gaanoon_logo
-
ބިލްޑިންގ ކޯޑު
"ބިލްޑިންގ ކޯޑު" ކަމަށް ބުނެފައިއެވަނީ، ޢިމާރާތްކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް އެކުލެވޭ، އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 4/2017) ގެ 95 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހަދާ ގަވާއިދަށެވެ.
ބިލްޑިންގ ކޯޑު

"ބިލްޑިންގ ކޯޑު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި ތަފްސީލުތަކާއި، ގާނޫނުގެ ދަށުން ކުރާ އިމާރާތްތަކުގެ މަސައްކަތްތަކާއި، އިމާރަތްތަކުގައި ހުންނަންވީ މިންގަނޑު ހިމަނާ އެކުލަވާލައި ގަވާއިދަށެވެ.

ބިލްޑިންގ ކޯޑު

"ބިލްޑިންގ ކޯޑު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް ބަޔާންކޮށް އެކުލަވަ އިލެވޭ ގަވާއިދަށެވެ.

ބިލްޑިންގ އިންސްޕެކްޓަރ

"ބިލްޑިންގ އިންސްޕެކްޓަރ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައިމަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ  ދަށުން، އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ވަކި މަސައްކަތްތަކެއް ކޮށްފައިވަނީ ފާސްކޮށްފައިވާ ކުރެހުމާއި އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރެވޭ ކެޓެގަރީއެއްގައި ރެޖިސްޓަރ ވެފައިވާ ފަރާތަކަށެވެ.

ބިލްޑިންގ ޑިޒައިނަރޒް ރަޖިސްޓަރީ

"ބިލްޑިންގ ޑިޒައިނަރޒް ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ފަންނުވެރިންގެ މައުލޫމާތުތައް އާންމުކުރުމަށް އެކުލަވައިލައި އާންމުކޮށްފައިވާ ދަފުތަރަށެވެ.

  1. ލައިސަންސްޑް އާކިޓެކްޓުން؛
  2. ލައިސަންސްޑް އިންޖިނިއަރުން؛
ބިޒްނަސް އެކްޓިވިޓީ

"ބިޒްނަސް އެކްޓިވިޓީ" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ ބާވަތަށެވެ.

ބިޔަ މަށްރޫއު (މެގަ ޕްރޮޖެކްޓް)

"ބިޔަ މަށްރޫއު (މެގަ ޕްރޮޖެކްޓް)" ކަމަށް ބުނެފައި އެވަނީ، ވަޒީރުންގެ މަޖިލިސް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަށްވަރާގެ މަތިން އެ މަށްރޫޢަކީ ބިޔަ މަށްރޫޢެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މަށްރޫއުތަކަށެވެ. 

ބީކަންސް

"ބީކަންސް" ކަމުގައި ބުނެފައި އެވަނީ، ކުއްލި ހާލަތުގައި އުޅަނދެއް، ނުވަތަ މީހަކު ހުރިތަން އަންގައިދިނުމުގައި ބޭނުންކުރާ އެކިއެކި އާލާތްތަކަށެވެ.

ބުރަ މަސައްކަތާއެކު ޖަލަށްލުން
"ބުރަ މަސައްކަތާއެކު ޖަލަށްލުން" ދޭހަކޮށްދެނީ ކުށުގެ ނިސްބަތުން ޖަލަށްލުމުގެ އަދަބު ބޮޑުކުރުމަށް ޖަލުގައި ރޭވޭ ހާއްސަ ރޭވުންތަކެއްގެ ދަށުގައި ކުށްވެރިޔާ ބަންދު ކުރުމެވެ.
ބުއިމަށް ބޭނުންކުރާ ކިރު

"ބުއިމަށް ބޭނުންކުރާ ކިރު" ކަމަށް ބުނެފައި އެވަނީ، އިންސާނުން ކެއިންބުއިމަށް ބޭނުންކުރާ، ކިރުގެ ބާވަތްތަކުގެ ތެރެއިން ނައަމްސޫފިން ނަގާ ކިރަށެވެ.

ބުލިއަން
"ބުލިއަން" ކަމަށް ބުނެފައި އެވަނީ ގިނަ އަދަދަކަށް ހުންނަ ރަނާއި، ރިއްސާއި، ނުވަތަ ގަނޑުރަނާއި، ގަނޑުރިއްސާއި، އަދި ހާއްސަކޮށް ބަރުދަނަށް ނިސްބަތްކޮށް ބަލާއިރު، ގިނަ އަދަދެއްގެ ރަނާއި ރިއްސާއި އެނޫންވެސް މައްދަނެއްގެ ފައިސާ ފޮއްޗަށެވެ.
ބުލިއަން
"ބުލިއަން" ކަމަށް ބުނެފައި އެވަނީ ގިނަ އަދަދަކަށް ހުންނަ ރަނާއި، ރިއްސާއި، ނުވަތަ ގަނޑުރަނާއި، ގަނޑުރިއްސާއި، އަދި ހާއްސަކޮށް ބަރުދަނަށް ނިސްބަތްކޮށް ބަލާއިރު، ގިނަ އަދަދެއްގެ ރަނާއި ރިއްސާއި އެނޫންވެސް މައްދަނެއްގެ ފައިސާ ފޮއްޗަށެވެ.
ބެހުން
"ބެހުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މުދަލަކަށް ނަހަމަ ގޯނާއެއް ކުރުމާއި އަދި އެ މުދަލަކުން އާންމުކޮށް ހިފޭ ބޭނުމަށް ނުވަތަ ނަތީޖާއަށް އުނިކަމެއް އަތުވެދާނެ ގޮތުން ކުރާ އަމަލަށެވެ.
ބެނިފިށަރީ

"ބެނިފިށަރީ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ސްކީމްގައި ބައިވެރިވެފައިވާ މީހަކަށް ލިބިފައިވާ ހައްގުގެ ދަށުން ސްކީމްގެ ފައިސާ ލިބުން ހައްގުވާ އަދި ވާރުތަ މުދަލާއި ބެހޭ ގާނޫނުގެ ދަށުން އެފަރާތެއްގެ ވާރުތަވެރިންނަށެވެ. 

ބެނިފިށަރީންނަށް ލިބޭ އާމްދަނީ
"ބެނިފިށަރީންނަށް ލިބޭ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޓްރަސްޓެއްގެ ކޯޕަސް ބަހައިގެން އެ ބެނިފިށަރީންނަށް ލިބޭ އެއްޗެއް ފިޔަވައި، ޓްރަސްޓަކުން އެ ޓްރަސްޓުގެ ބެނިފިށަރީންނަށް ދޭ ކޮންމެ ފައިސާއަކަށެވެ.