ގާނޫނީ ރަދީފު
"މަސްތުވާތަކެތި ސްމަގްލްކުރުން" ކަމަށް ބުނެފައި އެވަނީ، މަނާކުރެވިފައިވާ މަސްތުވާތަކެއްޗާ ގުޅޭގޮތުންނަމަ، އެއިން އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަށް ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ. ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗާ ގުޅޭގޮތުންނަމަ، ގާނޫނުގައިވާ ގޮތުގެމަތިން ކަމާބެހޭ ހުއްދައެއް ނެތި ނުވަތަ ހުއްދަކޮށްފައިވާ މިންވަރަށްވުރެ އިތުރަށް އެފަދަ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަށް ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ.
"މަސްތުވާތަކެތި ޓްރެފިކްކުރުން" ކަމަށް ބުނެފައި އެވަނީ،
- މަސްތުވާތަކެތީގެ ވިޔަފާރިކުރުން ކަމުގައި މި ގާނޫނުގައި ބަޔާންކުރާ އަމަލެއް، އިންތިޒާމުވެގެންވާ ސިފައެއްގައި ކުރުމަށް؛ ނުވަތަ
- އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް، އެއްވެސް ސިފައެއްގައި ކުރުމަށ.ް
- ވިޔަފާރިކުރުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުން؛ ނުވަތަ
- މަސްތުވާތަކެތި ހެއްދުން ނުވަތަ އުފެއްދުން؛ ނުވަތަ
- މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން؛ ނުވަތަ
- މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްގެ އަތުގައި، އޭނާގެ އާންމު ދިރިއުޅުމުގެ ހާލަތަށް ބަލާއިރު، އެ ހާލަތާ އަޅާކިޔޭ މިންވަރަށްވުރެ ގިނަ އަދަދެއްގެ، އަދި އެ ހޯދިގޮތް ބަޔާންކޮށްނުދެވޭ ފައިސާ ނުވަތަ މުދާ ހުރުން؛ ނުވަތަ
- މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު، މަސްތުވާތަކެތި ވިއްކުމަށްޓަކައި އެއް ރަށުން އަނެއް ރަށަށް މަސްތުވާތަކެތި އުފުލުން ނުވަތަ ފޮނުވުން ނުވަތަ ގެންދިޔުން ނުވަތަ އެއިން ކަމެއް ކުރުވުން ނުވަތަ އެނޫންވެސް ގޮތަކަށް ޑިސްޓްރިބިއުޓްކުރުން؛ ނުވަތަ
- މަސްތުވާތަކެތި ޓްރެފިކްކުރުން ކަމަށް ބެލެވޭ މިންވަރު ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ނުވަތަ އެއަށްވުރެ ގިނައިން މަސްތުވާތަކެތި އަތުގައި ހުރުން ނުވަތަ ގެންގުޅުން؛ ނުވަތަ
- ހިދުމަތެއްގެ ގޮތުގައި މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުން.
"މަސްތުވާތަކެތީގެ ވިޔަފާރިކުރުން" ކަމަށް ބުނެފައި އެވަނީ، ޓްރެފިކްކުރުން ކަމުގައި ނުވާ ގޮތުން މަސްތުވާތަކެތި ވިއްކުމާއި، ފޯރުކޮށްދިނުމާއި، ވިއްކުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، ރައްކާކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުންވެސް ހިމެނޭގޮތުންނެވެ.
"މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ޓްރެފިކްކުރުމަށް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް މަގުފަހިކުރުމަށްޓަކައި ނުވަތަ އެއިން ކަމަކަށް ބޭނުންކުރާނެކަން އެނގިހުރ،ެ ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، އެއްވެސް ވަސީލަތެއް މެދުވެރިކޮށް، ގަސްދުގައި، ފައިސާ ނުވަތަ މުދާ، އެކުގައި ނުވަތަ އޭގެ އެއްވެސް މިންވަރެއް، ފޯރުކޮށްދިނުން ނުވަތަ ހޯދުން، ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ.
"މަސްތުވުން" ކަމަށް ބުނެފައި އެވަނީ، ތިމާގެ ހަށިގަނޑަށް ވާސިލުކުރެވޭ އެއްޗެއްގެ ސަބަބުން ތިމާގެ އަމަލަކުން ނުކުމެދާނެ ނަތީޖާ ވިސްނައިގަތުމަށް ނުކުޅެދޭ މިންވަރަށް ތިމާގެ މާއްދީ ނުވަތަ ފިކުރީ ހިއްސުތަކަށް އުނިކަން އައުމަށެވެ.
"މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތް" ކަމުގައި ބުނެފައި އެވަނީ، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއްގައި ދިރިއުޅޭ ފަރާތް ނުވަތަ އެ ވަގުތަކު އެ ތަނަކާ ހަވާލުވެގެން ހުރި ފަރާތް ހިމެނޭ ގޮތުންނެވެ.
"މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ރައްދުވާ ފަރާތެއްގެ ނުވަތަ ސުވާލުކުރެވެމުންދާ ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ކަމަށް އޭނާ ކަނޑައަޅ،ާ އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ މީހަކަށެވެ.
"މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށަކާ ގުޅޭގޮތުން ސުވާލުކުރެވެމުންދާ މީހާ ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ކަމަށް އޭނާ ކަނޑައަޅ،ާ އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ މީހަކަށެވެ.
"މަސްލަހަތު ފުށުއެރުން ހާމަކުރުން" ކަމަށް ބަޔާންކޮށްފައި އެވަނީ، އަލަށް ފަނޑިޔާރުކަމަށް އައްޔަނުކުރާ ފަރާތާއި، އެހެން ފަރާތަކާ ދެމެދު ކޮށްފައިވާ މާލީ މުއާމަލާތެއްގެ ސަބަބުން، ފަނޑިޔާރުކަމަށް އައްޔަނުކުރާ ފަރާތާއި އެހެން ފަރާތަކާ ގުޅުމެއް އުފެދިފައިވާކަން ބުނެދިނުމަށެވެ.
"މަސްލަހަތުވެރިން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށްފައިވާ ނުވަތަ ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކުރުމަށް ކަނޑައަޅާ ތަނެއް އިޖުތިމާއީގޮތުންނާއި އިގުތިޞާދީގޮތުން ބޭނުންކުރާ އަދި ތާރީހީގޮތުން ބޭނުންކޮށްފައިވާ ފަރާތްތަކާއި، އެ ސަރަހައްދު ބޭނުންކުރާނެ ގޮތާ ގުޅިގެން ނިންމާ ނިންމުތަކުގެ ސަބަބުން އެ ބައެއްގެ މަސްލަހަތަށް އެއްވެސް އަސަރެއް ފޯރާފާނެ ފަރާތްތަކާއި، އެކަމާ ގުޅިގެން ނިންމާ ނިންމުތަކުގައި އެ ބައެއްގެ ލަފަޔާއި މަށްވަރާ ހޯދަންޖެހޭ ފަރާތްތައް.
(ޖ) "މަސްޓަރ ނެގުން" ކަމަށް ބުނެފައި އެވަނީ، މަރުކަޒުގައި ތިބި ކުދިންގެ އަދަދު ބަލައި ޗެކްކުރާ ޗެކްކުރުމަށެވެ.
"މަޖައްލާ" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތައް ހިމެނޭ ގޮތަށެވެ.
- ހަފުތާ މަޖައްލާ: ހަފުތާއަކު އެއްފަހަރު ނުވަތަ ދެފަހަރު ށާއިއުކުރާ މަޖައްލާ.
- މަހު މަޖައްލާ: މަހަކު އެއްފަހަރު ނުވަތަ ދެފަހަރު ށާއިއުކުރާ މަޖައްލާ.
- އަހަރީ މަޖައްލާ: އަހަރަކު ތިންފަހަރު ނުވަތަ ހަތަރުފަހަރު ނުވަތަ ހަފަހަރު ށާއިއުކުރާ މަޖައްލާ.
- އޮންލައިން މަޖައްލާ: އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ށާއިއުކުރާ މަޖައްލާ.
"މަޖައްލާ" ކަމަށް ބުނެފައި އެވަނީ މަޖައްލާއަކީ ހަބަރާއި، ރިޕޯޓާއި، ތަފާތު މައުޒޫއަށް، ތަފާތު މީހުން ލިޔެފައި ހުންނަ މަޒުމޫނާއި ވާހަކަ ފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ހިމެނޭ ގޮތަށް މައުލޫމާތު ދިނުމަށާއި، މުނިފޫހިފިލުވުމަށްޓަކައި ދުވާލަކު 1 (އެކެއް) ފަހަރު ނޫންގޮތަށް ޕްރިންޓް މީޑިއާ ނުވަތަ އިލެކްޓޯނިކް މީޑިއާ މެދުވެރިކޮށް ށާއިއު ކުރާ ތަކެއްޗެވެ. މަޖައްލާގެ ތެރޭގައި ހަފުތާ މަޖައްލާ، މަހު މަޖައްލާ އަދި އަހަރީ މަޖައްލާ ހިމެނެއެވެ.