ގާނޫނީ ރަދީފު
"ރީސައިކަލްކުރުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި ބޭނުންކޮށްގެން ތަކެތި ހެދުމަށް ނުވަތަ އުފެއްދުމަށެވެ.
"ރީސްޓްރަކްޗަރކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނީ އިޖުރާއަތެއްގެ ދަށުން ނުވަތަ ކްރެޑިޓަރުންނާ މަށްވަރާކޮށްގެން، ދަރަންޏެއްގެ ހަރަދުތަކަށް ނުވަތަ އެ ދަރަނި އަނބުރާ ދައްކަންޖެހޭ މުއްދަތަށް ނުވަތަ އެނޫންވެސް އެ ދަރަނީގެ އެހެން މާލީ އިލްތިޒާމުތަކާއި ށަރުތުތަކަށް ބަދަލު ގެނައުމަށެވެ.
"ރީޑިވެލޮޕްމަންޓް ޕީރިއަޑް" ގެ ގޮތުގައި ބުނެފައި އެވަނީ، ތަން ބަންދުކުރުމަށްފަހު ތަނެއްގެ ފެންވަރު މަތިކުރުމަށް މުޅި ތަން ނުވަތަ އެ ތަނުން ބައެއް ތަޅައިލައި މަރާމާތުކުރުމުގެ މުއްދަތަށެވެ.
"ރީޒަނަބްލް އެޖަސްޓްމަންޓް" ނުވަތަ "ސަބަބުވެރި ބަދަލުތައް" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ވަޒީފާއެއް އަދާކުރުމަށް ޓަކައި އެ ވަޒީފާ އަދާކުރާ މާހައުލެއްގައި ނުވަތަ އެ އިދާރާއިން ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަންތައްތަކަށެވެ.
"ރީޕްރޮސެސް ކުރުން" ކަމަށް ބުނެފައި އެވަނީ، ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން އުފައްދައިފައިވާ މަހާއި މަހުގެ ބާވަތްތަކުން އިތުރު ބާވަތެއް އުފެއްދުމަށެވެ.
"ރުހުން އޮތުން" ކަމަށް ބުނެފައި އެވަނ،ީ ޓްރާންސްޕްލާންޓްކުރުމަށްޓަކައި ގުނަވަން ހަދިޔާކުރުމަށް އަދ/ިނުވަތަ ގުނަވަން ލިބިގަތުމަށް، ކަމާބެހޭ އެންމެހައި މައުލޫމާތު އެނގިހުރެ، އެއްވެސް މަޖުބޫރުކަމެއް ނެތި އަދި މާލީ އެއްވެސް މަންފާއެއް ލިބިގަތުމެއް ނުވަތަ ދިނުމެއް ނެތ،ި އަމިއްލަ އިހްތިޔާރުގައި އެއްބަސްވުމަށެވެ.
"ރުހުން ދިނުން" ނުވަތަ "ރުހުން އޮތުން" ކަމަށް ބުނެފައި އެވަނ،ީ ޓްރާންސްޕްލާންޓްކުރުމަށްޓަކައި ގުނަވަން ހަދިޔާކުރުމަށް އަދ/ިނުވަތަ ގުނަވަން ލިބިގަތުމަށް، ކަމާބެހޭ އެންމެހައި މައުލޫމާތު އެނގިހުރެ، އެއްވެސް މަޖުބޫރުކަމެއް ނެތި އަދި މާލީ އެއްވެސް މަންފާއެއް ލިބިގަތުމެއް ނުވަތަ ދިނުމެއް ނެތ،ި އަމިއްލަ އިހްތިޔާރުގައި އެއްބަސްވުމަށެވެ.
"ރުހުން ދެވޭ ހާލަތު" ކަމުގައި ބުނެފައި އެ ވަނީ، ބުއްދި ސަލާމަތުން ހުރި، އުމުރުން 18 (އަށާރަ) އަހަރު ވެފައިވާ އަދި ކުރެވޭ މުއާމަލާތްތައް ދޭހަވެ ފަހުމްވާ މީހަކު ސިިއްހީީ ހިދުމަތް ލިބިގަންނަ ހާލަތަށެވެ. އަދި ބަލިމީހާއަކީ އުމުރުން 15 (ފަނަރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ކުއްޖެއްނަމަ، އެ ކުއްޖާގެ ބެލެނިވެރިޔާގެ އިތުރުން، އެ ކުއްޖާގެ ރުހުން އެކަމަށް ހޯދޭ ހާލަތަށެވެ.
"ރުއްގަސް ކެނޑުން" ކަމަށް ބުނެފައިއެވަނީ ރުކެއް ނުވަތަ ގަހެއް (ލަކުޑީގެ ބޭނުމަށް ނުވަތަ ބިން ބޭނުންކުރުމަށް) ނައްތާލުމުގެ ގޮތުން ކަނޑާލުމަށެވެ.