ގާނޫނީ ރަދީފު
"ވިޔަފާރި ތަރައްގީ ކުރުމުގެ ހިދުމަތްދޭ މަރުކަޒު" ނުވަތަ "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި ފަށައިގަތުމާބެހޭ ތަމްރީނު ދިނުމާއި، ވިޔަފާރީގެ ޕްލޭނުތައް ތައްޔާރު ކުރުމާއި، މާލީ ކަންކަމާއި، މާކެޓް ކުރުމާ ގުޅޭ ހިދުމަތްތައް ހިމެނޭ ގޮތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ވިޔަފާރި ކުރިއެރުވުމާއި ތަރައްގީ ކުރުމާ ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ބީ.ސީ.ސީ. އިން ގާއިމުކުރާ މަރުކަޒުތަކަށެވެ.
"ވިޔަފާރި ގުޅުން" ކަމަށް ބުނެފައިއެވަނީ، ވަކި މުއްދަތަކަށް ގުޅުން ދެމެހެއްޓޭނެ ކަމަށް، ގުޅުން ޤާއިމުކުރެވޭއިރު ބެލެވޭ، ލައިސަންސް ލިބިފައިވާ ފަރާތަކާއި އެ ފަރާތެއްގެ ކަސްޓަމަރާ ދެމެދު އޮންނަ ވިޔަފާރި ނުވަތަ ފަންނީ ގުޅުމަށެވެ.
"ވިޔަފާރިކުރުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުން" ކަމަށް ބުނެފައި އެވަނީ، އެހެން ފަރާތަކަށް ފޯރުކޮށްދިނުމަށްޓަކައި ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން ކަމަށް މި ގާނޫނުގައި ބަޔާންކުރާ އަމަލެއް ހިންގުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުމަށެވެ.
"ވިޔަފާރީގެ މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، މުދަލެއް ގަތުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް ނުވަތަ މިނޫން ގޮތްގޮތުންވެސް މަންފާއެއް ލިބިގަތުމަށް ކުރެވޭ ކޮންމެ ކަމަކަށެވެ.