-

އިމްޕޯޓް ޑިއުޓީއާއި ރޯޔަލްޓީއާއި ރެވެނިއު ފީ މާފުކުރުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދ

(ގަވާއިދު ނަންބަރު 2026-06)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 23 ފެބުރުއަރީ 2026 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އިމްޕޯޓް ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމުގައި އަމަލުކުރާނެ އިޖުރާތު ބަޔާންކުރުމަށް ޓަކައި، އެ ގާނޫނުގެ 8 ވަނަ މާއްދާގެ (ކ) ގެ ދަށުން ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނ،ީ "އިމްޕޯޓް ޑިއުޓީއާއި ރޯޔަލްޓީއާއި ރެވެނިއު ފީ މާފުކުރުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އިމްޕޯޓް ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމަށް އެދި ހުށަހެޅުމާއި، އެފަދަ ހުށަހެޅުމެއްގައި ފުރިހަމަވާންޖެހޭ އަދި އެ ލުއި ދެމިއޮތުމަށް ފުރިހަމަކުރަންޖެހޭ ށަރުތުތަކާއި، ކަމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އެހެނިހެން އިޖުރާތު ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭނެ ހާލަތްތައް

(ހ) ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭނީ އަންނަނި ހާލަތްތަކުގައެވެ.

  1. އިގްތިސާދީގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތެއް ފެށްޓުމަށާއި، އެ މަސައްކަތް ކުރުމަށާއި، އެ މަސައްކަތް ހިންގުމަށް އިމްޕޯޓްކުރާ ތަކެތި؛
  2. ހާއްސަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ނުވަތަ ދިވެހިރާއްޖޭގެ ވަކި ރަށެއްގެ ނުވަތަ ސަރަހައްދެއްގެ ރައްޔިތުންގެ އާންމު ފައިދާއަށް ޓަކައި އިމްޕޯޓްކުރާ ތަކެތި؛
  3. އިގްތިސާދީގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި ސްޓްރެޓީޖިކް މަށްރޫއެއް ނުވަތަ ވިޔަފާރިއެއް ހިންގުމުގެ ގޮތުން ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ނުވަތަ ރީއެކްސްޕޯޓްކުރާ ތަކެތި.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މަސައްކަތްތަކާއި ހާއްސަ ހާލަތްތަކާއި މަށްރޫއުތަކާއި ވިޔަފާރިތަކަށެވެ.

 

4 ވަނަ މާއްދާ - ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭނެ މުއްދަތު

ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭނ،ީ މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މަސައްކަތްތަކަށާއި، ހާއްސަ ހާލަތްތަކުގައްޔާއި، މަށްރޫއުތަކާއި ވިޔަފާރިތަކަށް، އެ މަސައްކަތްތަކަށް ނުވަތަ ހާއްސަ ހާލަތްތަކަށް ނުވަތަ މަށްރޫއުތަކަށް ނުވަތަ ވިޔަފާރިތަކަށް ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަ ޅައި ފައިވާ މުއްދަތަކަށެވެ.

 

5 ވަނަ މާއްދާ - ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމަށް އެދެވޭނެ ފަރާތް

(ހ) މި ގަވާއިދުގެ ދަށުން ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމަށް އެދި ހުށަހެޅޭނީ އަންނަނިވި ފަރާތްތަކަށެވެ.

  1. ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތައް.
  2. މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަ ތްތަކުގެ ދަށުން ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމަށް އެދޭ ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ އިދާރާތައް.

(ށ) ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމަށް ހުށަހަޅާ ފަރާތަކީ ދައުލަތަށް ދައްކަންޖެހޭ ފީއާއި ޓެކްސް ގަވާއިދުން ދައްކަމުންދާ ފަރާތަކަށް ވާންވާނެއެވެ.

 

6 ވަނަ މާއްދާ - ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް އެދި ހުށަހެޅުން

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި، އެ ނޫން ދާއިރާތަކުގެ މަސައްކަތާ ގުޅޭގޮތުން، ޑިއުޓީއާއި ރޯޔަލްޓީއާއި ރެވެނިއު ފީ މާ ފުކޮށްދިނުމަށް އެދި ހުށަހަޅާނީ މިނިސްޓްރީއަށެވެ.

(ށ) ފަތުރުވެރިކަމުގެ ދާއިރާ ނުވަތަ މަސްވެރިކަމުގެ ދާއިރާ ނުވަތަ ދަނޑުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކާ ގުޅޭގޮތުން، ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމަށް އެދި ހުށަހަޅާނ،ީ އެ ދާއިރާއެއްގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ ވުޒާރާއަކަށެވެ.

(ނ) ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމަށް އެދި ހުށަހަޅާނ،ީ އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ. މި ފޯމު ހުށަހަޅާއިރު، އަންނަނިވި މައުލޫމާތާއި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

  1. ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް؛
  2. ގެންނަ ނުވަތަ ބޭރުކުރާ މުދަލުގެ ބާވަތް؛
  3. ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް އެދޭ މުދާ އެތެރެކުރާ ނުވަތަ ބޭރުކުރާ ބޭނުމާއި މަސައްކަތުގެ ތަފުސީލު؛
  4. ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް އެދުމުގައި ހަވާލާދޭ މާއްދާ؛
  5. ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް އެދި ހުށަހަޅާ ސަބަބު؛
  6. ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް ހުށަހަޅާ އަދަދާއި، އިނާޔަތް ހޯދުމަށް އެދި ހުށަހަޅާ އައިޓަމުތައް؛
  7. މި މާއްދާގެ ދަށުން ހުށަހަޅައިފައިވާ މައުލޫމާތާއި ލިޔުންތައް ސައްހަކަމަށާއި ޑިއުޓީ ނުވަތަ ރެވެނިއު ފީ މާފުކުރެވޭ ތަކެތި ބޭނުންކުރާނ،ީ ހަމައެކަނި
    އެ އެއްޗެއް އެތެރެކުރި މަސައްކަތަށްކަން ނުވަތަ ބޭނުމަށްކަން ބަޔާންކޮށްފައިވާ އިގުރާރު؛
  8. މުދަލުގެ ލިސްޓު؛
  9. އިންވޮއިސްތަކުގެ ކޮޕީ؛
  10. ވިޔަފާރި ރެޖިސްޓްރޭށަނުގެ ކޮޕީ؛
  11. އެގްރީމަންޓެއްގެ ދަށުން ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް ހަމަޖެހިފައިވާ ނަމަ، އެ އެގްރީމަންޓުގެ ކޮޕީ؛
  12. ދައުލަތުގެ ކަމާބެހޭ އިދާރާއިން ހުށަހަޅަންވާނެކަމަށް އަންގާ އިތުރު މައުލޫމާތެއް އޮތް ނަމަ، އެ މައުލޫމާތު؛

(ރ) ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް އެދި އެ މުދާ ގެނައުމަށް ނުވަތަ މުދާ ރާއްޖެއިން ބޭރުކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން، ދައުލަތުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް އެދި ހުށަހަޅަނީ ކުއްލި ހާލަތެއް މެދުވެރިވެގެން ކަމުގައި ވާ ނަމަ، އެ އަކުރުގައި ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ކުރު މުއްދަތެއްގައި ހުށަހެޅުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

7 ވަނަ މާއްދާ - ހުށަހެޅުމާމެދު ގޮތެއް ނިންމުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅުމެއް ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، ދައުލަތުގެ އިދާރާއިން ގޮތެއް ނިންމައި، ހުށަހެޅުން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

  1. އެ ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު؛
  2. އެ ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމުން އިގްތިސާދީގޮތުންނާއި އިޖުތިމާއީގޮތުން ކުރާނެ ފައިދާއާއި ގެއްލުން؛
  3. އެ ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމުން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލުވާނެ މިންވަރު.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނިންމާ ނިންމުމަކީ ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުން ކަމުގައި ވާ ނަމަ، އެކަން ތަންފީޒުކުރުމަށް ޓަކައި، އަންނަނިވި ލިޔެކިޔުމާއެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް، އެ ސަރވިސްއިން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން، އެ ނިންމުމެއް ނިންމި އިދާރާއަކުން ފޮނުވަންވާނެއެވެ. މި ގޮތުން މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ލިޔުމުގެ އިތުރުން، މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އެންމެހައި ލިޔެކިޔުމުގެ ކޮޕީ، މޯލްޑިވްސް ކަސްޓަމް ސަރވިސްއަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ނިންމާ ނިންމުގައި، ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭ ތަކެއްޗާއި އެގްރީމަންޓްކޮށްގެން ހިންގާ މަށްރޫއުތަކަށް ގެންނަ ތަކެތި ހިމެނޭ ނަމަ، އަދި އެ މުއްދަތުގެ ތެރޭގައި އެކި ފަހަރުމަތީން ރާއްޖެ ގެނައިކަމުގައިވީނަމަވެސް ނުވަތަ ރާއްޖެއިން ބޭރުކުރިނަމަވެސް ދައުލަތުގެ ކަމާބެހޭ އިދާރާއަށް އިތުރު ހުށަހެޅުމެއް ހުށަހެޅުމަކާ ނުލައި އެ ތަކެތީގެ ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމުގެ ހުއްދަ ހިމެނޭ ނަމަ، އެ ނިންމުގައި އެކަން ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުގެ އިނާޔަތް ތަންފީޒުކުރުން

(ހ) މި ގަވާއިދުގެ ދަށުން ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް ދައުލަތުގެ އިދާރާއަކުން ކަނޑައަޅާ ތަކެތީގެ ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތަންފީޒުކުރާނ،ީ އެ ނިންމުމެއް ފޮނުވާ އިދާރާއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފޮނުވާ ލިޔުމުގައިވާ ގޮތުގެ މަތީންނެވެ. މިގޮތުން ފޮނުވާ ލިޔުމުގައި، ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވުނު މުދަލުގެ ތަފުސީލާއި، މާފުކޮށްދެވުނު އަގާއި މުއްދަތު ބަޔާންކުރަންވާނެއެވެ.

(ށ) ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭ ތަކެއްޗާއި އެގްރީމަންޓްކޮށްގެން ހިންގާ މަށްރޫއުތަކަށް ގެނެވޭ ތަކެތި އެ މުއްދަތުގެ ތެރޭގައި އެކި ފަހަރުމަތީން ރާއްޖެ ގެނައިކަމުގައިވީނަމަވެސް ނުވަތަ ރާއްޖެއިން ބޭރުކުރިނަމަވެސް ދައުލަތުގެ ކަމާބެހޭ އިދާރާއަށް އިތުރު ހުށަހެޅުމެއް ހުށަހެޅުމަކާ ނުލައި އެ ތަކެތީގެ ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމުގެ ކަންތައްތައ،ް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހަމަޖައްސަންވާއެވެ.

 

9 ވަނަ މާއްދާ - ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭ މުއްދަތު ހަމަވުން

މި ގަވާއިދުގައިވާ ގޮތުގެ މަތީން ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭ މުއްދަތު ހަމަވުމުން، އިތުރު މުއްދަތަކަށް ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭނ،ީ އެކަމަށް އެދި ދައުލަތުގެ ކަމާބެހޭ އިދާރާއަށް، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާތާ އެއްގޮތްވާ ގޮތުގެ މަތީން އަލުން ހުށަހެޅުމުންނެވެ.

 

10 ވަނަ މާއްދާ - މައުލޫމާތު ބެލެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭ މުދަލުގެ ނުވަތަ ތަކެތީގެ މައުލޫމާތ،ު މޯލްސްޑިވްސް ކަސްޓަމް ސަރވިސްއިން ބަލަހައްޓައި، މަހަކު އެއްފަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުގެ މައްސަލަ ހުށަހަޅާ ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފޮނުވަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭ ފަރާތްތަކުގެ މައުލޫމާތ،ު ކަމާބެހޭ ދައުލަތުގެ އިދާރާއިން ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ 3 (ތިނެއް) މަސްދުވަހަކުން އެއްފަހަރު، އިގްތިސާދީ ކަންކަމާބެހޭ ވުޒާރާއަށް އެ މައުލޫމާތު ފޮނުވަންވާނެއެވެ.

 

11 ވަނަ މާއްދާ - ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފު އިނާޔަތުގެ ދަށުން ކުރާ މަސައްކަތް މޮނިޓަރކުރުން

(ހ) މި ގަވާއިދުގެ ދަށުން ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފު އިނާޔަތް ލިބިގެން އިމްޕޯޓްކޮށްގެން ކުރަމުންދާ މަސައްކަތ،ް އެ ކަމަށް ހުށަހެޅި ދައުލަތުގެ އިދާރާއިން މޮނިޓަރ ކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވިފައިވާ މުދަލެއް އެ އިނާޔަތް ލިބުނު މަސައްކަތްނޫން އެހެން މަސައްކަތަކަށް ބޭނުންކުރާކަން އެނގިއްޖެ ނަމަ، ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމަށް ނިންމި ނިންމުން ބާތިލުކޮށް، ކަމާބެހޭ އިދާރާއިން މޯލްޑިވްސް ކަސްޓްމްސް ސަރވިސްއަށް އެކަން އަންގަންވާނެއެވެ. އަދި ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމަށް ނިންމި ނިންމުން ބާތިލުކުރަންވާނ،ީ އިދާރީ ތަހުގީގެއް ކުރުމަށްފަހު، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އަންގާ އެންގުމެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި މި ގަވާއިދުގެ ދަށުން ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްފައިވާ މުދަލުގެ ކަމާ ގުޅޭ ޑިއުޓީ ނުވަތަ ފީ ދެއްކުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މުދަލުގެ ވެރި ފަރާތަށް/ އެތެރެކުރި ފަރާތަށް އަންގަންވާނެއެވެ. މިގޮތަށް އެންގުމުގެ އިތުރުން، ކަމާ ގުޅޭ ގާނޫނުގެ ދަށުން، މުދާ އެތެރެކުރާ ފަރާތާމެދު ފިޔަވަޅު އެޅުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ ދެއްކުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަން ގައިފައި ނުވުމަކީ، ހަމައެކަނި އެ ސަބަބަށް ޓަކައި، އެ ފައިސާ ދައްކަންޖެހޭ ފަރާތް އެ ފައިސާ ދެއްކުމުން ބަރީއަވާނެ ސަބަބެއް ނޫނެވެ.

(ބ) މި ގަވާއިދުގެ ދަށުން ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވިފައިވާ މުދަލެއް އެތެރެކުރި މަސައްކަތް ނުވަތަ ހާއްސަ ހާލަތް ނުވަތަ މަށްރޫއު ނުވަތަ ވިޔަފާރިއަކަށް ނޫން އެހެން މަސައްކަތަކަށް ނުވަތަ ހާއްސަ ހާލަތަކަށް ނުވަތަ މަށްރޫއަކަށް ނުވަތަ ވިޔަފާރިއަކަށް ބޭނުންކުރަން ޖެހިއްޖެ ނަމަ، އެކަން ކުރެވޭނީ ދައުލަތުގެ ކަމާ ގުޅޭ އިދާރާއަށް ހުށަހަޅައި ލިޔުމުން ހުއްދަ ހޯދުމަށްފަހުގައެވެ. އަދި މިފަދަ ހުއްދަ ދެވޭނ،ީ ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭ ފަދަ މަސައްކަތަކަށް ނުވަތަ ހާއްސަ ހާލަތަކަށް ނުވަތަ މަށްރޫއަކަށް ނުވަތަ ވިޔަފާރިއަކަށެވެ. މި ގޮތުން ހުއްދައެއް ދީފި ނަމަ، ލަސްނުކޮށް އެކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އެ އިދާރާއިން އަންގަންވާނެއެވެ.

 

12 ވަނަ މާއްދާ - އިމްޕޯޓް ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީއަށް ލުއިދިނުމާއި ދެމިއޮތުން

(ހ) އިމްޕޯޓް ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީއަށް ލުއިދިނުމަށް ނިންމި ނިންމުން ދެމިއޮންނާނ،ީ ލުއި ލިބުނު ފަރާތުން ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަމާއި، ވަކި މުއްދަތެއް ކަނޑައެޅިގެން ލުއިދެވިފައިވާ މުދަލެއް ދެވުނު ނަމަ ލުއިދެވުނު މުއްދަތު ހަމަވުމުން އަމަލުކުރަންޖެހޭ އިޖުރާތުތަކާ ހިލާފުނުވާ ނަމައެވެ.

(ށ) އިމްޕޯޓް ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއުފީއަށް ލުއިދިނުމަށް ނިންމައިފައިވާ މުދަލެއް ހަލާކުވެއްޖެ ނަމަ ނުވަތަ ރާއްޖެއިން ބޭރުކޮށްފި ނަމަ ނުވަތަ ވަގަށްނަގައިފި ނަމަ، މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ކަނޑައަޅައިފައިވާ އިޖުރާތުގެ ތެރެއިން އެކަން އަންގަންވާނެއެވެ.

(ނ) އިމްޕޯޓް ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީއަށް ލުއިދިނުމަށް ކަނޑައަޅައިފައިވާ ކަނޑައެޅުން ނިމުމަކަށް އަތުވެއްޖެ ނަމަ ނުވަތަ ބާތިލުކުރެވިއްޖެ ނަމަ، ތަންފީޒީ އިދާރާތަކާއި، ލުއި ލިބުނު ފަރާތަށް ލަސްނުކޮށް އެކަން އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - މުއްދަތު ގުނުން 

މި ގަވާއިދުގައި ވަކި މުއްދަތުތަކެއް ކަނޑައެޅިފައިވާ ކަންކަމާ ގުޅިގެން މުއްދަތު ގުނާނ،ީ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނ،ީ އިގްތިސާދީ ސިޔާސަތު އެކަށައެޅުމާއި ހިންގުމުގެ މަސައްކަތް ހަވާލުކޮށް ފައިވާ ދައުލަތުގެ ވުޒާރާއަށެވެ.

(ށ) "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނ،ީ މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާއަށެވެ.

 

15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 1979-31)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު