gaanoon_logo
-

މި ފައިލް އަދި އަޕްޑޭޓްކޮށް ނުނިމޭ

ކަސްޓަމްސްގެ އާންމު ގަވާއިދު

(ގަވާއިދު ނަންބަރު 2011-41)

 

 

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތަޢާރުފު

މިގަވާއިދަކީ ޤާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ ދަށުން ބާރު ލިބިގެން އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މިގަވާއިދަށް ކިޔާނީ "ކަސްޓަމްސްގެ ޢާންމު ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިންނެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރުން

(ހ) މިގަވާއިދަށް ޢަމަލުކުރަން ފަށާނީ މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަސް ފާއިތުކޮށް 31 (އެއްތިރީސް) ވަނަ ދުވަހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މިގަވާއިދަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން މިގަވާއިދު ޝާއިޢުކުރިއިރު ކަސްޓަމްސްއިން ޢަމަލުކުރަމުން އައި ގަވާއިދުގެ ބައިތައް އެކަމަކާ ގުޅޭ މިންވަރުން ބާޠިލުވާނެއެވެ.

 

5 ވަނަ މާއްދާ - މާނަ

މިގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި، ޢިބާރާތްތައް މާނަކުރެވޭނީ ތިރީގައިވާ ގޮތަށެވެ.

(ހ) "ކޮރެސްޕޮންޑެންސް" ކަމަށް ބުނެފައި އެވަނީ، އެކަކު އަނެކަކަށް ލިޔެފައި ހުންނަ މެސެޖް، ޕޯސްޓު ކާޑު އަދި ސިޓީފަދަ ތަކެއްޗަށެވެ.

(ށ) "ޑޮކިއުމެންޓްސް" ކަމަށް ބުނެފައި އެވަނީ، ކޮމަރޝަލް ވެލިއު ނުހުންނަ ޗާޕުކޮށްފައި ހުންނަ އެކިބާވަތްތަކުގެ ލިޔުންތަކަށެވެ.

(ނ) "އަގުހެޔޮ ކޮންސައިންމެންޓް" ކަމަށް ބުނެފައި އެވަނީ، ސާމްޕަލްގެ ގޮތުގައި ގެނެވޭ ތަކެތީގެ ތެރެއިން ޑިއުޓީ ދެއްކުމަކާ ނުލައި ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރަށް ފެތޭ ކޮންސައިންމެންޓަށެވެ.

(ރ) "ކަސްޓަމްސްއަށް ލިޔުމުން ތަކެތި ހުށަހެޅުމުގެ" މާނައިގައި، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމްސްއަށް ތަކެތި ހުށަހަޅާ ހުށަހެޅުންވެސް ހިމެނޭނެއެވެ.

(ބ) "އިންވާރޑް އަދި އައުޓްވާރޑް މެނިފެސްޓް" ކަމަށް ބުނެފައި އެވަނީ، އުޅަނދަކަށް ބަރުކުރެވިފައިވާ އެންމެހައި މުދަލާގުޅޭގޮތުން ތެދު އަދި ފުރިހަމަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރު ނުވަތަ ޕައިލެޓު ހުށަހަޅާ ބަޔާނަށެވެ.

(ޅ) "މުދާ ބަންދުކޮށްފައި ހުންނަ ގޮތުގެ ތަފްސީލު" ކަމަށް ބުނެފައި އެވަނީ، މުދާ ކޮންޓެއިނަރގައި ބަންދުކޮށްފައި ހުންނަ ގޮތުގެ ތަފްސީލަށެވެ. މިސާލު: 11 ޕެލެޓް، އެސް.ޓީ.ސީ 192 ކާޓަން، 19 ސްކިޑް، އެސް.ޓީ.ސީ 19 ކޮއިލް، 27 ސްކިޑް (އެސް.ޓީ.ސީ ލޫސް ލޯޑެޑް)

(ކ) "ވޮލިއުމް ދެނެގަންނަން އެނގޭ މުދާ" ކަމަށް ބުނެފައި އެވަނީ، ހިލަ، ހިލަވެލި، ސިމެންތި، ތެޔޮ، ގޭސް، ދަގަނޑު، ސްކްރެޕް މެޓީރިއަލް ފަދަ މުދަލަށެވެ.

(އ) "އެލް.ސީ.އެލް" ކަމަށް ބުނެފައި އެވަނީ، ކަނޑުމަގުން ގެންނަ ކޮންޓެއިނަރެއްގައި އެއްފަރާތަކަށްވުރެ ގިނަފަރާތުގެ ނަމުގައި ކޮންސައިން ކޮށްފައިވާ މުދަލަށެވެ.

(ވ) "އެފް.ސީ.އެލް" ކަމަށް ބުނެފައި އެވަނީ، ކަނޑުމަގުން ގެންނަ ކޮންޓެއިނަރެއްގައި އެއްފަރާތަކަށް ކޮންސައިން ކޮށްފައިވާ މުދަލަށެވެ.

(މ) "މުދާ ވިއްކި ފަރާތް" ކަމަށް ބުނެފައި އެވަނީ، މުދާ ވިއްކި ރާއްޖެއިން ބޭރުގެ ފަރާތަށެވެ.

(ފ) "މުދާ ގަތް ފަރާތް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރުން މުދާ އިމްޕޯޓްކުރާ ފަރާތަށެވެ.

(ދ) "މުދާ އެކްސްޕޯޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މުދާ އެކްސްޕޯޓްކުރާ ރާއްޖޭގެ ފަރާތަށެވެ.

(ތ) "މުދާ އެކްސްޕޯޓްކުރެވޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެކްސްޕޯޓްކުރާ މުދާ ގަތް ރާއްޖެއިން ބޭރުގެ ފަރާތަށެވެ.

(ލ) "ޑަބްލިޔު.ޓީ.އޯ ވެލުއޭޝަން އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔޫ.ޓީ.އޯ) އެގްރިމެންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރިމެންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994 އަށެވެ.

(ގ) "އާޓިކަލް" ނުވަތަ "ޕެރެގްރާފް" ކަމަށް ބުނެފައި އެވަނީ ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔޫ.ޓީ.އޯ) ގެ "އެގްރިމެންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރިމެންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" ގެ ކަމާގުޅޭ އާޓިކަލަށް ނުވަތަ ޕެރެގްރާފަށެވެ.

(ޏ) އެކިއެކި ނިންމުންތަކަށް ނަންބަރާއެކު ޙަވާލާދީފައި އެވަނީ ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔޫ.ޓީ.އޯ) ގެ "އެގްރިމެންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރިމެންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" ގެ 18 ވަނަ އާޓިކަލްގެ ދަށުން އުފައްދާފައިވާ ކޮމިޓީ އޮން ކަސްޓަމްސް ވެލުއޭޝަންގެ ނިންމުންތަކަށެވެ.

(ސ) "އައިޑެންޓިކަލް ގުޑްސް" އަދި "ސިމިލަރ ގުޑްސް" ކަމަށް ބުނެފައި އެވަނީ ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔޫ.ޓީ.އޯ) ގެ "އެގްރިމެންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރިމެންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" ގެ 15 ވަނަ އާޓިކަލްގެ 2 ވަނަ ޕެރެގްރާފްގައި މާނަކޮށްފައިވާ ގޮތަށެވެ.

(ޑ) "ޑިޑަކްޓިވް ވެލިއުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔޫ.ޓީ.އޯ) ގެ "އެގްރިމެންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރިމެންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" ގެ 5 ވަނަ އާޓިކަލްގެ ދަށުން އަގު ކަނޑައަޅާ އުސޫލަށެވެ.

(ޒ) "ކޮމްޕިއުޓެޑް ވެލިއު އުސޫލު" ކަމަށް ބުނެފައި އެވަނީ ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔޫ.ޓީ.އޯ) ގެ "އެގްރިމެންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރިމެންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" ގެ 6 ވަނަ އާޓިކަލްގެ ދަށުން އަގު ކަނޑައަޅާ އުސޫލަށެވެ.

(ޓ) "ފޯލްބެކް އުސޫލު" ކަމަށް ބުނެފައި އެވަނީ ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔޫ.ޓީ.އޯ) ގެ "އެގްރިމެންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރިމެންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" ގެ 7 ވަނަ އާޓިކަލްގެ ދަށުން އަގު ކަނޑައަޅާ އުސޫލަށެވެ.

(ޔ) "ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމް" ކަމުގައި ބުނެފައި އެވަނީ، ދުނިޔޭގެ ކަސްޓަމްސްގެ ޖަމްޢިއްޔާއިން މުދާ ގިންތިކުރުމުގެ އަސްލެއްކަމަށް ބެލުމަށް 97 ޗެޕްޓަރުގެ މައްޗަށް އެކުލަވާލައި ތައްޔާރުކޮށްފައިވާ ސިސްޓަމަށެވެ.

(ޕ) "އެކްސްޕްލެނޭޓަރީ ނޯޓްސް" ކަމުގައި ބުނެފައި އެވަނީ ދުނިޔޭގެ ކަސްޓަމްސްގެ ޖަމްޢިއްޔާއިން "ހާމަނައިޒްޑް ކޮމޮޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމް" އިތުރަށް ތަފުސީލު ކުރުމުގެ ގޮތުން ނެރެފައިވާ ލިޔުންތަކަށެވެ.

(ޖ) "ކްލެސިފިކޭޝަން އޮޕީނިއަން" ކަމަށް ބުނެފައި އެވަނީ، މުދާ ގިންތިކުރުމާ ގުޅޭގޮތުން ދުނިޔޭގެ ކަސްޓަމްސްގެ ޖަމްޢިއްޔާގެ އިރުޝާދު ބަޔާންކޮށް ނެރޭ ލިޔުމަށެވެ.

(ޗ) "ހާމަނައިޒްޑް ކޮމޮޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމް" ޑޭޓާބޭސް ކަމަށް ބުނެފައި އެވަނީ، ދުނިޔޭގެ ކަސްޓަމްސްގެ ޖަމްޢިއްޔާއިން "ހާމަނައިޒްޑް ކޮމޮޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމް" އާއި އެކްސްޕްލެނޭޓަރީ ނޯޓްސް ހިމަނައިގެން ނެރެފައިވާ ސޮފްޓްވެއަރ އަށެވެ.

(ހހ) "ނެޝަނަލް ޓެރިފް" ކަމަށް ބުނެފައި އެވަނީ އެކްސްޕޯޓް އިމްޕޯޓް މުދަލުގެ ތަފުސީލު ހުށަހެޅުމަށްޓަކައި ތައްޔާރު ކުރެވިފައިވާ ސިސްޓަމަށެވެ. މި ސިސްޓަމަކީ ރާއްޖޭގައި މުދާ ގިންތިކުރުމަށް ބޭނުންކުރާ 10 ޑިޖިޓް ކޯޑް (ޑަބްލިއު.ސީ.އޯ ހާމަނައިޒްޑް ކޮމޮޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމްގެ 6 ޑިޖިޓް ކޯޑާއި ރާއްޖެއަށް ޚާއްޞަކުރެވިފައިވާ 4 ޑިޖިޓް ކޯޑު) އާއި ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އިން މުދަލަކަށް ކަނޑައަޅާފައިވާ ޑިއުޓީ ރޭޓް ހިމަނައިގެން ނެރޭ ދިވެހިރާއްޖޭގެ ޓެރިފް ޑޭޓާ ބޭސް އެކެވެ.

(ހށ) "އުޅަނދު" ކަމަށް ބުނެފައި އެވަނީ، ވައިގެ ދަތުރުފަތުރުކުރާ އުޅަނދާއި ކަނޑުގެ ދަތުރުފަތުރުކުރާ އުޅަނދާއި، އެއްގަމުގައި ދުއްވާ އެއްޗެއްސާއި މިނޫނަސް މީހުންނާއި މުދާ، ކަނޑުމަގުންނާއި ވައިގެމަގުން އަދި އެއްގަމުމަގުން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށާއި އުފުލުމަށް ބޭނުންކުރާ ވަސީލަތަށެވެ.

(ހނ) "ކަން ކުރިފަރާތް" ކަމުގައި ބުނެފައިވަނީ އިމްޕޯޓްކުރާ މުދާނަމަ ކޮންސައިނީ ނުވަތަ މުދާ ލިބެންވީ ފަރާތް ކަމުގައި ލިޔުންތަކުގައި ބަޔާންކޮށްފައިވާ ފަރާތެވެ. އެކްސްޕޯޓްނަމަ ކޮންސައިނަރ ނުވަތަ މުދާ ފޮނުވާ ފަރާތް ކަމުގައި ލިޔުންތަކުގައި ބަޔާންކޮށްފައިވާ ފަރާތެވެ. ފަރާތެވެ.

(ހރ) "މުދަލުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް މުދަލެއް ދިވެހިރާއްޖެއަށް އިމްޕޯޓްކުރާއިރު ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާއިރު، މުދަލުގެ ވެރިފަރާތް ކަމުގައި ބަޔާންކޮށްފައިވާ ފަރާތާއި، ފަރާތް ތަމްސީލުކުރާ ފަރާތަށެވެ.

(ހބ) "ޝިޕްމަންޓް" ކަމުގައި ބުނެފައި އެވަނީ، ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލްގެ ދަށުން ކަނޑައެޅިފައިވާ ވަކި ފަރާތަކަށް އެޑްރެސް ކުރެވިގެން ދިވެހިރާއްޖެއަށް ގެންނަ މުދަލަށެވެ.

(ހޅ) "ރަސްމީ ބަނދަރު" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ތަންތަނަށެވެ.

 

 

އެއްވަނަ ބައި

ކަސްޓަމްސްގެ ސަރަޙައްދުތަކާއި ކަސްޓަމްސްގެ ކޮންޓްރޯލް

 

އެއްވަނަ ބާބު

ކަސްޓަމްސްގެ ސަރަޙައްދުތަކާއި ސަރަޙައްދުތަކުގައި ހުންނަންޖެހޭ ޝަރުޠުތައް

 

6 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަޙައްދުތައް

(ހ) މި ގަވާއިދުގެ ބޭނުމަށް ކަސްޓަމްސްގެ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅޭނީ ތިރީގައި ބަޔާންކޮށްފައިވާ ސަރަޙައްދުތަކެވެ.

  1. ރާއްޖެއަށް މުދާ އިމްޕޯޓްކުރުމުގައި ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރުމުގައި މުދާ އެރުވުމަށާއި، ބޭލުމަށާއި މިކަންކަމުގައި އުޅޭ މީހުން ވަދެ ނިކުމެވުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތައް؛
  2. ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި ފަސިންޖަރުންނާއި އެނޫންވެސް މީހުން އަރައިފޭބުމަށާއި މިކަމުގައި އެހީތެރިވާ މީހުން ވަދެނިކުމެވުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތައް؛
  3. ރާއްޖެއަށް އަންނަ ފަސިންޖަރުންނާއި ރާއްޖެއިން ބޭރަށް ފުރާ މީހުންނާއި، އެ މީހުންގެ ފޮށިތަންމަތީގެ ކަސްޓަމްސްގެ އިޖުރާއަތުތައް ފުރިހަމަކޮށް ނިމުމާ ހަމަ އަށް އެމީހުން ތިބުމާއި ފޮށިތަންމަތި ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތައް؛
  4. އިމްޕޯޓް އަދި އެކްސްޕޯޓް މުދާ ރައްކާކުރުމަށާއި މުދާ ބަލައި ފާސްކުރުމަށާއި މުދާ ދޫކުރުމަށާއި، މީހުން ތިބުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތައް؛
  5. ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތި ބެހެއްޓުމަށާއި ރައްކާކުރުމަށް ޚާއްޞަކުރެވިފައިވާ ތަންތަނާއި ސަރަޙައްދުތައް؛
  6. ކަސްޓަމްސްގެ ވެއަރހައުސްތަކާއި ބޮންޑެޑް ވެއަރހައުސްތަކާއި ޑިއުޓީ ހިލޭ ފިހާރަތަކާއި، މިނިވަން ވިޔަފާރީގެ ސަރަޙައްދުތައް؛
  7. ރާއްޖެއަށް އަންނަ އުޅަނދުފަހަރު، ބަނދަރުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކާއި އެފަދަ އުޅަނދުފަހަރު ޕާކުކޮށްފައި ބޭއްވުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް؛

(ށ) މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު ކަސްޓަމްސްގެ ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި ވާނެއެވެ. ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ތަންތަނުގެ އިތުރުން ކަސްޓަމްސްގެ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅޭ ކޮންމެ ތަނެއް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންވާނެއެވެ.

(ނ) ކަސްޓަމްސްގެ ސަރަޙައްދުތަކަށް ކަސްޓަމްސްގެ ހުއްދަނެތި ވަނުމަކީ މަނާކަމެކެވެ.

 

 

ދެވަނަ ބާބު

ކަސްޓަމްސްގެ ސަރަޙައްދު ހިމެނޭ ބަނދަރުތަކުގައި ކަސްޓަމްސްއިން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރެވޭނެ އިންތިޒާމު އެ ބަނދަރު ހިންގާ ފަރާތަކުން ހަމަޖައްސައިދިނުން

 

7 ވަނަ މާއްދާ - ބަނދަރު ހިންގާ ފަރާތުގެ ޒިންމާ

ކަސްޓަމްސްގެ ސަރަޙައްދުތައް އޮންނަ ބަނދަރުތަކުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރުމަކީ އެ ބަނދަރެއް ހިންގާ ފަރާތުގެ ޒިންމާއެކެވެ.

(ހ) ބަނދަރުތަކުގައި ކަސްޓަމްސްއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާނެ ޢިމާރާތްތައް އެ ބަނދަރެއްގައި އިދާރީ ކަންކަން ހިންގުމަށް ޢާންމުކޮށް ބޭނުންކުރާ ޢިމާރާތްތަކާއި ވަސީލަތްތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ބަނދަރެއް ހިންގާ ފަރާތަކުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) ކަސްޓަމްސްގެ ސަރަޙައްދުތަކުގެ ތެރެއިން ކަސްޓަމްސްއިން ކަނޑައަޅާ ސަރަޙައްދުތަކެއްގައި ބިމުން ފެށިގެން (ތިރިވެގެން) 7 (ހަތެއް) ފޫޓު އުސްމިނަށް އެތެރެ ނުފެންނަގޮތަށް އަދި 2 (ދޭއް) ފޫޓު އުސްމިނަށް ފެންސްޖަހައި ބަންދުކުރެވި، ހުއްދަ އޮންނަ ފަރާތްތަކަށް މެނުވީ ނުވަދެވޭނެހެން ބަންދުކުރުން.

(ނ) ސަރަޙައްދުތަކަށް މީހުންނާއި އުޅަނދުފަހަރު ވަދެނިކުމެވުމަށާއި، މުދަލާއި އެހެނިހެން ތަކެތި ސަރަޙައްދަށް ވެއްދުމަށާއި ނެރުމަށް ވަކި ޕޮއިންޓްތަކެއް ކަނޑައެޅިފައި ހުންނަންވާނެއެވެ. އަދި މި ޕޮއިންޓްތަކުގައި ސެކިއުރިޓީ ޕޯސްޓް ޤާއިމުކުރެވިފައި ހުންނަންވާނެއެވެ.

(ރ) ސަރަޙައްދުތަކުގައި ހިނގާ ކަންތައްތައް ބަލައި، މޮނިޓަރ ކުރުމަށް، ބޭނުންވާނެ ސީސީޓީވީ ކެމެރާ ސިސްޓަމެއް ސަރަޙައްދުގައި ޤާއިމު ކުރެވިފައި ހުންނަންވާނެއެވެ. އަދި މި ސިސްޓަމުގެ ކޮންޓްރޯލް ކަސްޓަމްސްއަށް ލިބޭނެގޮތް އެ ބަނދަރު ހިންގާ ފަރާތަކުން ހަމަޖައްސައިދޭންވާނެއެވެ.

(ބ) ސަރަޙައްދުތަކުގައި އިމްޕޯޓް މުދަލާއި އެކްސްޕޯޓް މުދަލާއި، ޓްރާންސިޓް މުދަލާއި އަދި ޓްރާންސްޝިޕްމެންޓް މުދާ ވަކިކޮށްގެން ގެންގުޅެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ޅ) ސަރަޙައްދުތަކުގައި ހުންނަ މުދާ އެއްތަނުން އަނެއް ތަނަށް ބަދަލުކުރާނަމަ އެކަން ކަސްޓަމްސްއަށް އަންގަންވާނެއެވެ.

(ކ) ކަސްޓަމްސްގެ ބޭނުމަށް ހިފެހެއްޓޭ މުދަލާއި އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބެހެއްޓޭނެ ވަކިތަނެއް ހަމަޖެހިފައި ހުންނަންވާނެއެވެ. މިގޮތުން ކަސްޓަމްސްގެ ބޭނުމަށް ހިފެހެއްޓޭ މުދާ ކަސްޓަމްސްގެ ބޭނުމަށް ސަރަޙައްދުގައި ހުންނަ ދުވަސްތަކަށް ބަނދަރު ހިންގާ ފަރާތުން އެއްވެސް ފީއެއް ނަގައިގެން ނުވާނެއެވެ.

(އ) ކަސްޓަމްސްގެ ކޮންޓްރޯލް ސަރަޙައްދުތަކުގައި ރޭގަނޑު އެކަށީގެންވާ މިންވަރަށް އަލިކަން ހުންނާނެ ނިޒާމެއް ބަނދަރު ހިންގާ ފަރާތުން ޤާއިމުކުރަންވާނެއެވެ.

(ވ) އުޅަނދުފަހަރާއި، މުދަލާއި އެހެނިހެން ތަކެތި ބަލައިފާސްކުރާނެ ވަކި ސަރަޙައްދެއް ކަނޑައެޅިފައި އޮންނަންވާނެއެވެ.

(މ) މީހުންގެ ހަށިގަނޑުބަލައި ފާސްކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ ތަނެއް ސަރަޙައްދުގައި ހުންނަންވާނެއެވެ.

(ފ) "ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ބޭރަށް ފުރާ މީހުން ބަލައިފާސްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި "ރަތް" އަދި "ފެހި" ލޭން ސަރަޙައްދުތަކުގައި ޤާއިމުކޮށްދޭންވާނެއެވެ.

(ދ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލާއި ތަކެތި ބަލައި ފާސްކުރުމަށް ބޭނުންވާ އެކްސްރޭ މެޝިނާއި ކޮންޓެއިނަރ ސްކޭނަރާއި މުދާ މިނެކިރުމަށް ބޭނުންވާ ސާމާނާއި މީގެ އިތުރުންވެސް މުދާ ބަލައި ފާސްކުރުމަށް ކަސްޓަމްސްއަށް ބޭނުންވާނެ އެހެނިހެން މެޝިނަރީ ހޯދުން؛

(ތ) ކޮންމެ ދުވަހެއްގެވެސް ހެނދުނު 6:00 ން ފެށިގެން، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެބަނދަރަކަށް ބޭލި މުދަލާއި، ބަނދަރުތަކުން އުޅަނދުފަހަރަށް އެރުވި މުދަލުގެ ޓެލީ ޝީޓް، އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ނުވަތަ ލިޔުމުން، ޖެހިގެން އަންނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - މުދާ ބެލެހެއްޓުން

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރާ މުދާ، ގަވާއިދުން ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުން ދޫކޮށް ނިމެންދެން، އެ މުދަލެއް ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުން، އެ މުދާ ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. މިގޮތުން މުދާ ބަލަހައްޓަންވާނީ، މުދަލުގެ ބާވަތާއި ވައްތަރަށް ބަލައި، އެފަދަ މުދަލަކަށް ގެއްލުން ނުލިބޭނެގޮތަށެވެ.

(ށ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރާ މުދާ ކަސްޓަމްސްގެ ބެލުމުގެ ދަށުން ދޫކޮށްލުމުން މެނުވީ ނުވަތަ ކަސްޓަމްސްގެ ހުއްދައެއް ލިބިގެން މެނުވީ، ކަސްޓަމްސްގެ ސަރަޙައްދަކުން ބޭރަށް ގެންދިއުމަށް ބަނދަރު ހިންގާ ފަރާތުން އެއްވެސް ފަރާތަކަށް ހުއްދަކޮށްގެން ނުވާނެއެވެ.

(ނ) ކެމިކަލާއި އެނޫންވެސް ނުރައްކާތެރި ބާވަތްތަކުގެ މުދާ ރައްކާތެރިކަމާއެކު ވަކިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ. އަދި މީގެ އިތުރުން ކާބޯތަކެތީގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ތަކެތިވެސް ހަލާކުވިޔަނުދީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

(ރ) ކަސްޓަމްސްގެ އިޖުރާއަތުތަކުން ނިމޭ މުދާ ނުގެންދެވިގެން ކަސްޓަމްސްގެ ސަރަޙައްދެއްގައި ބަހައްޓާނަމަ، އެ މުދަލެއް ބަހައްޓަންވާނީ ކަސްޓަމްސްގެ އިޖުރާއަތުތަކުން ނުނިމި ހުންނަ މުދަލާ އެއްނުވާނެހެން ވަކިންނެވެ.

(ބ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ ތެރެއިން، މުދާ ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ދޫނުކުރެވި ހުންނަ މުދަލުގެ މަޢުލޫމާތު އެ މުދާ ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުން ކަސްޓަމްސްއަށް ދެމުންގެންދަންވާނެއެވެ.

(ޅ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ ތެރެއިން މުދާ ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ މުދަލާމެދު ޢަމަލުކުރާނީ މި ގަވާއިދުގެ 14 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

9 ވަނަ މާއްދާ - މަރާމާތުކޮށް ބެލެހެއްޓުން

މި ގަވާއިދުގެ ދަށުން ބަނދަރު ހިންގާފަރާތުން ކަސްޓަމްސްއަށް ފޯރުވައިދޭ އެންމެހައި ތަންތަނާއި ވަސީލަތްތަކާއި ތަކެތި އެ ބަނދަރުތައް ހިންގާ ފަރާތަކުން މަރާމާތުކޮށް ބަލަހައްޓަންވާނެއެވެ.

 

10 ވަނަ މާއްދާ - ޝަރުޠުތައް ފުރިހަމަކުރުމަށް ދެވޭ މުއްދަތު

ކަސްޓަމްސްގެ ސަރަޙައްދުތައް އޮންނަ ބަނދަރުތަކުގައި މި ގަވާއިދުގެ އެއްވަނަ ބައިގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތައް، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ ބަނދަރެއް ހިންގާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

 

 

ތިންވަނަ ބާބު

ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުން

 

11 ވަނަ މާއްދާ - އެއްތަނުން އަނެއްތަނަށް މުދާ ގެންދެވޭނެ ހާލަތްތައް

(ހ) ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ މުދާ އެއްތަނުން އަނެއްތަނަށް ގެންދެވޭނީ އެކަމަށްއެދި ލިޔުމަކުން މުދަލުގެ ވެރިފަރާތުން ނުވަތަ އުޅަނދުގެ އެޖެންޓް ކަސްޓަމްސްއަށް ހުށަހެޅުމުން ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

(ށ) ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ހުންނަ ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މުދާ ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ މަތިން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ހުއްދަ ދެވޭނެއެވެ.

  1. ޓްރާންސިޓް މުދާ
  2. ޓްރާންސްޝިޕްމަންޓް މުދާ
  3. ޓްރާންސްފަރ ކުރަންޖެހޭ މުދާ
  4. ޓްރާންސިޓް މުދާ ޓްރާންސްޝިޕްމަންޓް މުދާ
  5. ޕޯސްޓް ނުވަތަ ކުރިއަރ ސަރވިސްމަގުން ގެންނަ މުދާ
  6. އެކްސްޕޯޓް މުދާ
  7. ޝިޕްސްޓޯރ މުދާ

 

12 ވަނަ މާއްދާ - ޓްރާންސިޓް މުދާ

(ހ) ރާއްޖެއިން ބޭރުން ރާއްޖެއަށް ގެންނަ މުދަލަށް އިމްޕޯޓް ޑިއުޓީ ދެއްކުމުގެ ކުރިން، ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ، އެއް ބަނދަރުން އަނެއް ބަނދަރަށް ޓްރާންސިޓް މުދަލުގެ ގޮތުގައި ގެންދެވޭނީ އެ މުދަލުގެ ބީ-އެލް ނުވަތަ އެއަރވޭ ބިލުގައި މުދަލަކީ ޓްރާންސިޓް މުދާ ކަމުގައި ބަޔާންކޮށްފައިވާ ނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި ޓްރާންސިޓް މުދާ އެއްތަނުން އަނެއް ތަނަށް އުފުލުމަށް ނުވަތަ ގެންދިއުމަށް ހުއްދަދެވޭނީ އެ މުދަލެއް ރާއްޖެއަށް ގެނައި އުޅަނދުގެ އެޖެންޓަށް ނުވަތަ އެ އެޖެންޓް ހުއްދަދޭ ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ އެޖެންޓަކަށެވެ.

(ނ) ޓްރާންސިޓް މުދަލެއް ހުރި ބަނދަރަކުން ނުވަތަ އުޅަނދަކުން އެ މުދާ ގެންދާ އުޅަނދަށް މުދާ ބަރުކުރުމުގެ ކުރިން، ކޮންމެ ބަނދަރަކަށް ބަލާ މުދަލަކަށް ވަކިވަކިން މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ ކަސްޓަމްސް ޓްރާންސިޓް ޑިކްލަރޭޝަން ފޯމު ހުށަހަޅަންވާނެއެވެ. އަދި އެ ޑިކްލަރޭޝަނާއެކު މުދަލާގުޅޭ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ޓްރާންސިޓް ކާގޯ މެނިފެސްޓް
  2. ޑެލިވަރީ އޯޑަރ
  3. ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް

(ރ) ޓްރާންސިޓް މުދާ، އެއް ބަނދަރުން އަނެއް ބަނދަރަށް ގެންދިއުމަށް އުޅަނދަށް ބަރުކުރަންވާނީ ކަސްޓަމްސް ޓްރާންސިޓް ޑިކްލަރޭޝަން ހުށަހެޅުމުން މުދާ ހުރި ކޮންޓެއިނަރުގައި ނުވަތަ ދާގީނާގައި ކަސްޓަމްސްއިން ސީލްޖެހުމުންނެވެ.

(ބ) ކަސްޓަމްސްއިން އެ މުދާ ޗެކްކުރުމުގެ ކުރިން، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއިން ޖަހާފައިވާ ސިލް ކަނޑާއި ނުވަތަ އެސިލަށް އެއްވެސް ގެއްލުމެއް ދީގެން ނުވާނެއެވެ.

(ޅ) ޓްރާންސިޓް މުދަލެއްގައި ކަސްޓަމްސްއިން ޖަހާފައިވާ ސިލެއް ކަސްޓަމުން ކެނޑުމުގެ ކުރިން ހަލާކުކޮށް ނުވަތަ ސިލު ކަނޑާފައި ހުރިނަމަ، ނުވަތަ، އެ މުދާ ބަންދުކޮށްފައިހުރި އެއްޗެއް އެއްވެސް ގޮތަކަށް ހަލާކުކޮށްފައި ހުރިނަމަ، އެ މުދާ އުފުލުމަށް ނުވަތަ ގެންދިއުމަށް އެފަރާތަކަށް ދީފައިވާ ހުއްދަ ބާޠިލުކުރުމާއެކު މި ގަވާއިދުގެ 10 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ މުދަލެއް ގެންދިއުމުގެ ހުއްދަ ދީފައިވާ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

 

13 ވަނަ މާއްދާ - ޓްރާންސްޝިޕްމަންޓް މުދާ

(ހ) މުދަލެއް އެހެން ޤައުމަކަށް ގެންދިއުމުގެ މަގުމަތީގައި ރާއްޖެއަށް ގެނެސް، އެޤައުމަށް ފޮނުވުމަށްޓަކައި ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ޓްރާންސްޝިޕްމަންޓުގެ ގޮތުގައި ބަހައްޓާނަމަ، އެ މުދަލަށް މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ ކަސްޓަމްސް ޓްރާންޝިޕްމަންޓް ޑިކްލަރޭޝަން ފޯމު ހުށަހަޅަންވާނެއެވެ.

(ށ) ޓްރާންސްޝިޕްމަންޓް މުދަލަކީ ކަނޑުމަގުން ގެނައި މުދަލެއްނަމަ އެ މުދާހުރި އުޅަނދަށް ކްލިއަރެންސް ދިނުމުގެ ކުރިން، އެ އުޅަނދެއްގައި ހުރި ޓްރާންސްޝިޕްމަންޓް މުދަލުގެ ޑިކްލަރޭޝަން އުޅަނދުގެ އެޖެންޓް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ނ) ޓްރާންސްޝިޕްމަންޓް މުދަލަކީ ވައިގެމަގުން ގެނައި މުދަލެއްނަމަ، އެ އުޅަނދުގެ ކާގޯ މެނިފެސްޓާއެކު ޓްރާންސްޝިޕްމަންޓް މެނިފެސްޓް އުޅަނދުގެ އެޖެންޓް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ރ) ދިވެހިރާއްޖޭގައި އުފައްދާފައިވާ މުދާ ފިޔަވައި ޓްރާންސްޝިޕްމަންޓުގެ ގޮތުގައި ރާއްޖެއަށް ގެނެސްފައިވާ މުދަލެއް އެހެން ޤައުމަކަށް ފޮނުވާއިރު މުދަލާބެހޭ އެއްވެސް ލިޔުމެއްގައި އެ މުދަލަކީ ދިވެހިރާއްޖޭގައި އުފައްދާފައިވާ މުދަލެއްކަން އެނގޭނެގޮތަށް ލިޔުން ބަދަލުކޮށްގެން ނުވާނެއެވެ. އަދި މުދާ ފޮނުވި ފަރާތާއި މުދާ ލިބެންވީ ފަރާތުގެ މަޢުލޫމާތު ބަދަލުކޮށްގެން ނުވާނެއެވެ.

(ބ) ޓްރާންސްޝިޕްމަންޓް މެނިފެސްޓްގައި ހިމެނޭ މުދާ ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ވަނިކޮށް އެ މުދަލުން އިމްޕޯޓް ޑިއުޓީ ނުވަތަ އެނޫންވެސް ޓެކްސްއެއް ނުނެގޭނެއެވެ.

(ޅ) ޓްރާންސްޝިޕްމަންޓް މުދާ އަނބުރާ ފޮނުވާލުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވާ ނުލެވިއްޖެނަމަ، އުޅަނދުގެ އެޖެންޓް އެކަން ކަސްޓަމްސްއަށް އަންގަންވާނެއެވެ.

(ކ) ޓްރާންސްޝިޕްމަންޓުގައި ހިމެނޭ މުދަލެއް ރާއްޖެއަށް އިމްޕޯޓު ނުކުރެވޭނެއެވެ. ޓްރާންސްޝިޕްމަންޓުގައި ހިމެނޭ މުދާ ބަލައި ފާސްކުރުމަށް ކަސްޓަމްސްއަށް ފެނިއްޖެ ހިނދެއްގައި، މި ގަވާއިދުގެ 12 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުދާ ބަލައި ފާސްކުރެވޭނެއެވެ.

 

14 ވަނަ މާއްދާ - އެލޯންގްސައިޑް ކޮށްގެން މުދާ ބަދަލުކުރުން

(ހ) ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު އެލޯންގްސައިޑް ކޮށްގެން އެއްއުޅަނދުން އަނެއް އުޅަނދަށް މުދާ ބަދަލު ކުރުމަށް ހުއްދަ ދެވޭނީ އެކަމަށް އެދި އުޅަނދުގެ އެޖެންޓް ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ. މިގޮތުން ހުށަހަޅާއިރު ބަދަލުކުރަން ބޭނުންވާ މުދަލުގެ ތަފްސީލާއި ޓަނޭޖް އަދި ސީ.ބީ.އެމް އެނގެން އޮންނަން ވާނެއެވެ.

(ށ) ކަސްޓަމްސްގެ ކޮންޓްރޯލްގައި އޮންނަ އުޅަނދުފަހަރު އެލޯންގްސައިޑް ކޮށްގެން އެއް އުޅަނދުން އަނެއް އުޅަނދަށް މުދާ ބަދަލުކުރެވޭނީ ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖެއިން ބޭރަށް ދަތުރު ކުރާ އުޅަނދުފަހަރު އެލޯންގްސައިޑް ކޮށްގެން އެއްއުޅަނދުން އަނެއް އުޅަނދަށް މުދާ ބަދަލު ކުރުމަށް ހުއްދަ ދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.

 

15 ވަނަ މާއްދާ - ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މަގުން ރާއްޖެއަށް ގެންނަ މުދާ

(ހ) ޕޯސްޓް ސަރވިސް މަގުން ގެންނަ މުދާ ޕޯސްޓް އޮފީހަށް ގެންދަންވާނީ ކަސްޓަމްސްއިން ދާގިނާތަކާއި އެއަރވޭބިލާއި ޑެލިވަރީ އޯޑަރާއި އަޅާ ބެލުމަށްފަހު ދާގިނާތަކުގެ ސީލް ނުކަނޑައި، ޕޯސްޓް އޮފީހުގެ މުވައްޒަފެއްގެ ހަވާލުގައެވެ.

(ށ) ޕޯސްޓް އޮފީހުގެ ބެލުމުގެ ދަށުން ކަސްޓަމްސްއިން ހުއްދަކުރާ ތަނެއްގެ އެކި އޮފީސްތަކަށް ނުކަނޑައި ގެންދާ ޕާރުސަލްތައް މެއިލް ބޭގަށްލުމަށްފަހު، ކަސްޓަމްސްއިން ސީލް ކޮށްގެން ގެންދެވިދާނެއެވެ.

(ނ) ރީޖަނަލް ޕޯސްޓް އޮފީސް އަދި ކަސްޓަމްސްގެ އޮފީސް ޤާއިމުކުރެވިފައިނުހުންނަ ރަށްރަށަށް އެޑްރެސްކޮށް ގެންނަތަކެތި ޕޯސްޓް އޮފީހާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހާޒިރުގައި ބަލައި ފާސްކުރުމަށްފަހު ކަސްޓަމްސް އަދި ސެކިއުރިޓީ ބޭނުމަށް ބަހައްޓަން ނުޖެހޭ ތަކެތި އެޑްރެސްކުރެވިފައިވާ ފަރާތަށް ފޮނުވާލެވިދާނެއެވެ.

 

16 ވަނަ މާއްދާ - އެކްސްޕޯޓް މުދާ ގެންދިއުން

(ހ) މުދާ އެކްސްޕޯޓް ކުރުމަށްޓަކައި އެއްތަނުން އަނެއް ތަނަށް ގެންދެވޭނީ މުދަލުގެ ވެރިފަރާތުން ލިޔުމަކުން ކަސްޓަމްސްއަށް ހުށަހެޅުމުން ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ މުދަލަށް އެއްވެސް އުނިއިތުރެއް ނުވަތަ ގެއްލުމެއް ލިބިއްޖެނަމަ އެލިބުނު ގެއްލުމުގެ ޒިންމާ މުދަލުގެ ވެރިފަރާތުން އުފުލަންވާނެއެވެ.

 

17 ވަނަ މާއްދާ - އެހެނިހެން ގޮތްގޮތުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދާ

މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރެވިފައިވާ ހާލަތްތައް ފިޔަވައި ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ މުދާ އެހެނިހެން ގޮތްގޮތުން އެއްތަނުން އަނެއްތަނަށް ގެންގޮސް ހަދަންވާނީ ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

 

 

ހަތަރުވަނަ ބާބު

ޝިޕް ސްޓޯރސްގެ ގޮތުގައި ދޫކުރެވޭ ތަކެތި

 

18 ވަނަ މާއްދާ - ޝިޕް ސްޓޯރސް އަށް މުދާދޫކުރެވޭނެ އުޅަނދުފަހަރު

ޝިޕް ސްޓޯރސްގެ ގޮތުގައި ތަކެތި ދޫކުރެވޭނީ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ އުޅަނދުފަހަރަށާއި ދިވެހިރާއްޖެ އެ ބައިވެރިވާ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ޢަމަލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އުޅަނދުފަހަރަށެވެ.

 

19 ވަނަ މާއްދާ - ޝިޕް ސްޓޯރސްގެ ގޮތުގައި ދޫކުރެވޭ ތަކެތި

(ހ) ޝިޕް ސްޓޯރސްގެ ގޮތުގައި ބަލާނީ މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރުގެ ބޭނުމަށް ގެންނަ ސްޕެއަރޕާޓްސްއާއި ބޯޓުގެ އިކުއިޕްމަންޓާއި އާލާތްތަކާއި، ތެލާއި، ފެނާއި ފަޅުވެރިންނަށް ބޭނުންވާ ކާބޯތަކެތި ފަދަ ތަކެއްޗެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ދޫކުރެވޭނީ، މި ގަވާއިދުގެ ދެވަނަ ބައިގެ ހަތްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ނ) ޝިޕް ސްޓޯރސްގެ ގޮތުގައި ރާއްޖެއަށް ގެންނަ މުދާ ހުންނަންވާނީ ޝިޕް ސްޓޯރސްގެ ގޮތުގައި އެ ތަކެތި ގެންނަ އުޅަނދުގެ ނަމުގައި ކޮންސައިން ކޮށްފައެވެ.

 

20 ވަނަ މާއްދާ - ޝިޕް ސްޓޯރސް އަށް މުދާދޫކުރުން

(ހ) ޝިޕް ސްޓޯރސްގެ ގޮތުގައި މުދާ ދޫކުރެވޭނީ މުދާ ގެންދާ އުޅަނދެއްގެ ނަމުގައި ގަވާއިދުން ގުޑްސް ޑިކްލަރޭޝަން ނިންމުމަށްފަހުގައެވެ.

(ށ) ބަނގުރަލާއި އޭރުމަހާއި އޫރުމަސް އެކުލެވޭ ތަކެއްޗާއި ދުންފަތުގެ ބާވަތްތައް ޝިޕް ސްޓޯރސްގެ ގޮތުގައި އެތެރެ ކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. އެހެންނަމަވެސް، ރާއްޖޭގެ ސަރަޙައްދުގައި ކަސްޓަމްސްގެ ކޮންޓްރޯލުގައި އޮތް އުޅަނދެއްގެ ބޭނުމަށް ކަސްޓަމްސްއިން ހުއްދަކުރާ މިންވަރަކަށް ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ބޮންޑެޑް ވެއަރހައުސްއަކުން ޝިޕް ސްޓޯރސްގެ ގޮތުގައި، އިމްޕޯޓް ޑިއުޓީއިން އިސްތިސްނާވާ ގޮތެއްގެ މަތިން މި ބާވަތްތައް ދޫކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) ޝިޕް ސްޓޯރސްގެ ގޮތުގައި އެތެރެކުރާ މުދަލަކީ އެހެން ޤާނޫނަކުން ނުވަތަ ގަވާއިދެއްގެ ދަށުން ހުއްދަ ނަގަންޖެހޭ މުދަލެއްނަމަ ގުޑްސް ޑިކްލަރޭޝަން އެކުގައި އެ ހުއްދައިގެ އަސްލު ހުށަހަޅަންވާނެއެވެ.

(ރ) ދިވެހިރާއްޖެއަށް އެތެރެކުރުން މަނާތަކެތީގެ ތެރެއިން ބަނގުރަލާއި އޫރުމަހާއި މި ދެބާވަތް ބޭނުންކޮށްގެން އުފައްދާފައި ހުންނަ އެހެނިހެން ތަކެތި ޝިޕްސްޓޯރސްގެ ގޮތުގައި ދޫކުރެވޭނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. ހަތިޔާރުކަމަށް ބެލެވޭ އެއްވެސް ބާވަތެއް ދޫކުރެވޭނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން އެ ކަމަށް ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މަނާތަކެތީގެ ގޮތުގައި ބަޔާންކުރެވިފައިވާ، މި މިނޫން އެއްވެސް އެއްޗެއް ޝިޕްސްޓޯރސްގެ ގޮތުގައި ދޫލެއް ނުކުރެވޭނެއެވެ.

(ބ) ޝިޕް ސްޓޯރސްގެ ގޮތުގައި ގެންނަ ތަކެތި ބެހެއްޓުމަށް ޚާއްޞަކުރެވި ކަސްޓަމްސްއިން ގަބޫލުކުރާ ފެންވަރަށް ހެދިފައިވާ ބޮންޑެޑް ވެއަރހައުސްތަކުގައި ބެހެއްޓުމަށް ޝިޕްސްޓޯރުގެ ގޮތުގައި ގެންނަ ތަކެތި ދޫކުރެވިދާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ބޮންޑެޑް ވެއަރހައުސްއެއް ނެތްނަމަ، ތަކެތި ދޫކުރެވޭނީ އެ ތަކެތި ބޭނުންކުރަންޖެހޭ އުޅަނދަކަށެވެ.

(ކ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ބޮންޑެޑް ވެއަރހައުސް ނުހުންނަ ފަރާތްތަކުން ޝިޕް ސްޓޯރސްގެ ގޮތުގައި ގެންނަ ތަކެތި ރާއްޖެއިން ބޭރުން ގެންނައިރު އެ ތަކެތި ބޭނުންކުރާ އުޅަނދު ރާއްޖޭގައި ނެތްނަމަ، އެ ތަކެތި ދޫކުރެވޭނީ އުޅަނދު ރާއްޖެ އައުމުންނެވެ. އުޅަނދު ނެތިގެން މުދާ ދޫނުކުރެވި ބެހެއްޓޭ މުއްދަތުގެ ތެރޭގައި ދައްކަންޖެހޭ ޑެމަރޭޖްފީގެ މައްސަލަ ހަމަޖައްސަންޖެހޭނީ އުޅަނދުގެ ވެރިފަރާތުންނެވެ.

 

21 ވަނަ މާއްދާ - މާސްޓަރާއި އެޖެންޓުގެ ޒިންމާ

ޝިޕް ސްޓޯރސްގެ ގޮތުގައި ދޫކުރެވޭ މުދާ އުޅަނދަކަށް ގެންދިއުމަކީ އުޅަނދުގެ މާސްޓަރ ނުވަތަ އެޖެންޓުގެ ޒިންމާއެކެވެ. އަދި ޝިޕްސްޓޯރގެ ގޮތުގައި ދޫކުރެވޭ މުދަލެއް އެ މުދަލެއް ދޫކުރެވޭ އުޅަނދު ފިޔަވައި އެހެން ތަނަކަށް ގެންދިއުމާއި ނުވަތަ އެ އުޅަނދުގެ ފަޅުވެރިން ފިޔަވައި އެހެންފަރާތަކަށް ދިނުމާއި ނުވަތަ ވިއްކުމަކީ ކުށެކެވެ. މިފަދަ ކުށެއް ކޮށްފިނަމަ، މި ގަވާއިދުގެ 19 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ އުޅަނދުގެ މާސްޓަރ ނުވަތަ އެޖެންޓާމެދު ފިޔަވަޅު އެޅޭނެއެވެ.

 

 

ފަސްވަނަ ބާބު

ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެއްޗާއި ފޮނުވާ ތަކެތި

 

22 ވަނަ މާއްދާ - ފަރުދުންގެ އަމިއްލަ ބޭނުންތަކަށް ގެންނަ ތަކެތި

ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ މާފު ދާއިރާތަކަށް ގެންނަ ތަކެއްޗާއި އަމިއްލަ ފަރުދުންގެ ޒާތީ ބޭނުންތަކަށް ގެންނަ ތަކެއްޗާއި ކޮރެސްޕޮންޑެންސް އަދި ޑޮކިއުމެންޓްސް ފަދަ ތަކެއްޗާއި ޑިއުޓީ ދައްކަން ނުޖެހޭ އަގުހެޔޮ ކޮންސައިންމަންޓުތަކާމެދު ޢަމަލުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އުސޫލާ އެއްގޮތަށެވެ.

 

23 ވަނަ މާއްދާ - އިމްޕޯޓް ޑިއުޓީ ނެގުން

(ހ) ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ދަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ ތަކެއްޗާއި އަމިއްލަ ފަރުދުންގެ ޒާތީ ބޭނުންތަކަށް ގެންނަ ތަކެއްޗާމެދު ޢަމަލުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އުސޫލާ އެއްގޮތަށެވެ.

(ށ) ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ދަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ މުދަލާއި، އަމިއްލަ ފަރުދުންގެ ޒާތީ ބޭނުންތަކަށް ގެންނަ މުދަލުން، ޑިއުޓީ މާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރަށްވުރެ އިތުރަށް ހުންނަ މުދާ ދޫކުރެވޭނީ އެފަދަ ތަކެއްޗާމެދު ޢަމަލުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ ގަވާއިދާ އެއްގޮތަށެވެ.

 

24 ވަނަ މާއްދާ - އިމްޕޯޓްކުރާ މުދަލުގެ މަޢުލޫމާތު ހުށަހެޅުން

(ހ) ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ވިޔަފާރި ބޭނުމަށް ގެންނަ ތަކެއްޗާއި މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ހުންނަ ތަކެތި ދޫކުރެވޭނީ، މި ގަވާއިދުގެ 3 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގުޑްސް ޑިކްލަރޭޝަނާއި އެހެނިހެން ލިޔުން ހުށަހަޅައި ކަސްޓަމްސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުމުންނެވެ.

(ށ) ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ތަކެއްޗާގުޅޭގޮތުން ކަސްޓަމްސްއާ މުޢާމަލާތް ކުރަންވާނީ މުދަލުގެ ވެރިފަރާތުންނެވެ. އަދި، ވެރިފަރާތުން ބޭނުންވެއްޖެނަމަ ވެރިފަރާތުގެ ބަދަލުގައި މުޢާމަލާތްކުރުމަށް މި ގަވާއިދުގެ 9 ވަނަ ބައިގެ އެއްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްގެ މެދުވެރިއެއް ޢައްޔަން ކުރެވިދާނެއެވެ.

 

25 ވަނަ މާއްދާ - ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ އެޖެންޓް މެނިފެސްޓް ހުށަހެޅުން

(ހ) ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތި ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ކުރިން އެތަކެތީގެ އެޖެންޓް މެނިފެސްޓެއް ލޯކަލް ކުރިއަރ އެޖެންޓް ކަސްޓަމްސަށް ހުށަހަޅަންވާނެއެވެ. އެޖެންޓް މެނިފެސްޓާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ޑެލިވަރީ އޯޑަރ
  2. ކުރިއަރ ނުވަތަ ޕޯސްޓު އެއަރވޭބިލް

(ށ) ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ އެޖެންޓް މެނިފެސްޓުގައި ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  1. ތަކެތި ގެނައި މީހާގެ ފުރިހަމަ ނަން؛
  2. ތަކެތި ގެނައި މީހާގެ އެޑްރެސް؛
  3. ޕާރުސަލްގެ އަދަދާއި މުދަލުގެ ބާވަތް؛
  4. ކުންފުންޏެއްގެ ނަމުގައި ގެނެސްފައިވާ މުދަލެއްނަމަ އެކުންފުނީގެ ނަން.

(ނ) ޕޯސްޓުން ނުވަތަ ކުރިއަރ މެދުވެރިކޮށް ގެންނަ ހުރިހާ ތަކެއްޗެއްވެސް އެޖެންޓް މެނިފެސްޓުގައި ހިމަނަންވާނެއެވެ. އެގޮތުން އެޖެންޓް މެނިފެސްޓުގައި ނުހިމެނޭ ތަކެތި ޝިޕްމަންޓުގައި ހުރެއްޖެނަމަ، މި ގަވާއިދުގެ 19 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލޯކަލް ކުރިއަރ އެޖެންޓް ޖޫރިމަނާ ކުރެވޭނެއެވެ.

 

26 ވަނަ މާއްދާ - ތަކެތި ބަލައި ފާސްކުރުން

ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތި ބަލައި ފާސްކުރެވޭނީ މި ގަވާއިދުގެ 12 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

27 ވަނަ މާއްދާ - ތަކެތި ކަސްޓަމްސްގެ ކޮންޓްރޯލްގައި ބެލެހެއްޓުން

ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތި ދޫކުރެވެންދެން އެ ތަކެތި ހުންނާނީ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި މުދާ ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުގެ ބެލުމުގެ ދަށުގައެވެ.
 

 

28 ވަނަ މާއްދާ - ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުން

ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުން ގެންދެވޭނީ މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

29 ވަނަ މާއްދާ - އަނބުރާ ފޮނުވާލުން

(ހ) ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ވެރިފަރާތުން ބޭނުންނުވާނަމަ، އެތަކެތި އެ ފޮނުވި ފަރާތަށް އަނބުރާ ފޮނުވާލެވިދާނެއެވެ. މިގޮތުން އަނބުރާ ފޮނުވާލަން ބޭނުންވާތަކެތި ކަސްޓަމްސްއިން ބަލައި ފާސްކުރާ ދުވަހު ލޯކަލް ކުރިއަރ އެޖެންޓަށް ހަވާލުކުރެވޭނެއެވެ. އެ ތަކެތި ހަވާލުކުރާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ތަކެތި އަނބުރާ ފޮނުވާލުމަށްފަހު ލޯކަލް ކުރިއަރ އެޖެންޓް ކަސްޓަމްސްއަށް އަންގަންވާނެއެވެ.

(ށ) ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތި، ލޯކަލް ކުރިއަރ އެޖެންޓްގެ ހާޒިރުގައި ބަލައި ފާސްކުރުމަށްފަހު، ލޯކަލް ކުރިއަރ އެޖެންޓަށް ދޫކުރެވޭ ތަކެތީގެ ތެރެއިން ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެތީގެ މަޢުލޫމާތު (ތަކެތި ބެހެއްޓުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވާ ދުވަހުން ފެށިގެން 5 ދުވަހުގެ ތެރޭގައި) ލޯކަލް ކުރިއަރ އެޖެންޓް ކަސްޓަމްސްއަށް ދޭންވާނެއެވެ.

(ނ) މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަކެތި އަނބުރާ ފޮނުވާލުމަށް ކަސްޓަމްސްއިން ހުއްދަ ދޭ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ތަކެތި އަނބުރާ ފޮނުވާލުމަށްފަހު، ލޯކަލް ކުރިއަރ އެޖެންޓް ކަސްޓަމްސްއަށް އަންގަންވާނެއެވެ.

(ރ) ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ބެހެއްޓޭ ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ މުދަލާމެދު ޢަމަލުކުރާނީ މި ގަވާއިދުގެ 14 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

30 ވަނަ މާއްދާ - ތަކެތި ބޭރުކުރުން

ޕޯސްޓުން ނުވަތަ ކުރިއަރސަރވިސް މެދުވެރިކޮށް ބޭރުކުރެވޭ ތަކެތީގެ ޝިޕްމަންޓުތައް ޕްރޮސެސް ކުރުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) ޝިޕްމަންޓްގެ ޝިޕަރސް އިންސްޓްރަކްޝަން ފޮރ ޑިސްޕެޗް (އެސް.އައި.ޑީ)؛

(ށ) ޝިޕްމަންޓްގެ އެއަރވޭބިލް؛

(ނ) މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން (ޑިކްލަރޭޝަން ހުށަހަޅަންޖެހޭ މުދަލަށް)؛

 

 

ހަވަނަ ބާބު

ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުތުމަށް އެތަންތަން ހިންގާ ފަރާތްތަކުން ހުއްދަ ދިނުން

 

31 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުތުމަށް ހުއްދަ ދިނުން

(ހ) ކަސްޓަމްސްގެ ސަރަޙައްދުތަކަށާއި ރަސްމީ ބަނދަރުތަކުގައި ކަސްޓަމްސްގެ ސަރަޙައްދުކަމަށް ކަނޑައަޅާފައިވާ ތަންތަނަށް މީހުންނާއި އުޅަނދުފަހަރު އަދި ވެހިކަލްފަދަ ތަކެތި ވަދެނުކުތުމަށް އެތަންތަން ހިންގާ ފަރާތްތަކުން ހުއްދަ ދޭންވާނީ ގަވާއިދުން ކަސްޓަމްސްގެ ހުއްދަ ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ނެތި ކަސްޓަމްސްގެ ސަރަޙައްދުތަކަށް މީހުންނާއި އުޅަނދުފަހަރު އަދި ވެހިކަލްފަދަ ތަކެތި ވަދެނުކުތުމަކީ މަނާކަމެކެވެ.

 

32 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ މީހުންނާއި ވަޒީފާ އަދާކުރާ މީހުން ވަދެނިކުމެވުން

(ހ) ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވާ މީހުންނާއި އެނޫންވެސް ބޭނުމަކު އެސަރަޙައްދުތަކަށް ވަދެނިކުމެވާ އެންމެހައި ފަރާތްތައް ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމުގެ ހުއްދަ އެތަންތަން ހިންގާ ފަރާތްތަކުން ދޭންވާނީ، އެ ހުއްދަ ދޫކުރަން ބޭނުންވާ ފަރާތާ ގުޅޭގޮތުން އެތަންތަން ހިންގާ ފަރާތްތަކަށް ހުށަހެޅޭ އެންމެހައި ލިޔުންތަކުގެ އަސްލު ކަސްޓަމްސްއަށް ހުށަހަޅައި ކަސްޓަމްސްގެ ހުއްދަ ހޯދުމަށް ފަހުގައެވެ. މިގޮތުން ހުށަހެޅޭ ލިޔުންތަކަކީ މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް އެމީހެއްގައި ފުރިހަމަވާކަން ދެނެގަނެވޭނެ ލިޔުންތަކަށް ވާންވާނެއެވެ.

(ށ) ކަސްޓަމްސްގެ ސަރަޙައްދުތަކުގައި އުޅޭއިރުއާއި އެތަންތަނަށް ވަދެނިކުމެވުމުގައި އެތަންތަނަށް ވަދެނުކުތުމަށް ދޫކުރެވިފައިވާ ހުއްދަ ނުވަތަ ފާސް އަބަދުވެސް ފެންނަގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ.

 

33 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަޙައްދުތަކަށް އުޅަނދުފަހަރު ނުވަތަ ވެހިކަލް ވަދެނިކުމެވުމުގެ ހުއްދަ

ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވާ އުޅަނދުފަހަރާއި ވެހިކަލްފަދަ ތަކެތި އެތަންތަން ހިންގާ ފަރާތްތަކުން ދިނުމަށްފަހު، ހުއްދަ ދެވުނު އުޅަނދު ނުވަތަ ވެހިކަލްގެ ރަޖިސްޓަރީ ނަންބަރާއި، ބާވަތް އެ ހުއްދަ ދެވުނުތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) ކަސްޓަމްސްއަށް ދޭންވާނެއެވެ.

 

34 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަނުން

ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަންނަންވާނީ ހަމައެކަނި ރަސްމީ ޑިއުޓީ އަދާކުރުމަށް ވަންނަންޖެހޭ ބޭނުން ނުވަތަ ހުއްދަ ދޫކުރެވިފައިވާ ބޭނުން ފުރިހަމަކުރުމަށެވެ.

 

35 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވާންޖެހޭ ތަންތަން

ކަސްޓަމްސްގެ ސަރަޙައްދުތަކަށް މީހުންނާއި އުޅަނދުފަހަރު އަދި ވެހިކަލްފަދަ ތަކެތި ވަދެނުކުމެވާންވާނީ އެކަމަށް ޚާއްޞަކުރެވި އަދި ކަސްޓަމްސްއިން ހުއްދަ ދީފައިވާ ދޮރާށިތަކުން ނުވަތަ އެފަދަ ތަންތަނުންނެވެ.

 

36 ވަނަ މާއްދާހުއްދަ ދިނުމުގައި ކަސްޓަމްސްއިން ބަލާނެ މިންގަނޑު

ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމުގެ ހުއްދައަށް އެދޭ މީހުންގައި ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލައެއް ޝަރީޢަތަށް ސާބިތުވެފައިވާނަމަ، ޙުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 03 (ތިނެއް) އަހަރު ވެފައިވުން.

(ށ) ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށެއްގެ މައްސަލައެއް ޝަރީޢަތަށް ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ، އެޙުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 01 (އެކެއް) އަހަރު ވެފައިވުން.

 

37 ވަނަ މާއްދާ - ސަރަޙައްދުތަކަށް ވަދެނިކުމެވުމުގެ ދާއިމީ ހުއްދައާމެދު ކަސްޓަމްސްއިން ނިންމާ ގޮތެއް އެންގުން

(ހ) ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމުގެ ހުއްދަ ހޯދުމަށް އެދޭ ފަރާތަކީ މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށްވާނަމަ، ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމުގެ ހުއްދަ އެފަރާތަކަށް ދެވޭނެއެވެ.

(ށ) ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމުގެ ހުއްދަ ހޯދުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅާ ހުށަހެޅުންތައް ލިބޭތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެހުށަހެޅުމަށް ކަސްޓަމްސްއިން ޖަވާބުދޭންވާނެއެވެ.

(ނ) ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމުގެ ޝަރުޠު ހަމަނުވާ އެއްވެސް ފަރާތަކަށް ސަރަޙައްދުތައް ހިންގާ ފަރާތްތަކުން އެ ހުއްދަ ދީގެންނުވާނެއެވެ.

 

38 ވަނަ މާއްދާ - ހުއްދައާބެހޭ މަޢުލޫމާތު ކަސްޓަމްސްއަށް ދިނުން

(ހ) ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމުގެ ހުއްދަ އެތަންތަން ހިންގާ ފަރާތްތަކުން ދޫކުރާތާ ގިނަވެގެން 3 ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެ ހުއްދައާ ގުޅޭ އެންމެހައި ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމަށް ދޫކުރެވިފައިވާ ހުއްދަ އެއްވެސް ސަބަބަކާހެދި ބާޠިލުކޮށްފިނަމަ، އެ ހުއްދަ ބާޠިލުކުރާތާ ގިނަވެގެން 3 ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެކަން ކަސްޓަމްސްއަށް އަންގަންވާނެއެވެ. 

(ނ) ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމަށް ހުއްދަ ދޫކުރެވިފައިވާ ފަރާތުގެ ފާހުގައިވާ އެއްވެސް މަޢުލޫމާތެއް ބަދަލުވެގެން އެ ހުއްދަ ދޫކުރި ފަރާތަށް އަންގައިފިނަމަ، އެކަން އެންގިތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެ މަޢުލޫމާތު ކަސްޓަމްސްއަށް ދޭންވާނެއެވެ.

 

39 ވަނަ މާއްދާ - ހުއްދަ ހިފެހެއްޓުން

(ހ) މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުމެވުމުގެ ހުއްދަ ދީފައިވާ މީހަކު ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވިކަމަށް ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެއްޖެނަމަ، އެ މައްސަލައިގައި ދަޢުވާކުރުމާ ބެހޭގޮތުން ގޮތެއް ނިމެންދެން، ނުވަތަ އެ މައްސަލައާމެދު ޝަރީޢަތުން ގޮތެއް ނިމެންދެން އެ މީހަކަށް ދޫކުރެވިފައިވާ ހުއްދަ ހިފެހެއްޓުމަށް އެ ހުއްދަ ދޫކުރި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ.

(ށ) ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުމެވުމުގެ ހުއްދަ ދީފައިވާ ފަރާތަކާމެދު ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެފައިވާ މައްސަލަ ޝަރީޢަތަށް ސާބިތު ނުވެއްޖެނަމަ ނުވަތަ ދަޢުވާ ނުކުރަން ނިންމައިފިނަމަ ހިފެހެއްޓިފައިވާ ހުއްދަ އަލުން އެފަރާތަކަށް ދޭންވާނެއެވެ.

 

40 ވަނަ މާއްދާ - ހުއްދަ ބާޠިލުކުރުން

(ހ) ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުމެވުމުގެ ހުއްދަ ދީފައިވާ ފަރާތަކާމެދު ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެފައިވާ މައްސަލަ، ޝަރީޢަތަށް ސާބިތު ވެއްޖެނަމަ އެފަރާތަކަށް ދޫކުރެވިފައިވާ ހުއްދަ ބާޠިލުކުރުމަށް އެ ހުއްދަ ދޫކުރި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ.

(ށ) ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމަށް އެއްވެސް ފަރާތަކަށް ދޫކުރެވިފައިވާ ހުއްދަ ހިފެހެއްޓުމަށް ނުވަތަ ބާޠިލުކުރުމަށް ކަސްޓަމްސްއިން އަންގައިފިނަމަ، ހުއްދަ ދޫކުރި ފަރާތުން އެގޮތަށް ޢަމަލުކޮށް، ހުއްދަ ދޫކުރެވިފައިވާ ފަރާތަށް އެކަން އެންގުމަށްފަހު ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެކަން ކަސްޓަމްސްއަށް އަންގަންވާނެއެވެ.

 

41 ވަނަ މާއްދާ - ސަރަޙައްދުތަކަށް ވަދެނިކުމެވުމަށް ދޫކުރެވޭ ވަގުތީ ހުއްދަ

(ހ) ކަސްޓަމްސްގެ ސަރަޙައްދުތަކަށް މީހުންނާއި އުޅަނދުފަހަރު އަދި ވެހިކަލްފަދަތަކެތި ވަދެނުކުމެވުމުގެ ވަގުތީ ހުއްދަ ދޫކުރަންވާނީ، އެ ހުއްދަ ދޫކުރަން ބޭނުންވާ މީހުންނާއި އުޅަނދުފަހަރު އަދި ވެހިކަލްފަދަތަކެއްޗާ ގުޅޭ މަޢުލޫމާތު ކަސްޓަމްސްއަށް ހުށަހަޅައި ކަސްޓަމްސްގެ ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރެވޭ ވަގުތީ ހުއްދައަށް އެދި ކަސްޓަމްސްއަށް ހުށަހަޅާ ވަގުތު އެ ހުއްދައާމެދު ކަސްޓަމްސްއިން ނިންމި ގޮތެއް ކަސްޓަމްސްއިން ލިޔުން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

 

42 ވަނަ މާއްދާ - ހުއްދަ ދޫކުރެވިފައިވާ މީހަކު ސަރަހައްދެއްގައި ހުއްޓާ އެ ތަނުން ނެރުން

ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުމެވުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުން އެ ތަންތަނަށް ވަދެ އުޅުމުގައި، އެ މީހެއްގެ ފަރާތުން ކަސްޓަމްސްގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އެޅިދާނެ ފަދަ ސަބަބެއް އޮތްކަމަށް ކަސްޓަމްސްއަށް ފެނިއްޖެނަމަ، އެ މީހަކު އެ ސަރަޙައްދުން ނެރުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

43 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަޙައްދުތައް ގިންތިތަކަށް ބެހުން

ކަސްޓަމްސްއިން ބޭނުންވެއްޖެ ޙާލަތެއްގައި ކަސްޓަމްސްގެ ސަރަޙައްދުތައް ގިންތިތަކަށް ބަހައި ޚާއްޞަކުރެވޭ ތަންތަނަށް ނުވަތަ ސަރަޙައްދުތަކަށް ވަދެނިކުމެވުމަށް ކަސްޓަމްސްއިން ޚާއްޞަ ހުއްދައެއް ނުވަތަ ފާހެއް ދޫކުރާގޮތަށް ހަމަޖެއްސުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

44 ވަނަ މާއްދާ - މިގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސަރަޙައްދުތަކަށް ވަނުމުގެ ހުއްދަ ދެވިފައިވާ ފަރާތްތައް

(ހ) މިގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުމެވުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުގެ އެންމެހައި މަޢުލޫމާތު މިގަވާއިދަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ތަންތަން ހިންގާ ފަރާތްތަކުން ކަސްޓަމްސްއަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއަށް ދޭ މަޢުލޫމާތު ބަލައި ދިރާސާ ކުރުމަށްފަހު މިގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް އެމީހެއްގައި ފުރިހަމަނުވާނަމަ، އެފަރާތަކަށް ދޫކުރެވިފައިވާ ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުމެވުމުގެ ހުއްދަ ބާޠިލުކުރަންވާނެއެވެ.

 

 

ހަތްވަނަ ބާބު

އިހުމާލުވާ މުދަލުގެ ޑިއުޓީދެއްކުން

 

45 ވަނަ މާއްދާ - އިހުމާލުވާ މުދަލުގެ ޑިއުޓީ ދެއްކުން

ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރާ މުދާ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުން ދޫކޮށް ނިމެންދެން ބެލެހެއްޓުމާ ހަވާލުވާ ފަރާތުގެ އިހުމާލުން މުދަލެއް ގެއްލި ހަލާކުވެ ނުވަތަ އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެ މުދަލެއްގެ އިމްޕޯޓް ނުވަތަ އެކްސްޕޯޓް ޑިއުޓީއަށްވާ ފައިސާ އެ މުދަލެއް ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތަކުން ކަސްޓަމްސްއަށް ދައްކައި ނިންމަންވާނެއެވެ. އަދި މުދަލުގެ ވެރިފަރާތަށް ދޭންޖެހޭ ބަދަލު އެ މުދަލެއް ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތަކުން ދޭންވާނެއެވެ.

 

46 ވަނަ މާއްދާ - އިހުމާލުވުން ކަމުގައި ބެލުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރާ މުދާ ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުން އެ މުދަލަށް އިހުމާލުވީ ކަމުގައި ބެލޭނެއެވެ.

  1. މުދާ ރާއްޖެއަށް ގެނެސްފައިވާކަން މުދަލުގެ މެނިފެސްޓުންނާއި މުދާ ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުގެ ޓެލިޝިޓުން ނެގޭ. މުދަލުގެ ތެރެއިން ގަވާއިދުން ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުން ދޫކުރެވިފައިނުވާ މުދާ، އެ މުދާ ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުގެ ބެލުމުގެ ދަށުގައި ހުރުން.
  2. އިމްޕޯޓްކުރުމަށްޓަކައި ނުވަތަ އެކްސްޕޯޓްކުރުމަށްޓަކައި އުޅަނދަށް އަރުވައި ބޭލުމުގައި މުދާ ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުގެ އިހުމާލުން މުދަލެއް ގެއްލި ނުވަތަ ހަލާކުވެ ނުވަތަ އެފަދަ ކަމެއް މެދުވެރިވުން.
  3. މުދާ ބެލެހެއްޓުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ބަދަލު ކުރުމުގައި ނުވަތަ މުދާ އުފުލުމުގައި ނުވަތަ އެނޫންވެސް އެފަދަ ކަމެއްކުރުމުގައި މުދާ ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުގެ އިހުމާލުން މުދަލެއް ގެއްލި ނުވަތަ ހަލާކުވެ ނުވަތަ އެފަދަ ކަމެއް މެދުވެރިވުން.

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތަކަށް ނުފެތޭގޮތަށް ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިހުރި މުދަލެއް ގެއްލި ނުވަތަ ހަލާކުވެ ނުވަތަ އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެ މުދަލެއް ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުން އެ މުދަލަކަށް އިހުމާލުވިކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ކަސްޓަމްސްއިން އެ މައްސަލައެއް ތަޙުޤީޤު ކުރުމަށްފަހުއެވެ.

 

47 ވަނަ މާޢްދާ - މުދަލުގެ ތަފުސީލު ބެލުމާއި މުދަލުގެ އަގު ކަނޑައެޅުން

އިހުމާލުވާ މުދަލުގެ ޑިއުޓީ ދެއްކުމުގައި ތަފާތު ޕެކިންގގައި ބަންދުކޮށްފައިވާ ދާގީނާގައި ހުންނަ މުދަލުގެ ތަފުސީލުގެ ގޮތުގައި ބަލާނީ، އެ ޝިޕްމަންޓް ނުވަތަ އެ މުދަލާ ގުޅޭ ލިޔުންތަކުން އެނގެން ހުންނަ މުދަލުގެ ތަފްސީލަށެވެ. އަދި އެ މުދަލަށް ޑިއުޓީ ދައްކާނެ އަގު ކަނޑައަޅާނީ މި ގަވާއިދުގެ 05 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

48 ވަނަ މާއްދާ - އިސްތިސްނާ

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރާ މުދާ ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުގެ ޓެލީ ސިޓުން ހަމަ ކަމަށް ދައްކައި މުދަލެއްގެ ނުވަތަ ދާގީނާއެއްގެ ބޭރުފުށަށް އެއްވެސް ގެއްލުމެއް ނުލިބިހުރެ ދާގީނާއެއްގެ ތެރެއިން މުދަލެއް މަދުވެއްޖެނަމަ، އެ މައްސަލަ ކަސްޓަމްސްއިން ތަޙުޤީޤުކުރުމަށްފަހު، އެކަށީގެންވާ ސަބަބެއް އޮތްކަމަށް ގަބޫލުކުރެވޭނަމަ އެ މުދަލަށް ދައްކަންޖެހޭ ޑިއުޓީ އެ މުދަލެއް ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުން ނުނެގުމުގެ އިޚުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ށ) ކަސްޓަމްސްގެ ބެލުމުގެ ދަށުގައިވާ މުދަލެއް، ކަސްޓަމްސްއިން ދޫކޮށްލުމުގެ ކުރިން ހަލާކުވެއްޖެނަމަ ނުވަތަ ރާއްޖެއަށް އިމްޕޯޓް ކުރަން ބޭނުން ނުވެގެން މުދަލުގެ ވެރިފަރާތުން ދޫކޮށްލާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެ މުދަލެއް ޑިއުޓީ ނެގުމުން އިސްތިސްނާވެއެވެ.

  1. ރާއްޖެއަށް އިމްޕޯޓް ކޮށްފައިވާ މުދަލެއް ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތާލުން.
  2. ޤުދުރަތީ ހާދިސާއެއްގައި މުދަލެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުން.

(ނ) މި މާއްދާގެ ދަށުން މުދަލެއް ހަލާކުކޮށްލުމުން ހުންނަ އޭގެ ބޭނުން ނުހިފޭ ސާމާނު ރާއްޖެއަށް އެތެރެކޮށްފިނަމަ، އެފަދަ ތަކެއްޗަށް ދައްކަންޖެހޭ ޑިއުޓީ ދައްކަންވާނެއެވެ.

 

 

ދެވަނަ ބައި

ރާއްޖެއަށް އަންނަ އުޅަނދުފަހަރާއި، ރާއްޖެއިން ފުރާ އުޅަނދުފަހަރު

ފަސްވަނަ ބާބު

އުޅަނދުފަހަރު ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށަށް ގެނައުމާއި، ދޫކުރުން

 

49 ވަނަ މާއްދާ - ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ އުޅަނދުފަހަރު

ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރާއި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ބޭރުދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދަށް ވަންނަ ވަގުތުން ފެށިގެން ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހަމަޖެހެންދެން އޮންނާނީ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައެވެ.

(ހ) ރާއްޖޭގެ ސަރަޙައްދުން ބޭރަށް ނުކުންނަންދެން؛

(ށ) މި ގަވާއިދުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުން އެ އުޅަނދު ދޫކުރަންދެން؛ 

 

50 ވަނަ މާއްދާ - ކޮންޓްރޯލުގެ ދަށުން ދޫކުރުން

ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުން އުޅަނދުފަހަރު ދޫކޮށްދިނުމަށް އެދި ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ (އުޅަނދު ޗެކްކުރުމަށް އެދޭ) ފޯމު؛
  2. އެ އުޅަނދަކީ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއްނަމަ، އެ އުޅަނދުގެ ރަޖިސްޓަރީ ރާއްޖޭގެ ފަރާތަކަށް ބަދަލުކުރުމަށްފަހު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަނުން ދޫކޮށްފައިވާ ލިޔުން.

(ށ) އުޅަނދެއް ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުން ދޫކުރެވޭނީ، އެ އުޅަނދެއް އެންމެ ފަހުން ކުރި ދަތުރުގައި ރާއްޖެއަށް ގެނެސްފައިވާ މުދާ ބޭލުމަށްފަހު އެ އުޅަނދަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމުން، އެ އުޅަނދު ކަސްޓަމްސްއިން ބަލައި، ފާސްކުރުމަށްފަހުގައެވެ.

 

51 ވަނަ މާއްދާ - ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ރަޖިސްޓަރީ ކުރާ އުޅަނދުފަހަރު ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށަށް ގެނައުން

(ހ) ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުން ދޫކޮށްފައިވާ އުޅަނދެއް، ނުވަތަ ރާއްޖޭގައި އުފައްދާފައިވާ އުޅަނދެއް ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަނުގައި ރަޖިސްޓަރީ ކުރުމާއެކު އެ އުޅަނދު ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށަށް ގެނެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ދެވޭނީ އެ އުޅަނދު ކަސްޓަމްސްއިން ބަލައި، ފާސްކުރުމަށްފަހުއެވެ.

 

 

ދެވަނަ ބާބު

ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ އުޅަނދުފަހަރަށް އަރައިފޭބުމާއި ތަކެތި އަރުވައި ބޭލުން

 

52 ވަނަ މާއްދާ - އުޅަނދުފަހަރަށް ގޮސް އައިސްވުމާއި ތަކެތި އަރުވައި ބޭލުން

(ހ) ކަސްޓަމްސްގެ ހުއްދަ ނެތި، ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ގޮސް އައިސްވުމާއި ތަކެތި އަރުވައި ބޭލުމަކީ މަނާކަމެކެވެ.

(ށ) ދިވެހިރާއްޖެއަށް އަންނަ އުޅަނދަކަށް ކަސްޓަމްސްއިން އެރުމުގެ ކުރިން އެހެން އެއްވެސް މީހަކު އަރައިފޭބުމާއި މުދާ އަރުވައި ބޭލުމަކީ މަނާކަމެކެވެ.

(ނ) ޤައުމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އުޅަނދުފަހަރަށް އެރުމާއި އެހެން ޤާނޫނަކުން ބާރު ލިބިގެން، އެ ޤާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުޅަނދުފަހަރަށް އަރާ އެރުންތައް މި މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.

 

53 ވަނަ މާއްދާ - އުޅަނދުފަހަރަށް ގޮސް އައިސްވުމުގައި ކަސްޓަމްސްގެ ހުއްދަ ހޯދުން

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިފައިވާ އުޅަނދުފަހަރު ފިޔަވައި ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ އުޅަނދުފަހަރަށް ގޮސް އައިސްވުމާއި ތަކެތި އަރުވައި ބޭލޭނީ ކަސްޓަމްސްއިން ހުއްދަކުރާ ސަރަހައްދަކުން ކަސްޓަމްސްއިން ހުއްދަދޭ ފަރާތްތަކަށެވެ.

 

54 ވަނަ މާއްދާ - އުޅަނދުފަހަރަށް ގޮސް އައިސްވެވޭނެ ފަރާތްތައް

(ހ) ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ އުޅަނދުފަހަރަށް ގޮސް އައިސް ވެވޭނީ މި ގަވާއިދުގެ 9 ވަނަ ބައިގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފާސް ދޫކުރެވިފައިވާ ފަރާތްތަކަށެވެ.

(ށ) ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ އުޅަނދެއްގެ ކުރޫއެއް ނުވަތަ ޕެސެންޖަރެއް އެ އުޅަނދަކަށް އަރައި ފޭބުމަށް ފާހެއް ބޭނުމެއް ނުވާނެއެވެ.

 

55 ވަނަ މާއްދާ - ފަޅުވެރިން ގެންނަ ތަކެތި ބޭލުން

ކަނޑުމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ފަޅުވެރިން ގެންނަ، ކްރޫ ޑިކްލަރޭޝަނުގައި ހިމަނާފައިވާ ތަކެތި ކްލިއަރ ކުރުމަށްޓަކައި، އުޅަނދުން ބާލައިގެން ކަސްޓަމްސްއަށް ގެންނަންވާނީ ކަސްޓަމްސްއިން ޚިދުމަތްދޭ ގަޑިތަކުގައެވެ.

 

 

ތިންވަނަ ބާބު

ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަނދަރުކުރުމާއި، އިންވާރޑް ކްލިއަރެންސް ދިނުން

 

56 ވަނަ މާއްދާ - އިންވާރޑް ކްލިއަރެންސް ހޯދުން

(ހ) ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ކޮންމެ އުޅަނދެއް ރާއްޖޭގެ ބަނދަރަކަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިންވާރޑް ކްލިއަރެންސް ހޯދުމެވެ. މިގޮތުން އުޅަނދު ބަނދަރަށް އަންނަތާ ގިނަވެގެން 12 (ބާރަ) ގަޑިއިރުގެތެރޭގައި ކަސްޓަމްސްއިން އިންވާރޑް ކްލިއަރެންސް ހޯދަންވާނެއެވެ. މީގެ ތެރޭގައި ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިފައިވާ އުޅަނދުފަހަރު ނުހިމެނޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންސާނީ ބާރު ނުފޯރާ ޚާއްޞަ ޙާލަތެއް މެދުވެރިވެގެން ކަސްޓަމްސްގެ ހުއްދަ ހޯދުމަށްފަހުގައި، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބަނދަރުތައް ފިޔަވައި އެހެން ތަންތަނުގައި ބަނދަރުކޮށްފައި އޮންނަ މުއްދަތު ނުހިމެނޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު ބަދަލުވުމުން އިންވާރޑް ކްލިއަރެންސް ހޯދުމަށްޓަކައި މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބަނދަރަކަށް އުޅަނދު އަންނަންވާނެއެވެ.

 

57 ވަނަ މާއްދާ - އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސްދެވޭނެ ބަނދަރުތައް

(ހ) ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދެވޭނީ މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބަނދަރުތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައިވީ ނަމަވެސް، ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމަށް އުޅަނދުފަހަރު ދިއުމުގެ ހުއްދަ ދެވޭ ޙާލަތްތަކުގައި އެ ތަންތަނުން އިންވާރޑް ކްލިއަރެންސް ދެވިދާނެއެވެ.

 

58 ވަނަ މާއްދާ - އުޅަނދު އައުމާއެކު ކަސްޓަމްސްއަށް އެންގުން

ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރު ރާއްޖޭގެ ބަނދަރަކަށް އައުމާއެކު އެކަން އުޅަނދުގެ ވެރިފަރާތުން ނުވަތަ މާސްޓަރު ނުވަތަ އެޖެންޓް ކަސްޓަމްސްއަށް އަންގަންވާނެއެވެ.

 

59 ވަނަ މާއްދާ - އެޖެންޓަކު ނެތި އަންނަ އުޅަނދުފަހަރު

(ހ) އެޖެންޓަކު ނެތި ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދޭ ވަގުތުން ފެށިގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެތެރޭގައި އެޖެންޓަކު ހަމަނުޖައްސައިފިނަމަ، މި ގަވާއިދުގެ 10 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރު ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ އުޅަނދަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭނީ މިގޮތުން ކުރެވޭ ޖޫރިމަނާ ފައިސާ ކަސްޓަމްސްއަށް ދައްކައި ނިންމުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައިވިޔަސް، ރާއްޖެއަންނަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދޭ ވަގުތުން ފެށިގެން އެޖެންޓަކު ހަމަޖެއްސުމަށް 72 (ހަތްދިހަދޭއް) ގަޑިއިރުގެ މުހުލަތެއް ދެވޭނެއެވެ. އަދި 72 (ހަތްދިހަދޭއް) ގަޑިއިރުގެތެރޭގައި އެޖެންޓަކު ހަމަނުޖައްސައިފިނަމަ، މި ގަވާއިދުގެ 10 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރު ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ އުޅަނދަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭނީ މިގޮތުން ކުރެވޭ ޖޫރިމަނާ ފައިސާ ކަސްޓަމްސްއަށް ދައްކައި ނިންމުމުންނެވެ.

(ނ) ޕްރޮވިޝަނިންގެ ބޭނުމަށް ރާއްޖެއަންނަ 15 (ފަނަރަ) މީޓަރަށްވުރެ ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އެޖެންޓަކު ނެތި ހަތް ދުވަސްވަންދެން ކަސްޓަމްސްއިން ހުއްދަކުރާ ސަރަހައްދެއްގައި ބަނދަރުކުރެވިދާނެއެވެ.

 

60 ވަނަ މާއްދާ - އެޖެންޓްކަން ބަދަލުކުރުން

އުޅަނދެއްގެ އެޖެންޓްކަމާ ހަވާލުވެފައިވާ ފަރާތަކުން ނުވަތަ އުޅަނދުގެ ވެރިފަރާތުން ކަސްޓަމްސްއަށް ހުށަހަޅައިގެން އެ އުޅަނދެއްގެ އެޖެންޓް ވަކިކޮށްފިނަމަ، ނުވަތަ ޤާނޫނާއި ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ކަސްޓަމްސްއިން އެ އެޖެންޓް ވަކިކޮށްފިނަމަ، އެޖެންޓް ވަކިކުރާތާ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެތެރޭގައި އެ އުޅަނދަށް އެހެން އެޖެންޓަކު ހަމަޖައްސަންވާނެއެވެ. 48 (ސާޅީސްއަށެއް) ގަޑިއިރުގެތެރޭގައި އެޖެންޓަކު ހަމަނުޖައްސައިފިނަމަ، މި ގަވާއިދުގެ 19 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރު ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ އުޅަނދަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭނީ މިގޮތުން ކުރެވޭ ޖޫރިމަނާ ފައިސާ ކަސްޓަމްސްއަށް ދައްކައި ނިންމުމުންނެވެ.

 

61 ވަނަ މާއްދާ - ކުރުން މަނާ ކަންތައްތައް

(ހ) ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދިނުމުގެކުރިން، ކަސްޓަމްސްގެ ހުއްދަނެތި އުޅަނދެއް، މަގުތު، ފާލަން، ކީވޯލް، ބޯޓުފަހަރާއި އަދި ބަނދަރުފަދަ ތަކެއްޗާއި ތަންތަނަށް ކައިރިކޮށް އެލޯންގސައިޑް ކުރުމަކީ މަނާކަމެކެވެ.

(ށ) ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދިނުމުގެކުރިން އެ އުޅަނދަކަށް އެއްވެސް މީހަކު އަރައި ފޭބުމާއި މުދާ އަރުވައި ބޭލުމަކީ މަނާކަމެކެވެ.

 

62 ވަނަ މާއްދާ - ކަނޑުމަގުން އަންނަ އުޅަނދުފަހަރުގެ މަޢުލޫމާތު ހުށަހެޅުން

(ހ) ކަނޑުމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ތެރެއިން، އެޖެންޓަކު ހަމަޖައްސައިގެން އަންނަ އުޅަނދުފަހަރު ރާއްޖެއަށް އައުމުގެ 12 (ބާރަ) ގަޑިއިރުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 8 ގައި ބަޔާންކޮށްފައިވާ "ވެސެލް އެރައިވަލް އިންފޮމޭޝަން ފޯމު" ފުރިހަމަކުރުމަށްފަހު އެ އުޅަނދެއްގެ އެޖެންޓް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި އެ ފޯމާއެކު އެ އުޅަނދެއްގެ ޕެސެންޖަރުންނާއި ކްރޫއިންގެ ލިސްޓު، އެ އުޅަނދެއްގެ އެޖެންޓް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އެޖެންޓަކު ނެތި ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ޕެސެންޖަރުންނާއި ކްރޫ ލިސްޓް ކަސްޓަމްސްއަށް ހުށަހަޅާނީ ކްލިއަރެންސް ދޭ ގަޑީގައެވެ.

(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައިވިޔަސް ރާއްޖެއަންނަ 15 (ފަނަރަ) މީޓަރަށްވުރެ ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރު ރާއްޖެ އައުމުގެ 12 (ބާރަ) ގަޑިއިރުގެ ކުރިން އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް (އީ.ޓީ.އޭ) ހުށަނޭޅޭ ހާލަތުގައި އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް (އީ.ޓީ.އޭ) ހުށަނޭޅުނު ސަބަބު ބަޔާންކޮށް ހުށަހަޅާ ލިޔުމާއެކު ކްލިއަރެންސް ހޯދުމަށް އެދި ހުށަހަޅަންވާނެއެވެ.

(ނ) އުޅަނދުގެ އީ.ޓީ.އޭ އަށް އަންނަ ބަދަލުތައް ކަސްޓަމްސްއިން ކަނޑައަޅާ ވަސީލަތެއް މެދުވެރިކޮށް ކަސްޓަމްސްއަށް އަންގަމުން ގެންދަންވާނެއެވެ.

 

63 ވަނަ މާއްދާ - ވައިގެމަގުން އަންނަ އުޅަނދުފަހަރުގެ ޕެސެންޖަރ މެނިފެސްޓް ހުށަހެޅުން

ވައިގެމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރު ރާއްޖެއަށް އައުމުގެ 1 ގަޑިއިރުގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ ޕެސެންޖަރ މެނިފެސްޓް އެ އުޅަނދެއްގެ އެޖެންޓް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ހ) ފަސިންޖަރުންގެ ފުރިހަމަ ނަން (ސާނޭމް އަދި އެހެނިހެން ނަންތައް ވަކިން އެނގޭގޮތަށް)

(ށ) ފަސިންޖަރުންގެ ޕާސްޕޯޓް ނަންބަރު

(ނ) ފަސިންޖަރުންގެ ޖިންސް

 

64 ވަނަ މާއްދާ - ފްލައިޓް ޝެޑިއުލް ހުށަހެޅުން

ވައިގެމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރާ ގުޅޭގޮތުން ތައްޔާރުކުރެވޭ ފްލައިޓް ޝެޑިއުލް ވައިގެ ބަނދަރު ހިންގާ ފަރާތުން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި އެޝެޑިއުލްއަށް ގެނެވޭ އުނިއިތުރާއި، ޝެޑިއުލްގައި ނުހިމެނި ރާއްޖެއަށް އަންނަ އެހެނިހެން ފްލައިޓުތަކުގެ މަޢުލޫމާތު އެފްލައިޓެއް އައުމުގެ 1 ގަޑިއިރު ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

 

65 ވަނަ މާއްދާ - ވައިގެމަގުން އަންނަ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދިނުން

ވައިގެމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ހޯދުމަށް އެ އުޅަނދެއްގެ ޖެނެރަލް ޑިކްލަރޭޝަން އެ އުޅަނދެއްގެ އެޖެންޓް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

 

66 ވަނަ މާއްދާ - ކަނޑުމަގުން އަންނަ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދިނުން

(ހ) ކަނޑުމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ހޯދުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް އެ އުޅަނދެއްގެ މާސްޓަރު ނުވަތަ އެޖެންޓް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. އައުޓްވާރޑް ކްލިއަރެންސް (ލާސްޓް ޕޯޓް ކްލިއަރެންސްގެ އަސްލު)
  2. މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ ޕަސިންޖަރުންނާއި ކުރޫ ލިސްޓް (ބަނދަރު ހިންގާ ފަރާތް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަދި ޕޯޓް ހެލްތުން އެންޑޯޒް ކުރެވިފައިވާ)
  3. މި ގަވާއިދުގެ ޖަދުވަލު 9 ގައި ބަޔާންކޮށްފައިވާ ކުރޫ ޑިކްލަރޭޝަން
  4. ކުރޫގެ ޕަރސަނަލް އިފެކްޓްސް ލިސްޓް
  5. ޝިޕް ސްޓޯރސް ލިސްޓް؛
  6. ބޭންޑް ސްޓޯރސް؛
  7. ޓްރާންސިޓް ކާގޯ މެނިފެސްޓްގެ ކޮޕީ؛
  8. ޕޯޓް އޮފް ކޯލް ލިސްޓް؛
  9. އެމް.އެން.ޑީ.އެފްގެ ސެކިއުރިޓީ ކްލިއަރެންސްގެ ކޮޕީ؛
  10. މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ (ބަނދަރު ހިންގާ ފަރާތް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަދި ޕޯޓް ހެލްތުން އެންޑޯޒް ކުރެވިފައިވާ) ޖެނެރަލް ޑިކްލަރޭޝަން؛
  11. އަލަށް އިންވާރޑް ކްލިއަރެންސްދޭ އުޅަނދެއްނަމަ، މި ގަވާއިދުގެ ޖަދުވަލު 8 ގައި ބަޔާންކޮށްފައިވާ ނަމޫނާއާ އެއްގޮތަށް އެ އުޅަނދެއްގެ ކުރެހުމާއި ސްޕެސިފިކޭޝަންސް (އަލަށް ކްލިއަރެންސް ދޭ އުޅަނދެއްކަމުގައި ނުވިނަމަވެސް، އެ އުޅަނދަކަށް އެއްވެސް ބަދަލެއް ގެނެސްފައިވާނަމަ، އެ އުޅަނދެއްގެ ކުރެހުމާއި ސްޕެސިފިކޭޝަންސް ހުށަހަޅަންވާނެއެވެ.)

(ށ) ކަސްޓަމްސްއިން އުޅަނދަކަށް އިންވާރޑް ކްލިއަރެންސް ދޭންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ސަރުކާރުގެ އިދާރާތަކުން އެ އުޅަނދަކަށް ކްލިއަރެންސް ދިނުމުންނެވެ.

  1. ޕޯޓް ހެލްތުގެ ކްލިއަރެންސް
  2. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސެކިއުރިޓީ ކްލިއަރެންސް
  3. ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކްލިއަރެންސް

(ނ) ކަނޑުމަގުން އަންނަ އުޅަނދުފަހަރަށް އިންވާރޑް އަދި އައުޓްވާރޑް ކްލިއަރެންސް ދެވޭނީ މި ގަވާއިދުގެ ޖަދުވަލު 30 ގައި ބަޔާންކޮށްފައިވާ ކްލިއަރެންސް ދިނުމުގެ ފީ، އުޅަނދުގެ މާސްޓަރ ނުވަތަ އެޖެންޓް ކަސްޓަމްސްއަށް ދެއްކުމުންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކްލިއަރެންސް ދިނުމަށް، ކަސްޓަމްސްގެ އޮފިސަރުން ދިއުމުގައި އެ ތަނެއްގައި މަޑުކުރަން ޖެހިއްޖެ ޙާލަތެއްގައި ކަސްޓަމްސްގެ އޮފިސަރުންނަށް އެ ތަނެއްގައި ތިބެވޭނެ ތަނެއް ހަމަޖެއްސުމާއި ތަނުގައި ތިބުމުގައި ކަސްޓަމްސްގެ އޮފިސަރުންނަށް ބޭނުންވާ ކަންތައްތައް އިންތިޒާމު ކުރުމުގައި އުޅަނދުގެ މާސްޓަރ ނުވަތަ އެޖެންޓް ކަސްޓަމްސްއަށް އެހީތެރިކަން ފޯރުވައިދޭންވާނެއެވެ.

(ބ) އިންވާރޑް ކްލިއަރެންސް ދިނުމާ ގުޅޭގޮތުން ކަސްޓަމްސްއިން ބަލަން ބޭނުންވާ ލިޔުންތައް އުޅަނދުގެ މާސްޓަރ ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

 

67 ވަނަ މާއްދާ - ގަވާއިދާ ޚިލާފަށް އަރައިތިބޭ މީހުން ގޮވައިގެން އަންނަ އުޅަނދުފަހަރު

ގަވާއިދާ ޚިލާފަށް އަރައިތިބޭ މީހުން ގޮވައިގެން އަންނަ އުޅަނދުފަހަރު ބަނދަރުކުރަންވާނީ ހަމައެކަނި ރަސްމީ ބަނދަރުތަކުގައެވެ. އަދި ރާއްޖޭގެ އެހެން އެއްވެސް ބަނދަރަކަށް ނުވަތަ ސަރަޙައްދަކަށް އެ އުޅަނދު ދިއުމުގެ ހުއްދަ ދެވޭނީ ގަވާއިދާ ޚިލާފަށް އަރައިތިބޭ މީހުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާ ހަވާލުކުރުމަށްފަހުގައެވެ. އަދި އެ އުޅަނދު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދެވޭނީ އެ މައްސަލަ ތަޙުޤީޤުކޮށް ނިމި، އަދި އެ މައްސަލައާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ނިމުމުންނެވެ.

 

68 ވަނަ މާއްދާ - ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް އެޑްވާންސް ކްލިއަރެންސް ދިނުން

(ހ) އެޑްވާންސް ކްލިއަރެންސްއަކީ ރާއްޖެއިން ބޭރުން ކަނޑުމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް ކްލިއަރެންސް ދިނުމާ ބެހޭގޮތުން ކަސްޓަމްސްއިން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ އުޅަނދަކަށް ނުގޮސް ދޭ ކްލިއަރެންސެވެ.

(ށ) އެޑްވާންސް ކްލިއަރެންސް ހޯދުމަށް އެދި ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ އެ އުޅަނދެއް ރާއްޖެއަށް އައުމުގެ 12 (ބާރަ) ގަޑިއިރު ކުރިން އުޅަނދުގެ އެޖެންޓް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އުޅަނދަށް ކްލިއަރެންސް ދެވޭނީ އެ އުޅަނދު ރާއްޖެއަށް އައުމުންނެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ޖެނެރަލް ޑިކްލަރޭޝަން (ބަނދަރު ހިންގާ ފަރާތް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަދި ޕޯޓް ހެލްތުން އެންޑޯޒް ކުރެވިފައިވާ)
  2. މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ ޕެސެންޖަރުންނާއި ކުރޫ ލިސްޓް (ބަނދަރު ހިންގާ ފަރާތް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަދި ޕޯޓް ހެލްތުން އެންޑޯޒް ކުރެވިފައިވާ)
  3. ލާސްޓް ޕޯޓް ކްލިއަރެންސް

(ނ) އެޑްވާންސް ކްލިއަރެންސް ދެވޭ އުޅަނދު ރާއްޖޭގައި ބަނދަރުކުރާތާ 2 (ދޭއް) ގަޑިއިރުގެ ތެރޭގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އަސްލު އުޅަނދުގެ އެޖެންޓް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

އުޅަނދުފަހަރު ރާއްޖެއިން ބޭރަށް ފުރުމާއި އައުޓްވާޑް ކްލިއަރެންސް ދިނުން

 

69 ވަނަ މާއްދާ - އައުޓްވާރޑް ކްލިއަރެންސް ހޯދުން

(ހ) ކަނޑު މަގުންނާއި ވައިގެ މަގުން ބޭރު ޤައުމަކަށް ދިއުމަށްޓަކައި ރާއްޖެއިން ފުރާ ކޮންމެ އުޅަނދަކަށް ކަސްޓަމްސްއިން އައުޓްވާރޑް ކްލިއަރެންސް ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރުގެ ތެރޭގައި މަސްވެރިކަން ކުރުން ފަދަ ބޭނުންތަކަށް ރާއްޖޭގެ ސަރަޙައްދުން ބޭރަށް ނުކުންނަ ރާއްޖޭގެ ލޯކަލް އުޅަނދުފަހަރެއް ނުހިމެނޭނެއެވެ.

 

70 ވަނަ މާއްދާ - އުޅަނދުފަހަރަށް އައުޓްވާރޑް ކްލިއަރެންސް ދެވޭނެ ބަނދަރުތައް

(ހ) ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރަށް އައުޓްވާރޑް ކްލިއަރެންސް ދެވޭނީ މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބަނދަރުތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައިވީ ނަމަވެސް، ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމަށް އުޅަނދުފަހަރު ދިއުމުގެ ހުއްދަ ދެވޭ ޙާލަތްތަކުގައި އެ ތަންތަނުން އައުޓްވާރޑް ކްލިއަރެންސް ދެވިދާނެއެވެ.

(ނ) އައުޓްވާރޑް ކްލިއަރެންސް ނުހޯދައި، އުޅަނދެއް ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖޭގެ ސަރަޙައްދުން ބޭރުވުމަކީ މަނާކަމެކެވެ.

(ރ) ރާއްޖެއަށް މުދާހިފައިގެން އަންނަ އުޅަނދުފަހަރު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދެވޭނީ އެ އުޅަނދެއްގެ މެނިފެސްޓާއި ޓެލީ ޝީޓް އަޅާ ބަލާއިރު، ރާއްޖެއަށް ބޭލުމަށް އެ އުޅަނދެއްގެ ކާގޯ މެނިފެސްޓްގައި ހިމަނާފައިވާ ހުރިހާ މުދަލެއް ރާއްޖެއަށް ބާލާފައިވާނަމައެވެ.

(ބ) އުޅަނދަށް އައުޓްވާރޑް ކްލިއަރެންސް ދޭތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެ އުޅަނދަށް ފުރޭނެ ގޮތެއް ނުވެއްޖެނަމަ، އަލުން އެ އުޅަނދަކަށް އައުޓްވާރޑް ކްލިއަރެންސް ހޯދުމަށްފަހުގައި މެނުވީ ރާއްޖެއިން ފުރައިގެން ގޮސްގެންނުވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވެފައިވާ އުޅަނދެއްގެ އައުޓްވާރޑް ކްލިއަރެންސް އައުކޮށްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ސަރުކާރުގެ އިދާރާތަކުން އެ އުޅަނދެއްގެ ކްލިއަރެންސް ނިންމުމަށްފަހު، ކުރިން އެ އުޅަނދަށް ދެވިފައިވާ އައުޓްވާރޑް ކްލިއަރެންސްގެ އަސްލު އުޅަނދުގެ އޭޖެންޓް ނުވަތަ މާސްޓަރ ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.

  1. ޕޯޓް ހެލްތުގެ ކްލިއަރެންސް؛
  2. ބަނދަރު ހިންގާ ފަރާތުގެ ޕޯޓް ކޮންޓްރޯލް ޕާމިޓް؛
  3. ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ ކްލިއަރެންސް؛

 

71 ވަނަ މާއްދާ - ކަނޑުމަގުން ފުރާ އުޅަނދުފަހަރަށް ކްލިއަރެންސް ދިނުމަށް ބޭނުންވާ ލިޔުން ހުށަހެޅުން

(ހ) ކަނޑުމަގުން ރާއްޖެއިން ބޭރަށް ފުރަން ކަނޑައަޅާ ވަގުތުގެ ލަސްވެގެން 01 ގަޑިއިރު ކުރިން އުޅަނދުފަހަރަށް އައުޓްވާރޑް ކްލިއަރެންސް ހޯދުމަށް، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް އެ އުޅަނދެއްގެ އޭޖެންޓް ނުވަތަ މާސްޓަރ ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 11 ގައި ބަޔާންކޮށްފައިވާ ޖެނެރަލް ޑިކްލަރޭޝަން (ބަނދަރު ހިންގާ ފަރާތް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަދި ޕޯޓް ހެލްތުން އެންޑޯޒް ކުރެވިފައިވާ)؛
  2. މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ ފަސިންޖަރުންނާއި ކުރޫ ލިސްޓް (ބަނދަރު ހިންގާ ފަރާތް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަދި ޕޯޓް ހެލްތުން އެންޑޯޒް ކުރެވިފައިވާ)؛
  3. ސެކިއުރިޓީ ކްލިއަރެންސް ފޯމުގެ އަސްލު؛
  4. ޕޯޓް ކޮންޓްރޯލް ޕަރމިޓް؛
  5. ސިންގަލް ވޮޔޭޖަކަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ހުއްދަ ދީފައިވާނަމަ، އެ ހުއްދައިގެ ކޮޕީ؛

 

72 ވަނަ މާއްދާ - ވައިގެމަގުން ފުރާ އުޅަނދުފަހަރަށް ކްލިއަރެންސް ދިނުމަށް ބޭނުންވާ ލިޔުން ހުށަހެޅުން

ވައިގެމަގުން ރާއްޖެއިން ބޭރަށް ފުރާ އުޅަނދުފަހަރަށް އައުޓްވާރޑް ކްލިއަރެންސް ހޯދުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް އެ އުޅަނދެއްގެ އޭޖެންޓް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ހ) ޖެނެރަލް ޑިކްލަރޭޝަން

(ށ) ކުރޫ އަދި ފަސިންޖަރުންގެ ލިސްޓް

 

73 ވަނަ މާއްދާ - ކްލިއަރެންސް ނުދީ ހިފެހެއްޓުން

ކަނޑުމަގުން އަންނަ އުޅަނދަކަށް އައުޓްވާރޑް ކްލިއަރެންސް ނުދީ ހިފަހައްޓައިދިނުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން ކަސްޓަމްސްއަށް އަންގައިފިނަމަ، އުޅަނދަކަށް ކްލިއަރެންސް ނުދީ ހިފެހެއްޓޭނެއެވެ.

 

 

ފަސްވަނަ ބާބު

ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދިއުމާއި އެފަދަ އުޅަނދުފަހަރަށް އަރައި ފޭބުމާއި މުދާ އަރުވައި ބޭލުން

 

74 ވަނަ މާއްދާ - ހުއްދަކުރާ ހާލަތްތައް

ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް އުޅަނދުފަހަރު ދިއުމުގެ ހުއްދަ ދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ.

(ހ) ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު، ޓޫރިސްޓް ބޭނުންތަކަށް ދަތުރުކުރުމަށް؛

(ށ) މަސްވެރިކަމުގެ މަސައްކަތަށް؛

(ނ) މަރާމާތުކުރުމަށް؛

(ރ) އެކިއެކި ތަޙުލީލުތަކާއި ރިސާޗްތައް ކުރުމަށް އަންނަ އުޅަނދުފަހަރު އެ ތަޙުލީލެއްގެ ނުވަތަ އެ ރިސާރޗެއްގެ ބޭނުންތަކަށް ދަތުރުކުރުމަށް؛

(ބ) މީހުންނާއި މުދާ ސަލާމަތްކުރުމުގެ އޮޕަރޭޝަންސްތަކުގައި ބޭނުންކުރުމަށް؛

(ޅ) އެކިއެކި ޕްރޮޖެކްޓުތަކުގައި ބޭނުންކުރުމަށް ގެންނަ އުޅަނދުފަހަރު އެ ޕްރޮޖެކްޓެއްގައި ބޭނުންކުރުމަށް؛

(ކ) ސޭފް އެންކަރޭޖަށް؛

(އ) އެކިއެކި ޕްރޮޖެކްޓުތަކަށް ގެންނަ ތަކެތީގެ ތެރެއިން މުދާ އުފުލުމަށް ލޯކަލް ޓްރާންސްޕޯޓުގެ ތެރެއިން ކޮންނަ ބޯޓު، ޓަގު، ބާޖު، ލޭންޑިންގ ކްރާފްޓް ލިބެން ނެތް ޙާލަތެއްގައި އެ މުދާ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު ބޭނުންކޮށްގެން އުފުލުމަށް؛

(ވ) ސަރުކާރުން ކަނޑައަޅާ ސިޔާސަތެއް ތަންފީޒުކުރުމުގެ ގޮތުން ކަސްޓަމްސްއިން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމަށް އުޅަނދުފަހަރު ދިއުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(މ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެންތަންތަނަށް ދިއުމުގެ ހުއްދަދެވޭ އުޅަނދު، އެ އުޅަނދު ދިއުމުގެ ހުއްދަ ދީފައިވާ ތަން ފިޔަވައި އެހެން ތަނަކަށް ގޮސްގެން ނުވާނެއެވެ. އަދި ކަސްޓަމްސްއިން ހުއްދަލިބިފައިވާ ފަރާތެއް ފިޔަވައި އެއްވެސް ފަރާތަކުން އެ އުޅަނދަށް އަރައި ފޭބުމާއި މުދާ އަރުވައި ބޭލުމަކީ މަނާކަމެކެވެ.

(ފ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެންތަންތަނަށް ދިއުމުގެ ހުއްދަ ދީފައިވާ އުޅަނދަކާ ކައިރިކުރުމަށް ކަސްޓަމްސްއިން ހުއްދަދީފައިވާ އުޅަނދެއް ފިޔަވައި އެހެން އެއްވެސް އުޅަނދެއް، އެ އުޅަނދަކާ ކައިރިކުރުމާއި އެފަދަ އުޅަނދަކަށް އެއްވެސް އެއްޗެއް އަރުވައި ބޭލުމާއި މީހުން އަރައި ފޭބުމަކީ މަނާކަމެކެވެ.

(ދ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެންތަންތަނަށް ދިއުމުގެ ހުއްދަ ދީފައިވާ އުޅަނދެއް ކުރާ ދަތުރުގައި ދަތުރުމަތިން ތަކެތި ހޮވުމާއި، ނެގުމަކީ މަނާކަމެކެވެ. މީގެ ތެރޭގައި ޙާލުގައި ޖެހިފައިވަނިކޮށް ކަނޑުމަތިން ފެންނަ މީހުންނަށް އެހީވުމުގެ ގޮތުން، އެ އުޅަނދަށް ޙާލުގައި ޖެހިފައިވާ މީހުންނާއި އެ މީހުންގެ ތަކެތި އެރުވުން ނުހިމެނޭނެއެވެ.

(ތ) މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުނުއިރު ކ. ތިލަފުށީގައި އެކިއެކި ބަނދަރުތަކުން މުދާ އަރުވައި ބޭލުމަށް ކަސްޓަމްސްއިން ދެމުން ގެންދިޔަ ޚިދުމަތްތައް، އެ އުސޫލުގެ މަތިން، މިގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ މުއްދަތަކަށް ދެވޭނެއެވެ. އެ މުއްދަތުގެ ފަހުން ކަސްޓަމްސްއިން އެ ޚިދުމަތް ދެވޭނީ މި ގަވާއިދުގެ އެއްވަނަ ބައިގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކޮށް ކަސްޓަމްސްގައި ބަނދަރެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

75 ވަނަ މާއްދާ - ކަނޑުމަގުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ކާގޯ އުޅަނދުފަހަރު ޚިދުމަތަށް އެދުމާއި ހުއްދަ ދިނުން

(ހ) ކަނޑުމަގުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ކާގޯ އުޅަނދުފަހަރު ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަނަކަށް ދާން ބޭނުންވެއްޖެނަމަ އެފަދަ އުޅަނދުފަހަރު ފުރަން ކަނޑައަޅާ ވަގުތުގެ 24 (ސައުވީސް) ގަޑިއިރު ކުރިން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 12 ގައި ބަޔާންކޮށްފައިވާ "ރަސްމީ ބަނދަރުތައް ފިޔަވައި އެހެނިހެން ތަންތަނަށް މުދާ އަރުވައި ބޭލުމަށް އެދޭ ފޯމު؛
  2. މި ގަވާއިދުގެ ޖަދުވަލު 13 ގައި ބަޔާންކޮށްފައިވާ "އިންޓަރ އެޓޯލް ޓްރެވެލިންގ ޕަރމިޓް އެޕްލިކޭޝަން ފޯމު؛
  3. މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ "ޕެސިންޖަރުންނާއި ކްރޫ ލިސްޓް؛
  4. އެކިތަންތަނަށް އަރުވައި ބާލަން ހަމަޖެހިފައިވާ މުދަލުގެ ތަފުސީލު އެނގޭނެ ލިޔުން؛

(ހ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެންތަންތަނަށް މުދާ އަރުވައި ބޭލުމުގެ ޚިދުމަތަށް އެދޭ ފޯމުގައި ބަޔާންކޮށްފައިވާ ވަގުތާއި ތާރީޚަށްވުރެ ޚިދުމަތް ހޯދަން ބޭނުންވާ ވަގުތު އަވަސްވެ ނުވަތަ ލަސްވާނަމަ، ޚިދުމަތަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ވަގުތުގެ 8 (އަށެއް) ގަޑިއިރު ކުރިން ކަސްޓަމްސްއަށް އަންގަންވާނެއެވެ. އަދި ޚިދުމަތަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ވަގުތުން ފެށިގެން 72 (ހަތްދިހަ ދޭއް) ގަޑިއިރު ހަމަވާއިރު އެ ޚިދުމަތް ނުހޯދައިފިނަމަ، އެ ޚިދުމަތަށް އެދި ހުށަހެޅި ފޯމު ބާޠިލު ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފޯމު ބާޠިލު ކުރެވިއްޖެނަމަ، އެ ޚިދުމަތް ދެވޭނީ ޚިދުމަތަށް އެދި އަލުން ފޯމު ހުށަހެޅުމުންނެވެ.

 

76 ވަނަ މާއްދާ - އުޅަނދުފަހަރު އަނެއްތަނަށް ދިއުމުގެ ހުއްދައަށް އެދުމާއި، އެ ހުއްދަ ދިނުން

(ހ) މުދާ އަރުވައި ބޭލުމަށް ކަސްޓަމްސް އޮފިސަރުންނާއެކު ދާ ކާގޯ އުޅަނދުފަހަރު ފިޔަވައި، އެހެން އުޅަނދުތައް ރަސްމީ ބަނދަރުތައް ފިޔަވައި އެހެންތަންތަނަށް ދިއުމުގެ ހުއްދައަށް އެދި މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ "އުޅަނދު ޗެކުކުރުމަށް އެދޭ ފޯމު" ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް އުޅަނދުފަހަރު ދިއުމުގެ ހުއްދަ ދެވޭނީ، އެ އުޅަނދެއް އެންމެ ފަހުން ކުރި ދަތުރުގައި ރާއްޖެއަށް ގެނެސްފައިވާ މުދާ ބޭލުމަށްފަހު، އެ އުޅަނދެއް ކަސްޓަމްސްއިން ބަލައި ފާސްކޮށް އަދި އެ އުޅަނދެއްގެ ސްޓޯރސްގައި ސީލްކޮށްފައި ބަހައްޓަންޖެހޭ އެއްޗެއް ވާނަމަ، އެ އެއްޗެއް ސީލް ކުރުމަށްފަހުގައެވެ.

(ނ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެންތަންތަނަށް އުޅަނދުފަހަރު ދިއުމުގެ ހުއްދަ ދެވޭނީ ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާއެއްވާނަމަ، އެފައިސާ ދެއްކުމުންނެވެ.

 

77 ވަނަ މާއްދާ - ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ އަތޮޅުތަކުގައި ދަތުރުކުރުން

(ހ) ޕެސެންޖަރުން ގޮވައިގެން ރާއްޖޭގެ އަތޮޅުތަކުގައި ދަތުރުކުރުމަށް ޓޫރިސްޓް އުޅަނދުފަހަރަށް ހުއްދަ ދެވޭނީ، އެފަދަ އުޅަނދުފަހަރު ފުރުމުގެ (އެކެއް) 1 ގަޑިއިރުކުރިން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 13 ގައި ބަޔާންކޮށްފައިވާ އެޕްލިކޭޝަން ފޯރ އިންޓަރ އެޓޯލް ޓްރެވެލިންގ ޕާރމިޓް.
  2. މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ ޕެސެންޖަރުންގެ ލިސްޓް.
  3. މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރގެ ނޯ އޮބްޖެކްޝަން ލެޓަރ.
  4. މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރގެ ކްރޫޒް ޕާމިޓް.

(ށ) ޓޫރިސްޓް ރިޒޯޓްތަކަށާއި ޔޮޓް މެރީނާތަކަށް ދިއުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު ރިޒޯޓްތަކަށާއި ޔޮޓް މެރީނާތަކަށް ކައިރި ކުރަންވާނީ އެތަންތަނުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

 

78 ވަނަ މާއްދާ - މަރާމާތު ކުރުމަށްޓަކައި އުޅަނދުފަހަރު އެއްތަނުން އަނެއްތަނަށް ދިއުމުގެ ހުއްދަ ދިނުން

(ހ) ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރާއި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ބޭރުދަތުރުކުރާ އުޅަނދުފަހަރު މަރާމާތު ކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ދިއުމުގެ ހުއްދައަށް އެދި ތިރީގައި ބަޔާންކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 13 ގައި ބަޔާންކޮށްފައިވާ އެޕްލިކޭޝަން ފޯރ އިންޓަރ އެޓޯލް ޓްރެވެލިންގ ޕާރމިޓް.
  2. މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ ޕެސެންޖަރުންގެ ލިސްޓް.
  3. މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ އުޅަނދު ޗެކްކުރުމަށް އެދޭ ފޯމު.
  4. އުޅަނދުގެ މަރާމާތަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް މަރާމާތުކުރާ ފަރާތުން ދޫކޮށްފައިވާ ލިޔުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުޅަނދެއް މަރާމާތުކުރުމަށް ދިއުމުގެ ހުއްދަ ދެވޭނީ އެ އުޅަނދެއް އެންމެ ފަހުން ކުރި ދަތުރުގައި ރާއްޖެއަށް ގެނެސްފައިވާ މުދާ ބާލައި ނިމުމަށް ފަހު އެ އުޅަނދު ކަސްޓަމްސްއިން ބަލައި ފާސްކުރުމަށް ފަހުއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުޅަނދެއް މަރާމާތުކުރުމަށް ދިއުމުގެ ހުއްދަ ދެވޭނީ، އުޅަނދުގެ މަރާމާތަށް ހޭދަވާނެ މުއްދަތު ކަމަށް، އެ އުޅަނދު މަރާމާތުކުރާ ފަރާތުން ދޫކޮށްފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ. އުޅަނދު މަރާމާތުކުރުމަށް ހޭދަވާ މުއްދަތު އިތުރުކުރަންޖެހޭ ކަމަށް އުޅަނދު މަރާމާތުކުރާ ފަރާތުން އެދިއްޖެނަމަ، އެ މުއްދަތު އިތުރުކޮށްދެވޭނެއެވެ.

(ރ) މަރާމާތުކުރުމަށް ދިއުމުގެ ހުއްދަ ދީފައިވާ އުޅަނދެއްގައި ފަތުރުވެރިން ގެންގުޅުމަކީ މަނާކަމެކެވެ.

 

70 ވަނަ މާއްދާ - އިންޓަރ އެޓޯލް ޓްރެވެލިންގ ޕާމިޓަށް ބަދަލުގެނައުން

ރަސްމީ ބަނދަރުތައް ފިޔަވައި އެހެންތަންތަނަށް ދިއުމުގެ ހުއްދަ ދީފައިވާ އުޅަނދުގެ ދަތުރު ނުނިމެނީސް އެއްވެސް ސަބަބަކާހުރެ އިންޓަރ އެޓޯލް ޓްރެވެލިންގ ޕާމިޓަށް ބަދަލެއް ގެންނަން ޖެހިއްޖެ ޙާލެއްގައި އެކަން ކަސްޓަމްސްއަށް އަންގަންވާނެއެވެ. އިންސާނީ ބާރު ނުފޯރާ ޚާއްޞަ ޙާލަތެއްގެ ސަބަބުން ކަސްޓަމްސްއަށް ނޭންގޭނެ ފަދަ ޙާލަތެއް މެދުވެރިވުން މީގެތެރޭގައި ނުހިމެނޭނެއެވެ.

 

80 ވަނަ މާއްދާ - އުޅަނދަށް މުދާ އެރުވުމާއި ބޭލުން

(ހ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެންތަންތަނަށް ބާލަންވާނީ އެ ތަނަކަށް ބޭލުމަށް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވާ މުދަލެވެ.

(ށ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވަންވާނީ އެ ތަނަކުން އެރުވުމަށް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވާ މުދަލެވެ.

(ނ) ކަނޑުމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ފަޅުވެރިން ގެންނަ ކްރޫ ޑިކްލަރޭޝަނުގައި ހިމަނާފައިވާ ތަކެތި ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަކަށް ނުބޭލޭނެއެވެ.

 

81 ވަނަ މާއްދާ - ވައިގެމަގުން އުޅަނދުފަހަރު އެއްތަނުން އަނެއްތަނަށް ދިއުމުގެ ހުއްދަ ދިނުން

(ހ) ވައިގެމަގުން ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދެއް ލޯކަލް ދަތުރެއް ކުރަން ބޭނުންވެއްޖެނަމަ، އެ ހުއްދަ ދެވޭނީ އެ އުޅަނދެއް އެންމެފަހުން ކުރި ދަތުރުގައި ކްރޫއާއި ފަޅުވެރިންނާއި ޕެސެންޖަރުންނާއި ރާއްޖެއަށް ގެނެސްފައިވާ އެންމެހައި ތަކެތި ބޭލުމަށްފަހު އެ އުޅަނދު ކަސްޓަމްސްއިން ބަލައި ފާސްކުރުމަށް ފަހުގައެވެ.

(ށ) ވައިގެމަގުން ރާއްޖޭގައި ލޯކަލް ދަތުރުކުރާ އުޅަނދެއް ރާއްޖެއިން ބޭރަށް ދަތުރެއް ކުރަން ބޭނުންވެއްޖެނަމަ، އެ ހުއްދަ ދެވޭނީ އެ އުޅަނދު ކަސްޓަމްސްއިން ބަލައި ފާސްކުރުމަށް ފަހުގައެވެ.

 

82 ވަނަ މާއްދާ - ރަސްމީ ބަނދަރުތައް

(ހ) ރާއްޖެއިން ބޭރުން ރާއްޖެއަށް ކަނޑުމަގުން އަންނަ މުދަލުގެ ތެރެއިން ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމަށް އުޅަނދުފަހަރު ދިއުމުގެ ހުއްދަ ދެވޭނީ މިގަވާއިދުގެ ޖަދުވަލު 36 ގެ 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.

(ށ) ރާއްޖެއިން ބޭރުން ރާއްޖެއަށް ކަނޑުމަގުން ގެންނަ މުދަލުގެ ތެރެއިން ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ ކަންތައް ބެލެހެއްޓުމަށް ކަސްޓަމްސް އޮފިސަރުން ފޮނުވޭނީ މިގަވާއިދުގެ ޖަދުވަލު 36 ގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.

(ނ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ ކަންތައް ބެލެހެއްޓުމަށް ފޮނުވޭ ކަސްޓަމްސްގެ އޮފިސަރުން އެތަންތަނަށް ގެންދިއުމާއި ގެނައުމުގެ ކަންތައް އެ އުޅަނދެއްގެ އޭޖެންޓުގެ ޚަރަދުގައި ހަމަޖައްސައިދޭންވާނެއެވެ.

(ރ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ ކަންތައް ބެލެހެއްޓުމަށް ފޮނުވޭ ކަސްޓަމްސްގެ އޮފިސަރުން އެތަނެއްގައި މަޑުކުރަން ޖެހިއްޖެ ޙާލަތެއްގައި އެއޮފިސަރުންގެ ކެއުމާއި ހުރުމުގެ ކަންތައް އެ އުޅަނދެއްގެ އޭޖެންޓުގެ ޚަރަދުގައި ހަމަޖައްސައިދިނުމަށްފަހު ދަތުރު ނިމޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ރޭޓަށްވުރެ އިތުރު ނުވާގޮތަށް ކަސްޓަމްސްއަށް ބިލް ކުރަންވާނެއެވެ.

 

 

ހަވަނަ ބާބު

ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރުގެ ކާގޯ މެނިފެސްޓް ހުށަހެޅުން

 

83 ވަނަ މާއްދާ - އޭޖެންޓުންގެ ޒިންމާ

(ހ) ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރުގެ ކާގޯ މެނިފެސްޓާ ގުޅިގެން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަކީ އުޅަނދުގެ އޭޖެންޓްގެ ޒިންމާއެކެވެ.

  1. ކަނޑުމަގުންނާއި ވައިގެމަގުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ރާއްޖެއިން ބޭރުކުރާ މުދަލާއި އަދި ދިވެހިރާއްޖެއަށް ބަލަންޖެހޭ ހުރިހާ މުދަލެއްގެ ޞައްޙަ މަޢުލޫމާތު ހިމެނޭ އިންވާރޑް އަދި އައުޓްވާރޑް މެނިފެސްޓް ކަސްޓަމްސްއަށް ހުށަހެޅުން؛
  2. ކަނޑުމަގުންނާއި ވައިގެމަގުން ރާއްޖެއަށް ގެންނަ ޓްރާންސިޓް ނުވަތަ ޓްރާންޝިޕްމަންޓް މުދަލުގެ އިންވާރޑް އަދި އައުޓްވާރޑް މެނިފެސްޓް ކަސްޓަމްސްއަށް ހުށަހެޅުން؛
  3. މެނިފެސްޓް ހުށަހެޅުމަށްފަހު ކަސްޓަމްސްއަށް އެންގުން؛
  4. މެނިފެސްޓަށް ގެނެވޭ އުނިއިތުރު ކަސްޓަމްސްއަށް އަންގައި ހުއްދަ ހޯދުން؛
  5. އުޅަނދުގައި ކާގޯގެ ގޮތުގައި އެއްވެސް މުދަލެއް ނެތްނަމަ، އެކަން ކަސްޓަމްސްއަށް އެންގުން؛

(ށ) އޭޖެންޓަކު ހަމަނުޖައްސައި، ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރާ ގުޅޭގޮތުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަކީ، އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރ ނުވަތަ ކެޕްޓަނުގެ ޒިންމާއެކެވެ.

 

84 ވަނަ މާއްދާ - އިންވާރޑް އަދި އައުޓްވާރޑް މެނިފެސްޓް ހުށަހަޅަންޖެހޭ ގޮތް

(ހ) ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މުދަލާއި އަދި ބޭރުކުރާ މުދަލުގެ އިންވާރޑް އަދި އައުޓްވާރޑް މެނިފެސްޓް ހުށަހަޅަންވާނީ މި ގަވާއިދުގެ ޖަދުވަލު 14 ގައި ބަޔާންކޮށްފައިވާ ފޯމެޓާ އެއްގޮތަށެވެ.

(ށ) ވައިގެމަގުން ރާއްޖެއަށް އެތެރެކުރާ މުދަލާއި އަދި ބޭރުކުރާ މުދަލުގެ އިންވާރޑް އަދި އައުޓްވާރޑް މެނިފެސްޓް ހުށަހަޅަންވާނީ މި ގަވާއިދުގެ ޖަދުވަލު 15 ގައި ބަޔާންކޮށްފައިވާ ފޯމެޓާ އެއްގޮތަށެވެ.

 

85 ވަނަ މާއްދާ - ކަނޑު މަގުން އަންނަ އުޅަނދުފަހަރުގެ އިންވާރޑް މެނިފެސްޓް ހުށަހެޅުން

(ހ) ކަނޑުމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރު އެ އުޅަނދު އެންމެފަހުން ފުރި ބަނދަރަކުން ފުރައިގެން ރާއްޖެއަށް އައުމަށް ހޭދަވާ މުއްދަތު 72 (ހަތްދިހަ ދޭއް) ގަޑިއިރަށްވުރެ ކުޑުނަމަ، އެ އުޅަނދަކުން ގެންނަ މުދަލުގެ އިންވާރޑް މެނިފެސްޓް އެ އުޅަނދު ރާއްޖެއަށް އައުމުގެ 10 (ދިހައެއް) ގަޑިއިރު ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) ކަނޑުމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރު އެ އުޅަނދު އެންމެ ފަހުން ފުރި ބަނދަރަކުން ފުރައިގެން ރާއްޖެއަށް އައުމަށް ހޭދަވާ މުއްދަތު 72 (ހަތްދިހަ ދޭއް) ގަޑިއިރަށްވުރެ އިތުރުވާނަމަ، އެ އުޅަނދަކުން ގެންނަ މުދަލުގެ އިންވާރޑް މެނިފެސްޓް އެ އުޅަނދެއް ރާއްޖެއަށް އައުމުގެ 24 ގަޑިއިރު ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

 

86 ވަނަ މާއްދާ - އިންވާރޑް މެނިފެސްޓް ހުށަހަޅަންޖެހޭ ވަގުތު

(ހ) ވައިގެމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރު އެ އުޅަނދު އެންމެ ފަހުން ފުރި ބަނދަރަކުން ފުރައިގެން ރާއްޖެއަށް އައުމަށް ހޭދަވާ ވަގުތު 3 ގަޑިއިރަށް ވުރެ ކުރުނަމަ، އެ އުޅަނދުން ގެންނަ މުދަލުގެ އިންވާރޑް މެނިފެސްޓް އެ އުޅަނދެއް ރާއްޖެއަށް އައުމުގެ 30 (ތިރީސް) މިނެޓުގެ ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) ވައިގެމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރު އެ އުޅަނދު އެންމެ ފަހުން ފުރި ބަނދަރަކުން ފުރައިގެން ރާއްޖެ އައުމަށް ހޭދަވާ ވަގުތު ތިނެއް ގަޑިއިރަށްވުރެ އިތުރުވާނަމަ، އެ އުޅަނދުން ގެންނަ މުދަލުގެ އިންވާރޑް މެނިފެސްޓް އެ އުޅަނދެއް ރާއްޖެއަށް އައުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އެގޮތަށް ބަޔާން ކުރެވިފައި އޮތްކަމުގައިވިޔަސް، ކަނޑުމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ އިންވާރޑް މެނިފެސްޓް ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑި ގުނުމުގައި ކަސްޓަމްސް ބަންދު ގަޑިތަކާއި ބަންދު ދުވަސްތަކެއް ނުހިމެނޭނެއެވެ.

 

87 ވަނަ މާއްދާ - އައުޓްވާރޑް މެނިފެސްޓް ހުށަހަޅަންޖެހޭ ވަގުތު

(ހ) ކަނޑު މަގުން އުޅަނދެއް ދިވެހިރާއްޖެއިން ބޭރަށް ދިއުމަށްޓަކައި ފުރުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، އުޅަނދުގައިވާ މުދަލުގެ އައުޓްވާރޑް މެނިފެސްޓެއް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) ވައިގެމަގުން އުޅަނދެއް ދިވެހިރާއްޖެއިން ބޭރަށް ދިޔުމަށްޓަކައި ފުރުމުގެ 15 (ފަނަރަ) މިނެޓުގެ ކުރިން، އެ އުޅަނދުގައިވާ މުދަލުގެ އައުޓްވާރޑް މެނިފެސްޓެއް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

 

88 ވަނަ މާއްދާ - މެނިފެސްޓުގައި މުދާ ކެޓަގަރައިޒްކުރުން

ކަނޑުމަގުންނާއި ވައިގެމަގުން ރާއްޖެއަށް އެތެރެކުރާ މުދަލާއި އަދި ބޭރުކުރާ މުދަލުގެ އިންވާރޑް އަދި އައުޓްވާރޑް މެނިފެސްޓްގައި ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މުދާ ވަކިވަކިން އެނގެން އޮންނަންވާނެއެވެ.

(ހ) ރާއްޖެއަށް އެތެރެކުރުމަށް ގެންނަ މުދާ؛

(ށ) ރަސްމީ ބަނދަރުތައް ފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކަށް ބޭލުމަށް ގެންނަ މުދާ؛

(ނ) މެނިފެސްޓްގައި ހިމެނޭ މުދަލުގެ ތެރެއިން ރައްކާތެރިކަމުގެ ގޮތުން، ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ މުދާ

(ރ) ޓްރާންސިޓް މުދާ

(ބ) ރާއްޖެ މެދުވެރިކޮށް ޓްރާންޝިޕްމަންޓް ކުރުމަށްޓަކައި ގެންނަ މުދާ

(ޅ) އަންއެކޮމްޕެނިޑް ބެގެޖް

 

89 ވަނަ މާއްދާ - މުދަލުގައި މަރުކާ ޖެހުން

ރާއްޖެއަށް އެތެރެކުރާ އެފް.ސީ.އެލް ކޮންޓެއިނަރ ފިޔަވައި އެލް.ސީ.އެލް ކޮން ނުވަތަ ވަކިވަކި ދާގީނާގައި މުދާ އެތެރެކުރާއިރު، ކޮންމެ ދާގީނާއެއްގައި، ވެރިފަރާތުގެ ނަން ނުވަތަ ޝިޕިންގ މާކް ނުވަތަ ބީ.އެލް ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ވައިގެމަގުން ގެންނަ މުދާނަމަ، ކޮންމެ ދާގީނާއެއްގައި މުދަލުގެ އެއަރވޭ ބިލް ނަންބަރު ވެރިފަރާތުގެ ނަން ނުވަތަ މަރުކާ ލިޔެވިފައި އޮންނަންވާނެއެވެ.

 

90 ވަނަ މާއްދާ - މުދަލުގެ ކޮންސައިނީ ބަޔާންކުރުން

(ހ) ރާއްޖެއަށް ގެންނަ މުދަލުގެ އިންވާރޑް މެނިފެސްޓާއި މުދަލުގެ ބީ.އެލް ނުވަތަ އެއަރވޭ ބިލުގައި މުދަލުގެ ކޮންސައިނީގެ ނަން ބަޔާންކުރަންވާނެއެވެ.

(ށ) އެޖެންޓެއް މެދުވެރިކޮށް ގެންނަ މުދަލުގެ ކޮންސައިނީގެ ގޮތުގައި އެޖެންޓުގެ ނަން ބަޔާންކޮށްފައިވާނަމަ، އެ މުދާ ނޮޓިފައި ކުރެވިފައިވާ ފަރާތުގެ ނަން ބަޔާންކުރަންވާނެއެވެ.

 

91 ވަނަ މާއްދާ - އިންވާރޑް މެނިފެސްޓަށް ހުށަހެޅޭ އިޞްލާޙުތަކާ ގުޅިގެން ޖޫރިމަނާކުރުން

(ހ) އިންވާރޑް މެނިފެސްޓް ހުށަހަޅަންޖެހޭ ވަގުތު ހަމަވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކަށް ގެންނަ އިޞްލާޙެއް ނުވަތަ އިޞްލާޙުތަކެއް ބަލައިގަނެވޭނީ، އެ އިޞްލާޙު ނުވަތަ އިޞްލާޙުތަކެއް ގެނެވޭ ކޮންމެ ފަހަރަކަށް 500ރ (ފަސްސަތޭކަ) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

  1. އެކްސްޕޯޓަރ / ޝިޕަރ
  2. ނޯޓިފައި ޕާޓީ
  3. ޕްލޭސް އޮފް ޑިސްޗާޖް
  4. ފައިނަލް ޑެސްޓިނޭޝަން

(ށ) އިންވާރޑް މެނިފެސްޓް ހުށަހަޅަންޖެހޭ ވަގުތު ހަމަވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކަށް ގެނެވޭ އިޞްލާޙެއް ނުވަތަ އިޞްލާޙުތަކެއް ބަލައިގަނެވޭނީ، އިޞްލާޙެއް ނުވަތަ އިޞްލާޙުތަކެއް ގެންނަ ކޮންމެ ފަހަރަކު 1000 ރުފިޔާގެ ޖޫރިމަނާއާ އެކުގައެވެ.

  1. ކޮންސައިނީ؛
  2. ކޮންޓެއިނަރ ނަންބަރު؛
  3. ސީލް ނަންބަރު؛
  4. ޕާރޓް އޮފް ލޯޑް؛
  5. ޕްލޭސް އޮފް ލޯޑިންގ؛
  6. ގުޑްސް ޑިސްކްރިޕްޝަން؛
  7. ކޮންޓެއިނަރ ޓައިޕް؛
  8. ގްރޮސް ވެއިޓް (ކޮންޓެއިނަރ ނުހިމަނާ)؛
  9. ވޮލިއުމް (ކޮންޓެއިނަރގެ)؛
  10. ކޮންސޮލިޑޭޓެޑް ނުވަތަ ސްޕްލިޓް ބިލް އޮފް ލޭޑިންގ؛
  11. ބިލް އޮފް ލޭޑިންގ ނަންބަރު؛
  12. ދާގީނާގެ އަދަދު؛

(ނ) ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ މުދަލުގެ އިމްޕޯޓް މެނިފެސްޓަށް ގެނެވޭ އިޞްލާޙުތައް މި މާއްދާގެ (ހ) އަދި (ށ) އިން އިސްތިސްނާވާނެއެވެ.

(ރ) އިންވާރޑް މެނިފެސްޓުގައިވާ ޢިބާރާތެއްގެ ފިއްޔަށް ނުވަތަ އަކުރަކަށް އަންނަ ބަދަލަކުން ބަޔާންކޮށްފައިވާ މަޢުލޫމާތުގެ އަސްލަށް ބަދަލެއް ނާންނަ ގޮތަކަށް ގެނެވޭ އިޞްލާޙުތައް ޖޫރިމަނާއަކާ ނުލައި ބަލައިގަނެވޭނެއެވެ.

 

92 ވަނަ މާއްދާ - މެނިފެސްޓް ހުށަހަޅަންޖެހޭ ވަގުތުގެ ތެރޭގައި ހުށަނޭޅުން

އިންވާރޑް މެނިފެސްޓް ހުށަހަޅަންޖެހޭ ވަގުތުގެ ތެރޭގައި ހުށަހަޅާ މެނިފެސްޓް ފުރިހަމަނުވާނަމަ، މުއްދަތު ހަމަވުމަށްފަހު، އެމެނިފެސްޓް ނުވަތަ މެނިފެސްޓުގެ ބައެއް ބަލައިގަނެވޭނީ ލޭޓް މެނިފެސްޓުގެ ގޮތުގައި 3,000 (ތިންހާސް) ރުފިޔާގެ ޖޫރިމަނާއާއެކުގައެވެ.

 

93 ވަނަ މާއްދާ - މެނިފެސްޓް ހުށަނާޅައި ރާއްޖެއަށް އައުން

އިންވާރޑް މެނިފެސްޓް ހުށަހަޅަންޖެހޭ ވަގުތުގެ ތެރޭގައި މެނިފެސްޓް ހުށަހަނާޅައި ރާއްޖެއަށް އައުން. މެނިފެސްޓް ހުށަހަޅަންޖެހޭ ވަގުތުގެ ތެރޭގައި މެނިފެސްޓް ނުވަތަ މެނިފެސްޓުގެ ބައެއް ހުށަނާޅައި އެ އުޅަނދެއް ރާއްޖެއަށް އައުމަކީ މަނާކަމެކެވެ.

 

94 ވަނަ މާއްދާ - އިންވާރޑް މެނިފެސްޓަށް އިސްލާޙު ހުށަހެޅުން

ކަނޑުމަގުންނާއި ވައިގެމަގުން ރާއްޖެއަށް ގެންނަ މުދަލުގެ އިންވާރޑް އަދި އައުޓްވާރޑް މެނިފެސްޓް އިސްލާޙު ކުރުމަށް އެދި ހުށަހަޅަންވާނީ މި ގަވާއިދުގެ ޖަދުވަލު 16 ގައި ބަޔާންކޮށްފައިވާ ފޯމުންނެވެ.

 

 

ހަވަނަ ބާބު

ބަންކަރު

 

95 ވަނަ މާއްދާ - ބަންކަރު ތެލުގެ މާނަ

(ހ) ބަންކަރު ތެލަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރަށް އެޅުމަށްޓަކައި އިމްޕޯޓް ޑިއުޓީއާ ނުލައި ރާއްޖެއަށް ގެންނަ ތެލެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަންކަރު ތެޔޮ އަޅައިދެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.

 

96 ވަނަ މާއްދާ - ބަންކަރު ތެޔޮ ރާއްޖެއަށް ގެންނައިރު ގުޑްސް ޑިކްލަރޭޝަން ހުށަހެޅުން

ބަންކަރު ތެލުގެ ގޮތުގައި އުޅަނދުފަހަރަށް އަޅާ ތެޔޮ ރާއްޖެއަށް ގެންނައިރު، މި ގަވާއިދުގެ 3 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ތެލަށް ގުޑްސް ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

 

97 ވަނަ މާއްދާ - ބަންކަރު ތެޔޮ އެޅުން

(ހ) ބަންކަރު ތެޔޮ އެޅޭނީ ހަމައެކަނި ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު ރާއްޖެއިން ބޭރަށް ދިއުމަށެވެ. މިގޮތުން ތެޔޮ އަޅައިދެވޭ އުޅަނދަކީ ތެޔޮ އަޅައިދެވޭ ވަގުތުން ފެށިގެން ލަސްވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ފުރަން ތައްޔާރުކޮށްފައި އޮތް އުޅަނދަކަށް ވާންވާނެއެވެ.

(ށ) ބަންކަރު ތެޔޮ އެޅޭނީ ތެޔޮ އަޅާ އުޅަނދުގެ މާސްޓަރ ނުވަތަ އޭނާ ކަނޑައަޅާ މީހަކާއި ތެޔޮ އަޅައިދޭ ފަރާތުގެ އޮފިޝަލަކާއި ކަސްޓަމްސްގެ ހާޒިރުގައެވެ.

 

98 ވަނަ މާއްދާ - ބަންކަރު ތެޔޮ އަޅައިދޭ ތަނުގައި ހުންނަންޖެހޭ ޝަރުޠުތައް

(ހ) ބަންކަރު ތެޔޮ އަޅައިދޭން ދާ އުޅަނދު ނުވަތަ ބަންކަރު ތެޔޮ އަޅައިދޭ ތަނުގައި އައި.އެސް.އޯ. (އިންޓަނޭޝަނަލް ސްޓޭންޑަރޑްސް އޯގަނައިޒޭޝަން) ފެންވަރުގެ ސެޓްފިކެޓެއް ލިބިފައިވާ ތެޔޮމިޓަރެއް ހަރުކޮށްފައި ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެޓްފިކެޓު ކަސްޓަމްސްއިން ބޭނުންވެއްޖެނަމަ، ބެލޭނެގޮތަށް ބަންކަރު ތެޔޮ އަޅައިދޭ އުޅަނދު ނުވަތަ ބަންކަރު ތެޔޮ އަޅައިދޭ ތަނުގައި އޮންނަންވާނެއެވެ.

(ނ) ބަންކަރު ތެޔޮ އަޅައިދޭ އުޅަނދު ނުވަތަ ބަންކަރު ތެޔޮ އަޅައިދޭ ތަނުގެ ސަލާމަތާއި ރައްކާތެރިކަން ހުންނަންވާނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ގަބޫލުކުރާ މިންގަނޑަށް ފެތޭގޮތަށެވެ.

 

99 ވަނަ މާއްދާ - ޑެލިވަރީ ރިޕޯޓް ތައްޔާރުކުރުމާއި ރީއެކްސްޕޯޓް ޑިކްލަރޭޝަން ހުށަހެޅުން

(ހ) ބަންކަރު ތެޔޮ އެޅުމަށް ބޭނުންވާ ޑެލިވަރީ ރިޕޯޓް ތައްޔާރުކުރަންވާނީ ތެޔޮ އަޅައިދޭ ފަރާތުންނެވެ.

(ށ) ބަންކަރު ތެޔޮ އެޅުމުގެ ކުރިން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑެލިވަރީ ރިޕޯޓުގެ އަސްލާއި ރީއެކްސްޕޯޓް ޑިކްލަރޭޝަން ކަސްޓަމްސްގެ އެކްސްޕޯޓާބެހޭ ސެކްޝަނަށް ހުށަހަޅައި ނިންމުމަށްފަހު ބަންކަރު ތެޔޮ އަޅައިދެވޭ ބަނދަރެއްގައި ހުންނަ ކަސްޓަމްސްގެ އޮފީހަކަށް ހުށަހަޅަންވާނެއެވެ.

 

100 ވަނަ މާއްދާ - ރީއެކްސްޕޯޓް ޑިކްލަރޭޝަން ނިންމައިދިނުން

ބަންކަރު ތެޔޮ އެޅުމަށްފަހު، އެތެލުގެ ރީއެކްސްޕޯޓް ޑިކްލަރޭޝަން ކަސްޓަމްސްއިން ނިންމައިދެވޭނީ ބަންކަރު ތެޔޮ އަޅައިދެވުނު އުޅަނދު، ލަސްވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފުރާނަމައެވެ.

 

101 ވަނަ މާއްދާ - އުޅަނދު ނުފުރުމުން ޑިއުޓީ ދެއްކުން

ބަންކަރު ތެޔޮ އަޅައިދެވުނު އުޅަނދު ލަސްވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބޭރަށް ނުފުރާ ޙާލަތެއް މެދުވެރިވެއްޖެނަމަ، ނުވަތަ ރާއްޖޭގައި ދަތުރުކޮށްފިނަމަ އެ އުޅަނދަށް އައުޓްވާރޑް ކްލިއަރެންސް ދިނުމުގެ ކުރިން ކަސްޓަމްސްއިން އެ އުޅަނދެއްގެ ތެލުގެ ސައުންޑިންގ ނަގަންވާނެއެވެ. އަދި އެ އުޅަނދަކަށް އެޅުނު ބަންކަރު ތެލުން ބައެއް މަދުވެފައިވާނަމަ، މަދުވެފައިވާ ތެލަށް ތެޔޮ އަޅައިދިން ފަރާތުން އިމްޕޯޓް ޑިއުޓީ ދައްކަންވާނެއެވެ.

 

102 ވަނަ މާއްދާ - އިންވޮއިސް ހުށަހެޅުން

(ހ) ބަންކަރު ތެޔޮ އަޅައިދެވޭތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އުޅަނދަށް އަޅައިދެވުނު ތެލުގެ އިންވޮއިސް ނުވަތަ ބިލުގެ ކޮޕީއެއް ތެޔޮ އަޅައިދިން ފަރާތުން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންވޮއިސް ނުވަތަ ބިލުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ބަދަލުވެއްޖެނަމަ، ތެލުގެ ރީއެކްސްޕޯޓް ޑިކްލަރޭޝަނަށް އިސްލާޙު ގެންނަންވާނެއެވެ.

 

103 ވަނަ މާއްދާ - ބަންކަރު ސަރވޭ ކުރުން

ބަންކަރު ތެޔޮ އެޅޭ މިންވަރު ބެލުމަށްޓަކައި ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ މަތިން އުޅަނދުފަހަރު ސަރވޭކުރެވޭނެއެވެ. މިގޮތުން ކަސްޓަމްސްއިން ސާރވޭ ކުރުމުގައި ބޭނުންވާ އެހީތެރިކަން ބަންކަރު ތެޔޮ އަޅައިދޭ ފަރާތުންނާއި އުޅަނދުގެ އޭޖެންޓް ކަސްޓަމްސްއަށް ފޯރުވައިދޭންވާނެއެވެ.

 

104 ވަނަ މާއްދާ - ކުރުން މަނާ ކަންތައްތައް

(ހ) ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރަށް އެޅުމަށްޓަކައި ދޫކުރެވޭ ބަންކަރު ތެޔޮ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު ފިޔަވައި އެހެން އުޅަނދުފަހަރަށް އެޅުމާއި ރާއްޖޭގައި ބޭނުންކުރުމަށް ދޫކުރުމަކީ މަނާކަމެކެވެ.

(ށ) ބަންކަރު ތެޔޮ އަޅައިދެވޭ އުޅަނދަކުން ނެގޭ އެހެން އެއްވެސް އުޅަނދަކަށް އެޅުމާއި، ރާއްޖޭގައި ބޭނުންކުރުމަށް ދޫކުރުމަކީ މަނާކަމެކެވެ.

 

 

ތިންވަނަ ބައި

ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ މުދާ

އެއްވަނަ ބާބު

އިމްޕޯޓްކުރާ މުދަލުގެ މަޢުލޫމާތު ހުށަހެޅުން

 

105 ވަނަ މާއްދާ - ރާއްޖެއަށް މުދާ އިމްޕޯޓްކުރުން

(ހ) ރާއްޖެއަށް މުދާ އިމްޕޯޓް ކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.

(ށ) ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދީފައިވާ ހުއްދަ ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ހުންނަންވާނީ މުދާ އިމްޕޯޓްކުރުމަށް ހުއްދަ ދީފައިވާ ފަރާތުގެ ނަމުގައެވެ.

(ނ) ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުން ޑިއުޓީ މާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރެއްގެ މުދާ ރާއްޖެއަށް އިމްޕޯޓް ކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ހުށަހަޅާކަށް ނުޖެހޭނެއެވެ.

  1. ދަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ މުދާ؛
  2. އަމިއްލަ ފަރުދުންގެ ޒާތީ ބޭނުންތަކަށް ގެންނަ މުދާ؛

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ހުންނަ ތަކެތި ދޫކުރެވޭނީ އެފަދަ ތަކެއްޗާމެދު ޢަމަލުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ ގަވާއިދާ އެއްގޮތަށެވެ.

 

106 ވަނަ މާއްދާ - ރަޖިސްޓަރީ ނަންބަރު ބޭނުންކުރުން

ކަސްޓަމްސްއާ މުޢާމަލާތް ކުރުމުގައި މުދާ އިމްޕޯޓްކުރާ ފަރާތުން ބޭނުން ކުރަންވާނީ އެފަރާތަކަށް ކަސްޓަމްސްއިން ދޫކޮށްފައިވާ ރަޖިސްޓަރީ ނަންބަރެވެ.

 

107 ވަނަ މާއްދާ - ރަޖިސްޓަރީ ކެންސަލްކުރުން

ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ، މުދާ އިމްޕޯޓްކުރާ ފަރާތެއްގެ ރަޖިސްޓަރީ ކެންސަލް ކުރުމަށްޓަކައި، އެ ފަރާތުން ކަސްޓަމްސްއަށް ލިޔުމަކުން ހުށަހަޅައިފިނަމަ، އެފަރާތެއްގެ ރަޖިސްޓަރީ ކަސްޓަމްސްއިން ކެންސަލް ކުރަންވާނެއެވެ.

 

108 ވަނަ މާއްދާ - އިމްޕޯޓްކުރާ މުދަލުގެ މަޢުލޫމާތު ހުށަހެޅުން

(ހ) ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުން އެ މުދަލެއްގެ ޑިކްލަރޭޝަން ނިންމުމަށްޓަކައި މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ފުރިހަމަކުރުމަށްފަހު، ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަނާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ކޮމާޝަލް އިންވޮއިސް؛
  2. ޕެކިންގ ލިސްޓް؛
  3. ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް؛
  4. މި ގަވާއިދުގެ ޖަދުވަލު 17 ގައި ބަޔާންކޮށްފައިވާ ޕްރީ-ވެލުއޭޝަން ފޯމު؛
  5. ޕްރީ-ވެލުއޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މުދާ ވިއްކި ފަރާތާއި ގަންނަ ފަރާތުން ކުރެވިފައިވާ ޚަރަދުތައް އެނގޭނެ ލިޔުން؛
  6. އިންޝުއަރެންސް ކޮށްފައިވާ މުދަލެއްނަމަ އިންޝުއަރެންސް ޕޮލިސީ؛
  7. ޕޯސްޓް މެދުވެރިކޮށް އިމްޕޯޓްކުރާ މުދަލެއްނަމަ ޕޯސްޓް ރިސިޕްޓް ނުވަތަ ޕޯސްޓް ވޭބިލް؛
  8. ކުރިއަރ ސަރވިސް މެދުވެރިކޮށް އިމްޕޯޓްކޮށްފައިވާ މުދަލެއްނަމަ، ކުރިއަރ އެއަރވޭ ބިލް ނުވަތަ ޑެލިވަރީ އޯޑަރ؛
  9. މުދާ ކްލިއަރކުރާ ކަސްޓަމްސްގެ ބަނދަރަކާ ހަމައަށް މުދާ ގެނައުމަށް ހިނގާ ހުރިހާ ޚަރަދުތައް އެނގޭނޭ ލިޔުންތައް؛
  10. މުދަލަށް ފައިސާ ދެއްކި ނުވަތަ ފައިސާ ދައްކަން ހަމަޖެހިފައިވާ ގޮތުގެ ލިޔުން؛
  11. މުދަލުގެ ޕްރޮފޯމާ އިންވޮއިސް ނުވަތަ ޕާރޗޭސް އޯޑަރ؛
  12. މުދަލާ ބެހޭގޮތުން މުދާ ވިއްކިފަރާތާއި މުދާ ގަތްފަރާތާ ދެމެދު، ލިޔުމުން އެއްބަސްވުމެއް ވެފައިވާނަމަ އެ އެއްބަސްވުން؛
  13. މެޝިނަރީ ސްޕެއަރޕާޓްސް ކޮމްޕޯނަންޓް ފަދަ އައިޓަމްތަކުގެ އަގު ހުށަހަޅާފައިވަނީ އެއްކޮށްނަމަ، އެ އަގު ވަކިވަކިން އެނގޭނޭ ލިޔުން؛
  14. އިމްޕޯޓްކުރާ މުދަލަކީ ކުރިން ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްނަމަ އުޅަނދުގެ ޑީރަޖިސްޓްރޭޝަން ސެޓްފިކެޓްގެ އަސްލު. މީގެ ތެރޭގައި އޮޓޯސައިކަލާއި މޮޓޯ ސައިކަލް ނުހިމެނޭނެއެވެ.
  15. އިމްޕޯޓް ކުރާ މުދަލަކީ ކަނޑުގައި ދުއްވާ އުޅަނދެއްނަމަ މި ގަވާއިދުގެ ޖަދުވަލު 18 ގައި ބަޔާންކޮށްފައިވާ އެޑިޝަނަލް އިންފޮމޭޝަން ޝީޓް ފޮރ ފޮރިން ވެސަލްސް ފޯމު؛
  16. ޑިއުޓީ ނަގާ ރޭޓުން ޢިނާޔަތެއް ލިބޭ ފަރާތެއްނަމަ މުދަލުގެ ސެޓްފިކެޓް އޮފް އޮރިޖިންގެ އަސްލު؛
  17. ސަރުކާރުގެ އިދާރާއަކުން ހުއްދަ އޮވެގެން އިމްޕޯޓްކުރެވޭ މުދަލަށް އެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން؛
  18. މުދަލާ ގުޅޭގޮތުން މުދާ އިމްޕޯޓްކުރާ ފަރާތުން ކަސްޓަމްސްއަށް ދޭން ބޭނުންވާ އެހެނިހެން މަޢުލޫމާތު.

(ނ) ކަސްޓަމްސްއަށް ބޭނުންވެގެން މުދަލުގެ ވެރިފަރާތަށް އަންގައިފި ހިނދެއްގައި، މި (މ) މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން އިމްޕޯޓްކުރާ މުދަލާ ގުޅޭގޮތުން މުދާ ވިއްކިފަރާތާއި މުދާ ގަތްފަރާތާ ދެމެދު އިންޓަރނެޓް މެދުވެރިކޮށް މުޢާމަލާތް ކުރެވިފައިވާނަމަ، އެ ލިޔުންތައް ހުށަހަޅަންވާނެއެވެ.

(ރ) އިމްޕޯޓް ކުރާ މުދަލާ ގުޅޭ ގޮތުން ކަސްޓަމްސްއާ މުޢާމަލާތް ކުރަންވާނީ މުދަލުގެ ވެރިފަރާތުންނެވެ. އަދި ވެރިފަރާތުން ބޭނުންވެއްޖެނަމަ، ވެރިފަރާތުގެ ބަދަލުގައި މުޢާމަލާތްކުރުމަށް މި ގަވާއިދުގެ 9 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްގެ ނުވަތަ ކަސްޓަމްސް ބްރޯކަރެއް ޢައްޔަން ކުރެވިދާނެއެވެ.

 

109 ވަނަ މާއްދާ - ކޮމާޝަލް އިންވޮއިސްގައި ހުންނަންވާނެ މަޢުލޫމާތު

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ކޮމާޝަލް އިންވޮއިސް އޮންނަންވާނީ އިނގިރޭސި ބަހުންނެވެ. އަދި ކޮމާޝަލް އިންވޮއިސްގައި ފައިސާގެ ކަރަންސީ ބަޔާންކޮށްފައި އޮންނަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ގަބޫލުކުރާ ބޭރު ފައިސާއަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމާޝަލް އިންވޮއިސްގައި ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަވެފައި އޮންނަންވާނެއެވެ.

  1. އިންވޮއިސްގައި ހިމެނޭ ހުރިހާ މުދަލެއްގެ މަޢުލޫމާތު ކަސްޓަމްސްގެ ޓެރިފްގައި ބަޔާންކޮށްފައިވާ ސްޓެޓިސްޓިކަލް ޔުނިޓުން ހިސާބު ހެދޭގޮތަށް ފުރިހަމަ ކުރެވިފައި އޮތުން؛
  2. ސީ.އައި.އެފް ޓާރމުން މުދަލުގެ އަގު ބަޔާންކޮށްފައިވާ އިންވޮއިސްއެއްނަމަ އެ މުދަލުގެ އެފް.އޯ.ބީ އަގާއި، އެ މުދަލުގެ ފްރައިޓް އަދި އިންޝުއަރެންސްއަށް ދައްކާފައިވާ އަދަދު ވަކިން އެނގެން އޮތުން؛
  3. ސީ.އެން.އެފް ޓާރމުން މުދަލުގެ އަގު ބަޔާންކޮށްފައިވާ އިންވޮއިސްއެއްނަމަ އެ މުދަލުގެ އެފް.އޯ.ބީ އަގާއި، އެ މުދަލުގެ ފްރައިޓަށް ދައްކާފައިވާ އަދަދު ވަކިން އެނގެން އޮތުން؛
  4. މުދާ ފޮނުވި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް؛
  5. މުދާ ލިބެންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް؛
  6. އިންވޮއިސްގެ ނަންބަރު އަދި ތާރީޚު؛
  7. ޓާރމްސް އޮފް ޕޭމަންޓް؛
  8. ޓާރމްސް އޮފް ޑެލިވަރީ (އިންކޯ ޓާރމް)؛
  9. ސަފުހާގެ ނަންބަރާއި ސަފުހާގެ ޖުމްލަ؛

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންވޮއިސްގައި ހިމެނޭ ކޮންމެ އައިޓަމެއްގައި ޕެކިންގ ލިސްޓުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ނެގެން އޮންނަންވާނެއެވެ.

  1. މުދަލުގެ ނަން:
  2. އައިޓަމް ނަންބަރު:
  3. ކުވަންޓިޓީ:
  4. ޔުނިޓް:
  5. ބްރޭންޑް (ބްރޭންޑް ހުންނަ މުދަލުގެ)
  6. މޮޑެލް (މޮޑެލް ހުންނަ މުދަލުގެ)
  7. ޕާރޓް ނަންބަރު ނުވަތަ ކޯޑް ނަންބަރު ފަދަ ނަންބަރު ހުންނަ މުދަލުގެ:
  8. މުދަލުގެ ސައިޒް:
  9. އައިޓަމްގެ ޕެކިންގ:
  10. އުފެއްދި ޤައުމު:
  11. އުފެއްދި އަހަރު (ނުވަތަ ވިންޓޭޖް، ބަނގުރަލުގެ ބާވަތްތައްނަމަ)
  12. މުދަލުގެ ކޮންޑިޝަން:
  13. ބޭނުންކޮށްފައިވާ މުދަލެއްނަމަ އެ މުދާ ބޭނުންކޮށްފައިވާ މުއްދަތު:
  14. ޔުނިޓުގެ އަގު:
  15. ޖުމްލަ އަގު:

 

110 ވަނަ މާއްދާ - ޕެކިންގ ލިސްޓުގައި ހުންނަންވާނެ މައުލޫމާތު

ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ޕެކިންގ ލިސްޓް އޮންނަންވާނީ އިނގިރޭސިބަހުންނެވެ. މިޕެކިންގ ލިސްޓުގައި ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަވެފައި އޮންނަންވާނެއެވެ.

(ހ) މުދަލުގެ ތަފުސީލު؛

(ށ) ދާގިނާގެ ބާވަތް؛

(ނ) ދާގިނާގެ އަދަދު؛

(ރ) ދާގިނާގެ ނަންބަރު؛

(ބ) ކޮންމެ ދާގިނާއެއްގައި މުދާ ހުރިގޮތުގެ ތަފުސީލު؛

(ޅ) ޝިޕްމަންޓުގައި ހިމެނޭ ޖުމްލަ ދާގިނާގެ އަދަދު؛
(ކ) ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ބަރުދަން އަދި ކިއުބިކް މީޓަރު.

 

111 ވަނަ މާއްދާ - ބިލް އޮފް ލޭޑިންގ ނުވަތަ (އެއަރވޭ ބިލު)ގައި ހުންނަންވާނެ މަޢުލޫމާތު

ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް އޮންނަންވާނީ އިނގިރޭސިބަހުންނެވެ. އަދި ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލްގައި ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަވެފައި އޮންނަންވާނެއެވެ.

(ހ) ބިލް އޮފް ލޭޑިންގ ނުވަތަ (އެއަރވޭ ބިލް) ނަންބަރު؛

(ށ) މުދާ ފޮނުވި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް؛

(ނ) މުދާ ލިބެންވާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް؛

(ރ) މުދާ ބޭރުކުރި ބަނދަރު؛

(ބ) މުދާ ބާލާނެ ބަނދަރު؛

(ޅ) ކޮންޓެއިނަރ ނަންބަރު ނުވަތަ ސީލް ނަންބަރު؛

(ކ) ޝިޕިންގ މާކް؛

(އ) މުދަލުގެ ބާވަތް؛

(ވ) ޖުމްލަ ބަރުދަން ނުވަތަ ކިއުބިކް މީޓަރު؛

(މ) ބީ.އެލް ތައްޔާރުކޮށްފައިވާ ފަރާތް.

 

112 ވަނަ މާއްދާ - ޑިކްލަރޭޝަން ހުށަހަޅަން ނުޖެހޭ މުދާ

(ހ) ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް ގެންނަ މުދަލުން ޑިއުޓީ މައާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރެއްގެ މުދާ ރާއްޖެއަށް އިމްޕޯޓްކުރުމަށްޓަކައި ގުޑްސް ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހަޅާކަށް ނުޖެހޭނެއެވެ.

  1. ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އެފަރާތްތަކުގެ އަމިއްލަ ޒާތީ ބޭނުންތަކަށް ގެންނަ މުދާ
  2. ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ރާއްޖޭގެ ރައްޔިތުންނާއި ބިދޭސީން ގެންނަ މުދާ
  3. ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި އުޅެފައި އަންނަ ރާއްޖޭގެ ރައްޔިތުން ގެންނަ، ބޭނުން ކޮށްފައިހުރި މުދާ
  4. ރާއްޖޭގައި 6 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކުރުމަށް އަންނަ ޕްރޮފެޝަނަލް ގިންތީގެ މީހުން، އެ މީހުންގެ ދިރިއުޅުން ރާއްޖެއަށް ބަދަލު ކުރުމަށްޓަކައި ގެންނަ، ބޭނުންކޮށްފައި ހުންނަ ތަކެތި
  5. ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިން ގެންނަ މުދާ

(ށ) މި މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕްރޮފެޝަނަލް ގިންތީގެ މީހުން ކަމުގައި ބެލޭނީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، އެމްޕްލޯއިމަންޓް އެންޑް ލޭބަރ އިން ޕްރޮފެޝަނަލް ގިންތީގެ މީހުން ކަމުގައި ކަނޑައަޅާ ފަރާތްތަކެވެ.

(ނ) ރާއްޖޭގައި 6 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކުރުމަށް އަންނަ ޕްރޮފެޝަނަލް ގިންތީގެ މީހުން ގެންނަ މުދަލަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މުދަލުގެ ޕެކިންގ ލިސްޓް؛
  2. މުދަލުގެ ޑެލިވަރީ އޯޑަރ

(ރ) ރާއްޖޭގައި 6 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކުރުމަށް އަންނަ ޕްރޮފެޝަނަލް ގިންތީގެ މީހުން ގެންނަ މުދާ ދޫކުރެވޭނީ، އެ މީހެއްގެ ވާރކް ޕާމިޓް އަސްލު ނުވަތަ ވާރކް ޕާމިޓް ކާޑު ގެނައުމުންނެވެ.

(ބ) ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި އުޅެފައި އަންނަ ރާއްޖޭގެ ރައްޔިތުން، ގެންނަ ބޭނުން ކޮށްފައި ހުންނަ މުދާ ދޫކުރެވޭނީ އެ މީހެއްގެ ޕާސްޕޯޓުގެ އަސްލު ގެނައުމުންނެވެ. އެ މީހަކު އެވަގުތު ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން ޕާސްޕޯޓުގެ އަސްލު ހުށަނޭޅޭ ހާލަތްތަކުގައި އެ މުދާ ދޫކުރެވޭނީ މުދަލުގެ ވެރިފަރާތުގެ ލިޔުމަކާއެކު، ޕާސްޕޯޓުގެ ކޮޕީއެއް ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.

(ޅ) މި ގަވާއިދުގެ 112 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެމާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހުން ފިޔަވައި އެމާއްދާގައި ބަޔާންކޮށްފައިވާ އެހެން ފަރާތްތަކުން ރާއްޖެއަށް ގެންނަ މުދަލުން ޑިއުޓީ މާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުވާ މުދަލަށް މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ފުރިހަމަކުރުމަށްފަހު، ކަސްޓަމްސްއަށް ހުށަހަޅައި އެ މުދަލަށް ޑިއުޓީ ދައްކަންވާނެއެވެ.

(ކ) މި ގަވާއިދުގެ 112 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ތަކެތީގެ ކޮމާޝަލް އިންވޮއިސް ނެތްނަމަ، ގުޑްސް ޑިކްލަރޭޝަނާއެކު އެ މުދަލުގެ ޞައްޙަ މަޢުލޫމާތު ބަޔާންކޮށް މި ގަވާއިދުގެ ޖަދުވަލު 19 ގައި ބަޔާންކޮށްފައިވާ ކާގޯ އެންޑް ޕެސެންޖަރ ވެލުއޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

 

113 ވަނަ މާއްދާ - ލިޔުންތަކަށް އިސްލާޙު ގެނައުން

(ހ) މި ގަވާއިދުގެ 108 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުމެއްގެ އެއްވެސް ތަނެއް ފަވައި ކަނޑާއި ނުވަތަ ބަދަލު ކުރެވިފައިވާނަމަ، އެ ލިޔުމެއް ދޫކުރި ފަރާތުން ސްޓޭމްޕް ކުރެވިފައި އޮންނަންވާނެއެވެ.

(ށ) މި ގަވާއިދުގެ 108 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކަސްޓަމްސްއަށް ހުށަހަޅާފައިވާ ލިޔުމަކަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ އެ ލިޔުން ދޫކުރި ފަރާތުގެ ލިޔުމެއް ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ. މީގެ ތެރޭގައި ލިޔުންތަކުގެ އަސްލަށާއި މަޢުލޫމާތަށް ބަދަލު ނާންނަގޮތަށް ގެނެވޭ ކުދިކުދި އިސްލާޙުތަކެއް ނުހިމެނޭނެއެވެ.

 

114 ވަނަ މާއްދާ - އިމްޕޯޓް މުދަލުގެ ލިޔުން ނިންމުން

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުން ޑިއުޓީ ނެގުމަށް ނުވަތަ އެ މުދަލަކާބެހޭ ލިޔުން ނިންމުމުގައި އެ މުދަލުގެ އަގު ކަމުގައި ބަލާނީ އިންޝުއަރކޮށްފައިވާ މުދަލެއްނަމަ މުދަލުގެ އެފް.އޯ.ބީ އަގާއި އިންޝުއަރެންސްއާއި ފްރައިޓް ހިމަނައިގެންނެވެ. އިންޝުއަރ ނުކުރާ މުދަލެއްނަމަ މުދަލުގެ އެފް.އޯ.ބީ އަގާއި ފްރައިޓް ހިމަނައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޑިއުޓީ ނެގުމުގައި ނުވަތަ އެ މުދަލަކާބެހޭ ލިޔުން ނިންމުމުގައި، ބޭރު ފައިސާ ދިވެހި ފައިސާއަށް ބަދަލު ކުރާނެ ރޭޓުތައް ކަނޑައަޅާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފަޔާއެކު ކަސްޓަމްސްއިންނެވެ. މިގޮތުން ކޮންމެ މަހެއް ފެށުމުގެ ކުރިން، ކުރިއަށް އޮތް މަހުގައި ބޭނުންކުރުމަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ ނޭޓުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންވާނެއެވެ.

 

115 ވަނަ މާއްދާ - ޑިއުޓީ ދެއްކުން

(ހ) އިމްޕޯޓް މުދަލުގެ ގުޑްސް ޑިކްލަރޭޝަން ކަސްޓަމްސްއިން އެސެސްކޮށް ނިންމާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މުދަލަކަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި މުދަލުގެ އިމްޕޯޓް ޑިއުޓީ ނުދައްކައިފިނަމަ، އެ މުދަލުގެ ގުޑްސް ޑިކްލަރޭޝަން ބާޠިލު ކުރެވޭނެއެވެ. މިގޮތުގެ މަތިން ބާޠިލު ކުރެވޭ މުދަލުގެ ގުޑްސް ޑިކްލަރޭޝަނުގައި ހިމެނޭ މުދާ ދޫކުރެވޭނީ އަލުން ގުޑްސް ޑިކްލަރޭޝަން ފުރިހަމަކޮށް ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.

 

116 ވަނަ މާއްދާ - މަރުވެފައިވާ މީހުންގެ ހަށިގަނޑު ރާއްޖެއަށް އިމްޕޯޓްކުރުން

(ހ) މަރުވެފައިވާ މީހުންގެ ހަށިގަނޑު ރާއްޖެއަށް އިމްޕޯޓްކުރުމަށްޓަކައި މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ މަރުވެފައިވާ މީހުންގެ ހަށިގަނޑު ރާއްޖެއަށް އިމްޕޯޓްކުރުމަށް އެދޭ ފޯމު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި އެ ހަށިގަނޑެއް ބޭރުކުރެވޭ ޤައުމުގެ ކަމާބެހޭ ރަސްމީ އިދާރާތަކުން ދޫކޮށްފައިވާ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.

  1. ޑެތް ސެޓްފިކެޓް
  2. ޕޮލިސް ރިޕޯޓް
  3. ކަސްޓަމްސް ރިލީސް ޕަރމިޓް (ހަށިގަނޑު ގެންނަ ޤައުމެއްގެ ކަސްޓަމްސްއިން ދޫކޮށްފައިވާ)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަރުވެފައިވާ މީހުންގެ ހަށިގަނޑު ރާއްޖެއަށް އިމްޕޯޓްކުރުމަށްޓަކައި ގުޑްސް ޑިކްލަރޭޝަން ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި އިމްޕޯޓް ޑިއުޓީ ދައްކާކަށްވެސް ނުޖެހޭނެއެވެ.

 

 

ދެވަނަ ބާބު

ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކުރެވޭ މުދާ

 

117 އަނބުރާ ގެންދާގޮތަށް ތަކެތި އިމްޕޯޓްކުރުން

(ހ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކުރެވޭ މުދާ ދޫކުރެވޭނީ އެތަކެއްޗަށް ޒިންމާވާނެ ރާއްޖޭގެ ފަރާތެއް ހުރެގެންނެވެ.

(ށ) އަނބުރާ ގެންދާގޮތަށް މުދާ އިމްޕޯޓްކުރުމަށްޓަކައި މި ގަވާއިދުގެ ޖަދުވަލު 20 ގައި ބަޔާންކޮށްފައިވާ "އަނބުރާ ގެންދާގޮތަށް މުދާ ދޫކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

 

118 ވަނަ މާއްދާ - އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ ދެވޭ ތަކެތި

ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ރާއްޖެއަށް މުދާ އިމްޕޯޓްކުރެވޭނީ އެ މުދަލަކީ ތިރީގައި ބަޔާންކޮށްފައިވާ ބޭނުންތަކަށް އެތެރެކުރާ މުދާ ކަމުގައި ވާނަމައެވެ.

(ހ) އެގްޒިބިޝަން، އިންޓަނޭޝަނަލް ފެއަރ، ބައިނަލްއަޤްވާމީ ޖަލްސާތަކާއި، ކުޅިވަރު ހަފްލާތަކާއި ބައްދަލުވުން އަދި އިވެންޓްތަކަށް ޚާއްޞަކޮށް އެތެރެކުރާ ތަކެތީގެ ތެރެއިން ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ފޮނުވާލާ ގޮތަށް ގެންނަ ތަކެތި.

(ށ) ރާއްޖޭގައި އޮންނަ ޚާއްޞަ އިވެންޓެއް ކަވަރުކުރަން އަންނަ ނޫސްވެރިން، ބްރޯޑްކާސްޓަރުން، ފޮޓޯގްރާފަރުން ފަދަ މީސްމީހުން އެ މީހުންގެ މަސައްކަތަށް ޚާއްޞަކޮށް އެތެރެކުރާ ތަކެއްޗާއި، ސިނަމަޓޮގްރާފިކް ސާމާނު.

(ނ) އެކިއެކި ޕްލާންޓްތަކާއި މެޝިނަރީ އިންސްޓޯލްކުރުމަށާއި މަރާމާތު ކުރުމަށް ޚާއްޞަކޮށް ގެންނަ ސާމާނާއި އިންޓަނޭޝަނަލް ވޮރަންޓީ ދީފައިވާ ފަރާތަކުން އެ ވޮރަންޓީ ދީފައިވާ އެއްޗެއް މަރާމާތުކުރުމަށް އަންނަ ފަރާތަކުން އެމަސައްކަތަށް ޚާއްޞަކޮށް ގެންނަ ތަކެތި.

(ރ) އެކިއެކި ސަރވޭތަކަށާއި ދިރާސާތަކަށާއި ޕްރޮފެޝަނަލް ދާއިރާތަކުގެ މާހިރުން އެ ދާއިރާތަކުގެ ޚާއްޞަ ބޭނުމަށް އެތެރެކުރާ ސާމާނާއި އާލާތްތައް.

(ބ) ދިވެހިރާއްޖޭގެ އިޤްތިޞާދާއި އިޖުތިމާޢީ ކުރިއެރުމަށްޓަކައި ޚާއްޞަ މަސައްކަތްކުރުމަށް ގެންނަ މެޝިނަރީ، އުޅަނދު އަދި އިކުއިޕްމަންޓްތައް. މެޝިނަރީ، އުޅަނދު އަދި އިކުއިޕްމަންޓްސްގެ ސްޕެއަރ ޕާޓްސް މީގެ ތެރޭގައި ނުހިމެނެއެވެ.

 

119 ވަނަ މާއްދާ - އަނބުރާ ގެންދާގޮތަށް ހުއްދަ ދޭ މުދާ

(ހ) މި ގަވާއިދުގެ 118 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުންތަކަށް ރާއްޖޭގައި ބޭނުން ކުރުމަށްފަހު އަނބުރާ ގެންދާގޮތަށް. މުދާ، އިމްޕޯޓް ކުރުމަށް، ހުއްދަ ދެވޭނީ، އެ މުދަލެއްގައި ޖަހާފައިވާ ނަންބަރަކުން ނުވަތަ ކޯޑަކުން އެއީ ވަކި އެއްޗެއްކަން ދެނެގަނެވޭނެ ގޮތަށް ހުރި މުދަލަކަށް ވާނަމައެވެ.

(ށ) މި ގަވާއިދުގެ 118 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ބޭނުންތަކަށް އެތެރެކުރާ މުދާ މި މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.

 

120 ވަނަ މާއްދާ - ޑިއުޓި ޢިނާޔަތް ދެވޭނެ އެންމެ ދިގު މުއްދަތު 

ރާއްޖޭގައި ބޭނުންކުރުމަށްފަހު، އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ޑިއުޓި ޢިނާޔަތް ދެވޭނި އެ މުދާ ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުން) ފެށިގެން 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ރާއްޖެއިން ބޭރަށް އެ މުދާ ފޮނުވާލާނަމައެވެ. 

 

121 ވަނަ މާއްދާ - އަނބުރާ ގެންދާގޮތަށް ގެންނަ މުދަލުގެ ޑިކްލަރޭށަން ހުށަހެޅުން

(ހ) ރާއްޖޭގައި ބޭނުންކުރުމަށްފަހު، އަނބުރާ ގެންދާގޮތަށް ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށްޓަކައި، މި ގަވާއިދުގެ ޖަަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ކާސްޓަްސްއަށް ހުށަހަޅަންވާނެއެވެ. މިގޮތުން، ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންވާނި ރާއްޖެއިން އެ ތަކެއްޗަށް ޒިންމާވާ ފަރާތުގެ ނަމުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުދަލުގެ ގުޑްސް ޑިކްލަރޭޝަނާއެކު، ތިރީގައި ބަޔާންކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 20 ގައި ބަޔާންކޮށްފައިވާ އަނބުރާ ގެންދާ ގޮތަށް މުދާ ދޫކުރުމަށް އެދޭ ފޯމު؛
  2. އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ހިފައިގެން ރާއްޖެއަށް ގެންނަ ތަކެތި ރާއްޖެއަށް ގެނައުމަށް ރާއްޖެއިން ބޭރުގެ ފަރާތާއެކު ވެފައިވާ އެއްބަސްވުން، އަދި ޑިޕޮސިޓް ދައްކާފައިވާނަމަ ދެއްކި އަދަދު އެނގޭނެ ލިޔުން.

 

122. މުއްދަތު އިތުރުކުރުން

(ހ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ރާއްޖޭގައި ބޭނުންކުރާ މުއްދަތު އިތުރުކުރަން ބޭނުންވެއްޖެނަމަ، މުއްދަތު ބަޔާންކޮށް ރާއްޖެއިން އެ ތަކެއްޗަށް ޒިންމާވާ ފަރާތުން ކަސްޓަމްސްއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާ މުދާ ރާއްޖޭގައި ބޭނުންކުރާ މުއްދަތު އިތުރު ކޮށްދެވޭނީ މި ގަވާއިދުގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުދަލަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ރާއްޖެއިން އެ ތަކެއްޗަށް ޒިންމާވާ ފަރާތުން ދައްކައި ނިންމުމުންނެވެ.

 

123 ވަނަ މާއްދާ - މުދާ އަނބުރާ ފޮނުވާލުން

(ހ) ރާއްޖޭގައި ބޭނުންކުރުމަށްފަހު، އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދާ އަނބުރާ ފޮނުވާލުމަށްޓަކައި މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ޑިކްލަރޭޝަން ހުށަހަޅަންވާނީ ރާއްޖެއިން އެ ތަކެއްޗަށް ޒިންމާވާ ފަރާތުގެ ނަމުގައެވެ.

(ށ) އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދާ ފޮނުވާލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، އެ މުދާ އަނބުރާ ފޮނުވާލިކަމަށް ބެލެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދަލުގެ ގުޑްސް ޑިކްލަރޭޝަން ހުށަހެޅުމަށްފަހު ރާއްޖެއިން ބޭރަށް އެ މުދާ ފޮނުވާލާފައިވާނަމައެވެ.

 

124 ވަނަ މާއްދާ - އިމްޕޯޓް ޑިއުޓީ ދެއްކުން

(ހ) ރާއްޖޭގައި ބޭނުން ކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ގެންނަ މުދާ ފޮނުވާލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަނބުރާ ފޮނުވާނުލައިފިނަމަ، އެ މުދާ އިމްޕޯޓްކުރިއިރު ޑިކްލެއަރ ކޮށްފައިވާ އަގުން އިމްޕޯޓް ޑިއުޓީ ދައްކަންވާނެއެވެ. އަދި މި ގަވާއިދުގެ 123 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ރާއްޖެއިން ބޭރަށް އެ މުދާ ފޮނުވިނަމަވެސް، އެ މުދާ އިމްޕޯޓްކުރިއިރު ޑިކްލެއަރ ކޮށްފައިވާ އަގުން، ރާއްޖެއިން އެ ތަކެއްޗަށް ޒިންމާވާ ފަރާތުން އިމްޕޯޓް ޑިއުޓީ ދައްކަންވާނެއެވެ.

(ށ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކޮށްފައިވާ މުދަލެއް އެހެން ފަރާތަކަށް ވިއްކޭނީ ނުވަތަ އެތެރެކުރި ބޭނުން ފިޔަވައި އިތުރު އެއްވެސް މުޢާމަލާތެއް ކުރެވޭނީ އެ މުދަލަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ، ރާއްޖެއިން އެ ތަކެއްޗަށް ޒިންމާވާ ފަރާތުން ކަސްޓަމްސްއަށް ދެއްކުމަށްފަހުގައެވެ.

(ނ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކޮށްފައިވާ މުދަލެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެނަމަ، ނުވަތަ ގެއްލިއްޖެނަމަ، ނުވަތަ ވަގަށްނަގައިފިނަމަ، ނުވަތަ މަދުވެއްޖެނަމަ، އެ މުދަލަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ރާއްޖެއިން އެ ތަކެއްޗަށް ޒިންމާވާ ފަރާތުން ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

(ރ) އަނބުރާ ގެންދާގޮތަށް އިމްޕޯޓްކޮށްފައިވާ މުދަލަކަށް އިންސާނީ ބާރު ނުފޯރާ ޚާއްޞަ ޙާލަތެއްގެ ސަބަބުން ގެއްލުމެއް ލިބިއްޖެނަމަ، އެ މުދަލަށް އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.

 

125 ވަނަ މާއްދާ - ޑިއުޓީ ޢިނާޔަތް ދެވޭ މިންވަރު

ރާއްޖޭގައި ބޭނުންކުރުމަށްފަހު، އަނބުރާ ގެންދާގޮތަށް އިމްޕޯޓްކުރާ މުދަލަށް، އިމްޕޯޓް ޑިއުޓީގެ ޢިނާޔަތްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ

(ހ) އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އަނބުރާ ގެންދާނަމަ އެ މުދަލަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީގެ 100% ޢިނާޔަތް ދެވޭނެއެވެ.

(ށ) އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުން ފެށިގެން 90 ދުވަސް ވުމަށްފަހު 180 ދުވަސްވުމުގެ ކުރިން އެ މުދާ އަނބުރާ ގެންދާނަމަ އެ މުދަލަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީގެ %95 ޢިނާޔަތް ދެވޭނެއެވެ.

(ހ) އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުން ފެށިގެން 180 ދުވަސް ވުމަށްފަހު 1 (އެކެއް) އަހަރުވުމުގެ ކުރިން އެ މުދާ އަނބުރާ ގެންދާނަމަ އެ މުދަލަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީގެ %90 ޢިނާޔަތް ދެވޭނެއެވެ.

(ށ) އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުން ފެށިގެން 1 (އެކެއް) އަހަރު ވުމަށްފަހު 2 (ދޭއް) އަހަރުވުމުގެ ކުރިން އެ މުދާ އަނބުރާ ގެންދާނަމަ އެ މުދަލަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީގެ %80 ޢިނާޔަތް ދެވޭނެއެވެ.

(ނ) އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރާ ދުވަހުން ފެށިގެން 2 (ދޭއް) އަހަރު ހަމަވުމަށްފަހު އަނބުރާ ގެންދިޔަނަމަވެސް އެ މުދަލަކަށް ދައްކަންޖެހޭ ޑިއުޓީގެ %100 ދައްކަންވާނެއެވެ.

 

126 ރާއްޖެއިން މުދަލަށް ޒިންމާވާ ފަރާތުގެ މަސްއޫލިއްޔަތު

ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ރާއްޖެއިން މުދަލަށް ޒިންމާވާ ފަރާތުގެ މަސްއޫލިއްޔަތު ރާއްޖެއިން ޒިންމާވާ ފަރާތުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް މުދާ އިމްޕޯޓްކުރުމަށްޓަކައި މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގުޑްސް ޑިކްލަރޭޝަން ހުށަހެޅުން؛

(ށ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކޮށްފައިވާ މުދާ، ފޮނުވާލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަނބުރާ ރާއްޖެއިން ބޭރަށް ފޮނުވާލުން ނުވަތަ މުއްދަތު އިތުރުކުރަން ބޭނުންވެއްޖެނަމަ އެމުއްދަތު ބަޔާންކޮށް ކަސްޓަމްސްއަށް ލިޔުމުން ހުށަހެޅުން؛

(ނ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދާ އަނބުރާ ފޮނުވާލުމަށްޓަކައި މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގުޑްސް ޑިކްލަރޭޝަން ހުށަހެޅުން؛

(ރ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކޮށްފައިވާ މުދާ ރާއްޖެއިން ބޭރަށް ފޮނުވާލެވެންދެން ނުވަތަ މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިމްޕޯޓް ޑިއުޓީ ދައްކައި ނިމެންދެން ރައްކާތެރިކަމާއެކު ބެލެހެއްޓުން؛

(ބ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދަލަށް މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެ މުދާ އިމްޕޯޓްކުރިއިރު ޑިކްލެއަރ ކޮށްފައިވާ އަގުން ކަސްޓަމްސްއަށް ދެއްކުން

(ޅ) ރާއްޖޭގައި ބޭނުންކުރުމަށްފަހު، އަނބުރާ ގެންދާގޮތަށް އިމްޕޯޓްކޮށްފައިވާ މުދަލެއް އެހެން ފަރާތަކަށް ވިއްކުމުގެ ސަބަބުން ނުވަތަ އިމްޕޯޓްކުރި ބޭނުން ފިޔަވައި އިތުރު އެހެން މުޢާމަލާތެއް ކުރުމުގެ ސަބަބުން އެ މުދަލަށް އިމްޕޯޓްޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެ މުދާ އިމްޕޯޓްކުރިއިރު ޑިކްލެއަރ ކޮށްފައިވާ އަގުން ކަސްޓަމްސްއަށް ދެއްކުން؛

(ކ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކޮށްފައިވާ މުދަލެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ، ނުވަތަ ވަގަށްނަގައިފިނަމަ، ނުވަތަ މަދުވެއްޖެނަމަ، އެކަމެއް ފާހަގަކުރެވޭ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކަން ލިޔުމުން ކަސްޓަމްސްއަށް އެންގުމާއި އެ މުދަލަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުން؛

 

127 ވަނަ މާއްދާ - ޚިދުމަތް މެދުކަނޑާލުން

(ހ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ ދެއްކުމަށް 10 (ދިހައެއް) ދުވަހުގެ މުއްދަތު ދެވޭނެއެވެ. އެމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެފަރާތަކަށް ކަސްޓަމްސްއިން ދެމުންގެންދާ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއިން ދެމުންގެންދާ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު އެފަރާތަކަށް އަލުން ޚިދުމަތް ދެވޭނީ އެ ޚިދުމަތް މެދުކަނޑާލެވުނު ތާރީޚުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ފަހުންނެވެ.

 

 

ވިހިވަނަ ބާބު

ވަގުތީ ގޮތުން އެކްސްޕޯޓް ކުރުމަށްފަހު އަލުން އިމްޕޯޓްކުރާ މުދާ

 

128 ވަނަ މާއްދާ - ރީ-އިމްޕޯޓްކުރުން

(ހ) މުދަލެއް ރީ-އިމްޕޯޓްކުރި ކަމަށް ބެލެވޭނީ އެ މުދަލެއް ރާއްޖެއަށް އަނބުރާ ގެންނަގޮތަށް މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ނިންމުމަށްފަހު، ރާއްޖެއިން ބޭރަށް އެ މުދާ ފޮނުވާފައިވާ ފަރާތުގެ ނަމުގައި އެ މުދާ އަނބުރާ ރާއްޖެއަށް ގެނައުމުންނެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ މުދާ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރާއްޖެއަށް ރި-އިމްޕޯޓްކުރާނަމަ އެ މުދާ، ޑިއުޓީ ނެގުމުން އިސްތިސްނާވާނެއެވެ.

  1. އެ މުދަލެއް ބޭނުން ކުރުމުން އެ މުދަލުގެ އަސްލަށް ބަދަލު ނާންނަ ނުވަތަ މުދަލުގެ އަސްލަށް ބަދަލެއް ގެނެސްފައިނުވާ އަދި އެ މުދަލުގައި ޖަހާފައިވާ ސީރިއަލް ނަންބަރުން ނުވަތަ ކޯޑުން އެ މުދަލަކީ ރާއްޖެއިން އެކްސްޕޯޓްކުރި މުދާކަން ސާބިތުވާ މުދާ؛
  2. ސީރިއަލް ނަންބަރު ނުވަތަ ވަކި ކޯޑެއް އެނގެން ނުހުންނަ ތަކެތި ވޮރެންޓީގެ ދަށުން މަރާމާތުކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިއުމަށްފަހު، އެ ތަކެތި މަރާމާތުކުރިކަން އެނގޭގޮތަށް ވޮރެންޓީ ދިން ފަރާތުގެ ލިޔުމަކާއެކު ރި-އިމްޕޯޓްކުރާ މުދާ؛
  3. ރާއްޖެއިން ބޭރަށް މުދާ ފޮނުވި ތާރީޚުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި ރި-އިމްޕޯޓްކުރާ މުދާ؛
  4. ރާއްޖެއިން ބޭރަށް މުދާ ފޮނުވި ފަރާތުގެ ނަމުގައި ރި-އިމްޕޯޓްކުރާ މުދާ؛
  5. އެ މުދާ ކުރިން ރާއްޖެއަށް އިމްޕޯޓްކުރިއިރު، ޑިއުޓީ ދައްކާފައިވުމާއި ފައިސާ ރިފަންޑްކޮށްފައި ނުވުން.

(ށ) މި މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަނުވި ނަމަވެސް، ދައުލަތުގެ މުއައްސަސާއެއްގެ ހުއްދައާއެކު ރާއްޖެއިންބޭރުގައި ބާއްވާ އެކިއެކި ފެއަރތަކާއި މައުރަޒު ފަދަ ކަންތައްތަކަށް އެކަމެއް ނިމުމުން އަނބުރާ ގެންނަ ގޮތަށް ރާއްޖެއިން ބޭރަށް ގެންދާ ތަކެތި ރި-އިމްޕޯޓްކުރާއިރު ޑިއުޓީ ނެގުމުން އިސްތިސްނާވާނެއެވެ.

 

129 ވަނަ މާއްދާ - ޑިކްލަރޭޝަން ހުށަހެޅުން

(ހ) މި ގަވާއިދުގެ 128 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރާއްޖެއަށް މުދާ ރި-އިމްޕޯޓް ކުރުމަށްޓަކައި މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަނާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. އަގު ކަނޑައަޅާފައިވާ އިންވޮއިސްގެ ކޮޕީ؛
  2. ޕެކިންގ ލިސްޓް؛
  3. ބީ.އެލް ނުވަތަ އެއަރވޭ ބިލް؛
  4. ޑެލިވަރީ އޯޑަރ.

 

 

ހަތަރުވަނަ ބާބު

އިމްޕޯޓް ޑިއުޓީ ދެއްކުން ފަސްކޮށްދިނުން

 

130 ވަނަ މާއްދާ - ޑިއުޓީ ދެއްކުން ފަސްކޮށްދެވޭނެ ބާވަތްތަކުގެ މުދަލާއި ހާލަތްތައް

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ޑިއުޓީ ދެއްކުން ފަސްކޮށްދޭންވާނެއެވެ.

(ހ) ޤުދުރަތީ ކާރިސާއެއް ފަދަ ކުއްލި ހާލަތެއް ދިމާވެގެން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔަކަށް ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުވައިދިނުމުގެ ގޮތުން އެތެރެކުރެވޭ މުދާ؛

(ށ) ރައްޔިތުންގެ އަސާސީ ޚިދުމަތްތައް މެދުކެނޑުނަ ނުދިނުމަށްޓަކައި ވަގުތުން ވަގުތަށް ބޭނުންވާ ތަކެތި؛

(ނ) ބައްޔެއްގެ ސަބަބުން ކޮންމެހެން ފަރުވާ ދޭންޖެހޭ މީހަކަށް ނުވަތަ ބަޔަކަށް ވަގުތުން ވަގުތަށް ބޭނުންވާ ބޭސް؛

(ރ) ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ތަރުކާރީ، މޭވާ، ފިނިކުރި މަސް، ޗީޒް ފަދަ މުދާ. މިފަދަ ތަކެއްޗާއެކު އެހެން ބާވަތެއްގެ މުދަލެއް އެ ޝިޕްމަންޓުގައި ގެނެސްފައިވާނަމަ އެ ތަކެއްޗަށް ދައްކަންޖެހޭ ޑިއުޓީވެސް މީގެތެރޭގައި ހިމެނޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލުއި ދެވުނު އެއްވެސް ފަރާތަކުން މި މާއްދާގެ 131 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޑިއުޓީގެ ކަންތައް ހަމަނުޖައްސައިފިނަމަ، އެ ފަރާތަކަށް މިލުއި އަލުން ދެވޭނީ 3 (ތިނެއް) މަސްދުވަހުގެ މުއްދަތަކަށް ފަހުގައެވެ.

(ޅ) ކަސްޓަމްސް ސަރަޙައްދުން ބޭރުގައި މުދަލެއް ދޫކުރުމަށްޓަކައި ބަލައި ފާސްކުރަމުންދާއިރު، އޭގެތެރެއިން ޑިއުޓީ ނުދައްކައި ހުރި މުދަލެއް ފާހަގަކުރެވިއްޖެނަމަ، އެ މުދަލަކަށް ދައްކަންޖެހޭ ޑިއުޓީ؛

(ކ) ޢާންމުކޮށް ޚިދުމަތް ދޭ ގަޑިތައް ނޫން ގަޑިއެއްގައި ޑިއުޓީ ދައްކާފައިވާ މުދަލެއް ދޫކުރުމަށްޓަކައި ބަލައި ފާސްކުރަމުންދާއިރު، އޭގެތެރެއިން ޑިއުޓީ ނުދައްކައި ހުރި މުދަލެއް ފާހަގަކުރެވިއްޖެނަމަ، އެ މުދަލަކަށް ދައްކަންޖެހޭ ޑިއުޓީ؛

(އ) ދައުލަތުގެ އިދާރާއަކުން ގެންނަ މުދަލަކަށް ވަގުތުން ފައިސާ ދެއްކެން ނެތުން. މީގެ ތެރޭގައި ދައުލަތުގެ ވިޔަފާރި ކުންފުނިތައް ނުހިމެނޭނެއެވެ.

 

131 ވަނަ މާއްދާ - ޑިއުޓީ ދެއްކުން ފަސްކޮށްދެވޭ މުދަލަށް ޑިއުޓީ ދައްކަންޖެހޭ މުއްދަތު

(ހ) ޤުދުރަތީ ކާރިސާއެއް ދިމާވެގެން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ބަޔަކަށް ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުވައިދިނުމުގެ ގޮތުން، ޑިއުޓީ ދެއްކުން ފަސްކުރެވޭ މުދަލުގެ ޑިއުޓީ ދައްކަންޖެހޭ މުއްދަތު ކަނޑައަޅާނީ އެ ޙާލަތަކަށް ރިޢާޔަތްކޮށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްއެވެ.

(ށ) ދައުލަތުގެ ވިޔަފާރި ކުންފުނިތަކަށް ގެންނަ މުދަލުގެ ތެރެއިން ޑިއުޓީ ދެއްކުން ފަސްކޮށްދެވޭ މުދަލާއި، މި ގަވާއިދުގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑިއުޓީ ދެއްކުން ފަސްކުރެވޭ މުދަލުގެ ޑިއުޓީ، އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރި ދުވަހުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ކަސްޓަމްސްއަށް ދައްކައި ނިންމަންވާނެއެވެ.

(ނ) ދައުލަތުގެ ވިޔަފާރި ކުންފުނިތައް ފިޔަވައި ދައުލަތުގެ އިދާރާއަކުން ގެންނަ މުދަލަކަށް ވަގުތުން ފައިސާ ދެއްކެން ނެތުމުގެ ސަބަބުން ޑިއުޓީ ދެއްކުން ފަސްކުރެވޭ މުދަލުގެ ޑިއުޓީ، އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

 

132 ވަނަ މާއްދާ - ޚިދުމަތް މެދުކަނޑާލުން

(ހ) މި ގަވާއިދުގެ 131 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، ފައިސާ ދެއްކުމަށް 10 (ދިހައެއް) ދުވަހުގެ މުއްދަތު ދެވޭނެއެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެފަރާތަކަށް ކަސްޓަމްސްއިން ދެމުންގެންދާ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއިން ދެމުންގެންދާ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު އެފަރާތަކަށް އަލުން ޚިދުމަތް ދެވޭނީ އެ ޚިދުމަތް މެދުކަނޑާލެވުނު ތާރީޚުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ފަހުންނެވެ.

 

 

ހަތަރުވަނަ ބައި

ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދާ

 

133 ވަނަ މާއްދާ - ރާއްޖެއިން މުދާ އެކްސްޕޯޓްކުރުން

(ހ) ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ ތެރެއިން މި ގަވާއިދުގެ 134 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދާ ފިޔަވައި އެހެން މުދަލެއް ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭނީ ނުވަތަ ރީއެކްސްޕޯޓްކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.

(ށ) ރާއްޖެއިން މުދާ އެކްސްޕޯޓް ކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދީފައިވާ ހުއްދަ ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން އެކްސްޕޯޓްކުރާ މުދާ ހުންނަންވާނީ މުދާ އެކްސްޕޯޓްކުރުމަށް ހުއްދަ ދީފައިވާ ފަރާތުގެ ނަމުގައެވެ.

 

134 ވަނަ މާއްދާ - ލައިސަންސެއް ނެތި އެކްސްޕޯޓް ކުރެވޭ މުދާ

ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ރާއްޖެއިން އެކްސްޕޯޓް ކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ހުއްދަ ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ހ) މާވަހަރު ފިޔަވައި އެކްސްޕޯޓްކުރާ މުދަލުގެ ބަރުދަނުގައި 5 (ފަހެއް) ކިލޯ ހަމަނުވާ ތަކެތި

(ށ) ވަގުތީގޮތުން ރާއްޖެއިން އެކްސްޕޯޓްކުރާ މުދާ

(ނ) އަމިއްލަ ފަރުދުންގެ ޒާތީ ބޭނުންތަކަށް ގެންދާ މުދާ

(ރ) ރާއްޖެއަށް މުދާ ގެންނަ ހުސް ކޮންޓެއިނަރ ފަދަ ތަކެތި

(ބ) މަރުވެފައިވާ މީހުންގެ ހަށިގަނޑު

(ޅ) އަނބުރާ ގެންދާގޮތަށް ރާއްޖެއަށް ގެންނަ ތަކެތި

 

135 ވަނަ މާއްދާ - ރަޖިސްޓަރީ ނަންބަރު ބޭނުން ކުރުން

ކަސްޓަމްސްއާ މުޢާމަލާތް ކުރުމުގައި މުދާ އެކްސްޕޯޓްކުރާ ފަރާތުން ބޭނުން ކުރަންވާނީ އެފަރާތަކަށް ކަސްޓަމްސްއިން ދޫކޮށްފައިވާ ރަޖިސްޓަރީ ނަންބަރެވެ. 

 

136 ވަނަ މާއްދާ - ރަޖިސްޓަރީ ކެންސަލްކުރުން

ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ މުދާ އެކްސްޕޯޓްކުރާ ފަރާތެއްގެ ރަޖިސްޓަރީ ކެންސަލް ކުރުމަށްޓަކައި އެ ފަރާތުން ކަސްޓަމްސްއަށް ލިޔުމަކުން ހުށަހެޅުމުން އެފަރާތެއްގެ ރަޖިސްޓަރީ ކަސްޓަމްސްއިން ކެންސަލް ކުރަންވާނެއެވެ.

 

137 ވަނަ މާއްދާ - އެކްސްޕޯޓްކުރާ މުދަލުގެ މަޢުލޫމާތު ހުށަހެޅުން

(ހ) ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުން އެ މުދަލެއްގެ ގުޑްސް ޑިކްލަރޭޝަން ނިންމުމަށްޓަކައި މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަނާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. އަގު ފާސްކޮށްފައިވާ މުދަލުގެ ކޮމާޝަލް އިންވޮއިސް. މި އިންވޮއިސްގައި މުދަލުގެ އަގު ބަޔާންކުރަންވާނީ އެފް.އޯ.ބީ ޓާރމުންނެވެ.
  2. ޕެކިންގ ލިސްޓް، ކޮންމެ ދާގީނާއެއްގައި ހިމެނޭ މުދަލުގެ ތަފުސީލާއި ގްރޯސް ވެއިޓް އަދި ނެޓްވެއިޓް ވަކިން އެނގޭގޮތަށް
  3. ވައިގެ މަގުން އެކްސްޕޯޓްކުރާ މުދަލެއްނަމަ އެއަރވޭ ބިލް (އިންސްޓްރަކްޝަން ފޯރ ޑިސްޕެޗް)
  4. ސަރުކާރުގެ އިދާރާއެއްގެ ޚާއްޞަ ހުއްދައެއްގެ ދަށުން އެކްސްޕޯޓްކުރެވޭ މުދަލެއްނަމަ އެ އިދާރާއެއްގެ ހުއްދަ

(ނ) ޔޫރަޕްގެ ޤައުމުތަކަށް ބޮޑުކަންނެލި އެކްސްޕޯޓް ކުރާއިރު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ދޫކުރާ ހެލްތު ސެޓްފިކެޓް
  2. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ދޫކުރާ ކެޗް ސެޓްފިކެޓް

(ރ) ދިރޭ ކުދިމަސް ނުވަތަ ފޯނަ އެކްސްޕޯޓްކުރާނަމަ މި މާއްދާގެ (ށ) ގައިވާ ލިޔުންތަކުގެ އިތުރުން ޕްރޮފޯމާ ފިޝް އެކްސްޕޯޓް ފޯމު ހުށަހަޅަންވާނެއެވެ.

(ބ) ރާއްޖެއިން ފުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި ޕެސެންޖަރުންގެ އަމިއްލަ ބޭނުމަށް ގެންދާ ތަކެތި ފިޔަވައި އެ މީހުންގެ ނަމުގައި ގެންދާ ތަކެއްޗާއި، ވިޔަފާރި މުދަލުގެ ގޮތުގައި ނުހިމެނޭ ތަކެއްޗަށް މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ކާސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. ނަމަވެސް ގުޑްސް ޑިކްލަރޭޝަނާއެކު މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުން ލާޒިމެއްނޫނެވެ.

 

138 ވަނަ މާއްދާ - ރިއެކްސްޕޯޓް މުދަލުގެ ޑިކްލަރޭޝަން ހުށަހެޅުން

(ހ) ރާއްޖެއިން މުދާ ރިއެކްސްޕޯޓް ކުރުމަށްޓަކައި މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ކާސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި އެގުޑްސް ޑިކްލަރޭޝަނާއެކު މި ގަވާއިދުގެ 137 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކާސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކޮށްފައިވާ ރިއެކްސްޕޯޓް ކުރުމުގެ ހުއްދަ
  2. ރާއްޖެއިން ބޭރަށް ފުރާ އުޅަނދުފަހަރަށް ބަންކަރުކުރާނަމަ، އުޅަނދަށް ބަންކަރު ކުރާ ތެލުގެ ރިޕޯޓް

(ށ) ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ކާސްޓަމްސްއަށް ހުށަހަޅާކަށް ނުޖެހޭނެއެވެ.

  1. ރާއްޖެއިން ފުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި ފަސިންޖަރުންގެ އަމިއްލަ ބޭނުމަށް ގެންދެވޭ ތަކެތި
  2. ރާއްޖެއިން ބޭރަށް ފޮނުވޭ ކުދިކުދި ޕާރސަލާއި ސާމްޕަލް ފަދަ ތަކެތި
  3. އަމިއްލަ ފަރުދުންގެ ޒާތީ ބޭނުންތަކަށް ގެންދާ މުދާ
  4. މަރުވެފައިވާ މީހުންގެ ހަށިގަނޑު

 

139 ވަނަ މާއްދާ - އަނބުރާ ފޮނުވާލާ މުދަލުގެ ޑިކްލަރޭޝަން ހުށަހެޅުން

(ހ) ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދަލެއް އެކްސްޕޯޓްކުރާނަމަ އެ މުދަލަކަށް މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ކާސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި އެ ގުޑްސް ޑިކްލަރޭޝަނުގައި މުދާ އިމްޕޯޓްކުރުމަށްޓަކައި ކާސްޓަމްސްއަށް ހުށަހެޅި ގުޑްސް ޑިކްލަރޭޝަނުގެ ނަންބަރު ބަޔާންކުރަންވާނެއެވެ.

(ށ) ރާއްޖޭގައި ބޭނުން ކުރުމަށްފަހު، އަނބުރާ ގެންދާގޮތަށް އިމްޕޯޓް ކޮށްފައިވާ މުދަލެއް އަނބުރާ ފޮނުވާލާނަމަ، އެ މުދަލަށް މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ކާސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި އެގުޑްސް ޑިކްލަރޭޝަނުގައި އެ މުދާ އިމްޕޯޓްކުރުމަށްޓަކައި ކާސްޓަމްސްއަށް ހުށަހެޅި ގުޑްސް ޑިކްލަރޭޝަނުގެ ނަންބަރު ބަޔާންކުރަންވާނެއެވެ.

(ނ) ރާއްޖެއަށް ގެންނަ މުދާ ކަސްޓަމްސްއިން ކްލިއަރ ނުކޮށް، އެ މުދާ ފޮނުވި ފަރާތަށް އަނބުރާ ފޮނުވާލާނަމަ، މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި ގުޑްސް ޑިކްލަރޭޝަނާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. އިމްޕޯޓް ކުރަން ގެނައި މުދަލުގެ ބިލް އޮފް ލޭޑިންގ
  2. ޑެލިވަރީ އޯޑަރ
  3. ކާގޯ އެޖެންޓުގެ ލިޔުމެއް

(ރ) މި މާއްދާގެ (ހ) އަދި (ށ) ގައިވާ ފަދަ މުދަލެއް ރާއްޖެއިން އެކްސްޕޯޓްކުރަން ބޭނުންވާނަމަ، އެ މުދަލެއް އެކްސްޕޯޓްކުރަން ބޭނުންވާ ސަބަބު ބަޔާންކޮށް ކަސްޓަމްސްއަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

 

140 ވަނަ މާއްދާ - އަނބުރާ ގެންނަގޮތަށް އެކްސްޕޯޓްކުރާ މުދަލުގެ ޑިކްލަރޭޝަން ހުށަހެޅުން

(ހ) ރާއްޖެއަށް އަނބުރާ ގެންނަގޮތަށް މުދާ އެކްސްޕޯޓް ކުރުމަށް ހުއްދަ ދެވޭނީ މުދަލެއްގައި ޖަހާފައިވާ ނަންބަރަކުން ނުވަތަ ކޯޑަކުން އެއީ ވަކި އެއްޗެއްކަން ދެނެގަނެވޭނެގޮތަށް ހުރި މުދަލަކަށްވާނަމައެވެ. މީގެ ތެރޭގައި، ސީރިއަލް ނަންބަރު ނުވަތަ ވަކި ކޯޑެއް އެނގެން ނުހުންނަ ތަކެތި، ވޮރެންޓީގެ ދަށުން މަރާމާތުކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިއުމެއް ނުހިމެނެއެވެ.

(ށ) ރާއްޖެއަށް އަނބުރާ ގެންނަގޮތަށް މުދާ އެކްސްޕޯޓް ކުރުމަށް މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި ގުޑްސް ޑިކްލަރޭޝަނާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. އަގު ފާސްކޮށްފައިވާ މުދަލުގެ ކޮމާޝަލް އިންވޮއިސް (އިންވޮއިސްގައި މުދަލުގެ އަގު ބަޔާންކުރަންވާނީ އެފް.އޯ.ބީ ޓާރމުންނެވެ.)
  2. ޕެކިންގ ލިސްޓް (ކޮންމެ ދާގީނާއެއްގައި ހިމެނޭ މުދަލުގެ ތަފުސީލާއި ގްރޯސް ވެއިޓް އަދި ނެޓްވެއިޓް ވަކިން އެނގޭގޮތަށް)

(ނ) އަމިއްލަ ބޭނުންތަކުގައި ގެންގުޅޭ ތަކެތި ހަލާކުވެގެން ނުވަތަ މަރާމާތުކުރަން އަނބުރާ ގެންނަގޮތަށް ރާއްޖެއިން ބޭރަށް ފޮނުވާލާނަމަ، އެތަކެތީގެ ގުޑްސް ޑިކްލަރޭޝަނާއެކު އެތަކެތީގެ އިންވޮއިސް އަދި ޕެކިންގ ލިސްޓު ހުށަހެޅުން ލާޒިމެއްނޫނެވެ.

 

141 ވަނަ މާއްދާ - އެކްސްޕޯޓްކުރާ މުދަލަށް އިނާޔަތް ހޯދުމަށް ބޭނުންވާ ލިޔުންތައް

(ހ) ރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލަށް ބޭރު ޤައުމުތަކުން ޚާއްޞަ ޢިނާޔަތް ހޯދުމަށް (ޢިނާޔަތް ހޯދުމަށް ބޭނުންވާ ލިޔުންތައް ބޭނުންވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅައި އެންޑޯޒްކުރަންވާނެއެވެ.

  1. ޖެނެރަލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސަސް (ޖީ.އެސް.ޕީ) ސެޓްފިކެޓް
  2. ސާރކް ޕްރިފަރެންޝަލް ޓްރޭޑިންގ އެގްރިމެންޓް (ސަޕްޓާ) ސެޓްފިކެޓް
  3. ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިއާ (ސަފްޓާ) ސެޓްފިކެޓް
  4. ދި ސްޕެޝަލް ޕްރިފަރެންޝަލް ޓެރިފް ޕްރޮގްރާމް ގްރާންޓެޑް ބައި ޗައިނާ (ޗައިނާ ސީއޯ)
  5. ސެޓްފިކެޓް އޮފް އޮރިޖިން އެންޑް ކޮންސައިންމެންޓް ފޮރ އެކްސްޕޯޓް (ސީ.އޯ)
  6. އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ކޮންޒަވޭޝަން އޮފް އެޓްލާންޓިކް ޓޫނާސް (އައި.ސީ.ސީ.އޭ.ޓީ) ޑޮކިއުމެންޓް
  7. ޑިއުޓީ ފްރީ ޓެރިފް ޕްރިފަރެންސް

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ގުޑްސް ޑިކްލަރޭޝަނާއެކު ނުވަތަ މުދާ ބަލައި ފާސްކޮށް ނިމޭފަހުން ކަސްޓަމްސްއަށް ހުށަހެޅިނަމަވެސް، އެފަދަ ލިޔުންތައް ކަސްޓަމްސްއިން އެންޑޯޒް ކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން އެމާއްދާގެ 2 އަދި 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓްތައް ޕްރިންޓް ކުރަންވާނީ ކަސްޓަމްސްއިން ދޭ ކަރުދާހަށެވެ. މިގޮތުން ސެޓްފިކެޓް ޕްރިންޓް ކުރަންޖެހޭ ކަރުދާހަށް މި ގަވާއިދުގެ 20 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކަސްޓަމްސްއަށް ފައިސާ ދައްކަންވާނެއެވެ.

 

142 ވަނަ މާއްދާ - މަރުވެފައިވާ މީހެއްގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިއުން

(ހ) މަރުވެފައިވާ މީހުންގެ ހަށިގަނޑު ރާއްޖެއިން އެކްސްޕޯޓްކުރުމަށްޓަކައި މި ގަވާއިދުގެ 35 ޖަދުވަލު ގައި ބަޔާންކޮށްފައިވާ މަރުވެފައިވާ މީހުންގެ ހަށިގަނޑު ރާއްޖެއިން އެކްސްޕޯޓްކުރުމަށް އެދޭ ފޯމު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި އެހަށިގަނޑެއް ބޭރުކުރެވޭ ޤައުމުގެ ކަމާބެހޭ ރަސްމީ އިދާރާތަކުން ދޫކޮށްފައިވާ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް އެފޯމާއެކު ހުށަހަޅަންވާނެއެވެ.

1. ޑެތް ސެޓްފިކެޓް

2. ޕޮލިސް ރިޕޯޓް

3. ޕާސްޕޯޓުގެ ކޮޕީ

(ށ) މަރުވެފައިވާ މީހެއްގެ ހަށިގަނޑު ރާއްޖެއިން އެކްސްޕޯޓްކުރުމަށްޓަކައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހެޅުމުން، އެހަށިގަނޑަށް "ކޯޕްސް ރިލީޒް ޕަރމިޓް" ކަސްޓަމްސްއިން ދޫކުރަންވާނެއެވެ.

(ނ) މަރުވެފައިވާ މީހެއްގެ ހަށިގަނޑު ސީލް ކުރުމަށް، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ފީ ނެގޭނެއެވެ.

 

143 ވަނަ މާއްދާ - އެކްސްޕޯޓް ޑިއުޓީ

(ހ) ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ، ރާއްޖޭގައި އުފެދޭ ނުވަތަ އުފައްދާ ތަކެތީގެ ތެރެއިން، މާވަހަރު ފިޔަވައި އެހެން އެއްވެސް އެއްޗަކުން އެކްސްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.

(ށ) މާވަހަރުން އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ނަގާނީ އޭގެ އެފް.އޯ.ބީ. އަގުގެ %50 އެވެ.

(ނ) ދިވެހިރާއްޖެއިން ރީ-އެކްސްޕޯޓްކުރާ ތަކެތިން އެކްސްޕޯޓް ޑިއުޓީއެއް ނުނެގޭނެއެވެ.

 

144 ވަނަ މާއްދާ - ޑިއުޓީ ދެއްކުން

(ހ) އެކްސްޕޯޓް ޑިއުޓީ ދައްކަންޖެހޭ މުދަލުގެ ގުޑްސް ޑިކްލަރޭޝަން ކަސްޓަމްސްއިން އެސެސްކޮށްނިންމާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މުދަލަކަށް އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި މުދަލުގެ އެކްސްޕޯޓް ޑިއުޓީ ނުދައްކައިފިނަމަ، އެ މުދަލުގެ ގުޑްސް ޑިކްލަރޭޝަން ބާޠިލު ކުރެވޭނެއެވެ. މިގޮތުގެ މަތިން ބާޠިލު ކުރެވޭ މުދަލުގެ ގުޑްސް ޑިކްލަރޭޝަނުގައި ހިމެނޭ މުދާ އެކްސްޕޯޓްކުރުމަށް ދޫކުރެވޭނީ އަލުން ގުޑްސް ޑިކްލަރޭޝަން ފުރިހަމަކޮށް ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.

 

145 ވަނަ މާއްދާ - ކޮމާޝަލް އިންވޮއިސް

(ހ) ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ ކޮމާޝަލް އިންވޮއިސް އޮންނަންވާނީ އިނގިރޭސިބަހުންނެވެ. އަދި ކޮމާޝަލް އިންވޮއިސްގައި ފައިސާގެ ކަރަންސީ ބަޔާންކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބޫލުކުރާ ބޭރުފައިސާއަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމާޝަލް އިންވޮއިސްގައި ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަވެފައި އޮންނަންވާނެއެވެ.

  1. އިންވޮއިސްގައި ހިމެނޭ ހުރިހާ މުދަލުގެ މަޢުލޫމާތު ކަސްޓަމްސްގެ ޓެރިފްގައި ބަޔާންކޮށްފައިވާ "ސްޓެޓިސްޓިކަލް ޔުނިޓުން ހިސާބު" ހެދޭ ގޮތަށް ފުރިހަމަ ކުރެވިފައި އޮތުން؛
  2. މުދާ ފޮނުވި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް؛
  3. މުދާ ލިބެންވާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް؛
  4. އިންވޮއިސްގެ ނަންބަރު އަދި ތާރީޚު؛
  5. ޓާރމްސް އޮފް ޕޭމަންޓް؛
  6. ޓާރމްސް އޮފް ޑެލިވަރީ (އިންކޯ ޓާމް)؛
  7. ސަފުހާގެ ނަންބަރާއި ސަފުހާގެ ޖުމްލަ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމާޝަލް އިންވޮއިސްގައި ބަޔާންކޮށްފައިވާ ކޮންމެ އައިޓަމެއްގައި ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު އެނގެން އޮންނަންވާނެއެވެ.

  1. މުދަލުގެ ނަން؛
  2. އައިޓަމް ނަންބަރު؛
  3. ކުއަންޓިޓީ؛
  4. ޔުނިޓް؛
  5. ބްރޭންޑް (ބްރޭންޑް ހުންނަ މުދަލުގެ)؛
  6. މޮޑެލް ނަންބަރު (މޮޑެލް ނަންބަރު ހުންނަ މުދަލުގެ)؛
  7. ޕާޓް ނަންބަރު ނުވަތަ ކޯޑު ނަންބަރު ފަދަ ނަންބަރު ހުންނަ މުދަލުގެ؛
  8. މުދަލުގެ ސައިޒް؛
  9. އައިޓަމްތައް ބަންދުކޮށްފައިވާގޮތް ނުވަތަ އައިޓަމްގެ ޕެކިންގ؛
  10. އުފެއްދި ޤައުމު؛
  11. މުދަލުގެ ކޮންޑިޝަން؛
  12. ބޭނުންކޮށްފައިވާ މުދަލެއްނަމަ، އެ މުދާ ބޭނުންކޮށްފައިވާ މުއްދަތު؛

 

146 ވަނަ މާއްދާ - ޕެކިންގ ލިސްޓް

މި ގަވާއިދުގެ 137 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕެކިންގ ލިސްޓް އޮންނަންވާނީ އިނގިރޭސިބަހުންނެވެ. މިޕެކިންގ ލިސްޓުގައި ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަވެފައި އޮންނަން ވާނެއެވެ.

(ހ) މުދަލުގެ ތަފުސީލު؛

(ށ) ދާގީނާގެ ބާވަތް؛

(ނ) ދާގީނާގެ އަދަދު؛

(ރ) ދާގީނާގެ ނަންބަރު؛

(ބ) ކޮންމެ ދާގީނާއެއްގައި މުދާހުރިގޮތުގެ ތަފުސީލު؛

(ޅ) ޝިޕްމަންޓުގައި ހިމެނޭ ޖުމްލަ ދާގީނާގެ އަދަދު؛

(ކ) ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ބަރުދަން އަދި ކިއުބިކް މީޓަރު.

 

147 ވަނަ މާއްދާ - ލިޔުންތަކަށް އިސްލާހު ގެނައުން

(ހ) މި ގަވާއިދުގެ 137 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުމެއްގެ އެއްވެސް ތަނެއް ފަވައި ކަނޑާއި ނުވަތަ ބަދަލު ކުރެވިފައިވާނަމަ އެލިޔުމެއް ދޫކުރި ފަރާތުން ސްޓޭމްޕް ކުރެވިފައި އޮންނަންވާނެއެވެ.

(ށ) މި ގަވާއިދުގެ 137 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއަށް ހުށަހަޅާފައިވާ ލިޔުމަކަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ އެލިޔުން ދޫކުރި ފަރާތުގެ ލިޔުމެއް ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ. މީގެ ތެރޭގައި ލިޔުންތަކުގެ އަސްލަށާއި މަޢުލޫމާތަށް ބަދަލު ނާންނަގޮތަށް ގެނެވޭ ކުދިކުދި އިސްލާޙުތަކެއް ނުހިމެނޭނެއެވެ.

 

 148 ވަނަ މާއްދާއެކްސްޕޯޓް މުދަލުގެ ލިޔުން

ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުން ޑިއުޓީ ނެގުމުގައި ނުވަތަ އެ މުދަލަކާބެހޭ ލިޔުން ނިންމުން ނިންމުމުގައި ބޭރުފައިސާ ދިވެހިފައިސާއަށް ބަދަލުކުރާނެ ރޭޓުތައް ކަނޑައަޅާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާޔާއެކު ކަސްޓަމްސްއިންނެވެ. މިގޮތުން ކޮންމެ މަހެއް ފެށުމުގެ ކުރިން، ކުރިއަށް އޮތް މަހުގައި ބޭނުންކުރުމަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ ރޭޓުތައް ކަސްޓަމްސްގެ ވެބްސައިޓްގައި ޝާއިޢުކުރަންވާނެއެވެ.

 

 

ފަސްވަނަ ބައި

މުދަލުގެ އަގު ކަނޑައެޅުން

 

149 ވަނަ މާއްދާ - އަގު ކަނޑައަޅާގޮތް

(ހ) ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނާއި މި ގަވާއިދުގެ ދަށުން، ކަސްޓަމްސްގެ ބޭނުންތަކަށްޓަކައި މުދަލުގެ އަގު ކަނޑައަޅާނީ ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔޫ.ޓީ.އޯ) އެގްރީމެންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމެންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994 ގެ ކަމާބެހޭ މާއްދާތަކުގައި ވާގޮތުގެމަތިންނެވެ.

(ށ) ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔޫ.ޓީ.އޯ) އެގްރީމެންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމެންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994 ގެ މަޢުލޫމާތާއި މި އެގްރީމެންޓުގެ ދަށުން ނިންމާ ނިންމުންތައް ކަސްޓަމްސްގެ ވެބްސައިޓުންނާއި ކަސްޓަމްސްގެ އޮފީސްތަކުން ބެލެން ހުންނާނެއެވެ.

 

150 ވަނަ މާއްދާ - މުދާ އަގުކުރާނެ ގޮތް

ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދަލެއްގެ ކަސްޓަމްސްގެ އަގު ކަނޑައެޅުމުގައި އަސާސީ އުސޫލުކަމަށް ބަލާނީ އެ މުދަލެއްގެ މުޢާމަލާތުގެ އަގު ނުވަތަ "ޓްރާންސެކްޝަން ވެލިއު" އަށް ބަލައިގެން އަގު ކަނޑައެޅުމަށެވެ. އެފަދައިން އެ މުދަލެއްގެ އަގު ކަނޑަ އެޅެން ނެތްނަމަ، އެ މުދަލެއް އަގު ކުރުމުގައި ބަލާނީ ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ތިރީގައި ބަޔާންކޮށްފައިވާ 5 އުސޫލުގެ ތެރެއިން ފަހަރަކު އުސޫލަކަށް ބިނާކޮށްގެން އަގު ކަނޑައެޅުމަށެވެ. މިގޮތަށް ބެލުމުގައި، އުސޫލުތައް ތިރީގައި ބަޔާންކޮށްފައިވާ ތަރުތީބަށް އިސްކަންދޭންވާނެއެވެ.

(ހ) އައިޑެންޓިކަލް ގުޑްސްގެ މުޢާމަލާތުގެ އަގަށް ބެލުމުގެ އުސޫލު؛

(ށ) ސިމިލަރ ގުޑްސްގެ މުޢާމަލާތުގެ އަގަށް ބެލުމުގެ އުސޫލު؛

(ނ) ޑިޑެކްޓިވް ވެލިއުއަށް ބިނާކޮށް އަގު ކަނޑައެޅުމުގެ އުސޫލު

(ރ) ކޮމްޕިއުޓެޑް ވެލިއުއަށް ބިނާކޮށް އަގު ކަނޑައެޅުމުގެ އުސޫލު

(ބ) ފޯލްބެކް މިންގަނޑުތަކުގެ ދަށުން އަގު ކަނޑައެޅުމުގެ އުސޫލު

 

151 ވަނަ މާއްދާ - މުއާމަލާތުގެ އަގު ނުވަތަ ޓްރާންސެކް ވެލިއު އެއީ ކަސްޓަމްސް އަގުގެ ގޮތުގައި ކަނޑައެޅުން

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ މުޢާމަލާތުގެ އަގު ނުވަތަ ޓްރާންސެކްޝަން ވެލިއުއަކީ ކަސްޓަމްސް އަގުގެ ގޮތުގައި ކަނޑައެޅުން (ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގެ 1 ވަނަ އާޓިކަލްގެ ދަށުން ކަނޑައެޅުމަށްފަހު، އެ އަގުގެ ތެރެއަށް އެ އެއްބަސްވުމުގެ 8 ވަނަ އާޓިކަލްގައި ބަޔާންކޮށްފައިވާ ޚަރަދުތައް އެ އާޓިކަލްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިތުރުކުރުމުން ނުކުންނަ އަގެވެ.)

(ށ) ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ މުޢާމަލާތުގެ އަގު ނުވަތަ ޓްރާންސެކްޝަން ވެލިއުއަކީ، ރާއްޖެއިން އެ މުދަލެއް ފޮނުވާލުމަށްޓަކައި މުދާ އެކްސްޕޯޓްކުރާ ފަރާތުން އެ މުދާ ވިއްކާފައިވާ ނުވަތަ ވިއްކަން ހަމަޖެހިފައިވާ އަގެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ މުޢާމަލާތުގެ އަގު ނުވަތަ ޓްރާންސެކްޝަން ވެލިއު ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގެ 1 ވަނަ އާޓިކަލްގެ ދަށުން ކަނޑައެޅޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. މުދާ ރާއްޖެއަށް ގެނެސް ވިއްކުމުގައި ނުވަތަ ބޭނުން ކުރުމުގައި މުދަލުގެ އަގަށް ބަދަލު އަންނާނެ އެއްވެސް ރެސްޓްރިކްޝަނެއް ނުވަތަ ޝަރުޠެއް އެ މުދާ ވިއްކި ފަރާތުން ކަނޑައަޅާފައި ނެތުން. މީގެ ތެރޭގައި، މުދާ ރާއްޖޭގެ ވަކި ސަރަޙައްދަކަށް ވިއްކުން ޝަރުޠުކުރުން ފަދަ މުދަލުގެ އަގަށް ބަދަލެއް ނާންނަ ގޮތަށް ކުރެވޭ ޝަރުޠުތައް ނުހިމެނޭނެއެވެ.
  2. މުދާ އެކްސްޕޯޓްކުރާ ފަރާތުން އެ މުދާ ވިއްކާފައިވަނީ އެ ޓްރާންސެކްޝަނާ ނުގުޅޭ އެހެން ޝަރުޠުތަކާއެކު ނުވަތަ އެ މުދަލުގެ ޓްރާންސެކްޝަން ވެލިއު ކަނޑައެޅިގެން ބަޔާންކުރަން ނޭނގޭފަދަ ޝަރުޠަކާއެކު ކަމުގައިނުވުން.
  3. މުދާ ގަތް ފަރާތުން އެ މުދާ ވިއްކާލުމަށްފަހު ނުވަތަ އެ މުދަލުން އެނޫންވެސް ބޭނުމެއް ކުރުމަށްފަހު އެ މުދަލުން ލިބޭ އާމްދަނީން ބައެއް މުދާ ވިއްކި ފަރާތަށް ލިބިދެވޭނެ ޝަރުޠެއް ނެތުން.
  4. މުދާ ވިއްކި ފަރާތާއި މުދާ ގަތް ފަރާތަކީ ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގެ 15 ވަނަ އާޓިކަލްގެ 4 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ފަދަ "ރިލޭޓެޑް ޕާޓީ" ކަމުގައި ނުވުން، އަދި އެ ދެފަރާތަކީ "ރިލޭޓެޑް ޕާޓީ" ކަމުގައިވާނަމަ، އެ އެއްބަސްވުމުގެ 1 ވަނަ އާޓިކަލްގެ 2 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ އުސޫލުން ބަލާއިރު އެ އަގަކީ، ކަސްޓަމްސްއަށް ގަބޫލުކުރެވޭ އަގަކަށްވުން.
  5. މުދާ ވިއްކި ފަރާތާއި މުދާ ގަތް ފަރާތާ ދެމެދު ހިނގާފައިވާ ވިޔަފާރިގެ މުޢާމަލާތަކީ ގަނެވިއްކުމުގެ ޢާންމު އުސޫލާ އެއްގޮތަށް ކުރެވިފައިވާ ވިޔަފާރިގެ މުޢާމަލާތަކަށްވުން.

 

152 ވަނަ މާއްދާ - ގަނެވިއްކުމުގެ ޢާންމު އުސޫލާ އެއްގޮތަށް ކުރެވޭ ވިޔަފާރިގެ މުޢާމަލާތް

ގަނެވިއްކުމުގެ ޢާންމު އުސޫލާ އެއްގޮތަށް ކުރެވޭ ވިޔަފާރިގެ މުޢާމަލާތެއްކަމުގައި ބެލެވޭނީ މުދާ ވިއްކާ ފަރާތާއި މުދާ ގަންނަ ފަރާތާ ދެމެދު ފައިސާގެ މުޢާމަލާތެއް ހިނގައި އަދި އެމުޢާމަލާތުގެ ސަބަބުން، މުދަލުގެ އޯނަރޝިޕް، މުދާ ގަތް ފަރާތަށް ބަދަލުވާ ގޮތަށް ކުރެވޭ ވިޔަފާރިގެ މުޢާމަލާތްތަކެވެ.

 

153 ވަނަ މާއްދާ - އިމްޕޯޓްކުރާ މުދަލުގެ ޓްރާންސެކްޝަން ވެލިއުގެ މައްޗަށް ބިނާކޮށް އަގުކަނޑައެޅެން ނެތް ހާލަތްތަކުގައި ޢަމަލުކުރާނެ އުސޫލު

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ މުޢާމަލާތުގެ އަގު ނުވަތަ ޓްރާންސެކްޝަން ވެލިއުގެ މައްޗަށް ބިނާކޮށްގެން މުދަލެއްގެ އަގު ކަނޑައެޅެން ނެތް ހާލަތްތަކުގައި އެ މުދަލެއްގެ އަގު ކަނޑައެޅުމުގައި ކަސްޓަމްސްއިން ޢަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ 5 އުސޫލުގެ ތެރެއިން ފަހަރަކު އުސޫލަކަށް ބިނާކޮށްގެން މުދަލުގެ އަގު ކަނޑައެޅުމަށެވެ. މި ގޮތަށް ބެލުމުގައި، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ އުސޫލުތައް މި މާއްދާގައި ބަޔާންކޮށްފައިވާ ތަރުތީބަށް އިސްކަންދޭންވާނެއެވެ.

  1. ކަސްޓަމްސްއިން އެ މުދަލެއްގެ އަގު ކަނޑައެޅުމުގައި ފުރަތަމަ ބަލާނީ، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ތެރެއިން، އަގު ކަނޑައަޅަންޖެހޭ މުދަލާ އަޅާކިޔާއިރު، އެ މުދަލުގެ އައިޑެންޓިކަލް ގުޑްސް ކަމަށް ބެލެވޭ މުދާ އުފެއްދި ޤައުމު ނުވަތަ މުދާ ގެންނަ ޤައުމުން އެދުވަސްވަރު ރާއްޖެއަށް މުދާ އިމްޕޯޓްކޮށްފައިވާ އަގަށް ބަލައިގެން ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގެ 1 ވަނަ އާޓިކަލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  2. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދަލެއްގެ އަގު ކަނޑައަޅަން ދަތިވެއްޖެނަމަ، ދެން ކަސްޓަމްސްއިން އެ މުދަލެއްގެ އަގު ކަނޑައެޅުމުގައި ބަލާނީ، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ތެރެއިން، އަގު ކަނޑައަޅަންޖެހޭ މުދަލާ އަޅާކިޔާއިރު، އެ މުދަލުގެ ސިމިލަރ ގުޑްސް ކަމަށް ބެލެވޭ މުދާ އުފެއްދި ޤައުމުން ނުވަތަ މުދާ ގެންނަ ޤައުމުން އެދުވަސްވަރު ރާއްޖެއަށް މުދާ އިމްޕޯޓްކޮށްފައިވާ އަގަށް ބަލައިގެން ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގެ 3 ވަނަ އާޓިކަލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  3. މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދަލެއްގެ އަގު ކަނޑައަޅަން ދަތިވެއްޖެނަމަ، ދެން ކަސްޓަމްސްއިން އެ މުދަލެއްގެ އަގު ކަނޑައަޅާނީ މި ޑިޑަކްޓިވް ވެލިއު މެތަޑް ބޭނުންކޮށްގެންނެވެ. އެއީ އެ މުދަލެއް ނުވަތަ އެ މުދަލުގެ އައިޑެންޓިކަލް ގުޑްސް ނުވަތަ ސިމިލަރ ގުޑްސް، ރާއްޖެއަށް އިމްޕޯޓްކޮށް ރާއްޖޭގައި ވިއްކަމުންދާ އަގަށް ބަލައިގެން ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގެ 5 ވަނަ އާޓިކަލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  4. މި މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދަލެއްގެ އަގު ކަނޑައަޅަން ދަތިވެއްޖެނަމަ، ދެން ކަސްޓަމްސްއިން އެ މުދަލެއްގެ އަގު ކަނޑައަޅާނީ ކޮމްޕިއުޓެޑް ވެލިއު މެތަޑް ބޭނުންކޮށްގެންނެވެ. އެއީ އެ މުދާ އުފެއްދުމުގައި ބޭނުންކޮށްފައިވާ ސާމާނުގެ އަގާއި އަދި އެ މުދަލެއް އުފެއްދުމަށް ކޮށްފައިވާ މަސައްކަތުގެ އަގާއި، މުދާ ވިއްކާއިރު އާންމު އުސޫލެއްގެ ގޮތުން ޚަރަދާއި ފައިދާއަށް އެއްކުރާ މިންވަރާއި ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގެ 8 ވަނަ އާޓިކަލްގައި ބަޔާންކޮށްފައިވާ ޚަރަދުތައް އެ އާޓިކަލްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްކުރުމުން، ނުކުންނަ އަގުގެ މައްޗަށް ބިނާކޮށް ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގެ 6 ވަނަ އާޓިކަލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  5. މި މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދަލެއްގެ އަގު ކަނޑައަޅަން ދަތިވެއްޖެނަމަ، ދެން ކަސްޓަމްސްއިން އެ މުދަލެއްގެ އަގު ކަނޑައަޅާނީ ފޯލްބެކް މެތަޑް ބޭނުންކޮށްގެންނެވެ. އެއީ ކަސްޓަމްސްއަށް ލިބެންހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެން ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޢާންމު އުސޫލުތަކާ ޚިލާފުނުވާނެ ގޮތުގެމަތިން އެއްބަސްވުމުގެ 7 ވަނަ އާޓިކަލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބިނާކޮށްގެން ކަސްޓަމްސްއިން މުދަލެއްގެ އަގު ކަނޑައެޅުމުގައި މި މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލު އިސްފަސްކޮށްދިނުމަށް ރާއްޖެއަށް މުދާ އިމްޕޯޓްކުރި ފަރާތުން ކަސްޓަމްސްގައި އެދެވިދާނެއެވެ. ރާއްޖެއަށް މުދާ އިމްޕޯޓްކުރި ފަރާތުން އެފަދައިން އެދެފިނަމަ ކަސްޓަމްސްއިން އެ ދެ އުސޫލު އިސްފަސް ކޮށްދޭންވާނެއެވެ.

 

154 ވަނަ މާއްދާ - ޓްރާންސެކްޝަން ވެލިއުގެ ސައްޙަކަާމެދު ކަސްޓަމްސްއަށް ސުވާލުއުފެދޭ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތް

(ހ) މުދަލެއްގެ މުޢާމަލާތުގެ އަގުކަމަށް ނުވަތަ ޓްރާންސެކްޝަން ވެލިއުކަމަށް ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތުން ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތުން ކަސްޓަމްސްއަށް ހުށަހަޅާ އަގަކީ މުދާ އިމްޕޯޓްކުރި ދުވަސްވަރާ އެއް ދުވަސްވަރެއްގައި، އެ މުދާ ރާއްޖެއަށް އިމްޕޯޓްކުރި ޤައުމުން، އެބާވަތުގެ ނުވަތަ އެއާ އެއްފެންވަރެއްގެ މުދާ ރާއްޖެއަށް އިމްޕޯޓް ކުރުމުގައި ބަޔާންކޮށްފައިވާ އަގަށްވުރެ މާބޮޑު އަގެއްކަމަށްވާނަމަ ނުވަތަ އެ މުދަލާ ގުޅޭގޮތުން ހުށަހަޅާފައިވާ ލިޔުންތަކުގައި ތަފާތުތަކެއް ހުރިކަމަށް ފާހަގަކުރެވޭނަމަ ކަސްޓަމްސްއަށް ހުށަހަޅާފައިވާ ޓްރާންސެކްޝަން ވެލިއު، ކަސްޓަމްސްގެ އަގުގެ ގޮތުގައި ކަނޑަނޭޅުމުގެ އިޚުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކަސްޓަމްސްއަށް ހުށަހަޅާފައިވާ މުދަލުގެ ޓްރާންސެކްޝަން ވެލިއު ކަސްޓަމްސްއަށް ޤަބޫލު ނުކުރެވޭ ޙާލަތެއް ދިމާވެއްޖެނަމަ، މުދަލުގެ އަގު ދަށްވި ސަބަބު ނުވަތަ ހުށަހެޅި ލިޔުންތަކުގައި ތަފާތުތަކެއް ހުރި ސަބަބު ބަޔާންކޮށްދިނުމަށް ރާއްޖެއަށް އެ މުދާ އިމްޕޯޓްކުރި ފަރާތަށް ނުވަތަ އެ މުދާ އެކްސްޕޯޓްކުރި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަމެއް ދިމާވާންޖެހުނު ސަބަބު ބަޔާންކޮށްދިނުމަށް މުދާ އިމްޕޯޓްކުރި ފަރާތަށް ނުވަތަ މުދާ އެކްސްޕޯޓްކުރި ފަރާތަށް ކަސްޓަމްސްއިން އަންގާތާ 05 (ފަހެއް) ދުވަހުގެ ތެރޭގައި ރާއްޖެއަށް މުދާ އިމްޕޯޓްކުރި ފަރާތުން އިޖާބަ ނުދީފިނަމަ ނުވަތަ އެ ފަރާތުން ހުށަހަޅާ ސަބަބަކީ ކަސްޓަމްސްއަށް ޤަބޫލުނުކުރެވޭ ސަބަބެއް ކަމަށްވާނަމަ، ޤަބޫލުނުކުރެވުނު ސަބަބު އެ ފަރާތަށް އެންގުމަށް ފަހު، އެ ފަރާތުން ހުށަހަޅާފައިވާ މުޢާމަލާތުގެ އަގަކީ، ރަނގަޅު އަގެއްކަމުގައި ނުބަލައި، އެ މުދަލުގެ އަގު ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގެ ދަށުން ނިންމާފައިވާ 6.1 ނަންބަރު ނިންމުމުގައިވާ ގޮތުގެމަތިން ޓްރާންސެކްޝަން ވެލިއުއަކީ ކަސްޓަމްސްގެ އަގުގެ ގޮތުގައި ކަނޑަނޭޅުމުގެ އިޚުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

155 ވަނަ މާއްދާ - އަގު ކަނޑައެޅުމަށް އިތުރު ވަގުތު ބޭނުންވާ ހާލަތްތަކުގައި މުދާ ދޫކުރުން 

(ހ) މުދަލުގެ އަގު ކަނޑައެޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށް އިތުރު ވަގުތު ބޭނުންވާ ހާލަތްތަކުގައާއި އަދި އަގެއް ކަނޑައެޅުމަށް ދަތިވެ އެކަންކުރުމަށް އިތުރު ވަގުތު ބޭނުންވާ ހާލަތްތަކުގައި ކަސްޓަމްސްއިން އެ މުދަލުގެ ވަގުތީ އަގެއް ކަނޑައެޅުމުން، މުދާ އިމްޕޯޓްކުރި ފަރާތުން ނުވަތަ އެކްސްޕޯޓްކުރި ފަރާތުން އެއަގުން ކަސްޓަމްސްއަށް ޑިއުޓީ ދެއްކުމުން އެ މުދަލެއް ދޫކުރެވޭނެއެވެ. މިހާލަތުގައި ކަސްޓަމްސްއިން މުދަލުގެ އަގު ކަނޑައަޅާނީ މި ގަވާއިދުގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދޫކުރެވޭ މުދަލެއްގެ އަގު ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު ހުށަހެޅުމުން އެ މުދަލުގެ އަގު މި ގަވާއިދުގެ 151 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައެޅޭނަމަ، މި ގަވާއިދުގެ 7 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުދަލަށް އިތުރަށް ނެގިފައިވާ ޑިއުޓީ ރިފަންޑުކޮށްދެވޭނެއެވެ. އަދި މިގޮތުން ކަނޑައެޅޭ އަގު ބޮޑުވުމާ ގުޅިގެން އެ މުދަލަކަށް އިތުރަށް ޑިއުޓީ ދައްކަން ޖެހިއްޖެނަމަ، އެ ފައިސާއެއް ދެއްކުމަށް ކަސްޓަމްސްއިން އަންގާ ދުވަހުން ފެށިގެން ތިރީސް (30) ދުވަހުގެ ތެރޭގައި އެ މުދާ އިމްޕޯޓްކުރި ފަރާތުން ނުވަތަ އެކްސްޕޯޓްކުރި ފަރާތުން ކަސްޓަމްސްއަށް އެ ފައިސާއެއް ދައްކައި ނިންމަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއަށް ސާބިތުކުރެވޭ އަގަކީ، އެ މުދަލަށް ޑިއުޓީ ދެއްކުމަށް ކަނޑައަޅާފައިވާ އަގަށްވުރެ ދަށް އަގެއްނަމަ، މުދަލަށް ޑިއުޓީގެ ގޮތުގައި އިތުރަށް ދައްކާފައިވާ ފައިސާގެ ރިފަންޑު ގަވާއިދުގެ 7 ވަނަ ބައިގެ ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުދާ އިމްޕޯޓްކުރި ފަރާތަށް ނުވަތަ އެކްސްޕޯޓްކުރި ފަރާތަށް ކަސްޓަމްސްއިން ދޭންވާނެއެވެ.

 

156 ވަނަ މާއްދާ - ވެލުއޭޝަން ޑޭޓާބޭސް

ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ މުޢާމަލާތުގެ އަގާބެހޭ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ކަސްޓަމްސްއިން ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިކުރާ ފަރާތެއްގެ މަޞްލަޙަތު ގެއްލިގެންނުދާނެ ގޮތަކަށް އެ މަޢުލޫމާތު ޢާންމުކޮށް ފެންނަ ގޮތަށް ކަސްޓަމްސްއިން ބަހައްޓަންވާނެއެވެ.

 

157 ވަނަ މާއްދާ - ޑަބްލިޔޫ.ޓީ.އޯގެ ނިންމުންތައް

(ހ) ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގެ ދަށުން ނިންމާފައިވާ 1.1 ނަންބަރު ނިންމުމުން ފެށިގެން 7.1 ނަންބަރު ނިންމުމާ ހަމައަށް، ހުރިހާ ނިންމުންތަކެއްގައި ބަޔާންކޮށްފައިވާ އުސޫލުތައް ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނާއި މި ގަވާއިދަށް ޢަމަލުކުރުމުގައި ބަލައިގަނެ، އެއަށް ޢަމަލުކުރެވޭނެއެވެ.

(ށ) ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމުގެ ދަށުން ނިންމާފައިވާ 4.1 ނަންބަރު ނިންމުމުގައި ޕްރޮގްރާމް ނުވަތަ ސޮފްޓްވެއަރފަދަ ތަކެތީގެ އަގު ކަނޑައެޅުމުގައި ޢަމަލުކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ ދެ އުސޫލުގެ ތެރެއިން ދިވެހިރާއްޖޭގައި ޢަމަލުކުރާނީ އެ ޕްރޮގްރާމް ނުވަތަ ސޮފްޓްވެއަރގެ އަގު ހިމަނައިގެން ތަކެތީގެ އަގު ކަނޑައެޅުމުގެ އުސޫލަށެވެ.

 

158 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

(ހ) ކަސްޓަމްސްއިން ކަނޑައަޅާ އަގާމެދު މުދާ އިމްޕޯޓްކުރި ފަރާތުން ނުވަތަ އެކްސްޕޯޓްކުރި ފަރާތުން ހިތްހަމަނުޖެހޭ މައްސަލައެއްވާނަމަ، އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި މުދަލުގެ ވެރިފަރާތުން މި ގަވާއިދުގެ 1 ވަނަ ބައިގައި ބަޔާންކޮށްފައިވާ ކަސްޓަމްސް ވެލުއޭޝަން ކޮމިޓީއަށް ނުވަތަ ވެލުއޭޝަން ސަބް ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ މައްސަލަތައް ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނިންމުމަށްފަހު، އެ މައްސަލަ ހުށަހެޅި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ.

 

159 ވަނަ މާޢްދާ - ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުން އުސޫލަކަށް ބެލުން

މިގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް ތަރުޖަމާކުރުމުގައާއި، އިތުރަށް ތަފުސީލުކުރުމުގައާއި، އޮޅުންފިލުވުމުގައާއި، މި ގަވާއިދަށް ޢަމަލުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގައި އަސްލެއް ކަމުގައި ބަލާނީ، ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން އެއްބަސްވުމާއި، އެއްބަސްވުމުގެ ބައިތައް ކަމުގައި ބެލެވޭ އެހެނިހެން ބައިތަކާއި ޑަބްލިޔޫ.ޓީ.އޯ ވެލުއޭޝަން ކޮމްޕެންޑިއަމްގައި ހިމެނޭ ބައިތައް އިނގިރޭސިބަހުން އެކުލަވާލެވިފައިވާ ގޮތަށެވެ. މިކޮމްޕެންޑިއަމްގައި ހިމެނޭ ބައިތައް ކަސްޓަމްސްގެ ވެބްސައިޓުންނާއި ކަސްޓަމްސްގެ އޮފީސްތަކުން ބެލެންހުންނާނެއެވެ.

 

 

ހަވަނަ ބައި

މުދާ ގިންތިކުރުން

 

160 ވަނަ މާއްދާ - މުދާ ގިންތިކުރާނެގޮތް

ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިން ކަސްޓަމްސްގެ ބޭނުންތަކަށްޓަކައި، މުދާ ގިންތިކުރާނީ "ދުނިޔޭގެ ކަސްޓަމްސްގެ ޖަމްޢިއްޔާގެ ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމް" އާ އެއްގޮތްވާ ގޮތުގެމަތިން، ކަސްޓަމްސްއިންނެވެ.

 

161 ވަނަ މާއްދާމުދާ ގިންތި ކުރުމުގައި ޑިއުޓީ ކަނޑައެޅުން

މުދާ ގިންތިކުރުމުގައި އެކްސްޕޯޓް ޑިއުޓީ ނުވަތަ އިމްޕޯޓް ޑިއުޓީ ކަނޑައަޅާނީ ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

162 ވަނަ މާއްދާ - ގިންތިތަކާއި ޑިއުޓީއާބެހޭ މައުލޫމާތު ހިމެނޭ ޑޭޓާބޭސް

ޑިއުޓީ ދައްކަންޖެހޭ މުދާ "ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމް" ގެ ދަށުން ގިންތިތަކަށް ބަހައި އެ މުދަލަށް ދައްކަންޖެހޭ ޑިއުޓީއާބެހޭ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ކަސްޓަމްސްއިން ގަވާއިދުން ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި މި ޑޭޓާބޭސްގައި ހިމެނޭ މަޢުލޫމާތު ޢާންމުކޮށް ލިބެންހުންނާނެ އިންތިޒާމުވެސް ކަސްޓަމްސްއިން ހަމަޖައްސަންވާނެއެވެ.

 

163 ވަނަ މާއްދާ - މުދާ ގިންތިކުރުމުގައި ބަލާނެ ލިޔުންތައް

(ހ) މި ގަވާއިދުގެ 160 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއިން މުދާ ގިންތިކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުގައިވާ އުސޫލުތަކާ ޚިލާފުނުވާނެ ގޮތުގެމަތިންނެވެ.

  1. ދުނިޔޭގެ ކާސްޓަމްސްގެ ޖަމްޢިއްޔާއިން ނެރެފައިވާ "ހާމަނައިޒްޑް ކޮމްޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމް"
  2. ދުނިޔޭގެ ކާސްޓަމްސްގެ ޖަމްޢިއްޔާއިން ނެރެފައިވާ "ހާމަނައިޒްޑް ކޮމްޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމް އެކްސްޕްލެނޭޓަރީ ނޯޓްސް"
  3. ދުނިޔޭގެ ކާސްޓަމްސްގެ ޖަމްޢިއްޔާއިން ނެރެފައިވާ "ހާމަނައިޒްޑް ކޮމްޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމް ޑޭޓާބޭސް"
  4. މުދާ ގިންތިކުރުމާ ގުޅޭގޮތުން ކަސްޓަމްސްއިން ނެރެ ގެޒެޓުގައި ޝާއިޢުކުރާ ލިޔުންތައް

(ށ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ މަޢުލޫމާތާއި އެލިޔުންތަކަށް ގެނެވޭ އިޞްލާޙުތަކުގެ މަޢުލޫމާތު ކަސްޓަމްސްގެ ވެބްސައިޓުންނާއި ކަސްޓަމްސްގެ އޮފީސްތަކުން ލިބެންހުންނާނެއެވެ.

 

164 ވަނަ މާއްދާ - މުދަލުގެ ގިންތި ބަދަލުވާނެ ހާލަތްތައް

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެހާލަތްތަކާ ގުޅޭގޮތުން މުދަލުގެ ގިންތި ކަސްޓަމްސްއިން ބަދަލުކުރަންވާނެއެވެ.

(ހ) ދުނިޔޭގެ ކާސްޓަމްސްގެ ޖަމްޢިއްޔާއިން ނެރޭ ހާމަނައިޒްޑް ކޮމްޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމްގެ ވަރޝަން ބަދަލުވުމާ ގުޅިގެން މުދަލުގެ ގިންތި ބަދަލު ކުރަންޖެހޭ ހާލަތްތައް

(ށ) ދުނިޔޭގެ ކާސްޓަމްސްގެ ޖަމްޢިއްޔާއިން ނެރޭ ކްލެސިފިކޭޝަން އޮޕީނިއަންތަކާ ގުޅިގެން ގިންތި ބަދަލުވުން

(ނ) މުދަލުގެ ގިންތިއާމެދު މުދަލުގެ ވެރިފަރާތުން ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަތައް ބެލުމަށްފަހު މުދަލުގެ ގިންތި ބަދަލުކުރަންޖެހޭ ހާލަތްތައް

(ރ) ނޭޝަނަލް ޓެރިފް ރީސްޓްރަކްޗަރކޮށް އެއްގޮތްކުރުމުގެ ސަބަބުން މުދަލުގެ ގިންތި ބަދަލުވުން

 

165 ވަނަ މާއްދާ - ޑިކްލެއަރކުރި މުދަލުގެ ގިންތި އިސްލާޙުކުރުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މުދަލުގެ ވެރިފަރާތުން ކަސްޓަމްސްއަށް ޑިކްލެއަރކުރި މުދަލުގެ ގިންތި އިސްލާޙުކުރަން މުދަލުގެ ވެރިފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ. މިގޮތުން އެ މައްސަލައެއް ފާހަގަކުރެވުނު ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުދަލުގެ ވެރިފަރާތަށް ކަސްޓަމްސްއިން އެކަން އަންގަންވާނެއެވެ.

  1. ޑިކްލެއަރކޮށްފައިވާ މުދާ ގިންތިކޮށްފައިވާގޮތާއި ގެނެސްފައިވާ މުދަލާ ދިމާނުވުން؛
  2. މުދާ ގިންތިކޮށްފައިވަނީ ނުބައިކޮށްކަން ކަސްޓަމްސްއިންކުރާ އޯޑިޓަކުން އެނގުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މުދަލުގެ ގިންތިއާމެދު ސުވާލު އުފެދިއްޖެނަމަ، އަންނަނިވި ދެގޮތުންކުރެ މުދަލުގެ ވެރިފަރާތުން އިޚުތިޔާރުކުރާ ގޮތަކަށް ޢަމަލު ކުރެވިދާނެއެވެ.

  1. މުދަލުގެ ގިންތި ކަމުގައި ވެދާނެ ކަމަށް ކަސްޓަމްސުން ކަނޑައަޅާ ޑިއުޓީގެ އިންސައްތަ އެންމެ ދަށް ގިންތިއަކުން ޑިއުޓީ ދައްކައި، މުދާ ގެންދިއުން. މިގޮތް އިޚުތިޔާރުކުރާނަމަ، މުދަލުގެ ގިންތި ބަދަލުވާނޭ އެންމެ މަތީ މިންވަރު ކަސްޓަމްސުން މުދަލުގެ ވެރިފަރާތަށް އަންގަންވާނެއެވެ. އަދި ކަސްޓަމްސްގެ ހޯދުންތަކުން، މުދަލުގެ ގިންތި ފައިނަލްކޮށް، 30 (ތިރީސް) ދުވަހުގެ ތެރޭގައި މުދަލުގެ ވެރިފަރާތަށް އަންގަންވާނެއެވެ. އަދި ފައިނަލްކުރާ ގިންތިއަކީ ޑިއުޓީ މަތީ ގިންތިއަކަށް ވާނަމަ، ޑިއުޓީ އިތުރުވާ މިންވަރު މުދަލުގެ ވެރިފަރާތުން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ދައްކަންވާނެއެވެ.
  2. މުދަލުގެ ގިންތި ކަމުގައި ވެދާނެ ކަމަށް ކަސްޓަމްސްއިން ކަނޑައަޅާ ޑިއުޓީގެ އިންސައްތަ އެންމެ މަތީ ގިންތިއަކުން ޑިއުޓީ ދައްކައި، މުދާ ގެންދިއުން. މިގޮތް އިޚުތިޔާރުކުރާނަމަ، މުދަލުގެ ގިންތި ބަދަލުވާނޭ އެންމެ ދަށް މިންވަރު ކަސްޓަމްސްއިން މުދަލުގެ ވެރިފަރާތަށް އަންގަންވާނެއެވެ. އަދި ކަސްޓަމްސްގެ ހޯދުންތަކުން، މުދަލުގެ ގިންތި ފައިނަލްކޮށް، 30 (ތިރީސް) ދުވަހުގެ ތެރޭގައި މުދަލުގެ ވެރިފަރާތަށް އަންގަންވާނެއެވެ. އަދި ފައިނަލްކުރާ ގިންތިއަކީ ޑިއުޓީ ދަށް ގިންތިއަކަށް ވާނަމަ، ޑިއުޓީ އިތުރުވާ މިންވަރު، މުދަލުގެ ވެރިފަރާތަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން އަނބުރާ ދޭންވާނެއެވެ.

(ނ)

  1. މުދާ ޑިކްލެއަރކުރާ މަރުޙަލާގައި ގިންތިކުރުމަށް ބޭނުންވާ މަޢުލޫމާތު ނުލިބުން ނުވަތަ ފުރިހަމަނުވުން ނުވަތަ ޞައްޙަނުވުން؛
  2. މުދާ ގިންތިކުރުމާ ގުޅޭގޮތުން ހެދޭ ލެބޯޓަރީ ތަޙުލީލުގެ ނަތީޖާއަށް ރިޢާޔަތް ކުރުމަށްފަހު މުދަލުގެ ގިންތި ބަދަލުކުރަންޖެހުން.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު ދިމާވި ޕްލާސްޓިކް ހިމެނޭ ބާވަތެއްގެ މުދަލެއްގައި ކަމަށްވާނަމަ އެ މުދަލަށް ޑިއުޓީ ދައްކަންވާނީ ކަސްޓަމްސްއިން ކަނޑައަޅާ އެންމެ މަތީ ޑިއުޓީގެ އިންސައްތަ ހިމެނޭ ގިންތިންނެވެ. ކަސްޓަމްސްއިން ކަނޑައަޅާ ގިންތިއާމެދު މުދަލުގެ ވެރިފަރާތުން އިންކާރު ކުރާނަމަ، މުދަލުގެ ވެރިފަރާތުން ހުށަހަޅާ ގިންތިއަކީ ޞައްޙަ ގިންތިކަމަށް ބަޔާންކޮށް އެ މުދަލެއް އުފެއްދި ޤައުމެއްގެ ސަރުކާރުން ޤަބޫލުކުރާ ފަރާތަކުން ދޫކޮށްފައިވާ ލިޔުމެއް މުދަލުގެ ވެރިފަރާތުން ހުށަހަޅައިފިނަމަ، މުދަލުގެ ގިންތި އެލިޔުމާ އެއްގޮތަށް ބަދަލުކުރެވޭނެއެވެ.

(ބ) ކަސްޓަމްސްއަށް ޑިކްލެއަރކުރި މުދަލުގެ ގިންތި އިޞްލާޙުކުރަންޖެހޭ ހާލަތްތަކުގައި އެ މުދަލަށް އިތުރަށް ފައިސާއެއް ދައްކަންޖެހޭނަމަ އެ މައްސަލައެއް ފާހަގަކުރެވިގެން ކަސްޓަމްސްއިން އަންގާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުދަލުގެ ވެރިފަރާތުން ކަސްޓަމްސްއަށް އެ ފައިސާއެއް ދައްކައި ނިންމަންވާނެއެވެ.

(ޅ) ކަސްޓަމްސްއަށް ޑިކްލެއަރކުރި މުދަލުގެ ގިންތި އިޞްލާޙުކުރަންޖެހޭ ހާލަތްތަކުގައި އެ މުދަލަށް ދައްކާފައިވާ ފައިސާ ރިފަންޑް ކޮށްދޭންޖެހޭނަމަ މި ގަވާއިދުގެ 7 ވަނަ ބައިގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދަލުގެ ވެރިފަރާތަށް އެ ފައިސާ ކަސްޓަމްސްއިން ދޭންވާނެއެވެ.

 

166 ވަނަ މާއްދާ - މުދަލުގެ ވެރިފަރާތުގެ ޒިންމާ

(ހ) ގުޑްސް ޑިކްލަރޭޝަން ފުރިހަމަކުރާއިރު، މުދަލުގެ ޞައްޙަ ގިންތި ބޭނުންކޮށްގެން ޑިކްލަރޭޝަން ފުރިހަމަކުރުމަކީ މުދަލުގެ ވެރިފަރާތުގެ ޒިންމާއެކެވެ.

(ށ) މުދާ ގިންތި ކުރުމުގެ ބޭނުމަށް މުދަލުގެ ފުރިހަމަ މަޢުލޫމާތު ކަސްޓަމްސްއަށް ފޯރުކޮށްދިނުމަކީ މުދަލުގެ ވެރިފަރާތުގެ ޒިންމާއެކެވެ.

 

167 ވަނަ މާއްދާ - މުދާ ގިންތިކުރުމަށް މުދަލުގެ ސާމްޕަލް ނެގުން

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މުދާ ގިންތިކުރުމުގެ ބޭނުމަށް މުދަލުގެ ސާމްޕަލް ނެގޭނެއެވެ.

(ހ) މުދަލުގެ ލެބޯޓަރީ ތަޙުލީލު ކުރަންޖެހުން.

(ށ) ޓެރިފް ކޮމިޓީއަށް މުދަލުގެ ސާމްޕަލް ހުށަހަޅަންޖެހުން.

 

168 ވަނަ މާއްދާ - ގިންތިކުރުމުގެ ގޮތުން ތަޙުލީލުކުރުމަށްޓަކައި ތަކެތި ހިފެހެއްޓުން

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާގުޅޭގޮތުން ހުށަހަޅާ ލިޔުންތަކާއި އެ މުދަލުގައި އެތަކެއްޗާބެހޭ މަޢުލޫމާތު ހިމެނިފައިނުވާނަމަ، ތަކެތި ގިންތި ކުރުމުގެ ގޮތުން ތަޙުލީލުކުރުމަށްޓަކައި ހިފެހެއްޓޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހިފެހެއްޓޭ ތަކެތި ހިފެހެއްޓިފައި ހުންނަ މުއްދަތުގައި އެ އެއްޗަކަށް ދައްކަންޖެހޭ ޑެމަރޭޖްފީއާއި އެހެނިހެން ޚަރަދުތައް އެ އެއްޗެއްގެ ވެރިފަރާތުން ދައްކާކަށް ނުޖެހޭނެއެވެ.

 

169 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

(ހ) ކަސްޓަމްސްއިން މުދާ ގިންތިކުރިގޮތާމެދު ނުވަތަ މުދަލުގެ ޑިއުޓީރޭޓް ކަނޑައެޅި ގޮތާމެދު މުދަލުގެ ވެރިފަރާތުން ހިތްހަމަނުޖެހޭ މައްސަލައެއްވާނަމަ، މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި މުދަލުގެ ވެރިފަރާތުން މި ގަވާއިދުގެ 15 ވަނަ ބައިގައި ބަޔާންކޮށްފައިވާ ޓެރިފް ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ މައްސަލަތައް ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނިންމުމަށްފަހު، އެ މައްސަލަ ހުށަހެޅި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ.

 

170 ވަނަ މާއްދާ - މުދަލުގެ ގިންތިއާބެހޭ މަޢުލޫމާތު ހޯދުމަށް އެދުން

ރާއްޖެއަށް މުދަލެއް އިމްޕޯޓްކުރުމުގެ ކުރިން، ނުވަތަ ރާއްޖެއިން މުދަލެއް އެކްސްޕޯޓްކުރުމުގެ ކުރިން، އެ މުދަލެއްގެ ގިންތި ނުވަތަ ޑިއުޓީރޭޓާބެހޭ މަޢުލޫމާތު ހޯދުމަށް މުދަލުގެ ވެރިފަރާތުން ބޭނުންވެއްޖެނަމަ، އެ މަޢުލޫމާތު ހޯދުމަށް ކަސްޓަމްސްއަށް ހުށަހެޅުމުން އެ މަޢުލޫމާތު ދެވޭނެއެވެ.

 

171 ވަނަ މާއްދާ - ޖެނެރަލް އިންޓަރޕްރިޓޭޝަން ރޫލްސް

"ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމް" ގައި މުދާ ގިންތިކުރުމަށްޓަކައި ބޭނުންކުރާ ޖެނެރަލް އިންޓަރޕްރިޓޭޝަން ރޫލްސްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) "ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމް" ގެ ސެކްޝަންތަކާއި، ޗެޕްޓަރުތަކާއި ސަބްޗެޕްޓަރުތަކަށް ސުރުޚީ ދެވިފައިވަނީ ހަމައެކަނި ދެނެގަތުމުގެ ފަސޭހައަކަށެވެ. ޤާނޫނީ ބޭނުމަށް ކެޓަގަރީތައް ނުވަތަ މުދަލުގެ ބައިތައް ކަނޑައަޅާ ދެނެގަންނަންޖެހޭނީ ސުރުޚީއެއްގައި ނުވަތަ ސެކްޝަން ނޯޓެއް ނުވަތަ ޗެޕްޓަރު ނޯޓެއްގައި އެހެންގޮތަކަށް ކަނޑަނާޅާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެސުރުޚީއެއްގެ ދަށުގައި ހިމެނިފައިވާ މާއްދާތަކުންނާއި އެހެނިހެން ގުޅުންހުރި ސެކްޝަން ނޯޓްތަކުންނާއި ޗެޕްޓަރު ނޯޓްތަކުންނެވެ.

(ށ)

  1. ސުރުޚީއެއްގައި ވަކި ގިންތިއެއްގެ މުދަލެއް ހިމަނާފައިވާނަމަ، އެ މުދަލެއްގެ ފުރިހަމަ ސިފައިގައިވާ ޙާލަތާއި ނުވާ ޙާލަތުގައިވެސް އެ އެއްޗެއް ހިމެނޭނީ އެ ގިންތީގެ މުދަލުގެ ތެރޭގައެވެ. އެއެއްޗެއް އެ ގިންތީގެ މުދަލެއްކަމަށް ބަލަންވާނީ އެ އެއްޗެއްގައި މުދަލުގެ އަސާސީ ނުވަތަ މައިގަނޑު ސިފަ އެކުލެވިގެންވާނަމައެވެ. އަދި އެ އެއްޗެއް ގެނެވިފައިވަނީ އޭގެ ބައިތައް ވަކިކޮށްލައިގެން ނުވަތަ ރޭވޭގޮތަށް ބައިބަޔަށް ކަމަށް ވިޔަސް، މި ގަވާއިދުގެ ދަށުން، ފުރިހަމަވެފައިވާ ނުވަތަ ފުރިހަމަނުވާ އެ ގިންތިގެ މުދަލުގެ ބަޔަށް ފެތޭނަމަ އެ އެއްޗެއް ހިމެނަންވާނީ އެ ގިންތީގެ މުދަލުގެ ތެރޭގައެވެ.
  2. ސުރުޚީއެއްގައި ވަކި މާއްދާއެއް ނުވަތަ ވަކި މެޓީރިއަލެއް ހިމަނާފައިވާނަމަ، އެބާވަތުގެ މާއްދާ ނުވަތަ މެޓީރިއަލެއް އެހެން އެއްޗަކާ އެއްކޮށްގެން އުފެއްދިފައިވާ މުދާވެސް، އެ ގިންތީގެ މުދަލުގެ ތެރޭގައި ހިމެނިގެންވެއެވެ. އަދި ވަކި ބާވަތެއްގެ މާއްދާއަކުން ނުވަތަ މެޓީރިއަލަކުން ހެދިފައިވާ އެއްޗެއް ސުރުޚީގައި ހިމަނާފައިވާނަމަ، މުދަލެއް ނުވަތަ މުދަލެއްގެ ބައެއް އެ މާއްދާއަކުން ނުވަތަ އެމެޓީރިއަލަކުން ހަދާފައިވާ މުދާ، އެ ގިންތީގެ ތެރޭގައި ހިމެނިގެންވެއެވެ. އަދި އެއް މާއްދާއަށް ވުރެ ގިނަ މާއްދާ ބޭނުންކޮށްގެން ނުވަތަ އެއް މެޓީރިއަލަށް ވުރެ ގިނަ މެޓީރިއަލް ބޭނުންކޮށްގެން އުފައްދާފައިވާ މުދަލުގެ ގިންތި ކަނޑައަޅާނީ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ނ) މި މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކޮށްގެން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ، މުދަލުގެ ވައްތަރު ސާފުކޮށް އެނގި، ދޭއް ނުވަތަ އެއަށްވުރެ ގިނަ ސުރުޚީގެ ދަށުން، އެ މުދަލެއް ގިންތިކުރެވޭނަމަ އެ މުދަލުގެ ގިންތި ކަނޑައަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

  1. މުދަލުގެ ޢާންމު ސިފައެއް ބަޔާންކޮށްދީފައިވާ ސުރުޚީއަށްވުރެ އިސްކަންދޭންޖެހޭނީ އެ މުދަލެއް އެއަށްވުރެ ފުރިހަމައަށް ބަޔާންކޮށްދީފައިވާ ސުރުޚީއަށެވެ. މުދަލެއް އުފެއްދުމަށް ބޭނުންކޮށްފައިވާ މަސްހުނި މާއްދާތައް ނުވަތަ މަސްހުނި މެޓީރިއަލްތައް ނުވަތަ ވަކިކޮށް ވިއްކާގޮތަށް ހެދިފައިވާ ސެޓުތަކެއްގެ މައްޗަށް އެކުލެވިގެންވާ މުދަލުގެ ބައިތައް ހިމެނިފައިވަނީ އެއް ސުރުޚީއަށްވުރެ ގިނަ ސުރުޚީތަކުގައި ނަމަ، އަދި އޭގެތެރެއިން ވަކި ސުރުޚީއަކުން މުދަލުގެ ފުރިހަމަ ސިފަ ސާފުކޮށް ބަޔާންކޮށްފައި އޮތަސް، މުދަލަކާ ގުޅޭގޮތުން އެސުރުޚީތައް ބަލަންވާނީ ހަމަހަމަ ސުރުޚީތަކެއްގެ ގޮތުގައެވެ.
  2. ތިންވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން ވަކި ގިންތިއެއް ކަނޑައެޅެން ނުހުންނަ މަސްހުނިވެފައި ތަފާތު އެކި މާއްދާތަކުން އުފައްދާފައިވާ މުދަލާއި ނުވަތަ އެކިބައިތަކުގެ މައްޗަށް އެކުލެވިގެންވާ މުދާ، އަދި ވަކިކޮށް ވިއްކުމަށްޓަކައި ސެޓުތަކެއްގެ މައްޗަށް އެކުލެވިގެންވާ މުދަލުގެ ގިންތި ކަނޑައަޅާނީ އެ މުދަލެއްގެ މައިގަނޑު ސިފަ އެ އެއްޗެއްގެ މައްޗަށް އެކުލެވިގެންވާ މެޓީރިއަލްގެ ނުވަތަ އެކިބައިތަކުގެ މައްޗަށް އެކުލެވިގެންވާ މުދަލެއްނަމަ އެ މުދަލެއްގެ މައިގަނޑު ސިފަ އެބައެއްގެ މައްޗަށް އެކުލެވިގެންވާ ބައިގެ ގިންތީގެ ތެރޭގައި ހިމެނޭ މުދަލެއްކަމަށް ބަލައިގެންނެވެ.
  3. މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ބިނާކޮށް ގިންތި ކަނޑަނޭޅޭ މުދާ ގިންތިކުރާނީ އެ މުދަލެއް އެއްހަމައެއްގައި ގިންތިކުރެވިދާނެ ސުރުޚިތަކުގެ ތެރެއިން ނަންބަރު ތަރުތީބުން އެންމެ ފަހުން އަންނަ ސުރުޚިގައެވެ.

(ރ) އިސްވެދިޔަ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ބައިނުކުރެވޭ ނުވަތަ އެ މުދަލެއްގެ ގިންތި ކަނޑަނޭޅޭ މުދަލުގެ ގިންތި ކަނޑައަޅާނީ، އެ މުދަލަކާއި އެންމެ އެއްގޮތް މުދާ ގިންތިކޮށްފައި ހުންނަ ސުރުޚިއެއްގެ ދަށުންނެވެ.

(ބ) އިސްވެ ބަޔާންކުރެވުނު އުސޫލުތަކުގެ އިތުރުން ތިރީގައި ބަޔާން ކުރެވިގެންވާ އުސޫލުތައްވެސް މަތީގައި ބަޔާންކުރެވުނު މުދަލުގެ މައްޗަށް ހިނގާނެއެވެ.

  1. ކެމެރާ އުރަ، މިޔުޒިކް ކުޅޭ ސާމާނުގެ އުރަ، ބަޑިގެ އުރަ، ކުރަހާ ސާމާނުގެ އުރަ، ކުރުގައިއަޅާ ހާރުގެ ފޮށި އަދި މިފަދަ އުރަ ނުވަތަ ފޮށި، ދިގު މުއްދަތަކަށް ބޭނުންކުރުމަށްޓަކައި އެ މުދަލާއެކު ވިއްކާގޮތަށް، ހަދާފައި ހުންނަ ފޮށި، ޚާއްޞަކޮށް ހަމައެކަނި އެފަދަ އެއްޗެއް ނުވަތަ އެއްޗެހިތަކެއް ލެވޭގޮތަށް ތައްޔާރުކޮށްފައި ހުންނަ އުރަ ނުވަތަ ފޮށި ހިމަނަންވާނީ، އެ އުރައެއް ނުވަތަ ފޮށްޓެއް އެއްޗަކާއެކު ޢާންމު ގޮތެއްގައި ވިއްކާ މުދަލެއްގެ ގިންތީގެ ތެރޭގައެވެ. މުދާ އުފުލާ ރައްކާކުރުމަށް ބޭނުންކުރާ، އާންމު ސިފަ އެކުލެވިގެންވާ ކޮންޓެއިނަރުތަކަށް މިމާއްދާ ހިންގާކަށް ނުޖެހޭނެއެވެ. 
  2. މި މާއްދާގެ 1 ވަނަ ނަންބަރުގެ ދަށުން މިމާއްދާގައި ބުނެފައިވާ ބާވަތުގެ މުދަލާއެކު ލިބޭ އެއްޗެހި ބަންދުކުރާ ސާމާނާއި މެޓީރިއަލް ހިމަނަންވާނީ އެބާވަތުގެ މެޓީރިއަލުން ނުވަތަ ސާމާނުން ޢާންމު ގޮތެއްގައި ބަންދުކުރާ މުދަލުގެ ގިންތީގެ ތެރޭގައެވެ. ކަނޑައެޅިގެން ތަކުރާރުކޮށް ބޭނުންކުރެވޭކަން އެނގެން ހުންނަ ބަންދުކުރާ ސާމާނު ނުވަތަ މެޓީރިއަލްތަކުގެ މައްޗަށް މި މާއްދާ ހިންގާކަށް ނުޖެހޭނެއެވެ.
  3. ސުރުޚިއެއްގެ ދަށުން އަންނަ އަރިމަތީ ސުރުޚިއެއްގައި ހިމަނާފައިވާ މުދަލުގެ ގިންތި، ޤާނޫނީ ބޭނުމަށްޓަކައި ކަނޑައަޅަންވާނީ، އެ އަރިމަތީ ސުރުޚިއެއްގައި ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކާއި އަދި އެ އަރިމަތީ ސުރުޚިއާއި ގުޅުންހުރި ނޯޓާއި، މަތީގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ކޮންމެހެން ގެންނަންޖެހިގެން ގެނެސްފައިވާ ބަދަލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަރިމަތީ ސުރުޚިތައް އަޅާކިޔޭނީ ދަރަޖައިގެ ގޮތުން އެއްސުރުޚިއާއި އަނެއް ސުރުޚި ހަމަހަމަ ނަމައެވެ. މިމާއްދާއަށް ޢަމަލުކުރުމުގެ ގޮތުން އެހާލަެއްގައި އެހން ގޮތަކަށް ޢަމަލުކުރުމަށް މުދާ ގިންތިކުރުމުގެ ނޮމެންކްލެޗަރ ނިޒާމު ކަނޑައަޅާފައި ނުވާނަމަ، އެ މުދަލަކާއި ގުޅުންހުރި ސެކްޝަން ނޯޓާއި ޗެޕްޓަރު ނޯޓުގައި ބަޔާންކުރާ ކަންތައްތަކަށް އެފަދަ މުދަލުގެ ގިންތި ކަނޑައެޅުމުގައި ޢަމަލުކުރަންވާނެއެވެ.

 

 

ހަތްވަނަ ބައި

ކަސްޓަމްސްއަށް ފައިސާދެއްކުމާއި ދޫކުރުން

އެއްވަނަ ބާބު

ކަސްޓަމްސްއަށް ފައިސާދެއްކުން

 

172 ވަނަ މާއްދާ - ފައިސާދެއްކުން

ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދައްކަންވާނީ ދިވެހި ފައިސާއިންނެވެ. މިގޮތުން ދިވެހި ފައިސާގެ އެކައުންޓްތަކުގެ ޗެކުން ދައްކާ ފައިސާ ކަސްޓަމްސްއިން ބަލައިގަނެވޭނެއެވެ. އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ވަސީލަތް ޤާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކަށް އެ ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަނެވޭނެއެވެ. މިގޮތުން ޕީ.އޯ.އެސް ޓަރމިނަލް ޤާއިމުކުރެވިފައިވާ ކަސްޓަމްސްގެ އޮފީސްތަކަށް ޑެބިޓް ކާޑުންވެސް ފައިސާ ބަލައިގަނެވޭނެއެވެ.

 

173 ވަނަ މާއްދާ - ކަސްޓަމްސްގައި އެކައުންޓް ހުޅުވުން

(ހ) މުދަލުގެ ޑިއުޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ކަސްޓަމްސްއަށް ފައިސާއެއް ދައްކަންޖެހިއްޖެނަމަ، ދައްކަންޖެހޭ ފައިސާ އެ މީހެއްގެ ނަމުގައި، ނުވަތަ އެކުންފުންޏެއްގެ ނަމުގައި ވަކި އެކައުންޓެއް (ޕްރީޕޭމަންޓް އެކައުންޓް) ކަސްޓަމްސްގައި ހުޅުވައި އެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ޕްރިޕޭމަންޓް" އެކައުންޓުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ކަނޑާ ބާކީކޮށް ބަލަހައްޓާނީ ކަސްޓަމްސްގައި ޤާއިމުކުރެވިފައިވާ ސިސްޓަމުންނެވެ. އަދި އެ ސިސްޓަމް މެދުވެރިކޮށް އެކައުންޓްގެ ތަފުސީލު ވެރިފަރާތަށް ފެންނަން ހުންނާނެއެވެ. މިޚިދުމަތަށް އެދޭފަރާތްތަކަށް ކަސްޓަމްސްއިން އެ ޚިދުމަތް ޤާއިމުކޮށްދެވޭނެއެވެ.

 

174 ވަނަ މާއްދާ - ޗެކުން ފައިސާ ދެއްކުން

ކަސްޓަމްސްއަށް ޗެކުން ފައިސާ ދައްކާނަމަ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ. އެކަންތައްތައް ފުރިހަމަ ކުރެވިފައި ނުހުންނަ ޗެކު ބަލައެއްނުގަނެވޭނެއެވެ.

(ހ) ފައިސާ ބަލައިގަތުމުގައި ކޭޝް ޗެކެއް ޤަބޫލެއް ނުކުރެވޭނެއެވެ. ޗެކު އެޑްރެސް ކޮށްފައި އޮންނަންވާނީ "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" ނުވަތަ "ކަސްޓަމްސް" އަށެވެ.

(ށ) ކަސްޓަމްސްއަށް ޗެކުން ފައިސާ ދައްކާނަމަ، މިގަވާއިދުގެ ޖަދުވަލު 37 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ފައިސާ ދައްކާނެ އެކައުންޓުތައް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން ކަސްޓަމްސްއިން ބަލައިގަންނަންވާނީ ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ އެކައުންޓުތަކުގެ ޗެކެވެ.

(ނ) ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ކަސްޓަމްސްގެ މެދުވެރިން ނިންމާ ޑިކްލަރޭޝަނަށް ކަސްޓަމްސްގެ މެދުވެރިއެއްގެ ޗެކު ބަލައިގަނެވިދާނެއެވެ. މިގޮތުން ބަލައިގަނެވޭ ޗެކަކާ ގުޅިގެން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމުގެ ފުރިހަމަ ޒިންމާ ކަސްޓަމްސްގެ މެދުވެރިން ނަގަންވާނެއެވެ.

(ރ) އެކަކު ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ނަމުގައި އޮންނަ ބޭންކް އެކައުންޓެއްނަމަ ޗެކުގައި ސޮއިކުރަންޖެހޭ ފަރާތްތަކުން ހަމައަށް ސޮއިކޮށް ކްރޮސް ކުރަންވާނެއެވެ.

(ބ) ޗެކުގައި ލިޔެފައިވާ އެއްވެސް ލިޔުމެއް ކަނޑާއި ނުވަތަ ފޮޅާފައިވާނަމަ، އެ ތަނެއް ސާފުކޮށް ފެންނާނެހެން އެ ކެނޑި ނުވަތަ ފޮޅި ތަނެއް އަލުން ލިޔެ އެކައުންޓުގެ ވެރިފަރާތުން ނުވަތަ ވެރިފަރާތްތަކުން ހަމައަށް ސޮއި ކުރަންވާނެއެވެ.

(ޅ) ޗެކު ވެރިފަރާތުގެ ފުރިހަމަ މަޢުލޫމާތު ޗެކުގެ އަނެއް ފަރާތުގައި ލިޔަންވާނެއެވެ. މިގޮތުން ޗެކުގެ ވެރިފަރާތުގެ ނުވަތަ ވެރިފަރާތްތަކުގެ ފުރިހަމަ ނަން، އައި.ޑީ.ކާޑު ނަންބަރު، ދާއިމީ އެޑްރެސް، ޙާޟިރުގައި އުޅޭ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔަންވާނެއެވެ.

(ކ) ކަސްޓަމްސްގެ އޮފީސްތައް ޤާއިމުކުރެވިފައިވާ ސަރަޙައްދެއްގައި ހުންނަ ބޭންކެއް ނުވަތަ ބޭންކެއްގެ ގޮފްޗެއްގައި ހުޅުވާފައިވާ އެކައުންޓެއްގެ ޗެކު ފިޔަވައި އެހެން ބޭންކްތަކުގެ ޗެކު ބަލައިގަނެވޭނީ އެ ޗެކެއްގައި ހިމެނޭ ފައިސާގެ އަދަދު ކްލިއަރ ކުރުމަށް ބޭންކަށް ނަގާ ކޮމިޝަން އެކުގައެވެ. މިކޮމިޝަނަށްވާ ފައިސާ ބަލައިގަނެވޭނީ ނަގުދު ފައިސާއިންނެވެ.

 

175 ވަނަ މާއްދާ - ބޭންކް ގެރެންޓީ ނެތި ޗެކުން ބަލައިގަނެވޭ ހާލަތްތައް

(ހ) ދައުލަތުގެ ވިޔަފާރި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ތެރެއިން ވޭތުވެދިޔަ (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ކަސްޓަމްސްއާއެކު ޗެކުން ފައިސާގެ މުޢާމަލާތް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ކަސްޓަމްސްއަށް ދައްކާފައިވާ ޗެކަށް ފައިސާ ލިބުމުގައި މައްސަލައެއް ޖެހިފައިނުވާ ފަރާތްތަކާއި ކަސްޓަމްސްއަށް އަލަށް ފައިސާ ދައްކާ ފަރާތްތަކުގެ ޗެކު ބޭންކް ގެރެންޓީ ނެތި ބަލައިގަނެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ (އެކެއް) އަހަރު ގުނަން ފަށާނީ އެ ފަރާތަކުން ކަސްޓަމްސްއަށް ޗެކުން ފައިސާ ދެއްކި ތާރީޚުން ފެށިގެންނެވެ.

(ނ) ކަސްޓަމްސްއަށް ދައްކާފައިވާ ޗެކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ހަވާލުކުރެވޭ ފަހުން އެއްވެސް ސަބަބަކާހުރެ ޗެކު އަނބުރާ އަތުވެއްޖެނަމަ، ޗެކުގެ ވެރިފަރާތަށް އެކަން ކަސްޓަމްސްއިން އަންގާތާ 24 ގަޑިއިރުގެ ތެރޭގައި އެޗެކުގައިވާ އަދަދަށް ފައިސާ ދައްކާ ފަރާތްތަކުގެ ޗެކް ބޭންކް ގެރެންޓީ ނެތި ބަލައިގަނެވޭނެއެވެ.

 

176 ވަނަ މާއްދާ - ބޭންކް ގެރެންޓީ ޖެހުން

(ހ) ދައުލަތުގެ ވިޔަފާރި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ތެރެއިން ވޭތުވެދިޔަ (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ކަސްޓަމްސްއާއެކު ޗެކުން ފައިސާގެ މުޢާމަލާތް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ކަސްޓަމްސްއަށް ދައްކާފައިވާ ޗެކަށް ފައިސާ ލިބުމުގައި މައްސަލަ ޖެހިފައިވާ ފަރާތްތަކުން ކަސްޓަމްސްއަށް ޗެކުން ދައްކާ ފައިސާ ބަލައިގަނެވޭނީ، އެ ޗެކުގައި ބޭންކް ގެރެންޓީ ޖަހާފައިވާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ (އެކެއް) އަހަރު ގުނަން ފަށާނީ އެ ފަރާތަކުން ކަސްޓަމްސްއަށް ޗެކުން ފައިސާ ދެއްކި ތާރީޚުން ފެށިގެންނެވެ.

 

177 ވަނަ މާއްދާ - މިގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޗެކަށް ފައިސާ ލިބުމުގެ މައްސަލަ ޖެހިފައިވާ ފަރާތްތަކުގެ ޗެކު ބަލައިގަތުން

މިގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުގެ ކުރިން، ކަސްޓަމްސްއަށް ޗެކުން ދައްކާފައިވާ ފައިސާ ލިބުމުގައި މައްސަލަ ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ކަސްޓަމްސްއަށް އެ ޗެކުން ފައިސާ ދެއްކި ތާރީޚުން ފެށިގެން މިގަވާއިދަށް ޢަމަލުކުރަން ފަށާ ދުވަހާ ހަމައަށް (ހަތަރެއް) 4 މަސްދުވަސް ހަމަނުވާ ފަރާތްތަކުގެ ޗެކު ބަލައިގަނެވޭނީ އެޗެކުގައި ބޭންކް ގެރެންޓީ ޖަހާފައިވާނަމައެވެ.

 

178 ވަނަ މާއްދާ - ޗެކު ބައުންސްވުން

(ހ) ކަސްޓަމްސްއަށް ދައްކާފައިވާ ޗެކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ހަވާލުކުރެވޭ ފަހުން އެއްވެސް ސަބަބަކާހުރެ ޗެކު އަނބުރާ އަތުވެއްޖެނަމަ ޗެކުގެ ވެރިފަރާތަށް އެކަން ކަސްޓަމްސްއިން އަންގާތާ 24 ގަޑިއިރުގެ ތެރޭގައި އެ ޗެކުގައިވާ އަދަދަށް ފައިސާ ދައްކައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަނބުރާ އަންނަ ޗެކަށް ފައިސާ ބަލައިގަނެވޭނީ ނަގުދު ފައިސާއިން ނުވަތަ ޑެބިޓް ކާޑުން ނުވަތަ ބޭންކް ގެރެންޓީ ޖެހި ޗެކަކުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަނބުރާ އަންނަ ޗެކަށް ފައިސާ ދައްކައި ނުނިމެނިސް އެ ފަރާތުން ކަސްޓަމްސްއިން ހޯދާ އެހެން އެއްވެސް ޚިދުމަތަކަށް ފައިސާ ބަލައެއް ނުގަނެވޭނެއެވެ.

(ރ) ކަސްޓަމްސްއަށް ދައްކާފައިވާ ޗެކެއް އެކައުންޓުގައި ފައިސާ ނެތިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަނބުރާ އަންނަ ހާލަތްތަކުގައި، އެ ޗެކް އަނބުރާ އައީ ޗެކުގެ ވެރިފަރާތުގެ އިހުމާލުން ނޫންކަން އެ ފަރާތުން ސާބިތުކޮށްދީފިނަމަ، އެފަރާތުގެ ޗެކް ބޭންކް ގެރެންޓީ ނެތި ބަލައިގަނެވޭނެއެވެ.

 

179 ވަނަ މާއްދާ - ފައިސާ ދެއްކުމަށް އެންގުން

(ހ) އެއްވެސް ސަބަބަކާހުރެ ކަސްޓަމްސްއަށް ދައްކާފައިވާ ޗެކެއް އަނބުރާ އަތުވެއްޖެނަމަ، މި ގަވާއިދުގެ 174 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަށް އެޑްރެސްކޮށް ރަޖިސްޓަރީ ޕޯސްޓުން ސިޓީ ފޮނުވުމުން ބެލެވޭނީ އެ ސިޓީ އެފަރާތަށް ރައްދުވިކަމަށެވެ.

(ށ) ކަސްޓަމްސްއަށް ދައްކާފައިވާ ޗެކެއް އެއްވެސް ސަބަބަކާހުރެ އަނބުރާ އަތުވެއްޖެނަމަ މި ގަވާއިދުގެ 19 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 

180 ވަނަ މާއްދާ - ފައިސާގެ ރަސީދު

ކަސްޓަމްސްއަށް ފައިސާއެއް ބަލައިގަނެފިނަމަ އެ ފައިސާއެއް ބަލައިގަތްކަމުގެ ރަސީދެއް ފައިސާދެއްކި ފަރާތަށް ދޫކުރަންވާނެއެވެ. ފައިސާގެ ރަސީދުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަ ކުރަންވާނެއެވެ.

 

181 ވަނަ މާއްދާ - ފައިސާ ދައްކަންވީ ތަން

އެހެން ގޮތަކަށް ހަމަޖެހިފައިނުވާނަމަ ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީއާއި އެހެނިހެން ފައިސާ ދައްކަންވާނީ އެ މުޢާމަލާތެއް ހިންގުނު ކަސްޓަމްސްގެ އޮފީހަކަށެވެ.

 

182 ވަނަ މާއްދާ - ބިލް ހެދުން

(ހ) ކަސްޓަމްސްއަށް އަގުލިބޭގޮތަށް ކުރާކަމަކަށް ވަގުތުން ފައިސާ ނުނަގާ، ފަހުން ފައިސާ އަދާކުރާގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބިލް ހަދައިދެވޭނެއެވެ.

(ށ) ދައުލަތުގެ ވިޔަފާރި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި އެކިއެކި އަމިއްލަ ފަރާތްތަކަށް ހަދާ ބިލުގައިވާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކައިފިނަމަ، އެ ބިލަކަށް ފައިސާ ބަލައިގަނެވޭނީ މުއްދަތު ހަމަވެގެން ހިނގާ ކޮންމެ ދުވަހަކަށް ބިލުގައިވާ ޖުމްލަ އަދަދުގެ 0.5% (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) ގެ ޖޫރިމަނާއާއެކުގައެވެ.

(ނ) ބިލެއްގައިވާ ފައިސާ ނުވަތަ ފައިސާއިން ބައެއް މާފުކޮށްދިނުން ނުވަތަ ދައްކަން ނުޖެހޭގޮތަށް ހަމަޖެހިއްޖެނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ނަގާނީ އެ އުނިވި އަދަދު ކެނޑުމަށްފަހު ބާކީ ދައްކަންޖެހޭ އަދަދުން ދުވަހަކަށް 0.5% (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) ގެ ޖޫރިމަނާއާ އެކުގައެވެ. ފައިސާ ދައްކަންޖެހޭ ފަރާތާއި ކަސްޓަމްސްއާ ދެމެދު ޚިލާފެއް އުފެދިގެން އެކަމެއް ޙައްލުކުރުމަށް ހިނގާ މުއްދަތު ޖޫރިމަނާގެ ތެރެއަކު ނުހިމެނޭނެއެވެ.

 

183 ވަނަ މާއްދާ - ލިބެންޖެހޭ ފައިސާއެއް ނުނަގާގޮތަށް ހަމަޖެއްސުން

ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާއެއް ނުނަގާގޮތަށް ހަމަޖެއްސޭނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

 

184 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާއެއް ކަސްޓަމްސްއިން ކަނޑައަޅާ މުއްދަތެއްގައި ނުދައްކައި ހުންނަ މައްސަލަތަކުގައި އެފަރާތަކަށް ޚިދުމަތްދިނުން ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއިން ދެމުންގެންދާ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލުމަށްފަހު އެފަރާތަކަށް އަލުން ޚިދުމަތް ދެވޭނީ އެ ޚިދުމަތް މެދުކަނޑާލެވުނު ތާރީޚުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ފަހުންނެވެ.

(ނ) ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާއެއް ހޯދުމަށް އަޅާ ފިޔަވަޅުތަކުގެ ރިކޯޑު ކަސްޓަމްސްއިން ބަލަހައްޓަންވާނެއެވެ.

 

 

ދެވަނަ ބާބު

ކަސްޓަމްސްއަށް ދައްކާފައިވާ ފައިސާ ރިފަންޑުކުރުން

 

185 ވަނަ މާއްދާ - ރިފަންޑްކުރުން

(ހ) ކަސްޓަމްސްއަށް ދައްކާފައިވާ ފައިސާ، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފައިސާދެއްކި ފަރާތަކަށް ކަސްޓަމްސްއިން ރިފަންޑް ކޮށްދޭންވާނެއެވެ.

  1. މުދާ ބަލައި ފާސްކުރުމުގައި ޑިކްލަރޭޝަނަށްވުރެ މުދާ މަދުވުން؛
  2. ޑިކްލަރޭޝަނަށް ގެނެވޭ އިޞްލާޙެއްގެ ސަބަބުން ޑިއުޓީއަށް ދައްކާފައިވާ ފައިސާ އަނބުރާ ދޭންޖެހުން؛
  3. މުދަލުގެ އަގު އިޞްލާޙު ކުރުމުގެ ސަބަބުން ޑިއުޓީއަށް ދައްކާފައިވާ ފައިސާ އަނބުރާ ދޭންޖެހުން؛
  4. ގެއްލުން ލިބުމުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން ކްލިއަރ ނުކުރެވި، ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތާލުން؛
  5. ކަސްޓަމްސްއިން ކުރާ އޯޑިޓަކުން ފާހަގަކުރެވިގެން ފައިސާ އަނބުރާ ދޭންޖެހުން؛
  6. ކަސްޓަމްސްއަށް ދައްކާފައިވާ ފައިސާއެއް ރިފަންޑުކުރުމަށް ކޯޓަކުން ނިންމުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ރިފަންޑް ފައިސާ ހޯދުމަށް އެދި އެ ފައިސާ ދެއްކި ފަރާތުން ކަސްޓަމްސްއަށް ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

186 ވަނަ މާއްދާ - އަނބުރާ ފޮނުވާލާ މުދަލުގެ ރިފަންޑް ދޫކުރުން

ކަސްޓަމްސްއަށް އިމްޕޯޓް ޑިއުޓީ ދައްކާފައިވާ މުދަލެއް ހަލާކުވެގެން ނުވަތަ އެނޫން ގޮތަކަށްނަމަވެސް، އަނބުރާ ރާއްޖެއިން ފޮނުވާލާނަމަ، އެ މުދަލުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ މުދަލަށް ދައްކާފައިވާ ފައިސާ ރިފަންޑް ކުރެވޭނެއެވެ.

(ހ) ރާއްޖެއަށް އިމްޕޯޓްކުރިތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ރާއްޖެއިން ފޮނުވާލި މުދަލަކަށްވުން؛

(ށ) ދައްކާފައިވާ ފައިސާއަކީ އެއްވެސް އޮޅުމެއްނެތި ދެނެގަނެވޭނެ ގޮތަށްހުރި މުދަލަކަށްވުން.

(ނ) މުދަލަކީ މުދާ ފޮނުވި ފަރާތަށް އަނބުރާ ފޮނުވާލި މުދަލަކަށްވުން.

 

187 ވަނަ މާއްދާ - ރިފަންޑް ދޭންޖެހޭކަމަށް ފައިސާ ދެއްކި ފަރާތަށް ގަބޫލުކުރެވުން

މި ގަވާއިދުގެ 185 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ކަސްޓަމްސްއަށް ދައްކާފައިވާ ފައިސާއެއް ރިފަންޑް ކުރަންޖެހޭކަމަށް، އެ ފައިސާ ކަސްޓަމްސްއަށް ދެއްކި ފަރާތަށް ގަބޫލުކުރެވޭނަމަ، އެ ފައިސާއެއް ކަސްޓަމްސްއަށް ދެއްކި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ފައިސާއެއް ހޯދުމަށް އެ ފަރާތަކުން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) ޑިއުޓީ ދައްކާފައިވާ މުދަލެއްގެ ޑިއުޓީ މާފުވެއްޖެނަމަ، އެ ފައިސާއެއް ހޯދުމަށް އެ ފަރާތަކުން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ މައްސަލަ ބެލުމަށްފަހު އެފަރާތަކަށް އެއްވެސް ފައިސާއެއް ރިފަންޑް ކޮށްދޭންޖެހޭނަމަ، އެ މައްސަލަ ކަސްޓަމްސްއަށް ހުށަހެޅި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން އެފަރާތަކަށް އެ ފައިސާ ދޭންވާނެއެވެ.

 

188 ވަނަ މާއްދާ - ރިފަންޑް ފައިސާ ދޫކުރުން

(ހ) ކަސްޓަމްސްއިން އެކި ފަރާތްތަކަށް ދޭންޖެހޭ ރިފަންޑް ފައިސާ އެ މައްސަލައެއް ފާހަގަކުރެވޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ފައިސާ ކަސްޓަމްސްއިން އެފަރާތަކަށް ދޭންވާނެއެވެ.

(ށ) ކަސްޓަމްސްގައި ޕްރިޕޭމަންޓް އެކައުންޓް ހުޅުވާފައިވާ ފަރާތްތަކުން ކަސްޓަމްސްއަށް ދައްކާފައިވާ ފައިސާއެއްގެ ރިފަންޑް ކޮށްދޭންޖެހޭނަމަ، އެ ފައިސާ އެފަރާތުގެ ޕްރިޕޭމަންޓް އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ.

(ނ) ކަސްޓަމްސްއިން އެކި ފަރާތްތަކަށް ދޭންޖެހޭ ރިފަންޑް ފައިސާ ދޫކުރާނީ ދިވެހި ފައިސާއިންނެވެ.

 

189 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

ކަސްޓަމްސްއިން އެކި ފަރާތްތަކަށް ދެވޭ ރިފަންޑް ފައިސާގެ ރިކޯޑު ކަސްޓަމްސްއިން ބަލަހައްޓަންވާނެއެވެ.

 

190 ވަނަ މާއްދާ - ޒިންމާއަށް ބަދަލުނައުން

ކަސްޓަމްސްއިން ވަކި ފަރާތަކަށް އަނބުރާ ދޭންޖެހޭ ރިފަންޑް ފައިސާއެއް އޮތްކަމުގައިވިނަމަވެސް އެހެން މުޢާމަލާތެއްގައި އެ ފަރާތަކުން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީ ނުވަތަ އެނޫންވެސް ފައިސާއެއް ދެއްކުމަށް އެފަރާތަށް އޮތް ޒިންމާއަކަށް ބަދަލެއް ނާންނާނެއެވެ.

 

 

ތިންވަނަ ބާބު

ކަސްޓަމްސްއިން ދޭ ޚިދުމަތްތަކަށާއި ދޫކުރާ ތަކެއްޗަށް ފީ ނެގުން

 

191 ވަނަ މާއްދާ - ޚިދުމަތުގެ ފީ ނެގުން

ކަސްޓަމްސްއިން ދޭ ޚިދުމަތްތަކަށާއި އެކިއެކި ބޭނުންތަކަށް ކަސްޓަމްސްއިން ދޫކުރާ ތަކެއްޗަށް ފީ ނަގާނެ ގޮތުގެ ތަފުސީލު މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކުރެވިފައިވާނެއެވެ.

 

 

އަށްވަނަބައި

ޕޯސްޓް ކްލިއަރެންސް އޯޑިޓް

 

192 ވަނަ މާއްދާާ - ޕޯސްޓް ކްލިއަރެންސް އޯޑިޓް

ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލާ ގުޅިގެން ކަސްޓަމްސްއިން ފުރިހަމަކުރަމުންދާ މުޢާމަލާތްތައް ފުރިހަމަކުރަމުންދާ ވަގުތުގައި، ނުވަތަ މުޢާމަލާތްތައް ފުރިހަމަވުމަށްފަހުގައި ނަމަވެސް އެ މުދަލަކާގުޅޭ ލިޔުންތައް ކަސްޓަމްސްއަށް އޯޑިޓްކުރެވިދާނެއެވެ.

 

193 ވަނަ މާއްދާ - އޯޑިޓްކުރާނެ ފަރާތް

ޕޯސްޓް ކްލިއަރެންސް އޯޑިޓް ކުރުމުގެ މަސައްކަތް ކުރާނީ އެކަމަށްޓަކައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ސެކްޝަނަކުންނެވެ.

 

194 ވަނަ މާއްދާ - ލިޔުން ބެލެހެއްޓުން

(ހ) ޕޯސްޓް ކްލިއަރެންސް އޯޑިޓުގެ ބޭނުމަށްޓަކައި ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުންނާއި ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއިން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ބެލޭނެގޮތަށް ތަރުތީބުން ފައިލްކޮށް ބަލަހައްޓަންވާނެއެވެ.

  1. ގުޑްސް ޑިކްލަރޭޝަން؛
  2. ކޮމާޝަލް އިންވޮއިސް؛
  3. ޕާކިންގ ލިސްޓް؛
  4. ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް؛
  5. މުދަލަށް ހަދާފައިވާ ޕްރޯފޯމާ އިންވޮއިސް؛
  6. އޯޑަރ ކޮންފަރމޭޝަން އާއި އޯޑަރކުރިގޮތުގެ ލިޔުންތައް ނުވަތަ މުދާ ގަތުމަށް ދޭ އޯޑަރުތަކާއި މުދާ ގަތުމަށް ނުވަތަ ވިއްކުމަށް އެއްބަސްވެފައިވާ ލިޔުންތައް؛
  7. ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލުގެ ސޯލް ޑިސްޓްރިބިއުޓަރ ނުވަތަ ސޯލް އޭޖެންޓް ނުވަތަ ސޯލް ކޮންސެޝަނަރ ނުވަތަ އެކްސްކްލޫސިވް ޑިލަރ ކަމަށް ކަނޑައަޅާފައިވާނަމަ، އެކަމާ ގުޅޭ އެއްބަސްވުންތަކާއި އެކަމާގުޅޭ އެހެނިހެން ލިޔުންތައް؛
  8. މުދަލަށް ފައިސާ ދެއްކުމަށް ބޭންކެއް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނެއް މެދުވެރިކޮށް ކުރެވިފައިވާ މުޢާމަލާތަކާގުޅޭ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް:
    (ހ) ލެޓަރ އޮފް ކްރެޑިޓް (އެލް.ސީ) ނުވަތަ ޑޮކިއުމެންޓްރީ ކްރެޑިޓް (ޑީ.ސީ)؛
    (ށ) ޑިމާންޑް ޑްރާފްޓް؛
    (ނ) ޓެލެގްރެފިކް ޓްރާންސްފަރ (ޓީ.ޓީ)؛
    (ރ) އެކްސްޕޯޓް ލެޓަރ އޮފް ކްރެޑިޓް (އެކްސްޕޯޓްކުރާ މުދަލަށް)؛
    (ބ) ފައިސާގެ ރަސީދު (ނަގުދު ފައިސާއިން ނުވަތަ ޗެކުން ދައްކާނަމަ)؛
    (ޅ) އޮންލައިން މެދުވެރިކޮށް ކުރެވޭ ފައިސާގެ މުޢާމަލާތުތަކުގެ ރިކޯޑު؛
  9. ޕޯސްޓް ކްލިއަރެންސް އޯޑިޓް ކުރެވޭ މައްސަލައާގުޅޭ ބޭންކް އެކައުންޓްތަކުގެ ރިކޯޑުތައް؛
  10. މުދާ އިންޝުއަރ ކޮށްފައިވާނަމަ އިންޝުއަރެންސް ކުންފުނި މެދުވެރިކޮށް ކުރެވިފައިވާ މުޢާމަލާތަކާގުޅޭ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް:
    (ހ) އިންޝުއަރެންސް ޕޮލިސީ؛
    (ށ) އިންޝުއަރެންސް ޕްރިމިއަމް އަންގައިދޭ ލިޔުން؛
    (ނ) އިންޝުއަރެންސް ފައިސާ ދެއްކި ލިޔުން ނުވަތަ ފައިސާގެ ރަސީދު؛
    (ރ) އިންޝުއަރެންސް ކުރުމަށް އެދި ހުށަހަޅާ ފޯމު؛
    (ބ) މުދާ ނުވަތަ ތަކެތި ސަރވޭ ކުރާނަމަ، ސަރވޭކުރި ލިޔުން.
  11. އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމުގެ ހުއްދަ؛
  12. ރާއްޖެއިން މުދާ އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ބަދަލުކުރެވިފައިވާ ލިޔުންތައް؛
  13. މުދާ އުފުލައިދޭ ފަރާތްތަކާއި އުޅަނދުފަހަރުގެ އޭޖެންޓުންނާއި، ކަސްޓަމްސްގެ މެދުވެރިންނާއި އެ މުޢާމަލާތަކާ ގުޅޭ އެހެންވެސް ފަރާތްތަކާމެދު މުޢާމަލާތު ކުރެވިފައިވާ ލިޔުންތައް.
  14. ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދާ ވިއްކުމަށާއި ގަތުމަށް ވެވިފައިވާ އެއްބަސްވުންތައް.
  15. ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ގަތުމަށް ވެވިފައިވާ އެއްބަސްވުންތައް.
  16. ރާއްޖެއިން އެކްސްޕޯޓް ކުރެވޭ މުދަލަށް ބޭރުޤައުމުތަކުން ޚާއްޞަ ޢިނާޔަތް ހޯދުމަށް ބޭނުންވާ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް:
    (ހ) ޖެނެރަލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސަސް (ޖީ.އެސް.ޕީ) ސެޓްފިކެޓް؛
    (ށ) ސާރކް ޕްރިފަރެންޝަލް ޓްރޭޑިންގ އެގްރިމެންޓް (ސަޕްޓާ) ސެޓްފިކެޓް؛
    (ނ) ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިއާ (ސަފްޓާ) ސެޓްފިކެޓް؛
    (ރ) ދި ސްޕެޝަލް ޕްރިފަރެންޝަލް ޓެރިފް ޕްރޮގްރާމް ގްރާންޓެޑް ބައި ޗައިނާ (ޗައިނާ އެސް.ޕީ.ޓީ) ސެޓްފިކެޓް.
    (ބ) ސެޓްފިކެޓް އޮފް އޮރިޖިން އެންޑް ކޮންސައިންމެންޓް ފޮރ އެކްސްޕޯޓް (ސީ.އޯ.ސީ)
    (ޅ) އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ކޮންޒަވޭޝަން އޮފް އެޓްލާންޓިކް ޓޫނާސް (އައި.ސީ.ސީ.އޭ.ޓީ) ޑޮކިއުމެންޓް
    (ކ) ޑިއުޓީ ފްރީ ޓްރިޕް ޕްރިފަރެންސް (ޑީ.އެފް.ޓީ.ޕީ)
    (އ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ދޫކުރާ ހެލްތު ސެޓްފިކެޓް
    (ވ) މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ދޫކުރާ ކެޗް ސެޓްފިކެޓް
  17. އެކްސްޕޯޓް ކުރެވޭ މުދަލާއި އެ މުދަލުގެ ލިޔުންތަކާ ދިމާވޭތޯ ޗެކްކުރުމަށް ބޭނުންވާ ލިޔުންތައް؛
  18. އަނބުރާ ގެންނަގޮތަށް ރާއްޖެއިން ބޭރަށް ފޮނުވާ މުދަލުގެ އައިޑެންޓިފިކޭޝަން އަންގައިދޭ ލިޔުންތައް؛
  19. ޑިއުޓީ ފްރީ ޝޮޕްތަކުގެ އިންވެންޓްރީއާއި ޑިއުޓީފްރީ ޝޮޕްތަކަށް މުދާ ވެއްދުމާއި މުދާ ވިއްކުމާއި ހަލާކުވާ މުދަލާ ގުޅޭ ލިޔުންތައް؛
  20. ކަސްޓަމްސްގެ ވެއަރހައުސްތަކާއި ބޮންޑެޑް ވެއަރހައުސްގެ އިންވެންޓްރީއާއި އެފަދަ ތަންތަނަށް މުދާ ވެއްދުމާއި މުދާ ވިއްކުމާއި ހަލާކުވާ މުދަލާ ގުޅޭ ލިޔުންތައް؛
  21. ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއަށް ހުށަހަޅާފައިވާ އެންމެހައި ލިޔުމާއި ކަސްޓަމްސްއާއި އެފަރާތް ދެމެދު ބަދަލުކުރެވިފައިވާ އެންމެހައި ލިޔުންތައް؛

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި އިލެކްޓްރޯނިކް ފޯމެޓްގައި ރައްކާކުރެވިފައި ހުންނަ ލިޔުންތަކާއި އެކައުންޓިންގ ބުކްސް ހިމެނޭނެއެވެ.

(ނ) ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުންނާއި ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުން މި ގަވާއިދުގެ 106 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލިޔުންތައް ބަލަހައްޓަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ލިޔުމަކަށް ގެއްލުންދީ ނުވަތަ އެއްވެސް އުނިއިތުރެއް ގެނެސްގެން ނުވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔުމެއް ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުންނާއި ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުން ކަނޑައަޅާ އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރުމަކީ، މުދަލުގެ ވެރިފަރާތުން އަދާކުރަންޖެހޭ ޒިންމާއިން އެފަރާތް ބަރީއަވެވޭނެ ކަމެއްނޫނެވެ.

(ބ) މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ލިޔުންތައް ރައްކާކުރަން ބޭނުންކުރާ ސޮފްޓްވެއަރއެއް ނުވަތަ ހާރޑްވެއަރ އެއް ބަދަލުވިކަމުގައި ވީނަމަވެސް އެލިޔުންތަކަށް އެއްވެސް ގެއްލުމެއް އަދި އުނިއިތުރެއް ނުގެނެސް ކަސްޓަމްސްއިން އެދިއްޖެނަމަ، ދެއްކޭނެ ގޮތަށް ބެލެހެއްޓުމަކީ މުދަލުގެ ވެރިފަރާތުގެ ޒިންމާއެކެވެ.

 

195 ވަނަ މާއްދާ - އިލެކްޓްރޯނިކް ފޯމެޓުގައި ލިޔުންތައް ބެހެއްޓުން

ލިޔުންތައް އިލެކްޓްރޯނިކް ފޯމެޓެއްގައި ބެހެއްޓޭނީ ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާނަމައެވެ.

(ހ) ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެލިޔުންތައް ކަރުދާހަށް ޕްރިންޓްކުރެވެން ހުރުން؛
(ށ) ހޯދަން ބޭނުންވާ ލިޔުންތައް ފަސޭހައިން ހޯދައި ބެލޭނެ ގޮތަށް ހުރުން؛

(ނ) ލިޔުންތައް އިލެކްޓްރޯނިކް ފޯމަކުން އިލެކްޓްރޯނިކް ނޫން ފޯމަކަށް ބަދަލުކުރާއިރު ބަދަލުކުރެވޭ ލިޔުންތަކުގެ އަސްލަށް ބަދަލުނާންނަގޮތަށް ހުރުން؛

(ރ) ލިޔުންތައް ބަލަހައްޓަންޖެހޭ ފަރާތުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އެލިޔުންތަކަށް އެކްސެސް ނުކުރެވުން އަދި ބަދަލެއް ނުގެނެވުން.

 

196 ވަނަ މާއްދާ - މުދަލުގެ ވެރިފަރާތުން ލިޔުންތައް ބަލަހައްޓަން ޖެހޭ މުއްދަތު

(ހ) ރާއްޖެއަށް މުދާ އިމްޕޯޓްކުރާ އަދި ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ކޮންމެ ފަރާތަކުންވެސް އެ ފަރާތަކުން އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ މުދަލާބެހޭ ގޮތުން މި ގަވާއިދުގެ 194 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތައް އެ މުދަލެއް އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ ތާރީޚަކުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.

(ށ) ރާއްޖެއަށް އިމްޕޯޓްކުރާ ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލާ ބެހޭގޮތުން ތަޙުޤީޤެއް ހިނގަމުންދާނަމަ ނުވަތަ މައްސަލައެއް އުފުލިފައިވާނަމަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު 1 (އެކެއް) އަހަރަށްވުރެ އިތުރުވިނަމަވެސް އެކަމެއް މުޅިން ނިމެންދެން އެ މުދަލަކާބެހޭ ލިޔުންތައް ބަހައްޓަންވާނެއެވެ.

 

197 ވަނަ މާއްދާ - ޕޯސްޓް ކްލިއަރެންސް އޯޑިޓް ކުރުމަށް ކަސްޓަމްސްއިް އަންގަން ޖެހޭ މުއްދަތު

ޕޯސްޓް ކްލިއަރެންސް އޯޑިޓް ކުރުމުގައި، ރާއްޖެއަށް މުދާ އިމްޕޯޓްކުރި ފަރާތް ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރި ފަރާތުން ލިޔުން ބަހައްޓާފައިހުރި ތަނަކަށްގޮސް އޯޑިޓްކުރާނަމަ، އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރިތާ ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރިތާ ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ މުދާ ރާއްޖެއަށް އިމްޕޯޓްކުރި ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ.

 

198 ވަނަ މާއްދާ - ލިޔުންތައް ހާމަކުރުން

މި ގަވާއިދުގެ 194 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ލިޔުމެއް ނުވަތަ ލިޔުންތަކެއް ކަސްޓަމްސްއިން ބަލަން ބޭނުންވެއްޖެ ހިނދެއްގައި އެއްވެސް ޝަރުޠަކާނުލައި ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުންނާއި ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުން އެލިޔުމެއް ނުވަތަ ލިޔުންތައް ކަސްޓަމްސްއަށް ހާމަކުރަންވާނެއެވެ. އަދި، އެލިޔުންތައް ނުދެއްކުމަށް ބާރު ފޯރުވައި ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެއެވެ.

 

199 ވަނަ މާއްދާ - ލިޔުން ބެލުމާއި ސުވާލުކުރުން

(ހ) ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ ދަށުން، މި ގަވާއިދުގެ 194 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތައް ބެހެއްޓިފައިވާ ތަނަކަށް ގޮސް އެލިޔުންތައް ކަސްޓަމްސްއަށް ބެލޭނެއެވެ.

(ށ) މުދަލާބެހޭ ލިޔުންތައް ބަލަންބޭނުންވެއްޖެ ހާލަތެއްގައި ލިޔުންތައް ބެހެއްޓިފައިވާ ތަނަށް ޒިޔާރަތްކުރުމުގެ މަދުވެގެން 48 (ސާޅީސް އަށް) ގަޑިއިރުގެ ކުރިން، ލިޔުމަކުން އެކަން މުދަލުގެ ވެރިފަރާތަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލިޔުންތައް ބެހެއްޓިފައިވާ ތަނަކަށް ގޮސް އެލިޔުންތައް ބަލަންވާނީ މުދަލުގެ ވެރިފަރާތުގެ ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައެވެ.

(ރ) މި މާއްދާގެ ދަށުން އޯޑިޓު ކުރުމަށްޓަކައި، ކަސްޓަމްސްއިން ދާންވާނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނުވަތަ އޭނާ ކަނޑައަޅާ މީހަކު ސޮއިކޮށްފައިވާ އޯޑިޓްކުރުމަށްޓަކައި ލިޔުން ބެލުމުގެ އަމުރަކާ އެކުގައެވެ.

(ބ) އޯޑިޓްކުރުމަށްޓަކައި ލިޔުންތައް ބަލަން ފެށުމުގެކުރިން އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެތަނަކާ ހަވާލުވެ ހުންނަމީހަކަށް ކަސްޓަމްސްއިން ދޫކޮށްފައިވާ ލިޔުން ބެލުމުގެ އަމުރުގެ ކޮޕީއެއް ދޭންވާނެއެވެ.

(ޅ) ޕޯސްޓް ކްލިއަރެންސް އޯޑިޓްގެ މަސައްކަތްކުރުމަށް މުދަލުގެ ވެރިފަރާތުގެ ތަކެއްޗާއި ތަންތަނަށް ރައްކާތެރިވެ އެ ތަކެއްޗަށް ގެއްލުން ނުލިބޭނެ ގޮތަށް މަސައްކަތް ކުރަންވާނެއެވެ.

(ކ) ޕޯސްޓް ކްލިއަރެންސް (އޯޑިޓްކުރުމަށް މުދަލާބެހޭ ލިޔުންތައް ބެލުމަށް ފަހު ވެރިފަރާތް މެދުވެރިކޮށް އިތުރަށް ސާފުކުރަންޖެހޭ މަޢުލޫމާތު އޮޅުންފިލުވުމަށްޓަކައި، މުދަލުގެ ވެރިފަރާތް ކަސްޓަމްސްއަށް ހާޒިރުކުރެވިދާނެއެވެ. އަދި ލިޔުންތައް ބެހެއްޓިފައިވާ ތަނުގައި ނުވަތަ އޮފީހުގައި އޯޑިޓް ކުރަމުންދާ ވަގުތުގައިވެސް މުދަލުގެ ވެރިފަރާތް ސުވާލުކުރެވިދާނެއެވެ.

(އ) ޕޯސްޓް ކްލިއަރެންސް އޯޑިޓް ކުރުމުގައި ކަސްޓަމްސްއަށް ބޭނުންވާ އެހީތެރިކަމާއި، އެއްބާރުލުން އަދި ލިޔުންތަކާ ގުޅޭގޮތުން، ކަސްޓަމްސްއިން ކުރާ ސުވާލުތަކަށް ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުންނާއި ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުންނާއި އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭ މުޢާމަލާތްތައް ކުރާ އެންމެހައި ފަރާތްތަކުން ފުރިހަމައަށް ޖަވާބުދާރީ ވާންވާނެއެވެ.

 

200 ވަނަ މާޢްދާ - އޯޑިޓްކުރުމުގައި ލިޔުންތަކުގައި މައްސަލަ ހުރިކަން ފާހަގަކުރެވުން

(ހ) އޯޑިޓް ކުރުމުގައި ލިޔުންތަކުގައި މައްސަލަ ހުރި ކަމަށް ކަސްޓަމްސްއަށް ފާހަގަ ކުރެވިއްޖެނަމަ، އެލިޔުންތަކުގެ އޮރިޖިނަލް އަތުލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮރިޖިނަލް ލިޔުން އަތުލުމަށްފަހު، ކަސްޓަމްސްއިން އެންޑޯޒްކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ކޮޕީއެއް މުދަލުގެ ވެރިފަރާތަށް ދޭންވާނެއެވެ. އަދި ލިޔުން ހިފެހެއްޓޭ ބޭނުން ފުރިހަމަވުމުން، ނުވަތަ މައްސަލަ ނިމުމުން އޮރިޖިނަލް ލިޔުން މުދަލުގެ ވެރިފަރާތަށް ދޭންވާނެއެވެ.

(ނ) ލިޔުންތައް އޯޑިޓް ކުރުމަށްފަހު އެއްވެސް ލިޔުމެއް ހިފެހެއްޓިއްޖެނަމަ އެ ހިފެހެއްޓުނު ލިޔުމުގެ ތަފުސީލު އެނގޭނެ ލިޔުމެއް މުދަލުގެ ވެރިފަރާތަށް ކަސްޓަމްސްއިން ދޭންވާނެއެވެ.

 

201 ވަނަ މާޢްދާ - އޯޑިޓްކުރުމުގައި އުނިއިތުރު ފާހަގަކުރެވުން

(ހ) ކަސްޓަމްސްއިން ކުރާ އޯޑިޓަކުން ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތެއް ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތެއް ކަސްޓަމްސްއަށް ދައްކާފައިވާ ފައިސާއަކާ ގުޅިގެން އުނިއިތުރުގެ މައްސަލައެއް ފާހަގަވެ، އެ ފަރާތަކުން ކަސްޓަމްސްއަށް އިތުރަށް ފައިސާއެއް ދައްކަންޖެހޭނަމަ، އެ މައްސަލައެއް ފާހަގަކުރެވުނު ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުދަލުގެ ވެރިފަރާތަށް ކަސްޓަމްސްއިން އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދަލުގެ ވެރިފަރާތުން ކަސްޓަމްސްއަށް ފައިސާއެއް ދައްކަންޖެހޭކަން ފާހަގަވެގެން އެކަން ކަސްޓަމްސްއިން މުދަލުގެ ވެރިފަރާތަށް އަންގާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުދަލުގެ ވެރިފަރާތުން ކަސްޓަމްސްއަށް އެ ފައިސާއެއް ދައްކައި ނިންމަންވާނެއެވެ.

(ނ) ކަސްޓަމްސްއިން ކުރާ އޯޑިޓަކުން ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތެއް ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރާ ފަރާތެއް ކަސްޓަމްސްއަށް ދައްކާފައިވާ ފައިސާއަކާ ގުޅިގެން އުނިއިތުރުގެ މައްސަލައެއް ފާހަގަވެ، މުދަލުގެ ވެރިފަރާތަށް ފައިސާއެއް ރިފަންޑުކުރަންޖެހޭނަމަ މި ގަވާއިދުގެ 7 ވަނަ ބައިގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފައިސާ ރިފަންޑުކުރެވޭނެއެވެ.

 

202 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) ޕޯސްޓް ކްލިއަރެންސް އޯޑިޓްކުރުމުގައި ކަސްޓަމްސްއިން ބަލާ ލިޔުންތަކާއި ކަސްޓަމްސްގެ ބޭނުމަށް ނަގާ ލިޔުންތަކުގެ މަޢުލޫމާތު ކަސްޓަމްސްއިން އެހެންފަރާތަކަށް ދީގެން ނުވަތަ ހާމަކޮށްގެން ނުވާނެއެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތެއް ކަސްޓަމްސްގެ މުވައްޒަފަކު ހާމަކުރުމަކުން މި މާއްދާގެ (ހ) އާއި ޚިލާފުވި ކަމަކަށް ނުބެލެވޭނެއެވެ.

  1. ޢާންމުކޮށް ލިބެންހުންނަ މަޢުލޫމާތު؛
  2. އެ މަޢުލޫމާތެއް ހާމަކުރުމުގެ ހުއްދަ އޭގެ ވެރިފަރާތުން ލިޔުމުން ދީފައިވާ މަޢުލޫމާތު؛
  3. ޤާނޫނާއި ގަވާއިދާ ޚިލާފުވެގެން އެ މައްސަލައަކާ ގުޅޭގޮތުން ހާމަކުރެވޭ މަޢުލޫމާތު؛
  4. ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލައެއް ތަޙުޤީޤު ކުރުމުގައި ކަމާބެހޭ ދާއިރާތަކުގެ މެދުގައި ބަދަލުކުރެވޭ މަޢުލޫމާތު؛
  5. މައްސަލައަކާ ގުޅިގެން ހިންގޭ މަދަނީ ޝަރީޢަތެއްގައި ހާމަކުރެވޭ މަޢުލޫމާތު؛
  6. ދިވެހި ސަރުކާރާއި، އެހެން ޤައުމަކާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށެއް ހުއްޓުވުމަށް ނުވަތަ އެ ފަދަ ކުށެއްގެ ތަޙްޤީޤަށްޓަކައި ހާމަކުރެވޭ މަޢުލޫމާތު؛
  7. މަޢުލޫމާތު ނިސްބަތްވާ ފަރާތް ނޭނގޭގޮތަށް ސަރުކާރުގެ ތަފާސްހިސާބުތަކުގައި ހިމެނުމަށް ހާމަކުރާ މަޢުލޫމާތު.

 

203 ވަނަ މާއްދާމައްސަލަ ހުށަހެޅުން

ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅޭގޮތުން މުދަލުގެ ވެރިފަރާތުން ހިތްހަމަނުޖެހޭ މައްސަލައެއްވާނަމަ، އެ މައްސަލަ މިނިސްޓަރަށް ހުށަހެޅުމުގެ ޙައްޤު އެފަރާތަކަށް ލިބިގެންވެއެވެ.

 

204 ވަނަ މާޢްދާ - ގާނޫނާއި ގަވާއިދާ ހިލާފު މައްސަލައެއް ފާހަގަ ކުރެވުން

(ހ) ޕޯސްޓް ކްލިއަރެންސް އޯޑިޓް ކުރުމުގައި ޤާނޫނާއި ގަވާއިދާ ޚިލާފު ކަމެއް ފާހަގަ ކުރެވިއްޖެނަމަ، ނުވަތަ އެފަދަ ކަމެއް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެ މައްސަލައެއް ތަޙުޤީޤުކުރުމަށްޓަކައި ކަސްޓަމްސްގެ ކަމާބެހޭ ސެކްޝަނަށް ހުށަހަޅަންވާނެއެވެ.

(ށ) ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުންނާއި ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުންނާއި އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭ މުޢާމަލާތްތައް ކުރާ ފަރާތްތަކުން މި ގަވާއިދުގެ 194 ވަނަ މާއްދާގެ ދަށުން ބަލަހައްޓަންޖެހޭ ލިޔުންތަކުގެ އިތުރަށް މުދަލާ ގުޅޭ އެހެން ލިޔުމެއް ހުށަހެޅުމަށް ކަސްޓަމްސްއިން އަންގާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ލިޔުމެއް ހުށަނާޅައިފިނަމަ، ނުވަތަ ހުށަހެޅުމާމެދު އިޢުތިރާޟު ކުރާނަމަ އެ މައްސަލައެއް ތަޙްޤީޤު ކުރުމަށްޓަކައި ކަސްޓަމްސްގެ ކަމާބެހޭ ސެކްޝަނަށް ހުށަހަޅަންވާނެއެވެ.

 

 

ނުވަވަނަ ބައި

އޭޖެންޓުން

ވިހިވަނަ ބާބު

 

205 ވަނަ މާޢްދާ - ކަސްޓަމްސްގެ މެދުވެރިން

(ހ) ކަސްޓަމްސްގެ މެދުވެރިންނަކީ އިމްޕޯޓް އެކްސްޕޯޓް މުދާ ކަސްޓަމްސްއިން ކްލިއަރ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރުމުގައި މުދަލުގެ ވެރިފަރާތް ތަމްސީލުކުރުމަށްޓަކައި، ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކެވެ. މިގޮތުން ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ފަރާތްތަކަށް ކަސްޓަމްސްގެ މެދުވެރިންގެ ލައިސަންސް ދޫކުރަންވާނެއެވެ.

(ނ) ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި ރަޖިސްޓަރީކުރެވޭ ވިޔަފާރިތައް ތަމްސީލުކުރާ ކާސްޓަމްސްގެ މެދުވެރިންނަށް ހިންގާ ތަމްރީނު ކޯހުން ފާސްވެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް ވާންވާނެއެވެ.

 

206 ވަނަ މާއްދާ - ކާސްޓަމްސްގެ ސަރަޙައްދުތަކަށް ވަންނަން ބޭނުންވާ މީހުންގެ ޝަރުޠުތައް

ކާސްޓަމްސްގެ މެދުވެރިންގެ ފަރާތުން ކާސްޓަމްސްގެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ މީހުންގައި ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) ކާސްޓަމްސްގެ މެދުވެރިންގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭ މަޢުލޫމާތު ކާސްޓަމްސްއަށް ދިނުމަށާއި، ލިޔުންތަކާ ގުޅޭ މުޢާމަލާތް ކުރުމަށާއި މުދާ ކްލިއަރ ކުރުމަށް ކަނޑައަޅާ ފަރާތަކީ ކާސްޓަމްސްގެ މެދުވެރިންނަށް ހިންގާ ތަމްރީނު ކޯހުން ފާސްވެ ސެޓްފިކެޓް ލިބިފައިވާ ފަރާތަކަށްވުން؛

(ށ) މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލައެއް ޝަރީޢަތަށް ސާބިތުވެފައިވާނަމަ، ޙުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 03 (ތިނެއް) އަހަރު ވެފައިވުން؛

(ނ) ކާސްޓަމްސްގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖިނާއީ މައްސަލައެއް ޝަރީޢަތަށް ސާބިތުވެ 06 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ އެ ޙުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 01 (އެކެއް) އަހަރު ވެފައިވުން.

 

207 ވަނަ މާއްދާ - ކާސްޓަމްސްގެ ސަރަހައްދުތަކަށް ވަދެނިކުމެވާ މީހުންނަށް ދޫކުރެވޭ ފާސް

(ހ) ކާސްޓަމްސްގެ މެދުވެރިންގެ ފަރާތުން ކާސްޓަމްސްގެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ މީހުންނަށް ކަސްޓަމްސްއިން ފާހެއް ދޫކުރަންވާނެއެވެ. މިގޮތުން ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ފަރާތަކަށް އަގަކާނުލައި އަހަރަކު 05 (ފަހެއް) ފާސް ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ހަދާ ފާހާއި ގެއްލިގެން ނުވަތަ ހަލާކުވެގެން ހަދާ ފާހަށް މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ފީ ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

 

208 ވަނަ މާއްދާ - ކަސްޓަމްސްގެ މެދުވެރިންގެ މަސްއޫލިއްޔަތާއި ޒިންމާ

ކާސްޓަމްސްގެ މެދުވެރިންގެ މަސްއޫލިއްޔަތާއި ޒިންމާ ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އިމްޕޯޓް އެކްސްޕޯޓް މުދާ ކަސްޓަމްސްއިން ކްލިއަރ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކާސްޓަމްސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރުން.

(ށ) އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭގޮތުން ކާސްޓަމްސްއަށް ލިޔުންތައް ހުށަހެޅުމުގެކުރިން އެލިޔުންތަކަކީ ޞައްޙަ އަދި މަޢުލޫމާތު ފުރިހަމަކުރެވިފައިވާ ލިޔުންތޯ ކަށަވަރުކުރުން.

(ނ) އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭ މަޢުލޫމާތު ކަސްޓަމްސްއަށް ދިނުމަށާއި، ލިޔުންތަކާ ގުޅޭ މުޢާމަލާތް ކުރުމަށްޓަކައި ކަސްޓަމްސްގެ މެދުވެރިންނަށް ހިންގާ ތަމްރީނު ކޯހުން ފާސްވެ ސެޓްފިކެޓް ލިބިފައިވާ މުވައްޒަފަކު ފިޔަވައި އެހެން މުވައްޒަފަކު ނުފޮނުވުން.

(ރ) ހަމައެކަނި ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހަޅަން އަންނަ އައުމާއި، އެފަދަ ލިޔުމެއް ބަލައި އަންނަ އައުން މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުޢާމަލާތްތަކުގެ ތެރެއަކު ނުހިމެނެއެވެ.

(ބ) މުދަލުގެ ވެރިފަރާތުން ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ވީއެންމެ އަވަހަކަށް އެކަން ކަސްޓަމްސްއަށް އެންގުން؛

(ޅ) މުދާ ކްލިއަރކުރުމުގެ ތެރޭގައި ނުވަތަ މުދާ ދޫކުރެވޭ ފަހުން، އެ މުދަލަކާ ގުޅޭގޮތުން، ކަސްޓަމްސްގެ މެދުވެރިން ހުށަހަޅާފައިވާ ލިޔުންތަކުން ނުވަތަ ދީފައިވާ މަޢުލޫމާތަކުން ފާހަގަކުރެވޭ މައްސަލަތަކާ ގުޅިގެން އެ މުދަލަށް އިތުރަށް ފައިސާއެއް ދައްކަންޖެހިއްޖެނަމަ، އެ ފައިސާއެއް ދެއްކުން؛

(ކ) މި ގަވާއިދުގެ 218 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި އަދި ކަސްޓަމްސްއިން އެދިއްޖެ ހާލަތެއްގައި އެލިޔުންތައް ކަސްޓަމްސްއަށް ފެންނާނެހެން ބެހެއްޓުން؛

(އ) ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ކަސްޓަމްސްއާއެކު މުޢާމަލާތްކުރުމަށް ކަސްޓަމްސްއިން ފާސްދޫކޮށްފައިވާ މީހަކު ކުންފުނިން ވަކިވެއްޖެނަމަ، ނުވަތަ ނިޔާވެއްޖެނަމަ، ނުވަތަ އެ މީހެއްގެ ފާސް ގެއްލިއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ އެކަމެއް ހިނގާ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މަޢުލޫމާތު ކަސްޓަމްސްއަށް ދިނުން؛

 

209 ވަނަ މާއްދާ - ކަސްޓަމްސްގެ މެދުވެރިންގެ މަޢުލޫމާތު ބަދަލުވުން

ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ބަދަލުވެއްޖެނަމަ، މަޢުލޫމާތު ބަދަލުވި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މަޢުލޫމާތު ކަސްޓަމްސްއަށް ދޭންވާނެއެވެ.

(ހ) ވިޔަފާރީގެ މިލްކުވެރިކަން ބަދަލުވުން.

(ށ) ވިޔަފާރީގެ ނަން ބަދަލުވުން.

(ނ) ވިޔަފާރި ހިންގަމުންދާ އެޑްރެސް ބަދަލުވުން.

 

201 ވަނަ މާއްދާ - ކުރުން މަނާ ކަންތައްތައް

ކަސްޓަމްސްގެ މެދުވެރިން އަންނަނިވި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.

(ހ) ކަސްޓަމްސްގެ މެދުވެރިންގެ ޚިދުމަތްހޯދާ ފަރާތްތަކުގެ އެންމެހައި ލިޔުންތަކާއި މަޢުލޫމާތުތަކަށް ރައްކާތެރިނުވުމާއި މުދަލުގެ ވެރިފަރާތުގެ ހުއްދަނެތި އެފަދަ ލިޔުންތަކާއި މަޢުލޫމާތު އެހެން ފަރާތަކަށް ހާމަކުރުން. މީގެ ތެރޭގައި ކަސްޓަމްސްއަށް ލިޔުންތަކާއި މަޢުލޫމާތު ދިނުމެއް ނުހިމެނެއެވެ.

(ށ) ސިއްރު މަޢުލޫމާތުގެ ގޮތުގައި ކަސްޓަމްސްއިން ކަނޑައަޅާ އެއްވެސް ލިޔުމެއް ނުވަތަ މަޢުލޫމާތެއް ހާމަކުރުމާއި އަދި އެފަދަ ކަމަކަށް މަގުފަހިވާނެ ގޮތަށް އެއްވެސް ޢަމަލެއް ކުރުން.

(ނ) ކަސްޓަމްސްއާއެކު ކުރެވޭ މުޢާމަލާތަކާ ގުޅިގެން ރައްކާކޮށް ބަލަހައްޓަންޖެހޭ ލިޔުމެއް ކަސްޓަމްސްއިން ބަލަންބޭނުންވެގެން އެދުމުން ލިޔުން ކަސްޓަމްސްއަށް ނުދައްކައި ފޮރުވުމާއި އެފަދަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ބައެއް ނެތިކޮށްލުން ނުވަތަ ހަލާކުކޮށްލުން.

(ރ) ކަސްޓަމްސާއެކު ކުރެވޭ މުޢާމަލާތްތަކުގައި ކަނޑައެޅިގެން އޮޅުވާލަން މަސައްކަތް ކުރުން ނުވަތަ އެފަދަ ކަމަކަށް މަގުފަހިވެދާނެ ގޮތަކަށް މުދަލުގެ ވެރިފަރާތަށް ލަފާ ދިނުން.

(ބ) ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތައް ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކާއި ކަސްޓަމްސްއާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރެއް ފޯރާފަދަ ނުވަތަ އޮފިސަރުންނާއި މުއައްސަސާގެ އިޙްތިރާމް ގެއްލޭފަދަ ޢަމަލެއް ކުރުން.

 

211 ވަނަ މާއްދާ - ތަމްރީނާއި އިމްތިޙާން

(ހ) ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި ކަސްޓަމްސްއާއެކު މުޢާމަލާތް ކުރާ ފަރާތްތަކަށް ދެވޭ ތަމްރީނުތައް ރޭވައި ހިންގާނީ ކަސްޓަމްސްއިން ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފަރާތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެވޭ ތަމްރީނުތަކުގައި ބައިވެރިވެވޭނީ މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.

 

212 ވަނަ މާޢްދާ - ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަންނަން ބޭނުންވާ މީހުން ރަޖިސްޓަރީ ކުރުން

(ހ) ކަސްޓަމްސްގެ މެދުވެރިންގެ ފަރާތުން ކަސްޓަމްސްއާއެކު މުޢާމަލާތްކުރުމަށް ކަނޑައަޅާފައިވާ މުވައްޒަފުންނާއި ކަސްޓަމްސްގެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ މީހުން ރަޖިސްޓަރީ ކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 21 ގައި ބަޔާންކޮށްފައިވާ ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުމެވުމުގެ ހުއްދައަށް އެދޭ ފޯމު
  2. ކުންފުނިން އެ މުވައްޒަފަކަށް ވަޒީފާދިން ކަމުގެ ލިޔުން
  3. މި ގަވާއިދުގެ 206 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް އެ މީހެއްގައި ފުރިހަމަވާކަން އެނގޭނެ ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ލިޔުން
  4. ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ (ފޮޓޯ ނެގިތާ 3 މަސް ހަމަނުވާ)
  5. ބިދޭސީއެއްނަމަ އެ ޤައުމެއްގެ އެމްބަސީން އެންޑޯޒްކޮށްފައިވާ އެ މީހެއްގެ ކުށުގެ ރިކޯޑު ނުވަތަ ޕޮލިސް ރިޕޯޓް

(ށ) ކަސްޓަމްސްގެ މެދުވެރިންގެ ފަރާތުން ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމުގެ ހުއްދައަށް އެދި ހުށަހަޅާ މީހަކީ މި ގަވާއިދުގެ 206 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ މީހަކަށްވާނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ މީހަކު ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސް ދޫކުރަންވާނެއެވެ. އަދި އެމީހަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަނުވާ މީހަކަށްވާނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

(ނ) ކަސްޓަމްސްގެ މެދުވެރިންގެ ފަރާތުން ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަންނަން ބޭނުންވާ މީހުން ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސް ދޫކުރެވޭނީ، ރަޖިސްޓަރީކުރެވޭ މީހާގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމުންނެވެ. އަދި އެމީހަކީ ބިދޭސީއެއްނަމަ އެ މީހެއްގެ މުއްދަތު ހަމަނުވާ ވާރކް ޕާމިޓުގެ އަސްލު ނުވަތަ ވާރކް ޕާމިޓް ކާޑު ގެނައުމުންނެވެ.

(ރ) ކަސްޓަމްސްގެ މެދުވެރިންގެ ފަރާތުން ކަސްޓަމްސްގެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ މީހުން ކަސްޓަމްސްގެ ސަރަޙައްދުތަކުގައި އުޅޭއިރު، ކަސްޓަމްސްއިން ދޫކޮށްފައިވާ ފާސް ފެންނަގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ.

 

213 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު:

ކަސްޓަމްސްގެ މެދުވެރިންގެ ލައިސަންސްގެ މުއްދަތަކީ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މީލާދީ 1 އަހަރު ދުވަހެވެ.

 

214 ވަނަ މާއްދާ - ލައިސަންސް އައުކޮށްދިނުން

(ހ) ކަސްޓަމްސްގެ މެދުވެރިންގެ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އައުކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، ކަސްޓަމްސްގެ މެދުވެރިންގެ ޚިދުމަތުގެ ފެންވަރުބެލުމަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ އުސޫލުން 50 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާނަމަ އެފަރާތެއްގެ ލައިސަންސް އައު ކޮށްދެވޭނެއެވެ.

(ށ) ލައިސަންސް އައު ކޮށްދެވޭނީ މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ އަހަރީފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.

(ނ) ލައިސަންސްގެ މުއްދަތު ހަމަވެއްޖެނަމަ، އެފަރާތަކަށް ކަސްޓަމްސްއިން ދޭ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ. އަދި އެ ޚިދުމަތް އަލުން ދެވޭނީ ލައިސަންސް އާކުރުމުންނެވެ.

 

215 ވަނަ މާއްދާ - ލައިސަންސް ބާޠިލުކުރުމާއި ހިފެހެއްޓުން

(ހ) ކަސްޓަމްސްގެ މެދުވެރިންނަށް ދޫކުރެވިފައިވާ ލައިސަންސް ބާޠިލުކުރެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތުން ލައިސަންސް ބާޠިލުކޮށްދިނުމަށް އެދުން؛
  2. ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި އުވާލުން؛
  3. ކަސްޓަމްސްގެ މެދުވެރިންގެ ޚިދުމަތުގެ ފެންވަރުބެލުމަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން 50 (ފަންސާސް) ޕޮއިންޓަށްވުރެ ދަށްވުން؛
  4. ކަސްޓަމްސްއިން ތަޙުޤީޤުކޮށް ބެލި މައްސަލައެއްގެ ފިޔަވަޅެއްގެ ގޮތުގައި އެ ފަރާތުގެ ލައިސަންސް ހިފެހެއްޓުމަށް ނުވަތަ ބާޠިލު ކުރުމަށް ނިންމުން.

(ށ) ކަސްޓަމްސްގެ މެދުވެރިންނަށް ދޫކުރެވިފައިވާ ލައިސަންސް ބާޠިލުކުރެވިއްޖެނަމަ، އެފަރާތަކަށް އަލުން ލައިސަންސް ދޫކުރެވޭނީ ލައިސަންސް ބާޠިލުކުރި ދުވަހުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ފަހުންނެވެ.

 

216 ވަނަ މާއްދާ - ކަސްޓަމްސގެ ސަރަހައްދުތަކަށް ވަދެނިކުމެވުމަށް ދޫކުރެވިފައިވާ ހުއްދަ ބާތިލުކުރުމާއި ހިފެހެއްޓުން

(ހ) މި ގަވާއިދުގެ 206 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ކުށެއް، ކަސްޓަމްސްގެ ސަރަޙައްދަށް ވަދެނިކުތުމަށް ޕާސް ދޫކޮށްފައިވާ މީހަކު ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާ ކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވިކަމަށް ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެއްޖެނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމުގެ ނުވަތަ ބާޠިލުކުރުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދައިން ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެފައިވާ މައްސަލަ ޝަރީޢަތަށް ސާބިތު ނުވެއްޖެނަމަ، ނުވަތަ ދަޢުވާ ނުކުރަން ނިންމައިފިނަމަ، ހިފެހެއްޓިފައިވާ ހުއްދަ އަލުން އެފަރާތަކަށް ދޭންވާނެއެވެ.

 

217 ވަނަ މާއްދާ - މުދާ ކްލިއަރކުރުން

ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ނުވަތަ އެކްސްޕޯޓްކުރާ މުދާ ކަސްޓަމްސްގެ މެދުވެރިން ޝާމިލުވެގެން ކްލިއަރ ކުރެވޭނީ އެ މުދަލެއް އިމްޕޯޓްކުރާ ފަރާތުން ނުވަތަ އެކްސްޕޯޓްކުރާ ފަރާތުން ކަސްޓަމްސްގެ މެދުވެރިއެއް ޢައްޔަންކޮށް އެކަން ކަސްޓަމްސްއަށް ލިޔުމުން ހުށަހެޅުމުންނެވެ.

 

218 ވަނަ މާއްދާ - ލިޔުންތައް ބެލެހެއްޓުން

(ހ) ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން މުދާ ކްލިއަރކުރުމަށް ބޭނުންވާ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް 01 (އެކެއް) އަހަރު ދުވަސްވަންދެން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

  1. މުދަލާ ގުޅޭގޮތުން ކަސްޓަމްސްއަށް ހުށަހަޅާ އެންމެހައި ލިޔުންތައް؛
  2. މުދަލުގެ ވެރިފަރާތާއި ކަސްޓަމްސްގެ މެދުވެރިންނާ ދެމެދު މުދަލާ ގުޅޭގޮތުން މުޢާމަލާތްކުރެވޭ އެންމެހައި ލިޔުންތައް؛
  3. މުދަލާގުޅޭ ފައިސާގެ މުޢާމަލާތްތަކާގުޅޭ ހުރިހާ ލިޔުންތައް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަލަހައްޓަންޖެހޭ ލިޔުންތައް ބަލަހައްޓަންވާނީ ފަސޭހައިން ހޯދޭނެހެން ތަރުތީބުން ފައިލްކޮށްފައެވެ.

 

219 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

(ހ) ކަސްޓަމްސްގެ މެދުވެރިންނާ ގުޅޭގޮތުން ކަސްޓަމްސްއިން ޢަމަލުކުރި ގޮތަކާމެދު އެ ފަރާތަކުން ހިތްހަމަނުޖެހޭ މައްސަލައެއްވާނަމަ އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި މި ގަވާއިދުގެ 15 ވަނަ ބައިގައި ބަޔާންކޮށްފައިވާ އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ މައްސަލަތައް ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނިންމުމަށްފަހު، އެ މައްސަލަ ހުށަހެޅި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނިމޭނަމަ، ނިމޭނެކަމަށް ލަފާކުރެވޭ ދުވަސް ބަޔާންކޮށް އެކަން އެފަރާތަށް އަންގަންވާނެއެވެ.

 

220 ވަނަ މާއްދާ -- ޝަރުޠުތައް ފުރިހަމަކުރުމަށް ދެވޭ މުއްދަތު

މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ކަސްޓަމްސްގެ މެދުވެރިން މިގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަކޮށް އަލުން ރަޖިސްޓަރީ ކުރަންވާނެއެވެ. މި ގޮތުން، މުއްދަތު ހަމަވާއިރު ޝަރުޠު ފުރިހަމަނުކުރެވޭ ކަސްޓަމްސްގެ މެދުވެރިންނަށް ޚިދުމަތްދިނުން ހުއްޓާލެވޭނެއެވެ.

 

 

ދެވަނަ ބާބު

ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ އޭޖެންޓުން

 

221 ވަނަ މާއްދާ - އުޅަނދުފަހަރުގެ އޭޖެންޓުން ހަމަޖެއްސުމާއި، ވަކިކުރުން

(ހ) ބޭރުޤައުމުތަކުގެ ޑިޕްލޮމެޓިކް އުޅަނދުފަހަރު ފިޔަވައި ދިވެހިރާއްޖެއަށް އަންނަ އެންމެހައި އުޅަނދުފަހަރާއި ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ އުޅަނދުފަހަރާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި ލޯކަލް އޭޖެންޓަކު ހަމަޖައްސަންވާނެއެވެ. މިގޮތުން ހަމަޖައްސާ އޭޖެންޓަކީ ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ލައިސަންސް ލިބިފައިވާ ފަރާތެއްކަމުގައި ވާންވާނެއެވެ.

(ށ) އުޅަނދެއްގެ އޭޖެންޓްކަމާ ހަވާލުވެފައިވާ ފަރާތަކުން ނުވަތަ އުޅަނދުގެ ވެރިފަރާތުން އުޅަނދެއްގެ އޭޖެންޓްކަން ވަކިކުރަން ބޭނުންވެއްޖެނަމަ އެކަމަށް އެދޭ ތާރީޚާ ހަމައަށް، ކަސްޓަމްސްއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެ ފައިސާއެއް ދެއްކުމަށްފަހު ކަސްޓަމްސްއަށް ހުށަހެޅުމުން އޭޖެންޓް ވަކިކުރެވޭނެއެވެ.

 

222 ވަނަ މާއްދާ - އުޅަނދުފަހަރުގެ އޭޖެންޓްކަންކުރުން

(ހ) ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރާއި ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ އުޅަނދުފަހަރުގެ އޭޖެންޓްކަން ކުރެވޭނީ ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުޅަނދުފަހަރުގެ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ފަރާތްތަކަށް އުޅަނދުފަހަރުގެ އޭޖެންޓްކަން ކުރުމުގެ ލައިސަންސް ދޫކުރަންވާނެއެވެ.

 

223 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަންނަން ބޭނުންވާ މީހުންގެ ޝަރުޠުތައް

އުޅަނދުފަހަރުގެ އޭޖެންޓުންގެ ފަރާތުން ކަސްޓަމްސްގެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ މީހުންގައި ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

(ހ) މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލައެއް ޝަރީޢަތަށް ސާބިތުވެފައިވާނަމަ، ޙުކުމް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 03 (ތިނެއް) އަހަރު ވެފައިވުން.

(ށ) ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖިނާއީ މައްސަލައެއް ޝަރީޢަތަށް ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 01 (އެކެއް) އަހަރު ވެފައިވުން.

 

224 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަދެނިކުމެވާ މީހުންނަށް ދޫކުރެވޭ ފާސް

(ހ) ކަސްޓަމްސްގެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ އުޅަނދުފަހަރުގެ އޭޖެންޓުންގެ ފަރާތުން ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވާ މީހުންނަށް ދޫކުރެވޭ ފާސް ކަސްޓަމްސްއިން ދޫކުރަންވާނެއެވެ. މިގޮތުން އުޅަނދުފަހަރުގެ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ފަރާތަކަށް އަގަކާނުލައި އަހަރަކު 05 (ފަހެއް) ފާސް ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ހަދާ ފާހާއި، ގެއްލިގެން ނުވަތަ ހަލާކުވެގެން ހަދާ ފާހަށް މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ފީ ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

 

225 ވަނަ މާއްދާ - އުޅަނދުފަހަރުގެ އޭޖެންޓުންގެ މަސްއޫލިއްޔަތާއި ޒިންމާ

އުޅަނދުފަހަރުގެ އޭޖެންޓުންގެ މަސްއޫލިއްޔަތާއި ޒިންމާ ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރާއި ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ އުޅަނދުފަހަރުގެ އޭޖެންޓްކަން ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރުން؛

(ށ) އުޅަނދެއްގައި ނުވަތަ އުޅަނދެއްގެ ފަޅުވެރިއަކު ނުވަތަ ފަސިންޖަރަކު ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ، ވީއެންމެ އަވަހަކަށް އެކަން ކަސްޓަމްސްއަށް އެންގުން؛

(ނ) ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ތަކެތި އެތެރެކުރުމާއި ރާއްޖެއިން ތަކެތި ބޭރުކުރުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ކުރަމުންގެންދާ މަސައްކަތްތަކުގައި އެހީތެރިވެ އެއްބާރުލުންދިނުން؛

(ރ) ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރާ ގުޅޭ ގޮތުން އުޅަނދުފަހަރުގެ އޭޖެންޓުން ކުރަންޖެހޭ ކަންތައްތައް ކަމުގައި މި ގަވާއިދުގެ 2 ވަނަ ބައިގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުން؛

(ބ) ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ އުޅަނދެއް، ޤާނޫނާއި ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ޖޫރިމަނާގެގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން ކަސްޓަމްސްއަށް އެއްވެސް ފައިސާއެއް ދައްކަންޖެހިއްޖެނަމަ އެ ފައިސާއެއް ދެއްކުން؛

(ޅ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދާ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދިނުމަށާއި، އައުޓްވާރޑް ކްލިއަރެންސް ދިނުމަށް ފޮނުވޭ ކަސްޓަމްސްގެ އޮފިސަރުން އެތަންތަނަށް ގެންދިޔުމާއި ގެނައުމާއި އެއޮފިސަރުންގެ ކެއުމާއި ހުރުމުގެ ކަންތައް އެ އުޅަނދެއްގެ އޭޖެންޓުގެ ޚަރަދުގައި ހަމަޖައްސައިދިނުން؛

(ކ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ ކަންތައް ބެލެހެއްޓުމަށް ފޮނުވޭ ކަސްޓަމްސްގެ އޮފިސަރުން އެތަންތަނަށް ގެންދިޔުމާއި ގެނައުމާއި، އެއޮފިސަރުންގެ ކެއުމާއި ހުރުމުގެ ކަންތައް އެ އުޅަނދެއްގެ އޭޖެންޓުގެ ޚަރަދުގައި ހަމަޖައްސައިދިނުން؛

(އ) އުޅަނދުފަހަރަށް ބަންކަރު ތެޔޮއެޅޭ މިންވަރު ބެލުމަށްޓަކައި ކަސްޓަމްސްއިން ސާރވޭ ކުރުމުގައި އެކަމާގުޅޭގޮތުން ކަސްޓަމްސްއަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން؛

(ވ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނުން އުޅަނދުފަހަރަށް މުދާ އަރުވައި ބޭލުމުގައި ކަސްޓަމްސްއިން ބަލަން ބޭނުންވާ ބެލުންތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުން؛

(މ) ކުންފުނީގެ މުވައްޒަފުންގެ ތެރެއިން އުޅަނދުފަހަރަށް ގޮސްއައިސްވުމުގެ ފާސް ދޫކުރެވިފައިވާ މީހަކު ކުންފުނިން ވަކިވެއްޖެނަމަ، ނުވަތަ ނިޔާވެއްޖެނަމަ، ނުވަތަ އެ މީހެއްގެ ފާސް ގެއްލިއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ އެކަމެއް ހިނގާ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މަޢުލޫމާތު ކަސްޓަމްސްއަށް ދިނުން؛

(ފ) ކަސްޓަމްސްއާއެކު ކުރެވޭ މުޢާމަލާތްތަކުގައި ކަނޑައެޅިގެން އޮޅުވާލަން މަސައްކަތް ކުރުން ނުވަތަ އެފަދަ ކަމަކަށް މަގުފަހިވެދާނެ ގޮތަކަށް އުޅަނދުފަހަރުގެ އޭޖެންޓުން މަސައްކަތްކޮށްގެން ނުވާނެއެވެ.

(ދ) އުޅަނދުފަހަރާ ގުޅޭގޮތުން ކަސްޓަމްސްގެ ޚިދުމަތް ހޯދާ ފަރާތްތަކާއި ކަސްޓަމްސްއާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރެއް ކުރާފަދަ ޢަމަލެއް އުޅަނދުފަހަރުގެ އޭޖެންޓުން ކޮށްގެން ނުވާނެއެވެ.

 

226 ވަނަ މާއްދާ - އޭޖެންޓުންގެ މަޢުލޫމާތު ބަދަލުވުން

އުޅަނދުފަހަރުގެ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްގެ ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ބަދަލުވެއްޖެނަމަ އެ މަޢުލޫމާތު ބަދަލުވި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މަޢުލޫމާތު ކަސްޓަމްސްއަށް ދޭންވާނެއެވެ.

(ހ) ކުންފުނީގެ މިލްކުވެރިކަން ބަދަލުވުން.

(ށ) ކުންފުނީގެ ނަން ބަދަލުވުން.

(ނ) ކުންފުނީގެ އެޑްރެސް ބަދަލުވުން.

 

227 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަންނަން ބޭނުންވާ މީހުން ރަޖިސްޓަރީ ކުރުން

(ހ) އުޅަނދުފަހަރުގެ އޭޖެންޓުންގެ ފަރާތުން ކަސްޓަމްސްއާއެކު މުޢާމަލާތްކުރުމަށް ކަނޑައަޅާފައިވާ މުވައްޒަފުންނާއި ކަސްޓަމްސްގެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ މީހުން ރަޖިސްޓަރީ ކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 21 ގައި ބަޔާންކޮށްފައިވާ ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުމެވުމުގެ ހުއްދައަށް އެދޭ ފޯމު؛
  2. ކުންފުނިން އެމުވައްޒަފަކަށް ވަޒީފާ ދިންކަމުގެ ލިޔުން؛
  3. މި ގަވާއިދުގެ 223 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް އެމީހެއްގައި ފުރިހަމަވާކަން އެނގޭނެ ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ލިޔުން؛
  4. ޕާސްޕޯޓްސައިޒުގެ 2 (ދޭއް) ފޮޓޯ (ފޮޓޯ ނެގިތާ 3 މަސް ހަމަނުވާ)؛
  5. ބިދޭސީއެއްނަމަ، އެޤައުމެއްގެ އެމްބަސީން އެންޑޯޒްކޮށްފައިވާ އެ މީހެއްގެ ކުށުގެ ރެކޯޑު ނުވަތަ ޕޮލިސް ރިޕޯޓް.

(ށ) އުޅަނދުފަހަރުގެ އޭޖެންޓުންގެ ފަރާތުން ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމުގެ ހުއްދައަށް އެދި ހުށަހަޅާ މީހަކީ މި ގަވާއިދުގެ 223 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ މީހަކަށްވާނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މީހަކު ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސް ދޫކުރަންވާނެއެވެ. އަދި އެމީހަކީ މިގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަނުވާ މީހަކަށްވާނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

(ނ) އުޅަނދުފަހަރުގެ އޭޖެންޓުންގެ ފަރާތުން ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަންނަން ބޭނުންވާ މީހުން ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސް ދޫކުރެވޭނީ ރަޖިސްޓަރީ ކޮށްދެވޭ މީހާގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމުންނެވެ. އަދި އެމީހަކީ ބިދޭސީއެއްނަމަ އެ މީހެއްގެ މުއްދަތު ހަމަނުވާ ވާރކް ޕާމިޓްގެ އަސްލު ނުވަތަ ވާރކް ޕާމިޓް ކާޑު ގެނައުމުންނެވެ.

(ރ) އުޅަނދުފަހަރުގެ އޭޖެންޓުންގެ ފަރާތުން ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުމެވުމަށް ކަސްޓަމްސްއިން ހުއްދަ ދީފައިވާ ފަރާތްތަކުން ކަސްޓަމްސްގެ ސަރަޙައްދުތަކުގައި އުޅޭއިރު ކަސްޓަމްސްއިން ދޫކޮށްފައިވާ ފާސް ފެންނަގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ.

(ބ) އޭޖެންޓުން އެފަރާތުގެ އޭޖެންޓްކަމުގެ ދަށުގައިވާ އުޅަނދުފަހަރަށް ގޮސްއައިސްވާއިރު އޭޖެންޓުންގެ ފާސް އަތުގައި އޮންނަންވާނެއެވެ. އަދި ފާސް ނެތި އުޅަނދުފަހަރަށް ދިއުމަކީ މަނާކަމެކެވެ.

(ޅ) ކަސްޓަމްސްގެ އޭޖެންޓުންނަށް ދޫކުރެވިފައިވާ ދާއިމީ ފާސް ބޭނުންކުރަންވާނީ އެ އޭޖެންޓެއްގެ އޭޖެންޓްކަމުގެ ދަށުގައިވާ އުޅަނދުފަހަރަށް އަރައި ފޭބުމަށެވެ. މިފަދަ ފާސް ދޫކުރެވިފައިވާ މީހުން، އެ ފާސް އެހެން މީހުންނަށް ދިނުމާއި، ފާސް ދޫކުރެވިފައިވާ ފަރާތްތަކުން ފާސް ބޭނުންކޮށްގެން އެ އޭޖެންޓުންގެ އޭޖެންޓްކަމުގެ ދަށުގައިވާ އުޅަނދުފަހަރު ފިޔަވައި އެހެން އުޅަނދުފަހަރަށް އަރައިފޭބުމަކީ މަނާކަމެކެވެ.

 

228 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު

އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސްގެ މުއްދަތަކީ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މީލާދީ 1 (އެކެއް) އަހަރު ދުވަހެވެ.

 

229 ވަނަ މާޢްދާ - ލައިސަންސް އައުކޮށްދިނުން

(ހ) އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އައުކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، ކަސްޓަމްސްގެ މެދުވެރިންގެ ޚިދުމަތުގެ ފެންވަރުބެލުމަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ އުސޫލުން، 50 ޕޮއިންޓަށްވުރެމަތިން ލިބިފައިވާނަމަ އެފަރާތެއްގެ ލައިސަންސް އައު ކޮށްދެވޭނެއެވެ.

(ށ) ލައިސަންސް އައު ކޮށްދެވޭނީ މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ އަހަރީ ފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.

(ނ) ލައިސަންސްގެ މުއްދަތު ހަމަވެއްޖެނަމަ، އެ ފަރާތަކަށް، ކަސްޓަމްސްއިން ދޭ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ. އަދި އެ ޚިދުމަތް އަލުން ދެވޭނީ ލައިސަންސް އާކުރުމުންނެވެ.

 

230 ވަނަ މާޢްދާ - ލައިސަންސް ބާޠިލުކުރުމާއި ހިފެހެއްޓުން

(ހ) އުޅަނދުފަހަރުގެ އޭޖެންޓުންނަށް ދޫކުރެވިފައިވާ ލައިސަންސް ބާޠިލުކުރެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. އުޅަނދުފަހަރުގެ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތުން ލައިސަންސް ބާޠިލުކޮށްދިނުމަށް އެދުން؛
  2. އުޅަނދުފަހަރުގެ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނި އުވާލުން؛
  3. އުޅަނދުފަހަރުގެ އޭޖެންޓުންގެ ޚިދުމަތުގެ ފެންވަރުބެލުމަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، 50 ޕޮއިންޓަށްވުރެ ދަށްކޮށް ލިބުމުގެ ސަބަބުން ޚިދުމަތް ރަނގަޅު ކުރުމަށް ތަކުރާރުކޮށް 2 (ދޭއް) ފަހަރު އެންގުމުންވެސް ޚިދުމަތުގެ ފެންވަރު ރަނގަޅުނުވުން؛

(ށ) އުޅަނދުފަހަރުގެ އޭޖެންޓުންނަށް ދޫކުރެވިފައިވާ ލައިސަންސް ބާޠިލުކުރެވިއްޖެނަމަ އެފަރާތަކަށް އަލުން ލައިސަންސް ދޫކުރެވޭނީ އެލައިސަންސް ބާޠިލުކުރި ދުވަހުން ފެށިގެން 04 (ހަތަރެއް) މަސްދުވަސް ފަހުންނެވެ.

 

231 ވަނަ މާޢްދާ - ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމަށް ދޫކުރެވިފައިވާ ހުއްދަ ބާޠިލުކުރުމާއި ހިފެހެއްޓުން

(ހ) މި ގަވާއިދުގެ 223 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ކުށެއް ކަސްޓަމްސްގެ ސަރަޙައްދަށް ވަދެނުކުމެވުމުގެ ފާސް ދޫކޮށްފައިވާ މީހަކު ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާ ކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވިކަމަށް ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެއްޖެނަމަ، އެ މައްސަލައިގައި ދަޢުވާކުރުމާ ބެހޭގޮތުން ގޮތެއް ނިމެންދެން ނުވަތަ އެ މައްސަލައާމެދު ޝަރީޢަތުން ގޮތެއް ނިމެންދެން، އެފަރާތަކަށް ދޫކުރެވިފައިވާ ހުއްދަ ހިފެހެއްޓޭނެއެވެ.

(ށ) މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދައިން ކަސްޓަމްސްގެ ތަޙުޤީަށް ސާބިތުވެފައިވާ މައްސަލަ، ޝަރީޢަތަށް ސާބިތު ނުވެއްޖެނަމަ، ނުވަތަ. ދަޢުވާ، ނުކުރަން.. "ނިންމައިފިނަމަ ހިފެހެއްޓިފައިވާ ހުއްދަ އަލުން އެފަރާތަކަށް- ދޭންވާނެއެވެ.

(ނ) - މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދައިން ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެފައިވާ މައްސަލަ، ޝަރީޢަތަށް ސާބިތު ވެއްޖެނަމަ އެފަރާތަކަށް، ދޫކުރެވިފައިވާ ހުއްދަ ބާޠިލުކުރެވޭނެއެވެ.

 

232 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން.

(ހ) އުޅަނދުފަހަރުގެ އޭޖެންޓުންނާ ގުޅޭގޮތުން ކަސްޓަމްސްއިން ޢަމަލުކުރި ގޮތަކާމެދު އޭޖެންޓުންގެ ހިތްހަމަނުޖެހޭ (މައްސަލައެއްވާނަމަ އެ މައްސަލަ އިތުރަށް، ބަލައިދިނުމަށް އެދި މި ގަވާއިދުގެ 115 ވަނަ ބައިގައި ބަޔާންކޮށްފައިވާ އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ މައްސަލަތައް، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނިންމުމަށްފަހު،، އެ މައްސަލަ ހުށަހެޅި ފަރާތަށް ކަސްޓަމްސްއިން .އަންގަންވާނެއެވެ.

 

233 ވަނަ މާއްދާ - ޝަރުތުތައް ފުރިހަމަކުރުމަށް، ދެވޭ މުއްދަތު

މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އުޅަނދުފަހަރުގެ އޭޖެންޓްކަން ކުރާ ފަރާތްތަކުން މިގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަކޮށް އަލުން ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން މުއްދަތު ހަމަވާއިރު ޝަރުތު ފުރިހަމަނުކުރެވޭ އުޅަނދުފަހަރުގެ. އޭޖެންޓްކަން ކުރާ ފަރާތްތަކަށް، ޚިދުމަތްދިނުން ހުއްޓާލެވޭނެއެވެ.

 

 

ތިންވަނަ ބާރު

ލޯކަލް ކޫރިއަރ އޭޖެންޓުން،

 

234 ވަނަ މާއްދާ - ލޯކަލް ކުރިއަރ އޭޖެންޓުން-

(ހ) ލޯކަލް ކުރިއަރ އޭޖެންޓުންނަކީ، އިންޓަރނޭޝަނަލް ކޫރިއަރ އޮޕަރޭޓަރުންގެ ފަރާތުން ރާއްޖޭގައި ޙަރަކާތްތެރިވާ އެފަރާތްތަކުގެ ލޯކަލް -އޭޖެންޓުންނެވެ މިގޮތުން، ޙަރަކާތްތެރިވާ ލޯކަލް ކޫރިއަރ އޭޖެންޏުން ކަސްޓަމްސްގައިި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މާއްދާގެ (ހ) ބަޔާންކޮށްފައިވާ ގޮތުގެމަތިން، ލޯކަލް ކޫރިއަރ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ފަރާތްތަކަށް އެކަމުގެ ލިޔުމެއް ކަސްޓަމްސްއިން ދޫކުރަންވާނެއެވެ.

 

235 ވަނަ މާޢްދާ - ކަސްޓަމްސްއާއެކު މުޢާމަލާތުކުރުން

ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ތަކެއްޗާ ގުޅޭގޮތުން ލޯކަލް ކުރިއަރ އޭޖެންޓަކަށް ކަސްޓަމްސްއާ މުޢާމަލާތް ކުރެވޭނީ މި ގަވާއިދުގެ ވަނަ ބައިގެ އެއްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްގެ މެދުވެރިއެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށްފަހުގައެވެ. މީގެ ތެރޭގައި އިމްޕޯޓް ޑިއުޓީ ނެގުމެއްނެތި ދޫކުރެވޭ "ތަކެއްޗާ ގުޅޭގޮތުން ކުރެވޭ މުއާމަލާތްތައް ނުހިމެނޭނެއެވެ

 

236 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަންނަން -ބޭނުންވާ މީހުންގެ ޝަރުތުތައް

ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތި ކްލިއަރ ކުރުމަށްް ލޯކަލް ކޫރިއަރ އޭޖެންޓުންގެ ފަރާތުން ކަސްޓަމްސްއަށް ފޮނުވާ މީހުންނާއ އެފަދަ ތަކެއްޗާ ގުޅޭގޮތުން ކަސްޓަމްސްގެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ މީހުންގައި ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) ތަކެތި ތި ކްލިއަރ ކުރުމަށް ލޯކަލް ކޫރިއަރ އޭޖެންޓުންގެ ފަރާތުން، ކަސްޓަމްސްއަށް ފޮނުވާ މީހުންނަކީ، ކަސްޓަމްސްގެ މެދުވެރިންނަށް ހިންގާ ތަމްރީނު ކޯހުން ފާސްވެ ސެޓްފިކެޓް ލިބިފައިވާ ފަރާތަކަށްވުން،

(ށ) މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލައެއް ޝަރީޢަތަށް ސާބިތުވެފައިވާނަމަ ޙުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 03 (ތިނެއް) އަހަރު ވެފައިވުން،

(ނ) ކަސްޓަމްސްގެ ޤާނޫނާއި، ގަވާއިދުގައި ބަޔާންކޮށްފައިވާ ޖީނާއީ މައްސަލައެއް ޝަރީޢަތަށް ސާބިތުވެ ބާރަ މަސްދުވަހަށްވުރެ. ދިގުމުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ އެޙުކުމް ތަންފީޒުކޮށް، ނިމުނުތާ ނުވަތަ އެޙުކުމުން ކަނޑައެޅުނު އަދަބު. މަޢާފުކުރެވުނުތާ 01 އެކެއް) އަހަރުވެފައިވުން.

 

237 ވަނަ މާއްދާ - ކަސްޓަމްސްގެ

(ހ) ލޯކަލް ކޫރިއަރ އޭޖެންޓުންގެ ފަރާތުން ކަސްޓަމްސްގެ ސަރަޙައްތުތަކުގައި ސަރަޙައްދުތަކަށް ވަދެނިކުމެވާ މީހުންނަށް ދޫކުރެވޭ ފާސް މަސައްކަތްކުރާ މީހުންނަށް ކަސްޓަމްސްއިން ފާހެއް ދޫކުރަންވާނެއެވެ މިގޮތުން ލޯކަލް ކޫރިއަރ ގެ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީކުރެވޭ ފަރާތަކަށް އަގަކާ ނުލައި އަހަރަކު 05 (ފަހެއް) ފާސް .ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް، ހަދާ ފާހާއި ގެއްލިގެން ނުވަތަ ހަލާކުވެގެން ހަދާ ފާހަށް މި ގަވާއިދުގެ ޖަދުވަލު 36 ގައި އާންކޮށްފައިވާ ފީ ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

 

238 ވަނަ މާޢްދާ - ލޯކަލް ކޫރިއަރ އޭޖެންޓުންގެ މަސްއޫލިއްޔަތާއި ޒިންމާ

ލޯކަލް ކޫރިއަރ އޭޖެންޓުންގެ މަސްއޫލިއްޔަތާއި ޒިންމާ ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެއްޗާ ގުޅޭގޮތުން، ކުރަންޖެހޭ ކަންތައްތައް ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ކުރުން؛

(ށ) މި ގަވާއިދުގެ 25 ވަނަ މާއްާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ، ތަކެތީގެ އޭޖެންޓް މެނިފެސްޓު ހުށަހެޅުން؛

(ނ) މުދަލުގެ ވެރިފަރާތުން ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ވީއެންމެ އަވަހަކަށް އެކަން ކަސްޓަމްސްއަށް އެންގުން،

(ރ) ލޯކަލް ކޫރިއަރ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ކަސްޓަމްސްއާއެކު. މުޢާމަލާތްކުރުމަށް ކަސްޓަމްސްއިން ފާސްދޫކޮށްފައިވާ މީހަކު ކުންފުނިން ވަކިވެއްޖެނަމަ ނުވަތަ ނިޔާވެއްޖެނަމަ ނުވަތަ އެ މީހެއްގެ ފާސް ގެއްލިއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ، އެކަމެއްހިނގާ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މަޢުލޫމާތު ކަސްޓަމްސްއަށް ދިނުން؛

(ބ) ކަސްޓަމްސާއެކު ކުރެވޭ މުޢާމަލާތްތަކުގައި ކަނޑައެޅިގެން އޮޅުވާލަން، މަސައްކަތް ކުރުން ނުވަތަ އެފަދަ ކަމަކަށް މަގުފަހިވެދާނެ ގޮތަކަށް ލޯކަލް ކޫރިއަރ އޭޖެންޓުން، މަސައްކަތްކޮށްގެން ނުވާނެއެވެ.

(ޅ) ޕޯސްޓުން ނުވަތަ ކުރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ މުދަލާ ގުޅޭގޮތުން، ކަސްޓަމްސްގެ ޚިދުމަތް ހޯދާ ފަރާތްތަކާއި ކަސްޓަމްސްއާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރެއް ފޯރާފަދަ ޢަމަލެއް ލޯކަލް ކޫރިއަރ އޭޖެންޓުން ކޮށްގެން ނުވާނެއެވެ.

 

239 ވަނަ މާއްދާ - ލޯކަލް ކުރިއަރ އޭޖެންޓުންގެ މަޢުލޫމާތު ބަދަލުވުން

ލޯކަލް ކޫރިއަރ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްގެ، ތިރީގައި،  ބަޔާންކޮށްފައިވާ މަޢުލޫމާތު ބަދަލުވެއްޖެނަމަ އެ މަޢުލޫމާތު ބަދަލުވި ދުވަހުން، ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ކަސްޓަމްސްއަށް ދޭންވާނެއެވެ. 

(ހ) ކުންފުނީގެ މިލްކުވެރިކަން (ބަދަލުވުން

(ށ) ކުންފުނީގެ ނަން ބަދަލުވުން

(ނ) ކުންފުނީގެ އެޑްރެސް ބަދަލުވުން

 

240 ވަނަ މާއްދާ - ކޮށްގެން ނުވާނެ ކަންތައްތައް

ލޯކަލް ިކޫރިއަރ އޭޖެންޓުން، ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް، ކަމެއް .ކޮށްގެންނުވާނެއެވެ.

(ހ) ލޯކަލް ކޫރިއަރ އޭޖެންޓުންގެ ޚިދުމަތްހޯދާ ފަރާތްތަކުން ގެންނަ ތަކެއްޗާ ގުޅޭ ލިޔުންތަކާއި މަޢުލޫމާތުތަކަށް ރައްކާތެރިވުމާއި، މުދަލުގެ ވެރިފަރާތުގެ ހުއްދަ ނެތި އެފަދަ ލިޔުންތަކާއި މަޢުލޫމާތު އެހެން ފަރާތަކަށް ހާމަކުރުން މީގެ ތެރޭގައި ކަސްޓަމްސްއަށް ލިޔުންތަކާއި މަޢުލޫމާތުދިނުން ނުހިމެނެއެވެ.

(ށ) ކަސްޓަމްސްއާއެކު ކުރެވޭ މުޢާމަލާތްތަކުގައި ކަނޑައެޅިގެން އޮޅުވާލަން މަސައްކަތް ކުރުން ނުވަތަ "އެފަދަ، ކަމަކަށް މަގުފަހިވެދާނެ ގޮތަކަށް މުދަލުގެ ވެރިފަރާތަށް ލަފާ ދިނުން.

 

241 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަންނަން ބޭނުންވާ މީހުން ރަިސްޓަރީ ކުރުން

(ހ) ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތި ކްލިއަރ ކުރުމަށް ލޯކަލް ކޫރިއަރ އޭޖެންޓުންގެ ފަރާތުން، ކަސްޓަމްސްއަށް ފޮނުވާ މީހުންނާއި އެފަދަ ތަކެއްޗާ ގުޅޭގޮތުން ކަސްޓަމްސްގެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ މީހުން ރަޖިސްޓަރީ ކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. ގަވާއިދުގެ ޖަދުވަލު 21 - ގައި ބަޔާންކޮށްފައިވާ ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުމެވުމުގެ ހުއްދައަށް. އެދޭފޯމު،
  2. ކުންފުނިން އެމުވައްޒަފަކަށް ވަޒީފާ ދިންކަމުގެ ލިޔުން،
  3. ހި ގަވާއިދުގެ 236 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް އެމީހެއްގައިފުރިހަމަވާކަން އެނގޭނެ، ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ލިޔުން؛
  4. ޕާސްޕޯޓްސައިޒުގެ 2 ފޮޓޯ (ފޮޓޯ ނެގިތާ 3 މަސް ހަމަނުވާ)
  5. ބިދޭސީއެއްނަމަ، އެޤައުމެއްގެ އެމްބަސީން އެންޑޯޒްކޮށްފައިވާ އެ މީހެއްގެ ކުށުގެ ރިކޯޑު ނުވަތަ ޕޮލިސް ރިޕޯޓް؛

(ށ) ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެއްޗާ ގުޅޭގޮތުން ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމުގެ ހުއްދައަށް އެދި ހުށަހަޅާ މީހަކީ މި ގަވާއިދުގެ 236 ވަނަ މާއްދާގައި، ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ މީހަކަށްވާނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މީހަކު ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސް ދޫކުރަންވާނެއެވެ. އަދި އެމީހަކީ މިގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަނުވާ މީހަކަށްވާނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން، ފެށިގެން 7 (ހަތެއް) ދުވަހުގެތެރޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފަރާތަށް އެކަން .އަންގަންވާނެއެވެ.

(ނ ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެއްޗާ ގުޅޭގޮތުން، ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަންނަން ބޭނުންވާ މީހުން ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސް ދޫކުރެވޭނީ ރަޖިސްޓަރީ ކޮށްދެވޭ މީހާގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމުންނެވެ. އަދި އެމީހަކީ ބިދޭސިއެއް ނަމަ  މީހެއްގެ، މުއްދަތު ހަމަނުވާ ވާރކް ޕާމިޓުގެ އަސްލު ނުވަތަ ވާރކް ނުވަތަ ވާރކް ޕާރމިޓް ކާޑު ގެނައުމުންނެވެ.

(ރ) ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތި ކްލިއަރ ކުރުމަށް، ލޯކަލް ކޫރިއަރ އޭޖެންޓުންގެ ފަރާތުން ކަސްޓަމްސްއަށް ފޮނުވާ މީހުންނާއި އެފަދަ ތަކެއްޗާ ގުޅޭގޮތުން ކަސްޓަމްސްގެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ މީހުން ކަސްޓަމްސްގެ ސަރަޙައްދުތަކުގައި އުޅޭއިރު، ކަސްޓަމްސްއިން ދޫކޮށްފައިވާ ފާސް ފެންނަގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ.

 

242 ވަނަ މާއްދާ - ރަޖިސްޓަރީކުރެވޭ މުއްދަތު

ލޯކަލް ކޫރިއަރ އޭޖެންޓުން ކަސްޓަމްސްގަި ރަޖިސްޓަރީ ކުރެވޭނީ، ރަޖިސްޓަރީކުރި ތާރީޚުން ފެށިގެން މީލާދީ 1 (އެކެއް) "އަހަރު .ދުވަހަށެވެ.

 

243 ވަނަ މާއްދާ - ރަޖިސްޓަރީ އައުކޮށްދިނުން

(ހ) ލޯކަލް ކޫރިއަރ އޭޖެންޓުންގެ ރަޖިސްޓަރީގެ މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓަރ އައްކޮށްދިނުމަށް އެދި ހުށަހަޅައިފިނމަ، ލޯކަލް ކުރިއަރ އޭޖެންޓުންގެ ޚިދުމަތުގެ ފެންވަރު ބެލުމަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ އުސޫލުން 50 ޕޮއިންޓަށް ވުރެމަތިން ލިބިފައިވާނަމަ އެފަރާތެއްގެ ލައިސަންސް އައުކޮށްދެވޭނެއެވެ.

(ށ) ލޯކަލް ކޫރިއަރ އޭޖެންޓުންގެ ރަޖިސްޓަރީގެ މުއްދަތު ހަމަވެއްޖެނަމަ،އެފަރާތަކަށް ކަސްޓަމްސްއިން ދޭ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ. އަދި އެ. ޚިދުމަތް އަލުން ދެވޭނީ ރަޖިސްޓަރީ -އައުކުރުމުންނެވެ.

(ނ) ލޯކަލް ކޫރިއަރ އޭޖެންޓުންގެ "ރަޖިސްޓަރީ އައު ކޮށްދެވޭނީ މ ގަވާއިދުގެ. 36 ޖަދުވަލު ގައި އި ބަޔާންކޮށްފައިވާ "އަހަރީފީ ހި ކަސްޓަމްސްއަށް .ދެއްކުމުންނެވެ.

 

244 ވަނަ މާއްދާ - ރަޖިސްޓަރީ ރީ ބާތިލުކުރުމާއި ހިފެހެއްޓުން

(ހ) ލޯކަލް ކޫރިއަރ އޭޖެންޓުންގެ ރަޖިސްޓަރީ ބާޠިލުކުރެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ލޯކަލް ކޫރިއަރ އޭޖެންޓްގެ ފަރާތުން ރަޖިސްޓަރީ ބާޠިލުކޮށްދިނުމަށް އެދުން
  2. ލޯކަލް ކޫރިއަރ އޭޖެންޓްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނި އުވާލުން.
  3. ލޯކަލް ކޫރިއަރ އޭޖެންޓުންގެ ޚިދުމަތުގެ ފެންވަރު ބެލުމަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން 50 ޕޮއިންޓަށްވުރެ ދަށްކޮށް ލިބުމުގެ ސަބަބުން ޚިދުމަތް ރަނގަޅު ކުރުމަށް ތަކުރާރުކޮށް 2 (ދޭއް) ފަހަރު އެންގުމުންވެސް ޚިދުމަތުގެ [ފެންވަރު ރަނގަޅުނުވުން.

(ށ) ލޯކަލް ކޫރިއަރ އޭޖެންޓުންގެ ރަޖިސްޓަރީ ބާޠިލުކުރެވިއްޖެނަމަ، އެފަރާތަކަށް އަލުން ލައިސަންސް ޫކުރެވޭނީ، އެލައިސަންސް ބާޠިލުކުރި ދުވަހުން ފެށިގެން (ހަތަރެއް) މަސްދުވަސް ފަހުންނެވެ.

 

245 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނިކުމެވުމަށް ދޫކުރެވިފައިވާ ހުއްދަ ބާތިލުކުރުމާއި ހިފެހެއްޓުން

(ހ) މި ގަވާއިދުގެ 238 ވަނަ މާއްދާގެ (ށ) އަދި (ނ)؛ ގައި ބަޔާންކޮށްފައިވާ ކުށެއް، ކަސްޓަމްސްގެ ސަރަޙައްދަށް ވަދެނުކުމެވުމުގެ ފާސް "ދޫކޮށްފައިވާ މީހަކު ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާ ކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވިކަމަށް ކަސްޓަމްސްގ ތަޙުޤީޤަށް ސާބިތުވެއްޖެނަމަ، އެ މައްސަލައިގައި ދައުވާކުރުމާ [ބެހޭގޮތުން ގޮތެއް ނިމެންދެން ނުވަތަ އެ މައްސަލައާމެދު ޝަރީޢަތުން ގޮތެއް ނިމެންދެން އެފަރާތަކަށް ދޫކުރެވިފައިވާ ހުއްދަ ހިފެހެއްޓޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދައިން ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެފައިވާ މައްސަލަ ޝަރީޢަތަށް ސާބިތު ނުވެއްޖެނަމަ، ނުވަތަ ދަޢުވާ ނުކުރަން ނިންމައިފިނަމަ ހިފެހެއްޓިފައިވާ ހުއްދަ އަލުން، އެފަރާތަކަށް ދޭންވާނެއެވެ.

(ނ) މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދައިން ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެފައިވާ މައްސަލަ، ޝަރީޢަތަށް ސާބިތު ވެއްޖެނަމަ އެފަރާތަކަށް ދޫކުރެވިފައިވާ ހުއްދަ ބާޠިލުކުރެވޭނެއެވެ.

 

246 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

(ހ) ލޯކަލް ކޫރިއަރ އޭޖެންޓުންނާ ގުޅޭގޮތުން ކަސްޓަމްސްއިން ޢަމަލުކުރި ގޮތަކާމެދު އެ ފަރާތަކުން ހިތްހަމަނުޖެހޭ މައްސަލައެއްވާނަމަ، އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި މި ގަވާއިދުގެ 15 ވަނަ ބައިގައި ބަޔާންކޮށްފައިވާ އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ މައްސަލަތައް ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ނިންމުމަށްފަހު، އެ މައްސަލަ ހުށަހެޅި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ.

 

247 ވަނަ މާއްދާ - ޝަރުތުތައް ފުރިހަމަކުރުމަށް ދެވޭ މުއްދަތު

މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ލޯކަލް ކުރިއަރ އޭޖެންޓުން، މިގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަކޮށް ކަސްޓަމްސްގައި ރަޖިސްޓަރީކުރަންވާނެއެވެ. މިގޮތުން މުއްދަތު ހަމަވާއިރު ޝަރުޠު ފުރިހަމަނުކުރެވޭ ލޯކަލް ކޫރިއަރ އޭޖެންޓުންނަށް، ޚިދުމަތްދިނުން ހުއްޓާލެވޭނެއެވެ.

 

ހަތަރުވަނަ ބާބު

އޭޖެންޓުންގެ ޚިދުމަތުގެ ފެންވަރު ބެލުން

 

248 ވަނަ މާއްދާ - ޕޮއިންޓް ދިނުމާއި ޕޮއިންޓް އުނިކުރުން

ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވޭ އޭޖެންޓުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ގޮތުން، އޭޖެންޓުންނަށް ޕޮއިންޓް ދެވޭނެގޮތާއި، އެޕޮއިންޓް އުނިކުރެވޭނެގޮތް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ؛

(ހ) އޭޖެންޓުން ރަޖިސްޓަރީކޮށްދެވޭއިރު، ކޮންމެ އޭޖެންޓަކަށްވެސް 100 ޕޮއިންޓް ލިބިދެވޭނެއެވެ. އޭޖެންޓުންގެ ޚިދުމަތުގެ ފެންވަރަށް ބަލައި ޕޮއިންޓް އުނިކުރެވެމުން ދާނެއެވެ.

(ށ) އޭޖެންޓުންނަށް ލިބޭ ޕޮއިންޓް 50 އަށް ވުރެ ދަށްވެއްޖެނަމަ ބެލެވޭނީ ޚިދުމަތުގެ ފެންވަރު ދަށްކަމުގައެވެ.

(ނ) އޭޖެންޓުންގެ ޕޮއިންޓް އުނިކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.

# މައްސަލަ އުނިކުރެވޭ ޕޮއިްނޓް
1.

ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދުގައި އޭޖެންޓުންގެ ޒިންމާގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމެއް ނުކުރުމުގެ ސަބަބުން، ނުވަތަ ފުރިހަމަ ގޮތުގައި ޒިންމާ އަދާ ނުކުރުމުގެ ސަބަބުން އެކަމެއް އިޞްލާޙުކުރުމަށް ދެވަނަ ފަހަރު އަންގަންޖެހުން

 10 ޕޮއިންޓް
2.

މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެންގުމަށްފަހު، ތަކުރާރުކޮށް އަންގަންޖެހުން

ފަހަރަކަށް 10 ޕޮއިންޓް

3.

ކަސްޓަމްސްގެ ޚިދުމަތް ހޯދާ 10 ޕޮއިންޓް ފަރާތްތަކާއި ކަސްޓަމްސްއާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރެއް ފޯރާފަދަ ޢަމަލެއް ކުރިކަން ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވުން.

10 ޕޮއިންޓް

4.

ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ މަދަނީ މައްސަލައެއް ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެ ނަސޭހަތް ދިނުން.

10 ޕޮއިންޓް

5.

ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ މަދަނީ މައްސަލައެއް ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެ ޖޫރިމަނާކުރުން

20 ޕޮއިންޓް

6.

ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖިނާއީ މައްސަލައެއް ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވުން

35 ޕޮއިންޓް
     
     

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕޮއިންޓް އުނިކުރެވިއްޖެނަމަ، އެޕޮއިންޓް އުނިކުރެވުނު ދުވަހުން ފެށިގެން މީލާދީ 1 (އެކެއް) އަހަރު ދުވަހުގެތެރޭގައި އެފަދަ ކުށެއް ތަކުރާރުނުކޮށްފިނަމަ ނުވަތަ އެ ކަމެއް އިސްލާޙުކޮށްފިނަމަ، އުނިކުރެވުނު ޕޮއިންޓް އެފަރާތަކަށް އަލުން ލިބިދެވޭނެއެވެ.

 

 

ދިހަވަނަ ބައި

ބޮންޑެޑް ވެއަރހައުސްއާއި ކަސްޓަމްސްގެ ބޮންޑު

އެއްވަނަ ބާބު

ބޮންޑެޑް ވެއަރހައުސް

 

249 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސް

ބޮންޑެޑް ވެއަރހައުސްއަކީ ރާއްޖެއަށް ގެންނަ މުދަލުގެ ތެރެއިން ޑިއުޓީ ނުދައްކައި ހުންނަ މުދަލާއި، ޑިއުޓީ ހިލޭ ފިހާރަތަކުގައި ވިއްކުމަށް ގެންނަ މުދަލާއި، ރާއްޖެއިން އެކްސްޕޯޓް ކުރުމަށް ނުވަތަ ރާއްޖެއަށް އިމްޕޯޓް ކުރުމަށްޓަކައި، ބަހައްޓާމުދާ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ބެހެއްޓުމަށް ކަސްޓަމްސްގައި ރަޖިސްޓަރީކޮށް، ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ހުންނަ ތަންތަނެވެ.

 

250 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސް ރަޖިސްޓަރީ ކޮށް ދިނުމުގައި ބަލާނެ މިންގަނޑު

ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ހަދާފައިވާ ތަނުގައި ތިރީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ހެދޭ ތަނަކީ އެތަނުގައި ބަހައްޓާ މުދާ ރައްކާތެރިކަމާއެކު ބެހެއްޓޭނެ ފެންވަރަކަށް ހަދާފައިވާ ތަނެއްކަމުގައި ވާންވާނެއެވެ.

(ށ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ ތަނުގެ ބޮޑުމިނުގައި މަދުވެގެން 25 ސީ.ބީ.އެމް ހުންނަ ތަންތަނެވެ.

(ނ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ހެދޭނީ ކަސްޓަމްސްގެ އޮފީސްތައް ހުންނަ ސަރަޙައްދުތަކުގައެވެ. މިގޮތުން ހެދޭ ތަނަކީ މީހުން ދިރިއުޅޭ ޢިމާރާތެއްގައި ހެދިފައިވާ ތަނަކަށް ވެގެންނުވާނެއެވެ.

(ރ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ހަދާފައިވާ ތަންތަނުގެ އެތެރެއާއި ވަށައިގެންވާ ސަރަޙައްދުގައި ރޭގަނޑު އެކަށީގެންވާ މިންވަރަށް އަލިކަން ހުންނާނެ ނިޒާމެއް ޤާއިމުކުރެވިފައި ހުންނަންވާނެއެވެ.

(ބ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ހަދާފައިވާ ތަންތަނުގެ އެތެރެއާއި އެތަންތަން ވަށައިގެންވާ ސަރަޙައްދު މޮނިޓަރކުރެވޭނެހެން ސީ.ސީ.ޓީވީ ހަރުކުރެވި، ސިސްޓަމުގެ އެކްސެސް، ކަސްޓަމްސްއަށް ލިބޭނެގޮތް ހަމަޖެހިފައި ހުންނަންވާނެއެވެ.

(ޅ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ހަދާފައިވާ ތަނަކީ ވަށައިގެން ފާރު ރާނައި ހިޔާކޮށްފައިވާ ޢިމާރާތެއްނަމަ، އެތަނުގައި ހަރުކުރެވިފައި ހުންނަ ފެންލައިޓް ހުންނަން ވާނީ މީހަކަށް ނުވަދެވޭ ގޮތަށް ދަނގަޑު ތޭރިޖަހައި ބަންދު ކުރެވިފައެވެ. ބޮންޑެޑް ވެއަރހައުސްއަށް ވަދެނިކުމެވުމަށް ހުންނަންވާނީ އެއް ދޮރެވެ.

(ކ) ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ތަކެތި ބެހެއްޓުމަށް ހަދާ ބޮންޑެޑް ވެއަރހައުސްއެއްނަމަ، އެތަންތަން ހުންނަންވާނީ އެފަދަ ތަކެތި ބެހެއްޓުމަށް އެކަށީގެންވާ މިންގަނޑަކަށް ހެދިފައެވެ.

(އ) މުދާ ބަލައި ފާސްކުރެވޭނެ ހުސްޖާގައެއް ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ހަދާފައިވާ ތަނާ އިންވެގެން އޮންނަންވާނެއެވެ.

(ވ) ބޮންޑެޑް ވެއަރހައުސްގެ ސްޓޮކް ބެލެހެއްޓޭނެ އިލެކްޓްރޯނިކް ނިޒާމެއް އެތަނުގައި ޤާއިމުކުރެވިފައި ހުންނަންވާނެއެވެ.

 

251 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓުމަށް ހުއްދަ ދެވޭ މުދާ

(ހ) ރާއްޖެއަށް އެތެރެކުރުމާއި އަދި ރާއްޖެއިން ބޭރުކުރުން ހުއްދަ ކޮންމެ އެއްޗެއް ބެހެއްޓުމަށް ހުއްދަ ދެވޭ މުދާ ބެހެއްޓުމަށްވެސް ބޮންޑެޑް ވެއަރހައުސްއެއް ރަޖިސްޓަރީ ކުރެވިދާނެއެވެ.

(ށ) ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވޭ ބޮންޑެޑް ވެއަރހައުސް، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ކެޓަގަރައިޒް ކުރެވޭނެއެވެ.

  1. ޑިއުޓީ ހިލޭ ފިހާރަ ހިންގާ ފަރާތްތަކުން އެފަރާތްތަކުން ހިންގާ ޑިއުޓީ ހިލޭ ފިހާރަތަކަށް ގެންނަ މުދާ ބެހެއްޓުމަށް ޚާއްޞަކޮށް ރަޖިސްޓަރީ ކުރެވޭ ޑިއުޓީ ފްރީ ބޮންޑެޑް ވެއަރހައުސް؛
  2. ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށް ޚާއްޞަކޮށް ރަޖިސްޓަރީ ކުރެވޭ ކޮމާޝަލް ބޮންޑެޑް ވެއަރހައުސް؛
  3. ރާއްޖެއިން މުދާ އެކްސްޕޯޓް ކުރުމަށް ޚާއްޞަކޮށް ރަޖިސްޓަރީ ކުރެވޭ އެކްސްޕޯޓް ބޮންޑެޑް ވެއަރހައުސް.

(ނ) ބަނގުރާއާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެތީގެ ވިޔަފާރި ކުރުމަށް ބޮންޑެޑް ވެއަރހައުސް ރަޖިސްޓަރީކުރެވޭނީ އެފަދަ ތަކެތި ބެހެއްޓުމަށް ސަރުކާރުން ހުއްދަ ކޮށްފައިވާ ސަރަޙައްދުތަކުގައެވެ. މި ސަރަޙައްދުތަކުގައި މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ދ) އާ ހަމައަށް ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރުމަކީ އެ ސަރަހައްދެއް ހިންގާ ނުވަތަ ބަލަހައްޓާ ފަރާތުގެ ޒިންމާއެކެވެ.

 

252 ވަނަ މާއްދާ - ހިންގާ ފަރާތުގެ ޒިންމާ

ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ބޮންޑެޑް ވެއަރހައުސް ހިންގުން؛

(ށ) ބޮންޑެޑް ވެއަރހައުސްގައި ނުވަތަ ބޮންޑެޑް ވެއަރހައުސް ހިމެނޭ ސަރަޙައްދުގައި ކަސްޓަމްސްއާ ގުޅުންހުރި ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ، ވީއެންމެ އަވަހަކަށް އެކަން ކަސްޓަމްސްއަށް އެންގުން؛

(ނ) ބޮންޑެޑް ވެއަރހައުސްއަށް ވެއްދުމަށް ކަސްޓަމްސްއިން ހުއްދަ ދީފައިވާ މުދާ ފިޔަވައި އިތުރު އެއްވެސް މުދަލެއް ބޮންޑެޑް ވެއަރހައުސްއަށް ނުވެއްދުން؛

(ރ) މުދާ ކްލިއަރކުރުމުގެ ތެރޭގައި ނުވަތަ މުދާ ދޫކުރެވޭ ފަހުން އެ މުދަލަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ލިޔުންތަކުން ނުވަތަ ދީފައިވާ މަޢުލޫމާތަކުން ފާހަގަކުރެވޭ މައްސަލައަކާ ގުޅިގެން އެ މުދަލަށް އިތުރަށް ފައިސާއެއް ދައްކަންޖެހިއްޖެނަމަ، އެކަން ކަސްޓަމްސްއިން އަންގާތާ 30 (ތިރީސް) ދުވަހުގެތެރޭގައި އެ ފައިސާއެއް ދެއްކުން؛

(ބ) ބޮންޑެޑް ވެއަރހައުސް ހިންގާ ސަރަޙައްދަށް ވަދެނިކުމެވުމަށް ކަސްޓަމްސްއިން ފާސް ދޫކޮށްފައިވާ މީހަކު ކުންފުނިން ވަކިވެއްޖެނަމަ، ނުވަތަ ނިޔާވެއްޖެނަމަ، ނުވަތަ އެ މީހެއްގެ ފާސް ގެއްލިއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ އެކަމެއް ހިނގާ ދުވަހުން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި އެ މަޢުލޫމާތު ކަސްޓަމްސްއަށް ދިނުން؛

(ޅ) ކަސްޓަމްސްއާއެކު މުޢާމަލާތު ކުރުމަށް ޢައްޔަންކޮށްފައިވާ ކަސްޓަމްސްގެ މެދުވެރިއެއް ބަދަލުވެއްޖެނަމަ ބަދަލުވާ ދުވަހުން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި އެ މަޢުލޫމާތު ކަސްޓަމްސްއަށް ދިނުން؛

(ކ) ބޮންޑެޑް ވެއަރހައުސްގައި ހުރި މުދާ ކަސްޓަމްސްއިން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ބަލައި ފާސްކުރެވޭނެ އިންތިޒާމު ހަމަޖެއްސުން؛

(އ) ބޮންޑެޑް ވެއަރހައުސްގައި މުދާ ބަހައްޓަންވާނީ އެކި އައިޓަމްތައް ވަކިވަކިން ބެލޭނެގޮތަށް އަދި ވަދެނިކުމެވުމަށް ފަސޭހަވާނެގޮތަކަށެވެ؛

(ވ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުން؛

(މ) އެކި ބަނދަރުތަކުން ބޮންޑެޑް ވެއަރހައުސްއަށް ވެއްދުމަށް ގެންނަ މުދާ ބޮންޑެޑް ވެއަރހައުސްއަށް ގެނައުމުގައި، ރައްކާތެރިކަމާއެކު ބެލެހެއްޓުން؛

(ފ) ބޮންޑެޑް ވެއަރހައުސްއަށް ވައްދާ މުދަލާއި، އެ ތަނުން ނެރޭ މުދަލުގެ މަޢުލޫމާތު ބަލަހައްޓާ ބިންކާޑަށް އުނިއިތުރު ނުގެނައުމާއި ބިންކާޑު ނުގެއްލޭނެހެން ރައްކާތެރިކަމާއެކު ބެލެހެއްޓުން؛

(ދ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލުގެ ސްޓޮކް ލިސްޓް ކޮންމެ 06 މަހަކުން އެއްފަހަރު ކަސްޓަމްސްއަށް ހުށަހެޅުން؛

(ތ) ބޮންޑެޑް ވެއަރހައުސްއަށް މުދާ ވެއްދުމުގައި ނުވަތަ މުދާ ނެރުމުގައި ނުވަތަ މުދާ ބަހައްޓާފައި ހުންނަ ހުރުމުގައި މުދަލަށް ގެއްލުމެއްލިބި ނުވަތަ މުދަލެއް މަދުވެއްޖެނަމަ، ނުވަތަ މުދަލެއް ވަގަށް ނަގައިފިނަމަ، އެކަން ވީއެންމެ އަވަހަކަށް ކަސްޓަމްސްއަށް އެންގުން؛

(ލ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ތަނެއް ހަލާކު ވެއްޖެނަމަ، އެކަން ވީއެންމެ އަވަހަކަށް ކަސްޓަމްސްއަށް އެންގުން؛

(ގ) ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުންނާއި އެ ފަރާތުން ބޮންޑެޑް ވެއަރހައުސް ހިންގާ ސަރަޙައްދަށް ވަދެނިކުމެވުމަށް ކަނޑައަޅާފައިވާ މުވައްޒަފަކުވެސް، ބޮންޑެޑް ވެއަރހައުސްގައި ހުންނަ ބަނގުރަލާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތައް ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކަށް ދިނުން ނުވަތަ ވިއްކުން؛

(ޏ) ކަސްޓަމްސްގެ ސަރަޙައްދުތަކުގައި ހުންނަ ބޮންޑެޑް ވެއަރހައުސްތައް ފިޔަވައި އެހެން ތަންތަނުގައި ހުންނަ ބޮންޑެޑް ވެއަރހައުސްތައް ހުޅުވިފައި ހުންނަ ކޮންމެ ވަގުތެއްގައި ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުގެ މުވައްޒަފަކާއި ކަސްޓަމްސްގެ އޮފިސަރަކު އެތަނުގައި ހުންނަންވާނެއެވެ؛

(ސ) ބޮންޑެޑް ވެއަރހައުސްގެ ކޮންމެ ދޮރެއްގައި ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުގެ ތަޅަކާއި ކަސްޓަމްސްގެ ތަޅެއް ލެވިފައި ހުންނަންވާނެއެވެ؛

(ޑ) ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ކާބޯތަކެތި އެފަދަ މުދާ ބެހެއްޓުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިނެއްގައި ބެހެއްޓުން.

 

253 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުގެ މައުލޫމާތު ބަދަލުވުން

ބޮންޑެޑް ވެއަރހައުސް ރަޖިސްޓަރީކޮށްފައިވަނީ ކުންފުންޏެއްގެ ނަމުގައި ކަމަށްވާނަމަ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުގެ މަޢުލޫމާތު ބަދަލުވުން އެކުންފުންޏެއްގެ ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ބަދަލުވެއްޖެނަމަ އެ މަޢުލޫމާތު ބަދަލުވި ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ މަޢުލޫމާތު ކަސްޓަމްސްއަށް ދޭންވާނެއެވެ.

(ހ) ކުންފުނީގެ މިލްކުވެރިކަން ބަދަލުވުން.

(ށ) ކުންފުނީގެ ނަން ބަދަލުވުން.

(ނ) ކުންފުނީގެ އެޑްރެސް ބަދަލުވުން.

 

254 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓޭނެ ތަކެތި

ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓޭނީ، ބޮންޑެޑް ވެއަރހައުސްގެ ރަޖިސްޓަރީއާއެކު ކަސްޓަމްސްއިން ދޭ ލިޔުމުގައި ބަޔާންކޮށްފައިވާ ތަކެއްޗެވެ.

 

255 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސްގެ ފީ ދެއްކުން

(ހ) ބޮންޑެޑް ވެއަރހައުސް ރަޖިސްޓަރީ ކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންމެ މަހަކު ބޮންޑެޑް ވެއަރހައުސްއަށް ފީ ދައްކަންވާނެއެވެ.

(ށ) ބޮންޑެޑް ވެއަރހައުސްގެ ފީ، ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކަސްޓަމްސްއަށް ދައްކައި ނިންމަންވާނެއެވެ. މިމުއްދަތުގެ ފަހުން، އެމަހުގައި އެމަހުގެ ފީ ދައްކާނަމަ، ފީ ބަލައިގަނެވޭނީ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 50 (ފަންސާސް) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ. މަސް ނިމޭއިރު، ބޮންޑެޑް ވެއަރހައުސްގެ ފީ ދައްކާފައިނުވާ ފަރާތްތަކަށް ބޮންޑެޑް ވެއަރހައުސްއާ ގުޅިގެން ދެވޭ އެއްވެސް ޚިދުމަތެއް ނުދެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ މުއްދަތުގައި ފީ ދައްކާފައި ނުވާނަމަ، ޖެހިގެން އަންނަ މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ ބުނެވިދިޔަ މަހުގައި އިތުރަށް ހިނގާ ކޮންމެ ދުވަހެއް ހިމެނޭގޮތުން 100 (ސަތޭކަ) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ. މި މުއްދަތުގައިވެސް ދައްކާފައިނުވާނަމަ، ތިންވަނަމަހުގައި ބަލައިގަނެވޭނީ އިސްވެދެންނެވި މުއްދަތުގައި ހިނގާ ކޮންމެ ދުވަހެއް ހިމެނޭގޮތުން، ފީ ދެއްކުމާހަމައަށް ހިނގާ ކޮންމެ ދުވަހަކަށް 150 (ސަތޭކަ ފަންސާސް) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

(ރ) ބޮންޑެޑް ވެއަރހައުސްގެ ފީ ނުދައްކާތާ މީލާދީގޮތުން 3 (ތިނެއް) މަސްދުވަސް ވެއްޖެނަމަ އެފަރާތަކަށް ދޫކުރެވިފައިވާ ބޮންޑެޑް ވެއަރހައުސް ހިންގުމުގެ ރަޖިސްޓަރީ ބާޠިލުކުރެވޭނެއެވެ.

 

256 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއާ މުއާމަލާތް ކުރުން

ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއާ މުޢާމަލާތް ކުރަންވާނީ މުދަލުގެ ވެރިފަރާތުންނެވެ. އަދި ވެރިފަރާތުން ބޭނުންވެއްޖެނަމަ، ވެރިފަރާތުގެ ބަދަލުގައި މުޢާމަލާތްކުރުމަށް މި ގަވާއިދުގެ 9 ވަނަ ބައިގެ އެއްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްގެ މެދުވެރިއެއް ޢައްޔަން ކުރެވިދާނެއެވެ.

 

257 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސްއަށް ބޮންޑު ކީޕަރުން ހަމަޖެއްސުން

ކަސްޓަމްސްގައި ބޮންޑެޑް ވެއަރހައުސް ރަޖިސްޓަރީ ކުރުމަށްފަހު، ރަޖިސްޓަރީ ދޫކުރެވޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ ބޮންޑެޑް ވެއަރހައުސްއަށް މަދުވެގެން 01 (އެކެއް) ބޮންޑު ކީޕަރު ރަޖިސްޓަރީކުރުމަށް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. ބޮންޑެޑް ވެއަރހައުސްއަށް މުދާ ވެއްދުމުގެ ހުއްދަ ދެވޭނީ، ކަސްޓަމްސްގައި ބޮންޑު ކީޕަރަކު ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.

 

258 ވަނަ މާއްދާ - ބޮންޑުކީޕަރުން ރަޖިސްޓަރީ ކުރުމުގައި ބަލާނެ މިންގަނޑު

(ހ) ބޮންޑު ކީޕަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ މީހުންނެވެ.

  1. ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން ލިޔެކިޔަން އެނގުން؛
  2. މަސްތުވާތަކެތި އެތެރެކުރުމާއި، އެތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލައެއް ޝަރީޢަތަށް ސާބިތުވެފައިވާނަމަ، ޙުކުމް ތަންފީޒްކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 03 (ތިނެއް) އަހަރު ވެފައިވުން؛
  3. ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖިނާއީ މައްސަލައެއް ޝަރީޢަތަށް ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ އެ ޙުކުމް ތަންފީޒްކޮށް ނިމުނުތާ، ނުވަތަ އެޙުކުމުން ކަނޑައެޅުނު އަދަބު މާފުކުރެވުނުތާ 01 (އެކެއް) އަހަރު ވެފައިވުން؛

(ށ) ބޮންޑު ކީޕަރުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީކުރެވޭ މީހުންނަށް، ކަސްޓަމްސްއިން ފާހެއް ދޫކުރަންވާނެއެވެ. މިގޮތުން ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތަކަށް، އަގަކާނުލައި، އަހަރަކު 05 (ފަހެއް) ފާސް ދޫކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ހަދާ ފާހާއި، ގެއްލިގެން ނުވަތަ ހަލާކުވެގެން ހަދާ ފާހަށް މި ގަވާއިދުގެ 36 ޖަދުވަލު ގައި ބަޔާންކޮށްފައިވާ ފީ ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

(ރ) ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ބޮންޑެޑް ވެއަރހައުސްގެ އަދަދާއި ތަނުގައި ހުރި މުދަލުގެ އަދަދަށް ބެލުމަށްފަހު، ބޮންޑެޑް ވެއަރހައުސްއަށް ބޮންޑު ކީޕަރުން އިތުރުކޮށް ދެވޭނެއެވެ.

 

259 ވަނަ މާއްދާ - ބޮންޑު ކީޕަރުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

(ހ) ކަސްޓަމްސްގައި ބޮންޑު ކީޕަރުން ރަޖިސްޓަރީ ކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 22 ގައި ބަޔާންކޮށްފައިވާ ބޮންޑު ކީޕަރުން ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު؛
  2. ކުންފުނިން އެމުވައްޒަފަކަށް ވަޒީފާ ދިންކަމުގެ ލިޔުން؛
  3. މި ގަވާއިދުގެ 258 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވާކަން އެނގޭނެ، ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ލިޔުން؛
  4. ޕާސްޕޯޓްސައިޒުގެ 2 ފޮޓޯ (ނެގިތާ 3 މަސް ހަމަނުވާ)؛
  5. ބިދޭސީއެއްނަމަ، އެޤައުމެއްގެ އެމްބަސީން އެންޑޯޒްކޮށްފައިވާ އެ މީހެއްގެ ކުށުގެ ރިކޯޑު ނުވަތަ ޕޮލިސް ރިޕޯޓް؛

(ށ) ބޮންޑްކީޕަރުގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ މީހަކީ މި ގަވާއިދުގެ 259 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ މީހަކަށްވާނަމަ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މީހަކު ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސް ދޫކުރަންވާނެއެވެ. އަދި އެމީހަކީ މިގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަނުވާ މީހަކަށްވާނަމަ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެތެރޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޮންޑު ކީޕަރުން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފަރާތްތައް ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސް ދޫކުރެވޭނީ ރަޖިސްޓަރީ ކޮށްދެވޭ މީހާގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމުންނެވެ. އަދި އެމީހަކީ ބިދޭސީއެއްނަމަ އެ މީހެއްގެ މުއްދަތު ހަމަނުވާ ވާރކް ޕާމިޓުގެ އަސްލު ނުވަތަ ވާރކް ޕާމިޓް ކާޑު ގެނައުމުންނެވެ.

(ރ) ބޮންޑުކީޕަރުން، ކަސްޓަމްސްގެ ސަރަޙައްދުތަކުގައި އުޅޭއިރު، ކަސްޓަމްސްއިން ދޫކޮށްފައިވާ ފާސް ފެންނަގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ.

 

260 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސްއަށް މުދާ ވެއްދުމާއި، އެ ތަނުން މުދާ އިމްޕޯޓް ކުރުމުގެ ހުއްދަ ދިނުން

(ހ) ބޮންޑެޑް ވެއަރހައުސް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރުމަށްފަހު އެތަންތަނަށް މުދާ ވެއްދުމާއި އެތަންތަނުން މުދާ އިމްޕޯޓް ކުރުމުގެ ހުއްދަ ދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން ފުރިހަމަކުރުމުންނެވެ.

(ށ) ބޮންޑެޑް ވެއަރހައުސް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރުމަށްފަހު، ހިންގާ ފަރާތަށް ރަޖިސްޓަރީ ހަވާލުކުރެވޭތާ 05 (ފަހެއް) ދުވަހުގެ ތެރޭގައި ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ރަޖިސްޓަރީ ކުރެވުނު ތަނުގެ ބޭރުގައި، އަކުރު ބޯލްޑުކޮށް، ސައިޒު 6 (ހައެއް) އިންޗިއަށް ވާވަރަށް ބޮންޑެޑް ވެއަރހައުސްގެ ރަޖިސްޓަރީ ނަންބަރާއި ބޮންޑެޑް ވެއަރހައުސްގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔެ ހަރުކުރަންވާނެއެވެ.

(ނ) ބޮންޑެޑް ވެއަރހައުސްއަށް ވެއްދުމަށް ގެންނަ މުދާ ރާއްޖެއަށް ގެނައުމުގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބޮންޑެޑް ވެއަރހައުސްގެ ނަމުގައި މުދާ އިމްޕޯޓް ކުރުމުގެ ހުއްދަ ނެގުމަށްފަހު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ރ) ބަނގުރަލާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެތި ބަހައްޓާ ބޮންޑެޑް ވެއަރހައުސްތައް ރަޖިސްޓަރީކޮށް، އެ ބޮންޑެޑް ވެއަރހައުސްތަކަށް މުދާ ވެއްދުމުގެ ކުރިން، އެފަދަ ތަކެތި ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމުގެ ހުއްދަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނެގުމަށްފަހު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

 

261 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސްއަށް މުދާ ވެއްދުން

(ހ) ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓުމަށް ރާއްޖެއަށް ގެންނަ މުދަލުގެ އެންމެހައި ލިޔުންތައް ހުންނަންވާނީ ބޮންޑެޑް ވެއަރހައުސްގެ ނަމުގައި ކޮންސައިން ކުރެވިފައެވެ.

(ށ) ބޮންޑެޑް ވެއަރހައުސްއަށް މުދާ ވެއްދޭނީ ބޮންޑެޑް ވެއަރހައުސްގެ ނަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ނަގައި، ކަސްޓަމްސްގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.

(ނ) ބޮންޑެޑް ވެއަރހައުސްއަށް މުދާ ވެއްދޭނީ ކަސްޓަމްސްގެ އޮފިސަރަކާއި ބޮންޑެޑް ވެއަރހައުސްގެ ބޮންޑު ކީޕަރެއްގެ ހާޒިރުގައި ޑިކްލަރޭޝަނާއި މުދަލާއި ދިމާވޭތޯ ޗެކުކުރުމަށް ފަހުގައެވެ.

(ރ) ބޮންޑެޑް ވެއަރހައުސްއަށް ވައްދާ ހުރިހާ މުދަލެއް ބިންކާޑުގައި ލިޔެ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން ސްޓޮކް އަޕްޑޭޓްކޮށް ބަލަހައްޓަންވާނެއެވެ.

(ބ) ބޮންޑެޑް ވެއަރހައުސްއަށް މުދާ ވެއްދުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. ގުޑްސް ޑިކްލަރޭޝަން؛
  2. އަގު ފާސްކޮށްފައިވާ މުދަލުގެ ކޮމާޝަލް އިންވޮއިސް
  3. މުދަލުގެ އެއަރވޭ ބިލް ނުވަތަ ބިލް އޮފް ލޭޑިންގ؛
  4. މުދަލުގެ ޕެކިންގ ލިސްޓް؛
  5. މުދަލުގެ ޑެލިވަރީ އޯޑަރ.

 

262 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސްއަށް ވެއްދުމަށް ގެންނަ މުދަލުގެ އުނިއިތުރު ފާހަނގަކުރެވުން

(ހ) އެކި ބަނދަރުތަކުން ބޮންޑެޑް ވެއަރހައުސްއަށް ވެއްދުމަށް ގެންނަ މުދަލުގެ ތެރޭގައި ހިމެނޭ ތަޅައިގެންގޮސްފައި ނުވަތަ ހަލާކުވެފައި، ނުވަތަ ލީކުވެފައި ހުންނަ ފުޅި ނުވަތަ ދަޅު ފަދަ ތަކެއްޗާއި ހުށަހަޅާ ލިޔުންތަކަށްވުރެ މަދުވާ ތަކެއްޗަކީ، ބަނދަރުގައި ހުއްޓާ ނުވަތަ ބަނދަރުގައި މުދާ ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުގެ ބެލުމުގެ ދަށުގައި ހުއްޓާ ދިމާވި ކަމެއްކަން ބަޔާންކޮށް އެ މުދާ ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުގެ ލިޔުމެއް ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން ކަސްޓަމްސްއަށް ހުށަހަޅައިފިނަމަ، އެ މުދަލަށް ދައްކަންޖެހޭ ޑިއުޓީ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން ދައްކާކަށް ނުޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުން ހުށަނާޅައިފިނަމަ، އެ އެއްޗަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން ދައްކަންވާނެއެވެ.

(ނ) ބޮންޑެޑް ވެއަރހައުސްއަށް ވެއްދުމަށް ގެންނަ މުދަލުގެ ތެރޭގައި ކަސްޓަމްސްއަށް ޑިކްލެއަރނުކުރާ މުދާ ހުރިނަމަ، އެފަރާތް މި ގަވާއިދުގެ 19 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރެވޭނެއެވެ.

 

263 ވަނަ މާއްދާ -  ބޮންޑެޑް ވެއަރހައުސްއަށްގައި ހުންނަ މުދާ ދޫކުރުން

(ހ) ބޮންޑެޑް ވެއަރހައުސްއަށް ވައްދާފައި ހުންނަ މުދާ ދޫކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ބޭނުންތަކަށެވެ.

  1. ރާއްޖެއަށް އިމްޕޯޓް ކުރުމަށް؛
  2. ރާއްޖެއިން އެކްސްޕޯޓް ކުރުމަށް ނުވަތަ ރީ-އެކްސްޕޯޓްކުރުމަށް؛
  3. މުދާ ފޮނުވި ފަރާތަށް އަނބުރާ ފޮނުވާލުމަށް؛
  4. ޑިއުޓީ ހިލޭ ފިހާރަތަކަށް ގެންދިއުމަށް؛
  5. ޝިޕްސްޓޯރުގެ ގޮތުގައި އުޅަނދުފަހަރަށް ގެންދިއުމަށް.
  6. އެއް ބޮންޑެޑް ވެއަރހައުސްއިން އަނެއް ބޮންޑެޑް ވެއަރހައުސްއަށް ބަދަލުކުރުމަށް؛
  7. މުއްދަތު ހަމަވުމުގެ ސަބަބުން، ނުވަތަ ހަލާކުވުމުގެ ސަބަބުން މުދާ ނައްތާލުމަށް.

(ށ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ ބަނގުރަލާއި، އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެތި ޑިޕްލޮމެޓިކް ފަރާތްތަކަށް ދޫކުރާނީ އެފަރާތެއްގެ ނަމުގައި އެފަދަ ތަކެތި ގެނައުމާއި ބޭނުންކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނެގުމަށްފަހު، ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.

(ނ) ބޮންޑެޑް ވެއަރހައުސްއިން މުދާ ނެރެވޭނީ ކަސްޓަމްސްގެ އޮފިސަރަކާއި ބޮންޑެޑް ވެއަރހައުސްގެ ބޮންޑު ކީޕަރެއްގެ ހާޒިރުގައި ޑިކްލަރޭޝަނާއި މުދަލާއި ދިމާވޭތޯ ޗެކުކުރުމަށް ފަހުގައެވެ.

(ރ) ބޮންޑެޑް ވެއަރހައުސްއިން ނެރޭ ހުރިހާ މުދަލެއް ބިންކާޑުގައި ލިޔެ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން ސްޓޮކް އަޕްޑޭޓްކޮށް، ބަލަހައްޓަންވާނެއެވެ.

 

264 ވަނަ މާޢްދާ - މުދާ އިމްޕޯޓްކުރުން

(ހ) ބޮންޑެޑް ވެއަރހައުސްއިން މުދާ އިމްޕޯޓް ކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން؛
  2. މުދާ އިމްޕޯޓްކުރުމުގެ ހުއްދަ؛
  3. މުދަލުގެ އަގު ސީ.އައި.އެފް އުސޫލުން ބަޔާންކޮށްފައިވާ އިންވޮއިސް؛
  4. ބަނގުރަލާއި، އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެތިނަމަ އެފަދަ ތަކެތި އިމްޕޯޓް ކުރުމާއި، ވިއްކުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކޮށްފައިވާ ހުއްދަ.

(ށ) ޓޫރިސްޓް އުޅަނދުފަހަރަށް މުދާ ދޫކުރެވެނީ މުދާ އިމްޕޯޓް ކުރާ އުސޫލުން ކަމަށްވާތީ، އެފަދަ ފަރާތްތަކަށްވެސް ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ދޫކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުމުންނެވެ.

(ނ) ކަސްޓަމްސްއިން ދޫކުރެވޭ ބަނގުރާއާއި ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެތި، ލިބެންވީ ފަރާތަށް އެތަކެތި ލިބިއްޖެނަމަ އެ ތަކެތި ލިބުނުކަން ކަސްޓަމްސްއިން އެ ތަކެތި ދޫކުރާތާ 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، އެ ތަކެތި ލިބެންވީ ފަރާތުން ކަސްޓަމްސްއަށް އަންގަންވާނެއެވެ. އަދި 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި އެ ތަކެތި ނުލިބޭނަމަ 72 (ހަތްދިހަ ދޭއް) ގަޑިއިރު ހަމަވާ ވަގުތުން ފެށިގެން، 01 (އެކެއް) ގަޑިއިރުގެ ތެރޭގައި، ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް އެކަން ކަސްޓަމްސްއަށް އަންގަންވާނެއެވެ.

(ރ) ކަސްޓަމްސްއިން ދޫކުރެވޭ ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެތި ލިބެންވީ ފަރާތަށް އެ ތަކެތި ލިބުނީ 72 (ހަތްދިހަ ދޭއް) ގަޑިއިރު ފަހުންކަމުގައިވާނަމަ، އެ ތަކެތި ލިބޭ ވަގުތުން ފެށިގެން 01 (އެކެއް) ގަޑިއިރުގެ ތެރޭގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް އެކަން ކަސްޓަމްސްއަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ތަކެތި ލިބެންވީ ފަރާތަށް ތަކެތި ނުލިބޭނަމަ ނުވަތަ އެއްވެސް ހާލަތެއް ދިމާވެގެން، ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް އެކަން ކަސްޓަމްސްއަށް އެންގޭނެގޮތެއް ނެތްނަމަ، ކަސްޓަމްސްއިން އެ މުދާ ދޫކުރި ވަގުތުން ފެށިގެން 72 (ހަތްދިހަ ދޭއް) ގަޑިއިރު ހަމަވުމުގެ ކުރިން އީމެއިލުން ނުވަތަ ލިޔުމުން ކަސްޓަމްސްއަށް އެކަން އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) އާއި (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ތަކެތި ލިބެންވީ ފަރާތުން، އެ މަޢުލޫމާތު ކަސްޓަމްސްއަށް ހުށަނާޅައިފިނަމަ، އެ ތަކެތި ލިބެންވީ ފަރާތް 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ މުއްދަތަށްފަހު އިތުރަށް ހިނގާ ކޮންމެ ގަޑިއެއްގެއިރަކަށް، 135 (އެއްސަތޭކަ ތިރީސް ފަހެއް) ރުފިޔާއިން އެ ތަކެތި ލިބެންވީ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން ޖޫރިމަނާ އެންމެ ގިނައިން ނެގޭނީ 666 ގަޑިއިރަށެވެ.

(ކ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މަޢުލޫމާތު ކަސްޓަމްސްއަށް ހުށަނާޅާ ފަރާތްތަކުގެ ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެތީގެ ޑިކްލަރޭޝަން ނިންމައިދެވޭނީ، އެ މަޢުލޫމާތު ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.

(އ) ބަނގުރަލާއި ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެތި ދޫކުރި ގޭޓްފާސް ގެއްލިއްޖެނަމަ، އަލުން ގޭޓްފާސް ހަދައިދެވޭނީ -/500 (ފަސްސަތޭކަ) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

 

265 ވަނަ މާއްދާ - މުދާ އެކްސްޕޯޓްކުރުން ނުވަތަ ރީ-އެކްސްޕޯޓްކުރުން

(ހ) ބޮންޑެޑް ވެއަރހައުސްއިން މުދާ އެކްސްޕޯޓްކުރުމަށް ނުވަތަ ރީ-އެކްސްޕޯޓް ކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން؛
  2. އެކްސްޕޯޓް ކުރުމުގެ ހުއްދަ؛
  3. މުދަލުގެ އަގު އެފް.އޯ.ބީ ޓާރމުން ބަޔާންކޮށްފައިވާ އިންވޮއިސް؛
  4. މުދާ ބޮންޑެޑް ވެއަރހައުސްއިން އެކްސްޕޯޓް ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކޮށްފައިވާ ހުއްދަ.

(ށ) ބޮންޑެޑް ވެއަރހައުސްއަށް ވައްދާފައިހުރި މުދަލެއް، އެ މުދާ ފޮނުވި ފަރާތަށް އަނބުރާ ފޮނުވާލެވޭނީ ސަބަބު ބަޔާންކޮށް ކަސްޓަމްސްއަށް ލިޔުމުން ހުށަހަޅައި ކަސްޓަމްސްގެ ހުއްދަ ލިބިގެންނެވެ. މިފަދަ މުދާ ބޮންޑެޑް ވެއަރހައުސްއިން ނެރުމަށްވެސް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

 

266 ވަނަ މާއްދާ - ޑިއުޓީ ހިލޭ ފަރާތްތަކަށް މުދާ ގެންދިއުން

ބޮންޑެޑް ވެއަރހައުސްއިން ޑިއުޓީ ހިލޭ ފިހާރަތަކަށް މުދާ ގެންދިއުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ހ) މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން؛

(ށ) ބޮންޑެޑް ވެއަރހައުސްއިން ޑިއުޓީ ހިލޭ ފިހާރައަށް މުދާ ގެންދިއުމަށް ހަދާފައިވާ ޕާޗޭސް އޯޑަރ.

 

267 ވަނަ މާއްދާ - ށިޕް ސްޓޯރގެ ގޮތުގައި މުދާ ދޫކުރުން

(ހ) ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރަށް ޝިޕް ސްޓޯރސްގެ ގޮތުގައި ބޮންޑެޑް ވެއަރހައުސްއިން މުދާ ގެންދިއުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން؛
  2. މުދަލުގެ އަގު ސީ.އައި.އެފް ޓާރމުން ބަޔާންކޮށްފައިވާ އިންވޮއިސް؛
  3. ބަނގުރަލާއި އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެތިނަމަ، އެފަދަ ތަކެތި އިމްޕޯޓް ކުރުމާއި ވިއްކުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކޮށްފައިވާ ހުއްދަ.

(ށ) ޝިޕް ސްޓޯރސްގެ ގޮތުގައި ތަކެތި ދޫކުރެވޭނީ މި ގަވާއިދުގެ އެއްވަނަ ބައިގެ 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

268 ވަނަ މާއްދާ - މުދާ ބަދަލު ކުރުން

އެއް ބޮންޑެޑް ވެއަރހައުސްއިން އަނެއް ބޮންޑެޑް ވެއަރހައުސްއަށް ބަދަލުކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ހ) މުދާ ޓްރާންސްފަރ ކުރެވޭނީ އެއްފަރާތެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި ހުންނަ ޑިއުޓީ ފްރީ ބޮންޑެޑް ވެއަރހައުސްއަކުން ކޮމާޝަލް ބޮންޑެޑް ވެއަރހައުސްއަކަށް ނުވަތަ ކޮމާޝަލް ބޮންޑެޑް ވެއަރހައުސްއަކުން ޑިއުޓީ ފްރީ ބޮންޑެޑް ވެއަރހައުސްއަކަށެވެ.

(ށ) އެއްފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައި ހުންނަ ޑިއުޓީ ފްރީ ބޮންޑެޑް ވެއަރހައުސްއަކުން އެފަރާތުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ކޮމާޝަލް ބޮންޑެޑް ވެއަރހައުސްއަކަށް މުދާ ބަދަލު ކުރިނަމަވެސް، އެ މުދަލަކީ ރާއްޖެއަށް އިމްޕޯޓްކުރުން މަނާ މުދަލެއްނަމަ އެ މުދަލެއް ރާއްޖެއަށް އިމްޕޯޓް ނުކުރެވޭނެއެވެ.

(ނ) ޑިއުޓީ ހިލޭ ފިހާރަތަކަށް ވައްދާފައި ހުންނަ މުދާ އެއްވެސް ސަބަބަކާހުރެ އަނބުރާ ބޮންޑެޑް ވެއަރހައުސްއަކަށް ނުވެއްދޭނެއެވެ.

(ރ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ޓްރާންސްފަރ ކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން
  2. މުދަލުގެ އިންވޮއިސް

 

369 ވަނަ މާއްދާ - މުއްދަތު ހަމަވުމުން ނުވަތަ ހަލާކުވާ މުދާ ނައްތާލުން

ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން ނައްތާލެވޭނީ މި ގަވާއިދުގެ 14 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

270 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލަށް ޑިއުޓީ ދެއްކުން

(ހ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލުގެ ޑިއުޓީ ދައްކަންވާނީ މުދަލުގެ ވެރިފަރާތުން ނުވަތަ ކަސްޓަމްސްގެ މެދުވެރިންނެވެ. ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތަކީ ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި ރަޖިސްޓަރީކޮށް ލައިސަންސް ލިބިފައިވާ ފަރާތެއްނަމަ، އެފަރާތަކަށް ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލުގެ ޑިއުޓީ ދެއްކޭނެއެވެ.

(ށ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ އެތަނަށް ވެއްދުމުގައި ނުވަތަ އެ ތަނުން ނެރުމުގައި ނުވަތަ އެތަނުގައި ހުންނަ ހުރުމުގައި މުދަލަށް ގެއްލުމެއް ލިބި ނުވަތަ ހަލާކުވެއްޖެނަމަ ނުވަތަ އެ މުދާ މަދުވެއްޖެނަމަ ނުވަތަ އެ މުދާ ވަގަށް ނަގައިފިނަމަ، ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން އެ މުދަލަށް އިމްޕޯޓް ޑިއުޓީ ދައްކަންވާނެއެވެ.

(ނ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ދޫކުރެވޭ ފަހުން ކަސްޓަމްސްއިން ބަލާ ބެލުންތަކުން އެ މުދަލުގެ ސްޓޮކް މަދުވެގެން ނުވަތަ އެނޫން ގޮތަކުންވެސް އެ މުދަލަކަށް އިތުރަށް ޑިއުޓީ ދައްކަންޖެހޭކަމަށް ފާހަގަކުރެވިއްޖެނަމަ، އެ ފައިސާ ދެއްކުމަށް ކަސްޓަމްސްއިން އަންގާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން އެ ފައިސާ ކަސްޓަމްސްއަށް ދައްކައި ނިންމަންވާނެއެވެ.

(ރ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ދޫކުރެވޭ ފަހުން ކަސްޓަމްސްއިން ބަލާ ބެލުންތަކުން އެ މުދަލަކަށް އިތުރަށް ޑިއުޓީ ނެގިފައިވާކަމަށް ފާހަގަކުރެވިއްޖެނަމަ، މިގަވާއިދުގެ 7 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުދަލަށް އިތުރަށް ނެގިފައިވާ ޑިއުޓީ ކަސްޓަމްސްއިން ރިފަންޑްކޮށްދޭންވާނެއެވެ.

(ބ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ދޫކުރުމުގައި ތަފާތު އައިޓަމެއް ދޫކުރެވުމުގެ ސަބަބުން ބޮންޑެޑް ވެއަރހައުސްގެ ސްޓޮކް އިތުރުވެއްޖެނަމަ، އެ މުދަލުގެ ސްޓޮކް އަލުން ޗެކުކޮށް ބޮންޑެޑް ވެއަރހައުސްއަށް ވައްދާމުދަލަށް ފުރިހަމަކުރަންޖެހޭ، ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭޝަން ނިންމުމަށްފަހު، ސްޓޮކް ހަމަކުރަންވާނެއެވެ.

(ޅ) ބޮންޑެޑް ވެއަރހައުސްއަށް މުދާ ވައްދާފަހުން، މުދަލެއްގެ ސްޓޮކް އިތުރުވާ ކަމަށް ނުވަތަ ދިމާނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެ މުދަލެއް އެންމެފަހުން ވެއްދި ގުޑްސް ޑިކްލަރޭޝަނާއި މުދަލާ ދިމާވޭތޯ އެ މުދަލުގެ މުޅި ސްޓޮކް އަލުން ޗެކުކުރަންވާނެއެވެ.

(ކ) ބޮންޑެޑް ވެއަރހައުސްއަށް ވައްދާ އެއްވެސް މުދަލެއް، އެ ތަނުން ނުނެރެ 1 (އެކެއް) އަހަރު ދުވަސް ހަމަވެއްޖެނަމަ އެ މުދަލަށް އިމްޕޯޓް ޑިއުޓީ ދައްކަންވާނެއެވެ.

(އ) އިންސާނީ ބާރު ނުފޯރާ ޚާއްޞަ ހާލަތެއްގެ ސަބަބުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ، ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން އެ މުދަލަށް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.

 

271 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސް ހަދާފައިހުރި ފަރާތާއި، އެތަން ރަޖިސްޓަރީ ކޮށްދެވޭ ފަރާތާ ދެމެދު މައްސަލަ ޖެހުން

ބޮންޑެޑް ވެއަރހައުސް ހަދާފައިހުންނަ ތަނުގެ ވެރިފަރާތާއި، އެތަން ރަޖިސްޓަރީކޮށްދެވޭ ފަރާތާ ދެމެދު ޖެހޭ އެއްވެސް މައްސަލައެއްގައި ކަސްޓަމްސްގެ ދައުރެއް ނޯންނާނެއެވެ. އަދި އެފަދަ މައްސަލައެއްގެ ސަބަބުން އެ ބޮންޑެޑް ވެއަރހައުސްއެއްގައި ބަހައްޓާފައިހުންނަ މުދާ ނުވަތަ ބޮންޑެޑް ވެއަރހައުސްއަށް ވެއްދުމަށް ގެންދާ މުދާ ގެއްލިއްޖެނަމަ، ނުވަތަ އެ މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ އެ މުދަލަށް ދައްކަންޖެހޭ ޑިއުޓީ އެ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން ދައްކަންވާނެއެވެ.

 

272 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސްތަކުން ބަނގުރަލާއި އޫރުމަސް އެކުލެވޭ ބާވަތްތައް ގެންދިއުމަށް ހަވާލުވާ ފަރާތްތަކުގެ ޒިންމާ

(ހ) ބަނގުރަލާއި އޫރުމަސް ގެންގުޅުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް ބަނގުރަލާއި ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެއްޗާ ހަވާލުވާން ކަސްޓަމްސްއަށް ނާދެވޭ ހާލަތްތަކުގައި އެ ތަކެތި ގެންދިއުމަށް ހަވާލު ކުރެވޭނީ، ތަކެތި ހަވާލުކުރުމަށް އެ ތަކެތި ލިބެންވީ ފަރާތުން ކަސްޓަމްސްއަށް އަންގާފައިވާ ފަރާތަކަށެވެ.

(ށ) ބަނގުރަލާއި އޫރުމަސް ގެންގުޅުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް ގެންދާ ބަނގުރަލާއި ބަނގުރާ އެކުލެވޭ ތަކެއްޗާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެތި އެ ތަކެތި ގެންދަންޖެހޭ ތަންތަނަށް ގެންދިއުމަށް ހަވާލުވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަކީ ކުށެކެވެ.

  1. ބަނގުރާއާއި އޫރުމަހާއި، އޫރުމަސް އެކުލެވޭ ބާވަތްތައް ގެންދަންޖެހޭ ތަން ފިޔަވައި އެހެން ތަނަކަށް ގެންދިއުން (އެހެން ނަމަވެސް އެ ފަދަ މުދާ ހިފައިގެން ދަތުރުކުރާ އުޅަނދުފަހަރު ކަސްޓަމްސްގެ ހުއްދައާއެކު، އެހެންތަނަކަށް ވަގުތީގޮތުން ކައިރިކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.)
  2. ބަނގުރަލާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތައް ޤާނޫނާއި ގަވާއިދާ ޚިލާފަށް ބޭނުންކުރުން ނުވަތަ ދިނުން ނުވަތަ ވިއްކުން.

(ނ) ބަނގުރަލާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތައް ގެންދަންޖެހޭ ތަނަކަށް ގެންދިއުމުގައި، އިންސާނީ ބާރު ނުފޯރާފަދަ ޚާއްސަ ހާލަތެއް މެދުވެރިވެއްޖެނަމަ، ކަސްޓަމްސްގެ ހުއްދައާއެކު އެ ތަކެތި ކަސްޓަމްސްއިން ހުއްދަކުރާ ތަނަކަށް ގެންދެވިދާނެއެވެ ނުވަތަ އެހެން އުޅަނދަކަށް ބަދަލުކުރެވިދާނެއެވެ.

 

273 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސް ހަލާކުވެ މަރާމާތުކުރަންޖެހުން 

(ހ) ބޮންޑެޑް ވެއަރހައުސްއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ތަނެއް ނުވަތަ ކޮންޓެއިނަރެއް ހަލާކުވެއްޖެނަމަ އެ ތަނެއް މަރާމާތުކުރުމަށް މުއްދަތެއް ދިނުމަށްފަހު އެކަން ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ.

(ށ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ތަން ނުވަތަ ކޮންޓެއިނަރުގެ ދޮރުފަތް ހަލާކުވެ ތަޅުނުލެވުމާއި، ކޮންޓެއިނަރ ހަލާކުވެ ފޫވެއްޓުން ފަދަ ކަންކަން ބެލެވޭނީ ބޮންޑެޑް ވެއަރހައުސް ހަލާކުވުންކަމުގައެވެ.

(ނ) ބޮންޑެޑް ވެއަރހައުސް މަރާމާތު ކުރުމަށް ކަސްޓަމްސްއިން ދޭ މުއްދަތުގެ ތެރޭގައި، ބޮންޑެޑް ވެއަރހައުސް މަރާމާތުކޮށް ނުނިމިއްޖެނަމަ އެގޮތަށް ދިމާވާންޖެހުނު ސަބަބު ކަސްޓަމްސްއިން ބެލުމަށްފަހު ބޮންޑެޑް ވެއަރހައުސް މަރާމާތުކުރުމަށް ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް ދެވިދާނެއެވެ. މިމުއްދަތުގެ ތެރޭގައި މަރާމާތުކޮށް ނުނިމިއްޖެނަމަ ބޮންޑެޑް ވެއަރހައުސްއަށް ޚިދުމަތް ދިނުން މެދުކަނޑާލެވޭނެއެވެ.

 

274 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސްގެ އޯނަރޝިޕް ބަދަލުކުރުން

(ހ) ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން އެ ބޮންޑެޑް ވެއަރހައުސްގެ އޯނަޝިޕް އެހެން ފަރާތަކަށް ބަދަލުކުރަން ބޭނުންވެއްޖެނަމަ، އޯނަޝިޕް ބަދަލުކުރެވޭ ފަރާތް މި ގަވާއިދުގެ 16 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާއިރު، ކުރިން އެ ބޮންޑެޑް ވެއަރހައުސްއެއް ހިންގި ފަރާތުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ށ) ބޮންޑެޑް ވެއަރހައުސްގެ އޯނަޝިޕް ބަދަލުކުރެވޭނީ ކުރިން އެ ބޮންޑެޑް ވެއަރހައުސް ހިންގި ފަރާތުގެ ނަމުގައި ބޮންޑެޑް ވެއަރހައުސްގައި ހުރި މުދަލުގެ ސްޓޮކް ވެރިފަރާތުގެ ހާޒިރުގައި ކަސްޓަމްސްއިން ޗެކުކުރުމަށްފަހު، އެއްވެސް މުދަލެއް މަދުވާނަމަ، އެ މުދަލަކަށް ޑިއުޓީ ދެއްކުމަށްފަހުގައެވެ.

(ނ) ބޮންޑެޑް ވެއަރހައުސްގެ އޯނަރޝިޕް ބަދަލުކުރުމަށް ކަސްޓަމްސްއަށް ހުށަހެޅުމުގެ ކުރިން، ބޮންޑެޑް ވެއަރހައުސްގައި މުއްދަތު ހަމަވެފައި ހުންނަ މުދަލާއި ހަލާކުވެފައި ހުންނަ މުދަލާމެދު މި ގަވާއިދުގެ 269 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުރިން ބޮންޑެޑް ވެއަރހައުސް ހިންގި ފަރާތުން ޢަމަލުކުރަންވާނެއެވެ.

(ރ) ބޮންޑެޑް ވެއަރހައުސްގެ އޯނަޝިޕް ބަދަލުކުރުމަށްފަހު، ބޮންޑެޑް ވެއަރހައުސްގެ ރަޖިސްޓަރީ ދޫކުރެވޭނީ އޯނަރޝިޕް ބަދަލުވާ މަހު ބޮންޑެޑް ވެއަރހައުސްއަށް ދައްކަންޖެހޭ ފީ ނުދައްކައި އޮވެއްޖެނަމަ، އެމަހުގެ ފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.

(ބ) ބޮންޑެޑް ވެއަރހައުސްގެ އޯނަޝިޕް ބަދަލުކޮށް ނިމުމުން އެ ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި މުދާ، އޯނަރޝިޕް ބަދަލުކުރެވުނު ފަރާތުގެ ނަމަށް ބަދަލުކުރުން މިގަވާއިދު މަނައެއް ނުކުރެއެވެ.

 

275 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސްއަށް ވަދެ ނުކުމެވުން

(ހ) ބޮންޑެޑް ވެއަރހައުސްއަށް ނުވަތަ ބޮންޑެޑް ވެއަރހައުސް ހިމެނޭ ސަރަޙައްދަށް ވަދެވޭނީ ހަމައެކަނި އެތަންތަނަށް ވަދެނިކުމެވުމަށް ކަސްޓަމްސްއިން ފާސްދޫކޮށްފައިވާ މީހުންނަށެވެ.

(ށ) ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން، އެފަރާތުގެ ބޭނުމަކަށް ބޮންޑެޑް ވެއަރހައުސްއަށް ނުވަތަ ބޮންޑެޑް ވެއަރހައުސް ހިމެނޭ ސަރަޙައްދަކަށް މީހަކު ވައްދަން ބޭނުންވެއްޖެ ހާލަތެއްގައި އެ މީހެއްގެ މަޢުލޫމާތު ކަސްޓަމްސްއަށް ހުށަހަޅައި، ވަގުތީ ފާހެއް ހޯދަންވާނެއެވެ. މިގޮތުން ދޫކުރެވޭ ވަގުތީ ފާސް އެކަމެއް ނިމުމުން ލަސްނުވެ ކަސްޓަމްސްއަށް ހަވާލުކުރަންވާނެއެވެ.

(ނ) ބޮންޑެޑް ވެއަރހައުސްއަށް ނުވަތަ ބޮންޑެޑް ވެއަރހައުސް ހިމެނޭ ސަރަޙައްދަށް ވަނުމުގެ ވަގުތީ ފާސް ހޯދުމަށް ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. ބޮންޑެޑް ވެއަރހައުސްއަށް ވަންނަން ބޭނުންވާ މީހާގެ ނަމާއި، އެޑްރެސް، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛ ބިދޭސީއެއްނަމަ ޕާސްޕޯޓް ނަންބަރާއި ވާރކް ވީސާ ނަންބަރު،
  2. ބޮންޑެޑް ވެއަރހައުސްއަށް ވަނުމަށް ބޭނުންވާ ތާރީޚާއި މުއްދަތު،
  3. ބޮންޑެޑް ވެއަރހައުސްއަށް ވަންނަން ބޭނުންވާ ސަބަބު.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަގުތީ ފާސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ވަގުތީ ފާސް ދޫކުރެވޭނީ، ވަގުތީ ފާސް ހޯދުމަށްއެދި ހުށަހެޅި މީހާގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމުންނެވެ. އަދި އެމީހަކީ ބިދޭސީއެއްނަމަ އެ މީހެއްގެ މުއްދަތު ހަމަނުވާ ވާރކް ޕާމިޓުގެ އަސްލު ނުވަތަ ވާރކް ޕާމިޓް ކާޑު ގެނައުމުންނެވެ.

(ބ) ބޮންޑެޑް ވެއަރހައުސްއަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ ވަގުތީ ފާސް އެ ފަރާތެއްގެ އިހުމާލުން ހަލާކުވެއްޖެނަމަ، ނުވަތަ ގެއްލިއްޖެނަމަ، ފާހުގެ އަގަށްވާ 200/- (ދުއިސައްތަ) ރުފިޔާ، އެ ފާސް ދޫކުރެވިފައިވާ ފަރާތުން ކަސްޓަމްސަށް ދައްކަންވާނެއެވެ.

 

276 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސްއަށް ވައްދާފައި ހުންނަ މުދާ ނުނެރެ ބެހެއްޓޭނެ މުއްދަތު

(ހ) ބޮންޑެޑް ވެއަރހައުސްއަށް ވައްދާފައި ހުންނަ މުދަލެއް، ބޮންޑެޑް ވެއަރހައުސްއިން ނުނެރެ ބެހެއްޓޭނީ ގިނަވެގެން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓިފައި ހުންނަ މުދާ ރާއްޖެއަށް އިމްޕޯޓް ކުރުމަށް ނުވަތަ ރާއްޖެއިން އެކްސްޕޯޓް ކުރުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތު ދެވޭނެއެވެ. މިމުއްދަތުގެ ތެރޭގައި މުދަލާމެދު އެގޮތުގެމަތިން ޢަމަލުނުކޮށްފިނަމަ މި ގަވާއިދުގެ 14 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުދަލާމެދު ޢަމަލުކުރެވޭނެއެވެ.

 

277 ވަނަ މާއްދާ - ޑިކްލަރޭޝަން ބާތިލުކުރުމާއި އިސްލާހު ކުރުން

(ހ) ބޮންޑެޑް ވެއަރހައުސްއެއްގެ ނަމުގައި އެސެސްކޮށްފައިވާ ގުޑްސް ޑިކްލަރޭޝަނަކަށް ފައިސާ ނުދައްކައި، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވެއްޖެނަމަ، އެޑިކްލަރޭޝަނެއް ބާޠިލުކުރެވޭނެއެވެ.

(ށ) ބޮންޑެޑް ވެއަރހައުސްއެއްގެ ނަމުގައި ފައިސާ ދައްކާފައިވާ ގުޑްސް ޑިކްލަރޭޝަނެއް ބާތިލުކުރެވޭނީ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން، ނުވަތަ އެޑިކްލަރޭޝަން ކޮންސައިން ކޮށްފައިވާ ފަރާތުން އެކަމަށް އެދި ލިޔުމުން ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.

(ނ) ބޮންޑެޑް ވެއަރހައުސްއެއްގެ ނަމުގައި ފައިސާ ދައްކާފައިވާ ގުޑްސް ޑިކްލަރޭޝަނެއް ބާޠިލުކުރެވިއްޖެނަމަ ނުވަތަ އިސްލާޙު ކުރުމާ ގުޅިގެން ފައިސާ ރިފަންޑު ކުރަންޖެހޭނަމަ، މި ގަވާއިދުގެ 7 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފައިސާ ކަސްޓަމްސްއިން ރިފަންޑްކޮށްދޭންވާނެއެވެ.

 

278 ވަނަ މާއްދާ - ރަޖިސްޓަރީ ބާޠިލުކުރުމާއި ހިފެހެއްޓުން

(ހ) ބޮންޑެޑް ވެއަރހައުސްގެ ރަޖިސްޓަރީ ބާތިލުކުރެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ:

  1. ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން ރަޖިސްޓަރީ ބާޠިލުކޮށްދިނުމަށް އެދުން؛
  2. ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނި އުވާލުން؛
  3. ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތް އިފުލާސްކުރުން؛
  4. މި ގަވާއިދުގެ 255 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޮންޑެޑް ވެއަރހައުސްއަށް ދައްކަންޖެހޭ ފައިސާ ނުދެއްކުން؛
  5. ބޮންޑެޑް ވެއަރހައުސް ހިންގާ ޢިމާރާތް ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތަށް ބޭނުން ކުރެވެން ނެތުން؛
  6. ބޮންޑެޑް ވެއަރހައުސްއަށް މުދާ ވެއްދުމަށްފަހު، އެ ތަނުން އެއްވެސް މުދަލެއް ނުނެރެ ނުވަތަ އެތަނަށް މުދާ ނުވައްދާ 06 (ހައެއް) މަސް ދުވަހަށްވުރެ ގިނަދުވަހު ބެހެއްޓުން.

(ށ) ބޮންޑެޑް ވެއަރހައުސްގެ ރަޖިސްޓަރީ ބާޠިލުކުރެވިއްޖެނަމަ، އެފަރާތެއްގެ ނަމުގައި އަލުން ބޮންޑެޑް ވެއަރހައުސްއެއް ރަޖިސްޓަރީ ކޮށްދެވޭނީ، ރަޖިސްޓަރީ ބާތިލު ކުރެވުނު ދުވަހުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ފަހުންނެވެ.

(ނ) ބޮންޑެޑް ވެއަރހައުސްގެ ރަޖިސްޓަރީ ބާޠިލު ކުރެވިއްޖެނަމަ އެވަގުތު ބޮންޑެޑް ވެއަރހައުސްގައި ހުރި ހުރިހާ މުދަލެއްގެ ސްޓޮކް ޗެކުކޮށް އެ މުދާ ކްލިއަރ ކުރުމަށް ނުވަތަ ޓްރާންސްފަރ ކުރުމަށް ނުވަތަ އަނބުރާ ރާއްޖެއިން ބޭރަށް ފޮނުވާލުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ބޮންޑެޑް ވެއަރހައުސް ހިންގި ފަރާތަށް ދެވޭނެއެވެ. އެމުއްދަތުގެ ތެރޭގައި އެ މުދާ ކްލިއަރ ނުކުރެވިއްޖެނަމަ ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވާ ނުލެވިއްޖެނަމަ، މި ގަވާއިދުގެ 14 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުދާ ނައްތާލެވޭނެއެވެ.

 

279 ވަނަ މާއްދާ - ބޮންޑު ކީޕަރުންނަށް ދޫކުރެވިފައިވާ ހުއްދަ ބާޠިލުކުރުމާއި، ހިފެހެއްޓުން

(ހ) ގަވާއިދުގެ 258 ވަނަ މާއްދާގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށެއް ބޮންޑު ކީޕަރުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސްދޫކޮށްފައިވާ މީހަކު ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާ ކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވިކަމަށް ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެއްޖެނަމަ، އެ މައްސަލައިގައި ދަޢުވާކުރުމާ ބެހޭގޮތުން ގޮތެއް ނިމެންދެން ނުވަތަ އެ މައްސަލައާމެދު ޝަރީޢަތުން ގޮތެއް ނިމެންދެން އެފަރާތަކަށް ދޫކުރެވިފައިވާ ހުއްދަ ހިފެހެއްޓޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެފައިވާ މައްސަލަ، ޝަރީޢަތަށް ސާބިތު ނުވެއްޖެނަމަ ނުވަތަ ދަޢުވާ ނުކުރަން ނިންމައިފިނަމަ، ހިފެހެއްޓިފައިވާ ހުއްދަ އަލުން އެފަރާތަކަށް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވެފައިވާ މައްސަލަ، ޝަރީޢަތަށް ސާބިތު ވެއްޖެނަމަ އެފަރާތަކަށް ދޫކުރެވިފައިވާ ހުއްދަ ބާޠިލުކުރެވޭނެއެވެ.

 

280 ވަނަ މާއްދާ - ލިޔުންތައް ބެލެހެއްޓުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް 01 (އެކެއް) އަހަރު ދުވަސްވަންދެން ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތްތަކުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

  1. މުދަލާ ގުޅޭގޮތުން ކަސްޓަމްސްއަށް ހުށަހަޅާ އެންމެހައި ލިޔުންތައް.
  2. މުދަލުގެ ވެރިފަރާތާއި ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތްތަކާ ދެމެދު މުދަލާ ގުޅޭގޮތުން މުޢާމަލާތްކުރެވޭ އެންމެހައި ލިޔުންތައް.
  3. މުދަލާގުޅޭ ފައިސާގެ މުޢާމަލާތްތަކާގުޅޭ ހުރިހާ ލިޔުންތައް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަލަހައްޓަންޖެހޭ ލިޔުންތައް ބަލަހައްޓަންވާނީ ފަސޭހައިން ހޯދޭނެހެން ތަރުތީބުން ފައިލްކޮށްފައެވެ.

 

280 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތަކާމެދު ނުވަތަ ބޮންޑެޑް ވެއަރހައުސްއާ ގުޅޭގޮތުން، ކަސްޓަމްސްއިން ޢަމަލުކުރި ގޮތަކާމެދު ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތް ހިތްހަމަނުޖެހޭ މައްސަލައެއްވާނަމަ އެ މައްސަލަ މިނިސްޓަރަށް ހުށަހެޅުމުގެ ޙައްޤު އެފަރާތަކަށް ލިބިގެންވެއެވެ.

 

282 ވަނަ މާއްދާ - މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރީގައި ރަޖިސްޓަރީ ކުރެވިފައިވާ 

މިގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރީގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވިގެން ހިންގަމުންދާ ބޮންޑެޑް ވެއަރހައުސްތައް މިގަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި، މިގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަކޮށް، އަލުން ރަޖިސްޓަރީކުރަންވާނެއެވެ. މިގޮތުން މުއްދަތު ހަމަވާއިރު ޝަރުޠު ފުރިހަމަނުކުރެވޭ ބޮންޑެޑް ވެއަރހައުސްތަކަށް ޚިދުމަތްދިނުން ހުއްޓާލެވޭނެއެވެ.

 

 

ދެވަނަ ބާބު

ކަސްޓަމްސްގެ ބޮންޑު

 

283 ވަނަ މާއްދާ - ކަސްޓަމްސްގެ ބޮންޑު

ކަސްޓަމްސްގެ ބޮންޑަކީ، އެކި ފަރާތްތަކުން ރާއްޖެއަށް ގެންނަ މުދާ ކްލިއަރކުރެވެންދެން ނުވަތަ އަނބުރާ ރާއްޖެއިން ބޭރަށް ފޮނުވާލެވެންދެން ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި، ކަސްޓަމްސްއިން ކަނޑައަޅާ މުއްދަތަކަށް ބެހެއްޓުމަށް ޚާއްޞަކުރެވިފައިވާ ތަންތަނެވެ.

 

284 ވަނަ މާއްދާ - ކަސްޓަމްސްގެ ބޮންޑުގައި ބެހެއްޓޭނެ މުދާ

ކަސްޓަމްސްގެ ބޮންޑުގައި ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މުދާ ބެހެއްޓިދާނެއެވެ.

(ހ) އެކިފަރާތްތަކަށް ކޮންސައިންކޮށްގެން ދަތުރުވެރިން ގެންނަ ވިޔަފާރި މުދާ؛

(ށ) ޓްރާންސިޓް ކާގޯގެ ގޮތުގައި އަނބުރާ ގެންދާގޮތަށް ދަތުރުވެރިން ގެންނަ މުދާ؛

(ނ) ދަތުރުވެރިންނަށް ދެވޭ އެލަވަންސަށްވުރެ އިތުރުވުމުގެ ސަބަބުން ޑިއުޓީ ދައްކަންޖެހޭ މުދާ؛

(ރ) މި ގަވާއިދުގެ 285 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބިދޭސީން ގެންނަ ތަކެތި.

 

285 ވަނަ މާއްދާ - އަނބުރާ ރާއްޖެއިން ބޭރަށް ގެންދާގޮތަށް ކަސްޓަމްސްގައި ތަކެތި ބެހެއްޓުން

(ހ) އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ތެރޭގައި ހިމެނޭ ތަކެއްޗާއި، ޚާއްޞަ ހުއްދައެއް އޮވެގެން ރާއްޖެއަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި އެހެން އެއްޗެއް، ރާއްޖެއަށް އަންނަ ބިދޭސީއަކު ގެނެސްފިނަމަ، އެ މީހަކު އެނބުރި ރާއްޖެއިން ބޭރަށް ފުރާއިރު އަނބުރާ ދޭގޮތަށް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އެ އެއްޗެއް 30 (ތިރީސް) ދުވަހުގެ މުއްދަތަށް ބެހެއްޓިދާނެއެވެ.

  1. އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތައް

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓޭ ތަކެތި ގެންނަ ފަރާތް ނޫން އެހެން މީހަކު ލައްވައި އެ ތަކެތި ރާއްޖެއިން ބޭރަށް ގެންދާނަމަ، އެ ތަކެތި ގެނައި ފަރާތުގެ ލިޔުމަކާއި، އެ ތަކެތި ހިފެހެއްޓުމަށްފަހު ކަސްޓަމްސްއިން ދޭ ލިޔުމުގެ އޮރިޖިނަލް ހުށަހެޅުމުން އެ ތަކެތި އެފަރާތަކަށް ދޫކުރެވޭނެއެވެ.

(ނ) އުނިކުރެވިފައި

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން އެފަދަ އެއްޗެއް ރާއްޖެއަށް ގެނައުމުގެ ސަބަބުން އެ އެއްޗެއްގެ ބާވަތާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް ބެލުމަށްފަހު އެ މައްސަލަ ތަޙުޤީޤުކުރުމާއި، އެ މައްސަލައާމެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އެޅުމަށް މިމާއްދާ ހުރަހެއް ނާޅައެވެ.

 

286 ވަނަ މާއްދާ - ކަސްޓަމްސްގެ ބޮންޑުގައި ހުންނަ މުދާ ހަލާކުވުން

(ހ) ކަސްޓަމްސްގެ ބޮންޑުގައި ހުންނަ މުދަލެއް އެ މުދާ ބަހައްޓާފައި ހުންނަ މުއްދަތުގެ ތެރޭގައި ހަލާކުވެއްޖެނަމަ ނުވަތަ މުއްދަތު ހަމަވެއްޖެނަމަ، މި ގަވާއިދުގެ 14 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުދާ ނައްތާލެވޭނެއެވެ.

(ށ) ކަސްޓަމްސްގެ ބޮންޑުގައި ތަކެތި ބެހެއްޓުމަށްފަހު އެ ތަކެތި ބެހެއްޓިކަމުގެ ލިޔުމެއް މުދަލުގެ ވެރިފަރާތަށް ދޫކުރަންވާނެއެވެ.

 

287 ވަނަ މާއްދާ - ކަސްޓަމްސްގެ ބޮންޑުގައި މުދާ ބެހެއްޓޭނެ މުއްދަތު

ކަސްޓަމްސްގެ ބޮންޑުގައި، އަދި މި ގަވާއިދުގެ 285 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތުގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މުދާ ބެހެއްޓޭނީ ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށެވެ. އެމުއްދަތުގެ ތެރޭގައި މުދާ ނުގެންގޮސްފިނަމަ، އެމުދަލެއް ހިފެހެއްޓުމަށްފަހު އެމުދަލަކާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. މިގޮތުން އެފަދަ މުދަލާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ މި ގަވާއިދުގެ ފަނަރަވަނަ ބައިގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ "ކަސްޓަމްސްގެ ކޮންޓްރޯލުގެދަށަށް ގެނެވޭ ތަކެއްޗާއިމެދު ގޮތެއް ނިންމާ ކޮމެޓީ" އިންނެވެ.

 

288 ވަނަ މާއްދާ - ކަސްޓަމްސްގެ ބޮންޑުގައި ހުންނަ ތަކެތި ދޫކުރުން

(ހ) ކަސްޓަމްސްގެ ބޮންޑުގައި ރާއްޖެއަށް އިމްޕޯޓްކުރުމަށް ބެހެއްޓޭ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ ތަކެތި ދޫކުރެވޭނީ އެ ތަކެއްޗަށް ދައްކަންޖެހޭ އިމްޕޯޓް
 


 

 

 

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

8 ވަނަ އިސްލާހު

9 ވަނަ އިސްލާހު

10 ވަނަ އިސްލާހު

11 ވަނަ އިސްލާހު

12 ވަނަ އިސްލާހު

13 ވަނަ އިސްލާހު

14 ވަނަ އިސްލާހު

15 ވަނަ އިސްލާހު

16 ވަނަ އިސްލާހު

17 ވަނަ އިސްލާހު

 

މައި ގާނޫނު

ކަސްޓަމްސްގެ ގާނޫނު (ގާނޫނު ނަންބަރު 2011-08) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު