ގާނޫނީ ރަދީފު
"ޓްރެފިކްކުރާ މީހާ" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ޓްރެފިކްކުރުން ކަމުގައި މި ގާނޫނުގައި ބަޔާންކުރާ އަމަލެއް ކުރާ މީހާއަށެވެ.
"ޓްރެޒަރީ ލޯނު" ކަމަށް ބުނެފައި އެވަނީ، ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏަކާ ގުޅުމެއް ނެތި މި ގާނޫނުގައި ބަޔާންކޮށްފައިވާ ދަރަނީގެ އިންސްޓްރުމަންޓެއް މެދުވެރިކޮށް އެހެން ފަރާތަކަށް ދަރަންޏަށް ފައިސާ ދޫކުރުމަށެވެ.
"ޓްރޭޑް ޓެސްޓިންގ" ކަމަށް ބުނެފައި އެވަނީ، ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންނަށް ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯ ބަލައި، މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންނާއި، މިފަދަ ފަންނީ މަސައްކަތްކުރާ މީހުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމުގެ ގޮތުން ފަންނީ ހުނަރުވެރި ތަމްރީނު ދޭ ނިޒާމުގެ ތެރެއިން ދޭ ޓްރޭޑް ޓެސްޓިންގއަށެވެ.
"ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަންނަ ބާވަތުގެ މުދާ" ކަމަށް ބުނެފައި އެވަނީ، ކައުންޓަރފީޓް މުދަލަށް ނުވަތަ ކައުންޓަރފީޓް މާރކެއް ޖަހާފައިވާ ކޮންމެ މުދަލަކަށެވެ. އޭގެ ތެރޭގައި، ވިޔަފާރިއަކަށް ނުވާ ގޮތުން، އަމިއްލަ ބޭނުމަކަށް އެތެރެކުރެވޭ މުދަލެއް ނުހިމެނެއެވެ.
"ޓްރޭޑްމާރކް" ނުވަތަ "މާރކް" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތައް އަނެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ނިށާނަކަށެވެ. ވަކިން ހާއްސަކޮށް، އަމިއްލަ ނަން، ނުވަތަ އަކުރު، ނުވަތަ ނަންބަރު، ނުވަތަ ފިގަރެޓިވް އެލެމެންޓްތައް އަދި ކުލަތަކުގެ ތަފާތު އެތުރުންތަކުގެ އިތުރުން އެފަދަ ނިށާންތަކުގެ ތަފާތު އެތުރުންތަކަށެވެ.
"ޓްރޯމާ ކެއަރ" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑަށް އަނިޔާވުމުގެ ހާދިސާއެއް ދިމާވެގެން، އަނިޔާވާން ދިމާވި ހިސާބުން ފެށިގެން ސިއްހީ ހިދުމަތްދޭ ތަނަކަށް ދިއުމުގެ ތެރޭގައްޔާއި ސިއްހީ ހިދުމަތްދޭ ތަނުންދޭ އިމަރޖެންސީ ފަރުވާއާއި ލިބިފައިވާ އަނިޔާއާ ގުޅިގެން ލިބެންޖެހޭ ރިހެބިލިޓޭޓިވް ފަރުވާ ހިމެނޭގޮތުން އެ ފަރާތަކަށް ލިބެންޖެހޭ ފަރުވާއަށެވެ.