ގާނޫނީ ރަދީފު
"އާންމު މަސްލަހަތު" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތުން، އާންމު މަސްލަހަތު ކުރިއެރުވުމުގެ މަގްސަދުގައި ކުރާ ކަންކަމަށެވެ.
- އިޖްތިމާއީ އަދި އިގްތިސާދީ ފައިދާ މުޅި މުޖުތަމައަށް ނުވަތަ މުޖުތަމައުގެ ބޮޑު ބަޔަކަށް ފޯރުކޮށްދިނުން؛
- ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީ ކުރިއެރުވުން؛ އަދި
- މާކެޓް ފެއިލިއަރގެ ސަބަބުން ކްރެޑިޓް މާކެޓްތަކުން ކްރެޑިޓްވަރތީ ފަރާތްތަކަށް ލޯނު ނެގެން ނުހުންނަ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވުން.
"އާންމު މަސްލަހަތު އޮތުން" ކަމަށް ބުނެފައި އެވަނީ، މުޖުތަމައުގެ ގިނަ އަދަދެއްގެ ބަޔަކަށް އެ މައުލޫމާތަކުން ހައްގުނޫން ގެއްލުމެއް ނުވަތަ އުނިކަމެއް ލިބިދާނެ މައުލޫމާތާއި، މުޖުތަމައުގެ ގިނަ އަދަދެއްގެ ބަޔަކު އެނގެން ބޭނުންވެދާނެ މައުލޫމާތާއި، ކަންބޮޑުވާ މައުލޫމާތާއި މުޖުތަމައުގެ ގިނަ ބަޔެއްގެ ތެރޭގައި އެކަން ހިނގަމުންދާ ގޮތާބެހޭ މައުލޫމާތު އެނގުމަކީ މުހިންމު ކަމެއް ކަމަށް ބަލާފާނެ މައުލޫމާތަށެވެ.
"އާންމު މުވައްޒަފުން" ނުވަތަ "މުވައްޒަފު" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ތެރެއިން، ފުލުހުންނާއި ޕޮލިސް ރެކްރޫޓުންނާއި ސްޕެށަލް ކޮންސްޓަބަލުން ނޫން އެހެން މުވައްޒަފުންނަށެވެ.
"އާންމު ފަރާތް" ކަމަށް ބަޔާންކޮށްފައި އެވަނީ، ލޯކަލް ކައުންސިލްތައް ނުހިމެނޭ ގޮތުގެ މަތީން، ތަބީއީ އަދި ގާނޫނީ ށަހްސު ހިމެނޭ ގޮތަށެވެ.
"އާންމު ތަނެއް" ކަމަށް ބުނެފައި އެވަނީ، އާންމުން ހިނގާބިނގާވާ ތަންތަނާއި، އެތަނަކަށް އާންމުން އައިސް އަދި އެނބުރި ގޮސްއުޅޭ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބެވޭގޮތަށް ނުވަތަ އެކި ބޭނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނާއި، ކަނޑައެޅިފައިވާ އަގެއް ދައްކައިގެން ނުވަތަ ދައުވަތެއްދީގެން ނުވަތަ އެނޫންވެސް ގޮތަކުން އާންމުންނަށް ވަދެވޭގޮތަށް ނުވަތަ ބައިވެރިވެވޭގޮތަށް ހުންނަ ތަންތަނާއި، ރޭޑިއޯ، ޓެލެވިޜަން ނުވަތަ އިންޓަރނެޓާއި ޓެކްނޮލޮޖީ މެދުވެރިކޮށް އާންމުކޮށް މައުލޫމާތު ފޯރުކޮށްދޭ ނުވަތަ އާންމުންނަށް ބައިވެރިވެވޭ ފޯރަމްތަކާއި، ހަބަރާއި މައުލޫމާތު އާންމުކުރާ އެހެނިހެން ވަސީލަތްތަކަށެވެ.