-

ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމަށް އެދި ދައުލަތުގެ އިދާރާތަކުން ކަސްޓަމްސްއަށް ހުށަހެޅުމުގެ އުސޫލު 

(އުސޫލު ނަންބަރު 2026-25)

(މި އުސޫލަށް އަމަލުކުރަން ފެށީ 9 ސެޕްޓެމްބަރު 2026 ގައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ޤާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) ގެ ދަށުން ދައްކަންޖެހޭ ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ، އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން މާފުކޮށްދިނުމަށް އެދި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ކަސްޓަމްސްއަށް ހުށަހެޅުމުގެ އުސޫލެވެ.

(ށ) މިއީ، ޤާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، އެ ޤާނޫނުގެ (ޅ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ނ) މި އުސޫލަށް ކިޔާނީ، "ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދިނުމަށް އެދި ދައުލަތުގެ އިދާރާތަކުން ކަސްޓަމްސްއަށް ހުށަހެޅުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފު ގެ އިނާޔަތް ހަމަޖައްސައިދިނުމަށް އެދި ހުށަހެޅު މާއި، ތަންފ ޒުކުރުން

(ހ) ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުގެ އިނާޔަތް ހަމަޖައްސައިދިނުމަށް އެދި ދައުލަތުގެ ކަމާބެހޭ ވުޒާރާއިން ކަސްޓަމްސްއަށް ހުށަހަޅާނީ، ގަވާއިދު ނަންބަރު 2026-06 (އިމްޕޯޓް ޑިއުޓީ އާއި ރޯޔަލްޓީ އާއި ރެވެނިއު ފީ މާފުކުރުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަށް ފަހުގައެވެ. މިގޮތުން، ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް ދައުލަތުގެ ވުޒާރާތަކުން ކަނޑައަޅާ ތަކެތީގެ މައުލޫމާތު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅާއިރު، ކަމާ ގުޅުންހުރި އެންމެހައި ލިޔުންތައް ހުށަހަޅަންވާނެއެވެ. ގުޅުންހުރި ލިޔުންތައް ކަމުގައި ބަލާނީ، ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް އެދި ކަމާބެހޭ ވުޒާރާއަށް ހުށަހަޅާ ލިޔުންތަކެވެ.

(ށ) ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް ދައުލަތުގެ ވުޒާރާތަކުން ކަނޑައަޅާ ތަކެތީގެ މައުލޫމާތު ކަސްޓަމްސްއަށް ހުށަހަޅަންވާނީ، ކަސްޓަމްސްއިން އާންމުކުރާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން މެދުވެރިކޮށް ނުވަތަ ކަސްޓަމްސްގެ ޕޯޓަލް މެދުވެރިކޮށެވެ.

(ނ) ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް ދައުލަތުގެ ވުޒާރާތަކުން ކަނޑައަޅާ ތަކެތީގެ ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ، ކަސްޓަމްސްއިން މާފުކޮށްދޭންވާނީ، ދައުލަތުގެ ކަމާބެހޭ ވުޒާރާއަކުން ކަސްޓަމްސްއަށް ފޮނުވާ ލިޔުމުގައިވާ ގޮތުގެ މަތީން ނުވަތަ ހުށަހަޅާ ހުށަހެޅުމުގައިވާ ގޮތުގެ މަތީންނެވެ.

(ރ) ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދޭގޮތަށް ބަޔާންކޮށް އެގްރ މަންޓުކޮށްގެން ހިންގާ މަށްރޫއުތަކަށް ގެނެވޭ ތަކެތި، އެ މުއްދަތުގެ ތެރޭގައި އެކި ފަހަރުމަތީން ރާއްޖެ ގެނައި ނަމަވެސް، ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމުގެ ކަންކަން ކަސްޓަމްސްއިން ހަމަޖައްސައިދެވޭނެއެވެ.

 

3 ވަނަ މާއްދާ - ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭ މުދަލުގެ މައުލޫމާތު ބެލެހެއްޓުން

ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދެވޭ މުދަލުގެ މައުލޫމާތު، މަހަކު 1 (އެކެއް) ފަހަރު، ރައ ސުލްޖުމްހޫރިއްޔާގެ އޮފ ހަށާއި، ދައުލަތުގެ މާލ ވުޒާރާއަށާއި، ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރުމަށް ހުށަހަޅާ ދައުލަތުގެ ކަމާބެހޭ ވުޒާރާއަށް، ކަސްޓަމްސްއިން ފޮނުވަންވާނެއެވެ.

 

4 ވަނަ މާއްދާ - އިނާޔަތުގެ ދަށުން އެތެރެކޮށްފައިވާ މުދަލެއް، އިނާޔަތް ދީފައިވާ މަސައްކަތް ނޫން އެހެން މަސައްކަތަކަށް ބޭނުންކުރުން

(ހ) ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްގެން އެތެރެކޮށްފައިވާ މުދަލެއް، ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދ ފައިވާ މަސައްކަތްނޫން އެހެން މަސައްކަތަކަށް ބޭނުންކުރާކަން އެނގިއްޖެ ނަމަ، އެކަން، ދައުލަތުގެ ކަމާ ގުޅޭ ވުޒާރާއިން ކަސްޓަމްސްއަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ ކަމާ ގުޅޭ ވުޒާރާއިން ކަސްޓަމްސްއަށް އެންގުމުން، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމުގެ އިތުރުން، ކަމާ ގުޅުންހުރި ޤާނޫނާއި ގަވާއިދުގެ ދަށުން، މުދާ އެތެރެކުރި ފަރާތާމެދު އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކަށް މި އުސޫލު ހުރަހެއް ނާޅައެވެ.

(ނ) ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްގެން އެތެރެކޮށްފައިވާ މުދަލުން، އެ މުދަލެއް އެތެރެކުރި ބޭނުން ނޫން އެހެން ބޭނުމެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ނުވަތަ މުދާ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރަ ން ނުވަތަ މުދާ ވިއްކައިލަން ބޭނުންވެގެން، އެކަން ދައުލަތުގެ ކަމާ ގުޅޭ ވުޒާރާއަށް އަންގައިފި ނަމަ، އެ މައުލޫމާތު، ކަމާ ގުޅޭ ވުޒާރާއިން ކަސްޓަމްސްއަށް އަންގަންވާނެއެވެ.

 

5 ވަނަ މާއްދާ - މާފުކޮށްދ ފައިވާ ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ އަނބުރާ ދެއްކުން

މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، އެކަން ދައުލަތުގެ ކަމާ ގުޅޭ ވުޒާރާއަކުން ކަސްޓަމްސްއަށް އަންގައިފި ނަމަ، ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކުރެވިފައިވާ މުދަލުގެ ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ ދެއްކުމަށް ކަސްޓަމްސްއިން، މުދާ އެތެރެކުރި ފަރާތަށް އަންގަންވާނެއެވެ.

 

6 ވަނަ މާއްދާ - ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށް ދޫކޮށްފައިވާ މުދަލާ ގުޅޭގޮތުން ފޮނުވަ ންޖެހޭ މައުލޫމާތު

(ހ) ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށް ދޫކޮށްފައިވާ މުދަލާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު، ދައުލަތުގެ ކަމާބެހޭ ވުޒާރާއިން ކަސްޓަމްސްއަށް ފޮނުވަންވާނެއެވެ.

  1. ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދީފައިވާ މުއްދަތު ހަމަވުމުން އަމަލުކުރަންވ ގޮތް؛
  2. ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދީފައިވާ މުއްދަތު އިތުރުކޮށްދ ފި ނަމަ، އެ މައުލޫމާތު؛
  3. ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދީފައިވާ މުދަލަށް ނުވަތަ ލިސްޓަށް ބަދަލެއް ގެނެވިއްޖެ ނަމަ، އެ މައުލޫމާތު

(ށ) މި އުސޫލަށް އަމަލުކުރަން ފަށާއިރު، ޑިއުޓީ މާފުކޮށް ދޫކޮށްފައިވާ ތަކެއްޗާބެހޭ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކަމާ ގުޅޭ ވުޒާރާއިން ކަސްޓަމްސްއަށް ފޮނުވަންވާނެއެވެ.

 

7 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކުގެ މާނަކުރާނ ތިރ ގައިވާ ގޮތަށެވެ.

(ހ) "ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2026-06 (އިމްޕޯޓް ޑިއުޓީ އާއި ރޯޔަލްޓީ އާއި ރެވެނިއު ފީ މާފުކުރުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވ،ާ ދައުލަތުގެ ކަމާ ގުޅޭ
ވުޒާރާތަކަށެވެ.
(ށ) "ކަސްޓަމްސް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2011-08 (މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" އަށެވެ.

 

8 ވަނަ މާއްދާ - އަމަލުކުރަން ފެށުން 

(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފަށާއިރު، މީގެ ކުރިން ޑިއުޓީ މާފުކޮށް ދޫކޮށްފައިވާ ތަކެއްޗާމެދު އަމަލުކުރަންވާނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

މައި ގާނޫނު

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 1979-31)

ކިޔުންތެރިންގެ ހިޔާލު