ގާނޫނީ ރަދީފު
"ބޭބީ ނާސަރީއާއި ނާސަރީ" ކަމަށް ބުނެފައި އެވަނީ، ޕްރީސްކޫލު (އެލް.ކޭ.ޖީ. އާއި ޔޫ.ކޭ.ޖީ) ގެ ކުރިން ފުރިހަމަކުރާ ތައުލީމީ މަރުހަލާއަށެވެ.
"ބޭބީ ނާސަރީއާއި ނާސަރީ" ކަމަށް ބުނެފައި އެވަނީ، ޕްރީސްކޫލް (UKG ,LKG) ގެ ކުރިން ފުރިހަމަ ކުރާ ތައުލީމީ މަރުހަލާއަށެވެ.
"ބޭސް" ކަމަށް ބުނެފައި އެވަނީ، ޑޮކްޓަރ ބޭހާއި އޯލްޓަނޭޓިވް ބޭހަށެވެ. ޑޮކްޓަރ ބޭސް ކަމުގައި ބުނެފައި އެވަނީ، ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރ އުސޫލުން ބޭނުންކުރެވޭ ކޮންމެ ބޭހަކަށާއި، އޭގެ ބަލްކް ކެމިކަލަށެވެ. އޯލްޓަނޭޓިވް ބޭސްކަމުގައި ބުނެފައި އެވަނީ، އެ ޑިސިޕްލިނެއްގެ އުސޫލުތަކާ އެއްގޮތަށް ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ދެވޭ ކޮންމެ ބޭހަކަށެވެ.
"ބޭސް އިމްޕޯޓުކުރުން" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ބާވަތްތައް ރާއްޖޭގެ ބަނދަރަކަށް ގެނެސް،ކަނޑައަޅައިފައިވާ އިޖުރާތުތަކާ އެއްގޮތަށް އެ ބޭހެއް ރާއްޖޭގެ ބަނދަރަކަށް ބޭލުމަށެވެ.
"ބޭސް ވިއްކާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު ފާމަސީގައި ބޭސް ވިއްކުމަށް ތިބޭ ފަރާތްތަކަށެވެ.
"ބޭސް ވިއްކުން" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގައި ބޭސްކަމުގައި ބަޔާންކޮށްފައިވާ އެއްވެސް އެއްޗެއް ވިޔަފާރި އުސޫލުން ހޯލްސޭލްކުރުމާއި، ރީޓެއިލްކުރުމާއި، ބިލުކުރާގޮތަށް ނުވަތަ ފައިސާދ ގެން އެފަދަ ތަކެތި ބަލިމީހަކަށް ފޯރުކޮށްދިނުމާއި، މިނޫންވެސް ގޮތަކުން ބޭހުން ކުރެވޭ އެންމެހައި މުއާމަލާތުތަކަށެވެ.
"ބޭސް ދޫކޮށް ވިއްކާ ފަރާތް" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް" ގައި ބޭސް ދޫކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށް، "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އިން ބޭސް ދޫކުރުމުގެ ހުއްދަ (ފާމަސިސްޓް ކާޑު) ދޫކޮށްފައިވާ ފަރާތްތަކަށެވެ.
"ބޭސް ޑެލިވަރ ކުރުން" ކަމަށް ބުނެފައި އެވަނީ، ބޭސް ސިޓީ އަށް ބޭސް ނެގުމަށްފަހު ބަލިމީހާ ހުރި ތަނަކަށް ގެންގޮސްދީ، ބޭސް ބޭނުންކުރާނެ ގޮތް ކިޔައިދިނުމަށްފަހު ބަލިމީހާއާ ބޭސް ހަވާލުކުރުމަށެވެ.
"ބޭސްލައިން ޔުނިޓް ކޮސްޓް" ކަމަށް ބުނެފައި އެވަނީ، ޔުނިޓަކަށް ދާ ހަރަދުގެ ގޮތުގައި ކަނޑައަޅައިފައިވާ އަގަށެވެ.