-

ކަސްޓަމްސްގެ އާންމު (ގަވާއިދު ނަންބަރު 2011-41) އަށް 16 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-120)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 8 ޑިސެމްބަރު 2024 ގައި)

 

ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އުާންމު ގަވާއިދު 2011) އަށް އަންނަނިވި އިސްްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހއ) އަންނަނިވި ގޮތަށް އިސްލާހުކުރުން.  

މާނަ 5.

(ހއ) "ފްރައިޓް ފޯވަރޑަރުން" ކަމުގައި ބުނެފައި އެވަނީ، އިމްޕޯޓްކުރާ މުދަލާއި އެކްސްޕޯޓްކުރާ މުދަލުގެ ބިލް އޮފް ލޭޑިނ/ްއެއަރވޭބިލް ދޫކުރުމާއި ޑެލިވަރީ އޯޑަރ ދޫކުރުމުގެ ހިދުމަތް ހިމެނޭގޮތުން ފްރައިޓް ފޯވަރޑިންގގެ ހިދުމަތްދޭ ފަރާތްތަކާއި އުޅަނދުފަހަރުގެ އެޖެންޓުގެ ހައިސިއްޔަތުން ފްރައިޓް ފޯވަރޑިންގގެ ދައުރު އަދާކުރާ ފަރާތްތަކަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ބ) އާއި (ޅ) އާއި (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ށިޕް ސްޓޯރސްއަށް މުދާ ދޫކުރުން 20.

(ބ) ށިޕް ސްޓޯރސްގެ ގޮތުގައި ގެންނަ ތަކެތި ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓުމަށް ދޫކުރެވިދާނެއެވެ.

(ޅ) ށިޕް ސްޓޯރސްގެ ގޮތުގައި ގެންނަ ތަކެތި ބެހެއްޓުމަށް ބޮންޑެޑް ވެއަރހައުސްއެއް ނެތް ނަމަ، ތަކެތި ދޫކުރެވޭނީ، އެ ތަކެތި ބޭނުންކުރަންޖެހޭ އުޅަނދަކަށެވެ.

(ކ) ށިޕް ސްޓޯރސްގެ ގޮތުގައި ގެންނަ ތަކެތި ބެހެއްޓުމަށް ބޮންޑެޑް ވެއަރހައުސްއެއް ނެތް ނަމަ، އަދި ށިޕް ސްޓޯރސްގެ ގޮތުގައި ގެންނަ ތަކެތި ރާއްޖެއިން ބޭރުން ގެންނައިރު އެ ތަކެތި ގެންދަންޖެހޭ އުޅަނދު ރާއްޖޭގައި ނެތް ނަމަ، އެ ތަކެތި ދޫކުރެވޭނީ، އުޅަނދު ރާއްޖެ އައުމުންނެވެ. އުޅަނދު ނެތިގެން މުދާ ދޫނުކުރެވި ބެހެއްޓޭ މުއްދަތުގެ ތެރޭގައި ދައްކަންޖެހޭ ޑެމަރޭޖްފީގެ ކަންކަން ހަމަޖައްސަންޖެހޭނީ، އުޅަނދުގެ ވެރިފަރާތުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހުއްދަ ދިނުމުގައި ކަސްޓަމްސްއިން ބަލާނެ މިންގަނޑު 36 ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަދެނުކުމެ ހަދާ މީހުންގެ ކިބައިގައި ތިރީގައި
ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) މަސްތުވާތަކެއްޗާ ގުޅުންހުރި ކުށެއް ނުވަތަ މަނީލޯންޑްރިންގއާ ގުޅުންހުރި ކުށެއް ނުވަތަ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުނ/ްބޭރުކުރުމާ ގުޅުންހުރި ކުށެއް ނުވަތަ އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ޖިނާއީ ކުށެއް ކޮށްފައިވާކަމަށް ށަރީއަތަށް ސާބިތުވުން ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ދައުވާނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފި ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފުކުރިތާ ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލާއެކު އެއްބަސްވުމުގައި ސޮއިކުރިތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލަތައް ފިޔަވައި، ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖީނާއީ މައްސަލައެއް ށަރީއަތަށް ސާބިތުވުން ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމައިފި ނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފުކުރިތާ ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލާއެކު އެއްބަސްވުމުގައި ސޮއިކުރިތާ 1 (އެކެއް) އަހަރުދުވަސް ވެފައިވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ނުވަވަނަ ބައި އަންނަނިވި ގޮތަށް އިސްލާހުކުރުން.

ނުވަވަނަ ބައި

އޭޖެންޓުން

އެއްވަނަ ބާބު

ކަސްޓަމްސްގެ ބްރޯކަރުން 

ކަސްޓަމްސްގެ ބްރޯކަރުން 205.

(ހ) ކަސްޓަމްސްގެ ބްރޯކަރުންނަކ،ީ އިމްޕޯޓް އެކްސްޕޯޓް މުދާ ކަސްޓަމްސްއިން ކުލިއަރކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުރުމުގައި މުދަލުގެ ވެރިފަރާތް ތަމްސީލުކުރުމަށް ޓަކައި ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި، ކަސްޓަމްސްގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކެވެ. މިގޮތުން ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްދެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީކުރެވޭ ފަރާތްތަކަށް، ކަސްޓަމްސްގެ ބްރޯކަރުންގެ ލައިސަންސް ދޫކުރަންވާނެއެވެ.

 

ކަސްޓަމްސްގެ ބްރޯކަރުންގެ މަސްއޫލިއްޔަތާއި ޒިންމާ 206.

ކަސްޓަމްސްގެ ބްރޯކަރުންގެ މަސްއޫލިއްޔަތާއި ޒިންމ،ާ ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އިމްޕޯޓް އެކްސްޕޯޓް މުދާ ކަސްޓަމްސްއިން ކުލިއަރކުރުމަށް ޓަކައި، ކުރަންޖެހޭ އެންމެހައި ކަންތައްތައް ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުރުން.

(ށ) އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭގޮތުން ކަސްޓަމްސްއަށް ލިޔުންތައް ހުށަހެޅުމުގެ ކުރިން، އެ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއްކަމާއި މައުލޫމާތު ފުރިހަމަކޮށްފައިވާ ލިޔުންކަން ކަށަވަރުކުރުން.

(ނ) ކަސްޓަމްސްއަށް ލިޔުމެއް ހުށަހަޅަން އަންނަ އައުމާއި އެފަދަ ލިޔުމެއް ބަލައި އަންނަ އައުން ފިޔަވައި، ކަސްޓަމްސްގެ ބްރޯކަރުންނަށް ހިންގާ ތަމްރީނު ކޯހުން ފާސްވެ ސެޓުފިކެޓު ލިބިފައިވާ މުވައްޒަފަކު މެދުވެރިކޮށްގެން މެނުވީ، އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭ މައުލޫމާތު ކަސްޓަމްސްއަށް ނުދިނުމާއި، އިމްޕޯޓް އެކްސްޕޯޓާ ގުޅޭ ލިޔެކިޔުމާ ގުޅޭގޮތުން ކަސްޓަމްސްއާ މުއާމަލާތު ނުކުރުން.

(ރ) މުދަލުގެ ވެރިފަރާތުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެ ނަމަ، ވީ އެންމެ އަވަހަކަށް އެކަން ކަސްޓަމްސްއަށް އެންގުން.

(ބ) މުދާ ކްލިއަރކުރުމުގެ ތެރޭގައި ނުވަތަ މުދާ ދޫކުރާފަހުން އެ މުދަލަކާ ގުޅޭގޮތުން ކަސްޓަމްސްގެ ބްރޯކަރުން ހުށަހަޅައިފައިވާ ލިޔުންތަކުން ނުވަތަ ދީފައިވާ މައުލޫމާތަކުން ފާހަގަކުރެވޭ މައްސަލަތަކާ ގުޅިގެން އެ މުދަލަށް އިތުރަށް ފައިސާއެއް ދައްކަން ޖެހިއްޖެ ނަމަ، އެ ފައިސާއެއް ދެއްކުން.

(ޅ) މި ގަވާއިދުގެ 211 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި، ކަސްޓަމްސްއިން އެދިއްޖެ ހާލަތެއްގައި އެ ލިޔުންތައް ކަސްޓަމްސްއަށް ފެންނާނޭހެން ބެހެއްޓުން.

(ކ) ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ މުވައްޒަފުންގެ ތެރެއިން ކަސްޓަމްސްއާއެކު މުއާމަލާތުކުރުމަށް ކަސްޓަމްސްއިން ފާސް ދޫކޮށްފައިވާ މީހަކު އެ ވިޔަފާރިއަކުން ވަކިވެއްޖެ ނަމަ ނުވަތަ އެ މީހަކު ނިޔާވެއްޖެ ނަމަ ނުވަތަ އެ މީހެއްގެ ފާސް ގެއްލިއްޖެ ނަމަ ނުވަތަ ފާސް ހަލާކުވެއްޖެ ނަމަ، އެ ކަމެއް ހިނގާ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ކަސްޓަމްސްއަށް ދިނުން.

 

ކަސްޓަމްސްގެ ބްރޯކަރުންގެ މައުލޫމާތު ބަދަލުވުން 207.

ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ މައުލޫމާތުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ބަދަލުވެއްޖެ ނަމަ، އެ މައުލޫމާތު ބަދަލުވި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް އެ މައުލޫމާތު ދޭންވާނެއެވެ.
(ހ) ވިޔަފާރީގެ މިލްކުވެރިކަން ބަދަލުވުން.

(ށ) ވިޔަފާރީގެ ނަން ބަދަލުވުން.

(ނ) ވިޔަފާރި ހިނގަމުންދާ އެޑްރެސް ބަދަލުވުން.

 

ކުރުން މަނާ ކަންތައްތައް 208.

ކަސްޓަމްސްގެ ބްރޯކަރުން، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.

(ހ) ކަސްޓަމްސްގެ ބްރޯކަރުންގެ ހިދުމަތް ހޯދާ ފަރާތްތަކުގެ އެންމެހައި ލިޔުންތަކާއި މައުލޫމާތުތަކަށް ރައްކައުތެރިނުވުމާއި، މުދަލުގެ ވެރިފަރާތުގެ ހުއްދަނެތި އެފަދަ ލިޔުންތަކާއި މައުލޫމާތު އެހެން ފަރާތަކަށް ހާމަކުރުން. މީގެ ތެރޭގައި ކަސްޓަމްސްއަށް ލިޔުންތަކާއި މައުލޫމާތު ދިނުމެއް ނުހިމެނެއެވެ.

(ށ) ސިއްރު މައުލޫމާތުގެ ގޮތުގައި ކަސްޓަމްސްއިން ކަނޑައަޅާ އެއްވެސް ލިޔުމެއް ނުވަތަ މައުލޫމާތެއް ހާމަކުރުމާއި، އެފަދަ ކަމަކަށް މަގުފަހިވާނެ ގޮތަށް އެއްވެސް އަމަލެއް ކުރުން.

(ނ) ކަސްޓަމްސްއާއެކު ކުރެވޭ މުއާމަލާތަކާ ގުޅިގެން ރައްކައުކޮށް ބަލަހައްޓަންޖެހޭ ލިޔުމެއް ކަސްޓަމްސްއިން ބަލަން ބޭނުންވެގެން އެދުމުން އެ ލިޔުން ކަސްޓަމްސްއަށް ނުދައްކައި ފޮރުވުމާއި، އެފަދަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ބައެއް ނެތިކޮށްލުން ނުވަތަ ހަލާކުކޮށްލުން.

(ރ) ކަސްޓަމްސްއާއެކު ކުރާ މުއާމަލާތްތަކުގައި ކަނޑައެޅިގެން އޮޅުވައިލަން މަސައްކަތްކުރުން ނުވަތަ އެފަދަ ކަމަކަށް މަގުފަހިވެދާނެ ގޮތަކަށް މުދަލުގެ ވެރިފަރާތަށް ލަފާ ދިނުން.

(ބ) ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކާ ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކާއި ކަސްޓަމްސްއާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރެއް ފޯރާ ފަދަ ނުވަތަ އޮފިސަރުންނާއި މުއައްސަސާގެ އިހްތިރާމު ގެއްލޭ ފަދަ އަމަލެއް ކުރުން.

 

ތަމްރީނާއި އިމްތިހާނު 209.

(ހ) ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ކަސްޓަމްސްއާއެކު މުއާމަލާތުކުރާ ފަރާތްތަކަށް ދޭ ތަމްރީނު ތައް ރާވައި ހިންގާނީ ކަސްޓަމްސްއިން ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފަރާތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޭ ތަމްރީނުތަކުގައި ބައިވެރިވެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ފީ، ކަސްޓަމްސްއަށް ދެއްކުމުންނެވެ. މިގޮތުން ދައްކާ ފީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ކަސްޓަމްސްއިން އާންމުކުރާ އުސޫލެއްގެ ދަށުން ރިފަންޑް ކުރެވިދާނެއެވެ.

 

މުދާ ކްލިއަރކުރުން 210.

ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ނުވަތަ އެކްސްޕޯޓްކުރާ މުދާ ކަސްޓަމްސްގެ ބްރޯކަރުން ށާމިލުވެގެން ކްލިއަރކުރެވޭނީ، އެ މުދަލެއް އިމްޕޯޓްކުރާ ފަރާތުން ނުވަތަ އެކްސްޕޯޓްކުރާ ފަރާތުން ކަސްޓަމްސްގެ ބްރޯކަރެއް އައްޔަނުކޮށް، ކަސްޓަމްސްއިން ކަނޑައަޅާ ގޮތެއްގެ މަތީން އެކަން ހުށަހެޅުމުންނެވެ. މިގޮތުން ބްރޯކަރުން އައްޔަނުކުރުމާއި ވަކިކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ކަސްޓަމްސްއިން އެކުލަވައިލަންވާނެއެވެ.

 

ލިޔުންތައް ބެލެހެއްޓުން 211.

(ހ) ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން މުދާ ކްލިއަރކުރުމަށް ބޭނުންވާ، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް 1 (އެކެއް) އަހަރުދުވަސް ވަންދެން ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

  1. މުދަލާ ގުޅޭގޮތުން ކަސްޓަމްސްއަށް ހުށަހަޅާ އެންމެހައި ލިޔުންތައް؛
  2. މުދަލުގެ ވެރިފަރާތާއި ކަސްޓަމްސްގެ ބްރޯކަރުންނާ ދެމެދު މުދަލާ ގުޅޭގޮތުން މުއާމަލާތުކުރެވޭ އެންމެހައި ލިޔުންތައް؛
  3. މުދަލާބެހޭ ފައިސާގެ މުއާމަލާތްތަކާ ގުޅޭ ހުރިހާ ލިޔުންތައް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަލަހައްޓަންޖެހޭ ލިޔުންތައް ބަލަހައްޓަންވާނީ، ފަސޭހައިން ހޯދޭނޭހެން ތަރުތީބުން ފައިލުކޮށްގެންނެވެ.

 

މައްސަލަ ހުށަހެޅުން 212.

(ހ) ކަސްޓަމްސްގެ ބްރޯކަރުންނާ ގުޅޭގޮތުން ކަސްޓަމްސްއިން އަމަލުކުރި ގޮތަކާމެދު އެ ފަރާތަކުން ހިތްހަމަނުޖެހޭ މައްސަލައެއް އޮތް ނަމަ، އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި މި ގަވާއިދުގެ 15 ވަނަ ބައިގައި ބަޔާންކޮށްފައިވާ އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅޭ މައްސަލަތައް، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނިންމުމަށްފަހު، އެ މައްސަލަ ހުށަހެޅި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނިމޭ ނަމަ، ނިމޭނެކަމަށް ލަފާކުރެވޭ ދުވަސް ބަޔާންކޮށް، އެކަން އެ ފަރާތަށް އަންގަންވާނެއެވެ.

 

ދެވަނަ ބާބު

ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ އޭޖެންޓުން އުޅަނދުފަހަރުގެ އޭޖެންޓުން

 

ހަމަޖެއްސުމާއި ވަކިކުރުން 213.

(ހ) ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް އުޅަނދުފަހަރު ފިޔަވައި ދިވެހިރާއްޖެއަށް އަންނަ އެންމެހައި އުޅަނދުފަހަރާއި، ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ އުޅަނދުފަހަރާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ޓަކައި ޯކަލް އޭޖެންޓަކު ހަމަޖައްސަންވާނެއެވެ. މިގޮތުން ހަމަޖައްސާ އޭޖެންޓަކީ ކަސްޓަމްސްގައި ރަޖިސްޓަރީކޮށް، ލައިސަންސް ލިބިފައިވާ ފަރާތެއްކަމުގައި ވާންވާނެއެވެ.

(ށ) އުޅަނދެއްގެ އޭޖެންޓުކަމާ ހަވާލުވެފައިވާ ފަރާތަކުން ނުވަތަ އުޅަނދުގެ ވެރިފަރާތުން އުޅަނދެއްގެ އޭޖެންޓުކަން ވަކިކުރަން ބޭނުންވެއްޖެ ނަމަ، އެކަމަށް އެދޭ ތާރީހާ ހަމަޔަށް ކަސްޓަމްސްއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކައި އޮތް ނަމަ، އެ ފައިސާއެއް ދެއްކުމަށްފަހު ކަސްޓަމްސްއަށް ހުށަހެޅުމުން، އޭޖެންޓު ވަކިކުރެވޭނެއެވެ.

 

އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރުން 214.

(ހ) ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރާއި، ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ދިވެހިރާއްޖޭގައި އޮންނަ އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރެވޭނީ ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުޅަނދުފަހަރުގެ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީކުރެވޭ ފަރާތްތަކަށް، އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރުމުގެ ލައިސަންސް ދޫކުރަންވާނެއެވެ.

 

އުޅަނދުފަހަރުގެ އޭޖެންޓުންގެ މަސްއޫލިއްޔަތާއި ޒިންމާ 215.

އުޅަނދުފަހަރުގެ އޭޖެންޓުންގެ މަސްއޫލިއްޔަތާއި ޒިންމ،ާ ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރާއި، ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ދިވެހިރާއްޖޭގައި އޮންނަ އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާއެއްގޮތްވާ ގޮތުގެ މަތީން ކުރުން.

(ށ) އުޅަނދެއްގައި ނުވަތަ އުޅަނދެއްގެ ފަޅުވެރިއަކު ނުވަތަ ފަސިންޖަރަކު ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެ ނަމަ، ވީ އެންމެ އަވަހަކަށް އެކަން ކަސްޓަމްސްއަށް އެންގުން.

(ނ) ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކުރުމާއި، ރާއްޖެއިން ތަކެތި ބޭރުކުރުން ހުއްޓުވުމަށް ޓަކައި ކަސްޓަމްސްއިން ކުރަމުން އަންނަ މަސައްކަތްތަކުގައި އެހީތެރިވެ އެއްބާރުލުންދިނުން. 

(ރ) ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރާ ގުޅޭގޮތުން، އުޅަނދުފަހަރުގެ އޭޖެންޓުން ކުރަންޖެހޭ ކަންތައްތައް ކަމުގައި މި ގަވާއިދުގެ 2 ވަނަ ބައިގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުން.

(ބ) ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ އުޅަނދެއް ގާނޫނާއި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ނުވަތަ އެ ނޫން ވެސް ގޮތަކުން ކަސްޓަމްސްއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހިއްޖެ ނަމަ، އެ ފައިސާއެއް ދެއްކުން.

(ޅ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަ ށް ދާ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދިނުމަށާއި، އައުޓްވާރޑް ކްލިއަރެންސް ދިނުމަށް ފޮނުވޭ ކަސްޓަމްސްގެ އޮފިސަރުން އެ ތަންތަނަށް ގެންދިޔުމާއި، ގެނައުމާއި، އެ އޮފިސަރުންގެ ކެއުމާއި ހުރުމުގެ ކަންތައް އެ އުޅަނދެއްގެ އޭޖެންޓުގެ ހަރަދުގައި ހަމަޖައްސައިދިނުން.

(ކ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ ކަންތައް ބެލެހެއްޓުމަށް ފޮނުވޭ ކަސްޓަމްސްގެ އޮފިސަރުން އެ ތަންތަނަށް ގެންދިޔުމާއި، ގެނައުމާއި، އެ އޮފިސަރުންގެ ކެއުމާއި ހުރުމުގެ ކަންތައް އެ އުޅަނދެއްގެ އޭޖެންޓުގެ ހަރަދުގައި ހަމަޖައްސައިދިނުން.

(އ) އުޅަނދުފަހަރަށް ތެޔޮއަޅާ މިންވަރު ބެލުމަށް ޓަކައި ކަސްޓަމްސްއިން ސަރވޭކުރުމުގައި، އެ ކަމާ ގުޅޭގޮތުން ކަސްޓަމްސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން

(ވ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނުން އުޅަނދުފަހަރަށް މުދާ އަރުވައި ބޭލުމުގައި ކަސްޓަމްސްއިން ބަލަން ބޭނުންވާ ބެލުންތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުން.

(މ) ކުންފުނީގެ މުވައްޒަފުންގެ ތެރެއިން އުޅަނދުފަހަރަށް ގޮސްއައިސްވުމުގެ ފާސް ދޫކުރެވިފައިވާ މީހަކު ކުންފުނިން ވަކިވެއްޖެ ނަމަ ނުވަތަ ނިޔާވެއްޖެ ނަމަ ނުވަތަ އެ މީހެއްގެ ފާސް ގެއްލިއްޖެ ނަމަ ނުވަތަ ފާސް ހަލާކުވެއްޖެ ނަމަ، އެ ކަމެއް ހިނގާ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ކަސްޓަމްސްއަށް ދިނުން.

(ފ) ކަސްޓަމްސްއާއެކު ކުރެވޭ މުއާމަލާތްތަކުގައި ކަނޑައެޅިގެން އޮޅުވައިލަން މަސައްކަތްކުރުން ނުވަތަ އެފަދަ ކަމަކަށް މަގުފަހިވެދާނެ ގޮތަކަށް އުޅަނދުފަހަރުގެ އޭޖެންޓުން މަސައްކަތް ނުކުރުން.

(ދ) އުޅަނދުފަހަރާ ގުޅޭގޮތުން ކަސްޓަމްސްގެ ހިދުމަތް ހޯދާ ފަރާތްތަކާއި ކަސްޓަމްސްއާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރެއް ފޯރާ ފަދަ ގޮތަކަށް އުޅަނދުފަހަރުގެ އޭޖެންޓުން އަމަލުނުކުރުން.

 

އޭޖެންޓުންގެ މައުލޫމާތު ބަދަލުވުން 216.

އުޅަނދުފަހަރުގެ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްގެ މައުލޫމާތުގެ ތެރެއިން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ބަދަލުވެއްޖެ ނަމަ، އެ މައުލޫމާތު ބަދަލުވި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ކަސްޓަމްސްއަށް ދޭންވާނެއެވެ.

(ހ) ވިޔަފާރީގެ މިލްކުވެރިކަން ބަދަލުވުން.

(ށ) ވިޔަފާރީގެ ނަން ބަދަލުވުން.

(ނ) ވިޔަފާރީގެ އެޑްރެސް ބަދަލުވުން.

 

މައްސަލަ ހުށަހެޅުން 217.

(ހ) އުޅަނދުފަހަރުގެ އޭޖެންޓުންނާ ގުޅޭގޮތުން ކަސްޓަމްސްއިން އަމަލުކުރި ގޮތަކާމެދު އޭޖެންޓުންގެ ހިތްހަމަނުޖެހޭ މައްސަލައެއް އޮތް ނަމަ، އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި، މި ގަވާއިދުގެ 15 ވަނަ ބައިގައި ބަޔާންކޮށްފައިވާ އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅޭ މައްސަލަތައް، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނިންމުމަށްފަހު، އެ މައްސަލަ ހުށަހެޅި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ.

 

ށަރުތުތައް ފުރިހަމަކުރުމަށް ދެވޭ މުއްދަތު 218.

ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރާ ފަރާތްތަކުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަކޮށް އަލުން ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން މުއްދަތު ހަމަވާއިރު ށަރުތު ފުރިހަމަނުކުރާ އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރާ ފަރާތްތަކަށް ހިދުމަތްދިނުން ހުއްޓައިލެވޭނެއެވެ.

 

ތިންވަނަ ބާބު ކާގޯ އޭޖެންޓުން ކާގޯ އޭޖެންޓުން 219.

(ހ) ރާއްޖެއަށް މުދާ ގެނައުމުގެ ހިދުމަތާއި ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ތެރެއިން އަންނަނިވި ފަރާތްތައް ކާގޯ އޭޖެންޓުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

  1. ޕޯސްޓުގެ ހިދުމަތްދޭ ފަރާތްތައް؛
  2. ކޫރިއަރ އޮޕަރޭޓަރުން؛
  3. ފްރައިޓް ފޯވަރޑިންގެ ހިދުމަތްދޭ ފަރާތްތައް (ފްރައިޓް ފޯވަރޑަރުން).

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކާގޯ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީކުރެވޭ ފަރާތްތަކަށް ކަސްޓަމްސްއިން ލައިސަންސް ދޫކުރަންވާނެއެވެ.

 

ޕޯސްޓް ނުވަތަ ކޫރިއަރ އޮޕަރޭޓަރުން ކަސްޓަމްސް ގެ ބްރޯކަރުންގެ ހިދުމަތް ދިނުން 220.

(ހ) ކާގޯ އޭޖެންޓުންގެ ތެރެއިން ޕޯސްޓު ނުވަތަ ކޫރިއަރ އޮޕަރޭޓަރުންނަށް އެ ފަރާތްތައް މެދުވެރިވެގެން ގެންނަ މުދާ ކްލިއަރކުރުމަށް ޓަކައި ކަސްޓަމްސްގެ ބްރޯކަރުންގެ ހިދުމަތް ދެވިދާނެއެވެ. މިގޮތުން ކަސްޓަމްސްގެ ބްރޯކަރެއްގެ ހިދުމަތް ދެވޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަސްޓަމްސްގެ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓަރީވުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކާގޯ އޭޖެންޓެއް، ކަސްޓަމްސްގެ ބްރޯކަރުންގެ ހިދުމަތަށް ރަޖިސްޓަރީކުރާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ކަސްޓަމްސްގެ ބްރޯކަރުންގެ ރަޖިސްޓްރޭށަން ފީއާއި ކަސްޓަމްސްގެ ބްރޯކަރުންގެ އަހަރީ ފީ ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ކަސްޓަމްސްގެ ބްރޯކަރުގެ ހިދުމަތް ދިނުމުގައި، މި ގަވާއިދުގައިވާ ކަސްޓަމްސްގެ ބްރޯކަރުންގެ މަސައްކަތުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކާގޯ އޭޖެންޓުންގެ މައްޗަށް ހިނގާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކަސްޓަމްސްގެ ބްރޯކަރުންގެ ހިދުމަތްދޭ ޕޯސްޓު ނުވަތަ ކޫރިއަރ އޮޕަރޭޓަރަކު އެ ފަރާތް މެދުވެރިވެގެން ގެންނަ މުދާ ފިޔަވައި އެހެން މުދަލަކާ ގުޅޭގޮތުން ކަސްޓަމްސްއާ މުއާމަލާތުކޮށް ބްރޯކަރުންގެ މަސައްކަތް ކުރުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ކޮށްފި ނަމަ، މި ގަވާއިދުގެ 550 ވަނަ މާއްދާގެ (ރ) ގެ (30) ވަނަ ނަންބަރުގެ ދަށުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

 

ޕޯސްޓް ނުވަތަ ކޫރިއަރ އޮޕަރޭޓަރުންގެ މަސްއޫލިއްޔަތާއި ޒިންމާ 221.

(ހ) ޕޯސްޓު ނުވަތަ ކޫރިއަރ އޮޕަރޭޓަރުންގެ މަސްއޫލިއްޔަތާއި ޒިންމ،ާ ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ޕޯސްޓުން ނުވަތަ ކޫރިއަރ އޮޕަރޭޓަރ މެދުވެރިކޮށް ގެންނަ ތަކެތީގެ ކާގޯ މެނިފެސްޓުގެ ހައުސް ބިލް އޮފް ލޭޑިންގ ނުވަތަ ހައުސް އެއަރވޭ ބިލްތަކުގެ މައުލޫމާތ،ު މި ގަވާއިދުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅުން؛
  2. މުދަލުގެ ވެރިފަރާތުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެ ނަމަ، ވީ އެންމެ އަވަހަކަށް އެކަން ކަސްޓަމްސްއަށް އެންގުން؛
  3. މުދަލާ ގުޅޭގޮތުން ހުށަހެޅޭ މެނިފެސްޓަކާ ގުޅިގެން، އެއްވެސް ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެ ނަމަ، ވީ އެންމެ އަވަހަކަށް ކަސްޓަމްސްއަށް އެކަން އެންގުން؛
  4. ޕޯސްޓު ނުވަތަ ކޫރިއަރ އޮޕަރޭޓަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ މުވައްޒަފުންގެ ތެރެއިން ކަސްޓަމްސްއާއެކު މުއާމަލާތުކުރުމަށް ކަސްޓަމްސްއިން ފާސް ދޫކޮށްފައިވާ މީހަކު ވަކިވެއްޖެ ނަމަ ނުވަތަ ނިޔާވެއްޖެ ނަމަ ނުވަތަ އެ މީހެއްގެ ފާސް ގެއްލިއްޖެ ނަމަ ނުވަތަ ފާސް ހަލާކުވެއްޖެ ނަމަ، އެ ކަމެއް ހިނގާ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ކަސްޓަމްސްއަށް އެންގުން؛
  5. ކަސްޓަމްސްއިން މައުލޫމާތެއް ފޯރުކޮށްދިނުމަށް އެދިއްޖެ ނަމަ، އެ މައުލޫމާތެއް ފޯރުކޮށްދިނުން؛
  6. ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ މުދަލަކާ ގުޅިގެން ޕޯސްޓު ނުވަތަ ކޫރިއަރ އޮޕަރޭޓަރ،ު ގާނޫނާއި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ނުވަތަ އެ ނޫން ވެސް ގޮތަކުން ކަސްޓަމްސްއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހިއްޖެ ނަމަ، އެ ފައިސާއެއް ދެއްކުން؛
  7. ކަސްޓަމްސްއިން ކުރަމުންގެންދާ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް ކަސްޓަމްސްއިން އެދިއްޖެ ހާލަތެއްގައި އެއްބާރުލުން ދިނުން؛
  8. ކާގޯ އޭޖެންޓުންނަށް ނުވަތަ ޕޯސްޓު ނުވަތަ ކޫރިއަރ އޮޕަރޭޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕުރޮގުރާމުތަކާއި، ރިފްރެށަރ ޕުރޮގުރާމުތަކާއި، ވާރކްށޮޕް ފަދަ ބައްދަލުވުންތަކަށް ދޭ ދައުވަތަށް އިޖާބަދިނުން؛
  9. ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކުރުމާއި، ރާއްޖެއިން ތަކެތި ބޭރުކުރުން ހުއްޓުވުމަށް ޓަކައި ކަސްޓަމްސްއިން ކުރަމުން އަންނަ މަސައްކަތްތަކުގައި އެހީތެރިވެ އެއްބާރުލުންދިނުން؛
  10. ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެއްޗާއި ފޮނުވާ ތަކެއްޗާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުރުން.

(ށ) ފްރައިޓް ފޯވަރޑަރުންގެ މަސްއޫލިއްޔަތާއި ޒިންމ،ާ ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ފްރައިޓް ފޯވަރޑަރުން މެދުވެރިކޮށް ގެންނަ ތަކެތީގެ ކާގޯ މެނިފެސްޓުގެ ހައުސް ބިލް އޮފް ލޭޑިންގ ނުވަތަ ހައުސް އެއަރވޭ ބިލްތަކުގެ މައުލޫމާތ،ު މި ގަވާއިދުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅުން؛
  2. މި ގަވާއިދުގެ ދަށުން ފްރައިޓް ފޯވަރޑަރުން މެދުވެރިވެގެން ރާއްޖެއަށް ގެންނަ މުދަލަށް ހުށަހަޅައިފައިވާ ކާގޯ މެނިފެސްޓާ ގުޅޭގޮތުން ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން؛
  3. މުދަލުގެ ވެރިފަރާތުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެ ނަމަ، ވީ އެންމެ އަވަހަކަށް އެކަން ކަސްޓަމްސްއަށް އެންގުން؛
  4. މުދަލާ ގުޅޭގޮތުން ހުށަހެޅޭ މެނިފެސްޓަކާ ގުޅިގެން، އެއްވެސް ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަން ނުވަތަ ހިންގައިފިކަން ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެ ނަމަ، ވީ އެންމެ އަވަހަކަށް ކަސްޓަމްސްއަށް އެކަން އެންގުން؛
  5. ފްރައިޓް ފޯވަރޑަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ މުވައްޒަފުންގެ ތެރެއިން ކަސްޓަމްސްއާއެކު މުއާމަލާތުކުރުމަށް ކަސްޓަމްސްއިން ފާސް ދޫކޮށްފައިވާ މީހަކު ވަކިވެއްޖެ ނަމަ ނުވަތަ ނިޔާވެއްޖެ ނަމަ ނުވަތަ އެ މީހެއްގެ ފާސް ގެއްލިއްޖެ ނަމަ ނުވަތަ ފާސް ހަލާކުވެއްޖެ ނަމަ، އެ ކަމެއް ހިނގާ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ކަސްޓަމްސްއަށް އެންގުން؛
  6. ކަސްޓަމްސްއިން މައުލޫމާތެއް ފޯރުކޮށްދިނުމަށް އެދިއްޖެ ނަމަ، އެ މައުލޫމާތެއް ފޯރުކޮށްދިނުން؛
  7. ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިވާ މުދަލަކާ ގުޅިގެން ފްރައިޓް ފޯވަރޑަރ،ު ގާނޫނާއި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ނުވަތަ އެ ނޫން ވެސް ގޮތަކުން ކަސްޓަމްސްއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހިއްޖެ ނަމަ، އެ ފައިސާއެއް ދެއްކުން؛
  8. ކަސްޓަމްސްއިން ކުރަމުންގެންދާ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް ކަސްޓަމްސްއިން އެދިއްޖެ ހާލަތެއްގައި އެއްބާރުލުން ދިނުން؛
  9. ކާގޯ އޭޖެންޓުންނަށް ނުވަތަ ފްރައިޓް ފޯވަރޑަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕުރޮގުރާމުތަކާއި، ރިފްރެށަރ ޕުރޮގުރާމުތަކާއި، ވާރ ކްށޮޕް ފަދަ ބައްދަލުވުންތަކަށް ދޭ ދައުވަތަށް އިޖާބަދިނުން؛
  10. ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކުރުމާއި، ރާއްޖެއިން ތަކެތި ބޭރުކުރުން ހުއްޓުވުމަށް ޓަކައި ކަސްޓަމްސްއިން ކުރަމުން އަންނަ މަސައްކަތްތަކުގައި އެހީތެރިވެ އެއްބާރުލުންދިނުން؛
  11. ދިވެހިރާއްޖެއަށް ގެންނަ މުދަލާ އި ދިވެހިރާއްޖެއިން ބޭރުކުރާ މުދަލުގެ ފްރައިޓް ފޯވަރޑަރުކަން ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުރުން.

 

ކާގޯ އޭޖެންޓުންގެ މައުލޫމާތު ބަދަލުވުން 222.

ކާގޯ އޭޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްގެ މައުލޫމާތުގެ ތެރެއިން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ބަދަލުވެއްޖެ ނަމަ، އެ މައުލޫމާތު ބަދަލުވި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ކަސްޓަމްސްއަށް ދޭންވާނެއެވެ.

(ހ) ވިޔަފާރީގެ މިލްކުވެރިކަން ބަދަލުވުން.

(ށ) ވިޔަފާރީގެ ނަން ބަދަލުވުން.

(ނ) ވިޔަފާރީގެ އެޑްރެސް ބަދަލުވުން.

(ރ) ވިޔަފާރީގެ މުވައްޒަފުންގެ ތެރެއިން ކަސްޓަމްސްގެ ބްރޯކަރުންގެ ތަމްރީނު ފުރިހަމަކޮށްފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިވުން.

 

ކޮށްގެން ނުވާނެ ކަންތައްތައް 223.

ކާގޯ އޭޖެންޓުން، ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) ކާގޯ އޭޖެންޓުންގެ ހިދުމަތް ހޯދާ ފަރާތްތަކުން ގެންނަ ތަކެއްޗާއި ފޮނުވާ ތަކެއްޗާ ގުޅޭ ލިޔުންތަކާއި މައުލޫމާތުތަކަށް ރައްކައުތެރިނުވުމާއި، މުދަލުގެ ވެރިފަރާތުގެ ހުއްދަ ނެތި އެފަދަ ލިޔުންތަކާއި މައުލޫމާތު އެހެން ފަރާތަކަށް ހާމަކުރުން؛ މީގެ ތެރޭގައި ކަސްޓަމްސްއަށް ލިޔުންތަކާއި މައުލޫމާތު ދިނުމެއް ނުހިމެނެއެވެ

(ށ) ކަސްޓަމްސްއާއެކު ކުރާ މުއާމަލާތްތަކުގައި ކަނޑައެޅިގެން އޮޅުވައިލަން މަސައްކަތްކުރުން ނުވަތަ އެފަދަ ކަމަކަށް މަގުފަހިވެދާނެ ގޮތަކަށް މުދަލުގެ ވެރިފަރާތަށް ލަފާ ދިނުން.

(ނ) ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ލިބިދީފައިވާ އެއްވެސް އިމްތިޔާޒެއް ނުވަތަ އިހުތިޔާރެއްގެ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ އަމަލެއް ކުރުން ނުވަތަ ކުރަން އުޅުން.

(ރ) ހިދުމަތް ހޯދާ ފަރާތްތަކާއި ކަސްޓަމްސްއާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރެއް ފޯރާ ފަދަ އަމަލެއް ކުރުން.

(ބ) ކަސްޓަމްސާއެކު ކުރާ މުއާމަލާތްތަކުގައި ކަނޑައެޅިގެން އޮޅުވައި ލަން މަސައްކަތްކުރުން ނުވަތަ އެފަދަ ކަމަކަށް މަގުފަހިވެދާނެ ގޮތަކަށް ކާގޯ އޭޖެންޓުން މަސައްކަތް ކުރުން.

(ޅ) ބޭއަދަބީ ބަހުން ނުވަތަ އަމަލުން ކަސްޓަމްސްއާ މުއާމަލާތުކުރުން.

 

މައްސަލަ ހުށަހެޅުން. 224

(ހ) ކާގޯ އޭޖެންޓަކާ ގުޅޭގޮތުން ކަސްޓަމްސްއިން އަމަލުކުރި ގޮތަކާމެދު އެ ފަރާތަކުން ހިތްހަމަނުޖެހޭ މައްސަލައެއް އޮތް ނަމަ، އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި، މި ގަވާއިދުގެ 15 ވަނަ ބައިގައި ބަޔާންކޮށްފައިވާ އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ މައްސަލަތައް، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނިންމުމަށްފަހު، އެ މައްސަލަ ހުށަހެޅި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ.

 

ށަރުތުތައް ފުރިހަމަކުރުމަށް ދެވޭ މުއްދަތު 225.

ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ކާގޯ އޭޖެންޓުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތު ތައް ފުރިހަމަކޮށް ކަސްޓަމްސްގައި ރަޖިސްޓަރީކުރަންވާނެއެވެ. މިގޮތުން މުއްދަތު ހަމަވާއިރު ށަރުތު ފުރިހަމަނުކުރެވޭ ލޯކަލް ކޫރިއަރ އޭޖެންޓުންނަށް ހިދުމަތްދިނުން ހުއްޓައިލެވޭނެއެވެ.

 

ހަތަރުވަނަ ބާބު

އޭޖެންޓުންގެ ލައިސަން ސާއި ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަދެނުކުމެވުމުގެ ފާސް ދޫކުރުން

ލައިސަންސްގެ މުއްދަތު 226.

އޭޖެންޓުންގެ ލައިސަންސްގެ މުއްދަތަކ،ީ ލައިސަންސް ދޫކުރި ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް) އަހަރުދުވަހެވެ. ނަމަވެސް އެ ފަރާތަކަށް މެދުނުކެނޑި ހިދުމަތް ދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ އަހަރީ ފީ، އެ އަހަރަކަށް ދައްކައިފައިވާނަމައެވެ.

 

ލައިސަންސް އައުކޮށްދިނުން 227.

އޭޖެންޓުންގެ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އައުކޮށްދިނުމަށް އެދި ހުށަހަޅައިފި ނަމަ، ކަސްޓަމްސްގެ ބްރޯކަރުންގެ ހިދުމަތުގެ ފެންވަރު ބެލުމަށް ކަސްޓަމްސްއިން ކަނޑައަޅައިފައިވާ އުސޫލުން 50 (ފަންސާސް) ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ނަމަ، އެ ފަރާތެއްގެ ލައިސަންސް އައުކޮށްދެވޭނެއެވެ.

 

ލައިސަންސް ބާތިލުކުރުމާއި ހިފެހެއްޓުން 228

(ހ) އޭޖެންޓުންގެ ލައިސަންސް ބާތިލުކުރެވޭނެ ހާލަތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. އޭޖެންޓުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތުން، ލައިސަންސް ބާތިލުކޮށްދިނުމަށް އެދުން؛
  2. އޭޖެންޓުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި އުވައިލުން.
  3. އޭޖެންޓުގެ ހިދުމަތުގެ ފެންވަރު ބެލުމަށް ކަސްޓަމްސްއިން ކަނޑައަޅައިފައިވާ އުސޫލުގެ ދަށުން 50 (ފަންސާސް) ޕޮއިންޓަށްވުރެ ޕޮއިންޓް މަދުވުން؛
  4. މި ގަވާއިދުގެ 15 ވަނަ ބައިގައި ބަޔާންކޮށްފައިވާ "އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީ" އިން އަޅާ ފިޔަވަޅެއްގެ ގޮތުގައި ލައިސަންސް ބާތިލުކުރުމަށް ނިންމުން؛
  5. އެހެން ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ކަމާބެހޭ އިދާރާއަކުން އެ އޭޖެންޓަށް ހިދުމަތް ދިނުމަށް އިތުރު ހުއްދައެއް ދޫކޮށްފައިވާ ނަމަ، އެ ހުއްދަ ބާތިލުކުރުން؛
  6. އޭޖެންޓުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ނުވަތަ ވިޔަފާރީގެ ހިއްސާދާރެއްގެ މައްޗަށް ނުވަތަ ޑިރެކްޓަރެއްގެ ައްޗަށް ނުވަތަ ޕާޓްނަރެއްގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅުންހުރި ކުށެއް ނުވަތަ މަނީލޯންޑްރިންގއާ ގުޅުންހުރި ކުށެއް ނުވަތަ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުނ/ްބޭރުކުރުމާ ގުޅުންހުރި ކުށެއް ނުވަތަ އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ޖިނާއީ ކުށެއް ށަރީއަތަށް ސާބިތުވުން ނުވަތަ އެފަދަ ކުށަކާ ގުޅިގެން އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ދައުވާނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމުން.

(ށ) އޭޖެންޓުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ނުވަތަ ވިޔަފާރީގެ ހިއްސާދާރެއްގެ މައްޗަށް ނުވަތަ ޑިރެކްޓަރެއްގެ މައްޗަށް ނުވަތަ ޕާޓްނަރެއްގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅުންހުރި ކުށެއް ނުވަތަ މަނީލޯންޑްރިންގއާ ގުޅުންހުރި ކުށެއް ނުވަތަ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުނ/ްބޭރުކުރުމާ ގުޅުންހުރި ކުށެއް ނުވަތަ އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ޖިނާއީ ކުށެއް ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ، އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން، އެ އޭޖެންޓަށް ދޫކޮށްފައިވާ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓުމުގެ އިހުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ނ) އޭޖެންޓުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ނުވަތަ ވިޔަފާރީގެ ހިއްސާދާރެއްގެ މައްޗަށް ނުވަތަ ޑިރެކްޓަރެއްގެ މައްޗަށް ނުވަތަ ޕާޓްނަރެއްގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅުންހުރި ކުށެއް ނުވަތަ މަނީލޯންޑްރިންގއާ ގުޅުންހުރި ކުށެއް ނުވަތަ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުނ/ްބޭރުކުރުމާ ގުޅުންހުރި ކުށެއް ނުވަތަ އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ޖިނާއީ ކުށެއް ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވިކަމަށް ތަހުގީގަށް ސާބިތުވެއްޖެ ނަމަ، އެ އޭޖެންޓަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަހުގީގަށް ސާބިތުވެފައިވާ މައްސަލ،ަ ށަރީއަތަށް ސާބިތު ނުވެއްޖެ ނަމަ ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ފިޔަވައި އެ ނޫން ސަބަބަކާހުރެ ދައުވާނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފި ނަމަ، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތަށް ރިއާޔަތްކޮށް، ހިފެހެއްޓިފައިވާ ލައިސަންސް އަލުން އެ އޭޖެންޓަކަށް ދިނުމުގެ ނުވަތަ 4 (ހަތަރެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމުގެ އިހުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ބ) އޭޖެންޓުންނަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށްފި ނަމަ، އެ ފަރާތަކަށް އަލުން ލައިސަންސް ދޫކުރެވޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ލައިސަންސް ބާތިލުކުރީ އެ އޭޖެންޓުގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ އިދާރީ ކުށަކާ ގުޅިގެން ކަސްޓަމްސްއަށް ލިބިގެންވާ އިހުތިޔާރެއްގެ ސަބަބުން ނަމަ، ލައިސަންސް ބާތިލުކުރިތާ 4 (ހަތަރެއް) މަސްދުވަސް ފަހުން؛
  2. މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން ބާތިލުކޮށްފައިވާ ލައިސަންސެއް ނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މާފުކުރިތާ ނުވަތަ އިއުތިރާފުގެ އެއްބަސްވުން ނުވަތަ ނަސޭހަތުގެ އެއްބަސްވުން ހަދާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ފަހުން. ނަމަވެސް ހުކުމް ކުރި ނުވަތަ އިއުތިރާފުގެ އެއްބަސްވުން ނުވަތަ ނަސޭހަތުގެ އެއްބަސްވުން ހެދުނު އެ ވިޔަފާރީގެ ހިއްސާދާރު ނުވަތަ ޑިރެކްޓަރު ނުވަތަ ޕާޓްނަރު އެ ވިޔަފާރިއަކުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ، އެ މީހެއްގެ ނަން، އޭޖެންޓުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިން ވަކިކުރާތާ 4 )ހަތަރު( މަސްދުވަސް ފަހުން؛
  3. މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެހެން ހާލަތެއް ނަމަ، ލައިސަންސް ބާތިލުކުރިތާ 1 (އެކެއް) މަސްދުވަސް ފަހުން. 

 

ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަންނަން ބޭނުންވާ މީހުންގެ ށަރުތުތަކާއި ވަދެނުކުމެވާ މީހުންނަށް ފާސް ދޫކުރުން 229.

(ހ) އޭޖެންޓުންގެ ފަރާތުން ކަސްޓަމްސްގެ ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުންނަށް އެ ތަންތަނުގައި މަސައްކަތް ކުރެވޭނީ، އެކަމަށް ކަސްޓަމްސްއިން ދޫކުރާ ފާސް އޮވެގެންނެވެ. މިގޮތުން ފާސް ދޫކުރެވޭނީ، މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. މި ފާސް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގެ 15 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީ
ކަސްޓަމްސްއަށް ދެއްކުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފާސް ހޯދުމަށް އެދި އޭޖެންޓުގެ ފަރާތުން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން؛
  2. އޭޖެންޓު އެ މުވައްޒަފަކަށް ވަޒީފާ ދިންކަމުގެ ލިޔުން؛
  3. މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވާކަން އެނގޭނ،ެ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ލިޔުން؛
  4. ޕާސްޕޯޓްސައިޒުގެ 2 (ދޭއް) ފޮޓޯ (ފޮޓޯ ނެގިތާ 3 މަސްދުވަސް ހަމަނުވާ)؛
  5. ބިދޭސީއެއް ނަމަ، އެ ގައުމެއްގެ އެމްބަސީން އެންޑޯޒްކޮށްފައިވާ އެ މީހެއްގެ ކުށުގެ ރިކޯޑު ނުވަތަ ޕޮލިސް ރިޕޯޓ.ު

(ނ) ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަދެނުކުމެވުމުގެ ފާސް ހޯދުމަށް އެދި ހުށަހަޅާ މީހަކީ މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހަކަށް ވާ ނަމަ، ފާސް ހޯދުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މީހަކު ކަސްޓަމްސްގައި ރަޖިސްޓަރީކޮށް، ފާސް ދޫކުރަންވާނެއެވެ. އަދި އެ މީހަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާ މީހެއް ނަމަ، ާސް ހޯދުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ފާސް ހޯދުމަށް އެދި ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

(ރ) ކަސްޓަމްސްގެ ސަރަހައްދުތަކަށް ވަދެނުކުމެވުމުގެ ފާސް ދޫކުރެވޭނީ، ފާސް ދޫކުރެވޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (މުއްދަތު ހަމަނުވާ) ގެނައުމުންނެވެ. އަދި އެ މީހަކީ ބިދޭސީއެއް ނަމަ، އެ މީހެއްގެ ވާރކް ޕާމިޓް ކާޑު (މުއްދަތު ހަމަނުވާ) ގެނައުމުންނެވެ.

(ބ) ކަސްޓަމްސްގެ ސަރަހައްދުތަކުގައި އުޅުމުގައްޔާއި ސަރަހައްދުތަކަށް ވަދެނުކުމެވުމުގައި ކަސްޓަމްސްއިން ދޫކޮށްފައިވާ ފާސް ފެންނަގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ.

 

ކަސްޓަމްސްގެ ސަރަހަ އްދުތަކަށް ވަދެ ނުކުމެވުމަށް ދޫކޮށްފައިވާ ފާސް ބާތިލުކުރުމާއި ހިފެހެއްޓުން 230.

(ހ) މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ތަކުގެ ތެރޭގައި ހިމެނޭ ކުށެއް، ކަސްޓަމްސްގެ ސަރަހައްދަށް ވަދެނުކުތުމަށް ފާސް ދޫކޮށްފައިވާ މީހަކު ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ، އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން އެ ފަރާތަކަށް ދޫކޮށްފައިވާ ފާސް ހިފެހެއްޓުމުގެ އި ހުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ތަކުގެ ތެރޭގައި ހިމެނޭ ކުށެއް، ކަސްޓަމްސްގެ ސަރަހައްދަށް ވަދެނުކުތުމަށް ފާސް ދޫކޮށްފައިވާ މީހަކު ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވިކަމަށް ކަސްޓަމްސްގެ ތަހުގީގަށް ސާބިތުވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ފާސް ހިފެހެއްޓޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަހުގީގަށް ސާބިތުވެފައިވާ މައްސަލ،ަ ށަރީއަތަށް ސާބިތު ނުވެއްޖެ ނަމަ ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ފިޔަވައި އެ ނޫން ސަބަބަކާހުރެ ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފި ނަމަ، ހިފެހެއްޓިފައިވާ ފާސް އަލުން އެ ފަރާތަކަށް ދިނުމުގެ ނުވަތަ 4 (ހަތަރެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ފާސް ހިފެހެއްޓުމުގެ އިހުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

ފަސްވަނަ ބާބު

އޭޖެންޓުންގެ ހިދުމަތުގެ ފެންވަރު ބެލުން

ޕޮއިންޓް ދިނުމާއި ޕޮއިންޓް އުނިކުރުން 231.

ކަސްޓަމްސްގައި ރަޖިސްޓަރީކުރެވޭ އޭޖެންޓުންގެ ހިދުމަތުގެ ފެންވަރު ބެލުމުގެގޮތުން، އޭޖެންޓުންނަށް ޕޮއިންޓް ދެވޭނެ ގޮތާއި، އެ ޕޮއިންޓް އުނިކުރެވޭނެ ގޮތ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އޭޖެންޓުން ރަޖިސްޓަރީކޮށްދެވޭއިރ،ު ކޮންމެ އޭޖެންޓަކަށް ވެސް 100 (އެއްސަތޭކަ) ޕޮއިންޓް ލިބިދެވޭނެއެވެ. އަދި އޭޖެންޓުންގެ ހިދުމަތުގެ ފެންވަރަށް ބަލައި ޕޮއިންޓް އުނިކުރެވެމުން ދާނެއެވެ.

(ށ) އޭޖެންޓުންނަށް ލިބޭ ޕޮއިންޓް 50 (ފަންސާސް) އަށްވުރެ ދަށްވެއްޖެ ނަމަ ބެލެވޭނީ، ހިދުމަތުގެ ފެންވަރު ދަށްކަމުގައެވެ.

(ނ) އޭޖެންޓުންގެ ޕޮއިންޓް އުނިކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ. އޭޖެންޓުންގެ ޕޮއިންޓް އުނިކުރުމުގެ ކަންތައް ބަލަހައްޓާނީ، މި ގަވާއިދުގެ 15 ވަނަ ބައިގައި ބަޔާންކޮށްފައިވާ އޭޖެންޓުންގެ މަސައްކަތްތައް ބަލަހައްޓާ ކޮމިޓީންނެވެ.

# މައްސަލަ / ސަބަބު   އުނިކުރެވޭ ޕޮއިންޓް 
1. ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުގައި އޭޖެންޓުންގެ ޒިންމާގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމެއް ނުކުރުން ނުވަތަ ކުރަންނުޖެހޭ ކަމެއް ކުރުން ނުވަތަ ފަރުވާ ކުޑަކުރުން ނުވަތަ އިހުމާލުވުން ފަދަ ކަމެއް ފާހަގަކުރެވިގެން އެ ކަމެއް އިސްލާހު ކުރުމަށް ދެވަނަފަހަރު އަންގަންޖެހުމާއި، އޭގެ ފަހުން އެކަން ތަކުރާރުކުރުން؛ ފަހަރަކަށް 10 (ދިހައެއް) ޕޮއިންޓް
2. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލުގެ ސަބަބުން ކަސްޓަމްސްގެ ހިދުމަތް ހޯދާ ފަރާތްތަކާއި ކަސްޓަމްސްއާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރެއް ފޯރާނެކަމަށް ކަސްޓަމްސްއަށް ގަބޫލުކުރެވުން؛ 10 (ދިހައެއް) ޕޮއިންޓް (1 ވަނަ  ނަންބަރުގައި ބަޔާންކޮށްފައިވާ ޕޮއިންޓުގެ އިތުރުން)
3. ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިދާރީ މައްސަލައެއް ކަސްޓަމްސްގެ ތަހުގީގަށް ސާބިތުވެގެން ނަސޭހަތް ދިނުން؛  އަހަރަކަށް 25 (ފަންސަވީސް) ޕޮއިންޓް
4. ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިދާރީ މައްސަލައެއް ކަސްޓަމްސްގެ ތަހުގީގަށް ސާބިތުވެގެން ޖޫރިމަނާކުރުން؛ ފަހަރަކަށް 35 (ތިރީސް ފަހެއް) ޕޮއިންޓް

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕޮއިންޓް އުނިކޮށްފި ނަމަ، އެ ޕޮއިންޓް އުނިކުރި ދުވަހުން ފެށިގެން މީލާދީ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެފަދަ އަމަލެއް ތަކުރާރު ނުކޮށްފި ނަމަ ނުވަތަ އެ ކަމެއް އިސްލާހުކޮށްފި ނަމަ، އުނިކުރި ޕޮއިންޓް އެ ފަރާތަކަށް އަލުން ލިބިދެވޭނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 232 ވަނަ މާއްދާއިން ފެށިގެން 248 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އުނިކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 250 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޮންޑެޑް ވެއަރހައުސް ރަޖިސްޓަރީކޮށްދިނުމުގައި ބަލާނެ މިންގަނޑު 250.

ބޮންޑެޑް ވެއަރހައުސް ހެދޭނެ ތަންތަނާއި، ބޮންޑެޑް ވެއަރހައުސް ގެ ގޮތުގައި ހަދާ ތަންތަނުގައި ފުރިހަމަވާންޖެހޭ ށަރުތުތައް ތިރީގައި މިވަނީއެވެ.

(ހ) ބޮންޑެޑް ވެއަރހައުސް ހެދޭނީ، ކަސްޓަމްސްގެ ކޮންޓްރޯލް ސަރަހައްދުތަކުގައެވެ. ނަމަވެސް ކަސްޓަމްސްއިން ކަނޑައަޅައި އާންމުކުރާ އައިޓަމްތަކެއް ބެހެއްޓުމަށް ހާއްސަކުރާ ބޮންޑެޑް ވެއަރހައުސް، ކަސްޓަމްސްގެ އޮފީސްތައް ހުންނަ ސަރަހައްދުތަކުގައި ހެދިދާނެއެވެ. މިގޮތުން ހެދޭ ތަނަކީ މީހުން ދިރިއުޅޭ އިމާރާތެއްގައި ނުވަތަ އިމާރާތުގެ ބައެއްގައި ހަދާ ތަނަކަށް ވެގެން ނުވާނެއެވެ.

(ށ) ބޮންޑެޑް ވެއަރހައުސްގެ ކޮންޓްރޯލް ހަރުދަނާކޮށް، އެ ތަނާއި އެ ތަނުގައި ބަހައްޓާ މުދާ ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެކަން ކަށަވަރުކުރުމުގެ ގޮތުން، ކަސްޓަމްސްއިން ކަނޑައަޅާ ށަރުތުތަކެއް ފުރިހަމަވާ ފަރާތްތަކުން ބަލަހައްޓާ ސަރަހައްދުތަކެއްގައި ބޮންޑެޑް ވެއަރހައުސް ހެދުމުގެ ހުއްދަ ދިނުމުގެ އި ހުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. އަދި އެ ތަންތަނަކީ ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އެ ތަނަކަށް އޮންނ،ަ އަދި ކަސްޓަމްސްއިން ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަނި ވަދެނު ކުމެވޭ ތަންތަނަށް ވާންވާނެއެވެ.

(ނ) ބަނގުރަލާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެތީގެ ވިޔަފާރިކުރުމަށް ބޮންޑެޑް ވެއަރހައުސް ރަޖިސްޓަރީކުރެވޭނީ، އެފަދަ ތަކެތި ބެހެއްޓުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައެވެ.

(ރ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ހެދޭ ތަނަކީ އެ ތަނުގައި ބަހައްޓާ މުދާ ރައްކައުތެރިކަމާއެކު ބެހެއްޓޭނެ ފެންވަރަކަށް ހަދައިފައިވާ ތަނެއްކަމުގައި ވާންވާނެއެވެ.

(ބ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ރަޖިސްޓަރީކޮށްދެވޭނީ، ތަނުގެ ބޮޑުމިނުގައި މަދުވެގެން 25 (ފަންސަވީސް) ސ.ީބ.ީއެމ.ް ހުންނަ ތަންތަނެވެ.

(ޅ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ހަދައިފައިވާ ތަންތަނުގެ އެތެރެއާއި ވަށައިގެންވާ ސަރަހައްދުގައި ރޭގަނޑުގެ ވަގުތުތަކުގައި އެކަށީގެންވާ މިންވަރަށް އަލިކަން ހުންނާނެ ނިޒާމެއް ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ކ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ހަދައިފައިވާ ތަންތަނުގެ އެތެރެއާއި އެ ތަންތަން ވަށައިގެންވާ ސަރަހައްދު މޮނިޓަރކުރެވޭނޭހެން ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށް، އެ ކެމެރާތަކުގެ އެކްސެސް ކަސްޓަމްސްއަށް ލިބޭނެގޮތް ހަމަޖެހިފައި ހުންނަންވާނެއެވެ.

(އ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ހަދައިފައިވާ ތަނަކ،ީ ވަށައިގެން ފާރު ރާނައި ހިޔާކޮށްފައިވާ އިމާރާތެއް ނަމަ، އެ ތަނުގައި ހަރުކޮށް ފައި ހުންނަ ފެންލައިޓާއި އެފަދަ ތަންތަން ހުންނަންވާނީ، މީހަކަށް ނުވަދެވޭ ގޮތަށް އަދި އެ ތަނުގައި ހުންނަ ތަކެތި ނުނެރެވޭ ގޮތަށް ބަންދުކޮށް ފައެވެ.

(ވ) ބޮންޑެޑް ވެއަރހައުސްއަށް ވަދެ ނުކުމެވުމަށް ހުންނަންވާނީ 1 (އެކެއް) ދޮރެވެ. ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ތަކެތި ބެހެއްޓުމަށް ހަދާ ބޮންޑެޑް ވެއަރހައުސްއެއް ނަމަ، އެ ތަން ހުންނަންވާނީ، އެ ފަދަ ތަކެތި ބެހެއްޓުމަށް އެކަށީގެންވާ މިންގަނޑަކަށް ހަދައިފައެވެ.

(މ) ބޮންޑެޑް ވެއަރހައުސްގެ ގޮތުގައި ހަދައިފައިވާ ތަނާ އިންވެގެން ނުވަތަ ތަނުގެ އެތެރޭގައި، މުދާ ބަލައި ފާސްކުރެވޭނެ ޖާގައެއް އޮންނަންވާނެއެވެ.

(ފ) ބޮންޑެޑް ވެއަރހައުސްގެ ސްޓޮކް އަޕްޑޭޓްކޮށް ބެލެހެއްޓޭނެ އިލެކްޓްރޯނިކް ނިޒާމެއް އެ ތަނުގައި ގާއިމުކޮށްފައި ހުންނަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 251 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓުމަށް ހުއްދަ ދެވޭ މުދާ 251.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކުރެވޭ ބޮންޑެޑް ވެއަރހައުސް، ތަފާތު ބޭނުންތަކަށް ހާއްސަކޮށް ރަޖިސްޓަރީކުރެވިދާނެއެވެ. ބޮންޑެޑް ވެއަރހައުސްއަށް ވެއްދޭނީ އެ ތަނަށް

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 251 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

9  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 252 ވަނަ މާއްދާގެ (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިންގާ ފަރާތުގެ ޒިންމާ 252.

(ފ) ބޮންޑެޑް ވެއަރހައުސްއަށް ވައްދާ މުދަލާއި އެ ތަނުން ނެރޭ މުދަލުގެ މައުލޫމާތު ބެލެހެއްޓޭނެ އިލެކްޓްރޯނިކް ނިޒާމެއް އެ ތަނުގައި ގާއިމުކުރުމާއި، އެ މައުލޫމާތު އަދާހަމަކޮށް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖައްސައިފައި ހުރުމާއި، އެ ތަނުގައި ހުންނަ މުދާ ނުގެއްލޭ ނޭހެން ރައްކައުތެރިކަމާއެކު ބެލެހެއްޓުން؛ )ބޮންޑެޑް ވެއަރހައުސްއަށް ވައްދާ މުދަލާއި އެ ތަނުން ނެރޭ މުދަލުގެ މައުލޫމާތު ބަލަހައްޓާނެ އިލެކްޓްރޯނިކް ނިޒާމު، މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ގާއިމުކުރަންވާނެއެވެ.)

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 258 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޮންޑުކީޕަރުން ރަޖިސްޓަރީކުރުމުގައި ބަލާނެ މިންގަނޑު 258.

(ހ) ބޮންޑު ކީޕަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހުންނެވެ.

  1. އިނގިރޭސިބަހުން ނުވަތަ ދިވެހިބަހުން ލިޔެކިޔަން އެނގުން؛
  2. މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއްކަމުގައި ވުން.

(ށ) ބޮންޑު ކީޕަރުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީކުރެވޭ މީހުންނަށް އެ ތަނުގައި މަސައްކަތްކުރެވޭނީ، އެ ކަމަށް ކަސްޓަމްސްއިން ދޫކުރާ ފާސް އޮވެގެންނެވެ. މިގޮތުން ފާސް ދޫކުރެވޭނީ، މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. ފާސް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގެ 15 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 263 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ދޫކުރުން 263.

(ރ) އިންޓަރނޭށަނަލް އެއަރޕޯޓުތަކުގައި ޑިއުޓީހިލޭ ފިހާރަތައް ހިންގާ ފަރާތްތަކުން، ޑިއުޓީހިލޭ ފިހާރަތަކަށް ގެންނަ ތަކެތި ބެހެއްޓުމަށް ހާއްސަކޮށްފައި ހުންނަ ބޮންޑެޑް ވެއަރހައުސްއިން މުދާ ދޫކުރެވޭނީ، ޑިއުޓީހިލޭ ފިހާރަތަކަށެވެ. ނަމަވެސް އެ ޑިއުޓީހިލޭ ފިހާރަ ހިންގާ ފަރާތާއި ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތަކީ އެއްފަރާތެއް ނަމަ، އެ ފަރާތުގެ ނަމުގައި ޑިއުޓީހިލޭ ފިހާރަ ހިންގާ އިންޓަރނޭށަނަލް އެއަރޕޯޓުގައި ހިންގާ އެހެން ފިހާރަތަކަށް ބޮންޑެޑް ވެއަރހައުސްއިން މުދާ އިމްޕޯޓްކުރެވިދާނެއެވެ.

 

12 ވަނަ މާޢްދާ - ބުނެވިދިޔަ ގަވާއިދުގެ 268 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މުދާ ބަދަލުކުރުން 268.

(ހ) އެއްފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައި ހުންނަ ބޮންޑެޑް ވެއަރހައުސްއަކުން އެ ފަރާތުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެހެން ބޮންޑެޑް ވެއަރހައުސްއަކަށް ނުވަތަ އެއްފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައި ހުންނަ ބޮންޑެޑް ވެއަރހައުސްއަކުން އެހެން ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ބޮންޑެޑް ވެއަރހައުސްއަކަށް ުދާ ބަދަލުކުރެވިދާނެއެވެ. މި ހާލަތުގައި، ވަކިވަކި ބޮންޑެޑް ވެއަރސްތަކުގެ ސްޓޮކް އަޕްޑޭޓްކުރަންވާނެއެވެ.

(ށ) މި މާއްދާގައި (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ކަމުގައި ވީނަމަވެސް، ބަނގުރަލާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެތި ބަދަލުކުރެވޭނީ، އެފަދަ ތަކެތި ބެހެއްޓުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ހުންނަ ބޮންޑެޑް ވެއަރހައުސްތަކަށެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 270 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލަށް ޑިއުޓީ ދެއްކުން 270

(ށ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ އެ ތަނަށް ވެއްދުމުގައި ނުވަތަ އެ ތަނުން ނެރުމުގައި ނުވަތަ އެ ތަނުގައި ހުންނަ ހުރުމުގައި މުދަލަށް ގެއްލުމެއް ލިބިއްޖެ ނަމަ ނުވަތަ ހަލާކުވެއްޖެ ނަމަ ނުވަތަ މުއްދަތު ހަމަވެއްޖެ ނަމަ ނުވަތަ އެ މުދާ މަދުވެއްޖެ ނަމަ ނުވަތަ އެ މުދާ ވަގަށް ނަގައިފި ނަމަ، ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން އެ މުދަލަށް އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭނެއެވެ. ނަމަވެސް، ހާއްސަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލުގެ ވިޔަފާރި ހުއްޓުމަކަށް އަންނަ ހާލަތެއްގައި ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލުގެ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ އަމިއްލަ ޒާތުގައި ހަލާކުވުމުގެ ސަބަބުން އެ މުދާ ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތައިލާ ނަމަ، ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން އެ މުދަލަށް އިމްޕޯޓް ޑިއުޓީ ދައްކާކަށެއް ނުޖެހޭނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ހާއްސަ ހާލަތެއް މެދުވެރިވެއްޖެކަން ކަނޑައަޅާނީ، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއެވެ.

 

14 ވަނަ މާޢްދާ - ބުނެވިދިޔަ ގަވާއިދުގެ 270 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލަށް ޑިއުޓީ ދެއްކުން 270.

(ޅ) ބޮންޑެޑް ވެއަރހައުސްއަށް މުދާ ވައްދާފަހުން މުދަލެއްގެ ސްޓޮކް އިތުރުވާކަމަށް ނުވަތަ ދިމާނުވާކަމަށް ފާހަގަކުރެވިއްޖެ ނަމަ، ގުޑްސް ޑިކްލަރޭށަނާއި މުދަލާ ދިމާވޭތޯ އެ މުދަލުގެ މުޅި ސްޓޮކް އަލުން ޗެކުކުރަންވާނެއެވެ.

 

15 ބުނެވިދިޔަ ގަވާއިދުގެ 278 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީ ބާތިލުކުރުމާއި ހިފެހެއްޓުން 278.

(ނ) ބޮންޑެޑް ވެއަރހައުސްގެ ރަޖިސްޓަރީ ބާތިލުކޮށްފި ނަމަ، އެވަގުތު ބޮންޑެޑް ވެއަރހައުސްގައި ހުރި ހުރިހާ މުދަލެއްގެ ސްޓޮކް ޗެކުކޮށް، އެ މުދާ ކްލިއަރކުރުމަށް ނުވަތަ ޓްރާންސްފަރކުރުމަށް ނުވަތަ އަނބުރާ ރާއްޖެއިން ބޭރަށް ފޮނުވައިލުމަށް 30 )ތިރީސް( ދުވަހުގެ މުއްދަތެއް، ބޮންޑެޑް ވެއަރހައުސް ހިންގި ފަރާތަށް ދެވޭނެއެވެ. އެ މުއްދަތުގެ ތެރޭގައި އެ މުދާ ކްލިއަރ ނުކުރެވިއްޖެ ނަމަ ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވައިނުލެވިއްޖެ ނަމަ، މި ގަވާއިދުގެ 14 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މުދަލާމެދު އަމަލުކުރެވޭނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 279 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޮންޑު ކީޕަރުންނަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމާއި ހިފެހެއްޓުން 279.

(ހ) މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ތަކުގެ ތެރޭގައި ހިމެނޭ ކުށެއް ބޮންޑު ކީޕަރުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސް ދޫކޮށްފައިވާ މީހަކު ކޮށްފިކަމަށް ނުވަތަ ކުރަންއުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވިކަމަށް ކަސްޓަމްސްގެ ތަހުގީގަށް ގަބޫލުކުރެވޭ ނަމަ، އެ މައްސަލައިގައި ދައުވާކުރުމާ ބެހޭގޮތުން ގޮތެއް ނިމެންދެން ނުވަތަ އެ މައްސަލައާމެދު ށަރީއަތުން ގޮތެއް ނިމެންދެން، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓިދާނެއެވެ.

(ށ) ބޮންޑު ކީޕަރުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ފާސް ދޫކޮށްފައިވާ މީހެއްގެ މައްޗަށް މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކޮށްފައިވާކަމަށް ށަރީއަތަށް ސާބިތުވުން ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ދައުވާނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފި ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަހުގީގަށް ސާބިތުވެފައިވާ މައްސަލަ ށަރީއަތަށް ސާބިތު ނުވެއްޖެ ނަމަ ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ނޫން ގޮތަކަށް ދައުވާ ނުކުރުމަށް ނިންމައިފި ނަމަ، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތަށް ރިއާޔަތްކޮށް، ހިފެހެއްޓިފައިވާ ހުއްދަ އަލުން އެ ފަރާތަކަށް ދިނުމުގެ ނުވަތަ 4 (ހަތަރެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމުގެ އިހުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަހުގީގަށް ސާބިތުވެފައިވާ މައްސަލަ ށަރީއަތަށް ސާބިތުވ،ެ މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހުކުމެއް ކަނޑައަޅައިފި ނަމަ، ބޮންޑު ކީޕަރެއްގެ ގޮތުގައި އެ ފަރާތަކަށް އަލުން ހުއްދަ ދެވޭނީ، އެ ފަރާތަކަށް ކުރި ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ އަދަބު މާފުކުރިތާ ނުވަތަ އިއުތިރާފުގެ އެއްބަސްވުން ނުވަތަ ނަސޭހަތުގެ އެއްބަސްވުން ހަދާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ފަހުންނެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 290 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑިއުޓީހިލޭ ފިހާރަ 290.

ޑިއުޓީހިލޭ ފިހާރައަކީ ރާއްޖެއިންބޭރަށް ފުރައިގެންދާ މީހުންނަށް ތަކެތި ވިއްކުމަށް ޓަކައި ކަނޑައަޅައިފައިވާ، އެ ތަންތަނަށް ގެންނަ ތަކެތިން އިމްޕޯޓް ޑިއުޓީ މާފުކޮށްފައިވާ ތަންތަނެވެ. އަދި ޑިއުޓީހިލޭ ފިހާރައެއް ހެދުމަށް ހުއްދަ ދެވޭނީ، ކަސްޓަމްސްގެ ސަރަހައްދުތަކަށާއި އެ ސަރަހައްދުތަކުގެ ތެރޭގައި ހުންނަ ތަންތަނަށާއި އުޅަނދުފަހަރަށް ކަމުގައި ވާންވާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 294 ވަނަ މާއްދާގެ (ނ) ގެ ތިރިއަށް (ރ) އާއި (ބ) ގެ ގޮތުގައި އަންނަނިވިގޮތަށް ދެ އަކުރު އިތުރުކުރުނީ.

ޑިއުޓީހިލޭ ފިހާރަތަކަށް ވަދެނުކުމެއުޅުން 294.

(ރ) ޑިއުޓީހިލޭ ފިހާރައިގެ މުވައްޒަފުންނަށް އެ ތަނުގައި މަސައްކަތްކުރެވޭނީ، އެކަމަށް ކަސްޓަމްސްއިން ދޫކުރާ ފާސް އޮވެގެންނެވެ. މި ފާސް ދޫކުރެވޭނީ، މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. ފާސް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގެ 15 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.

(ބ) ޑިއުޓީހިލޭ ފިހާރަ ހިމެނޭ ސަރަހައްދުގައި އުޅޭއިރު ކަސްޓަމްސްއިން ދޫކުރާ ފާސް ފެންނަގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ކަސްޓަމްސްއިން ދޫކުރާ ފާސް ނަހަމަގޮތުގައި ބޭނުންކޮށްފި ނަމަ، ފާސް ބާތިލުކުރުމުގެ އިހުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

9 ބުނެވިދިޔަ ގަވާއިދުގެ 295 ވަނަ މާއްދާގެ (ނ) ގެ ތިރިއަށް (ރ) އާއި (ބ) ގެ ގޮތުގައި އަންނަނިވި ގޮތަށް ދެ އަކުރު އިތުރުކުރުން.

ޑިއުޓީހިލޭ ފިހާރައިން މުދާ ވިއްކުން 295.

(ރ) ކަސްޓަމްސްގެ ހުއްދަޔާއެކު، ޑިއުޓީހިލޭ ފިހާރައިގައި ހުންނަ މުދ،ާ އިމްޕޯޓް ޑިއުޓީ ދެއްކުމަށްފަހު އިމްޕޯޓްކުރެވިދާނެއެވެ.

(ބ) ޑިއުޓީހިލޭ ފިހާރައިގައި ހުންނަ މުދ،ާ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރީއެކްސްޕޯޓް ކުރެވިދާނެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-295 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

ޑިއުޓީހިލޭ ފިހާރަތަކަށް ދޫކުރާ މުދާ ބެހެއްޓުމަށާއި ޑިއުޓީހިލޭ ފިހާރަތަކުން ނެރޭ މުދާ ބެހެއްޓުމަށް ގާއިމުކުރާ ކަސްޓަމްސް ވެއަރހައުސް 1-295

(ހ) ޑިއުޓީހިލޭ ފިހާރަތަކަށް ގެންނަ ތަކެތި ބެހެއްޓުމަށް ހާއްސަކޮށްފައި ހުންނަ ބޮންޑެޑް ވެއަރހައުސްއިން ޑިއުޓީހިލޭ ފިހާރަތަކަށް ދޫކުރާ މުދާ ބެހެއްޓުމަށާއި ޑިއުޓީހިލޭ ފިހާރަތަކުން ނެރޭ މުދާ ބެހެއްޓުމަށްކަސްޓަމްސް ވެއަރހައުސް ގާއިމުކުރެވިދާނެއެވެ. އެ ތަންތަނަކީ މި ގަވާއިދުގެ 250 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ތަންތަން ކަމުގައި ވާންވާނެއެވެ. އަދި މި ގަވާއިދުގެ 255 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް، މި ގަވާއިދުގެ ޖަދުވަލު 36 ގެ 22 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީ، އެ ތަން ހިންގާ ފަރާތުން، ކޮންމެ މަހަކު ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަސްޓަމްސް ވެއަރހައުސްތަކަށް މުދާ ވެއްދުމާއި، މުދާ ބެލެހެއްޓުމާއި، މުދާ ނެރުމުގައި އަމަލުކުރަންޖެހޭ އުސޫލު ކަސްޓަމްސްއިން ހަދައި، އެ އުސޫލު އާންމުކުރަންވާނެއެވެ.

 

21 ބުނެވިދިޔަ ގަވާއިދުގެ 427 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބަނދަރު ހިންގާ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ނީލަމުގައި ވިއްކައިލުން 427.

ކަސްޓަމްސްގެ ކޮންޓްރޯލް ސަރަ ހައްދުތައް ހުންނަ ބަނދަރު ހިންގާ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުންނ،ަ އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއަރކުރަންޖެހޭ މުއްދަތުގައި ކްލިއަރ ނުކޮށްފި ނަމަ އެ މުދަލާމެދު އަމަލުކުރާނީ، މި ގަވާއިދުގެ ފަނަރަވަނަ ބައިގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ "ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށަށް ގެނެވޭ ތަކެއްޗާމެދު ގޮތެއް ނިންމާ ކޮމެޓީ" އިންނެވެ. މިފަދަ މުދަލާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް ކަސްޓަމްސްއިން ދައްކާކަށް ނުޖެހޭނެއެވެ.

 

22 ބުނެވިދިޔަ ގަވާއިދުގެ 473 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކަސްޓަމްސްގެ ބްރޯކަރުންގެ ށަރުތުތައް 473.

ކަސްޓަމްސްގެ ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެވެ.

(ހ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައި ވުން.

(ށ) ކަސްޓަމްސްގެ ބްރޯކަރުންނަށް ހިންގާ ތަމްރީނު ކޯހުން ފާސްވެ ސެޓުފިކެޓު ލިބިފައިވާ މުވައްޒަފުން ތިބުން.

(ނ) އިމްޕޯޓަރެއްގެ ގޮތުގައި ނުވަތަ އެކްސްޕޯޓަރެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކަށް ނުވުން.

(ރ) ވިޔަފާރީގެ ހިއްސާދާރުނ/ްޑިރެކްޓަރުނ/ްޕާޓްނަރުނ/ްމުވައްޒަފުންގެ ތެރޭގައި ކަސްޓަމްސްގެ ސަރަހައްދުތައް އޮންނަ ބަނދަރުތައް ހިންގާ ފަރާތުގެ މުވައްޒަފަކު ނުވަތަ ކަސްޓަމްސްގެ މުވައްޒަފެއ/ްމުވައްޒަފެއްގެ އަނބ/ިފިރިއެއް ނެތުން.

(ބ) ވިޔަފާރީގެ ހިއްސާދާރުންގެ ތެރޭގައި ނުވަތަ ޑިރެކްޓަރުންގެ ތެރޭގައި ނުވަތަ ޕާޓްނަރުންގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފެއްގެ ދަރިޔަކު ނެތުން. 

(ޅ) ހިދުމަތް ދެވޭނެ ވަސީލަތްތައް ގާއިމުކޮށްފައި ހުރުމާއި، އެކަށީގެންވާ އަދަދަކަށް މުވައްޒަފުން ތިބުމާއި، އާންމުކޮށް ފެންނާނޭ ހެން ތަނުގެ ނަންބޯޑު ހަރުކޮށްފައި ހުރުން.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 475 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 476 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކަނޑު އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރާ ފަރާތްތަކުގެ ށަރުތުތައް 476.

ކަނޑު އުޅަނދުފަހަރުގެ އޭޖެންޓުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެވެ.

(ހ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައި ވުން.

(ށ) ވިޔަފާރީގެ ހިއްސާދާރުންގެ ތެރޭގައި ނުވަތަ ޑިރެކްޓަރުންގެ ތެރޭގައި ނުވަތަ ޕާޓްނަރުންގެ ތެރޭގައި ނުވަތަ މުވައްޒަފުންގެ ތެރޭގައި ކަސްޓަމްސްގެ ސަރަހައްދުތައް އޮންނަ ބަނދަރުތައް ހިންގާ ފަރާތުގެ މުވައްޒަފަކު ނުވަތަ ކަސްޓަމްސްގެ މުވައްޒަފަކު ނެތުން.

(ނ) ހިދުމަތް ދެވޭނެ ވަސީލަތްތައް ގާއިމުކޮށްފައި ހުރުމާއި، އެކަށީގެންވާ އަދަދަކަށް މުވައްޒަފުން ތިބުމާއި، އާންމުކޮށް ފެންނާނޭހެން ތަނުގެ ނަންބޯޑު ހަރުކޮށްފައި ހުރުން.

(ރ) އެހެން ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އުޅަނދުފަހަރުގެ އޭޖެންޓުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައިވާ ނަމަ ނުވަތަ ވަކި ށަރުތެއް ފުރިހަމަވާންޖެހޭ ނަމަ، އެ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީކޮށްފައިވުން ނުވަތަ އެ ށަރުތެއް ފުރިހަމަވާ ފަރާތެއް ކަމުގައި ވުން.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 477 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ކަނޑު އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސަށް އެދި ހުށަހެޅުން 477.

އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސް ހޯދުމަށް އެދޭ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ހ) ހިދުމަތްތައް ރަޖިސްޓަރީކުރުމަށާއި ކެންސަލްކުރުމަށް ޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން.

(ށ) ވިޔަފާރި ރަޖިސްޓަރީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައި ފައިވާ ކޮޕީ.

(ނ) އެހެން ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އުޅަނދުފަހަރުގެ އޭޖެންޓުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައިވާ ނަމަ ނުވަތަ ވަކި ށަރުތެއް ފުރިހަމަވާންޖެހޭ ނަމަ، އެ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން ނުވަތަ އެ ށަރުތެ އް ފުރިހަމަވާ ފަރާތެއްކަން އަންގައިދޭ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ

 

26 ވަނަ މާޢްދާ - ބުނެވިދިޔަ ގަވާއިދުގެ 478 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

27 ވަނަ މާޢްދާ - ބުނެވިދިޔަ ގަވާއިދުގެ 479 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕޯސްޓުގެ ހިދުމަތްދޭ ފަރާތްތަކާއި ކޫރިއަރ އޮޕަރޭޓަރުން ރަޖިސްޓަރީކުރުން 479.

(ހ) (1) ޕޯސްޓުގެ ހިދުމަތްދޭ ފަރާތް ކަސްޓަމްސްގައި ރަޖިސްޓަރީކުރެވޭނީ، އެ ފަރާތަކީ ގާނޫނު ނަންބަރު 18/2014 )ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު( އާއި، ގާނޫނު ނަންބަރު 5/2006 )ޕޯސްޓްގެ ހިދުމަތް ދިނުމުގެ ގާނޫނު( ގައިވާ ގޮތުގެ މަތީން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައި ވާނަމައެވެ.
(2) ކޫރިއަރ އޮޕަރޭޓަރުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެވެ.

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައި ވުން.

(ނ) އެހެން ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ކޫރިއަރ އޮޕަރޭޓަރުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައިވާ ނަމަ ނުވަތަ ވަކި ށަރުތެއް ފުރިހަމަވާންޖެހޭ ނަމަ، އެ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީކޮށްފައިވުން ނުވަތަ އެ ށަރުތެއް ފުރިހަމަވާ ފަރާތެއް ކަމުގައި ވުން.

(ރ) އިންޓަރނޭށަނަލް ކޫރިއަރ އޮޕަރޭޓަރެއް ރާއްޖޭގައި ތަމްސީލުކުރާ ކޫރިއަރ އޭޖެންޓެއް ނަމަ، އިންޓަރނޭށަނަލް ކޫރިއަރ އޮޕަރޭޓަރުގެ އެކަން ބަޔާންކޮށް ދޫކޮށްފައިވާ ލިޔުމެއް އޮތުން.

(ބ) ވިޔަފާރީގެ ހިއްސާދާރުންގެ ތެރޭގައި ނުވަތަ ޑިރެކްޓަރުންގެ ތެރޭގައި ނުވަތަ ޕާޓްނަރުންގެ ތެރޭގައި ނުވަތަ މުވައްޒަފުންގެ ތެރޭގައި ކަސްޓަމްސްގެ ސަރަހައްދުތައް އޮންނަ ބަނދަރުތައް ހިންގާ ފަރާތުގެ މުވައްޒަފަކު ނުވަތަ ކަސްޓަމްސްގެ މުވައްޒަފަކު ނެތުން.

(ޅ) ހިދުމަތް ދެވޭނެ ވަސީލަތްތައް ގާއިމުކޮށްފައި ހުރުމާއި، އެކަށީގެންވާ އަދަދަށް މުވައްޒަފުން ތިބުމާއި، އާ ންމުކޮށް ފެންނާނޭ ހެން ތަނުގެ ނަންބޯޑު ހަރުކޮށްފައި ހުރުން.

 

28 ވަނަ މާޢްދާ - ބުނެވިދިޔަ ގަވާއިދުގެ 480 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފްރައިޓް ފޯވަރޑަރުން ރަޖިސްޓަރީކުރުން 480.

(ހ) ފްރައިޓް ފޯވަރޑަރެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތު ތައް ފުރިހަމަވާ ފަރާތްތަކެވެ.

  1. ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައި ވުން.
  2. އެހެން ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ފްރައިޓް ފޯވަރޑަރުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައިވާ ނަމަ ނުވަތަ ވަކި ށަރުތެއް ފުރިހަމަވާންޖެހޭ ނަމަ، އެ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީކޮށްފައިވުން ނުވަތަ އެ ށަރުތެއް ފުރިހަމަވާ ފަރާތެއް ކަމުގައި ވުން.
  3. ވިޔަފާރީގެ ހިއްސާދާރުންގެ ތެރޭގައި ނުވަތަ ޑިރެކްޓަރުންގެ ތެރޭގައި ނުވަތަ ޕާޓްނަރުންގެ ތެރޭގައި ނުވަތަ މުވައްޒަފުންގެ ތެރޭގައި، ކަސްޓަމްސްގެ ސަރަހައްދުތައް އޮންނަ ބަނދަރުތައް ހިންގާ ފަރާތުގެ މުވައްޒަފަކު ނުވަތަ ކަސްޓަމްސްގެ މުވައްޒަފަކު ނެތުން؛
  4. ހިދުމަތް ދެވޭނެ ވަސީލަތްތައް ގާއިމުކޮށްފައި ހުރުމާއި، އެކަށީގެންވާ އަދަދަކަށް މުވައްޒަފުން ތިބުމާއި، އާ ންމުކޮށް ފެންނާނޭހެން ތަނުގެ ނަންބޯޑު ހަރުކޮށްފައި ހުރުން.

(ށ) ފްރައިޓް ފޯވަރޑަރުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީކުރުމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. ހިދުމަތްތައް ރަޖިސްޓަރީކުރުމަށާއި ކެންސަލްކުރުމަށް ޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން؛
  2. ވިޔަފާރި ރަޖިސްޓަރީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކޮޕީ؛
  3. އެހެން ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ފްރައިޓް ފޯވަރޑަރުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައިވާ ނަމަ ނުވަތަ ވަކި ށަރުތެއް ފުރިހަމަވާންޖެހޭ ނަމަ، އެ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން ނުވަތަ އެ ށަރުތެ އް ފުރިހަމަވާ ފަރާތެއްކަން އަންގައިދޭ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 481 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލައިސަންސް ދޫކުރުން 481.

(ހ) މި ބާބުގެ ދަށުން ރަޖިސްޓަރީކުރަން އެދޭ ފަރާތްތަކަކ،ީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެއް ނަމަ، އެ ފަރާތަކުން ރަޖިސްޓަރީކުރަން ހުށަހެޅި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަރާތެއް ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރަންވާނެއެވެ. މީގެ ތެރޭގައި ފީ ނުދެއްކުމުގެ ސަބަބުން ލަސްވާ ލަސްވުމެއް ނުހިމެނޭނެއެވެ. އަދި އެ ފަރާތަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ނުވާ ނަމަ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ރަޖިސްޓަރީކުރުމަށް ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

(ށ) މި ބާބުގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކަށް ލައިސަންސް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ރަޖިސްޓްރޭށަން ފީއާއި އަހަރީފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 483 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރު އުނިކުރުން. 

 

31 ބުނެވިދިޔަ ގަވާއިދުގެ 538 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑިކްލެއަރކުރިވަރަށްވުރެ މުދާ އިތުރުވުމުން ޖޫރިމަނާކުރުން 538.

(ހ) ކަސްޓަމްސްއަށް ޑިކްލެއަރކުރިވަރަށްވުރެ މުދާ އިތުރުވާ ހާލަތުގައި، މުދާ އިމްޕޯޓްކުރާ ފަރާތް ޖޫރިމަނާކުރެވޭނީ، މުދާ އިތުރުވުމާ ގުޅިގެން އެ ށިޕްމެންޓުގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފ.ްއ.ޯބީ އަގު %10 (ދިހައެއް އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރުވާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. 

  1. ފުރަތަމަފަހަރު ޖޫރިމަނާކުރާނީ، އިތުރުވި އެ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފް.އޯ.ބީ. އަގުގެ
    15% (ފަނަރަ އިންސައްތަ) އިންނެވެ.
  2. މިފަދަ ކުށެއް ދެވަނަފަހަރަށް ތަކުރާރުކޮށްފި ނަމަ ޖޫރިމަނާ ކުރާނީ، އިތުރުވި އެ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފް.އޯ.ބީ. އަގުގެ %25 (ފަންސަވީސް އިންސައްތަ) އިންނެވެ.
  3. މިފަދަ ކުށެއް ދެފަހަރަށްވުރެ ގިނަފަހަރު ތަކުރާރުކޮށްފި ނަމަ ޖޫރިމަނާކުރާނީ، ތަކުރާރުކުރާ ކޮންމެ ފަހަރަކު، އިތުރުވި އެ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފް.އޯ.ބީ. އަގުގެ %50 (ފަންސާސް އިންސައްތަ) އިންނެވެ.

 

32 ވަނަ މާޢްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރުު 2011-41)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު