އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 1979-31) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 1985-15)
(މި ފައިލް އަދި އެޑިޓްކޮށް ނުނިމޭ)
(މި ގާނޫނަށް އަމަލުކުރަން ފެށީ 1 އެޕްރީލް 1986 ގައި)
ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯރޓްގެ ގާނޫން) ތިރީގައިމިވާ ގޮތަށް އިސްލާހުކުރުން.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯރޓްގެ ގާނޫން
1 ވަނަ މާއްދާ -
ދިވެހިރާއްޖޭގެ ގާނޫނުގައި، ރާއްޖޭގައި އުފެއްދުން މަނާތަކެތި ފިޔަވައި، ދިވެހިރާއްޖޭގައި އުފެދޭ ތަކެއްޗާއި، އުފައްދާ ތަކެތި ގަވާއިދުގެ މަތިން ރާއްޖެއިން އެކްސްޕޯޓް ކުރުމާއި، ރާއްޖެއިން ބޭރުން ގެންނަތަކެތި، ރީ-އެކްސްޕޯޓް ކުރުމަކީ ހުއްދަކަމެކެވެ.
2 ވަނަ މާއްދާ -
ދިވެހިރާއްޖޭގެ ގާނޫނުގައި، ރާއްޖެއަށް ގެނައުން މަނާތަކެތި ފިޔަވައި އެހެން ކޮންމެއެއްޗެއް، ގަވާއިދުގެ މަތިން ރާއްޖެއަށް އިމްޕޯޓްކުރުމަކީ ހުއްދަކަމެކެވެ.
3 ވަނަ މާއްދާ -
މިގާނޫނުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރާއްޖޭގައި އެކްސްޕޯޓް ކުރުމާއި އިމްޕޯޓްކުރުމުގެ ވިޔަފާރިހިންގޭނީ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ގަވާއިދުން ރަޖިސްޓަރީކުރުމަށްފަހު، އެކަމުގެ ލައިސަންސް ލިބިގެންނެވެ.
4 ވަނަ މާއްދާ -
- މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ އުސޫލުން ތިރީގައިމިވާ ތަކެތި ދިވެހިސަރުކާރަށް އެކްސްޕޯޓް ޑިއުޓީ ނަގަންވާނެއެވެ:
(ހ) ދިވެއްސަކު އެކްސްޕޯޓްކުރާ މާވަހަރުން.
(ށ) ބިދޭސީއަކާ ގުޅިގެން ދިވެއްސަކު އެކްސްޕޯޓް ކުރާ ތަކެތިން.
(ނ) ބިދޭސީއަކު އެކްސްޕޯޓް ކުރާ ތަކެތިން. - މި މާއްދާގެ (1) ވަނަ ނަންބަރުގައިވާ ތަކެތީގެ ތެރޭގައި ރީ-އެކްސްޕޯޓްކުރާ މުދަލެއް ނުހިމެނެއެވެ.
- ގަވާއިދުން ހުއްދަލިބިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 75 މޭލުބޭރުންކުރާ މަސްވެރިކަމުން ލިބޭ މަހުގެ ބާވަތްތައް މިގާނޫނުން އިސްތިސްނާވާނެއެވެ.
- ގާނޫނުގައިވާ ގޮތުގެ މަތިން އެކްސްޕޯޓްކުރާ މުދަލުގެ އަގަށް ތަކެތި ނުވަތަ ބޭރުފައިސާ ލައިސަންސްގައިވާ މުއްދަތުގެތެރޭގައި ރާއްޖެއަށް އެތެރެކުރަން ވާނެއެވެ.
5 ވަނަ މާއްދާ -
މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ދިވެހި ރާއްޖެއިން އެކްސްޕޯޓް ކުރެވޭ ތަކެތީގެ އަގުން، ދިވެހި ސަރުކާރަށް އެކްސްޕޯޓް ޑިއުޓީ ނަގާނީ، ތިރީގައިމިވާ ގޮތުގެ މަތިންނެވެ. އެކްސްޕޯޓްކުރާ ތަކެތީގެ އަގުކަމަށް ބަލާނީ އެއެއްޗެއް ގަތްއަގެވެ.
(ހ) | ހިކިކަނޑުމަސް | |
(ށ) | ރޯމަސް | 20% |
(ނ) | ލޮނުމަހުގެ ބާވަތްތައް | 20% |
(ރ) | މާވަހަރު | 50% |
(ބ) | މިމާއްދާގެ (ހ)، (ށ)، (ނ)، (ރ)، ގައިވާ ތަކެތިފިޔަވައި ކަނޑުން ލިބޭ އެހެން ބާވަތްތަކާއި، އެތަކެތިން އުފައްދާ ތަކެތި | 20% |
(ޅ) | ދިވެހިރުކުން އުފެދޭ އަދި އުފައްދާ ތަކެތި | 15% |
(ކ) | މިމާއްދާގެ (ހ)، (ށ)، (ނ)، (ރ)، (ބ)، (ޅ) ގައި ހިމެނިފައިނުވާ ބާވަތްައް | 15% |
6 ވަނަ މާއްދާ -
ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ތަކެތިން ދިވެހިސަރުކާރަށް ޑިއުޓީ ނަގަންވާނެއެވެ. މިޑިއުޓީ ނަގާނީ އެތަކެތީގެ އަގުން ތިރީގައިމިވާ އުސޫލުންނެވެ. މިޑިއުޓީ ނަގާނީ އެތަކެތީގެ އަގުން ތިރީގައިމިވާ އުސޫލުންނެވެ. އިމްޕޯޓްކުރާ ތަކެތީގެ އަގުކަމުގައި ބަލާނީ ތަކެތީގެ އަގާއި އެތަކެތި ރާއްޖެއަށް ގެނައުމާހަމައަށް ހިނގި ހަރަދެވެ.
(ހ) ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށްބަލާއިރު ދިވެހިންގެ ދިރިއުޅުމަށް ބޭރުންގެންނަން ކޮންމެހެން ބޭނުންވާ ތަކެތި
1 ވަނަ ދަރަޖަ | 5% |
2 ވަނަ ދަރަޖަ | 10% |
3 ވަނަ ދަރަޖަ | 20% |
(ށ) ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށްބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުމަށް ބޭރުން ގެންނަ ތަކެތި
1 ވަނަ ދަރަޖަ | 10% |
2 ވަނަ ދަރަޖަ | 15% |
3 ވަނަ ދަރަޖަ | 25% |
(ނ) ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށްބަލާއިރު ދިވެހިންގެ ދިރިއުޅުން ކުރިއެރުވުމަށް ބޭރުން ގެންނަ ތަކެތި
1 ވަނަ ދަރަޖަ | 25% |
2 ވަނަ ދަރަޖަ | 30% |
3 ވަނަ ދަރަޖަ | 35% |
(ރ) ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށްބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަމަށް ހުރަސްއަޅާ ތަކެއްޗާއި، ހަމަ އެކަނި ދިރިއުޅުން ފުރިހަމަކުރުމަށް ގެނެވޭތަކެތި
1 ވަނަ ދަރަޖަ | 50% |
2 ވަނަ ދަރަޖަ | 75% |
3 ވަނަ ދަރަޖަ | 100% |
4 ވަނަ ދަރަޖަ | 200% |
(ބ) ގާނޫނީ ގޮތުން ހުއްދަ ނަގައިގެން ގެންނަންޖެހޭ ތަކެތި %35
7 ވަނަ މާއްދާ -
ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ތިރީގައިމިވާ ތަކެތީން ޑިއުޓީ ނެގުމެއް ނޯންނާނެއެވެ.
(ހ) ބަލބައްޔަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭސް.
(ށ) ކިޔަވައިދިނުމަށް ބޭނުންކުރާ ޓެކްސްފޮތް.
8 ވަނަ މާއްދާ -
ރާއްޖެއިން ބޭރުން ގެންނަ މުދަލުގެ ބާވަތްތައް މި ގާނޫނުގައިވާ އުސޫލުގެމަތިން އެކިއެކިބަޔަށް ބަހައި އެއްބައިން އަނެއް ބަޔަށް ބަދަލުކޮށް ހެދުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒަށް ލިބިގެންވެއެވެ. މިގޮތުން މިނިސްޓްރީއޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުން އެކަނ ްކަނޑައަޅާނީ ކޮންމެ އަހަރެއްގެ ޖެނުއަރީގަޔާއި ޖުލައިގައެވެ. މިބަދަލުތައް ގެނައުމާއެކު އެކަން އިއްލާންކުރަން ވާނެއެވެ. އިއުލާންކުރެވިފައިނެތް މުދަލެއް ގެނެސްފިނަމަ އެމުދާ ބައެއްގައި ހިމަނައި އެކަން އިއުލާނކުރަންވާނެއެވެ.
9 ވަނަ މާއްދާ -
މި ގާނޫނުގެ ދަށުން، ޑިއުޓީނެތި އެކްސްޕޯޓްކުރާ ތަކެތީގެ އަގުން %33 އަށްވުރެ ބޮޑުނުވާގޮތަށް ދިވެހިސަރުކާރުން އެދިއްޖެހިނދެއްގައި، ސަރުކާރުން އެދުނު ބާވަތެއް، އިމްޕޯޓްކުރަންވާނެއެވެ.
ގަވާއިދުން ހުއްދަލިބިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 75 މޭލު ބޭރުން ކުރާ މަސްވެރިކަމުން ލިބޭ މަހުގެ ބާވަތްތައް މިގާނޫނުން އިސްތިސްނާވާނެއެވެ.
10 ވަނަ މާއްދާ -
މައި ގާނޫނު
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 1979-31)
ކިޔުންތެރިންގެ ހިޔާލު