ފުލުހުންގެ ވަޒީފާގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-85)
އެއްވަނަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ޕޮލިސް ރެކްރޫޓުންގެ ވަޒީފާއާ ގުޅޭ އުސޫލުތައް ހިމެނޭގޮތުން، ފުލުހުންގެ ވަޒީފާއާ ގުޅޭ އެންމެހައި އު ސޫލުތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އާއި 15 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 133 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެވެ.
(ށ) މި ގަވާއިދުގެ ނަމަކީ، "ފުލުހުންގެ ވަޒީފާގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
(ހ) މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގެ މަގާމުތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީން މުވައްޒަފުން މަގާމުތަކަށް އައްޔަނުކުރުން.
(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ މަގާމުތަކަށް މީހުން ހޮވުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.
(ނ) މުވައްޒަފުންގެ ވަޒީފާއާ ގުޅޭގޮތުން ދޭންޖެހޭ އުޖޫރައާއި އިނާޔަތް ދެވޭނެ މިންގަނޑުތައް ކަނޑައެޅުން.
(ރ) މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.
(ބ) ސެކެންޑްމަންޓުގެ ގޮތުގައި މަސައްކަތްކުރުމުގެ އުސޫލުތައް ކަނޑައެޅުން.
(ޅ) ޕޮލިސް ރެކްރޫޓުން ފުލުހުންގެ ހިދުމަތުގައި ގެންގުޅުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
(ކ) މުވައްޒަފުންގެ ވަޒީފާގެ ކަންކަމާ ގުޅޭ އާންމު އުސޫލުތަކާއި މިންގަނޑުތައް
ބަޔާންކުރުން.
3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
4 ވަނަ މާއްދާ - މާނަކުރުން
(ހ) މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
- "ވަޒީރު" ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތަށް ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.
- "މާލީ ކަންކަމަށް ޒިންމާވާ ވަޒީރު" ކަމުގައި ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.
- "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާ އަދާކުރާ ފުލުހުންނާއި، ޕޮލިސް ރެކްރޫޓުންނަށެވެ.
- "ތައުދީބީ މައްސަލަ" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާމެދު ހުށަހެޅޭ ށަކުވާތަކުގެ ތެރެއިން އިދާރީ ފިޔަވަޅު އެޅިދާނެ ހާލަތު ދެމިއޮތްކަމަށް ބެލެވޭ ބާވަތުގެ ށަކުވާއަށެވެ.
- "ސަސްޕެންޑްކުރުން" ކަމުގައި ބުނެފައި އެވަނީ، މުވައްޒަފާ ހަވާލުކޮށްފައިވާ ވަޒީފާގެ ޒިންމާގެ ތެރޭގައި އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދި ވަޒީފާގެ ގޮތުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކަށް ނުވަތަ ފުލުހަކަށް ވީތީ އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދާކުރަންނުޖެހޭ ގޮތަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް ވަޒީފާގެ ނުވަތަ މަގާމުގެ އެއްވެސް ޒިންމާއެއް އަދާނުކުރެވޭނެ ގޮތަށް ހެދުމާއެކު، ވަޒީފާއަށް ނުކުތުން މަނާކުރުމަށެވެ.
- "އާއިލާ" ކަމުގައި ބުނެފައި އެވަނީ، މަންމަ، ބައްޕަ، އަނބިން ނުވަތަ ފިރިމީހާއާއި، އުފަން ދަރިންގެ ތެރެއިން އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުދިންނާއި، ށަރުއީގޮތުން ހަޒާނަތު ހަވާލުކޮށްފައިތިބޭ، އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުދިންނަށެވެ.
- "އާންމު ހާލަތު" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުއައްސަސާގެ މަސައްކަތްތައް އިންތިޒާމު ކުރެވިފައިވާ ގޮތުގެ މަތީން، އޮޕަރޭށަނަލް ލެވެލްގެ އެންމެ އަސާސީ ހާލަތު ކަމުގައި ކަނޑައަޅައިފައިވާ ހާލަތަށެވެ.
5 ވަނަ މާއްދާ - ފުލުހުންނަށް ލިބޭ އިމްތިޔާޒުތަކާއި ހައްގުތައް
ފުލުހަކަށް ވީތީ ލިބިދޭންޖެހޭނެކަމަށް ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އެންމެހައި އިނާޔަތްތަކާއި، އިމްތިޔާޒުތަކާއި، މަންފާތަކާއި، ހައްގުތައް، ފުލުހުންގެ ހުވާކުރާ ދުވަހުން ފެށިގެން އެ މީހަކު ވަޒީފާގައި ދެމިހުރިހައި ދުވަހަކު އެއްވެސް ތަފާތުކުރުމެއްނެތި، މި ގަވާއިދާއި، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މީހަކަށް ލިބިދޭންވާނެއެވެ.
6 ވަނަ މާއްދާ - ފުލުހުން އަމަލުކުރަންވާ އާންމު އުސޫލީ މިންގަނޑުތައް
(ހ) ވަޒީފާ އަދާކުރުމުގައި، ގާނޫނާއި ގަވާއިދުތަކަށާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ސިޔާސަތުތަކަށާއި އުސޫލުތަކަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި މުވައްޒަފުން ފުރިހަމައަށް ކިޔަމަންވާން ވާނެއެވެ.
(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ އެއްވެސް މުވައްޒަފަކު ސިޔާސީ ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެ، ނުވަތަ އެއްވެސް ހައިސިއްޔަތަކުން އެފަދަ ކަމަކަށް ވާގިވެރިވެގެން ނުވާނެއެވެ.
(ނ) ދިވެހި ފުލުހުންގެ ހިދުމަތުން ދޭ ހިދުމަތެއް ލިބިގަތުމަށް ބޭނުންވެގެން އަންނަ މީހުންނާމެދު އެންމެހައި މުވައްޒަފުން އަމަލު ކުރަންވާނީ އިހްތިރާމާއި އޯގާތެރިކަމާ އެކުގައެވެ.
(ރ) ކޮންމެ މުވައްޒަފަކު ވެސް ހިދުމަތް ކުރުމުގައި އެ މީހެއްގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދޭ އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރަންވާނެއެވެ.
(ބ) ފައިސާއާއި، ތަކެތި ބެލެހެއްޓުމާ ހަވާލުވެފައިވާ މުވައްޒަފު ން އެ ތަކެއްޗަށް ރައްކައުތެރިވާން ވާނެއެވެ. މުވައްޒަފެއްގެ ހަވާލުގައިވާ ފައިސާ ނުވަތަ ތަކެތި ގެންގުޅެންވާނީ، ކަމާބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައެވެ.
(ޅ) ފުލުހުންގެ ދައުރު އަދާކުރުމަށް ޓަކައި ނުވަތަ ފުލުހުންގެ މުއައްސަސާ ހިންގުމަށް ޓަކައި ގާނޫނުގައިވާ ގޮތުގެ މަތިން ކުރާ އަމުރުތަކަށް ކިޔަމަންވެ، އެ އަމުރާ އެއްގޮތަށް އަމަލުކުރަން ވާނެއެވެ.
(ކ) ދިވެހި ފުލުހުންގެ ހިދުމަތުގެ އެއްވެސް ލިޔުމެއް، ނުވަތަ ކުރެހުމެއް، ނުވަތަ ޕްލޭނެއް
ނުވަތަ ފޮޓޯއެއް، ނުވަތަ މިނޫންވެސް އެފަދަ އެހެން އެއްވެސް އެއްޗެއް ނުވަތަ މައުލޫމާތެއް ނުވަތަ ނަކަލެއް ހާމަކުރަންޖެހޭ ފަރާތަކަށް ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(އ) ދިވެހި ފުލުހުންގެ ހިދުމަތާބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ ދިވެހި ފު ލުހުންގެ ހިދުމަތުން ހިންގާ އެއްވެސް ހަރަކާތެއްގެ މައުލޫމާތު، ނުވަތަ ކުރެވޭ މުއާމަލާތެއް، އެ ކަމެއް އަންގަންޖެހޭ ނުވަތަ އެނގެންޖެހޭ ފަރާތަކަށް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަންގައިގެން ނުވާނެއެވެ.
(ވ) ދިވެހި ފުލުހުންގެ ހިދުމަތުގެ އެއްވެސް މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތުއަދާކުރުމުގެ ތެރޭގައި ކޮރަޕްށަނުގެ އަމަލެއް ނުވަތަ ކޮރަޕްށަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
7 ވަނަ މާއްދާ - އޮފީހަށް ވަދެ ނުކުމެ ހެދުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތު އެކިއެކި އިދާރީ ބަހާތަކުގެ އޮފީސް ހުޅުވަންވާނީ، އޮފީސް ހުޅުވައި ލެއްޕުމުގެ ހުއްދަ ދެވިފައިވާ ފަރާތަކުންނެވެ.
(ށ) ވަކި ހުއްދައެއް ހޯދައިގެން މެނުވީ ނުވަދެވޭނެކަމަށް ކަނޑައަޅައިފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ އެއްވެސް ތަނަކަށް އެފަދަ ހުއްދައެއް ނެތި ވަދެ ހެދުމަކީ މަނާކަމެކެވެ.
(ނ) ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ޓަކައި މާލެއާއި އަތޮޅުތެރޭގައި ކަނޑައަޅާ މަރުކަޒުތަކުން 24 (ސައުވީސް) ގަޑިއިރު ރައް ޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަ ތަންތަނަށް، އެ ތަނަކުން ކަނޑައަޅާ ގޮތެއްގެ މަތީން ކޮންމެ ގަޑިއެއްގައި ވެސް މުވައްޒަފުންނަށް ވަދެ ނުކުމެ ހެދިދާނެއެވެ.
8 ވަނަ މާއްދާ - ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތްނުކުރުން
(ހ) އެއްވެސް މުވައްޒަފަކު، އެ މުވައްޒަފެއްގެ ރަސްމީ ގަޑީގައި އާމްދަނީ ލިބޭ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.
(ށ) އެއްވެސް މުވައްޒަފަކު އެ މުވައްޒަފަކަށް މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ނުވަތަ ފައިދާ ނުހިމެނުނަސް، އެ މުވައްޒަފެއްގެ އަމިއްލަ މަސައްކަތްކުރުމަށް
9 ވަނަ މާއްދާ - އެހެން މުވައްޒަކު ބޭނުންކޮށްގެން ނުވާނެއެވެ.މުވައްޒަފުންގެ ވަޒީފާ ބަޔާން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ މަގާމުތަކުގެ ވަޒީފާ ބަޔާންތައް ލިޔެ، މުވައްޒަފުން ލައްވައި ސޮއިކޮށްފައި އޮންނަންވާނެއެވެ.
(ށ) ވަޒީފާ ބަޔާނުގައި، އެ މުވައްޒަފަކު އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ވަކި ހާލަތެއް މެދުވެރި ނުވާހައި ހިނދަކު ކުރަންޖެހޭ މަސައްކަތް ލިޔެ، ބަޔާންކޮށްފައިއޮންނަންވާނެއެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، އެންމެހައި ފުލުހުންގެ ވަޒީފާ ބަޔާން ފުރިހަމަކޮށް ނިންމަންވާނެއެވެ.
10 ވަނަ މާއްދާ - އާމްދަނީ ހޯދުމަށް އިތުރު މަސައްކަތް ކުރުން
(ހ) މުވައްޒަފުންނަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގެ އިތުރުން، އިތުރު އާމްދަނީއެއް ހޯދުމުގެ ގޮތުން އެހެން މަސައްކަތެއް ކުރެވޭނީ، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުވައްޒަފަކަށް އިތުރު އާމްދަނީއެއް ލިބޭ އިތުރު އެހެން މަސައްކަތެއް އަދާކުރުމަށް ހުއްދަ ދެވޭނީ، ފުލުހުންގެ މަސައްކަތަށް ދަތިނުވާ ގޮތަށެވެ.
(ނ) ދިވެހި ފުލުހުންގެ ހިދުމަތުގެ ދާއިމީ އެއްވެސް މުވައްޒަފަކަށް، އިތުރު އެހެން ވަޒީފާއެއް އަދައެއް ނުކުރެވޭނެއެވެ.
11 ވަނަ މާއްދާ - މުވައްޒަފުން ތިބެން ދޭ ތަންތަން ބޭނުންކުރުން
(ހ) ވަގުތީގޮތުން މުވައްޒަފަކު ދިރިއުޅުމަށް ނުވަތަ ތިބުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނުވަތަ އެހެން މުއައްސަސާއެއް މެދުވެރިކޮށް ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދީފައިވާ ތަނެއް ބޭނުންކުރަންވާނީ، އެ ތަނެއް ބޭނުންކުރުމަށް ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މި ގޮތުން އެ ތަނެއް ހަވާލުކޮށްފައިވާ މުވައްޒަފެއްގެ އާއިލާގެ މެންބަރަކު ނުވަތަ އެހެން ބަޔަކުވިޔަސް އެ ތަނެއްގައި އެފަދަ އުސޫލަކާ ހިލާފަށް ބައިތިއްބައިގެން ނުވާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ތަންތަން މުވައްޒަފުންނާ ހަވާލުކުރަންވާނީ، އެފަދަ ތަނެއް ބޭނުންކުރުމާ ގުޅޭގޮތުން މުވައްޒަފާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ. އަދި އެ ތަން ބޭނުންކުރަންވާނީ، އެ އެއްބަސްވުމާ އެއްގޮތްވާގޮތުގެ މަތީންނެވެ.
12 ވަނަ މާއްދާ - މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސިއްހީ މިންގަނޑާއި، އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް
(ހ) މުވައްޒަފުންނަށް ހަވާލުކުރާ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ރައްކައުތެރިމާހައުލެއް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. މި ގޮތުން މަސައްކަތުގެ މާހައުލަކީ ސިއްހީގޮތުން ރައްކައުތެރި މާހައުލަކަށް ވާންވާނެއެވެ.
(ށ) މަސައްކަތުގައި އުޅެނިކޮށް ލިބިދާނެ ގެއްލުމަކުން ނުވަތަ ކުރިމަތިވެދާނެ ނުރައްކައުތެރި ހާދިސާއަކުން ސަލާމަތް ވުމަށް ޓަކައި އެފަދަ ހާލަތެއްގައި އަޅަންޖެހޭނެ ސަލާމަތީ ފިޔަވަޅުތައް ކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަ ޅައިފައިވާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ބޭނުންވާނެ އެކަށީގެންވާ ވަސީލަތްތައް، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މުވައްޒަފުންނަށް ފޯރުކޮށްދޭންވާނެއެވެ.
(ނ) މަސައްކަތުގައި އުޅެނިކޮށް ލިބިދާނެ ގެއްލުމަކުން ނުވަތަ ކުރިމަތިވެދާނެ ނުރައްކައުތެރި ހާދިސާއަކުން ނުވަތަ ސިއްހީގޮތުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ޓަކައި އެފަދަ މަސައްކަތެއް ކުރާއިރު، އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅު ކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް އެންމެހައި މުވައްޒަފުން އަމަލުކުރަން ވާނެއެވެ.
13 ވަނަ މާއްދާ - މަސައްކަތުގެ ވެށީގެ ސާފުތާހިރުކަން ބެލެހެއްޓުން
މަސައްކަތުގެ ވެށި ނުވަތަ މަސައްކަތްކުރަމުންދާ ތަން ނުވަތަ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެ ތަނެއްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ ޒިންމާއެކެވެ.
14 ވަނަ މާއްދާ - ރަށުން ބޭރަށް ދިއުމާއިޗުއްޓީ ނެގުން
(ހ) އާންމު ހާލަތުގައި މުވައްޒަފަކު، އޭނާގެ ރަސްމީ ޑިއުޓީއަށް ހާޒިރުވާން ނުޖެހޭ ދުވަހަކު، އެ މުވައްޒަފެއްގެ ސުޕަވައިޒަރަކަށް އެންގުމަށްފަހު، އެ މުވައްޒަފު މަސައްކަތްކުރާ ރަށް ފިޔަވައި އެހެން ރަށަކަށް 24 (ސައުވީސް) ގަޑިއިރަށް ދެވިދާނެއެވެ. ނަމަވެސް 24 (ސައުވީސް) ގަޑިއިރަށް ވުރެ އިތުރަށް މުވައްޒަފަކު އޭނާގެ ރަސްމީ ޑިއުޓީއަށް ހާޒިރުވާން ނުޖެހޭ ނުވަތަ މުވައްޒަފަކަށް ލިބޭ އޮފް ދުވަހުގައި، މުވައްޒަފަކު މަސައްކަތްކުރާ ރަށް ފިޔަވައި އެހެން ރަށަކަށް ދެވޭނީ، އެ މުވައްޒަފެއް ރިޕޯޓްކުރަންޖެހޭ އެންމެ އިސްފަރާތުގެ ހުއްދަ ނަގައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުވައްޒަފުންނަށް ރަށުންބޭރަށް ދިއުމަށް ހުއްދަ ދޭންވާނީ، އެ ބަހާއެއްގެ މަސައްކަތަށް ދަތިނުވާގޮތަށް އެ މުވައްޒަފަކަށް ލިބޭ އޮފް ދުވަސްތަކުގެ ތެރެއިން ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރަށެވެ.
(ނ) މުވައްޒަފަކަށް އޭނާގެ ރަސްމީ ޑިއުޓީއަށް ހާޒިރުވާން ނުޖެހޭ ދުވަހު، ނުވަތަ އޭނާގެ އޮފް ދުވަހު، ރާއްޖެއިން ބޭރަށް 72 (ހަތްދިހަ ދޭއް) ގަޑިއިރަށް، ޗުއްޓީ ނުނަގައި ދެވިދާނެއެވެ. އަދި މިގޮތަށް ރާއްޖެއިން ބޭރަށް ދާންވާނީ، އެ މުވައްޒަފަކު ރިޕޯޓްކުރަންޖެހޭ އެންމެ އިސްފަރާތެއްގެ ހުއްދަޔާ އެކުގައެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރަށުން ބޭރަށް ގޮސްހުރި މުވައްޒަފަކު ކޮންމެހެން ޑިއުޓީއަށް ނެރެން ޖެހިއްޖެކަމަށް އެ މުވައްޒަފަކާ ހަވާލުވެގެން ހުރި ފަރާތަށް ނުވަތަ މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ބަހާއަށް ފެނިއްޖެނަމަ، އެ މުވައްޒަފަކު މަސައްކަތަށް ނުކުތުމަށް އެންގުމުގެ ބާރު އެ ފަރާތްތަކަށް ލިބިގެންވެއެވެ.
(ބ) މުވައްޒަފުން ޗުއްޓީނެގުމުގައްޔާއި ސަލާމް ބުނުމުގައި އަމަލުކުރަންވާނީ، ގަވާއިދު ނަންބަރު 2021-98 (ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރަށުން ބޭރަށްގޮސް ހުރި މުވައްޒަފަކަށް އަހަރީ ޗުއްޓީއެއް ހަމަޖައްސައެއް ނުދެވޭނެއެވެ. ނަމަވެސް ބޮޑެތި ކަންތައްތަކާ ގުޅިގެން މުވައްޒަފަކަށް ހަމަޖައްސައިދޭންޖެހޭ ޗުއްޓީއެއް ހަމަޖައްސައިދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
15 ވަނަ މާއްދާ - ހިދުމަތުގެ ފެންވަރު ބެލުމާއި، ތަމްރީނުކުރުން
ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ފުލުހުންގެ ހިދުމަތުގެ ފެންވަރު ބެލުން އަމާޒުކުރަންވާނީ، ތިރީގައިމިވާ ކަންތައްތަކަށެވެ.
(ހ) މުވައްޒަފުންނާ ހަވާލުކުރާ މަސައްކަތްތައް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ކަނޑައަޅާ ގޮތެއްގެ މަތީން، އެ ހަވާލުކުރި މަސައްކަތްތައް ކޮށްފައިވާ މިންވަރު ވަޒަންކުރުން.
(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ މަގުސަދުތައް ހާސިލުކުރުމުގައި މުވައްޒަފު އަދާކޮށްފައިވާ ދައުރާއި ފެންވަރު ދެނަގަތުން.
(ނ) އެ މުވައްޒަފެއްގެ ވަޒީފާ ބަޔާނުގައިވާ ކަންތައްތައް.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ މައުލޫމާތުގެ އަލީގައި މުވައްޒަފަށް ދޭންޖެހޭ އިރުށާދާއި ތަމްރީނުތައް ފާހަގަކޮށް، އެ ކަންތައް ކުރުމަށް މަގުފަހިކުރުން.
16 ވަނަ މާއްދާ - އެކިއެކި މަގާމުތަކަށް އައްޔަނުކުރެވޭ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކްކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ފުލުހުންގެ ތެރެއިން މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަންކްށަން ލީޑަރސްގެ ގިންތިން ފެށިގެން މަތީގެ ގިންތީގައި ހިމެނޭ ރޭންކެއްގެ އޮފިސަރުން އައްޔަނުކުރެވޭ މަގާމުތަކަށް އޮފިސަރުން އައްޔަނުކުރަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން ބެކްގްރައުންޑްޗެކްކުރުމަށްފަހުގައެވެ.
(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ އޮނިގަނޑުގައި ހިމެނޭ ބަހާއެއްގެ ކަނޑައެޅޭ ވަކި ޒިންމާއެއް ހަވާލުކޮށްފައި އައްޔަނުކުރާ ކޮމިށަންޑް އޮފިސަރުންނަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތީގައި ނުހިމެނޭ އޮފިސަރެއް ކަމުގައި ވިޔަސް، އެފަދަ އޮފިސަރަކު އައްޔަނުކުރެވޭ އިދާރީ ބަހާގެ މަސްއޫލިއްޔަތުގެގޮތުން، އެ އިދާރީ ބަހާގެ ވަކި މަގާމަކަށް އައްޔަނުކުރާ އޮފިސަރުގެ ބެކްގްރައުންޑް ޗެކްކުރުމަށް ނިންމިދާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން އަންނަނިވި މައުލޫމާތު ހިމެނޭގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ޑިކްލަރޭށަން ފޯމެއް، ކޮމިށަނަރ އޮފް ޕޮލިސްއަށް ހުށަހެޅުމަށް އެންގިދާނެއެވެ.
- އާއިލާގެ މެންބަރުންގެން މައުލޫމާތު؛
- މަސްލަހަތު ހިމެނޭ ވިޔަފާރިތަކުގެ މައުލޫމާތު؛
- އޮފިސަރުގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާއާއި، އަރަންޏާއި ދަރަނީގެ މައުލޫމާތު.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށް، އައްޔަނުކޮށްފައިވާ އޮފިސަރުން މަގާމުގައި ދެމިތިބޭއިރު، ކަނޑައެޅޭ ވަކި މުއްދަތުތަކެއްގައި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޑިކްލަރޭށަން ފޯމު،ކޮމިށަނަރ އޮފް ޕޮލިސްއަށް ހުށަހެޅުމަށް އެންގިދާނެއެވެ.
(ބ) ކޮންމެ ފުލުހަކީ ވެސް، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނަޒާހަތްތެރި އަދި ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބަންޖެހޭ ފަރާތަކަށްވާތީ، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ކަނޑައަޅާ ގޮތެއްގެ މަތީން ކޮންމެ ވަގުތެއްގައި ވެސް، ފުލުހުންގެ ބެކްގްރައުންޑް ޗެކްކުރުމާއި، ކުޑަކަމުދާ ތަކެތި މަސްތުވާ ތަކެއްޗަށް ޓެސްޓްކުރެވިދާނެއެވެ.
17 ވަނަ މާއްދާ - ދުޅަހެޔޮކަން ދެމެހެއްޓުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ފުލުހުންނަކީ، ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. މިގޮތުން ފުލުހުންނަކީ ސިއްހީގޮތުންނާއި ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮކަންމަތީ ދެމިތިބޭ ބަޔަކަށް ހެދުމަށް ޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން އެ ކަމަށް މަގުފަހިކޮށްދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދުޅަހެޔޮކަން ދެމެހެއްޓުމުގައިއެ މީހެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އެކަށީގެންވާ ފިޓްނަސް ދަމަހައްޓަންވާނެއެވެ.
(ނ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ، އެ މީހެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ދުޅަހެޔޮ މީހެއްކަން، ދިވެހި ފުލުހުންގެ ހިދުމަތުން ވަޒަންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދުޅަހެޔޮކަން ވަޒަންކޮށް ބެލުމުގައި ފުލުހުން މަސައްކަތްކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ފުލުހުންނަށް ތަފާތު މިންގަނޑުތަކެއް ގެންގުޅެވިދާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހު ންގެ ދުޅަހެޔޮކަން ވަޒަންކޮށް ބެލުމުގެ މިންގަނޑުތަކާ ހަމަތައް ބަޔާންކުރާ އުސޫލެއް، ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަ ވައިލާ އުސޫލުގައި، ސިއްހީ ދުޅަހެޔޮ މިންގަނޑުތަކުން ފާސްނުވާ ނުވަތަ އެފަދަ މިންގަނޑުތައް ނުހިފެހެއްޓޭ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ދެވޭނެ ފުރުސަތުތައް ބަޔާންކުރަންވާނެއެވެ.
18 ވަނަ މާއްދާ - ހަދިޔާ
(ހ) މުވައްޒަފަކަށް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި އެއްވެސް ފަރާތަކުން ހަދިޔާއެއް ދީފިނަމަ، ނުވަތަ ދޭން ހުށަހަޅައިފިނަމަ، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ އުސުލާ އެއްގޮތްވާ ގޮތުގެ މަތީން އެކަން ރިޕޯޓު ކުރަންވާނެއެވެ.
(ށ) މުވައްޒަފަކަށް ހަވާލުކޮށްފައިވާ މަސައްކަތާ ގުޅިގެން އެއްވެސް ފަރާތަކުން ދޭ ހަދިޔާއެއްނުވަތަ ދޭން ހުށަހަޅާ ހަދިޔާއެއްގެ ބަދަލުގައި އަމިއްލަ މަންފާއެއް ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.
19 ވަނަ މާއްދާ - ހިދުމަތުގެ ބޮންޑު
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއާ ފުލުހުންގެ ހިދުމަތާ ގުޅުމަށްފަހު، ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކުރާ ކޮންމެ މީހަކު 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށް ފުލުހެއްގެ ގޮތުގައި ހިދުމަތް ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތުގެ ބޮންޑުގެ އިތުރުންވެސް، ދިވެހި ފުލުހުންގެ ހިދުމަތުން ހަރަދުކޮށްގެން އެއްވެސް ކޯހެއް ނުވަތަ ސެމިނާރެއް ނުވަތަ ވޯކްށޮޕެއްގައި ފުލުހަކު ބައިވެރިވެއްޖެނަމަ، ގަވާއިދު ނަންބަރު 2021-97 (ތަމްރީނު ދިނުމާ ގުޅޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިދުމަތްކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތުގެ ބޮންޑު ފިޔަވައި، ތަމްރީނުތަކާއި ކޯސްތައް ފުރިހަމަކުރާ ފަރާތްތަކުން އަދާކުރަންޖެހޭ ބޮންޑުގެ މުއްދަތުތައް ކަނޑައަޅަންވާނީ، ގަވާއިދު ނަންބަރު 2021 (ތަމްރީނު ދިނުމާ ގުޅޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
20 ވަނަ މާއްދާ - ހިދުމަތްކުރަންޖެހޭ މުއްދަތަށް ހިދުމަތް ނުކުރުމުން، މަދަނީ ދައުވާ އުފުލުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ހިދުމަތް ކުރަންޖެހޭ މުވައްޒަފަކު އެ މީހަކު ހިދުމަތް ކުރަންޖެހޭ މުއްދަތަށް ހިދުމަތްކޮށް ނުނިމެނީސް ވަޒީފާއިން ވަކިކޮށްފިނަމަ، އެ މީހަކު ހިދުމަތް ނުކޮށް އޮތް މުއްދަތަށް ދައްކަންޖެހޭ ފައިސާ ދައްކަންވާނެއެވެ. އަދި ވަޒީފާއިން ވަކިކުރާ ކޮންމެ މުވައްޒަފަކަށް، އެ މުވައްޒަފު ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފައިސާ ދެއްކުމަށް މުވައްޒަފަށް އަންގާ އެންގުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ މުވައްޒަފު ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުއްދަތަށް، ހިދުމަތް ނުކުރާ މުއްދަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، މަދަނީ ދައުވާ އުފުލަންވާނެއެވެ.
(ނ) ދިވެހި ފުލުހުންގެ ހިދުމަތުގައި ހިދުމަތް ކުރަންޖެހޭ މުވައްޒަފަކު އެ މީހަކު ހިދުމަތް ކުރަންޖެހޭ މުއްދަތަށް ހިދުމަތްކޮށް ނުނިމެނީސް އެ މުވައްޒަފު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ ހާލަތެއްގައި ހިދުމަތުގެ ބޮންޑުގެ ބާކީ މުއްދަތަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތުގެ މަތީން ފައިސާ ނުދައްކާނަމަ، އެ ފައިސާ ހޯދުމަށް މަދަނީ ދައުވާ އުފުލަންވާނެއެވެ.
21 ވަނަ މާއްދާ - މުވައްޒަފުން ކުރުން މަނާ ސިޔާސީ ކަންތައް
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އެއްވެސް މުވައްޒަފަކު، ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވުމަކީ މަނާކަމެކެވެ. މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އަންނަނިވި ކަންތައްތަކަކީ ސިޔާސީ ކަންތައްތައް ކަމުގައި ބެލެވޭނެއެވެ.
- ސިޔާސީ ޕާޓީއެއްގެ އެއްވެސް މަ ގާމެއް ފުރުމާއި، ވަޒީފާއެއް އަދާކުރުން؛
- ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމްއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ ނުވަތަ ކްލަބެއްގެ އެއްވެސް މަގާމެއް ފުރުން ނުވަތަ ހިލޭސާބަހަށް އެއްވެސް ފަރާތަކަށް ސިޔާސީ މަސައްކަތެއްކޮށްދިނުން؛
- ސިޔާސީ ޕާޓީއެއްގެ ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމްއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ ނުވަތަ އެފަދަ ކްލަބެއްގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިވުމާއި، ތަގްރީރު ކުރުމާއި، ގަރާރު ހުށަހެޅުމާއި، ގަރާރު ހުށަހެޅުމުގައި ބައިވެރިވުމާއި، އެފަދަ ހުށަހެޅުން ހުށަހެޅުމުގައި އެއްވެސް ދައުރެއް އަދާކުރުމާއި، އެފަދަ ޖަލްސާއަކަށް އަމަލީ އެއްވެސް އެހީތެރިކަމެއް އެއްވެސް މުވައްޒަފަކު ފޯރުކޮށްދިނުން؛
- ސިޔާސީ ޕާޓީއެއްގެ ފަރާތުން ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމްއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ ނުވަތަ އެފަދަ ކްލަބެއްގެ ފަރާތުން ޕެޓިށަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން ނުވަތަ އެފަދަ ޕެޓިށަނަކަށް ސޮއި ހޯދުމަށް މަސައްކަތް ކުރުން؛
- ސިޔާސީ ޕާޓީއެއްގެ ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމްއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ ނުވަތަ އެފަދަ ކްލަބެއްގެ ނުވަތަ އެއިން ފަރާތެއްގެ ކެންޑިޑޭޓެއްގެ ލީފްލެޓާއި، ކަރުދާހާއި، ބެޖާއި، މި ނޫންވެސް މިފަދަ ޕްރޮމޯށަނަލް ތަކެތި ބޭނު ންކުރުން ނުވަތަ އެފަދަ ތަކެތި ބަހައިހެދުން؛
- ސިޔާސީ ޕާޓީއެއްގެ ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމްއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ ނުވަތަ އެފަދަ ކުލަ ބެއްގެ ނުވަތަ އެއިން ފަރާތެއްގެ ބެޖާއި ނިށާނާއި، ފާހަގަތަކާއި، ޕޯސްޓަރާއި، މިފަދަ ތަކެތި،ދުއްވާ އުޅަނދުގައި ނުވަތަ މީހާގެ ހަށިގަނޑުގައި ނުވަތަ ހެދުމުގައި ހަރުކުރުމާއި، އެފަދަ ތަކެތި އެހެން މީހުންނަށް ފެންނާނޭ ގޮތް ހެދުން؛
- ސިޔާސީ ޕާޓީއަކުން ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ޖަމްއިއްޔާއަކުން ނުވަތަ ޖަމާއަތަކުން، ނުވަތަ އެފަދަ ކުލަބަކުން ނުވަތަ މިނޫންވެސް އެފަދަ ފަރާތަކުން ބާއްވާ ސިޔާސީ ހިނގައިލުމެއް، ނުވަތަ މުޒާހަރާއެއް، ނުވަތަ ފުޅަނދުބުރެއް ރޭވުމާއި، ނުވަތަ ސިޔާސީ ބޭނުމަކަށް ހިންގާ ހަރަކާތެއް އިންތިޒާމު ކުރުމުގައި ބައިވެރިވުމާއި، އެފަދަ ކަމެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވުން؛
- ސިޔާސީ މަގާމަކަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބަކަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެގޮތުން ނުވަތަ ތާއީދު ނުކުރާކަން ހާމަކުރުމުގެ ގޮތުން އެއްވެސް ސިފައެއްގައި އެއްވެސް ކަމެއް ކުރުން؛
- ސިޔާސީ ހަރަކާތެއް އެކުލެވޭ އާންމު ޖަލްސާއެއް، ނުވަތަ އެއްވުމެއް، ނުވަތަ
ހަފްލާއެއް، ނުވަތަ އެފަދަ އިޖުތިމާއީ ބައްދަލުވުމެއް ރޭވުމާއި، ރޭވުމަށް އެހީތެރިވެދިނުމާއި، އެފަދަ ތަންތަނުގައި ތަގުރީރުކުރުމާއި، އެފަދަ ޖަލްސާއެއް ނުވަތަ ހަރަކާތެއް ހިނގަމުންދާ ތަނަކަށް މުވައްޒަފަކު އަމަލީގޮތުން ގޮސް އަޑުއަހަން ހުރުމާއި، އެފަދަ ކަމެއްގައި އެއްވެސް ގޮތަކުން ބައިވެރިވުން؛ - ސިޔާސީ މަގާމަކަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބަކަށް ކުރިމަތިލާ ކެންޑިޑޭޓަކު ހިންގާ ކެމްޕޭނެއްގައި މަސައްކަތް ކުރުމާއި، އެހީތެރިވެދިނުމާއި، އެއިން ފަރާތެއްގެ ކެމްޕޭނު އޮފީހުގައި ނުވަތަ އިންތިޒާމުގެ ތެރޭގައި މަސައްކަތްކުރުން؛
- ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ޖަމްއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް، ނުވަތަ އެފަދަ ކްލަބަކަށް ތާއީދުކޮށް، ނުވަތަ އެއިން ފަރާތަކާ ދެކޮޅަށް އެއްވެސް ލިޔުމެއް ލިޔުމާއި، އެފަދަ ލިޔުމެއް، އެއްވެސް މުވައްޒަފަކު ށާއިއުކުރުން ނުވަތަ އެހެން ފަރާތްތަކަށް ފެންނާނޭގޮތް ހެދުން؛
- ސިޔާސީ މަގާމަކަށް މީހަކު އިންތިހާބުކުރުމަށް ނުވަތަ ސިޔާސީ ކަމަކަށް ބާއްވާ ވޯޓުލުމެއްގައި، ވޯޓުލާ ދުވަހު، ކެންޑިޑޭޓެއްގެ ފަރާތުން ނުވަތަ ސިޔާސީ ޕާޓީއެއްގެ ފަރާތުން ވޯޓުލާ މީހުން ވޯޓުލާން ގެންދިޔުމާއި، ގެންދިއުމަށް އެއްވެސް ސިފައެއްގައި އެހީތެރިވެދިނުން؛
- ސިޔާސީ މަގާމަކަށް މީހަކު އިންތިހާބުކުރުމަށް ނުވަތަ ސިޔާސީ ކަމަކަށް ބާއްވާ ވޯޓުލުމެއްގައި، އެއްވެސް ސިޔާސީ ޕާޓީއެއްގެ ފަރާތުން ނުވަތަ ކެންޑިޑޭޓެއްގެ ފަރާތުން މަންދޫބެއްގެ ހައިސިއްޔަތުން ނުވަތަ ވަކީލެއްގެ ހައިސިއްޔަތުން ނުވަތަ މޮނީޓަރެއްގެ ހައިސިއްޔަތުން ނުވަތަ އޮބްޒާވަރެއްގެ ހައިސިއްޔަތުން ވޯޓުފޮށި ދޮށުގައި ހުރުމާއި، ވޯޓު ގުނާ ތަނުގައި ހުރުން؛
- ސިޔާސީ މަގާމަކަށް މީހަކު އިންތިހާބުކުރުމަށް ނުވަތަ ސިޔާސީ ކަމަކަށް ބާއްވާ ވޯޓުލުމެއްގައި، އެއްވެސް މީހެއްގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން މަގާމު ބޭނުންކޮށްގެން އެއްވެސް ވައުދެއްވުން ނުވަތަ ބިރުދެއްކުން ނުވަތަ އިންޒާރެއް، އެއްވެސް މުވައްޒަފަކަށް ދިނުން؛
- ސިޔާސީ އެއްވެސް ޕާޓީއަކަށް ނުވަތަ އާންމު އިންތިހާބަކަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން، ނުވަތަ ސިޔާސީ ޕާޓީއެއްގެ އިންތިހާބަކަށް ނުވަތަ އާންމު އިންތިހާބަކަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓެއްގެ ކާމިޔާބީއަށް ހުރަސްއެޅުމުގެގޮތުން މަގާމުގެ ބޭނުންކޮށްގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ނުވަތަ މަގާމުގެ ކުރިއެރުން ދިނުން، ނުވަތަ މަގާމު ދަށްކުރުން، ނުވަތަ އެހެން ތަނަކަށް ބަދަލުކުރުން، ނުވަތަ ވަޒީފާގެ މަސައްކަތުން އެކަހެރި ކުރުން، ނުވަތަ މުސާރަ ނުވަތަ އިނާޔަތަކަށް ބަދަލު ގެނައުން، ނުވަތަ މުސާރަ ނުވަތަ އިނާޔަތެއް ނުދީ ހިފެހެއްޓުން، ނުވަތަ މިއިން ކަމެއް ކުރާނެކަމުގެ ވައުދެއް ކުރުން ނުވަތަ މިއިން ކަމެއް ކޮށްފާނެކަމުގެ އިންޒާރެއް ދިނުން؛
- ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމުއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް، މެންބަރުން ވެއްދުމަށް މަސައްކަތް ކޮށްދިނުމާއި، އެފަދަ ކަމަކަށް އެހީތެރިވެދިނުން؛
- ސިޔާސީ ޕާޓީއަކުން ނުވަތަ ސިޔާސީ މަގުސަދެއްގައި ގޮވައިލާ ގޮވައިލުމަކަށް އިޖާބަ ދިނުމުގެ ގޮތުން މަސައްކަތްނުކޮށް ހުއްޓައިލުން.
22 ވަނަ މާއްދާ - ދައުލަތުގެ އިދާރާއަކަށް ރަސްމީ ހައިސިއްޔަތުން ހާޒިރުވުން
(ހ) ށަރީއަތުގެ މަޖިލީހަކަށް، ނުވަތަ މިނިވަން މުއައްސަސާއަކަށް ނުވަތަ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެހެންވެސް ދައުލަތުގެ މުއައްސަސާއަކަށް، މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ހާޒިރުވާންވާނީ، އެ ތަނަކުން ލިޔުމުން އެ މުވައްޒަފަކަށް އެންގުމުން ނުވަތަ މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ބަހާއިން އެ މުވައްޒަފަކަށް އެންގުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ އިދާރާއަކަށް މުވައްޒަފަކު ހާޒިރުވާންވާނީ، ވާރކިންގ ޔުނިފޯމުގައި ނުވަތަ އެ އިދާރާއަކުން އެކަމަށް ކަނޑައަޅާ ރަސްމީ ހެދުމެއްގައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުވައްޒަފަކު ދައުލަތުގެ އިދާރާއަކަށް ހާޒިރުވަނީ، އެ އިދާރާއަކުން މުވައްޒަފަށް ލިޔުމުން އަންގާ އެއްގުމަކާ ގުޅިގެންނަމަ، އެފަދަ އެންގުމަކާ އެއްގޮތަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރު ނުވެވޭނަމަ، ހާޒިރުނުވެވޭ ހާލަތުގައި އަމަލުކުރުމަށް އެ އިދާރާއަކުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން އަމަލުކުރަންވާނެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުވައްޒަފަކު ދައުލަތުގެ އިދާރާއަކަށް ހާޒިރުވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަކި އިދާރީ ބަހާއަކުން އަންގާ އެއްގުމަކާ ގުޅިގެންނަމަ، އެފަދަ އެންގުމަކާ އެއްގޮތަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވެވޭނަމަ، ހާޒިރުވާންޖެހޭ ގަޑި ޖެހުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން އެ މުވައްޒަފު ހާޒިރުވާންޖެހޭކަން އެންގި އިދާރީ ބަހާއަށް އެ ކަން އަންގަންވާނެއެވެ.
23 ވަނަ މާއްދާ - ވަޒީފާއިން ސަސްޕެންޑް ކުރުން
(ހ) ވަޒީފާއިން ސަސްޕެންޑް ކުރެވޭ މުވައްޒަފަކަށް، އެ މުވައްޒަފަކު ސަސްޕެންޑް ކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެ މުވައްޒަފަކަށާއި، އެ މުވައްޒަފެއްގެ ކަންކަން ބަލަހައްޓާ ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ށ) ސަސްޕެންޑް ކޮށްފައިވާ މުވައްޒަފަކު، ސަސްޕެންށަނުގައި ހުންނަ މުއްދަތުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ އެއްވެސް އިމާރާތަކަށް ނުވަދެވޭނެއެވެ. މުވައްޒަފުގެ އާއިލާއާއެކު ދިރިއުޅެން ހަވާލުކޮށްފައިވާ ތަންތަން މި މާއްދާގައި ބުނެފައިވާ އިމާރާތްތަކުގެ މާނައިގެ ތެރެޔަކު ނުހިމެނެއެވެ.
(ނ) ސަސްޕެންޑް ކޮށްފައިވާ މުވައްޒަފެއްގެ ސަސްޕެންށަން ނިމުމަކަށް ގެނެސްފިނަމަ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއަށް 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެކަން އަންގަންވާނެއެވެ.
(ރ) ޖިނާއީ ކުށަކާ ގުޅިގެން ނުވަތަ ތައުދީބީ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ މުވައްޒަފުގެ މައްޗަށް ތުހުމަތުކުރެވިގެން ބެލި ތައުދީބީ މައްސަލަ އެ މުވައްޒަފުގެ މައްޗަށް ސާބިތުނުވާކަމަށް ނިންމައިފިނަމަ، އެ މުވައްޒަފު ސަސްޕެންޑް ކޮށްފައި ހުރި މުއްދަތުގައި ލިބެންވާ މުސާރައާއި އެލަވަންސްތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ މުވައްޒަފަށް ދޭންވާނެއެވެ.
24 ވަނަ މާއްދާ - ޖަމުއިއްޔާއެއްގައި، ނުވަތަ ޖަމާއަތެއްގައި،ނުވަތަ ކުލަބެއްގައިބައިވެރިވުން
(ހ) ގާނޫނާއި ގަވާއިދާ އެއްގޮތަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމުއިއްޔާއެއްގައި ނުވަތަ ޖަމާއަތެއްގައި، ނުވަތަ ކުލަބެއްގައި، ދިވެހި ފުލުހުންގެ ހިދުމަތުން ލިޔުމުން ހުއްދަ ހޯދައިގެން މުވައްޒަފުންނަށް ބައިވެރިވެވިދާނެއެވެ.
(ށ) ސިޔާސީ އެއްވެސް މަގުސަދެއް ހާސިލުކުރުމަށް މަސްކަތްކުރާ ޖަމުއިއްޔާއެއްގައި ނުވަތަ ޖަމާއަތެއްގައި، ނުވަތަ ކްލަބެއްގައި މުވައްޒަފުން ބައިވެރިވުމަކީ ހުއްދަ ކަމެއް ނޫނެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުއްދަދީގެން މުވައްޒަފަކު ބައިވެރިވެފައިވާ ޖަމްއިއްޔާއެއްގެ ފަރާތުން، ނުވަތަ ޖަމާއަ ތެއްގެ ފަރާތުން ނުވަތަ ކުލަބެއްގެ ފަރާތުން އެ ޖަމުއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ ނުވަތަ ކުލަބެއްގެ އަސްލު މަގުސަދާއި އަސާ ސްތަކާ ހިލާފަށް އަމަލުކުރާނަމަ، ނުވަތަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާކަން މުވައްޒަފަށް އެނގިއްޖެނަމަ، އެ ކަން އެންގުމަށްފަހު، އެ ޖަމުއިއްޔާއަކުން، ނުވަތަ ޖަމާއަތަކުން ނުވަތަކުލަބަކުން ވަކިވުމަކީ މުވައްޒަފުގެ ޒިންމާއެކެވެ.
25 ވަނަ މާއްދާ - ކުޅިވަރު މުބާރާތްތަކުގައިބައިވެރިވުން
(ހ) ޕޮލިސް ކުލަބުން ބައިވެރިވާ ކުޅިވަރު މުބާރާތްތައް ފިޔަވައި، ކުލަބަކުން ނުވަތަ ޖަމުއިއްޔާއަކުން ނުވަތަ ޖަމާއަތަކުން ހިންގާ ކުޅިވަރު މުބާރާތްތަކުގައި ފުލުހުންނަށް ބައިވެރިވެވޭނީ، ދިވެހި ފުލުހުންގެ ހިދުމަތުން ލިޔުމުން ހުއްދަ ލިބިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖެ ތަމްސީލުކުރާ ގައުމީ ޓީމެއްގައި ފުލުހަކު ކުޅިވަރު ކުޅުމަށް ދޫކުރެވިދާނެއެވެ.
26 ވަނަ މާއްދާ - އިސްތިސްނާވާ ފަރާތްތައް
(ހ) ފުލުހުންގެ ހިދުމަތުގެ އިދާރީ އޮނިގަނޑުގައި ހިމެނޭ އިންޓެލިޖެންސްގެ މަސައްކަތްކުރުމަށް ކަނޑައަޅާ އިދާރީ ބަހާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ކަނޑައެޅޭ ވަކި ބައެއް، މި ގަވާއިދުގައި ބަޔާންވެގެންވާ ބައެއް ކަންތައްތަކަށް އަމަލުކުރުން އިސްތިސްނާކުރުމުގެ އިހްތިޔާރު، ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެފަދައިން އިސްތިސްނާކުރާ ކުރުމަކާ ގުޅިގެން މި ގަވާއިދުގައި ބަޔާންވެގެންވާ ގޮތުގެ މަތީން ލިބިދޭންޖެހޭ އި ނާޔަތެއް ނުވަތަ ހައްގެއް ލިބިދިނުމަށް މި މާއްދާ ހުރަހެއްނާޅައެވެ.
ދެވަނަ ބާބު
އޮޕަރޭށަނަލް ހާލަތާ އި އާންމު ހާލަތު ގެ މަސައްކަތު ގަޑި
27 ވަނަ މާއްދާ - އޮޕަރޭށަނަލް ސްޓޭޓަސް
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭށަނަލް ސްޓޭޓަސް ބެހިފައިވަނީ، މެދުވެރިވެދާނެ އެކި ހާލަތްތަކުގެ މައްޗަށް ބިނާކޮށް، ފުލުހުންގެ ހިދުމަތް ދިނުމަށް ދިމާވެދާނެ ދަތިތަކާއި، ހިދުމަތް ދިނުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކަށް ރިއާޔަތްކޮށެވެ. މިގޮތުން އޮޕަރޭށަނަލް ސްޓޭޓަސްގެ އެކި ލެވެލްތަކުގައި ޑިއުޓީތަކަށް އަންނާނެ ބަދަލުތަކާއި، މުވައްޒަފުން މަސައްކަތްކުރަންޖެހޭނެ ގޮތްތަކާއި، ފުލުހުން ރިޕޯޓްކުރަންޖެހޭނެ ފަރާތްތައް ބަޔާންކުރާ އުސޫލެއް، ކޮމިށަނަރ އޮފް ޕޮލިސް އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަ ތީން އެކުލަ ވައިލާ އުސޫލުގައި، ދިމާވާ ހާލަތަކާ ގުޅިގެން އަމަލުކުރުމުގައި ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ރީޖަންތަކުގައި، ތަފާތުކޮށް އަމަލުކުރުމަށް ކަނޑައެޅިދާނެއެވެ.
28 ވަނަ މާއްދާ - އާންމު ހާލަތު ގައި މަސައްކަތްކުރުން
(ހ) އާންމު ހާލަތްތަކުގައި، މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެ މުވައްޒަފެއްގެ މަގާމުގެ ހައިސިއްޔަތުން މަސައްކަތްކުރަން ކަނޑައެޅިފައި އޮންނަ ވަގުތެވެ. މި ގޮތުން އާންމު ހާލަތް ތަކުގައި މުވައްޒަފުންގެ ރަސްމީ މަސައްކަތު ވަގުތު ކަނޑައެޅިފައި އޮންނަންވާނީ، މަދުވެގެން ހަފުތާއަކު 48 (ސާޅީސް އަށެއް) ގަޑިއިރަށެވެ.
(ށ) ރަސްމީގަޑި ވަކި ގޮތަކަށް ހަމަޖެހިފައި އޮތް ނަމަވެސް، އެ މުވައްޒަފަކު ނިންމަންޖެހޭ މަސައްކަތްތައް ނުނިންމި ހުރެއްޖެނަމަ، އެ މަސައްކަތްތައް ނިންމުމަށް ޓަކައި، ބަހާގެ ވެރިއަކު ނުވަތަ ސުޕަވައިޒަރެއްގެ ގޮތުން މަސައްކަތްކުރާ މުވައްޒަފަކު އަންގާ ގޮތެއްގެ މަތިން ނުރަސްމީ ގަޑީގައި ނުކުމެ މަސައްކަތް ކުރަން ވާނެއެވެ.
(ނ) ޑިއުޓީ ބަހައިގެން މަސައްކަތްކުރާ މުވައްޒަފުންގެ ރަސްމީ ގަޑިއަކީ، އެ ދަންފަޅިއެއްގެ ޑިއުޓީ ގަޑިއެވެ.
(ރ) ދިވެހި ފުލުހުންގެ ހިދުމަތުން 24 (ސައުވީސް) ގަޑިއިރަށް ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ ދާއިރާތަކުގައި، އާންމު ހާލަތުގައި މަސައްކަތްކުރާނީ 3 (ތިނެއް) ދަންފަޅިއަކަށެވެ.
(ބ) ދިމާވާ ހާލަތެއްގެ ސަބަބުން ކުރެވޭ ޕްލޭނާ އެއްގޮތަށް، ނުވަތަ އެފަދަ ހާލަތެއްގައި ހައްލުކުރަންޖެހޭ މައްސަލައެއް ހަ އްލުކުރެވެންދެން ޑިއުޓީ ގަޑިއަށް ބަދަލު ގެނެއުމުގެ އިހްތިޔާރު، އެ ކަމާ ގުޅޭ ދާއިރާއެއްގައި އިސްކޮށް ހުންނަ ފަރާތަށް ލިބިގެންވެއެވެ.
29 ވަނަ މާއްދާ - ހާއްސަ ހާލަތުގައި މަސައްކަތު ގަޑި
(ހ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައި މަސައްކަތު ވަގުތު ކަނޑައަޅައިފައިވާ މިންވަރު ފިޔަވައި، ދިމާވާ ކުއްލި ހާލަތެއްގައި ނުވަތަ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ނުވަތަ ވަކި ކަމެއް ހުއްޓުވައި ކޮންޓްރޯލުކުރަން ޖެހިއްޖެ ހިނދެއްގައި، އެ ކަމެއް ކޮންޓްރޯލުވުމާ ހަމައަށް ނުވަތަ އެ ހާލަތެއް ފިލައިހިނގައްޖެކަމަށް ކަނޑައެޅުމާ ހަމައަށް ނުވަތަ އެހެން ގޮތަކަށް ހަރަކާތްތެރިވުމަށް އަންގަންދެން، އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ މުވައްޒަފުން އެ މަސައްކަތުގައި ހަރަކާތްތެރިވާން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފުން މަސައްކަތުގައި ގެންގުޅުނު ކަމުގައި ވިޔަސް، މުވައްޒަފުންނަށް އެ ހާލަތަކާ ގުޅޭގޮތުން، ނިދުމާއި އަރާމުކުރުމަށް ވަގުތު ދޭންވާނެއެވެ.
ތިންވަނަ ބާބު
އޮފީހަށް ހާޒިރުވުމާއި، ގަޑިޖެ ހުން
30 ވަނަ މާއްދާ - އޮފީހަށް ހާޒިރުވުން
(ހ) ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފުގެ ރަސްމީ ޑިއުޓީ ގަޑިކަމަށްކަނޑައެޅިފައިވާ ވަގުތު ފެށުމުގެ ކުރިން އޮފީހަށް ހާޒިރުވާން ވާނެއެވެ. މުވައްޒަފު ހާޒިރުވުމަށްފަހު، ހާޒިރީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ގޮތުގެ މަތީން އެ މުވަ އްޒަފު ހާޒިރުވިކަން ރިކޯޑު ކުރަން ވާނެއެވެ.
(ށ) މުވައްޒަފަކަށް ކުއްލިއަކަށް ދިމާވާ ވަކި ކަމަކާ ގުޅިގެން އޮފީހަށް ރަސްމީ ޑިއުޓީ ގަޑިއަށް ހާޒިރު ނުވެވިދާނެކަމަށް ބެލެވޭނަމަ، އެ ކަމެއް އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އެންގުމަށްފަހު، އެ ސުޕަވައިޒަރަކު އަންގާ ގޮތެއްގެ މަތީން ރަސްމީ ޑިއުޓީއަށް ހާޒިރުވާންވާނެއެވެ.
31 ވަނަ މާއްދާ - ގަޑިޖެހުން
(ހ) މުވައްޒަފުން ގަޑިޖެހޭނީ، އެ މުވައްޒަފު ރަސްމީ ޑިއުޓީއަށް ހާޒިރުވާންޖެހޭ ގަޑިއަށްވުރެ 1 (އެކެއް) މިނިޓުގެ ފަހުން އޮފީހަށް ނުވަތަ ޑިއުޓީއަށް ނުކުތުމުންނެވެ.
(ށ) ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފު ރަސްމީ ޑިއުޓީއަށް ހާޒިރުވާންޖެހޭ ގަޑިއަށް، އޮފީހަށް ހާޒިރުވުމަށްފަހު، އަންނަނިވި ގޮތުގެ މަތީން އެ މުވައްޒަފު އޮފީހަށް ހާޒިރުވިކަން ރިކޯޑު ކުރަންވާނެއެވެ.
- ހާޒިރީގައި ސޮއިކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިފައި ހުންނަ ތަންތަނުގައި ނަމަ، ހާޒިރުވި ގަޑި، ހާޒިރީގައި ލިޔެ ސޮއިކުރުން؛
- އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން މުވައްޒަފުންގެ ހާޒިރީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސައިފައި ހުންނަ ތަންތަނުގައި އެ ވަސީލަތެއް މެދުވެރިކޮށް މުވައްޒަފު ހާޒިރުވިކަން ރިކޯޑު ކުރުން.
(ނ) މުވައްޒަފަކު އޮފީހަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވެވުނީ، އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅެންޖެހުމުގެ ސަބަބުން ކަމުގައި ވާނަމަ، ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގަންވާނެއެވެ. އަދި އެފަދަ މަސައްކަތެއް ނިންމުމަށްފަހު، އޮފީހަށް ހާޒިރުވެ، އެ މުވައްޒަފު ހާޒިރުވިކަން ރިކޯޑު ކުރަންވާނެއެވެ.
(ރ) ހާޒިރުވާންޖެހޭ ގަޑި ޖެހުމުގެ ކުރިން އޮފީހަށް ހާޒިރުވިޔަސް، ކަނޑައެޅިފައިވާ ގޮތުގެ މަތިން ހާޒިރުވިކަން ރިކޯޑު ނުކޮށް އޮވެއްޖެނަމަ، ނުވަތަ ހާޒިރީ ފޮތުގައި ސޮއިނުކޮށް އޮވެއްޖެނަމަ، ނުވަތަ ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެހެންވެސް ގޮތަކުން ހާޒިރުވިކަން ނޭނގި އޮވެއްޖެނަމަ، ގަޑި ޖެހޭނެއެވެ.
32 ވަނަ މާއްދާ - ގުދުރަތީގޮތުން ދިމާވާ ކަމެއްގެ ސަބަބުން ޑިއުޓީއަށް ނުނުކުމެވޭ މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް ހަމަޖެއްސުން
(ހ) ރަސްމީ ޑިއުޓީއަށް ހާޒިރުވާންޖެހޭ މުވައްޒަފަކަށް ހާޒިރު ނުވެވުނީ ގަޑިޖެހުމުގެ 30 (ތިރީސް) މިނިޓުގެ ކުރިއްސުރެ މެދުނުކެނޑި ވާރޭވެހުމުގެ ސަބަބުން ނުވަތަ ދަތުރު ނުކުރެވޭ ވަރަށް ކަނޑު ގަދަވުން ފަދަ ގު ދުރަތީ ކަމެއް ދިމާވެގެން ކަމުގައި ވާނަމަ، އެ މުވައްޒަފަކު އެ ދުވަހު ގަޑި ނުޖެހޭ ގޮތަށް ހަމަޖައްސަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތް ނޫން އެހެން ކަމެއް ނުވަތަ ހާލަތެއް މެދުވެރިވެގެން ގަޑި ނުޖެހޭ ގޮތަށް ހަމަޖައްސަންވާނީ، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރީ ބަހާއެއްގެ އެންމެ އިސްފަރާތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
ހަތަރުވަނަ ބާބު
މަސައްކަތު ގަޑީގައްޔާ އި މުނާސަބަތުތަކުގައި ހެދުން އެޅުން
33 ވަނަ މާއްދާ - ޔުނީފޯމު އެޅުން
(ހ) ޔުނީފޯމު އެޅުމަށް ހަމަޖެހިފައިވާ މުވައްޒަފުން އެ މުވައްޒަފެއްގެ ރަސްމީ ޑިއުޓީގައި އުޅޭއިރު، ހުންނަންވާނީ ޔުނިފޯމުގައެވެ. ޔުނިފޯމު އަޅައިގެން އުޅެންވާނީ، ގަވާއިދު ނަންބަރު 2022-10 (ފުލުހުންގެ ޔުނިފޯމުގެ ގަވާއިދު) ގައިވާ ގޮތަށެވެ.
(ށ) ޔުނީފޯމު އަޅާ މުވައްޒަފުން ޔުނީފޯމު ބަހައްޓަންވާނީ، ރީތިކޮށް ސާފުކޮށެވެ. މުވައްޒަފުން ޔުނީފޯމު އަޅައިގެން ތިބޭ ގޮތް، ރަސްމީ ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން، އެ ޑިއުޓީ ދަންފަޅިއެއްގައި އިސްކޮށް ހުންނަ ފަރާތުން ބަލައި ޗެކްކުރަންވާނެއެވެ. މިގޮތުން ބަލައި ޗެކްކުރުމުގެ ތެރޭގައި ރަނގަޅު ކުރަންޖެހޭކަމަށް ފާހަގަވާ ކަންތައްތައް ރަނގަޅުކުރުމަށް އެ މުވައްޒަފަކަށް އަންގަންވާނެއެވެ.
34 ވަނަ މާއްދާ - ފޯރމަލް ސިވިލްސް ހެދުން
ފުލުހުންގެ ތެރެއިން ރަސްމީ ޑިއުޓީގައި އުޅޭއިރު ފޯމަލް ސިވިލްސް ހެދުން އަޅާނީ،ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ބައެކެވެ. އަދި ފޯމަލް ސިވިލްސް ހެދުން އަޅައިގެން އުޅެންވާނީ، ގަވާއިދު ނަންބަރު 2022-10 (ފުލުހުންގެ ޔުނިފޯމުގެ ގަވާއިދު) ގައިވާ ގޮތަށެވެ.
35 ވަނަ މާއްދާ - ރަސްމީ ޑިއުޓީ ނޫން ވަގުތުގައި އޮފީހުގެމަސައްކަތަށް ނުކުންނައިރު ހެދުން އެޅުން
(ހ) ރަސްމީ ޑިއުޓީއެއް ނޫން ގޮތަށް، އޮފީހުގެ މަސައްކަތަށް ނުކުންނަ ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ދިގުފަޓުލޫނު ނުވަތަ އެކަށީގެންވާ ޖީންސަކާއެކު އަތްދިގު ގަމީސް ނުވަތަ އަތްކުރު ގަމީސް ނުވަތަ ގިރުވާނުލީ ޓީށާޓެވެ. އަދި މި ގޮތަށް ހެދުން އަޅާއިރު މުވައްޒަފުން ތިބެންވާނީ، ބޫޓުގައި ނުވަތަ އެކަށީގެންވާ ފައިވާނެއްގައެވެ.
(ށ) ރަސްމީ ޑިއުޓީއެއް ނޫން ގޮތަށް، އޮފީސް މަސައްކަތަށް ނުކުންނަ އަންހެން މުވައްޒަފުންގެ ހެދުމަކީ، ފާސްކުރިހެދުން ނުވަތަ ޖަމާއަތުގެ އަ ދަބާ ހިލާފު ނޫން،މުޖުތަމައު ބަލައިގަންނަ، އެކަށީގެންވާ ހެދުމެކެވެ. ނުވަތަ ހަރުވާޅާއި އެއާއެކުގައި ލާ މަތީބައި، ނުވަތަ އެކިއެކި މުނާ ސަބަތުތަކުގައި ބޭނުންކުރުމަށް ސަރުކާރުން ގަބޫލުކުރާ ހެދުމާއި، މިނޫންވެސް ޖަމާއަތުގެ އަދަބާ ހިލާފުނުވާ ހެދުމާއި، އެކަށީގެންވާ ބޫޓު ނުވަތަ ފައިވާނެކެވެ.
(ނ) ދިވެހި ފުލުހުންނަކީ ޒިންމާދާރުކަމާއެކު ޖަވާބުދާރީވާންޖެހޭ ބަޔަކަށްވާތީ، މުއާމަލާތުކުރާ ފަރާތްތަކަށް އެ ފުލުހަކު ފާހަގަކޮށް އެނގެންޖެހޭނެތީ، ފުލުހުންގެ މަރުކަޒުތަކުގައި އުޅޭއިރު، އެ ފުލުހަކީ ކާކުކަން ފާހަގަކުރަން ނޭނގޭނެ ގޮތަކަށް ހެދުން އަޅައިފައި ހުރެގެން ނުވާނެއެވެ.
36 ވަނަ މާއްދާ - ރަސްމިއްޔާތުގައި ބައިވެރިވާއިރު ހެދުން ބަހައްޓަންވީ ގޮތް
އެކިއެކި ރަސްމިއްޔާތުތަކުގައި ބައިވެރިވާ ފިރިހެން މުވައްޒަފުން ތިބެންވާނީ އެފަދަ މުނާސަބަތުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ހެދުމެއްގައި ނުވަތަ އެ ރަސްމިއްޔާތަކަށް ދިއުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ހެދުމެއްގައެވެ.
37 ވަނަ މާއްދާ - ރަސްމީ ޑިއުޓީ ނޫން ވަގުތުގައި އޮފީހުގެ މަސައްކަތަށް ނުކުންނައިރު ބޭނުންކުރުން ހުއްދަނޫން ހެދުމާއި ތަކެތި
(ހ) މުވައްޒަފުން ރަސްމީ ޑިއުޓީ ނޫން ވަގުތުގައި އޮފީހުގެ މަސައްކަތަށް ނުކުންނައިރު، އަންނަނިވި ބާވަތުގެ ހެދުމާއި ތަކެތި ބޭނުންކޮށްގެން ނުވާނެއެވެ.
- އަހްލާގީގޮތުން އެކަށީގެންނުވާ އިބާރާތް ނުވަތަ ކުރެހުން ހިމެނޭ ނުވަތަ އެފަދަ ކާޓޫނު ނުވަތަ ފޮޓޯ ޖަހައިފައިވާ ހެދުން؛
- ބާރު ހަރުވާޅާއި، ކުރު ހަރުވާޅު؛
- ގައިގެ ހަންގަނޑު ފާޅުވާފަދަ ތުނި ހެދުން؛
- ފެންފައިވާން؛
(ށ) ރަސްމީ ޖަލްސާތަކާއި ރިސެޕްށަންތަކަށް ހާޒިރުވާއިރު ހެދުން ބަހައްޓަންވާނީ، ތިރީގައިވާ ގޮތަށެވެ.
- ދައުވަތު ކާޑުގައި ވަކިގޮތަކަށް ހެދުން ބެހެއްޓުމަށް ބުނެފައިވާނަމަ އެގޮތަށް؛
- ވަކި ޔުނިފޯމެއްގައި ފުލުހުން ދިއުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފިނަމަ، އެ ޔުނިފޯމުގައި.
38 ވަނަ މާއްދާ - ބޮލުގެ އިސްތަށިގަނޑު ހުންނަންވާނެ ގޮތް
އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ، ގަވާއިދު ނަންބަރު 2022-10 (ފުލުހުންގެ ޔުނިފޯމުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތަށެވެ.
39 ވަނަ މާއްދާ - ގަހަނާ އެޅުމާއި ޒީނަތްތެރިވުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާ ގުޅިގެން ރައްޔިތުންނަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދޭ ހިދުމަތަކަށް ވެފައި، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކީ މުޖުތަމައުގެ އާންމު ހަމަތައް ހިފަހައްޓަންޖެހޭ ބައެއްކަމަށްވާތީ، އެއްވެސް މުވައްޒަފަކު، ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖަހައިފައި ހުރެގެން ނުވާނެއެވެ.
(ށ) އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުން، ގަހަނާއަޅައި ޒީނަތްތެރިވުމުގައިއަމަލުކުރަންވާނީ، ގަވާއިދު ނަންބަރު 2022-10 (ފުލުހުންގެ ޔުނިފޯމުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތަށެވެ.
ފަސްވަނަ ބާބު
މުވައްޒަފުންގެ ރެކޯޑު ބެލެހެއްޓުން
40 ވަނަ މާއްދާ - މުވައްޒަފުންގެ ދަފުތަރުބެލެހެއްޓުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުގެ ދަފުތަރު،މަރުކަޒީގޮތެއްގައި މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުވައްޒަފުންގެ ދަފުތަރު ބެލެހެއްޓުމުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ތަފާތު ގިންތިތަކުގެ މުވައްޒަފުންގެ ދަފުތަރު ވަކިވަކިން ބަލަހައްޓަންވާނެއެވެ. މިގޮތުން މުވައްޒަފުން ނިސްބަތްވާ އަންނަނިވި ގިންތިތަކުގެ ދަފުތަރުތައް ވަކިން ބަލަހައްޓަންވާނެއެވެ.
- ފުލުހުން؛
- ޕޮލިސް ރެކްރޫޓުން؛
- ރިޓަޔަރ ކޮށްފައިވާ ފުލުހުން؛
- ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުން؛
- ށަހީދުންގެ ރަޖިސްޓަރީ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދަފުތަރުތައް ކޮމްޕިއުޓަރައިޒް ޕްރޮގްރާމެއް މެދުވެރިކޮށް ބެލެހެއްޓިދާނެއެވެ.
(ރ) ފުލުހުންގެ މަގާމުތައް ދަފުތަރުކޮށް ބެލެހެއްޓުމުގައި، ދަފުތަރުގައި ފުލުހުންގެ ނަންތައް ހިމަނަންވާނީ، ފުލުހުންގެ ރޭންކާއި ގްރޭޑްތަކުގެ ތަރުތީބަށް ބަލައި، މަތީ ރޭންކާއި މަތީ ގްރޭޑުން ފެށިގެން ތިރިއަށް ތަރުތީބުވާ ގޮތަށެވެ. މިގޮތުން ތަރުތީބު ބެލުމުގައި، އެއް ރޭންކެއްގެ އެއް ގްރޭޑެއްގެ ދެ ފުލުހަކު ދަފުތަރުގައި ހިމެނުމުގައި އޭގެ ތެރެއިން އިސްކަންދޭންވާނީ، ރޭންކް، ގްރޭޑް، ރޭންކުގެ ކުރިއެރުން ލިބުނު ތާރީހާއި ސަރވިސް ނަންބަރަށް ބަލައިގެންނެވެ.
(ބ) މުވައްޒަފެއްގެ ނަމަށް ނުވަތަ އެޑްރެހަށް ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި މުވައްޒަފުންގެ ކަންތައް ބަލަހައްޓާ އިދާރީ ބަހާއަށް އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރީ ބަހާއިން ލިއުމުން އަންގަންވާނެއެވެ. މިގޮތުން ހުށަހަޅާއިރު،އެކަމާ ގުޅޭ ރަސްމީ ލިޔުންތައް ހުށަހަޅާންވާނެއެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ދަފުތަރު ބެލެހެއްޓުމުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ދެމިހުރި ކޮންމެ މުވައްޒަފަކަށްވެސް ވަކި ރެކޯޑު ފައިލެއް އޮންނަންވާނެއެވެ. މިގޮތުން ކޮންމެ މުވައްޒަފެއްގެ ރިކޯޑު ފައިލުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހެޅި ފޯމު؛
- ލިބިފައިވާ ފާސްތަކާއި ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ؛
- ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިޔުން ހުށަހަޅައިފައިވާނަމަ،އެ ލިޔުންތައް؛
- ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރެކޯޑު ބަލާ ފޯމު؛
- ވަޒީފާ ދިންކަމުގެ ލިޔުން ނުވަތަ ލިޔުމުގެ ކޮޕީ؛
- ވަޒީފާ އެއްބަސްވުމުގެ އަސްލު؛
- ވަޒީފާ/ރޭންކް/މަގާމު ބަދަލުކުރިކަމުގެ ލިޔުމުގެ ކޮޕީ؛
- ވަޒީފާ ބަޔާނުގެ ކޮޕީ؛
- މުސާރައަށް ބަދަލުގެނައުމަށް ލިޔުމެއް ފޮނުވައިފައިވާނަމަ، ފޮނުވައިފައިވާ ލިޔުން؛
- ސަލާން ސެޓުފިކެޓު؛
- ޗުއްޓީއަށް އެދި ހުށަހަޅާ ލިޔުމާއި، ޗުއްޓީ ދިންކަމުގެ ލިޔުން؛
- ތަމްރީނު ކޯހެއް ފުރިހަމަކޮށްފައިވާނަމަ، ފުރިހަމަކުރި ކޯހާބެހޭ މައުލޫމާތު (ލިބިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއާއެކު)؛
- މުވައްޒަފުގެ ކުށުގެ ރިކޯޑު ނުވަތަ ޑިސިޕްލިނަރީ މައްސަލަތަކުގެ ރިކޯޑު؛
- ތަންފީޒުކޮށް ނިމިފައިވާ ތައުދީބީ މައްސަލަތަކުގެ ރިކޯޑު؛
- ވަޒީފާ ލިބުމަށްފަހު ގާނޫނީގޮތުން ބަންދެއް ވެގެން ށަރީއަތުން އަދަބެއް ލިބިފައިވާނަމަ، އެ ކަމުގެ ރެކޯޑު؛
- އެހެން އޮފީހަކުން ހިންގާ ކަމެއްގައި ނުވަތަ ގައުމީ ފެންވަރުގައި ހިންގާ ކަމެއްގައި ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާ ކަމެއްގައި ދިވެހި ފުލުހުންގެ ހިދުމަތް ތަމްސީލުކުރުމަށް ފޮނުވައިފައިވާނަމަ، އެކަމުގެ މައުލޫމާތު؛
- ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ހާއްސަ މަސައްކަތުގެ މައުލޫމާތު؛
- ވަޒީފާ ބަދަލުކުރި ލިޔުން ނުވަތަ ލިޔުމުގެ ކޮޕީ؛
- ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން ނުވަތަ ލިޔުމުގެ ކޮޕީ؛
- ވަޒީފާ އަދާކުރިގޮތުގެ ލިޔުމުގެ ކޮޕީ؛
- އެކި ބާވަތުގެ އެލަވަންސްތައް ހަމަޖެއްސިކަމުގެ ޗިޓު ނުވަތަ ޗިޓުގެ ކޮޕީ؛
- ހިދުމަތުގެ ފެންވަރު ބަލާ ފޯމު؛
- މުވައްޒަފުން ކުރާ އެކިއެކި މަސައްކަތްތަކާއި ބައިވެރިވާ ޕްރޮގްރާމްތަކުން ދީފައިވާ އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުންތަކުގެ ކޮޕީ؛
- މުވައްޒަފުންނަށް އެކިއެކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކުގެ ލިޔެކިޔުންތަކުގެ ކޮޕީ؛
- މުވައްޒަފުން އެކިއެކި ކަންކަމާ ގުޅިގެން ހުށަހަޅާ ސިޓީއާއި، ސިޓީގެ ޖަވާބު؛
- މުވައްޒަފުންގެ އާއިލާގެ ރަޖިސްޓަރީ؛
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިވެގެން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދީފައިވާ ނުވަތަ ތަމްރީނުކޮށްފައިވާ ކޮންމެ މުވައްޒަފަކާ ބެހޭގޮތުން އަންނަނިވި މައުލޫމާތު އެ މުވައްޒަފެއްގެ ރިކޯޑުގައި ހިމަނަންވާނެއެވެ.
- ކޯހުގައި ނުވަތަ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅައިފައިވާ ފޯމު؛
- ކޯހާ ގުޅޭ ނުވަތަ ތަމްރީނު ޕްރޮގްރާމާ ގުޅޭ އިގްރާރު ފޯމު؛
- ކޯސް ނުވަތަ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުން ލިބިފައިވާ ސަނަދުގެ ކޮޕީ؛
- ކޯހުން ހާއްސަ ވަނައެއް ހޯދުމާ ގުޅިގެން ލިޔުމެއް ލިބިފައިވާނަމަ، އެ ލިޔުން.
(އ) މި ގަވާއިދުގައިވާ ގޮތުގެ މަތީން މުވައްޒަފުންގެ ދަފުތަރުގައި ރި ކޯޑުކުރާ މައުލޫމާތު، ކޮންމެ މުވައްޒަފަކަށް ވެސް، އެ މުވައްޒަފަކު ބޭނުންވެއްޖެ ހިނދެއްގައި ބެލޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
(ވ) މުވައްޒަފުންގެ ދަފުތަރުގައި ރިކޯ ޑުކުރާ މައުލޫމާތަކީ، މުވައްޒަފުންގެ ޒާތީ މައުލޫމާތާއި ސިއްރު ލިޔުންތަކަކަށްވާތީ، ރަސްމީ މަސައްކަތާ ގުޅޭގޮތުން ކޮންމެހެން ބަލަންޖެހޭ މުވައްޒަފަކު ފިޔަވައި އެހެން މުވައްޒަފުން އެ ރިކޯޑުގައިވާ މައުލޫމާތު ބަލައި ހަދައިގެން ނުވާނެއެވެ.
41 ވަނަ މާއްދާ - މުވައްޒަފުގެ އާއިލާ ރަޖިސްޓަރީ ކުރުން
(ހ) ކޮންމެ މުވައްޒަފެއްގެ އާއިލާ، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެމަތީން، ދިވެހި ފުލުހުންގެ ހިދުމަތުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުވައްޒަފުންގެ އާއިލާ ރަޖިސްޓަރީ ކުރަންވާނީ، އެކަމަށް ހާއްސަ ފޯމެއް މެދުވެރިކޮށެވެ. އެ ފޯމުގައި، އަންނަނިވި މައުލޫމާތު ހިމަނައިފައި ހުންނަންވާނެއެވެ.
- މުވައްޒަފުގެ ރޭންކާއި، ފުރިހަމަ ނަން؛
- ސަރވިސް ނަންބަރު؛
- އަނބިމީހާ/އަނބިން ނުވަތަ ފިރިމީހާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
- މައިންބަފައިންގެ މައުލޫމާތު؛
- ދަރިންގެ މައުލޫމާތު؛
- ވަރީގެ ސެޓުފިކެޓު؛
- މަރުގެ ސެޓުފިކެޓު.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، ފުލުހަކު ކައިވެއްޏެއް ކޮށްފިނަމަ، ނުވަތަ ވަރިކޮށްފިނަމަ، ރަސްމީ ބަންދުނޫން، 7 (ހަތެއް) ދުވަހުގެ ތެރޭގައި، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ރ) މުވައްޒަފުގެ އާއިލާގެ މައުލޫމާތު ރަޖިސްޓަރީކުރުމަށްފަހު، އާއިލާއަށް އަންނަ ބަދަލުތައް އަދާހަމަކޮށް ބެލެހެއްޓުމުގެ ބޭނުމުގައި، މުވައްޒަފަށް ދަރިއަކު ލިބިއްޖެނަމަ، ނުވަތަ އާއިލާގެ މެންބަރަކު ނިޔާވެއްޖެނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭގައި، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ އާއިލާ ރަޖިސްޓަރީކުރާ ފޯމާއެކު، އެ ކަމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
ހަވަނަ ބާބު
ފުލުހުންގެ ރޭންކުތަކުގެ އޮނިގަނޑު
42 ވަނަ މާއްދާ - ފުލުހުންގެ ރޭންކުތަކާއި، ރޭންކުތައް ގިންތިކޮށްފަ އިވާ ގޮތް
(ހ) ފުލުހުންގެ ރޭންކުތައް ތަރުތީބު ކުރެވިގެންވަނީ، މަތިން ތިރިއަށް، އަންނަނިވި ގޮތުގެ މަތީންނެވެ.
- ކޮމިށަނަރ އޮފް ޕޮލިސް؛
- ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް؛
- އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސް؛
- ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް؛
- ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް؛
- ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް؛
- އިންސްޕެކްޓަރ އޮފް ޕޮލިސް؛
- ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް؛
- ސީނިއަރ ސާޖަންޓު؛
- ސާޖަންޓު؛
- ކޮންސްޓަބަލް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފުލުހުންގެ ރޭންކުތައް ދަރަޖަކުރެވިފައިވަނީ އަންނަނިވި ދެބަޔަށެވެ.
- ކޮމިށަންޑް އޮފިސަރުން: ކޮމިށަންޑް އޮފިސަރުންނަކީ، މި މާއްދާގެ (ހ) ގެ
- ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ރޭންކުތަކުގެ އޮފިސަރުންނެވެ.
- ނޮން-ކޮމިށަންޑް އޮފިސަރުން: ނޮން-ކޮމިށަންޑް އޮފިސަރުންނަކީ، މި މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުން ފެށިގެން (11) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ރޭންކުތަކުގެ އޮފިސަރުންނެވެ.
(ނ) ފުލުހުންގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމުތަކާއި، އެ މަގާމުތަކުގެ މަސްއޫލިއްޔަތުތައް، ހަވާލުކުރެވޭނެ ފުލުހުންގެ ރޭންކުތަކުގެ ގިންތިތަކާއި، އެ ގިންތިތަކުގައި ހިމެނޭ ރޭންކުތަކުގެ ފުލުހުންނަށް ލިބިދޭ ބާރުތަކާއި، އިހްތިޔާރުތައް ކަނޑައަޅައި، މަގާމުތައް ތަރުތީބު ކުރުމުގެ ބޭނުމަށް ޓަކައި، ފުލުހުންގެ ރޭންކުތައް ގިންތިކޮށްފައިވަނީ މައިގަނޑު 6 (ހައެއް) ގިންތިއެއްގެ މައްޗަށެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހުންގެ ރޭންކުތައް ގިންތިކޮށްފައިވާ ދަރަޖަތައް، އިސްކަންދޭ ތަރުތީބުން، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ސްޓްރެޓެޖިކް ލީޑަރށިޕް: މި ގިންތީގައި ހިމެނެނީ، ކޮމިށަނަރ އޮފް ޕޮލިސްއާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް ރޭންކު ގެ ފުލުހުންނެވެ.
- ފަންކްށަން ލީޑަރސް: މި ގިންތީގައި ހިމެނެނީ، އެސިސްޓަންޓް ކޮމިށަނަރ އޮފް ޕޮލިސް ރޭންކުގެ ފުލުހުންނެވެ.
- ފަންކްށަން މެނޭޖަރސް: މި ގިންތީގައި ހިމެނެނީ، ޗީފް ސުޕްރިންޓެންޑެންޓާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ ފުލުހުންނެވެ.
- މިޑްލް މެނޭޖަރސް: މި ގިންތީގައި ހިމެނެނީ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްއާއި އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ ފުލުހުންނެވެ.
- ސްޓޭށަން މެނޭޖަރސް: މި ގިންތީގައި ހިމެނެނީ، ސަބް -އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ ފުލުހުންނެވެ.
- ލީޑިންގ ސަރވިސް ޑެލިވަރަރ: މި ގިންތީގައި ހިމެނެނީ، ސީނިއަރ ސާޖަންޓާއި، ސާޖަންޓު ރޭންކުގެ ފުލުހުންނެވެ.
- ސަރވިސް ޑެލިވަރަރ: މި ގިންތީގައި ހިމެނެނީ، ކޮންސްޓަބަލް ރޭން ކުގެ ފުލުހުންނެވެ.
43 ވަނަ މާއްދާ - ފުލުހުންގެ މަގާމުތަކުގެ ދާއިރާތައް
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ތެރެއިން ފުލުހުންގެ މަގާމުތައް ބެހިގެންވަނީ، އަންނަނިވި 3 (ތިނެއް) ދާއިރާއަށެވެ.
- އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާ؛
- ޓެކްނިކަލް ދާއިރާ؛
- އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާ.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާއަކީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) އާއި، ފުލުހުންގެ ދައުރަށް ނިސްބަތްވާ ގާނޫނުތަކުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގައި ސީދާގޮތުން ރައްޔިތުންނާ ބައްދަލުވެ، އެ މީހުންނާ މުއާމަލާތުކޮށް، އެ މީހުންނަށް ހިދުމަތް ދިނުމަށް ޓަކައި ކަނޑައެޅިފައިވާ މަގާމުތަކުގެ މައްޗަށް އެކުލެވޭ ދާއިރާއެވެ. މި ދާއިރާގެ މަގާމުތަކުގައި މަސައްކަތްކުރާނީ،ހުވާކޮށްގެން ތިބި، ޔުނިފޯމު އެޅި ފުލުހުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޓެކްނިކަލް ދާއިރާއަކީ، ދިވެހި ފުލުހުންގެ ހިދުމަތް ދިނުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ހިމެނޭ، ފަންނީ އެކިއެކި މަސައްކަތްތައް ކުރުމަށް ބޭނުންވާނެ، ވަކި ބާވަތެއްގެ ފަންނީ ތައުލީމު ނުވަތަ ހާއްސަ ހުނަރެއް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އަދި އެފަދަ ފަންނީ ތައުލީމާއި، ހާއްސަ ހުނަރު ނެތް ފަރާތްތަކަށް އަދާނުކުރެވޭނެ މަގާމުތަކުގެ ގޮތުގައި ހިމެނޭ މަގާމުތަކުގެ ތެރެއިން ޓެކްނިކަލް މަގާމެއް ކަމުގައި ކަނޑައަޅައިފައިވާ މަގާމުތަކުގެ މައްޗަށް އެކުލެވޭ ދާއިރާއެވެ. މި ދާއިރާގެ މަގާމުތަކުގައި ފުލުހުންނަށާއި އާންމު މުވައްޒަފުންނަށް މަސައްކަތް ކުރެވިދާނެވެ. މިގޮތުން މި ދާއިރާގައި މަސައްކަތްކުރުމަށް ކަނޑައެޅޭ ފުލުހުންގެ އެންމެ މަތީ ރޭންކަކީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކެވެ.
(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާއަކީ، ދިވެހި ފުލުހުންގެ ހިދުމަތް ދިނުމަށް ޓަކައި ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާ ދާއިރާއެކެވެ. މި ދާއިރާގައި، އިދާރީ ހިންގުމުގެ އޮނިގަނޑުގައި ހިމެނޭ ކޮންމެ ބަހާއެއްގެ އިދާރީ ހިންގުމާ ގުޅޭ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާ މަގާމުތައް ހިމެނޭނެއެވެ. މި ދާއިރާގެ މަގާމުތަކުގައި ފުލުހުންނަށާއި އާންމު މުވައްޒަފުންނަށް މަސައްކަތް ކުރެވިދާނެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް ނިސްބަތްވާ މަގާމުތައް ކަނޑައަޅައި، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑުގައި ބަޔާންކުރަންވާނެއެވެ.
(ޅ) ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑު ކަނޑައެޅުމާއި، އޮނިގަނޑުގައި ހިމެނެންޖެހޭ ބަހާތަކާއި، އެ ބަހާއެއްގައި ހިމެނޭ މަގާމުތަކާއި، އެ މަގާމުތަކަށް އައްޔަނުކުރެވޭނެ މުވައްޒަފުންގެ ށަރުތުތައް ބަޔާންކޮށް، އިދާރީ ހިންގުމުގެ އޮނިގަނޑުގެ ތަފުސީލުތައް ހިމެނޭ އުސޫލެއް، އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ ލަފާގެ މަތިން، ކޮމިށަނަރ އޮފް ޕޮލިސް އެކުލަވައިލަންވާނެއެވެ.
(ކ) މި މާއްދާގެ (ބ) ގެ ދަށުން އެކުލަވައިލާ އިދާރީ ހިންގުމުގެ އޮނިގަނޑުގައި، ކޮންމެ މަގާމެއް ނުވަތަ އެޕޮއިންމަންޓެއްގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، އެޕޮއިންމަންޓަށް އައްޔަނު ކުރެވޭ މުވައްޒަފުގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތަކާއި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 3 (ތިނެއް) ދާއިރާގެ ތެރެއިން އެއް ދާއިރާއިން އަނެއް ދާއިރާއަށް މުވައްޒަފުން ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރަންވާނެއެވެ.
(އ) މި މާއްދާގައި ބަޔާންކޮށްފައިވާ އޮޕަރޭށަނަލް ދާއިރާއާއި ޓެކްނިކަލް ދާއިރާގައި މަސައްކަތްކުރާ ފުލުހުންނަށް ރޭންކުގެ ކުރިއެރުން ދިނުމާއި، މަގާމުތަކަށް އައްޔަނުކުރުމުގައްޔާއި މުސާރައާއި އިނާޔަތް ދިނުމުގައި އެ 3 (ތިނެއް) ދާއިރާގައި މަސައްކަތްކުރާ ފުލުހުންގެ މެދުގައި ތަފާތު މިންގަނޑުތަކެއް ގެންގުޅެވިދާނެއެވެ.
44 ވަނަ މާއްދާ - ފުލުހުންގެ ރޭންކުތަކުގެ ގްރޭޑު ތައް
(ހ) މި ގަވާއިދުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރޭންކުތަކުގެ ތެރެއިން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން ދަށުގެ ރޭންކްތަކުގައި މަސައްކަތްކުރާ ފުލުހުންގެ ރޭންކުތަކަށް ކަނޑައެޅޭ ގްރޭޑްތަކުގެ އަދަދާއި، ގްރޭޑް ކުރެވޭނެ ގޮތްތައް، ގަވާއިދު ނަންބަރު 2022-86 (ރޭންކުގެ ކުރިއެރުމާއި، ރޭންކު ދަށްކުރުމާއި، ށަރަފުގެ ނިށާން ދިނުމާ ގުޅޭ ގަވާއިދު) ގައި ބަޔާންކުރަންވާނެއެވެ.
(ށ) ފުލުހުންގެ ރޭންކްތައް ގްރޭޑް ކޮށް ފައިވާ ގޮތާއި، އެ ރޭންކުތަކުގައި ހިމެނޭ ގްރޭޑްތަކަށް މުސާރަ ކަނޑައަޅައިފައިވާ ގޮ ތުގެ އޮނިގަނޑެއް، ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލަންވާނެއެވެ.
45 ވަނަ މާއްދާ - ރޭންކުގެ ކުރިއެރުން ދިނުން
ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރޭންކުގެ ކުރިއެރުން ލިބުމުގެ ހައްގު، އެކަމާ ގުޅޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ލިބިގެންވެއެވެ. މި ގޮތުން ރޭންކުގެ ކުރިއެރުން ދިނުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު 2022-86 (ރޭންކުގެ ކުރިއެރުމާއި، ރޭންކު ދަށްކުރުމާއި، ށަރަފުގެ ނިށާން ދިނުމާ ގުޅޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
46 ވަނަ މާއްދާ - ގްރޭޑްގެ ކުރިއެރުން ދިނުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ރޭންކުތަކުގައި ހިމެނޭ ފުލުހުން އެކި ރޭންކުތަކުގެ އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުކުރުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު 2022-86 (ރޭންކުގެ ކުރިއެރުމާއި، ރޭންކު ދަށްކުރުމާއި، ށަރަފުގެ ނިށާން ދިނުމާ ގުޅޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.
47 ވަނަ މާއްދާ - ޓެކްނިކަލް ދާއިރާގެ މަގާމުތަކަށް މުވައްޒަފުން އައްޔަނުކުރުން
(ހ) މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޓެކްނިކަލް ދާއިރާގެ މަގާމުތަކާއި، އެ މަގާމުތަކަށް މުވައްޒަފުން ކަނޑައެޅުމުގެ ކަންކަން ކުރިޔަށް ގެންދަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އެތެރޭގައި އާންމުކޮށް އިއުލާނު ކޮށްގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަ ތީން ކުރާ އިއުލާނަކާ ގުޅިގެން ޓެކްނިކަލް ދާއިރާގެ މަގާމަކަށް އެދި ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން އެ މަގާމަށް މުވައްޒަފަކު ކަނޑައަޅަންވާނީ، އެ މަގާމަށް ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން އެ މަގާމަށް ގާބިލުކަމަށް، ދިވެހި ފުލުހުންގެ ހިދުމަތަށް ފެންނަ ފަރާތްތަކެވެ. އަދި މިގޮތުން މުވައްޒަފުން ކަނޑައަޅާއިރު، އެ މަގާމުތަކުގައި އެވަގުތު މުވައްޒަފުން ތިބިނަމަ، އަދި އެ މުވައްޒަފުން އެ މަގާމުގައި ދެމިތިބުމަށް އެދޭނަމަ، އެ މުވައްޒަފުން އެ މަގާމުތަކުގައި ބޭތިއްބުމަށް އިސްކަންދޭންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ޓެކްނިކަލް ދާއިރާގައި ނުވަތަ އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގައި މަސައްކަތްކުރާ ފުލުހަކު، މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާއަށް ބަދަލުވުމަށް،ނުވަތަ އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާގައި މަސައްކަތްކުރާ ފުލުހަކު ޓެކްނިކަލް ދާއިރާއަށް، ނުވަތަ އެޑްމިނިސްޓްރޭޓިވް އެންޑްސަޕޯޓް ދާއިރާއަށް ބަދަލުވުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮ ށްފައިވާ އުސޫލެއް، ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލަންވާނެއެވެ.
(ރ) ޓެކްނިކަލް ދާއިރާގެ މަގާމުތަކާއި މުސާރައިގެ އޮނިގަނޑު، މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު ހޭދަވާ ފުރަތަމަ 2 (ދޭއް) އަހަރުދުވަސް ފާއިތުވުމަށްފަހު ރިވިއު ކުރަންވާނެއެވެ. އަދި އޭގެ ފަހުން ކޮންމެ 5 (ފަހެއް) އަހަރަކުން ރިވިއު ކުރަންވާނެއެވެ.
ހަތްވަނަ ބާބު
ފުލުހުންގެ މަގާމަށް މީހުން ރެކްރޫޓުކުރުން
48 ވަނަ މާއްދާ - ރެކްރޫޓު ކުރުމުގެ އާންމު ށަރުތުތައް
(ހ) ފުލުހުންގެ މަގާމަށް މީހަކު ރެކްރޫޓުކުރަންވާނީ، ތިރީގައި ބަޔާންވެގެންވާ ށަރުތުތައް އެ ފަރާތެއްގެ ކިބައިގައި ފުރިހަމަވާނަމައެވެ. މިއިން ށަރުތެއް ފުރިހަމަނުވާ މީހަކަށް ފުލުހަކަށް ނުވެވޭނެއެވެ.
- ދިވެހި ރައްޔިތެއް ކަމުގައި ވު މާއި، ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައި ނުވުން؛
- ޖިނާއީ ބޮޑު ކުށެއް ކުރިކަން ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން؛
- ޖިނާއީ އެހެން ކުށެއް ކުރިކަން ސާބިތުވެގެން ހުކުމެއް ކޮށްފައިވާ ފަރާތެއް ރެކްރޫޓްކުރާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފުކުރިތާ 3 (ތިނެއް) އަހަރުވެފައިވާ ފަރާތެއް ކަމުގައިވުން؛
- ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ށަރުއީ ކޯޓަކުން އެ ފަރާތެއްގެ މައްޗަށް ރައްކައުތެރިކަމުގެ އަމުރެއް އެއްވެސް އިރެއްގައި ނެރެފައިވާ މީހެއްކަމުގައި ނުވުން؛
- ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ ސިއްހަތާއި، އަހްލާގާއި، ގާބިލުކަން ހުރި މީހެއް ކަމުގައި ވުން؛
- ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުމާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންތިހާބީ މަގާމެއް އަދާކުރަމުންދާ މީހެއްކަމުގައި ނުވުން؛
- މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލިފައިވާ ފަރާތެއްކަމުގައި ނުވުން؛
- މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން؛
(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހެއްގެ ވަޒީފާއަށް މީހަކު ރެކްރޫޓް ކުރުމުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ އާންމު ށަރުތުތަކުގެ އިތުރުން، މި ބާބުގައި ބަޔާންކޮށްފައިވާ އެހެން އިތުރު ށަރުތުތައް އެފަދަ މީހެއްގެ ކިބައިގައި ފުރިހަމަވާންވާނެއެވެ.
49 ވަނަ މާއްދާ - ރެކްރޫޓްކުރުމުގެ އިތުރު ށަރުތުތައް
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ރެކްރޫޓްކުރުމުގެ އާންމު ށަރުތުތަކުގެ އިތުރުން، ކަނޑައެޅޭ އިތުރު ށަރުތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- މީލާދީގޮތުން އުމުރުން 40 (ސާޅީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައި ނުވުން؛
- ފިރިހެނަކު ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް 3 (ތިނެއް) އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް ހަމަވާ މީހަކު ކަމުގައި ވުން؛
- އެސް.އެސް.ސީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން މަދުވެގެން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލުކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
- މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ ޕެޑެލްކުރުން ނުވަތަ ގެންގުޅުން ނުވަތަ އަތުގައި ބެހެއްޓުން ފަދަ، ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުކުރެވި ދައުވާ އުފުލިފައިވާ މީހަކު ކަމުގައި ނުވުން؛
- ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، މަނާކޮށްފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދައިފައިވާ ފަރާތަކަށް ނުވުން ؛
- ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ މުއްދަތުގެ ތެރޭގައި ޖިނާއީ އެއްވެސް މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި ފަރާތަކަށް ނުވުމާއި، އެފަދަ މައްސަލައެއްގެ ތުހުމަތުކުރެވިފައިވާ ފަރާތެއް ކަމުގައި ނުވުން؛
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، ނުވަތަ ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން.
(ށ) ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، ދިވެހި ފުލުހުންގެ ހިދުމަތު ވަޒީފާ އަދާކުރުމަށް ބޭނުންވާނެ ވަކި ހާއްސަ ފަންނީ ހުނަރެއް ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުން ގަބޫލުކުރާ މިންވަރަކަށް މަތީތައުލީމު ހާސިލުކޮށްފައިވާ ފަރާތަކަށް ވެފައި، އެ ފަރާތެއްގެ ކިބައިގައި، މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާންމު ށަރުތު ފުރިހަމަވާނަމަ، އެ ފަރާތެއްގެ ކިބައިގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިތުރު ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަ ނުވިނަމަވެސް، އެ ފަރާތަކަށް ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ދެވިދާނެއެވެ.
50 ވަނަ މާއްދާ - ފުލުހެއްގެ ވަޒީފާއަށް އިއުލާނު ކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހެއްގެ ވަޒީފާއަށް މީހުން ރެކްރޫޓް ކުރާނީ، ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށް އިއުލާނު ކޮށްގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަ ތީން ފުލުހުންގެ ވަޒީފާއަށް މީހުން ރެކްރޫޓްކުރުމުގައި، ރާއްޖޭގެ ސިޓީތަކާއި އަތޮޅުތަކާއި ރަށްތައް ތަމްސީލުވާނޭހެން،ލާމަރުކަޒީ އުސޫލުން މީހުން ރެކްރޫޓްކުރުމަށް އިސްކަންދޭންވާނެއެވެ.
(ނ) ދިވެހި ފުލުހުންގެ ހިދުމަތުގައި އަންހެނުންނަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބެދެވޭނެ ގޮތެއްގެ މަތީން ފުލުހުންގެ ހިދުމަތުގެ އެކިއެކި މަގާމުތަކަށް އަންހެން ފުލުހުން ރެކްރޫޓްކުރުމަށް އިސްކަންދޭންވާނެއެވެ.
(ރ) ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހެއްގެ ވަޒީފާއަށް މީހުން ރެކްރޫޓްކުރުމަށް އިއުލާނުކުރަންވާނީ، އަންނަނިވި ހާލަތްތަކުގައެވެ.
- އަލަށް އުފައްދާ މަގާމުތަކަށް ފުލުހުން ބޭނުންވުން؛
- ހުސްވެފައިވާ މަގާމުތަކަށް ފުލުހުން ބޭނުންވުން؛
- ހުސްވާ މަގާމުތަކަށް ފުލުހުން ބޭނުންވުން.
(ބ) މި މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، މަގާމު ހުސްވުމުގެ 6( ހައެއް( މަސްދުވަހުގެ ކުރިން މަގާމު ހުސްވާނެނަމަ، އެ ހުސްވާ މަގާމަކަށް މީހަކު ރެކްރޫޓްކުރުމަށް އިއުލާނު ކުރެވިދާނެއެވެ.
51 ވަނަ މާއްދާ - ފުލުހުންގެ ވަޒީފާއަށް އެދި ހުށަހެޅުން
(ހ) ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމަށް ކުރާ އިއުލާނަކާ ގުޅިގެން ވަޒީފާއަށް އެދި ހުށަހަޅަންވާނީ، ލިޔުމުން ނުވަތަ އެ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން،ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ފުލުހުންގެ އިދާރާއަކަށެވެ.
(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ އެހެން އެއްވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއް ނަމަ، އެ ފަރާތް ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅަންވާނީ، އެ ފަރާތް ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް އެދި ހުށަހެޅުމާމެދު، އޭނާ ވަޒީފާ އަދާކުރާ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާ އެކުގައެވެ.
52 ވަނަ މާއްދާ - ވަޒީފާއަށް އެދޭ މީހުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
(ހ) ފުލުހުންގެ ވަޒީފާއަށް އެދޭ މީހުން، އެ ކަމަށް އެދި ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް އެދި ހުށަޅާ ފޯމު؛
- ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑު ބަލާ ފޯމު؛
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތައް؛
- ނެގިފަހުން 3 (ތިނެއް( މަސްދުވަސް ހަމަނުވާ، ޕާސްޕޯޓް ސައިޒުގެ ފޮޓޯ؛
- މިނޫނަސް، ހުށަހަޅަންޖެހޭނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަންގާ އިތުރު ލިޔުންތައް.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ތައުލީމީ ސެޓުފިކެޓަކީ، ދިވެހިރާއްޖެއިން ހާސިލުކޮށްފައިވާ ސެޓުފިކެޓެއް ނަމަ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައި ފައިވާ ކޮޕީގެ އަސްލާއި، ދިވެހިރާއްޖެއިން ބޭރުން ހާސިލުކޮށްފައިވާ ސެޓުފިކެޓެއް ނަމަ ހުށަހަޅަންވާނީ، އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކޮޕީގެ އަސްލެވެ.
53 ވަނަ މާއްދާ - ވަޒީފާ ދިނުމުގެ ކުރިން ބަލަންވާނެ ކަންތައްތައް
(ހ) ވަޒީފާއަށް އެދި ހުށަހަޅައިފައިވާ ފޯމުތަކުގެ ތެރެއިން، މައުލޫމާތު ފުރިހަމަނުވާ ފޯމުތަކާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ނުހިމެނޭ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ. އަދި އެފަދަ ފޯމެއް ބަލައިގަތުމަށްފަހުގައި ވެސް މައުލޫމާތު ފުރިހަމަނުވާނަމަ ބެލެވޭ ނީ، ބާތިލު ފޯމެއްގެ ގޮތުގައެވެ.
(ށ) ވަޒީފާއަށް އެދި ހުށަހަޅައިފައިވާ މައުލޫމާތު ފުރިހަމަވާ ހުށަހެޅުންތައް ބަލައިގަތުމަށްފަހު، އެފަދަ ހުށަހެޅުންތައް ހުށަހަޅައިފައިވާ ފަރާތެއްގެ ކިބައިގައި ފުލުހެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވާނެ، އަންނަނިވި ކަންކަން ފުރިހަމަވޭތޯ ބަލަންވާނެއެވެ.
- ފިޒިކަލް ފިޓްނަސް ހުރި މީހެއްތޯ ބެލުން؛
- އެކަށީގެންވާ ވިސްނުންތެރިކަމާއި އިލްމީ ގާބިލުކަން ހުރި މީހެއްތޯ ބެލުން؛
- މުއާމަލާތު ކުރުމުގެ ހުނަރާއި، އާންމު މައުލޫމާތުތަކާއި، ކުއްލިއަކަށް ދިމާވާ ކަމެއްކައި ގޮތް ނިންމުމުގެ ގާބިލުކަން ހުރި ފަރާތެއް ތޯ ބެލުމަށް އިންޓަވިއުކުރުން؛
- އެކަށީގެންވާ ސިއްހަތެއްގައި ހުރި މީހެއްތޯ ބެލުން.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ފިޒިކަލް ފިޓްނަސް ހުރި މީހެއްތޯ ވަޒަންކޮށް ބަލާނީ، ދިވެހި ފުލުހުންގެ ހިދުމަތުން އެ މީހަކަށް ދޭ ފިޒިކަލް ފިޓްނަސް ޓެސްޓްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ.
(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، އިލްމީ ގާބިލުކަން ހުރި މީހެއްތޯ ވަޒަންކޮށް ބަލާނީ، ދިވެހި ފުލުހުންގެ ހިދުމަތުން އެ މީހަކަށް ދޭ އެޕްޓިޓިއުޑް ޓެސްޓުގެ ނަތީޖާއަށް ބަލައިގެންނެ ވެ.
(ބ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، އެކަށީގެންވާ ސިއްހަތެއްގައި ހުރި މީހެއްތޯ ވަޒަންކޮށް ބަލާނީ، އެ މީހެއްގެ މެޑިކަލް ޗެކަޕްގެ ނަތީޖާއަށް ބަލައިގެންނެވެ.
54 ވަނަ މާއްދާ - ވަޒީފާ ދިނުމުގެ ކުރިން ބެކްގްރައުންޑް ޗެކްކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއަކީ، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމާ ގުޅުންހުރި މުހިންމު ވަޒީފާއަކަށްވާތީ،ފުލުހުންގެ މަގާމަށް މީހަކު ހޮވުމުގެ ކުރިން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މީހެއްގެ ބެކްގްރައުންޑް ޗެކްކުރަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބެކްގްރައުންޑް ޗެކްކުރުމުގައި،އަންނަނވި ކަންކަންކަން، ދިވެހި ފުލުހުންގެ ހިދުމަތުން ކުރަންވާނެއެވެ.
- ބެކް ގްރައުންޑް އެނަލިސިސްއެއް ހެދުން؛
- ޕްލިގްރާފީ ޓެސްޓް ހެދުން.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހި ފުލުހުންގެ ވަޒީފާއަށް ހޮވާ ފަރާތްތަކުގެ ބެކް ގްރައުންޑް އެނަލިސިސް ހެދުމުގެގޮތުން އެ މީހަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
- ކުޑަކަމުދާތަކެތި، ބަނގުރަލާއި މަސްތުވާ ތަކެއްޗަށް ޓެސްޓްކުރުން؛
- ކުރިން ހިނގައިފައިވާ ކުށުގެ އަމަލަކާ ގުޅުމެއްވޭތޯ ބެލުމަށް ޓެންޕްރިންޓް ނަގައި ޗެކްކުރުން؛
- އިންޓެލިޖެންސް އެނަލިސިސް ރިޕޯޓެއް ހެދުން.
55 ވަނަ މާއްދާ - ރެކްރޫޓްމަންޓު ގެމަރު ހަލާތަކުން ފާސްނުވާ ފަރާތްތައް
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހެއްގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ރެކްރޫޓްކުރުމުގެ ކުރިން ކުރިޔަށް ގެންދެވޭ މަރުހަލާތަކުގެ ތެރެއިން މަރުހަލާއެއްގައި ހިމެނޭ ވަކި ބަޔަކުން ފާސްނުވާނަމަ، ނުވަތަ ބެކްގްރައުންޑް ޗެކުން އެ މީހަކީ ފުލުހުންގެ ވަޒީފާއަށް އެކަށޭނެ މީހެއް ނޫންކަމަށް ފެނިއްޖެނަމަ، ޖެހިގެން އޮތް މަރުހަލާއަށް އެ މީހަކު ނުގެންގޮސް، އެ މީހަކު ރެކްރޫޓްކުރުމުގެ މަރުހަލާތައް ހުއްޓައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރެކްރޫޓްމަންޓް މަރުހަލާތައް ހުއްޓައިލިކަން، ރެކްރޫޓްމަންޓު ގެ މަރުހަލާތަކުގައި ބައިވެރިވެފައިވާ މީހާއަށް،ސަބަބާއެކު ލިޔުމުން އަންގަންވާނެއެވެ.
(ނ) ރެކްރޫޓްމެންޓް ޕްރޮސެސްގައި ކަނޑައެޅިފައިވާ ހުރިހާ ޓެސްޓަކުން ފާސްވެފައިވާ މީހުންގެ ތެރެއިން ސަރުކާރުގެ އެހެން އެއްވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ،އެ މީހަކަށް ވަޒީފާ ހަމަޖައްސައިދެވޭނީ، އެ ވަޒީފާއަކުން ވަކިވިކަމުގެ ލިޔުން، ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުންނެވެ.
56 ވަނަ މާއްދާ - ވަޒީފާ ދިނުން
(ހ) ފުލުހުންގެ މަގާމަށް ކުރިމަތިލައިފައިވާ މީހަކަށް ވަޒީފާ ދޭންވާނީ، މި ބާބުގައި ބަޔާންކޮށްފައިވާ މަރުހަލާތަކުން ފާސްވެފައިވާ މީހުންގެ ތެރެއިން އޭރަކު ދިވެހި ފުލުހުންގެ ހިދުމަތަށް މީހުން ބޭނުންވާ ދާއިރާތަކަށާއި އެ ދާއިރާތަކަށް މީހުން ބޭނުންވާ އަދަދަށް ބެލުމަށްފަހު، އެންމެ ގާބިލު މީހަކަށް އިސްކަންދީގެންނެވެ.
(ށ) ފުލުހެއްގެ ވަޒީފާ ހަމަޖެހޭ މީހަކަށް، އެ މީހަކަށް ފުލުހެއްގެ ވަޒީފާ ހަމަޖެހިފައިވާކަން ބަޔާންކޮށް، ވަޒީފާ ދިންކަމުގެ ލިޔުމެއް، ވަޒީރު ސޮއިކޮށްފައި ދޭންވާނެއެވެ.
(ނ) ފުލުހެއްގެ ވަޒީފާ ހަމަޖެހުމާ ގުޅިގެން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަޒީފާ ދިންކަމުގެ ލިޔުން ހަވާލުކުރެވޭ މީހުން ފުލުހުންގެ ހިދުމަތުގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ. އަދި މުވައްޒަފާ ވަޒީފާގެ މަސްއޫލިއްޔަތުތައް ހަވާލުކުރަންވާނީ، ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުގައެވެ.
(ރ) ފުލުހެއްގެ ވަޒީފާއަށް ރެކްރޫޓް ކުރެވޭ މީހުންނަށް، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރެކްރޫޓްމަންޓުގެ މަރުހަލާތައް ކުރިޔަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް، މި ގަވާއިދުގެ ދަށުން އެކުލަވައިލަންވާނެއެވެ. އެ އުސޫލުގައި،ރެކްރޫޓްމަންޓުގެ މަރުހަލާތައް ކުރިޔަށް ގެންދިއުމުގެ ކަންކަން ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.
57 ވަނަ މާއްދާ - ވަޒީފާއިން ވަކިވުމަށްފަހު އަލުން ވަޒީފާއަށް ވަންނަ ފުލުހުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހެއްގެ ވަޒީފާގައި ހުރުމަށްފަހު، އެ ވަޒީފާއިން ވަކިވެފައި އަލުން ފުލުހެއްގެ ވަޒީފާއަށް ވަންނަން އެދޭނަމަ، އެފަދަ ފަރާތަކަށް ވަޒީފާ ދިނުމުގައި މި ބާބުގައި ބަޔާންކޮށްފައިވާ ރެކްރޫޓްމަންޓުގެ މަރުހަލާތައް ފުރިހަމަކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކަށް ވަޒީފާ ދިނުމަށްފަހު އެ ފަރާތުން ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކުރުމާ ގުޅޭގޮތުން އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
- ވަޒީފާއިން ވަކިވިއިރު ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކޮށްފައިނުވާނަމަ، އެ މީހަކު ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކުރުން ލާޒިމުވުން؛
- ވަޒީފާއިން ވަކިވިއިރު ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކޮށްފައިވާ މީހަކަށް ވެފައި، އޭނާ ވަޒީފާއިން ވަކިވެފައި އަލުން ވަޒީފާއަށް ވަނުމާ ދެމެދު މީލާދީ 5 (ފަހެއް) އަހަރުދުވަސް ފާއިތުވެފައި ނުވާނަމަ، އެ މީހަކު ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކުރުން ލާޒިމު ނުވުން.
(ނ) ފުލުހަކު ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ހުރުމަށްފަހު ވަޒީފާއިން ވަކިވެފައި އަލުން ފުލުހުންގެ ހިދުމަތާ ގުޅޭ ފަރާތްތައް، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފުލުހުންގެ ހުވާކުރަން ޖެހޭނެއެވެ.
58 ވަނަ މާއްދާ - ހިދުމަތުގެ މުއްދަތު ގުޅުވުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއެއް އަދާކުރުމަށްފަހު ވަޒީފާއިން ވަކިވެފައި އަލުން ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއާ ގުޅޭ ފަރާތްތަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިދުމަތުގެ މުއްދަތު ގުޅުވައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ވަޒީފާގެ ހިދުމަތުގެ މުއްދަތު ގުޅުވުމުގައި އަމަލުކުރާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
- މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތް ކޮށްދީފައިވާ މުއްދަތުގެ ގޮތުގައި ހިދުމަތުގެ މުއްދަތު ގުޅުވައިދީފައިވާފަރާތްތަކަށް އެ މުއްދަތު އެ ގޮތުގައި ހިނގުން؛
- ފުލުހެއްގެ ގޮތުގައި ހިދުމަތްކުރުމަށްފަހު، އެ ހިދުމަތުން ވަކިވެ ފައި އަލުން ފުލުހެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅޭ ފަރާތްތަކަށް، އެ ފަރާތުން ކުރިން ފުލުހެއްގެ ގޮތުގައި ހިދުމަތްކޮށްދީފައިވާ މުއްދަތު ގުޅުވައިދިނުން.
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެފަދަ ފަރާތަކަށް ށަރަފުގެ ނިށާން ދިނުމުގައި ހިދުމަތުގެ މުއްދަތު ގުނަންވާނީ، ފުލުހެއްގެ ގޮތުގައި ހިދުމަތްކުރަން ފެށި މުއްދަތުން ފެށިގެންނެވެ.
(ރ) ދައުލަތުގެ އެހެން އިދާރާއެއްގައި ވަޒީފާ އަދާކުރުމަށްފަހު، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅޭ ފަރާތްތަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިދުމަތުގެ މުއްދަތު ގުޅުވުމުގައި އަމަލުކުރާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
- ދައުލަތުގެ އެހެން އިދާރާއެއްގައި ހިދުމަތް ކުރުމަށްފަހު ފުލުހެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅޭ ފަރާތްތަކުން ދައުލަތުގެ އެހެން އިދާރާއެއްގައި ހިދުމަތް ކޮށްދީފައިވާ މުއްދަތު، ފުލުހުންގެ ހިދުމަތުގެ މުއްދަތުގެ ގޮތުގައި ނުގުނުން؛
- ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން، ދިވެހި ފުލުހުންގެ ހިދުމަތް ފިޔަވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 236 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަލާމަތީ ހިދުމަތެއްގައި ހިދުމަތްކުރުމަށްފަހު، ފުލުހެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިފައިވާ ފަރާތްތަކުން ސަލާމަތީ ހިދުމަތުގައި ހިދުމަތް ކޮށްދީފައިވާ މުއްދަތު، ފުލުހުންގެ ހިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނުން.
(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ އެހެން މުއައްސަސާއަކަށް ހިދުމަތް ކޮށްދީފައިވާ މުއްދަތު، ފުލުހުންގެ ހިދުމަތަށް ހިދުމަތް ކޮށްދީފައިވާ މުއްދަތުގެ ގޮތުގައި މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ހިދުމަތުގެ މުއްދަތު ގުޅުވައިދީފައިވާ ފަރާތްތަކަށް، އެ މުއްދަތު އެ ގޮތުގައި ހިނގާނެއެވެ.
59 ވަނަ މާއްދާ - ހުވާކުރުން
(ހ) ފުލުހެއްގެ ވަޒީފާއަށް އަލަށް ނެރެވޭ ކޮންމެ މުވައްޒަފަކު ވެސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފެށުމުގެ ކުރިން، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ "ފުލުހުންގެ ހުވާ" ކުރަންވާނެއެވެ.
(ށ) ފުލުހަކު، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ހުރުމަށްފަހު، ވަޒީފާއިން ވަކިވެފައި،ފުލުހެއްގެ ވަޒީފާއަށް އަލުން ވަނުމަށްފަހު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން "ފުލުހުންގެ ހުވާ" ކުރަންވާނެއެވެ.
(ނ) ފުލުހަކު މެދުނުކެނޑި ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ދެމިހުރިހައި ހިނދަކު އޭނާގެ ރޭންކަށް ނުވަތަ މަގާމަށް ނުވަތަ މަސައްކަތަށް ބަދަލު އައިކަމުގައިވިޔަސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން "ފުލުހުންގެ ހުވާ" އަލުން ތަކުރާރުކުރާކަށެއް ނުޖެހޭނެއެވެ.
60 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން
(ހ) ވަޒީފާގެ އެއްބަސްވުމަކީ، ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށް ދިވެހި ފުލުހުންގެ ހިދުމަތުން ވަޒީފާ ދޭ ފަރާތްތަކާއި، ދިވެހި ފުލުހުންގެ ހިދުމަތާ ދެމެދު ސޮއިކުރާ އެއްބަސްވުމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަ ތީން އެކުލަވައިލާ ވަޒީފާގެ އެއްބަސްވުމުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
- ވަޒީފާގެ ބާވަތް؛
- މުސާރައާއި އިނާޔަތްތައް ދެވޭނެ ގޮތް؛
- ހިދުމަތް ކުރަންޖެހޭ ބޮންޑުގެ މުއްދަތު؛
- ޗުއްޓީ ނެގުމާއި، ސަލާން ބުނުން؛
- މުވައްޒަފާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތްތައް؛
- ވަޒީފާއިން ވަކިކުރެވޭ އުސޫލުތައް.
(ނ) ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާދޭ ކޮންމެ މުވައްޒަފަކު ވެސް "ވަޒީފާގެ އެއްބަސްވުން" ގައި ސޮއިކުރަން ވާނެއެވެ.
އަށްވަނަ ބާބު
ރެކްރޫޓުން ފުލުހުންގެ ހިދުމަތުގައި ގެ ންގުޅުން
61 ވަނަ މާއްދާ - އޮރިއެންޓޭށަން ހިންގުން
(ހ) ފުލުހުންގެ ވަޒީފާއަކީ ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމާ ގުޅުންހުރި މުހިންމު ވަޒީފާއަކަށްވާތީ، އަލަށް ވަޒީފާއަށް ވަންނަ ޕޮލިސް ރެކްރޫޓުންނަށް އެއްވެސް މަސްއޫލިއްޔަތެއް ހަވާލުކުރަންވާނީ، ވަޒީފާގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް އަންގައިދިނުމަށާއި، ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުމުގެ ގޮތުން އޮރިއެންޓޭށަން ޕްރޮގްރާމްހިންގުމަށް ފަހުގައެވެ.
(ށ) އޮރިއެންޓޭށަން ޕްރޮގްރާމް ކުރިޔަށް ގެންދަންވާނީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއާއި، ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް ޓްރެއިނިންގ ދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތް ގުޅިގެންނެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުރިޔަށްގެންދާ އޮރިއެންޓޭށަން ޕްރޮގްރާމުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
- ފުލުހުންގެ އަސާސީ ތަމްރީނާ ގުޅޭ އާންމު މައުލޫމާތު؛
- ފުލުހުންގެ ސުލޫކީ މިންގަނޑު؛
- މުއާމަލާތު ކުރުމުގެ ހުނަރުތައް؛
- ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތާ ގުޅޭގޮތުން ކޮންމެހެން އެ ނގެންޖެހޭނެ ގާނޫނާއި ގަވާއިދުތައް.
62 ވަނަ މާއްދާ - ރެކްރޫޓުންނަށް ދޫކުރާ އައިޑެންޓިޓީ ކާޑު
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހެއްގެ ވަޒީފާއަށް އަލަށް ރެކްރޫޓްކުރާ ކޮންމެ މުވައްޒަފަކަށް ދޫކުރާ، އައިޑެންޓިޓީ ކާޑުގައި، އެއީ ޕޮލިސް ރެކްރޫޓެއްކަން އެނގެން އޮންނަންވާނެއެވެ.
(ށ) ޕޮލިސް ރެކްރޫޓުންނަށް ދޫކުރާ އައިޑެންޓިޓީ ކާޑު ގެންގުޅެ ބޭނުންކުރަންވާނީ، ގަވާއިދު ނަންބަރު 2021-87 (ފުލުހުންގެ އައިޑެންޓިޓީ ކާޑު ގެންގުޅުމާއިބޭނުންކުރުމުގެ ގަވާއިދު) ގައި ފުލުހުންގެ އައިޑެންޓިޓީ ކާޑު ގެންގުޅުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
63 ވަނަ މާއްދާ - ފުލުހުންގެ ހިދުމަތުގައި ރެކްރޫޓުން ގެންގުޅުން
(ހ) ފުލުހެއްގެ ވަޒީފާއަށް އަލަށް ވައްދާ ރެކްރޫޓުންނަށް ވަޒީފާ ހަމަޖެހުމަށްފަހު، ރެކްރޫޓުން ފުރިހަމަކުރަންޖެހޭ ފުލުހުންގެ އަސާސީ ތަމްރީނުކޯސް ފުރިހަމަކުރުމާ ހަމަޔަށް، އެފަދަ ރެކްރޫޓުން ދިވެހި ފުލުހުންގެ ހިދުމަތުގައި ގެންގުޅެންވާނީ، ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ބެލުމުގެ ދަށުން އެ ފަރާތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ށ) ފުލުހުންގެ ހިދުމަތުގެ މަސައްކަތްތައް ކުރުމުގައި މުވައްޒަފުންގެ ދަތިކަން ހުރި މިންވަރަށް ރިއާޔަތްކޮށް، ޕޮލިސް ރެކްރޫޓުން، ފުލުހުންގެ މަސައްކަތުގައި ބޭނުންކުރުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ނިންމިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ޕޮލިސް ރެކްރޫޓުން މަސައްކަތަށް ނެރޭނަމަ، އިދާރީ މަސައްކަތްތަކަށް ނެރުމަށް އިސްކަންދިނުމާއި، އެ ނޫން މަސައްކަތަކަށް ނެރޭނަމަ، ކޮލިފައިޑް ޕޮލިސް އޮފިސަރަކާއެކު އެ ހިނދަކަށް ބޭނުންވާ އަދަދަކަށް ރެކްރޫޓުން މަސައްކަތަށް ނެރެވިދާނެއެވެ.
64 ވަނަ މާއްދާ - ޕޮލިސް ރެކްރޫޓުންނަށް މުސާރައާއި އިނާޔަތްކަނޑައެޅުން
ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ތެރެއިން ޕޮލިސް ރެކްރޫޓުންނަށް މުސާރައާއި، އެލަވަންސްތަކާއި، އިނާޔަތް ތަކާއި، އެނޫން ކަންކަން ހަމަޖައްސައިދިނުމުގައި ފުލުހުންނާ ތަފާތު މިންގަނޑުތަކެއް ގެންގުޅެވިދާނެއެވެ.
65 ވަނަ މާއްދާ - ޕޮލިސް ރެކްރޫޓެއްގެ ގޮތުގައި ހިދުމަތްކުރެވޭނެ މުއްދަތު
(ހ) ޕޮލިސް ރެކްރޫޓެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގައި ދެމިހުރެވޭނީ، އެ މީހަކަށް ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރުމަށް ފުރުސަތު ދެވި، އެ ކޯސް ފުރިހަމަކުރުމާ ހަމައަށެވެ. މިގޮތުން އެ ކޯސް ފުރިހަމަކުރުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ކޯސް ފުރިހަމަ ނުކުރެވިއްޖެ ނަމަ، ތަމްރީނުތަކުގައި ފާސްނުވާ ފަރާތްތަކާމެދު އަމަލުކުރުމަށް ކަނޑައަޅައިފައިވާ އުސޫލު އެ މީހެއްގެ މައްޗަށް ހިންގޭނެއެވެ.
(ށ) ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރުމަށް ދެވޭ ފުރުސަތު، މަގުބޫލު ސަބަބެއްނެތި ބޭނުންނުކޮށްފިނަމަ، އެ މީހަކީ ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރުމަށް އިންކާރުކުރާ މީހަކު ކަމުގައި ބަލައި، އެ މީހަކު ވަޒީފާއިން ވަކިކުރުމާމެދު ގޮތެއް ނިންމަން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.
(ނ) މަގުބޫލު ސަބަބެއް އޮވެގެން ފުލުހުންގެ އަސާސީ ތަމްރީނުކޯހަށް ނުދެވޭ ފަރާތްތަކަށް، އެ ކޯހަށް ދިއުމަށް އިތުރު 1 (އެކެއް) ފުރުސަތު ދޭންވާނެއެވެ. އެހެންނަމަވެސް، އެއްވެސް ހާލަތެއްގައި އަސާސީ ތަމްރީނު ކޯހަށް ދިއުމަށް 2 (ދޭއް) ފުރުސަތަށްވުރެގިނަ ފުރުސަތެއް ނުދެވޭނެއެވެ.
(ރ) މި މާއްދާގެ ބޭނުމަށް ޓަކައި، މަގުބޫލު ސަބަބެއްކަމުގައި ބަލާނީ، ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރޭގައި ލިބޭ ހާނީއްކައަކާ ގުޅިގެން އަސާސީ ތަމްރީނުކޯހަށް ނުދެވޭފަދަ ހާލަތެއް ދިމާވުމާއި، އެ ނޫނަސް އެފަދަ ބޮޑުބައްޔެއް ނުވަތަ ސިއްހީ ސަބަބެއް އޭނާއަށް ދިމާވުން ނުވަތަ އޭނާގެ އާއިލާގެ މެންބަރަކަށް ކުއްލިއަކަށް ދިމާވާ ސިއްހީ ސަބަބުތަކަށެވެ.
ނުވަވަނަ ބާބު
މުސާރައާއި އިނާޔަތް ތައް
66 ވަނަ މާއްދާ - މުވައްޒަފުންނަށް ދެވޭ މުސާރައާއި، އެލަވަންސްތަކާއި، އިނާޔަތްތައް
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނަށް މުސާރައާއި، އެލަވަންސްތަކާއި، އިނާޔަތްތައް ކަނޑައަޅާނީ، މާލީ ކަންކަމަށް ޒިންމާވާ ވަޒީރުގެ ލަފަޔާއެކު ވަޒީރެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑެއް، ކޮމިށަނަރ އޮފް ޕޮލިސް އެކުލަވައިލައި ފާސްކުރަންވާނެއެވެ. އަދި މުވައްޒަފުންނަށް މުސާރައާއި އެލަވަންސްތަކާއި އިނާޔަތްތައް ދޭންވާނީ، އެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) މުވައްޒަފުންނަށް މަހަކު އެއްފަހަރު މުސާރަ ދޭންވާނެއެވެ. މިގޮތުން މުސާރަ ދޭނީ، ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވައިފައިވާ އެ މުވައްޒަފެއްގެ ބޭންކު އެކައުންޓަށް ޖަމާކޮށްދީގެންނެވެ.
(ރ) މުސާރަ ދޭނީ، ކޮންމެ މީލާދީ މަހެއްގެ އެންމެ ފަހު ދެ ދުވަހުންކުރެ ދުވަހެއްގައެވެ. މުސާރަ ދޭންޖެހޭ ދުވަސް، ސަރުކާރު ބަންދު ދުވަހަކާ ދިމާވާނަމަ، މުސާރަ ދޭނީ، އެ މަހެއްގެ ސަރުކާރު ބަންދު ނޫން އެންމެފަހު ދެ ދުވަހުގެ ތެރެއިން ދުވަހެއްގައެވެ.
(ބ) މުވައްޒަފުންނަށް މުސާރައާއި އެލަވަންސް ދޭންވާނީ، އެ މުވައްފަކަށް ވަޒީފާ ދިންކަމުގެ ލިޔުމުގައިވާ ނުވަތަ ވަޒީފާ ބަދަލުކުރިކަމުގެ ލިޔުމުގައިވާ ތާރީހުން ފެށިގެންނެވެ. މުވައްޒަފެއްގެ މުސާރައާއި އެ ލަވަންސްތަކަށް ބަދަލުގެނެސްފި ނަމަ، ބަދަލުގެ ނައިމުސާރައާއި އެލަވަންސްތައް އެ މުވައްޒަފަކަށް ދޭންވާނީ، މުސާރައާއި އެލަވަންސްތައް ބަދަލުކުރި ލިޔުމުގައިވާ ތާރީހުން ފެށިގެންނެވެ.
(ޅ) މުސާރަ ދެވޭނީ، ވަޒީފާއަށް ނުކުންނަ ދުވަސްތަކަށާއި، މި ގަވާއިދާއި، ގަވާއިދު ނަންބަރު 2021-98 (ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން މުސާރަ ލިބޭ ފަދަ ޗުއްޓީއެއްގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކަށެވެ. މި މާއްދާ މިހެން އޮތުމަކުން ސަރުކާރު ބަންދު ދުވަސްތަކަށާއި، ގަވާއިދުން ހުއްދަ ލިބިގެން ދޫކޮށްފައި ހުންނަ ދުވަސްތަކަށާއި، ވަޒީފާއަށް ހާޒިރުވާން ނުޖެހޭ ދުވަސްތަކަށް، އެ މުވައްޒަފަށް ހައްގުވާ މުސާރަ އުނިކޮށްގެން ނުވާނެއެވެ.
(ކ) ވަޒީފާއިން ވަކިވާ ނުވަތަ ވަޒީފާއިން ވަކިކުރާ މީހުންނަށް މުސާރަ ދޭނީ، ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުގައިވާ، ވަޒީފާއިން ވަކިކުރި ތާރީހާ ހަމައަށެވެ.
67 ވަނަ މާއްދާ - މުވައްޒަފުންނަށް ދެވޭ އެލަވަންސްތައް
(ހ) ދިވެހި ފުލުހުންގެ ހިދުމުގައި ވަޒީފާ އަދާކުރާ ފުލުހުންނަށް ލިބިދެވޭ އާންމުއެލަވަންސްތައް، ތިރީގައި ބަޔާންވެގެން މިވަނީއެވެ.
- ސަރވިސް އެލަވަންސް؛
- ނޮން ޕްރެކްޓިސް އެލަވަންސް؛
- ދިގުމުއްދަތުގެ ހިދުމަތުގެ އެލަވަންސް؛
- ޔުނީފޯމް އެލަވަންސް؛
- ލިވިންގ އެލަވަންސް؛
- ޕްރޮފެށަނަލް އެލަވަންސް؛
- ޓެކްނިކަލް އެލަވަންސް.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އާންމު އެލަވަންސްތައް މުވައްޒަފުންނަށް ލިބޭނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވަންސްތަކުގެ އިތުރުން، ފުލުހަކާ ހަވާލުކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ދިނުމަށް ދައުލަތު ން ކަނޑައަޅާ އެލަވަންސްތައް، މި ގަވާއިދުގެ 66 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުސާރައިގެ އޮނިގަނޑުގައި ހިމަނަންވާނެއެވެ. މިގޮތުން ދެވޭ އެލަވަންސްތަކާއި، އެލަވަންސް ދިނުމުގައި އަމަލުކުރާނެ މިންގަނޑުތައް ބަޔާންކޮށްފައިވާ އުސޫލެއް، ކޮމިށަނަރ އޮފް ޕޮލިސް އެކުލަވައި ލަންވާނެއެވެ.
68 ވަނަ މާއްދާ - ސަރވިސް އެލަވަންސް
(ހ) ސަރވިސް އެލަވަންސަކީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ދެމިހުރި ކޮންމެ މުވައްޒަފަކަށް، މަހަކު އެއްފަހަރު ދޭ އެލަވަންސެކެވެ.
(ށ) ފުލުހުންގެ އެކި ރޭންކްތަކުގެ މުވައްޒަފުންނަށް ސަރވިސް އެލަވަންސް ދެވޭނީ،އަންނަނިވި ގޮތުގެ މަތީންނެވެ.
- ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކާ ދެމެދުގައި ހިމެނޭ ރޭންކުތަކުގެ މުވައްޒަފުންނަށް، މަހަކު 4،500 (ހަތަރުހާސް ފަސްސަތޭކަ) ރުފިޔާ؛
- ސީނިއަރ ސާޖަންޓް ރޭންކުގެ މުވައްޒަފުންނަށް، މަހަކު 4،600 (ހަތަރުހާސް ހަސަތޭކަ) ރުފިޔާ؛
- ސާޖަންޓް ރޭންކުގެ މުވައްޒަފުންނަށް، މަހަކު 4،800 (ހަތަރުހާސް އަށްސަތޭކަ) ރުފިޔާ؛
- ކޮންސްޓަބަލް ރޭންކުގެ މުވައްޒަފުންނަށާއި ޕޮލިސް ރެކްރޫޓުންނަށް، މަހަކު 5،000 (ފަސްހާސް) ރުފިޔާ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގައި ބަޔާންކޮށްފައިވާ ސަރވިސް އެލަވަންސް، އަންނަނިވި ހާލަތްތަކުގައި ނުލިބޭނެއެވެ.
- މުސާރަ ނުލިބޭ ޗުއްޓީއެއްގައި ހުރުން؛
- އަމިއްލަގޮތުން ހޯދާ ކޯސްތަކަށް އަމިއްލަ ހަރަދުގައި ދާ ފަރާތްތަކަށް، ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް ދޭ ޗުއްޓީގައި ހުންނަ މުއްދަތު.
69 ވަނަ މާއްދާ - ނޮން-ޕްރެކްޓިސް އެލަވަންސް
(ހ) ނޮން-ޕްރެކްޓިސް އެލަވަންސަކީ، އިތުރު އާމްދަނީ ހޯދުމުގެގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާ ފިޔަވައި އެހެން ވަޒީފާއެއް މުވައްޒަފުންނަށް އަދާނުކުރެވޭތީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ދެމިހުރި ކޮންމެ މުވައްޒަފަކަށް، މަހަކު އެއްފަހަރު ދޭ އެލަވަންސެކެވެ.
(ށ) ނޮން-ޕްރެކްޓިސް އެލަވަންސްގެ މިންވަރަކީ، މުވައްޒަފުގެ އަސާސީ މުސާރައިގެ %40 (ސާޅީސް އިންސައްތަ) އެވެ.
70 ވަނަ މާއްދާ - ދިގު މުއްދަތުގެ ހިދުމަތުގެ އެލަވަންސް
(ހ) ދިގުމުއްދަތުގެ ހިދުމަތުގެ އެލަވަންސަކީ، މުވައްޒަފަކު މެދުނުކެނޑި 10 (ދިހައެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތަކަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތްކުރުމުން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ދެމިހުރި ކޮންމެ މުވައްޒަފަކަށް، މަހަކު އެއްފަހަރު ދޭ އެލަވަންސެކެވެ.
(ށ) މުވައްޒަފުންނަށް ދިގު މުއްދަތުގެ ހިދުމަތުގެ އެލަވަންސް ދެވޭނީ، އަންނަނިވި ގޮތުގެމަތީންނެވެ.
- ހިދުމަތަށް 10 (ދިހައެއް) އަހަރު ވުމުން، އަސާސީ މުސާރައިގެ %10 (ދިހައެއް އިންސައްތަ)؛
- ހިދުމަތަށް 15 (ފަނަރަ) އަހަރު ވުމުން، އަސާސީ މުސާރައިގެ %15 (ފަނަރަ އިންސައްތަ)؛
- ހިދުމަތަށް 20 (ވިހި) އަހަރު ވުމުން، އަސާސީ މުސާރައިގެ %20 (ވިހި އިންސައްތަ)؛
- ހިދުމަތުގައި 25 (ފަންސަވީސް) އަހަރުދުވަހަށްވުރެ ގިނަދުވަހު ހިދުމަތް ކުރުމުން، އަސާސީ މުސާރައިގެ %25 (ފަންސަވީސް އިންސައްތަ) އެވެ.
(ނ) މި މާއްދާގެ ބޭނުމަށް ޓަކައި ދިގު މުއްދަތުގެ ހިދުމަތުގެ އެލަވަންސް ދިނުމަށް، ހިދުމަތުގެ މުއްދަތު ގުނުމުގައި، މުސާރަ ނުލިބޭ ޗުއްޓީގައި ހުންނަ ދުވަސްތަކާއި،ވަޒީފާއަށް ހާޒިރުނުވާ ދުވަސްތަކެއް ނުހިމެނޭނެއެވެ.
71 ވަނަ މާއްދާ - ލިވިންގ އެލަވަންސް
(ހ) ލިވިންގ އެލަވަންސަކީ، ދިވެހިރާއްޖޭގައި ތަނެއް ކުއްޔަށް ހިފައިގެން އުޅޭ ނުވަތަ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭ ތަނަށް އަގެއް ދައްކަންޖެހޭ ފުލުހުންގެ ތެރެއިން މި އެލަވަންސަށް އެދޭ ފަރާތްތަކަށް، ދިވެހި ފުލުހުންގެ ހިދުމަތަށް ބަޖެޓް ލިބިފައިވާ މިންވަރަށް، މި އެލަވަންސް ހަމަޖައްސައިދިނުމަށް މި ގަވާ އިދާއި، މި ގަވާއިދުގެ ދަށުން ހަދާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަހަކު އެއްފަހަރު ދެވޭ އެލަވަންސެކެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްގައިވާ އެލަވަންސަށް އެދި ހުށަހެޅޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- ކޮލިފައިޑް ޕޮލިސް އޮފިސަރެއް ކަމުގައި ވުން، ނުވަތަ ފުލުހުންގެ ހިދުމަތުގައި މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވާ، އާންމު މުވައްޒަފެއް
ކަމުގައި ވުން؛ - ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ނުވަތަ ދިވެހި ފުލުހުން ގެ ހިދުމަތް މެދުވެރިވެގެން ވަގުތީގޮތުން ދިރިއުޅޭނެ ތަނެއް ހަމަޖައްސައިދީފައިވާ ފަރާތެއް ކަމުގައި ނުވުން.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސަށް އެދި ހުށަހަޅާ މުވައްޒަފުންގެ ތެރެއިން އެކަމަށް އެންމެ ބޭނުންޖެހިފައިވާ މުވައްޒަފުން ހޮވުމުގައި އަމަލުކުރާނެ އެންމެހައި ގޮތްތަކާއި، އެފަދަ ފަރާތްތަކަށް ޕޮއިންޓް ދިނުމާއި، ޕޮއިންޓް އުނިކުރުމާއި، އިންޓަވިއު ކުރުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ އުސޫލެއް، ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ލިވިންގ އެލަވަންސްގެ ގޮތުގައި ދެވޭނެ މިންވަރު، މި މާއްދާގެ (ށ) ގެ ދަށުން ހަދާ އުސޫލުގައި ބަޔާންކުރަންވާނެއެވެ.
72 ވަނަ މާއްދާ - ޔުނީފޯރމް އެލަވަންސް
(ހ) ޔުނީފޯމް އެލަވަންސަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ފުލުހުންގެ ޔުނީފޯމް ދޮވެ އިސްތިރިކުރުމަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ދެމިހުރި ކޮންމެ މުވައްޒަފަކަށް، މަހަކު އެއްފަހަރު ދެވޭ އެލަވަންސެކެވެ.
(ށ) ޔުނީފޯމް އެލަވަންސްގެ މިންވަރު، މި ގަވާއިދުގެ 67 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލާ އުސޫލުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސް، ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް ދޭ ޗުއްޓީއާއި، މުސާރައިގެ 2/1 (ދެބައިކުޅައެއްބައި) ލިބޭގޮތަށް ދޭ ޗުއްޓީގައި ހުންނަ މުއްދަތުގައި ނުލިބޭނެއެވެ.
73 ވަނަ މާއްދާ - ފެރީ އެލަވަންސް
(ހ) ފެރީ އެލަވަންސަކީ، ޑިއުޓީއަށް ކަނޑުމަގުން އެހެން ރަށަކަށް ދާންޖެހޭ މުވައްޒަފުންނަށާއި، އެ މުވައްޒަފު ދިރިއުޅޭ ރަށަށް ކޮންމެ ޑިއުޓީ ދުވަހަކު ޑިއުޓީ ނިންމުމަށްފަހު ކަނޑުމަގުން އެނބުރި އަންނަންޖެހޭ މުވައްޒަފުންނަށް، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން، މަހަކު އެއްފަހަރު ދެވޭ އެލަވަންސެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި ޑިއުޓީއަށް ދާ މުވައްޒަފުން ފެރީ އެލަވަންސް ހޯދުމަށް އެދި ހުށަހަޅަންވާނީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން ކަނޑައަޅާ ގޮތެއްގެ މަތީން، ލިޔުމުންނެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސްގެ މިންވަރުތައް، މި ގަވާއިދުގެ 67 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލާ އުސޫލުގައި ބަޔާންކުރަންވާނެއެވެ.
74 ވަނަ މާއްދާ - ޕްރޮފެށަނަލް އެލަވަންސް
(ހ) ޕްރޮފެށަނަލް އެލަވަންސަކީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާގޮތަށް، ލެވެލް 5 އިން ފެށިގެން މަތީގެ ކޯހެއް ފުރިހަމަކޮށްފައިވާ މުވައްޒަފުންނަށް،މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަހަކު އެއްފަހަރު ދެވޭ އެލަވަންސެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވަންސް ދެވޭނީ، މުވައްޒަފު ހާސިލުކޮށްފައިވާ އެންމެ މަތީ ސަނަދެއްގެ ލެވެލަށް ކަނޑައެޅިފައިވާ މިންވަރަށެވެ. މިގޮތުން ސަނަދުތަކުގެ ލެވެލަށް އެލަވަންސް ދެވޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
- ލެވެލް 5 ގެ ކޯސްތަކާއި ލެވެލް 6 ގެ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް، އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %10 (ދިހައެއް އިންސައްތަ)؛
- ލެވެލް 7 ގެ ކޯސްތަކާއި ލެވެލް 8 ގެ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް، އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %15 (ފަނަރަ އިންސައްތަ)؛
- ލެވެލް 9 ގެ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް، އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %20 (ވިހި އިންސައްތަ)؛
- ލެވެލް 10 ގެ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް، އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %25 (ފަންސަވީސް އިންސައްތަ).
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސް ލިބޭނީ، އެ މުވައްޒަފު ފުރިހަމަކޮށްފައިވާ ކޯހުން ހޯދައިފައިވާ ސަނަދަކީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން، އެ އިދާރީ ބަހާއިން ގަބޫލުކުރާ ސަނަދެއްނަމައެވެ.
75 ވަނަ މާއްދާ - ޓެކްނިކަލް އެލަވަންސް
(ހ) ޓެކްނިކަލް އެލަވަންސަކީ، ޕްރޮފެށަނަލް އެލަވަންސް ލިބޭ މުވައްޒަފުން ފިޔަވައި، ފުލުހުންގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ނުވަތަ އެފަދަ ޓެކްނިކަލް ދާއިރާއަކުން ތައުލީމު ނުވަތަ ތަމްރީނު ހާސިލުކޮށްގެން ސަނަދު ލިބިފައިވާ މުވައްޒަފުންނަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަހަކު އެއްފަހަރު ދެވޭ އެލަވަންސްއެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވަންސް ދެވޭނީ، މުވައްޒަފު ހާސިލުކޮށްފައިވާ ތައުލީމު ނުވަތަ ތަމްރީނު ޕްރޮގްރާމުގެ މުއްދަތަށް ބަލައި، އަންނަނިވި ގޮތުގެ މަތީންނެވެ.
- ތައުލީމު ނުވަތަ ތަމްރީނު ހާސިލުކޮށްފައިވާ ޕްރޮގްރާމްތަކުގެ މުއްދަތަކީ 9 (ނުވައެއް) މަސްދުވަހުން ފެށިގެން 34 (ތިރީސްހަތަރެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއް ކަމުގައި ވާނަމަ، އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %10 (ދިހައެއް އިންސައްތަ)؛
- ތައުލީމު ނުވަތަ ތަމްރީނު ހާސިލުކޮށްފައިވާ ޕްރޮގްރާމްތަކުގެ މުއްދަތު 34 (ތިރީސްހަތަރެއް) މަސްދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %15 (ފަނަރަ އިންސައްތަ).
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސް ދިނުމުގެ ބޭނުމަށް، ތައުލީމު ނުވަތަ ތަމްރީނު ޕްރޮގްރާމަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތާ ގުޅުންހުރި ކޯހެއްކަން ކަނޑައެޅުމުގައި ބަލާނެ ހަމަތަކާއި، އެފަދަ ތައުލީމު ނުވަތަ ތަމްރީނު ޕްރޮގްރާމުގެ މުއްދަތު ކަނޑައަޅާނެ އުސޫލެއް، މި ގަވާއިދުގެ ދަށުން އެކުލަވައިލަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސް ލިބޭ އެއްވެސް މުވައްޒަފަކަށް، މި ގަވާއިދުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮފެށަނަލް އެލަވަންސެއް ނުލިބޭނެއެވެ.
76 ވަނަ މާއްދާ - މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ފުލުހުންނަށް ލިބިދެވޭ އިނާޔަތްތައް،ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ރަމަޒާންމަހުގެ ހާއްސަ އިނާޔަތް؛
- ކެއިންބުއިމުގެ ހިދުމަތުގެ އެލަވަންސް ނުވަތަ ކޮއްތު އެލަވަންސް؛
- ފުލުހުންނާއި، ފުލުހުންގެ އާއިލާއަށް ބޭސްފަރުވާ ކުރުން؛
- ފުލުހަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް އަދާކުރުމާ ގުޅިގެން އެ ފުލުހަކަށް ނުވަތަ އޭނާގެ މުދަލަށް މީހަކު ނުވަތަ ބަޔަކު ގަސްތުގައި ދޭ ގެއްލުމުގެ ބަދަލު؛
- ފުލުހުންނާއި، ފުލުހުންގެ އާއިލާތަކަށް ސަލާމަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުން؛
- ވާޖިބު އަދާކުރަމުންދަނިކޮށް އަނިޔާވުމުން ލިބިދޭ އިނާޔަތް؛
- ވާޖިބު އަދާކުރަމުންދަނިކޮށް ނިޔާވުމުން، ނިޔާވިމީހާގެ އާއިލާއަށް ލިބިދޭ އިނާޔަތް
- ވާޖިބު އަދާކުރަމުންދަނިކޮށް ށަހީދުވާމީހާގެ އާއިލާއަށް ލިބިދޭ އިނާޔަތް؛
- ހިދުމަތުގައި ދެމިހުއްޓާ ނިޔާވާ ފުލުހުންގެ އާއިލާއަށް ލިބިދޭ އިނާޔަތް؛
- ފުލުހުންނަށް އެއްގަމު އުޅަނދު ހަމަޖައްސައިދިނުން؛
- ކަނޑު އުޅަނދުފަހަރުގައި އަމިއްލަ ދަތުރުކުރުން؛
- ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހަރަދު؛
- ހާއްސަ އެހީގެ ފައިސާ؛
- ފުލުހުން ނިދުމުގެ އިންތިޒާމު؛
- ނިޔާވާ ފުލުހުގެ ޖަނާޒާއާއި، ފުލުހެއްގެ އާއިލާގެ މެންބަރުންގެ ޖަނާޒާގެ ހަރަދު.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތްތައް މުވައްޒަފުންނަށް ލިބޭނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
77 ވަނަ މާއްދާ - ރަމަޒާންމަހުގެ އިނާޔަތް
ރަމަޒާންމަހުގެ އިނާޔަތަކީ، ރަމަޒާންމަހުގެ މުނާސަބަތުގައި ހުރިހާ މުސްލިމު މުވައްޒަފުންނަށް ދެވޭ އިނާޔަތެކެވެ. މި އިނާޔަތުގެ ފައިސާ ދޭނީ، މާލީ ކަންތައްތައް ބަލަހައްޓާ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
78 ވަނަ މާއްދާ - ކެއިންބުއިން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ވަކި އުސޫލަކުން މުވައްޒަފުންނަށް ކެއިންބުއިމުގެ އިންތިޒާމު، ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދޭން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައި ނުދެވޭނެ ފަރާތްތަކަށް، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން، ކޮއްތު ފައިސާ ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޮއްތު ފައިސާ ދިނުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާން ކޮށްފައިވާ އުސޫލެއް އެކުލަވައިލަންވާނެއެވެ. އަދި އެ އުސޫލުގައި، ކޮއްތު ފައިސާގެ މިންވަރާއި، ކޮއްތު ފައިސާ ދިނުމުގެ ށަރުތުތަކާއި، ކޮއްތު ފައިސާ އުނިކުރެވޭނެ ހާލަތްތައް ބަޔާންކުރަންވާނެއެވެ.
79 ވަނަ މާއްދާ - މުވައްޒަފަށާއި، މުވައްޒަފުގެ އާއިލާއަށް ބޭސްފަރުވާ ކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ދެމިހުރި ފުލުހަކު ބަލިވުމުން ނުވަތަ ފުލުހެއްގެ އާއިލާގެ މެންބަރަކު ބަލިވުމުން، ދައުލަތުގެ ހަރަދުގައި އެ މީހަކަށް ނުވަތަ އާއިލާގެ މެންބަރަށް ބޭސްފަރުވާ ކޮށްދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮ ށްފައިވާ ފަދައިން މުވައްޒަފަކު ބަލިވުމުން އެ ބައްޔަށް ބޭސްފަރުވާ ކުރެވެން އޮތީ، ދިވެހިރާއްޖެއިން ބޭރުން ކަމުގައި ވާނަމަ، އެ ހާލަތުގައި ބޭސްފަރުވާ ކުރުމަށް ހިނގާނެ ހަރަދު ހަމަޖެއްސުމަށް މުވައްޒަފަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ބޭސްފަރުވާކުރުމަށް ހިނގާނެ ހަރަދު ހަމަޖެއްސުމަށް ދޭ ފައިސާގެ އެހީތެރިކަން ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި، އެ އެހީތެރިކަން ދިނުމުގެ ށަރުތުތައް ބަޔާންކޮށްފައިވާ އުސޫލެއް، ކޮމިށަނަރ އޮފް ޕޮލިސް އެކުލަވައިލަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ބޭސްފަރުވާކުރުމަށް ހިނގާނެ ހަރަދު ހަމަޖެއްސުމަށް ދޭ ފައިސާގެ އެހީތެރިކަން ދިނުމުގައި، އެ ބައްޔަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާކުރުމުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ ސޯށަލް ޕްރޮޓެކްށަންގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖައްސައިފައިވާ އެކިއެކި ސްކީމްތަކުން ލިބޭ އެހީތެރިކަމުގެ މިންވަރަށް ރިއާޔަތް ކުރަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހުންގެ އާއިލާގެ މެންބަރުންނަށް ބޭސްފަރުވާކޮށްދިނުމުގެ އުސޫލުތަކާ އެއްގޮތަށް ބޭސްފަރުވާ ކޮށްދިނުމުގައި ފުލުހުންގެ އުފަންދަރިންގެ ތެރޭގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އުމުރުން 18 (އަށާރަ) އަހަރު ފުރިފައި ވީނަމަވެސް، އެފަދަ ފަރާތްތަކަށް ބޭސްފަރުވާކުރުމަށް ދާ ހަރަދު، ވެލްފެއަރ އުސޫލުން ހަމަޖެއްސައިދިނުމަށް ނިންމިދާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ބޭނުމަށް ޓަކައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމުގައި ބަލާނީ، ހުރި ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެ މީހެއްގެ އަމިއްލަ ޒަރޫރީ ކަންކަން އެހެންމީހެއްގެ ސީދާ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ނޫނީ ނުކުރެވޭ ހާލަތުގައި ތިބޭ ފަރާތްތަކަށެވެ.
80 ވަނަ މާއްދާ - ޕޮލިސް ރެކްރޫޓުންނަށް މުސާރައާއި އިނާޔަތްދިނުން
(ހ) ފުލުހުންގެ ވަޒީފާއަށް ވަންނަ މީހުން، ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކޮށް، އެއާ ވިދިގެން ފުރިހަމަކުރަންޖެހޭ ފީލްޑް ޓްރެއިނިންގ މުއްދަތު ފުރިހަމަކޮށް، ކޮލިފައިޑް ޕޮލިސް އޮފިސަރަކަށް ވުމާ ހަމަޔަށް ދޭނީ، ޕޮލިސް ރެކްރޫޓުންގެ މަގާމަށް ކަނޑައަޅައިފައިވާ މުސާރައެވެ.
(ށ) ދިވެހި ފުލުހުންގެ ހިދުމަތަށް އަލަށް ރެކްރޫޓްކުރާ ފަރާތްތަކަށް، އެލަވަންސާއި އިނާޔަތްތައް ދިނުމުގައި އަމަލުކުރާނީ، ފުލުހުންނެކޭ އެއް އުސޫލުންނެވެ.
81 ވަނަ މާއްދާ - ސަސްޕެންޑް ކުރެވޭ ފަރާތްތަކަށް މުސާރައާއި، އެލަވަންސާއި، އިނާޔަތްތައް ދިނުން
(ހ) ތައުދީބީ މައްސަލައެއްގައި ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތުގައި މުސާރަ ލިބޭގޮތަށް ސަސްޕެންޑްކުރާ ފަރާތްތަކަށް، ސަސްޕެންށަނުގެ މުއްދަތުގައި އަސާސީ މުސާރައިގެ އިތުރުން ލިބޭނީ، އަންނަނިވި އެލަވަންސްތަކާއި އިނާޔަތްތަކެވެ.
- ނޮންޕްރެކްޓިސް އެލަވަންސް؛
- ރަމަޒާންމަހުގެ އިނާޔަތް؛
- ދިގުމުއްދަތުގެ އެލަވަންސް؛
- ޕްރޮފެށަނަލް އެލަވަންސް ނުވަތަ ޓެކްނިކަލް އެލަވަންސް؛
- ލިވިންގ އެލަވަންސް؛
- ބޭސްފަރުވާގެ ހިދުމަތް.
(ށ) މުސާރަ ލިބޭގޮތަށް ސަސްޕެންޑުކުރާ ފަރާތެއްގެ މައްޗަށް ތުހުމަތު ކުރެވިގެން ބެލި ތައުދީބީ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ނިންމައި ވަޒީފާއަށް ނެރުނު ނަމަވެސް، އެ ފަރާތަކަށް ސަސްޕެންށަނުގެ މުއްދަތުގައި ހިފަހައްޓައިފައިހުރި އެއްވެސް އެލަވަންސެއް ނުވަތަ އިނާޔަތެއް އިޔާދައެއް ނުކުރެވޭނެއެވެ.
(ނ) މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކުރާ ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވިގެން ބެލި ތައުދީބީ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ނިންމައި ވަޒީފާއަށް ނެރެފިނަމަ، ސަސްޕެންށަނުގެ މުއްދަތުގައި އެ ފަރާތަށް ލިބެންވާ އަސާސީ މުސާރައިގެ އިތުރުން،މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވަންސްތަކާއި އިނާޔަތްތައް އިޔާދަކޮށްދޭންވާނެއެވެ.
82 ވަނަ މާއްދާ - މަސްއޫލިއްޔަތުއަދާކުރުމުގެ ތެރެއިން ފުލުހުންގެ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުން
(ހ) ފުލުހަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް އަދާކުރުމުގެ ތެރެއިން ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގެ ސަބަބުން، އެ ފުލުހަކަށް ނުވަތަ އޭނާގެ މުދަލަށް ނުވަތަ ގޯތިގެދޮރަށް މީހަކު ނުވަތަ ބަޔަކު ގަސްތުގައި ދޭ ގެއްލުމުގެ ބަދަލު، ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މުދަލަކަށް ލިބުނު ގެއްލުމެއްގެ ބަދަލު މުވައްޒަފަށް ލިބިދިނުމަށްފަހު، އެ މުދަލަށް ގެއްލުންދިން ފަރާތުގެ ކިބައިން އެ ބަދަލު ހޯދުމަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ދައުވާ ކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި، މުދަލަށް ދީފައިވާ ގެއްލުމަކީ، ފުލުހަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް އަދާކުރުމާ ގުޅިގެން ބަޔަކު ގަސްތުގައި ހިންގި އަމަލެއްކަން ކަނޑައަޅަންވާނީ، އެފަދަ މައްސަލައެއް ތަހުގީގު ކުރުމަށް ފަހުގައެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފުލުހެއްގެ މުދަލަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގައި ހަމަޖައްސައިދޭންވާނީ، އެ މުދަލަކަށް ލިބުނު ގެއްލުން މަރާމާތުކުރެވޭނެ ހާލަތުގައި އެ އެއްޗެއް މަރާމާތުކުރުމަށް ދާ ހަރަދެވެ. އަދި
އެ މުދަލަށް ލިބުނު ގެއްލުމަކީ އެ އެއްޗެއް އަލުން އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއްނަމަ، އެފަދަ އެހެން މުދަލެއް ހޯދުމަށް ދާ ހަރަދު ނުވަތަ އެފަދަ އެހެން އެއްޗެކެވެ.
(ބ) މި މާއްދާގެ ބޭނުމަށް ޓަކައި، ފުލުސްމީހާގެ ގޯތިގެދޮރުގެ މާނައިގެ ތެރޭގައި އެ ފުލުހަކު ނުވަތަ އޭނާގެ އާއިލާ އެ ވަގުތަކު ދިރިއުޅޭ ތަން ހިމެނެއެވެ.
83 ވަނަ މާއްދާ - ފުލުހުންނާއި، ފުލުހުންގެ އާއިލާއަށް ސަލާމަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުން
(ހ) ފުލުހަކު އަދާކުރަމުންދާ ނުވަތަ އަދާކޮށްފައިވާ ރަސްމީ މަސައްކަތަކާ ގުޅިގެން އޭނާއަށް ނުވަތަ އޭނާގެ އާއިލާއަށް ނުރައްކަލެއް، ބަޔަކު މީހުންގެ ފަރާތުން ނުވަތަ މީހެއްގެ ފަރާތުން ދިމާވެދާނެކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައި، އޭނާއަށް ނުވަތަ އޭނާގެ އާއިލާއަށް ބޭނުންވާނެ ސަލާމަތާއި ރައްކައުތެރިކަން، ދިވެހި ފުލުހުންގެ ހިދުމަތުން ފޯރުކޮށްދޭންވާނެއެވެ.
(ށ) ފުލުހަކަށް ނުވަތަ އޭނާގެ އާއިލާއަށް ސަލާމަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުމުގައި އެފަދަ ނުރައްކަލެއް އޮތް މިންވަރަށް، ރިއާޔަތްކޮށް، ސެކިއުރިޓީ ބެލެހެއްޓުމަށް މީހުން ބޭތިއްބުން، ނުވަތަ އޭނާ ދިރިއުޅޭ ތަން ބަދަލުކުރުމުގެ ކަންތައްތައް، ނުވަތަ އޭނާ ދިރިއުޅޭ ތަނުގައި ސެކިއުރިޓީ ސިސްޓަމް ގާއިމްކޮށް ބެލެހެއްޓުމަށް ނިންމިދާނެއެވެ.
84 ވަނަ މާއްދާ - ވާޖިބު އަދާކުރަމުންދަނިކޮށް ލިބޭ އަނިޔާއަށް ބޭސްފަރުވާކުރުން
(ހ) ފުލުހަކު އެ މީހެއްގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ހަށިގަނޑަށް މާއްދީ ނުވަތަ ޖިސްމާނީ އަނިޔާއެއް ވެއްޖެނަމަ، އެ އަނިޔާއަށް ބޭސްފަރުވާކުރުމުގެ އެންމެހައި ހަރަދުތައް ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމުގެ އެންމެހައި ހަރަދުތައް ވެސް ހިމެނިގެންވެއެވެ.
(ށ) މި ގަވާއިދުގެ ބޭނުމަށް ޓަކައި، ވާޖިބު އަދާކުރަމުންދނިކޮށް އަނިޔާވުން ކަމަށް ބުނެފައި އެ ވަނީ، އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި އެ މީހަކަށް ލިބޭ ނުވަތަ ބަދަލު ހިފުމުގެ ގޮތުންދޭ އަނިޔާއަށެވެ.
- ރަސްމީ ގަޑީގައި ނުވަތަ އެ ނޫންވެސް ގަޑިއެއްގައި، ކަނޑައެޅިގެން ފުލުހަކާ ހަވާލުކޮށްފައިވާ ވަކި މަސްއޫ ލިއްޔަތެއް، ނުވަތަ ވަޒީފާއެއް، ނުވަތަ މަސައްކަތެއް، ނުވަތަ ކަމެއް ކުރުމުގެ ތެރޭގައި އަނިޔާވުން؛
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތެއް،ނުވަތަ ވަޒީފާއެއް، ނުވަތަ މަސައްކަތެއް، ނުވަތަ ކަމެއް ކުރުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމުގެ ތެރޭގައި ލިބޭ އަނިޔާ؛
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ނަންބަރުގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމުގެ ސަބަބުން، އެ ކަމާ ސީދާ ގުޅުވައިގެން ބަދަލުހިފުމުގެ ގޮތުން މީހަކު ދޭ އަނިޔާ.
(ނ) ވާޖިބު އަދާކުރަމުންދަނިކޮށް ލިބޭ އަނިޔާއަކާ ގުޅިގެން ފުލުހެއްގެ ވަޒީފާގައި ދެމިނުހުރެވުމުން ވަޒީފާއިން ވަކިކޮށްފައިވާ ފުލުހުންނަށް، އެ ފުލުހަކު ވަޒީފާގައި ދެމިހުރިއިރު ބޭސްފަރުވާ ކޮށްދިނުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މީހަކާއި، އެ މީހެއްގެ އާއިލާއަށް، ދިވެހި ފުލުހުންގެ ހިދުމަތުން ބޭސްފަރުވާ ކޮށްދޭންވާނެއެވެ.
85 ވަނަ މާއްދާ - ވާޖިބުއަދާކުރަމުންދަނިކޮށްލިބޭ އަނިޔާއަކާ ގުޅިގެން ސިއްހީ ހާލަތުހުރިގޮތުން ވަޒީފާގައި ދެމިނުހުރެވިގެން ވަޒީފާއިން ވަކިވާ ފަރާތްތަކަށް ލިބިދޭ އިނާޔަތްތައް
(ހ) ފުލުހުންގެ ހިދުމަތުގެ ވާޖިބު އަދާކުރަމުންދަނިކޮށް ލިބޭ އަނިޔާއަކާ ގުޅިގެން ސިއްހީ ހާލަތު ހުރިގޮތުން ވަޒީފާގައި ދެމިނުހުރެވުމުގެ ސަބަބުން ވަޒީފާއިން ވަކިކުރާ ފުލުހުންނަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިނާޔަތް ލިބޭނީ، އެ ފުލުހެއްގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ފުލުހަކަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ނުވަތަ އެފަދަ އަނިޔާއަކާ ގުޅިގެން އޭނާގެ ސިއްހީ ހާލަތު ރަނގަޅުނުވެ، އެގޮތަށް ދިގުދެމިގެން ދިއުމުން، ނުވަތަ އޭނާގެ ހާލަތު އިތުރަށް ގޯސްވަމުންދާނަމަ، ނުވަތަ އޭނާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަކީ ފުލުހެއްގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭވަރުގެ މީހެއް ކަމުގައި ވާނަމައެވެ.
(ށ) ފުލުހުންގެ ހިދުމަތުގެ ވާޖިބުގައި ލިބޭ އަނިޔާއަކާ ގުޅިގެން ސިއްހީ ހާލަތު ހުރިގޮތުން ފުލުހެއްގެ ވަޒީފާގައި ދެމި ނުހުރެވޭނެކަމަށް ކަނޑައަޅަންވާނީ، އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހު، އެގްޒެކެޓިވް މެނޭޖުމަންޓް ބޯޑުންނެވެ.
- މެޑިކަލް ސެޓުފިކެޓުތަކަށާއި، ޑޮކްޓަރުގެ ލަފާ؛
- އަދާކުރަމުންދާ މަސައްކަތާއި، އެ ފުލުހަކާ ހަވާލުކުރެވިދާނެ އެހެން މަސައްކަތް؛
- މަސައްކަތުގެ އަހްލާގާއި ސުލޫކު.
(ނ) ވާޖިބު އަދާކުރަމުންދަނިކޮށް ލިބޭ އަނިޔާއަކާ ގުޅިގެން ވަޒީފާގައި ދެމިނުހުރެވުމުގެ ސަބަބުން ވަޒީފާއިން ވަކިކުރާ ފުލުހުންނަށް، އޭނާގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި، ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ އަސާސީ މުސާރަ އޭނާއަށް ދޭންވާނެއެވެ. މިއީ މަހަކު އެއްފަހަރު ދެވޭނެ އިނާޔަތެކެވެ.
(ރ) ވާޖިބު އަދާކުރަމުންދަނިކޮށް ލިބޭ އަނިޔާއަކާ ގުޅިގެން ވަޒީފާގައި ދެމިނުހުރެވުމުގެ ސަބަބުން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކިވާ ފުލުހަކީ، ދިވެހި ފުލުހުންގެ ހިދުމަތުން ށަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމުން ރިޓަޔަރމަންޓުގެ އިނާޔަތް ހައްގުވާ ފުލުހަކަށް ވާނަމަ، އެ ހާލަތުގައި އެ ފުލުހަކަށް ލިބިދެވޭނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތާއި، ގަވާއިދު ނަންބަރު 2022-67 (ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިނާޔަތާ މި ދެ އިނާޔަތުންކުރެ އެ މީހަކު އިހްތިޔާރުކުރާ ކޮންމެވެސް އެއް އިނާޔަތެކެވެ. އެއްވެސް ހާލަތެއްގައި ދެ އިނާޔަތެއް ނުދެވޭނެއެވެ.
86 ވަނަ މާއްދާ - ވާޖިބުއަދާކުރަމުންދަނިކޮށްނިޔާވާ ފުލުހުންގެ އާއިލާއަށް ދެވޭ އިނާޔަތް
(ހ) ފުލުހުންގެ ވާޖިބު އަދާކުރުމުގައި ހަރަކާތްތެރިވަނިކޮށް ނިޔާވާ މުވައްޒަފުންގެ އާއިލާގެ މެންބަރުންގެ ތެރެއިން އަންނަނިވި ފަރާތްތަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ދައުލަތުން ހާއްސަ އިނާޔަތް ލިބިދޭންވާނެއެވެ.
- ނިޔާވިއިރު އިނދެގެން ހުރި މީހާ އެހެން މީހަކާ އިންނަންދެން؛
- ނިޔާވިއިރު އޭނާގެ އަނބިމީހާގެ ބަނޑުގައިވާ ދަރިފުޅު ވިހެއުމަށްފަހު، އެ ދަރިފުޅުގެ އުމުރުން 18 (އަށާރަ) އަހަރުވަންދެން އަދި ށަރުއީ ގޮތުންނާއި ގާނޫނީގޮތުން މުވައްޒަފުގެ ބަލަދުވެރިކަމުގެ ދަށުގައި ތިބި ދަރިންގެ ތެރެއިން 18 (އަށާރަ) އަހަރު ނުފުރޭ ދަރިންނަށް 18 (އަށާރަ) އަހަރު ފުރެންދެން؛
- ނިޔާވިއިރު ދުނިޔޭގައި ތިބި މައިންބަފައިން ދުނިޔޭގައި ތިބިހައި ހިނދަކު.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަރާތްތަކަށް ދައުލަތުންދޭ ހާއްސަ އިނާޔަތުގެ ގޮތުގައި އަންނަނިވި އިނާޔަތްތައް ހައްގުވާނެއެވެ.
(1) ވާޖިބު އަދާކުރަމުންދަނިކޮށް ނިޔާވި މުވައްޒަފަށް، އޭނާ ނިޔާވިއިރު ލިބެމުންދިޔަ މުސާރައާއި އިނާޔަތްތައް އެއްކޮށްލުމުން ޖެހޭ ޖުމު ލަ އަދަދުގެ %140 (އެއްސަތޭކަ ސާޅީސް އިންސައްތަ) އެ ފުލުހަކު ހިދުމަތްކުރި ކޮންމެ އަހަރަކާ ގުނަކުރުމުން ޖެހޭ އަދަދު އެކީ އެއްފަހަރާ؛
(2) ވާޖިބު އަދާކުރަމުންދަނިކޮށް ނިޔާވި މުވައްޒަފަށް، އޭނާ ނިޔާވިއިރު ލިބެމުންދިޔަ އަސާސީ މުސާރައިގެ %140 (އެއްސަތޭކަ ސާޅީސް އިންސައްތަ) ކޮންމެ މަހަކު އެއްފަހަރު.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިނާޔަތުގެ ފައިސާ، ނިޔާވި މުވައްޒަފުގެ އާއިލާގެ މެންބަރުންގެ ތެރެއިން އެ ފައިސާ ހައްގުވާކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ދޫކުރުމުގައި އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- އާއިލާގެ މެންބަރުންގެ މެދުގައި ފައިސާ ހަވާލުކުރަންވީ ވަކިފަރާތެއް ކަނޑައަޅައި އެ ކަން އަންގައިފިނަމަ، އެ ފަރާތަކަށް ފައިސާ ހަވާލުކުރުން؛
- އާއިލާގެ މެންބަރުގެ މެދުގައި، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އެއްބަސް ނުވެވޭނަމަ، ފައިސާ ހަވާލުކުރާނެ ފަރާތެއް ށަރުއީ ކޯޓެއް މެދުވެރިކޮށް ކަނޑައެޅުން.
(ރ) ވާޖިބު އަދާކުރަމުންދަނިކޮށް ނިޔާވި ފުލުހަކީ، ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިވެގެން ވަގުތީ ބޯހިޔާވަހިކަމެއް ހަމަޖައްސައިދީފައިވާ ފަރާތެއްނަމަ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދީފައިވާ ތަން އެ މީހަކު ނިޔާވި ތާރީހުން ފެށިގެން މީލާދީ 6( ހައެއް( މަސްދުވަހުގެ މުއްދަތަށް ބޭނުންކުރުމުގެ ފުރުސަތު އޭނާގެ އާއިލާއަށް ދޭންވާނެއެވެ.
(ބ) ވާޖިބު އަދާކުރަމުންދަނިކޮށް ނިޔާވި ފުލުހަކީ، ދިވެހި ފުލުހުންގެ ހިދުމަތް
މެދުވެރިވެގެން ދާއިމީ ބޯހިޔާވަހިކަމެއް ހަމަޖައްސައިދީފައިވާ ފަރާތެއްނަމަ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ ތަނަށް ދައްކަންޖެހޭ ފައިސާ، ނުވަތަ ޕްރިމިއަމް، އެ މީހެއްގެ އާއިލާއިން ދެއްކުމަށް އެއްބަސްވާ ހާލަތެއްގައި އެ ތަން މިލްކުކުރުމުގެ ފުރުސަތު، ނިޔާވި ފުލުސްމީހާގެ އާއިލާއަށް ލިބިދޭންވާނެއެވެ. މި ގޮތުން އެފަދަ ތަނެއް މިލްކުރުމަށް ދައްކަންޖެހޭ ފައިސާ، އާއިލާގެ ފަރާތުން ދެއްކުމަށް ދެވޭނީ ފުލުސްމީހާ އެއްބަސްވެފައިވާ މުހުލަތެވެ.
(ޅ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިރިއުޅުމަށް ހަވާލުކޮށްފައިވާ ތަން އެކަށީގެންވާ ރަނގަޅު ގޮތެއްގައި ނުބެލެހެއްޓުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރޭ ހާލަތާއި، ތަކުރާރުކޮށް އެ ތަނެއްގެ ތެރޭގައި ޖިނާއީ ކުށްކުރާ ހާލަތްތަކުގައި، ވާޖިބު އަދާކުރަމުންދަނިކޮށް ނިޔާވި ފުލުހުސްމީހާގެ އާއިލާގެ ކިބައިން އެ ތަން ނެގޭނެއެވެ.
(ކ) ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު) ތަސްދީގުކުރި ތާރީހުން ފެށިގެން މި ގަވާއިދު ފާސްވުމާ ހަމައަށް، ވާޖިބު އަދާކުރަމުންދަނިކޮށް ނިޔާވެފައިވާ ފުލުހުންގެ އާއިލާތަކަށް، މި މާއްދާގައި (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިނާޔަތުގެ ފައިސާ ދޭންވާނެއެވެ.
87 ވަނަ މާއްދާ - ށަހީދުވި ފުލުހުންގެ އާއިލާއަށް ދެވޭ އިނާޔަތް
(ހ) ފުލުހުންގެ ވާޖިބު އަދާކުރުމުގައި ހަރަކާތްތެރިވަނިކޮށް މީހެއްގެ ފަރާތުން ނުވަތަ ބައެއްގެ ފަރާތުން ކުރިމަތިކުރުވި ހަމަލާއެއް ނުވަތަ ނުރައްކައުތެރި އަމަލެއްގެ ސަބަބުން ނުވަތަ މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އާދަޔާ ހިލާފު ހިތްވަރުގަދަ މަސައްކަތެއް ކުރުމުގެ ތެރޭގައި ށަހީދުވާ ފުލުހުން އެވީ ގުރުބާނީގެ އަގު، ދިވެހި ފުލުހުންގެ ހިދުމަތުން ވަޒަންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ށަހީދުންނަށާއި، އެ ށަހީދުންގެ އާއިލާގެ މެންބަރުންގެ ތެރެއިން، މި ގަވާއިދުގެ 86 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަރާތްތަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދައުލަތުން ހާއްސަ އިނާޔަތްލިބިދޭންވާނެއެވެ.
(ނ) ށަހީދުވި ފުލުހުންގެ އޮފިސަރު، ދިވެހި ފުލުހުންގެ ހިދުމަތުން ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ފަސްދާނުލުން.
(ރ) ށަހީދުވި ފުލުސް އޮފިސަރަށް ރޭންކުގެ ކުރިއެރުން ދިނުން.
(ބ) މި ގަވާއިދުގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި އިނާޔަތްތައް އެ ގޮތުގައި ލިބިދިނުން.
(ޅ) ށަހީދުވި ފުލުސް އޮފިސަރުގެ އާއިލާ، ދިވެހިރާއްޖޭގައި ދިރިއުޅެމުން އައި ރަށުން އެހެން ރަށަކަށް ނުވަތަ އަވަށަކަށް ދިރިއުޅުން ބަދަލުކުރާނަމަ، އޭނާގެ އާއިލާއަށް، ދިވެހި ފުލުހުންގެ ހިދުމަތުން، ދަތުރު ހަރަދު ދޭންވާނެއެވެ.
(ކ) ށަހީދުވި ފުލުސް އޮފިސަރުގެ 18 (އަށާރަ) އަހަރު ނުފުރޭ ދަރިން ދިވެހިރާއްޖޭގައި ތައުލީމު ހާސިލުކުރަމުންދާނަމަ، ތައުލީމު އުނގެނުމަށް ދައްކަންޖެހޭ ފީއާއި، އިމްތިހާނުތަކަށް ދައްކަންޖެހޭ ފީ، އާއިލާއިން އެދިއްޖެ ހާލަތެއްގައި، ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދިނުން.
(އ) ށަހީދުވި ފުލުސް އޮފިސަރު ށަހީދުވިއިރު އޭނާގެ އާއިލާއަށް ދިވެހި ފުލުހުންގެ ހިދުމަތުން ބޭސްފަރުވާ ކޮށްދިނުމުގެ ކަންތައްތައް ހަމަޖައްސަމުންދިޔަ އުސޫލުން ބޭސްފަރުވާ ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުން.
88 ވަނަ މާއްދާ - ހިދުމަތުގައި ދެމިހުއްޓައި ނިޔާވާ ފުލުހުންގެ އާއިލާއަށް ދެވޭ އިނާޔަތް
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހެއްގެ ވަޒީފާގައި ދެމިހުއްޓައި ނިޔާވާ ފުލުހުން، ދިވެހި ފުލުހުންގެ ހިދުމަތަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، އެ ފުލުހެއްގެ އާއިލާއަށް، މި މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތީން އިނާޔަތްތައް ލިބިދޭންވާނެއެވެ.
(ށ) ނިޔާވެފައިވާ ފުލުސް މީހާ ނިޔާވިއިރު ދިވެހި ފުލުހުންގެ ހިދުމަތަށް 20 (ވިހި) އަހަރުދުވަހު ހިދުމަތްކޮށްފައިވާނަމަ، އެ ފުލުހަކަށް ރިޓަޔަރމަންޓް ހަމަޖައްސައިދިނުން.
(ނ) ނިޔާވެފައިވާ ފުލުސް މީހާ ނިޔާވިއިރު ދިވެހި ފުލުހުންގެ ހިދުމަތަށް 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާނަމަ، ނިޔާވިއިރު އޭނާ ހުރި ރޭންކަށް ލިބޭ އަސާސީ މުސާރަ، ނިޔާވި ތާރީހުން ފެށިގެން މީލާދީ 6 (ހައެއް) މަސްދުވަސް ވަންދެން އިނާޔަތެއްގެ ގޮތުގައި އޭނާގެ އާއިލާއަށް ލިބިދޭންވާނެއެވެ.
(ރ) ނިޔާވެފައިވާ ފުލުސް މީހާ ނިޔާވިއިރު، ދިވެހި ފުލުހުންގެ ހިދުމަތަށް 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށްވުރެ މަދު މުއްދަތަކަށް ހިދުމަތްކޮށްފައިވާނަމަ، ނިޔާވިއިރު އޭނާ ހުރި ރޭންކަށް ލިބޭ އަސާސީ މުސާރަ، ނިޔާވި ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް) މަސްދުވަސް ވަންދެން އިނާޔަތެއްގެ ގޮތުގައި އޭނާގެ އާއިލާއަށް ލިބިދޭންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހިދުމަތުގައި ދެމިހުއްޓައި މަރުވީ، އޭނާގެ އަމިއްލަ އިހުމާލުން ހިނގިކަމެއްގެ ސަބަބުން ނުވަތަ ގާނޫނުގައި ކުރުން ހުއްދަނޫން ކަމެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމުގައި ވާނަމަ، އެފަދަ ހާލަތެއްގައި މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސެއް ނުލިބޭނެއެވެ.
89 ވަނަ މާއްދާ - ހާއްސަ އެހީގެ ފައިސާ
(ހ) ފުލުހެއްގެ ވަޒީފާގައި މެދުނުކެނޑި ހިދުމަތްކުރާތާ 10 (ދިހައެއް) އަހަރުދުވަސް ވެފައި ވަނިކޮށް، މަސައްކަތްކޮށް ނޫ ޅެވޭވަރުގެ ބައްޔެއް ވެގެން ނުވަތަ ހާދިސާއެއް މެދުވެރިވެގެން ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ، އާމްދަނީއެއް ލިބޭ މަސައްކަތެއްކޮށް އުޅެވޭ ވަރަށް އެ މީހަކު ރަނގަޅުވަންދެން ނުވަތަ އެ މީހަކު ނިޔާވަންދެން، ވަޒީފާއިން ވަކިކުރިއިރު އެ މީހަކު ހުރި މަގާމަށް ނުވަތަ ރޭންކަންކަނޑައެޅިފައިވާ އަސާސީ މުސާރައިގެ 4/3 (ހަތަރުބައިކުޅަ ތިންބައި) ކޮންމެ މަހަކު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މަސައްކަތްކޮށް ނޫޅެވޭވަރުގެ ބައްޔެއް ވީ އޭނާގެ އަމިއްލަ އިހުމާލުން ހިނގިކަމެއްގެ ސަބަބުން ނުވަތަ ގާނޫނުގައި ކުރުން ހުއްދަނޫން ކަމެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމުގައި ވާނަމަ، އެފަދަ ހާލަތެއްގައި، މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސެއް ނުލިބޭނެއެވެ.
90 ވަނަ މާއްދާ - ފުލުހުންނަށް އެއްގަމު އުޅަނދު ހަމަޖައްސައިދިނުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނަށް، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން، ރަސްމީ ދަތުރުތަކާއި، އާއިލާގެ ދަތުރުތައް ކުރުމަށް އެއްގަމު އުޅަނދެއް ނުވަތަ އެފަދަ ދަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދެވިދާނެއެވެ.
(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ތެރެއިން ސީނިއަރ ސާޖަންޓް ރޭންކުން ފެށިގެން މަތީ ރޭންކުތަކުގެ ފުލުހުންނަށް އިންޓަރެސްޓް ނާރާގޮތަށް ލޯނު އުސޫލުން މޮޓޯ ސައިކަލު ގަނެވޭނެ އިންތިޒާމު، އެކަމަށް ދައުލަތުން ކަނޑައަޅައިފައިވާ ހާއްސަބަޖެޓުގެ ތެރެއިން ހަމަޖައްސައިދެވިދާނެއެވެ. މިގޮތުން މޮޓޯ ސައިކަލު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގައި އަމަލުކުރާނެ ގޮތެއް، ދިވެހި ފުލުހުންގެ ހިދުމަތުގައި ކަނޑައަޅައިފައި އޮންނަންވާނެއެވެ.
91 ވަނަ މާއްދާ - ކަނޑުގެ އުޅަނދުގައި އަމިއްލަ ދަތުރުކުރުން
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ ރޭންކުތަކުގެ މުވައްޒަފުންނަށް،ދިވެހި ފުލުހުންގެ ހިދުމަތުގެ ކަނޑުގެ އުޅަނދުގައި، ރަސްމީ މަސައްކަތަށް ދަތިނުވާނޭހެން، އަމިއްލަ ދަތުރުތަކުގެ ތެރެއިން ކުރު ދަތުރު، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖައްސައި ދޭންވާނެއެވެ.
92 ވަނަ މާއްދާ - ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހަރަދު
(ހ) ރަސްމީ ދަތުރެއްގައި ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ މުވައްޒަފުންނަށް އެހެން ފަރާތަކުން ދަތުރުގެ ހަރަދުތައް ހަމަޖެހިފައިނުވާ ހާލަތުގައި، ދިވެހި ފުލުހުންގެ ހިދުމަތުން، އަންނަނިވި ހަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސަންވާނެއެވެ.
- ދެކޮޅު ދަތުރުގެ ޓިކެޓު؛
- ކެއުމާއި ހުރުމުގެ ހަރަދު؛
- ދަތުރުމަތީގައި ތަނެއްގައި މަޑުކުރަންޖެހޭނަމަ، އެ ތަނެއްގައި ހުރުމުގެ ހަރަދު؛
- ޖީބު ފައިސާ؛
- އިންސިޑެންށިއަލް ހަރަދު.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހަރަދަށްވާ ފައިސާ ދޭންވާނީ، އެފަދަ ގޮތަކަށް މަޑުކުރަންޖެހޭ ވަގުތު 8 (އަށެއް) ގަޑިއިރަށްވުރެ އިތުރުވާނަމައެވެ.
(ނ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހަރަދަށްވާ ފައިސާ ހަމަޖައްސައިދޭނީ، މުވައްޒަފު ކުރާ ދަތުރެއްގައި އެފަދަ ކަމެއް ދިމާވެގެން އެ ކަމަށް ހަރަދު ކުރުމަށްފަހު، އެ ހަރަދުކުރިގޮތުގެ ލިޔުންތައް ހުށަހެޅުމުންނެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހަރަދުތަކުގެ އިތުރުން، އެ މުވައްޒަފަކު ކުރާ ރަސްމީ ދަތުރުގެ ބޭނުން ހާސި ލުކުރުމަށް ޓަކައި އިތުރު ހަރަދެއް ހިނގާނެ ކަމަށް ބެލެވޭނަމަ، އެ ހަރަދަށްވާ ފައިސާ އެ މުވައްޒަފަށް ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
93 ވަނަ މާއްދާ - ނިދުމުގެ އިންތިޒާމު
ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިފައިވާ ބަޖެޓާއި، އެ ކަމަށް ޓަކައި ހަމަޖެހިފައިވާ ވަސީލަތްތައް ތަންދޭ މިންވަރަކުން، ފުލުހުންގެ ތެރެއިން ނިދުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދޭ ފުލުހުންނަށް، ނިދުމުގެ އިންތިޒާމު ހަމަޖައްސައިދެވެން އޮތް އެންމެ ރަނގަޅަކަށް، އެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
94 ވަނަ މާއްދާ - ޖަނާޒާގެ ހަރަދު
(ހ) ފުލުހަކު، ދިވެހިރާއްޖޭގައި ނިޔައުވެއްޖެނަމަ، އެ ފުލުހެއްގެ ޖަނާޒާގެ ކަންތައް، ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދޭން ވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމެއްގައި ފުލުހަކު ނިޔާވެއްޖެނަމަ، އޭނާގެ ޖަނާޒާގެ ހަރަދު، ހަމަޖެހިފައިވާ އުސޫލެއްގެ މަތިން، ދިވެހި ފުލުހުންގެ ހިދުމަތުން ދޭންވާނެއެވެ.
(ށ) ފުލުހަކު، ރަސްމީ މަސައްކަތެއްގައި ދިވެހިރާއްޖެއިން ބޭރުގައި އުޅެނިކޮށް ނިޔައުވެއްޖެނަމަ، އަދި އޭނާގެ ހަށިގަނޑު ދިވެހިރާއްޖެއަށް ގެނައުމަށް އާއިލާއިން އެދިއްޖެނަމަ، އެ ކަން ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދެވިދާނެއެވެ.
(ނ) ފުލުހެއްގެ އާއިލާގެ މެންބަރަކު ނިޔައުވުމުންވެސް އަމަލުކުރެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
95 ވަނަ މާއްދާ - އޮފިށަލް ޕާސްޕޯޓާއި، ޑިޕްލޮމެޓިކް ޕާސްޕޯޓް
އޮފިށަލް ޕާސްޕޯޓާއި، ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރުމުގައި އަމަލުކުރާނީ، ސަރުކާރުގެ ކަމާބެހޭ ރަސްމީ މުއައްސަސާއިން ދިވެހި ޕާސްޕޯޓާ ބެހޭގޮތުން ކަނޑައަޅައިފައިވާ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
ދިހަވަނަ ބާބު
މުސާރައިން އުނިކުރެވޭ ފައިސާ
96 ވަނަ މާއްދާ - ރިޓަޔަރމަންޓް ޕެންށަން ސްކީމް
ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ހުރިހާ މުވައްޒަފުން ބައިވެރިކުރުވަންވާނެއެވެ. ރިޓަޔަރމަންޓް ޕެންށަން ސްކީމާ ގުޅޭ އެންމެހައި ކަންތަކުގައި އަމަލުކުރަންވާނީ، ޕެންށަނާ ގުޅޭ އެންމެހައި ކަންތައްތައް ހިންގުމާއި ބެލެހެއްޓުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ވުޒާރާއިން ކަނޑައަޅައިފައިވާ އުސޫލާއި ގަވާއިދާއެއްގޮތްވާ ގޮތުގެ މަތީންނެވެ.
97 ވަނަ މާއްދާ - ގަޑީލާރި އުނިކުރުން
(ހ) ފުލުހަކު ރަސްމީ ޑިއުޓީއަށް ގަޑިޖެހިގެން ހާޒިރުވެއްޖެނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މުވައްޒަފެއްގެ އަސާސީ މުސާރައިން ގަޑީލާރި އުނިކުރެވޭނެއެވެ. މި ގޮތުން ގަޑީލާރި އުނިކުރެވޭނީ، މުވައްޒަފު ގަޑިޖެހިފައިވާ ވަގުތަށް އަސާސީ މުސާރައިގެ ނިސްބަތުން ޖެހޭ އަދަދަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގަޑީލާރި އުނިކުރުމުގެ ބޭނުމަށް ވަގުތު ބަލާ ނީ މިނިޓުންނެވެ. މި ގޮތުން އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު ބަލާނީ، މަސްދުވަހުގެ އަސާސީ މުސާރަ، 30 (ތިރީސް) އިން ގެއްލީމާ ލިބޭ އަދަދު 8 (އަށެއް) އިން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއަކަށް ޖެހޭވަރު ކަމުގައި ބަލައިގެންނެވެ.
98 ވަނަ މާއްދާ - ސާބިތު ދަރަންޏެއް އަދާކުރުމަށް ނުވަތަ ކްރެޑިޓް ސްކީމްތަކަށް މުސާރަ ހަވާލުކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މުވައްޒަފެއްގެ މައްޗަށް ށަރުއީ ކޯޓަކުން ދަރަންޏެއް ނުވަތަ ހަރަދެއް ސާބިތުވެފައި، އެ ދަރަނި އަދާކުރުމަށް ޓަކައި އެ މުވައްޒަފެއްގެ މުސާރަ ނުވަތަ މުސާރައިން ބައެއް ކޯޓަށް ދެއްކުމަށް ހުކުމެއް ކޮށްފި ހިނދެއްގައި، އެ މުވައްޒަފަކަށް މުސާރަ ލިބިދެވޭނީ، ކޯޓަށް ދައްކަންޖެހޭ ފައިސާ ކެނޑުމަށް ފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަރުއީ ކޯޓެއްގެ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން ށަރުއީ ކޯޓަށް އެއްވެސް އަދަދެއް ދެއްކުމަށް ހުކުމެއް އޮތުމާއެކު، ހަމަ އެ މުވައްޒަފު ކްރެޑިޓް ސްކީމްތަކަށް ނަގައިފައިވާ މުދާ ނުވަތަ ނަގައިފައިވާ ލޯނަކަށް ދައްކަންޖެހޭ ފައިސާ މުސާރައިން އުނިކުރަން ޖެހުނު ނަމަވެސް، އެ ހާލަތުގައި އިސްކަންދޭންވާނީ، ށަރުއީ ކޯޓަށް ދައްކަންޖެހޭ މިންވަރު މުސާރައިން އުނިކުރުމަށެވެ.
(ނ) ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ބޭންކުން ނުވަތަ ލީޒިންގ ކުންފުންޏަކުން ނުވަތަ އެ ނޫންވެސް ކްރެޑިޓް ސްކީމަކުން ނަގައިފައިވާ މުދަލަށް ނުވަތަ ހިދުމަތަކަށް ނުވަތަ ލޯނަކަށް ދައްކަންޖެހޭ ފައިސާއެއް ވާނަމަ، އެ މުވައްޒަފަކަށް މުސާރަ ލިބޭނީ،ދައްކަންޖެހޭ ފައިސާ މުސާރައިން އުނިކުރުމަށް ފަހުގައެވެ.
އެގާރަވަނަ ބާބު
ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުން
99 ވަނަ މާއްދާ - ވަޒީފާ ބަދަލުވުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކު، އެހެން އޮފީހެއްގެ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއަށް ބަދަލުވާން ބޭނުންވެއްޖެނަމަ، އެ ކަމުގެ ހުއްދައަށް، ދިވެހި ފުލުހުންގެ ހިދުމަތުގައި ލިޔުމުން އެދެންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެހެން އޮފީހެއްގެ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއަށް ބަދަލުވާން އެދޭ މުވައްޒަފަކު، ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތްކުރަންޖެހޭ ބޮންޑެއް އޮތްނަމަ، އެ ފަރާތަކާމެދު އަމަލުކުރާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.
- ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތް ކުރުމުގެ ބޮންޑެއް އޮތް މުވައްޒަފެއްނަމަ، ބޮންޑުގެ މުއްދަތުގެ ބަދަލުގައި އެ މުއްދަތަށްވާ ފައިސާ ދައްކާނެ ގޮތަކާމެދު އެއްބަސްވުމެއް ހެދުން ނުވަތަ ފައިސާ ދައްކައި ހަލާސްކުރުން؛
- ސަރުކާރަށް ހިދުމަތްކުރަންޖެހޭ ބޮންޑެއް އޮތް މުވައްޒަފެއްނަމަ، އަދި ބަދަލުވަނީ ސަރުކާރުގެ އޮފީހަކަށް ނަމަ، އެ އޮފީހަކަށް ހިދުމަތް ކުރަން ޖެހޭގޮތަށް ބޮންޑުގެ ބާކީ މުއްދަތު ބަދަލުކުރުން؛
- ސަރުކާރަށް ހިދުމަތްކުރަންޖެހޭ ބޮންޑެއް އޮތް މުވައްޒަފަކަށް ވެފައި،ބަދަލުވުމަށް އެދިފައިވަނީ ސަރުކާރުގެ އޮފީހެއް ނޫން އެހެން ތަނަކަށް ކަމުގައިވަނީނަމަ، ބޮންޑުގެ މުއްދަތުގެ ބަދަލުގައި އެ މުއްދަތަށްވާ ފައިސާ ދައްކާނެ ގޮތަކާމެދު އެއްބަސްވުމެއް ހެދުން ނުވަތަ ފައިސާ ދައްކައި ހަލާސްކުރުން.
100 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތައް
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އަންނަނިވި ހާލަތް ތަކުގެ ތެރެއިން ހާލަތެއްމެދުވެރިވެގެންނެވެ.
(ހ) ފުލުހެއްގެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ އުމުރު ހަމަވުން.
(ށ) ށަރުއީ އެއްވެސް މަރުހަލާއަކުން ޖިނާއީ ކުށެއް ސާބިތުވާކަމަށް ހުކުމް ކުރުން.
(ނ) ތައުދީބީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ވަކިކުރުމަށް ލަފާދިނުން.
(ރ) ވަޒީފާގެ ވާޖިބުތައް އަދާކުރުމަށް ޓަކައި ފުރިހަމަކުރަންޖެހޭ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުން.
(ބ) ވާޖިބު އަދާކުރަމުންދަނިކޮށް ލިބޭ އަނިޔާއަކާ ގުޅިގެން ފުލުހެއްގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރެވޭފަދަ ހާލަތެއް ދިމާވުން.
(ޅ) ޖިސްމާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާ އަދާކުރުމަށް ނުކުޅެދުން.
(ކ) ގަވާއިދު ނަންބަރު 2022-67 (ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު) ގައިވާ ގޮތުގެމަތީން ރިޓަޔަރކުރުން.
(އ) ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އާންމު އިންތިހާބަކަށް ކުރިމަތިލުން.
(ވ) ވަޒީފާއިން ވަކިވާން އެދުން.
(މ) ނިޔާވުން.
(ފ) ވީނުވީގޮތެއް ނޭނގި ގެއްލުން.
101 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން
(ހ) މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، މި ގަވާއިދުގެ 100 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތް ތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން، ކޮމިށަނަރ އޮފް ޕޮލިސް، ލިޔުމުން ވަޒީރަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ވަޒީރު ނިންމުމުންނެވެ.
(ށ) މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، ވަޒީފާއިން ވަކިކުރި ސަބަބާއެކު، އެ މުވައްޒަފަށް އެ ކަން ލިޔުމަކުން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ ބޭނުމަށް ޓަކައި، ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް މުވައްޒަފަށް ފޮނުވުމުން، އެ ލިޔުން މުވައްޒަފަށް ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.
- ލިޔުން ރައްދުވާ މީހާއަށް ހަވާލުކުރުން؛
- ލިޔުން ރައްދުވާ މީހާ ދިރިއުޅޭ އެޑްރެހުގައި އުޅޭ، ތަސައްރުފު ފުދިފައިވާ މީހަކާ އެ ލިޔުން ހަވާލުކުރުން؛
- ލިޔުން ރައްދުވާ މީހާ ދިރިއުޅޭ އެޑްރެހަށް އެ ލިޔުން ޕޯސްޓުކުރުން؛
- ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން ރައްދުވާ މީހާގެ ދާއިމީ އެޑްރެހަށް،ރެޖިސްޓަރޑް ޕޯސްޓުން ފޮނުވުން.
(ރ) ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވަނީ، ގާނޫނާ ހިލާފަށްކަމަށް ށަރުއީ ކޯޓަކުން ކަނޑައަޅައި، ވަޒީފާ އިޔާދަކޮށްދިނުމަށް ކުރާ ހުކުމެއް ތަންފީޒު ކުރަންވާނީ، ނިހާއީ ހުކުމަކަށް އެ ހުކުމް ވުމުންނެވެ.
102 ވަނަ މާއްދާ - އެދިގެން ވަޒީފާއިން ވަކިކުރުން
(ހ) އެސިސްޓަންޓް ކޮމިށަނަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން ދަށުގެ ރޭންކުތަކުގެ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެގެން އެ ކަމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުން އެ ކަމަށް ކަނޑައަޅާ ހާއްސަ ފޯމެއް މެދުވެރިކޮށެވެ.
(ށ) ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުން އެ ކަމަށް އެދި، ވަޒީފާއިން ވަކިވާން ބޭނުންވާ ތާރީހުގެ 30 (ތިރީސް) ދުވަހުގެ ކުރިން، ވަޒީފާއިން ވަކިވުމަށް އެދޭ ފޯމު ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެގްޒެކެޓިވް އޮފިސަރަކު ވަޒީފާއިން ވަކިވާން ބޭނުންވާނަމަ، ވަޒީފާއިން ވަކިވާން ބޭނުންވާ ތާރީހުގެ 2 (ދޭއް) މަސްދުވަހުގެ ކުރިން، ވަޒީފާއިން ވަކިވުމަށް އެދޭ ފޯމު ހުށަހަޅަންވާނެއެވެ.
(ރ) ވަޒީފާއިން ވަކިވުމަށް ހުށަހަޅާ ހުށަހެޅުމާ ގުޅިގެން، ރަސްމީ މަސައްކަތު 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ މީހަކަށް، ދިވެހި ފުލުހުންގެ ހިދުމަތުން ޖަވާބު ދޭންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާ މުވައްޒަފަކީ އަންނަނިވި ހާލަތުގައި ހުރި މުވައްޒަފެއްނަމަ، އެ މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނީ، އެ ކަންކަމާ ގުޅޭގޮތުން މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްފަހުގައެވެ.
- ސަރުކާރަށް ނުވަތަ ދިވެހި ފުލުހުންގެ ހިދުމަށް ވަކި މުއްދަތަކަށް ހިދުމަތް ކުރުމުގެ ބޮންޑެއް އޮވެ، އެ ބޮންޑުގައި ބަޔާންކޮށްފައިވާ މުއްދަތަށް ހިދުމަތްކޮށްފައި ނުވާ މުވައްޒަފުން؛
- ދިވެހި ފުލުހުންގެ ހިދުމަތުން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިވެގެން، އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ލޯނެއް ނަގައި، ނުވަތަ ފައިސާއެއް ދައްކަންޖެހޭ ހިދުމަތެއް ހޯދައި، އެއާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި ހަ ލާސްކޮށްފައިނުވާ މުވައްޒަފުން.
(ޅ) ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައިވާ ފަރާތަކީ، މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުރި މުވައްޒަފެއްނަމަ، އެ ހާލަތާ ގުޅިގެން،މި ގަވާއިދުގެ 99 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށް، އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ މަރުހަލާތައް ކުރިޔަށް ގެންދަންވާނެއެވެ.
(ކ) ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައިވާ ފަރާތަކީ، މި މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުރި މުވައްޒަފެއްނަމަ، އެ މީހަކު ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސް ކުރާނެ ގޮތަކާމެދު ލިޔުމުން އެއްބަސްވުމެއް ހެދުމަށްފަހު މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ މަރުހަލާތައް ކުރިޔަށް ގެންދަންވާނެއެވެ.
(އ) ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވިގެން ބަލަމުންދާ ތައުދީބީ މައްސަލައެއް އޮތްނަމަ، އެ ހާލަތުގައި މުވައްޒަފަށް އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެވޭނީ، އެ މައްސަލަ ނިމުމުންނެވެ. އަދި އެ މުވައްޒަފު ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައިވާ ފޯމު ކެންސަލްކޮށްފައި، މުވައްޒަފަށް އެކަން އަންގަންވާނެއެވެ.
(ވ) މުވައްޒަފަކު ވަޒީފާއިން ވަކިވުމަށް އެދި ހުށަހެޅުމުން، ރަސްމީ މަސައްކަތު 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ދިވެހި ފުލުހުންގެ ހިދުމަތުން، އެ މުވައްޒަފު ވަޒީފާއިން ވަކިކުރަން ނިންމައިފައިވާކަމަށް މުވައްޒަފަށް ޖަވާބުދޭ ތާރީހުން ފެށިގެން،ރަސްމީ ބަންދުނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މުވައްޒަފު ވަޒީފާއިން ވަކިކުރަންވާނެއެވެ.
(މ) ވަޒީފާއިން ވަކިވުމަށް އެދި ހުށަ ހަޅައިފައިވާ މުވައްޒަފަށް، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖަވާބުދޭ ތާރީހުން ފެށިގެން ވަޒީފާއިން ވަކިކުރުމާމެދު ހޭދަވާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައިވާ މުވައްޒަފާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ހަވާލުކޮށްފައިވާ އެންމެހައި ތަކެއްޗެއް، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން އަންގާ ގޮތެއްގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރަންވާނެއެވެ. އަދި މުވައްޒަފުގެ މަސައްކަތްތަކާއި މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން ހަވާލުކޮށްފައިވާ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް، އެ މުވައްޒަފު މަސައްކަތްކުރާ އިދާރީ ބަހާއިން ކަނޑައަޅާ ގޮތެއްގެ މަތީން، އެ ފަރާތުން ކަނޑައަޅާ ވަކި މުވައްޒަފަކަށް ކިޔައިދީ، އެ މުވައްޒަފާ އެ މަސައްކަތްތައް ހަވާލުކޮށް ނިންމަންވާނެއެވެ.
(ފ) ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައިވާ މުވައްޒަފަށް "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" ލިބެންދެން، ގަވާއިދުން ވަޒީފާއަށް ނުކުމެ، އެ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.
(ދ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުގައި،ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ވަޒީފާއިން ވަކިކުރި މީހާގެ ފުރިހަމަ މައުލޫމާތު؛
- ވަޒީފާއިން ވަކިކުރިއިރު ހުރި މަގާމު؛
- ވަޒީފާ ދިން ތާރީހު؛
- ވަޒީފާއިން ވަކިކުރި ތާރީހު؛
- ވަޒީފާއިން ވަކިކުރި ސަބަބު.
(ތ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކު އެހެން އޮފީހަކަށް ބަދަލުވުމަށްފަހު ނުވަތަ ވަޒީފާއިން ވަކިވުމަށްފަހު، ވަޒީފާ އަދާކުރި ގޮތުގެ ލިޔުމެއް ބޭނުންވެގެން އެދިއްޖެނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރި ގޮތުގެ ލިޔުން ދޭންވާނެއެވެ. މި ލިޔުމުގައި، އެ މީހަކު ވަޒީފާގައި އުޅުނުގޮތުގެ ބަޔާނަކާއި، ވަޒީފާއިން ވަކިކުރި ނުވަތަ ވަކިވި ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
ބާރަވަނަ ބާބު
ސެކަންޑްމަންޓު ގެ ގޮތުގައި މަސައްކަތްކުރުން
103 ވަނަ މާއްދާ - ދައުލަތުގެ އެހެން އިދާރާއެއްގެ މަސަ އްކަތަށް މުވައްޒަފުން ވީއްލުން
(ހ) ދައުލަތުގެ އެހެން މުއައްސަސާއަކުން ހިންގާ ކަމެއްގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކު ބައިވެރިކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ ކަމަށް އެ މުއައްސަސާއަކުން، ދިވެހި ފުލުހުންގެ ހިދުމަތުގައި ލިޔުމުން އެދިއްޖެނަމަ،
ވަގުތީގޮތުން މުވައްޒަފަކު ވީއްލުމުގެ އިހްތިޔާރު ކޮމިށަނަރ އޮފް ޕޮލިސްއަށް ނުވަތަ ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް މުވައްޒަފަކު ދޫކުރަންވާނީ، އެ ގޮތުގެ މަތީން ދޫކުރެވޭ މުވައްޒަފު ލައްވައި ކުރުވަން ކަނޑައެޅިފައިވާ މަސައްކަތެއްގެ ކުޑަބޮޑުމިނަށާއި، އެ ތަނެއްގައި އެ މަސައްކަތަކަށް ބޭނުންކުރެވެން ތިބި މީހުންގެ އަދަދަށާއި، މަސައްކަތް ނިންމަންޖެހިފައިވާ މުއްދަތަށް ބެލުމަށްފަހު، އެ ފަރާތަކަށް އެފަދަ އެހީއެއް ކޮންމެހެން ބޭނުންތެރިކަމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ފެނިއްޖެ ހާލަތެއްގައެވެ. އަދި އެ ގޮތަށް މުވައްޒަފު ދޫކުރުމުގެ ސަބަބުން ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތަށް ދަތިނުވާނެ ނަމައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މުވައްޒަފަކު ދޫކުރަންވާނީ، އާންމު އުސޫލުން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި 2 (ދޭއް) އަހަރުދުވަހަށްވުރެ މުއްދަތު އިތުރުކުރާނަމަ، މުވައްޒަފުގެ ރުހުން އެ ކަމަށް އޮތްތޯ ބަލަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޫކުރެވޭ މުވައްޒަފަކު ލައްވައި، އެ މުވައްޒަފު ދޫކުރެވިފައިވާ މަސައްކަތް ނޫން އެހެން މަސައްކަތެއް ކުރުވައިގެން ނުވާނެއެވެ.
(ބ) ވަގުތީގޮތުން ދޫކޮށްފައިވާ މުވައްޒަފުން މަސައްކަތަށް ހާޒިރުވެ ސޮއިކުރަންވާނީ، އެ މުވައްޒަފު ދޫކޮށްފައިވާ އޮފީހުގައެވެ. އަދި އެ މަސައްކަތް ނިމުމުން، ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން، ދޫކޮށްފައިވާ މުވައްޒަފުގެހާޒިރީގެ މައުލޫމާތު، އެ މުވައްޒަފު ދޫކޮށްފައިވާ އިދާރާއިން، ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވަންވާނެއެވެ.
(ޅ) ވަގުތީގޮތުން ދޫކޮށްފައިވާ މުވައްޒަފުންގެ މުސާރައާމެދު އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމަ، އެ މުވައްޒަފެއްގެ މުސާރަ ދޭނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. ވަގުތީގޮތުން ދޫކޮށްފައިވާ މުވައްޒަފު، ދޫކޮށްފައިވާ އިދާރާގެ ފަރާތުން އެ މުވައްޒަފަށް މުސާރަ ދޭން އެއްބަސްވާނަމަ، އެފަދަ ހާލަތެއްގައި އެ މުވައްޒަފަށް ދޭން ކަނޑައަޅާ މުސާރައަކީ އެ މުވައްޒަފަށް ލިބެމުން އަންނަ މުސާރައަށްވުރެ ކުޑަ މުސާރައަކަށް ވެގެން ނުވާނެއެވެ.
(ކ) ވަގުތީގޮތުން ދޫކޮށްފައިވާ މުވައްޒަފު ދޫކޮށްފައިވާ ދައުލަތުގެ އިދާރާއިން އެ މުވައްޒަފާ ހަވާލުކުރެވޭ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން ވަކި އެލަވަންސެއް ނުވަތަ ވަކި ކަމެއް ކުރުމަށް ޕޮކެޓްމަނީއެއް ނުވަތަ އެ ނޫންވެސް އެފަދަ ފައިސާގެ އިނާޔަތެއް ދޭންޖެހޭކަމަށް ކަނޑައަޅައިފިނަމަ، އެފަދަ ފައިސާގެ އިނާޔަތްތައް ހަމަޖައްސަންވާނީ، މުވައްޒަފު ވަގުތީގޮތުން ދޫކުރެވިފައިވާ ދައުލަތުގެ އިދާރާގެ ފަރާތުންނެވެ.
(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަގުތީގޮތުން ދޫކޮށްފައިވާ މުވައްޒަފުގެ ޗުއްޓީ ދިނުމުގެ ކަންތައްތައް ހަމަޖައްސަންވާނީ، އެ މުވައްޒަފު ވަގުތީގޮތުން ދޫކޮށްފައިވާ ދައުލަތުގެ އިދާރާއާއި، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެންނެވެ.
(ވ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަގުތީގޮތުން ދޫކޮށްފައިވާ މުވައްޒަފު ދޫކޮށްފައިވާ ދައުލަތުގެ އިދާރާގައި އެ މުވައްޒަފު މަސައްކަތްކުރި ގޮތުގެ ރިޕޯޓެއް، އެ އިދާރާއިން، ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަންވާނެއެވެ.
104 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގެ އިދާރާއެއްގައި މަސައްކަތްކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ހުރި ފުލުހަކު ދިވެހިރާއްޖެއިން ބޭރުގެ އަންނަނިވި އިދާރާއެއްގައި ސެކަންޑްމަންޓުގެ އުސޫލުން މަސައްކަތްކުރުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ކަނޑައެޅިދާނެއެވެ.
- ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ދިވެހި ކޮންސިއުލަރ މިށަންތައް؛
- ދިވެހިރާއްޖެއިން ބޭރު ގައުމެއްގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް؛
- ސަރަހައްދީ ޖަމުއިއްޔާތައް ނުވަތަ ބައިނަލްއަގްވާމީ ޖަމުއިއްޔާތައް.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސެކަންޑްމަންޓުގެ އުސޫލުން މަސައްކަތްކުރުމަށް ފުލުހުން ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް ކޮމިށަނަރ އޮފް ޕޮލިސް އެކުލަވައިލަންވާނެއެވެ.
105 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަންފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
ފުލުހުންގެ ވަޒީފާގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-85)
ކިޔުންތެރިންގެ ހިޔާލު