gaanoon_logo
-
ފޫޅުމާ ފޯމު
"ފޫޅުމާ ފޯމު" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ކުއްޖަކު އުފަންވުމުން އެކުއްޖަކަށް ފުރިހަމަކުރާ ފޯމަށެވެ
ފޫޅުމާ ފޯމު

"ފޫޅުމާ ފޯމު" ކަމަށް ބުނެފައި އެވަނީ ، ކުއްޖަކު އުފަންވުމުން، އެ ކުއްޖެއްގެ އުފަންވުމާ ގުޅިގެން ރިކޯޑުކުރަންޖެހ މައުލޫމާތު ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ ފޯމަށެވެ.

ފެށިއާ

"ފެށިއާ" ކަމަށް ބުނެފައިއެވަނީ، ފުރާޅުގެ ބަރު އުފުލުމަށް ނުވަތަ ހަރުކުރުމަށް ފުރާޅުގެ ދަށުގައިވާ ބައިތައް ފޮރުވުމަށްޓަކައި ފުރާޅުގެ އަރިމަތިތަކުގައި އަޅައިފައިވާ ފަތި ފިލާގަނޑަށެވެ.

ފެނުގެ ހިދުމަތް

"ފެނުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނ،ީ އާންމު ބޭނުންތަކަށާއ،ި ވިޔަފާރިތަކުގެ ބޭނުމަށާއ،ި ސިނާއީ ބޭނުންތަކަށް ފެން އުފައްދައި ފޯރުކޮށްދޭ ފެނުގެ ހިދުމަތަށެވެ.

ފެނުގެ ހިދުމަތް ދޭ ފެސިލިޓީ ނުވަތަ "ފެނުގެ ހިދުމަތްދޭ މަރުކަޒު"

"ފެނުގެ ހިދުމަތް ދޭ ފެސިލިޓީ" ނުވަތަ "ފެނުގެ ހިދުމަތްދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ފެނުގެ ހިދުމަތް ދިނުމަށް ޓަކައި ބޭނުންވާ ތާނގީތަކާއި، ފެން ޕްލާންޓްތަކާއި، މެށްިނަރީސްތަކާއި، ފެން ޕަންޕް ފަދަ އާލާތްތައް ގާއިމުކޮށްފައިވާ އިމާރާތް ނުވަތަ ކޮށްޓަށެވެ.

ފެނުގެ ހިދުމަތްދޭ މަރުކަޒު

"ފެނުގެ ހިދުމަތްދޭ މަރުކަޒު" ނުވަތަ "ފެނުގެ ހިދުމަތް ދޭ ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، ފެނުގެ ހިދުމަތް ދިނުމަށް ޓަކައި ބޭނުންވާ ތާނގީތަކާއި، ފެން ޕްލާންޓްތަކާއި، މެށްިނަރީސްތަކާއި، ފެން ޕަންޕް ފަދަ އާލާތްތައް ގާއިމުކޮށްފައިވާ އިމާރާތް ނުވަތަ ކޮށްޓަށެވެ.

ފެނުގެ ނިޒާމު

"ފެނުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ފެނުގެ ހިދުމަތް ދިނުމަށް ޓަކައި ގާއިމުކޮށްފައިވާ މީރުފެން އުފައްދާ ޕްލާންޓުތަކާއި، ފެން ރައްކައުކުރާ ތާނގީތަކާއި، މެށްިނަރީސްތަކާއި، ފެން ޕަންޕް ފަދަ އާލާތްތައް ހިމެނޭ ފެނުގެ ވިއުގަޔާއި، އެ ވިއުގައިގައި ހިމެނޭ އެންމެހައި ބައިތަކެއް ހިމެނޭގޮތަށެވެ.

ފެނުގެ ނިޒާމު

"ފެނުގެ ނިޒާމު" ކަމަށް ބުނެފައި އެވަނ،ީ ފެނުގެ ހިދުމަތް ދިނުމަށް ޓަކައި ގާއިމްކޮށްފައިވާ މީރުފެން އުފައްދާ ޕްލާންޓުތަކާއ،ި ފެން ރައްކައުކުރާ ތާނގީތަކާއ،ިމެށިނަރީސްތަކާއ،ި ފެން ޕަންޕްފަދަ އާލާތްތައް ހިމެނޭ ފެނުގެ ވިއުގަޔާއ،ި އެ ވިއުގައިގައި ހިމެނޭ އެންމެހައި ބައިތަކެއް ހިމެނޭގޮތަށެވެ.

ފެނުގެ ވަސީލަތްތައް
"ފެނުގެ ވަސީލަތްތައް" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ގޮތުން ދިވެހިރާއްޖޭގައި ހުރި ފެނުގެ ބާވަތްތަކަށެވެ.
ފެނުގެ ދިރުން

"ފެނުގެ ދިރުން" ކަމަށް ބުނެފައި އެވަނީ، ފެނުގެ މާހައުލުތަކުގައި ދިރިއުޅޭ ދިރުމުގެ ވައްތަރުތަކަށެވެ.

ފެން

"ފެން" ކަމަށް ބުނެފައި އެވަނީ، ލޮނުގެ އަސަރު އެއްވެސް މިންވަރަކަށް ނެތް ފެނަށާއި، އެކި މިންވަރަށް ލޮނުގެ އަސަރު ހުންނަ ފެނަށެވެ.

ފެން ބޭރުކުރުން ނުވަތަ "ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުން" ނުވަތަ "ބިމުން ފެން ބޭރުކުރުން"
"ފެން ބޭރުކުރުން" ނުވަތަ "ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުން" ނުވަތަ "ބިމުން ފެން ބޭރުކުރުން" ކަމަށް ބުނެފައި އެވަނީ، ޕަމްޕެއް ފަދަ ވަސީލަތެއް ބޭނުންކޮށްގެން އިމާރާތްކުރުމުގެ ބޭނުމަށް ނުވަތަ ސިނާއީ އެހެން ބޭނުމެއް ފުއްދުމަށްޓަކައި ބިމުން ފެން ނަގައިގެން، މޫދަށް ނުވަތަ އެހެން ތާކަށް އެ ފެން ބޭރުކުރުމަށެވެ.
ފެން އުފެއްދުން
"ފެން އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ލޮނުފެން، ވާރޭފެން ނުވަތަ ބިމުގެ އަޑިން ފެން ނަގައިގެން ޓެކްނޮލޮޖީގެ އެހީގައި، ބުއިމަށާއި، އާންމު ބޭނުންތަކަށް ފެން އުފެއްދުމަށެވެ.
ފެންފަށަލަ
"ފެންފަށަލަ" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުން ރަށުގެ ބިމުގެ އަޑީގައި އެފެދިފައިވާ މީރު ފެނުގެ ފަށަލައަށެވެ. ބިމުގެ ފެންފަށަލައިގެ ސަރަހައްދުގެ ގޮތުގައި ބަލާނީ، ބިމުގެ އަޑިން ފެން ހިލޭ ހިސާބުން ފެށިގެން، މޫދު ލޮނުގައި ލޮނުގެ މިންވަރު ނުވަތަ އިލެކްޓްރިކަލް ކޮންޑަކްޓިވިޓީ ހުންނަ މިންވަރަށް ވާސިލުވާ ހިސާބަށެވެ.
ފެންފަށަލަ

"ފެންފަށަލަ" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ގޮތުން ރަށުގެ ބިމުގެ އަޑީގައި އުފެދިފައިވާ ފެނަށެވެ. ބިމުގެ ފެންފަށަލައިގެ ސަރަހައްދުގެ ގޮތުގައި ބަލާނީ ބިމުގެ އަޑިން ފެން ހިލޭ ހިސާބުން ފެށިގެން، މޫދު ލޮނުގައި ލޮނުގެ މިންވަރު ނުވަތަ އިލެކްޓްރިކަލް ކޮންޑަކްޓިވިޓީ ހުންނަ މިންވަރަށް ވާސިލުވާ ހިސާބަށެވެ.