gaanoon_logo
-

ކަސްޓަމްސްގެ އާންމު ގަވާއިދު 2011 (ގަވާއިދު ނަންބަރު 2011-41) އަށް 17 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-29)

(މި ގަވާއިދަށް އަމަލުކުރަން ފަށާނީ 12 މާރިޗް 2025 ގައި)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ށިޕް ސްޓޯރސްގެ ގޮތުގައި ދޫކުރެވޭ ތަކެތި 19.

(ށ) މި ގަވާއިދުގެ 95 ވަނަ މާއްދާގެ (ނ) އިން އިސްތިސްނާކޮށްފައިވާ ތެޔޮ ފިޔަވައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތެޔޮ ދޫކުރެވޭނީ، މި ގަވާއިދުގެ ދެވަނަ ބައިގެ ހަތްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 95 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން. 

ބަންކަރިންގގެ ހިދުމަތާއި، ހިދުމަތް ދެވޭނެ ފަރާތްތައް 95.

މި ބާބުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކަސްޓަމްސްއިން ކަނޑައަޅާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން، ކުދި ޔޮޓު ނުވަތަ ކުދި ސަފާރީ ފަދަ އުޅަނދުފަހަރަށް އަޅާ، އިމްޕޯޓް ޑިއުޓީ ދައްކައިފައި ހުންނަ ތެޔ،ޮ އެފަދަ އުޅަނދުފަހަރަށް އެޅުމުގައި މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާތުތަކަށް އަމަލުކުރުން ލާޒިމެއް ނޫނެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރުު 2011-41)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު