ގާނޫނީ ރަދީފު
"އާންމު ސިއްހަތު" ކަމުގައި ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބަލިތަކާއި ގައިންގަޔަށް ނާރާ ބަލިތައް ދެނެގަތުމާއި، އެ ބަލިތަކުން ރައްކައުތެރިވުމާއި، އެ ބަލިތަކުނ އަރައިގަތުމަށް ކުރެވޭ ސިއްހީ ފަރުވާއާއި ސިއްހީ ހޭލުންތެރިކަމާއި ސިއްހީ އާދަތަކަށް މަގުފަހިކުރާ އެންމެހައި ކަންކަން ހިމެނޭގޮތުން އޮންނަ ދުޅަހެޔޮކަމަށެވެ.
"އާންމު ސިޔާސަތު" ކަމަށް ބުނެފައި އެވަނ،ީ ކެންޑިޑޭޓަކު އޭނާގެ އާންމު ތަސައްވުރު ހާސިލުކުރުމުގެ ބޭނުމަށްޓަކައި އެ ތަސައްވުރުގައިވާ ކަންކަމާގުޅޭ ގޮތުން އާންމުކޮށްފައިވާ ކަންކަމަށެވެ.
"އާންމު ޒަރޫރީ ބޭނުން" ކަމަށް ބުނެފައި އެވަނީ، ދުވަހުން ދުވަ ަހށް ރައްޔިތުން ކުރަންޖެހޭ މަސައްކަތުގައި ވަގުތީގޮތުން ބިމެއްގައި ކޮންމެހެން އެއްޗެއް ބަހައްޓާލަންޖެހޭ ހާލަތުގައި އެ ބޭނުމަކަށެވެ.
"އާންމުންނަށް ހިއްސާ ވިއްކުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން، ރެގިއުލޭޓްކުރެވިގެން ހިންގާ މާރކެޓެއްގައި، އާންމުންނަށް ހުޅުވާލައިގެން ހިއްސާ، ބޮންޑ،ު ޑިބެންޗަރ ނުވަތަ އެނޫންވެސް އެހެން ބާވަތެއްގެ ސެކިއުރިޓީޒް ވިއްކުމަށެވެ.
"އާންމުކުރުން" ކަމަށް ބުނެފައި އެވަނީ، ށާއިއުކުރުމާއި، ރެކޯޑުކޮށްގެން ވިއްކުމާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ނުވަތަ ވެބްސްޓްރީމިންގ ހިދުމަތްތައް ހިމެނޭގޮތުން އެކި ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް ފެންނަގޮތަށް، ނުވަތަ ބެލޭގޮތަށް، ނުވަތަ އަޑު އިވޭގޮތަށް، ނުވަތަ ކިޔޭގޮތަށް ބެހެއްޓުމާއި، ދެއްކުމާއި ހުށަހެޅުމަށެވެ.