ގާނޫނީ ރަދީފު
"ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއެއްގައި މިނިސްޓްރީގެ ފަރާތުން އިޖުތިމާއީ އެހީތެރިކަމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ގާއިމްކޮށްފައިވާ މިނިސްޓްރީގެ އިދާރާއަށެވެ.
"ފެމިލީ ޕްލޭނިންގ" ކަމަށް ބުނެފައި އެވަނީ، ދަރިން ހޯދުމުގައި އާއިލާ ރޭވުމަށާއި، ވިހެއުމުގެ ދޭތެރެދުރުކުރުމަށް ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރުމަށެވެ.
"ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، ކެމިކަލް އުފައްދާ ކާރުހާނާތަކާއި، އެތަކެތި ގެންގުޅެ ބަލަހައްޓާ ލެބޯޓަރީތަކާއި ގުދަންކުރާ ތަންތަނާއި އަދި މިކަންކަމުގެ އިދާރީ ރެކޯޑު ބަލަހައްޓާ ތަންތަނަށެވެ.
"ފެސިލިޓީ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކެމިކަލް ހަތިޔާރާއި މި ހަތިޔާރުތައް އުފައްދާ ފެސިލިޓީތަކާއި އަދި މުއާހަދާގެ ދަށުން ހުއްދަކުރެވިފައިވާ ހަރަކާތްތަކާ ގުޅިގެން ވަކި ފެސިލިޓީއަކަށް ނިސްބަތްކޮށް އޮން ސައިޓް ވެރިފިކޭށަން ހެދުމަށް އޯގަނައިޒޭށަނާއި މުއާހަދާގައި ސޮއިކޮށްފައިވާ އެހެނިހެން ގައުމުތަކާއެކު ހެދިފައިވާ އެއްބަސްވުމަށެވެ.
"ފެސިލިޓީ އެޖެންޓް" ކަމަށް ބުނެފައި އެވަނީ، ސުކޫކް ދޫކުރުމާބެހޭ ކަންކަމުގައި ހަރަކާތްތެރިވުމަށް، ސުކޫކް ދޫކުރާ ފަރާތުން އައްޔަންކުރާ ފަރާތަކަށެވެ. ސުކޫކް ދޫކުރުމެއްގައި އެއް ފެސިލިޓީ އެޖެންޓަށްވުރެ ގިނަ ފަރާތްތަކެއް ވެސް ސުކޫކް ދޫކުރާ ފަރާތަށް އައްޔަން ކުރެވިދާނެއެވެ.
"ފެޑަރޭށަން" ކަމަށް ބުނެފައި އެވަނީ، ޔޫނިއަންތަކުގެ ތެރެއިން 5 (ފަހެއް) ޔޫނިއަން ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން ގުޅިގެން އުފައްދާ ފެޑަރޭށަންތަކަށެވެ.
"ފެޑަރޭށަން ސެންޓަރ" ކަމަށް ބުނެފައި އެވަނީ، މަސައްކަތްތެރީންގެ ޔޫނިއަންތަކުންނާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަން އުފައްދާ ރަޖިސްޓަރީކޮށްފައިވާ ފެޑަރޭށަންތަކުގެ މައްޗަށް އެކުލެވޭ ސެންޓަރުތަކަށެވެ.
"ފޭރުން" ކަމަށް ބުނެފައި އެވަނީ އެހެން މީހެއްގެ މިލްކު އެއްޗެއް އެމީހާގެ ރުހުމާނުލައި ގަދަކަމުން އަތުލުމެވެ.
"ފޭސްތައް" ކަމަށް ބުނެފައި އެވަނީ، އެއްފަޅެއްގެ ތެރޭގައި އެއްރަށަށްވުރެ ގިނައިން އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ތަންތަނަށެވެ.
"ފޮށި" ނުވަތަ ފުޅި، ނުވަތަ ދަޅު ނުވަތަ ޕެކެޓް ކަމަށް ބުނެފައި އެވަނީ، ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރާ ކޮންމެ އެއްޗެއް ބަންދު ކުރުމަށް އަޅާފައި ހުންނަ ކޮންމެ އެއްޗަކަށެވެ.