gaanoon_logo
-
ހެކި

"ހެކި" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއެއްގައި، ވަކި ވާގިއާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމުގެގޮތުން، ހެކީގެ ގޮތުގައި ބަލައިގަނެވ ށަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކަށް ޖުމްލަކޮށް، އަދި، އެއިން ކޮންމެ ބާވަތެއްގެ ހެއްކަކަށާއި، އެއިން ކޮންމެ ބާވަތެއްގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވ ވަކިވަކި ކަންކަމަށާއި އެއްޗެއްސަށް، ވަކިވަކިންނެވެ.

ހެކި

"ހެކި" ކަމަށް ބުނެފައި އެވަނީ، ވަކި ވާގިއާއެއް ވުޖޫދުގައި ވާކަން ނުވަތަ ނުވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، މި ގާނޫނުގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ށަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކަށް ޖުމްލަކޮށް، އަދި، އެއިން ކޮންމެ ބާވަތެއްގެ ހެއްކަކަށާއި، އެއިން ކޮންމެ ބާވަތެއްގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ވަކިވަކި ކަންކަމަށާއި އެއްޗެއްސަށް، ވަކިވަކިންނެވެ.

ހެކި ހާމަކުރުން

"ހެކި ހާމަކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތަކުގައި ހެކި ހާމަކުރުމަށް މަދަނީ އިޖުރާއަތުގެ ގާނޫނު  (ގާނޫނު ނަންބަރު 2021-32) ގެ އަށާވީސްވަނަ ބާބު "ހެކި ހާމަކުރުން" ގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން، ހަސްމުން އެމައްޗަށް ބަރޯސާވާ ލިޔެކިޔުމާއި، އެފަރާތުން ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ ލިޔެކިޔުމާއި، އެހެން ހަސްމަކު ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރެއްކޮށްފާނެ ލިޔެކިޔުމާއި، އެހެން ހަސްމަކު ވަކާލާތުކުރާ ކަމަކަށް ބާރުލިބޭ ލިޔެކިޔުން ހިމެނޭ ގޮތުން، ހަސްމުންގެ މައްޗަށް އޮންނަ ހެކި ހާމަކުރުމުގެ ޒިންމާގެ ދަށުން އެ ހަސްމުން ހާމަކުރަންޖެހ ހެކި ހާމަކުރުމަށެވެ.

ހެކިބަސް

"ހެކިބަސް" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާ، ށަރީއަތުގެ މަޖިލީހުގައި، ހުވާކޮށްގެންހުރެ، އަނގަބަހުން ނުވަތަ އިށާރާތުން ދޭ ބަޔާނަށެވެ.

ހެކިބަސް ނެގުން

"ހެކިބަސް ނެގުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ށަރީއަތުގައި ސުވާލުކުރެވޭ މަރުހަލާތަކުގައި ސުވާލުކުރެވޭ ކުރުމަށެވެ ނުވަތަ އެގޮތުން ކުރެވޭ ސުވާލަށެވެ

ހެކިބަސް ދިނުން

"ހެކިބަސް ދިނުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ށަރީއަތުގައި ސުވާލުކުރެވޭ މަރުހަލާތަކުގައި އެ ސުވާލުތަކަށް ދޭ ޖަވާބަށެވެ ނުވަތަ އެ ސުވާލުތަކަށް ޖަވާބުދެވޭގޮތަށް ހެކިބަސް ދޭ މީހާ ދޭ ބަޔާނަށެވެ.

ހެކިބަސް ދޭ މީހާ

"ހެކިބަސް ދޭ މީހާ" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދިނުމަށްޓަކައި ކޯޓަށް ހާޒިރުވެހުރި މީހާއާއި، ށަރީއަތުގައި ހެކިބަސް ދޭ މީހާއާއި، ށަރީއަތުގައި ހެކިބަސް ދީފައިވާ މީހާއާއި، ށަރީއަތުގައި ހެކިބަސް ދިނުމަށް ހާޒިރުވުމަށް އެންގޭ މީހާ ހިމެނޭގޮތުންނެވެ.

ހެއްކާބެހޭ ގާނޫނު

"ހެއްކާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ހެއްކާ ބެހޭ ކަންކަން ބަޔާންކުރާ ގާނޫނު ނުވަތަ ގާނޫނުތަކަށެވެ.

ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެހި
ކަމެއްގެ ހަގީގަތާ ގުޅޭގޮތުން ށަރީއަތުގެ މަޖިލީހަކަށް ހުށަހެޅުން އެ މަޖިލިސް ހުއްދަކުރާ ނުވަތަ ށަރީއަތުގެ މަޖިލީހަކުން ހޯދާ ކޮންމެ ލިޔުމަކީވެސް ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެކެވެ. މިފަދަ ކޮންމެ ލިޔުމަކީ ކިތާބީ (ޑޮކިއުމެންޓަރީ) ހެއްކެވެ.
ހެލްތު އިންފޮމޭށަން ސިސްޓަމް

"ހެލްތު އިންފޮމޭށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަނެއްގައި ދޭ ހިދުމަތާބެހޭ ނުވަތަ ހިންގުމާބެހޭ ނުވަތަ ތަނާބެހޭ ނުވަތަ ބަލިމީހުންގެ މައުލޫމާތު، ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް އެއްކުރާ ނިޒާމަށެވެ. މި ނިޒާމުގައި، ސިއްހީ ހިދުމަތްދޭ ތަނަކުން މުޖުތަމައާއެކު ދޭ ކޮމިއުނިޓީ ހިދުމަތްތަކުގައި ނުވަތަ މޮބައިލް ހިދުމަތް ފަދަ ހިދުމަތްތަކުގައި ދޭ ނުވަތަ އެއްކުރާ ސިއްހީ މައުލޫމާތު ވެސް ހިމެނޭނެއެވެ.

ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުން

"ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުން" ކަމަށް ބުނެފައި އެވަނީީ، ގާނޫނު ނަންބަރު 2024-02 (މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު) ގެ 47 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުންނަށެވެ. 

ހެލްތު އެންޑް ސޭފްޓީ އޮފިސަރ

"ހެލްތު އެންޑް ސޭފްޓީ އޮފިސަރ" ކަމަށް ބުނެފައި އެވަނީީ،މި ގާނޫނު ނަންބަރު 2024-02 (މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު) ގެ 29 މާއްދާގެ ދަށުން އައްޔަންކުރެވޭ ހެލްތު އެންޑް ސޭފްޓީ އޮފިސަރުންނަށެވެ.

ހެލްތު ޑިޓަރމިނަންޓްސް

"ހެލްތު ޑިޓަރމިނަންޓްސް" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިއުޅޭ މާހަ އުލާއި، ސިއްހަތަށް އަސަރުކުރާގޮތަށް މުޖުތަމައުގައި ހުންނަ ކަންތައްތަކަށެވެ. މީގެ ތެރޭގައި، މީހެއްގެ ސިއްހީ ހާލަތަށް އަސަރުކުރާ އިޖުތިމާއީ ކަންތައްތަކާއި، އިގްތިސާދީ ކަންތައްތަކާއި، ތިމާވެށްޓާ ގުޅުންހުރި ކަންތައްތައް ހިމެނެއެވެ.

ހެލްތް އިންފޮމޭށަން ސިސްޓަމް
"ހެލްތް އިންފޮމޭށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަނެއްގައިދޭ ހިދުމަތާބެހޭ ނުވަތަ ހިންގުމާބެހޭ ނުވަތަ ތަނާބެހޭ ނުވަތަ ބަލިމީހުންގެ މައުލޫމާތު، ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް އެއްކުރެވޭ ނިޒާމަށެވެ. މި ނިޒާމުގައި ސިއްހީ ހިދުމަތްދޭ ތަނަކުން މުޖްތަމައުއާއެކުދޭ ކޮމިއުނިޓީ ހިދުމަތްތަކުގައި ނުވަތަ މޮބައިލް ހިދުމަތްފަދަ ހިދުމަތްތަކުގައި ދެވޭ ނުވަތަ އެއްކުރެވޭ ސިއްހީ މައުލޫމާތުވެސް ހިމެނޭނެއެވެ.
ހެލްޕްލައިން (ގެވެށިއަނިޔާއާއި ގުޅޭ)

"ހެލްޕްލައިން" ކަމަށް ބުނެފައިއެވަނީ، އެ ނަންބަރަކާ ގުޅުމުން، ގެވެށި އަނިޔާގެ ޢަމަލުތަކާ ގުޅިގެން ރިޕޯޓު ހުށަހެޅުމަށާއި، ކަމާގުޅޭ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތްދޭ ފޯނުގެ ހިދުމަތަށެވެ.