gaanoon_logo
-
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަޙައްދީ ކަނޑު އަދި ހާއްސަ އިގުތިސާދީ ކަނޑަށެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06  (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި، އާކިޕެލެޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގުތިސާދީ ކަނޑަށެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް
"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1996 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަހައްދީ ކަނޑު އަދި ހާއްސަ އިގްތިސާދީ ކަނޑަށެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރު

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ ރަށްރަށުގެ ބަނދަރާއި އެ ތަންތަނުގައި ދަތުރުކުރުމަށް ހުންނަ މަގުތަކާއި ފަޅާއި، ވިލާއި، ފަރާއި، ހާހަލާއި، ގިރި ހިމެނޭގޮތުން، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގުތިސާދީ ސަރަހައްދު ހިމެނޭގޮތަށް ވާ ކަނޑުގެ ސަރަހައްދުގައި ދުއްވުމަށް ހާއްސަކޮށްގެން ރަޖިސްޓަރީކޮށްފައިވާ ލޯކަަލް އުޅަނދުފަހަރެވެ.

ދިވެހިރާއްޖޭގެ ކަސްޓަމްސް ސަރަހައްދު
"ދިވެހިރާއްޖޭގެ ކަސްޓަމްސް ސަރަހައްދު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ކަސްޓަމްސް ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ކަސްޓަމްސް ޕްރޮސީޖަރުތައް ހިނގާ ކަސްޓަމްސް ސަރަހައްދުތަކަށެވެ. އޭގެތެރޭގައި ޒޯން ފިޔަވައި މުޅި ރާއްޖޭގެ ސަރަހައްދު ހިމެނިގެންވެއެވެ.
ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އާންމުކޮށް ދިވެހިން މަސްވެރިކަންކުރާ ހިސާބު
"ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އާންމުކޮށް ދިވެހިން މަސްވެރިކަންކުރާ ހިސާބު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުދުނީގެ ފުއްޓަރުން 75 މޭލު ފާހަގަކޮށް، އެސަރަހައްދުގެ ތެރޭގައިވާ ކަނޑާއި، ކަނޑުއަޑީގެ ބިން ހިމެނޭގޮތަށް، ތިރީގައި މިވާ ޕޮއިންޓްތައް ގުޅާލެވޭ ރޮނގުގެ އެތެރޭގައިވާ ސަރަހައްދަށެވެ.
ދިވެހިރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން
"ދިވެހިރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން" ކަމަށް ބުނެފައިއެވަނީ، ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ދިރިއުޅޭ ޕެންށަން އުމުރުގެ އެންމެހައި ދިވެހި ރައްޔިތުންނަށް އުމުރަށް ލިބިދޭންޖެހޭ ޕެންށަނެވެ.
ދިވެހިރާއްޖޭގެ ފަރާތެއް ނުވަތަ ފަރާތްތަކަށް

"ދިވެހިރާއްޖޭގެ ފަރާތެއް ނުވަތަ ފަރާތްތަކަށް" ކަމަށް ބުނެފައި އެވަނީ ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ، ކުންފުންޏެއްގެ ނުވަތަ ޕާރޓްނަރށިޕެއްގެ މެޖޯރިޓީ ހިއްސާ ދިވެހިރައްޔިތަކަށް ނުވަތަ ރައްޔިތުންނަށް ނިސްބަތްވާ ކުންފުނިތަކަށް ނުވަތަ ޕާރޓްނަށިޕްތަކަށެވެ.

ދިވެހިރާއްޖޭގެ ފަރާތެއް ނުވަތަ ފަރާތްތަކަށް

"ދިވެހިރާއްޖޭގެ ފަރާތެއް ނުވަތަ ފަރާތްތަކަށް" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، ކުންފުންޏެއްގެ ނުވަތަ ޕާޓްނަރށިޕެއްގެ މެޖޯރިޓީ ހިއްސާ ދިވެހި ރައްޔިތަކަށް ނުވަތަ ރައްޔިތުންނަށް ނިސްބަތްވާ ކުންފުނިތަކަށް ނުވަތަ ޕާރޓްނަށިޕްތަކަށެވެ.

ދިވެހިރާއްޖޭގެ ފައިނޭންށަލް އިންސްޓިޓިއުށަން

"ދިވެހިރާއްޖޭގެ ފައިނޭންށަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ (1) ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ އެއްވެސް ބްރާންޗެއް ނުހިމެނޭ ގޮތުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފައިނޭންށަލް އިންސްޓިޓިއުށަނަކަށް އާއި (2) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފައިނޭންށަލް އިންސްޓިޓިއުށަނެއްގެ ދިވެހިރާއްޖޭގައި ހުރި ކޮންމެ ބްރާންޗަކަށެވެ.

ދިވެހިރާއްޖޭގެ ގައުމީ އަރުށީފު
"ދިވެހިރާއްޖޭގެ ގައުމީ އަރުށީފު" ކަމަށް ބުނެފައި އެވަނީ، ގައުމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ދައުލަތުން ކަނޑައަޅާ މުއައްސަސާއަކަށެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު
"ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1/2008 (ސިފައިންގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ އަސްކަރީ ބާރަށެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މަރުކަޒުތައް

"ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މަރުކަޒުތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މަރުކަޒުތައް ކަމަށް ބަޔާންކޮށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިީޓއިން ކަނޑައަޅައި އިއުލާނުކުރާ ތަންތަނަށެވެ. 

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު
"ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުގެ ސަނަދުތައް ގިންތިކޮށް މިންގަނޑު ކަނޑައަޅައި އެކަށައަޅާފައިވާ އޮނިގަނޑެވެ. އެ އޮނިގަނޑަށް އިނގިރޭސި ބަހުން ކިޔާނީ "މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވަރކް" އެވެ.
ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު

"ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ހަރުފަތްތަކާއި، އެ ހަރުފަތްތަކުގެ ފެންވަރާއި، އެއިން ކޮންމެ ހަރުފަތަކަށް ވާސިލުވެވޭނެ ގޮތްތަކާއި، އެއިން ކޮންމެ ހަރުފަތެއްގައި ހާސިލުވާންޖެހޭ މިންވަރާއި، އެއިން ކޮންމެ ހަރުފަތެއް ފުރިހަމަކުރުމުން ލިބޭނޭ ސަނަދުތަކުގެ އޮނިގަނޑަށެވެ.