ގާނޫނީ ރަދީފު
"ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމްކޮށްފައިވާ އޮންލައިން ނިޒާމަށެވެ.
"ފިތުރު ޒަކާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ހަތަރުވަނަ ބާބުގައި ބަޔާންކުރާ ށަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު، މި ގާނޫނުގައިވާ ގޮތުގެމަތިން ފިތުރު ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާ ގޮވާމުގެ ބާވަތްތައް ނުވަތަ ފައިސާއަށެވެ.
”ފިލިންގ ޕޮއިންޓް“ ކަމުގައި ބުނެފައި އެވަނީ، ތެލުގެ ވިޔަފާރިކުރާ ތަންތަނުގައި ހުންނަ ތެޔޮ އަޅާ ކޮންޓެއިނަރަށް ތެލުގެ ބާވަތްތައް އެޅުމަށްޓަކައި ކޮންޓެއިނަރާއި ދާއިމީކޮށް ގުޅާފައި ހުންނަ ގުޅުމަށެވެ.
"ފިލްމު" ކަމަށް ބުނެފައި އެވަނީ، ފިލްމެއް ނުވަތަ ވީޑިއޯ ރެކޯޑިންގއެއް ނުވަތަ ފަހުން ދެއްކުމަށްޓަކައި ރެކޯޑުކުރެވިފައިވާ ވިށުއަލް މޫވިންގ އިމޭޖްތަކެއްގެ މައްޗަށް އެކުލެވޭ އެނޫންވެސް ރެކޯޑިންގއަށެވެ. އޭގެ ތެރޭގައި، ފިލްމެއްގެ ބައެއް ނުވަތަ ފިލްމެއްގެ ކޮޕީއެއް ނުވަތަ ފިލްމެއްގެ ބައެއްގެ ކޮޕީވެސް ހިމެނެއެވެ.
"ފިސްކަލް ނިޒާމު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާމްދަނީއާއި ހަރަދާއި ދަރަންޏާ ގުޅުންހުރި ކަންކަމަށެވެ.