ގާނޫނީ ރަދީފު
"ފުރަތަމަ ޑިގްރީ" ކަމަށް ބުނެފައި އެ ވަނ،ީ މަދުވެގެން 360 (ތިންސަތޭކަ ފަސްދޮޅަސް) ކްރެޑިޓް ހަމަވ،ާ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ގެ ބެޗްލަރސް ޑިގްރީ ނުވަތަ ބެޗްލަރސް ޑިގްރީއާ އެއްވަރުގެ ސަނަދަކަށެވ.ެ އެއީ އެޑްވާންސްޑް ސްޓޭންޑިންގ ލިބިފައިވާނަމ،ަ އެފަދަ މޮޑިއުލެއްގެ ކްރެޑިޓާ ވެސް އެކުގައެވެ.
"ފުރުން މަނާކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކޮށްފިކަމަށް ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އަދި އޭނާ ފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ތަހްގީގީ މަރްހަލާގައި ގާނޫނު ތަންފީޒުކުރާ އިދާރާއިން އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގަނެފައިވާ މައްސަލައެއްނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދުމުން، ކޯޓަށް ލިބިދޭ އިހްތިޔާރުގެ ދަށުން ދިވެހިރާއްޖެއިން ބޭރަށް ފުރައިގެންދިއުން ހުއްޓުވުމަށް ކޯޓުން ނެރޭ އަމުރަށެވެ.
"ފުރޮޅުތަޅު" ކަމަށް ބުނެފައި އެވަނީ، އެ އުޅަނދެއްގެ ފުރޮޅުގައި އަޅުވާ ތަޅަށެވެ.
"ފުރޮޅުތައް" ކަމަށް ބުނެފައިއެވަނީ އެއުޅަނދެއްގެ ފުރޮޅުގައި އަޅުވާ ތަޅަށެވެ.
"ފުޅި" ނުވަތަ ދަޅު، ނުވަތަ ޕެކެޓް، ނުވަތަ ފޮށި ކަމަށް ބުނެފައި އެވަނީ، ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރާ ކޮންމެ އެއްޗެއް ބަންދު ކުރުމަށް އަޅާފައި ހުންނަ ކޮންމެ އެއްޗަކަށެވެ.
"ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން" ކަމަށް ބުނެފައި އެވަނ،ީ އަންނަނިވި ދެ ހާލަތުންކުރެ ހާލަތެއްގައިވާ މީހާ ހުރި ހާލަތަށް ނިސްބަތްކޮށެވެ.
- ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންއަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1052) ގެ 6 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން، ހައްޔަރުކުރުމަކަށް ނުވާގޮތަށް ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ގެނައުމަށްފަހު ނުވަތަ ހާޒިރުކުރުމަށްފަހު ހިނގާ 4 (ހަތަރެއް) ގަޑިއިރުގެ ވަގުތު.
- ފުލުހުންއަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1052) ގެ 8 ވަނަ ާބބުގައި ބަޔާންކޮށްފައިވާ ފަދައިން ހައްޔަރުކުރުމަށްފަހު ނުވަތަ މި ގަވާއިދުގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ބަންދުގައި ހުންނަ ވަގުތު އޭނާ ހުރި ހާލަތު.
''ފުލުހުންގެ އިންޓެލިޖެންސް އޮފިސަރ'' ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.
"ފުލުހުންގެ އޮފިސަރެއް" ކަމަށް ބުނެފައި އެވަނ،ީ ފުލުހުންގެ ޔުނީފޯމުއެޅި ހުރިހާ ރޭންކެއްގެ ފުލުހުންވެސް ހިމެނޭ ގޮތަށެވެ.
"ފުލުހުންގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ދިނުމަށް އުފައްދައިގެން ހިންގާ އަންނަނިވި ތަންތަނަށް ޖުމުލޮަކށެވެ.
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައި އިދާރާ.
- ރާއްޖެ އެކިއެކި ސަރަހައްދުތަކަށް ބަހައި، އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ފުލުހުންގެ ސަރަހައްދީ މަރުކަޒުތައް.
- އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އަތޮޅު ޕޮލިސް ސްޓޭށަންތައް.
- ރަށްރަށުގައި ގާއިމުކޮށްފައިވާ ރަށު ޕޮލިސް ސްޓޭށަންތައް.
- ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތައް.
- މާލޭގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭށަންތައް.
- މީގެ އިތުރުންވެސް ފުލުހުންގެ ހިދުމަތާގުޅޭ ވަކި ހާއްސަ ދާއިރާތަކުގެ މަސައްކަތަށް ހާއްސަކޮށްގެން އުފައްދައިގެން ހިންގާ މަރުކަޒުތައް.