ގާނޫނީ ރަދީފު
"ފަހަތުން ހިނގުން" ކަމަށް ބުނެފައިއެވަނީ، ތަކުރާރުކޮށް ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ފަހަތުން ތަކުރާރުކޮށް ހިނގުމާއި އޭނާ ދާތަނަކަށް ދިޔުމާއި އޭނާއާ ކުރިމަތިލުމާއި ގޯނާކުރުން ހިމެނޭގޮތަށެވެ.
"ފަހި ފުރުސަތު" ނުވަތަ "ނޮން ކޮމްޕެޓިޓިވް ޕާތުވޭ" ކަމަށް ބަޔާންކޮށްފައި އެވަނީ، ވަޒީފާ ހޯދުމުގައި މި މަގު ހިޔާރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ލިބިފައިވާކަމަށް ކޮމްޕިޓެންސީ ޕްރޮފައިލުން ދެނެގަނެވޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކޮށް ހޯދޭ ވަޒީފާގެ ފުރުސަތަށެވެ.
"ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ ގޮތަށް ހުރުން" ކަމަށް ބުނެފައި އެވަނީ، މައުލޫމާތެއް ރައްކާކުރެވިފައިވާ ވަސީލަތަކުން އެ މައުލޫމާތެއް ހޯދައި، ނަގައި، ބެލޭނެ، އަދި ފަހުން އޭގެ ކޮޕީއެއް ހައްދައިގެން ނުވަތަ އެނޫންވެސް ގޮތަކަށް އެ މައުލޫމާތު ރިކޯޑުކުރެވޭނެ ނުވަތަ ނަކަލުކުރެވޭނެ ގޮތަކަށް އެ ވަސީލަތެއްގައި އެ މައުލޫމާތު ހުރުމަށެވެ.
"ފަނޑިޔާރު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ދަށު ކޯޓުތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށެވެ.
"ފަނޑިޔާރުކަމުގައި ހިދުމަތްކުރި އަހަރު" ކަމުގައި ބުނެފައިވަނީ، "ފަނޑިޔާރު" ކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށާއި، ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ވުޖޫދަށް އައުމުގެ ކުރިން ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިގެން "ގާޒީގެ އެހީތެރިޔާ" ނުވަތަ "ފަނޑިޔާރުގެ އެހީތެރިޔާ" ގެ ނަމުގައި ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހިދުމަތްކޮށްފައިވާ މުއްދަތަށެވެ.
"ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތު" ކަމުގައި ބުނެފައިވަނީ، "ފަނޑިޔާރު" ކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށާއި، ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ވުޖޫދަށް އައުމުގެ ކުރިން ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިގެން "ގާޒީގެ އެހީތެރިޔާ" ނުވަތަ "ފަނޑިޔާރުގެ އެހީތެރިޔާ" ގެ ނަމުގައި ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހިދުމަތްކޮށްފައިވާ މުއްދަތަށެވެ.