ގާނޫނީ ރަދީފު
"ހެކިބަސް" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާ، ށަރީއަތުގެ މަޖިލީހުގައި، ހުވާކޮށްގެންހުރެ، އަނގަބަހުން ނުވަތަ އިށާރާތުން ދޭ ބަޔާނަށެވެ.
"ހެކިބަސް ނެގުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ށަރީއަތުގައި ސުވާލުކުރެވޭ މަރުހަލާތަކުގައި ސުވާލުކުރެވޭ ކުރުމަށެވެ ނުވަތަ އެގޮތުން ކުރެވޭ ސުވާލަށެވެ
"ހެކިބަސް ދިނުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ށަރީއަތުގައި ސުވާލުކުރެވޭ މަރުހަލާތަކުގައި އެ ސުވާލުތަކަށް ދޭ ޖަވާބަށެވެ ނުވަތަ އެ ސުވާލުތަކަށް ޖަވާބުދެވޭގޮތަށް ހެކިބަސް ދޭ މީހާ ދޭ ބަޔާނަށެވެ.
"ހެކިބަސް ދޭ މީހާ" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދިނުމަށްޓަކައި ކޯޓަށް ހާޒިރުވެހުރި މީހާއާއި، ށަރީއަތުގައި ހެކިބަސް ދޭ މީހާއާއި، ށަރީއަތުގައި ހެކިބަސް ދީފައިވާ މީހާއާއި، ށަރީއަތުގައި ހެކިބަސް ދިނުމަށް ހާޒިރުވުމަށް އެންގޭ މީހާ ހިމެނޭގޮތުންނެވެ.
"ހެއްކާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ހެއްކާ ބެހޭ ކަންކަން ބަޔާންކުރާ ގާނޫނު ނުވަތަ ގާނޫނުތަކަށެވެ.
"ހެލްތު އިންފޮމޭށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަނެއްގައި ދޭ ހިދުމަތާބެހޭ ނުވަތަ ހިންގުމާބެހޭ ނުވަތަ ތަނާބެހޭ ނުވަތަ ބަލިމީހުންގެ މައުލޫމާތު، ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް އެއްކުރާ ނިޒާމަށެވެ. މި ނިޒާމުގައި، ސިއްހީ ހިދުމަތްދޭ ތަނަކުން މުޖުތަމައާއެކު ދޭ ކޮމިއުނިޓީ ހިދުމަތްތަކުގައި ނުވަތަ މޮބައިލް ހިދުމަތް ފަދަ ހިދުމަތްތަކުގައި ދޭ ނުވަތަ އެއްކުރާ ސިއްހީ މައުލޫމާތު ވެސް ހިމެނޭނެއެވެ.
"ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުން" ކަމަށް ބުނެފައި އެވަނީީ، ގާނޫނު ނަންބަރު 2024-02 (މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު) ގެ 47 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުންނަށެވެ.
"ހެލްތު އެންޑް ސޭފްޓީ އޮފިސަރ" ކަމަށް ބުނެފައި އެވަނީީ،މި ގާނޫނު ނަންބަރު 2024-02 (މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު) ގެ 29 މާއްދާގެ ދަށުން އައްޔަންކުރެވޭ ހެލްތު އެންޑް ސޭފްޓީ އޮފިސަރުންނަށެވެ.
"ހެލްތު އެމަރޖެންސީ އޮޕަރޭށަން ސެންޓަރު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާދިސާއާއި ހާލަތްތަކަށް އިޖާބަދީ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެން ގުޅިގެން މަސައްކަތްކުރުމަށާއި، މަސައްކަތްތައް ވިލަރެސްކުރުމަށް އިންތިޒާމުކުރެވިފައިވާ ތަނަށެވެ.
"ހެލްތު ޑިޓަރމިނަންޓްސް" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިއުޅޭ މާހަ އުލާއި، ސިއްހަތަށް އަސަރުކުރާގޮތަށް މުޖުތަމައުގައި ހުންނަ ކަންތައްތަކަށެވެ. މީގެ ތެރޭގައި، މީހެއްގެ ސިއްހީ ހާލަތަށް އަސަރުކުރާ އިޖުތިމާއީ ކަންތައްތަކާއި، އިގްތިސާދީ ކަންތައްތަކާއި، ތިމާވެށްޓާ ގުޅުންހުރި ކަންތައްތައް ހިމެނެއެވެ.
"ހެލްތު ޕްރޮމޯށަން" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި ސިއްހަތު ކުރިއެރުވުމަށް، ކަމާބެހޭ މައުލޫމާތު ދިނުމާއި، ސިއްހީ އާދަތަކަށް އަހުލުވެރިކުރުމަށް ފިޔަވަޅުތައް އެޅުމަށެވެ.
"ހެލްޕްލައިން" ކަމަށް ބުނެފައިއެވަނީ، އެ ނަންބަރަކާ ގުޅުމުން، ގެވެށި އަނިޔާގެ ޢަމަލުތަކާ ގުޅިގެން ރިޕޯޓު ހުށަހެޅުމަށާއި، ކަމާގުޅޭ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތްދޭ ފޯނުގެ ހިދުމަތަށެވެ.