gaanoon_logo
-
ދިވެހި ޗެނަލް

"ދިވެހި ޗެނަލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ޗެނަލްތަކަށެވެ.

ދިވެހިން

"ދިވެހިން" ކަމަށް ބުނެފައި އެވަނީ، ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދިވެހި ރައްޔިތުން ކަމަށް ބުނެފައިވާ މާނައިގައެވެ.

ދިވެހިރައްޔިތުން
"ދިވެހިރައްޔިތުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދިވެހިރައްޔިތުން ކަމަށް ބުނެފައިވާ މާނައިގައެވެ.
ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު

"ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު" ކަމަށް ބުނެފައި އެވަނީ،ވަކި މީހަކީ ކާކުކަން އަންގައިދޭިނުމުގެ ގޮތުން މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ދޫކުރާ ހާއްސަ ނަންބަރަށެވެ.

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
"ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު" ކަމަށް ބުނެފައި އެވަނީ، ދިވެހި ސަރުކާރުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ދޫކުރާ، ކާކުކަން އަންގައިދޭ ލިޔުމަށެވެ.
ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު

"ދިވެހިރައްޔިތެއްކަން އަންގައިދޭޭ ކާޑު" ކަމަށް ބުނެފައި އެވަނީ، ވަކި މީހަކީ ދިވެހިރައްޔިތެއްކަން އަންގައިދޭިނުމަށްޓަކައި ދިވެހި ކޮންމެ ރައްޔިތަކަށް އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދ ކާޑު ހެއްދުމާބެހ ގާނޫނު (ގާނޫނު ނަންބަރު 2022-23) ގެ 21 ވަނަ މާއްދާގެ ދަށުން ދޫކުރެވ ކާކުކަން އަންގައިދޭޭ ކާޑު ނުވަތަ ލިޔުމަށެވެ.

ދިވެހިރާއްޖެ
"ދިވެހިރާއްޖެ" ކަމަށް ބުނެފައި އެވަނީ ދިވެހިސަރުކާރުގެ ބާރު ހިނގާ ބިމާއި، ކަނޑާއި، އެ ބިމާއި ކަނޑުގެ މައްޗަށްވާ ވައިގެ ސަރަހައްދާއި އަދި ބައިނަލްއަގްވާމީ މުއާހަދާތަކުގައާއި، ގާނޫނުގައި ބަޔާންވެގެންވާ އިގްތިސާދީ ސަރަހައްދާއި، ސަރަހައްދީ ކަނޑާއި، މީހުން އުޅޭ ރަށްރަށާއި މީހުން ނޫޅޭ ރަށްރަށެވެ.
ދިވެހިރާއްޖެއަށް ށެޑިއުލް ޕްލައިޓް އޮޕަރޭޓްކުރާ އެއަރލައިން
"ދިވެހިރާއްޖެއަށް ށެޑިއުލް ޕްލައިޓް އޮޕަރޭޓްކުރާ އެއަރލައިން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް ށެޑިއުލް ޕްލައިޓް އޮޕަރޭޓްކުރުމަށް މޯލްޑިވްސް ސިވިލް އެވިއޭށަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކޮށްފައިވާ އެއަރލައިންތަކަށެވެ.
ދިވެހިރާއްޖެއިން ލިބޭ އާމްދަނީ
"ދިވެހިރާއްޖެއިން ލިބޭ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ‏11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީއަށެވެ. އެއީ އެ އާމްދަނީ ލިބެނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ކަމުގައިވީ ނަމަވެސް ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ކަމުގައިވީ ނަމަވެސް މެއެވެ.
ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރުން

"ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރުން" ކަމަށް ބެލޭނީ، ކަސްޓަމްސަށް ނާންގައި، ނުވަތަ ކަސްޓަމްސުގެ ހުއްދަ ނުހޯދއި، ދިވެހިރާއްޖެއިން މުދާ ބޭރުކުރުމަށް، ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ މުދާ ބަހައްޓަން ކަސްޓަމްސުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި މުދާހުއްޓާ ކަސްޓަމްސަށް ނާންގައި، ނުވަތަ ކަސްޓަމްސުން ހުއްދަ ނުހޯދައި، އެސަރަހައްދުން ބޭރަށް ގެންދިއުމަށް ނުވަތަ ފޮނުވުމަށް، ނުވަތަ ދައްކަންޖެހެ ޑިއުޓީއެއް ނުދައްކައި، ރާޢްޖެއިން ބޭރަށް މުދާ ގެންދިއުމަށް ނުވަތަ ފޮނުވުމަށެވެ. 

ދިވެހިރާއްޖެއިން ސިއްރުން މުދާ އެތެރެކުރުން

"ދިވެހިރާއްޖެއިން ސިއްރުން މުދާ އެތެރެކުރުން" ކަމަަށް ބެލޭނީ، މުދަލެއް ދިވެހިރާއްޖެއަށް ގެނައުމާއެކު، މުދަލެއް ބޭލުމަށް ކަސްޓަމްސުން ކަނޑައަޅާ ސަރަހައްދުނޫން ތަނަކަށް އެމުދަލެއް ބޭލުމަށް، ނުވަތަ ދިވެހިރާއްޖެއަށް ގެންނަ މުދާ ބަހައްޓަން ކަސްޓަމްސަށް ނާންގައި، ނުވަތަ ކަސްޓަމްސުން ހުއްދަ ނުހޯދައި، އެ ސަރަހައްުން މުދާ ބޭރަށް ގެންދިުމަށް، ނުވަތަ ދައްކަންޖެހޭ ޑިއުޓީއެއް ނުދައްކައި ރާޢްޖެއަށް މުދާ އެތެރެކުރުމަށެވެ. 

ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ލޯ ފަރމެއް

"ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ލޯ ފަރމެއް" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 17/2020 (ލޯ ފަރމާއި ލީގަލް ޕްރެކްޓިސް ދަފުތަރު ކުރުމާބެހޭ ގަވާއިދު) ގެ ދަށުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ރަޖިސްޓަރީ ކޮށްފައިވާ ލޯ ފަރމްތަކަށެވެ.

ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި، ގަރާރުތައް
"ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި، ގަރާރުތައް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި، ދިވެހިރާއްޖެ ސޮއިކޮށްފައިވާ މުއާހަދާތަކާއި، ދިވެހިރާއްޖެއިން ގަބޫލުކޮށްފައިވާ މުއާހަދާތަކުގެ ތެރެއިން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި ދެމެހެއްޓުމަށާއި ކުރިއެރުވުމަށް ދިވެހިރާއްޖެއަށް ލާޒިމުކުރާ މުއާހަދާތަކަށާއި، އެފަދަ ގަރާރުތަކަށެވެ.
ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތް
"ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 79 ވަނަ މާއްދާގެ (ހތ) ގެ (1) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ށަރުތުތައް ފުރިހަމަވާ މީހުންނަށެވެ (1) ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ލިބިފައިވާ ބިދޭސީއަކަށްވުން؛ (2) އަދި ދިވެއްސަކާ އިނދެގެން އުޅޭ މީހަކަށްނުވުން.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތް
"ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 79 ވަނަ މާއްދާގެ (ހތ) ގައިވާ ފަރުދުންނާއި، ކުންފުނިތަކާއި، ޕާޓްނަރށިޕާއި ދައުލަތުގެ އޮފީސްތަކަށެވެ.