ގާނޫނީ ރަދީފު
"ޕްރޮޑަކްޓް އެނަރލިސިސް ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، ބޭސް އުފެއްދުމަށްފަހު މާކެޓަށް ނެރުމުގެ ކުރިން ބޭހުގައި ހުންނަންޖެހޭ މިންގަނޑުތައް ފުރިހަމަވޭތޯ ބެލުމަށް ލެބޯޓަރ ގައި ކުރާ ތަހުލީލު ރިޕޯޓަށެވެ.
"ޕްރޮޖެކްޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ވަކި އުސޫލެއްގެ ތެރެއިން ރޭވިގެން ހިންގޭ މަސައްކަތަށެވެ.
"ޕްރޮޖެކްޓް މުދާ" ކަމަށް ބުނެފައި އެވަނީ، ހާއްސަ މުދަލެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ވަކި ހާއްސަގޮތްތަކަށް ކަނޑައަޅައިފައިވާ ބައެއްގެ ބެލުމުގެ ދަށުން ބަލަހައްޓަންޖެހޭ ގޮތަށް ކަނޑައަޅައިފައިވާ މުދަލަށެވެ.
"ޕްރޯސެސް ކުރުން" ކަމަށް ބުނެފައި އެވަނީ، މަހަށް ބަދަލެއް ގެނެސްގެން މަހުން އުފެއްދުމެއް އުފެއްދުމަށެވެ.
"ޕްލާންޓް އެންޓް އެނިމަލް ކަރަންޓީން ޔުނިޓް" ކަމުގައި ބުނެފައިއެވަނީ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ދަށުން، ގަސްގަހާ ގެއްސާއި ދިރޭ ޖަނަވާރު ކަރަންޓީނު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސަރުކާރުގެ އިދާރާއަށެވެ.
"ޕްލާސްޓިކް ކޮތަޅު" ކަމަށް ބުނެފައި އެވަނީ، މުދާ އުފުލުމަށް ބޭނުންކުރާ، ޕްލާސްޓިކުން (އޮކްސޯޑިގްރޭޑަބަލް އަދި ސިންތަޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކްވެސް ހިމެނޭގޮތަށް) ހަދާފައި ހުންނަ ކޮތަޅަށެވެ.
"ޕްލާސްޓިކް ކޮތަޅުގެ ފީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން މި ގާނޫނުގެ ދަށުން ނަގާ އަގަށެވެ.
"ޕްލޭނަރުން" ކަމަށް ބުނެފައި އެވަނީ، ޕްލޭންކުރުމާއި ޑިޒައިންކުރުން ހިމެނޭގޮތުން ސިޓީ ނުވަތަ ރަށްރަށުގައި ނުވަތަ އެނޫންވެސް ސަރަހައްދުތަކުގައި އެކިއެކި ބޭނުންތަކަށް ބިން ނުވަތަ ސަރަހައްދުތައް ޕްލޭންކުރުމާއި ފަރުމާކުރުމުގެ ފަންނީ މަސައްކަތްކުރުމަށް މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.