ގާނޫނީ ރަދީފު
(ވ) "ރީއެކްސްޕޯޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އިމްޕޯޓްކޮށްފައިވާ އެއްޗެއް، އޭގެ ޒާތަށް ބަދަލެއް ނުގެނެސް ދިވެހިރާއްޖެއިން ބޭރަށް ގަވާއިދާ އެއްގޮތަށް ގެންދިޔުމަށެވެ.
"ރީއެކްސްޕޯޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އިމްޕޯޓްކޮށްފައިވާ އެއްޗެއް، އޭގެ ޒާތަށް ބަދަލެއް ނުގެނެސް ދިވެހިރާއްޖެއިން ބޭރަށް، ގަވާއިދާ އެއްގޮތަށް ގެންދިޔުމަށެވެ.
"ރީއެކްސްޕޯޓް" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ގަވާއިދުން ދިވެހިރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ ތަކެތި، އެ ތަކެތީގެ ޒާތަށް ބަދަލެއް ނުގެނެސް ދިވެހިރާއްޖެއިން ބޭރަށް ގަވާއިދުން ގެންދިއުމަށެވެ.
"ރީއެސްޕޯޓް ކުރުން" ކަމަށް ބުނެފައި އެވަނީ، ގަވާއިދުން ދިވެހި ރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ ތަކެތި، އެތަކެތީގެ ޒާތަށް ބަދަލު ނުގެނެސް ދިވެހި ރާއްޖެއިން ބޭރަށް ގަވާއިދުން ގެންދިއުމެވެ.
"ރީފައިނޭންސްކުރުން" ކަމަށް ބުނެފައި އެވަނީ، ކުރިން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ދަރަނި ނެގުމަށެވެ.
”ރީފިލްކުރުން“ ކަމުގައި ބުނެފައި އެވަނީ، އަލިފާންނިވީގައި ބޭނުންކޮށްފައި ހުންނަ އަލިފާންނިއްވާ މާއްދާ ބަދަލުކުރުމާއި، ބައެއް ވައްތަރުގެ އަލިފާންނިވީގެ އެތެރޭގައި ޕްރެށަރ ގެނެސްދޭ ކާޓްރިޖް ފިލްކުރުމެވެ.
"ރީސައިކަލްކުރުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި ބޭނުންކޮށްގެން ތަކެތި ހެދުމަށް ނުވަތަ އުފެއްދުމަށެވެ.
"ރީސްޓްރަކްޗަރކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނީ އިޖުރާއަތެއްގެ ދަށުން ނުވަތަ ކްރެޑިޓަރުންނާ މަށްވަރާކޮށްގެން، ދަރަންޏެއްގެ ހަރަދުތަކަށް ނުވަތަ އެ ދަރަނި އަނބުރާ ދައްކަންޖެހޭ މުއްދަތަށް ނުވަތަ އެނޫންވެސް އެ ދަރަނީގެ އެހެން މާލީ އިލްތިޒާމުތަކާއި ށަރުތުތަކަށް ބަދަލު ގެނައުމަށެވެ.
"ރީޑިވެލޮޕްމަންޓް ޕީރިއަޑް" ގެ ގޮތުގައި ބުނެފައި އެވަނީ، ތަން ބަންދުކުރުމަށްފަހު ތަނެއްގެ ފެންވަރު މަތިކުރުމަށް މުޅި ތަން ނުވަތަ އެ ތަނުން ބައެއް ތަޅައިލައި މަރާމާތުކުރުމުގެ މުއްދަތަށެވެ.
"ރީޒަނަބްލް އެޖަސްޓްމަންޓް" ނުވަތަ "ސަބަބުވެރި ބަދަލުތައް" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ވަޒީފާއެއް އަދާކުރުމަށް ޓަކައި އެ ވަޒީފާ އަދާކުރާ މާހައުލެއްގައި ނުވަތަ އެ އިދާރާއިން ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަންތައްތަކަށެވެ.
"ރީޕްރޮސެސް ކުރުން" ކަމަށް ބުނެފައި އެވަނީ، ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން އުފައްދައިފައިވާ މަހާއި މަހުގެ ބާވަތްތަކުން އިތުރު ބާވަތެއް އުފެއްދުމަށެވެ.