ގާނޫނީ ރަދީފު
"ދިރާސާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި ކަނޑާއި ކަނޑުގެ އެންމެހައި ދިރުންތަކާއި، ގުދުރަތީ ވަސީލަތްތަކާއި، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާއި، ކަނޑުގެ މާހައުލާއި ވެށްޓާއި މާހައުލީ ނިޒާމާ ގުޅޭގޮތުން ކަންކަން ހޯދައި ބަލައި މައުލޫމާތު އެއްކުރުމަށެވެ.
"ދިރާސީ ކަލަންޑަރު" ކަމަށް ބުނެފައި އެވަނީ، ސްކޫލްތަކުގައި ކިޔަވައިދޭނެ ދުވަސްތަކާއި، ޓެސްޓްތައް ކުރިޔަށްގެންދާނެ ދުވަސްތަކާއި، މުދައްރިސުންނަށާއި ދަރިވަރުންނަށް ޗުއްޓީ ލިބޭ ދުވަސްތަކާއި، ސްކޫލްތަކުގައި ފާހަގަކުރާ މުހިންމު ދުވަސްތައް ބަޔާންކޮށް މިނިސްޓްރީން ތައްޔާރުކުރާ ކަލަންޑަރަށެވެ.
"ދިރިއުޅުމަށް ޓަކައި ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ ، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ ބިމެއް، އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭގޮތަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ކުލީގެ ގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެންފަރާތަކަށް ދިނުމަށެވެ.
"ދިރިއުޅުމަށްޓަކައި ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ ބިމެއް އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭގޮތަށް ކަނޑައެޅޭ ވަކިމުއްދަތަކަށް، ކުލީގެގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެންފަރާތަކަށް ދިނުމަށެވެ.
"ދިރިއުޅުމަށްޓަކައި ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ ބިމެއް، އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭ ގޮތަށް ކަނޑައެޅޭ ވަކި މުއްދަތަކަށް، ކުލީގެ ގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެން ފަރާތަކަށް ދިނުމަށެވެ.
"ދިރިއުޅެވޭ ވަރަށް އިމާރާތްކޮށްފައިވުން" ކަމަށް ބެލެވޭނީ، ގެދޮރު އިމާރާތްކުރުމާ ބެހޭގޮތުން ސަރުކާރުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެމަތިން ގޯތީގައި އެއްކުމާއި، ކައިބޮއިއުޅުމާއި ނިދުންފަދަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަންބޭނުންވާވަރަށް އިމާރާތް އިމާރާތްކޮށްފައިވާނަމައެވެ.
"ދިރިއުޅޭ ތަން" ކަމުގައި ބުނެފައި އެވަނީ، މީހަކު ދިރިއުޅުމަށްޓަކައި ބޭނުންހިފާ ނުވަތަ ބޭނުންކުރާ އިމާރާތަކަށް ނުވަތަ އިމާރާތެއްގެ ބަޔަކަށް ނުވަތަ ގޯއްޗަކަށް ނުވަތަ ގޯއްޗެއްގެ ބަޔަކަށެވެ. އަދި މި މާނަކުރުމުގައި ގެއާއި، ކޮންޑޮމީނިއަމާއި، އެޕާޓްމަންޓާއި، ކޮޓެޖާއި، މޯބައިލް ގެތަކާއި، ދިރިއުޅުމަށް ބޭނުންކުރާ ބޯޓުފަހަރާއި، އުޅަނދުފަހަރާއި، ބަސް ހިމެނޭ ގޮތަށެވެ.
"ދިރިއުޅޭނެ އެހެންތަނެއް" ހުރިކަމުގައި ކަނޑައަޅާނީ ކޮންމެ މައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ބެލުމަށްފަހު ށަރީއަތުންނެވެ. މިގޮތުން ބެލިދާނެ ކަންތައްތަކަކީ:
- އެމީހެއްގެ ނުބަތަ އެމީހެއްގެ ފިރިމީހާގެ ނަމުގައި ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމާބެހޭ ގަވާއިދުގެ 4 ވަނަ ނަންބަރުގައިވާފަދަ ތަނެއް ރަޖިސްޓްރީ ކޮށްފައިއޮތުން
- އެމީހެއްގެ އަނބިމީހާ ނުވަތަ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއްއޮވެ، އެމީހަކު ދިރިއުޅުމުގެ ކަންތައްތައް އެތަނެއްގައި ހަމަޖެހިފައިވުން
- އެމީހެއްގެ އަތުގައި ދިރިއުޅޭނޭ އެހެންތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުރުން
- ރާއްޖެއިން ބޭރުގެ ގައުމެއްގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ފްލެޓެއް އޮތުން.