ގާނޫނީ ރަދީފު
"ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ތަނަކާ ގުޅޭގޮތުންނަމަ، އެތަނެއްގެ ވެރިފަރާތަށެވެ. ކުއްޔަށްދީފައިވާ ތަނަކާ ގުޅޭގޮތުންނަމަ، އެތަން ކުއްޔަށް ހިފާފައިވާ ފަރާތަށެވެ. އެއްމެދު އިމާރާތެއްގެ ވަކި ޔުނިޓެއް ނުވަތަ ބައެއްނަމަ، އެ ޔުނިޓެއް ނުވަތަ ބައެއްގެ ވެރިފަރާތަށެވެ. އަދި އެއިން އެއްވެސް ފަރާތެއް އެއިން ތަނެއްގައި ނެތް ހާލަތެއްގައިނަމަ ނުވަތަ އެނޫން ހާލަތެއްގައިނަމަ، އެތަނެއްގައި ދިރިއުޅޭ ނުވަތަ އެތަނަކާ އެ ވަގުތަކު ހަވާލުވެހުރި ފަރާތްވެސް ހިމެނޭގޮތުންނެވެ.
"ވެރިފަރާތް" ކަމުގައި ބުނެފައި އެވަނީ، ވެރިފަރާތުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ ނުވަތަ ވެރިފަރާތުގެ ހައްގު ލިބިގެންވާކަމަށް ބުނާ ނުވަތަ އެ މީހެއްގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައި ވިޔަސް ވެރިފަރާތުގެ ބާރުތަކާއި ވާޖިބުތައް އަދާކުރުމުގެ އިލްތިޒާމްތައް ގަބޫލުކުރާ ފަރާތާއި، ވެރިފަރާތާއި އެހެން ފަރާތަކާ ގުޅިފައިވާ ފަރާތް ނުވަތަ ފަރާތްތައް ނުވަތަ ގާނޫނީ ށަހްސެއްގެ މެނޭޖަރަށް ނުވަތަ ޑިރެކްޓަ ރަށް ނުވަތަ ސެކްރެޓަރީއަށެވެ.
"ވެރިފިކޭށަން އެނެކްސް" ކަމަށް ބުނެފައި އެވަނީ، މުއާހަދާއާ އެކުގައި ހިމަނާފައިވާ ''އެނެކްސް އޮން އިމްޕްލިކޭށަންސް އެންޑް ވެރިފިކޭށަން'' އަށެވެ.
"ވެކްސިން ދޭ އުމުރު" ކަމުގައި ބުނެފައި އެވަނީ، ކުއްޖާ އުފަންވާ ދުވަހުން ފެށިގެން އުމުރުން 5 އަހަރު ފުރުމާ ދެމެދަށެވެ.
"ވެކްސިންތައް" ކަމުގައި ބުނެފައި އެވަނީ، ކުޑަކުދިންނަށް ކޮންމެހެން ދިނުމަށް ހެލްތު ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާފައިވާ ވެކްސިންތަކަށެވެ.
"ވެލިޑޭށަން" ކަމަށް ބުނެފައި އެވަނީ، ސަނަދުގެ ފެންވަރު ބެލުމަށްފަހު، އެ ސަނަދަކީ ވަކި ފެންވަރެއް ކަމަށް ކަނޑައަޅައި ނިންމާ ނިންމުމަށެވެ. އަދި އެކަމަށް ތައްގަނޑެއް ޖަހާނަމަ ނުވަތަ ރިޕޯޓެއް ދޫކުރާނަމަ އެކަމަށެވެ.
"ވެލުއޭށަން" ކަމަށް ބުނެފައި އެ ވަނީ، ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކުގެ ބޭނުމަށް މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބޭނުންކުރާ ވެލުއޭށަނަށެވެ.
”ވެޓް ސެލްސް“ ކަމުގައި ބުނެފައި އެވަނީ، އެސިޑް އަޅައި ތައްޔާރުކޮށްފައި ހުންނަ ބެޓްރީއަށެވެ.