-

ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2011-41) އަށް 12 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-110)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 23 މޭ 2023 ގައި)

 

ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 196 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކޮށ،ް މި މާއްދާގެ (ށ) ގެ ފަހަތަށް (ނ) އާއި (ރ) އިތުރުކުރުން.

މުދަލުގެ ވެރިފަރާތުން ލިޔުންތައް ބަލަހައްޓަންޖެހޭ މުއްދަތާއި ޕޯސްޓް ކްލިއަރެންސް އޯޑިޓް ކުރުމަށް ކަސްޓަމްސްއިން އަންގަންޖެހޭ މުއްދަތު 196.

(ނ) ޕޯސްޓް ކްލިއަރެންސް އޯޑިޓްކުރުމުގައި، ރާއްޖެއަށް މުދާ އިމްޕޯޓްކުރި ފަރާތުން ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރި ފަރާތުން ލިޔުން ބަހައްޓައިފައި ހުރި ތަނަކަށް ގޮސް އޯޑިޓްކުރާނަމަ، އޯޑިޓްކުރާނެކަނ،ް އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރިތާ ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރިތާ ގިނަވެގެން މީލާދީ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ މުދާ ރާއްޖެއަށް އިމްޕޯޓްކުރި ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން އޯޑިޓްކުރާނަމަ، އޯޑިޓްކޮށް ނިމޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އޯޑިޓްކޮށް ނިމިއްޖެކަން އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރި ނުވަތަ އެކްސްޕޯޓްކުރި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 197 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅިގެން ފިޔަވަޅުއެޅުމުގެ އިޖުރާއަތު 197.

(ހ) ޕޯސްޓް ކްލިއަރެންސް އޯޑިޓުން ފާހަގަކުރެވޭ މައްސަލަތަކުގެ ތެރެއިނ،ް މި ގަވާއިދުގެ 539 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތް ފިޔަވައި އެ ނޫން ހާލަތްތަކުގައި ފިޔަވަޅު އަޅަންވާނ،ީ ކުރިޔަށް ގެންދިޔަ އޯޑިޓުގައި އޯޑިޓްކުރި ޑިކްލަރޭށަންތަކުގެ ތެރެއިން މައްސަލަ ފާހަގަކުރެވިފައިވާ އެންމެހައި ޑިކްލަރޭށަންތަކުގެ މައްސަލަތައް އެއ،ީ އެއް މައްސަލައެއްގެ ގޮތުގައި ބަލައިގެންނެވެ.

(ށ) ކަސްޓަމްސްގެ ޕޯސްޓް ކްލިއަރެންސް އޯޑިޓްކުރާ މަރު ހަލާގައި ފާހަގަކުރެވޭ މައްސަލަތަކާމެދު ފިޔަވަޅުއެޅުމުގައި އޯޑިޓްކުރެވޭ މުއްދަތުގައި ހިމެނޭ ޑިކްލަރޭށަންތަކުގެ ތެރެއިން ބްރޯކަރުން (ކަސްޓަމްސްގެ މެދުވެރިން) ހުށަހަޅައިފައިވާ ޑިކްލަރޭށަންތަކުގެ ކްލެސިފިކޭށަން ނުވަތަ ޓެރިފް ރޭޓް ދިމާނުވުމުގެ ކުށްތަކަށް މި ގަވާއިދުގެ 541 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅަންވާނެއެވެ.

(ނ) ކަސްޓަމްސްއިން ޕޯސްޓް ކްލިއަރެންސް އޯޑިޓްކުރުމަށް ކަނޑައަޅައި، އޯޑިޓްކުރެވޭ ފަރާތަށް ލިޔުން ފޮނުވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އޯޑިޓްކުރެވޭ ފަރާތުން ކަސްޓަމްސްއަށް ހުށަހަޅައިފައިވާ ޑިކްލަރޭށަންތަކުގައި ހުރި މައްސަލައެއް ނުވަތަ މައްސަލަތަކެއް ފާހަގަކޮށް އެ ކަމެއް އިސްލާހުކުރުމަށް އެދި އެ ފަރާތުން ކަސްޓަމްސްއަށް ހުށަހަޅައިފިނަމަ، އެ ފަރާތެއް އޯޑިޓްކުރުމަށް ކަނޑައެޅޭ ފުރަތަމަ ފަހަރ،ު އިސްލާހުކުރުމަށް ހުށަހަޅައިފައިވާ މައްސަލައާ ގުޅިގެން މި ގަވާއިދުގެ 536 ވަނަ މާއްދާއާއި 540 ވަނަ މާއްދާއާއި 541 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތަކުގައި ކުރެވޭ ޖޫރިމަނާއިން އެ ފަރާތް އިސްތިސްނާވާނެއެވެ.

 

3 ވަނަ މާއްދާ - 3 ބުނެވިދިޔަ ގަވާއިދުގެ 198 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ލިޔުންތައް ހާމަކުރުން 198.

(ހ) އަންނަނިވި ހާލަތްތަކުގައި ޕޯސްޓް ކްލިއަރެންސް އޯޑިޓުގެ ބޭނުމަށް ކަސްޓަމްސްއިން ބަލަން ބޭނުންވާ އެންމެހައި ލިޔުންތައް، އެއްވެސް ށަރުތަކާ ނުލައި ބެލޭނެ އިންތިޒާމުތައ،ް ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުންނާއި، ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުން ފަހިކޮށްދޭންވާނެއެވެ. އަދި އެ ލިޔުންތައް ނުދެއްކުމަށް ބާރު ފޯރުވައި ނުފޫޒު ފޯރުވުމުގެގޮތުން އެ ފަރާތަކުން އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.

  1. މި ގަވާއިދުގެ 194 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ލިޔުމެއް ނުވަތަ ލިޔުންތަކެއް ކަސްޓަމްސްއިން ބަލަން ބޭނުންވުން؛
  2. ކަސްޓަމްސްއިން ބަލަން ބޭނުންވާ ލިޔުންތަކަކ،ީ އިލެކްޓްރޯނިކް ފޯމެޓުގައި އެކްސެސް ކޮންޓްރޯލްކޮށް ރައްކައުކޮށްފައިވާ ލިޔުންތަކެއްނަމަ، ސިސްޓަމްތަކަށް އެކްސެސްވެ ނުވަތަ އެ ނޫންވެސް ގޮތަކުން ވިޔަސް އެ ލިޔުންތައް ކަސްޓަމްސްއަށް ބެލޭނޭ އިންތިޒާމު ހަމަޖައްސައިދިނުން.

(ށ) ޕޯސްޓް ކްލިއަރެންސް އޯޑިޓުގެ ބޭނުމަށް ކަސްޓަމްސްއިން ލިޔުމެއް ބަލަން ބޭނުންވެގެން އަންގާ ވަގުތު އެ ލިޔުމެއް ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

(ނ) ޕޯސްޓް ކްލިއަރެންސް އޯޑިޓުގެ ބޭނުމަށް ކަސްޓަމްސްއަށް ލިޔުމެއް ހުށަހަޅަން އަންގައިފިނަމަ، އެ ލިޔުމެއް ކަސްޓަމްސްއަށް ހުށަހަޅަން އަންގާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ލިޔުމެއް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ލިޔުންތައް ދެއްކުމަށް އެންގުމުން އެ ލިޔުންތައް ނުދައްކައިފިނަމަ، ނުވަތަ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުށަހެޅުމަށް ކަސްޓަމްސްއިން އަންގާ މުއްދަތުގައި އެ ލިޔުމެއް ހުށަނާޅައިފިނަމަ، އެ ލިޔުން ކަސްޓަމްސްއަށް ހާމަ ނުކުރީކަމަށް ނުވަތަ ހުށަނޭޅީކަމަށް ބެލެވޭނެއެވެ .

(ބ) މި މާއްދާގައިވާ އެއްވެސް އަކުރަކާ ހިލާފުވެއްޖެނަމަ، މި ގަވާއިދުގެ 204 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 204 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގާނޫނާއި ގަވާއިދާ ހިލާފު މައްސަލައެއް ފާހަގަކުރެވުން 204.

(ހ) މި ގަވާއިދުގެ 196 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި 198 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އަމަލުކޮށްފިނަމަ، އެ މައްސަލައިގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ އެފ.ްއ.ޯބީ އަގުގެ %15 (ފަނަރަ އިންސައްތަ) އިން ޖޫރިމަނާ ކުރެވޭނެއެވެ. އެފަދަ އަމަލެއް ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، %25 (ފަންސަވީސް އިންސައްތަ) އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ އަމަލެއް ދެ ފަހަރަށްވުރެ ގިނަފަހަރު ތަކުރާރުކޮށްފިނަމަ، %50 (ފަންސާސް އިންސައްތަ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފިޔަވަޅު އަޅާ ހާލަތްތަކާއި އެހެނިހެން ހާލަތްތަކުގައި މައްސަލައިގައި ކަން ހިނގައިފައިވާ ގޮތާއި، ކުށުގެ ބާވަތަށް ބަލައި، ތަހުގީގު ކުރުމަށް ފެންނަ މައްސަލަތައ،ް ތަހުގީގު ކުރުމަށް ޓަކައި ކަމާބެހޭ ސެކްށަނަށް ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 264 ވަނަ މާއްދާގެ (ޅ) އާއި (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޮންޑެޑް ވެއަރހައުސްއިން މުދާ އިމްޕޯޓްކުރުން 264.

(ޅ) މި މާއްދާގެ (ނ) އާއި (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ތަކެތި ލިބެންވީ ފަރާތުނ،ް އެ މައުލޫމާތު ކަސްޓަމްސްއަށް ހުށަނާޅައިފިނަމަ، އެ ތަކެތި ލިބެންވީ ފަރާތް 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ މުއްދަތަށްފަހު އިތުރަށް ހިނގާ ކޮންމެ ގަޑިއެއްގެއިރަކަށް 135 (އެއްސަތޭކަ ތިރީސްފަހެއް) ރުފިޔާއިނ،ް އެ ތަކެތި ލިބެންވީ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން ކުރެވޭ ޖޫރިމަނާ އެ މައްސަލައިގައި ހިމެނޭ މުދަލުގެ އެފ.ްއ.ޯބީ އަގާއި އިމްޕޯޓް ޑިއުޓީއަށް ދައްކަންޖެހޭ ފައިސާ އެއްކޮށްލުމުން އަންނަ އަދަދަށްވުރެ ޖޫރިމަނާ ކުރެވޭ އަދަދު މަތިވާ ހާލަތުގައި، ޖޫރިމަނާ ކުރެވޭނީ އެ މައްސަލައިގައި ހިމެނޭ މުދަލުގެ އެފ.ްއ.ޯބީ އަގާއި އިމްޕޯޓް ޑިއުޓީއަށް ދައްކަންޖެހޭ ފައިސާ އެއްކޮށްލުމުން އަންނަ އަދަދަށެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ކުރެވޭ ޖޫރިމަނާ ކަސްޓަމްސްއިން ކަނޑައަޅާ މުއްދަތެއްގައި ނުދައްކާ ހުންނަ މައްސަލަތަކުގައި، މި ގަވާއިދުގެ 183 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ފަރާތަކަށް ހިދުމަތްދިނުން ވަގުތީގޮތުން މެދުކަނޑައިލެވޭނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 270 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ އެ ތަނަށް ވެއްދުމުގައި ނުވަތަ އެ ތަނުން ނެރުމުގައި ނުވަތަ އެ ތަނުގައި ހުންނަ ހުރުމުގައި މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ، ނުވަތަ އެ މުދާ މަދުވެއްޖެނަމަ، ނުވަތަ އެ މުދާ ވަގަށް ނަގައިފިނަމަ، ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން އެ މުދަލަށް އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭނެއެވެ. ނަމަވެސ،ް ހާއްސަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލުގެ ވިޔަފާރި ހުއްޓުމަކަށް އަންނަ ހާލަތެއްގައި ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލުގެ މުއްދަތު ހަމަވުމުގެ ސަބަބުނ،ް ނުވަތަ އަމިއްލަ ޒާތުގައި ހަލާކުވުމުގެ ސަބަބުން އެ މުދާ ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތައިލާނަމަ، ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން އެ މުދަލަށް އިމްޕޯޓް ޑިއުޓީ ދައްކާކަށެއް ނުޖެހޭނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ހާއްސަ ހާލަތެއް މެދުވެރިވެއްޖެކަން ކަނޑައަޅާނ،ީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 270 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

)ވ( މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިނ،ް ނައްތައިލެވޭ ތަކެތި ނައްތައިލުމަށް ޓަކައި ކުރަންޖެހޭ ހަރަދުތައް ކުރުމަކީ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުގެ ޒިންމާއެކެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 424 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ، މުއްދަތު ހަމަވުމުން ނުވަތަ ހަލާކުވުމުން ނައްތަ އިލުމަށް ލިޔުން ހުށަހެޅުން 424.

(ހ) މި ގަވާއިދުގެ 270 ވަނަ މާއްދާގެ (ށ) ގެ ދަށުން ޑިއުޓީ ދެއްކުން އިސްތިސްނާވާ ހާލަތްތައް ފިޔަވައި، އެހެން ހާލަތްތަކުގައި ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލަށް ގެއްލުމެއް ލިބުމުގެ ސަބަބުން ނައްތައިލެވޭނީ އެ މުދަލަށް ޑިއުޓީ ދެއްކުމުންނެވެ. އަދި އެ ތަކެތި ނައްތައިލުމަށް ޓަކައި ކުރަންޖެހޭ ހަރަދުތައް ކުރުމަކީ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުގެ ޒިންމާއެކެވެ. ކަސްޓަމްސްގެ ބެލުމުގެ ދަށުން މުދާ ނައްތައިލުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. ކަސްޓަމްސްއިން ކަނޑައަޅާ ގުޑްސް ޑިކްލަރޭށަން؛
  2. ހަލާކުވެފައިވާ މުދަލުގެ ތަފުސީލާއި އަގު އެނގޭނެ ލިޔުމެއް ނުވަތަ މުދަލުގެ އިންވޮއިސް.

(ށ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލުގެ ތެރެއިން އެއްވެސް މުދަލެއް ހަލާކުވެގެން އެ ބޮންޑެޑް ވެއަރހައުސްއެއްގައި ހުންނަ އެހެން މުދަލަކަށް ގެއްލުމެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މުދަލަށް ގެއްލުން ލިބުމުގެ ކުރިން އެ މުދާ ނައްތައިލަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ނައްތައިލެވޭ ތަކެތި ފިޔަވައި، އެހެން ސަބަބަކާހުރެ ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތައިލައިނަމަ، އެ މުދަލަށް ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން އިމްޕޯޓް ޑިއުޓީ ދައްކާކަށެއް ނުޖެހޭނެއެވެ. ނަމަވެސ،ް އެ ތަކެތި ނައްތައިލުމަށް ޓަކައި ކުރަންޖެހޭ ހަރަދުތައް ކުރުމަކީ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުގެ ޒިންމާއެކެވެ. އަދި ކަސްޓަމްސްގެ ބެލުމުގެ ދަށުން މުދާ ނައްތައިލުމަށ،ް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މުދާ ނައްތައިލުމަށް ބޭނުންވާ ސަބަބު އެނގޭނެ ލިޔުން؛
  2. މުދަލުގެ ތަފުސީލާއި އަގު އެނގޭނެ ލިޔުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 543 ވަނަ މާއްދާގެ ފަހަތަށް 544 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

މުދާ ދޫކުރުން 544.

ރާއްޖެއަށް އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ މުދަލެއް ހުރީ ކަސްޓަމްސްއަށް ޑިކްލެއަރކުރި ވަރަށްވުރެ އިތުރަށްނަމަ، އިތުރުވި މުދާ ދޫކުރެވޭނ،ީ އެ މުދަލަކަށް ދައްކަންޖެހޭ ޖޫރިމަނާއާއި ޑިއުޓީއަށްވާ ފައިސާ ކަސްޓަމްސްއަށް ދައްކައި ނިންމުމުންނެވެ.

 

މައި ގަވާއިދު

ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2011-41)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު