ގާނޫނީ ރަދީފު
"މާލީއަހަރު" ކަމަށް ބުނެފައި އެވަނީ، 01 ޖަނަވަރީން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި، ނިމޭ ދުވަސް ހިމެނެއެވެ.
"މާލީއަހަރު" ކަމަށް ބުނެފައި އެވަނީ، ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި، ނިމޭ ދުވަސް ހިމެނެއެވެ.
"މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން ދަތިކުރުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތަށެވެ.
- އެކަށީގެންވާ ސަބަބެއްނެތި، ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާއަށް މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން އެނާއަށް ލިބުން ހައްގު އެއްޗެއް ނުވަތަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ އެއްޗެއް ނުދީ ހިފެހެއްޓުމަށެވެ. ގެއަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި، އެގެއެއްގައި ދިރިއުޅޭ ހާލަތުގައި އެގެއަކަށް ކުލިދައްކަންޖެހޭނަމަ، އެ ކުލިދެއްކުމަށް ބޭނުންވާ ފައިސާ ނުވަތަ ގެ ރަހުނުކޮށްފައިވާނަމަ ރަހުނު ހިފި ފަރާތަށް ދައްކަންޖެހޭ ފައިސާ ދެއްކުން ހިމެނޭގޮތުންނެވެ. ނުވަތަ؛
- ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާގެ މަސްލަހަތެއްއޮތް މުދަލެއް ނުވަތަ ގޭގައި ހުރި ސާމާނު ނުވަތަ އާލާތް، އެކަށީގެންވާ ސަބަބެއްނެތި، އުކާލުމަށް ނުވަތަ ނައްތާލުމަށެވެ.
"މާލީޒިންމާދާރުވެރިޔާ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި އެ ގާނޫނުގައިވާ ކަންކަން ހިންގުމަށްޓަކައި މިނިސްޓަރު ކަނޑައަޅާ މުވައްޒަފަކަށެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ އެހެނިހެން އޮފީސްތަކުގެ މާލީ އުސޫލުތައް ހިންގުމަށް މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2017) ގެ 2.04 (ހ) ގެ ނަމްބަރު 2 ގައި ބަޔާންކުރާ ގޮތުގެ މަތިން ދައުލަތުގެ އޮފީހަކުން ކަނޑައަޅާ މުވައްޒަފެކެވެ.
"މާލެ" ކަމަށް ބުނެފައި އެވަނީ މާފަންނު، މައްޗަންގޮޅި، ގަލޮޅު އަދި ހެންވޭރުގެ އިތުރުން މާލޭގެ އަވަށެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވިލިނގިލި އާއި ހުޅުމާލެ ވެސް ހިމެނޭގޮތަށެވެ.
"މާލޭ ރަށްވެހިންގެ ދަފުތަރު" ކަމުގައި ބުނެފައި އެވަނީ، މާލޭގެ ވަކި ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ނުހިމެނޭ ގޮތަށް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީކުރާ ދަފުތަރަށެވެ.
"މާލޭ ރަށްވެއްސެއް" ކަމަށް ބުނެފައި އެވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-30) އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުގެ ކުރިން ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކަށެވެ.
"މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް" ކަމަށް ބުނެފައި އެވަނީ، މާލޭގައި އާންމުކޮށް ދިރިއުޅުނު ނަމަވެސް މާލޭގައި ރަޖިސްޓަރީވެފައި ނެތް ކޮންމެ މީހަކަށެވެ.
"މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ މީހުންނެވެ. ނަމަވެސް، އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތެއް ކަމަށް ވެފައި، ސަރުކާރުން ހިންގައިފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައަޅައިފައިވާ ގަވާއިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓަރީގައި ޖެހުމަށްފަހު، މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި އެ މީހަކު ރަޖިސްޓަރީވެފައި ވާނަމަ، އެފަދަ މީހުން ބަލާނީ މާލޭގެ ރައްޔިތުންގެ ގޮތުގައެވެ.