ގާނޫނީ ރަދީފު
"ވެކްސިން ދޭ އުމުރު" ކަމުގައި ބުނެފައި އެވަނީ، ކުއްޖާ އުފަންވާ ދުވަހުން ފެށިގެން އުމުރުން 5 އަހަރު ފުރުމާ ދެމެދަށެވެ.
"ވެކްސިންތައް" ކަމުގައި ބުނެފައި އެވަނީ، ކުޑަކުދިންނަށް ކޮންމެހެން ދިނުމަށް ހެލްތު ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާފައިވާ ވެކްސިންތަކަށެވެ.
"ވެލިޑޭށަން" ކަމަށް ބުނެފައި އެވަނީ، ސަނަދުގެ ފެންވަރު ބެލުމަށްފަހު، އެ ސަނަދަކީ ވަކި ފެންވަރެއް ކަމަށް ކަނޑައަޅައި ނިންމާ ނިންމުމަށެވެ. އަދި އެކަމަށް ތައްގަނޑެއް ޖަހާނަމަ ނުވަތަ ރިޕޯޓެއް ދޫކުރާނަމަ އެކަމަށެވެ.
"ވެލުއޭށަން" ކަމަށް ބުނެފައި އެ ވަނީ، ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކުގެ ބޭނުމަށް މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބޭނުންކުރާ ވެލުއޭށަނަށެވެ.
"ވެލްބީންގ ލީވް" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި، ވަޒީފާއާއި އަމިއްލަ ދިރިއުޅުން ހަމަހަމަކޮށް ބެހެއްޓުމަށް މަގުފަހިކުރުމުގެ ގޮތުން، އަހަރަކު ކަނޑައެޅޭ ވަކި މުއްދަތަކަށް، މުސާރަ ލިބޭގޮތަށް ދެވޭ ހާއްސަ ޗުއްޓީއަށެވެ.
”ވެޓް ސެލްސް“ ކަމުގައި ބުނެފައި އެވަނީ، އެސިޑް އަޅައި ތައްޔާރުކޮށްފައި ހުންނަ ބެޓްރީއަށެވެ.
"ވޮރަންޓީ" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ތައްޔާރުކޮށްފައިވަނީ ވަކި ފެންވަރެއްގައިކަމަށް ބުނެ އެ އެއްޗެއް އުފެއްދި ފަރާތުން ދޭ ޔަގީންކަމަށެވެ.