ގާނޫނީ ރަދީފު
"ރިޕޯޓުކުރަންޖެހޭ ބަލި" ކަމަށް ބުނެފައި އެވަނީ، އާންމު ސިއްޙަތު ރައްކައުތެރިކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްށަން އެޖެންސީއަށް ރިޕޯޓުކުރުމަށް ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައިފައިވާ ބަލިތަކަށެވެ.
(ނ) "ރިޕޯޓުކުރުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލެއް ހިނގައިފިކަމުގެ ތުހުމަތުކުރެވޭހިނދު، ނުވަތަ އެފަދަ އަމަލެއް ހިނގާފާނެކަމަށް ގަބޫލުކުރެވޭހިނދު، ނުވަތަ އެފަދަ އަމަލެއް ނުހިނގާނުދާނެކަމަށް ބެލެވޭހިނދު، އެކަން ފުލުހުންނަށް ނުވަތަ އޮތޯރިޓީއަށް މި ގާނޫނުގެ ދަށުން އަންގާ އެންގުމަށެވެ.
"ރިޕްލޭސްމަންޓް ވެލިއު" ކަމަށް ބުނެފައި އެވަނީ، އިމާރާތް ބާވެ ހަލާކުވުން ނުވަތަ ހާދިސާއެއްގެ ސަބަބުން އެފަދަ އިމާރާތެއް އަލުން ބިނާކުރުމަށް އެއިރެއްގައި ހިނގާނެކަމަށް ލަފާކުރާ ހަރަދަށެވެ.
"ރީ ބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އެހެން ބައެއްގެ ކޮންޓެންޓެއް، މި ގަވާއިދު ހުއްދަ ކުރެވިގެންވާގޮތް ފިޔަވައި، އެހެން އެއްވެސް އުނި އިތުރެއް ނުގެނެސް އަލުން ބްރޯޑްކާސްޓްކުރުމަށެވެ.
"ރީ ބްރޯޑްކާސްޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން އެ ހިދުމަތް ޑިޖިޓަލް ޓެރެސްޓީރިއަލް ބްރޯޑްކާސްޓިންގ ނުވަތަ މިހާރުވެސް ފޯރުކޮށްދޭ އެހެނިހެން ޓެކްނޮލޮޖީ (ކޮންވެންށަނަލް) ގެ ތެރެއިން އެ ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކަށެވެ.
"ރީ ޑިވެލޮޕްމަންޓް" ކަމަށް ބުނެފައި އެވަނީ، ތަން ބަންދުކުރުމަށްފަހު އެ ތަނެއްގެ ފެންވަރު މަތިކުރުމަށް ނުވަތަ އެ ތަނެއް އަލުން ތަރައްގީކުރުމަށް ނުވަތަ މަރާމާތުކުރުމަށް ނުވަތަ އާބާތުރަފިލުވުމަށެވެ.
"ރީ ޑިވެލޮޕްމަންޓް ޕީރިއަޑު" ކަމަށް ބުނެފައި އެވަނީ، ތަން ބަންދުކުރުމަށްފަހު ތަނެއްގެ ފެންވަރު މަތިކުރުމަށް، މުޅި ތަން ނުވަތަ އެ ތަނުން ބައެއް ތަޅައިލައި، މަރާމާތުކުރުމުގެ މުއްދަތަށެވެ.
"ރީ-އެގްޒެމިންކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާ ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން އޭނާއާ އަލުން ސުވާލުކުރުމަށެވެ ނުވަތަ އެ މަރުހަލާގައި އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.
"ރީހެބިލިޓޭށަން އަމުރު" ކަމަށް ބުނެފައި އެވަނީ، ޑްރަގް ކޯޓުގެ އި ހްތިސާސް ހިނގާ މީހަކު ބައިވެރިވެ، ފުރިހަމަކުރުމަށް ކަނޑައެޅޭ ފަރުވާގެ ޕްރޮގްރާމް އޭނާގެ މައްޗަށް ހިންގުމަށް ކަނޑައަޅައި، އެ ކޯޓުން ކުރާ އަމުރަށެވެ.