނެބިނޯލް އާއި ކެނެބިނޯލް އެއްވެސް މިންވަރަކަށް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ ތާސީރަށެވެ
ކެންޑިޑޭޓް
"ކެންޑިޑޭޓް" ކަމަށް ބުނެފައި އެވަނީ އިންތިހާބުގެ ގާނޫނު ނުވަތަ ގަވާއިދާ ބުނާގޮތުން އިންތިހާބަކަށް ކުރިމަތިލާފައިވާ މީހާއެވެ.
ކެރިއަރ (ދަނޑުވެރިކަމާއި ގުޅޭ)

"ކެރިއަރ" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގެ ފޮމިއުލޭށަން ތައްޔާރުކުރުމަށް ޕެސްޓިސައިޑުގެ ތާސީރު ހުންނަ މާއްދާއާ އެއްކުރާ ތާސީރު ނުހުންނަ ދިޔާ ނުވަތަ ހިކި ނުވަތަ ގޭސް މާއްދާއަށެވެ.

ކެރިއަރ (ޓެލިކޮމިއުނިކޭށަނާއި ގުޅޭ)

"ކެރިއަރ" ކަމަށް ބުނެފައި އެވަނީ، ކެރިއަރ ލައިސަންސެއް ލިބިފައިވާ ފަރާތަކަށެވެ.