-

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 1979-31) އަށް 20 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2026-5)

(މި ގާނޫނަށް އަމަލުކުރަން ފެށީ 2 ޖުލައި 2026 ގައި)

 

ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.  

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ފ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(2) މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ މައާފުކޮށްދެވޭނީ، މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ގަވާއިދުގައިވާ ގޮތުގެމަތިން އެކަމަށް އެދި ހުށަހެޅުމުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ދ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(2) މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ މައާފުކޮށްދެވޭނީ، މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ގަވާއިދުގައިވާ ގޮތުގެމަތިން އެކަމަށް އެދި ހުށަހެޅުމުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗެޕްޓަރުތަކުގެ ތެރެއިން ޗެޕްޓަރ 24 ގެ (ހ)، (ށ)، (ނ) އަދި (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ޗެޕްޓަރ ނަންބަރު

މުދަލުގެ ގިންތިތައް 

ޑިއުޓީގެ މިންވަރު

ޗެޕްޓަރ 24 

ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

200%

 

(ށ) ސިގިރެޓް

30% އަދި

ސިގިރެޓަކުން 4ރ.

(ހަތަރެއް ރުފިޔާ)

 

(ނ) ބިޑި

30% އަދި

ސިގިރެޓަކުން 4ރ.

(ހަތަރެއް ރުފިޔާ)

 

(ބ) ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް)

 

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗެޕްޓަރުތަކުގެ ތެރެއިން ޗެޕްޓަރ 24 ގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

 

 

(ޅ) ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ހާއްސަކޮށް

ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި މިފަދަ އެހެނިހެން ބާވަތްތައް

0%

 

5 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އިސްލާހުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިސްލާހުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 1979-31)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު