-

މާލިއްޔަތުގެ ގަވާއިދު

(ގަވާއިދު ނަންބަރު  2017-20)

(މި ގަވާއިދުގެ 1.01(ށ) އިން ވަނީ މާލިއްޔަތުގެ ގަވާއިދު 2009 އުވާލެވިފައި)

(މި ގަވާއިދު ވަނީ މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158) ގެ 19.02 ވަނަ މާއްދާއިން އުވާލެވިފައި (މި ގަވާއިދުގެ 19.02 ވަނަ މާއްދާގެ (ށ) އިން މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-20) އުވާލެވިފައި)

 

ބާބު 1

އިބްތިދާއީ މާއްދާތައް 

 

1.01 ވަނަ މާއްދާ - ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ތައާރުފާއި ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް ކިޔާނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" އެވެ. މި ގަވާއިދު ހެދިފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 3/2006) ގެ 49 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ހަދާ ފަރާތަކީ މިނިސްޓަރު ކަމުގައި ރައީސުލްޖުމްހުރިއްާޔގެ އޮފީހުގެ ނަންބަރު 13/2006/28/ޖޭ-1 (26 ޖަނަވަރީ 2006) ސިޓީން ހަމަޖެއްސުމާ ގުޅިގެންނެވެ. 

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 11 ފެބުރުވަރީ 2009 ން ފެށިގެން އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އުވުނީއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްކަމުގައިވިޔަސް، މި ގަވާއިދުގެ އެކިއެކި މާސއްދާތަކަށް އަމަލުކުރުމަށް ތަފާތު ތާރީހުތަކެއް މިނިސްޓަރަށް ކަނޑައެޅިދާނެއެވެ. 

(ބ) މި ގަވާއިދުގެ އެއްވެސް މާއްދާއެއް ދިވެހިރާއްޖޭގެ އެހެން ގާނޫނަކާ ތައާރުޒުވާކަން ފާހަގަކުރެވިއްޖެނަމަ، އެފަރާތަކުން އެކަމެއް ލަސްނުކޮށް މިނިސްޓަރަށް ލިޔުމަކުން އަންގަންވާނެއެވެ.

(ޅ) މި ގަވާއިދުގެ ސަބަބުން ދިވެހިރާއްޖޭގެ އެހެން ގާނޫނަކުން އުފުލަންޖެހޭ އެއްވެސް ޒިންމާއަކުން ބަރީއައެއް ނުވެވޭނެއެވެ.

(ކ) ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ މާލީ އުސޫލުތަކާއި އެކަންކަމާގުޅޭ އެހެނިހެން އުސޫލުތައް ހިންގަންވާނީ، އެހެން ގާނޫނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، މި ގަވާއިދާ އެއްގޮތަށެވެ.

(އ) ދައުލަތުގެ މާލިއްޔަތާ ގުޅޭހުރިހާ ކަމެއް ހިންގައި ބަލަހައްޓަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން މިނިސްޓަރު އަންގާ އެންގުންތަކާ އެއްގޮތަށެވެ.

(ވ) މި ގަވާއިދަށް އެއްވެސް އިސްާލހެއް ގެނައުމުގެ ބާރު ލިބިގެންވަނީ މިނިސްޓަރަށެވެ.

މި ގަވާއިދަށް ގެނެވޭ އިސްލާހުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

1.02 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައި އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު މި ގަވާއިދުގައި ބޭނުންކޮށްފައިވާ ބަސްބަހާއި އިބާރާތްތައް މާނަކުރާނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާނައާ އެއްގޮތްވާ ގޮތުގެމަތިން ނުވަތަ ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިންނެވެ.

"ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ނުވަތަ މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ދައުލަތުގެ ފައިސާއާއި އެހެނިހެން ފައިސާ، ނުވަތަ ދައުލަތުގެ މުދަލާއި އެހެނިހެން މުދާ، ނުވަތަ ފައިސާގެ މުއާމަލާތްތައް، ނުވަތަ މުދަލެއްނަމަ ފައިސާއިން ނުވަތަ އެހެން މިންގަނޑަކުން މިންކުރެވިފައިވާ ތަކެއްޗާ ބެހޭގޮތުން އެއްކުރެވިފައިވާ ނުވަތަ ރިކޯޑުކުރެވިގެން ނުވަތަ ލިޔުމެއްގެ ސިފައިގައި ނުވަތަ ޗާޕުކުރެވިގެން ނުވަތަ މައިކްރޯފިލްމުގެ ގޮތުގައި ނުވަތަ އިލެކްޓްރޯނިކްގެ ޒަރީއާއިން ބެލެހެއްޓޭ ރިކޯޑެވެ. މި މާނައިގައި ފޮތް، ލިޔެކިޔުން، މަނިޓަރީ ފޯމު، ހުލާސާ، ވައުޗަރު، ކޮމްޕިއުޓަރ ޕްރިންޓްއައުޓް، ނުވަތަ މިނޫން އެހެން ގޮތްގޮތުންހިސާބުކުރުމުގައި ބޭނުންކުރާ އެންމެހައި ލިޔެކިޔުން ހިމެނެއެވެ.

"ހަރަދު" ކަމަށް ބުނެފައި އެވަނީ، އެކި ކަންކަމަށް ކަނޑައެޅި ބަޖެޓްކުރެވިގެން ކުރެވޭ ހޭދައަށާއި، އަދި އެނޫންވެސް ފަންޑު އެކައުންޓުތަކުން ކުރެވޭ ހޭދައަށެވެ. ހަރަދުގެ މާނައިގައި އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާއެއް ނުހިމެނޭނެއެވެ. 

"ހާއްސަ އެހީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 10 ވަނަ  މާއްދާއާއި މި ގަވާއިދުގެ 6.23  ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ އެހީއަށެވެ.

"ބޭންކް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހުއްދައާއެކު ރާއްޖޭގައި ހިންގާ ބޭންކްތަކާއި ނުވަތަ މާލީ އިދާރާތަކާއި އަދި މޯލްޑިވްސް މަނިޓަރީ ރިޓީ ގަބޫލުކުރާ ރާއްޖެއިން ބޭރުގެ ބޭންކްތަކެވެ.

"ބަޖެޓަރީ ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އަހަރީ ބަޖެޓް ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ގެންގުޅޭ ކޮންޓްރޯލްތަކަށެވެ. 

"ބިޔަ މަށްރޫއު (މެގަ ޕްރޮޖެކްޓް)" ކަމަށް ބުނެފައި އެވަނީ، ވަޒީރުންގެ މަޖިލިސް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަށްވަރާގެ މަތިން އެ މަށްރޫއަކީ ބިޔަ މަށްރޫއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މަށްރޫއުތަކަށެވެ. 

"ކޮންޓްރެކްޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަވާލުކުރެޭވޭ އެންމެހައި މަސައްކަތްތަކާއި، ހޯދޭ ހިދުމަތްތަކާއި، ގަނެވޭ ތަކެއްޗާބެހޭ އެންމެހައި ކަންތައްތައް ކުރުމުގައި، ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުންތައް ނުވަތަ އެގްރީމެންޓްތައް ހިމެނޭ ގޮތަށެވެ.

"ކޮންޓްރެކްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުމަށާއި، ހޯދޭ ހިދުމަތްތައް ލިބިދިނުމަށާއި، ތަކެތި ގަތުމަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރެވޭ ފަރާތަށެވެ.

"ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ރަށުކައުންސިލާއި އަތޮޅުކައުންސިލާއި ސިޓީކައުންސިލަށް ނިސްބަތްކޮށެވެ.

"ކޮންޓިންޖެންޓް ލަޔަބިލިޓީ" ކަމަށް ބުނެފައި އެވަނީ، ޔަގީންކަމާއެކު ބަޔާންކޮށްދޭން ދަތިކަމެއް ކުރިމަގުގައި ހިނގައިފިނަމަ، އެކަމެއް ހިނގުމުގެ ސަބަބުން އަދާކުރަންޖެހިދާނެ ދަރަންޏަށް ނުވަތަ ފައިސާއަށެވެ.

"ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 17.03 ވަނަ މާއްދާގެ ދަށުން އުފައްދާ މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއާއި، މި ގަވާއިދުގެ އެހެނިހެން މާއްދާތަކުގައި ބަޔާންކުރެވިފައިވާ ކޮމިޓީތަކަށެވެ.

"ކްލޯޒް ރިލޭޓިވް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، ދަރިންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، މައިންބަފައިންނާއި، ދޮންދަރިންނާއި، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، އެ މީހާގެ މައިންބަފައިންނަށެވެ. 

"ކްލޯޒް އެސޯސިއޭޓް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކާ ވިޔަފާރީގެ ހިއްސާ ނުވަތަ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތްތަކަށެވެ. 

"ކޮސްޓް ސެންޓަރ" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ހިސާބު ބެލެހެއްޓުމުގައި އެ ތަނަކަށް ހިނގާ ހަރަދުތަކުގެ ހިސާބުތައް ވަކިން ބަލަހައްޓަންޖެހޭކަމަށް ބަލައި، އެ ތަނެއްގެ މަސައްކަތްތައް ބައިކުރުމަށް ބޭނުންވާ ހާލަތްތަކުގައި ބައިކުރެވޭނެ އެންމެ ދަށް ފަންތިއެވެ.

"ކެޕިޓަލް ހަރަދު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބޭނުންތަކަށްޓަކައި އޭގެ ޒާތުގައި ކެޕިޓަލް ހަރަދުތައް ހިމެނޭ މަސައްކަތްތަކާއި މަށްރޫއުތަކަށެވެ. އެ މަސައްކަތުގައި މާއްދީގޮތުން މުދަލެއް ހިމެނިގެންވުން ލާޒިމެއް ނޫނެވެ.

"އިންޑެމްނިޓީ" ކަމަށް ބުނެފައި އެވަނީ، ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ ދެފަރާތެއްގެ ދެމެދު ކުރެވިފައިވާ އެއްބަސްވުމެއްގެ ސަބަބުން ދެފަރާތުންކުރެ ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ބަދަލު ދިނުމަށް އެއްބަސްވެ، އެއްފަރާތުން އަނެއް ފަރާތަށް ދީފައިވާ ގެރެންޓީއެއް ނުވަތަ ޔަގީންކަމަކަށެވެ.

"އެކައުންޓިންގ އޮފިސަރުންނާއި ރިސީވަރުންނާއި ކަލެކްޓަރުންނާއި ފައިސާއާބެހޭ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، އެފަރާތެއްގެ މައިގަނޑު މަސްއޫލިއްޔަތާއި ޒިންމާގެ ގޮތުގައި ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ކޮންމެ މަސައްކަތެއް ކުރާ ފަރާތެއް ނުވަތަ ފަރާތްތަކެވެ.

"އަންޑަރޓޭކިންގ" ކަމަށް ބުނެފައި އެވަނީ، އެއްފަރާތަކުން އަނެއް ފަރާތަކަށް ފައިސާގެ ޒިންމާ ނަގާނެކަމަށް ބުނެ އެއްބަސްވާ އެއްބަސްވުމަށެވެ.

"އައްޔަންކުރުން" ކަމަށް ބުނެފައި އެވަނީ، ވަކި ޒިންމާއެއް އަދާކުރުމަށް ނުވަތަ ވަކި ކަމަކަށް ނުވަތަ ވަކި ކަމެއް ކުރުމަށް ވަކި ނަމެއްގައި ނުވަތަ ވަކި މަގާމަކަށް މީހަކު ހޮވުން ނުވަތަ ކަނޑައެޅުމަށެވެ.

"އަންދާޒާ ބަޖެޓް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކުން ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅާ އަންދާޒާ ބަޖެޓަށެވެ.

"އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި މުވައްޒަފެއްކަމަށް މާނަކުރެވިފައިވާ ކޮންމެ މީހަކަށެވެ.

"އޮތޮރައިޒިންގ އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، ފައިސާ ހަރަދުކުރުމަށް ހުއްދަދިނުމަށް ލިޔުންތަކުގައި ސޮއިކުރާ ފަރާތް ނުވަތަ ފަރާތްތަކަށެވެ.

"އެސެޓްސް" ކަމަށް ބުނެފައި އެވަނީ، ދަރަނި އަދާކުރުމަށްޓަކައި ބޭނުންކުރެވިދާނެ، އަދި މާލީގޮތުން އަގުކުރެވޭގޮތަށް ދައުލަތުގެ މިލްކުގައިވާ އެއްޗެއްސަށާއި، ވިޔަފާރިއަށާއި، މުދަލަށެވެ.

"އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާ" ކަމަށް ބުނެފައި އެވަނީ، ކުރިއަށް ދޫކުރެވޭ ފައިސާއަށެވެ.

"ވަޔަރމަންޓް" ކަމަށް ބުނެފައި އެވަނީ، ބަޖެޓުގެ އެއްއައިޓަމަކަށް ގެނެވޭ އުނިކުރުމަކާއެކު ބަޖެޓުގެ އެހެން އައިޓަމަކަށް ގެނެވޭ އިތުރުކުރުމަކަށެވެ.

"މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާއި، އޭނާގެ މަސްއޫލިއްޔަތު އެހެން މިނިސްޓަރަކާ ނުވަތަ ސްޓޭޓް މިނިސްޓަރަކާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފިނަމަ، އެ މިނިސްޓަރަކަށެވެ. 

"މުވައްޒަފެއް" ކަމަށް ބުނެފަ ިއ އެވަނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، މަސްއޫލު އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނާއި، އަދި ދައުލަތުގެ އޮފީސްތަކުން މުސާރަ ނުވަތަ އުޖޫރައެއް ދޭގޮތަށް ވަޒީފާ ދީފައިވާ ކޮންމެ މީހަކަށެވެ.

"މާލީއަހަރު" ކަމަށް ބުނެފައި އެވަނީ، 01 ޖަނަވަރީން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި، ނިމޭ ދުވަސް ހިމެނެއެވެ. 

"މާލީއިދާރާ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވާއިދުގައި މާލީއިދާރާއަށް ދެވިފައިވާ މާނަކުރުމަށެވެ.

"މާލިއްޔަތު ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު  ކޮމިޓީއަށެވެ.

"މާލީޒިންމާދާރުވެރިޔާ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި އެ ގާނޫނުގައިވާ ކަންކަން ހިންގުމަށްޓަކައި މިނިސްޓަރު ކަނޑައަޅާ މުވައްޒަފަކަށެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ އެހެނިހެން އޮފީސްތަކުގެ މާލީ އުސޫލުތައް ހިންގުމަށް މި ގަވާއިދުގެ 2.04 (ހ) ގެ ނަމްބަރު 2 ގައި ބަޔާންކުރާ ގޮތުގެ މަތިން ދައުލަތުގެ އޮފީހަކުން ކަނޑައަޅާ މުވައްޒަފެކެވެ.

"ފައިނޭންށަލް ކޮންޓްރޯލަރ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ މީހަކަށެވެ.

"ފަރާތް" ކަމަށް ބުނެފައި އެވަނީ، މީހެއް، ނުވަތަ ކުންފުންޏެއް، ނުވަތަ ގާނޫނީގޮތުން އުފައްދާފައިވާ އޮފީހެއް، ނުވަތަ އެނޫން ގޮތަކުންވެސް އުފައްދާފައިވާ ޖަމާއަތެއް، ނުވަތަ ޖަމުއިއްޔާއެއް ހިމެނޭ ގޮތަށެވެ.

"ދައުލަތުގެ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ގާނޫނަކުން ބާރުލިބިގެން ޓެކުހުގެ ގޮތުގައި ނެގޭ ފައިސާއާއި، ގާނޫނަކުން ބާރުލިބިގެން ހަދާ ގަވާއިދަކުން ދައުލަތުން ކުރާ ވިޔަފާރީގެ ފައިދާއާއި، ދެވޭ ހިދުމަތެއްގެ އަގަށް ލިބޭ ފައިސާއާއި، ދައުލަތުގެ މިލްކުގައިވާ އިމާރާތްތަކާއި ބިންބިމާއި، ތަކެތީގެ ކުލީގެ ގޮތުގައި ލިބޭ ފައިސާއާއި، ދައުލަތުގެ ބިން ނުވަތަ ތަކެތި ވިއްކައިގެން ލިބޭ ފައިސާއާއި ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާއަށެވެ.

"ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނު އަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި އޮފީސްތަކާއި، ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ސިޓީކައުންސިލްތަކެވެ. 

"ދައުލަތުގެ ފައިސާ" ނުވަތަ "ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތުގެ ބޭނުމަށް ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖް، ީފ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބެހެއްޓިފައިވާ ހުރިހާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިއުރިޓީޒަށާއި، އެހެން ފަރާތަކަށް ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއަށާއި، ލޯޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ަފއިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ.

"ދައުލަތުގެ ވިޔަފާރި ތަންތަން" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ސީދާ ނުވަތަ ނުސީދާ ހިއްސާގެ މިލްކުވެރިކަން އޮންނަ ކުންފުނިތަކާއި، ވިޔަފާރި ހިންގުމަށް އުފައްދާ ބޯޑުތަކާއި، ކޮމިށަންތަކާއި، ޖަމާއަތްތަކާއި، ތަންތަނަށެވެ. އޭގެތެރޭގައި ޕާޓްނަރށިޕްތަކާއި، ޖޮއިންޓް ވެންޗަރތަކާއި، ހުރިހާ ބާވަތެއްގެ ވިޔަފާރި އިންތިޒާމެއް ހިމެނޭނެއެވެ. 

"ދައުލަތުގެ މަސްއޫލު އޮފީސްތައް" ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީސް، އަދި މާލީހިންގުމާއި މާލީޒިންމާ އުފުލުން ވަކިން އޮންނަގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮފީސްތަކަށެވެ.

"ލަޔަބިލިޓީޒް" ކަމަށް ބުނެފައި އެވަނީ، ވިޔަފާރިއެއްގެ މިލްކުވެރިންނަށް ނުވަތަ އެ ވިޔަފާރިއަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް، އެ ވިޔަފާރިއަކުން ދަރާފައިވާ ދަރަންޏަށެވެ. ނުވަތަ އަދާކުރަންޖެހޭ ފައިސާއަށެވެ.

"ގެރެންޓީ" ކަމަށް ބުނެފައި އެވަނީ، އެއްބަސްވުމެއްގައި ނުވަތަ މުއާމަލާތެއްގައި ހިމެނޭ ފަރާތަކުން އެ އެއްބަސްވުމުގެ ނުވަތަ މުއާމަލާތް ށަރުތަކާ ހިލާފުވުމުގެ ސަބަބުން ނުވަތަ އެ އެއްބަސްވުން ނުވަތަ މުއާމަލާތެއް ހިންގުމުގައި ށަރުތުކުރާ ކަންކަމުގެ ތެރެއިން ކަމެއް ނުކުރުމުގެ ސަބަބުން، އުފެދޭ ނަތީޖާއާމެދު އެ އެއްބަސްވުމުގައި ނުވަތަ މުއާމަލާތުގައި ބައިވެރިނުވާ ތިންވަނަ ފަރާތަކުން ޒިންމާ އުފުލާނެކަން ކަށަވަރުކޮށްދިނުމަށެވެ.

"ގަވާއިދު" ކަމަށް ބުނެފައި އެވަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ގެ މާނައިގައެވެ.

"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށެވެ.

"ސެންޓްރަލް ޕޭމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ވައުޗަރު ފޮނުވައިގެން ހަރަދުކުރުމަށް އެ މިނިސްޓްރީގައި ގާއިމުކޮށްފައިވާ ނިޒާމަށެވެ. 

"ސެކިއުރިޓީޒް" ކަމަށް ބުނެފައި އެވަ ީނ، ސަރުކާރުން ނުވަތަ ދައުލަތުގެ ވިޔަފާރި ތަންތަނުގެ ޒިންމާގެ ގާނޫނުގައި މާނަކުރެވިފައިވާ ދައުލަތުގެ ވިޔަފާރި ތަނަކުން، ނުވަތަ ބޭރުގެ ސަރުކާރަކުން ނުވަތަ އެހެން ފަރާތަކުން ދޫކުރާ ސްޓޮކް، ބޮންޑް، ބިލު، ނޯޓު، ނުވަތަ ޑިބެންޗަރ، އަދި ބޭންކްތަކުން ގަބޫލުކުރާ ނުވަތަ އެންޑޯސްކޮށްފައިވާ ބިލްސް އޮފް އެކްސްޗޭންޖް، އަދި ބޭންކަކުން ދޫކުރާ ނެގޯށިއަބަލް، ކޮންވަރޓިބަލް ނުވަތަ ޓްރާންސްފަރަބަލް ސެޓްފިކެޓްސް އޮފް ޑިޕޮޒިޓްތަކަށެވެ.

"ސެކިއުރިޓީ ޑޮކިއުމަންޓްސް" ކަމަށް ބުނެފައި އެވަނީ، ދައުލަތަށް ފައިސާލިބިގަތުމާއި ފައިސާ ހަރަދުކުރުމާ ބެހޭގޮތުން ތައްޔާރުކުރެވިފައިވާ ފައިސާގެ ރަސީދު ފޮތްތަކާއި، ޑެބިޓްނޯޓާއި، ޕަރޗޭސްއޯޑަރާއި، ރިކުއިޒިށަންތަކާއި، ކުރިއަށް ނަންބަރު ޖަހައިގެން (ސީރިއަލް ނަންބަރު) ިވއްކާ ލިޔެކިޔުންތަކާއި، ނުވިއްކާ ލިޔެކިޔުންތައް ހިމަނައިގެންނެވެ.

"ސްޓެޗިއުޓަރީ ހަރަދު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުފިޔަވައި އެހެން ގާނޫނެއްގައިވާ ގޮތުގެމަތިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންކުރެވޭ ހަރަދަށެވެ.

"ސަޕްލިމެންޓަރީ ފަންޑިންގ" ކަމަށް ބުނެފައި އެވަނީ، މާލީ އަހަރެއްގެ ބަޖެޓް ފާސްކުރުމަށްފަހު އެ ބަޖެޓުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުންފާސްކުރާ އަދަދަށެވެ.

"ށާއިއުކުރުން" ކަމަށް ބުނެފައި އެވަނީ، ޗާޕުކޮށްގެން ނުވަތަ އާންމުކުރުމަށްކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓައިގެން ނުވަތަ ވެބްސައިޓެއްގައި އާންމުކޮށްގެން ނުވަތަ އިލެކްޓްރޯޯނިކް ވަސީލަތްތައް ބޭނުންކޮށްގެން އާންމުކުރެވޭ ކުރުމަށެވެ.

"ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ދަށުން ހިސާބު ބެލެހެއްޓޭ ކޮސްޓް ސެންޓަރތަކުގެ ހިސާބުތައް ޖުމުލަކުރެވޭ ފަންތިއަށެވެ. މި މާނައިގައި "ޑިޕާޓްމަންޓް" ބޭނުންކުރެވިފައިވަނީ، ހިސާބު ބެލެހެއްޓުމުގެ ނިޒާމުގެ ތެރޭގައި މި ބަސް ބޭނުންކުރެވޭ މަރުހަލާތަކުގައި އެކަންޏެވެ.

"ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮ ީފހެއްގެ ޕްރޮކިއަމެންޓް ކަންތަކާއި ހަވާލުވެ ހުންނަވާ އެންމެ އިސް މުވައްޒަފަށެވެ.

"ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ ގޮތެއްގެމަތިން ޑިޕާޓްމަންޓުތަކުގެ ހިސާބު ބެލެހެއްޓުމުގެ މަސައްކަތްކުރާ ނުވަތަ ކުރުވާ ފަރާތެވެ.

"ޕްރޮކިއުމަންޓް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް (މުދަލާއި ހިދުމަތް ހޯދުމުގެ މަސައްކަތް) ރާވައި ހިންގުމުގައި ހަރަކާތްތެރިވާ އިސްމުވައްޒަފެވެ. 

"ޗެއަރޕަރސަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ބަޔާންކުރެވިފައިވާ ކޮމެޓީތަކުގެ ޗެއަރޕަރސަނަށެވެ.

"ދިވެހިރާއްޖޭގެ ފަރާތެއް ނުވަތަ ފަރާތްތަކަށް" ކަމަށް ބުނެފައި އެވަނީ ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ، ކުންފުންޏެއްގެ ނުވަތަ ޕާރޓްނަރށިޕެއްގެ މެޖޯރިޓީ ހިއްސާ ދިވެހިރައްޔިތަކަށް ނުވަތަ ރައްޔިތުންނަށް ނިސްބަތްވާ ކުންފުނިތަކަށް ނުވަތަ ޕާރޓްނަށިޕްތަކަށެވެ.

(ށ) މުފްރަދުކޮށް ގެނެސްފައިވާ ލަ ްފޒުތައް އެލަފްޒުތަކުގެ ޖަމްއު މާނައިގައްޔާއި ޖަމްއުކޮށް ގެނެސްފައިވާ ލަފްޒުތައް އެލަފްޒުތަކުގެ މުފުރަދު މާނައިގައި ބޭނުންކުރެވޭނެއެވެ. އަދި މި ގަވާއިދުގައި މާނަކޮށްދީފައިވާ ލަފްޒެއް ބަހުގެ ހަމަތަކަށާއި ވާހަކަދައްކާ އުސޫލުތަކަށް ބަދަލުވަމުންދާ ހާލަތްތަކުގައި، ލަފްޒު ބަދަލުވަމުންދާ ގޮތުގައިވެސް އެ މާނަ ދޭހަކުރެވިދާނެއެވެ. 

 

1.03 ވަނަ މާއްދާ - މާލީ ރިކޯޑުތަކުގައި ތަރުތީބު ނަންބަރު ޖެހުމާއި، ބޭނުންކުރުން 

(ހ) ހިސާބު ބެލެހެއްޓުމާބެހޭ ފޮތްތަކާއި ހިސާބު ބެލެހެއްޓުމުގައި ގެންގުޅޭ ރަސީދުތަކާއި ހުރިހާ ފޯޯމުތަކެއްގައި ސީރިއަލް ނަންބަރު ޖަހާފައި ހުންނަންވާނެއެވެ. ނަންބަރު ޖަހާފައި ހުންނަ ފޯޯމުތަކާއި ލިޔުންތައް ތައްޔާރުކޮށް ހިންގުން ގާނޫނަކުން އެހެން ފަރާތަކަށް ލާޒިމުކުރާ ފޯޯމުތައް މީގެ ތެރެއިން އިސްތިސްނާވާނެއެވެ.

(ށ) މި ގަވާއިދުގައި ނަމޫނާ ދީފައިވާ، ފައިސާއާބެހޭ ބިލެއް، ރަސީދެއް، ފޯޯމެއް ނުވަތަ އެހެން ޑޮކިއުމަންޓެއްގެ ޑިޒައިނަކަށް ބަދަލެއްގެނެސް އަލުން ޗާޕުކުރަންވާނީ، ފައިނޭންށަލް ކޮންޓްރޯލަރަށް އެންގުމަށްފަހު ފައިނޭންށަލް ކޮންޓްރޯލަރުގެ ހުއްދަ ލިބިގެންނެވެ.

(ނ) ދައުލަތުގެ އޮފީހެއްގައި، ދައުލަތުގެ މުދަލާއި ފައިސާއާބެހޭ ޑޮކިއުމަންޓެއް މި ގަވާއިދުގައި ބަޔާންކުރެވިފައިނުވާ ގޮތަކަށް އިލެކްޓްރޯޯނިކް ޒަރީއާއިން ބަލަހައްޓާނަމަ، އެކަން ފައިނޭންށަލް ކޮންޓްރޯލަރަށް ހުށަހަޅައި ހުއްދަ ދަންވާނެއެވެ. 

 

1.04 ވަނަ މާއްދާ - މެނުއަލް ރިކޯޑުތައް

(ހ) ހިސާބުތަކާބެހޭ ފޮތްތަކުގެ ތެރެއިން ބައިންޑްކުރެވޭ ފޮތްތައް ހުންނަންވާނީ ބައިންޑްކޮށްފައެވެ. ވަކިވަކި ގަނޑު އަދި ލެޖަރށީޓާއި ކާޑުފަދަ ތަކެތި ބޭނުންކުރެވޭނީ، ފައިނޭންށަލް ކޮންޓްރޯލަރުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. މިފަދަ ފޮތްތަކާއި ށީޓު ނުވަތަ ކާޑުފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން ތަރުތީބު ނަންބަރު ޖަހާފައި ހުންނަންވާނެއެވެ.

(ށ) ހިސާބުތަކާބެހޭ ފޮތްތަކުގައި ސަފުހާ ނަންބަރު ޖަހާފައިވާ އެއްވެސް ގަނޑެއް، އެއްވެސް ހާލަތެއްގައި ފޮތުން ވަކިކޮށްގެން ނުވާނެއެވެ. އެފަދަ ފޮތްތަކުގައި ބޭނުންނުކޮށް ހުންނަ ސަފުހާތައް ހަލާކުވެ ނުވަތަ ހަޑިވެއްޖެނަމަ، އެ ސަފުހާތަކުގައި "ކެންސަލް ކުރެވިފައި" ލިޔެ، ކަތިހުރަހަށް ދެރޮނގު ދަމަންވާނެއެވެ. އަދި އެގޮތަށް ކެންސަލްކުރެވުނު ސަފުހާތައްވެސް ފޮތުގައި ބަހައްޓާފައި ހުންނަންވާނެއެވެ.

(ނ) ހިސާބާބެހޭ ޮފތްތަކާއި ހިސާބު ބަލަހައްޓާ ފޯޯމުތަކާއި މިފަދަ އެހެނިހެން ލިޔެކިޔުންތަކުގައި ކުރެވޭ އެންޓްރީތައް ލިޔެފައި ހުންނަންވާނީ، ކަޅު ނުވަތަ ނޫކުލައިގެ ދެލި ނުފޭދޭ ބޯލްޕޮއިންޓް ގަލަމަކުންނެވެ. އަދި ޓައިޕްކުރެވިފައި ހުންނަންވާނީ ކަޅު ނުވަތަ ނޫކުލައިގެ ދެލިންނެވެ. ނަމަވެސް ކްރެޑިޓް އައިޓަމްތައް ފާހަގަކުރުމަށް ރަތްދެލި ބޭނުންކުރެވިދާނެއެވެ. ފެހިދެލި ހާއްސަ ކުރެވިފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދާ އޮޑިޓަރުންނަށް އެކަންޏެވެ. 

(ރ) ނުބައިކޮށް ލިޔެވިފައި ހުންނަ އެންޓްރީތައް ރީތިކޮށް ކަނޑައި، ރަނގަޅު އެންޓްރީ އޭގެމަތީގައި ސާފުކޮށް އެނގޭނޭހެން ލިޔެ، މާލީޒިންމާދާރުވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ސޮއިކުރަންވާނެއެވެ. އެއްވެސް ހާލެއްގައި އެންޓްރީއެއް ފޮހެ، އަކުރު ފަވައި، ޓިޕެކްސްފަދަ އެއްޗެއް ޖަހައި ހަދައިގެން ނުވާނެއެވެ.

(ބ) ހިސާބު ބަލަހައްޓާ ފޮތްތަކާއި ހިސާބާބެހޭ ލިޔެކިޔުންތަކުގައި، އޮޑިޓްކުރުމަށްފަހު އޮޑިޓަރުން ލިޔެފައި ހުންނަ އޮޑިޓް އެންޓްރީތައް އެ އޮޑިޓެއް ކުރި ފަރާތަކުން ނޫން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

(ޅ) މި ގަވާއިދުގެ ބޭނުމަށް ހިސާބުތައް ބަލަހައްޓާ ފޮތުގެ މާނައިގައި ލެޖަރ، ޖަރނަލް، ކޭށްބުކް، ހުލާސާ އަދި ދައުލަތުގެ މާލިއްޔަތުގެ ފުރިހަމަ ރިކޯޑު ގަވާއިދުން ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާނެކަމަށް ފައިނޭންށަލް ކޮންޓްރޯލަރ އަންގާ ރިކޯޑުތައް ހިމެނެއެވެ. 

 

1.05 ވަނަ މާއްދާ - އިލެކްޓްރޯނިކް ރިކޯޑުތައް

(ހ) ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ނުކުރާހައި ހިނދަކު، އަތުން ލިޔެގެން ރިކޯޑުތައް ބެލެހެއްޓުމުގެ ބަދަލުގައި އިލެކްޓްރޯޯނިކް ވަސީލަތް ބޭނުންކޮށްގެން ހިސާބުތައް ލިޔެ ރައްކާކޮށް ބެލެހެއްޓުމާއި ފޯރުކޮށްދިނުން ނުވަތަ ޕްރިންޓްކޮށްގެން ރިކޯޑުތައް ބެލެހެއްޓުން ބެލެވޭނީ، ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރެވޭ ކަމެއް ކަމުގައެވެ. 
(ށ) އިލެކްޓްރޯޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ހިސާބު ބަލަހައްޓަންވާނީ ފައިނޭންށަލް ކޮންޓްރޯލަރުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. 

 

1.06 ވަނަ މާއްދާ - އިލެކްޓްރޯނިކް ޒަރީއާއިން ހުއްދަދިނުން

ލިޔުމަކުން ސޮއިކޮށްގެން ހުއްދަދިނުމުގެ ބަދަލުގައި، ފައިނޭންށަލް ކޮންޓްރޯލަރ ހުއްދަކުރާ އުސޫލުތަކާ އެއްގޮތަށް އިލެކްޓްރޯޯނިކް ވަސީލަތެއް ބޭނުންކޮށްގެން ހުއްދަދެވިދާނެއެވެ. މިގޮތުން ޗެކުން ނުވަތަ އެއް އެކައުންޓުން ައނެއް އެކައުންޓަށް ފައިސާ ޓްރާންސްފަރ ހެދިދާނެއެވެ.

 

1.07 ވަނަ މާއްދާ - ގަވާއިދުގެ ނަމޫނާ ލިޔުންތައް

މި ގަވާއިދުގައި ހަވާލާދެވިފައިވާ ނަމޫނާ ލިޔުންތައް، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރެވޭނެއެވެ.

ބާބު 2

މުވައްޒަފުންގެ މާލީޒިންމާ، ބާރު އަދި މަސްއޫލިއްޔަތު 

 

2.01 ވަނަ މާއްދާ - ފައިނޭންށަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތުތައް

(ހ) ފައިނޭންށަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތުތައް ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މައިގަނޑު ކަންތައްތައް ތިރީގައި މިވަނީއެވެ. 

  1. ދައުލަތުގެ ފައިސާއާއި، ހިސާބާއި، ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމު، އޮޑިޓަރޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ބެލެހެއްޓުމާއި ހިންގުން.
  2. ދައުލަތުގެ ފައިސާ ބަލައިގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ހަރަދުކުރެވެނީ، ނުވަތަ އިންވެސްޓްކުރެވެނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން.
  3. ދައުލަތުގެ މުދާ ގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ބޭނުންކުރެވެނީ، ނުވަތަ ވިއްކެނީ، ނުވަތަ ނައްތާލެވެނީ، ނުވަތަ ދޫކޮށްލެވެނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން.

(ށ) މި މާއްދާގެ (ހ) ގައިވާ ކަންތައްތަކުގެ އިތުރުން، ތިރީގައިމިވާ ކަންތައް ހިންގައި ބެލެހެއްޓުމަކީވެސް ފައިނޭންށަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތުތަކެވެ. 

  1. ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓޭނެ ހަރުދަނާ ިނޒާމެއް ގާއިމުކުރުން.
  2. ކޮންމެ މާލީއަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ އަހަރެއްގެ ދައުލަތުގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކޮށް އެ ހިސާބުތައް މިނިސްޓަރަށް ހުށަހެޅުން.
  3. ދައުލަތަށް ލިބޭ އާމްދަނީ ފައިސާގެ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި، ދައުލަތަށް ލިބެންވާ ފައިސާ ހޯދޭނެ ނިޒާމެއް ގާއިމުކުރުން. 
  4. ދައުލަތަށްލިބޭ ހުރިހާ ފައިސާއެއް، އެއީ އާމްދަނީގެ ގޮތުގައި ނުވަތަ އެހެން ގޮތަކުން ލިބޭ ފައިސާ ކަމުގައިވިޔަސް، ދައުލަތުގެ ހިސާބުތަކަށް ވައްދާނެ ނިޒާމެއް ގާއިމުކުރުން.
  5. ދައުލަތުގެ ފައިސާއާއި، ސްޓޭމްޕާއި، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާއި، ސެކިއުރިޓީސް، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން.
  6. ދައުލަތުގެ މިލްކުގައިވާ މުދަލާއި، ތަންތަނާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން. 
  7. ދައުލަތުގެ އޮފީސްތަކުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ މަސައްކަތްކުރާ މުވައްޒަފުން ސުޕަވައިޒްކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން. އަދި ފަރުވާކުޑަކުރުމާއި، އޮޅުވާލުމާއި، ހިޔާނާތް ހުއްޓުވުމަށްޓަކައި ކުރިން އެންގުމަކާ ނުލައި އިންސްޕެކްޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
  8. ދައުލަތުން ކުރާ ހަރަދުތަކާއި ޑިސްބާސްމަންޓުތައް ސުޕަވައިޒްކުރުމާއި، ހުއްދައަކާނުލައި އެއްވެސް ހަރަދެއް ކުރޭތޯ ބެލުމާއި، ނުވަތަ އެ ހަރަދަކާ ގުޅޭ ލިޔެކިޔުންތަކުގައިވާ ގޮތްނޫން އެހެން ގޮތަކަށް ފައިސާ ހަރަދުކުރޭތޯ ބެލުން
  9. ދައުލަތުގެ އޮފީސްތަކުން ކުރާ ހަރަދުތަކަށް ހުއްދަދޭ އޮތޮރައިޒިންގ އޮފިސަރުންނާއި، މާލީޒިންމާދާރުވެރިން ކަނޑައަޅާ މުވައްޒަފުންނަށް ހަރަދުކުރުމަށް ހުއްދަދެވޭނެ އެންމެމަތީ އަދަދު ކަނޑައެޅުމާއި، ޕޭމަންޓް ވައުޗަރުގައި ހުއްދަދޭ ސޮއި (ސްޕެސިމެން ސިގްނޭޗަރ) ރަނގަޅުތޯ ކަށަވަރުކޮށް ރިކޯޑު ބެލެހެއްޓުން
  10. ބޭކާރު ހަރަދެއް ކުރެވޭކަން، ނުވަތަ ލިބެންޖެހޭ ފައިސާއެއް ލިބުމުގައި އޮޅުވާލުމެއް ވާކަން، ނުވަތަ އެއްބައިން އަނެއް ބަޔަށް ފައިސާ ބަދަލުނުކޮށް ބަޖެޓްކޯޑުގެ ބާކީއަށްވުރެ އިތުރަށް (ކޯޑު ޑެބިޓްކޮށް) ހަރަދުކުރަމުންދާކަން ފާހަގަކުރެވިއްޖެނަމަ، އެކަން ހުއްޓުވައި، އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ އިތުރަށް، އެކަން މިނިސްޓަރުގެ ސަމާލުކަމަށް ގެނައުން.
  11. ދައުލަތުން ކުރާ ހަރަދާއި ޑިސްބާސްމަންޓްސް، ހިމަނަންވާ ކޯޑަށް ވައްދައި ހިސާބުކުރުން.
  12. ދައުލަތުގެ ހިސާބުތަކުގައި ފާހަގަކުރެވޭ ބޮޑެތި މައްސަލަތައް (މެޓީރިއަލްއިރެގިއުލަރިޓީތައް) ފައިނޭންށަލް ކޮންޓްރޯލަރަށް ފާހަގަކުރެވިއްޖެ ހިނދެއްގައި، އެކަމެއް މިނިސްޓަރުގެ ސަމާލުކަމަށް ގެނައުން. 
  13. ދައުލަތުގެ އޮފީސްތަކުގައި، ހަރަދާއި ލިބޭފައިސާގެ ހިސާބުތައް މާލީޒިންމާދާރުވެރިއެއްގެ ބެލުމުގެދަށުން ގަވާއިދުން ބަލަހައްޓަމުން ނުގެންދާކަމަށް ފެނިއްޖެ ހިނދެއްގައި، އެކަން މިނިސްޓަރަށް ރިޕޯޓުކުރުން. 
  14. ދައުލަތައް ލިބެންވާ އާމްދަނީއެއް ލިބުން އެކަށީގެންވާ ވަރަށްވުރެ ލަސްވަމުންދާކަމަށް ފެނިއްޖެ ހިނދެއްގައި އެކަން މިނިސްޓަރަށް ރިޕޯޓުކުރުން. 
  15. ދައުލަތުން ކުރަންނުޖެހޭ ހަރަދެއް ކުރިކަން ފައިނޭންށަލް ކޮންޓްރޯލަރަށް ސާބިތުކުރެވިއްޖެނަމަ، އެ ހަރަދެއް ކުރި ފަރާތަކާމެދު މި ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅައި، އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުން.
  16. މަތީގައިވާ މަސްއޫލިއްޔަތުތަކުގެ އިތުރަށް މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ފައިނޭންށަލް ކޮންޓްރޯލަރަށް ލިޔުމުން ހަވާލުކުރާ މަސްއޫލިއްޔަތުތައް. 

 

2.02 ވަނަ މާއްދާ - މާލީޒިންމާދާރުވެރިން އައްޔަންކުރުމާއި ވަކިކުރުން

(ހ) ދައުލަތުގެ އޮފީސްތަކުގެ މާލީޒިންމާދާރުވެރިން ކަނޑައަޅާނީ ތިރީގައިވާ ގޮތުގެމަތިންނެވެ.  

  1. ދައުލަތުގެ މަސްއޫލު އޮފީސްތަކުގެ މާލީޒިންމާދާރުވެރިން އައްޔަންކުރާނީ، އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތިން މިނިސްޓަރެވެ.
  2. ދައުލަތުގެ މުސްތަގިއްލު އޮފީސްތަކުގެ މާލީޒިންމާދާރުވެރިން އައްޔަންކުރާނީ، އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތިން މިނިސްޓަރެވެ. 

(ށ) މާލީ ޒިންމާދާރުވެރިންގެ ށަރުތުތައް

  1. އެއްވެސް އިރެއްގައި ހިޔާނާތާއި، ވައްކަމާއި، ޓެކުމާއި މިބާވަތުގެ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  2. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ، ދައުލަތުގެ ފައިސާއާއި ހިސާބު ބެލެހެއްޓުމުގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން.

(ނ) މި ގަވާއިދުގައިވާ ގޮތުގެމަތިން މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރާނެ މީހަކު އައްޔަންކުރެވިފައި ނެތް ހާލަތެއް ދިމާވެއްޖެނަމަ، ވަގުތީގޮތުން މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ކަނޑައަޅާނީ، އެ ތަނެއްގެ އެންމެ އިސްވެރިޔާގެ މަށްވަރާގެ މަތިން މިނިސްޓަރެވެ.

(ރ) ދައުލަތުގެ އޮފީހެއް ނުވަތަ ކައުންސިލެއްގެ މާލީޒިންމާދާރުވެރިޔާގެ ގޮތުގައި އައްޔަންކޮށްފައިވާ މީހަކު، އޭނާއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުން ވަކިކުރެވޭނީ ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވުމުން މިނިސްޓަރެވެ.

  1. ޖިނާއީ ކުށެއް އެ މީހެއްގެ މައްޗަށް ސާބިތުވުން، ނުވަތަ އެ ފަދަ ކުށެއްގައި ތަހްގީގެއް ފެށި، އެ މީހަކީ މި މަގާމުގެ ޒިންމާ އަދާކުރެވޭނޭ ފަދަ މީހަކުކަމުގައި މިނިސްޓަރަށް ނުފެނުން.
  2. ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، މި ގަވާއިދުގައިވާ ގޮތުގެމަތިން މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމުގައި ނާގާބިލުވުން.
  3. މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާނުކުރެވޭ ފަދަ ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވުން.
  4. ދައުލަތުގެ އޮފީހެއްގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލެއްގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން އޮފީހުގައި އެ މީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު ބަދަލުވުން.
  5. އެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތުން ވަކިވާން އެދި އަމިއްލައަށް ހުށަހެޅުން.
  6. އޮފީހުގައި އެ މީހަކު އަދާކުރާ ވަޒީފާއިން ވަކިވުން.

 

2.03 ވަނަ މާއްދާ - މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް 

(ހ) ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ކައުންސިލުތަކުގެ މާލިއްޔަތާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުމަށްޓަކައި އެއިން ކޮންމެ އޮފީހެއްގައި މާލީޒިންމާދާރުވެރިޔަކު ހުންނަންވާނެއެވެ. މާލީޒިންމާދާރުވެރިޔާގެ ޒިންމާތައް ތިރީގައި މިވަނީއެވެ.

  1. އެ ތަނަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެ ތަނުން ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު ހިމަނައިގެން، އެ އަހަރަކަށް ލަފާކުރާ ބަޖެޓް އެކުލަވައިލައި، އަދި މި ގަވާއިދުގައިވާ ތާރީހަށް މިނިސްޓަރަށް ހުށަހެޅުން.
  2. ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ބަޔާންކުރާ ކޭށްފްލޯޕޭލޭން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއިން އަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް ރިޕޯޓުކުރުން.
  3. ކޮންމެ މާލީއަހަރެއް ިނމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި (މާރިޗު 31 ގެ ނިޔަލަށް) އެ އޮފީހެއްގެ އިސްވެރިޔާގެ މަށްވަރާގެ މަތިން އެ ތަނެއްގެ އަހަރީ ރިޕޯޓު އޮޑިޓަރ ޖެނެރަލަށް ހުށަހެޅުން. 
  4. މާލީޒިންމާދާރުވެރިން ިނސްބަތްވާ އޮފީސްތަކާއި، އެ އޮފީސްތަކުގެ ޑިޕާޓްމަންޓުތަކާއި، ކޮސްޓް ސެންޓަރުތަކާއި، ދައުލަތުގެ އެހެނިހެން އޮފީސްތައް ހަރަދުކުޑަކޮށް، ހަރުދަނާކޮށް އަދި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ހިންގައި ބެލެހެއްޓުމަކީ މާލީޒިންމާދާރުވެރިންގެ ޒިންމާއަކަށްވާތީ، މިކަންތައްތަކަށް އަމަލުކުރުމުގެގޮތުން މިކަމާގުޅޭ އިރުށާދުތައް، އެފަރާތުގެ ބެލުމުގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓްތަކަށް ދިނުން.
  5. މާލީޒިންމާދާރުވެރިންގެ ބެލުމުގެ ދަށުގައިވާ ހުރިހާ މުވައްޒަފުންނަކީ މާލީ، އަދި ހިސާބު ބެލެހެއްޓުމަށް އެކަށޭނަ، އަދި އެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މުވައްޒަފުންތޯ ބަލައި، ތަމްރީނުދިނުމަކީ މާލީޒިންމާދާރުވެރިންގެ މަސްއޫލިއްޔަތަކަށްވާތީ، މިފަދަ ތަމްރީނުތަކާއެކު، ޑިޕާޓްމަންޓުތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުށާދުތައް ހުރިހާ މުވައްޒަފުންނަށް ހުރިހާ ވަގުތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  6. މި މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ޑިޕާޓްމަންޓުތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުށާދުތައް ހުންނަންވާނީ، މި ގަވާއިދާއި، ސަރުކާރުގެ ސިޔާސަތާއި ހިސާބު ބެލެހެއްޓުމާބެހޭ އާންމު އިރުށާދުތަކާއި، ފައިނޭންށަލް ކޮންޓްރޯލަރ ކަނޑައަޅާފައިވާ ހަމަތަކާއި، އުސޫލުތަކާއި، އަދި އެއްވެސް ގާނޫނަކާ ތައާރުޒުނުވާ ގޮތެއްގެމަތިންކަން ކަށަވަރުކުރުން.
  7. ޑިޕާޓްމަންޓްތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުށާދުތަކާއި އެއަށް ގެނެވޭ އިސްލާހުތަކުގެ ކޮޕީ ފައިނޭންށަލް ކޮންޓްރޯލަރަށް ހުށަހަޅައި ލަފާ ހޯދުން. 
  8. މި ގަވާއިދުގައި ބަޔާންކުރެވިފައިނުވާ ކަމަކުން، ހިސާބުތަކާއި މާލީރިކޯޑުތަކަށް ބަދަލެއް އަތުވެދާނެކަމަށް ފާހަގަކުރެވިއްޖެނަމަ، ފައިނޭންށަލް ކޮންޓްރޯލަރަށް ލިޔުމުން ހުށަހެޅުމުން. 
  9. މި ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމުގައި ދަތިތަކެއްމެދުވެރިވެއްޖެނަމަ، އެކަމެއް ހައްލުކުރުމަށް އެ ތަނަކަށް ފެންނަ ގޮތުގެ ލަފަޔާއެކު ފައިނޭންށަލް ކޮންޓްރޯލަރަށް ލިޔުމުން ހުށަހެޅުން.
  10. އެކައުންޓްސް އޮފިސަރުންގެ މަސްއޫލިއްޔަތަކީ އެކައުންޓްސް އޮފިސަރުން އައްޔަންކުރެވިފައިނުވާ ތަންތަނުގައި، އެކައުންޓްސް އޮފިސަރުންގެ ޒިންމާގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް ކުރާނީ އެ އޮފީހެއްގައި އެކަމަށް އައްޔަންކޮށްފައިވާ ފަރާތަކުން ޒިންމާވާގޮތަށްކަން ކަށަވަރުކުރުން. 
  11. ދައުލަތުގެ އޮފީހަކުން ކުރާ ހަރަދުތަކަށް ހުއްދަދޭ އޮތޮރައިޒިންގ އޮފިސަރުން އައްޔަންކޮށް، އެ މުވައްޒަފުންނަށް ހުއްދަދެވޭނެ އެންމެމަތީ އަދަދު ކަނޑައަޅައި، ޕޭމަންޓް ވައުޗަރުގައި ހުއްދަދޭ ސޮއި (ސްޕެސިމެން ސިގްނޭޗަރ) ކަށަވަރުކުރުމަށް ފައިނޭންށަލް ކޮންޓްރޯލަރަށް ހުށަހެޅުން. 
  12. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުން ފެށިގެން 11 ވަނަ ނަންބަރުގެ ނިޔަލަށް ހިމެނޭ ކަންތައްތަކުގެ އިތުރުންވެސް ދައުލަތުގެ އޮފީހެއްގެ އިސްވެރިޔާ ކުރުމަށް ހަވާލުކުރާ މާލީކަންކަން ކުރުން.

(ށ) މާލީޒިންމާދާރުވެރިޔާއަށް ގާނޫނާއި މި ގަވާއިދުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މާލީޒިންމާދާރުވެރިޔާއަށް އަމިއްލައަށް އަދާކުރެވިދާނެއެވެ. ނުވަތަ ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރާ ލިޔުމުން ހަވާލުކޮށްގެންވެސް ކުރުވިދާނެއެވެ. މިގޮތަށް ހަވާލުކުރުމަކުން މާލީޒިންމާދާރުވެރިޔާއަށް އޭނާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ބަރީއައެއް ނުވެވޭނެއެވެ.  

 

2.04 ވަނަ މާއްދާ - ކައުންސިލުތަކުގެ މާލީކަންތައްތަކުގެ ޒިންމާ 

ކައުންސިލުތަކުގެ މާލީކަންތައްތައް ބެލެހެއްޓުމުގައި ތިރީގައިމިވާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި އެކަންކަން ގަވާއިދުން ހިނގަމުންދޭތޯ ކަށަވަރުކުރުމަކީ ކައުންސިލްގެ ރައީސްގެ ޒިންމާއެކެވެ. 

(ހ) ކައުންސިލްގެ މާލީރިޕޯޓުތައް ތައްޔާރުކުރުމާއި، ހުށަހަޅަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވުން.

(ށ) ގާނޫނާއި މި ގަވާއިދާ ތައާރުޒުނުވާގޮތަށް ކައުންސިލުން ނިންމާ ގޮތެއްގެމަތިން ކައުންސިލަށް ލިބޭ ފައިސާގެ އެންމެހައި ކަންތައް އިދާރާއިން ހިންގުން.

(ނ) އާމްދަނީއާއި ހަރަދުގެ ހިސާބުތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން. 

(ރ) މުދަލާއި ހަވާލުގައި ހުންނަ މުދާ ހޯދުމާއި، ވިއްކުމާއި، ދޫކުރުމުގެ އިންތިޒާމު ގާނޫނާއި މި ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.

 

2.05 ވަނަ މާއްދާ - ކައުންސިލުތަކުގެ މާލީޒިންމާދާރުވެރިން އައްޔަންކުރުމާއި ވަކިކުރުން

(ހ) ކައުންސިލުތަކުގެ މާލީޒިންމާދާރުވެރިން އައްޔަންކޮށް ވަކިކުރާނީ، ލޯޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީންނެވެ.

(ށ) މި މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން އައްޔަނުކުރެވޭ ފަރާތް ވާންވާނީ މިގަވާއިދުގެ 2.02 ވަނަ މާއްދާގެ (ށ) ގައިވާ ށަރުތު ފުރިހަމަވާ ފަރާތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އައްޔަނުކުރެވޭ ފަރާތުގެ މަސްއޫލިއްޔަތުތައް  މި ގަވާއިދުގެ 2.03 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.  

(ށ) ކައުންސިލުތަކުގެ މާލީޒިންމާދާރުވެރިޔާގެ ގޮތުގައި އައްޔަންކޮށްފައިވާ މީހަކު، އޭނާއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުން ވަކިކުރާނީ ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވުމުން މިނިސްޓަރެވެ.

  1. އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނު އަސާސީއާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވެއްޖެކަމަށް ށަރީއަތަށް ސާބިތުވުން.
  2. ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެމަތިން މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމުގައި ނާގާބިލުވުން.
  3. މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާނުކުރެވޭފަދަ ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވުން.
  4. އެ ކައުންސިލެއްގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލެއްގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން އޮފީހުގައި އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު ބަދަލުވުން.
  5. އެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތުން ވަކިވާން އެދި އަމިއްލައަށް ހުށަހެޅުން. 
  6. އޮފީހުގައި އެ މީހަކު އަދާކުރާ ވަޒީފާއިން ވަކިވުން. 

 

2.06 ވަނަ މާއްދާ - މާލީ ކަންކަމާބެހޭ މަގާމު

މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ މަސްއޫލު އޮފީސްތަކާއި، އެ އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނުގައި ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރު، އެކައުންޓިންގ އޮފިސަރު، އޮތޮރައިޒިންގ އޮފިސަރު، އަދި ޕްރޮކިއުމަންޓް އޮފިސަރު ހުންނަންވާނެއެވެ.

 

ބާބު 3

ދައުލަތުގެ އަހަރީ ބަޖެޓް ތައްޔާރުކުރުން

 

3.01 ވަނަ މާއްދާ - ދައުލަތުގެ އަހަރީ ބަޖެޓް

(ހ) ކޮންމެ މާލީ އަހަރެއް ފެށުމުގެ ލަސްވެގެން 2 (ދޭއް) މަސްދުވަސް ކުރިން ދައުލަތުގެ އަންދާޒާ ބަޖެޓް ތައްޔާރުކޮށް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.އަދި ރައްޔިތުންގެ މަޖިލީހުން މި ބަޖެޓް ފާސްކުރުމަށްފަހު ކިޔާނީ "ދައުލަތުގެ އަހަރީ ބަޖެޓް" މިހެންނެވެ. 

(ށ) ދައުލަތުގެ އަހަރީ ބަޖެޓުގައި ލޯޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން ކެޕިޓަލް ހަރަދު ކުރުމުގެ ހުއްދައާއި، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ރިކަރަންޓް ހަރަދު ކުރުމުގެ ހުއްދަ ދެވޭނެއެވެ.

(ނ) ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުގައިވާ ތަންތާނގެ ޓްރަސްޓް އެކައުންޓުތަކުން ކުރެވޭ ހަރަދާއި ލިބޭ އާމްދަނީގެ އަންދާޒާއެއް ކަނޑައަޅާފައިވާ ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކޮށް މަސްއޫލު އޮފީހުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ.

(ރ) ދައުލަތުގެ ކޮންމެ އޮފީހަކުން އެ އަހަރަކަށް އަންދާޒާ ކުރެވިފައިވާ އާމްދަނީގެ ހުލާސާއަކާއި ރިކަރަންޓް ހަރަދުތަކާއި، ކެޕިޓަލް ހަރަދުތަކަށް އަންދާޒާކުރެވޭވަރު ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ. މީގެ އިތުރުން ދައުލަތުގެ އޮފީސްތަކުން ކުރުމަށް ހަމަޖެހިފައިވާ ބޮޑެތި ރިކަރަންޓް ހަރަދުތަކާއި، ކެޕިޓަލް ހަރަދުތަކާބެހޭ ތަފުސީލާއި، ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާއާބެހޭ ތަފުސީލު ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ. 

3.02 ވަނަ މާއްދާ - އަންދާޒާ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުން 

(ހ) ދައުލަތުގެ ކޮންމެ އޮފީހަކުން ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގައި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ނުވަތަ އެ އޮފީހެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް އެ އޮފީހަކުން ތަންފީޒުކުރަންޖެހޭ ސިޔާސަތު ކަނޑައެޅުމަށްފަހު ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ހިންގަންޖެހޭ ހަރަކާތްތައް ކަނޑައަޅަންވާނެއެވެ. 

(ށ) އަންދާޒާ ބަޖެޓުގެ ދެލިކޮޕީއާއި ޕަރފޯޯމަންސް ޓާގެޓުތައް ތައްޔާރުކުރުމުގައި އެ އޮފީހުގެ ޑިޕާޓްމަންޓްތަކާ ގުޅޭ ހަރަކާތްތަކާ ބެހޭގޮތުން އެ ޑިޕާޓްމަންޓްތަކުގެ ވެރިންނާއި، ޕްރޮޖެކްޓް މެނޭޖަރުން ނުވަތަ ޕްރޮގްރާމުގެ ހަރަކާތްތައް ހިންގާ މުވައްޒަފުންނާ މަށްވަރާކުރަންވާނެއެވެ.
(ނ) މިނިސްޓަރު ކަނޑައަޅާ ފޯޯމެޓަކަށް، އެ އޮފީހެއްގެ ޓާގެޓަޑް އައުޓްކަމްސް، އައުޓްޕުޓް އަދި ޕަރފޯޯމަންސް އިންޑިކޭޓަރސްއާބެހޭ މައުލޫމާތު ތައްޔާރުކޮށް، ފޯރުކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކޮންމެ އޮފީހަކަށް ކުރިޔަށް އޮތް އަހަރަށް ބޭނުންވާ ބަޖެޓުގެ އަންދާޒާ މިނިސްޓަރު ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކުރަންވާނެއެވެ.

(ބ) ލޯޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުގައި ހިމެނޭ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމާއި އެހެނިހެން ކެޕިޓަލް ހަރަދުގެ އަންދާޒާގައި ހިމަނަންވާނީ އެ އައިޓަމެއްގެ އަގު އެއިރެއްގައި މިނިސްޓަރު ކަނޑައަޅާ އަދަދަކަށްވުރެ ކުޑަނޫން ނުވަތަ އެ އައިޓަމެއްގެ ލަފާކުރެވޭ 'ވަރކިންގ ލައިފް' 1 (އެކެއް) އަހަރަށްވުރެ ކުރުނޫން އައިޓަމްތަކެވެ.

(ޅ) ދައުލަތުގެ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި ލޯޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ދައުލަތުގެ ކޮންމެ އޮފީހަކުން ހިއްސާކުރާ މިންވަރުގެ އަންދާޒާއެއް ކުރިޔަށް އޮތްއަހަރަށާއި އިތުރު 2 (ދޭއް) އަހަރަށް ތައްޔާރުކުރަންވާނެއެވެ.

(ކ) އަންދާޒާ ބަޖެޓުގެ ދެލިކޮޕީ އެ އޮފީހެއްގެ އެންމެ އިސްވެރިއަކަށް ހުށަހަޅައި ހުއްދައާއެކު ބަޖެޓު ސާކިއުލަރގައި ބަޔާންކޮށްފައިވާ ތާރީހަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ.

(އ) ބަޖެޓާގުޅޭ މައުޫލމާތު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ދައުލަތުގެ އެއްވެސް އޮފީހެއްގައި އެދިއްޖެނަމަ، އެ މައުލޫމާތު ދިނުމަށް އެދިފައިވާ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ދޭންވާނެއެވެ. މައުލޫމާތު ހޯދައި ފޮނުވުމަށް އެދިފައިވާ މުއްދަތަކީ އެ މައުލޫމާތު ހޯދައި ފޯރުކޮށްދެވޭނެ މުއްދަތެއް ނޫންނަމަ، ސަބަބު ބަޔާންކޮށް ލިޔުމަކުން އެކަން އަންގަންވާނެއެވެ.

(ވ) ބަޖެޓާބެހޭ ހުރިހާ ލިޔެކިޔުމެއް ކަރުދާހުގައި ލިޔެގެން ނުވަތަ މިނިސްޓަރު ހުއްދަކުރާ އިލެކްޓްރޯނިކް ފޯމެޓަކަށް ރައްކާކުރެވިފައި ހުންނަންވާނެއެވެ.

(މ) އަންދާޒާ ބަޖެޓް ތައްޔާރުކުރަންޖެހޭ ގޮތުގެ މައުލޫމާތު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން 1 ޖުލައިގެ ކުރިން ދައުލަތުގެ އޮފީސްތަކަށް ފޮނުވަންވާނެއެވެ. މި މައުލޫމާތުގެ ތެރޭގައި އަންދާޒާ ބަޖެޓް ތައްޔާރުކުރުމުގައި ބޭނުންކުރަންވީ އެންމެމަތީ އަދަދު (ބަޖެޓް ސީލިންގ) ހިމަނަންވާނެއެވެ. އަދި ބަޖެޓު ހުށަހަޅަންވީ އެންމެ ފަހުގެ ތާރީހު ބަޔާންކުރަންވާނެއެވެ. 

 

3.03 ވަނަ މާއްދާ - ކައުންސިލުތަކުގެ އަންދާޒާ

(ހ) ކައުންސިލުތަކުގެ ބަޖެޓް އެކުލަވައިލުމުގައި، ރަށާއި، އިދާރީ ދާއިރާގެ ތަރައްގީގެ ޕްލޭނާއި، ފައިނޭންށަލް ޕްޭލނަށް ބަލައިގެން ރަށުކައުންސިލާއި، އަތޮޅުކައުންސިލުން ކުރިޔަށް އޮތް 3 އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރަންވާނެއެވެ. 

(ށ) ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްތަކުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭނަލް ބަލައިގެން ސިޓީކައުންސިލްތަކުން ކުރިޔަށް އޮތް 3 އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ މައުލޫމާތު ބަޖެޓް ހުށަހެޅުމުގައި ހިމަނަންވާނެއެވެ. އަދި ފައިނޭންށަލް ޕްލޭނާއި ބަޖެޓް ތައްޔާރުކުރާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ ނަމޫނާއާ އެއްގޮތަށެވެ.

(ރ) އަތޮޅުކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ލިބޭނެ އާމްދަނީއާއި ކުރާނެ ހަރަދަށް ބަލައި، ކުރިޔަށް އޮތް އަހަރު ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާގެ އަދަދު ކަނޑައަޅައި، އަތޮޅުކައުންސިލުން ފާސްކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކުރާ ރަށުކައުންސިލުތަކާއި އަތޮޅުކައުންސިލުތަކުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާ ހޯދުމަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޮގަސްޓު 31 ގެ ކުރިން ނުވަތަ މިނިސްޓަރު ކަނޑައަޅާ ތާރީހަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ.
 
(ބ) ސިޓީކައުންސިލުތަކަށް ލިބޭނެ އާމްދަނީއާއި ކުރާނެ ހަރަދަށް ބަލައި، ކުރިޔަށް އޮތް އަހަރު ކައުންސިލުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާގެ އަދަދު ކަނޑައަޅައި، ސިޓީކައުންސިލުން ފާސްކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކުރާ އަވަށު އޮފީސްތަކާއި ސިޓީކައުންސިލުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާ ހޯސަރުކާރުން ބޭނުންވާ ފައިސާ ހޯދުމަށް މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންއޮގަސްޓު 31 ގެ ކުރިން ނުވަތަ މިނިސްޓަރު ކަނޑައަޅާ ތާރީހަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ.

 

3.04 ވަނަ މާއްދާ - ދައުލަތުގެ އާމްދަނީގެ އަންދާޒާތައް އަންދާޒާ ބަޖެޓުގައި ހިމެނުން 

(ހ) އާމްދަނީގެ ބައިތައް އަންދާޒާ ބަޖެޓުގައި ހިމެނުމަށް ވަކި ހާއްސަ އިރުށާދެއް ދީފައިވާނަމަ، އެކަމެއް ނިސްބަތްވާ ދައުލަތުގެ އޮފީހަކުން އެކަމަކަށް ސަމާލުކަން ދޭންވާނެއެވެ.

(ށ) ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް، އެ އޮފީހަކުން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ ދެލިކޮޕީއެއް ދައުލަތުގެ ކޮންމެ އޮފީހަކުން ތައްޔާރުކުރަންވާނެއެވެ. އެ އޮފީހަކުން ހިންގޭ ހަރަކާތްތަކުން ލިބޭ އެންމެހައި އާމްދަނީ އެ ދެލިކޮޕީގައި ހިމަނަންވާނެއެވެ. މިގޮތުން ލިބޭ އާމްދަނީގެ ބައެއް، އެހެން އޮފީހަކުން ބަލައިގަނެ ހިސާބުކުރި ކަމުގައިވިޔަސް އެ އާމްދަނީއެއް ނިސްބަތްވާ އޮފީހެއްގެ އަންދާޒާ އާމްދަނީގައި ހިމަނަންވާނެއެވެ.

(ނ) އާމްދަނީ އަންދާޒާކުރުމުގައި ލިބޭނެ އަދަދަށްވުރެ އިތުރަށް ނުހިމެނުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ލިބޭ އާމްދަނީ ނިމުނު އަހަރާ އަޅާބަލާއިރު އަންނަ އުނިއިތުރު އަންނަންޖެހުނު ގޮތުގެ ތަފުސީލު އަންދާޒާ ބަޖެޓާއެކު ހުށަހަޅަންވާނެއެވެ.

(ރ) ވަކި ގާނޫނެއް ފާސްވެގެން ނުވަތަ ވަކި ކަންތައްތަކެއް ހަމަޖެހިގެން ނޫނީ ލިބުމުގެ ފުރުސަތު ނެތް އާމްދަނީ ލިބޭނެކަމަށް އަންދާޒާ އާމްދަނީގައި ހިމަނާނަމަ، އެކަން ބަޖެޓް ދިރާސާކުރާ ފަރާތްތަކުގެ ސަމާލުކަމަށް އެ އޮފީހަކުން ހުށަހަޅަންވާނެއެވެ. އަދި މިނިސްޓަރު ބޭނުންވާނަމަ، މިކަމަށް ހާއްސަ ރިޕޯޓެއް އެ އޮފީހަކުން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. 

 

3.05 ވަނަ މާއްދާ - އަންދާޒާ ބަޖެޓުގެ ދެލިކޮޕީއަށް ބަދަލު ގެނައުން 

(ހ) ދައުލަތުގެ އޮފީސްތަކުން ހުށަހަޅާފައިާވ އަންދާޒާ ބަޖެޓުގެ ދެލިކޮޕީތައް ދިރާސާކުރުމަށްފަހު، އެ އަންދާޒާތަކަށް ބަދަލެއް ގެންނަންޖެހޭނަމަ އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއާ މަށްވަރާކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ މަށްވަރާ ބައްދަލުވުންތަކަށްފަހު، ބަޖެޓުގެ އަންދާޒާ ދެލިކޮޕީއަށް ގެނައުމަށް އެއްބަސްވެވުނު ބަދަލުތައް ހިމަނައިގެން، މިނިސްޓަރު ކަނޑައަޅާ މުއްދަތުގެ ތެރޭގައި އަންދާޒާ ބަޖެޓުގެ އެންމެފަހުގެ ދެލިކޮޕީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ އެންމެފަހުގެ ބަޖެޓުގެ އަންދާޒާތަކަށް އިތުރު ބަދަލެއް ނުވަތަ އިސްލާހެއް ގެންނަން މިނިސްޓަރަށް ފެނިއްޖެނަމަ، މިފަދަ ބަދަލެއް ނުވަތަ އިސްލާހެއް ގެނައުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

3.06 ވަނަ މާއްދާ - ދައުލަތުގެ އަހަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން 

(ހ) ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި، ލޯޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑާއި، ޓްރަސްޓް ފަންޑާއި، އެޑްވާންސް ފަންޑުގެ އެންމެފަހުގެ ދެލިކޮޕީ ލިބުމުން، ބަޖެޓް އެކުލަވައިލައި، ކުރިޔަށް އޮތް އަހަރުގެ "ދައުލަތުގެ އަހަރީ ބަޖެޓް" ގެ ގޮތުގައި ފާސްކުރުމަށް އެކުލަވައިލެވޭ ބަޖެޓް، މާލީއަހަރު ފެށުމުގެ އެންމެ ލަސްވެގެން 2 (ދޭއް) މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ.

(ށ) ބަޖެޓް ހުށަހަޅާއިރު، އެ ބަޖެޓުގައި، އެ މާލީ އަހަރަށް ހިނގާނެކަމަށް ލަފާކުރާ ހަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، ލިބޭނެކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއި، ވޭތުވެދިޔަ މާލީއަ ަހރު ދައުލަތުން ހިނގި ހަރަދާއި، ކުރެވުނު ހޭދައާއި، ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބު، އެ ބަޖެޓުގައި ވަކި ސުރުހީތަކެއްގެ ދަށުން ފާހަގަކޮށް ބަޔާންކުރަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީސްތަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެތަނަކަށް ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދުގެ ހުލާސާއާއި، ދައުލަތުގެ އަހަރީ ބަޖެޓުން ކައުންސިލްތަކަށް ކުރިޔަށް އޮތް އަހަރަށް ދޭންޖެހޭ އަދަދު، ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި ދައުލަތުގެ އޮފީސްތަކުން ކުރުމަށް ހުށަހަޅާ ބޮޑެތި ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދުތަކުގެ ތަފުސީލު، ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ. 

(ރ) ދައުލަތުގެ އަހަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު ބަޖެޓް ޑެފިސިޓްވާނަމަ، ދައުލަތުން ޑެފިސިޓް ފައިނޭންސްކުރާނެ ގޮތް ބަޔާންކުރަންވާނެއެވެ.

 

3.07 ވަނަ މާއްދާ - ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށްހުށަހެޅުން 

(ހ) ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ސަޕްލިމެންޓްރީ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުމަށް، ބަޖެޓް ބޭނުންވާ އޮފީސްތަކަށް މިނިސްޓަރު އަންގަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާފަދަ ހާލަތެއް މެދުވެރިވެގެން ސަޕްލިމެންޓްރީ ބަޖެޓެއް އެކުލަވާލުމަށް މިނިސްޓަރު އަންގައިފިނަމަ، އެ އޮފީހަކުން މި ގަވާއިދުގެ 3.02 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސަޕްލިމެންޓްރީ ބަޖެޓް އެކުލަވައިލައި މިނިސްޓަރު އަންގާ މުއްދަތެއްގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ނ) ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ، އެ ބަޖެޓް ތައްޔާރުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ތައްޔާރުކޮށް، އެ ފައިސާއެއް ނުވަތަ އެ ބަޖެޓެއް ބޭނުންވާ ދުވަހެއްގެ 1 (އެކެއް) މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ. 

 

3.08 ވަނަ މާއްދާ - އަހަރީ ބަޖެޓް ފާސްވުމުން،  ބަޖެޓް ށާއިއުކުރުން

ދައުލަތުގެ އަހަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްވުމުން، އެ ބަޖެޓުގެ ތަފުސީލާއެކު ށާއިއުކޮށް، ދައުލަތުގެ ކަމާބެހޭ އޮފީސްތަކަށް ފޮނުވުމުގެ އިންތިޒާމު މިނިސްޓަރު ހަމަޖައްސަންވާނެއެވެ. 

 

ބާބު 4

ބަޖެޓް ދޫކުރުމާއި، ހަރަދުކުރުމަށް ހުއްދަދިނުން

 

4.01 ވަނަ މާއްދާ - ބަޖެޓް ދޫކުރުން

(ހ) ޕަބްލިކް ބޭންކް އެކައުންޓުގައިވާ ދައުލަތުގެ ފައިސާގެ ތެރެއިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުގައިވާ ފައިސާ ނުވަތަ ލޯޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުގައިވާ ފައިސާ ހަރަދުކުރެވޭނީ، ތިރީގައިމިވާ ގޮތުގެމަތިން މިނިސްޓަރު ސޮއިކޮށް، ލިޔުމުން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ.

  1. ފާސްކޮށްފައިވާ ބަޖެޓެއްގައި ހިމެނޭ ހަރަދުތައް ކުރުމަށް.
  2. ކޮންމެ މާލީއަހަރެއް ފެށޭއިރު ހުއްދަ ދޫކުރުން. މިގޮތުން ހުއްދަ ދޫކުރާނީ އަހަރަކުއެއްފަހަރު. 

(ށ) ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި، ލޯޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން، މާލީއަހަރެއްގައި ކުރެވޭ ޖުމުލަ ހަރަދު، އެ މާލީއަހަރެއްގެ ބަޖެޓުގައި އެ ފަންޑުން ހަރަދުކުރުމަށް ފާސްކޮށްފައިވާ ޖުމުލަ ހަރަދަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ނ) ފާސްކޮށްފައިވާ ބަޖެޓަކާ ގުޅިގެން ދޫކުރެވިފައިވާ ހުއްދައެއް، އެ ބަޖެޓުގެ މުއްދަތު ހަމަވުމަށްފަހު އެ ހުއްދައިގެ ދަށުން ހަރަދެއް ކުރެވޭނީ މާލީއަހަރުގެ ތެރޭގައި ހޯދާފައިވާ މުދަލަކަށް، ނުވަތަ ހިދުމަތަކަށް ދޭންޖެހޭ ފައިސާގެ ބިލެއް، އެ މާލީއަހަރެއް ނިމޭފަހުން އަންނަ ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅައި އެ މިނިސްޓްރީން ހުއްދަކުރާ ގޮތެއްގެމަތިން ހަރަދުކުރުމަށެވެ.

(ރ) ބަޖެޓުން ފައިސާ ދޫކުރާނީ ނުވަތަ ހަރަދުކުރާނީ، ހަރަދުކުރަން ބޭނުންވާ މިންވަރުގެ މައްޗަށް ބަލައިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ނުވަތަ އެ މިނިސްޓްރީން ހުއްދަކުރާ ގޮތެއްގެމަތިން ހުއްދަދީފައިވާ ފަރާތަކުންނެވެ.

(ބ) މާލީއަހަރަކަށް ކަނޑައަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ ހަރަދުތައް ކުރަން ފަށާނީމިނިސްޓަރު ދޭ ހުއްދައަކުންނެވެ.

4.02 ވަަނަ މާއްދާ - ފާސްވި ބަޖެޓް ލިބުމުން ދައުލަތުގެ އޮފީސްތަކުން އަމަލުކުރާނެ ގޮތް 

(ހ) ފާސްވި ބަޖެޓް ލިބުމުން އެ އޮފީހަކުން ބަޖެޓްކުރި ޕްރޮގްރާމުތަކަށް ލަފާކުރި އަދަދާއި ފާސްވެގެން ލިބުނު ބަޖެޓާ އަޅައިކިޔައި މުރާޖައާކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް މުރާޖައާކުރުމުގައި އެ މާލީއަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިނިސްޓަރު ދޫކުރި ބަޖެޓަށްވުރެ އިތުރުނުވާގޮތަށް އެތަނެއްގެ އަހަރީ ޕްރޮގްރާމުތައް، އިސްކަންދޭ ތަރުތީބުން ރާވަންވާނެއެވެ.

(ނ) ފާސްވި ބަޖެޓު ލިބުމުން ފާސްކުރި ބަޖެޓުގައި އެ އޮފީހަކަށް ލިބޭ އާމްދަނީއާއި އެ އޮފީހަކުން ކުރާ ހަރަދުގެ ކޭށްފްލޯ ޕްލޭނެއް، މިނިސްޓަރު ކަނޑައަޅާ ފޯމެޓަކަށް، ތައްޔާރުކުރަންވާނެއެވެ. އަދި މި ކޭށްފްލޯ ޕްލޭން ބަޖެޓް ފާސްކުރިތާ 3 (ތިނެއް) ހަފުތާވުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންާވނެއެވެ. 

4.03 ވަނަ މާއްދާ - ބަޖެޓުން ހަރަދުކުރުން

(ހ) ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކޮށްގެން ނުވާނެއެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ހަރަދެއް ކުރުމަށް ކަނޑައަޅާފައިވާނަމަ، އެ ހަރަދެއް ކުރަންވާނީ އެކަމަކަށެވެ.

(ށ) އަންނަނިވި ހާލަތްތަކުގައި މެނުވީ އެއްވެސް ފަރާތަކުން ދައުލަތުގެ ފައިސާ ހަރަދުކުރުމަށް ހުއްދަދީގެން ނުވާނެއެވެ. 

  1. ހަރަދުކުރުމަށް ބޭނުންވާ މިންވަރަށް، ގާނޫނީ ހަމަތަކުގެމަތިން ދައުލަތުގެ ފައިސާ ލިބެން ހުރުން.
  2. ހަރަދުކުރުމަށް ބޭނުންވާ ފައިސާއަކީ މި ގަވާއިދުގައިވާ ގޮތުގެމަތިން، ހަރަދުކުރުމަށް ހުއްދަކޮށްފައިވާ ފައިސާއަކަށްވުން.

(ނ) އެއްވެސް ހަރަދެއް ކުރަންވާނީ، އެ ހަރަދެއް ކުރުމަށް ހުއްދަދިންކަމަށް ފައިސާ ހަރަދުކުރުމަށް ހުއްދަ އޮތް ވެރިޔަކު ހުއްދަދީ ސޮއިކުރުމުންނެވެ.

(ރ) ހަރަދުކުރުމަ ްށ ހުއްދަދޭ ވެރިން ކަނޑައަޅާނީ އެ އޮފީހެއްގެ އިސްވެރިޔާގެ މަށްވަރާގެ މަތިން މާލީޒިންމާދާރުވެރިޔާއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ހަރަދުކުރުމަށް ހުއްދަދިނުމަށް މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ މުވައްޒަފުންގެ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ.

(ޅ) ބަޖެޓުން ކުރަންޖެހޭ ހަރަދުތައް ކުރަންވާނީ، އެކަމަށް ބަޖެޓުގައި ކަނޑައެޅިފައި އޮތް އަދަދަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން އެ ހަރަދެއް ކުރަން އެންމެ އެކަށޭނަ ބަޖެޓްކޯޑުންނެވެ. 

 

4.04 ވަނަ މާއްދާ - ވޭތުވެދިޔަ އަހަރުގެ ބަޖެޓުން، ހިނގާ އަހަރު ހަރަދުކުރުން 

(ހ) ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހޯދާފައިވާ މުދަލަކަށް ނުވަތަ ހިދުމަތަކަށް ދައްކަންޖެހޭ ފައިސާއެއް ދެއްކުމަށް، އެ އަހަރެއް ނިމޭފަހުން އަންނަ ސަރުކާރު ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓަރަށް ހުށަހަޅައިފި ނަމަ، ނިމުނު މާލީއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ފައިސާއިން ނުވަތަ އެޑްވާންސް ފަންޑުން އެ ފައިސާ ދިނުމަށް މިނިސްޓަރަށް ހުއްދަކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދައްކަންޖެހޭ ފައިސާގެ ތަފުސީލު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އަންގާ ގޮތެއްގެމަތިން ފޮނުވަންވާނެއެވެ.

 

4.05 ވަނަ މާއްދާ - ވަގުތީގޮތުން ބަޖެޓް ބަންދުކުރުން

ބަޖެޓުން ހަރަދުކުރުމުގައި މި ގަވާއިދާ ހިލާފަށް އަމަލުކުރާ ދައުލަތުގެ އޮފީސްތަކުގެ ބަޖެޓް ބަންދުކުރުމުގެ އިހުތިޔާރު އިތުރު އެންގުމަކާ ނުލައި މިނިސްޓަރަށް ލިބިގެންވެއެވެ.

 

4.06 ވަނަ މާއްދާ - ބަޖެޓް ހަރަދުގެ ހިސާބުތައް ބެލެހެއްޓުން

(ހ) ބަޖެޓުގައި ހަރަދުތައް ހިމަނާފައިވާ ގޮތާއި، ބަޖެޓުން ކުރާ ހަރަދުތަކާއި، ބަޖެޓްބާކީ "ބަޖެޓް ހިސާބު" ފޮތުން ނުވަތަ ފައިނޭންށަލް ކޮންޓްރޯލަރ ހުއްދަކުރާ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން، ހަރަދާއި ބާކީ އަބަދުވެސް އެނގެން އޮންނާނެގޮތަށް
ހިސާބުތައް ބަލަހައްޓަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ހިސާބުތައް ބެލެހެއްޓުމަށްޓަކައި ބަޖެޓުން ކުރާ ކޮންމެ ހަރަދެއް އެ ހަރަދެއް ކުރަންޖެހޭ އައިޓަމަށާއި، ކޯޑު ނަންބަރަށާއި، ރިކަރެންޓް ހަރަދެއްނަމަ ރިކަރެންޓް ހަރަދުގެ ޖުމުލައަށް، ކެޕިޓަލް ހަރަދެއްނަމަ ކެޕިޓަ ްލ
ހަރަދުގެ ޖުމުލައަށް ވައްދަންވާނެއެވެ. އަދި ކޮންމެ ހަރަދެއް މުޅި ބަޖެޓުގެ ޖުމުލައަށް ވައްދަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނާ ބާކީކުރުމުގެ އިތުރުން ޕްރޮގްރާމް ބަޖެޓުގައި ހިމެނިފައިވާ ކޮންމެ ހަރަކާތަކުން ވަކިވަކިން ބާކީކޮށް ބަލަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހަރަދުތައް ހިސާބަށް ވެއްދުމުގައި އެ ހަރަދެއް ކުރަންޖެހޭ އައިޓަމުގައި އެ ހަރަދަކާ ގުޅޭގޮތުން އެނގެން ބޭނުންވާ ފުރިހަމަ މައުލޫމާތު (ހުއްދަދިން ތާރީހު، ހުއްދަ ނަންބަރު، ފައިސާ ލިބެންވާ ފަރާތް، ތަކެތީގެ ނުވަތަ ހިދުމަތުގެ ތަފުސީލު، ރޭޓު، އަގު، ބިލު ނަންބަރު، ބިލުގެ ތާރީހު، ޗެކު ނަންބަރު ފަދަ ހަރަދާގުޅޭ މައުޫލމާތު) އެނގެން އޮންނަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބުނެފައިވާ އައިޓަމް (އެ ހަރަދެއް ކުރަންޖެހޭ އައިޓަމް) ނޫން އެހެން ބައިތަކަށް ހަރަދު ވެއްދުމުގައި ތާރީހާއި، ޗެކު ނަންބަރާއި، ފައިސާގެ އަދަދާއި، ބާކީ އެނގެން އޮތުމުން ފުދޭނެއެވެ.

(ޅ) ހަރަދުކުރުމަށް ހުއްދަދޭ ފޮތުގައި ނުވަތަ ވައުޗަރުގައި ލިޔާ ހަރަދުތަކަށް ހުއްދަދޭ ވެރިޔަކު ހުއްދަދިނުމުގެ ކުރިން ހުއްދަދެވޭ ހަރަދުތައް ލިޔުނު މުވައްޒަފު ފިޔަވައި އެހެން މުވައްޒަފަކު އެ ހަރަދުތައް ޗެކުކުރަންވާނެއެވެ. އަދި ލިޔުނު މުވައްޒަފާއި ޗެކުކުރި މުވައްޒަފުގެ މަގާމާއި ނަންޖަހައި ސޮއިކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބުނާ ހަރަދުތައް ޗެކުކުރުމަކީ، މި މާއްދާގެ (ރ) ގައި ބުނާ މައުލޫމާތުތައް ހުއްދަދޭ ނުވަތަ ޕޭމަންޓް ވައުޗަރުގައި ފުރިހަމައަށް ލިޔެވިފައިވޭތޯ ބެލުމާއި، އެ ހަރަދެއް ކުރެވެނީ މި ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމެވެ.

(އ) ބަޖެޓް ކޮންޓްރޯޯމުން ބަޖެޓަށް ގެންނަ އުނިއިތުރު، MG/BC01 ގައި ހިމެނިފައިވާ ފޯޯމު ފުރިހަމަ ކުރުމަށްފަހު ބަޖެޓުގެ ހިސާބުތަކަށް ވައްދަންވާނެއެވެ. 

(ވ) މި މާއްދާގެ (ށ)، (ނ)، (ރ) އަދި (ބ) ގައިވާ ގޮތުގެމަތިން ބަޖެޓުގެ އައިޓަމުތައް ބަލަހައްޓަންވީ ގޮތާއި، އައިޓަމުތަކުން ކުރާ މުޅި ޖުމުލަ ހަރަދުގެ ހިސާބުގެ އައިޓަމް ބަލަހައްޓަންވީ ގޮތުގެ ނަމޫނާ، އަދި ވައުޗަރު ތައްޔާރުކުރަންޖެހޭ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/BC04, MG/BC03, MG/BC02  ގައި ވާނެއެވެ. 

 

4.07 ވަނަ މާއްދާ - ބަޖެޓް ހިސާބު ިނންމައި ފޮނުވުން 

(ހ) ދައުލަތުގެ ކޮންމެ އޮފީހަކުން ކޮންމެ މަހަކު ކުރާ ހަރަދުތަކުގެ ހިސާބު (އެ މަހަކު ހިނގި ހަރަދުގެ ޖުމުލައާއި، އަހަރު ފެށުނީއްސުރެ އެ މަހެއްގެ ނިޔަލަށް ހިނގާފައިވާ ހަރަދުގެ ޖުމުލަ އެނގޭނޭގޮތަށް) އެކި އައިޓަމުތައް ވަކިވަކިން އެނގޭގޮތަށް ތައްޔާރުކޮށް ނިންމަންވާނެއެވެ.

(ށ) ކޮންމެ މަހެއްގެ ހަރަދާއި ލިބޭފައިސާގެ ހިސާބު ނިންމާއިރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި ގާއިމުކުރެވިފައި އޮންނަ ޕަބްލިކް އެކައުންޓިންގ ސިސްޓަމު (ޕީ.އޭ.އެސް) ބާކީ ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ބޭންކުން ދައްކާ ބާކީއާއި، އޮފީހުގެ ފޮތްތަކުން ނުވަތަ ސިސްޓަމުން ދައްކާ ބާކީއާ ދިމާވާގޮތަށް ހިސާބުތައް ރިކޮންސައިލްކުރަންވާނެއެވެ.

(ނ) އެ މަހެއްގައި ހަދާ ޗެކުތައް ލިބެންވާ ފަރާތްތަކަށް ލަސްނުކޮށް ހަވާލުކޮށް ނިންމަންވާނެއެވެ.

(ރ) ބަޖެޓުން ހަރަދުކުރެވުނު ފައިސާގެ ރިޕޯޓު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންޖެހޭ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/BC05 ގައި ވާނެއެވެ. 

 

4.08 ވަނަ މާއްދާ - ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމާއި، ހިފެހެއްޓިފައިވާ ފައިސާ ދޫކުރުން 

(ހ) ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުންފަދަ ކަންތައްތައް ހަމަޖައްސާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން، އެ މިނިސްޓްރީއިން ހަމަޖައްސާގޮތެއްގެ މަތިންނެވެ.

(ށ) މަސްއޫލު އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނުގެ ބަޖެޓަށް ފައިސާ ހޯދުމުގެ މައްސަލަތަކާއި، ފައިސާއާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންޖެހޭ ކަންތައްތައް ހުށަހަޅާނީ އެ އޮފީހަކާ ގުޅޭ މަސްއޫލު އޮފީހެއް މެދުވެރިކޮށެވެ.

(ނ) ދައުލަތުގެ އޮފީސްތަކުގެ ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރަން ބޭނުންވެއްޖެނަމަ، އެކަން ހުށަހަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށެވެ. މިގޮތަށް ހުށަހަޅާއިރު އެ ބަދަލެއް ގެންނަން ބޭނުންވާ ސަބަބު ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ބަދަލުކުރަން ހުށަހަޅަންވާނީ ގެންނަ ބަދަލަކާ ގުޅިގެން އުނިކުރާ އައިޓަމުން އެ އަދަދެއް އުނިކުރިނަމަވެސް ބާކީ އޮންނަ އަދަދުން އަހަރުގެ ކުރިޔަށް އޮންނަ ތާނގައި ދެކޮޅުޖެއްސޭނެނަމައެވެ. 

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި އެހެން އޮތްނަމަވެސް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ކަނޑައަޅައި އާންމުކޮށް އަންގާފައިވާ އުސޫލެއްގެ މަތިން އަދި މިނިސްޓްރީން ހަމަޖައްސައިފައިވާ ގޮތެއްގެ މަތިން، އޮފީސްތަކަށް އެ އޮފީހެއްގެ ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ ފުރުސަތު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ދެވިދާނެއެވެ. މި ގޮތަށް ފުރުސަތު ދިނުމުގައި އިންޓާނަލް ކޮންޓްރޯލް ނުގެއްލޭނެ ފަދަ ގޮތަކަށް މި އުސޫލު އެކުލަވާލުމަށް މިނިސްޓްރީން ސަމާލުކަންދޭންވާނެއެވެ.

(ޅ) އޮފީސްއޮފީހުގެ މުވައްޒަފުންގެ ރަޖިސްޓަރީއަށް ނުވަތަ މުސާރައަށް ބަދަލެއް އައުމުގެ ސަބަބުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތަކާއި އުނިއިތުރު ގެންނާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީންނެވެ.

(ކ) އުނިކޮށްފައި އޮންނަ ފައިސާއަކުން ކުރަންޖެހޭ ހަރަދުތަކާއި، އެހެން ގާނޫނެއްގެ ނުވަތަ އެހެން ގަވާއިދެއްގެ ދަށުން ހުއްދަހޯދައިގެން މެނުވީ ހަރަދު ނުކުރެވޭފަދަ ކަމަކަށް، ހަރަދެއްކުރަންޖެހޭފަދަ ކަމެއް ކުރަންވާނީ، އެ ހަރަދެއް ކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ލިބުމަށްފަހުގައެވެ.  

 

4.09 ވަނަ މާއްދާ - މަގާމުތަކުގެ މުސާރަ ބަދަލުކޮށްގެން ހަރަދުކުރުން

އަހަރީ ބަޖެޓުގައި "މުވައްޒަފުންގެ މުސާރަ" އައިޓަމުގައި ހިމެނޭ މަގާމުތަކުގެ މުސާރަ، ކޯޑުތަކުގައި ފައިސާ ހުރި މިންވަރަކުން އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ނިންމާ ގޮތެއްގެމަތިން އެއް މަގާމަކަށް ކަނޑައެޅިފައިވާ ފައިސާ އަނެއް މަގާމަކަށް ބަދަލުކޮށްގެން ހަރަދުކުރެވިދާނެއެވެ. މިގޮތަށް އެއް މަގާމުގެ މުސާރައިން އަނެއް މަގާމުގެ މުސާރައަށް ބަދަލުކުރާ ފައިސާއާބެހޭ މައުލޫމާތު ބަޖެޓް ހިސާބުތަކުން އެނގެން ހުންނަންވާނެއެވެ. އަދި ކޮންމެ މަހެއްގެ ހަރަދު ރިޕޯޓު ތައްޔާރުކުރާއިރު، މުސާރައިގެ ކޯޑުގައި ހިމެނޭ މަގާމުތައް ވަކިވަކިން އެނގޭގޮތަށް މުސާރައިގެ ޓުގައި ހިމަނަންވާނެއެވެ.

 

4.10 ވަނަ މާއްދާ - ކުއްލި ހާލަތާއި، އެ ހާލަތެއް ދިމާވުމާ ގުޅިގެން ހަރަދުކުރުމަށް ފައިސާ ހޯދުން 

(ހ) ގުދުރަތީ ކާރިސާއެއް ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެގެން ނުވަތަ އެނޫން ކަމެއް ދިމާވެގެންނަމަވެސް ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ނެރޭ ގަރާރުގައި، އެ ނުރައްކަލަކާ ގުޅިގެން އަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅައި ހިންގުމަށް މާލީގޮތުން ހަރަދެއް ކުރަންޖެހޭނަމަ، އެ ކަމަކާމެދު ފިޔަވަޅު ައޅައި ހިންގުމަށް ޒިންމާވާ އިދާރާއަކުން ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެތެރޭގައި އެކަމަށް ހިނގާނެ ހަރަދުގެ އަންދާޒާ ބަޖެޓެއް ތައްޔާރުކުރުމަށްފަހު މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ބަޖެޓަށް ދޫކުރެވޭ ފައިސާއިން ކުރާ ހަރަދުގެ އިތުރަށް، ފައިސާއެއް ހަރަދުކުރަންވާނީ އެ އިދާރާއަކަށް އެ އަހަރަކަށް ކަނޑައެޅުނު ބަޖެޓުގައި އެފަދަ ހަރަދެއް ކުރުމަށް ފައިސާ ކަނޑައެޅިފައިހުރެ، އެ ފައިސާ ހަރަދުކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ދީފައިވާނަމައެވެ.

(ށ) ރައީސުލްޖުމްހޫރިއްާޔ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެ ގަރާރުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމަށާއި ހިންގުމަށް ޒިންމާވާ އިދާރާއަކުން މި މާއްދާގެ (ހ) ގައި ބަޔާންކުރެވުނުގޮތަށް ބަޖެޓް ހުށަހެޅުމާ ދެމެދު ހަރަދެއްކުރަންޖެހޭނަމަ، އެ ހަރަދެއް ކުރަންވާނީ، އެ އިދާރާއެއް ހިންގަން ހަވާލުވެހުރި އެންމެ އިސްވެރިއަކީ މިނިސްޓަރަށް އަނގަބަހުން ނުވަތަ ފޯޯނުން އަންގައި، މިނިސްޓަރު އެކަމަކަށް އެ ވަގުތު ހަރަދުކުރުމަށް ހުއްދަކުރާ އަދަދަކަށްވުރެ ބޮޑުނުވާ މިންވަރަކަށެވެ. މިގޮތުން ފޯނުން ހުއްދަކުރެވޭ އަދަދު އެގޮތަށް ހުއްދަކުރެވުނުކަމުގެ ލިޔެކިޔުން، ޖެހިގެން އަންނަ ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެ އޮފީހަކުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ.

(ނ) ކުއްލި ނުރައްކަލުގެ ހާލަތު ިއއުލާންކުރުމާ ގުޅިގެން ކުރަންޖެހޭ ހަރަދު ކުރަންޖެހޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށެވެ. ހާލަތާއި ވަގުތު ނިޔާކުރާގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ދަތިވާ ހާލަތްތަކުގައްޔާއި ވަގުތުތަކުގައި އެނޫން ގޮތަކަށް އަމަލުކުރަންވާނީ އެ އިދާރާއެއް ހިންގަން ހަވާލުވެހުރި އެންމެ އިސްވެރިއަކު މިނިސްޓަރާ ގުޅައި އެކަމަށް މިނިސްޓަރު ދޭ ހުއްދައާ އެއްގޮތަށެވެ. މިގޮތުން ހުއްދަކުރެވޭ ކަންކަމުގެ ލިޔެކިޔުން، ޖެހިގެން އަންނަ ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެ އޮފީހަކުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ.

(ރ) ކުއްލި ނުރައްކަލެއް (ގުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް) ކުރިމަތިވެދާނެކަމަށް ތައްޔާރުވެ ތިބެންޖެހޭ އިދާރާތަކުން، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމަކަށް ބޭނުންކުރަންޖެހިދާނެ ތަކެތީގެ ސްޓޮކެއް ބަހައްޓައި އެތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި މި ސްޓޮކްގެ އިންވެންޓްރީއެއް ބަލަހައްޓަންވާނެއެވެ. މިގޮތުން ބަހައްޓާ ސްޓޮކްގެ ތެރެއިން ބަހައްޓާފައިހުރެ ދުވަސްވުމުގެ ސަބަބުންނާއި، ހަލާކުވުމުގެ ސަބަބުންނާއި، އަދި މުއްދަތު ހަމަވެގެން ބޭނުންނުކުރެވޭނެތި ކުރިޔަށް އޮންނަ އަހަރު ބަދަލުކުރަންޖެހޭނެ ތަކެތި ހޯދުމަށް، އެ އިދާރާއަކުން ކުރިޔަށް އޮންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ހިމަނަންވާނެއެވެ. އިސްވެ ބުނެވުނު ގޮތުގެމަތިން ބަދަލުކުރަންޖެހޭ ތަކެތީގެ ތެރެއިން ވިއްކައިލެވޭ ކަހަލަ ތަކެތި ނީލަމުގައި ވިއްކާލުމަށްފަހު ލިބޭ ފައިސާ ޖަމާކުރާނީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.

(ބ) ކުރިއަށް ލަފާކުރަން އެނގޭ ވައްތަރުގެ ކަންތައްތަކާއި (މިސާލަކަށް: އިމާރާތެއް ބައުވެގެން މަރާމާތުކުރުން ނުވަތަ އިމާރާތެއް އެއްގޮތަކަށްވެސް ބޭނުންނުކުރެވޭވަރުވެގެން އެހެން އިމާރާތެއް ހޯދުމުގެ ކަންތައްފަދަ ކަންތައްތަކާއި) ފާއިތުވި ދުވަސްތަކުގައި ކަންތައްތައް ހިނގާފައިވާގޮތަށް ބަލައި ކުރިން ހިނގާފައިވާ ހާދިސާއެއް ތަކުރާރުވުމުގެ ފުރުސަތު ބޮޑުކޮށް އޮންނަ ބާވަތުގެ ކަންތައްތަކަށް (މިސާލަކަށް: ރަށްރަށަށް އުދައެރުމާ ގުޅިގެން އެކަމަށް ދައުލަތުން ހަރަދުކުރަންޖެހޭނަމަ އެފަދަ ކަންކަމަށް، ނުވަތަ ބައެއް ރަށްރަށުން ބޯފެން ހުސްވެގެން އެ ރަށްރަށަށް ދައުލަތުން ބޯފެން ގެންގޮސްދޭންޖެހޭނަމަ އެފަދަ ކަންކަމަށް) ފައިސާ ހަރަދުކުރަން ޖެހިދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަންކަމަށް ހިނގާނެ ހަރަދު އޮންނަންވާނީ އެ އޮފީހެއްގެ ބަޖެޓުގައި ހިމަނާފައެވެ. މިގޮތުން ބަޖެޓުގައި ފައިސާ ނުހިމަނައިއޮވެ މިފަދަ ކަމަކަށް ފައިސާ ހޯދުމަށް އެދޭއެދުން އެއީ ކުއްލިއަކަށް ދިމާވި ހާދިސާއަކަށް ހަރަދުކުރުމަށް ފައިސާ ހޯދުމަށް އެދުނު އެދުމެއްކަމަކަށް ނުބެލެވޭނެއެވެ.

 

ބާބު 5

ދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

 

5.01 ވަނަ މާއްދާ - ދައުލަތުގެ ފައިސާ

"ދައުލަތުގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތަށްޓަކައި ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖް، ފީ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބެހެއްޓިފައިވާ ހުރިހާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިއުރިޓީޒްއަށާއި، އެހެން ފަރާތަކަށްޓަކައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއަށާއި، ލޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ފައިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ.

 

5.02 ވަނަ މާއްދާ - ދައުލަތަށް ލިބޭ ފައިސާ

(ހ) ދައުލަތުގެ ފައިސާއަކީ ގާނޫނަކުން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ހަދާ ގަވާއިދަކުން ދައުލަތުގެ އޮފީސްތަކަށް ލިބޭ ކޮންމެ ފައިސާއަކާއި، ދައުލަތުގެ މިލްކުގައިވާ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ އެއްޗެއް ކުއްޔަށް ދީގެން ނުވަތަ ވިއްކާލައިގެން ލިބޭ ކޮންމެ ފައިސާއެއްގެ އިތުރުން މި މާއްދާގެ (ށ) ގައި ބުނާ ފައިސާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނާ ދައުލަތަށް ލިބޭ ފައިސާ ތިރީގައި މިވަނީއެވެ.

  1. ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ
  2. ދައުލަތަށް ހިލޭއެހީގެ ގޮތުގައި ލިބޭ ފައިސާ
  3. ދައުލަތަށް ލޯޯނުގެ ގޮތުގައި ލިބޭ ފައިސާ 
  4. މިނޫނަސް އެކި ގޮތްގޮތުން ދައުލަތަށް ލިބޭ ފައިސާ 

 

5.03 ވަނަ މާއްދާ - ދައުލަތަށް ބަލައިގަނެވޭ ފައިސާ

(ހ) ދިވެހިރާއްޖޭގެ ފައިސާގެ ޔުނިޓަކީ، ރުފިޔާއެވެ. މި ރުފިޔާ އެކުލެވިގެންވަނީ 100 (ސަތޭކަ) ލާރީގެ މައްޗަށެވެ. 

(ށ) ބޭނުންނުކުރެވޭވަރަށް ބައުވެ ހަލާކުވެފައިވާ ނޫޓާއި ލާރި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ފިޔަވައި ދައުލަތުގެ އެހެން އޮފީހަކުން ގަބޫލުކޮށްގެން ނުވާނެއެވެ. 
(ނ) ފައިސާ ބަލައިގަންނަ މުވައްޒަފުން ނަގުދު ފައިސާގެ އިތުރުން، ފައިނޭންށަލް ކޮންޓްރޯލަރ އާންމުކޮށް ސަރކިއުލަރއަކުން ނުވަތަ ވަކި ހާއްސަ ހާލަތްތަކެއް ދިމާވުމުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ބޭންކް ޗެކު، ސަރޓިފައިޑް ބޭންކް ޑްރާފްޓް، ޓްރެވެލަރސް ޗެކު، ކްރެޑިޓްކާޑު، ޑެބިޓްކާޑު، އިލެކްޓްރޯޯނިކް ބޭންކް ޓްރާންސްފަރ އަދި މިނޫންވެސް މިފަދަ ނެގޯށިއަބަލް އިންސްޓްރޫމަންޓުން ދެއްކޭ ފައިސާ ގަބޫލުކުރެވިދާނެއެވެ.

 

5.04 ވަނަ މާއްދާ - ދައުލަތަށް ފައިސާ ލިބޭ ކަންތައްތަކުގެ ދަފުތަރު ބެލެހެއްޓުން

(ހ) ދައުލަތަށް ފައިސާ ލިބޭ ކަންތައްތަކުގެ ތެރެއިން އެ އޮފީހަކަށް ލިބޭ ފައިސާގެ ދަފުތަރެއް ދައުލަތުގެ ކޮންމެ އޮފީހަކުންވެސް ބަލަހައްޓަންވާނެއެވެ. މި ދަފުތަރުގައި އެ ފައިސާއެއް ނަގަން ހަމަޖެހުނު ގާނޫނު ނުވަތަ ގަވާއިދު ނުވަތަ އެކަމެއް ހަމަޖެހުނު ގޮތުގެ ތަފުސީލާއި ރިފަރެންސް ނަންބަރާއި ތާރީހު އެނގެން އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ދަފުތަރު އޮންނަންވީ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/RV01 ގައި ވާނެއެވެ.

 

5.05 ވަނަ މާއްދާ - ލިބޭފައިސާ ބަލައިގަތުމާއި، ރަސީދު ދިނުން

(ހ) ދައުލަތުގެ ތަނަކަށް ފައިސާ ބަލައިގަންނަނަމަ، ފައިސާ ދެއްކި ފަރާތަށް ރަސީދު ދޭންވާނެއެވެ. މި ރަސީދު އަތުން ލިޔެފައި ނުވަތަ އިލެކްޓްރޯޯނިކް މެށިނުން ޕްރިންޓުކޮށްފައިވެސް ދެވިދާނެއެވެ. އަތުން ލިޔެފައި ރަސީދު ދޭނަމަ، ރަސީދު ފޮތްތައް ހުންނަންވާނީ އޮފީހުގެ ނަމުގައި ޗާޕުކޮށް ސީރިއަލް ނަންބަރު ޖަހާފައެވެ. ރަސީދުގައި ތިރީގައިމިވާ މައުލޫމާތު ހުންނަންވާނެއެވެ.

  1. ފައިސާ ދެއްކިފަރާތް
  2. ފައިސާ ދެއްކީ ކޮން ކަމަކަށްކަން
  3. ފައިސާގެ އަދަދާއި ބާވަތް (ވިޔައަކުރުންނާއި ރަސީދު ލިޔެވޭ ބަހަކުން)
  4. ފައިސާ ބަލަ ިއގަތީ ޗެކުންނަމަ ޗެކުގެ ނަންބަރާއި ބޭންކް، ނުވަތަ ފައިސާއިންނަމަ ފައިސާއިންކަން
  5. ތާރީހު
  6. ފައިސާ ބަލައިގަތް މީހާގެ ނަމާއި ސޮއި
  7. ރަސީދު ނަންބަރު
  8. އޮފީހުގެ ތައްގަނޑު (މި ތައްގަނޑު އޮންނަންވާނީ މި މާއްދާގެ (އ) ގައިވާ ގޮތަށް)

(ށ) ބިލު ނުވަތަ އިންވޮއިސްގައި ފައިސާ ލިބުނުކަމަށް ބަޔާންކުރާއިރު ތިރީގައިމިވާ މައުލޫމާތު ހުންނަންވާނެއެވެ.

  1. ފައިސާ ބަލައިގަތް މީހާގެ ނަން ނުވަތަ އެ މީހާގެ ކޯޑު ނަންބަރު
  2. ފައިސާ ދެއްކި ތާރީހު
  3. ބަލައިގަތް ފައިސާގެ އަދަދު
  4. ބިލު ނުވަތަ އިންވޮއިސްގައި ފައިސާ ބަލައިގަތް އޮފީހުގެ ތައްގަނޑު ޖަހައި ފައިސާ ބަލައިގަތުމުގެ ހުއްދަ އޮތް މީހަކު ސޮއިކުރުން. މިގޮތަށް ބިލުން ނުވަތަ އިންވޮއިސުން ފައިސާ ބަލަ ިއގަތް ކަމުގައިވިޔަސް، އެ ބިލަކަށް ނުވަތަ އެއިންވޮއިސަކަށް ރަސީދު ހަދަންވާނެއެވެ.
  5. ފައިސާ ދެއްކި ފަރާތް

(ނ) ފޯޯމުފަދަ ތަކެތި ވިއްކާއިރު، ފޯޯމުތައް ޗާޕުކޮށް، ހުރިހާ ފޯޯމެއްގައި ތަރުތީބުން ނަންބަރު ޖެހުމަށްފަހު، އެ ފޯޯމުތައް ރަސީދު ނުހަދާ ވިއްކިދާނެއެވެ. އަދި ދުވަސް ނިމުމުން، އެ ދުވަހު ވިކުނު ހުރިހާ ފޯޯމަށް، ކޮންމެ ބާވަތަކުން ލިބުނު ޖުމުލަ ފައިސާގެ އަދަދު އެނގޭނޭގޮތަށް ރަސީދެއް ހަދަންވާނެއެވެ.

(ރ) ސްޓިކަރ، ޓިކެޓްފަދަ ތަކެތި ޗާޕުކޮށް ތަރުތީބުން ނަންބަރު ޖެހުމަށްފަހު ރަސީދު ނުހަދައި ވިއްކިދާނެއެވެ. އަދި ދުވަސް ނިމުމުން، މުޅި ދުވަހަށް ކޮންމެ ބާވަތަކަށް ވަކި ރަސީދެއް ހަދަންވާނެއެވެ.

(ބ) ސްޓޭމްޕް، ޕޯސްޓުކާޑު، އެއިރޯގްރާމް، ތަފާތު ސުވެނިއަރ ރަމްޒީ ފައިސާފޮތި، ދިދަފަދަ ތަކެތި ރަސީދު ނުހަދައި ވިއްކިދާނެއެވެ. އަދި ދުވަސް ނިމުމުން، މުޅި ދުވަހަށް ކޮންމެ ބާވަތަކަށް ވަކި ރަސީދެއް ހަދަންވާނެއެވެ.

(ޅ) އެއްވެސް ހާލަތެއްގައި ރަސީދު ހެދުމަށް އޮންނަ ގޮތް ނޫން ގޮތަކަށް ވަގުތީ ރަސީދެއް ނުވަތަ ނުރަސްމީ ރަސީދެއް ނުވަތަ މިނޫންވެސް އެހެން ގޮތަކަށް ރަސީދު ހަދައި ދޫކޮށްގެން ނުވާނެއެވެ.

(ކ) ފައިސާ ބަލައިގަތުމަށްފަހު ދޫކުރާ ރަސީދުތަކުގެ ކޮޕީ އެއްވެސް ގެއްލުމެއް ނުލިބޭގޮތަށް މި ގަވާއިދުގައިވާ ގޮތުގެމަތިން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި ކެންސަލްކުރެވޭ ރަސީދުތަކުގެ އަސްލާއި، ކޮޕީ އެއްކޮށް ހީރަސް ޖެހުމަށްފަހު، ކެންސަލްކުރަން ޖެހުނު ސަބަބު ބަޔާންކޮށް އެ ތަނެއްގެ ވެރިޔަކު ރަސީދުގައި ސޮއިކުރަންވާނެއެވެ. މިފަދަ ރަސީދުތައްވެސް ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

(އ) ފައިސާ ބަލައިގެންފައި ޖަހާ ތައްގަނޑު އޮންނަންވާނީ ތިރީގައިމިވާ ނަމޫނާއާ އެއްގޮތަށެވެ.

 

ނޯޓު: މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ނަން އޮތް ތަނުގައި އޮންނަންވާނީ އެ އޮފީހެއްގެ ނަމެވެ.(ވ) ފައިސާ ބަލައިގަންނަ ތައްގަނޑު އޮންނަންވާނީ ފައިސާ ބަލައިގަތުމަށް ހަމަޖައްސާފައިވާ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ތަޅުލެވޭ ތަނެއްގައި ރައްކާކުރެވިފައެވެ.

 

5.06 ވަނަ މާއްދާ - ލިބޭ ފައިސާ، ޗެކުން ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން ބަލައިގަތުން 

(ހ) ޗެކުން ނުވަތަ އެކައުންޓު ކްރެޑިޓްކޮށް ނުވަތަ ޑެބިޓްކޮށް ދައްކާ ފައިސާ ނުވަތަ ކްރެޑިޓްކާޑުން ދައްކާ ފައިސާ ބަލައިގަންނާނީ ރަސީދު ހަދައިގެންނެވެ. އަދި ފޮތުގައި ލިޔެ ހިސާބުތައް ގަވާއިދުން ފުރިހަމަކުރަންވާނެއެވެ. 

(ށ) ބަލައިގަންނަ ހުރިހާ ޗެކެއް ހުންނަންވާނީ "ނޮޓް ނިގޯށިއަބަލް – ކްރެޑިޓް ދިވެހި ސަރުކާރު އެކައުންޓް" ނުވަތަ "ނޮޓް ނިގޯށިއަބަލް – ކްރެޑިޓް (އެކައުންޓުގެ ނަން)" މިހެން ލިޔެ ކްރޮސްކުރެވިފައެވެ.

(ނ) ފައިސާ ލިބެންޖެހޭ އަދަދާއި ފައިސާ ލިބުނު އަދަދާ ތަފާތުވިނަމަވެސް ރަސީދު ހަދަންވާނީ ފައިސާ ލިބުނު އަދަދަށެވެ.

(ރ) އެކި ފަރާތްތަކުން ގެންނަ ޕޯސްޓް ޑޭޓަޑް (އަންނަން އޮތް ތާރީހެއްގެ) ޗެކު ހަވާލުވެ ބަލައިގަނެގެން ނުވާނެއެވެ.

 

5.07 ވަނަ މާއްދާ - އެކައުންޓުގައި ފައިސާ ނެތިގެން އަނބުރާ ލިބޭ ޗެކުގެ ފައިސާ ހޯދުން 

(ހ) ޗެކެއް ޑިސްއޮނަރވި (ބޭންކުން ގަބޫލުނުކުރި) ކަމުގެ މައުލޫމާތު ލިބުމާއެކު، އެ ޗެކެއް އަވަހަށް ހޯދައި، އެ ފައިސާއަކާ ބެހޭގޮތުން މި މާއްދާގައި ބަޔާންކުރެވިފައިވާ ތިރީގައިމިވާ މައުލޫމާތު ހިމެނޭގޮތަށް ރަޖިސްޓަރީއެއްގައި ލިޔެ ރިކޯޑު ބަލަހައްޓަންވާނެއެވެ. އަދި ތިރީގައިމިވާ ގޮތުގެމަތިން ފައިސާ ހޯދުމަށް މަސައްކަތްކުރަންވާނެއެވެ.

  1. ޗެކު ތައްޔާރުކުރުމުގައި ހުރި މައްސަލައެއްނަމަ، އެކަން ރަނގަޅުކުރުމަށް ފައިސާ ދެއްކި ފަރާތާ ވަގުތުން ގުޅުން.
  2. މައްސަލަ ދިމާވެފައިވާ ޗެކު ރަނގަޅުކޮށް ނުވަތަ އެ ޗެކުގެ ބަދަލުގައި މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފައިސާ ހޯދުމަށްފަހު، އެ ޗެކު ނުވަތަ އެފައިސާ އަލުން ޖަމާކުރުން. އަދި މި މައުލޫމާތު ރަޖިސްޓަރީގައި ފުރިހަމަކުރުން.

(ށ) ދައުލަތުގެ އޮފީހަކަށް ބަލައިގެންފައިވާ ޗެކެއް، އެ ޗެކު ދޫކޮށްފައިވާ އެކައުންޓުގައި އެ އަދަދަށް ފައިސާ ނެތިގެން ނުވަތަ އެއްވެސް ސަބަބަކާހުރެ ޗެކު އަނބުރާ ލިބިއްޖެނަމަ، އެ ޗެކުގައި އޮތް އަދަދުގެ ނަގުދު ފައިސާއިން ނުވަތަ ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކަކުން، އެކަން އަންގާ ވަގުތުން ފެށިގެން ލަސްވެގެން ޖެހިގެން އަންނަ ސަރުކާރު ބަންދު ނޫން ދުވަހުގެ މެންދުރު 12.00 ގެ ކުރިން ފައިސާ ދެއްކުމަށް އެ ޗެކު ދޫކުރި ފަރާތަށް ލިޔުމުން އަންގައި ސޮއިކުރުވަންވާނެއެވެ. 

(ނ) ފައިސާ ނުލިބިގެން އަނބުރާ ލިބޭ ޗެކު، އެ ޗެކު ފޮނުވި ފަރާތާ އަނބުރާ ހަވާލުކުރަންވާނީ، އެ ޗެކުން ދެއްކި ފައިސާ އެ އޮފީހަކަށް ލިބުމުންނެވެ.

(ރ) ޗެކު ދޫކުރި އެކައުންޓުގައި ފައިސާ ނެތިގެން ޗެކެއް އަނބުރާ ލިބިއްޖެނަމަ، އެ ޗެކުގައި އޮތް އަދަދުގެ ފައިސާއަކީ ނުލިބޭ ފައިސާއެއްކަމަށް ބަލައި، ފައިސާ ބަލައިގަތް ރަސީދާއި ހިސާބުތަކުން ހަމަޖައްސަންވާނެއެވެ. މި ފައިސާ އަލުން ބަލައިގަންނާނީ، މި ގަވާއިދުގެ 5.05 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރަސީދަކުންނެވެ. 

(ބ) އެކައުންޓުގައި ފައިސާ ނެތިގެން ނުވަތަ ފައިސާ ދެއްކި ފަރާތުގެ އިހުމާލެއް އޮވެގެން އަނބުރާ ލިބުނު ޗެކު ބަލައިގަތް ކަމަކީ ވަކި ތާރީހަކަށް ފައިސާ ނުދައްކައިފިނަމަ ޖޫރިމަނާވާ ބާވަތުގެ ކަމެއްކަމަށް ވެފައި، ޗެކު އަނބުރާ ލިބުނުއިރު އެ ތާރީހު ފާއިތުވެފައިވާނަމަ، އެ ޗެކުގައި އޮންނަ އަދަދުގެ ނަގުދުފައިސާ ބަލައިގަންނަންވާނީ ޖޫރިމަނާ ފައިސާއާ އެކުގައެވެ.

(ޅ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފައިސާ ނުދައްކައިފިނަމަ، ލަސްނުކޮށް ފައިސާ ހޯދުމަށް މަސައްކަތްކުރަންވާނެއެވެ. އަދި އެ ފައިސާ ދެއްކުމަށް ފުރަތަމަ އެންގި ތާރީހުން ފެށިގެން ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، ފައިސާ ހޯދުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ލަސްނުކޮށް އަޅަންވާނެއެވެ.

(ކ) އެކައުންޓުގައި ފައިސާނެތި ޗެކު ދޫކުރި ފަރާތުން މި މާއްދާގެ (ޅ) ގައިބަޔާންކޮށްފައިވާ މުއްދަތުގައި ޗެކުގެ ފައިސާ ނުދައްކައިފިނަމަ، އެކައުންޓުގައި ފައިސާނެތި ޗެކު ދޫކުރި ފަރާތުގެ މައްސަލަ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅަންވާނެއެވެ.

(އ) އެކައުންޓުގައި ފައިސާ ނެތިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަނބުރާ ލިބުނު ޗެކެއްގެ ފައިސާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނުލިބިއްޖެނަމަ، ދެން އެ ފަރާތުގެ ޗެކެއް ބަލައިގަންނަންވާނީ ތިރީގައިމިވާ މުއްދަތު ހަމަވަންދެން ބޭންކް ގެރެންޓީ ޗެކެއް ގެނައުމުންނެވެ.

  1. ޗެކު އަނބުރާ ލިބުނު ފުރަތަމަފަހަރު 6 (ހައެއް) މަސްދުވަސް ވަންދެން.
  2. ޗެކު އަނބުރާ ލިބުނު ދެވަނަފަހަރު 12 (ބާރަ) މަސްދުވަސް ވަންދެން.
  3. ޗެކު އަނބުރާ ލިބުނު ތިންވަނަފަހަރު 24 (ސައުވީސް) މަސްދުވަސް ވަންދެން.

 

5.08 ވަނަ މާއްދާ - ލިބޭ ފައިސާގެ ދުވަހުފޮތް ބެލެހެއްޓުން  

(ހ) ދައުލަތުގެ ކޮންމެ އޮފީހަކަށް ލިބޭ ފައިސާ ބަލައިގަތުމަށްފަހު ދުވަހުފޮތުގައި ލިޔެގެން ނުވަތަ ފައިނޭންށަލް ކޮންޓްރޯލަރ ހުއްދަކުރާ އިލެކްޓްރޯޯނިކް ވަސީލަތަކުން ދުވަހުންދުވަހަށް ތިރީގައިވާ ގޮތުގެމަތިން ރިކޯޑުކޮށް ލިބޭފައިސާގެ ހިސާބުތައް ބަލަހައްޓަންވާނެއެވެ.

  1. އެކަކު ނުވަތަ އެކަކަށްވުރެ ގިނަ މުވައްޒަފުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަންތަނުގައި ފައިސާ ބަލައިގަންނަ މުވައްޒަފުން އެ މުވައްޒަފަކު ބަލައިގަންނަ ފައިސާގެ ތަފުސީލު ށީޓެއް ތައްޔާރުކޮށް ބަލައިގަނެވުނު ފައިސާއާއެކު، އެ ފައިސާ ހަވާލުކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފަކާ ހަވާލުކުރުން.
  2. އެދުވަހަކު ބަލައިގަންނަ ހުރިހާ ފައިސާއެއް ހަވާލުވާ މުވައްޒަފު ނުވަތަ ލިބޭފައިސާގެ ދުވަހުފޮތް ނުވަތަ ދުވަހުށީޓް ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފު ލިބޭފައިސާގެ ދުވަހުފޮތުގައި ނުވަތަ ދުވަހުށީޓުގައި ލިޔެ ދުވަހުންދުވަހަށް ހިސާބުތައް ނިންމުން.

(ށ) ކޮންމެ ދުވަހަކު ލިބޭ ފައިސާ ދުވަހުފޮތުގައި ނުވަތަ ދުވަހުށީޓުގައި ިލޔާއިރު، އެ ފައިސާއެއް ލިބުނު ކަމަކާއި، ދެއްކި ފަރާތާއި، ދެއްކި އަދަދު އެނގޭނެގޮތަށް ބިލު ނުވަތަ ރަސީދު ނަންބަރާއެކު ލިޔެ، އެދުވަހެއްގެ ޖުމުލަ ކުރަންވާނެއެވެ.  

(ނ) ލިބޭފައިސާގެ ދުވަހުފޮތް ނުވަތަ ދުވަހުށީޓުގެ ނަމޫނާއެއް މި ގަވާއިދުގެ MG/RV02 ގައި ވާނެއެވެ.

 

5.09 ވަނަ މާއްދާ - ބަލައިގަންނަ ފައިސާ ބެލެހެއްޓުން

(ހ) މުވައްޒަފުންގެ ހަވާލުގައި ނުވަތަ އޮފީހުގައި ފައިސާ ބަހައްޓަންވާނީ، މި ގަވާއިދުގެ 6.21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ތަނެއްގައި ނުވަތަ އެއްޗެއްގައެވެ.

(ށ) ދައުލަތުގެ ތަންތަނަށް ލިބޭ ފައިސާ އެ ފައިސާއެއް ދައްކަންޖެހޭ ފަރާތަކަށް ދައްކާ ނިމެންދެން ހުންނަންވާނީ، އެ ފައިސާއެއް ބަލައިގަތް މީހެއްގެ ޒިންމާގައެވެ.

(ނ) ދައުލަތުގެ ތަންތަނަށް ޗެކުން ބަލައިގަންނަ ފައިސާ ގަވާއިދުން ޖަމާނުކޮށް ލަސްވުމުގެ ސަބަބުން އެ ޗެކަކަށް ފައިސާ ނުލިބިއްޖެނަމަ، އެކަމާ ޒިންމާވާން ޖެހޭނީ، އެ ޗެކެއް ޖަމާކުރުމުގައި އިހުމާލުވި މުވައްޒަފެކެވެ.

(ރ) ދައުލަތުގެ ތަންތާނގެ ތެރެއިން ތިޖޫރީ ހުންނަ ތަންތާނގައި ދައުލަތުގެ ފައިސާ ބަހައްޓަންވާނީ ތިޖޫރީގައެވެ. ތިޖޫރީ ނެތް ތަނެއްގައިނަމަ ފައިސާ ބަހައްޓާނީ މި ގަވާއިދުގެ 6.21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ރައްކާތެރި ތަނެއްގައި ނުވަތަ އެއްޗެއްގައެވެ.

(ބ) ފައިސާ ބަލައިގަތުމަށް ވަކި ތަނެއް ގާއިމުކުރެވިފައިވާ އޮފީސްތަކުގައި އެތަނަށް އާންމުކޮށް ވަނުމުގެ ހުއްދަ އޮންނަންވާނީ ހަމައެކަނި ފައިސާ ބަލައިގަންނަ މުވައްޒަފުންނަށެވެ. ފައިސާ ބަލައިގަންނަ ވަގުތުތަކުގައާއި ފައިސާ ބަލައިގަންނަން ތައްޔާރު ކުރެވެމުންދާ ވަގުތުތަކުގައާއި ދުވަހުހިސާބު ނިންމާ ވަގުތުތަކުގައި މިބައިގެ ދޮރު ހުންނަންވާނީ ތަޅުލެވިފައެވެ.

(ޅ) ބަލައިގަންނަ ފައިސާ ހުންނަންވާނީ، އެ ފައިސާއެއް ބަލައިގަންނަ މުވައްޒަފެއްގެ ހަވާލުގައި، އެ ފައިސާގެ ރައްކާތެރިކަމަށް އެފަރާތެއް ސީދާ ޒިންމާވާގޮތަށް، ހަމައެކަނި އެފަރާތުގެ ހަވާލުގައި ރައްކާތެރިކަމާއެކު ބެލެހެއްޓޭ ގޮތަކަށެވެ.

(ކ) މަސައްކަތުގެގޮތުން ފައިސާއަށް ޒިންމާވާންޖެހޭ މުވައްޒަފުންނަށް ފައިސާ ރައްކާތެރިކަމާއެކު ގެންގުޅެވޭނޭފަދަ އެކަށީގެންވާ ރައްކާތެރި ވަސީލަތްތައް ހަމަޖައްސައިދޭންވާނެއެވެ.

(އ) ފައިސާއަށް ސީދާ ޒިންމާވާންޖެހޭ މުވައްޒަފުންގެ އަތުން ފައިސާ ގެއްލި ނުވަތަ ވައްކަންކުރުންފަދަ ކަމެއް ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އަދި ކަމާގުޅޭ އިރުށާދު މުވައްޒަފުންނަށް ދީ، އަދި މި ފިޔަވަޅުތަކަށް އަމަލުކުރަމުންދޭތޯ ބެލުމަށްޓަކައި އިތުރު އެންގުމަކާ ނުލައި ދޭތެރެދޭތެރެއިން ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރު ނުވަތަ އޭނާ އައްޔަންކުރާ މީހަކު ޗެކުކުރަންވާނެއެވެ. 

 

5.10 ވަނަ މާއްދާ - ދައުލަތަށް ލިބޭ ފައިސާ ޖަމާކުރަންޖެހޭ އެކައުންޓު 

(ހ) ދައުލަތަށް ލިބޭ އެންމެހައި ފައިސާ ބަލައިގަނެ ޖަމާކުރަންވާނީ، ނުވަތަ ބަހައްޓަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުޅުވައި ބަލަހައްޓަމުންގެންދާ ޕަބްލިކް ބޭންކް އެކައުންޓުގައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނެތް ރަށެއްގައިނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯ ރިޓީގެ އެކައުންޓެއް އޮތް ބޭންކެއްގައެވެ. އެފަދަ އެކައުންޓެއް އޮތް ބޭންކެއްވެސް ނެތް ރަށެއްގައިނަމަ، ދައުލަތުގެ ފައިސާ ބަހައްޓަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ހުޅުވާ އަދި ހިންގާ އެކައުންޓެއްގައެވެ. އެފަދަ އެކައުންޓެއްވެސް ނެތް ރަށެއްގައި ފައިސާ ބަހައްޓަންވާނީ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއްގެ ދަށުން ކަނޑައަޅާ ތަނެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 12 ވަނަ މާއްދާއާ އެއްގޮތަށް ޕަބްލިކް ބޭންކް އެކައުންޓުގެ އިތުރުން އިތުރު އެކައުންޓެއް ނުވަތަ އެކައުންޓުތަކެއްގައި ދައުލަތުގެ ފައިސާ ބަހައްޓަންޖެހިއްޖެ ހާލަތެއްގައި، އެފަދަ އެކައުންޓެއް ނުވަތަ އެކައުންޓުތަކެއް ހުޅުވައި ބަލަހައްޓަންވާނީ އެ މާއްދާގެ ދަށުން އެކުލަވައިލާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މާލޭގައި ހިނގަމުންދާ ދައުލަތުގެ އޮފީސްތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފައިސާ ޖަމާކުރާ ފޯމުގެ ނަމޫނާއެއް މި ގަވާއިދުގެ MG/RV03 ގައި ވާނެއެވެ.

(ރ) އަތޮޅުތަކުގައި ހިނގަމުންދާ ތަންތަނުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރކުރާ ފޯމުގެ ނަމޫނާ މި ގަވާއިދުގެ MG/RV4 ގައި ވާނެއެވެ. 

 

5.11 ވަނަ މާއްދާ - ފައިސާ ބަލައިގަންނަ ތަންތާނގައި އާންމުއެންގުން ބެހެއްޓުން 

އެކިއެކި ކަންކަމަށް ދައްކަންޖެހޭ ފައިސާ ބަލައިގަންނާނެ ވަގުތާއި، މި ގަވާއިދުގެ 5.05 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަސީދު ދޫކުރެވޭނެ ކަންތައްތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔެ އާންމުކޮށް ފެންނާނެގޮތަށް އެތަނެއްގައި ބެހެއްޓިފައި ހުންނަންވާނެއެވެ.

 

5.12 ވަނަ މާއްދާ - ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދިޔުމާއި ގެނައުން

(ހ) ނަގުދުފައިސާ އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ ރިސްކުބޮޑު ކަމަކަށްވާތީ، ފައިސާ ގެންދިޔުމުގެ ބަދަލުގައި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޓްރާންސްފަރކުރެވޭނެ އިންތިޒާމު ހަމަޖެހެން އޮތްނަމަ ފައިސާ ފޮނުވަންވާނީ ބޭންކް މެދުވެރިކޮށްގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރެވެން ނެތް ހާލަތްތަކުގައި ފައިސާ އެއްތަނުން އަނެއް ތަނަށް ކަނޑުމަގުންނާއި ވައިގެމަގުންނާއި އަދި އެއްގަމުމަގުން ގެންދާއިރު ގެންދަންވާނީ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އެންމެހައި ފިޔަވަޅުތައް އަޅައިގެންނެވެ.

(ނ) ފައިސާ ގެންދާ ތަނަކަށް ގެންގޮސް ހަވާލުކުރަންޖެހޭ ފަރާތާ ހަވާލުކުރެވެންދެން އެ ފައިސާއާ ހަވާލުވެގެން ހުރި މުވައްޒަފު ނުވަތަ މުވައްޒަފުން އިތުރު އެހެން ކަމަކާ މަށްޣޫލުވެގެން ނުވާނެއެވެ.

(ރ) ބޭންކުން ފައިސާ ނަގަން ނުވަތަ ބޭންކަށް ފައިސާ ޖަމާކުރަން ދާއިރު، ބޭންކަށް ދާ މުވައްޒަފާއެކު އޮފީހުގެ އިތުރު މުވައްޒަފެއް ގެންދަންވާނެއެވެ.

(ބ) ގިނަ އަދަދަކަށް ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދާއިރު ރައްކާތެރިކަމާއެކު ފައިސާ ނުގެންދެވޭނެކަމަށް އެ ޒިންމާ އުފުލަންޖެހޭ މުވައްޒަފަކަށް ފެނިއްޖެނަމަ، މާލީޒިންމާދާރުވެރިޔާ ނުވަތަ ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރުގެ ލަފާގެ މަތިން ފުލުހުންގެ ނުވަތަ ސިފައިންގެ މަށްވަރާ ހޯދަންވާނެއެވެ. 

5.13 ވަނަ މާއްދާ - ފައިސާއާ ހަވާލުވެ ހުންނަ މުވައްޒަފަކު ކޮށްގެންނުވާނެ ކަންތައްތައް

(ހ) ދައުލަތުގެ އެއްވެސް ފައިސާއެއް އެ ފައިސާއެއް ހަވާލުވެހުރި މުވައްޒަފެއްގެ އަމިއްލަ ކަމަކަށް ބޭނުންކޮށްގެން ނުވާނެއެވެ. އަދި އެހެން ފަރާތެއްގެ އަމިއްލަ ބޭނުމަކަށް ދީގެންވެސް ނުވާނެއެވެ.

(ށ) އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތެއްގެ ޗެކެއް (އެ މުވައްޒަފެއްގެ އަމިއްލަ ޗެކެއް ކަމުގައިވީނަމަވެސް) އެ ތަނެއްގައި ހުންނަ ނަގުދުފައިސާއާ ބަދަލުކޮށްގެން ނުވާނެއެވެ. 

 

5.14 ވަނަ މާއްދާ - ދައުލަތުގެ އޮފީހެއްގައި މުވައްޒަފުންގެ އަމިއްލަ ފައިސާ ނުބެހެއްޓުން 

(ހ) ދައުލަތުގެ އޮފީހެއްގައި ނުވަތަ ސްޓްރޯންގ ރޫމެއްގައި ނުވަތަ އެހެންވެސް ފައިސާ ރައްކާކުރުމަށް ހަދާފައިވާ ތަނެއްގައި އެއްވެސް ފަރާތެއްގެ އަމިއްލަ ފައިސާއެއް ނުވަތަ ޗެކެއް ބަހައްޓައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ފައިސާ ވާނީދައުލަތުގެ ފައިސާކަމުގައެވެ.

 

5.15 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކަށް ލިބޭފައިސާ ޖަމާކުރުން 

(ހ) ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ ޖަމާކުރެވޭހާ ވަގުތު އޮއްވައި ލިބިއްޖެނަމަ، އެ ފައިސާއެއް ލިބޭ ދުވަހު އެ ފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރަންވާނެއެވެ.

(ށ) އެކި ކަންކަމަށް ލިބޭ ފައިސާ، ލިބުނުވަރު ވަކިވަކިން އެނގޭގޮތަށް ހިސާބު ބަލަހައްޓަންވާނެއެވެ.

(ނ) ކޮންމެ ދުވަހަކު ފައިސާ ޖަމާކުރުމަކީ ދަތިކަމަކަށްވެފައި، އަދި ޖަމާނުކޮށް ބެހެއްޓޭ ފައިސާ އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ބެހެއްޓޭނަމަ، ދުވާލަކު އެއްފަހަރު ފައިސާ ޖަމާނުކޮށް ބެހެއްޓޭނީ އެއޮފީހެއްގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދަ ލިބިގެންނެވެ. 

(ރ) ލިބޭފައިސާ ޖަމާކުރާއިރު، ލިބުނު ފައިސާގެ ގޮތުގައި ކޭށްފޮތުގައި ރިކޯޑުކޮށްފައިވާ ފައިސާގެ އަދަދުތައް އެއްކޮށް، ލިބުނު ފައިސާގެ ޖުމުލައާއި އަތުގައިހުރި ފައިސާގެ ޖުމުލަ ދިމާކުރަންވާނެއެވެ. މިގޮތުން ހިސާބު ދިމާކުރި ގޮތް ލިޔުމުން ފެންނަން އޮންނަންވާނެއެވެ.

(ބ) ކޮންމެ މުވައްޒަފެއްގެ އަތުގައި ހުރި ފައިސާއާއި ކޭށްފޮތުގެ ބާކީއާ ދިމާވޭތޯ ބަލައި، ލިބުނު އަދަދު ހަމައަށް ބޭންކަށް ޖަމާކުރަންވާނެއެވެ.

(ޅ) ފައިސާ ބަލައިގަނެ ރަސީދު ހަދައި ކޭށްފޮތަށް އަރުވައި ބޭންކަށް ޖަމާކުރަން ޖެހިފައިވާ އެއްވެސް ފައިސާއެއް ތިޖޫރީގައި ނުވަތަ ފައިސާ ރައްކާކޮށްފައި ބެހެއްޓުމަށް ހާއްސަކޮށްފައިވާ ތަނެއްގައި ނޫނީ ބަހައްޓައިގެން ނުވާނެއެވެ.

(ކ) ބޭންކަށް ޖަމާކުރެވޭ ހުރިހާ ފައިސާއެއް ބޭންކުން ބަލައިގަތްކަމުގެ ބޭންކް ތައްގަނޑު ޖަހާފައިވާ ޑިޕޮޒިޓް ސްލިޕެއް ނުވަތަ ލިޔުމެއް ހޯދަންވާނެއެވެ. އަދި ޖަމާކުރެވުނު ތަރުތީބުން މި ލިޔުން ފައިލުކުރަންވާނެއެވެ.

(އ) ފައިސާ ބަލައިގަންނަ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކަލެކްޓަރެއްގެ ގޮތުގައި ވަޒީފާގެ މަސްއޫލިއްޔަތު ހަމަޖެހިފައި ނެތް މުވައްޒަފަކު ފައިސާ ބަލައިގަތްނަމަވެސް، އެ މުވައްޒަފަކު ބަލައިގަތް ފައިސާއަކަށް، ފައިސާ ބަލައިގަތް މުވައްޒަފެއްގެ ގޮތުގައި ނަގަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެ މުވައްޒަފަކު އުފުލަންޖެހޭނެއެވެ.

 

5.16 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާގެ ތެރެއިން ބޭންކަށް ޖަމާކުރާ ފައިސާގެ ބޭންކް ބާކީ ބެލެހެއްޓުން

(ހ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ނުވަތަ އެހެންވެސް ބޭންކަކަށް ފައިސާ ޖަމާކޮށްފިނަމަ، އެ ފައިސާ ޖަމާކުރި އޮފީހަކުން އެ ފައިސާގެ ހިސާބު ބަލަހައްޓައި، އެކައުންޓު ބާކީ ފޮތުގައި ލިޔެގެން ނުވަތަ ކޮމްޕިއުޓަރ ށީޓުގައި ހިސާބުތައް ހިމަނައިގެން، އެ ހިސާބުތައް MG/RV05 ގައިވާ ގޮތުގެ މަތިން ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ށ) ކޮންމެ މަހެއް ނިމުމުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓުން ދައްކާ ބާކީއާއި އޮފީހުގެ ހިސާބުތަކުން ދައްކާ ބާކީއަކީ ރަނގަޅު ހިސާބުތަކެއްކަން ދެނެގަތުމަށްޓަކައި ކޮންމެ މަހަކު އެއްފަހަރު ބޭންކް ސްޓޭޓްމަންޓެއް ގެނުވައި ރިކޮންސިލިއޭށަން ސްޓޭޓްމަންޓެއް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) ކޮންމެ މަހެއް ފެށުމާއެކު، ކުރީމަހުގެ ރިކޮންސިލިއޭށަން ސްޓޭޓުމަންޓްގައިވާ ގޮތުން، ބޭންކް އެކައުންޓު ބަލަހައްޓާ ފޮތުގައި ހިމަނަންޖެހޭ އަދަދުތައް ހިމަނައި، އަދި އެކައުންޓުން އުނިކުރަންޖެހޭ އަދަދުތައް އުނިކޮށް ބޭންކް އެކައުންޓުގެ ހިސާބުތައް ދިމާކުރަންވާނެއެވެ. 

(ރ) މާލޭގައި ހިނގަމުންދާ ދައުލަތުގެ އޮފީސްތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރާ ފައިސާގެ ހިސާބު ދިާމކުރުމަށްޓަކައި ވޭތުވެދިޔަ މަހުގެ ހިސާބު، ހިނގާ މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އޮފީސްތަކަށް ފޮނުވުމުން ނުވަތަ ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް އެ މައުލޫމާތު ފޯރުކޮށްދިނުމުން ރިކޮންސައިލްކޮށް ސްޓޭޓްމަންޓެއް ތައްޔާރުކުރަންވާނެއެވެ.

(ބ) މާލެ ފިޔަވައި އެހެނިހެން ތަންތާނގައި ހިނގަމުންދާ ދައުލަތުގެ އޮފީސްތަކުންބޭންކުތަކުގައި ހުޅުވައިގެން ބަލަހައްޓާ އެކައުންޓުތަކަށް ޖަމާކުރާ ފައިސާގެ ހިސާބު ދިމާކުރުމަށްޓަކައި މަހަކު އެއްފަހަރު ބޭންކުތަކުން މައުލޫމާތު ހޯދައިގެން ރިކޮންސައިލްކޮށް ސްޓޭޓްމަންޓެއް ތައްޔާރުކުރަންވާނެއެވެ. 

 

5.17 ވަނަ މާއްދާ - ލަފާކުރާ އާމްދަނީގެ ކޭށްފްލޯ ތައްޔާރުކޮށް ހުށަހެޅުން 

ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް އާމްދަނީ ފައިސާ ޖަމާކުރަންޖެހޭ ކޮންމެ އޮފީހަކުންވެސް ތިރީގައިމިވާ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ.

(ހ) ކުރިޔަށް އޮތް މާލީއަހަރަށް، އާމްދަނީ އައިޓަމްތައް ވަކިން އެނގޭނޭހެން ތަފުސީލާއެކު، މިނިސްޓަރު އަންގާ ގޮތެއްގެމަތިން ލަފާކުރާ އާމްދަނީގެ ކޭށްފްލޯ ސްޓޭޓްމަންޓް.

(ށ) ކޮންމެ މީލާދީ މަހެއްގެ ސަރުކާރު ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައިވޭތުވެދިޔަ މަހު ލިބުނު ފައިސާގެ އަދަދާއި، ލަފާކުރާ އާމްދަނީގެ އެންމެފަހުގެ ސްޓޭޓްމަންޓް.

(ނ) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ބޭނުންވެގެން އަންގާ އެހެނިހެން މައުލޫމާތު.

 

5.18 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުން ހަދާ ބިލު 

(ހ) ދައުލަތުގެ އޮފީހަކަށް ފަހުން އަގުލިބޭގޮތަށް އެއްވެސް ފަރާތަކަށް ތަކެތި ނުވަތަ ހިދުމަތެއް ދޭނަމަ، އެކަމެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ ހުއްދަ ދުމަށްފަހު، އެފަރާތެއް އެ އޮފީހެއްގައި ރަޖިސްޓަރީކުރަންވާނެއެވެ. 

(ށ) ދައުލަތުގެ އޮފީހަކުން ތަކެތި ނުވަތަ ހިދުމަތެއް އެއްވެސް ފަރާތަކަށް ދީފިނަމަ، އެފަރާތަކަށް އެތަކެތި ނުވަތަ އެ  ހިދުމަތެއް ލިބުނުކަމަށް އެތަކެތި ނުވަތަ އެ ހިދުމަތް ލިބުނުފަރާތުގެ ސޮއި ވަގުތުން ހޯދަންވާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ތަކެތި ނުވަތަ ހިދުމަތް ލިބުނުކަމުގެ ލިޔުން ނުވަތަ ސޮއި ލިބުމުން ލަސްނުކޮށް ހިދުމަތް ލިބިގަތް ފަރާތަށް ބިލު ހަދަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީސްތަކުން ހަދާ ބިލު ނުވަތަ އިންވޮއިސްގައި ސޮއިކުރަންވާނީ މާލީޒިންމާދާރުވެރިޔާ ނުވަތަ މާލީޒިންމާދާރުވެރިޔާ ހަމަޖައްސާ މުވައްޒަފުންނެވެ.

(ބ) ދައުލަތުގެ އޮފީސްތަކުން އެކި ފަރާތްތަކަށް ދޭ ހިދުމަތް ނިމެމުންދާވަރަކުން ނުވަތަ ހިދުމަތްދީ ނިމުމުން ކަނޑައަޅާފައިވާ އުސޫލަކުން ބިލު ހަދަންވާނެއެވެ.

(ޅ) ދައުލަތުގެ އޮފީސްތަކުން ހަދާ ބިލަށް ފައިސާ ދައްކަން ކަނޑައަޅާ މުއްދަތުގައި ފައިސާ ނުދައްކައިގެން ޖޫރިމަނާއެއް ނަގާގޮތަށް ހަމަޖައްސާނަމަ، ބިލު ހަދާއިރު ބިލުގައި އެކަން އެނގޭގޮތަށް އޮންނަންވާނެއެވެ.

(ކ) ސަރުކާރުގެ އެއްތަނުން އަނެއް ތަނަށް ހަދާ ބިލުގައި ފައިސާ ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި އޮތްނަމަވެސް، އެ މުއްދަތު ހަމަވުމަށްފަހު ޖޫރިމަނާވާގޮތަށް ބިލު ހަދައިގެން ނުވާނެއެވެ. މިނޫން ގޮތަކަށް ހަމަޖައްސާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ ލިޔުމަކުން ހުއްދަ ހޯދައިގެން ނުވަތަ ގާނޫނަކުން އެގޮތަށް ހަމަޖެހިގެންނެވެ.

(އ) ފައިސާ ދެއްކުމުގެ ކުރީގައި ބިލުގެ އަސްލު ގެއްލިއްޖެނަމަ، އެ ބިލުގެ ނަކަލެއްކަން އެނގޭގޮތަށް ބިލެއް ހަދައިދެވިދާނެއެވެ. މިގޮތުން ހަދާ ބިލުގެ ކޮޕީގައި ބިލުގެ އަސްލު ގެއްލިގެން ނަކަލެއް ހަދައިދީފަ ިއވާކަމަށް ލިޔެ، ބިލުގައި ސޮއިކުރުމުގެ ހުއްދަ އޮންނަ މީހަކު ސޮއިކުރަންވާނެއެވެ.

(ވ) ބިލެއް ނުބައިކޮށް ލިޔެވިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ ބިލު ބާތިލުކުރަން ޖެހިއްޖެނަމަ، ބިލުގެ އަސްލާއި ކޮޕީއާއެކު ހީރަސްޖަހައި، ބާތިލުކުރި ސަބަބު ލިޔެ، ވެރިޔަކު ސޮއިކުރަންވާނެއެވެ.

(މ) ދައުލަތުގެ އޮފީސްތަކަށް ފޮނުވާ ބިލަށް ފައިސާ ދެއްކުމުގެ މުއްދަތު ކަމުގައި އާންމު ގޮތެއްގައި ޖަހަންވާނީ ބިލު ހަވާލުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހެވެ.

(ފ) ދައުލަތުގެ އޮފީސްތަކަށް ހަދާ ބިލުގެ ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ.

މި ރަޖިސްޓަރީގައި ތިރީގައިވާ މައުލޫމާތު ހުންނަންވާނެއެވެ.

  • ބިލު ނަންބަރު
  • ބިލުގެ ތާރީހު
  • ބިލުގައިވާ ފައިސާގެ އަދަދު
  • ބިލު ހެދުނު ފަރާތް
  • ބިލު ހަވާލުކުރި ތާރީހު
  • ފައިސާ ދައްކަންވާ ތާރީހު
  • ފައިސާދެއްކި ތާރީހު 

 

5.19 ވަނަ މާއްދާ - ދައުލަތަށް ލިބެންވާ ފައިސާ ހޯދުން 

(ހ) ދައުލަތުގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދެވޭ ހިދުމަތަކަށް ނުވަތަ ކުއްޔަށް  ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ އެކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ހޯދަންވާނެއެވެ.

(ށ) ދައުލަތުގެ ތަނަކަށް ލިބެންވާ ފައިސާގެ ތެރެއިން މުއްދަތު ހަމަވުމަށްފަހު ޖޫރިމަނާވާގޮތަށް ކަނޑައެޅިފައި އޮންނަ ފައިސާ ހޯދަންވާނީ ޖޫރިމަނާ ވެފައިވާނަމަ، ކަނޑައެޅިފައި އޮންނަ ޖޫރިމަނާއާ އެކުގައެވެ.

 

5.20 ވަނަ މާއްދާ - ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުންނަ ފައިސާގެ ހިސާބު ބެލެހެއްޓުން 

(ހ) ފައިސާ ބަލަ ިއގަންނަ ކޮންމެ އޮފީހަކުން ނުވަތަ ފައިސާ ބަލައިގަންނަ ކޮންމެ ތަނަކުންވެސް ބަލައިގަންނަ ފައިސާގެ ހިސާބު ބަލަހައްޓަންވާނެއެވެ.

(ށ) ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މާފުކުރުމަށް ނުވަތަ ނުނަގާގޮތަށް ހަމަޖައްސައިފިނަމަ، އެގޮތަށް ހަމަޖައްސާ ފައިސާގެ ހިސާބު އެ އޮފީހެއްގައި ލިޔެވިފައި އޮންނަންވާނެއެވެ. 

5.21 ވަނަ މާއްދާ - ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމާއި ށަރީއަތަށް ފޮނުވުން 

(ހ) ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ތިރީގައިމިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ. 

  1. ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތްކުރުން.
  2. ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވާއިރު ފައިސާ ނުލިބިއްޖެނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ފައިސާ ދައްކަންޖެހޭ ފަރާތަށް ލިޔުން ފޮނުވުން.
  3. މި މާއްދާގެ 2 ވަނަ ނަންބަރުގައިވާ މުއްދަތު ފާއިތުވިއިރުވެސް ފައިސާ ނުދައްކައިފިނަމަ، ފައިސާ ދެއްކުމަށް އިތުރު 7 (ހަތެއް) ދުވަސް ދިނުމަށްފަހު، އެ މުއްދަތުގައި ފައިސާ ދެއްކުމަށް ލިޔުމަކުން އެންގުން.
  4. މި މާއްދާގެ 3 ވަނަ ނަންބަރުގައިވާ ގޮތަށް ފުރުސަތު ދިނުމުންވެސް ފައިސާ ނުދައްކައިފިނަމަ، ފައިސާ ހޯދުމުގެ މައްސަލަ ށަރީއަތަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުން. 

(ށ) މި މާއްދާގެ (ހ) ގެ 4 ވަނަ ަނންބަރުގައިވާ ގޮތުގެމަތިން ފައިސާ ހޯދުމުގެ މައްސަލަ ށަރީއަތަށް ހުށަހެޅުމުން، ށަރީއަތުން އެ ފައިސާ ދެއްކުމަށް އެންގުމުންވެސް ފައިސާ ނުދައްކާނަމަ، އެ މައްސަލަ މިނިސްޓަރަށް ހުށަހަޅައިގެން އެ ފައިސާއާމެދު ވަކިގޮތަކަށް ނިންމަންވާނެއެވެ.

5.22 ވަނަ މާއްދާ - އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ 

(ހ) އާމްދަނީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ދެއްކުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަންވާނެއެވެ. 

(ށ) އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދެއްކުމަށްޓަކައި ފުރަންޖެހޭ ފޯޯމުގެ އިތުރަށް، ޖަމާކުރާ ފައިސާގެ ތަފުސީލު (ބައިތަކަށް ބެހިފައިވާ ގޮތަށް) ބަޔާންކޮށްފައިވާ ފޯޯމެއްގެ 1 (އެކެއް) އަސްލާއި 1 (އެކެއް) ކޮޕީ، ފައިސާއާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މި ފޯމުގެ އަސްލާއި ކޮޕީގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސޮއިކުރުވައި، ތައްގަނޑު ޖެއްސުމަށްފަހު، ފޯމުގެ އަސްލު، ފައިސާ ދެއްކި އޮފީހަށް ގެންނަންވާނެއެވެ. 

(ނ) އާމްދަނީގެ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދައްކާއިރު ހުށަހަޅަންޖެހޭ "އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރާ ފޯޯމު" ތައްޔާރުކުރާނެ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/RV03 ގައި ވާނެއެވެ.

(ރ) އަތޮޅުތަކުގައި ހިންގާ ދައުލަތުގެ އޮފީސްތަކުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފައިސާ ޖަމާކުރާ އޮފީސްތަކުން، ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާ ފޯޯމު ގައިވާ ހުރިހާ ބައިތަކެއް ފުރިހަމަކުރުމަށްފަހު ފައިސާ ޖަމާކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

(ބ) އަތޮޅުތަކުގެ އޮފީސްތަކުގެ ތެރެއިން ބޭންކް މެދުވެރިކޮށް ފައިސާ ޓްރާންސްފަރކުރާ އޮފީސްތަކުން ފައިސާ ޓްރާންސްފަރކުރުމުގައި، "އަތޮޅު ތެރެއިން ބޭންކް މެދުވެރިކޮށް ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރކުރާ ފޯޯމު" MG/RV04 ގައިވާ ނަމޫނާ އާ އެއްގޮތަށް ފުރިހަމަކުރުމަށްފަހު، ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރކުރާނީއެވެ. މި ފޯޯމު ތައްޔާރުކޮށް ފައިސާ ޓްރާންސްފަރކުރާއިރު، އެ އޮފީހެއްގެ ހަވާލުގައި ހުންނަ އެހެނިހެން އޮފީސްތަކުގެ ފައިސާ ޓްރާންސްފަރކުރުމުގައި، ކޮންމެ ތަނަކަށް ވަކި ފޯމެއް ތައްޔާރުކުރަންވާނެއެވެ. އަދި ފައިސާ ޓްރާންސްފަރކުރާނީ އެތަނެއްގެ އާމްދަނީއަށް އެ ފައިސާއެއް ވަންނާނެ ގޮތުގެމަތިން އެތަނަކާ ގުޅައިގެން ކޯޑުތައް ސާފުކުރުމަށްފަހުގައެވެ.

(ޅ) ދައުލަތުގެ އޮފީސްތަކުން "ޕަބްލިކް ބޭންކް އެކައުންޓް" އަށް ޓްރާންސްފަރކުރާ ފައިސާގެ "ޓްރާންސްފަރ ކުރާ ފައިސާގެ ޓްރާންސްފަރ ފޯމުގެ ރަޖިސްޓަރ" އެއް MG/RV06 ގައި ނަމޫނާ އާ އެއްގޮތަށް ބަލަހައްޓަންވާނެއެވެ.

(ކ) ޑިސެންބަރުމަހުގެ 31 ވަނަ ދުވަހު ލިބޭ ފައިސާއާއި، އޭގެ ކުރީގައި ލިބި ޖަމާނުކުރެވި ހުރި ފައިސާ، އެދުވަހު އެ ފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރަންވާނެއެވެ.

(އ) ޑިސެންބަރުމަހުގެ 31 ވަނަ ދުވަހަކީ ބަންދު ދުވަހެއްނަމަ، ދެން ހުޅުވޭ ދުވަހު މި މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

 

5.23 ވަނަ މާއްދާ - ދައުލަތުގެ އާމްދަނީ ލިޔެ ބެލެހެއްޓުމުގައި ބޭނުންކުރާ ކޯޑުތައް

23.5 ދައުލަތުގެ އާމްދަނީގެ ހިސާބުތައް ޕަބްލިކް އެކައުންޓިންގ ސިސްޓަމުން ބަލަހައްޓަމުން ގެންދިޔުމުގައި އާމްދަނީ ފައިސާގެ ކޯޑުތައް ބަލަހައްޓަމުން ގެންދަންވާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އަންގާ ގޮތެއްގެމަތިންނެވެ. 

 

5.24 ވަނަ މާއްދާ - ފޮތް، މަޖައްލާ، ޓިކެޓުފަދަ ތަކެތި ވިއްކައިގެން ލިބޭ ފައިސާ 

(ހ) ދައުލަތުގެ އެކި ފަރާތްތަކުން ފޮތް، މަޖައްލާ، ޓިކެޓު ވިއްކައިގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބޭ ފައިސާ އާމްދަނީގެ ގޮތުގައި ޖަމާކުރުން ފިޔަވައި އެ ފައިސާއަށް އެހެން ގޮތެއް ހަދަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ އެކަމަށް ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ ކަންތައްތަކަށް ލިބޭ ފައިސާގެ ފޮތްތަކާއި ހިސާބުތައް ބަލަހައްޓާފައި ހުންނަންވާނީ، އެ ހިސާބުތައް ފަހުން ޗެކުކުރެވޭނޭ ގޮތަކަށެވެ. (މިސާލު: މައުރަޒަކަށް ނުވަތަ އެންޓަރޓެއިންމަންޓް ށޯއަކަށް، ނުވަތަ ކުޅިވަރު މުބާރާތަކަށް ވިއްކާ ޓިކެޓު އޮންނަންވާނީ ދެބަޔަކަށް ނުވަތަ ތިންބަޔަކަށެވެ. އޭގެ ތެރެއިން އެއްބައި (ކައުންޓަރފޮއިލް) ޗެކުކުރުމަށްޓަކައި ތަނުގައި ރައްކާކޮށްފައި ބާއްވަންވާނެއެވެ.)

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ ތަކެތީގެ ސްޓޮކް މި ގަވާއިދާ އެއްގޮތަށް ބަލަހައްޓަންވާނެއެވެ.  

(ރ) މިފަދަ ކަންތައްތަކާބެހޭ ހިސާބުފޮތްތައް ބަލަހައްޓަންވާނީ އޮޑިޓަރ ޖެނެރަލް ލަފާދޭ ގޮތަކަށެވެ.

 

5.25 ވަނަ މާއްދާ - ގަޑީލާރިއާއި ޖޫރިމަނާއަށް ލިބޭ ފައިސާ 

(ހ) މުވައްޒަފުންގެ ގަޑީލާރިއާއި، ޖޫރިމަނާއާއި، އަދި އެހެނިހެން ގޮތްގޮތުން ކުރެވޭ ޖޫރިމަނާއަށް ލިބޭ ފައިސާވެސް ބަލާނީ ދައުލަތުގެ އާމްދަނީއަށް ލިބޭ ފައިސާގެ ގޮތުގައެވެ.

(ށ) މުވައްޒަފުންގެ ގަޑީލާރިއާއި ޖޫރިމަނާއަށް ނަގަންޖެހޭ ފައިސާ، ޖޫރިމަނާކުރި ނުވަތަ ގަޑިޖެހުނު މަހުގެ މުސާރަ ދޭއިރު މުސާރައިން ކަނޑަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހޯދަންޖެހޭ ގަޑީލާރިއާއި ޖޫރިމަނާފަދަ ފައިސާއެއް ނުހޯދައި އޮއްވައި އެ ފައިސާއެއް ދައްކަންޖެހޭ މުވައްޒަފު ވަޒީފާއިން ވަކިވެގެން އޭނާއަށް މުސާރަ ދޭއިރު މުސާރަ ދިނުމާ ހަވާލުވެހުރި މުވައްޒަފުގެ އިހުމާލުން އެ ފައިސާ ނުހޯދި އޮވެއްޖެނަމަ، އެ ފައިސާއެއް ދައްކަންޖެހޭނީ މުސާރަ ދިނުމާ ހަވާލުވެހުރި މުވައްޒަފެވެ. 

 

5.26 ވަނަ މާއްދާ - އިހުމާލުވެގެން ކުރާ ޖޫރިމަނާގެ ފައިސާ ދެއްކުން

(ހ) މުވައްޒަފަކު ހުއްދަ ނޫން އަމަލެއް ކޮށްގެން ނުވަތަ އިހުމާލުވެގެން ކުރެވޭ ޖޫރިމަނާއެއް، އެ ޖޫރިމަނާ ކުރެވުނުކަން އެމީހަކަށް އަންގައި، ފައިސާ ދެއްކުމަށް ނިންމާ ގޮތެއްގެމަތިން އެ ފައިސާ ދައްކައި ހަލާސްކުރަންވާނެއެވެ.  

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުން ނަގާ ފައިސާވެސް ބަލާނީ އާމްދަނީ ފައިސާގެ ގޮތުގައެވެ. ނަމަވެސް، މުވައްޒަފެއްގެ އިހުމާލުން އެހެން ފަރާތަކަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއްނަމަ އެ މުވައްޒަފެއްގެ އަތުން މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އެ ފައިސާ ހޯދައި އާމްދަނީގެ ގޮތުގައި ޖަމާކުރާނީއެވެ. އެފަރާތަކަށް ދައްކަންޖެހޭ ޖޫރިމަނާ ދެއްކުމަށް ހަރަދުކުރާނީ އެ އޮފީހެއްގެ ބަޖެޓުންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މުވައްޒަފަކު އިހުމާލުވެގެން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، އެ މުވައްޒަފެއްގެ އަތުން އަނބުރާ ހޯދުމަށް ފެންނަ ގޮތެއް އެ އޮފީހަކުން ނިންމުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅައި ހުއްދަ ލިބޭ ގޮތެއްގެމަތިން އެ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދަންވާނެއެވެ.

 

5.27 ވަނަ މާއްދާ - އާމްދަނީ ފައިސާ ރިފަންޑްކުރުން

(ހ) ތިރީގައި ބަޔާންކުރެވިފައިވާ ހާލަތްތަކުގައި މެނުވީ އާމްދަނީ ފައިސާއެއް ރިފަންޑެއް ނުކުރެވޭނެއެވެ.

  1. ބަލައިގަނެވޭ އާމްދަނީ ފައިސާއަކީ ގާނޫނަކުން ނުވަތަ ގާނޫނެއްގެ ބާރު ލިބިގެން ހެދޭ ގަވާއިދެއްގެ ދަށުން ބަލައިގަތުމަށް ކަނޑައެޅިފައިވާ ަފއިސާއަކަށްވެފައި، އެ ގާނޫނުގެ ނުވަތަ އެ ގަވާއިދުގެ ދަށުން އެ ފައިސާ އަނބުރާ ދޭންޖެހުން.
  2. ނަގަން ނުޖެހޭ ފައިސާއެއް ނެގުމުގެ ސަބަބުން ރިފަންޑް ދޭންޖެހުން.
  3. ފައިނޭންށަލް ކޮންޓްރޯލަރ ލިޔުމަކުން ދޭ ހާއްސަ ހުއްދައެއްގެ ދަށުން ދޭންޖެހޭ އެހެނިހެން ރިފަންޑް ދިނުމަށް. 

(ށ) ރިފަންޑް ފައިސާ ދިނުމަށް ހުއްދަދެވޭނީ، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއަށް ނުވަތަ މާލީޒިންމާދާރުވެރިޔާ ކަނޑައަޅައި، ލިޔުމަކުން ހުއްދަދޭ މުވައްޒަފަކަށެވެ. އަދި މިފަދަ ހުއްދަދެވޭ ފަރާތްތައް ފައިނޭންށަލް ކޮންޓްރޯލަރަށް ލިޔުމުން އަންގަންވާނެއެވެ

(ނ) އާމްދަނީ ފައިސާއިން ދޭ ރިފަންޑް ވައްދަންވާނީ، އެކަމަކާގުޅޭ އާމްދަނީ ކޯޑަކަށް ނުވަތަ އެ ފައިސާ ދިނުމަށް ފައިނޭންށަލް ކޮންޓްރޯލަރ އަންގާ ބަޖެޓް ކޯޑަކަށެވެ. ކުރީ އަހަރެއްގެ އާމްދަނީން ދޭ ރިފަންޑެއް ވައްދާނީ ފައިނޭންށަލް ކޮންޓްރޯލަރ ލިޔުމަކުން ބަޔާންކުރާ އެކައުންޓަކަށެވެ. 

 

5.28 ވަނަ މާއްދާ - ބޭރުގެ އެހީގެ ގޮތުގައި ލިބޭ ފައިސާ  

(ހ) ދައުލަތުގެ އޮފީސްތަކަށް ބޭރުގެ އެކިއެކި ފަރާތްތަކުން އެހީގެ ގޮތުގައި ލިބޭ ފައިސާ ބަލައިގަންނަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބޫލުކުރާ ބޭރުފައިސާއަކުންނެވެ.

(ށ) ދައުލަތުގެ އޮފީސްތަކަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ލިބޭ ފައިސާ، އެ ފައިސާއެއް ިލބުމާއެކު ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އަންގަންވާނެއެވެ. އަދި އެ ފައިސާ ޖަމާކުރަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ އެކައުންޓަކަށެވެ.

(ނ) މި މާއްާދގެ (ށ) ގައިވާ ގޮތުގެމަތިން އެކައުންޓަށް ޖަމާކުރުމަށް ފައިސާ ފޮނުވާއިރު ފޮނުވާނީ އެ ފައިސާއަކާ ބެހޭ އަންނަނިވި މައުލޫމާތާ އެކުގައެވެ.

  1. ފައިސާ ލިބުނު ފަރާތް
  2. ފައިސާ ދިން ފަރާތް
  3. ފައިސާގެ އަދަދާއި ބާވަތް
  4. ފައިސާ ލިބުނު ބޭނުން
  5. ޖަމާކުރަން ބޭނުންވާ އެކައުންޓު ނަންބަރު
  6. އެގްރީމެންޓެއް ނުވަތަ އެމް.އޯ.ޔޫއެއްގެ ދަށުންނަމަ، އޭގެ ރިފަރެންސް ނަންބަރު

(ރ) ރާއްޖޭގައި ބޭރުގެ ފަރާތަކުން ހިންގާ ވިޔަފާރިއަކުން ނުވަތަ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ވަކި ކަމަކަށް ނުވަތަ ވަކި ފަންޑަކަށް ޖަމާކުރުމަށްޓަކައި އެހީގެ ގޮތުގައި ދޭ ފައިސާ މި މާއްދާގެ (ށ) އިން އިސްތިސްނާވާނެއެވެ. ނަމަވެސް، މިފަދަ ފައިސާވެސް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރުމަށްޓަކައި މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

(ބ) ބޭރުގެ އެހީގެ ގޮތުގައި ލިބޭ ސްކޮލަރށިޕް، ފެލޯށިޕް، ޓްރޭނިންގކޯސް ފަދަ ކަންތައްތަކަށް އެހީ ދޭ ފަރާތްތަކުން ކުރާ ހަރަދުތަކާއި، އެކިއެކި ޖަލްސާއާއި ސެމިނަރފަދަ ތަންތާނގައި ބައިވެރިވުމަށް ބޭރުގެ އެހީގައި ލިބޭ ފައިސާގެ ހަރަދު ހިސާބު އެ ކޯހެއް ނުވަތަ އެ ޖަލްސާއެއް ނިމޭތާ ލަސްވެގެން ސަރުކާރު ބަންދު ނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ.

 

5.29 ވަނަ މާއްދާ - ބޭރުގެ އެހީގެ ގޮތުގައި ލިބޭ ތަކެތި 

ބޭރުގެ އެހީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ތަކެތި، އެ އެއްޗެއް ލިބޭތާ ލަސްވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ އެއްޗެއްގެ އަގާއެކު، ފުރިހަމަ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ. މީގެތެރޭގައި ބޭރުގެ އެހީގައި ކުރެވި އިމާރާތްތަކާއި ހިންގާ މަސައްކަތްތަކަށް ބޭނުންކުރުމަށްޓަކައި ހޯދާ ހުރިހާ ތަކެއްޗެއްވެސް ހިމެނެއެވެ. މި މައުލޫމާތު ފޮނުވާއިރު، މި ގަވާއިދުގެ 5.28 ވަނަ މާއްދާގެ (ނ) ގައިވާ މައުލޫމާތު ފޮނުވަންވާނެއެވެ.

 

5.30 ވަނަ މާއްދާ - ބޭރުގެ އެކި ފަރާތްތަކުން ވަކި މުއްދަތެއްގެ ތެރޭގައި ލިބެންވާ ފައިސާ 

ދައުލަތަށް ބޭރުގެ ފަރާތްތަކުން ލިބެންވާ ފައިސާއެއްވާނަމަ ނުވަތަ ވަކި މުއްދަތަކުން ފެށިގެން އެ ފައިސާއެއް ލިބޭގޮތަށް ހަމަޖެހިފައިވާނަމަ، އެ ފައިސާއަކާ ބެހޭގޮތުން މި ގަވާއިދުގެ 5.28 ވަނަ މާއްދާގެ (ނ) ގައިވާ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ. 

 

5.31 ވަނަ މާއްދާ - އަމިއްލަ ފަރާތްތަކުން ދޭ އެހީގެ ފައިސާއާއި ތަކެތި

(ހ) ދައުލަތުގެ އޮފީހަކުން ހިންގާ ކަމަކަށް ނުވަތަ ދައުލަތުގެ އޮފީހަކަށް އަމިއްލަ ފަރާތަކުން ފައިސާގެ އެީހއެއް ދީފިނަމަ، އެ ފައިސާ ލިބުނު ކަމަކާ ބެހޭ އެކައުންޓަށް ޖަމާކުރުމަށްޓަކައި މި ގަވާއިދުގެ 5.28 ވަނަ މާއްދާގެ (ނ) ގައިވާ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ. މީގެތެރޭގައި ފަންޑު އެކައުންޓުތަކަށް ޖަމާކުރަންޖެހޭ ފައިސާއެއް ނުހިމެނެއެވެ.

(ށ) ދައުލަތުގެ އޮފީހަކުން ހިންގާ ކަމަކަށް ނުވަތަ ދައުލަތުގެ އޮފީހަކަށް އަމިއްލަ ފަރާތަކުން ތަކެތީގެ އެހީއެއް ލިބިއްޖެނަމަ، ލިބުނު ތަކެތި އެކަށީގެންވާ ތަނެއްގައި ރައްކާތެރިކަމާއެކު ބަހައްޓައި، ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ތަކެތި ލިބުނުކަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އަންގަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީހަކުން ހިންގާ ކަމަކަށް ނުވަތަ ދައުލަތުގެ އޮފީހަކާ ގުޅިގެން ބޭރުގެ ފަރާތަކުން ހިންގާ ކަމަކަށް ނުވަތަ އަމިއްލަ ފަރާތަކުން ދޭން ބޭނުންވާ އެއްޗެއް ގަތުމަށް ފައިސާ ދިންކަމުގައިވިޔަސް، އެ ފައިސާ އެ އޮފީހަކަށް ބަލައިގަނެ ރަސީދެއް ދޫކުރަންވާނެއެވެ. އެ ފައިސާއާ އެ އޮފީހުގެ މުވައްޒަފަކު ހަވާލުވެ ތަކެތި ގަނެދީ ހަދައިގެން ނުވާނެއެވެ.

 

5.32 ވަނަ މާއްދާ - ހައިރާތުފޮށި ބެހެއްޓުމާއި، އެ ފޮށި ހުޅުވުން

(ހ) ދައުލަތުގެ އެއްވެސް އޮފީހަކުން ހައިރާތު ފޮށްޓެއް ބަހައްޓަންވާނީ، އެ އޮފީހަކުން ހަމަޖައްސާ ގޮތެއްގެމަތިން އެއީ ކޮންކަމަކާ ގުޅިގެން ބަހައްޓާ ފޮށްޓެއްކަމާއި، އެ ފޮށި ބެހެއްޓުމުގެ ބޭނުމާއި، މަގުސަދު، އަދި އެކަމުގައި އުޅޭނެ ފަރާތްތައް އެ އޮފީހެއްގައި ރަޖިސްޓަރީކޮށްގެން ހާމަކަންބޮޑު ގޮތެއްގެމަތިންނެވެ. ހައިރާތު ފައިސާ ލުމަށް ބަހައްޓާފައި ހުންނަ ފޮށިފޮށިން ފައިސާ ނެގުމަށްޓަކައި، އެފަދަ ފޮށި ހުޅުވަންވާނީ، އެ އޮފީހުގެ އިސް 2 މުވައްޒަފުންނާއި، އޮފީހުގެ ވެރިޔެއްގެ ހާޒިރުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފޮށި ހުޅުވާއިރު ހުންނަ ފައިސާ ގުނައި، ހުރި އަދަދު އެކަމަށް ކަނޑައެޅިފައި އޮންނަ ވަކި ފޮތެއްގައި ނުވަތަ ށީޓެއްގައި ލިޔެ، މި މާއްދާގެ (ހ) ގައި ބުނެވުނު ފަރާތްތަކުން އެ ފޮތުގައި ނުވަތަ ށީޓުގައި ސޮއިކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފޮށި ހުޅުވާއިރު ހުންނަ ފައިސާ ގަވާއިދުން އޮފީހަށް ބަލައިގަނެ، ރަސީދެއް ދޫކުރަންވާނެއެވެ. 

 

5.33 ވަނަ މާއްދާ - ކޮން ފައިސާއެއްކަން ނޭނގި ދައުލަތަށް ލިބޭ ފައިސާ ސަސްޕެންސް އެކައުންޓަށް ޖަމާކުރުން 

(ހ) ކޮން ކަމަކަށް ލިބުނު ކޮން ފައިސާއެއްކަން އަދި އެ ފައިސާއެއް ފޮނުވި ބޭނުމެއް ނުވަތަ މަގުސަދެއް ސާފުނުވާގޮތަށް އެއްވެސް މައުލޫމާތަކާ ނުލައި ލިބޭ ފައިސާ އެތަނަކަށް ގަވާއިދުން ބަލައިގަނެ އެކައުންޓަށް ޖަމާކުރެވުނު ކަމުގައިވިޔަސް "ރިސިޕްޓްސް އިން ސަސްޕެންސް" ގެ ނަމުގައި ޖާނަލް އެކައުންޓެއް ނުވަތަ އައިޓަމެއް އުފައްދައި، އެ އެކައުންޓަކަށް ނުވަތަ އެ އައިޓަމަކަށް އެ ފައިސާ ވައްދަންވާނެއެވެ. އަދި މިފަދަ ފައިސާއެއް ލިބުމާއެކު، އެ ފައިސާއަކާ ބެހޭ މައުލޫ ާމތު ސާފުކުރުމަށްފަހު، އެ ފައިސާ "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓުން ނަގައި، އެ ފައިސާ ވައްދަންޖެހޭ ރަނގަޅު އެކައުންޓަކަށް ނުވަތަ އައިޓަމަކަށް ވައްދަންވާނެއެވެ.

(ށ) ކޮން ކަމަކަށް ލިބުނު ފައިސާއެއްކަން ނޭނގި ލިބޭ ފައިސާ ޖަމާކުރުމަށް "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓެއް ނުވަތަ އައިޓަމެއް ހުޅުވަން ބޭނުންވާނަމަ، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅައިގެން ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރިސިޕްޓްސް އިން ސަސްޕެންސް އެކައުންޓުގައި ހުންނަ ފައިސާގެ މައުލޫމާތު ވީއެންމެ އަވަހަކަށް ސާފުކުރުމަށް މަސައްކަތްކުރަންވާނެއެވެ. އަދި އެ ފައިސާއަކާ ބެހޭ ރަނގަޅު މައުލޫމާތު ސާފުވުމުން، އެ ފައިސާ ރަނގަޅު ކޯޑަށް ނުވަތަ އައިޓަމަށް ބަދަލުކުރުމަށްޓަކައި ޖާނަލް ވައުޗަރެއް ހަދަންވާނެއެވެ.

(ރ) "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓު ނުވަތަ އައިޓަމުގައި ހުންނަ ފައިސާ، އެ އަހަރު ނިމޭއިރު ވަކިގޮތަކަށް ނުނިމިއްޖެނަމަ، އެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެގެން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޓްރާންސްފަރކުރަންވާނެއެވެ. މިގޮތަށް ޓްރާންސްފަރކުރާ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން "އަންކްލެއިމްޑް ފައިސާގެ ރަޖިސްޓަރީ" ގައި އިތުރު 2 (ދޭއް) އަހަރު ވަންދެން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. އަދި މި ފައިސާ ހޯދުމަށް އެއްވެސް ފަރާތަކުން އެކަށީގެންވާ ހެތްކާއެކު ހުށަހަޅައިފިނަމަ، އެ ފައިސާ ސަސްޕެންސް އެކައުންޓުން ނުވަތަ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ނަގައި އެފަރާތަކަށް ދޭނީއެވެ.

5.34 ވަނަ މާއްދާ - ކޮން ފައިސާއެއްކަން ނޭނގި އިތުރުވާ ފައިސާ

ވަކި ފަރާތެއްގެ ފައިސާއެއްކަން ނޭނގި ނުވަތަ ކޮން ކަމަކަށް ލިބުނު ފައިސާއެއްކަން ނޭނގި އިތުރުވާ ފައިސާ ދައުލަތުގެ އާމްދަނީގެ ގޮތުގައި އެ ތަނެއްގެ އާމްދަނީއަށް ޖަމާކުރަންވާނެއެވެ.

 

5.35 ވަނަ މާއްދާ - ދައުލަތަށް ފައިސާ ލިބޭގޮތަށް މަސައްކަތް ކޮށްދިނުމާއި ހިދުމަތްދިނުން

(ހ) ދައުލަތުގެ ތަނަކުން އަގަށް ހިދުމަތެއް ދޭނަމަ، ނުވަތަ ދައުލަތަށް ފައިސާ ލިބޭގޮތަށް މަސައްކަތެއް ކުރުވާނަމަ، ކުރުވަންވާނީ މި ގަވާއިދު ބާބު 10 ގައިވާ ގޮތުގެމަތިންނެވެ.

(ށ) ދައުލަތުގެ ތަންތަނުން ހިދުމަތެއް ދިނުމުގައި، ވަކި އުސޫލެއް، ނުވަތަ ފައިސާ ނަގާނެ ވަކި ރޭޓުތަކެއް ހަމަޖައްސާފައިވާ ތަންތަނުން އަމަލުކުރާނީ، އެ އުސޫލުންނެވެ. ހިދުމަތްދިނުމަށް ހަމަޖައްސާފައިާވ އަގުތައް ލިޔުމުން އެނގެން އޮންނަންވާނެއެވެ. 

 

5.36 ވަނަ މާއްދާ - އެކި ފަރާތްތަކަށް ފޮނުވޭ ބިލުތަކަށް ނުވަތަ އެނޫން ކަމަކަށްވެސް ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދެއްކުމުން އަމަލުކުރަންޖެހޭ ގޮތް 

އެކި ފަރާތްތަކަށް ފޮނުވޭ ބިލުތަކަށް ނުވަތަ އެނޫން ކަމަކަށްވެސް ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވަނީ ބަންދު ދުވަހެއްގައި ކަމުގައިވާނަމަ، ޖެހިގެން ހުޅުވޭ ދުވަހު ބިލުގެ ފައިސާ ދައްކައިފިނަމަ، ޖޫރިމަނާކުރާކަށް ނުޖެހޭނެއެވެ. ހުޅުވުނު ދުވަހު ފައިސާ ނުދައްކައިފިނަމަ، މުއްދަތު ހަމަވެގެން ނަގަންޖެހޭ ޖޫރިމަނާ ނަގަންވާނެއެވެ. 

 

ބާބު 6

ދައުލަތުގެ ފައިސާ ހަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

 

6.01 ވަނަ މާއްދާ - ދައުލަތުގެ ފައިސާ ހަރަދުކުރުން 

(ހ) ދައުލަތުގެ ފައިސާ ހަރަދުކުރަންވާނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކް އެކައުންޓުގެ ފަންޑުތަކުގައި ދަރަންޏަށް ޒިންމާވާގޮތަށް ފައިސާ ހަރަދުކުރެވެންހުރެ، ގާނޫނީ ހަމަތަކުގެމަތިން ހޯދޭ ތަކެއްޗަށް، ނުވަތަ ލިބިގަނެވޭ ހިދުމަތަށް، ނުވަތަ ކުރުވާ މަސައްކަތަށް، ނުވަތަ އަދާކުރާ ވަޒީފާގެ މުސާރައާއި އިނާޔަތަށް، ނުވަތަ ގާނޫނާ އެއްގޮތަށް ދޫކުރެވޭ ލޯނާއި ހާއްސަ އެހީއަށް ގާނޫނީ ހަމަތަކުގެމަތިން ހަރަދުކުރުމަށް ހުއްދަކުރާ ފައިސާ ދޫކުރުމަށެވެ.

(ށ) ފައިސާ ހަރަދުކުރުމަށް ހުއްދަދޭނީ އެކަމަށް ކަނޑައަޅާ އިސްވެރިޔަކު ހުއްދަދީފައިވާ ފަރާތްތަކުންނެވެ. އަންނަނިވި ހާލަތްތަކުގައި މެނުވީ، ދަރަންޏަށް ޒިންމާވާގޮތަށް، ދައުލަތުގެ ފައިސާ ހަރަދުކުރަންޖެހޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ.

  1. ދަރަންޏަށް ޒިންމާވާގޮތަށް ހަރަދުކުރަންޖެހިފައިވާ ފައިސާ، ބަޖެޓުގައި ނުވަތަ އެ ހަރަދެއް ކުރަން ކަނޑައެޅިފައިވާ އެކައުންޓެއްގައި ހަރަދުކުރުމަށް ބޭނުންވާ މިންވަރަށް ލިބެން ހުރުން.
  2. ގާނޫނާއި މި ގަވާއިދުގައި ހުއްދަކުރެވިގެން ހަރަދުކުރަންޖެހިފައިވާ ފައިސާއެއް ކަމުގައިވުން.

(ނ) އެއްވެސް އެކައުންޓަކުން ފައިސާއެއް ދައްކާނަމަ، ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަންދޭންވާނެއެވެ.

  1. ދައުލަތުގެ އެއްވެސް އެކައުންޓަކުން ފައިސާއެއް ދައްކާނަމަ، ދައްކަންވާނީ މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމަށްފަހުއެވެ. ނަމަވެސް، ޕީ.އޭ.އެސް މެދުވެރިކޮށް ޕާރޗޭސް އޯޑަރު ތައްޔާރުކުރާ އޮފީސްތަކުން ޕޭމަންޓް ވައުޗަރު ތައްޔާރުނުކޮށް ފައިސާ ދެއްކިދާނެއެވެ.
  2. ވެންޑަރުގެ (ފައިސާ ލިބެންވާ ފަރާތުގެ) ނަމާއި، އެޑްރެހާއި، ވެންޑަރުގެ ބޭންކް އެކައުންޓު ނަންބަރާއި ޕީ.އޭ.އެސްގެ ވެންޑަރުގެ ކޯޑު (ވެންޑަރ އައި.ޑީ) ރިކޯޑު ކުރެވިފައިވޭތޯ ބެލުން
  3.  އެކައުންޓު ކޯޑުތަކާއި، އައިޓަމް ކޯޑުތައް ރަނގަޅުތޯ ބެލުން
  4.  އަނބުރާ ލިބޭގޮތަށް ކުރެވޭ ހަރަދެއްނަމަ، ފައިސާ ދައްކާ ވައުޗަރުގައި އެކަން ރަނގަޅަށް ބަޔާންކުރެވިފައިވޭތޯ ބެލުން.
  5. ބޭރުފައިސާއެއްނަމަ، ރޭޓާއި ގަތް އަދަާދ ގުނަކުރުމުން އަންނަ ފައިސާގެ އަދަދަީކީ ރަނގަޅު އަދަދެއްތޯ ބެލުން، އަދި އެއްކުރުމާއި ޖުމުލަކުރުން ރަނގަޅުތޯ ބެލުން
  6. ތަކެއްޗާއި ހިދުމަތް ފުރިހަމައަށް ލިބިފައިވޭތޯ ބެލުމާއި، މަސައްކަތްތައް ިނމިފައިވޭތބެލުން.
  7. ފައިސާ ދައްކާ ވައުޗަރާއެކު ހުންނަންޖެހޭ އަދި ފުރިހަމަކުރަންޖެހޭ ހުރިާހލިޔުންތަކެއް ފުރިހަމަކުރެވި ހަމައަށް ހުރިތޯ ބެލުން.
  8. ފައިސާ ދައްކާ ވައުޗަރު ކަނޑައި ފޮހެ ޓިޕެކްސްޖަހައި ބަދަލުކޮށްފައިވޭތޯއާއި، އޭގައިވާ ލިޔުންތައް ކިޔަން އެނގޭތޯއާއި، އަދި ލިޔެފައިވާ ލިޔުމަކީ ފަސޭހައިން ބަދަލުނުކުރެވޭގޮތަށް ހުރި ލިޔުމެއްތޯ ބެލުން.

(ރ) ފައިސާ ދައްކާ ވައުޗަރުގައިވާ އަދަދަކަށް ނުވަތަ ލިޔުމަކަށް ބަދަލެއް ގެނެސްފައިވާނަމަ، އެ ވައުޗަރެއް ގަބޫލުކުރެވޭނީ، ބަދަލު ގެނެސްފައިވާ ތަނުގައި ފައިސާ ހަރަދުކުރުމުގެ ހުއްދަ އޮތް ވެރިން ސޮއިކުރުމުންނެވެ.

(ބ) ދައުލަތުގެ އޮފީސްތަކުން ކުރާ މަސައްކަތްތަކަށާއި، ގަންނަ މުދަލަށާއި، ހޯދާ ހިދުމަތަށް ފައިސާ އަދާކުރުމުގައި ނަގުދުފައިސާއިން ފައިސާ ދެވޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ހުއްދަދޭ އަދަދަކަށް އަދި ހުއްދަދޭ ކަންކަމަކަށެވެ.

 

6.02 ވަނަ މާއްދާ - ޕޭމަންޓް ވައުޗަރު ތައްޔާރުކުރުން

(ހ) ފައިސާ ހަރަދުކުރުމަށްޓަކައި ޕޭމަންޓް ވައުޗަރު ތައްޔާރުކުރާނީ ހިސާބު ބަލަހައްޓާ މުވައްޒަފެކެވެ.

(ށ) ޕޭމަންޓް ވައުޗަރު ތައްޔާރުކުރަންވާނީ، އެކަމާގުޅޭ ލިޔުންތައް ފުރިހަމަކޮށްފައިވާނަމައެވެ.  

(ނ) ޕޭމަންޓް ވައުޗަރު ހަދަންވާނީ މުދާ ނުވަތަ ހިދުމަތް ލިބިފައިވާކަމުގެ ލިޔުން އޮތްތޯ ބަލައި، އިންވޮއިސްގައިވާ އަގުތަކާއި ޕަރޗޭސް އޯޑަރު ނުވަތަ ސަރވިސް އޯޑަރު ނުވަތަ ކޮންޓްރެކްޓްފަދަ ގުޅުންހުރި ލިޔުންތަކާ އަޅާބަލައި ހިސާބުތައް ޗެކުކޮށް ރަނގަޅުތޯ ބެލުމަށްފަހުގައެވެ. ޕޭމަންޓް ވައުޗަރު ތައްޔާރުކުރަންވާނީ މި ގަވާއިދުގެ MG/BC04 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ރ) ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމުގައި، އެ ޕޭމަންޓް ވައުޗަރަކުން ކުރާ ހަރަދަކާ ގުޅޭ ސައްހަ ހުރިހާ ލިޔުމެއް ޕޭމަންޓް ވައުޗަރާއެކު ހިމަނަންވާނެއެވެ.

(ބ) ޕޭމަންޓް ވައުޗަރު ހަދާއިރު، މި މާއްދާގެ (ނ) ގައިވާ ކަންތައްތަކުގެ އިތުރަށް ޕޭމަންޓް ވައުޗަރާއެކު ހުންނަންޖެހޭ ހުރިހާ ލިޔުންތައް ހަމައަށް ހުރިތޯއާއި، އެ ލިޔުންތައް ފުރިހަމަކޮށްފައިވޭތޯ ބަލައި ޗެކުކުރަންވާނެއެވެ.

(ޅ) ޕޭމަންޓް ވައުޗަރު ތައްޔާރުކުރި މުވައްޒަފު ނޫން އެހެން މުވައްޒަފަކު ޕޭމަންޓް ވައުޗަރާއި، ޗެކު ހަދާފައި ަވނީ ރަނގަޅަށްތޯ ޗެކުކުރަންވާނެއެވެ. ޗެކުކުރާ މުވައްޒަފު ބަލަންޖެހޭ ކަންތައްތަކުގެ ފޯމު (ޗެކު ލިސްޓު) މި ގަވާއިދުގެ MG/BC06 ގައި ވާނެއެވެ. ޕަބްލިކް އެކައުންޓިންގް ސިސްޓަމް މެދުވެރިކޮށް ޕޭމަންޓް ވައުޗަރ ހުށަހަޅުއްވާ ދައުލަތުގެ އޮފީސްތަކުން މި ޗެކު ލިސްޓް ފުރިހަމަކުރުމުން އިސްތިސްނާވެގެންވެއެވެ.

(ކ) ޕޭމަންޓް ވައުޗަރަށް ހުއްދަ ހޯދުމަށްފަހު ހަރަދާބެހޭ މައުލޫމާތު ލިޔެ ބަޖެޓް ބާކީކުރަންވާނެއެވެ.

(އ) ޕޭމަންޓް ވައުޗަރުން ހަރަދުކުރުމަށް ހުއްދަކުރެވެންދެން ފައިސާ ހަރަދުކުރުމުގެ ވައުޗަރާއި ޗެކުތައް ހުންނަންޖެހޭނީ ފައިސާ ބަލަހައްޓާ މުވައްޒަފުގެ ހަވާލުގައި ރައްކާތެރި ތަނެއްގައެވެ.

(ވ) ފައިސާ ހަރަދުކުރުމަށް ޕޭމަންޓް ވައުޗަރުން ހުއްދަދީ ޗެކުގައި ސޮއިކުރުމަށްފަހު ލަސްނުކޮށް ފައިސާ ހަވާލު ުކރަންޖެހޭ ފަރާތަކާ ފައިސާ ހަވާލުކުރަންވާނެއެވެ. އެއްވެސް ސަބަބަކާހުރެ ފައިސާ ހަވާލު ނުކުރެވިއްޖެނަމަ، ޗެކުތައް ބަހައްޓަންވާނީ ތިޖޫރީގައި ނުވަތަ މި ގަވާއިދުގައި ބުނާ ރައްކާތެރި ތަނެއްގައެވެ.

(މ) ދައުލަތުގެ އޮފީސްތަކަށް އެކި ފަރާތްތަކުން ހުށަހަޅާ ލިޔުންތައް (އިންވޮއިސްއެއް ނުވަތަ ބިލެއް) ދައްކަންޖެހޭ ފައިސާގެ ބިލުގައި މައްސަލައެއް ނެތްނަމަ، ބިލު ލިބޭތާ ލަސްވެގެން ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. ބިލުގައި މައްސަލައެއް އޮތްނަމަ، ބިލު ލިބުނު ތާރީހުކަމުގައި ބަލާނީ އެ މައްސަލައެއް ހައްލުކުރުމަށްފަހު ބިލު ލިބުނު ތާރީހެވެ. 

(ފ) ފައިސާ ހޯދުމަށް ހުށަހަޅާފައިާވ ލިޔުމެއް (އިންވޮއިސްއެއް ނުވަތަ ބިލެއް) ގެ އަސްލު ގެއްލިއްޖެނަމަ، ކޮޕީ ލިޔުމަކަށް ފައިސާ ދެއްކޭނީ އެ ލިޔުމެއްގެ އަސްލު ގެއްލިފައިވާ ކަމަށާއި، ކުރިން ފައިސާ ދެއްކިފައިނުވާކަމަށް އެކަން ޗެކުކުރި މުވައްޒަފާއި ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފު އެކަން ބަޔާންކޮށް ސޮއިކުރުމުންނެވެ.

 

6.03 ވަނަ މާއްދާ - ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ފައިސާ ހަރަދުކުރުން 

(ހ) ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ހަރަދުކުރުމަށް ތައްޔާރުކުރާ ޕޭމަންޓް ވައުޗަރު އެކަމަށް ހުއްދަކޮށްފައިވާ ވެރިޔަކު ހުއްދަދީ ސޮއިކުރުމުން، އެ ވައުޗަރު ސަޕޯޓިންގ ޑޮކިއުމަންޓްތަކާއެކު ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ތައްޔާރުކުރާ ޕޭމަންޓް ވައުޗަރާއި ސަޕޯޓިންގ ޑޮކިއުމަންޓްތައް މިނިސްޓްރީ އޮފްފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވާނީ ތިރީގައިވާ ދެގޮތުންކުރެ ގޮތަކަށެވެ.

  1. ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ފައިސާ ދެއްކުމަށް ލައިވްކޮށްފައިވާ އޮފީސްތަކުގެ ޕޭމަންޓް ވައުޗަރުތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވާނީ އެ މިނިސްޓްރީން ކަނޑައަޅާ ސޮފްޓްވެއަރއެއް މެދުވެރިކޮށެވެ. މި ސޮފްޓްވެއަރ ބޭނުންނުކުރެވޭފަދަ ހާލަތެއް ދިމާވެއްޖެނަމަ، ޕޭމަންޓް ވައުޗަރުތައް ފޮނުވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އަންގާ ގޮތެއްގެމަތިން، މި މާއްދާގެ (ށ) ގެ 2 ގައި ބުނެފައިވާ ގޮތަށެވެ.
  2. ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ފައިސާ ދެއްކުމަށް މެނުއަލްކޮށް ޕޭމަންޓް ވައުޗަރާއި އެއާގުޅޭ  ލިޔުންތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނީ މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސޮފްޓްވެއަރ ލައިވްކޮށްފައިނުވާ އެކައުންޓުތަކުގެ ހަރަދުތަކަށެވެ.

(ނ) މި މާއްދާގެ (ށ) ގެ 1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވާ ވައުޗަރ ސޮފްޓްވެއަރގައި ޕާކްކުރާއިރު (އެންޓަރކުރާއިރު) އެއާގުޅޭ ހުރިހާ ލިޔުންތައް އެޓޭޗްކުރުމަކީ ޕާކްކުރާ މުވައްޒަފެއްގެ ޒިންމާއެކެވެ. އަދި ޕާކުކުރާއިރު އެޓޭޗްކުރަންޖެހޭ ހުރިހާ ލިޔުންތައް އެޓޭޗްކުރެވިފައިވޭތޯއާއި، ސޮފްޓްވެއަރގައި ހަރަދުތައް ބާކީކުރެވެމުންދަނީ ވައުޗަރުގައިވާ ކޯޑުތަކުންތޯއާއި، ފައިސާ ދެއްކުމަށް ސިސްޓަމުގައި ނެގިފައިވަނީ ރަނގަޅު ވެންޑަރތޯއާއި، އެންޓަރ ކުރެވިފައިވަނީ ރަނގަޅު ފައިސާގެ އަދަދު، އަދި ރަނގަޅު ބިލް ނަންބަރުތޯ ބަލަންވާނެއެވެ. 

(ރ) ސިސްޓަމް މެދުވެރިކޮށް ހުއްދަދޭ ފަރާތްތައް ހުއްދަދިނުމުގެ ކުރިން އެ ހަރަދަކާ ގުޅޭ ހުރިހާލިޔުންތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށްފަ ުހގައި މެނުވީ ސިސްޓަމް މެދުވެރިކޮށް ހުއްދަދީގެން ނުވާނެއެވެ.

 

6.04 ވަނަ މާއްދާ - ޕޭމަންޓް ވައުޗަރުން ހަރަދުކުރުން

(ހ) ޕޭމަންޓް ވައުޗަރު ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ހަރަދުކޮށް ބެލެހެއްޓުމުގައި ތިރީގައިވާ ލިޔެކިޔުންތައް ރަނގަޅަށް ބަލަހައްޓަންވާނެއެވެ.

    1. ޕޭމަންޓް ވައުޗަރު
      1.1 ޕޭމަންޓް ވައުޗަރަކީ ފައިސާ ހަރަދުކުރުމާއި ފައިސާ ހަވާލުކުރުމަށް ތައްޔާރުކުރެވޭ، ފައިސާ ލިބިގަތުމަށް ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކުގެ ހުލާސާ ލިޔުމެކެވެ. ފައިސާ ހަރަދުކުރުމުގެ ވައުޗަރު ބޭނުންކޮށްގެން ފައިސާ ހަރަދުކުރެވޭނީ އެކަމަށް ހުއްދަކުރުމުންނެވެ.

      1.2 ކޮންމެ އެކައުންޓަކުން ހަރަދުކުރުމަށް ބޭނުންކުރަންވާނީ ވަކި ވައުޗަރެވެ. އެ އެކައުންޓަކުން ހަރަދުކުރުމަށް ބޭނުންކުރާ ވައުޗަރުގައި ތަރުތީބުން ވައުޗަރު ނަންބަރު ޖަހަންވާނެއެވެ. ކޮންމެ އެކައުންޓެއްގެ ވައުޗަރު ނަންބަރު ޖެހުމުގައި މާލީއަހަރު ނިމުމުން، އާއަހަރުގެ ބަޖެޓުން ކުރާ ހަރަދެއް ނަމަ ފަށަންވާނީ 1 (އެކެއް) އިންނެވެ. ފައިސާ ހަރަދުކުރުމުގެ ވައުޗަރު ޗާޕުކޮށްފައި ބަހައްޓާނަމަ، ޗާޕުކުރަންވާނީ އަސްލަކާއި 2 (ދޭއް) ކޮޕީ ހިމެނޭ ގޮތަށެވެ.

      1.3 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ހިސާބު ބަލަހައްޓަމުންގެންދާ "ޕަބްލިކް އެކައުންޓިންގ ސިސްޓަމް" ގައި ޕޭމަންޓް ވައުޗަރު އޮންނަންޖެހޭ ގޮތާއި، ޕޭމަންޓް ވައުޗަރު ފުރިހަމަކުރަންޖެހޭ ގޮތް ބަޔާންކުރެވިފައިވާ ޕޭމަންޓް ވައުޗަރުގެ ފޯޯމެޓާއި، ޕޭމަންޓް ވައުޗަރު ތައްޔާރުކުރާނެ ގޮތް ބަޔާންކުރެވިފައިވާ ލިޔުން MG/B04 ގައި ވާނެއެވެ. ދައުލަތުގެ ހުރިހާ އޮފީސްތަކުންވެސް ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންޖެހޭނީ މި ސިސްޓަމްގައިވާ ގޮތުގެމަތިން ޕޭމަންޓް ވައުޗަރު ފުރިހަމަކޮށްގެންނެވެ.

    2. ޕޭމަންޓް ވައުޗަރު ރަޖިސްޓަރީ
      (ހ) ޕޭމަންޓް ވައުޗަރު ރަޖިސްޓަރީ ބޭނުންކުރަންވާނީ ޕޭމަންޓް ވައުޗަރު ތައްޔާރު ކުރުމަށްފަހު ވައުޗަރުގެ ނަންބަރު ތަރުތީބުން ރެކޯޑް ކުރުމަށެވެ. މި ރަޖިސްޓަރީގައި ތިރީގައިވާ މައުލޫމާތު އެނގެން އޮންނަންވާނެއެވެ.  
      1 .ވައުޗަރުގެ ތާރީހު
      2 .ތައްޔާރުކުރެވޭ ހުރިހާ ވައުޗަރެއް ނަންބަރު ތަރުތީބުން 
      3 .އެ ހަރަދެއްގެ ތަފުސީލު
      4 .އެ ވައުޗަރެއްގައިވާ ހަރަދުގެ ކޯޑުތަކާއި ސަބްކޯޑު އަދި ފައިސާގެ އަދަދު
      5 .އެ ހަރަދެއް ކުރި ޗެކު ނަންބަރާއި ޗެކުގެ ތާރީހާއި ޗެކުގެ ފައިސާގެ އަދަދު

      (ށ) ޕޭމަންޓް ވައުޗަރު ރަޖިސްޓަރީގެ ނަމޫނާއެއް މި ގަވާއިދުގެ MG/BC07  ގައި ވާނެއެވެ.

    3. ޗެކު ރަޖިސްޓަރީ
      ޕޭމަންޓް ވައުޗަރު ނިޒާމެއްގައި ޗެކު ރަޖިސްޓަރީއެއް އޮންނަންވާނެއެވެ. ޗެކު ރަޖިސްޓަރީއެއްގެ އެންމެބޮޑު ބޭނުމަކީ ފައިސާ ހަރަދުކުރާ އެކައުންޓު ބާކީކުރުމާއި، އެކައުންޓުން ކުރަމުންދާ ހަރަދުގެ މައުލޫމާތު އެނގެން އޮތުމާއި، ޗެކު ނަންބަރާއި ވައުޗަރު ނަންބަރު ތަރުތީބުން އެނގެން އޮތުމެވެ. ޗެކު ރަޖިސްޓަރީ އޮންނަންީވ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/BC08 ގައި ވާނެއެވެ. 
      (ށ)  ޕޭމަންޓް ވައުޗަރު ބޭނުންކުރުމުގައި ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.  
      1. ފައިސާ ދޭންޖެހޭކަމުގެ އަސްލު ލިޔުންތައް ހޯދައި ހަމަކުރުން. 
      2. ޕޭމަންޓް ވައުޗަރާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، އެ ތަނެއްގައި އެ މަސައްކަތް ހިންގޭނެ އިންތިޒާމު ހަމަޖެހިފައިއޮތުން.

 

6.05 ވަނަ މާއްދާ - ޕޭމަންޓް ވައުޗަރުގެ މަސައްކަތް މުވައްޒަފުންނާ ހަވާލުކުރުން 

ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމުގެ ކަންތައްތައް ރާވައި ހިންގުމުގައި، ތިރީގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

(ހ) ފައިސާއާބެހޭ މަސައްކަތް، ތަނުގައި މުވައްޒަފުން ތިބި ނިސްބަތަކުން މުވައްޒަފުންގެ ތެރޭގައި މަސައްކަތް ބަހާލައިގެން، އެކަކަށް އެއްކަހަލަ މަސައްކަތް ތަކުރާރުނުވާނެ ގޮތަށް މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުން.

(ށ) ފައިސާއާބެހޭ މުއާމަލާތްތައް ހިންގުމުގައި، ފެށުނީއްސުރެ ނިމެންދެން، ކުރަންޖެހޭ ހުރިާހ ކަމެއް އެކަކު ކުރާގޮތަށް މުވައްޒަފުންނާ މަސައްކަތް ހަވާލުނުކުރުން. 

(ނ) ތަކެތި ހޯދުމާއި، ހޯދޭ ތަކެއްޗަށް ފައިސާ ދެއްކުމާއި، ހަރަދުކުރެވޭ ފައިސާއާބެޭހ ރިކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް ތަފާތު މުވައްޒަފުންނާ ހަވާލުކޮށްގެން ކުރާގޮތަށް ހަމަޖެއްސުން.

(ރ) ދައުލަތުގެ އޮފީސްތަކުގެ މަސައްކަތުގެ ކުޑަބޮޑުމިނަށާއި، ހޭދަކުރާ ފައިސާގެ އަދަދާއި، ޓްރާންސެކްށަނުގެ އަދަދާއި، ޓްރާންސެކްށަނުގެ ބާވަތަށް ބަލާއިރު، އެކި އޮފީސްތަކުގައި ކޮންމެހެން ބަލަހައްޓަންޖެހޭ ކޮންޓްރޯލްތައް ތަފާތުވާނެތީ، އެކަންތައްތަކަށް ބަލައިގެން އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއަށް ފެންނަ ގޮތެއްގެމަތިން މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުން.

 

6.06 ވަނަ މާއްދާ - ފައިސާ ހަރަދުކުރުމަށް ވައުޗަރުން ހުއްދަދިނުން

އެއްވެސް ފައިސާއެއް ހަރަދުކުރުމަށް ހުއްދަދޭންވާނީ، ޕޭމަންޓް ވައުޗަރާއެކު ހުންނަންޖެހޭ ހުރިހާ ލިޔުންތަކެއް ފުރިހަމަކުރުމަށްފަހު ފައިސާ ހަރަދުކުރުމުގެ ވައުޗަރާއެކު އެ ލިޔުންތައް ހަމައަށް ހުރެގެންނެވެ. ހުއްދަދިނުމުގައި މަސްއޫލިއްޔަތު އުފުލަންވާނީ އޮތޮރައިޒިންގ އޮފިސަރު ނުވަތަ އެ ވަގުތަކު އެކަމާ ހަވާލުވެހުރި އިސްވެރިޔެކެވެ. އަދި ހުއްދަދިނުމަށްފަހު ފައިސާ ހަރަދުކުރުމުގައި ބަލަންޖެހޭ ބެލުންތަކާ ބެހޭ ފޯމުގެ ކަމާބެހޭ ގޮޅި ފުރަންވާނެއެވެ. ދެވަނަ ސޮއިކުރާ މީހާވެސް މިކަމުގައި ޒިންމާ އުފުލަންވާނެއެވެ.

 

6.07 ވަނަ މާއްދާ - ފައިސާއާބެހޭ ފޮތްތަކާއި ލިޔުންތައް ބެލެހެއްޓުމާއި ފައިލުކުރުން

(ހ) ފައިސާއާބެހޭ ފޮތްތައް ބަލަހައްޓާނީ އެކައުންޓްސް އޮފިސަރު ނުވަތަ އެ މަސައްކަތާ ހަވާލުވެހުރި މުވައްޒަފެކެވެ. އަދި މި މަސައްކަތާ ގުޅޭގޮތުން އެ އޮފީހަކުން ހަދަންޖެހޭ ހުރިހާ ރިޕޯޓުތަކެއް ހެދުމުގެ ޒިންމާ އުފުލަންޖެހޭނީ، އެކައުންޓްސް އޮފިސަރު ނުވަތަ އެ މަސައްކަތެއް ހަވާލުކޮށްފައިވާ މުވައްޒަފެކެވެ.

(ށ) ފައިސާއާބެހޭ ލިޔުންތައް ރަނގަޅަށް ބެލެހެއްޓުމަށްޓަކައި، ފައިސާއާބެހޭ ލިޔުންތައް ފައިލުކުރުމުގެ ސިސްޓަމެއް ދައުލަތުގެ އޮފީސްތަކުގައި ގާއިމުކުރެވިފައި އޮންނަންވާނެއެވެ. މިގޮތުން މަދުވެގެން ތިރީގައިވާ ފައިލުތައް ތައްޔާރުކޮށް، ލިޔުންތައް ފައިލުކުރަމުން ގެންދަންވާނެއެވެ.

  1. ފައިސާ ުނދައްކައިހުރި ބިލުތައް
    ފައިސާ ނުދެއްކިހުރި ބިލުތައް ފައިލުކުރާ ފައިލުގައި ބަހައްޓާނީ ފައިސާ ހަރަދުކުރުމުގެ ވައުޗަރު ހަދާ ަފއި، ނަމަވެސް ފައިސާ ނުދައްކައިހުރި ބިލުތަކެވެ. މި ފައިލު ކްރެޑިޓަރުންގެ ނަމަށް ނުވަތަ މުދާ ދޫކުރި ފަރާތްތަކުގެ ނަމަށް ބަލާފައި ނުވަތަ ތާރީހު ތަރުތީބުން ފައިލުކުރުމަކީ އޮޅުންކުޑަވާނެ ކަމެކެވެ. 

  2.  ފައިސާ ދައްކާފައިހުރި ބިލުތައް
    މި ފައިލުގައި ފައިލުކުރާނީ ފައިސާ ދައްކާފައިވާ ބިލުތައް އޭގެ ހަރަދު ވައުޗަރު ނަންބަރު ތަރުތީބުންނެވެ. ވައުޗަރާއެކު ފައިސާ ހަރަދުކުރުމުގައި ބަލަންޖެހޭ ބެލުންތަކާ ބެހޭ ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހުންނަންވާނެއެވެ. 
    * މުދާ ގަންނަން އެދޭ ފޯމު.
    * މުދަލަށް އޯޑަރުކުރާ ފޯމު
    * އިންވޮއިސް / ބިލު 
    *  ޕޭމަންޓް ވައުޗަރުު
    *  އެ ހަރަދަކާ ގުޅޭގޮތުން ކޮންމެހެން ހުންނަންޖެހޭ ލިޔުންތައް
  3. ފައިސާ ހަރަދުކުރުމުގައި ބަލަންޖެހޭ ބެލުންތަކާ ބެހޭ ފޯމުތަކުގެ ފައިލު
    މި ފައިލާ ހަވާލުވެ ހުންނަންޖެހޭނީ ޕްރިންސިޕަލް އެކައުންޓްސް އޮފިސަރު ނުވަތަ މާލީޒިންމާދާރުވެރިޔާއެވެ. އަދި މި ފޯމުގައިވާ ހުރިހާ ގޮޅިތަކެއް ފުރިހަމަވުމުން ފައިލުކުރުމަށް ކަމާބެހޭ މުވައްޒަފަކާ ފޯމު ހަވާލުކުރަންވާނެއެވެ. ކޮންމެ ވައުޗަރެއް ފައިލުކުރެވޭއިރު މި ފޯމު ފުރިހަމަކުރުމަށްފަހު ޕްރިންސިޕަލް އެކައުންޓްސް އޮފިސަރު ނުވަތަ މާލީޒިންމާދާރުވެރިޔާއާ ހަވާލުކުރަންވާނެއެވެ. މި ފޯމު ފައިލުކުރާނީ ފޯމުގެ ތަރުތީބު ނަންބަރުންނެވެ. 

 

6.08 ވަނަ މާއްދާ - ހަރަދުކުރުމަށް އިންކާރުކުރެވޭ ހާލަތްތައް

ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، މި ގަވާއިާދއި، އަދި މިނޫންވެސް ގާނޫނަކާއި ގަވާއިދަކާ ހިލާފަށް ނުވަތަ ހަރަދުކުރުމަށް ދީފައިވާ އިރުށާދުތަކާ ހިލާފަށް އެއްވެސް ހަރަދެއް ކުރާނަމަ، އެ ހަރަދެއް ކުރުން ހުއްޓުވުމުގެ އިހުތިޔާރު ފައިނޭންށަލް ކޮންޓްރޯލަރަށް ލިބިގެންވެއެވެ. 

 

އެކި ފަރާތްތަކަށް ފައިސާ ހަވާލުކުރުން 

 

6.09 ވަނަ މާއްދާ - ފައިސާ ހަވާލުކުރުން

(ހ) ފައިސާ ހަވާލުކުރުމަކީ ދައުލަތުން ހޯދާފައިވާ ހިދުމަތަކަށް ނުވަތަ ކުރުވާފައިވާ މަސައްކަތަކަށް ނުވަތަ ހޯދާފައިވާ އެއްޗަކަށް  ނުވަތަ އެއްބަސްވުމެއްގެ ދަށުން އެޑްވާންސްކޮށް ދޭންޖެހޭ ފައިސާ، ނުވަތަ މުވައްޒަފުންނަށް ހަވާލުކުރަންޖެހޭ ފައިސާ، ނުވަތަ މިނޫންވެސް ގޮތަކުން ދައުލަތުން އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ފައިސާ، އެ ފައިސާ ލިބެންވާ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ހަވާލުކޮށް އެކަން ކަށަވަރުކުރުމެވެ. މިގޮތުން ފައިސާ ހަވާލުކުރެވޭނީ އެކައުންޓް ޓްރާންސްފަރއިން، ނުވަތަ ޗެކުން، ނުވަތަ ނަގުދުފައިސާއިންނެވެ.

(ށ) އެކި ފަރާތްތަކަށް ދެއްކުމަށް އެކައުންޓުން ނަގާ ނަގުދުފައިސާ، މަގުބޫލު ސަބަބެއް މެދުވެރިނުވާނަމަ، އެ ފައިސާ ނަގާތާ ލަސްވެގެން ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކޮށް ނިންމަންވާނެއެވެ.

(ނ) އެކި ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަދާ ޗެކުތައް، ޗެކު ހަދާ ތާރީހުން ފެށިގެން ލަސްވެގެން ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ޗެކު ހަވާލުކުރަންޖެހޭ ފަރާތަކާ ހަވާލުކުރަންވާނެއެވެ.

(ރ) ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް އެކައުންޓް ޓްރާންސްފަރއިން ފައިސާ ދައްކާނަމަ، ދައުލަތުގެ އޮފީސްތަކުން ފޮނުވާ ޕޭމަންޓް ވައުޗަރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިބުމުން ޓްރާންސްފަރ ހެދުމަށް ބޭންކަށް ފޮނުވުމަށްފަހު، އެ ފައިސާ ލިބެންވާ ފަރާތަށް އެކަން އަންގަންވާނެއެވެ.

(ބ) ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިނުކޮށް އެކައުންޓް ޓްރާންސްފަރއިން ފައިސާ ދައްކާނަމަ، ޕޭމަންޓް ވައުޗަރު ތައްޔާރުކޮށް ފައިސާ ޓްރާންސްފަރކުރުމަށް ބޭންކަށް ފޮނުވަންވާނެއެވެ. އަދި ފައިސާ ލިބެންވާ ފަރާތަށް އެކަން އަންގަންވާނެއެވެ.

(ޅ) ފައިނޭންށަލް ކޮންޓްރޯލަރ ދޭ ހުއްދައެއްގެ ދަށުން މެނުވީ ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރެވޭ ހުރިހާ ޗެކުތަކެއްވެސް ތައްޔާރުކުރަންވާނީ 'އެކައުންޓް ޕޭއީ އޮންލީ' ނުވަތަ "ނޮޓް ނެގޯށިއަބަލް" ޖެހުމަށްފަހު، ފައިސާ ލިބެންވާ ފަރާތް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ފައިސާ ނުނެގޭނެ ގޮތަށެވެ.

(ކ) ހުރިހާ ޗެކެއްގައިވެސް ސޮއިކުރަންވާނީ ފައިނޭންށަލް ކޮންޓްރޯލަރ ހުއްދަދޭ ވެރިޔަކު ފައިނޭންށަލް ކޮންޓްރޯލަރ އަންގާ ގޮތެއްގެމަތިންނެވެ. މިގޮތުން އިލެކްޓްރޯނިކް ސިގްނެޗަރ ނުވަތަ މެނުއަލްކޮށް ސޮއިކޮށްގެން ޗެކު ދޫކުރެވިދާނެއެވެ.

(އ) އަނބުރާ ލިބޭ ޗެކުތަކާއި، ހަވާލުނުވެ އަދި މުއްދަތު ހަމަވެފައިހުރި ޗެކުތަކާއި، އަނބުރާ ލިބޭ އިލެކްޓްރޯޯނިކް ފަންޑް ޓްރާންސްފަރތަކުގެ ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ.

(ވ) އަނބުރާ ލިބޭ ނުވަތަ ހަވާލުނުވެހުރި ޗެކު ލިބެންވާ ފަރާތް އެވަގުތަކު ދިރިއުޅޭ އެޑްރެސް ސާފުނުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަނބުރާ ލިބިއްޖެނަމަ، އަދި އިލެކްޓްރޯޯނިކް ފަންޑް ޓްރާންސްފަރގެ ގޮތުގައި ދައްކާ ފައިސާއެއް އަނބުރާ ލިބިއްޖެނަމަ، އެ ކްރެޑިޓަރެއްގެ ސައްހަ ބޭންކް އެކައުންޓު ނަންބަރު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. 

(މ) އަނބުރާ ލިބޭ އަދި ހަވާލުނުވާ ޗެކުތަކާއި، އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރއިން ދައްކާ ފައިސާ އަނބުރާ ލިބުމުން، އެ ފައިސާ ލިބެންޖެހޭ ފަރާތަކާ ގުޅުމަށް މަސައްކަތްކޮށް އެފަރާތަކާ ގުޅޭގޮތް ނުވެއްޖެނަމަ، އެ ފައިސާ "ރިސިޕްޓްސް އިން ސަސްޕެންސް ރިޓަރންޑް ޕޭމަންޓްސް" އެކައުންޓަށް ޖަމާކުރަންވާނެއެވެ.

(ފ) މުއްދަތު ހަމަވެފައިވާ ޗެކުތައް ޓްރަސްޓް ފަންޑުގެ "ރިސިޕްޓްސް އިން ސަސްޕެންސް ސްޓޭލް ޗެކް" އެކައުންޓަށް ޕޯސްޓްކުރަންވާނެއެވެ. 

 

6.10 ވަނަ މާއްދާ - ޗެކުގެ ބަދަލުގައި އަލުން ޗެކު ދޫކުރުން

(ހ) ކުރިން ދޫކޮށްފައިވާ ޗެކެއްގެ ބަދަލުގައި، އަލުން ޗެކެއް ދޫކުރެވިދާނެއެވެ. އަލުން ޗެކު ދޫކުރުމުގައި ކުރިން ދޫކުރި ޗެކަށް ވެފައިވާ ގޮތް ރަނގަޅަށް ބަލައި ޗެކުކުރަންވާނެއެވެ.

(ށ) ފައިސާ ލިބެންވާ ފަރާތާ ހަވާލުކުރެވިފައިވާ ޗެކެއް ގެއްލިގެން ނުވަތަ ހަލާކުވެގެން އަންގައިފިނަމަ، އެ ޗެކަށް ފައިސާ ނެގުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ވަގުތުން ކުރަންވާނެއެވެ. އަދި ތިރީގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

  1. ޗެކަށް ފައިސާ ނަގާފައި ނުވާނަމަ، އެއެފަރާތަށް އަލުން އައު ޗެކެއް ދޫކުރުން. 
  2. ބޭންކުން އެ ޗެކަށް ފައިސާ ދޫކޮށްފައިވާނަމަ، އެ ފައިސާ އަލުން ދޫކޮށްދެވެން ނެތްކަން ޗެކު ލިބެންވީ ފަރާތަށް އެންގުން.

(ނ) ދޫކޮށްފައިވާ ޗެކެއް ފައިސާ ލިބެންވާ ފަރާތަށް ލިބިފައި ނުވާކަމަށް ބުނާނަމަ، އެ ޗެކު ކެންސަލްކުރުމަށް ވަގުތުން ބޭންކަށް އަންގަންވާނެއެވެ. އަދި ބޭންކުން އެ ފައިސާ ދޫކޮށްފައި ނުވާނަމަ، އަލުން ޗެކެއް އެފަރާތަށް ދޫކުރަންވާނެއެވެ.

(ރ) ޗެކު ލިބެންވާ ފަރާތުން ޗެކު ލިބިފައިނުވާކަމަށް ނިވަތަ މި މާއްދާގެ (ށ) ގެ (1) ގައި ބަޔާންކޮށްފައިވާކަމެއް މެދުވެރިވެއްޖެކަމަށް ބުނާއިރު، ބޭންކުން އެ ފައިސާ ދޫކޮށްފައިވާނަމަ، އެ ޗެކު ލިބިފައިނުވާކަމަށާއި، އެ ޗެކާ ހަވާލުވުމުގެ ހުއްދަ އެހެން ފަރާތަކަށް ދީފައިނުވާނެކަމަށް ޗެކު ލިބެންވާ ފަރާތުން ލިޔުމަކުން އަންގަންވާނެއެވެ. އަދި އެ ޗެކަށް ވީގޮތެއް ބަލައި، ފައިސާ ނަގާފައިވާ މައްސަލަ ކަމާބެހޭ ފަރާތްތަކަށްހުށަހަޅައިގެން ބަލަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ލިޔުން ފައިނޭންށަލް ކޮންޓްރޯލަރަށް ލިބުމުން، އެކަމުގައި ފައިސާ ލިބެންވާ ފަރާތުން އޮޅުވާލާފައިވާކަމަށް ނުފެންނަނަމަ، އަލުން ޗެކެއް ދޫކުރުމުގެކަންތައް ހަމަޖައްސަންވާނެއެވެ.

(ޅ) ޗެކު ލިބިފައިނުވާކަމަށް ބުނާ ފައިސާ އަލުން އަނބުރާ އެފަރާތަށް ދޭންޖެހޭނަމަ، މި ފައިސާ ހަރަދުކުރާނީ މި ފައިސާ ކުރިންވެސް ނެގިފައިވާ އައިޓަމުންނެވެ.  

(ކ) ކުރިން ދޫކޮށްފައިވާ ޗެކުގެ ފައިސާ އެ ޗެކު ދޫކޮށްފައިވާ ބޭންކަކުން، ނުވަތަ އެފަރާތަކުން ނުވަތަ އެ ވިޔަފާރިއަކުން އަނބުރާ ހޯދަންވާނެއެވެ.

 

6.11 ވަނަ މާއްދާ - ފައިސާ ޗެކުން ދޫކުރުމާއި، ޗެކަށް ފައިސާ ނެގުން

(ހ) އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން 2،000 (ދެ ހާސް) ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދޭންވާނީ ޗެކަކުންނެވެ. މިނޫން ގޮތަކަށް ފައިސާ ދޫކުރެވޭނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

(ށ) ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ދޫކުރާ ޗެކުތައް ފިޔަވައި، ދޫކުރަންޖެހޭ އެހެން ޗެކުތަކުގައި ސޮއިކުރާއިރު، ޗެކުގެ ކައުންޓަރފޮއިލުގައި އެ  ޗެކެއްގައި ސޮއިކުރި ވެރިޔަކު ސޮއިކުރަންވާނެއެވެ. އަދި ޗެކާއި ކައުންޓަރފޮއިލުގައި ލިޔެފައިވާ އަދަދު އެއްގޮތްތޯ ރަނގަޅަށް ބަލަންވާނެއެވެ. އަދި ކައުންޓަރފޮއިލުގައި ފުރިހަމަކުރަން ހުންނަ ބައިތައް ފުރިހަމަކޮށްފައިވޭތޯ ބަލަންވާނެއެވެ.

(ނ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނުވަތަ ބޭންކަކުން ފައިސާ ނެގުމަށް ހަދާ ޗެކުތަކުގައި، އެ ތަނެއްގެ ނަމާއި ފައިސާ ނަގަން ފޮނުވާ މުވައްޒަފުގެ ނަން އޮންނަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީސްތަކުން ހަދާ ޗެކުތަކުގެ ތެރެއިން 25،000 (ފަންސަވީސް ހާސް) ރުފިޔާއިން ފެށިގެން މަތީ އަދަދުތަކުގެ ޗެކުތަކުގައި، ސޮއިކުރުމަށް ހުއްދަ އޮންނަ ވެރިންގެ ތެރެއިން ދެ މީހަކު ޗެކުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ބ) ދައުލަތުގެ ތަންތަނުން ހަދާ ޗެކުގައި ޖެހުމަށް ހާއްސަ ތައްގަނޑެއް ހަދައި، ޗެކު ދޫކުރަންވާނީ އެ ތައްގަނޑު ޖަހާފައެވެ. މި ތައްގަނޑު ބާއްވާނީ ޗެކުގައި ސޮއިކުރުމުގެ ހުއްދަ އޮންނަ ވެރިޔެއްގެ ބެލުމުގެ ދަށުގައެވެ. ނަހަދައި ހުންނަ ޗެކުތަކުގައި ކުރިން ތައްގަނޑު ޖަހާފައި ބަހައްޓައިގެން ނުވާނެއެވެ.

(ޅ) ޗެކުފޮތްތައް ބަހައްޓަންވާނީ ފައިސާއެކޭ އެއްގޮތަށް ތިޖޫރީގައި ރައްކާކޮށްފައެވެ. ޗެކުފޮތް ހުސްވުމަށްފަހު އޮންނަ ކައުންޓަރފޮއިލުތައްވެސް ބަހައްޓަންވާނީ ބޭނުން ކޮންމެ ވަގުތަކު ބެލޭނެގޮތަށް ތަޅުލެވޭ ތަނެއްގައި ރައްކާކޮށްފައެވެ.

 

6.12 ވަނަ މާއްދާ - ބޭރުފައިސާއިން ފައިސާ ދެއްކުން

(ހ) ބޭރު ގައުމަކުން ހޯދާ ހިދުމަތަކަށް ނުވަތަ ގަންނަ އެއްޗަކަށް ބޭރުފައިސާއިން ފައިސާ ދެއްކިދާނެއެވެ. ބޭރުފައިސާއިން ކުރަންޖެހޭ ހަރަދުތަކަށް ފައިސާ ދޫކުރާނީ ޑައިރެކްޓް ކްރެޑިޓަކުން ނުވަތަ އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރ ބޭނުންކޮށްގެންނެވެ.

(ށ) ބޭރު ގައުމަކުން ހޯދާ ހިދުމަތަކަށް ނުވަތަ ގަންނަ އެއްޗެއްގެ އަގު އަދާކުރުމުގައި، އެ ހަރަދު ކުރަންޖެހޭ ފައިސާއަކުން ފައިސާ ދެއްކުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ނުވަތަ އެ މިނިސްޓްރީން ހުއްދަދޭ ރާއްޖޭގެ ވިޔަފާރި ބޭންކަކަށް އަންގަންވާނެއެވެ. 

(ނ) ފައިސާ ދެއްކުމުގައި، ފައިސާ ދައްކަންޖެހޭ އަދަދާއި، ބޭންކްޗާޖާއި، އެ މުއާމަލާތަކާ ގުޅޭ ހުރިހާ ހަރަދެއް ހިމެނޭގޮތަށް، އެ ހަރަދު ކުރުމަށް ކަނޑައަޅާފައިވާ އެކައުންޓަކުން ފައިސާ ދައްކަންވާނެއެވެ.

 

6.13 ވަނަ މާއްދާ - އޮންލައިން ބޭންކިންގ މެދުވެރިކޮށް ފައިސާ ދެއްކުން

(ހ) ދައުލަތުގެ އޮފީސްތަކުން ކުރަންޖެހޭ މާލީ މުއާމަލާތްތައް، އޮންލައިން ބޭންކިންގ ނުވަތަ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ނޫން ގޮތަކަށް ހިންގެން ނުހުންނަ ހާލަތްތަކުގައި އެފަދަ ހިދުމަތެއްގައި ބައިވެރިވުމުގެ ކުރިން އެ އޮފީހަކުން އެކަމަށް އެދި ފައިނޭންށަލް ކޮންޓްރލަރުގެ ހުއްދަ ލިޔުމަކުން ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޮންލައިން ނުވަތަ އިންޓަރނެޓް ބޭންކިންގގެ ހިދުމަތް ހޯދުމަށް ހުއްދަދެވިފައިާވ ފަރާތްތަކުން އެ ހިދުމަތް ހޯދަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

 

6.14 ވަނަ މާއްދާ - ޑެބިޓްކާޑާއި ކްރެޑިޓްކާޑުން ފައިސާ އަދާކުރުން

(ހ) ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ބޭނުންކުރުމަށް މިނިސްޓަރުގެ ހުއްދައާއެކު ޑެބިޓްކާޑާއި ކްރެޑިޓްކާޑު އޮފީހުގެ ނަމުގައި ހެއްދިދާނެއެވެ. ކާޑު ބޭނުންކޮށްގެން ހަރަދުކުރެވޭނީ ބަޖެޓް ކުރެވިފައިވާ ކަންތައްތަކަށް މި ގަވާއިދުގައި ހުއްދަކުރާ ހަރަދުތަކަށެވެ. ކާޑު ބޭނުންކުރުމުގެ ހުއްދައަށް އެދި މިނިސްޓަރަށް ލިޔާއިރު، ފައިސާ ހަރަދުކުރަން ބޭނުންވާ ކަންތައްތަކާއި، އެންމެ ގިނަވެގެން ފައިސާ ހަރަދުކުރާނެ އަދަދެއް ބަޔާންކުރަންވާނެއެވެ.

(ށ) ކްރެޑިޓްކާޑާއި ޑެބިޓްކާޑު ބޭނުންކޮށްގެން ކުރާ ހަރަދުތައް އެ ހަރަދެއް ކޮށް ނިމޭތާ ނުވަތަ ސްޓޭޓްމަންޓް އޮފް އެކައުންޓް ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހަރަދުތައް ބަޖެޓް ހިސާބުތަކުގެ ތެރޭގައި ހިމެނުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރެއްގައި ނުވަތަ އެހެންވެސް ދަތުރެއްގައި ކާޑުން ކުރާ ހަރަދުތައް އެ ދަތުރެއް ނިންމާފައި އަންނަތާ ނުވަތަ ސްޓޭޓްމަންޓް އޮފް އެކައުންޓް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅައި ބަޖެޓް ހިސާބުތަކުގައި ހިމަނަންވާނެއެވެ. 

(ނ) ކްރެޑިޓްކާޑާއި ޑެބިޓްކާޑު ބޭނުންކޮށްގެން ގަވާއިދާ ހިލާފަށް ހަރަދުކުރާކަން ފާހަގަކުރެވިއްޖެނަމަ، ކާޑު އަތުލުމުގެ ނުވަތަ ކެންސަލްކުރުމުގެ އިހުތިޔާރު ފައިނޭންށަލް ކޮންޓްރޯލަރަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެމަތިން ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން ހިދުމަތް ހޯދަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

 

6.15 ވަނަ މާއްދާ - ފައިސާ ލިބެންވީ އަސްލު ފަރާތާ ފައިސާ ހަވާލުކުރުން

(ހ) ހަރަދަށް ނަގާ ފައިސާ ހަވާލުކުރަންވާނީ އެ ފައިސާއެއް ލިބެންވީ އަސްލު ފަރާތާއެވެ. އެ ފައިސާ ލިބުން ހައްގުވާ ފަރާތް ފިޔަވައި އެހެން ފަރާތަކާ ފައިސާ ހަވާލުކުރަންވާނީ އެ ފައިސާ ލިބެންވީ މީހާ ރަށުގައި ނެތުން، ނުވަތަ އެހެންވެސް ސަބަބަކާހުރެ އެ ފައިސާ ހަވާލުކުރަންޖެހޭ ވަގުތުގައި އެ މީހާއަށް ފައިސާއާ ހަވާލުވެވެން ނެތްނަމައެވެ. މިފަދަ ގޮތެއް ދިމާވެގެން އެ ފައިސާ އެހެން މީހަކާ ހަވާލުކުރެވޭނީ އެ މީހަކާ އެ ފައިސާ ހަވާލުކުރުމަށް އެދި ފައިސާ ލިބެންވާ އަސްލު ފަރާތުން ސޮއިކޮށް، ފިންގަރޕްރިންޓް ޖަހާފައިވާ ލިޔުމަކާއި، ފައިސާ ލިބެންވާ އަސްލު ފަރާތުގެ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއްގެ ކޮޕީއެއް އޮވެގެންނެވެ.

(ށ) އޮފީހުގެ ފައިސާއާއި ފައިސާގެ ހިސާބުތަކާ ބެހޭ އެއްވެސް މުވައްޒަފަކަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނަމަވެސް އެހެން މީހެއްގެ ބަދަލުގައި އޮފީހުގެ ފައިސާއެއް ހަވާލުކޮށްގެން ނުވާނެއެވެ. 

(ނ) ހަރަދަށް ނަގާ ފައިސާ ހަވާލުކުރުމުގައި އެ ފައިސާ ބަލައިގަތް މީހާގެނަމާއި ސޮއި، އަދި ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއްގެ ނަންބަރު އޮންނަންވާނެއެވެ. އަދި އެ ފައިސާއެއް ލިބޭ ފަރާތަކީ ބިލު ނުވަތަ ރަސީދު ނުވަތަ އިންވޮއިސް ހަދާ ފަރާތެއްނަމަ، ބިލު ނުވަތަ ރަސީދު ނުވަތަ އިންވޮއިސް އޮންނަންވާނެއެވެ. ތައްގަނޑު އޮންނަ ތަނެއްނަމަ، ފައިސާ ލިބުނުކަމުގެ ތައްގަނޑާއި ފައިސާ ބަލައިގަތް ތާރީހު ޖަހާފައި އޮންނަންވާނެއެވެ. ޑައިރެކްޓް ކްރެޑިޓަކުން ފައިސާ ދެއްކިނަމަ ޑައިރެކްޓް ކްރެޑިޓުގެ ރިފަރެންސާއި، ޗެކަކުން ފައިސާ ދެއްކިނަމަ ޗެކު ނަންބަރު އެނގެން އޮންނަންވާނެއެވެ.

(ރ) އެއްވެސް ކަމަކަށް ދޭންޖެހޭ ފައިސާއެއް ދިނުމުގައި ދޭންޖެހޭވަރަށްވުރެ އިތުރަށް ފައިސާ ދެވިއްޖެނަމަ، އެކަމުގައި ޒިންމާވާ ފަރާތުން، ފައިސާ ދެވުނު މީހާގެ އަތުން އެ ފައިސާ އަނބުރާ ހޯދަންވާނެއެވެ. އެފަރާތުން ފައިސާ ނުލިބިއްޖެނަމަ، އެ ފައިސާ ދައްކާނީ އެކަމުގައި ޒިންމާވާ ފަރާތުން ނުވަތަ ފަރާތްތަކުންނެވެ.

 

6.16 ވަނަ މާއްދާ - މުވައްޒަފުން މެދުވެރިކޮށް ފައިސާ ހަވާލުކުރުން 

އެކި ފަރާތްތަކަށް އަދާކުރުމަށް، ނުވަތަ ހަވާލުކުރުމަށް އޮފީހުން ބޭރަށް ފައިސާ ފޮނުވާނަމަ ފޮނުވަންވާނީ، އެ ފައިސާއާ ހަވާލުވެގެންދާ މުވައްޒަފަކަށް އެ ފައިސާ ލިބުނުކަމަށް ފޮތެއްގައި ލިޔެ ސޮއިކުރުވުމަށްފަހުގައެވެ. މިގޮތުން ފޮނުވާ މުވައްޒަފުންނާއި ހަވާލުކުރި ފައިސާ، ލިބެންވާ ފަރާތްތަކަށް ހަމައަށް ހަވާލުކޮށްފައިވޭތޯ ބަލައި، ޗެކުކުރަންވާނެއެވެ. ފައިސާއެއް ނުދެއްކިގެން އަނބުރާ ގެނައިނަމަ، ގެނައިކަން އެނގޭގޮތަށް، ކަމާބެހޭ މުވައްޒަފު ސޮއިކޮށް، ހަމަ އެދުވަހު އެ ފައިސާއެއް ބަލައިގަންނަންވާނެއެވެ. މި މާއްދާގައި ބުނާ ފައިސާގެ ތެރޭގައި ނަގުދުފައިސާއާއިފައިސާގެ ގޮތުގައި ގަބޫލުކުރެވޭ ކޮންމެ އެއްޗެއްވެސް ހިމެނެއެވެ. މި މާއްދާގައިވާ ގޮތުގެމަތިން ފައިސާ ހަވާލު ުކރުމަށާއި އަނބުރާ ގެންނަ ފައިސާ ބަލައިގަތުމަށް ބޭނުންކުރާ ފޮތް ތައްޔާރުކުރަންވީ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/RV07 ގައި ވާނެއެވެ.

 

6.17 ވަނަ މާއްދާ - ޗެކަށް ފައިސާ ނަގަން ފޮނުވާ މުވައްޒަފުންނާ ޗެކު ހަވާލުކުރުން 

ޗެކަށް ފައިސާ ނަގަން ފޮނުވާ މުވައްޒަފަކާ ލިޔުމަކުން ޗެކު ހަވާލުކޮށް ސޮއިކުރުވަންވާނެއެވެ. މިގޮތަށް ޗެކު ހަވާލުކުރާއިރު އެ ޗެކުގެ ނަންބަރާއި ފައިސާގެ އަދަދު އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ. ފައިސާ ނަގައިގެން ގެނައުމުން، އޮފީހުން އެ ފައިސާއާ ހަވާލުވާންޖެޭހމުވައްޒަފަކު ފައިސާ ހަމައަށް ބަލައިގަނެ، ސޮއިކުރަންވާނެއެވެ. މި މާއްދާގައި ބުނާ ގޮތުގެމަތިން ޗެކު ހަވާލުކު ުރމަށާއި އެ ޗެކަށް ނަގައިގެން ގެންނަ ފައިސާ ބަލައިގަތުމަށް ބޭނުންކުރާނީ މި ގަވާއިދުގެ 6.16 ވަނަ މާއްދާގައި ބުނެވުނު ފޮތެވެ. 

 

6.18 ވަނަ މާއްދާ - ހަރަދުކުރުމަށް ނެގި ފައިސާއެއް ހަރަދު ނުވުމުން އަމަލުކުރަންވީ ގޮތް 

(ހ) ހަރަދުކުރުމަށް ނަގާ ފައިސާއެއް، ބާކީވެއްޖެނަމަ ނުވަތަ ހަރަދުނުކުރެވިއްޖެނަމަ، އެ ފައިސާ ގިނަވެގެން ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެތެރޭގައި އެ ފައިސާ ނެގި ކޯޑަށް އަނބުރައި ޖަމާކުރުމަށްފަހު ފިނޭންސް މިނިސްޓްރީއަށް އެ މައުލޫމާތު ރަސްމީ މަސައްކަތު 2 (ދޭއް) ދުވަހުގެތެރޭގައި ލިޔުމުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުންނަ ފައިސާގެ ތެރެއިން ހަރަދުނުކުރެވޭގޮތް މެދުވެރިވެފައިވާ ފައިސާއާއި، ވަކި ކަމަކަށް ނެގި ފައިސާއިން ބާކީވެފައި ހުންނަ ފައިސާ، އެ ކޯޑަކުން ދެން ކުރަންޖެހޭ ހަރަދަކުން އެޖަސްޓްމަންޓެއް ހަދައިގެން ހަމަޖެއްސިދާނެއެވެ. މިފަދަ އެޖަސްޓްމަންޓް ހަދާނީ އެ ހަރަދެއް ކުރި ސަބްކޯޑަކުން ކުރަންޖެހޭ ހަރަދުތަކަށް އެކަންޏެވެ. (މިސާލަކަށް: ދަތުރު ހަރަދުގެ ކޯޑު އެއީ ބަޖެޓުގެ މައިކޯޑު ކަމަށްވާނަމަ، އެއްގަމު ދަތުރު ހަރަދުގެ ކޯޑަކީ އެ ކޯޑުގެ ސަބްކޯޑެކެވެ.)

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ފައިސާ އަނބުރާ ޖަމާކުރަންޖެހޭ އައިޓަމުން ހަރަދެއްކުރަން ނުޖެހި، ފައިސާ އެތަނެއްގައި ގިނަދުވަހު ބަހައްޓަންޖެހޭގޮތް ދިމާވާނަމަ، ވީއެންމެ އަވަހަކަށް އެ ފައިސާއަށް ހަދަންވީ ގޮތެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެގެން ހަމަޖައްސަންވާނެއެވެ.

(ރ) ސެންޓްރަލް ޕޭމަންޓް ސިސްޓަމްގެ ތެރެއިން ނުވަތަ އެހެންވެސް ގޮތަކުން ފައިސާ ލިބެންވާފަރާތަށް އިތުރަށް ދެއްކޭ ފައިސާގެ ކަންތައް ހަމަޖައްސާނީ، އެކަން އެފަރާތަށް ލިޔުމަކުން އަންގައި، ފައިސާ ލިބެންވާ ފަރާތަށް ދޭންޖެހޭ ފައިސާއެއް ހުރިނަމަ އޭގެތެރެއިން އެޖަސްޓްކުރާގޮތަށް ނުވަތަ އިތުރަށް ދެވުނު ފައިސާ އަނބުރާ ހޯދާގޮތަށެވެ. މިއިން ކޮންމެ ގޮތަކަށް ނިންމިކަމުގައިވިޔަސް އެކަން ނިންމި ގޮތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔުމަކުން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާފަދަ ހާލަތެއް މެދުވެރިވެގެން ފައިސާ ލިބެންވާ ފަރާތަކަށް އިތުރަށް ދެވިފައިވާ ފައިސާ، އެފަރާތަކަށް ދޭންޖެހޭ ފައިސާއިން އެޖަސްޓްކުރަން ބަލާއިރު، އިތުރަށް ފައިސާ ދެވުނު ކޯޑުން ފައިސާ ލިބެންވާ ފަރާތަކަށް ދޭންޖެހޭ ފައިސާއެއް ނެތްނަމަ، އަދި އެހެން ކޯޑަކުން ނުވަތަ ކޯޑުތަކުން ފައިސާ ލިބެންވާ ފަރާތަށް ދޭންޖެހޭ ފައިސާ ހުރިނަމަ، އެ ފައިސާގެ ތެރެއިން އިތުރަށް ދެވުނު ފައިސާ އެޖަސްޓްކުރުމަށްފަހު، އެކަން ނިންމި ގޮތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔުމަކުން އަންގަންވާނެއެވެ. 

(ޅ) ހަރަދުކުރުމަށް ަނގައި ހަރަދުނުވާގޮތަށް މެދުވެރިވާ ފައިސާ އެކައުންޓަށް އަނބުރާ ޖަމާކޮށްގެން ހިސާބުތަކުން ހަމަޖައްސަންވީ ގޮތް މި ގަވާއިދުގެ MG/BC02 ގައި ވާނެއެވެ. 

 

6.19 ވަނަ މާއްދާ - އަހަރު ފާއިތުވުމަށްފަހު އަނބުރާ ލިބޭ ފައިސާއާމެދު އަމަލުކުރަންވީ ގޮތް 

ނިމުނު މާލީއަހަރުގެ ހަރަދު ހިސާބުތައް ނިންމިފަހުން، ނިމުނު މާލީއަހަރުގެ ތެރޭގައި ހަރަދުކޮށްފައިވާ ފައިސާއެއް އަނބުރާ ލިބިއްޖެނަމަ، އެއީ ކޮން ފައިސާއެއްކަން އެނގޭނެ ގޮތެއްގެމަތިން ލިޔެ ދައު ަލތުގެ އާމްދަނީއަށް ޖަމާކުރުމަށްފަހު، ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އެކަން އަންގަންވާނެއެވެ.

 

6.20 ވަނަ މާއްދާ - ހަރަދުކުރުމަށް ނަގާ ފައިސާއެއް ހަރަދުވާގޮތް މެދުވެރިނުވުމުން ލޯކަލް ކައުންސިލްތަކުން އަމަލުކުރަންވީ ގޮތް  

(ހ) ލޯކަލް ކައުންސިލުތަކުން ހަރަދުކުރުމަށް ނެގި ފައިސާއެއް ހަރަދުނުކުރެވޭގޮތް މެދުވެރިވެއްޖެނަމަ، ނުވަތަ ފައިސާ ނަގަންވީ އަދަދަށްވުރެ އިތުރަށް ފައިސާ ނެގިއްޖެނަމަ، މި ގަވާއިދުގެ 6.18 (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުންނަ ފައިސާގެ ތެރެއިން ހަރަދުނުކުރެވޭގޮތް މެދުވެރިވެފައިވާ ފައިސާއާއި، ވަކި ކަމަކަށް ނެގި ފައިސާއިން ބާކީވެފައި ހުންނަ ފައިސާ، އެ ކޯޑަކުން ދެން ކުރަންޖެހޭ ހަރަދަކުން އެޖަސްޓްމަންޓެއް ހަދައިގެން ހަމަޖެއްސިދާނެއެވެ. 

 

6.21 ވަނަ މާއްދާ - ފައިސާ ބެހެއްޓުން

(ހ) ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާއާއި، ހަރަދަށް ނަގާ ފައިސާގެ ތެރެއިން ފައިސާ ބެހެއްޓުން ހަވާލުނުކުރެވި ހުންނަ ފައިސާއާއި، އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނެސް ހަދާ ފައިސާއާއި، އަދި މިނޫންވެސް ދައުލަތުގެ ހަވާ ުލގައި ބަހައްޓަންޖެހޭ ފައިސާ ބަހައްޓަންވާނީ ތިޖޫރީއެއްގައި ނުވަތަ ފައިސާ ރައްކާކުރާ ފޮށްޓެއްގައި ނުވަތަ ސްޓްރޯންގ ރޫމެއްގައެވެ. މި ގޮތަށް ބެހެއްޓޭ ފައިސާއާއި ނެގޭ ފައިސާގެ ރެކޯޑު ތިޖޫރީ ބާކީކުރާ ފޮތެއްގައި ނުވަތަ ށީޓެއްގައި ދުވަހުން ދުވަހަށް ބަލަހައްޓަން ވާނެއެވެ. ފައިސާ ރައްކާކުރުމަށް ބަހައްޓާ މިފަދަ ތަންތަނާއި ތަކެތި ހުންނަންވާނީ އަލިފާނުން ރައްކާތެރިކުރެވޭފަދަ ގޮތަށް ތައްޔާރުކުރެވި ތަޅުލެވިފައެވެ.

(ށ) އެދުވަހަކު ބަލައިގަންނަމުންދާ ފައިސާއާއި، އެކި ފަރާތްތަކާ ހަވާލުކުރުމަށްޓަކައި ތިޖޫރީން ނަގައި އެދުވަހު މުވައްޒަފުންގެ ހަވާލުގައި ވަތްގަނޑުގައި ބަހައްޓާފައި ހުންނަ ފައިސާވެސް، އެދުވަހުގެ ރަސްމީގަޑި ނިމޭއިރު ނުވަތަ އެދުވަހު އެތަނެއް ބަންދުކުރާއިރު ހުންނަންވާނީ މި މާއްދާގެ (ހ) ގައިވާފަދަ ތަނެއްގައި ނުވަތަ އެއްޗެއްގައި ރައްކާކުރެވިފައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާފަދަ ތަނެއްގައި ނުވަތަ އެއްޗެއްގައި ގިނަ އަދަދެއްގެ ފައިސާ ހުއްޓައި ބަންދު ދުވަސްތަކެއް އަންނަނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ބޭންކާ ވާހަކަދައްކައިގެން ބަންދުވުމުގެ ކުރިން އަންނަ އެންމެފަހު ރަސްމީ ދުވަހު އޮފީސް ބަންދުކުރުމުގެ ކުރިން އެ ފައިސާ އެފަދަ ތަނެއްގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. މިގޮތަށް ހަމަނުޖެހިއްޖެ ހާލަތެއްގައި ސަލާމަތީ ބާރުތަކާ މަށްވަރާކޮށްގެން ގޮތެއް ހަމަޖައްސަންވާނެއެވެ.

 

6.22 ވަނަ މާއްދާ - ދައުލަތުގެ ތަންތާނގައި ބަހައްޓާ ފައިސާގެ ތިޖޫރީ ރިޕޯޓު ތައްޔާރުކުރުން

(ހ) ދައުލަތުގެ އޮފީސްތަކުން ކޮންމެ ހަފުތާއެއްގެ ނިޔަލަށް ތިޖޫރީގައި ނުވަތަ އޮފީހުގައި ބަހައްޓާފައިހުރި ފައިސާގެ ހިސާބު (ނަގުދުފައިސާއިން ހުރި އަދަދާއި، ޗެކުން ހުރިވަރާއި، ބޭރުފައިސާ ހުރިނަމަ އޭގެ ކޮންމެ ވައްތަރެއް ވަކީން ހުރި އަދަދު) ބަލައި، ތިޖޫރީއާ ހަވާލުވެހުރި މުވައްޒަފުގެ އިތުރަށް އޮފީހުގެ އިސްމުވައްޒަފަކު އެ ހިސާބު ޗެކުކޮށް، ފައިސާ ގުނައި، އަދި އޮފީހުގެ މާލީޒިންމާދާރުވެރިޔާ އެ ހިސާބު ރަނގަޅުތޯ ބަލައި ޗެކުކުރަމުން ގެންދަންވާނެއެވެ.

(ށ) ކޮންމެ މަހެއްގެ ނިޔަލަށް ތިޖޫރީގައި ނުވަތަ އޮފީހުގައި ހުރި ފައިސާގެ ރިޕޯޓު ތައްޔާރުކޮށް، ޗެކުން ހުރި ފައިސާގެ ތަފުސީލު، ޗެކު ނަންބަރުތަކާއި، ޗެކުގެ ތާރީހު، އަދި ނަގުދުފައިސާއިން ހުރި އަދަދު އެނގޭނެގޮތަށް ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. ތިޖޫރީ ރިޕޯޓު ތައްޔާރުކުރަންވާނެ ގޮތް MG/BC24 ގައި ވާނެއެވެ.

(ނ) ތިޖޫރީގައި ނުވަތަ އޮފީހުގައި ބަހައްޓާފައިހުރި ނަގުދުފައިސާގެ ތަފުސީލު، އެ ފައިސާއެއް އެކައުންޓުން ނެގި، ނުވަތަ އެ ފައިސާއެއް ބަލައިގަތް ތާރީހު އެނގޭނެގޮތަށް، މަހުގެ ނިޔަލަށް ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. 

(ރ) މި މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެމަތިން ތިޖޫރީގައި ނުވަތަ އޮފީހުގައި ބަހައްޓާފައި ހުރި ފައިސާގެ ރިޕޯޓު (ތިޖޫރީގައި ހުރި ފައިސާގެ ހިސާބު) ހަފުތާއަކު އެއްފަހަރު އެ އޮފީހަކުން ތައްޔާރުކުރަމުން ގެންދަންވާނެއެވެ. އަދި ކޮންމެ މަހެއް ނިމުމުން، އެ މަހެއްގެ ރިޕޯޓު (ތިޖޫރީގައި ހުރި ފައިސާގެ ހިސާބު) ތައްޔާރުކޮށް، އެ އޮފީހަކުން ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ތިޖޫރީ ރިޕޯޓުގައި، އޮފީހުގެ ފައިސާއާބެހޭ އިސްވެރިޔަކު ސޮއިކޮށްފައި އޮތުމުގެ އިތުރަށް، ތިޖޫރީއާ ހަވާލުވެހުރި މުވައްޒަފާއި، ފައިސާގެ އަދަދު ބަލައި ޗެކުކުރި މުވައްޒަފު، އެ ރިޕޯޓުގައިވާ އަދަދަށް ފައިސާއާއި ފައިސާއާ އެއްފަދަ ތަކެތި ހުރިކަމަށް ސޮއިކޮށްފައި އޮންނަންވާނެއެވެ. 

(ޅ) މި ގަވާއިދުގެ 6.21 ވަނަ މާއްދާގެ (ހ) ގައިވާފަދަ ތަންތާނގައި ދައުލަތުގެ ފައިސާއާއި ތަކެތި އަދި ދައުލަތުން ބަލަހައްޓަންޖެހޭ ފައިސާއާއި ތަކެތި ފިޔަވައި އެ ެހން އެއްވެސް އެއްޗެއް ބަހައްޓައިގެން ނުވާނެއެވެ. އަދި މިފަދަ ތަންތާނގައި ހުންނަ ފައިސާއާއި ތަކެތި ބެލެވޭނީ ދައުލަތުގެ ފައިސާއާއި ތަކެތި ކަމުގައެވެ. 

 

6.23 ވަނަ މާއްދާ - ހާއްސަ އެހީގެ ފައިސާ 

(ހ) ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގެގޮތުން، ފައިސާގެ އެއްވެސް އެހީއެއް ދިވެހި ދައުލަތުގެ ފަރާތުން ދިވެހި ރައްޔިތަކަށް ނުވަތަ ވަކި ފަންތިއެއްގެ ރައްޔިތަކަށް ނުވަތަ ވަކި ހާއްސަ ހާލަތެއް ދިމާވެފައިވާ ރައްޔިތުންގެ ބަޔަކަށް ދޭންވާނީ ނުވަތަ ދެމުން ގެންދަންވާނީ، ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިންނެވެ. ހާއްސަ އެހީގެ ފައިސާ ދޫކުރެވޭނީ ތިރީގައި މިވާފަދަ ހާލަތެއް މެދުވެރިވުމުން، އެ ދާއިރާއެއްގެ އެންމެމަތީ ވެރިޔެއްގެ ހުއްދައާއެކު މާލީޒިންމާދާރުވެރިޔާ މިނިސްޓަރަށް ހުށަހެޅުމުންނެވެ. މި ފައިސާ ހަރަދުކުރެވޭނީ އެ އަހަރެއްގެ ބަޖެޓުގައި އެފަދަ ކުއްލި ކަންކަމަށް ހަރަދުކުރުމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ފައިސާ ދޫކުރުމުންނެވެ.

  1. އެކި ގޮތްގޮތުން ލިބޭ ކުއްލި ގެއްލުމެއް، ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، ފައިސާގެ ކޮންމެވެސް އެހީއެއް ދިނުމަކީ އިޖުތިމާއީ މަސްލަހަތެއް ހިމެނޭ ކަމެއްކަމުގައި ނުވަތަ އަދުލުވެރި ކަމެއްކަމުގައި ސަރުކާރަށް ފެންނަ ހާލަތްތަކުގައި، އެ ގެއްލުމެއް ފޫބެއްދުމަށް ނުވަތަ އެ ހާލަތަކުން ސަލާމަތްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން. 
  2.  ގައުމަށް މުހިންމު މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކުރަމުން ގެންދާ މީހަކަށް ނުވަތަ ވަކި ބަޔަކަށް ދިމާވެފައިވާ މާލީދައްޗަކުން އެފަދަ މީހަކު ނުވަތަ ބަޔަކު ދައުލަތުގެ ނަމުގައި އެހީވެދީގެން ސަލާމަތްކޮށްދިނުމަކީ، މުޖުތަމައުގެ އެކަށީގެންވާ ބޮޑު ނިސްބަތެއްގެ ބަޔެއްގެ ދިރިއުޅުމުގެ މަސްލަހަތު އެކަމުގައި ހިމެނިގެންވާ ކަމެއްކަމުގައި ސަރުކާރަށް ފެނިއްޖެ ހިނދެއްގައި.

(ށ) ހާއްސަ އެހީގެ ފައިސާ ހޯދުމަށް ހުށަހަޅާއިރު، އެ ފައިސާ ހޯދުމަށް ބޭނުންވާ ކަމަކާ ގުޅޭ ފުރިހަމަ މައުލޫމާތު ހިމަނަންވާނެއެވެ. މީގެތެރޭގައި އެހީގެ ފައިސާ ހޯދަން އެދެންޖެހުނު ސަބަބު ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.

(ނ) އެހީގެ ފައިސާ ދޫކުރެވޭނީ، އެ ފައިސާ ލިބުމަށް އެދޭ ސަރުކާރުގެ މަސްއޫލު އޮފީހެއްގެ އެ އަހަރުގެ ބަޖެޓުގައި މިފަދަ އެހީ ދިނުމަށް ފައިސާ ކަނޑައެޅިފައި އޮވެގެންނެވެ. ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅައި އެ އޮފީހެއްގެ ބަޖެޓަށް ފައިސާ ލިބިގެންނެވެ. މިގޮތަށް އެ އަހަރެއްގެ ބަޖެޓުން ހަމަޖެހެން ނެތްނަމަ، އެފަދަ އެހީއެއްގެ ގޮތުގައި ފައިސާ ދޭންވާނީ ސަޕްލިމެންޓްރީ ބަޖެޓެއް މިނިސްޓަރަށް ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

(ރ) އެހީގެ ފައިސާ ހަރަދުކުރަންވާނީ، ދައުލަތުގެ ފައިސާ ހަރަދުކުރުމަށް މި ގަވާއިދުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

6.24 ވަނަ މާއްދާ - އެޑްވާންސް ފައިސާ ހަރަދުކުރުން

(ހ) އެޑްވާންސް ފައިސާ ދޫކުރެވޭނީ ތިރީގައިމިވާ ކަންކަމަކަށެވެ.

  1. ސަރުކާރުގެ އާންމު ހިދުމަތްތަކަށާއި ކެޕިޓަލް ހަރަދުތަކަށް ވަގުތީގޮތުން ދޭންޖެހޭ ފައިސާ ދިނުމަށާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި ކުރަންޖެހޭ ހަރަދުތައް ކުރުމަށާއި، ރާއްޖެއިން ބޭރުގައި ހިނގާ ސަރުކާރުގެ އޮފީސްތަކުގެ ހަރަދުތަކަށް ދޫކުރަންޖެހޭ ފައިސާ ދޫކުރުމަށް. 
  2.  ކުރިން ވިސްނައިގަންނަން ނުވަތަ ރާވަން ނޭނގޭ، އަދި ކުއްލިއަކަށް ދިމާާވާ ބޭނުމަކަށް ދައުލަތުގެ ފައިސާ ދޫކުރަންޖެހޭފަދަ ހާލަތެއްގައި ފައިސާ ދޫކުރުމަށް.
  3. ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން އެހެން އެއްވެސް ޕަބްލިކް ފަންޑަކުން ފައިސާ ދޫކުރެވެން ނެތް ހާލަތެއްގައި ފައިސާ ދޫކުރުމަށް.

(ށ) އެޑްވާންސް ފައިސާ ހަރަދުކުރެވޭނީ، މިނިސްޓަރުގެ ހުއްދައެއް ލިޔުމަކުން ލިބިގެން އެ ލިޔުމުގައިވާ ގޮތުގެމަތިންނެވެ.

(ނ) އެޑްވާންސް ފައިސާ ހަރަދުކުރުމަށް ހުއްދަދީފައިވާ ކަމަކަށް ފިޔަވައި އެހެން ކަމަކަށް  އެ ފައިސާއެއް ހަރަދެއް ނުކުރެވޭނެއެވެ.

(ރ) އެއްވެސް ހާލަތެއްގައި، އެޑްވާންސް ފައިސާގެ ގޮތުގައި ހަރަދުކުރުމަށް މިނިސްޓަރު ހުއްދަދީފައިވާ އަދަދަށްވުރެ އިތުރަށް ހަރަދުކޮށްގެން ނުވާނެއެވެ.

(ބ) އެޑްވާންސްގެ ގޮތުގައި ވީހާވެސް މަދުން ފައިސާ ނެގޭނެ އިންތިޒާމުތައް ހަމަޖެއްސޭތޯ މާލީޒިންމާދާރުވެރިން ބަލަންވާނެއެވެ. އަދި އެ ފައިސާ އަނބުރާ ލިބުމުން ވަގުތުން ހިސާބުތަކުގައި ހިމަނަންވާނެއެވެ. 

(ޅ) އެޑްވާންސް ފައިސާ ހަރަދުކުރުމުގައިވެސް އަމަލުކުރަންވާނީ، ދައުލަތުގެ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

6.25 ވަނަ މާއްދާ - އެޑްވާންސް ފައިސާ ހޯދުމަށް ހުށަހެޅުން 

އަތޮޅުތަކާއި ރާއްޖެއިން ބޭރުގައި ގާއިމުކުރެވިފައިވާ ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ އެޑްވާންސް ފައިސާ ހޯދުމަށް ނުވަތަ އެކައުންޓަށް ފައިސާ ޓްރާންސްފަރކުރުމަށް ތިރީގައިމިވާ ލިޔުންތަކާއެކު ކޮންމެ މީލާދީ މަހެއްގެ 20 (ވިހި) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފެކްސް ނުވަތަ އީ-މެއިލްގެ ޒަރީއާއިން ފޮނުވުމަށްފަހު، އެ ލިޔެކިޔުންތަކުގެ އަސްލު، އެ މަހެއްގެ ސަރުކާރު ބަންދު ނޫން އެންމެފަހު ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޮނުވަންވާނެއެވެ. 

(ހ) ކުރިޔަށް އޮތް މަހަށް ފައިސާ ހޯދުމަށް އެދި ހުށަހަޅާ ޕޭމަންޓް ވައުޗަރު (MG/BC04)

(ށ) ކުރިޔަށް އޮތް މަހުގެ ހަރަދަށް އެޑްވާންސަށް ބޭނުންވާނެކަމަށް ލަފާކުރާ ފައިސާ (MG/RV08)

(ނ) ވޭތުވެދިޔަ މަހު އެޑްވާންސް ފައިސާއިން ކުރެވުނު ހަރަދާއި ބާކީގެ ހިސާބު MG/RV09

(ރ) ޗެކު ރަޖިސްޓަރީ MG/BC08

(ބ) ބޭންކް ރިކޮންސިލިއޭށަން ސްޓޭޓްމަންޓް MG/RV10

(ޅ) ބޭންކް ސްޓޭޓްމަންޓުގެ ކޮޕީ 

 

6.26 ވަނަ މާއްދާ - ޕެޓީކޭށް ފައިސާ އިމްޕްރެސްޓް ސިސްޓަމުން ހަރަދުކުރުން

(ހ) ކުދިކުދި ހަރަދު ކުރުމަށްޓަކައި، އިމްޕްރެސްޓް ސިސްޓަމްގެ ދަށުން ޕެޓީކޭށްގެ ގޮތުގައި ފައިސާ ބަހައްޓައިގެން ހަރަދުކުރެވިދާނެއެވެ. މިގޮތުން ޕެޓީކޭށް ފައިސާ ދޫކުރެވޭނީ ބޭނުންވާ ސަބަބާއި އަދަދު ބަޔާންކޮށް ލިޔުމަކުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހެޅުމުންނެވެ.

(ށ) ޕެޓީކޭށް ފައިސާ ބަލަހައްޓަންވާނީ މި ގަވާއިދުގެ 6.28 ވަނަ މާއްދާގައިވާ އިމްޕްރެސްޑް ސިސްޓަމްގެ އުސޫލުންނެވެ. ޕެޓީކޭށްއަށް ހުއްދަކޮށްފައިވާ އަދަދު އެތަނެއްގެ ބަޖެޓް އެކައުންޓުން ނަގައި، ހަރަދު އައިޓަމަށް ނުވަންނާނެ ގޮތުގެމަތިން، ބަޖެޓުގެ މުޅި ޖުމުލައިން ބާކީކުރަންވާނެއެވެ.

(ނ) ޕެޓީކޭށްއިން ފައިސާ ހަރަދުކުރުމުގައި، ފައިސާ ހަރަދުކުރެވޭ ތާރީހު، ހަވާލުކުރެވޭ މުވައްޒަފުގެ ނަމާއި ސޮއި، ހޯދުނު ތަކެތި ނުވަތަ ހިދުމަތް، އެ ފައިސާ ހަރަދުކުރެވޭ ބޭނުމާ ގުޅޭ ބަޖެޓް ކޯޑު ނަންބަރު، އަދި ހަރަދުކުރެވުނު އަދަދު އެނގޭނެގޮތަށް ޕެޓީކޭށް ވައުޗަރެއް ތައްޔާރުކުރަންވާނެއެވެ. އަދި އެ ވައުޗަރަކުން ކުރެވޭ ހަރަދުތަކަށް ފައިސާ ދެއްކުމުން ލިބޭ ރަސީދުތަކާއި ބިލުތަކާއި އަދި އެހެނިހެން ލިޔުންތައް ކޮންމެ ވައުޗަރަކާއެކު އެޓޭޗްކޮށް ފައިލުކޮށް ބަލަހައްޓަންވާނެއެވެ. 31 ޑިސެންބަރުގެ ނިޔަލަށް އެ އޮފީހެއްގައި ހުރި އަތްމަތީ ފައިސާ (ޕެޓީކޭށް) ގެ އަދަދާއި، ޑިޕޮސިޓް ފައިސާގެ ގޮތުގައި ގެންގުޅޭ ފައިސާގެ އަދަދާއި، ކޭށް އެޑްވާންސް ފައިސާގެ ގޮތުގައި ގެންގުޅޭ ފައިސާގެ އަދަދު ކަށަވަރުކުރާ ލިޔުން ތައްޔާރުކުރާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ރ) ޕެޓީކޭށް ފައިސާއިން ކުރާ ހަރަދު ލަސްވެގެން މަހަކު އެއްފަހަރު، ގަވާއިދުން އެ ފައިސާ ނަގަންޖެހޭ ބަޖެޓް އައިޓަމުތަކުގެ ހިސާބުތަކަށް ވައްދައި ބަޖެޓް ހިސާބުތަކުން ހަމަޖައްސަންވާނެއެވެ. އަދި މަސް ނިމުމުން ހަރަދު ރިޕޯޓު ހަދާއިރު، އެ ރިޕޯޓާއެކު އޮންނަ ރިކޮންސިލިއޭށަން ސްޓޭޓްމަންޓުގައި ޕެޓީކޭށްގެ ގޮތުގައި އެތަނެއްގައި ގެންގުޅޭ އަދަދު އެނގެން އޮންނަންވާނެއެވެ.

(ބ) ޕެޓީކޭށް ފައިސާއިން ހަރަދުކުރުމާއި، ފައިސާ ހަވާލުކުރުމުގައި، އަމަލުކުރާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.  

(ޅ) ޕެޓީކޭށް ފައިސާގެ ހިސާބުތައް ބަލަހައްޓަންވީ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/RV11 ގައި ވާނެއެވެ.

 

6.27 ވަނަ މާއްދާ - ޕެޓީކޭށް ފައިސާގެ ހިސާބުތައް ޗެކުކުރުމާއި، ޕެޓީކޭށް އަނބުރާ ނެގުން

(ހ) ޕެޓީކޭށް ފައިސާ ހަރަދުކުރާގޮތް މާލީޒިންމާދާރުވެރިޔާ ބަލައި ޗެކުކުރަމުން ގެންދަންވާނެއެވެ. ބޭނުންޖެހިއްޖެ ހާލަތެއްގައި މި ގަވާއިދުގެ 6.26 ވަނަ މާއްދާގެ (ހ) ގައިވާ ޕެޓީކޭށް ފައިސާގެ މިންވަރު މަތިކޮށް އަދި ތިރިކުރުމުގެ އިހުތިޔާރު ފައިނޭންށަލް ކޮންޓްރޯލަރަށް ލިބިގެންވެއެވެ.

(ށ) ޕެޓީކޭށް ފައިސާ ހަރަދުކުރުމަށް ހަމަޖައްސާފައިވާ އުސޫލުތަކާ ހިލާފަށް ބޭނުންކުރަމުން ގެންދާކަން އެނގިއްޖެނަމަ، ޕެޓީކޭށްގެ ގޮތުގައި ދޫކޮށްފައިވާ މުޅި އަދަދު އެކުގައި އަނބުރާ ނެގުމުގެ އިހުތިޔާރު ފައިނޭންށަލް ކޮންޓްރލަރަށް ލިބިގެންވެއެވެ.

(ނ) ޕެޓީކޭށް ފައިސާ އެ ތަނަކަށް ބޭނުން ނުވާކަމަށް މާލީޒިންމާދާރުވެރިޔާއަށް ފެނިއްޖެ ހިނދެއްގައި، އެ ފައިސާގެ ހިސާބުތައް ނިންމައި ޕެޓީކޭށްގެ ގޮތުގައި ގެންގުޅުމަށް ނެގި ޖުމުލަ އަދަދު ހަމަކޮށް، އެ އަދަދު ބަޖެޓަށް އަނބުރާ ޖަމާކުރަންވާނެއެވެ.

 

6.28 ވަނަ މާއްދާ - އިމްޕްރެސްޓުގެ ގޮތުގައި ފައިސާ ދޫކުރުމާއި ބެލެހެއްޓުން

(ހ) އިމްޕްރެސްޓުގެ ގޮތުގައި ދޫކުރާ ފައިސާއަކީ، ދައުލަތުން އެކި ފަރާތްތަކަށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ހަރަދުކުރުމަށް އެޑްވާންސްކޮށް ނަގައި، އެކަމަށް ހާއްސަ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ހަރަދުކުރާ ފައިސާއެވެ. 

(ށ) އިމްޕްރެސްޓް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ، ސްޓޭންޑިންގ އިމްޕްރެސްޓާއި ސްޕެށަލް އިމްޕްރެސްޓެވެ. މި އިމްޕްރެސްޓް ބޭނުންކުރެވޭ ގޮތް ތިރީގައި މިވަނީއެވެ.

  1. ސްޓޭންޑިންގ އިމްޕްރެސްޓް: 
    ސްޓޭންޑިންގ އިމްޕްރެސްޓަކީ، ބޭނުންވުމުން އެކިފަހަރުމަތިން އާކުރެވޭ، އަދި ބޭނުން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި ނުވަތަ ފައިނޭންށަލް ކޮންޓްރޯލަރ ލިޔުމަކުން އަންގައިފިނަމަ، ހުއްޓާލެވޭނެ ފެސިލިޓީއެކެވެ.

  2. ސްޕެށަލް އިމްޕްރެސްޓް: 
    ސްޕެށަލް އިމްޕްރެސްޓަކީ، ވަކި ހާއްސަ މަގުސަދެއްގައި ވަކި ހާއްސަ ބޭނުމަކަށް ދެވޭ އެޑްވާންސް ފައިސާއެކެވެ. މިގޮތުން ދެވޭ އެޑްވާންސް ފައިސާ ދިން މަގުސަދު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ އެ މުއްދަތު ފާއިތުވުމުގެ ކުރިން  ހާސިލުވެއްޖެނަމަ، އެ އެޑްވާންސްގެ ހިސާބުތައް އެހިސާބުން ނިންމަންވާނެއެވެ. 

(ނ) ސްޓޭންޑިންގ އިމްޕްރެސްޓަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ. މާލީޒިންމާދާރުވެރިޔާ އިމްޕްރެސްޓަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، އިމްޕްރެސްޓް ބޭނުންވާ ސަބަބާއި، އިމްޕްރެސްޓަށް ޒިންމާވާނޭ މުވައްޒަފުގެ ނަމާއި މަގާމު، އަދި ބޭނުންވާ އަދަދު ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ. މިގޮތަށް ހުށަހެޅޭ ހުށަހެޅުންތައް ބަލައި، އިމްޕްރެސްޓް ދޫކުރުން މުހިންމުކަމަށް ފައިނޭންށަލް ކޮންޓްރޯލަރަށް ފެނިއްޖެނަމަ، ލިޔުމަކުން މިކަމަށް ހުއްދަ ދޭންވާނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އިމްޕްރެސްޓް ސިސްޓަމް ބޭނުންކޮށްގެން ހިސާބުތައް ބަލަހައްޓަންޖެހޭ ގޮތުގެ އިރުށާދު ދޭންވާނެއެވެ. ސްޓޭންޑިންގ އިމްޕްރެސްޓް އެޑްވާންސްކޮށް ދޫކުރެވޭނީ އެކަމަށް އައްޔަންކޮށްފައިވާ މުވައްޒަފަކަށެވެ.

(ރ) ސްޕެށަލް އިމްޕްރެސްޓަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. މާލީޒިންމާދާރުވެރިޔާ އިމްޕްރެސްޓަށް އެދި ހުށަހަާޅ ހުށަހެޅުމުގައި، އިމްޕްރެސްޓް ބޭނުންވާ ސަބަބާއި، އިމްޕްރެސްޓް ދޫކުރެވޭނެ މުވައްޒަފުގެ ނަމާއި މަގާމު، ދޫކުރެވޭނެ ތާރީހާއި، އިމްޕްރެސްޓް ހިސާބުކުރެވޭނެ، އަދި ހުއްޓާލެވޭނެކަމަށް ލަފާކުރާ ތާރީހު ބަޔާންކުރަންވާނެއެވެ. ސްޕެށަލް އިމްޕްރެސްޓަށް އެދެންވާނީ އެ އިމްޕްރެސްޓަކުން ހާސިލުކުރަން ބޭނުންވާ މަގުސަދެއް ފުރިހަމަކުރެވޭނެ  އަދަދަކަށެވެ. އަދި އިމްޕްރެސްޓް ބޭނުންކުރަން ހުށަހަޅާ މުއްދަތު ވާންވާނީ، ދަތިކަމެއްނެތި އެ މަގުސަދު ހާސިލުކުރެވޭނެ އެންމެކުރު މުއްދަތަކަށެވެ. ސްޕެށަލް އިމްޕްރެސްޓް އެޑްވާންސްކޮށް ދޫކުރެވޭނީ އެކަމަށް އައްޔަންކޮށްފައިވާ މުވައްޒަފަކަށެވެ.

(ބ) ސްޕެށަލް އިމްޕްރެސްޓަށް އެދި ހުށަހެޅޭ ހުށަހެޅުމަކަށް ހުއްދަދެވޭނީ، އިމްޕްރެސްޓަކާ ހަވާލުވާ މުވައްޒަފު އިމްޕްރެސްޓަށް ދޫކުރި ފައިސާގެ ތެރެއިން ހަރަދުނުވެ ބާކީ ހުންނަ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެ ސޮއިކުރުމަށްފަހުގައެވެ.

(ޅ) ކުރިން ދޫކޮށްފައިވާ އިމްޕްރެސްޓަކަށް ދައްކަންޖެހޭ ފައިސާއެއް ނުދެއްކިވާނަމަ، އިތުރު އިމްޕްރެސްޓެއް އެ މުވައްޒަފަކަށް ދޫކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ކ) ވަކި މުވައްޒަފަކާ ހަވާލުކޮށްފައިވާ ސްޕެށަލް އިމްޕްރެސްޓުގެ ފައިސާ އެއްވެސް ހާލަތެއްގައި އެހެން މުވައްޒަފަކަށް ބަދަލެއް ނުކުރެވޭނެއެވެ. މިކަމާ ހަވާލުވެހުރި މުވައްޒަފަކަށް އެކަން ނުކުރެވޭނެ ހާލަތެއް މެ ުދވެރިވެއްޖެނަމަ، މި އިމްޕްރެސްޓް ވަގުތުން ހުއްޓާލަންވާނެއެވެ. އެހެން މުވައްޒަފަކަށް މި މަސައްކަތާ ހަވާލުވެވޭނީ ސްޕެށަލް އިމްޕްރެސްޓަށް އެދި އައު ހުށަހެޅުމެއް ހުށަހަޅައިގެންނެވެ.

(އ) ސްޓޭންޑިންގ އިމްޕްރެސްޓާ ހަވާލުވެހުރި މުވައްޒަފު އޭނާގެ މަސްއޫލިއްޔަތު އެހެން މުވައްޒަފަކާ ހަވާލުކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ.

  1. ސްޓޭންޑިންގ އިމްޕްރެސްޓާ ހަވާލުވެހުންނަ މުވައްޒަފު އޭނާގެ މަސްއޫލިއްޔަތުތައް އެހެން މުވައްޒަފަކާ ހަވާލުކުރެވޭނީ، ކުރިން ބޭނުންކުރަމުން އައި ސްޓޭންޑިންގ އިމްޕްރެސްޓުގެ މަގުސަދަށް ބަދަލެއް ނާންނަ ގޮތަށެވެ.
  2. ސްޓޭންޑިންގ އިމްޕްރެސްޓް މުވައްޒަފުންގެ މެދުގައި ބަދަލުކުރާއިރު، ފައިނޭންށަލް ކޮންޓްރޯ ލަރ ކަނޑައަޅާ ފޯމެޓަކަށް ތައްޔާރުކުރެވިފައިވާ "ހޭންޑިންގއޯވަރ ސެޓްފިކެޓް" ގައި ދެމުވައްޒަފުން ސޮއިކުރަންވާނެއެވެ. އަދި މި ސެޓުފިކެޓުގައި ހަވާލުކުރެވޭ އިމްޕްރެސްޓާބެހޭ ހުރިހާ މައުލޫމާތެއް ހުންނަންވާނެއެވެ.

(ވ) އިމްޕްރެސްޓް އެކައުންޓުން ކުރެވޭ ހަރަދުތަކާބެހޭ ލިޔެކިޔުން ހޯދައި ހަމަކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ.

  1. އިމްޕްރެސްޓުން ކުރެވޭ ހަރަދުތަކާބެހޭ ރަސީދު، ބިލު ނުވަތަ ވައުޗަރު ނުވަތަ އެނޫންވެސް ގުޅުންހުރި ލިޔުންތައް ހޯދައި ލިބިގަތުން.
  2. ރަސީދެއް ނުވަތަ ވައުޗަރެއް ނުލިބިއްޖެ ހާލަތެއްގައި ފައިސާ ހަރަދުކުރެވިފައިވާ ގޮތުގެ ތަފުސީލު، އަދި ރަސީދު ލިބިފައިނުވާ ސަބަބު އެ މުވައްޒަފަކު ބަޔާންކުރުން.
  3. އިމްޕްރެސްޓެއް ހުއްޓާލާނަމަ ނުވަތަ އިމްޕްރެސްޓް އަލުން އާކުރާނަމަ، ހުރިހާ ވައުޗަރުތަކުގެ އަސްލު، އިމްޕްރެސްޓް ދޫކޮށްފައިވާ އޮފީހާ ހަވާލުކުރުން.

(މ) ސްޓޭންޑިންގ އިމްޕްރެސްޓް ދޫކުރި ބޭނުން ނިމުމަކަށް އަތުވެއްޖެނަމަ، ސްޓޭންޑިންގ އިމްޕްރެސްޓް ކުރިއަށް ގެންދިޔުން ވަގުތުން ހުއްޓާލެވޭނެއެވެ. އަދި ހަރަދުނުކޮށް ހުރި ފައިސާއާއި ވައުޗަރުތައް އިމްޕްރެސްޓް ދޫކޮށްފައިވާ އޮފީހަށް ރައްދުކުރަންވާނެއެވެ.

 

ބާބު 7

މުސާރައާއި އުޖޫރައާއި އިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ހަރަދު 

 

7.01 ވަނަ މާއްދާ - މުސާރައާއި އުޖޫރައާއި އިނާޔަތް

(ހ) މުސާރައާއި އުޖޫރައާއި އިނާޔަތަކީ، ދައުލަތުގެ ކޮންމެ އޮފީހެއްގެ ސިާޔސަތުތައް ރޭވުމާއި ތަންފީޒުކުރުމުގެ މަސައްކަތް އެ އޮފީހެއްގައި ނުވަތަ އެ އޮފީހަކުން ކަނޑައަޅާ ތަނެއްގައި ކުރުމަށް ގާނޫނީ ހަމަތަކުގެމަތިން ވަޒީފާ ހަމަޖެހިފައިވާ މުވައްޒަފުންނަށާއި ޒިންމާކުރެވިފައިވާ ފަރާތްތަކަށް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އެއްބަސްވުމެއްގައި ކަނޑައަޅައިގެން ގާނޫނީ ހަމަތަކުގެމަތިން ދެވޭ ފައިސާއެވެ. 

(ށ) މުވައްޒަފުންގެ މުސާރައާއި އިނާޔަތް ދޭންވާނީ ބަޖެޓުގައި "މުވައްޒަފުންނަށް ހިނގާ ހަރަދު" ގެ ކޯޑުގައި ހިމަނައިގެން، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުސާރައާއި އިނާޔަތް ކަނޑައެޅުމަށްފަހުގައެވެ.

(ނ) މުސާރައާއި އިނާޔަތް އަދި އުޖޫރައާއި އިތުރުގަޑީގެ ފައިސާއާއި މުވައްޒަފުންނަށް ދެވޭ އެހެނިހެން އެލަވަންސްތައް ދޭންވާނީ، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިގޮތުން ނުރަސްމީގަޑީގައި ނުވަތަ އިތުރުގަޑީގައި ކުރުވޭ މަސައްކަތްތުގެ ހާޒިރީ ބަލަހައްޓައްވާނީ MG/BC09 ގައި ވާ ނަމޫނާއާ އެއްގޮތަށެވެ.

(ރ) މުވައްޒަފުންގެ މުސާރައާއި އުޖޫރައާބެހޭ އެންމެހައި މައުލޫމާތު ލިޔެކިޔުމުން ރަނގަޅަށް ބަލަހައްޓަންވާނެއެވެ. މި މައުލޫމާތުތައް ބަލަހައްޓައި މުސާރަށީޓް ތައްޔާރުކުރަންވާނީ މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ މުވައްޒަފު ނުވަތަ މުވައްޒަފުންނެވެ.

 

7.02 ވަނަ މާއްދާ - އުޖޫރައަށް މީހުން ގެންގުޅުން 

(ހ) ދައުލަތުގެ އޮފީހެއްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ މަސައްކަތެއް އިތުރުވުން ނުވަތަ މަސައްކަތެއް އަވަސްކުރަންޖެހުން ނުވަތަ މުވައްޒަފުން މަދުވެއްޖެ ހާލަތެއްގައި ވަކި މަސައްކަތެއް ނުވަތަ މަސައްކަތްތަކެއް ކުރުމަށް ފަންނީ ނުވަތަ ފަންނީ ނޫން މީހުން އެ މަސައްކަތަކަށް ކަނޑައެޅޭ ވަކި އުޖޫރައެއް ދޭގޮތަށް ގެންގުޅެވިދާނެއެވެ. މިގޮތުން އުޖޫރައަށް މީހުން ގެންގުޅެވޭނީ އޮފީހެއްގެ ވަޒީފާގެ އޮނިގަނޑުގައި ވަކި މަގާމެއް ހަމަޖެހިފައިނެތް މަސައްކަތްތައް ކުރުމަށް ދަތިވާ ހާލަތްތަކުގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އުޖޫރައަށް މަސައްކަތްކުރުވާ ފަރާތްތައް ހޮވުމުގައި އަމަލުކުރަންވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި އަދި އެކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގައި ހަމަހަމަ ފުރުސަތު ލިބޭގޮތަށް، އަދި އެކަމަށް އެންމެ އެކަށޭނަ ފަރާތަށް އެކަމުގެ ފުރުސަތު ލިބޭނެ ގޮތެއްގެމަތިންނެވެ.

(ނ) އުޖޫރައަށް މަސައްކަތްކުރުވާ ފަރާތަކީ ނުވަތަ ފަރާތްތަކަކީ އެ އޮފީހެއްގެ ދާއިމީ މުވައްޒަފުންނާ އެއްހަމައަކުން މަސައްކަތުގެ ވަގުތާއި އިންތިޒާމާއި މަސައްކަތުގެ ބުރަމިން ހަމަޖެހިފައިވާ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަމުގައިވާނަމަ، އެ މަސައްކަތެއްގެ އުޖޫރަ ހަމަޖައްސަންވާނީ މަސައްކަތު ވަގުތާއި އިންތިޒާމާއި މަސައްކަތުގެ ބުރަމިން ހަމަހަމަވާ ދާއިމީ މުވައްޒަފުންގެ މުސާރައާއި އިނާޔަތަށްވުރެ އިތުރުނުވާ ނިސްބަތަކުންނެވެ.

(ރ) އުޖޫރައަށް މަސައްކަތްކުރާނޭ ފަރާތްތައް ކަނޑައަޅަންވާނީ ފާސްކުރި ބަޖެޓުގައި އެކަމަށް ދޭނެ ފައިސާ ހިމެނިފައި އޮވެގެންނެވެ. 

 

7.03 ވަނަ މާއްދާ - ވަނަ މާއްދާ - މުވައްޒަފުންނަށް މުސާރަ ދިނުމަށް ޕޭމަންޓް ވައުޗަރު ތައްޔާރުކުރުން

މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމުގައި އަސްލެއްކަމަށް ބަލާނީ، މުސާރަ ދިނުމަށްޓަކައި ތައްޔާރުކުރެވޭ މުސާރަށީޓާއި އެއާގުޅޭ އަސްލު ލިޔުންތަކެވެ. ޕޭމަންޓް ވައުޗަރު ހަދާނީ މުސާރަށީޓުގައިވާ ތަފާތު ކޮލަމުތަކުގެ ޖުމުލަ ފައިސާ ތަފާތު އެކައުންޓުތަކަށް ދައްކަންޖެހޭނަމަ ވަކިވަކި ޗެކު ހެދޭ ގޮތެއްގެމަތިންނެވެ. މިގޮތުން ހަދަންޖެހޭ ކޮންމެ ޗެކަކަށް ބޭނުންވާ މައުލޫމާތު އެ ވައުޗަރެއްގައި ހިމަނަންވާނެއެވެ.

 

7.04 ވަނަ މާއްދާ - މުސާރަ ދިނުން

(ހ) މުސާރައާއި އިނާޔަތް އަދި އުޖޫރަ ދޫކުރާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ހަމަޖައްސާ ގޮތެއްގެމަތިންނެވެ.

(ށ) ބޭންކެއް ހުރި ރަށެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި އުޖޫރަ ފައިސާ ދޫކުރާނީ، ޑައިރެކްޓް ކްރެޑިޓް ޓްރާންސްފަރއަކުން އެ މުވައްޒަފަކުގެ ނަމުގައި އޮންނަ ބޭންކް އެކައުންޓަކަށެވެ. ވަޒީފާ އަދާކުރާ މުވައްޒަފުންނާއި، އަލަށް ވަޒީފާދޭ މުވައްޒަފުންނަށް ވަޒީފާ ހަމަޖެހުނުކަމުގެ ޗިޓު ލިބުމުން، މުސާރަ ޖަމާކުރަންވީ އެކައުންޓު ނަންބަރާއި، ބޭންކް އަދި ބްރާންޗް އެނގޭނޭ ސައްހަ ލިޔުމެއް މުވައްޒަފުގެ އަތުން ހޯދަންވާނެއެވެ.

(ނ) މުވައްޒަފު މަސައްކަތްކުރާ އޮފީސް ހުންނަ ރަށުގައި ބޭންކެއް ނެތްނަމަ މުވައްޒަފު ލިޔުމަކުން އެދުމުން އެ މުވައްޒަފެއްގެ މުސާރައާއި އުޖޫރަ ނަގުދު ފައިސާއިން ދެވިދާނެއެވެ. މީގެ އިތުރަށް ނަގުދުފައިސާއިން މުސާރައާއި އުޖޫރަ ދެވޭނީ މުވައްޒަފަށް މަޖުބޫރު ހާލަތެއް މެދުވެރިވެގެން، އެކަން އެ އޮފީހަކުން ހުށަހެޅުމުން ފައިނޭންށަލޮ ކޮންޓްރޯލަރ ލިޔުމަކުން ހުއްދަދިނުމުންނެވެ. 

7.05 ވަނަ މާއްދާ - އުޖޫރައަށް ގެންގުޅޭ މީހުންނަށް ފައިސާ ދިނުން

(ހ) އުޖޫރައަށް ގެންގުޅޭ މީހުންނަށް ދޭންޖެހޭ ފައިސާވެސް ދޭންވާނީ، މި ގަވާއިދުގެ 7.04 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެމަތިން، ނުވަތަ އެފަދަ މުވައްޒަފުން ހިދުމަތްކުރުމަށާއި އުޖޫރަ ދިނުމަށް އެއްބަސްވެފައިވާ ގޮތެއްގެ މަތިންނެވެ. 

 

7.06 ވަނަ މާއްދާ - ވަޒީފާއިން ނުވަތަ ހިދުމަތުން ވަކިވުމުން ދޭންޖެހޭ ފައިސާ ދިނުން

(ހ) ވަޒީފާއިން ވަކިވާ މުވައްޒަފުންނަށާއި، އެއް އޮފީހަކުން އަނެއް އޮފީހަކަށް ބަދަލުވާ މުވައްޒަފުންނަށް މުސާރައާއި އެހެނިހެން ގޮތްގޮތުން ދޭންޖެހޭ ފައިސާ، އެ މީހަކު ވަކިވި ނުވަތަ ބަދަލުވި މަހެއްގެ މުސާރަދޭއިރު ދޭންވާނެއެވެ. 

(ށ) ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދޭނީ ވަޒީފާއިން ވަކިކުރި ޗިޓުގައިވާ ވަޒީފާއިން ވަކިކުރިކަމަށް ކަނޑައަޅާފައިވާ ތާރީހާ ހަމައަށެވެ. ނަމަވެސް ޗިޓުގައިވާ ތާރީހުގައި އެ މުވައްޒަފަކު ވަކިކުރިކަން އެ މުވައްޒަފަކަށް އަންގާފައި ނެތުމުގެ ސަބަބުން އެ މުވައްޒަފު އޮފީހަށް ނުކުމެ މަސައްކަތްކޮށްފައިވާނަމަ، އެންމެފަހުން އޮފީހަށް ނުކުމެ ހާޒިރުވިކަމަށް ރިކޯޑުކޮށް މަސައްކަތްކޮށްފައިވާ ދުވަހާ ހަމައަށް މުސާރާއާއި އިނާޔަތްތައް ދޭންވާނެއެވެ.

(ނ) އެއްއޮފީހަކުން އަނެއް އޮފީހަކަށް ބަދަލުކޮށްފައިވާ މުވައްޒަފަކަށް އެ މުވައްޒަފަކު ބަދަލުވި ތާރީހާ ހަމައަށް މުސާރައާއި އިނާޔަތްތައް ދޭނީ އެ މުވައްޒަފަކު ކުރިން އުޅުނު އޮފީހަކުންނެވެ. ބަދަލުވި ތާރީހުން ފެށިގެން މުސާރައާއި އިނާޔަތްތައް ދޭނީ އެ މުވައްޒަފަކު ބަދަލުވި އޮފީހަކުންނެވެ.

(ރ) ސެންޓްރަލް ޕޭމަންޓް ސިސްޓަމްގެ ތެރެއިން މުސާރަދޭ އޮފީސްތަކުން މުސާރަށީޓް ތައްޔާރުކުރުމަށްފަހު، މުސާރަ ދިނުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ޕޭމަންޓް ވައުޗަރު ފޮނުވާފައިވަނިކޮށް އޭގެފަހުން އެ މަހުގެ ދުވަހެއްގައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އިތުރަށް ދެވިފައިވާ ފައިސާ އެ މުވައްޒަފެއްގެ އަތުން އަނބުރާ ހޯދަންވާނެއެވެ. 

(ބ) މަހުގެ އެންމެފަހު ދުވަހަކީ ނުވަތަ ދުވަސްތަކަކީ ބަންދު ދުވަސްތަކަކަށްވާތީ، ބަންދުވުމުގެ ކުރީ ދުވަހު މުސާރަ ދީފައިވަނިކޮށް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އޭނާއަށް އިތުރަށް ދެވިފައިވާ ފައިސާއަނބުރާ ހޯދާކަށެއް ނުޖެހޭނެއެވެ.

(ޅ) ދައުލަތުގެ މުވައްޒަފަކު ބަންދުވެފައި ހުރުމުގެ ސަބަބުން ބަދަލުގައި މީހަކު ހޯދާނަމަ، ބަދަލުގައި ހޯދާ މީހާގެ މުސާރަ ދޭންވާނީ ބަންދުވެފައި ހުންނަ މީހާގެ މުސާރައިގެ އައިޓަމުންނެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން ބަދަލުގައި ހޯދި މީހާއަށް ުމސާރަދީފައި ވަނިކޮށް، ބަންދުގައި ހުރި މުވައްޒަފުގެ މައްޗަށް ކުށެއް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، ބަންދުގައި ހުރި މުވައްޒަފަށް މުސާރަ ދިނުމަށް ބޭނުންވާ ފައިސާގެ ކަންތައް ހަމަޖައްސާނީ އެ އޮފީހެއްގެ މުސާރައިގެ އައިޓަމުންނެވެ. މިގޮތަށް ހަމަޖެއްސެއން ނެތްނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެގެން އެ ފައި ހޯދާނީއެވެ.

(އ) މުވައްޒަފަކު ވަޒީފާއިން ވަކިވާ މަހު، މުސާރަ ދޭންވާނީ އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީސް މެދުވެރިކޮށް މުސާރައިން ކަނޑާގޮތަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ، އެ ފައިސާއެއް ކެނޑުމަށްފަހުގައެވެ. މިގޮތުން މުވައްޒަފަކު ދައްކަންޖެހޭ ފައިސާގެ އަދަދު، އެ މުވައްޒަފަކަށް ދޭންޖެހޭ މުސާރައަށްވުރެ ބޮޑުނަމަ، އިތުރަށް ދައްކަންޖެހޭ ފައިސާ ދެއްކުމާމެދު ގޮތެއް ހަމަޖެއްސުމަށް ފައިސާ ލިބެންޖެހޭ ފަރާތާއި އެ މުވައްޒަފަކަށް ލިޔުމަކުން އަންގަންވާނެއެވެ.

 

7.07 ވަނަ މާއްދާ - މުވައްޒަފުންނާގުޅޭ މައުލޫމާތު ބަޖެޓް ހެދުމަށް ދިނުން

(ހ) ބަޖެޓް ތައްޔާރުކުރުމަށްޓަކައި އެ އޮފީހަކުން ބޭނުންވާ މުވައްޒަފުންނާބެހޭ މައުލޫމާތުށީޓް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އަންގާ ގޮތެއްގެމަތިން، އެ އޮފީހެއްގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ތައްޔާރުކޮށް ބަޖެޓް ހަދާ ސެކްށަނަށް ހުށަހަޅަންވާނެއެވެ. މި ށީޓް ތައްޔާރުކުރާނީ މުވައްޒަފުންނާބެހޭ ތިރީގައިމިވާ މައުލޫމާތު ހިމަނައިގެންނެވެ.

  1. މަގާމުގެ ނަމާއި ނަންބަރު.
  2. މަގާމު އޮތީ ހުސްކޮށްކަން، ނުވަތަ އެ މަގާމުގައި މީހަކު ހުރިކަން. (މަގާމުގައި މީހަކު ހުރިނަމަ، އެ މީހެއްގެ ނަމާއި އެޑްރެސް، ހިދުމަތުގެ ރިކޯޑުކާޑު ނަންބަރު، އުފަންތާރީހު، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގެން އޮންނަންވާނެއެވެ.)
  3. މަގާމުގެ މުސާރައިން އަހަރަކަށްޖެހޭ ޖުމުލަ އަދަދު.
  4. މަގާމަށް އެލަވަންސެއް ކަނޑައެޅިފައިވާނަމަ، އެ އެލަވަންސްގެ ގޮތުގައި އަހަރަކަށްޖެހޭ ޖުމުލަ އަދަދު.
  5. މުސާރައިގެ ކުރިއެރުން ލިބެންޖެހޭ މަގާމުތަކާއި، ތާރީހާއި، އަދަދު.

(ށ) ކުރިޔަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް ހުށަހަޅާއިރު، މުވައްޒަފުންނަށް ހިނގާ ހަރަދު ލަފާކުރާނީ މި މާއްދާގެ (ހ) ގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެންނެވެ. އަދި އާންމު ގޮތެއްގައި ވަޒީފާގެ ކުރިއެރުން ދެވެމުންދާ ގޮތާއި، ދޭންޖެހޭ އަދަދާއި، އަދި އެތަނެއްގައި އިތުރު ހިދުމަތެއް ދިނުމަށް ރޭވިފައިވާނަމަ އެކަމަކާއި، އެކަމަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދާއި، އެކަމަށް ބޭނުންވާނެ ފައިސާގެ ޖުމުލަ އަދަދު، އަދި އިތުރު މަގާމުތަކެއް އުފައްދައި މުވައްޒަފުން އިތުރުކުރުމަށް ރާވާފައިވާނަމަ އެ މައުލޫމާތާއި، އެކަމަށް ބޭނުންވާނެ ފައިސާގެ ޖުމުލަ އަދަދު އެނގެން އޮންނަންވާނެއެވެ.

(ނ) ކޮންމެހެން މަގާމެއް އުފައްދަންޖެހިއްޖެނަމަ ނުވަތަ ބަޖެޓުގައި ނެތް އެއްޗެއް މުވައްޒަފުންނަށް ދޭންޖެހިއްޖެނަމަ، އެކަން ކުރަންވާނީ އެ އިދާރާއެއްގެ މުސާރަ ބަޖެޓުގެ ތެރެއިން ހަމަޖެއްސޭނެނަމަ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އެކަމުގެ ސަބަބު ބަޔާންކޮށް ލިޔެ ހުއްދަ ހޯދުމަށްފަހުއެވެ.

(ރ) ދައުލަތުގެ ކޮންމެ އޮފީހެއްގައިވެސް އެތަނުގެ ފަރާތުން މުސާރަދެވޭ ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީއެއް އޮންނަންވާނެއެވެ. މި ރަޖިސްޓަރީ އޮންނަންވާނީ ކޮންމެ މުވައްޒަފެއްގެ މަގާމަށާއި މުސާރައަށް އަންނަ ބަދަލުތައް އެނގޭނޭ ގޮތަށެވެ. މި ރަޖިސްޓަރީގައި ތިރީގައިވާ މައުލޫމާތު ހުންނަންވާނެއެވެ.

  1. މުވައްޒަފުގެ ނަމާއި އެޑްރެސް
  2. މުވައްޒަފުގެ ހިދުމަތުގެ ރިކޯޑު ކާޑު ނަންބަރު 
  3. މުވައްޒަފުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު 
  4. މުވައްޒަފުގެ މަގާމާއި ކްލެސިފިކޭށަން 
  5. މުވައްޒަފުގެ މަގާމުގެ ނަންބަރު 
  6. މުވައްޒަފަށް ވަޒީފާ ދިން ޗިޓުގެ ނަންބަރާއި ތާރީހު  
  7. މުސާރަ
  8. އެލަވަންސްތައް
  9. އިތުރު މައުލޫމާތު

(ބ) ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީ އޮންނަންވީ ގޮތުގެ ނަމޫނާ MG/BC10 ގައި ވާނެއެވެ.

 

7.08 ވަނަ މާއްދާ - މަގާމަށް މީހުން ހަމަޖެއްސުމާއި، މަގާމުގެ ކުރިއެރުން ދިނުން

(ހ) ހުއްދަދީފައިވާ މަގާމަކަށް މެނުވީ މީހަކު ވަޒީފާއަށް ހަމަޖައްސައިގެން ނުވާނެއެވެ. އަދި ހަމަޖައްސާ ވަޒީފާއަކީ ހުސްކޮށް އޮތް މަގާމަކަށް ވުމާއެކު، ބަޖެޓުގައި "މުވައްޒަފުންނަށް ހިނގާ ހަރަދު" ގެ އައިޓަމަށް ފައިސާ ލިބިފައިވާ މަގާމަކަށް ވާންވާނެއެވެ.

(ށ) މަގާމުގައި ހުރި މީހަކު ވަކި މުއްދަތެއް ހަމަވުމުން މުސާރަ ބޮޑުވާގޮތަށް ހަމަޖެހިފައިވާ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރައާއި އެލަވަންސް ބޮޑުކުރަންވާނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގައިވާ ގޮތުގެ މަތިން ބަޖެޓުގައި ފައިސާ ހުރެގެންނެވެ.

 

7.09 ވަނަ މާއްދާ - މުސާރައާއި އެހެނިހެން އެލަވަންސްތަކަށް ގެންނަ ބަދަލު

(ހ) މުވައްޒަފެއްގެ މަގާމަށް ނުވަތަ ވަޒީފާއަށް އަންނަ ބަދަލަކާ ގުޅިގެން ދެވޭ މުސާރައަށް ނުވަތަ އެލަވަންސަކަށް ބަދަލެއް އަންނަނަމަ، އެ ގެނެވޭ ބަދަލެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އަންގަންވާނެއެވެ.

(ށ) މުވައްޒަފަކަށް މުސާރައިގެ ކުރިއެރުމެއް ދޭނަމަ، އެ ކުރިއެރުމެއް ދިނުމުގެ ކުރިން އެކަމާ ގުޅޭގޮތުން މާލީޒިންމާދާރުވެރިޔާއާ މަށްވަރާކޮށް ބަޖެޓުގައި ފައިސާ ހުރިކަން ޔަގީންކުރަންވާނެއެވެ. އަދި ބަޖެޓުގައި ފައިސާ ހުރިނަމަ، އެ މުވައްޒަފަކަށް ވަޒީފާދިން ފަރާތުން ހަމަޖައްސާ ގޮތެއްގެމަތިން މުސާރައިގެ ކުރިއެރުން ދޭންވާނެއެވެ. 

(ނ) އަލަށް ވަޒީފާދެވޭ މުވައްޒަފުންނާއި، އެއްތަނުން އަނެއް ތަނަށް ބަދަލުވާ މުވައްޒަފުންގެ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އަންގަންވާނީ އެ ބަދަލުތައް އެނގޭނޭ ގޮތަކަށް އެކުލަވައިލާފައިވާ ިޗޓަކުންނެވެ.

(ރ) ވަޒީފާއިން ވަކިކުރެވޭ، ނުވަތަ މަސައްކަތުން ދުރުކުރެވޭ މުވައްޒަފުންގެ މައުލޫމާތުވެސް އަންގާނީ އެ ބަދަލުތައް އެނގޭނޭ ގޮތަކަށް އެކުލަވައިލާފައިވާ ޗިޓަކުންނެވެ.

 

7.10 ވަނަ މާއްދާ - މުސާރައާއި އުޖޫރައިގެ ޓައިމްށީޓް ނުވަތަ ރިކޯޑު ބެލެހެއްޓުން

(ހ) ދައުލަތުގެ ކޮންމެ އޮފީހެއްގައި، ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުން ރަސްމީގަޑިއަށް ހާޒިރުވިކަން އެނގޭނެ ރަޖިސްޓަރީއެއް ނުވަތަ ރިކޯޑެއް އޮންނަންވާނެއެވެ. ނުވަތަ އިލެކްޓްރޯނިކް ވަސީލަތަކުންނަމަވެސް އެކަން އެނގެން އޮންނަންވާނެއެވެ. މުސާރައާއި އުޖޫރަ ފައިސާ ދޫކުރާނީ، ޓައިމްށީޓް ނުވަތަ ރިކޯޑުގެ މައްޗަށް ބިނާކޮށްގެން ހަދާ މުސާރަށީޓަށް ބަލައިގެންނެވެ.

(ށ) ހާޒިރީ ބެލެހެއްޓުމާއި، ގަޑިޖެހުނު މުވައްޒަފުން ފާހަގަކުރުމާއި، މިނޫންވެސް ހާޒިރީއާބެހޭ ރިކޯޑުތައް MG/BC11 ގައި ހިމެނިފައިވާ ނަމޫނާއާއި އެއްގޮތަށް ބެލެހެއްޓުން އޮފީހުގެ ވަކި މުވައްޒަފަކާ ހަވާލުކުރަންވާނެއެވެ. އަދި ރިކޯޑު ބަލަހައްޓާ މުވައްޒަފުގެ ނަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އަންގަންވާނެއެވެ.

(ނ) މުވައްޒަފަކު ގަޑިޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ގަޑީލާރި ކަނޑަންވާނެއެވެ. 

 

7.11 ވަނަ މާއްދާ - މުސާރައާއި އުޖޫރައިން ފައިސާ އުނިކުރުން

(ހ) މުވައްޒަފަކަށް ލިބޭ މުސާރައާއި އުޖޫރަ ފައިސާއިން އެއްވެސް އަދަދެއްގެ ފައިސާއެއް އުނިކުރެވޭނީ ގާނޫނަކުން ނުވަތަ ށަރުއީ ކޯޓަކުން އަންގާ އެންގުމަކާ ގުޅިގެންނެވެ. މިއާ ހިލާފަށް އަމަލުކުރެވޭނީ އަންނަނިވި ހާލަތްތަކުގައި އެކަންޏެވެ.

  1. މުވައްޒަފެއްގެ ފަރާތުން ފައިސާ އުނިކުރުމަށް ލިޔުމެއް ނުވަތަ އެކަމަށް އެއްބަސްވުމެއް ލިބިގެން.
  2. މި ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން އެޑްވާންސަށް ނަގާފައިވާ ފައިސާއެއް ނުވަތަ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އަނބުރާ ދެއްކުމަށް.

(ށ) މި މާއްދާގެ (ހ) ގައިވާފަދަ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގ ހިސާބުގައި ހިމަނާނީ، އެކަމަށް ކަނޑައެޅިފައިވާ ކޯޑެއްގައެވެ. 

 

7.12 ވަނަ މާއްދާ - ރަށުން ބޭރުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އެހެން ފަރާތަކާ ހަވާލުކުރުން

ދިގު މުއްދަތަކަށް ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ޖެހިފައިވާ މުވައްޒަފުން، ރަށުން ބޭރުގައި މަސައްކަތްކުރާ މުއްދަތުގެ ތެރޭގައި، އެ މުވައްޒަފެއްގެ މުސާރަ ނުވަތަ މުސާރައިން ބައެއް އެހެން ފަރާތަކާ ހަވާލުކުރަން ބޭނުންވާ ނަމަ، އެކަން އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީހަކަށް ލިޔުމަކުން އެންގުމުން އެގޮތަށް ހަމަޖައްސައި ދެވިދާނެއެވެ.

 

7.13 ވަނަ މާއްދާ - މުސާރަށީޓް ތައްޔާރުކުރުން 

(ހ) ދައުލަތުގެ އޮފީސްތަކުން މުސާރަށީޓް ތައްޔާރުކުރުމުގައި، މުސާރަށީޓް އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އަތުން ލިޔެގެން ތައްޔާރު ކުރެވިދާނެއެވެ. މިގޮތުން ތައްޔާރުކުރާ މުސާރަށީޓުގައިވާ އަދަދުތައް ހަރަދުކުރުމަށް ހުއްދަދޭ ފޮތުގައި ނުވަތަ ފައިސާ ހަރަދުކުރުމުގެ ވައުޗަރުގައި ލިޔާއިރު މުސާރައިގެ ހުރިހާ ތަފުސީލެއް ލިޔުމުގެ ބަދަލުގައި ބޭނުންކުރާނީ މުސާރަށީޓުގައިވާ ޖުމުލަ އަދަދުތަކެވެ. މުސާރަށީޓުގައިވާ ޖުމުލަ އަދަދުތަކާއި، ދޫކުރެވޭ ޗެކުތަކުގެ ޖުމުލަ އަދަދުތަކާ ދިމާވާންވާނެއެވެ.

(ށ) މުސާރަށީޓް ތައްޔާރުކުރަންވީ ގޮތުގެ ނަމޫނާއާއި މުސާރަ ފައިސާ ހަރަދުކުރުމަށް ހުއްދަދޭ ވައުޗަރު ލިޔަންވީ ގޮތުގެ ނަމޫނާ ފޯމު MG/BC12 އާއި MG/BC13 ގައި ވާނެއެވެ. 

(ނ) ދައުލަތުގެ ކޮންމެ އޮފީހެއްގައި ވަޒީފާ އަދާކުރަމުންގެންދާ މުވައްޒަފުންގެ މުސާރަށީޓް ކޮންމެ މަހަކު ތައްޔާރުކުރަންވާނެއެވެ. މުސާރަށީޓުގައި ކޮންމެ މުވައްޒަފެއްގެ މުސާރައިގެ ތަފުސީލާއި، ޖުމުލަ މުސާރައާއި، އެލަވަންސާއި، މުސާރައިން ކެނޑި އަދަދާއި، އެ މުވައްޒަފަކަށް ލިބެންޖެހޭ ޖުމުލަ އަދަދާއި، ތަފުސީލު އެނގެން ބޭނުންވާ އެހެން ކަމެއް ވާނަމަ އެކަމެއްވެސް ތަފުސީލުކޮށް އެނގެން އޮންނަންވާނެއެވެ. އަދި އެ މުވައްޒަފެއްގެ އެކައުންޓަށް މުސާރަފައިސާ ޖަމާކުރުމަށްފަހު އެ މުވައްޒަފަކަށް ދޭ ސްލިޕުންވެސް މި މައުލޫމާތު އެނގެން އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ތައްޔާރުކުރާ މުސާރަސްލިޕް އެ މުވައްޒަފަކަށް ލިބޭނެ އިންތިޒާމެއް އެ އޮފީހަކުން ހަމަޖައްސަންވާނެއެވެ.

(ބ) ދައުލަތުގެ އޮފީސްތަކުން މުސާރަށީޓުތައް ބެލެހެއްޓުމުގައި އަމަލުކުރާނީ ފައިސާއާބެހޭ އެހެނިހެން ލިޔެކިޔުންތައް ބެލެހެއްޓުމުގައި އަމަލުކުރުމަށް މި ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުންނެވެ.

 

7.14 ވަނަ މާއްދާ - މުސާރައާއި އުޖޫރަ އިތުރަށް ދެވިއްޖެނަމަ އަނބުރާ ހޯދުމާއި، ހަވާލުނުވެ ހުންނަ ފައިސާއާމެދު އަމަލުކުރަންވީ ގޮތް 

(ހ) މުސާރައާއި، އެކިއެކި އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، މިނޫންވެސް މުވައްޒަފުންނަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ދިނުމުގައި ދޭންޖެހޭވަރަށްވުރެ އިތުރަށް ފައިސާ ދެވިއްޖެނަމަ، ފައިސާ އިތުރަށް ލިބުނު މުވައްޒަފެއްގެ އަތުން އެ ފައިސާ އަނބުރާ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިތުރަށް ދެވުނު ފައިސާގެ އަދަދަކީ އެ މުވައްޒަފަކަށް މުސާރައާއި އެލަވަންސަށް މަހަކަށް ލިބޭ ޖުމުލަ އަދަދުގެ %20 (ވިހި އިންސައްތަ) އަށްވުރެ ކުޑަ އަދަދެއްނަމަ، އެއްފަހަރާ އެ ފައިސާ ހޯދަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިތުރަށް ދެވުނު ފައިސާގެ އަދަދަކީ އެ މުވައްޒަފަކަށް މުސާރައާއި އެލަވަންސަށް މަހަކަށް ލިބޭ ޖުމުލަ އަދަދުގެ %20 (ވިހި އިންސައްތަ) އަށްވުރެ ބޮޑު އަދަދަކަށްވެފައި، އަދި އެ ފައިސާ އެއްފަހަރާ ދެއްކުމަށް އެ މުވައްޒަފަކު އުޒުރުވެރިވާނަމަ، އެ ފައިސާ ހޯދާނީ މާލީޒިންމާދާރުވެރިޔާއާއި އެ މުވައްޒަފަކާ އެއްބަސްވާ ގޮތެއްގެމަތިންނެވެ. މިގޮތުން
މަހަކަށް ކެނޑޭނެ އެންމެ ކުޑަ އަދަދަކީ އަސާސީ މުސާރައިގެ %20 (ވިހި އިންސައްތަ) އެވެ. 

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުވައްޒަފަކު ދައްކަންޖެހޭ ފައިސާ ދައްކަން އެންގުމުން، އެ ފައިސާ ނުދައްކައިފިނަމަ، އެ މައްސަލަ ނިންމާނީ ށަރުއީ ކޯޓަކަށް ހުށަހަޅައިގެންނެވެ.

(ބ) މުސާރަދޭ ދުވަހު ދިމާވާ މަގުބޫލު ސަބަބަކާހުރެ ހުރިހާ މުވައްޒަފުންނަށް މުސާރަ ނުދެވިއްޖެނަމަ، ޖެހިގެން އަންނަ ދުވަހު ނުވަތަ ވީއެންމެ އަވަސް ފުރުސަތެއްގައި މުސާރަ ނުދެވި ތިބި މުވައްޒަފުންނަށް މުސާރަދީ ނިންމަންވާނެއެވެ. 

 

7.15 ވަނަ މާއްދާ - މުސާރައާއި އުޖޫރަ ތައްޔާރުކުރުމުގެ މަސައްކަތްކުރުން 

(ހ) މުސާރައާއި އުޖޫރަ ދިނުމަށްޓަކައި، މުސާރަށީޓް ތައްޔާރުކުރުމުގެ މަސައްކަތުގައި އުސޫލެއްގެގޮތުން މަދުވެގެން 3 (ތިނެއް) މުވައްޒަފުން ބައިވެރިކުރަންވާނެއެވެ. ފުރަތަމަ މުވައްޒަފު ތައްޔާރުކުރާނީ މުސާރައާއި އުޖޫރައަށް ޖެހޭ އަދަދު ބަލައިގެން މުސާރަށީޓެވެ. ދެވަނަ މުވައްޒަފު، އެހެނިހެން ތަފުސީލާއި އަދި ހިސާބު ހެދިފައިވަނީ ރަނގަޅަށްތޯ ބަލައި ޔަގީންކުރަންވާނެއެވެ. ތިންވަނަ މުވައްޒަފު ފައިސާ ދޫކުރުމަށް ހުއްދަދޭނީއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުސާރަށީޓް ތައްޔާރުކުރުމުގައި، މުވައްޒަފުން މަދުވުމުގެ ސަބަބުން އެ މަސައްކަތުގައި 3 (ތިނެއް) މުވައްޒަފުން ބައިވެރިނުކުރެވުނު ކަމުގައިވިޔަސް 1 (އެކެއް) މުވައްޒަފަކު ހުރިހާ މަސައްކަތެއް ނުކުރުމަށް ވީވަރަކުން މާލީޒިންމާދާރުވެރިޔާ ބާރުއަޅަންވާނެއެވެ.

 

7.16 ވަނަ މާއްދާ - ރަމަޒާންމަހުގެ  އިނާޔަތު ފައިސާ

(ހ) ދައުލަތުގެ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޒާންމަހުގެ އިނާޔަތް ދޭނީ ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އާއި ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

(ށ) ރަމަޒާންމަހުގެ އިނާޔަތުގެ ފައިސާ ރަމަޒާންމަސް ފެށުމުގެ ކުރިން ދޭންވާނެއެވެ. އިނާޔަތުގެ ފައިސާ ދޫކުރާނީ ށައުބާންމަހުގެ  27 އަދި 28، މި ދެދުވަހުންކުރެ ދުވަހަކުއެވެ. އިނާޔަތުގެ ފައިސާ ދޭންޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވާނަމަ، އެ ފައިސާދޭނީ އޭގެ ކުރިން އަންނަ ސަރުކާރު ބަންދު ނޫން ދެދުވަހުންކުރެ ދުވަހަކުއެވެ.

(ނ) ރަމަޒާންމަހުގެ އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު، ރަމަޒާންމަހުގެ 1/3  (ތިންބައިކުޅަ އެއްބައި) ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން އަނބުރާ ހޯދައި ޖަމާކުރަންވާނެއެވެ.

(ރ) ރަމަޒާންމަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެންރަމަޒާންމަހުގެ ނިޔަލަށް ެޖހޭ އިނާޔަތުގެ ފައިސާ، ވަޒީފާ އަދާކުރަން ފަށާ ތާރީހުން ފެށިގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ދޭންވާނެއެވެ. މިގޮތަށް ފައިސާ ދިނުމުގައި ދުވާލަކަށް ޖެހޭ ފައިސާ ބަލާނީ 30 (ތިރީސް) އިން ގެއްލައިގެންނެވެ.

(ބ) އެޑްވާންސް ފައިސާގެ ގޮތުގައި ފައިސާ ދޫކުރެވިފައިވާ ފަރާތްތަކުން، އެތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތު ފައިސާ ދެވޭވަރަށް ފައިސާ ނެތި މަދުވާނަމަ، އެ މަދުވާ އަދަދަށް ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމަށްފަހު، ރަމަޒާންމަހުގެ އިނާޔަތު ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ދުވަހުގެ 7 (ހަތެއް) ދުވަސް ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ.

 

7.17 ވަނަ މާއްދާ - މުވައްޒަފުންގެ މުސާރައާއި އިތުރުގަޑީގެ ހިސާބު ނިންމައި ހުށަހެޅުން 

(ހ) މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާގެ ހިސާބު ކުރުމުގައި ބަލާނީ ނިމިގެންދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަށެވެ.

(ށ) މުވައްޒަފުންގެ މުސާރަށީޓް ތައްޔާރުކުރުމުގައި ދުވަސް ބަލާނީ، ހިނގާ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަށެވެ. މުސާރައިގެ ޕޭމަންޓް ވައުޗަރުތައް ތައްޔާރުކޮށް، ކޮންމެ މީލާދީ މަހެއްގެ 20 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ. 20 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްނަމަ، ވައުޗަރުތައް ފޮނުވާނީ 20 ވަނަ ދުވަހުގެ ކުރިން އަންނަ ސަރުކާރު ބަންދު ނޫން ދުވަހުގެ ބަންދުވުމުގެ ކުރިންނެވެ.

(ނ) މުސާރަށީޓް ހުށަހެޅުމުގެ ފަހުން މުވައްޒަފަކު އަތުން ފައިސާއެއް ކަނޑަންޖެހޭގޮތަށް ދިމާވެއްޖެނަމަ، ޖެހިގެން އަންނަ މަހު އެ މުވައްޒަފަކަށް މުސާރަ ދޭއިރު، އެ މުވައްޒަފަކު އަތުން ކަނޑަންޖެހޭ ފައިސާގެ ކަންތައް ހަމަޖައްސަންވާނެއެވެ.

 

7.18 ވަނަ މާއްދާ - ވަގުތީގޮތުން ވީއްލާ މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސްތައް ދިނުން

ދައުލަތުގެ އެއް އޮފިހުން އަނެއް އޮފިހަށް ވަގުތީގޮތުން ވީއްލާ މުވައްޒަފުންނަށް ދޭންޖެހޭ ކޮއްތާއި އެލަވަންސާއި އިތުރުގަޑީގެ ފައިސާއާއި މިބާވަތުގެ ކަންތައްތަކަށް ހަރަދުކުރުމަށް ދޭންޖެހޭ ފައިސާ ދޭންވާނީ އެ މުވައްޒަފެއްގެ ހިދުމަތް ވަގުތީގޮތުން ލިބޭ ދައުލަތުގެ އޮފީހަކުންނެވެ.

 

7.19 ވަނަ މާއްދާ - ދައުލަތުގެ މުވައްޒަފުންގެ ޕެންށަން

(ހ) ދައުލަތުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަށް ޕެންށަން ދޭނީ ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

(ށ) މި މާއްދާގެ (ހ) ގައި މިހެން އޮތްކަމުގައި ވީނަމަވެސް، ރާއްޖެއިން ބޭރުގައި ހުންނަ ދައުލަތުގެ އޮފީސްތަކުގައި ވަޒީފާއަދާކުރާ ބިދޭސީ މުވައްޒަފުންނަށް ޕެންށަން ދިނުމުގައި އަމަލުކުރާނީ އެ ގައުމެއްގެ ގާނޫނާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ނ) ދައުލަތުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައިން ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ކަނޑަންޖެހޭ ފައިސާއާއި ދައުލަތުގެ ފަރާތުން އެ މުވައްޒަފުންނަށް ޖަމާކޮށްދޭންޖެހޭ ފައިސާ ހަރަދުކުރާނީ ފައިނޭންށަލް ކޮންޓްރލަރ ނިންމާ ގޮތެއްގެމަތިން އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހަކުންނެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ދައްކަންޖެހޭ ފައިސާ މޯލްޑިވްސް ޕެންށަން  އެޑްމިނިސްޓްރޭށަން އޮފީހުން ކަނޑައަޅާ ގޮތެއްގެމަތިން އެ އޮފީހަށް ދައްކަންވާނެއެވެ.  

(ބ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކުރެވިފައިވާ ރިޓަޔަރމަންޓް ޕެންށަން ސްކީމަށް އެ މުވައްޒަފެއްގެ މުސާރައިން ކަނޑާ ފައިސާއާއި ދައުލަތުން ޖަމާކޮށްދޭ ފައިސާގެ ހިސާބުއެ މުވައްޒަފަކަށް މުސާރަދޭ ދައުލަތުގެ އޮފީހަކުން އެނގެން އޮންނަންވާނެއެވެ.

(ޅ) ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ކުރިން ދައުލަތުގެ ބަޖެޓުން ދެމުންއައި ޕެންށަން ފައިސާ ދޫކުރުމާއި، އެކަމާގުޅޭ ރިކޯޑުތައް ބަލަހައްޓަމުން ގެންދާނީ މިނިސްޓަރު ނިންމާ ގޮތެއްގެމަތިންނެވެ.

 

7.20 ވަނަ މާއްދާ - ދައުލަތުގެ ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ޖަމާކުރުން

(ހ) ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ދެއްކުމުގައި، ދައުލަތުގެ އޮފީސްތަކުން އަމަލުކުރަމުން ގެންދާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

  1. ޕެންށަނަށް ބަލާ މުސާރައިގެ (ޕެންށަނަބަލް ވޭޖުގެ) ތެރެއިން އެ މުވައްޒަފަކު ދައްކަންޖެހޭ އަދަދު އުނިކޮށް، އެ އަދަދު ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ޖަމާކުރުމަށްޓަކައި، "މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމް" ގެ "ރިސިޕްޓް ނޯޓިސް" ފޯމުގައި ހިމަނަންވާނެއެވެ. މުވައްޒަފުންނަށް މުސާރަ ދޭނީ ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ދައްކަންޖެހޭ އަދަދު އުނިކުރުމަށްފަހު އެ މުވައްޒަފަކަށް ދޭންޖެހޭ އަދަދެވެ.
  2. އެ މުވައްޒަފަކު ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ދައްކަންޖެހޭ ފައިސާގެ އަދަދާއެކު "އެ މުވައްޒަފަކަށް ވަޒީފާ ދީފައިވާ ފަރާތުން" ސްކީމަށް ދައްކަންޖެހޭ ފައިސާގެ އަދަދުވެސް "ރިސިޕްޓް ނޯޓިސް" ގައި ހިމަނާފައި އޮންނަންވާނެއެވެ.
  3. ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ހިސާބު މި މާއްދާގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން އެ މުވައްޒަފަކަށް މުސާރަދޭ ތަނަކަށް ލިބުމުން، އެ ހިސާބުތައް އެތަނަކުން ޗެކުކޮށް ސައްހަކަން ޔަގީންކުރުމަށްފަހު، ކޮންމެ މަހެއްގެ މުސާރަ ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅާއިރު އެ "ރިސިޕްޓް ނޯޓިސް" ހުށަހަޅަންވާނެއެވެ.

(ށ) ކޮންމެ މުވައްޒަފަކަށްވެސް ވަޒީފާ ދީފައިވާ ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާ ދޫކުރާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އެކަމަށް ކަނޑައެޅިފައި އޮންނަ ބަޖެޓް އައިޓަމަކުން ކަމަށްވާތީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅައިގެން މުސާރަދޭ ދައުލަތުގެ އޮފީސްތަކުން މުސާރަށީޓް ފޮނުވާއިރު "ރިސިޕްޓް ނޯޓިސް" ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، "ރިސިޕްޓް ނޯޓިސް" ފޮނުވުމުގައި އަތޮޅުތަކުގައި ހުންނަ ދައުލަތުގެ އޮފީސްތަކާއި ލޯކަލް ކައުންސިލްތަކުން ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ޖަމާކުރާއިރު، އެ މުވައްޒަފަކަށް ވަޒީފާ ދިން ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާ އެތަނަކަށް ފޮނުވާފައިހުރި ފައިސާއިން ޖަމާކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ފައިސާ ޖަމާކުރުމަށްފަހު، އެ މުވައްޒަފަކަށް ވަޒީފާ ދީފައިވާ ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ޖަމާކުރެވުނު ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ.

 

ބާބު 8

ދަތުރު ހަރަދާއި، ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ހަރަދު 

 

8.01 ވަނަ މާއްދާ - ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާއި ރާއްޖެއިން ބޭރުގައި ކުރާ ދަތުރުތަކަށް  ހުއްދަދިނުން

(ހ) ދައުލަތުގެ އެއްވެސް އޮފީހަކުން ރާއްޖެއިން ބޭރަށް ދަތުރެއް ކުރާނަމަ، އެ ދަތުރެއް ކުރަންވާނީ އެ ދަތުރެއް ރާވާ އިސް އޮފީހެއްގެ މާލީޒިންމާދާރުވެރިޔާގެ ހުއްދަ ލިބުމަށްފަހުއެވެ. ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ހުއްދަ ދޫކުރާނީ ދަތުރު ހުއްދައާ ގުޅޭ ޓީ ފޯމު (ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހުއްދަ) ފުރިހަމަކޮށްގެންނެވެ. މި ފޯމު ފުރިހަމަކޮށް ހުށަހެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައްތަކާއި، އެ ދަތުރު ނިމުމަށްފަހު ހުށަހަޅަންޖެހޭ މައުލޫމާތު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. (ނަމޫނާ  MG/BC14)

  1. ބަޖެޓުގައި ހިމެނިފައިނުވާ ދަތުރެއް ކުރުމަށް ހުށަނޭޅުން. ބަޖެޓުގައި ހިމެނޭ ދަތުރެއްނަމަ، އެ ދަތުރުގެ ދިގުމިނާއި، އެ ދަތުރުން ހާސިލުކުރަން ބޭނުންވާ ނަތީޖާއާއި ސިޔާސަތު ހިމެނުން. 
  2. އެހެން އޮފީހަކާ މަށްވަރާކުރަންޖެހޭ، އަދި އެހެން އޮފީހަކާ ގުޅުންހުރި ކަމެއްކަމަށް ވާނަމަ، އެ ފަރާތަކާ މަށްވަރާކޮށް ހަމަޖައްސަންޖެހޭ ކަންތައްތައް ގޮސްފައިވާ ހިސާބަކާބެހޭ މައުލޫމާތު ހިމެނުން.
  3. އެހެން އޮފީހެއްގެ މުވައްޒަފަކު އެ ދަތުރުގައި ހިމެނޭނަމަ، އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހެޅުން.
  4. ދަތުރު ހަމަޖެއްސެން އޮތް އެންމެ ކުރުމަގަކުން ހަމަޖެއްސުމާއި، އޮފީހުގެ މަސައްކަތަށް ދަތިނުވާނޭގޮތަށް ބަލައިގެން މީހުން ހިމެނުން. 
  5. އެހީ ހޯދުމަށް ކުރި ދަތުރެއްނަމަ، އެ ދަތުރު ނިމޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ދަތުރަކުން ލިބުނު އެހީގެ ތަފުސީލު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހެޅުން. އަދި އެކި ދާއިރާތަކާއި ގުޅުންހުރި ޓްރެއިނިންގ ވަރކްށޮޕެއްނަމަ "އިންސްޓިޓިއުށަނަލައިޒް" ކުރެވޭނެ ގޮތުގެ ހުލާސާއެއް ފޮނުވުން.

(ށ) ރާއްޖެއިން ބޭރުގައި ހުންނަ ދައުލަތުގެ އޮފީހަކުން އެ ގައުމެއްގެ އެއް މަންޒިލުން އަނެއް މަންޒިލަށް ރޭގަނޑު މަޑުކުރަންޖެހޭ ގޮތަށް ދަތުރުކުރާނަމަ، އެ ދަތުރެއް ކުރަންވާނީ އެ ދަތުރެއް ރާވާ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާގެ ހުއްދަ ލިބުމަށް ފަހުގައެވެ.

 

8.02 ވަނަ މާއްދާ - ރާއްޖެއިން ބޭރަށް ކުރާ ދަތުރު ހަރަދު

(ހ) ދައުލަތުގެ އޮފީސްތަކުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހަރަދު ދޭނީ މިނިސްޓަރު ކަނޑަޅާ އުސޫލެއްގެ މަތިންނެވެ.  

(ށ) ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ނަގަންޖެހޭ ބޭރުފައިސާ ހޯދުމަށް ދައުލަތުގެ އޮފީހަކުން ޕޭމަންޓްވައުޗަރު ހުށަހަޅަންވާނީ ދަތުރު ފެށުމުގެ ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަސް ކުރިންނެވެ. މިގޮތުން ހުށަހަޅާއިރު ވައުޗަރާއެކު ހިމަނަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ދަތުރަށް އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ހުއްދަދިން ލިޔުމުގެ ކޮޕީއެއް ހިމަނަންވާނެއެވެ. 

 

8.03 ވަނަ މާއްދާ - ދަތުރު ހަރަދަށް ބޭނުންވާ ބޭރުފައިސާ ގަތުން 

ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގެ ހަރަދަށް ބޭނުންވާ ބޭރުފައިސާ ގަންނަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެނވެ. 

8.04 ވަނަ މާއްދާ - ކޯސްތަކުގައި ފޮނުވާ މީހުންގެ ދަތުރުފައިސާ 

(ހ) ސްކޮލަރށިޕް، ފެލޯށިޕް ނުވަތަ ޓްރޭނިންގ ކޯހަށް ރާއްޖެއިން ބޭރަށް ފޮނުވާ މީހުންގެ ދަތުރު ހެދުމަށް ފައިސާ ދޭނީ ތިރީގައިމިވާ ގޮތަށެވެ. މި ފައިސާ ިލބޭނީ އެ މީހަކު ބައިވެރިވާ ސްކޮލަރށިޕް، ފެލޯށިޕް ނުވަތަ ޓްރޭނިންގ ކޯހުގެ މުއްދަތު ކުރުވެގެން 1 (އެކެއް) މަސްދުވަހަށް ވާނަމައެވެ.

  1. ފިނިހޫނުމިން އާދައިގެ ރަށަކަށް ދާ މީހަކަށް 1،600 (އެއް ހާސް ހަސަތޭކަ) ދިވެހިރުފިޔާ.
  2. ފިނިރަށަކަށް ދާ މީހަކަށް 3،300 (ތިން ހާސް ދުއިސައްތަ) ދިވެހިރުފިޔާ.
  3. ފިނިމޫސުމާއި ހޫނުމޫސުމުގައި ހިންގާ ކޯހަކަށް ދާ މީހަކަށް 4،800 (ހަތަރު ހާސް އަށް ސަތޭކަ) ރުފިޔާ.

(ށ) ކޯސްތަކުގައި ދާ މީހުންނަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފައިސާ ދޭންވާނީ، ކޯހުގައި ފޮނުވާ މީހުންނަށް އަހަރަކު 1 (އެކެއް) ދަތުރަށެވެ. ނަމަވެސް 1 (އެކެއް) އަހަރުގެ ތެރޭގައި އެއްފަހަރު ފިނިރަށަކަށް އަނެއް ފަހަރު ފިނިހޫނުމިން އާދައިގެ ރަށަކަށް ފޮނުވާނަމަ، މި މާއްދާގެ (ހ) ގެ 1 އަދި 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ފައިސާ ދޭންވާނެއެވެ.

(ނ) ދިގު މުއްދަތުގެ ކޯހުގައި ދާ މީހުންނަށްވެސް ދަތުރު ހެދުމުގެ ފައިސާ ދޭނީ ކޯހުގައި ފުރަތަމަ ފުރާއިރުގައެވެ.

(ރ) އެކިއެކި ކޯސްތަކުގައި ދާ މީހުންގެ ހަރަދަށް އެ ކޯސް ދޭ ފަރާތުން ދޭ ފައިސާއާއި މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ސަރުކާރުން ދޭ ފައިސާގެ އިތުރު ހަރަދެއް ހޯދުމަށް ކޯސްތަކުގައި ދާ ފަރާތްތަކުން ހުށަހެޅިކަމުގައިވިޔަސް އެފަދަ ހަރަދެއް ދޭކަށް ނުޖެހޭނެއެވެ. 

 

8.05 ވަނަ މާއްދާ - ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރު 

(ހ) ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރެއްގެ ގޮތުގައި ދަތުރު ހަރަދު ދޭނީ، ދައުލަތުގެ ބޭނުމަކަށް 20 (ވިހި) ދުވަހަށްވުރެ އިތުރުނުވާގޮތަށް އެއް މަންޒިލެއްގައި ދެމިހުންނަގޮތަށް ކުރާ ދަތުރުތަކަށެވެ. އަދި ކަނޑުމަގުން އަތޮޅުތަކުން މާލެ ގެންނަ ނުވަތަ މާލެއިން އަތޮޅުތަކަށް ފޮނުވަންޖެހޭ މީހުންގެ ދަތުރު ހަރަދު (ކެއުމުގެ ހަރަދާއި ދަތުރުފީ) ދޭންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް އެ ދަތުރެއްގައި ހޭދަކުރަން ޖެހިއްޖެނަމަ، އެ ދަތުރަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހުއްދަ ހޯދަންވާނެއެވެ.

(ނ) ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކަށް ހަރަދު ދިނުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަރަދުތައް ފިޔަވައި އެހެން އެއްވެސް ހަރަދެއް ދަތުރު ހަރަދުގެ ގޮތުގައި ކުރެވޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހުއްދަ ހޯދައިގެންނެވެ. 

8.06 ވަނަ މާއްދާ - އެހެން ރަށެއްގައި  ވަޒީފާ އަދާކުރުމަށް ފޮނުވާ މުވައްޒަފުންނަށް  ދަތުރު ހަރަދު ނުދިނުން 

އޮފީހުގެ މުވައްޒަފަކު އެ އޮފީހެއްގެ ފަރާތުން އެހެން ރަށެއްގައި ހިނގަމުންދާ ތަނެއްގައި ވަޒީފާ އަދާކުރުމަށް ނުވަތަ އެ މުވައްޒަފެއްގެ ދާއިމީ ވަޒީފާ ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވަޒީފާ އަދާކުރުމަށް ފޮނުވާފައި ހުންނަ ދުވަސްތަކަކީ ދަތުރެއްގެ ތެރޭގައި ހޭދަކުރާ ދުވަސްތަކެއްކަމަށް ނުވާތީ، އެދުވަސްތަކަށް ދަތުރު ހަރަދުގެ ފައިސާ ދޭކަށް ނުޖެހޭނެއެވެ.

 

8.07 ވަނަ މާއްދާ - ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ހުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ހުރުމުގެ ހަރަދު ދިނުން

(ހ) ދައުލަތުގެ އޮފީސްތަކުން މާލެއިން އަތޮޅުތަކަށް އަދި މާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ހުރުމުގެ އިންތިޒާމު ހަމަޖައްސާނީ، އެ އިދާރާއަކުން ނުވަތަ އެ ދަތުރަކު ދާން ބޭނުންވާ ރަށެއް ހިމެނޭ ސަރަހައްދެއްގެ ސިޓީކައުންސިލް ނުވަތަ އަތޮޅުކައުންސިލް ނުވަތަ ރަށުކައުންސިލްގެ އިދާރާ ނުވަތަ އެ ރަށެއްގައި ހުންނަ ދައުލަތުގެ އޮފީހަކަށް ނިސްބަތްވާ އޮފީހެއް މެދުވެރިކޮށެވެ. މިގޮތަށް އިންތިޒާމު ހަމަނުޖެއްސިއްޖެ ހާލަތްތަކުގައި ހުރުމުގެ އިންތިޒާމު ހަމަޖައްސާނީ އެ އޮފީހަކުންނެވެ.

(ށ) 8.05 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުރާ ދަތުރުތަކުގެ ހުރުމުގެ ހަރަދު ދޭންވާނީ ތިރީގައިމިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ. 

  1. ޑިރެކްޓަރުން ފެންވަރުން ފެށިގެން މަތީގެ މަގާމުތަކުގެ މުވައްޒަފުން ހިމެނޭނަމަ، އެ ފެންވަރުގެ މުވައްޒަފުން ވަކިވަކިން ތިބޭގޮތަށް ކޮޓަރި ހަމަޖެއްސިދާނެއެވެ.
  2. ޑިރެކްޓަރުން ފެންވަރުން ފެށިގެން ދަށުގެ މަގާމުތަކުގެ މުވައްޒަފުން ހިމެނޭނަމަ، ވަކިވަކިން ބައިތިއްބުމުގެ ބަދަލުގައި ހަމަޖައްސަންވާނީ ކޮންމެ ދެމީހަކަށް ކޮޓަރިއެއްގެ މަގުންނެވެ.
  3. ދަތުރުގައި އަންހެން އެއްމުވައްޒަފަކު ބައިވެރިވާނަމަ، އެ މުވައްޒަފަކަށް ވަކި ކޮޓަރިއެއް ހަމަޖެއްސިދާނެއެވެ. ނަމަވެސް އަންހެން އެއް މުވައްޒަފަކަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނަމަ، ކޮޓަރި ހަމަޖައްސަންވާނީ ކޮންމެ ދެ މީހަކަށް ކޮޓަރިއެއްގެ މަގުންނެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ހުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި މާލެއިން އަތޮޅުތަކުގެ ރަށްރަށަށް، އަދި މާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ހުރުމުގެ ހަރަދު ދޫކުރަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅައި ށާއިއުކުރާ ރޭޓަކަށެވެ.

(ރ) އަތޮޅުތަކުގެ ރަށްރަށުން މާލެއަށް ކުރާ ދަތުރުތަކުގައި ހުރުމުގެ ހަރަދު ދޫކުރަންވާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅައި ށާއިއުކުރާ ރޭޓަކަށެވެ. 

(ބ) ޓޫރިސްޓް ރިސޯޓް ނުވަތަ ޓޫރިސްޓް ހޮޓާފަދަ ތަނެއްގައި މީހަކު ބަހައްޓަން ބޭނުންވެއްޖެނަމަ، ނުވަތަ ދައުލަތުގެ އިއްޒަތްތެރިއަކު އެފަދަ ތަނެއްގައި ހުންނަން ބޭނުންވެއްޖެނަމަ، އެކަމާމެދު ގޮތެއް ނިންމާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ ހުއްދަ ހޯދައިގެންނެވެ.

(ޅ) ދަތުރުމަތީގައި ރަށެއްގައި ރޭކުރަންޖެހޭނަމަ، މި މާއްދާގައިވާ ގޮތުގެމަތިން ރެއަކާއި ދުވާލަކަށް ދިނުމަށް ހަމަޖެހިފައިވާ ރޭޓުން ހުރުމުގެ ހަރަދު ހަމަޖެއްސިދާނެއެވެ. އަދި އެ ދަތުރެއްގައި ރޭކުރަން ނުޖެހުނުނަމަވެސް އެއްރަށެއްގައި ހޭދަކުރަންޖެހޭ ވަގުތު 12 (ބާރަ) ގަޑިއިރަށްވުރެ އިތުރުވާނަމަ، ރެއަކާއިދުވާލަކަށް ދިނުމަށް ހަމަޖެހިފައިވާ ރޭޓުން ހުރުމުގެ ހަރަދު ހަމަޖެއްސިދާނެއެވެ.

(ކ) ދައުލަތުގެ އުޅަނދުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އެ އުޅަނދެއްގައި ކުރާ ރަސްމީ ދަތުރުތަކުގައި ވަޒީފާގެ ހައިސިއްޔަތުން ހޭދަކުރާ ދުވަސްތަކަށް މި މާއްދާގައިވާ ގޮތުގެމަތިން ހުރުމުގެ ހަރަދު ހަމަޖެއްސޭނީ، އެ އުޅަނދެއްގައި ނިދުމާއި ފާހާނާކުރުމުގެ އިންތިޒާމު ހަމަޖެހިފައި ނެތްނަމައެވެ.

 

8.08 ވަނަ މާއްދާ - ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ކެއުމުގެ ހަރަދު ދިނުން

(ހ) ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ކޮންމެ މުވައްޒަފަކަށްވެސް ރެއަކާއި ދުވާލަކަށް ކެއުމުގެ ހަރަދު ދޭންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅައި ށާއިއުކުރާ ރޭޓަކުންނެވެ.

(ށ) މަހުކޮއްތު ނުވަތަ ކޮއްތުއެލަވަންސް ލިބޭ މުވައްޒަފަކަށް ދަތުރުމަތީގައި އުޅޭ ދުވަސްތަކަށް، ކެއުމުގެ ހަރަދުގެ ގޮތުގައި ލިބޭނީ އެ މީހަކަށް މަހުކޮއްތަށް ނުވަތަ ކޮއްތު އެލަވަންސަށް ދުވާލަކަށްޖެހޭ އަދަދަށްވުރެ ދަތުރުމަތީގައި އުޅޭ ދުވަހަކަށް ލިބޭ އަދަދު މަދުވާނަމަ، އެ މަދުވާ އަދަދެކެވެ. އަދި ދަތުރުމަތީގައި ދުވާލަކަށް ލިބޭ އަދަދަށްވުރެ މަހުކޮއްތުގެގޮތުގައި ނުވަތަ ކޮއްތު އެލަވަންސްގެގޮތުގައި ދުވާލަކަށްޖެހޭ އަދަދު ބޮޑުނަމަ، އެ ބޮޑުވާބައި އަނބުރައި ހޯދާކަށް ނުޖެހޭނެއެވެ.  

(ނ) ކޮއްތު ހަރަދު ދިނުމުގައި ފުރިހަމަ ދުވަހެއް ހަމަނުވާނަމަ، ކޮއްތު ހަރަދު ދޭނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

  1. ދަތުރުގައި ދުވަހެއްގެ 4 (ހަތަރެއް) ގަޑިއިރަށްވުރެ އިތުރަށް ފާއިތުވެ، އެއްއިރުގެ ކެއުމާއި އެއްއިރު ސައިގެ ވަގުތު ފާއިތުނުވާނަމަ، ދުވަހަކަށް ކަނޑައެޅިފައި އޮންނަވަރުގެ 1/4 (ހަތަރުބައިކުޅައެއްބައި) ދިނުން.
  2. ދަތުރުގައި ދުވަހެއްގެ 1 (އެކެއް) އިރުގެ ކެއުމާއި 1 (އެކެއް) އިރު ސައިގެ ވަގުތު ފާއިތުވާނަމަ، ދުވަހަކަށް ކަނޑައެޅިފައި އޮންނަވަރުގެ 1/2 (ދެބައިކުޅައެއްބައި) ދިނުން.
  3. ދަތުރުގައި ދުވަހެއްގެ 1 (އެކެއް) އިރުގެ ކެއުމާއި 1 (އެކެއް) އިރު ސައިގެ ވަގުތު ފާއިތުވުމުގެ އިތުރަށް، ކެއުމުގެ ނުވަތަ ސައިގެ ވަގުތެއް ފާއިތުވެއްޖެނަމަ، ދުވަހަކަށް ކަނޑައެޅިފައި އޮންނަ އަދަދު އެކުގައި ދިނުން.

(ރ) މި މާއްދާގައިވާ ގޮތުގެމަތިން ކޮއްތު ހަރަދު މުވައްޒަފުގެ އަތަށް ދިނުމުގެ ބަދަލުގައި މި މާއްދާގައިވާ ރޭޓަށްވުރެ ބޮޑުނުވާނެގޮތަށް ކޮއްތުގެ އިންތިޒާމު ހަމަޖެއްސުމުގެ އިހުތިޔާރު އެ އޮފީހަކަށް ލިބިގެންވެއެވެ.

 

8.09 ވަނަ މާއްދާ - ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ދަތުރު އެލަވަންސް ދިނުން

(ހ) ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ބައިވެރިވާ މުވައްޒަފުންނަށް، ދަތުރުއެލަވަންސް ދޭންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅައި ށާއިއުކުރާ ރޭޓަކަށެވެ.

(ށ) ދަތުރުގައި 12 (ބާރަ) ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަވަގުތު ހޭދަވާނަމަ، ރެއަކާއިދުވާލަކަށް ކަނޑައެޅިފައިވާ އެލަވަންސް ދޭންވާނެއެވެ.

(ނ) ރައްޔިތުންގެ މަޖިލީހުން މުސާރައާއި އެލަވަންސް ކަނޑައަޅާފައިވާ ފަރާތްތަކާއި، އެފަރާތެއްގެ މުސާރައިގެ ތެރޭގައި ލިވިންގ އެލަވަންސް ހިމެނިފައިވާ ފަރާތްތަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަތުރު އެލަވަންސެއް ނުލިބޭނެއެވެ.

 

8.10 ވަނަ މާއްދާ - ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި އިންސިޑެންޓަލް ހަރަދު ދިނުން

(ހ) ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ 7 (ހަތެއް) ދުވަހަށްވުރެ ދިގު ދަތުރުތަކުގައި ދަތުރަކަށް 1،000 (އެއް ހާސް) ރުފިޔާ އިންސިޑެންޓަލް ހަރަދަށް ދޭންވާނެއެވެ.

(ށ) ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ 7 (ހަތެއް) ދުވަހަށްވުރެ ކުރު ދަތުރުތަކުގައި ދަތުރަކަށް 500 (ފަސް ސަތޭކަ) ދިވެހިރުފިޔާ އިންސިޑެންޓަލް ހަރަދަށް ދޭންވާނެއެވެ.

(ނ) އިންސިޑެންޓަލް ހަރަދަށް ދޫކުރާ ފައިސާއިން ހަރަދުކުރަންވާނީ، އެ ދަތުރެއްގައި ކުރުމަށް ކަނޑައަޅާފައިވާ ރަސްމީ ބޭނުންތަކަށް ކޮންމެހެން ހޯދަން ބޭނުންވާ ތަކެއްޗާއި ހިދުމަތް ހޯދުމަށެވެ.

 

8.11 ވަނަ މާއްދާ - ދަތުރުތަކުގައި ގެނެސް ގެންދާ މީހުންނަށް ކެއުމާއި ހުރުމުގެ ހަރަދު ދިނުން

ދައުލަތުގެ އޮފީސްތަކުން ކުރާ ދަތުރުތަކުގައި އެ ދަތުރުގެ ބައިވެރިން ނޫން ގޮތުގައި މާލެއާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންނަށް ކެއުމުގެ ހަރަދާއި ހުރުމުގެ ހަރަދު ދޭނީ، މި ގަވާއިދުގެ 8.16 އަދި 8.17 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

8.12 ވަނަ މާއްދާ - އެހެން އޮފީހަކުން ބައިވެރިކުރާ މުވައްޒަފުންގެ ދަތުރު ހަރަދު

އެ އޮފީހެއްގެ ފަރާތުން ކުރާ ދަތުރެއްގައި އެހެން އޮފީހެއްގެ މުވައްޒަފަކު ބައިވެރިކުރަން ޖެހިގެން ބައިވެރިކުރި ކަމުގައިވިޔަސް، އެ މުވައްޒަފަކަށް އެ ދަތުރަކަށް ދޭންޖެހޭ ކޮއްތާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ ފަދަ، ސީދާ އެކަމަށް ހިނގާ ހަރަދުތައް ދޭންވާނީ، އެ މުވައްޒަފެއްގެ ހިދުމަތް ވަގުތީގޮތުން ލިބޭ އޮފީހުންނެވެ.

 

8.13 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރާނެ ގޮތް

(ހ) ދައުލަތުގެ އޮފީސްތަކުން ކަނޑުމަގުން ކުރާ ދަތުރުތަކުގައި ފެރީ ދަތުރުގެ ހިދުމަތް ލިބެން އޮންނަ ދެރަށެއްގެ ދެމެދުގައި ފެރީގައި ދަތުރުކުރެވެން އޮތް ހާލަތެއްގައި ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ބޭނުންކުރަންވާނީ ފެރީ ދަތުރުގެހިދުމަތެވެ. ފެރީގައި ދަތުރުކުރެވެން ނެތް ހާލަތްތަކުގައި ނުވަތަ ފެރީގެ ހިދުމަތް ލިބެން ނެތްނަމަ، މި ގަވާއިދުގައިވާ ގޮތުގެމަތިން އުޅަނދު ކުއްޔަށް ހިފައިގެން ދަތުރުކުރެވިދާނެއެވެ.

(ށ) އެއްފަސްވެފައިވާ ރަށްރަށުގައި، ދައުލަތުގެ އޮފީސްތަކުން އެއްގަމުމަގުން މުވައްޒަފުން ކުރާ ދަތުރުތަކަށް ދަތުރު ފީ ދޭނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅައި ށާއިއުކުރާ ރޭޓުތަކުންނެވެ.

(ނ) އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ވައިގެމަގުން ކުރާ ދަތުރުތަކުގެ ދަތުރުފީއަކީ، ދަތުރުކުރާ ވައިގެ އުޅަނދެއްގެ ޓިކެޓަށް ހަމަޖައްސާފައިވާ އަގާއި، އެ ދަތުރެއްގެ މަންޒިލަށް ދިޔުމަށް މި މާއްދާގެ (ހ) އާއި (ށ) ނުވަތަ އެ ދެގޮތުންކުރެ ގޮތަކަށް ކުރާ ދަތުރުތަކުގެ ދަތުރުފީއަށް ދޭންޖެހޭ ފައިސާއެވެ.

8.14 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުން ކުރާ ދަތުރުތަކުގެ ދަތުރު ރިޕޯޓު ހުށަހެޅުން 

(ހ) ދައުލަތުގެ އޮފީސްތަކުގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުގެ "ދަތުރު ރިޕޯޓު" އެ ދަތުރެއް ނިމޭތާ، ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ އޮފީހަކަށް ހުށަހަޅަންވާނެއެވެ. "ދަތުރު ރިޕޯޓު" ގައި ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ދަތުރުކުރި ތަން
  2. ދަތުރުގެ ބޭނުން
  3. ދަތުރުގެ ބައިވެރިން (ނަމާއި، މަގާމު އެނގޭގޮތަށް)
  4. ދަތުރު ފެށި ތާރީހާއި ގަޑި، އަދި ނިމުނު ތާރީހާއި ގަޑި
  5. ދަތުރުން ހާސިލުކުރެވުނު ކަންތައްތައް
  6. ދަތުރު ހަރަދަށް ހަވާލުކުރި ފައިސާއާއި، ކުރެވުނު ހަރަދާއި ބާކީގެ ހިސާބު
  7. އިންސިޑެންޓަލް ހަރަދަށް ހަވާލުކުރި ފައިސާއާއި، ކުރެވުނު ހަރަދުގެ ހިސާބު

(ށ) މި މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައިވާ ހިސާބުގައި ފައިސާ ބާކީހުރިކަމަށް ދައްކާނަމަ، ދަތުރު ނިންމާފައި އަންނަތާ ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ފައިސާ އެއްފަހަރާ އެ އޮފީހަކަށް ހަވާލުކޮށް ރަސީދު ހޯދަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ލިބޭ ފައިސާ، އެ ފައިސާ ނެގި އެކައުންޓަކަށް ނުވަތަ އައިޓަމަކަށް އަނބުރާ ޖަމާކުރަންވާނެއެވެ. 

 

8.15 ވަނަ މާއްދާ - ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންގެ ދަތުރު ހަރަދާއި  ކޮއްތުފައިސާ ދިނުން 

(ހ) ދައުލަތުގެ ބޭނުމަށް ކަނޑުމަގުން އަތޮޅުތަކުން މާލެ ގެންނަ މީހުންނާއި، މާލެއިން އަތޮޅުތަކަށް ފޮނުވަންޖެހޭ މީހުންނާއި، ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެނެސް ގެންދަންޖެހޭ މީހުން ގެނެސް ގެންދިޔުމުގައި، ފެރީ ދަތުރުގެ ހިދުމަތް ލިބެން އޮންނަ ދެރަށެއްގެ ދެމެދުގައި ފެރީގައި ދަތުރުކުރެވެން އޮތް ހާލަތެއްގައި ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ބޭނުންކުރަންވާނީ ފެރީ ދަތުރުގެ ހިދުމަތެވެ. ފެރީގައި ދަތުރު ކުރެވެން ނެތް ހާލަތްތަކުގައި ނުވަތަ ފެރީގެ ހިދުމަތް ލިބެން ނެތްނަމަ، މި ގަވާއިދުގައިވާ ގޮތުގެމަތިން އުޅަނދު ކުއްޔަށް ހިފައިގެން ދަތުރު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފެރީ ދަތުރު ކުރާ އުޅަނދުތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް މީހުން ގެނެސް ގެންދިޔުމުގެ ފެރީ ހަރަދު ދޭނީ އެ ފެރީއެއްގައި ދަތުރުކުރުމަށް މީހަކަށް ނަގާ ރޭޓުންނެވެ.

(ނ) ދައުލަތުގެ ބޭނުމަށް ކަނޑުމަގުން އަތޮޅުތަކުން މާލެ ގެންނަ މީހުންނާއި، މާލެއިން އަތޮޅުތަކަށް ފޮނުވަންޖެހޭ މީހުންނާއި، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންގެ ދަތުރުފީ ދޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅައި ށާއިއުކުރާ ރޭޓުތަކުންނެވެ.

(ރ) އެއްފަސްވެފައިވާ ރަށްރަށުގައި އެއްގަމުމަގުން ކުރާ ދަތުރުތަކުގެ ދަތުރުފީ ދޭނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅައި ށާއިއުކުރާ ރޭޓުތަކުންނެވެ.

(ބ) ވައިގެމަގުން މާލެ ގެންނަ މީހުންނާއި މާލެއިން އަތޮޅުތަކަށް ފޮނުވަންޖެހޭ މީހުންގެ ދަތުރުފީއަކީ، ދަތުރުކުރާ ވައިގެ އުޅަނދެއްގެ ޓިކެޓަށް ހަމަޖައްސާފައިވާ އަގާއި، އެ ދަތުރެއްގެ މަންޒިލަށް ދިޔުމަށް މި މާއްދާގެ (ހ) އާއި (ށ) ނުވަތަ އެ ދެގޮތުންކުރެ ގޮތަކަށް ކުރާ ދަތުރުތަކުގެ ދަތުރުފީއަށް ދޭންޖެހޭ ފައިސާއެވެ. 

 

8.16 ވަނަ މާއްދާ - މާލެއާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންގެ ކެއުމާއި ހުރުމުގެ ހަރަދު

(ހ) ދައުލަތުގެ ބޭނުމަށް އެކި ކަންކަމަށް މާލެއާއި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންގެ ކެއުމުގެ ހަރަދާއި ހުރުމުގެ ހަރަދު ދޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅައި ށާއިއުކުރާ ރޭޓުތަކުންނެވެ.

(ށ) އެއް އޮފީހަށްވުރެ ގިނަ އޮފީހުގެ ބޭނުމުގައި މީހަކު ބަހައްޓަން ޖެހިއްޖެނަމަ ހަރަދު ދޭންވާނީ އެއިރެއްގައި އެމީހަކާ ހަވާލުވެހުރި އޮފީހުންނެވެ. މިގޮތަށް ގެންނަ މީހުންނަށް ކެއުމުގެ ހަރަދާއި ހުރުމުގެ ހަރަދު އެއްދަތުރެއްގައި ދެވޭނީ އެންމެ ގިނަވެގެން 20 (ވިހި) ދުވަހަށެވެ. 20 (ވިހި) ދުވަހަށްވުރެ އިތުރަށް ހަރަދު ދޭން ދިމާވާ ހާލަތްތަކުގައި އެކަން ހަމަޖައްސަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެގެން، އެ މިނިސްޓްރީން ހުއްދަ ހޯދައިގެންނެވެ.

(ނ) ހުރުމާއި ކެއުމުގެ ކަންތައް ދައުލަތުން ހަމަޖައްސައިދޭނަމަ، މި މާއްދާގެ (ހ) ގައިވާ ފައިސާ އެމީހަކަށް ދީގެންނުވާނެއެވެ.

 

8.17 ވަނަ މާއްދާ - ހާއްސަ މަސައްކަތްތައް ކުރުވާއިރު، ކެއުމާއި ސައިދިނުން 

(ހ) ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުން ލައްވައި ކުރުވަންޖެހޭ ހާއްސަ ބޮޑެތި މަސައްކަތްތައް ކުރުވާއިރު ކެއުމާއި ސައިދިނުމާއި، ރަމަޒާންމަހުގައި ރޯދަވީއްލުމާއި ހާރުކެއުން ދިނުމަށް ބޭނުންވާނަމަ، ކެއުމާއި ސައިދޭންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅައި ށާއިއުކުރާ ރޭޓުތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކެއުމާއި ސައިދޭނީ ތިރީގައިވާ ގަޑިތަކުގައި މަސައްކަތްކުރާނަމައެވެ.

  1. ހެނދުނުސައި 06:00 އިން 08:00 އަށް މަސައްކަތްކުރާނަމަ
  2. މެންދުރުކެއުން 12:00 އިން 14:00 އަށް މަސައްކަތްކުރާނަމަ
  3. ހަވީރުސައި 16:00 އިން 18:00 އަށް މަސައްކަތްކުރާނަމަ
  4. ރޭގަނޑު ކެއުން 20:00 އިން 22:00 އަށް މަސައްކަތްކުރާނަމަ
  5. އެ ދުވަހެއްގެ 23:00 ގެ ފަހުން މަސައްކަތްކުރާނަމަ، ސައެއް ދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރަމަޒާންމަހު ރޯދަވީއްލުން ދޭންވާނީ އިރުއޮއްސޭ ގަޑީގައި މަސައްކަތްކުރާނަމައެވެ. ހާރުކެއުން ދެވޭނީ މަސައްކަތް ރޭވިފައިވާ ގޮތުން ދަންވަރު 2:00 އިން 4:00 އަށް މެދުނުކެނޑި މަސައްކަތްކުރާނަމައެވެ. 

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ކަނޑައަޅާފައިވާ ވަގުތުތައް ހިމެނޭގޮތަށް މެދުނުކެނޑި މަދުވެގެން 2 (ދޭއް) ގަޑި 30 (ތިރީސް) މިނެޓުއިރު އެ މަސައްކަތެއްގައި ހޭދަނުވާނަމަ، ކެއުމާއި ސައިދޭކަށް ނުޖެހޭނެއެވެ.

(ބ) މި މާއްދާގައިވާ ގޮތަށް ކެއުމާއި ސައިދޭނަމަ، އެ މަސައްކަތެއްގައި ބައިވެރިވާ މުވައްޒަފުންގެ ނަމާއި މަގާމު އަދި ކުރި މަސައްކަތް އެނގޭގޮތަށް ރިކޯޑު ބަލަހައްޓަންވާނެއެވެ. އަދި އެ މަސައްކަތުގައި އެ އޮފީހުގެ މުވައްޒަފަކު ނޫން މީހަކު
ނުވަތަ ބަޔަކު ބައިވެރިވެފައިވާނަމަ، އެ މީހެއްގެ ނުވަތަ އެބަޔެއްގެ މައުލޫމާތުވެސް ބަލަހައްޓަންވާނެއެވެ.

(ޅ) މި މާއްދާގައިވާ ގޮތަށް ކެއުމާއި ސައިދިނުމަށް ހަމަޖައްސަންވާނީ، ކެއުމާއި ސައިދިނުމަށް ބޭނުންވާ ފައިސާ އެ އޮފީހެއްގެ ބަޖެޓުގައި ކަނޑައެޅިފައިވުމުގެ އިތުރަށް އެ މަސައްކަތަކީ ހާއްސަ ބޮޑު މަސައްކަތެއްކަމަށް މާލީޒިންމާދާރުވެރިޔާ ހުއްދަދިނުމުންނެވެ.

 

8.18 ވަނަ މާއްދާ - އެކިއެކި ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ސައިދިނުން

(ހ) ހަމައެކަނި އެ އޮފީހެއްގެ މުވައްޒަފުން ބައިވެރިކޮށްގެން އޮފީހުގެ ތެރޭގައި ބާއްވާ ދާއިމީ ކޮމިޓީތަކުގައި ހޭދަވާ ވަގުތު 1 (އެކެއް) ގަޑިއިރަށްވުރެ ކުރުނަމަ، އެ ބައްދަލުވުމެއް ބާއްވާ ވަގުތާ ގުޅޭގޮތަކަށް ސައެއް ނުވަތަ ކޮފީއެއް ނުވަތަ ފިނިބުއިމެއް ދެވިދާނެއެވެ.

(ށ) ހަމައެކަނި އޮފީހުގެ މުވައްޒަފުން ހިމަނައިގެން އޮފީހުގެ ތެރޭގައި ބާއްވާ ދާއިމީ ކޮމިޓީތަކުގެ ބައްދަލުވުމުގެ ވަގުތު 1 (އެކެއް) ގަޑިއިރަށްވުރެ ދިގު ބައްދަލުވުންތަކުގައި، ބައްދަލުވުން ބާއްވާ ވަގުތާ ގުޅޭގޮތަކަށް ސައި ނުވަތަ ކޮފީ ނުވަތަ ފިނިބުއިމެއް ބިސްކޯދު ފަދަ ލުއިކާނާއަކާއެކު ދެވިދާނެއެވެ.

(ނ) ބައްދަލުވުން ބާއްވާ އޮފީހުގެ މުވައްޒަފުންގެ އިތުރުން އެހެ ްނ އޮފީސްއޮފީހުގެ މުވައްޒަފުން ނުވަތަ އާންމު މީހުން ހިމެނޭގޮތަށް ބާއްވާ 1 (އެކެއް) ގަޑިއިރަށްވުރެ ކުރު ބައްދަލުވުންތަކުގައި ބައްދަލުވުން ބާއްވާ ވަގުތާ ގުޅޭގޮތަށް ސައި ނުވަތަ ކޮފީއެއް ނުވަތަ ފިނިބުއިމެއް ދެވިދާނެއެވެ.

(ރ) ބައްދަލުވުން ބާއްވާ އޮފީހުގެ މުވައްޒަފުންގެ އިތުރުން އެހެން އޮފީސްއޮފީހުގެ މުވައްޒަފުން ނުވަތަ އާންމު މީހުން ހިމެނޭގޮތަށް ބާއްވާ 1 (އެކެއް) ގަޑިއިރަށްވުރެ ދިގު ބައްދަލުވުންތަކުގައި ވަގުތާ އެކަށީގެންވާ ސަޔެއް މީހަކަށް 20 (ވިހި) ރުފިޔާއަށްވުރެ ބޮޑުނުވާގޮތަކަށް ދެވިދާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ އުސޫލުން ސަޔެއް ދޭގޮތަށް ދައުލަތުގެ ތަންތަނުގައި ބާއްވާ އެކިއެކި ކޮމިޓީތަކާއި ބައްދަލުވުންތަކުގެ ހާޒިރީ ބަލަހައްޓަންވާނެއެވެ. އަދި އެދުވަހަކު ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ ނަމާއި މަގާމާއި، ބައްދަލުވުމުގައި މަށްވަރާކުރެވުނު ކަންތައް އެނގޭނޭގޮތަށް ޔައުމިއްޔާކުރެވިފައި އޮންނަންވާނެއެވެ.

(ޅ) ދައުލަތުގެ އޮފީސްތަކުން އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށް ބާއްވާ ޖަލްސާތަކާއި ވޯކްށޮޕާއި، ސެމިނާރާއި، މުބާރާތްތައް ފަދަ ކަންތައްތަކުގެ ފެށުމާއި ނިމުން ފާހަގަކުރުމަށް ބާއްވާ ހަފުލާތަކުގައި، މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޓަރީން  ނެރެ ށާއިއުކުރާ ރޭޓަކަށް ސައެއް ނުވަތަ ކެއުމެއް ދެވިދާނެއެވެ.

(ކ) ދައުލަތުގެ އޮފީސްތަކުން ބާއްވާ ވަރކްށޮޕް އަދި ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރެއިން އޮފީހުގެ މުވައްޒަފުންގެ އިތުރުން އެހެން އޮފީސްއޮފީހުގެ މުވައްޒަފުން ނުވަތަ އާންމު މީހުން ހިމެނޭގޮތަށް، 5 (ފަހެއް) ގަޑިއިރަށްވުރެ މަދުނޫން ވަގުތު ހޭދަކުރާގޮތަށް ބާއްވާ ޕްރޮގްރާމްތަކުގައި ކެއުމާއި ސައި ހަމަޖެއްސިދާނެއެވެ. މިގޮތަށް ކެއުމާއި ސައި ހަމަޖައްސާނީ މި ގަވާއިދުގެ 8.17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރޭޓުތަކުންނެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ކެއުމާއި ސައި ހަމަޖައްސާނީ އެކަމަށް ބޭނުންވާ ފައިސާ އެ އޮފީހެއްގެ އެ އަހަރެއްގެ ބަޖެޓުގައި ހިމެނިފައިވާނަމައެވެ. އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނިފައި ނުވާނަމަ، އެފަދަ ކަމެއް ކުރަންވާނީ، އެކަމެއް ކުރަން ފެށުމުގެ ކުރިން މިނިސްޓަރަށް ލިޔެ ހަރަދުކުރުމުގެ ހުއްދަ ހޯދައި އެކަމަށް ބޭނުންވާ ފައިސާ ބަޖެޓަށް ލިބުމުންނެވެ. އަދި އެފަދަ ހަރަދުތައް ކުރާނީވެސް މި ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށެވެ.

 

8.19 ވަނަ މާއްދާ - އިއްޒަތްތެރިންނަށް ރިސެޕްށަން ދިނުން

ދައުލަތުގެ އޮފީހަކަށް ޒިޔާރަތްކުރާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިއްޒަތްތެރިންނަށް، އެ އޮފީހެއްގެ އެންމެ އިސްވެރިންގެ ފަރާތުން ރިސެޕްށަނެއް ދިނުންފަދަ ކަންތައް ކުރިޔަށް ގެންދަންވާނީ، އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހުރުމާއެކު، މިނިސްޓަރަށް ލިޔެ ހުއްދަ ހޯދައިގެންނެވެ.

 

8.20 ވަނަ މާއްދާ - ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގެ ޖަލްސާތަކުގައި ކެއުމާއި ސައިދިނުމާއި، ރިސެޕްށަން ދިނުން

(ހ) ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގެ ޖަލްސާތަކުގައި ކެއުމާއި ސައި އަދި ރިސެޕްށަނެއް ދިނުންފަދަ ކަންތައްތަކަށް ހަރަދުކުރަންވާނީ އެކަމަށް ބޭނުންވާ ފައިސާ އެ އޮފީހެއްގެ އެ އަހަރެއްގެ ބަޖެޓުގައި ހިމެނިފައިވާނަމައެވެ. އެފަދަ ހަރަދުތައް ކުރާނީވެސް މި ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށެވެ.

 

ބާބު 9

ދައުލަތަށް ލިބޭ އެހީން ހަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން 

 

9.01 ވަނަ މާއްދާ - ދައުލަތަށް ލިބޭ އެހީ

ދައުލަތަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއާއި ތަކެއްޗާއި، ލޯޯނުގެ ތެރޭގައި ހިމެނިގެން އެހީގެ ގޮތުގައި ލިބޭ ފައިސާއާއި، ސީދާ އެހީދޭ ފަރާތްތަކުން ކުރާ ހަރަދާއި، އެކި ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ދޭ ތަކެއްޗާއި ހިދުމަތްވެސް ހިމެނޭނީ ދައުލަތަށް ލިބޭ އެހީގެ ގޮތުގައެވެ.

 

9.02 ވަނަ މާއްދާ - ދައުލަތަށް ލިބޭ އެހީން ހަރަދުކުރުން 

(ހ) ދައުލަތަށް ލިބޭ ހިލޭއެހީއާއި ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރަންވާނީ، އެހީ ލިބުނު ބޭނުމަކަށެވެ.

(ށ) ސީދާ އެހީދޭ ފަރާތްތަކުން ކުރާ ހަރަދުތައް ފިޔަވައި އެހީގެ ފައިސާއިން ކުރާ ހަރަދުތައް ކުރަންވާނީ އެހީދޭ ފަރާތުން ވަކިގޮތަކަށް ކަނޑައަޅައި އަންގާފައިވާނަމަ، އެގޮތުގެމަތިންނެވެ. އެހީދޭ ފަރާތުން ވަކިގޮތަކަށް ކަނޑައަޅައި އަންގާފައިނުވާނަމަ، މި ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ނ) ދައުލަތުގެ އޮފީސްތަކުން ވަކި ޕްރޮގްރާމެއް ނުވަތަ ވަކި ޕްރޮޖެކްޓެއް ހިންގުމަށް، އެކި ފަރާތްތަކުން އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރަންވާނީ، އެ ފައިސާއިން ކުރަން ބޭނުންވާ ހަރަދެއްގެ ތަފުސީލު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހެޅުމަށްފަހު، އެ މިނިސްޓްރީން އަންގާ ގޮތެއްގެމަތިން މި ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ރ) އެހީގެ ގޮތުގައި ލިބިގެން ދައުލަތުގެ އޮފީސްތަކުން ހިންގާ އެންމެހައި މަށްރޫއުތަކަށް ހިނގާ ހަރަދުގެ ހިސާބުތައް ބަލަހައްޓައި ރިޕޯޓު ފޮނުވަންވާނީ، އެހީދޭ ފަރާތުން ވަކިގޮތަކަށް ކަނޑައަޅައި އަންގާފައިވާނަމަ، އެގޮތުގެމަތިންނެވެ. އެހީދޭ ފަރާތުން ވަކިގޮތަކަށް ކަނޑައަޅައި އަންގާފައިނުވާނަމަ، ރިޕޯޓު ފޮނުވަންވާނީ މި ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ބ) ލޯޯކަލް ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކަށް އެހީގެ ގޮތުގައި ލިބޭ ފައިސާއިން ލިބުނު ބޭނުމަކަށް ހަރަދުކުރުމަށްފަހު ބާކީވާ ފައިސާއާއި، އެހީގެ ގޮތުގައި ލިބުނު ފައިސާއިން ލިބުނު ބޭނުމަށް އެއްވެސް ހަރަދެއްނުކޮށް ބާކީ ހުންނަ ފައިސާ، އެހެން ބޭނުމަކަށް ހަރަދުކުރަންވާނީ، އެހީ ދިން ފަރާތުގެ ހުއްދައާއެކު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ ހުއްދަ ހޯދައިގެންނެވެ. 

(ޅ) ލޯޯކަލް ކައުންސިލްތަކަށް އެހީގެ ގޮތުގައި ލިބޭ ފައިސާއިން ލިބުނު ބޭނުމަކަށް ހަރަދުކުރުމަށްފަހު ބާކީވާ ފައިސާއާއި، އެހީގެ ގޮތުގައި ލިބުނު ފައިސާއިން ލިބުނު ބޭނުމަށް އެއްވެސް ހަރަދެއްނުކޮށް ބާކީ ހުންނަ ފައިސާ، އެހެން ބޭނުމަކަށް ހަރަދު ކުރަންވާނީ، އެހީ ދިން ފަރާތުގެ ހުއްދަ ލިޔުމަކުން ހޯދައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ، އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ. 

(ކ) އެހީގެ ގޮތުގައި ހިންގާ ޕްރޮޖެކްޓެއްގެ ދަށުން ބޭރު ބަޔަކު މެދުވެރިވެގެން ރާއްޖޭގައި ހިންގާ މަސައްކަތެއްގައި ގެންގުޅޭ މީހުންނަށް އެ ޕްރޮޖެކްޓަށް ކަނޑައެޅޭ ފައިސާގެ ތެރެއިން މުސާރައާއި އެލަވަންސާއި ކެއިންބުއިންފަދަ ކަމަކަށް ހަރަދެއް ކުރަންވާނީ އެކަމެއް ތަފުސީލުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ، އެ މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތިންނެވެ. އެހީގެ ގޮތުގައި ހިންގާ ޕްރޮޖެކްޓެއްގެ ދަށުން، ބަޔަކަށް ކޮންޓްރެކްޓް ދީގެން ކުރުވާ މަސައްކަތެއްގައި، ކޮންޓްރެކްޓުގައިވާ ގޮތަށް މަސައްކަތުގެ އަގަށް ދޭންޖެހޭ ފައިސާ މީގެތެރެއަކު ނުހިމެނެއެވެ.

(އ) ދައުލަތުގެ އޮފީސްތަކާ ގުޅިގެން އެކިއެކި ޕްރޮޖެކްޓްތަކުގެ ދަށުން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކުރާ މަސައްކަތްތަކަށް އެފަރާތްތަކުން ކުރާ ހަރަދުގެ ވޭތުވެދިޔަ މަހުގެ ހިސާބު، ހިނގާ މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން އެފަރާތްތަކުން ހޯދައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ. 

 

9.03 ވަނަ މާއްދާ - އެހީގެ ގޮތުގައި ފަހުން ފައިސާ ލިބޭގޮތަށް ކުރާ ހަރަދު

(ހ) އެހީގެ ގޮތުގައި ފަހުން ފައިސާ ލިބޭގޮތަށް އެއްވެސް ހަރަދެއް ކުރަންވާނީ އެކަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ އެކަމުގެ ހުއްދަ ިލޔުމަކުން ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދޫކޮށްފައިވާ ފައިސާއެއް ނުވަތަ ހަރަދުކޮށްފައިވާ ފައިސާއެއް އަނބުރާ ދޭންޖެހޭ ފަރާތަކުން ނުލިބި އޮތްނަމަ، އެ ފައިސާއާ ބެހޭ ފުރިހަމަ މައުލޫމާތު (ހަރަދުކުރި ފައިސާގެ އަދަދު، ތާރީހު، ހަރަދުކުރި ކަންތައް، އަނބުރާ ދޭން ހަމަޖެހިފައިވާ ފަރާތް، އަނބުރާ ދޭން އެއްބަސްވެފައިވާ ގޮތް، އަނބުރާ ދިނުމަށް އެއްބަސްވި މުއްދަތު، އަދި މިނޫނަސް އެ ފައިސާއާ ބެހޭ މައުލޫމާތު) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވައި އެކަމެއް ހަމަޖައްސަންވާނެއެވެ.

(ނ) ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި، ޓިކެޓް ހަރަދާއި ބައެއް ކަހަލަ އެލަވަންސްތަކަށް އެ ދަތުރު ހަމަޖައްސާ ފަރާތުން ފައިސާ ދޭގޮތަށް ހަމަޖެހިގެން، އަނބުރާ ލިބޭގޮތަށް އެ އޮފީހަކުން ކުރާ ހަރަދުގެ ފައިސާ ިލބެމުންދޭތޯ މާލީޒިންމާދާރުވެރިޔާ ބަލައި ޗެކުކުރަމުން ގެންދަންވާނެއެވެ. 

 

9.04 ވަނަ މާއްދާ - ދައުލަތަށް ލިބޭނެ އެހީ ބަޖެޓްކުރުން

(ހ) ދައުލަތަށް އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ ފައިސާ އަންދާޒާ ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި ބޭރުގެ އެހީގެ ދަށުން ހިންގާ މަށްރޫއުތަކަށް ހިނގާނެ ހަރަދުވެސް ހިޭލއެހީގެ ގޮތުގައި ލިބޭ ފައިސާއިން ކުރެވޭ ހަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނަންވާނެއެވެ.

(ށ) ބަޖެޓާއި ހިސާބުތައް ބެލެހެއްޓުމުގައި، އެހީދޭ ފަރާތްތަކުން ސީދާ ކުރާ ހަރަދުތަކާއި، ފައިސާއިން ހިންގާ މުއާމަލާތްތައް ވަކިން އެނގޭނޭގޮތަށް ބަލަހައްޓަންވާނެއެވެ.

(ނ) ސީދާ އެހީދޭ ފަރާތްތަކުން ކުރާ ހަރަދުތަކާބެހޭ މައުލޫމާތު، އެފަރާތްތަކުން ދަންވާނެއެވެ.

 

9.05 ވަނަ މާއްދާ - އެހީގެ ގޮތުގައި ލިބޭ ފައިސާގެ  ބޭންކް އެކައުންޓު ބެލެހެއްޓުން 

ދައުލަތަށް އެހީ ދިނުމުގެ އެއްބަސްވުމުގައި ވަކި ބޭންކް އެކައުންޓެއް ހުޅުވައި ބެލެހެއްޓުމަށް ށަރުތުކޮށްފައިވާނަމަ، އެ މަށްރޫއަކަށް އެކައުންޓެއް ހުޅުވުމަށްޓަކައި ކަމާބެހޭގޮތުން ޕްރޮޕޯޯސަލެއް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ. އަދި އެ އެކައުންޓު ހުޅުވުމުން އެކައުންޓުގެ ހިސާބުތައް މި ގަވާއިދުގައިވާ ގޮތުގެމަތިން ބަލަހައްޓަންވާނެއެވެ.

 

9.06 ވަނަ މާއްދާ - ދައުލަތަށް ލިބޭ އެހީ ހިސާބުކުރުން

(ހ) ދައުލަތަށް ލިބޭ އެހީގެ އެއްބަސްވުމުގައާއި މި ގަވާއިދުގައިވާ ގޮތުގެމަތިން ބޭންކް އެކައުންޓު ހުޅުވައި ހިސާބުތައް ބަލަހައްޓައި، އަދި އެހީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފޯމެޓާ އެއްގޮތަށް، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި މަށްރޫއުތަކުގެ މާލީ ހިސާބުތައް ތައްޔާރުކޮށް، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ. 

(ށ) ދައުލަތަށް ލިބޭ އެހީގެދަށުން ހިންގޭ މަށްރޫއުތަކުގެ މާލީހިސާބުތައް އެހީގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން އޮޑިޓްކުރުމުގެ ކަންކަން އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ހަމަޖައްސަންވާނެއެވެ.

 

ބާބު 10

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު

ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް 

 

10.01 ވަނަ މާއްދާ - ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރަން ބޭނުންވާ ކަންތައްތައް 

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއްގެ ބޭނުމަކީ، ދައުލަތުގެ ތަންތަނަށް ތަކެތި ގަތުމާއި، ހިދުމަތް ހޯދުމާއި، މަސައްކަތް ކުރުވުމުގައި، ހާމަކަންބޮޑު ޒިންމާދާރު ގޮތެއްގައި ހުރިހާ ފަރާތެއްގެ މަސްލަހަތަށް ބަލައި ވަޒަންކޮށްގެން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާދަވެރި މާހައުލެއްގައި ކަންތައްތައް ތަންފީޒުކުރުމެވެ.

 

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއް ހިންގުމުގައި މައިގަނޑު ގޮތެއްގައި ބަލަންވާނީ:

(ހ) ދައުލަތުގެ ފައިސާ ހޭދަކުރެވެނީ، ވާދަވެރި މާހައުލެއްގެ ތެރެއިން، އިގުތިސާދީގޮތުން އެންމެ ފައިދާހުރި، އަދި ހާމަކަންބޮޑު ޒިންމާދާރު ގޮތެއްގެމަތިންކަން ޔަގީންކުރުން.

(ށ) ބީލަމުގައި ބައިވެރިވާ (ބީލަންވެރި) ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި އިތުބާރާއެކު ތަފާތުކުރުމެއްނެތި ޕްރޮކިއުމަންޓުގެ ކަންތައްތައް ގެންދެވޭކަމުގެ ޔަގީންކަން ހޯދައިދިނުމާއެކު، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުވުން. 

(ނ) ބީލަމުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކާއި، މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ހޯދައިދިނުން.

 

10.02 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ އުސޫލުތައް

(ހ) ބީލަމުގެ ކަންތައް ކުރިޔަށް ގެންދަންވާނީ އެ ބީލަމެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި، ހާމަކަންބޮޑު، ވާދަވެރި، އިގުތިސާދީގޮތުން އެންމެ ފައިދާހުރި، ޒިންމާދާރު ގޮތެއްގެމަތިންނެވެ.

(ށ) ބީލަމުގައި ބައިވެރިވާ ފަރާތެއްގެ (ބީލަންވެރިންގެ) ނަސްލަށް، އުފަންވި ގައުމަށް، ނުވަތަ ކުލައަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ އެނޫންވެސް ގޮތަކުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން މެނުވީ ބީލަމުގައި ބައިވެރިވުން މަނައެއް ނުކުރެވޭނެއެވެ.

(ނ) ބީލަމުގެ ކަންތައްތައް ވާދަވެރި ގޮތެއްގައި ގެންދިޔުމަށްޓަކައި، އެކަމަށް ގާބިލު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދޭންވާނެއެވެ.

(ރ) ބީލަމުގެ ކަންތައްތައް ކުރިޔަށް ގެންދަންވާނީ އެއް އުސޫލަކުންނެވެ. ގަވާއިދާ އެއްގޮތަށް ބީލަމުގެ ކަންތައް ހިންގުމުގައި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކުރެވިދާނެއެވެ.

(ބ) ޕްރޮކިއުމަންޓުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި އަމަލުތައް މިނިސްޓްރީން ކަނޑައަޅާ ސުލޫކީ މިންގަނޑާ އެއްގޮތަށް ބަހައްޓަންވާނެއެވެ.

 

10.03 ވަނަ މާއްދާ - ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި މި ގަވާއިދަށް އަމަލުކުރަން ލާޒިމްނުވާ ހާލަތްތައް

(ހ) ދައުލަތުގެ އޮފީސްތަކުން، ދައުލަތުގެ އޮފީސްތަކަށާއި މުއައްސަސާތަކަށް ތަކެތި ގަތުމާއި، ހިދުމަތް ހޯދުމާއި، މަސައްކަތް ކުރުވުމުގައި، މި މާއްދާގެ (ށ) ގައިވާފަދަ ހާލަތެއް ދިމާވެގެން މެނުވީ މި ގަވާއިދަށް އަމަލުކުރަންވާނެއެވެ. 

(ށ) ގައުމުގެ ދިފާއަށް ކޮންމެހެން ބޭނުންވެއްޖެ ހާލަތުގައި ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައާއި، ގުދުރަތީ ކާރިސާއާއި، އާންމު މަސްލަހަތު ރައްކާތެރިކުރުމަށް ކޮންމެހެން ކުރަންޖެހޭ ހަރަދުތަކަށް އެފަހަރަކު ބޭނުންވާ މިންވަރަކަށް، ޗީފް އޮފް ޑިފެންސް ފޯސް އަންގާ ގޮތެއްގެ މަތިން، ދައުލަތުގެ ފައިސާހަރަދުކުރުމަށް މި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތް ނޫން ގޮތަކަށް ހަރަދުކުރެވިދާނެއެވެ.

 

10.04 ވަނަ މާއްދާ - ބޭރުގެ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމަށް އަމަލުކުރުން

(ހ) ދިވެހި ސަރުކާރުން ބޭރު ގައުމަކާއެކު ނުވަތަ ބައިނަލްއަގުވާމީ ޖަމުއިއްޔާއަކާއެކު ވެފައިވާ އެއްބަސްވުމެއްގައި ޕްރޮކިއުކުރުމަށް ކަނޑައަޅާފައިވާ އުސޫލެއްގެ މާއްދާއަކާއި، މި ގަވާއިދުގެ މާއްދާއެއް ތައާރުޒުވާ ހާލަތްތަކުގައި، އެ މާއްދާއެއް ގާނޫނާއި ތައާރުޒުނުވާހައި ހިނދަކު އިސްކަންދޭނީ ބޭރުގެ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައި ހަވާލާދީފައިވާ އުސޫލުގައިވާ ގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތް ނޫން އެހެން ކަންކަމުގައި ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި އަމަލުކުރަންވާނީ މި ގަވާއިދުގައިވާ ގޮތަށެވެ.

 

10.05 ވަނަ މާއްދާ - ޕްރައިވެޓް އިންވެސްޓްމަންޓަށް އަމާޒުކޮށްގެން ހިންގޭ އެކިއެކި ހަރަކާތްތައް  

ޕްރައިވެޓް އިންވެސްޓްމަންޓަށް އަމާޒުކޮށްގެން ހިންގާ ރީހެބިލިޓޭށަން މަސައްކަތްތަކާއި، އުމްރާނީ މަސައްކަތްތަކާއި، ހިދުމަތް ފޯރުކޮށްދިނުމާއި، ހިންގައި ބެލެހެއްޓުމާއި، ދައުލަތުގެ މުދާ ބެލެހެއްޓުމާއި، އަގުބޮޑު ތަކެތި ހޯދުމުގެ ކޮންޓްރެކްޓް ހަވާލުކުރަންވާނީ، ދައުލަތުން ހާސިލުކުރަން ބޭނުންވާ ކަންތައްތައް ހާސިލުކުރެވޭނެ ގޮތުގެމަތިން، މި ގަވާއިދުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

10.06 ވަނަ މާއްދާ - ގައިޑްލައިންސް، ސަރކިއުލަރ އަދި ދެންނެވުން

ޕްރޮކިއުމަންޓާބެހޭ ކަންތައްތައް ރާވައި ހިންގައި އަދި މި ގަވާއިދާ ބެހޭގޮތުން ނެރެންޖެހޭ އެންމެހައި ސަރކިއުލަރތަކާއި ދެންނެވުންތައް ނެރޭނީ މިނިސްޓަރު ނުވަތަ މިނިސްޓަރު އެކަން ލިޔުމުން ހަވާލުކުރުމުން ފައިނޭންށަލް ކޮންޓްރޯލަރއެވެ.

 

10.07 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ ސިޔާސަތު ކަނޑައަޅާ ފަރާތާއި، ހިންގާ ފަރާތް ވަކިކުރުން

(ހ) ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގާ ފަރާތާއި، ޕްރޮކިއުމަންޓުގެ އުސޫލްތައް ހަދައި ސިޔާސަތު ކަނޑައަޅާ ފަރާތަކީ އެއްފަރާތަކަށް ވެގެންނުވާނެއެވެ. މި ދެ ފަރާތް އެއް ފަރާތަކަށް ވެއްޖެނަމަ މަސައްކަތް ހިންގާ ބެލެހެއްޓުމުގައި އަމިއްލަ މަސްލަހަތު ފުށުއަރާނެތީ، އެފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އެ ދެފަރާތުގެ މަސައްކަތު ރާވައި ހިންގަންވާނީ އެއްފަރާތެއްގެ މަސައްކަތަށް އަނެއް ފަރާތުން ނުފޫޒު ނުފޯރާ ގޮތެއްގެމަތިން ވަކިންނެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ޕްރޮކިއުމަންޓުގެ ސިޔާސަތު ކަނޑައަޅައި، ގަވާއިދުތައް ހަދައި ހިންގައި، އަދި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބަލައި، ފިޔަވަޅުއަޅަމުން ގެންދާނީ މިނިސްޓަރު ނުވަތަ މިނިސްޓަރު އެކަން ލިޔުމުން ހަވާލުކުރުމުން ފައިނޭންށަލް ކޮންޓްރލަރޯއެވެ.

 

10.08 ވަނަ މާއްދާ - އިދާރީ ހިންގުން

(ހ) މި ގަވާއިދުގެ 10.06 ވަނަ މާއްދާ ގައިވާ ގޮތުގެމަތިން ޕްރޮކިއުމަންޓާބެހޭ ކަންތައްތައް ހިންގާނެ ފަރާތެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި ގާއިމުކުރަންވާނެއެވެ. މި ފަރާތުގެ މަސައްކަތް ހިންގާނެގޮތުގެ އޮޕަރޭށަން މެނުއަލެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ތައްޔާރުކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ 10.06 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގުމުގައި، ހަރުދަނާކަމާއެކު އެއްއުސޫލަކުން ހަމަހަމަގޮތެއްގައި ގެންގޮސް ނިންމުމަށް ދައުލަތުގެ ކޮންމެ އޮފީހެއްގައި ބިޑްކޮމިޓީއެއް އުފައްދަންވާނެއެވެ.

 

10.09 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ ކަމެއް ކުރުމަށް ހުއްދަދެވޭ މިންގަނޑުތައް

ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމަށް ހުއްދަދެވޭނެ ފަރާތްތަކާއި، ހުއްދަދެވޭނެ މިންގަނޑު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރު ނުވަތަ ލިޔުމަކުން ހުއްދަދެވިފައިވާ އޭނާގެ ދަށުގައިވާ މުވައްޒަފަކަށް ޕްރޮކިއުމަންޓުގެ ކަމެއް ކުރުމަށް ހުއްދަދެވޭނީ މި ބާބުގެ ޖަދުވަލު 1 ގައި އެ އޮފިސަރަކަށް ހުއްދަދިނުމަށް ކަނޑައެޅިފައިވާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ށ) މާލީޒިންމާދާރުވެރިޔާ ނުވަތަ އޭނަ ހުއްދަދީފައިވާ ފަރާތުން ޕްރޮކިއުމަންޓުގެ ކަމެއް ކުރުމަށް ހުއްދަދެވޭނީ މި ބާބުގެ ޖަދުވަލު 1 ގައި މާލީޒިންމާދާރުވެރިޔާއަށް ހުއްދަދިނުމަށް ކަނޑައެޅިފައިވާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ނ) އެ އޮފީހެއްގައި ގާއިމުކުރެވިފައިވާ ބިޑްކޮމިޓީއަށް ޕްރޮކިއުމަންޓުގެ ކަމެއްގައި ހުއްދަދެވޭނީ މި ބާބުގެ ޖަދުވަލު 1 ގައި ބިޑްކޮމިޓީން ހުއްދަދިނުމަށް ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ރ) އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީއަށް ޕްރޮކިއުމަންޓުގެ ކަމެއްގައި ހުއްދަދެވޭނީ މި ބާބުގެ ޖަދުވަލު 1 ގައި އެ ކޮމިޓީއަށް ހުއްދަދިނުމަށް ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ބ) ނެށަނަލް ޓެންޑަރ ބޯޑަށް ޕްރޮކިއުމަންޓުގެ ކަމެއް ކުރުމަށް ހުއްދަދެވޭނީ، މި ބާބުގެ ޖަދުވަލު 1 ގައި އެ ބޯޑުން ހުއްދަދިނުމަށް ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

10.10 ވަނަ މާއްދާ - ނެށަނަލް ޓެންޑަރ ބޯޑު އުފެއްދުމާއި، ބޯޑު އެކުލެވިގެންވާ ގޮތް 

(ހ) މި ބާބުގެ ޖަދުވަލު 1 ގައިވާ ގޮތުގެ އިތުރުން، މި ގަވާއިދުގައިވާ ގޮތުގެމަތިން ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތް ކުރުމުގެ ހުއްދަދިނުމަށް ޕްރޮކިއުމަންޓް އޮފިސަރުންނާއި ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތަކާއި، އިންޓަރ- އެޖެންސީ ޓެންޑަރ ކޮމިޓީއަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރުވާ ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުއްދަދޭނީ ނެށަނަލް ޓެންޑަރ ބޯޑުންނެވެ.

(ށ) ނެށަނަލް ޓެންޑަރ ބޯޑު އެކުލެވިގެންވަނީ ޗެއަރޕަރސަނާއެކު 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. މި ބޯޑުގައި ހިމެނުމަށް ބޭނުންވާ ފަރާތްތައް ކަނޑައަޅައި މެންބަރުން އައްޔަންކުރާނީ މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. 

(ނ) ނެށަނަލް ޓެންޑަރ ބޯޑުގެ ޖަލްސާތަކަށް މެންބަރުންނަށް ހާޒިރުނުވެވޭ ހާލަތްތަކުގައި، އެ މެންބަރުންގެ ބަދަލުގައި ޖަލްސާތަކަށް ހާޒިރުވާނެ ބަދަލުމެންބަރުން އައްޔަންކުރާނީ މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

(ރ) މި މާއްދާގެ (ށ) އާއި، (ނ) ގެ ދަށުން އައްޔަންކުރާ މެންބަރުން ވާންވާނީ ފައިނޭންސް، ޕްލޭނިންގ، އިންޖިނިއަރިންގ، ލޯޯ އަދި ކޮމާސް ފަދަ ޕްރޮފެށަނަލް ދާއިރާއަކަށް ނިސްބަތްވާ، އަދި އެ ރޮނގަކުން ތައުލީމު ލިބިފައިވާ ނުވަތަ އެފަދަ ދާއިރާއެއްގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

(ބ) މި މާއްދާގެ (ށ) އާއި، (ނ) ގެ ދަށުން މެންބަރަކު އައްޔަންކުރެވުނުކަމަށް ބަލަންވާނީ، ގާނޫނާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެ މެންބަރަކަށް ލިޔުމުން އެކަން އެންގުމުންނެވެ.

(ޅ) ނެށަނަލް ޓެންޑަރ ބޯޑުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ އިދާރީ އިންތިޒާމެއްގެ ތެރެއިންނެވެ. ސެކްރެޓޭރިއެޓުގެ ފަރާތުން ބޯޑުގެ ޖަލްސާތަކުގައި ބައިވެރިވާ ފަރާތަކަށް ބޯޑުގެ ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިގެނެއް ނުވެއެވެ.

 

10.11 ވަނަ މާއްދާ - ނެށަނަލް ޓެންޑަރ ބޯޑުގެ މެންބަރުކަމުން ވަކިވުން

ނެށަނަލް ޓެންޑަރ ބޯޑުގެ މެންބަރަކު ވަކިވެއްޖެކަމަށް ބަލާނީ އަންނަނިވި ހާލަތްތަކުގައެވެ. 

(ހ) އެ މެންބަރަކު ވަކިވެއްޖެކަމަށް މިނިސްޓަރުގެ ލަފަޔާއެކު، ލިޔުމަކުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ތާރީހުން ފެށިގެން.

(ށ) އެ މެންބަރަކު އަމިއްލައަށް ވަކިވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން އަންގާ ތާރީހުން ފެށިގެން.

 

10.12 ވަނަ މާއްދާ - ށަނަލް ޓެންޑަރ ބޯޑުގެމަސްއޫލިއްޔަތު 

ނެށަނަލް ޓެންޑަރ ބޯޑުގެ މަސްއޫލިއްޔަތަކީ، މި ގަވާއިދުގައިވާ ގޮތުގެމަތިން ޕްރޮކިއުމަންޓުގެ ހުއްދަ ހޯދުމަށް އެދި ނެށަނަލް ޓެންޑަރ ބޯޑަށް ހުށަހަޅާ ޓެންޑަރުތައް މި ގަވާއިދުގައިވާ ގޮތަށް ކުރިޔަށް ގެންގޮސްފައިވާކަން ކަށަވަރުކުރުމާއެކު، އެ ޓެންޑަރުތަކާމެދު ގޮތެއް ނިންމުމެވެ.

 

10.13 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތައް އުފެއްދުމާއި، ކޮމިޓީ އެކުލެވިގެންވާ ގޮތް 

(ހ) ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތްތަކުގެ ތެރެއިން މި ގަވާއިދުގައިވާ ގޮތުގެމަތިން ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމިޓީތަކުން ހުއްދަދޭންޖެހޭ ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުއްދަދިނުމަށްޓަކައި ދައުލަތުގެ ކޮންމެ އޮފީހެއްގައިވެސް ބިޑް ކޮމިޓީއެއް އުފައްދަންވާނެއެވެ. އަދި މީގެ އިތުރަށް ނެށަނަލް ޓެންޑަރ ބޯޑުން ކަނޑައަޅާ ވަކި އޮފީސްތަކުން ކުރިއަށް ގެންދާ މިބާބުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީން ހުއްދަދެވޭ މިންގަނޑަށް ފެތޭ ޕްރޮކިއުމަންޓް މަސައްކަތްތަކަށް ހުއްދަދިނުމަށްޓަކައި އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީއެއް އުފައްދަވަންވާނެވެ.

(ށ) އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީ އުފައްދާނީ މިނިސްޓަރ ކަނޑައަޅާ ދައުލަތުގެ އޮފީސްތަކުގެ ލަފާގެ މަތިން މިނިސްޓަރެވެ.

(ނ) ދައުލަތުގެ އޮފީސްތަކުގައި ބިޑްކޮމިޓީ އުފައްދައި، އެ ކޮމިޓީ އެކުލަވައިލައި، އެ ކޮމިޓީ އައްޔަންކުރާނީ އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތިން މިނިސްޓަރެވެ.

(ނ) މިނިސްޓްރީއެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ ދަށުން ހިނގަމުންދާ އިދާރާތަކުގައި، ބިޑްކޮމިޓީއެއް އުފެއްދުމަށް އެ މިނިސްޓްރީއެއްގެ މިނިސްޓަރަށް ނުވަތަ އެ މުއްސަސާއެއްގެ އެންމެ އިސްވެރިޔާއަށް ފެނިއްޖެނަމަ، މިނިސްޓަރުގެ ލަފާގެ މަތިން އެފަދަ ކޮމިޓީއެއް އެތަނެއްގައި އުފެއްދިދާނެއެވެ.

(ރ) އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީ އަދި ބިޑްކޮމިޓީ އެކުލެވިގެންވަނީ، ޗެއާޕަރސަނާއެކު 3 (ތިނެއް) އާއި 7 (ހަތެއް) އާ ދެމެދުގެ އަދަދެއްގެ މެންބަރުންގެ މައްޗަށެވެ.

(ބ) އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީ އަދި ބިޑްކޮމިޓީއަށް އައްޔަންކުރެވޭ މީހުންނަކީ، އެ ކޮމެޓީގެ މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާ ފަންނީ ހުނަރާއި މައުލޫމާތާއި ތަޖުރިބާ ލިބިފައިވާ މީހުން ކަމުގައި ވާންވާނެއެވެ. އަދި ޒިންމާދާރުކަމާއެކު ކަންތައްތައް ނިންމުމުގެ ގާބިލުކަން ހުރި މީހުން ކަމުގައި ވާންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ށަރުތުހަމަވާ މީހުން އެ އޮފީހަކުން ލިބެން ނެތް ހާލަތެއްގައި، އެ ރަށެއްގައި ހިނގަމުންދާ ދައުލަތުގެ އެހެން އޮފީސްތަކުގެ މުވައްޒަފުން އެކަމަށް އައްޔަންކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ކ) ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް ޔުނިޓުތަކުގެ ނުވަތަ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައިާވ ސެކްށަނުގެ އެއްވެސް މުވައްޒަފަކު ބިޑްކޮމިޓީގެ މެންބަރަކަށް އައްޔަންކޮށްގެން ނުވާނެއެވެ.

(އ) އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީއާއި، ބިޑް ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، އެ އޮފީހެއްގެ ޕްރޮކިއުމަންޓް ޔުނިޓުންނެވެ. ޕްރޮކިއުމަންޓް ޔުނިޓު އުފައްދާފައިނުވާއޮފީހެއްނަމަ މިކަން ބަލަހައްޓާނީ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ސެކްށަނުންނެވެ.

(ވ) ބިޑްކޮމިޓީއަށް އައްޔަންކުރާ މެންބަރުންގެ ރަޖިސްޓަރީ އެ އޮފީހަކުން ލިޔެ ބަލަހައްޓަންވާނެއެވެ. އަދި މިނިސްޓްރީއެއްގެ ދަށުން ނުވަތަ މިނިވަން މުއައްސަސާއެއްގެ ދަށުން ހިނގަމުންދާ ދައުލަތުގެ އޮފީސްތަކުގައި އުފައްދާ ބިޑްކޮމިޓީތަކުގެ މެންބަރުންގެ މައުލޫމާތު އެ މިނިސްޓްރީއަކަށް ނުވަތަ އެ މިނިވަން މުއައްސަސާއަކަށް އަންގަންވާނެއެވެ.

 

10.14 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތަކުގެ މެންބަރުކަމުން ވަކިވުން 

ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތަކުގެ މެންބަރަކު ވަކިވެއްޖެކަމަށް ބަލާނީ އަންނަނިވި ހާލަތްތަކުގައެވެ:

(ހ) އެ މެންބަރަކު ވަކިވެއްޖެކަމަށް އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތިން މިނިސްޓަރު ކަނޑައަޅައި، ލިޔުމަކުން އެ މެންބަރަކަށް އަންގާ ތާރީހުން ފެށިގެން.  

(ށ) އެ މެންބަރަކު އަމިއްލައަށް ވަކިވުމަށް ލިޔުމަކުން މިނިސްޓަރަށް އަންގާ ތާރީހުން ފެށިގެން. 

 

10.15 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތަކުން  ހުއްދަދިނުމާއި، ހުއްދަދެވޭނެ މިންވަރު

(ހ) އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީ އަދި ބިޑްކޮމިޓީތަކުން ހުއްދަދެވޭނެ މިންގަނޑު މި ބާބުގެ ޖަދުވަލު 1 ގައި ބަޔާންކުރެވިފައިވާނެއެވެ.

(ށ) އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީ އަދި ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިޔަށްގެންދެވިފައިވަނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ހުއްދަދިނުމުގެ ކުރިން ކޮމިޓީން ބަލައި ޗެކުކުރަންވާނެއެވެ.

(ނ) އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީއާއި، ބިޑްކޮމިޓީން ޕްރޮކިއުމަންޓުގެ މަސައްކަތަކަށް ހުއްދަދެވޭނީ އެ ކޮމިޓީން ހުއްދަދިނުމަށް ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ، އަދި އެ އޮފީހެއްގެ ޕްރޮކިއުމަންޓުގެ ކަންތައްތަކަށް އެކަންޏެވެ. އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީ އަދި ބިޑްކޮމިޓީން ހުއްދަކުރެވޭ މިންގަނޑަށްވުރެ މަތީ އަގުގެ ޕްރޮކިއުމަންޓްތަކަށް ހުއްދަހޯ ދުމަށް ހުށަހަޅާނީ، މި ގަވާއިދުގައިވާގޮތުގެ މަތިން ނެށަނަލް ޓެންޑަރ ބޯޑަށެވެ.

 

10.16 ވަނަ މާއްދާ - ބިޑް އިވެލުއޭޓް ކުރުން

(ހ) ދައުލަތުގެ އޮފީސްތަކަށް ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރާނީ އެ އޮފީހެއްގެ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ސެކްށަނަކުން ނުވަތަ ޑިޕާޓްމަންޓުން ނުވަތަ ބީލަން އިވެލުއޭޓުކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކުންނެވެ. 

(ށ) ޕްރޮކިއުމަންޓް ޔުނިޓުން ނުވަތަ ޑިޕާޓްމަންޓުން ނުވަތަ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސެކްށަނަކުން ބީލަންތައް އިވެލުއޭޓްކުރުމަށްފަހު އިވެލުއޭށަން ރިޕޯޓު ބިޑްކޮމިޓީއަށް ނުވަތަ އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ނ) ބިޑްތައް އިވެލުއޭޓްކުރަންވާނީ ބިޑުގެ އަގުގެ ކުޑަބޮޑު ިމނަށާއި، އެ ބިޑެއް އިވެލުއޭޓްކުރުމުގައި ބޭނުންވާ ފަންނީ ހުނަރަށް ބަލައިގެން އެ އޮފީހެއްގައި އުޅޭ އެކަމަކާ ގުޅޭ ފަންނީ މީހުން ހިމަނައިގެންނެވެ. އެ އޮފީހަކުން އެފަދަ މީހުން ލިބެން ނެތްނަމަ އެ ފަންނުގެ މީހުން ލިބެންހުރި އޮފީސްތަކުން ހޯދިދާނެއެވެ.

(ރ) އިވެލުއޭށަނާ ބެހޭގޮތުން އަމަލުކުރުމުގައި ބަލަންޖެހޭ އުސޫލުތައް މި ގަވާއިދުގެ 10.45 ވަނަ މާއްދާއާއި 10.46 ވަނަ މާއްދާއާއި 10.47 ވަނަ މާއްދާގައި ވާނެއެވެ.

 

10.17 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ ކަންތައްތަކަށް ހުއްދަދިނުމާއި،  ހުއްދަދޭ ފަރާތްތައް 

(ހ) ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގައި ތިރީގައިވާ މަރުހަލާތައް ފުރިހަމަކުރަންވާނީ ހުއްދަ ހޯދަންޖެހޭ ފަރާތަކުން އެ ހުއްދައެއް ހޯދުމަށްފަހުގައެވެ. 

  1. ބީލަންފޮތް ތައްޔާރުކުރުމާއި، އިއުލާންކުރުމާއި، ށޯޓްލިސްޓުކުރެވޭ ހާލަތްތަކުގައި ބީލަމުގައި ބައިވެރިވާ ފަރާތްތައް (ބީލަންވެރިން) ށޯޓްލިސްޓްކުރުމާއި، ރިކުއެސްޓް ފޮރ ޕްރޮޕޯސަލް ތައްޔާރުކުރުމުގެ ކުރިން.
  2. ބީލަމެއްގެ އިވެލުއޭށަން ރިޕޯޓު ތައްޔާރުކުރުމާއި، އެއް މަރުހަލާއެއްގެ އިވެލުއޭށަނަށްފަހު އަނެއް މަރުހަލާއެއްގެ ބީލަން ހުޅުވާނަމަ، ކުރީ މަރުހަލާގެ އިވެލުއޭށަން ރިޕޓު ތައްޔާރުކޮށް ހުށަހެޅުމާއި، ބީލަމުގެ ނެގޯށިއޭށަން ނުވަތަ ބީލަމެއް ގަބޫލުކުރިކަން އަންގައިދޭ ލިޔުން ތައްޔާރުކޮށް ހުށަހެޅުމުގެ ކުރިން.
  3. ކޮންޓްރެކްޓަށް ބަދަލުގެނައުން ނުވަތަ ކޮންޓްރެކްޓެއް ބާތިލުކުރަން ނިންމުމުގެ ކުރިން.

(ށ) ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް ހުއްދަދިނުމާއި، ހުއްދަދިން ގޮތުގެމަތިން ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދޭތޯ ބެލުމަކީ ހުއްދަދޭ ފަރާތުގެ ޒިންމާއެކެވެ.

 

10.18 ވަނަ މާއްދާ - ނެށަނަލް ޓެންޑަރ ބޯޑުގެ ނުވަތަ ބިޑްކޮމިޓީތަކުގެ ބައްދަލުވުންތައް   

(ހ) ނެށަނަލް ޓެންޑަރ ބޯޑު ނުވަތަ އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީ ނުވަތަ ބިޑްކޮމިޓީއެއްގެ ބައްދަލުވުމެއް ބާއްވަންވާނީ، ޕްރޮކިއުމަންޓުގެ މަސައްކަތަށް ހުއްދަ ލިބިފައިވާ މިންގަނޑުގެ ބިޑްތަކާމެދު ގޮތެއް ނިންމުމަށާއި، ކަމެއް އަލުން ބަލަންޖެހިއްޖެ ހިނދެއްގައި އެކަމެއް ބެލުމަށެވެ. މިގޮތުން ނެށަނަލް ޓެންޑަރ ބޯޑުގެ ބައްދަލުވުންތައް ބާއްވާނެ ދުވަހާއި ވަގުތު އަދި ތަން ކަނޑައަޅާނީ ނެށަނަލް ޓެންޑަރ ބޯޑުގެ ޗެއަރޕަރސަންގެ ލަފާގެ މަތިން ސެކްރެޓޭރިއެޓުންނެވެ. އިންޓަރ- އެޖެންސީ ޓެންޑަރ ކޮމިޓީގެ ބައްދަލުވުންތައް ބާއްވާނެ ދުވަހާއި ވަގުތު ކަނޑައަޅާނީ އެ ކޮމިޓީގެ ޗެއަރޕަރސަންގެ ލަފާގެ މަތިން ކޮމިޓީ ބައްދަލުވުން ބާއްވަން ބޭނުންވާ އޮފީހުގެ ސެކްރެޓޭރިއޭޓުންނެވެ. ބިޑްކޮމިޓީތަކުގެ ބައްދަލުވުންތައް ބާއްވާނެ ދުވަހާއި ވަގުތު ކަނޑައަޅާނީ އެ ކޮމިޓީގެ ޗެއަރޕަރސަނެވެ.

(ށ) ޗެއަރޕަރސަން ހާޒިރުނުވެއްޖެ ހާލަތެއްގައި ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން އެ ޖަލްސާއަކަށް އެކްޓިންގ ޗެއަރޕަރސަނެއް ހޮވަންވާނެއެވެ.

(ނ) ނެށަނަލް ޓެންޑަރ ބޯޑާއި އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީ އަދި ބިޑްކޮމިޓީގެ ކޯރަމަކީ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައެވެ. ނަމަވެސް، އެޖެންޑާކުރެވިފައިވާ އައިޓަމަކާ ގުޅިގެން މެންބަރަކު އެ މެންބަރެއްގެ އަމިއްލަ މަސްލަހަތާ ގުޅިފައިވާ ކަމެއް ހާމަކޮށްފިނަމަ، އެކަމަކަށް ކޯރަމް ހަމަކުރުމުގައި އެ މެންބަރަކު ހިމަނައިގެން ނުވާނެއެވެ.

(ރ) ނެށަނަލް ޓެންޑަރ ބޯޑާއި އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީއާއި، ބިޑްކޮމިޓީގެ  ނިންމުންތައް ނިންމުމުގައި ބަލާނީ ވޯޓުގެ އަޣުލަބިއްޔަތަށެވެ. އަދި ވޯޓުދިނުމުގައި ދެފަރާތް އެއްވަރުވެއްޖެނަމަ، ގޮތެއް ނިންމުމަށްޓަކައި ޗެއަރޕަރސަން ވޯޓު ލުމަށްފަހު އެ ބައްދަލުވުމުގެ އަޣުލަބިއްޔަތު ކަނޑައަޅާނީއެވެ.

(ބ) ނެށަނަލް ޓެންޑަރ ބޯޑަށާއި އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީއާއި، ބިޑްކޮމިޓީއަށް ހުށަހަޅާ ބިޑުތަކާމެދު ގޮތެއް ނިންމުމުގައި ބަލަންވާނީ އެ ބިޑަކާއެކު ހުށަހަޅާފައިވާ އެ ބީލަމަކާ ގުޅުންހުރި މައުލޫމާތުތަކާއި ލިޔުންތަކުގެ މައްޗަށެވެ. މިގޮތުން ނިންމާ ނިންމުންތައް ނިންމަންވާނީ އެ ހުށަހެޅުމެއް ފާސްވިކަމަށް ނުވަތަ ފެއިލްވިކަމަށެވެ. އަދި އެ ހުށަހެޅުމެއް އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

(ޅ) ނެށަނަލް ޓެންޑަރ ބޯޑުގެ ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ކަމާބެހޭ ފަރާތުން ހުށަހަޅާ އިވެލުއޭށަންތަކާއި، އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީއާއި، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް އެ އޮފީހެއްގެ ޕްރޮކިއުމަންޓް ޔުނިޓުން ހުށަހަޅާ އިވެލުޭއށަންތައް ގަބޫލުނުކޮށް އެފަރާތަކަށް އަނބުރާ ފޮނުވާލާނަމަ، އަނބުރާ ފޮނުވާލަންޖެހުނު ސަބަބު ލިޔުމަކުން އެފަރާތަކަށް އަންގަންވާނެއެވެ. އަދި އެފަރާތަކުން އެކަމެއް އިސްލާހުކުރުމަށްފަހު އަލުން ހުށަހެޅިދާނެއެވެ.

(ކ) ނެށަނަލް ޓެންޑަރ ބޯޑު، އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީއާއި، ބިޑްކޮމިޓީއަށް ހުށަހެޅިފައިވާ ހުށަހެޅުމެއްގައި އިސްލާހުކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް އިސްލާހުކުރުމަށް ށަރުތުކޮށް ނިންމުމެއް ނިންމިދާނެއެވެ.

(އ) ނެށަނަލް ޓެންޑަރ ބޯޑާއި، އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީއާއި، ބިޑްކޮމިޓީގެ މަސައްކަތްތަކުގައި އެހެން ފަރާތްތަކުން ލަފާހޯދަންޖެހޭ ހާލަތްތަކުގައި ބޯޑުން ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތެއްގެ އެހީތެރިކަން ހޯދިދާނެއެވެ. ނަމަވެސް، ލަފާދިނުމުގެގޮތުން ބައިވެރިވާ ފަރާތަކަށް ބޯޑުގެ ނުވަތަ ކޮމެޓީގެ ނިންމުމެއްގައި ވޯޓެއް ނުދެވޭނެއެވެ. އަދި ބޯޑުގެ ނުވަތަ ކޮމެޓީގެ ބައްދަލުވުންތަކުގައި ލަފާދިނުމުގެގޮތުން ބައިވެރިކުރަންޖެހޭ ފަރާތެއް ބައިވެރިކުރާނީ ހަމައެކަނި އެކަމެއްގެ ވަގުތުގައި އެކަމަކަށް އެކަންޏެވެ.

(ވ) ނެށަނަލް ޓެންޑަރ ބޯޑުގެ ހުއްދައާއެކު އޮބްޒަރވަރުންނަށާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި ޕްރޮކިއުމަންޓްގެ ކަންތައްތައް ހިންގާ ފަރާތަށާއި، ބޮޑެތި މަށްރޫއުތަކުގެ ކޯޑިނޭޓިންގ ކޮމިޓީއަށް، އަދި އެކަމެއް ކުރުމަށް ބޭނުންވާ އޮފީހެއްގެ އެ މައުލޫމާތު ދެވޭވަރުގެ އިސް މުވައްޒަފަކަށް ނެށަނަލް ޓެންޑަރ ބޯޑުގެ ބައްދަލުވުމެއްގައި ބައިވެރިވެވިދާނެއެވެ. ނަމަވެސް، ވޯޓުދިނުމުގައި އެފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

(މ) ނެށަނަލް ޓެންޑަރ ބޯޑުގެ ނުވަތަ އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީ ނުވަތަ ބިޑްކޮމިޓީގެ ބައްދަލުވުމެއް ބާއްވާ ކޮންމެ ފަހަރަކު އެ ބައްދަލުވުމެއް ކުރިޔަށްދިޔަ ގޮތުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ. މިގޮތުން ޔައުމިއްޔާގައި މަދުވެގެން ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ބައްދަލުވުމަށް ހާޒިރުވި މެންބަރުން 
  2. އެ ބައްދަލުވުމަށް ހާޒިރުވި އެޑްވައިޒަރުންނާއި، އޮބްޒާވަރުން 
  3. މެންބަރެއްގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ވާނަމަ، އެކަމެއްގެ މައުލޫމާތު 
  4. ޖަލްސާއަށް ހުށަހެޅިފައިވާ ކަންތައްތަކާއި، އެކަންތައްތައް ނިންމި ގޮތުގެ ތަފުސީލު
  5. ހުށަހެޅުމެއް ގަބޫލުނުކުރި ސަބަބާއި، ގަބޫލުކުރުމުގައި ކަމެއް ށަރުތުކޮށްފައިވާނަމަ އެކަމެއް.
  6. ކޮންމެ ހުށަހެޅުމަކާ ގުޅިގެން މަށްވަރާކުރެވުނު މުހިންމު ކަންތައްތައް. މީގެތެރޭގައި އެކަމަކާ ގުޅިގެން ދެވިފައިވާ ލަފަޔާއި މެންބަރުންގެ މެދުގައި އެއްބަސްނުވެވުނު ކަމެއް ވާނަމަ އެކަމެއް.

(ފ) ނެށަނަލް ޓެންޑަރ ބޯޑު ނުވަތަ އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީ ނުވަތަ ބިޑްކޮމިޓީގެ ބައްދަލުވުމެއް ބާއްވާތާ ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ޖަލްސާގެ ޔައުމިއްޔާއާއި އެ ޖަލްސާއިން ނިންމާފައިވާ ކަންތައްތައް މެންބަރުންގެ މައުލޫމާތަށްޓަކައި ފޯރުކޮށްދޭންވާނެއެވެ. އަދި މީގެ އިތުރަށް އިންޓަރ-އެޖެންސީ ޓެންޑަރ ކޮމިޓީއާއި ބިޑްކޮމިޓީގެ ބައްދަލުވުންތަކުގެ ފާސްކުރެވިފައިވާ ޔައުމިއްޔސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެވެ. 

(ދ) ކުއްލި ހާލަތެއް ދިމާވެގެން ކޮންމެހެން ނިންމަންޖެހޭ ކަމެއް ނިންމުމަށް އެކަމަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާސްތައް މެންބަރުންނަށް ފޮނުވައިގެން އެކަމަކާ ގުޅޭގޮތުން މެންބަރުން ދެކޭގޮތް ލިޔުމުން ހުށަހަޅައި މެންބަރުންގެ އަޣުލަބިއްޔަތުން އެކަމެއް ނިންމިދާނެއެވެ. ނަމަވެސް، ނެށަނަލް ޓެންޑަރ ބޯޑު ނުވަތަ އިންޓަރ-އެޖެންސީ ކޮމިޓީ ނުވަތަ ބިޑްކޮމެޓީގެ ޖަލްސާއަކުން އެކަމެއް ނިންމުމަށް މެންބަރަކު ހުށަހަޅާފައިވާނަމަ، އެކަމެއް ނިންމަންވާނީ ބޯޑުގެ ނުވަތަ ކޮމިޓީގެ ބައްދަލުވުމަކަށް ހުށަހަޅައިގެންނެވެ.

 

10.19 ވަނަ މާއްދާ - މަސްލަހަތު ގުޅިފައިވާ ކަންތައްތަކުގައި މެންބަރުން އަމަލުކުރަންޖެހޭ ގޮތް

(ހ) މެންބަރަކަށް، ނުވަތަ މެންބަރަކާ ގާތްތިމާގެ މީހަކަށް ނުވަތަ މެންބަރަކާއެކު މަސައްކަތްކުރާ މީހަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ފައިދާއެއް ކުރާނެ ކަމެއް ނިންމުމަށް ނެށަނަލް ޓެންޑަރ ބޯޑަށް ނުވަތަ އިންޓަރ-އެޖެންސީ ކޮމިޓީ ނުވަތަ ބިޑްކޮމިޓީގެ ޖަލްސާއަކަށް އެޖެންޑާ ކުރެވިފައިވާނަމަ، ތިރީގައިމިވާ ގޮތުގެމަތިން  އެ މެންބަރަކު އަމަލުކުރަންވާނެއެވެ.

  1. ނެށަނަލް ޓެންޑަރ ބޯޑު ނުވަތަ އިންޓަރ-އެޖެންސީ ކޮމިޓީ ނުވަތަ ބިޑްކޮމިޓީގެ ޖަލްސާގެ އެޖެންޑާ ލިބުމުން މެންބަރަކާ ގުޅުމެއްހުރި އައިޓަމެއް އެޖެންޑާކުރެވިފައިވާނަމަ، އެ ޖަލްސާއެއްގައި އެ މެންބަރަކު އެކަން ހާމަކުރުން. ނުވަތަ ނެށަނަލް ޓެންޑަރ ބޯޑު ނުވަތަ އިންޓަރ-އެޖެންސީ ކޮމިޓީ ނުވަތަ ބިޑްކޮމިޓީގެ ސަމާލުކަމަށް އެފަދަ ކަމެއް އަތުވެއްޖެނަމަ، މަސްލަހަތު ފުށުއަރާ މެންބަރަކު އެކަމެއް ހާމަކުރުން.
  2. މެންބަރަކާ ގުޅުންހުރި ކަމަކާ ބެހޭގޮތުން ބާއްވާ އެއްވެސް ބައްދަލުވުމަކަށް ހާޒިރުނުވުން، ނުވަތަ ހާޒިރުވިކަމުގައިވިޔަސް ގުޅުންހުރި ކަމެއް ނިންމުމުގައި ބައިވެރިނުވުން.

(ށ) އަމިއްލަ މަސްލަހަތާ ގުޅިފައިވާ ކަމެއް ޖަލްސާއެއްގައި މެންބަރަކު ހާމަކޮށްފިނަމަ، އެ ޖަލްސާއަކީ މި ގަވާއިދުގައި ބުނެވިފައިވާގޮތަށް މެންބަރެއްގެ އަމިއްލަ  މަސްލަހަތާގުޅުންހުރި ކަމެއް ހުށަހެޅުނު ބައްދަލުވުމެއްކަމަށް، ނުވަތަ އެ ބައްދަލުވުމުގައި މެންބަރެއްގެ މަސްލަހަތުހުރި ކަމެއް ހިމެނޭތީ މެންބަރަކު އެކަން ބަޔާންކޮށް  ވޯޓުދިނުމުގައި ބައިވެރިނުވާ ބައްދަލުވުމެއްކަން އެނގޭގޮތަށް އެ ބައްދަލުވުމުގެ ޔައުމިއްޔާގައި ލިޔަންވާނެއެވެ.

 

10.20 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތާއި ޒިންމާ މުއައްސަސާތަކަށް ބެހިފައިވާ ގޮތް

(ހ) ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިއަށްގެންދާނޭ ގޮތްތަކާއި ތަފާތު އަގުތަކުގެ ޕްރޮކިއުމަންޓުގެ ކަންތައްތަކާ ގުޅޭގޮތުން މަސްއޫލިއްޔަތު އުފުލާނެ އޮފީސްތައް ކަނޑައަޅާނީ ތިރީގައިވާ އުސޫލުން މިނިސްޓަރެވެ.

  1. ދައުލަތުގެ އޮފީސްތަކަށް އާންމުކޮށް ބޭނުންވާ ތަކެއްޗާއި ވަކި ކަމަކަށް ބޭނުންކުރާ ތަކެތި ގަތުމަށާއި، އަދި މަސައްކަތް ކުރުވުމަށާއި ހިދުމަތް ހޯދުމަށް ވަކި އޮފީހެއް ނުވަތަ އޮފީސްތަކެއް ކަނޑައެޅުން. 
  2.  މަސައްކަތާއި ތަކެތީގެ އަގު، މި ބާބުގެ ޖަދުވަލު 1 ން ބިޑްކޮމިޓީއަށް އިހުތިޔާރު ދީފައިވާ މިންގަނޑަށްވުރެ މަތިނުވާނަމަ، އާންމު ބޭނުންތަކަށް ހޯދަންޖެހޭ މި މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ، ތަކެތި ގަތުމާއި ހިދުމަތް ހޯދުމާއި މަސައްކަތްތައް ކުރުވުމުގެ ކަންތައްތައް އެ އޮފީހަކުން އަމިއްލައަށް ކުރަމުން ގެންދިޔުން.
  3. މި މާއްދާގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ތަކެއްޗާއި މަސައްކަތްތައް ފިޔަވައި، ތަކެތި ގަތުމާއި މަސައްކަތް ކުރުވުމުގެ އެހެން ހުރިހާ ކަމެއް ކުރަންވާނީ މިނިސްޓްރީގައި އެކަމަށް ހެދިފައިާވ ނިޒާމުގެ ދަށުންނެވެ.

(ށ) ދައުލަތުގެ އޮފީސްތަކުން ޒިންމާވާންޖެހޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  1. އަހަރީ ޕްރޮކިއުމަންޓް ޕްލޭން ތައްޔާރުކޮށް، އެ ޕްލޭންގައިވާ ޕްރޮކިއުމަންޓާ ގުޅޭ މައުލޫމާތު މިނިސްޓަރު ކަނޑައަޅާ ވަކި އޮފީހަކަށް ނުވަތަ އޮފީސްތަކަށް ފޯރުކޮށްދިނުން
  2. ކޮންމެ އަހަރަކުވެސް ކުރިޔަށް އޮތް އަހަރަށް އެ އޮފީހަކަށް ހޯދަންޖެހޭ އެންމެހައި ތަކެއްޗަކާއި، ހިދުމަތްތަކާއި، ކުރުވަންޖެހޭ އެންމެހައި މަސައްކަތުގެ މައުލޫމާތު ހިމަނައިގެން އެކަންކަމަށް ބޭނުންވާ ހުއްދަ ހޯދައި، އެކަންތައްތަކަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނުން.

(ނ) ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގާ ދައުލަތުގެ ކޮންމެ އޮފީހެއްގައި، އެތަނަކުން ހިންގާ ޕްރޮކިއުމަންޓުގެ ކަންތައްތަކުގައި މަސްއޫލުވެ ޖަވާބުދާރީވާނެ ފަރާތެއް ކަނޑައަޅަންވާނެއެވެ. އަދި ދިމާވާ މައްސަލަތަކުގައި އެފަރާތަކުން ޒިންމާވާންޖެހޭނެއެވެ.

 

10.21 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގާ ބަލަހައްޓާ އޮފީސްތަކުގެ މަސައްކަތްތައް

(ހ) ޕްރޮކިއުމަންޓުގެ ކަންތައްތައް ހިން33.10) ހ) ދައުލަތުގެ ޕްރޮކިއުމަންޓުގައި ބައިވެރިވުމަށް، ބީލަން ހުށަހަޅާ ަފރާތްތަކުގެ އަމަލުތައް
ބަހައްޓަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ. ތައް ކުރުން ނުވަތަ ކުރިއަށް ގެންދިޔުން. 

(ށ) ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގައި ފަންނީއެހީ ހޯދަންވާނީ އެކަމަކަށް އެކަށީގެންވާ ގާބިލު ފަރާތަކުންނެވެ. އެފަރާތަކީ ޕްރޮކިއުމަންޓުގެ މަސައްކަތް ހަވާލުކުރެވިފައިވާ ދައުލަތުގެ އޮފީހަކުން ނުވަތަ ޕްރޮކިއުމަންޓުގެ މަސައްކަތަށް އެދޭ ދައުލަތުގެ އޮފީހަކުން ނުވަތަ ބޭނުންވެއްޖެ ހާލަތެއްގައި ބޭރުން އައްޔަންކުރެވޭ ފަރާތެކެވެ. ފަންނީއެހީ ފޯރުކޮށްދޭ ފަރާތުގެ ފެންވަރު ކަނޑައަޅާނީ ޕްރޮކިއުމަންޓުގެ މަސައްކަތުގެ ބާވަތަށާއި، ދަތި އުނދަގޫ މިނަށް ބަލައިގެންނެވެ. އެފަދަ ފަންނީ އެހީތެރިކަން ހޯދުމަށް ބޭނުންވާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.

  1. ރިކުއަރމަންޓް ސްޓޭޓްމަންޓް ތައްޔާރުކުރުމަށް.
  2. ޕްރީ-ބިޑް މީޓިންގގެ ސުވާލުތަކަށް ޖަވާބުދާރީވުމަށާއި، ބީލަމަކާ ގުޅޭގޮތުން ސާފުކުރަންޖެހޭ މައުލޫމާތު ސާފުކޮށްދިނުމަށް.
  3. ބިޑް ދިރާސާކުރުމުގައި ފަންނީ ކަންކަން ވަޒަންކުރުމަށް. 

(ނ) ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމަށް ކަނޑައަޅާފައިވާ ދައުލަތުގެ ވަކި އޮފީހަކުން ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ އެކަމަށް ހެދިފައިވާ ސެކްށަނަކުން ދައުލަތުގެ އެހެން އޮފީހެއްގެ ބޭނުމަށް ޕްރޮކިއުމަންޓުގެ މަސައްކަތެއް ކުރިޔަށް ގެންދަންވާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

  1. ޕްރޮކިއުމަންޓުގެ ހުރިހާ މަރުހަލާއެއްގައިވެސް ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމުގައި އެކަމަކަށް އެދިފައިވާ ދައުލަތުގެ އޮފީހާ ގުޅިގެން ކުރުން.
  2. ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމަށް އެދިފައިވާ ދައުލަތުގެ އޮފީހުން ލިބެންހުރި ފަންނީއެހީއާއި ލަފާ ހޯދުން. 
  3. ބިޑް ދިރާސާކުރުމުގައި ޕްރޮކިއުމަންޓުގެ ކަންތައްތަކަށް އެދިފައިވާ ދައުލަތުގެ އޮފީސް ނުވަތަ އެ ހިދުމަތް ނުވަތަ ހޯދާ ތަކެތި ބޭނުންކުރާ އޮފީސް ތަމްސީލުކުރާނޭ ފަރާތެއް ބައިވެރިކުރުން. 

(ރ) ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ އާންމު ބޭނުމަށް މަރުކަޒީ އުސޫލުން ގަނެވޭ ތަކެތި ގަތުމުގައި ނުވަތަ މަސައްކަތް ކުރުވުމުގައި މި މާއްދާގެ (ނ) އިސްތިސްނާވާނެއެވެ. މިގޮތުން ތަކެތި ގަތުމުގައި އަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.

  1. ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ އާންމު ބޭނުމަށް ހޯދަންޖެހޭ ތަކެއްޗާއި ކުރުވާ މަސައްކަތް، ނުވަތަ ވަކި ކަމަކަށް ބޭނުންވާ މަސައްކަތް ކުރުވުމާއި ތަކެތި ހޯދުމުގެ މަސައްކަތް ވަކި އޮފީހަކަށް ނުވަތަ އޮފީސްތަކަށް ސަރކިއުލަރއަކުން މިނިސްޓަރަށް ހަވާލުކުރެވިދާނެއެވެ.
  2. އާންމުކޮށް ބޭނުންވާ ތަކެއްޗާއި، އާންމުކޮށް ކުރުވަންޖެހޭ މަސައްކަތް ކުރުވުމަށް ވަކި އޮފީހަކާ ހަވާލުކޮށްފައި ނުވާނަމަ، އެތަކެއްޗާއި މަސައްކަތް އެ އޮފީހަކުން ކުރިޔަށް ގެންދަންވާނީ މި ބާބުގައި ބަޔާންކުރެވިފައިވާ ގޮތަށެވެ.
  3. އާންމުކޮށް ބޭނުންކުރެވޭ ތަކެތިކަމުގައި ބެލެވޭނީ ދައުލަތުގެ އެއްއޮފީހަކަށްވުރެ ގިނަ އޮފީސްތަކަކުން ބޭނުންކުރާ ތަކެއްޗާއި، ކުރުވާ މަސައްކަތާއި، ހޯދަންޖެހޭ ހިދުމަތަށެވެ. 

(ބ) ދައުލަތަށް އާންމުކޮށް ބޭނުންވާ ތަކެއްޗާއި މަސައްކަތާއި ހިދުމަތް ހޯދުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ އޮފީހަކުން އާންމުކޮށް ބޭނުންވާ ތަކެއްޗާއި މަސައްކަތާއި ހިދުމަތް ހޯދުމުގައި، ދިގު މުއްދަތުގެ ކޮންޓްރެކްޓް (ފްރޭމްވަރކް އެގްރީމެންޓް) ނުވަތަ އެކަމަކަށް އެކަށީގެންވާ އެހެން ބާވަތްތަކުގެ އެގްރީމެންޓް ހެދިދާނެއެވެ.

 

10.22 ވަނަ މާއްދާ - ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތުދިނުމާއި، އެފަރާތްތައް ށޯޓްލިސްޓްކުރުން 

(ހ) ޕްރޮޕޯޯސަލް ހުށަހެޅުމުގެ ދައުވަތު (ރިކްއެސްޓް ފޮރ ޕްރޮޕޯޯސަލް) ދެވޭނީ ފަންނީ ހިދުމަތް (ކޮންސަލްޓެންސީ ސަރވިސަސް) ހޯދުމަށާއި އެ ޕްރޮޖެކްޓެއްގެ ބާވަތުން ޕްރޮޕޯޯސަލް ުހށަހެޅުމުގެ ދައުވަތު ދިނުމަށެވެ. މިގޮތުން ކަމަށް އެކަށީގެންވާ ފަރާތްތަކެއް ށޯޓްލިސްޓްކުރުމުގައި އެފަދަ ފަރާތްތަކަށް ހަމަހަމަ ުފރުސަތެއް ހޯދައިދިނުމުގެގޮތުން މި ގަވާއިދުގެ 10.38 ވަނަ މާއްދާގައިވާ ގޮތުގެމަތިން އާންމުކޮށް އިއުލާނުކޮށް ށާއިއުކުރަންވާނެއެވެ. ށޯޓްލިސްޓްކުރާނީ، ށައުގުވެރިކަން ފާޅުކުރާ (އެކްސްޕްރެށަން އޮފް އިންޓްރެސްޓް) ފަރާތްތަކުގެ ތެރެއިން އެކަމެއްގެ ތަޖުރިބާއާއި ގާބިލުކަންހުރި އެކަމަށް އެންމެ އެކަށީގެންވާ ފަރާތްތަކެވެ. މިގޮތުން ށޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ޕްރޮޕޯޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެއެވެ. 

(ށ) މި ގަވާއިދުގައި، ވަކިގޮތަކަށް ޕްރޮކިއުމަންޓުގެ ކަމެއް ކުރިޔަށް ގެންދިޔުމަށް ބުނެފައިނުވާހައި ހިނދަކު، ހިދުމަތްތައް ހޯދަންވާނީ އާންމުކޮށް ބީލަމަށް  ހުޅުވާލައިގެންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެވިފައިވާ ގޮތަށް އާންމުކޮށް އިއުލާނުކުރާ ބީލަންތަކުގައި، މި ބާބުގެ ޖަދުވަލު 2 ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ އެ ޕްރޮޖެކްޓެއްގެ އަންދާޒާ އަގު ބޮޑުނުވާނަމަ، ޕްރޮޕޯޯސަލް ހުށަހެޅުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ ދިވެހި ކުންފުނިތަކަށް އެކަނި ބައިވެރިވެވޭގޮތަށް ހަނިކުރެވިދާނެއެވެ.

 

10.23 ވަނަ މާއްދާ - ވަކި ބަޔަކަށް ނުވަތަ ފަރާތްތަކަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން (ރެސްޓްރިކްޓެޑް ޓެންޑަރިންގ)

(ހ) ވަކި ބަޔަކަށް ނުވަތަ ފަރާތްތަކަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ (ރެސްޓްރިކްޓެޑް ޓެންޑަރިންގ) އާންމުކޮށް އިއުލާނުކުރުމަކާ ނުލައި އެކަމަކަށް  އެކަށީގެންވާ ފަރާތްތަކެއްގެ ތެރެއިން ށޯޓްލިސްޓްކުރެވޭ ވަކި ބަޔަކަށް ނުވަތަ ފަރާތްތަކަކަށް ތަކެތި ގަތުމާއި މަސައްކަތްތައް ކުރުވުމާއި ހިދުމަތް ހޯދުމުގެ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ސީދާގޮތުގައި ދިނުމެވެ. މި މާއްދާގައި ބަޔާންކުރާ ހިދުމަތުގެ ތެރޭގައި ފަންނީ ހިދުމަތް (ކޮންސަލްޓެންސީ ސަރވިސަސް) ނުހިމެނެއެވެ.

(ށ) ރެސްޓްރިކްޓެޑް ޓެންޑަރިންގގެ މަގުސަދަކީ މި ގަވާއިދުގެ 10.38 ވަނަ މާއްދާގެ ދަށުން އާންމުކޮށް އިއުލާނުކުރިނަމަވެސް އިތުރު ވާދަވެރިކަމެއް ނުވަތަ ހެޔޮއަގެއް ނުލިބޭނެކަމަށް ބެލެވޭ ހާލަތްތަކުގައި ވާދަވެރިކަން ނުގެއްލި އެކަށީގެންވާ އަގެއްގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމެވެ

(ނ) ރެސްޓްރިކްޓެޑް ޓެންޑަރިންގގެ އުސޫލުން އަމަލުކުރާނީ ތިރީގައިމިވާ ހާލަތްތަކުގައެވެ. 

  1. ހޯދަން ބޭނުންވާ ތަކެތި ލިބެންހުރީ ނުވަތަ ކުރަން ބޭނުންވާ މަސައްކަތެއް ކުރެވެންހުރީ މަދު ނުވަތަ ވަކި ފަރާތްތަކަކުން ކަމުގައިވުން.
  2. މި ގަވާއިދުގެ 10.26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ހާލަތްތަކުގައި، އާންމުކޮށް ބީލަމަށް ހުޅުވާލައިގެން ކުރާނޭ އެކަށީގެންވާ ވަގުތު ނެތުން.

(ރ) މި މާއްދާގައި ބުނެފައިވާ ގޮތަށް ވަކި ފަރާތްތަކަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ދޭއިރު މި ބާބުގެ ޖަދުވަލު 2 ގެ 3 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ މިންގަނޑަށްވުރެ އެ ޕްރޮޖެކްޓެއްގެ އަންދާޒާ އަގު ބޮޑުނުވާނަމަ، ޓެންޑަރުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ ދިވެހި ކުންފުނިތަކަށް އެކަނި ބައިވެރިވެވޭގޮތަށް ހަނިކުރެވިދާނެއެވެ.

(ބ) "ރެސްޓްރިކްޓެޑް ޓެންޑަރިންގ" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯނަމަނުވަތަ މަސައްކަތް ކުރުވާނަމަ، އެކަމަކަށް ހުއްދަ ދޭނީ މި ގަވާއިދުގެ 10.09 ގައިވާ ގޮތުގެ މަތިންނެވެ. 

 

10.24 ވަނަ މާއްދާ - "ށޮޕިންގ" އުސޫލުން ތަކެތި ގަތުން ނުވަތަ ހިދުމަތް ހޯދުން 

(ހ) "ށޮޕިންގ" އަކީ ތަކެތި ނުވަތަ ހިދުމަތް ފޯރުކޮށްދޭ މަދުވެގެން 3 (ތިނެއް) ފަރާތަކުން ކޯޓޭށަން ހޯދައި، އެ ކޯޓޭށަންތައް އަޅާކިޔުމަށްފަހު އޭގެ ތެރެއިން އެންމެ އެކަށީގެންވާ ރަނގަޅު ފަރާތަކުން ތަކެތި ނުވަތަ ހިދުމަތް ހޯދުމެވެ.

(ށ) "ށޮޕިންގ" ގެ މަގުސަދަކީ، ތަކެތި ނުވަތަ ހިދުމަތް ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަށީގެންވާ ތަރުހީބެއް ނުލިބިދާނެ އަދި ހެޔޮއަގެއްވެސް ނުލިބިދާނެކަމަށް ފެންނަ ހާލަތްތަކުގައި އިގުތިސާދީގޮތުން ފައިދާހުރި އަދި އެންމެ އެކަށީގެންވާ ގޮތެއްގެމަތިން ވާދަވެރި މާހައުލެއްގައި، ހެޔޮ އަގެއްގައި އެކަމެއް ކުރުމެވެ.  

(ނ) "ށޮޕިންގ" ގެ އުސޫލުން ކޯޓޭށަން ހޯދައިގެން ޕްރޮކިއުމަންޓުގެ ކަމެއް ކުރަންވާނީ މި ބާބުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ އިތުރުނުވާނަމައެވެ.

 

10.25 ވަނަ މާއްދާ - "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ގަތުން ނުވަތަ ހިދުމަތް ހޯދުން

(ހ) "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އަކީ ވާދަވެރިކަމަށް ހުޅުވާނުލައި ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ ހިދުމަތް ހޯދުމެވެ.

(ށ) "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުން ނުވަތަ މަސައްކަތެއް ކުރުވުމުގެ މަގުސަދަކީ ވާދަވެރި ބީލަމަކަށް ވަގުތުނެތް ހާލަތްތަކުގައި ނުވަތަ އޭގެ އަގުގެގޮތުން ވާދަވެރި މާހައުލެއްގައި އެ ބީލަމަކަށް ތަރުހީބު ލިބިދާނެކަމަށް ނުފެންނަ ހާލަތްތަކުގައި ހޯދަން ބޭނުންވާ އެއްޗެއް ނުވަތަ ހިދުމަތެއް އެކަށީގެންވާ ގޮތެއްގައި ހޯދުން، ނުވަތަ ކުރުވަން ބޭނުންވާ މަސައްކަތެއް އެކަށީގެންވާގޮތެއްގައި ކުރުމެވެ.

(ނ) "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމަންޓުގެ އަގު މި ބާބުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގައިވާ އަގަށްވުރެ ބޮޑުވާނަމަ، އެ ތަކެތި ނުވަތަ ހިދުމަތް ހޯދަންވާނީ އެފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ޔަގީންކުރުމަށްފަހުގައެވެ.

(ރ) "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދޭނީ ނުވަތަ މަސައްކަތެއް ކުރުވޭނީ، ތިރީގައިމިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެންނެވެ.

  1. ހޯދަން ބޭނުންވާ ތަކެތި ނުވަތަ ހިދުމަތް ލިބެންހުރީ ނުވަތަ ކުރަން ބޭނުންވާ މަސައްކަތެއް ކުރެވެންހުރީ އެންމެ ފަރާތަކުން ކަމުގައިވުން.
  2. މި ގަވާއިދުގެ 10.26 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ކުއްލި ހާލަތެއް މެދުވެރިވުމުގެ ސަބަބުން، ޕްރޮކިއުމަންޓުގެ ކަންތައްތައް މި ގަވާއިާދ އެއްގޮތްވާ ގޮތުގެމަތިން ކުރަމުން ގެންދާނޭ ވަގުތު ނެތުން. 
  3. ކުރިން ހޯދާފައިވާ އެއްޗެއް ނުވަތަ ހިދުމަތެއް ުނވަތަ ކޮށްފައިވާ މަސައްކަތެއްގެ ފެންވަރު (ސްޓޭންޑަޑް) ހިފެހެއްޓުމަށް ނުވަތަ ގުޅުން
    (ކޮމްޕެޓިބިލިޓީ) ދެމެހެއްޓުމަށް ނުވަތަ މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް (ކޮންޓިނިއުޓީ)، ކުރިން އެފަދަ ތަކެތި ނުވަތަ އެފަދަ ހިދުމަތް ހޯދާފައިވާ ފަރާތުން ނުވަތަ އެފަދަ މަސައްކަތް ކޮށްފައިވާ ފަރާތުން އެފަދަ އެއްޗެއް ނުވަތަ އެފަދަ ހިދުމަތެއް ހޯދުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުވުމަށް.
  4. ކުރިން ކުރެވިފައިވާ ކޮންޓްރެކްޓެއްގެ ދަށުން އިތުރަށް ތަކެތި ގަންނަން ނުވަތަ ހިދުމަތެއް ހޯދަން ނުވަތަ މަސައްކަތެއްކުރަން ޖެހިއްޖެ ހިނދެއްގައި، ބީލަމަށް ހުޅުވާލުމުން ވާދަވެރިކަމެއް ނުވަތަ އިތުރު ފައިދާއެއް ލިބިދާނެކަމަށް ނުފެންނަ ކަންތައްތައް ކުރުމަށް.

(ބ) "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދާނަމަ ނުވަތަ މަސައްކަތް ކުރުވާނަމަ، އެކަމަކަށް ހުއްދަ ދޭނީ މި ބާބުގެ 10.09 ގައިވާގޮތުގެ މަތިންނެވެ.

(ޅ) "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދާނަމަ ނުވަތަ މަސައްކަތް ކުރުވާނަމަ، އެކަމެއް ކުރިޔަށް ގެންދަން ނިންމި ގޮތާއި، އެކަމުގެ ސަބަބާއި، އެކަމުގެ ތަފުސީލު ލިޔުމުން އެނގެން އޮންނަންވާނެއެވެ. 

 

10.26 ވަނަ މާއްދާ - ކުއްލި ހާލަތެއް ނުވަތަ ކުއްލި ހާލަތްތަކުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުން 

(ހ) މި ގަވާއިދުގެ ދަށުން ކުއްލި ހާލަތެއް މެދުވެރިވިކަމުގައި ބެލެވޭނީ ތިރީގައިވާ ހާލަތްތަކުގައެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން.
  2. އިންސާނެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާ ަފދަ ނުވަތަ ދިމާވާ ހާދިސާއަކާ ގުޅިގެން، ބަޔެއްގެ ދިރިއުޅުމުގެ ފެންވަރަށް ނުވަތަ ތިމާވެށްޓަށް ނުރައްކާތެރިކަމެއް ކުރިމަތިވުން.
  3. ރައްޔިތުންނަށް ދެވޭ އަސާސީ ހިދުމަތަކަށް ހުއްޓުން އަރާފަދަ ހާލަތެއް މެދުވެރިވުން.
  4. ދައުލަތުގެ މުދަލާއި ތަކެތި ނުވަތަ އިމާރާތްތަކާއި އާންމު ބޭނުންތަކަށް ހެދިފައިވާ ތަންތަނާއި ތަކެއްޗަށް ނުރައްކާތެރިވެއްޖެ ހިނދެއްގައި އެކަމެއް ރަނގަޅުކުރުމާއި ދެމެހެއްޓުމަށް ނުވަތަ އޭގެ ފެންވަރު ކުރިން ހުރިގޮތަށް ގެނައުމަށްޓަކައި ވަގުތުން ފިޔަވަޅުއަޅަންޖެހުން. 
  5. ހޯދަން ބޭނުންވެފައިވާ ކުދިކުދި ތަކެތި ނުލިބުމުގެ ސަބަބުން ޕްރޮޖެކްޓެއްގެ މަސައްކަތް އެކަށީގެންވާވަރަށްވުރެ ލަސްވުން.

(ށ) ދައުލަތުގެ އިމާރާތެއް މަރާމާތުކުރުމާއި މުދާ ބެލެހެއްޓުމުގައި މި މާއްދާގެ (ހ) ގައި ބުނެވިފައިވާ ގޮތަށް އަމަލުކުރެވޭނީ އެ މާއްދާގައި ބުނެވިފައިވާ ހަމައެކަނި ކުއްލި ހާލަތްތަކުގައި އެކަންޏެވެ.

(ނ) ކުއްލި ހާލަތެއް މެދުވެރިވެގެން ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމުގައި، މި ގަވާއިދުގައިވާ ގޮތުގެމަތިން ކުރުމަށް ދަތިވާ ހާލަތްތަކުގައިވެސް އެކަމެއް ކުރަންވާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

  1. އެ ކޮންޓްރެކްޓެއް ހަވާލުކުރުމުގެ ކުރިން އެކަމަކަށް ހުއްދަ ހޯދަންޖެހޭ ފަރާތެއްގެ ހުއްދަ ހޯދައިގެން. 
  2. އެ ހާލަތެއްގައި ލިބެން އޮތް އެންމެބޮޑު ވާދަވެރިކަމެއް ހޯދައިގެން. 
  3. ހޯދަން ބޭނުންވާ އެއްޗެއްގެ އަދަދު ނުވަތަ ކުރަން ބޭނުންވާ މަސައްކަތް އެވަގުތަކު ދިމާވެފައިވާ ކުއްލި ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ އިތުރުނުވުން.

(ރ) ޕްރޮކިއުމަންޓުގެ ކަންތައްތައް ކުއްލި ހާލަތެއްގައި ކުރިޔަށް ގެންދަނީނަމަ، އެކަމެއް ކުރިޔަށް ގެންދަން ނިންމި ގޮތާއި، އެކަމުގެ ސަބަބާއި، ކުއްލި ހާލަތެއް މެދުވެރިވި ގޮތުގެ ތަފުސީލު ލިޔުމުން އެނގެން އޮންނަންވާނެއެވެ. 

 

10.27 ވަނަ މާއްދާ - އާންމުކޮށް ބީލަމަށް ހުޅުވާނުލައި ބީލަން ކުރިޔަށް ގެންދިޔުން

(ހ) ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެއް ބިޑްކުރުމަކާނުލައި ސަރުކާރުގެ މެޖރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ގައުމީ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްކަމަށް ސަރުކާރުން ގަބޫލުކުރާ މުއައްސަސާއަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރުވިދާނެއެވެ. ނަމަވެސް، މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ، މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭގޮތަށް ނެށަނަލް ޓެންޑަރ ބޯޑަށް އެ މައުލޫމާތު ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތިން އެ ބޯޑުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައެވެ.

(ށ) ބޭރުގެ ގައުމެއްގެ އެހީގައި ނުވަތަ ކޮންސެށަނަލް ލޯނެއްގެ ދަށުން ހިންގާ މަށްރޫއުތަކާއި، ސަރުކާރުން ކަނޑައަޅާ ބިޔަ މަށްރޫއު (މެގަ ޕްރޮޖެކްޓް) އެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަށްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަށްރޫއުއެއް ހިންގިދާނެއެވެ. މިގޮތުން މަށްރޫއު ހަވާލުކުރެވޭ ފަރާތަކީ މާލީ ގޮތުންނާއި ފަންނީ ގޮތުން އެ މަށްރޫއުއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެއެވެ.

 

10.28 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ ކަމެއް ކުރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް

(ހ) ޕްރޮކިއުމަންޓުގެ ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމަކަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ތަފުސީލުކޮށް ލިޔުމުން އެނގެން އޮންނާނެގޮތަށް ތައްޔާރުކުރަންވާނެއެވެ. މިގޮތުން ތަކެތި ގަންނަނަމަ، ގަންނަން ބޭނުންވާ ތަކެތީގެ އަދަދާއި ތަފުސީލާއި އަންދާޒާ އަގު، މަސައްކަތެއްނަމަ ބީ.އޯ.ކިޔުނު (ބިލް އޮފް ކުއަންޓިޓީ) އާއި ކުރެހުމާއި ސްޕެސިފިކޭށަނާއި، އަންދާޒާ އަގު، ހިދުމަތެއްނަމަ އެ ހިދުމަތަކާ ގުޅޭ އެންމެހައި މައުލޫމާތާއި އަންދާޒާ އަގު ލިޔެވިފައި އޮންނަންވާނެއެވެ.

(ށ) ޕްރޮކިއުމަންޓުގެ ކަމެއް ކުރަންވާނީ ތިރީގައިމިވާ ކަންތައްތައް ހަމަޖެހިގެންނެވެ.

  1. އެކަމަކަށް ބޭނުންވާ ފައިސާ ލިބި ހަރަދުކުރެވޭގޮތަށް ހުރެގެން.
  2. އެކަމެއް ކުރަން ފެށުމަށް ބޭނުންވާ ހުއްދަ ލިބުމުން.

 

10.29 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ރޭވުން

ދައުލަތުގެ އޮފީސްތަކުން ޕްރޮކިއުމަންޓުގެ ކަންތައްތައް ގެންދާނޭ ރަނގަޅު އުސޫލުތަކެއް ކުރިޔަށް ރާވައި އިންތިޒާމުކުރަންވާނެއެވެ. އެގޮތުން ކުރިޔަށް ރޭވުމުގައި ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަން ދޭންވާނެއެވެ.

(ހ) ވަކިގޮތަކަށް ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގެ ގޮތުން ޕްރޮކިއުމަންޓުގެ ވާދަވެރިކަން ގެއްލޭގޮތަށް އެއްކަމެއްގެ ގޮތުގައި ބެލޭ ކަންތައްތައް ވަކިވަކިނުކުރުން.

(ށ) ޕްރޮކިއުމަންޓުގެ ކަމަކަށް ހިނގާނޭ ހަރަދާއި އެކަމެއްގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ވަކި މުއްދަތަކަށް ޕްރޮކިއުކުރަންޖެހޭ ތަކެތި ނުވަތަ ހިދުމަތް ނުވަތަ މަސައްކަތްތައް އެއްކޮށްލުން.

(ނ) އާންމުކޮށް ބޭނުންކުރާ ނުވަތަ ވަކި ކަމަކަށް ބޭނުންވާ ތަކެތި މަރުކަޒީ އުސޫލުން ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ މައުލޫމާތު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި އެކަމަށް ހެދިފައިވާ ސެކްށަނަށް ފޯރުކޮށްދިނުން.

 

10.30 ވަނަ މާއްދާ - އަގުން އުނިކުރާގޮތަށް ތަކެތި ދިނުން

(ހ) ދައުލަތުގެ އޮފީސްތަކުން ކުރުވަންޖެހޭ މަސައްކަތްތައް ކުރުވުމުގައި ނުވަތަ ކޮންޓްރެކްޓްތައް ހިންގުމުގައި އެ މަސައްކަތަކަށް ނުވަތަ އެކަމަކަށް ބޭނުންވާ ހުރިހާ އެއްޗެއް ކޮންޓްރެކްޓަރު އަމިއްލައަށް ހޯދައިގެން ކުރެވެން ހުންނަ ހުރިހާ ކަމެއް ކުރުވަންވާނީ ކޮންޓްރެކްޓަރުގެ އަމިއްލަ ތަކެތީގައެވެ. އެނޫން ކަންތައްތައް ކުރުވާނީ، އެ އޮފީހަކުން ތަކެތި ހޯދައިގެންނެވެ.

(ށ) އަގުން އުނިކުރާގޮތަށް ތަކެތި ދީގެން ކުރުވާ މަސައްކަތްތަކަށް، މަސައްކަތްކުރި ފަރާތަށް އަގު ދޭއިރު އަގު ދޭންވާނީ އަގުން އުނިކުރާގޮތަށް ދެވުނު ތަކެތީގެ އަގު އުނިކުރުމަށްފަހުގައެވެ. 

 

10.31 ވަނަ މާއްދާ - އާންމުކޮށް ބީލަމަށް ހުޅުވާލުން 

(ހ) ތަކެތި ގަތުމާއި މަސައްކަތްތައް ކުރުވުމާއި ހިދުމަތްތައް ހޯދުމުގެ ޕްރޮޖެކްޓްތަކުގެ އަގު މިބާބުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައިވާ އަދަދަށްވުރެ ބޮޑުވާނަމަ އާންމުކޮށް އިއުލާނުކުރަންވާނެއެވެ. އަދި ޕްރޮޖެކްޓެއް ބީލަމަށް ހުޅުވާލުމުގައި، ށަރުތުހަމަވާ ފަރާތްތަކަށް ހަމަހަމަ ފުރު ަސތެއް ދިނުމުގެ ގޮތުން މި ގަވާއިދުގެ 10.38 ވަނަ މާއްދާގައިވާ ގޮތުގެމަތިން އާންމުކޮށް އިއުލާނުކޮށް ށާއިއުކުރަންވާނެއެވެ.

(ށ) އާންމުކޮށް ބީލަމަށް ހުޅުވާލެވޭ، ޕްރޮޖެކްޓްތައް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ށާއިއުކުރުމުން، މަދުވެގެން 3 (ތިނެއް) ފަރާތަކުން އަންދާސީހިސާބު ހުށަނާޅާނަމަ، ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުކޮށް އަލުން އިއުލާނުކޮށް ށާއިއުކުރަންވާނެއެވެ. ދެވަނަފަހަރު އިއުލާނުކޮށް ށާއިއުކުރުމަށްފަހު އަމަލުކުރާނެ ގޮތް ތިރީގައި މިވަނީއެވެ.

  1. ދެވަނަފަހަރަށް އިއުލާންކުރުމުން ބީލަން ހުށަހަޅާފައިވަނީ އެއްފަރާތަކުން ކަމުގައިވީނަމަވެސް، އެފަރާތަކީ ބީލަމުގެ ށަރުތުތައް ފުރިހަމަވާ، އަދި ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާ އަގެއްކަމުގައި ވަނީނަމަ، އެފަރާތަށް މަސައްކަތް ހަވާލުކުރެވިދާނެއެވެ.
  2. ދެވަނަފަހަރަށް އިއުލާނުކުރުމުން އެއްވެސް ފަރާތަކުން ބީލަން ހުށަނާޅާނަމަ، ނުވަތަ ބީލަމުގެ ށަރުތުތައް ފުރިހަމަވާ ފަރާތެއް ނެތްނަމަ، ނުވަތަ ހުށަހަޅާފައިާވ އަގަކީ އެކަށީގެންވާ އަގެއް ކަމުގައި ނުވާނަމަ، މި މަސައްކަތަށް ށަރުތުހަމަވާ ގާބިލު ފަރާތެއް ނުވަތަ ފަރާތްތަކަކާ ވާހަކަދައްކައިގެން އެކަށީގެންވާ އަގެއްގައި މަސައްކަތް ހަވާލުކުރެވިދާނެއެވެ. 

(ނ) މި ގަވާއިދުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދާނެ ވަކިގޮތެއް ބުނެފައިނުވާ ހިނދެއްގައި، ތަކެތި ގަނެ، މަސައްކަތް ކުރުވައި، ހިދުމަތް ހޯދަންވާނީ، އާންމުކޮށް އިއުލާނުކޮށް ށާއިއުކޮށްގެން އާންމު ބީލަމަކަށް ހުޅުވާލައިގެންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބުނެވިފައިވާ ގޮތަށް އާންމުކޮށް އިއުލާނުކުރާ ބީލަންތަކުގައި، މި ބާބުގެ ޖަދުވަލު 2 ގެ 3 ވަނަ ނަންބަރުގައި ބުނެވިފައިވާ މިންގަނޑަށްވުރެ އެ ޕްރޮޖެކްޓެއްގެ އަންދާޒާ އަގު ބޮޑުނުވާނަމަ، ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ފަރާތްތަކަށް އެކަނި ބައިވެރިވެވޭގޮތަށް ހަނިކުރެވިދާނެއެވެ.

 

10.32 ވަނަ މާއްދާ - މުއާމަލާތުކުރުމާއި، މައުލޫމާތުދިނުން

(ހ) ދައުލަތުގެ އޮފީސްތަކުން ޓެންޑަރަރ (ބީލަންވެރިން) ނުވަތަ ސަޕްލަޔަރަކާ މުއާމަލާތުކުރަންވާނީ ލިޔުމުންނެވެ. މިނޫން ގޮތަކަށް ކުރެވޭ މުއާމަލާތުވެސް ލިޔެކިޔުމުން ފެންނަން ހުންނަންވާނެއެވެ. ލިޔެކިޔުމުންކަމަށް ބުނެފައި އެވަނީ، ކުރެވިފައިވާ މުއާމަލާތެއްގެ ހުރިހާ މައުލޫމާތެއް ފެންނަން ހުންނާނެ ކޮންމެ ގޮތެކެވެ.

(ށ) އިލެކްޓްރޯނިކް ޓެންޑަރިންގ ނުވަތަ ޓެކްނޮލޮޖީގެގޮތުން ކުރިއަރާފައިވާ ޒަމާނީ މުވާސަލާތީ ވަސީލަތްތައް ބީލަންކުރުމުގައި ބޭނުންކުރަންވާނީ، ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް މި ގަވާއިދުގައި ބުނެވިފައިވާ ގޮތާއި، ޕްރޮކިއުމަންޓް ޕޮލިސީ ކަނޑައަޅާ ފަރާތުން ނެރޭ ދެންނެވުމާ އެއްގޮތަށެވެ.

(ނ) ބީލަން ހުށަހެޅުމަށް މައުލޫމާތު ދޭންވާނީ، މި ގަވާއިދުގެ 10.37 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލިޔުމުންނެވެ. މި ލިޔުމުގައި އެކަމެއްގެ ތަފުސީލުގެ އިތުރުން އެކަމެއް ކުރުވާނެ ފަރާތެއް ހޮވުމުގައި ބަލާނެ ގޮތްތައް ބަޔާންކުރަންވާނެއެވެ.

 

10.33 ވަނަ މާއްދާ - ބީލަން ހުށަހަޅާ ފަރާތްތަކުގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތާއި، ހުންނަންޖެހޭ ށަރުތުތައް  

ހ) ދައުލަތުގެ ޕްރޮކިއުމަންޓުގައި ބައިވެރިވުމަށް، ބީލަން ހުށަހަޅާ ފަރާތްތަކުގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ. 

  1. ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމަށް ހެދިފައިވާ އެންމެހައި އެސޫލުތަކާ އެއްގޮތަށް އަމަލުކުރުން.
  2. ދެފަރާތުގެ ދެމެދުގައި ހެދޭ ކޮންޓްރެކްޓް ނުވަތަ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުން. އަދި ކޮންޓްރެކްޓާބެހޭ އެހެނިހެން ލިޔުންތަކުގަައި ބަޔާންކުރެވިފައިވާ އެންމެހައި ކަންތައްތައް ފުރިހަމަކުރުން.
  3. މިނިސްޓްރީން އެކުލަވައިލާ ޕްރޮކިއުމަންޓުގައި މަސައްކަތްކުރާ 
    މުވައްޒަފުންނާއި، ބީލަންވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރުން.

(ށ) ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ށަރުތުތައް ތިރީގައި މިވަނީއެވެ.

  1. ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ގާނޫނީ  ހައިސިއްޔަތު ބީލަން ހުށަހަޅާ ފަރާތްތަކުގައި އޮތުން.
  2. މި ގަވާއިދުގެ 17 ވަނަ ބާބުގައިވާ ގޮތުގެމަތިން ސަސްޕެންޑް ކުރެވިފައިވާ ފަރާތެއް ކަމުގައި ނުވުން.
  3. ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުންވެސް އެ މަސައްކަތެއްގެ ބާވަތާއި، ކުޑަބޮޑުމިނަށް ބަލައި، އެ މަސައްކަތް ހަވާލުކުރާ އޮފީހަކުން ކަނޑައަޅާ އިތުރު ށަރުތުތައް.

 

10.34 ވަނަ މާއްދާ - ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ގާބިލުކަމާއި ފެންވަރާއި  ވަސީލަތްތައް ހުރިތޯ ބެލުން 

(ހ) ބީލަމަކަށް ހުޅުވާލެވޭ ޕްރޮޖެކްޓެއްގެ މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ، އެކަމެއް ކުރުމުގެ ގާބިލުކަމާއި އެކަމެއް އެންމެ އެދެވޭގޮތުގައި ކުރުމުގެ ވަސީލަތްތައް ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ ގޮތުން، އެ ބީލަމަކަށް އެކަށީގެންވާގޮތަށް ބީލަމުގައި  ބައިވެރިވާ ފަރާތްތަކުގައި ހުންނަންޖެހޭ ހުނަރުވެރިކަމާއި، ގާބިލުކަމާއި، ފެންވަރު ބަލާނޭ ކްރައިޓީރިއާއެއް ބީލަންކުރާ ފަރާތުން ކަނޑައަޅަންވާނެއެވެ.

(ށ) ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ހުނަރުވެރިކަމާއި ގާބިލުކަމާއި ފެންވަރު ބަލާނޭ ކްރައިޓީރިއާ ބީލަމުގެ މައުލޫ ާމތުދޭ ކަރުދާހުގައި ނުވަތަ އިއުލާނުގައި ނުވަތަ ޕްރީ-ކޮލިފިކޭށަން ޑޮކިއުމަންޓުގައި ނުވަތަ އެ ބީލަމަކާ ބެހޭ ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. މިގޮތުން ފެންވަރު ބެލުމުގެ ކްރައިޓީރިއާ ތައްޔާރުކުރުމުގައި ތިރީގައިމިވާ ބައިތައް ހިމެނިދާނެއެވެ.

  1. ޕްރޮފެށަނަލް އަދި ފަންނީ ފެންވަރު
  2. މާލީވަސީލަތްތަކާއި، ގާބިލުކަމާއި، ހާލަތު
  3. އިކުއިޕްމަންޓާއި، އެހެނިހެން ވަސީލަތްތައް
  4. މުވައްޒަފުންނާއި، ހިންގުމުގެ ފެންވަރު
  5. ކުރިން ކޮށްފައިވާ ގުޅުންހުރި އެހެން ޕްރޮޖެކްޓްތަކުގެ ރިކޯޑު
  6. .މިހާރު ކުރަމުންދާ މަސައްކަތްތަކާއި، އެފަރާތެއްގައި ހުރި ގާބިލުކަމާއި ހުނަރު، އަދި އެކަމަކަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަ އެކަން.
  7. ށަރުއީ ކޯޓެއްގައި ހިނގަމުންދާ ުނވަތަ ހިނގާފައިވާ މައްސަލައެއް އޮތްނަމަ އެކަމެއް.
  8. ރާއްޖޭގައި ރަޖިސްޓްރީކުރެވި އަދި ހޯދަންޖެހޭ ލައިސަންސް ހޯދާފައިވާ ފަރާތެއްނަމަ އެކަން، ނުވަތަ ބީލަމުގައި ބައިވެރިވާފަރާތަކީ އެފަރާތެއް ނިސްބަތްވާ އަމިއްލަ ގައުމުގައި ރަޖިސްޓަރީވެފައިވާ ފަރާތެއްނަމަ އެކަން.

(ނ) ބީލަމަށް ހުޅުވާލެވޭ އިއުލާނުގައި ނުވަތަ ޕްރީ-ކޮލިފިކޭށަން ޑޮކިއުމަންޓުގައި ނުވަތަ މައުލޫމާތުދޭ ކަރުދާހުގައި ނުވަތަ އެ ބީލަމަކާ ބެހޭ ބިޑް ޑޮކިއުމަންޓުގައި، ބީލަމުގައި ބައިވެރިވެވޭ ފަރާތްތަކުގެ ފެންވަރު ބަޔާންކޮށްފައި އޮތުމާއެކު، އެފަރާތުގެ ފެންވަރު ދެނެގަތުމުގެގޮތުން ހުށަހަޅަންޖެހޭނޭ ލިޔުންތަކާއި އެހެނިހެން މައުލޫމާތުތައް ބަޔާންކުރަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީހަކުން ހުޅުވައިލާ ބީލަމެއްގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ފެންވަރު ބެލުމުގައި، މި ގަވާއިދުގެ 10.40 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހޮވޭ ފަރާތްތަކަކީ ކޮންޓްރެކްޓް ހަވާލުކުރަން އެކަށީގެންވާ ގާބިލު ފަރާތްތަކެއް ކަމުގައި ޕްރީ-ކޮލިފައި ކުރެވިދާނެއެވެ. 

(ބ) ހިދުމަތް ހޯދުމަށް ބީލަމަށް ހުޅުވާލެވޭ ޕްރޮޖެކްޓުތަކުގައި ބައިވެރިވާ ފަރާތްތަކުގެ ފެންވަރު ބެލުމަށް މި ގަވާއިދުގެ 10.42 ވަނަ މާއްދާގައިވާ ގޮތުގެމަތިން ށޯޓްލިސްޓްކުރުމުގެ މަރުހަލާއެއް ކުރިޔަށް ގެންދެވިދާނެއެވެ. މިގޮތުން ށޯޓްލިސްޓްކުރަންވާނީ ބީލަމުގައި ބައިވެރިވުމުގެ ށައުގުވެރިކަން ހާމަކުރުމަށް އެދި ކުރެވޭ އިއުލާނުގައި ނުވަތަ މައުލޫމާތުދޭ ކަރުދާހުގައި ނުވަތަ ބިޑް ޑޮކިއުމަންޓުގައި
ބަޔާންކުރެވިފައިވާ މައުލޫމާތާ އެއްގޮތަށެވެ.

 

10.35 ވަނަ މާއްދާ - ބީލަމުގައި ބައިވެރިވާ ފަރާތްތައް (ބީލަންވެރިން) ރަޖިސްޓަރީކުރުން

(ހ) ބީލަމުގައި ބައިވެރިވާ ފަރާތްތައް ނުވަތަ ސަޕްލަޔަރުން ރަޖިސްޓަރީކޮށް އެ މައުލޫމާތު މަރުކަޒީ އުސޫލުން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކުރަމުން ގެންދިޔުމަށް ނުވަތަ ދައުލަތުގެ ވަކި އޮފީސްތަކަކުން ކުރަމުން
ގެންދިޔުމަށް މިނިސްޓަރަށް ނިންމިދާނެއެވެ.

(ށ) ސަޕްލަޔަރުން ރަޖިސްޓަރީކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލާފައި އޮންނަންވާނެއެވެ. އަދި ރަޖިސްޓަރީކުރުމަށް އެދޭ ސަޕްލަޔަރުން އެކަށީގެންވާ ކުރު މުއްދަތެއްގެ ތެރޭގައި ރަޖިސްޓަރީކުރެވެންވާނެއެވެ.

(ނ) ރަޖިސްޓަރީކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ދައުލަތުގެ އޮފީހަކުން ތިރީގައިމިވާ މައުލޫމާތު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

  1. ސަޕްލަޔަރުން ރަޖިސްޓަރީކުރުމާއި، އެފަރާތްތަކާބެހޭ މައުލޫމާތު ބެލެހެއްޓޭ ފަދަ ސިސްޓަމެއް ގާއިމުކުރެވިފައިވާކަމާއި، ރަޖިސްޓަރީކުރާކަން.
  2. ރަޖިސްޓަރީކުރުމުގެ އުސޫލުތަކާއި، ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭ މައުލޫމާތު
  3. ރަޖިސްޓަރީކުރަން އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތަކާއި، އަދި ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް.
  4. ރަޖިސްޓަރީކޮށްދެވޭނެ މުއްދަތާއި، ރަޖިސްޓަރީ އިތުރަށް ފުރިހަމަކުރުމަށް އިތުރު މައުލޫމާތު ބޭނުންވާނަމަ އެކަމެއް. 

 

10.36 ވަނަ މާއްދާ - ޕްރޮކިއުކުރުމުގައި ބޭނުންވާ ކަންތައްތައް ލިޔުމުން ބަޔާންކުރުން (ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް) 

(ހ) ޕްރޮކިއުކުރުމުގައި، ގަންނަން ބޭނުންވާ ތަކެތި، ނުވަތަ ކުރަން ބޭނުންވާ މަސައްކަތް ނުވަތަ ހޯދަން ބޭނުންވާ ހިދުމަތުގެ ފުރިހަމަ ތަފުސީލު ހިމެނޭގޮތަށް ލިޔުމެއް ތައްޔާރުކުރަންވާނެއެވެ. މިގޮތުން ލިޔުން ތައްޔާރުކުރާއިރު، ސްޕެސިފިކޭށަން، ކުރެހުން، ބިލްސް އޮފް ކުއަންޓިޓީ، ޑެލިވަރީ ނުވަތަ މަސައްކަތް ނިންމަންޖެހޭ ށެޑިއުލް، ޓަރމްސް އޮފް ރިފަރެންސް ނުވަތަ މިކަމަށް ބޭނުންވެދާނެ އެހެން އެއްވެސް މައުލޫމާތެއްވާނަމަ، އެ މައުލޫމާތެއް ހިމަނަންވާނެއެވެ.

(ށ) ޕްރޮކިއުކުރުމަށް ތައްޔާރުކުރާ ބީލަންފޮތުގައި ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ދައުލަތުގެ އޮފީސްތަކަށް އެފަހަރަކަށް ޕްރޮކިއުކުރަން ބޭނުންވާ އެއްޗެއް، މަސައްކަތެއް ނުވަތަ ހިދުމަތަކާ ބެހޭ އެންމެހައި މައުލޫމާތު، އެފަހަރަކަށް ތައްޔާރުކޮށް ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ދޫކުރާ ބީލަންފޮތުގައި ހިމެނުން.
  2. މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ މައުލޫމާތުގެ އިތުރަށް ބީލަންވެރިން ހުށަހަޅާ ބީލަންތައް ދިރާސާކޮށް ފެންވަރު ބަލާނެ ގޮތުގެ މިންގަނޑު (އިވެލުއޭށަން ކްރައިޓީރިއާ) ޕްރޮކިއުކުރެވޭ ބީލަންފޮތުގައި ހިމެނުން. 
  3. ބީލަމާއެކު ބީލަންވެރިން ހުށަހަޅަންޖެޭހ އެންމެހައި މައުލޫމާތުތައް ހުށަހަޅަންޖެހޭ ގޮތުގެ ނަމޫނާ (ފޯމެޓް) އާއި، ބީލަމާއެކު ހުށަހަޅަންޖެހޭ ގެރެންޓީ ނުވަތަ ސެކިއުރިޓީފަދަ ތަކެތީގެ ނަމޫނާ ބީލަންފޮތުގައި ހިމެނުން.

(ނ) ބީލަންފޮތުގައި ހިމެނޭ ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް ތައްޔާރުކުރުމުގައި ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަންދޭން ވާނެއެވެ.

  1. ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާއެކު ވާދަވެރިކަމަށް ހުޅުވާލެވޭ ބީލަމެއްކަން. 
  2. އެއްބާވަތެއްގެ ބީލަންތަކަށް ޕޮއިންޓް ދިނުމަށް އާންމުކޮށް ކަނޑައަޅާފައިވާ އުސޫލުތަކަށް ބަދަލު ނުގެނައުން.
  3. ބީލަމަށް ހުޅުވާލައިގެން ހޯދާ ތަކެއްޗަކީ ނުވަތަ ކުރުވާ މަސައްކަތަކީ ނުވަތަ ހޯދާ ހިދުމަތަކީ އެ އޮފީހެއްގެ ބޭނުންތައް ހާސިލުވާނޭހެން އެކަށީގެންވާ ފެންވަރުގައި ކުރެވޭ ކަމަކަށްވުން. 

 (ރ) ބީލަމެއްގައި ހޯދަން ބޭނުންވާ އެއްޗެއްގެ ނުވަތަ ކުރަން ބޭނުން މަސައްކަތެއް ނުވަތަ ބޭނުންވާ ހިދުމަތެއް ހާސިލުކުރުމުގައި ބޭނުންވާ ކަންތައްތައް ކަނޑައަޅަންވާނީ އެކަމަކަށް އެންމެ އެކަށީގެންވާ ފަންނީ އަދި ފެންވަރު ހިމަނައިގެންނެވެ.

(ބ) ބީލަމެއްގައި ބޭނުންވާ ކަންތައްތައް ކަނޑައެޅުމުގައި، އެކަމެއް ބުނެދެވޭނެ ނުވަތަ ތަފުސީލުދެވޭނެ އެއްވެސް ގޮތެއް ނެތް ހިނދެއްގައި މެނުވީ، ވަކި ބްރޭންޑް ނަމެއް، ޑިޒައިނެއް، ޓްރޭޑްމާކެއް، ވައްތަރެއް، އަސްލު އުފެއްދުން އުފައްދާ ފަރާތް ނުވަތަ ކެޓަލޮގަކަށް ރިއާޔަތްކޮށްގެން ނުވާނެއެވެ. ބޭނުންވާ ކަންތައްތައް ކަނޑައެޅުމުގައި އިސްވެ ބަޔާންކުރެވުނުގޮތަށް ރިއާޔަތްކުރަނީނަމަ، އެއާ އެއްފެންވަރުގެ އެހެން އުފެއްދުންތައް ގަބޫލުކުރަންވާނެއެވެ. އަދި ހުށަހެޅޭ ބީލަންތައް ދިރާސާކުރުމުގައި ކުރިން ބުނެވުނުފަދަ ވަކި ވައްތަރެއް ބަލަންވާނީ އިވެލުއޭޓްކުރުމުގައި ގެންގުޅެވޭ އާންމު މިންގަނޑަކަށެވެ.

(ޅ) މި މާއްދާގެ (ބ) ގައި ވަކި ގޮތަކަށް ބަޔާންކުރެވިފައިވީނަމަވެސް، ޓެކްނިކަލް ކޮމްޕެޓިބިލިޓީއަށާއި ސަރވިސްކުރުމަށް ނުވަތަ މަރާމާތުކުރުމަށް ނުވަތަ ވޮރަންޓީގެ ށަރުތުތައް ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ޕްރޮކިއުކުރުމަށް ހުޅުވާާލފައިވާ ބީލަމުގައި ބަޔާންކުރެވިފައިވާ ށަރުތުތަކުގެ ތެރޭގައި ވަކި ޓްރޭޑްމާކެއް، ބްރޭންޑް ނަމެއް، ޕޭޓެންޓެއް، ވައްތަރެއް، ބާވަތެއް، ވަކި އަސްލެއް، ވަކި ފަރާތަކުން އުފައްދާފައިވާ އެއްޗެއް، ކެޓަލޮގް ނަންބަރު ހިމެނުމަށް ލާޒިމުކުރެވިދާނެއެވެ.

 

10.37 ވަނަ މާއްދާ - ބީލަންފޮތް (ބިޑް ޑޮކިއުމަންޓް) 

(ހ) ބީލަމަށް ހުޅުވާލެވޭ ކޮންމެ ޕްރޮޖެކްޓެއްގެ ބީލަން ކުރިޔަށް ގެންދިޔުމުގައި ބޭނުންކުރަންވާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އެކަމަކަށް ތައްޔާރުކުރާ، ނުވަތަ އެފަރާތުން އެކުލަވައިލައި ފާސްކޮށް އާންމުކޮށްފައިވާ ބިޑް ޑޮކިއުމަންޓެކެވެ.

(ށ) ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުމުގައި، މަދުވެގެން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށްދާނެ ގޮތާއި، އަމަލުކުރާނެ އުސޫލުތައް.
  2. ބީލަމަށް ހުޅުވާލެވޭ ޕްރޮޖެކްޓެއްގެ ބޭނުންތަކާއި، ވައްތަރާއި، ފަންނީ މިންގަނޑާއި، ގާބިލު ބަޔަކު ހޮވުމުގައި ބަލާނެ މިންގަނޑުތައް ތަފުސީލުކޮށް "ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް" ގެ ގޮތުގައި.
  3. ބީލަމުގައި ބޭނުންކުރާނެ އެއްބަސްވުން (ކޮންޓްރެކްޓް) އޮންނާނެ ގޮތާއި، އެއްބަސްވުމުގެ މާއްދާތަކާއި އެ ޕްރޮޖެކްޓެއްގައި ހިމެނޭ ކަންތައްތަކާއި އަމަލުކުރަންޖެހޭ ގޮތްތައް.
  4. ބީލަންތައް އިވެލުއޭޓްކުރާނެ ގޮތާއި، އިވެލުއޭޓްކުރުމުގައި ބޭނުންކުރެވޭ ކްރައިޓީރިއާއާއި، ބީލަން ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ ގޮތްތައް. 
  5. ބީލަމާއެކު ބީލަންވެރިން ހުށަހަޅަންޖެޭހ އެންމެހައި މައުލޫމާތުތައް ހުށަހަޅަންޖެހޭ ގޮތުގެ ނަމޫނާ (ފޯމެޓް) އާއި، ބީލަމާއެކު ހުށަހަޅަންޖެހޭ ގެރެންޓީ ނުވަތަ ސެކިއުރިޓީފަދަ ތަކެތީގެ ނަމޫނާ.

 

10.38 ވަނަ މާއްދާ - އާންމުކޮށް އިއުލާނުކޮށްގެންނާއި، އެހެނިހެން ގޮތްގޮތުމް ބީލަން އާންމުކުރުމާއި، ށާއިއުކުރުން

(ހ) ބީލަންތައް އާންމުކޮށް ހުޅުވާލާއިރު، ބީލަމުގެ ވައްތަރާއި، ޕްރޮކިއުމަންޓުގެއުސޫލުތަކާއި، ފަންނީ މިންގަނޑުތަކާއި، ކޮލިފައިވުމަށް ބޭނުންވާނެ ށަރުތުތައްބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އާންމުކޮށް ހުޅުވާލާ ބީލަންތަކަށް، އެކަމަށް ގާބިލު ފަރާތްތަކުން ބީލަން ހުށަހެޅުމަށް އިއުލާނުކުރާނީ ނުވަތަ އާންމުކުރާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

  1. ސަރުކާރުން ޕްރޮކިއުމަންޓުގެ އިއުލާނުތައް އާންމުކުރުމަށް ހަމަޖައްސާ ވެބްސައިޓެއްގައި ހިމެނުމުގެ އިތުރަށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްގެން.
  2. މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތަށް އާންމުކުރުމާއި، ޕްރޮކިއުކުރާ އޮފީހެއްގެ އާންމު ނޯޓިސްބޯޑުގައި ބެހެއްޓުމުގެ އިތުރުން އެފަދަ އިއުލާންތައް އާންމުކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓައިގެން.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް އަމަލުކުރުމުގެ އިތުރުން ބޭނުންވެއްޖެ ހާލަތެއްގައި ނުވަތަ އެއީ އެންމެ އެކަށީގެންވާ ގޮތްކަމަށް ފެންނަ ހާލަތްތަކުގައި، ޗާޕުކުރެވިގެން ނުކުންނަ ނޫސް، މަޖައްލާތަކުގައި ށާއިއުކޮށްގެން އާންމުކުރެވިދާނެއެވެ.

(ރ) ބީލަން އާންމުކުރުމަށް ކުރާ އިއުލާން، އެ އިއުލާން އާންމުކުރުމަށް ކަނޑައަޅާ އުސޫލެއްގެ މަތިން ށާއިއުކޮށް އާންމުކުރަންވާނެއެވެ. އަދި އެ ބީލަމަކާ ބެހޭ މައުލޫމާތު ދިނުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް މި ގަވާއިދުގެ 10.43 ވަނަ މާއްދާގެ (ބ) ގައިވާ މުއްދަތު ދޭންވާނެއެވެ.

(ބ) ތިރީގައިމިވާފަދަ ޕްރޮޖެކްޓްތައް، ބައިނަލްއަގުވާމީ ފެންވަރެއްގައި ދައުރުވާ ޗާޕުކުރެވިގެން ނުކުންނަ ނޫސް، މަޖައްލާތަކުގެ ތެރެއިން މަދުވެގެން 2 (ދޭއް) ނޫސް، މަޖައްލާއެއްގައި ށާއިއުކުރެވިދާނެއެވެ.

  1. ޕްރޮކިއުމަންޓުގެ އަގު، މި ބާބުގެ ޖަދުވަލު 2 ގެ 4 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ މިންވަރުގެ ޕްރޮޖެކްޓުތައް. 
  2. އެކަށީގެންވާ ވާދަވެރި މާހައުލެއްގައި ބީލަންކުރުމުގެ ފުރުސަތު، ބައިނަލްއަގުވާމީ ފަރާތްތަކަށް ހުޅުވާލަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ނިންމާ ޕްރޮޖެކްޓުތައް.

 

10.39 ވަނަ މާއްދާ - ބީލަމުގައި ބައިވެރިވާ ފަރާތްތައް ހޮވުން 

ބީލަމުގައި ބައިވެރިވާ ފަރާތްތައް ހޮވާނީ، ތިރީގައިމިވާ ގޮތުގެމަތިން އެ ބީލަމެއްގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ގޮތްތަކަށް ބަލައިގެންނެވެ.

(ހ) މި ގަވާއިދުގެ 10.38 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާގޮތަށް އާންމުކޮށް އިއުލާންކޮށްގެން ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކޮށްގެން، ނުވަތަ މި ގަވާއިދުގެ 10.40 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން އާންމުކޮށް އިއުލާންކޮށްގެން ހުށަހަޅާ ފަރާތްތައް ޕްރީ-ކޮލިފައިކޮށްގެން.

(ށ) މި ގަވާއިދުގެ 10.41 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާގޮތަށް ބީލަމުގައި ބައިވެރިވުމުގެ ށައުގުވެރިކަން ހުށަހެޅުމަށް އާންމުކޮށް އިއުލާނުކޮށް ށައުގުވެރިކަން ހުށަހަޅާ ފަރާތްތައް  ށޯޓްލިސްޓްކޮށް އެފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު (ރިކްއެސްޓް ފޮރ ޕްރޮޕޯސަލް) ފޮނުވައިގެން.

(ނ) މި ގަވާއިދުގެ 10.42 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާގޮތަށް ށޯޓްލިސްޓްކޮށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ވަކި ފަރާތްތަކަކަށް އެކަނި ހުޅުވާލައިގެންނާއި އެކި ފަރާތްތަކުން ކޯޓޭށަން ހޯދައިގެން.

(ރ) އެއްފަރާތަކުން ލިބެން ހުންނަ ތަކެތި ހޯދުމަށް އެފަރާތެއް ކަނޑައަޅައިގެން.

 

10.40 ވަނަ މާއްދާ - ކޮންޓްރެކްޓަރުން ޕްރީ-ކޮލިފައިކުރުން

(ހ) ކޮންޓްރެކްޓެއް ހަވާލުކުރާނޭ އެކަށީގެންވާ ގާބިލު ފަރާތެއް ކަނޑައެޅުމުގައި، ތިރީގައިމިވާ ގޮތުގެމަތިން ކޮންޓްރެކްޓަރުން ޕްރީ-ކޮލިފައި ކުރެވިދާނެއެވެ.

  1. އެ ކޮންޓްރެކްޓެއްގެ ދަށުން ގަންނަން ބޭނުންވާ ތަކެއްޗަކީ ނުވަތަ ކުރަން ބޭނުންވާ މަސައްކަތަކީ ނުވަތަ ހޯދަން ބޭނުންވާ ހިދުމަތަކީ ވަކި ހާއްސަ ހުނަރެއް ބޭނުންވާ ނުވަތަ ވަކި ގޮތްތަކެއް ކަނޑައެޅިފައިވާ ނުވަތަ އެކަމެއް
    ފަރުމާކުރުމުގެ ތަފުސީލު ބޭނުންވާ ކޮންޓްރެކްޓަކަށްވުން.
  2. ބީލަން ތައްޔާރުކުރުމަށް ކުރަންޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން ބީލަމުގައި ބައިވެރިވާނޭ ފަރާތްތައް މަދުވެ، ވާދަވެރިކަން ކުޑަވެދާނެ ފަދަ ކޮންޓްރެކްޓަކަށްވުން.
  3. ހުށަހެޅޭ ބީލަންތައް ތަފުސީލުކޮށް ދިރާސާކުރަން ޖެހުމާއި، ގިނަ އަދަދެއްގެ ބީލަންތައް ދިރާސާކުރުމަށްޓަކައި ވަގުތު ހޭދަވުމާއި، ސަރުކާރުގެ އިދާރާއަކުން އެކަމަށް ކުރަންޖެހޭ ހަރަދު ބޮޑުވެދާނެފަދަ ކޮންޓްރެކްޓަކަށްވުން.

(ށ) ދައުލަތުގެ އޮފީހަކުން ކޮންޓްރެކްޓަރުން ޕްރީ-ކޮލިފައި ކުރަނީނަމަ، އެކަމަށް ށަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޕްރީ-ކޮލިފައިވުމަށް ފުރުސަތު އޮންނާނޭހެން މި ގަވާއިދުގެ 10.38 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކަމެއް އާންމުކުރަންވާނެއެވެ.

(ނ) ޕްރީ-ކޮލިފިކޭށަނުގައި ބައިވެރިވުމަށް އެދޭ ހުރިހާ ބީލަންވެރިންނަށް ޕްރީ- ކޮލިފިކޭށަން ބީލަންފޮތް ދޫކުރަންވާނެއެވެ. މިގޮތުން ދޫކުރެވޭ ބީލަންފޮތުގައި، ޕްރީ-ކޮލިފިކޭށަން ކްރައިޓީރިއާއާއި ޕްރީ-ކޮލިފިކޭށަން ށަރުތުތައް، އަދި ބީލަންފޮތް ފުރިހަމަކުރާނެ ގޮތާއި ހުށަހަޅާނޭ ގޮތުގެ މައުލޫމާތު ހިމަނަންވާނެއެވެ.

(ރ) ޕްރީ-ކޮލިފައިކުރެވޭ ހުރިހާ ަފރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ދޭންވާނެއެވެ.

 

10.41 ވަނަ މާއްދާ - ލަފާދިނުމާއި ހިދުމަތް ހޯދުމުގައި އެކަމަށް ށައުގުވެރިކަން ހުރި ފަރާތްތައް ހޯދުން

(ހ) ލަފާދިނުމާއި ހިދުމަތް ހޯދުމުގައި އެކަމަށް ށައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް އާންމުކޮށް ކުރެވޭ އިއުލާނުގައި ނުވަތަ މައުލޫމާތު ދިނުމަށް ތައްޔާރުކުރާ ކަރުދާހުގައި، އެކަމެއްގެ ބާވަތާއި ފުރިހަމަ ތަފުސީލު، އަދި ބީލަން ހުށަހަޅާ ފަރާތްތަކުގެ ތަޖުރިބާއާއި މަސައްކަތުގައި ށާމިލުވާ މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ހުނަރު، އަދި އެ ކޮންޓްރެކްޓެއް ހަވާލުކުރެވޭ ފަރާތަކުން އެ މަސައްކަތެއް އެންމެ ފުރިހަމަގޮތުގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކޮންމެހެން ބަލަން ބޭނުންވާން ކަންތައްތައް ("މިނިމަމް ރިކުއަޔަރމެންޓް")ހިމަނައިގެން ށޯޓްލިސްޓްކުރުމުގައި ބަލާނޭ ކްރައިޓީރިއާއެއް ހިމެނިފައި އޮންނަންވާނެއެވެ.

(ށ) ލަފާދިނުމާއި ހިދުމަތް ހޯދުމުގައި، އެކަމަށް ށައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާނުކުރަންވާނީ ނުވަތަ ށާއިއުކުރަންވާނީ މި ގަވާއިދުގެ 10.38 ވަނަ މާއްދާގެ (ށ) އިން އެ މާއްދާގެ (ރ) އަށް ބުނެވިފައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ.

(ނ) ބީލަމުގައި ބައިވެރިވާނޭ އެކަށީގެންވާ ފަރާތްތަކެއް ށޯޓްލިސްޓްކުރުމުގެގޮތުން ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް، އިއުލާނުގައި ބުނެވިފައިވާ ނުވަތަ މައުލޫމާތު ދިން ކަރުދާހުގައިވާ ކްރައިޓީރިއާއާ އެއްގޮތަށް އިވެލުއޭޓްކުރަންވާނެއެވެ.

(ރ) ބީލަމުގެ ވާދަވެރިކަން ދެމެހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދެއްގެ ބައެއް ށޯޓްލިސްޓްކުރަންވާނެއެވެ. އަދި މިގޮތުން 3 (ތިނެއް) ފަރާތަށްވުރެ މަދުނޫން އަދަދެއްގެ ބީލަންވެރިން ށޯޓްލިސްޓްކުރެވޭތޯޯ ބަލަންވާނެއެވެ.

(ބ) ބީލަމުގައި ބައިވެރިވުމުގެ ށައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ާގބިލު ފަރާތްތަކުގެ އަދަދު 6 (ހައެއް) އަށްވުރެ ގިނަނަމަ ކްރައިޓީރިއާގައިވާ ށަރުތުތަކާއި އެހެނިހެން ކަންތައްތަކަށް ބެލުމަށްފަހު އޭގެތެރެއިން އެންމެ ގާބިލު ފަރާތްތައް ހޮވާނީއެވެ. 

 

10.42 ވަނަ މާއްދާ - ށޯޓްލިސްޓްކުރުން

(ހ) މި ގަވާއިދުގެ 10.40 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ދައުލަތުގެ އޮފީސްތަކުން ހުޅުވާލާ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު، އެކަމަކަށް ށޯޓްލިސްޓްކުރާ ފަރާތްތަކަށް އެކަނި ދޭގޮތަށް ހަމަޖައްސާނަމަ، އެފަރާތްތައް ށޯޓްލިސްޓްކުރަންވާނީ ތިރީގައިމިވާ ގޮތްތަކަށް ބަލާފައެވެ. 

  1. މި ގަވާއިދުގެ 10.23 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެވިފައިވާ ފަދައިން، އެކަމެއް ކުރަނީ މަދު ނުވަތަ ވަކި ފަރާތްތަކަކުން ކަމަށްވުން.
  2. ށޯޓްލިސްޓްކުރުމުގައި އެކަމެއް ކުރަމުންގެންދާ ތަޖުރިބާހުރި މަދުވެގެން 3 (ތިނެއް) ފަރާތެއް ހިމެނުން. 

 (ށ) ބީލަމުގައި ބައިވެރިވާ ފަރާތްތައް ށޯޓްލިސްޓްކުރުމުގައި، އެ ބޭނުންވާ ކަމެއް ފުރިހަމަ ނުކުރެވޭނެކަމަށް ފެންނަ ފަރާތްތައް ށޯޓްލިސްޓްކޮށްގެން ނުވާނެއެވެ. ށޯޓްލިސްޓްކުރެވޭ ފަރާތްތަކަކީ ބޭނުންވާ މިންވަރަށް ގާބިލުކަމާއި ފެންވަރާއި ހުނަރުހުރި ބަޔަކަށް ވާންވާނެއެވެ. 

(ނ) ބީލަމެއްގައި ބައިވެރިވުމަށް ށޯޓްލިސްޓްކުރެވޭ ފަރާތްތަކަކީ އެއްފަރާތަކަށް ނިސްބަތްވާ ނުވަތަ އެއްފަރާތަކުން ކޮންޓްރޯލްކުރާ ފަރާތްތަކަކަށް ވެގެން ނުވާނެއެވެ. 

 

10.43 ވަނަ މާއްދާ - ބީލަންކުރުމުގެ މަރުހަލާތައް

(ހ) ބީލަމުގައި ބައިވެރިވާ ފަރާތްތަކާއި ށޯޓުލިސްޓްކުރެވޭ ފަރާތްތަކުގެ މައުލޫމާތު ބީލަމުގެ ކަންތައް ކުރާ ދައުލަތުގެ އޮފީސްތަކުން ބަލަހައްޓަންވާނެއެވެ.

(ށ) ބީލަމަށް ތައްޔާރުކުރެވިފައިވާ ބީލަންފޮތް ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ވިއްކިދާނެއެވެ. ބީލަންފޮތުގެ އަގު ކަނޑައެޅުމުގައި އާންމުގޮތެއްގައި ބަލަންވާނީ، ބީލަންފޮތް ޕްރިންޓްކޮށްގެން ނުވަތަ ކޮޕީ ހައްދައިގެން ވިއްކުމަށް ހިނގާނޭ ހަރަދުތަކުގެ މައްޗަށެވެ. އަދި މީގެ އިތުރުން އެ ބީލަމެއްގެ ޑިމާންޑަށް ބަލާފައި ބީލަންފޮތް ވިއްކާ އަގަށް ބަދަލެއް ގެނެވިދާނެއެވެ.

(ނ) ބީލަމުގައި ބައިވެރިވުމަށް ޕްރީ-ކޮލިފައިވެފައިވާ ނުވަތަ ށޯޓްލިސްޓްކުރެވިފައިވާ ފަރާތްތަކެއް ވަނީނަމަ، އެފަރާތްތަކަށް ބީލަންފޮތް ދޫކުރަންވާނީ އެއްވަގުތެއްގައެވެ.

(ރ) ބީލަން ހުށަހެޅުމުގެ ސުންގަޑި ކަނޑައެޅުމުގައި، އެ ބީލަމެއްގައި ބައިވެރިވާ ފަރާތްތަކަށް ބީލަންފޮތް ލިބިގަތުމަށާއި، ބީލަން ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތު ދޭންވާނެއެވެ.

(ބ) ބީލަންފޮތް ފުރިހަމަކޮށްގެންނާއި އެނޫން ގޮތްގޮތުން ހުށަހަޅާ ބީލަންތަކުގައި ބީލަން ހުށަހެޅުމަށް ދެވޭނެ އެންމެ ކުރު މުއްދަތު ތިރީގައި މިވަނީއެވެ. މުއްދަތު ގުނަން ފަށާނީ ދައުވަތުދޭ ދުވަހުން ފެށިގެންނެވެ.

  1. އާންމުކޮށް އިއުލާނުކުރެވޭ ބީލަންތަކުގައާއި، ރިކްއެސްޓް ފޮރ ޕްރޮޕޯސަލްއާ ގުޅިގެން ބީލަން ހުށަހެޅުމަށް 1 (އެކެއް) ހަފުތާއާއި 4 (ހަތަރެއް) ހަފުތާއާ ދެމެދުގެ މުއްދަތެއް ދިނުން.
  2. ވަކި ފަރާތްތަކަކަށް ބީލަމުގައި ބައިވެރިވުމަށް ހުޅުވާލެވޭ ބީލަމެއްގައި ބީލަން ހުށަހެޅުމަށް 1 (އެކެއް) ހަފުތާއާއި 3 (ތިނެއް) ހަފުތާއާ ދެމެދުގެ މުއްދަތެއް ދިނުން.
  3. އެކި ފަރާތްތަކުން ކޯޓޭށަން ހޯދައިގެން ކުރާ ކަންތައްތަކުގައި ބީލަން ހުށަހެޅުމަށް 1 (އެކެއް) ދުވަހާއި 7 (ހަތެއް) ދުވަހާ ދެމެދުގެ މުއްދަތެއް ދިނުން.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތަށް ބީލަންކުރުމުގެ މުއްދަތު ކަނޑައެޅުމުގައި، އެ ބީލަމަކަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތަކަށާއި، ހުށަހަޅަންޖެހޭ ލިޔުންތަކަށާއި، އެކި ކަންތައްތަކުގެ ތަފުސީލު ބޭނުންވާ މިންވަރަށާއި، ބީލަމުގެ ބާވަތާއި ބީލަން ހުށަހެޅުމަށް ތައްޔާރުކުރަންޖެހޭނެ މައުލޫމާތުތަކަށް ރިއާޔަތްކުރަންވާނެއެވެ.

(ކ) ކުއްލި ހާލަތެއް މެދުވެރިވެގެން ކުރާ ބީލަމެއްގެ މުއްދަތު ކަނޑައެޅުމުގައި މި މާއްދާގެ (ބ) ގައި ބަޔާންކުރެވިފައިވާގޮތަށް އަމަލުކުރުން ލާޒިމެއް ނޫނެވެ.

(އ) ބީލަމުގެ ކަންތައް ކުރިޔަށް ގެންދިޔުމުގައި، ތިރީގައިމިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

  1. ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި، ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ސާފުކުރުމަށް ބޭނުންވާ މައުލޫމާތެއް ސާފުކޮށްދިނުމުގެ ގޮތުން ޕްރޮޖެކްޓްގެ ބާވަތަށް ބަލައި ޕްރީ-ބިޑް ބައްދަލުވުމެއް އިންތިޒާމުކުރެވިދާނެއެވެ.
  2.  ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ޕްރޮޖެކްޓާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.
  3. މަސައްކަތްކުރުމަށް ވަކި ތަނެއް ކަނޑައެޅިފައިވަނީނަމަ، އެތަނަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެނެގަތުމަށްޓަކައި އެތަނަކަށް ދިޔުން ނުވަތަ ދިޔުމުގެ އިންތިޒާމު ހަމަޖައްސައިދެވިދާނެއެވެ.

(ވ) ބީލަމަކާ ގުޅޭގޮތުން ބާއްވާ ޕްރީ-ބިޑް ބައްދަ ުލވުމާއި، ސައިޓްވިޒިޓުގެ މައުލޫމާތު، ބީލަމަށް ދޫކުރެވޭ ބީލަންފޮތުގައި ނުވަތަ މައުލޫމާތުދޭ ކަރުދާހުގައި ނުވަތަ ބީލަމަށް އާންމުކޮށް ކުރެވޭ އިއުލާނުގައި އޮންނަންވާނެއެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ޕްރީ-ބިޑް ބައްދަލުވުމަށް ނުވަތަ ސައިޓްވިޒިޓަށް ދިޔުން ކޮންމެހެން ލާޒިމެއް ނޫނެވެ.

(މ) ބީލަމުގައި ދޫކުރެވޭ ބީލަންފޮތާއި ޑްރާފްޓް ކޮންޓްރެކްޓުގައި އެ ބީލަމެއްގެ ސައްހަކަން ދެމިގެންދާނެ މުއްދަތު (ބިޑް ވެލިޑިޓީ ޕީރިއަޑް) ބަޔާންކުރެވިފައި އޮންނަންވާނެއެވެ. އަދި އެ ބީލަމަކަށް ބޭނުންވާ ޕަރފޯޯމަންސް ސެކިއުރިޓީއާއި އެޑްވާންސް ޕޭމަންޓް، އަދި ގެރެންޓީއާބެހޭ މައުލޫމާތު ހިމަނަންވާނެއެވެ. 

 

10.44 ވަނަ މާއްދާ - ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން

(ހ) ބީލަމަށް ދޫކުރެވޭ ބީލަންފޮތުގައި ނުވަތަ ށާއިއުކުރާ ލިޔުމުގައި ނުވަތަ ދޫކުރެވޭ ލިޔުމުގައި އެ ބީލަމެއް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި (ސުންގަޑި) ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެ ބީލަމެއް ހުޅުވުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި (ސުންގަޑި) ވެސް ބަޔާންކޮށްފައި އޮންނަންވާނެއެވެ. ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިއަށްވުރެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިގަނެގެން ނުވާނެއެވެ.

(ށ) ބީލަން ބަލައިގަނެ ހުޅުވާ، ދައުލަތުގެ އޮފީސްތަކުން ތިރީގައިމިވާ ގޮތުގެމަތިން ކަންތައްތައް ހަމަޖައްސައި، އެއާ އެއްގޮތަށް އަމަލުކުރަމުން ގެންދަންވާނެއެވެ.

  1. ބީލަން ނުވަތަ އަންދާސީހިސާބު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުން.
  2. ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ވަގުތު ޖެހެންދެން ބަލައިގަނެވޭ ބީލަންތައް، ބީލަމުގެ ސިއްރު ހިފެހެއްޓޭނެގޮތަށް ރައްކާތެރިކަމާއެކު، ބަންދުކުރެވިފައިވާ ސިޓީއުރައިގައި ބެހެއްޓުން.
  3. ބީލަން ބަލައިގަތުމަށް ކަނޑައެޅިފައިވާ ސުންގަޑި ޖެހުމުން ބީލަން ބަލައިގަތުން ބަންދުކޮށް ސުންގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައިނުގަތުން.

(ނ) ހުށަހެޅޭ ބީލަންތައް ބަލައިގަންނަންވާނީ، ކަނޑައަޅާފައިވާ ގަޑީގައި އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި އަންދާސީހިސާބުތައް އެފަރާތްތަކުގެ ހާޒިރުގައި ކަނޑައި ބެލުމަށްފަހު އެފަރާތްތަކުން ހުށަހެޅި އަގާއި މުއްދަތު އެނގޭނޭގޮތަށް ލިޔެ ސޮއިކުރުވަންވާނެއެވެ. އަދި ބީލަން ގަބޫލުކުރުމަށް ހުށަހަޅަން ށަރުތުކޮށްފައިވާ ލިޔުންތައް ހުރިކަން ނުވަތަ ނެތްކަން މި ލިޔުމުގައި ބަޔާންކުރަންވާނެއެވެ. 

(ރ) އެކި ފަރާތްތަކަށް ދައުވަތުދީގެން ޕްރޮޕޯސަލް (ރިކްއެސްޓް ފޮރ ޕްރޮޕޯސަލް) ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޓެކްނިކަލް ޕްރޮޕޯސަލުން ފާސްވާ ފަރާތްތަކަށް އެކަން އެންގުމަށްފަހު އެފަރާތްތަކުން ހުށަހަޅާ ޕްރައިސް ޕްރޮޕޯސަލް ހުޅުވުމަށް ކަނޑައެޅިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑި ޖެހުމާއެކު މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ޕްރޮޕޯސަލްތައް ކަނޑައި ބެލުމަށްފަހު އެފަރާތްތަކުގެ ސޮއި ހޯދަންވާނެއެވެ. 

 (ބ) އަންދާސީހިސާބު ހުށަހަޅާއިރު، "އަންދާސީހިސާބު ހުށަހަޅާ ފޯމު" ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާ ބީލަންތަކުގައި އެ ފޯމު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ބަލައިގަންނައިރު، އެ ފޯމު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ގަބޫލެއް ނުކުރެވޭނެއެވެ.

(ޅ) އެކި ފަރާތްތަކުން ކޯޓޭށަން ހޯދައިގެން ކުރާ ކަންތައްތަކުގައި، އާންމުކޮށް ބީލަމަށް ހުޅުވާލުން ލާޒިމެއް ނޫނެވެ. ނަމަވެސް، އަންދާސީހިސާބުތައް ނުވަތަ ކޯޓޭށަންތައް ބަލައިގަންނާނޭ ނުވަތަ ހުށަހެޅޭނޭ އެންމެފަހުގެ ތާރީހަކާއި ވަގުތެއް ކަނޑައަޅައި، އެފަރާތްތަކަށް އެކަން އެންގުމަށްފަހު އެވަގުތެއް ޖެހުމުން އަންދާސީހިސާބު ނުވަތަ ކޯޓޭށަންތައް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ހުޅުވައި ބެލުމަށްފަހު، އެ މައުލޫމާތު ރިކޯޑުކޮށް އެފަރާތްތަކުގެ ސޮއި ހޯދަންވާނެއެވެ. 

 

10.45 ވަނަ މާއްދާ - އިވެލުއޭށަން

(ހ) ބީލަންތައް އިވެލުއޭޓްކުރުމުގައި ބަލަންވާނީ، ބީލަންފޮތުގައި ނުވަތަ މައުލޫމާތު ދިން ކަރުދާހުގައި ނުވަތަ އިއުލާނުގައި އެ ބީލަމެއް އިވެލުއޭޓްކުރުމަށް ބުނެވިފައިވާ ގޮތާއި ކްރައިޓީރިއާއާ އެއްގޮތަށެވެ. އެނޫން ގޮތެއް ނުވަތަ ކްރައިޓީރިއާއެއް ބީލަންތައް އިވެލުއޭޓްކުރުމުގައި ބޭނުންކޮށްގެން ނުވާނެއެވެ.

(ށ) ދައުލަތުގެ އޮފީސްތަކަށް ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރާނީ އެ އޮފީހެއްގައި ގާއިމުކުރެވިފައިވާ އިވެލުއޭށަން ކޮމިޓީންނެވެ. އެ އޮފީހަކަށް ހުށަހެޅޭ ބީލަންތައް އިވެލުއޭށަން ކޮމިޓީން އިވެލުއޭޓްކުރުމަށްފަހު، އިވެލުއޭށަން ރިޯޕޓު ތައްޔާރުކޮށް އެކަމެއްގެ ހުއްދަ ހޯދުމަށް ހުށަހަޅަންޖެހޭ ފަރާތަކަށް ހުށަހަޅަންވާނެއެވެ.

(ނ) ނެށަނަލް ޓެންޑަރ ބޯޑުން އެވޯޑުކުރާ ބީލަންތައް އިވެލުއޭޓްކުރާނީ، އެ ބޯޑުގެ ސެކްރެޓޭރިއެޓުން އެކުލަވައިލާ ކޮމިޓީއަކުންނެވެ. އެ ބީލަންތަކާމެދު ގޮތެއް ނިންމާނީ އެ ބޯޑުންނެވެ.

(ރ) ހުށަހެޅިފައިވާ ީބލަންތައް އިވެލުއޭޓްކުރުމުގައި އެ ބީލަމަކާ ގުޅޭގޮތުން އިތުރަށް ކަމެއް ނުވަތަ މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެކަމެއް ނުވަތަ މައުލޫމާތެއް ސާފުކުރުމަށް ދައުލަތުގެ އެ އޮފީހެއްގައި އިވެލުއޭށަން ކޮމިޓީން އެދެވިދާނެއެވެ. މިގޮތުން ސާފުކުރާ ކަމަކާ ގުޅިގެން ނުވަތަ ލިބޭ މައުލޫމާތަކާ ގުޅިގެން، ބީލަންފޮތުގައި ނުވަތަ ބީލަންކުރުމަށް މައުލޫމާތު ދިން ލިޔުމުގައި ބުނެވިފައިވާ ގޮތާ ހިލާފަށް، ހުށަހެޅިފައިވާ ބީލަމެއްގެ އަސްލަށް ނުވަތަ އަސާސަކަށް ނުވަތަ ހުށަހެޅިފައިވާ އަގަކަށް ބަދަލެއް ނުގެނެވޭނެއެވެ.

(ބ) ބޭނުންވެއްޖެ ހިނދެއްގައި، ބީލަމެއްގެ މަސައްކަތް ހަވާލުކުރުމަށް ކަނޑައެޅިފައިވާ ފަރާތުގައި އެ ކޮންޓްރެކްޓެއް އެންމެ އެދެވޭގޮތެއްގައި ފުރިހަމަކުރުމަށް ލިބިފައިވާ ގާބިލުކަމާއި ބޭނުންވާ ވަސީލަތްތައް ހުރިތޯޯ ބެލުމުގެ ގޮތުން ބީލަންފޮތުގައި ބުނެވިފައިވާ ކްރައިޓީރިއާއާ އެއްގޮތަށް ޕޯސްޓް-ކޮލިފިކޭށަނެއް ހެދިދާނެއެވެ. 

(ޅ) އަންދާސީހިސާބުތައް ބަލައި ވަޒަންކުރުމުގައި، އަގާއި މުއްދަތުގެ އިތުރުން ތިރީގައިމިވާ ކަންކަމުގެ މައްޗަށް ބަލަންވާނެއެވެ. 

  1.  މާލީގޮތުން އެކަން ކުރެވޭނެ ފެންވަރެއްގައިވާ ފަރާތެއްތޯ.
  2. ފަންނީގޮތުން ގާބިލުކަންހުރި މިންވަރު.
  3. ހުށަހަޅާފައިވާ އަގުތަކާއި، އެ ތަނަކުން އެކަމަކަށް އަންދާޒާކުރާ އަގާ އަޅާބަލާއިރު ހުށަހަޅާފައިވާ އަގުތަކަކީ އެކަމަށް އެކަށީގެންވާ އަގެއްތޯ.
  4. މީގެކުރިން އެފަރާތަކުން ކޮށްފައިވާ މިބާވަތުގެ ކަންތައްތައް ހިނގާފައިވާ ގޮތާއި، އެކަމެއްގެ ބޮޑުކުޑަމިން.
  5. މިނޫނަސް ހާމަކަންބޮޑު، އިންސާފުވެރި ބީލަމަކަށް ފުރުސަތު ދެވޭނޭ ގޮތެއްގެމަތިން، އެ ބީލަމަކާ ގުޅޭގޮތުން އެ އޮފީހެއްގެ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސެކްށަނުން ނުވަތަ އިވެލުއޭށަން ކޮމިޓީން ކަނޑައަޅައިފައިވާ މުހިންމު ކަންތައްތައް. 

 

10.46 ވަނަ މާއްދާ - އާންމުކޮށް ހުޅުވާލެވޭ ބީލަންތަކާއި، ވަކި ފަރާތްތަކަކަށް ހުޅުވާލެވޭ ބީލަންތައް އިވެލުއޭޓްކުރާނެ ގޮތް 

(ހ) އާންމުކޮށް ހުޅުވާލެވޭ ބީލަންތަކާއި، ވަކި ފަރާތްތަކަކަށް ހުޅުވާލެވޭ ބީލަންތައް، އިވެލުއޭޓްކުރުމުގައި އަމަލުކުރަންވީ ގޮތް ތިރީގައި މިވަނީއެވެ. 

  1. ހުށަހެޅިފައިވާ ބީލަންތައް، އެ ބީލަމުގައި ދެވިފައިވާ ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓާ އެއްގޮތްވޭތޯޯ ބެލުމަށް އަޅާކިޔައި، އެ ބީލަމަކީ އެކަށީގެންވާވަރަށް ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް ފުރިހަމަވާ (ސަބްސްޓޭންށަލީ ރެސްޕޮންސިވް) ބީލަމެއްތޯ ބަލައި "ފާސް" ނުވަތަ "ފެއިލް" ކަމަށް ކަނޑައެޅުން. 
  2. ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް ފުރިހަމަވާ އެންމެ ކުޑައަގެއް (ލޯވަސްޓް އިވެލުއޭޓެޑް ޕްރައިސް) ހުށަހަޅާފައިވާ ފަރާތެއް ކަނޑައެޅުން.

(ށ) ދައުލަތުގެ އޮފީހަކުން ބޭނުންވެއްޖެ ހިނދެއްގައި، ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރުމުގައި ބޭނުންކުރާނޭ އިތުރު ކްރައިޓީރިއާއެއް ބީލަންފޮތުގައި ނުވަތަ އެކަމަށް ދޫކުރެވޭ ކަރުދާހުގައި ހިމެނިދާނެއެވެ. މިގޮތުން އިތުރުކުރެވޭ ކްރައިޓީރިއާ ވާންވާނީ، އެ ކޮންޓްރެކްޓެއް ފުރިހަމަކުރުމުގެ ފެންވަރާއި ގޮތްތައް ނުވަތަ ކޮންޓްރެކްޓުގެ މާއްދާތަކާއި ށަރުތުތަކާއި ކޮންޓްރެކްޓް ފުރިހަމަކުރުމަށް ހުށަހަޅާ މުއްދަތާއި، ފައިސާ ދިނުމަށް ހުށަހަޅާ ގޮތާއި، ސްޕެއަރޕާޓްސްގެ އަގާއި، އާފްޓަރ ސޭލްސް ހިދުމަތާއި، މެއިންޓަނަންސް އަދި އިކުއިޕްމަންޓުގެ ފެންވަރުފަދަ ކަންތައްތައް ބެލުމަށް އިތުރުކުރެވޭ ބަޔަކަށެވެ.

(ނ) ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރުމަށް އިތުރު ކްރައިޓީރިއާއެއް ހިމަނަންވާނީ، ބީލަމެއްގައި ހިމެނޭ ކަމެއްގެ ސަބަބުން ދައުލަތަށް ލިބިދާނެ ގެއްލުމެއް ނުވަތަ ފައިދާއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. މިފަދަ ކަންކަމަކީ މާއްދީގޮތުންނާއި ފައިސާގެގޮތުން އަގުކުރެވޭ ކަމަކަށް ވާންވާނެއެވެ. އަދި އެކަމެއްގެ ސަބަބުން ލިބޭ ގެއްލުން ނުވަތަ ފައިދާ ހަމައެކަނި އިވެލުއޭޓްކުރުމުގެ ބޭނުމަށް ބީލަމުގައި ހުށަހެޅިފައިވާ އަގަށް އުނިއިތުރު ގެނެވިދާނެއެވެ. މިގޮތުން މިބާވަތުގެ ކަމަކާ ގުޅިގެން އުނިއިތުރު ގެންނަން ޖެހިދާނެކަން ބީލަންފޮތުގައި ނުވަތަ މައުލޫމާތުދޭ ށީޓުގައި ނުވަތަ އިއުލާނުގައި ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތްތައް ފިޔަވައި، ހާއްސަ ގޮތެއްގައި ކުރިޔަށް ގެންދަންޖެހޭ ޕްރޮކިއުމަންޓެއްގެ ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ ގޮތްތަކެއް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައެޅިދާނެއެވެ.  

 

10.47 ވަނަ މާއްދާ - އެކި ފަރާތްތަކުގައި އެދިގެން ހޯދާ ކޯޓޭށަންތައް އިވެލުއޭޓްކުރާނެ ގޮތް

(ހ) އެކި ފަރާތްތަކުގައި އެދިގެން ހޯދާ ކޯޓޭށަންތައް އިވެލުއޭޓްކުރުމުގައި، ތިރީގައިމިވާ ކަންތައްތަކަށް ބަލަންވާނެއެވެ. 

  1. އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ފެންވަރަށާއި ހުށަހެޅިފައިވާ އަގުގެ މައްޗަށް ބަލައި، އެންމެ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހުށަހެޅުމެއް ހޮވުމުގައި މި ދެބައިގެ ބުރަދަނަށް ބެލުން.
  2. އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ފެންވަރަށް ބަލައި، އެންމެ ފެންވަރު ރަނގަޅު ހުށަހެޅުމަށް ބެލުން
  3. ކަނޑައެޅިފައިވާ ބަޖެޓަށް ބަލައިގެން އިވެލުއޭޓްކުރުމުގައި، ޕްރޮޕޯސަލްގެ ފެންވަރަށާއި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ ބަޖެޓަށް ފެތޭ ފަރާތް ހޮވުން. 
  4. އެންމެކުޑަ އަގަށް ބަލައިގެން އިވެލުއޭޓްކުރުމުގައި، އެ ޕްރޮޕޯސަލްގައި ހިމެނިފައިވާ ދައުލަތުގެ އޮފީހުގެ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތް ހޮވުން.

(ށ) މި މާއްދާގެ (ނ)، (ރ) އަދި (ބ) ގައިވާ ހާލަތްތައް ފިޔަވައި، އެކި ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޓްކުރަންވާނީ، ފެންވަރަށާއި އަގަށް ބަލައިގެން އެކަމެއް ހަވާލުކުރާނެ ފަރާތެއް ހޮވުމަށެވެ.

(ނ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ފެންވަރަށް ބަލައިގެން ވަކި ފަރާތެއް ހޮވާނީ ތިރީގައިމިވާ ހާލަތްތަކުގައެވެ.

  1. ޓާރމްސް އޮފް ރިފަރެންސް ތައްޔާރުކުރުމުގައި ބޭނުންވާ ކަންތައްތައް ކަނޑައެޅިގެން ބުނެދިނުމަށް ދަތިވުން ނުވަތަ އުނދަގޫވުން. އަދި އެކަމަކީ ފަންނީގޮތުން ވަރަށް ހާއްސަ ހުނަރުތަކެއް ބޭނުންވާ ކަމަކަށްވުމާއި، ބީލަން ހުށަހަޅާ ފަރާތުން އެކަމަކަށް ބޭނުންވާ އައު އުފެއްދުންތަކާއި އީޖާދުތައްފަދަ ކަންތައްތައް ހުށަހެޅުމަށް ދޫކޮށްލުން ބޮޑަށް ރަނގަޅުވާނޭކަމަށް ފެންނަ ކަމެއް ކަމުގައިވުން.
  2. ކުރަން ބޭނުންވާ ކަމަކީ އެކަމުގެ ބާވަތުން މުޅި މަސައްކަތަށް އޭގެ އަސަރުކޮށްފާނޭ ކަމަކަށްވެފައި، ދައުލަތުގެ އޮފީހަކުން އެކަމެއް ހަވާލުކުރުމަށް ބޭނުންވަނީ އެންމެ ފެންވަރު ރަނގަޅު ފަރާތަކާ ކަމުގައިވުން. 
  3. އެކަމަކީ ތަފާތު އެތައް ގޮތަކަށް ކުރެވިދާނެ އަދި އެކަމެއް ކުރާ ފެންވަރަކުން އަގަށް ބަދަލު އަންނަފަދަ ކަމަކަށްވުން.

(ރ) މި މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ބަޖެޓަށް ބަލައިގެން ވަކި ފަރާތެއް ހޮވަންވާނީ، ކަނޑައެޅިފައިވާ ބަޖެޓަށް ފައްތައިގެން އެކަމެއް ކުރުވުމަށާއި، ފަސޭހައިން ކުރެވޭފަދަ އަދި އެކަމެއް ކުރުމަށްޓަކައި ދުރާލާ ވަކި ބަޖެޓެއް ކަނޑައެޅިފައިވާ ކަންތައްތަކުގައެވެ.

(ބ) މި މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެންމެ ކުޑަ އަގަށް ބަލައިގެން ވަކި ފަރާތެއް ހޮވަންވާނީ، ފަސޭހައިން ކުރެވޭ ކުދިކުދި މަސައްކަތްތަކަށާއި، އެކަމެއް ކުރުމަށް ވަކި ފެންވަރެއް ނުވަތަ ވަކި ގޮތްތަކެއް ކަނޑައެޅިފައިވާ އަދި އާދަވެގެން އެފަދަ ކަންތައްތައް ކުރާނެ ގޮތްތަކާއި ހަމަތައް ކަނޑައެޅިފައިވާ ކަންތައްތަކުގައެވެ. 

 

10.48 ވަނަ މާއްދާ - އާންމުކޮށް ކުރާ ޕްރޮކިއުމަންޓުގެ ކަންތައްތައް ވަޒަންކުރާނެ ގޮތްތައް 

(ހ) އާންމުކޮށް މުދާ ގެންނަ ފަރާތްތަކުންނާއި، މަސައްކަތްކުރާ ފަރާތްތަކުންނާއި، ހިދުމަތްދޭ ފަރާތްތަކުން ކޯޓޭށަން ހޯދައިގެން ކުރާ ކަންތައްތަކުގައި، އެކަމެއް ހަވާލުކުރާނެ ފަރާތެއް ހޮވައި ވަޒަންކުރުމުގައި ބަލަންވާނީ، އެ އޮފީހަކުން ބޭނުންވާ ކަންތައްތައް ފުރިހަމަވާ އެންމެކުޑަ އަގެއް ހުށަހެޅިފައިވާ އަންދާސީހިސާބުތައް ބަލައި ވަޒަންކޮށްގެން އޭގެތެރެއިން އެންމެ އެކަށީގެންވާ ފަރާތެކެވެ.

(ށ) އެންމެ ފަރާތަކުން ހުށަހަޅާ ޓެންޑަރ ވަޒަންކުރުމުގައި ބަލަންވީ ގޮތް ތިރީގައި މިވަނީއެވެ.

  1. ބޭނުންވާ ކަންތައްތަކުގެ ކަރުދާހުގައިވާ ފަދައިން އެ އޮފީހުގެ ފަންނީ ބޭނުންތަކާއި އެއްގޮތްވާ ގޮތުގެމަތީން އޮތް ޓެންޑަރެއްތޯ؟
  2. އެ އޮފީހަކުން ހުށަހަޅާފައިވާ ށަރުތުތަކަށް އެއްބަސްވުން ނުވަތަ އެ އޮފީހަކުން ގަބޫލުކުރެވޭފަދަ ށަރުތުތަކެއް ހުށަހަޅާފައިވޭތޯ؟
  3. އެކަށީގެންވާ އަގަކަށް ކުރިން ގަނެވިފައިވާ ބާވަތެއްގެ މުދަލެއްގެ ނުވަތަ މަސައްކަތެއްގެ ނުވަތަ ހިދުމަތެއްގެ ހަރަދުގެ ތެރޭގައި ހިމެނޭ ކޮންމެ ބައެއް ވަކިވަކިކުރުމާއެކު ހާލަތާއި، ޕްރޮކިއުމަންޓުގެ ޖުމުލަ އަގަށް ރިއާޔަތްކުރުން. 

 

10.49 ވަނަ މާއްދާ - އިވެލުއޭޓްކުރުމުގައި ދިވެހިރާއްޖޭގެ ފަރާތްތަކަށް އިސްކަންދިނުން 

(ހ) ދައުލަތުގެ އޮފީސްތަކުން، ރާއްޖެއަށް ލިބޭ ެނ ފައިދާގެ މައްޗަށް ބިނާކޮށް ބީލަންތައް ވަޒަންކުރާނަމަ، ތަކެތި ގަތުމާއި މަސައްކަތް ކުރުވުމާއި ހިދުމަތް ހޯދުމުގައި ރާއްޖޭގެ ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް އިސްކަންދެވިދާނެއެވެ. 

(ށ) ދިވެހިންނަށް އިސްކަންދޭ ބީލަންތަކުގައި އިސްކަންދޭ މިންގަނޑު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތްތަކާއި، ސަރކިއުލަރތަކާއި، އިރުށާދުތަކުގައި ހިމަނަންޖެހޭ ބައިތައް ތިރީގައި މިވަނީއެވެ. 

  1. ބީލަމަށް ހުށަހެޅޭ މުދަލުގެ ިމލްކުވެރިކަމާއި، ބީލަންވެރިޔާ ހުރި ތަނާއި، މަސައްކަތްކުރާ މީހުން ނިސްބަތްވާ ގައުމާއި، އެކަމަށް ބޭނުންވާ ރޯޯމެޓީރިއަލްސް ނުވަތަ އެ މުދާ އުފައްދާ ތަނާއި، ބީލަމުގައި އެކުލެވޭ އެހެން ބައިތައް، އަދި އިތުރު އެއްބަސްވުމެއް ވެވޭނެ މިންގަނޑު، ނުވަތަ ރާއްޖޭގެ އިތުރު ޕާޓްނަރުންނާ ގުޅިގެން ކުރާ ކަމެއްނަމަ އެކަމެއް، ނުވަތަ ގުޅުންހުރި އެހެނިހެން ކަންކަން.
  2. ހެތްކެއްގެ ގޮތުގައި ހުށަހަޅަންޖެހޭ ލިޔުންތައް.
  3. ދިވެހިންނަށް އިސްކަންދޭ ނިސްބަތް، އެ ބީލަމަކަށް ހުށަހެޅޭ އަގުތަކުގެ ތެރެއިން ކޮލިފައިވާ އެންމެ ކުޑަ އަގުގެ %10 (ދިހައެއް އިންސައްތަ) އަށްވުރެ އިތުރުނުވުން.
  4. ބީލަން ވަޒަންކުރުމުގެ މަރުހަލާގައި، އިސްކަންދޭ މިންގަނޑު ކަނޑައަޅައި ހިސާބުކުރުމުގައި ބޭނުންކުރާނެ ގޮތްތައް.

(ނ) މި މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައިވާ ތަފުސީލު، ބީލަން ކަރުދާހުގައި ސާފުކޮށް ބަޔާންކުރެވިފައި އޮތުމާއެކު، ބީލަމާބެހޭ ކުރު ހުލާސާގައި ނުވަތަ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަންޖެހޭ ށަރުތުތައް ކަނޑައަޅާފައިވާ ލިޔުމުގައި އެ ތަފުސީލު އޮންނަންވާނެއެވެ.

(ރ) އިސްކަންދޭ މިންގަނޑު ދަރަޖަކޮށް މަސައްކަތް ހަވާލުކުރުމުގައި ބަލަންވާނީ، ސަރުކާރުން ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންނާ އެއްމިންގަނޑަކަށެވެ. 

 

10.50 ވަނަ މާއްދާ - ދެފަރާތުން ވާހަކަދައްކައިގެން ބީލަން ހަވާލުކުރުން

(ހ) ދެފަރާތުން ވާހަކަދައްކައިގެން ބީލަމެއް ހަވާލުކުރެވޭނީ، އެ ބީލަމަކަށް ހުއްދަދޭ ފަރާތަކުން ހުއްދަ ލިބިގެން، އެފަރާތުން ވަޒަންކޮށްފައިވާ ރިޕޯޓަށް ބެލުމަށްފަހު، ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެކަމެއް ކުރެވޭނެކަމަށް ފެންނަ ފަރާތަކާ ވާހަކަދައްކައިގެން ދެފަރާތުން އެއްބަސްވެވޭ ގޮތެއްގެމަތިންނެވެ. މިފަދަ ކަމެއް ކުރެވޭނީ ހާއްސަ ހާލަތެއް މެދުވެރިވެގެންނެވެ. އަދި އެނޫން ގޮތަކަށް ދެފަރާތުން ވާހަކަދައްކައިގެން ކަމެއް ކުރުމަށް ކަނޑައަޅާނަމަ، އެކަން ބީލަން ވަޒަންކުރި ރިޕޯޓުގައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

(ށ) ހުއްދަދޭ ފަރާތުން ހުއްދަ ލިބިގެން، ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ފަރާތަކާއެކު ވާހަކަދައްކައިގެން ކަމެއް ކުރިޔަށް ގެންދަންވާނީ، ތިރީގައިމިވާ ކަންތައްތަކުންކުރެ ކަމަކާ ގުޅިގެންނެވެ.

  1. ޑެލިވަރީ ކުރާނެ ނުވަތަ ނިންމާނެ މުއްދަތު ނުވަތަ މަސައްކަތްކުރާގޮތް ނުވަތަ ބޭނުންތަކާ ގުޅޭ ކަރުދާހުގައިވާ ފަންނީ ތަފުސީލުތައް ހިމެނޭ އެއްބަސްވުންތައް، ހާއްސަ ހާލަތެއް ދިމާވެގެން އެ އެއްބަސްވުމަށް ގެންނަންޖެހޭ ކުދިކުދި ބަދަލުތަކެއް ގެނައުމުގެ ގޮތުން.
  2. ބަޖެޓުން ހަރަދުކުރެވެން ހުރި ނިސްބަތަށް ބަލައި، ބީލަމުގެ އަދަދުތައް ދަށްކުރަންޖެހުން.
  3. ސާފުކުރަންޖެހޭ ބައެއް މައުލޫމާތު ކުރިން ފާހަގަކުރެވިފައި ނެތުމުގެ ސަބަބުން އެ މައުލޫމާތު ސާފުނުކުރެވި އޮތުން، ނުވަތަ ޓެންޑަރކުރުމުގެ ވަގުތުގައި ފައިނަލައިޒްކުރަންޖެހޭ ކަމެއް ނުކުރެވި އޮތުން.
  4. އެއްބަސްވުމެއްގެ ދަށުން ބަޔަކާ ހަވާލުކޮށްގެން ކުރަމުން ގެންދިޔަ ކަމެއް އެއްބަސްވުމާ ހިލާފުވެގެން ނުވަތަ ގާނޫނާ ހިލާފުވުމުގެ ސަބަބުން އެކަމެއް އެފަރާތަކުން ވަކިކުރަންޖެހިގެން އެކަމެއް ހުއްޓާލުމުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އެކަމެއް އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރަންޖެހުން. އަދި އެފަދަ ހާލަތެއްގައި އެހެންފަރާތަކާ އެ މަސައްކަތް ހަވާލުކުރުމުގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކޮލިފައިވާ ފަރާތްތަކަށް މަށްވަރާ ކުރުމުގައި އިސްކަންދިނުން.

(ނ) އެއްފަރާތުން ޕްރޮކިއުކުރާ ކަންތައްތަކުގައި ނުވަތަ ބީލަން ވަޒަންކުރުމުގައި އަގަށް ބަލަންނުޖެހޭ ހާލަތެއްގައި މެނުވީ، ދެފަރާތުން ވާހަކަދައްކާ ޓެންޑަރެއްގައި އަގާ ބެހޭގޮތުން ވާހަކައެއް ނުދެއްކޭނެއެވެ. 

10.51 ވަނަ މާއްދާ - އެންމެ ރަނގަޅު ޓެންޑަރ ހޮވުމާއި، ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމުން 

(ހ) އެންމެ ރަނގަޅު ޓެންޑަރ ހޮވުމުގައި ބަލަންވާނީ، އެ ބީލަން ވަޒަންކުރުމަށް ދައުވަތު ކަރުދާހުގައި ކަނޑައެޅިފައިވާ ގޮތްތަކަށެވެ. 

(ށ) ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމަންވާނީ، އެ ބީލަން ވަޒަންކުރުމުގެ ރިޕޯޓުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ހުއްދަދިނުމަށް ކަނޑައެޅިފައިވާ ފަރާތުން ހުއްދަ ލިބުމުންނެވެ.

(ނ) އެންމެ ރަނގަޅު ޓެންޑަރ ކަނޑައެޅުމަކުން ނުވަތަ ހޮވުމަކުން، ދެފަރާތުން އެއްބަސްވުމެއް ހެދުނީކަމަށް ބަލައިގެން ުނވާނެއެވެ. ނަމަވެސް، އެފަރާތަކަށް އެކަމެއް ހަވާލުކުރުމަށް ނިންމީކަމަށް ބެލެވިދާނެއެވެ.

(ރ) ކޮންޓްރެކްޓް ހަވާލުކުރަން ނިންމަންވާނީ، ކޮންޓްރެކްޓް ލިބޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާ ކަން ލިޔުމުން ކަށަވަރު ކުރުމަށްފަހުގައެވެ.

 

10.52 ވަނަ މާއްދާ - ކޮންޓްރެކްޓް ހަވާލުކުރުން

(ހ) ކޮންޓްރެކްޓް ހަވާލުކުރެވޭނެ ގޮތް، ކޮންމެ ދައުވަތު ކަރުދާހެއްގައިވެސް ބަޔާންކުރެވިފައި އޮންނަންވާނެއެވެ. މިގޮތުން ދައުވަތު ކަރުދާހުގައި ހިމެނެންޖެހޭނެ ބައިތައް ތިރީގައި މިވަނީއެވެ.

  1. ލިޔުމުން ތައްޔާރުކުރެވިފައިވާ އެއްބަސްވުމެއް އޮތުން.
  2. ގަބޫލުކުރިކަމުގެ ސިޓީ ޓެންޑަރކުރި ފަރާތަށް ުނވަތަ ޓެންޑަރ ހުށަހެޅި ފަރާތުގެ އެޑްރެހަށް ރައްދުކުރެވޭނެކަން ބަޔާންކުރެވިފައި އޮތުން.

(ށ) އެއްބަސްވުމުގެ ލިޔުން، ޕަރޗޭސް އޯޑަރ، ގަބޫލުކުރިކަމުގެ ސިޓީ ނުވަތަ މުއާމަލާތުކުރެވޭނެ އެހެން ވަސީލަތަކުން ނަމަވެސް މިފަދަ ކަމެއް ތިރީގައިވާ ހާލަތުގެ ކުރިން އަންގައިގެން ނުވާނެއެވެ. 

  1. މި ގަވާއިދުގެ 10.17 ވަނަ މާއްދާގައިވާ ފަދައިން، ހުއްދަދިނުމަށް ކަނޑައެޅިފައިވާ ފަރާތުން ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމުން.
  2. ޕްރޮކިއުމަންޓުގެ އިދާރީ ކަންތައްތައް އަލުން ބަލަން ނުޖެހޭނެކަން ޔަގީންވުން.
  3. އެއްބަސްވުމުގައިވާ ފައިސާ ލިބޭނެކަން ޔަގީންވުން.
  4. އެހެން ފަރާތެއްގެ ހުއްދަ ބޭނުންވާ ކަމެއްނަމަ، އެ ހުއްދަ ލިބުން.

(ނ) ކޮންޓްރެކްޓަކާ ބެހޭގޮތުން ތައްޔާރުކުރާ މައުލޫމާތު ކަރުދާސްތައް ތައްޔާރުކުރަންވާނީ، އެ ކޮންޓްރެކްޓުގެ ސިފައާއި، ށަރުތުތައް ހިމެނޭގޮތަށެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ތައްޔާރުކުރާ މައުލޫމާތު ކަރުދާހުގައި ނުވަތަ ދައުވަތު ކަރުދާހުގައި، ޓެންޑަރ ކާމިޔާބުވުމުން އަންނާނެ ބަދަލުތަކަށާއި، ދެފަރާތުން ވާހަކަދެއްކުމުން އަންނަ ބަދަލުތަކަށް ބަލަންވާނެއެވެ. 

(ބ) އަވަސްކޮށް ކުރަންޖެހޭ މަސައްކަތެއް ުނވަތަ ހޯދަންޖެހޭ ހިދުމަތެއް ކަމުގައިވިޔަސް، އެކަމެއް ކުރަންވާނީ، އެކަމެއްގެ ފެންވަރާއި އަގާ ބެހޭގޮތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ.

(ޅ) ދައުލަތުގެ މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް އެއްވެސް ފަރާތަކާ ހަވާލުކުރަންވާނީ، އެ މަސައްކަތެއް ކުރުވުމާބެހޭގޮތުން ނުވަތަ އެ ހިދުމަތެއް ހޯދުމާ ބެހޭގޮތުން މި މާއްދާގެ (ކ) އަދި (އ) ގައިވާ ގޮތަށް ވެވޭ އެއްބަސްވުމެއްގައި ދެފަރާތުން ސޮއިކުރުމަށްފަހުގައެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ އެއްބަސްވުން ތައްޔާރުކުރުމުގައި، މި ބާބުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގައިވާ އަގަށްވުރެ ދަށުގެ އަގަކަށް މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް ވެވޭ އެއްބަސްވުމެއްނަމަ، އެފަދަ އެއްބަސްވުމެއްގައި މަދުވެގެން ތިރީގައިމިވާ ނުކުތާތައް ހިމަނަންވާނެއެވެ.

  1. މަސައްކަތްކުރާ ނުވަތަ ހިދުމަތްދޭ ފަރާތާއި ކުރުވާ ފަރާތުގެ ނަން.
  2. އެކަމެއްގެ ބާވަތާއި، ތަފުސީލު.
  3. އެއްބަސްވެފައިވާ މުއްދަތު.
  4. އެއްބަސްވެފައިވާ މުއްދަތަށް ނުނިމިއްޖެނަމަ، ޖޫރިމަނާގެ ގޮތުގައި ފައިސާ ކަނޑާނެ ގޮތް.
  5. ބޭނުންވާ ތަކެތި ހޯދައިދިނުމުގައި އެއްބަސްވެފައިވާ ގޮތް. 
  6. ނިންމަންވީ ގޮތާއި ފެންވަރު.
  7. އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތް.
  8. އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތް.
  9. އެކަށީގެންވާ ހަލުވި މިނެއްގައި ކުރިޔަށް ނުދާނަމަ، އަޅާނެ ފިޔަވަޅު.
  10. ވަކި ކަމަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނަމަ، އެކަމެއް ބަޔާންކުރުން.
  11. އަގާއި އަގު އަދާކުރާނެ ގޮތް.
  12. ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ދޭނަމަ، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީގެތަފުސީލު، އަދި އެ ސެކިއުރިޓީ ނުވަތަ ގެރެންޓީ ދޭ ފަރާތާއި ލިބޭ ފަރާތުގެތަފުސީލު.

(އ) މި މާއްދާގެ (ކ) ގައިވާ އެއްބަސްވުން ތައްޔާރުކުރުމުގައި، މި ބާބުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގަށްވުރެ މަތީގެ އަގަކަށް މަސައްކަތެއް ނުވަތަ ހިދުމަތެއްނަމަ، އެ އެއްބަސްވުމުގައި، މަދުވެގެން ތިރީގައިމިވާ ނުކުތާތައް ހިމަނަންވާނެއެވެ.

  1. މަސައްކަތްކުރާ ނުވަތަ ހިދުމަތްދޭ ފަރާތާއި، ކުރުވާ ފަރާތުގެ ނަން.
  2. އެކަމެއްގެ ބާވަތާއި، ތަފުސީލު.
  3. އެއްބަސްވެފައިވާ މުއްދަތު.
  4. އެއްބަސްވެފައިވާ މުއްދަތަށް ނުނިމިއްޖެނަމަ، ޖޫރިމަނާގެ ގޮތުގައި ފައިސާ ކަނޑާނެ ގޮތް.
  5. ބޭނުންވާ ތަކެތި ހޯދައިދިނުމުގައި އެއްބަސްވެފައިވާ ގޮތް.
  6. ނިންމަންވީ ގޮތާއި ފެންވަރު.
  7. ރިޓެންށަން ފައިސާ ކަނޑާނެ ގޮތާއި ބަހައްޓާނެ މުއްދަތު.
  8. އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތް.
  9. އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތް.
  10. އެކަށީގެންވާ ހަލުވި މިނެއްގައި ކުރިޔަށް ނުދާނަމަ، އަޅާނެ ފިޔަވަޅު.
  11. ވަކި ކަމަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނަމަ، އެކަމެއް ބަޔާންކުރުން.
  12. އެޑްވާންސްގެ ގޮތުގައި ފައިސާދޭނެ ގޮތާއި، އެ ފައިސާ އަގުން އުނިކުރާނެ ގޮތް.
  13. އަގާއި އަގު އަދާކުރާނެ ގޮތް.
  14. ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ދޭނަމަ، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީގެ ތަފުސީލު، އަދި އެ ސެކިއުރިޓީ ނުވަތަ ގެރެންޓީ ދޭ ފަރާތާއި ލިބޭ ފަރާތުގެ ތަފުސީލު. 

(ވ) ދައުލަތުގެ ތަންތަނަށް ބޭނުންވާ ހިދުމަތްތައް ހޯދުމުގައި، އެގްރީމެންޓުގެ މުއްދަތު ހަމަވުމުގެ ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ކުރިން ނުވަތަ އެ ހިދުމަތެއް މެދުނުކެނޑި ގެންދެވޭނެ ވަގުތު އޮއްވައި އެފަދަ ހިދުމަތް ހޯދުމަށް އަލުން އިއުލާންކުރަންވާނެއެވެ.

 

10.53 ވަނަ މާއްދާ - ހޮވުނު ފަރާތް ށާއިއުކުރުމާއި، ޕްރޮކިއުމަންޓުގައި ބައިވެރިވި ބީލަންވެރިންނަށް މައުލޫމާތުދިނުން

(ހ) ދައުލަތުގެ އޮފީސްތަކުން ހަވާލުކުރާ ބީލަންތައް އާންމުކޮށް ށާއިއުކުރަންވާނެއެވެ.ށާއިއުކުރާނީ ތިރީގައިމިވާ ގޮތަކުންކުރެ ގޮތަކަށެވެ.

  1. ދައުލަތުން މިފަދަ ކަންތައްތައް ށާއިއުކުރުމަށް ކަނޑައަޅާފައިާވ ވެބްސައިޓެއްގައި ނުވަތަ އެ އޮފީހެއްގެ ވެބްސައިޓުގައި.
  2. އެ އޮފީހެއްގެ ނޯޓިސްބޯޑުގައި ނުވަތަ އެކަމަށް ހާއްސަކުރެވިފައިވާ ތަނެއްގައި ބަހައްޓައިގެން.  

(ށ) ބީލަން ކާމިޔާބުކުރި ފަރާތަށް ކޮންޓްރެކްޓް ހަވާލުކުރުމަށްފަހު، ބީލަން ކާމިޔާބުނުވި ފަރާތްތަކަށް އެ ބީލަން ކާމިޔާބުނުވިކަން އަންގަންވާނެއެވެ. އަދި ބީލަން ކާމިޔާބުނުވި ފަރާތަކުން އެދިއްޖެ ހިނދެއްގައި އެފަރާތެއްގެ ބީލަން ކާމިޔާބުނުވި ސަބަބު އަންގައިދޭންވާނެއެވެ.

 

10.54 ވަނަ މާއްދާ - ކޮންޓްރެކްޓްތައް ހިންގުން

ދައުލަތުގެ އޮފީސްތަކުން ހަވާލުކޮށް ހިންގާ ކޮންޓްރެކްޓްތަކަށް ކޮންޓްރެކްޓް މެނޭޖަރެއް ނުވަތަ މެނޭޖަރުން އައްޔަންކުރަންވާނެއެވެ. ކޮންޓްރެކްޓް މެނޭޖަރުގެ ޒިންމާތަކުގެ ތެރެއިން މައިގަނޑު ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ހިންގުން.

(ށ) ކޮންޓްރެކްޓާ އެއްގޮތްވާ ގޮތުގެމަތިން ސަޕްލަޔަރ ނުވަތަ ކޮންޓްރެކްޓަރ ކުރަންޖެހޭ ކަންތައްތައް ކުރާކަން ޔަގީންކުރުން.

 

10.55 ވަނަ މާއްދާ - އެއްބަސްވުމަށް ބަދަލު ގެނައުން

(ހ) އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ނުވަތަ އެއްބަސްވުން އުވާލަން ޖެހިއްޖެނަމަ، އެ އޮފީހަކާބެހޭ މަސްއޫލު އޮފީހުގެ އެންމެ އިސްފަރާތުގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުއްދަދިނުމުގައި، އެއްބަސްވުމުގެ އަގަށް ބަދަލެއް ގެންނަން ހުށަހަޅާފައިވާނަމަ، އަސްލު އަގާއި ބަދަލު ގެންނަން ހުށަހަޅާފައިވާ އަގާ އަޅާބެލުމަށްފަހު، އަގަށް ބަދަލުގެންނަންޖެހުނު ސަބަބާމެދު އެ ޕްރޮޖެކްޓެއް އެވޯޑް ކުރިފަރާތާއެކު މަށްވަރާކުރުމަށްފަހު ގޮތެއް ނިންމާނީއެވެ.

(ނ) ޕްރޮޖެކްޓްގެ ސްކޯޕަށްގެނެވޭ ބަދަލެއް ނުވަތަ އިތުރުކުރެވޭ މަސައްކަތެއް ނުވަތަ އެ ޕްރޮޖެކްޓުގެ މެޓީރިއަލްސްއަށް އަންނަ ބަދަލެއްގެ ސަބަބުން އެ ޕްރޮޖެކްޓުގެ ޖުމުލައަގު %10 އަށްވުރެ ބޮޑުވާނަމަ އަދި ޕްރޮޖެކްޓްގެ މުއްދަތު %10 އަށްވުރެ އިތުރުކުރަންޖެހިއްޖެނަމަ، އެފަދަ މަސައްކަތެއް ނުވަތަ މުއްދަތެއް އިތުރުކުރެވޭނީ އެ ޕްރޮޖެކްޓެއް އެވޯޑް ކުރިފަރާތުގެ ހުއްދަ ލިއުމަކުން ހޯދައިގެންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ އަގަށް ބަދަލުގެނެވޭނީ ޕްރޮޖެކްޓުގެ ޖުމުލައަގު މި ބާބުގެ ޖަދުވަލު 1 ގައި ހުއްދަ ދިނުމަށް ދަރަޖަކުރެވޭ ފަރާތްތަކުން ހުއްދަ ހޯދައިގެންނެވެ.

 

10.56 ވަނަ މާއްދާ - ޕްރޮކިއުމަންޓާބެހޭ މައުލޫމާތު ރައްކާކޮށް ބެލެހެއްޓުމާއި ނައްތާލުން

(ހ) ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓާބެހޭ ކަންތައްތަކުގެ ހުރިހާ މައުލޫމާތަކާއި، ކޮންޓްރެކްޓް ހިންގާ ބެލެހެއްޓުމުގެ މައުލޫމާތު އެތަނަކުން ރަނގަޅަށް ބަލަހައްޓަންވާނެއެވެ.

(ށ) ޕްރޮކިއުމަންޓާބެހޭ މައުލޫމާތާއި ރިކޯޑުތައް ނައްތާލަންވާނީ މި ގަވާއިދުގެ 12.02 ވަނަ މާއްދާއާއި 12.03 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. މިފަދަ ލިޔުންތަކަށްވީ މުއްދަތު ބަލަން ފަށާނީ ތިރީގައިމިވާ ހާލަތްތައް ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެންނެވެ. 

  1. ކޮންޓްރެކްޓެއް ނިމުމުން ުނވަތަ އުވާލުމުން.
  2. ޕްރޮކިއުމަންޓުގެ މަސައްކަތެއް ކުރިޔަށްގެންދިޔުން ހުއްޓާލުމަށް ނިންމުމުން.
  3. ކޮންޓްރެކްޓެއްގެ ދަށުން އުފެދިފައިވާ ދެބަސްވުމެއް ހައްލުވުމުން.
  4. ހުށަހެޅިފައިވާ މައްސަލައެއް ނުވަތަ ށަކުވާއަކާ ގުޅޭގޮތުން ބަލާ މައްސަލައެއް ނިންމުމުން.  

(ނ) ޕްރޮކިއުމަންޓާގުޅޭ ރިކޯޑުގެ ގޮތުގައި ބެލެވޭ ލިޔުންތައް ކަމުގައި ވާންވާނީ، އެކަމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތްތަކާއި އިރުށާދުތަކާ އެއްގޮތަށް ހުންނަ ލިޔުންތަކާއި ޑޮކިއުމަންޓްތަކެވެ. އެފަދަ ރިކޯޑުގެ ގޮތުގައި މަދުވެގެން ހުންނަންވާނެކަމަށް ބެލެވޭ ލިޔުންތައް ތިރީގައި މިވަނީއެވެ. 

  1. ޕްރޮކިއުމަންޓުގެ ކަންކަމުގައި ބޭނުންކުރާ މުހިންމު ކަރުދާސްތަކުގެ ތެރޭގައިހިމެނޭ ދައުވަތުދިނުމުގެ ލިޔުމާއި، އެންގުންތަކާއި، ލިބިފައިވާ ބީލަންތަކާއި، ވަޒަންކޮށްފައިވާ ރިޕޯޓުތަކާއި، ބީލަން ގަބޫލުކުރިކަމުގެ ސިޓީއާއި، އެއްބަސްވުމުގެ ލިޔުންތަކާއި، އެއްބަސްވުމަށް ބަދަލެއް ގެނެވިފައިވާނަމަ އެ ލިޔުން.
  2. ޕްރޮކިއުމަންޓާގުޅޭ ފަރާތްތަކުގެ މައުލޫމާތާއި، ބޭއްވިފައިވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ.
  3. ހުއްދަދިނުމުގެ އިހުތިޔާރު ދެވިފައިވާ ފަރާތްތަކުގެ ނިންމުންތަކާއި، އެ ބީލަމާ ގުޅޭ އެހެނިހެން ހުއްދަތައް.

 

10.57 ވަނަ މާއްދާ - ހިދުމަތް ހޯދުމާއި މުދާ ގަތުމަށް ފައިސާ ވަކިކޮށްފައި ބެހެއްޓުން 

މުދާ ގަތުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް ވެރިޔަކު ހުއްދަދީގެން އޯޑަރުކޮށްފައިވާނަމަ، ނުވަތަ އެދިފައިވާނަމަ، އެ ވަގުތު އެ މުދާ ލިބެންނެތްނަމަވެސް އެކަމަށް ބޭނުންވާ ފައިސާ އެ ހަރަދެއް ކުރުމަށް ހަމަޖައްސާފައިވާ އެކައުންޓުން ނުވަތަ ބަޖެޓުގެ އައިޓަމުން އުނިކޮށް ވަކިން ބަހައްޓަންވާނެއެވެ. އަދި ވަކިން ބެހެއްޓި ފައިސާއިން އެކަމެއް ކުރެވޭގޮތް ނުވެއްޖެނަމަ ނުވަތަ ބާކީވެއްޖެނަމަ، އެކަން ހިސާބުތަކުން ހަމަޖައްސަންވާނެއެވެ. 

 

10.58 ވަނަ މާއްދާ - މުދާ ގަތުމަށާއި ހިދުމަތް ހޯދުމަށް ހުއްދަދިނުން 

ހޯދަން ބޭނުންވާ ހިދުމަތް ނުވަތަ ގަންނަން ބޭނުންވާ ތަކެތި ހޯދަންވާނީ ތަކެއްޗާއި ހިދުމަތް ހޯދުމަށް ހުއްދަދޭ ފޮތް ނުވަތަ ފޯމު ފުރިހަމަކޮށް އެކަމަށް ވެރިޔަކު ހުއްދަދިނުމުންނެވެ. ތަކެއްޗާއި ހިދުމަތް ހޯދުމަށް ހުއްދަދޭ ފޮތް ނުވަތަ ފޯމު އޮންނަންވީ ގޮތުގެ ނަމޫނާ މި ގަވާއިދާއެކުގައި ވާނެއެވެ. (MG/PC01)

 

10.59 ވަނަ މާއްދާ - މުދާ ގަތުން

(ހ) ރާއްޖެއަށް އެތެރެކުރަންޖެހޭ މުދާ ގަންނަންވާނީ، އިމްޕޯޓްމުދާ ވިއްކުމުގެ ހުއްދަ ލިބިފައިވާ ތަންތަނުންނެވެ. ތަކެތި ގަތުމުގައި އެއްޗެއް ވަކިން ގަންނަ އަގުގައި ގިނަ އަދަދެއްގެ ތަކެތި ގަނެގެން ނުވާނެއެވެ. މިގޮތުން ޑަޒަން، ކޭސް، ގުރުސް ނުވަތަ ބަސްތާއިން ހަމަކޮށް ނުވަތަ އެއަށްވުރެ އިތުރަށް ގަންނަނަމަ ގަންނަންވާނީ އެތަނަކުން ގަނޑުކޮށް ވިއްކާ އަގުންނެވެ.

(ށ) ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތި އެ ތަނަކުން އޯޑަރުކޮށްގެން ގަންނަންވާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން، މި ގަވާއިާދ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) ދައުލަތުގެ ތަނެއްގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ކުރާ ދަތުރެއްގައި ގެންނަ އެއްވެސް އެއްޗެއް، އެ ތަނަކަށް ގަނެވޭނީ ނުވަތަ އެފަދަ ދަތުރެއްގައި އެ މުވައްޒަފަކު ލައްވައި އެއްޗެއް ގެނުވަން ވާނީ، ތިރީގައިމިވާ ހާލަތްތަކުގައި މާލީޒިންމާދާރުވެރިޔާގެ ހުއްދަ ކުރިން ހޯދައިގެންނެވެ.

  1. އެ އެއްޗެއް ރާއްޖެއިން ލިބެން ނެތުން.
  2. އެ އެއްޗެއް ރާއްޖެއިން ބޭރުން ލިބޭ އަގަކީ އެކަށީގެންވާ އަގަކަށްވުން. 
  3. އެ އެއްޗެއް މި ގަވާއިދުގެ ދަށުން ހޯދާނަމަ، އެކަށީގެންވާވަރަށްވުރެ ދިގު މުއްދަތެއް ހޭދަވުމުގެ ސަބަބުން އެ އޮފީހަކުން ދެމުންދާ ހިދުމަތެއް ހުއްޓިދާނެކަމަށް ފެނުން. 

10.60 ވަނަ މާއްދާ - ބޭނުންވާ މުދާ ބަޖެޓުގައި ހިމެނުން 

ގަންނަން ބޭނުންވާ ތަކެތީގެ ގޮތުގައި ހިމެނޭނީ، އެ އަހަރެއްގައި އެ ތަނެއްގެ މަސައްކަތްތައް ހިންގުމަށްޓަކައި ކުރިޔަށް އޮންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ޕްރޮގްރާމް ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކަށް ބޭނުންވާ ތަކެއްޗާއި ހިދުމަތަށް ހޯދަންޖެހޭ ތަކެއްޗެވެ. 

 

10.61 ވަނަ މާއްދާ - ބޭނުންވާ މުދާ ގަތުމަށް އޯޑަރުކުރުމާއި، މުދާ ގަތުން 

(ހ) މުދާ ގަތުމަށް އޯޑަރުކުރާއިރު އޯޑަރުކުރާ ފޯމެއް ތައްޔާރުކުރަންވާނެއެވެ. އެ ފޯމު ތައްޔާރުކުރަންވާނީ ފުރިހަމަކުރެވިފައިވާ މުދާ ގަންނަން އެދޭ ފޯމެއް އޮވެގެންނެވެ. އަދި ގަންނަން އެދިފައިވާ އެއްޗަކީ އެ ތަނަކަށް ހޯދަންޖެހޭ އެއްޗެއްކަމަށް އެކަމަށް އެދުނު ޑިޕާޓްމަންޓެއްގެ ވެރިއެއްގެ ސޮއި އޮތް ލިޔުމެއް އޮންނަންވާނެއެވެ. މުދާ ގަންނަން އެދޭ ފޯމު ތައްޔާރުކުރާނީ ސްޓޮކް ބަލަހައްޓާ މުވައްޒަފެކެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ސްޓޮކަށް ތަކެތި ގަތުމަށް މުދަލަށް އޯޑަރުކުރުމަށް ޕްރޮކިއުމަންޓް އޮފިސަރު ނުވަތަ އޮފީހުގެ އިސްވެރިޔަކު ހުއްދަދިނުމުން، މުދަލަށް އޯޑަރުކުރާ ފޯމު (ޕަރޗޭސް އޯޑަރ) މުދާ ވިއްކާ ފަރާތަށް ފޮނުވާނީ ޕްރޮކިއުމަންޓް އޮފިސަރެވެ. މުދަލަށް އޯޑަރުކުރާ ފޯމުގެ ފުރަތަމަ ކޮޕީ އޮންނާނީ ޕްރޮކިއުމަންޓް އޮފިސަރުގެ ހަވާލުގައެވެ. ދެވަނަ ކޮޕީ އެކައުންޓްސް ޑިޕާޓްމަންޓަށް ނުވަތަ ފައިސާގެ ހިސާބުތައް ބަލަހައްޓާ ސެކްށަނަކަށް ފޮނުވަންވާނެއެވެ.

(ނ) މުދާ ގަންނަންވާނީ އެ އެއްޗަކީ ހޯދަންޖެހޭ އެއްޗެއްކަމަށް އެ އެއްޗަކަށް އެދުނު ޑިޕާޓްމަންޓެއް ނުވަތަ ސެކްށަނެއްގެ ވެރިޔެއްގެ ސޮއި އޮތް މުދާ ލިބިގަތުމަށް އެދޭ ފޯޯމު ސްޓޮކަށް ލިބުމުން އެ އެއްޗެއް ސްޓޮކުގައި ނެތްނަމައެވެ. މިފޯމު ތައްޔާރުކުރަންވާނީ އަސްލާއި 2 (ދޭއް) ކޮޕީ އޮންނަ ގޮތަށެވެ. (MG/PC01) 

(ރ) ހޯދޭ ތަކެތީގެ ތެރޭގައި ހިމެނޭ، ސްޓޮކަށް ވައްދަންޖެހޭ ތަކެތި މި ގަވާއިދުގެ 11.16 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސްޓޮކް ހިސާބުތަކުގައި ހިމަނައިގެން ހިސާބުތައް ބަލަހައްޓަންވާނެއެވެ. އަދި ހޯދޭ ދައުލަތުގެ މުދާ ހަރުމުދަލުގެ ރަޖިސްޓަރީއަށް އަރުވައިގެން ބަލަހައްޓަންވާނެއެވެ. ދައުލަތުގެ މުދަލުގެ ހިސާބުތައް ބަލަހައްޓަންވީ ގޮތް މި ގަވާއިދުގެ 11.03 ވަނަ މާއްދާގައި ވާނެއެވެ.

 

10.62 ވަނަ މާއްދާ - ބަޖެޓުން ހަރަދުކުރެވެން ހުރިކަން ޔަގީންކޮށް ހުއްދަދިނުން 

ހިދުމަތެއް ހޯދުމުގެ ކުރިން ނުވަތަ އެއްޗެއް ގަތުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ އެ އޮފީހުގެ ފާސްވެފައިވާ ބަޖެޓުގައި ހިމެނި، ހަރަދުކުރެވޭވަރަށް ބާކީގައި ހުރިކަމަށް ބަޖެޓް ސެކްށަނުގެ ކަމާބެހޭ ވެރިޔަކު ނުވަތަ ޕްރިންސިޕަލް އެކައުންޓްސް އޮފިސަރު ސޮއިކުރުމުން މެނުވީ އެއްވެސް އެއްޗެއް ގަތުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް އޯޑަރުކޮށްގެން ނުވާނެއެވެ.  

 

10.63 ވަނަ މާއްދާ - އޯޑަރުފޯމު ތައްޔާރުކުރުން

(ހ) ގަންނަން ބޭނުންވާ ތަކެއްޗަށް އޯޑަރުކުރުމަށްޓަކައި މުދަލަށް އޯޑަރުކުރާ ފޯމުގެ އަސްލާއި 3 (ތިނެއް) ކޮޕީ ތައްޔާރުކޮށް ޕްރޮކިއުމަންޓް އޮފިސަރު ނުވަތަ އިސްވެރިޔަކު ސޮއިކޮށް އޯޑަރުފޯމުގެ އަސްލު، ތަކެތި ވިއްކާ ފަރާތަށް ފޮނުވަންވާނެއެވެ. އަދި ސޮއިކުރި 3 (ތިނެއް) ކޮޕީގެ ތެރެއިން އެއްކޮޕީ، އެ ތަކެތި ގަތުމުގެ މަސައްކަތްކުރާ ފަރާތުގައި ބާއްވަންވާނެއެވެ. އަނެއް ކޮޕީ، މުދާ ގެންނައިރު އައިސްފައިވަނީ އޯޑަރުކުރި ތަކެތިތޯ ބެލުމަށް ސްޓޮކް ބަލަހައްޓާ ފަރާތަށް ހަވާލުކުރަންވާނެއެވެ. އަނެއް ކޮޕީ، ހިސާބު ބަލަހައްޓާ ސެކްށަނަށް ބާއްވަންވާނެއެވެ. މުދަލަށް އޯޑަރުކުރާ ފޯމުގެ ނަމޫނާ މި ގަވާއިދުގެ PG/PC02 ގައި ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުދަލަށް އޯޑަރުކުރާ ފޯމުތައް ޗާޕުކޮށް ފޮތް ހަދާފައި ބަހައްޓަންވާނީ، ހުރިހާ ފޯމެއްގައި ތަރުތީބުން ސީރިއަލް ނަންބަރު ޖަހާފައެވެ. ސީރިއަލް ނަންބަރު ޖެހުމުގައި އަސްލާއި 3 (ތިނެއް) ކޮޕީގައި އޮންނަންވާނީ އެއްނަންބަރެކެވެ.

 

10.64 ވަނަ މާއްދާ - މުދާ ބަލައިގަތުން

(ހ) އޯޑަރުކުރެވުނު ތަކެތި އޮފީހަށް ލިބުމުން އެ ތަކެއްޗާ ހަވާލުވާ ފަރާތުން (ސްޓޮކް ބަލަހައްޓާ ފަރާތުން) ތަކެތިގަތުމަށް އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ހުރިތޯ ބަލައި، އެއްވެސް އުނިއިތުރެއްވާނަމަ، އެކަން އެނގޭނޭގޮތަށް ނޯޓުކޮށް، ފެންވަރުދެރަ، ކަމުނުދާ ތަކެތި ނުވަތަ ހަލާކުވެފައިވާ ތަކެތި ނުވަތަ މުއްދަތު ހަމަވެފައިވާ ތަކެތި ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާ ތަކެތި ހުރިނަމަ އެކަންވެސް އެނގޭނޭގޮތަށް، ތަކެތި ގަތުމަށް އޯޑަރުކުރި ފޯމުގައި ލިޔެ ސޮއިކުރަންވާނެއެވެ. އަދި އެއްވެސް އުނިއިތުރެއް ނެތްނަމަ، ނުވަތަ ފެންވަރުދެރަ ކަމުނުދާ ތަކެތި ނުވަތަ ހަލާކުވެފައިވާ ތަކެތި ނުވަތަ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާ ތަކެތި ނެތްނަމަ، ތަކެތި ހަމައަށް ލިބުނުކަމަށް ތަކެތި ގަތުމަށް އޯޑަރުކުރި ފޯމުގައި ލިޔެ ތަކެއްޗާ ހަވާލުވާ ފަރާތުން ސޮއިކުރަންވާނެއެވެ. 

(ށ) އޯޑަރުކުރެވުނު ތަކެތި އޮފީހަށް ބަލައިގަންނައިރު އެ ތަކެތީގެ ތެރޭގައި ކަމުނުދާ ނުވަތަ އޯޑަރުކުރި ފެންވަރަށްވުރެ ދެރަ ތަކެތި ހުރިކަން ވަގުތުން ފާހަގަކުރެވުނުނަމަ، އޮފީހުން ހަވާލުވާންވާނީ ރަނގަޅަށް ހުރި ތަކެއްޗާއެވެ. ބަލައިނުގަނެވޭ ތަކެތި އަނބުރާ ފޮނުވާލުމަށްފަހު، އެ އަދަދަށް ރަނގަޅު ތަކެތި ގެނުވަންވާނެއެވެ.

 

10.65 ވަނަ މާއްދާ - ކޮންމެ 3 މަހަކަށް މުދާ ހޯދުން 

މި ގަވާއިދުގެ 10.59 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ތަކެތި ހޯދާއިރު، އެއްފަހަރާ ތަކެތި ހޯދަންވާނީ އަހަރުދުވަހަށް ބަހާލައިގެން ގިނަވެގެން އެ ތަކެތި އެތަނަކަށް 3 (ތިނެއް) މަސްދުވަހަށް ބޭނުންވާ މިންވަރަށް، ނުވަތަ މި ގަވާއިދުގެ 10.26 ވަނަ ނަންބަރުގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ހާލަތުގައި ބަހައްޓަންޖެހޭ ތަކެތި ބަހައްޓަންޖެހޭ މިންވަރަކަށެވެ.

 

10.66 ވަނަ މާއްދާ - މުދާ ގަތުމުގައި ހޯދަންޖެހޭ ވޮރަންޓީ 

މެށިނަރީއާއި އިކުއިޕްމަންޓްފަދަ އަގުބޮޑު ތަކެތި ހޯދަންވާނީ، ވޮރަންޓީ ނުވަތަ ގަރަންޓީދޭ އަދި އެ ބާވަތުގެ މުދާ އެތެރެކޮށް ވިއްކާ ފަރާތަކުން ނުވަތަ އެ ބާވަތުގެ މުދާ އާންމުކޮށް ވިއްކައިހަދާ ތަނަކުންނެވެ. ހޯދާ ތަކެތީގައި، އުފެއްދުމުގެ ގޯހެއް ނުވަތަ އުނިކަމެއް ހުރިނަމަ، މުދާ ގެނެސްދިން ފަރާތުން ނުވަތަ މުދާ އުފެއްދި ފަރާތުން ނުވަތަ މުދާ ފޮނުވައިދިން ފަރާތުން އެކަމެއް ރަނގަޅުކޮށްދޭންވާނެއެވެ. އަދި އެ މުދަލަކަށް ދީފައިވާ ވޮރަންޓީ ނުވަތަ ގަރަންޓީގެ މުއްދަތުގައި، ވޮރަންޓީ ނުވަތަ ގަރަންޓީ ދިނުމުގައި އެއްބަސްވެފައިވާގޮތަށް އެކަމެއްވެސް ރަނގަޅުކޮށްދޭންވާނެއެވެ. 

 
10.67 ވަނަ މާއްދާ - އެޑްވާންސަށް ފައިސާ ދިނުން

(ހ) މަސައްކަތުގެ ނުވަތަ ހިދުމަތުގެ ބީލަމުގެ ޖުމުލަ އަގު މި ބާބުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ މިންގަނޑަށް ވުރެ ބޮޑުނަމަ، ތިރީގައިމިވާ އުސޫލުން އެޑްވާންސްގެ ގޮތުގައި ފައިސާ ދެވިދާނެއެވެ.

  1. މަސައްކަތް ނުވަތަ ހިދުމަތް ދިނުމަށް ހަވާލުވާ ފަރާތުން، ހަވާލުވާތާ 45 (ސާޅީސް ފަހެއް) ދުވަ ުހގެ ތެރޭގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމަށް އެދިއްޖެނަމަ، ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދޫކުރުން.
  2. އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާ މަސައްކަތް ކުރަމުންދާއިރު ނުވަތަ ހިދުމަތެއް ހޯދަމުންދާއިރު ހުށަހަޅާ ބިލުތަކުން، ކޮންޓްރެކްޓުގެ ޖުމުލަ އަގުގެ ނިސްބަތުން ކެނޑުން.

(ށ) ތަކެތި ގަތުމުގެ ބީލަންތަކުގައި، މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތަށް އެޑްވާންސް ފައިސާ ދޫކުރެވޭނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ ލިޔުމަކުން ހުއްދަ ލިބުމުންނެވެ.

(ނ) ތަކެތި ގަތުމުގެ ބީލަންތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް ނުވަތަ ގަންނަ ތަކެތީގެ އަގު އެޑްވާންސްކޮށް އެއްފަހަރާ ދޫކުރެވޭނީ، ގައުމީ ސަލާމަތާ ގުޅޭ ކަމެއް ނުވަތަ އިމަޖެންސީ ހާލަތެއްގައި ރައްޔިތުންގެ ގިނަ ބަޔަކަށް ހިދުމަތް ދޭންޖެހޭފަދަ ކަމެއްގައި އެގޮތަށް އެކަން ކުރަންޖެހޭ ސަބަބު ބަޔާންކޮށް، މިނިސްޓަރަށް ލިޔުމަކުން ހުށަހަޅައި، މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބުމުންނެވެ.

 

10.68 ވަނަ މާއްދާ - ރިޓެންށަން ފައިސާ އަގުން އުނިކުރުމާއި، އެ ފައިސާ އަނބުރާ ދޫކުރުން 

(ހ) ކުރުވާ މަސައްކަތާއި ހޯދާ ހިދުމަތުގެ ބީލަންތަކުގެ ޖުމުލަ އަގު މި ބާބުގެ ޖަދުވަލު 1 ގެ 6 ވަނަ ނަމްބަރުގައިވާ މިންގަނޑަށްވުރެ ބޮޑުވާނަމަ، ތިރީގައިމިވާ ގޮތުގެމަތިން ރިޓެންށަން ފައިސާ އުނިކުރުމާއި، އަނބުރާ ދޫކުރަންވާނެއެވެ.

  1. ހުށަހަޅާ ކޮންމެ ބިލަކުން، ބިލުގެ ޖުމުލަ އަގުގެ %5 (ފަހެއް އިންސައްތަ) ކެނޑުން.
  2. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތަށް ރިޓެންށަން ފައިސާ ކެނޑުމަށްފަހު ކޮންޓްރެކްޓްގައިވާ ގޮތުގެމަތިން ތިރީގައިވާގޮތަށް ފައިސާ އަނބުރާ ދޫކުރުން.
    2.1 ބީލަމުގެ ޖުމުލަ އަގު މި ބާބުގެ ޖަދުވަލު 1 ގެ 7 ވަނަ ނަންބަރުގައިވާ މިންގަނޑާހަމައަށް، ބީލަމުގެ މަސައްކަތް ނިމޭތާ 6 (ހައެއް) މަސްދުވަސްވުމުން އަނބުރައި ދިނުން.
    2.2 ބީލަމުގެ ޖުމުލައަގު މި ބާބުގެ ޖަދުވަލު 1 ގެ 9 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ މަތިވާނަމަ، ބީލަމުގެ މަސައްކަތް ނިމޭތާ 12 (ބާރަ) މަސްދުވަސްވު ުމން އަނބުރާ ދިނުން.

(ށ) ކޮންޓްރެކްޓް އުސޫލުން ކުރުވާ މަސައްކަތްތައް ނިންމުމަށްފަހު ކަނޑައަޅާފައިވާ މުއްދަތު (ރިޓެންށަން މުއްދަތު) ގައި އެކަމަކަށް ދިމާވާ މައްސަލަތައް ކޮންޓްރެކްޓަރ ރަނގަޅުކޮށްދޭންވާނެއެވެ. ރިޓެންށަން ފައިސާ ބަހައްޓަން ކަޑައަޅާފައިވާ މުއްދަތު ހަމަވުމަށްފަހު އެ ފައިސާ ދޭންވާނީ އެހާތަނަށް ރަނގަޅުކުރަންޖެހޭ ހުރިހާ ކަމެއް ރަނގަޅުކުރުމުންނެވެ. 

 

10.69 ވަނަ މާއްދާ - ނމޭ މަސައްކަތަށް އަގު ދިނުން 

(ހ) މަސައްކަތުގެ އަގު ނުވަތަ ހިދުމަތުގެ އަގު މި ބާބުގެ ޖަދުވަލު 1 ގެ 7 ވަނަ ނަންބަރުގައިވާ މިންގަނޑާ ދެމެދުގެ މަސައްކަތެއް ކުރުވާނަމަ، ނުވަތަ ހިދުމަތެއް ހޯދާނަމަ، ނުވަތަ ނެށަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ނިންމާ މި އަދަދަށްވުރެ މަތީ އަގެއްގެ ކަމެއްކަމުގައިވިޔަސް އެ މަސައްކަތަކުން ނުވަތަ ހިދުމަތަކުން ނިމުނު ބައެއްގެ އަގު ހޯދުމަށް ވަކިވަކި ބިލު ހުށަހެޅުމުން، އެކަމެއް ކުރަމުންދާގޮތް ބެލުމާ ހަވާލުކުރެވިފައިވާ އިންޖިނޭރަކު ނުވަތަ ކޮންސަލްޓަންޓަކު ނުވަތަ އެ މަސައްކަތެއް ސުޕަވައިޒްކުރުމާ ހަވާލުވެހުރި ފަރާތުން، އެކަމެއްކޮށް ނިމިފައިވާކަމަށް ސޮއިކުރުމުން އެ ބިލެއްގެ ފައިސާ ދެވިދާނެއެވެ.

(ށ) މަސައްކަތުގެ އަގު ުނވަތަ ހިދުމަތުގެ އަގު މި ބާބުގެ ޖަދުވަލު 1 ގެ 9 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ މަތީގެ އަގަކަށް މަސައްކަތެއް ނުވަތަ ހިދުމަތެއްނަމަ، އެ މަސައްކަތަކުން ނުވަތަ އެ ހިދުމަތަކުން ނިމުނު ބައެއްގެ އަގު ހޯދުމަށް ވަކިވަކި ބިލު ހުށަހެޅުމުން އަގު ދެވޭނީ ކޮންސަލްޓަންޓް ރިޕޯޓެއް (އިންޓަރިމް ސެޓްފިކެޓް) ތައްޔާރުކޮށް އެ ރިޕޯޓު ހުށަހެޅުމުންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން އަގުދެވޭނީ އެ ބިލެއްގެ ޖުމުލަ އަގުގެ ތެރެއިން އެޑްވާންސް ފައިސާއާއި، ރިޓެންށަނަށް ނިސްބަތުންޖެހޭ އަދަދު އުނިކުރުމަށްފަހުގައެވެ. އަދި މިނޫން ފައިސާއެއްވެސް އުނިކުރަންޖެހޭނެކަމަށް އެގްރީމެންޓުގައި އެއްބަސްވެފައިވާނަމަ، ބިލުގެ ފައިސާ ދޭންވާނީ އެފަދަ ފައިސާވެސް ކަނޑާފައެވެ.

 

10.70 ވަނަ މާއްދާ - ކޮންޓްރެކްޓުގައިވާ މަސައްކަތް ބަލައިގަތުން

ދައުލަތުގެ ތަންތަނުން ހަވާލުކުރާ މަސައްކަތްތަކާއި، ހޯދާ ހިދުމަތްތަކާއި، ގަންނަ ތަކެތި ބަލައިގަންނަންވާނީ، އެގްރީމެންޓުގައިވާ ގޮތުގެމަތިން އެކަންތައް ކޮށް ނިންމުމުންނެވެ. އެގްރިމެންޓާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާއި ވިއްކާފައިވާ ތަކެތި ބަލައިގަނެގެން ނުވާނެއެވެ. އެކަމެއްގެ ނުވަތަ އެ އެއްޗެއްގެ ފެންވަރު ރަނގަޅުނޫންކަމަށްވާނަމަ، އެކަމެއް ރަނގަޅުކުރުމަށް ނުވަތަ އެ އެއްޗެއް ބަދަލުކުރުމަށް އެފަރާތަކަށް އަންގާނީއެވެ. މިކަމަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްގެން ނުވާނެއެވެ.

10.71 ވަނަ މާއްދާ - ލިކުއިޑޭޓެޑް ޑެމޭޖަސް (ކޮންޓްރެކްޓްކޮށްގެން ހަވާލުކުރި މަސައްކަތް މުއްދަތަށްވުރެ ލަސްވުމުން ގެއްލުމުގެ އަގު) ކަނޑައެޅުން 

(ހ) އެގްރިމަންޓްކޮށްގެން ހަވާލުކުރާ މަސައްކަތް ލަސްވަމުންދާނަމަ އެ ލަސްވާ ލަސްވުމުން، އެކަމެއް ހަވާލުކުރި ފަރާތަށް، ލިބޭ ގެއްލުމުގެ އަގު (ލިކުއިޑޭޓެޑް ޑެމޭޖަސް) އެކަމެއް ހަވާލުވި ފަރާތުން ދޭންޖެހޭނެއެވެ. އެ ގެއްލުމުގެ އަގު ކަނޑައަޅާނީ ލަސްވާ ކޮންމެ ދުވަހަކަށް ތިރީގައިވާ ގޮތުގެމަތިންނެވެ.

  1. ޖުމުލަ އަގު މި ބާބުގެ ޖަދުވަލު 1 ގެ 8 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ ދަށުގެ ބީލަންތަކުގައިނަމަ ފައިސާ ކަނޑާނީ، ޖުމުލަ އަގު 0.005 (ޕޮއިންޓް ސުމެއް ސުމެއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާ މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދެކެވެ.
    (CP*0.005*LD)
    CP(ކޮންޓްރެކްޓް ޕްރައިސް): ކޮންޓްރެކްޓުގެ ޖުމުލަ އަގު
     LD(ލޭޓް ޑިއުރޭށަން): ކޮންޓްރެކްޓުގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް
  2. ޖުމުލަ އަގު މި ބާބުގެ ޖަދުވަލު 1 ގެ 9 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ މަތީގެ ބީލަންތަކުގައި ފައިސާ ކަނޑާނީ، ޖުމުލަ އަގު 0.0025 (ޕޮއިންޓް ސުމެއް ސުމެއް ދޭއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާ މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދެކެވެ. މި އަދަދު ހޯދާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ. (CP*0.0025*LD).

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ލަސްވުމުގެ އަގަށް ދޭންޖެހޭވަރު މުޅި ކޮންޓްރެކްޓުގެ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ. އެއްވެސް ހާލެއްގައި މުޅި ކޮންޓްރެކްޓުގެ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ލިކުއިޑޭޓެޑް ޑެމޭޖަސް  އިތުރުވެއްޖެނަމަ، ކޮންޓްރެކްޓުގެ ނުކުރެވި އޮތްބައި ކޮންޓްރެކްޓަރުގެ އަތުން ވަކިކުރެވިދާނެއެވެ. އަދި ކޮންޓްރެކްޓާ ހިލާފުވި ފަރާތުގެ ޕަރފޯޯމަންސް ސެކިއުރިޓީ ނުވަތަ އެހެން ސެކިއުރިޓީއެއް ވާނަމަ ދޫނުކޮށް ހިފަހައްޓަންވާނެއެވެ. މީގެތެރޭގައި ކޮންޓްރެކްޓަރ ދައްކަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖަސް ހިމަނައިގެން ނުވާނެއެވެ. 


 
10.72 ވަނަ މާއްދާ - އަގުން އުނިކުރާގޮތަށް ތަކެތި ދިނުން

(ހ) ބީލަމުގެ މަސައްކަތަށް އަގުން އުނިކުރާގޮތަށް ތަކެތި ދެވޭނީ، ބީލަން ހުޅުވިއިރު އަގުން އުނިކުރާގޮތަށް ތަކެތި ދެވޭގޮތަށް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަގުން އުނިކުރާގޮތަށް ތަކެތި ދީގެން މަސައްކަތެއް ކުރުވާނަމަ، މަސައްކަތްކުރި ފަރާތަށް އަގުދޭނީ، އަގުން އުނިކުރާގޮތަށް ދެވުނު ތަކެތީގެ އަގު ކެނޑުމަށްފަހުއެވެ. 

 

10.73 ވަނަ މާއްދާ - ކޮންޓްރެކްޓަރަށް ކުއްޔަށް ދޫކުރެވޭ ތަކެތީގެ ކުލި ކޮންޓްރެކްޓަރު އަތުން ހޯދުން 

(ހ) އަނބުރާ ދައްކާގޮތަށް މެށިނަރީއާއި އިކުއިޕްމަންޓް ދެވެންހުރިނަމަ، މަސައްކަތްކުރާ ފަރާތަށް އެފަދަ ތަކެތި ދޭންވާނީ އާންމުކޮށް އެފަދަ ތަކެތި ލިބެން ހުންނަ ކުއްޔަކަށެވެ. މިގޮތުން ދީފައިވާ ތަކެތީގެ ކުއްޔަށް ދައްކަންޖެހޭ ފައިސާއާއި، އެ ތަކެތީގެ މަރާމާތަށް ފައިސާއެއް ދައްކަންޖެހޭނަމަ އެކަމަށް އެފަރާތްތަކަށް ގަވާއިދުން ބިލު ފޮނުވައިގެން އެ ފައިސާ ހޯދަންވާނެއެވެ. 

(ށ) އަނބުރާ ދައްކާގޮތަށް ދޫކުރި މެށިނަރީއާއި އިކުއިޕްމަންޓުގެ ކުއްޔަށް ދައްކަންޖެހޭ ފައިސާއާއި މަރާމާތަށް ދައްކަންޖެހޭ ފައިސާގެ ބިލުތަކަށް މުއްދަތު ހަމަވާއިރު ފައިސާ ނުދައްކައި އޮތްނަމަ، މަސައްކަތުގެ އަގަށް ދޭންޖެހޭ ފައިސާ ދޭންވާނީ އެ ފައިސާ ކަނޑާފައެވެ.

(ނ) ރާއްޖޭގައި ދާއިމީ އޮފީހެއް ނުހުންނަ ބޭރުގެ ފަރާތަކާ ހަވާލުކުރެވޭ މަސައްކަތްތަކުގައި، މަސައްކަތް ނިންމުމަށްފަހު އެފަރާތުން ސަރުކާރުގެ އެއްވެސް ފަރާތަކަށް ދޭންޖެހިފައިވާ އެއްޗެއް ނުވަތަ ފައިސާއެއް ހުރިތޯޯ ބަލައި، އެ ތަކެތި ނުވަތަ އެ ފައިސާ ހޯދައިދިނުމުގައި މަސައްކަތްކުރުވި ފަރާތުން އެހީތެރިވެދޭންވާނެއެވެ. 

 

10.75 ވަނަ މާއްދާ - މަސައްކަތުގެ ތެރޭގައި އަޅަންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކޮންޓްރެކްޓަރު ޖާމިނުވުން 

(ހ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮންޓްރެކްޓަރު ޒިންމާ އުފުލަންޖެހޭ ކަންކަމަށް ކޮންޓްރެކްޓަރުގެ ހަރަދުގައި ބަދަލުދޭންވާނެއެވެ. މަސައްކަތް ނިމޭއިރު މިގޮތުން ހަމަނުޖެހި ކަމެއް އޮތްނަމަ، އެކަމެއް ރިޓެންށަނުގެ ގޮތުގައި ބަހައްޓާފައިވާ ފައިސާގެ ތެރެއިން ހަމަޖައްސާނީއެވެ.

 

10.75 ވަނަ މާއްދާ - މަސައްކަތްކުރާ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ލިބޭ ގެއްލުމަށް ޖާމިނުވެ، ރަނގަޅުކޮށްދިނުން

(ހ) މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން އިންފްރާސްޓްރަކްޗަރ މަށްރޫއުތަކަށް ލިބޭ ގެއްލުމާއި، ހަލާކުވާ ތަންތަނާއި، ތަކެތި މަރާމާތުކޮށް ރަނގަޅުކުރުމަކީ ކޮންޓްރެކްޓަރުގެ ޒިންމާއެކެވެ. 

(ށ) މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން އިންފްރާސްޓްރަކްޗަރ މަށްރޫއުތަކަށް ލިބޭ ގެއްލުމާއި، ހަލާކުވާ ތަންތަނާއި، ތަކެތި މަރާމާތުކޮށް ރަނގަޅުކުރުމަށް، މަސައްކަތް ކުރުވާ އޮފީހުގެ ވެރިޔާ އެންގުމުން ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި އެ މަސައްކަތް ރަނގަޅުކުރަންވާނެއެވެ. އެ އެންގި އެންގުމަށް އަމަލުނުކުރުމުން ނުވަތަ އެކަން ގަބޫލުނުކުރުމުން ސަރުކާރުން އެކަން ރަނގަޅުކޮށް ނިންމުމަށްފަހު އެކަމަށް ހިނގި ހުރިހާ ހަރަދެއް ކޮންޓްރެކްޓުގެ އަގުގެ ތެރެއިން ނުވަތަ ރިޓެންށަން ފައިސާގެ ތެރެއިން އުނިކުރަންވާނެއެވެ.

 

10.76 ވަނަ މާއްދާ - ކޮންޓްރެކްޓާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން 

ކޮންޓްރެކްޓް އުސޫލުން ކުރާ ކަންތައްތަކުގައި، ގަވާއިދާ ހިލާފުވުމާ ގުޅިގެން ކުރާ ކުށްތަކާއި ލިޔެކިޔުމަށް ބަދަލުގެނެސްގެން ކުރާ ކުށްތަކާއި، ނިންމުމަށް އިހުތިރާމްނުކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނީ، މި ގަވާއިދުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުވުމާއި، ހިދުމަތަ ހޯދުމާއި، ތަކެތި ގަތުމުގައި އެއްބަސްވާ އެއްބަސްވުމާ ހިލާފުވުމާ ގުޅިގެން ކަންތައްކުރަންޖެހޭ ގޮތާއި، ދެވޭ އަދަބު (މި ގަވާއިދުގެ 17.17 ވަނަ މާއްދާއިން 17.20 ވަނަ މާއްދާއަށް) ހިމެނޭ މާއްދާތަކުގައިވާ ގޮތުގެމަތިންނެވެ. 

 

ޖަދުވަލު 1

ހުއްދަދެވޭ ދަރަޖަތަކާއި، އެ ދަރަޖަތަކަށް ހުއްދަދެވޭ ފަރާތްތަކާއި، އަދި އެޑްވާންސް ފައިސާ، ރިޓެންށަން ފައިސާ އަދި ލިކުއިޑޭޓެޑް ޑެމޭޖަސް ކަނޑައެޅޭނެ މިންވަރު

 

* ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމުގައި، ހުއްދަދިނުމަށް ދަރަޖަ ކުރެވިފައިވާ ގޮތާއި، ހުއްދަދެވޭނެ އަދަދާއި، ހުއްދަދެވޭނެ ފަރާތް ތިރީގައި މިވަނީއެވެ.

  1. ޕްރޮކިއުމަންޓެއްގެ އަގު 2،000 (ދެ ހާސް) ދިވެހިރުފިޔާ ހަމަނުވާ ކަމެއް ކުރުމަށް ހުއްދަދޭނީ، ޕްރޮކިއުމަންޓުގެ ކަންތައް ހިންގުމާ ހަވާލުވެހުރި ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރެވެ.
  2. ޕްރޮކިއުމަންޓެއްގެ އަގު 2،000 (ދެ ހާސް) ދިވެހި ރުފިޔާއިން ފެށިގެން 35،000 (ތިރީސް ފަސް ހާސް) ދިވެހި ރުފިޔާއާ ދެމެދުގެ ކަމެއް ކުރުމަށް ހުއްދަދޭނީ މާލީޒިންމާދާރުވެރިޔާ ނުވަތަ އޭނާ ހުއްދަދީފައިވާ ފަރާތެކެވެ.
  3. ޕްރޮކިއުމަންޓެއްގެ އަގު 35،000 (ތިރީސް ފަސް ހާސް) ދިވެހި ރުފިޔާއިން ފެށިގެން 2،500،000 (ދެ މިލިއަން ފަސް ލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑުނުވާނަމަ، އެ ކަމެއް ކުރުމަށް ހުއްދަދޭނީ، ބިޑްކޮމިޓީން ނިންމާ ގޮތެއްގެމަތިން، އެ އޮފީހެއްގެ އެންމެ އިސްވެރިޔާ ނުވަތަ އޭނާ ހުއްދަދީފައިވާ ފަރާތެކެވެ.
  4. ޕްރޮކިއުމަންޓެއްގެ އަގު 2،500،000 (ދެ މިލިއަން ފަސް ލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، އެކަމެއް ކުރުމަށް ހުއްދަދޭނީ، ނެށަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައި، އެ ބޯޑުގެ ނިންމުމާ އެއްގޮތަށް އެ އޮފީހުގެ އެންމެ އިސްވެރިޔާއެވެ.
  5. ޕްރޮކިޔުމަންޓުގެ ޖުމުލަ އަގު (ތަކެތީގެ އަގާއެކު) 2،500،000 (ދެ މިލިއަން ފަސް ލައްކަ) ދިވެހި ރުފިޔާއިން ފެށިގެން 5،000،000 (ފަސް މިލިއަން) ދިވެހި ރުފިޔާއާ ދެމެދު ކަމެއް ކުރުމަށް ނޭށަނަލް ޓެންޑަރ ބޯޑުން އިންޓަރ-އެޖެންސީ ކޮމިޓީއަށް ހުއްދަދެވިދާނެއެވެ.
  6. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 250،000 (ދެ ލައްކަ ފަންސާސްހާސް) ދިވެހި ރުފިޔާއަށް ވުރެ ބޮޑުވާނަމަ މި ބާބުގެ 10.67 ގެ (ހ) ގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
  7. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 250،000 (ދެ ލައްކަ ފަންސާސްހާސް) ރުފިޔާއިން ފެށިގެން 2،500،000 (ދެ މިލިއަން ފަސް ލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑުނުވާނަމަ، ރިޓެންށަން ފައިސާ އަގުން ކެނޑުމާއި، އެ ފައިސާ އަނބުރާ ދޫކުރުމުގައްޔާއި ނިމޭ މަސައްކަތަށް އަގު ދިނުމުގައި އަމަލުކުރާނެގޮތް މި ބާބުގެ 10.68 ގެ (ހ) ގެ 2.1 ވަނަ ނަންބަރު އަދި 10.69 ގެ (ހ) ގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
  8. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 2،500،000 (ދެ މިލިއަން ފަސް ލައްކަ) ދިވެހި ރުފިޔާއަށްވުރެ ދަށްވާނަމަ މި ބާބުގެ 10.71 ގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
  9. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 2،500،000 (ދެ މިލިއަން ފަސް ލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑުވާނަމަ މި ބާބުގެ 10.68 ގެ (ހ) ގެ 2.2 ވަނަ ނަންބަރާއި، 10.69 ގެ (ށ) އަދި 10.71 ގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.

 

 

ޖަދުވަލު 2

ޕްރޮކިއުމަންޓުގެ ވައްތަރުތަކާއި، މިންގަނޑުތައް 

 

* ޕްރޮކިއުމަންޓުގެ ވައްތަރުތަކާއި، މިންގަނޑުތައް ތިރީގައި މިވަނީއެވެ. 

  1. މި ގަވާއިދުގެ 10.24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވާގޮތަށް، އެކި ފަރާތްތަކުން ކޯޓޭށަން ހޯދައިގެން ތަކެތި ގަނެވޭނީ ނުވަތަ މަސައްކަތެއް ކުރުވޭނީ ނުވަތަ ހިދުމަތެއް ހޯ ދޭނީ، އެ ޕްރޮކިއުމަންޓުގެ އަގު 35،000 (ތިރީސް ފަސް ހާސް) ދިވެހި ރުފިޔާއަށް ވުރެ އިތުރުނުވާނަމައެވެ.
  2. މި ގަވާއިދުގެ 10.31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާގޮތަށް، އާންމުކޮށް ށާއިއުކުރާނީ، 35،000 (ތިރީސްފަސްހާސް) ދިވެހި ރުފިޔާއަށްވުރެ މަތީ އަގުގެ ކޮންޓްރެކްޓްތަކެވެ.
  3. މި ގަވާއިދުގެ 10.22 ވަނަ ނަންބަރުގެ (ނ) އާއި 10.23 ވަނަ މާއްދާގެ (ރ) އަދި 10.31 ވަނަ މާއްދާގެ (ރ) ގައި  ބަޔާންކުރެވިފައިވާގޮތަށް، ޓެންޑަރުގައި ބައިވެރިވުމުގެ ފުރުސަތު ހަމައެކަނި ދިވެހިރާއްޖޭގެ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ހަނިކުރެވޭނީ، އެ ޕްރޮކިއުމަންޓަކަށް ލަފާކުރެވިފައިވާ އަގު 2،500،000 (ދެ މިލިއަން ފަސް ލައްކަ) ދިވެހި ރުފިޔާއަށްވުރެ އިތުރުނުވާނަމައެވެ.
  4. މި ގަވާއިދުގެ 10.38 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާގޮތަށް، އެ ޕްރޮކިއުމަންޓަކަށް ލަފާކުރެވިފައިވާ އަގު 15،000،000 (ފަނަރަ މިލިއަން) ދިވެހިރުފިޔާއަށްވުރެ އިތުރުވާނަމަ، ޓެންޑަރަށް ހުޅުވައިލުމުގެ ދައުވަތު ބައިނަލްއަގުވާމީ ފެންވަރެއްގައި ހިމެނޭ މީޑިއާއެއްގައި ނުވަތަ ވެބްސައިޓެއްގައި ށާއިއު ކުރެވިދާނެއެވެ.
  5. މި ގަވާއިދުގެ 10.77 ވަނަ މާއްދާގެ (ށ) ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާގޮތަށް 100،000 (އެއް ލައްކަ) ދިވެހި ރުފިޔާއަށްވުރެ މުއާމަލާތްތަކުގެ މުހިންމު މައުލޫމާތު ކައުންސިލްގެ އިދާރާގެ ނޯޓިސްބޯޑުގައި އާންމުކޮށް ފެންނަ ގޮތަށް ށާއިއުކުރަންވާނެއެވެ. 


ބާބު 11

ދައުލަތުގެ މުދާ

 

11.01 ވަނަ މާއްދާ - ދައުލަތުގެ މުދާ

(ހ) ދައުލަތުގެ މުދަލަކީ ދައުލަތަށް މިލްކުވެގެންވާ، ނުވަތަ ދައުލަތުގެ ނަމުގައި މީހެއްގެ ބެލުމުގެދަށުގައިވާ އުފުލޭ ނުވަތަ ނުއުފުލޭ މުދަލެވެ.

(ށ) ދައުލަތުގެ ބަޖެޓުންނާއި ދައުލަތުން ބަލަހައްޓާ ފަންޑު އެކައުންޓުތަކުން ހަރަދުކޮށްގެން ދައުލަތުގެ އޮފީސްތަކަށް ހޯދާ އެންމެހައި ހަރުމުދަލާއި، އެހީގެ ގޮތުގައި ދައުލަތަށް ލިބޭ ހަރުމުދަލާއި، އެނޫން ގޮތްގޮތުން ދައުލަތުގެ އޮފީސްތަކަށް ލިބޭ އެންމެހައި ހަރުމުދަލަކީ ދައުލަތުގެ މިލްކެކެވެ. މިގޮތުން ހޯދާ މުދަލުގެ ތެރެއިން ގާނޫނީގޮތުން ރަޖިސްޓަރީކުރަންޖެހޭ ކޮންމެ މުދަލެއް ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅައިފައިނުވާނަމަ ރަޖިސްޓަރީކުރަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

11.02 ވަނަ މާއްދާ - ދައުލަތުގެ ހަރުމުދާ ބެލެހެއްޓުން 

ދައުލަތުގެ ކެޕިޓަލް ބަޖެޓުން ހަރަދުކޮށްގެންނާއި އެހީގެގޮތުގައި ލިބޭ ހަރުމުދާ އަދި އެނޫން ގޮތްގޮތުން ދައުލަތަށް ލިބޭ މުދާ އަދި ކެޕިޓަލް ހަރަދުގެގޮތުގައި ކުރެވޭ މަސައްކަތް ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން ބަލަހައްޓަންވާނެއެވެ. އަދި ދައުލަތުގެ މުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން ބަލަހައްޓަންވާނެކަމަށް ފައިނޭންށަލް ކޮންޓްރޯލަރ އަންގާ ހުރިހާ މުދަލެއް ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން ބަލަހައްޓަންވާނެއެވެ.

 

11.03 ވަނަ މާއްދާ - ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުން

(ހ) ދައުލަތުގެ ބަޖެޓުގެ ކެޕިޓަލް ހަރަދުގެ އައިޓަމްތަކުން ހަރަދުކޮށްގެން ހޯދާ އެންމެހައި ތަކެއްޗާއި، މަސައްކަތްތަކާއި، ބޭނުންކުރެވޭނެކަމަށް ލަފާކުރާ މުއްދަތު އެއްއަހަރަށްވުރެ ގިނަ ވާނަމަ އެ ތަކެތި ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން MG/PRI01 ގައި ހިމެނިފައިވާ ނަމޫނާއާ އެގޮތަށް ބަލަހައްޓަންވާނެއެވެ. މިގޮތުން ޕަބްލިކް އެކައުންޓް ސިސްޓަމް މެދުވެރިކޮށް ދައުލަތުގެ ހަރުމުދާ ބަލަހައްޓާނަމަ، MG/PR02 ގައި ހިމެނިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީހަކަށް އެކި ފަރާތްތަކުން އެހީގެގޮތުގައި ލިބޭ ހަރުމުާދ އަދި އެނޫން ގޮތްގޮތުން ދައުލަތަށް ލިބޭ ހަރުމުދާ ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން ބަލަހައްޓަންވާނެއެވެ.

(ނ) ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަޅުރަށްރަށާއި، ގޮއިފާލައްބަ، ހިންނަފަދަ ތަންތަނާއި، ކުޅިއާއި، ފަޅާއި، ފަރުފަދަ ތަންތަނާއި، އެ ތަންތަނާ ގުޅިފައިހުރި މާއްދީ މުދަލުގެ ރަޖިސްޓަރީ، އެ ތަނެއް ހަވާލުވެފައިވާ ދައުލަތުގެ އޮފީހަކުން ބަލަހައްޓަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީސްތަކުން އެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި ހަރުމުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުމުގެ އިތުރުން މުޅި ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީއެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ބަލަހައްޓަންވާނެއެވެ. މުޅި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ހަރުމުދާ ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަގުކޮށް ބަލަށް ކެނޑުމަށްފަހު ޖެހޭއަގު ކަނޑައަޅަންވާނެއެވެ. 

(ބ) ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ކޮންމެ މުދަލެއްގެ ތިރީގައިވާ މައުލޫމާތު ފުރިހަމަކޮށް ބެލެހެއްޓިފައި ހުންނަންވާނެއެވެ.

  1. އިންވެންޓްރީ ކޯޑު ނަންބަރު (މި ނަންބަރު މުދަލުގައިވެސް ޖަހަންވާނެއެވެ.) 
  2. މުދަލުގެ ފުރިހަމަނަމާއި ތަފުސީލު (ބްރޭންޑް، މޮޑެލް، ސީރިއަލް ނަންބަރު، މިން ނުވަތަ ބަރުދަން، މުދަލުގެ ހާލަތު، މަރާމާތެއްކުރެވިފައިވާނަމަ އެކަމެއްގެ ތަފުސީލު އަދި މިނޫންވެސް މުހިންމު މައުލޫމާތު ހިމަނަންވާނެއެވެ.
  3. މުދާ ހުރި ތަން
  4. މުދާ ލިބުނު ތާރީހު
  5. މުދަލުގެ އަގު (ވަކިވަކިން) 
  6. އިތުރު މައުލޫމާތު (ފަހުން އަންނަ ބަދަލު އެނގޭގޮތަށް)

(ޅ) ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީއަށް ނަގައި ހިސާބު ބަލަހައްޓަންޖެހޭ އެންމެހައި ތަކެތި ހޯދައި ލިބިގަތުމުގައި އަމަލުކުރާނީ މި ގަވާއިދުގެ ބާބު 10 ގައިާވާ ގޮތުގެމަތިންނެވެ.

(ކ) ހަރުމުދަލުގެ ިހސާބު ބަލަހައްޓަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

 

11.04 ވަނަ މާއްދާ - ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ބައިތައް

(ހ) ދައުލަތު ތަންތަނުގައި ހުންނަ ދައުލަތުގެ މުދަލުގެ ހިސާބުތައް މި ގަވާއިދުގެ 11.02 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެ ތަކެއްޗަށް އަންނަ އުނިއިތުރާއި، ބަލަށްކެނޑިގޮތް (ޑެޕްރިސިއޭށަން) އެނގޭނޭގޮތަށް ލިޔެ ބަލަހައްޓަން ވާނެއެވެ.

(ށ) ދައުލަތުގެ ހަރުމުދާ ބަލަށްކެނޑުމުގައި (ޑެޕްރިސިއޭށަން) އަމަލުކުރާނެ އުސޫލެއް އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު މިނިސްޓަރު ކަނޑައަޅައި އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހިސާބު ބެލެހެއްޓުމަށްޓަކައި ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ތަކެތި ބައިކުރާނީ MG/PR02 ގައިވާ ގޮތުގެ މަތިންނެވެ.

(ރ) ދައުލަތުގެ ހަރުމުދަލުގެ ގޮތުގައި ކެޓަގަރައިޒްކުރެވިގެން ހިސާބު ބެލެހެއްޓުމުގައި، ހަރުމުދަލުގެ އިންވެންޓްރީގެ އެކި ބައިތަކަށް ބައިކުރަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ.

 

ކެޓަގަރީ ނަންބަރު 01: ބިންބިމާއި، އިމާރާތްތަކާއި، އެ ބާވަތުގެ މާއްދީ މުދާ

މި ބައިގައި ހިމެނެނީ، ބިންބިމާއި، އިމާރާތްތަކާއި، ވައިގެ ބަނދަރުތަކާއި، ކަނޑުގެ ބަނދަރުތަކާއި، ފެނާއި ނަރުދަމާފަދަ ނިޒާމުތަކާއި، ސްޓޭޑިއަމްތަކާއި، ޕާކުތަކާއި، ބުރިޖުތަކާއި، މަގުތައް ފަދަ މާއްދީ މުދަލެވެ. މިގޮތުން ނަގާ ލިސްޓުގައި އެ އެއްޗެއް އޮތް ނުވަތަ ހުރި ތަނަކާއި، ބޮޑުމިނާއި، ހަދާފައިހުރި ގޮތާއި، އަގާއި، އުފެއްދި ނުވަތަ ލިބުނު ތާރީހު އެނގޭނޭގޮތަށް ތަފުސީލުކޮށް ރަޖިސްޓަރީގައި ލިޔެފައި އޮންނަންވާނެއެވެ. މިފަދަ ތަންތަނާއި ތަކެތީގެ ކުރެހުންތަކުގެ އަސްލު އެ އޮފީހެއްގައި ހުންނަންވާނެއެވެ. ކުއްޔަށް ހިފާފައި ހުންނަ ތަންތަން މީގެ ތެރެއަކު ނުހިމެނޭނެއެވެ. 

 

ކެޓަގަރީ ނަންބަރު 02: ފަރުނީޗަރާއި، ފިކްސްޗަރސް އަދި ފިޓިންގްސް

މިބައިގައި ހިމެނެނީ، ގޮނޑި، މޭޒު، އަލަމާރިފަދަ ތަކެއްޗާއި، އިމާރާތުގައި ހަރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން ޕެނަލް ބޯޑު، ފަންގިފިލާ ފަންކާ، ފެންއަޅާ ތާނގީ، ތިޖޫރީފަދަ ހަލާކުނުކޮށް ނައްޓާލެވޭގޮތަށް ހަރުކޮށްފައި ހުންނަ ތަކެއްޗެވެ. 


ކެޓަގަރީ ނަންބަރު 03: ޕްލާންޓް، މެށިނަރީ، އިކްއިޕްމަންޓްސް،  ސޮފްޓްވެއަރ އަދި އައި.ޓީ (އިންފމޭށަން ޓެކްނޮލޮޖީ) އާ ގުޅޭ ގޮތުން ހޯދާ ހާޑުވެއަރ

މި ބައިގައި ހިމެނެނީ، ޑީސެލިނޭށަން ޕްލާންޓް، އިންޖީނު، އެކިކަހަލަ އިކްއިޕްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރއާއި ސޮފްޓްވެއަރ، ސައިންޓިފިކް އިކްއިޕްމަންޓް، އައިސް އަލަމާރި، ދޮންނަ މެށިނު، ފެންމޯ ޓަރ، އުނދުން، ފޯނު، ވޯކީޓޯކީ ސެޓް، ރޭޑިއޯޓެލެފޯން ސެޓް، ޓީވީ، ލަވަޖަހާ ސެޓް، އެއަރކޮންޑިށަން، ފޮޓޯކޮޕީމެށިން، ޕްރިންޓަރ، ބައިންޑިންގ މެށިން، ލެމިނޭޓިންގ މެށިން، ފައިސާ ގުނާ ނުވަތަ ޗެކުކުރާ މެށިން، ށްރެޑަރ، ކެމެރާފަދަ ތަކެއްޗެވެ.

 

ކެޓަގަރީ ނަންބަރު 04: ދުއްވާ ތަކެތި 

މި ބައިގައި ހިމެނެނީ، އެއްގަމުގައި ދުއްވާ ތަކެއްޗާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، ވައިގައި ދުއްވާ ބޯޓުފަހަރެވެ. ކަފު ޖަހައިގެން ދަމާ ތަކެއްޗާއި، ޓްރެކްޓަރުގައި ޖަހައިގެން މަސައްކަތްކުރާ ތަކެތިވެސް މީގެތެރޭގައި ހިމެނޭނެއެވެ.

 

ކެޓަގަރީ ނަންބަރު 05: މަސައްކަތްކުރަން ގެންގުޅޭ ޓޫލްސް،

އިންސްޓްރޫމަންޓްސް، އަދި އެޕަރޭޓަސް މި ބައިގައި ހިމެނެނީ، އިންޖީނާއި މެށިން ހެދުމުގެ މަސައްކަތުގައި ބޭނުންކުރާ ޓޫލްސްއާއި، ލެބޯޓަރީފަދަ ތަންތާނގައި ބޭނުންކުރާ ޓޫލްސްއާއި، އެހެނިހެން މަސައްކަތުގައި ބޭނުންކުރާ ހާއްސަ އިންސްޓްރޫމަންޓްތަކެވެ.

 

ކެޓަގަރީ ނަންބަރު 06: ކޮޕީރައިޓްސް އަދި ޕޭޓަންޓްސް

މި ބައިގައި ހިމެނެނީ، ދައުލަތަށް ހޯދާފައިވާ ކޮޕީރައިޓްސްއާއި، ޕޭޓަންޓްސްއާއި، ޓްރޭޑްމާކް، އަދި ލައިސަންސާއި މިނޫންވެސް މިބާވަތުގެ މުދަލުގެ ތަފުސީލެވެ.

 

ކެޓަގަރީ ނަންބަރު 07: އާސާރީ ތަންތަނާއި ތަކެތި

މި ބައިގައި ހިމެނެނީ، ދައުލަތުގެ މިލްކުގެގޮތުގައި ހިމެނޭ އެންމެހައި އާސާރީ، އަދި ތާރީހީ ތަންތަނާއި، އެ ތަންތަނުގައި ބެހެއްޓިފައި ހުންނަ އާސާރީ އަދި ތާރީހީ ތަކެއްޗެވެ.

 

ކެޓަގަރީ ނަންބަރު 08: ފަޅުރަށްރަށާއި ގޮއިފާލައްބަ ހިންނަފަދަ ތަންތަނާއި، ކުޅިއާއި ފަޅާއި ފަރުފަދަ ތަންތަން، އަދި އެތަންތަނާއި އެނޫން ތަންތަނުގައި ހުންނަ ދިރޭމުދާ 

މި ބައިގައި ހިމެނެނީ، ދައުލަތުން ބަލަހައްޓާ ބިންބިމާއި، ރާއްޖޭގެ ހުރިހާ ފަޅުރަށްރަށާއި ހުރާގަނޑާއި ގޮއިފާލައްބަ ހިންނަފަދަ ތަންތަނާއި، ފަޅުތެރޭގައި ހުންނަ ފިނޮޅުތަކާއި، ރަށްރަށުގައި ހުންނަ ކުޅިތަކާއި، ރަށްރަށާ ވަކިން ހުންނަ ފަރުތަކާއި ފަޅުތަކާއި، މިފަދަ ތަންތަނުގައި ހުންނަ ރުއްގަސްފަދަ ދިރޭމުދަލެވެ. 

(ބ) ދައުލަތުގެ އޮފީސްތަކުގައި ހުންނަ ހަރުމުދާ ހަމައަށް ހުރިތޯ މަދުވެގެން އަހަރަކު އެއްފަހަރު، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ޗެކުކޮށް ބަލަންވާނެއެވެ. މިގޮތުން ޗެކުކުރާއިރު، ތަކެތި ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވޭތޯ ބަލަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ޗެކުކުރުމަށްފަހު، ތަކެއްޗާ ހަވާލުވެހުރި މުވައްޒަފަކާއި ޗެކުކުރި ބަޔަކު ހަރުމުދާ ޗެކުކުރިކަމުގެ ލިޔުމެއްގައި ސޮއިކުރަންވާނެއެވެ. ޗެކުކުރިއިރު އުނިއިތުރެއްވާނަމަ އެކަމާމެދު ނިންމި ގޮތް ބަޔާންކޮށް އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ ނުވަތަ އެ އޮފީހެއްގެ އިސްވެރިޔަކު ސޮއިކުރަންވާނެއެވެ.

11.05 ވަނަ މާއްދާ - ހިލޭ ލިބޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް

(ހ) ދައުލަތުގެ އޮފީސްތަކަށް ހިލޭ ލިބޭ ތަކެތީގެ ތެރެއިން ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނަންޖެހޭ ތަކެތި މި ގަވާއިދުގެ 11.04 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީސްތަކަށް ހިލޭ ލިބޭ ތަކެތީގެ ތެރެއިން މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނަންނުޖެހޭ ތަކެތި، މި ގަވާއިދުގެ 11.20 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސްޓޮކް ހިސާބުތަކުގައި ހިމަނައިގެން ބަލަހައްޓަންވާނެއެވެ.

 

11.06 ވަނަ މާއްދާ - ވިއްކުމަށް ޗާޕުކުރާ ތަކެއްޗާއި ހިލޭ ލިބޭ ތަކެތި  ނައްތާލުން 

(ހ) ދައުލަތުގެ އޮފީސްތަކުން ވިއްކުމަށްޓަކައި ޗާޕުކޮށްފައިވާ ނުވަތަ ގަނެފައިވާ ނުވަތަ ހިލޭ ލިބިފައިވާ ފޮތްތަކާއި، އެނޫން ބާވަތުގެ ތަކެތީގެ ތެރެއިން ވަކި މުއްދަތެއްގައި ވިއްކުމަށްފަހު ބާކީވެގެން ނުވަތަ ނުވިއްކުމަށް ކަނޑައެޅުމުގެ ސަބަބުން ނުވަތަ އެހެން ގޮތަކުންނަމަވެސް ނައްތާލަން ބޭނުންވާ ތަކެތި ނައްތާލެވޭނީ، އެ ތަކެތީގެ ސްޓޮކް، ފޮތުން ދައްކާ އަދަދާއި، ހުރި ތަކެތީގެ އަދަދު ދިމާވޭތޯ ބަލައި ޗެކުކުރުމަށްފަހު، ސްޓޮކް ބަލަހައްޓާ މުވައްޒަފާއި ޗެކުކުރި މުވައްޒަފު ސޮއިކޮށް، އެ ލިޔުން ސައްހަކަމަށް މާލީޒިންމާދާރުވެރިޔާ ސޮއިކުރުމުން މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ތަކެތި ނައްތާލެވޭނީ، އެ އޮފީހަކުން އެ އެއްޗެއް ނައްތާލުމުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ ހުއްދަ ލިޔުމަކުން ލިބުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ނައްތާލުމަށް ހުއްދަ ލިބޭ ތަކެތި ނައްތާލުމަށްފަހު، ނައްތާލުމުގެ މަސައްކަތުގައި އުޅުނު ދެ މުވައްޒަފަކާއި މާލީޒިންމާދާރުވެރިޔާ ނުވަތަ އެ އޮފީހެއްގެ އިސްވެރިޔަކު އެމީހުންގެ ހާޒިރުގައި އެތަކެތި ނައްތާލި ގޮތް ބަޔާންކޮށް ލިޔުމެއް ތައްޔާރުކޮށް ސޮއިކުރަންވާނެއެވެ.

11.07 ވަނަ މާއްދާ - ދައުލަތުގެ މުދާ ދިނުމާއި، ވިއްކުމާއި، ކުއްޔަށް ދިނުމާއި، ދޫކޮށްލުމާއި، ރަހުނުކުރުން

(ހ) ދައުލަތުގެ މުދަލެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، ނުވަތަ ދޫކޮށްލަންވާނީ، ނުވަތަ ދައުލަތުގެ ނަމުގައި ހިންގާ ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން ސީދާގޮތުން ނުވަތަ ނުސީދާގޮތުންނަމަވެސް އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ނުވަތަ އެހީއެއް ނުވަތަ ސަބްސިޑީއެއް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ، މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ބާވަތުގެ ކަމެއް ނިންމަންވާނީ މިނިސްޓަރު އަންގާ ގޮތެއްގެމަތިން އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއެވެ. އަދި މިކަން ނިންމި ގޮތް ލިޔެކިޔުމުން އެނގެން އޮންނަންވާނެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެމަތިން މިކަންކަން ކުރުމަށް މާލީޒިންމާދާރުވެރިޔާ ހުށަހަޅާއިރު، ތިރީގައިމިވާ ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

  1. ދިނުމަށް ނުވަތަ ވިއްކާލުމަށް ނުވަތަ ކުއްޔަށް ދިނުމަށް ނުވަތަ ދޫކޮށްލުމަށް ނުވަތަ ރަހުނުކުރުމަށް ބޭނުންވާ މުދަލުގެ ފުރިހަމަ ތަފުސީލު. 
  2. މުދާ ހުރި ތަނަކާއި، މުދާ ބެލެހެއްޓެމުންދާ ގޮތް.
  3. މުދަލުގެ ފުރިހަމަ އަގު
  4. މިކަންކަން ކުރުމަށް ބޭނުންވާ ސަބަބު.
  5. މިކަންކަން ކުރުމުގައި، ދައުލަތަށް މަންފާއެއް ނުވަތަ ގެއްލުމެއް ލިބޭނެކަމަށް ފެންނަނަމަ އެކަމެއް.

(ރ) ދައުލަތުގެ މުދަލެއް (ބިންބިމާއި ރަށްރަށްވެސް ހިމެނޭ ގޮތަށް) ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ މި ގަވާއިދުގެ ބާބު 10 ގައިވާ ގޮތުގެމަތިން ކުރިމަތިލާން އެދޭ އެންމެހައި ފަރާތްތަކަށް ފުރުސަތު ދެވޭނެ ހާމަކަންބޮޑު ގޮތެއްގެމަތިންނެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ ހުއްދަ ލިބިގެން މި މުއާމަލާތް ހިންގާ ފަރާތަކަށް ފެންނަ އިތުރު ބައިތަކެއް ށަރުތުތަކުގެ ތެރޭގައި ހިމެނިދާނެއެވެ.

 

11.08 ވަނަ މާއްދާ - ދައުލަތުގެ މުދާ އެއްފަރާތުން އަނެއް ފަރާތަށް ދޫކޮށްލުން ނުވަތަ ބަދަލުކުރުން

ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދާ ދައުލަތުގެ އެހެން އޮފީހަކަށް ދޫކޮށްލެވޭނީ ނުވަތަ ވިއްކައިލެވޭނީ ނުވަތަ ބަދަލުކުރެވޭނީ ކަމާބެހޭ ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. މިގޮތުން ބަދަލުކުރަން ނުވަތަ ދޫކޮށްލަން ހުށަހަޅާ މުދަލާއި، ބަދަލުގައި ލިބޭ މުދަލުގެ ފުރިހަމަ މައުލޫމާތު (އަގު، މުދާ ހުރި ހާލަތު) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ.

 

11.09 ވަނަ މާއްދާ - ދައުލަތުގެ މުދާ ލާޖެއްސުން

ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދާ އެހެން ފަރާތެއްގެ މުދަލަކާ ލާޖެއްސޭނީ ނުވަތަ ބަދަލުކުރެވޭނީ، ގާނޫނުގައިވާ ގޮތުގެމަތިން އެކަމެއް ކުރަން ބޭނުންވާ ގޮތުގެ ތަފުސީލު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅައި އެ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. 

 

11.10 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުގެ މުދާ ބޭރަށް ގެންދިޔުމާއި ގެނައުން

(ހ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ  ދަށުގައި ހުންނަ ދައުލަތުގެ މުދަލެއް އެ އޮފީހެއްގެ ބޭނުމަކަށް ނުވަތަ އެހެން އޮފީހެއްގެ ބޭނުމަކަށް ނުވަތަ މަރާމާތުކުރުމަށް އޮފީހުން ބޭރަށް ގެންދަންވާނީ، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ނުވަތަ މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ އެ އޮފީހެއްގެ އިސް މުވައްޒަފެއްގެ ހުއްދަ ލިބިގެންނެވެ. އަދި މިގޮތުން ގެންދާ މުދާ ގެންދިޔުމުގެ ކުރިން، ގެންދާ އެ މުދަލަކާއި، އެ މުދަލެއް ގެންދާ ތަނަކާއި، ހަވާލުވާ މީހަކާއި، އެ މުދަލެއް ގެންދާއިރު ހުރިގޮތާއި، އަދި މިނޫންވެސް މިފަދަ ބޭނުންތެރި މައުލޫމާތު އެކަމަށް ކަނޑައަޅާފައިވާ ފޮތެއް (އަނބުރާ ދައްކާގޮތަށް މުދާގެންދާ ފޮތް) ގައި ލިޔަންވާނެއެވެ. އަދި މިގޮތަށް ގެންދާ ތަކެތި އަނބުރާ ގެނައުމުން ގެނައިކަން އެ ފޮތުގައި ރިކޯޑުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަ މުދަލެއް ދޫކުރަންވާނީ، އެކަމަށް އެދޭ ފަރާތަކުން ލިޔުމެއް ފޮނުވުމުންނެވެ. އެ ލިޔުމުގައި އެ އެއްޗެއް ގެންދާ ބޭނުމަކާއި އަނބުރާ ގެންނާނެ ތާރީހު އެނގެން އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދޫކުރި ތަކެތި އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި އަނބުރާ ނުލިބިއްޖެނަމަ، ތަކެތި ގެންދިޔަ ފަރާތަށް ލިޔުމުން އެ ތަކެތި އަނބުރާ ހަވާލުކުރުމަށް އަންގަންވާނެއެވެ. މިގޮތުން ލިޔުމުން އެންގުމުންވެސް އެ ތަކެތި ނުލިބިއްޖެނަމަ، މާލީޒިންމާދާރުވެރިޔާ އެ މައްސަލަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދޫކުރެވޭ މުދާ އަނބުރާ ލިބޭއިރު، އިތުރު ގެއްލުމެއް ލިބިފައިވޭތޯ ބަލަންވާނެއެވެ. އަދި މިގޮތުން ބަލާއިރު އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، ދެފަރާތުން ވާހަކަދައްކައިގެން އެ މައްސަލައަށް ހައްލެއް ލިބޭތޯ މަސައްކަތްކުރަންވާނެއެވެ. މިގޮތުން ހައްލެއް ނުހޯދިއްޖެނަމަ އެ މައްސަލައެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅައިގެން މިނިސްޓްރީން ނިންމަންވާނެއެވެ.

 

11.011 ވަނަ މާއްދާ - ވަކި މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ހުންނަ މުދާ

އޮފީހުގެ ހަރުމުދަލުގެ ތެރޭގައި ހިމެނޭ އެއްޗެއް ވަކި މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ބަހައްޓަންވާނީ އެ މުވައްޒަފަކު އެ އެއްޗެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ޒިންމާވާނެކަމަށްސޮއިކުރުވާފައެވެ. މީގެތެރޭގައި އެ މުވައްޒަފަކު މަސައްކަތްކުރުމަށް ހަވާލުކޮށްފައި ހުންނަ ތަކެތިވެސް ހިމެނެއެވެ. 

 

11.12 ވަނަ މާއްދާ - ދައުލަތުގެ ތަންތަނުގައި ހުންނަ ރުއްގަހުން ލިބޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް 

(ހ) މީހުން ބައިތިއްބުމަށް ހަދާފައި ހުންނަ ދައުލަތުގެ އިމާރާތްތަކުގެ ގޯތިތެރޭގައި ހުންނަ ރުއްގަހުން ލިބޭ ތަކެތި ބޭނުންކުރާނީ އެ ތަނެއްގައި މީހުން ތިބޭއިރު އެ ތަނެއްގައި ކުރަންޖެހޭ ބޭނުންތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާފަދަ ތަންތަން ފިޔަވައި، ދައުލަތުގެ އެހެން ތަންތަނުގައި ހުންނަ ރުއްގަހުން ލިބޭ ތަކެތި ބޭނުންކުރާނީ، އެ ތަނެއްގެ ސަރުދާރު ފެންވަރުން ފެށިގެން ދަށުގެ މުވައްޒަފުންނެވެ. އެގޮތަށް މުވައްޒަފުންނަށް ތަކެތި ދޫކުރެވޭނީ ތިރީގައިމިވާ ގޮތަށް އެ މުވައްޒަފުން ރުއްގަސް ބަލަހައްޓާނަމައެވެ.

  1. ރަސްމީގަޑި ފިޔަވައި އެހެން ވަގުތުތަކުގައި ރުއްގަސް ސާފުކޮށް ބަލަހައްޓައިދީ ރުއްގަހުގެ ކުނިއުކައިދިނުން.
  2. އެ ތަނެއްގެ މުވައްޒަފުން އަމިއްލައަށް ރުއްގަސް ސާފުކޮށް ބެލެހެއްޓޭވަރު ނުވާނަމަ، އެ މުވައްޒަފުންގެ އަމިއްލަ ހަރަދުގައި އެހެން ފަރާތަކާ ހަވާލުކޮށްގެން ރުއްގަސް ސާފުކޮށް ބެލެހެއްޓުން.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަކުންކުރެ ގޮތަކަށް މުވައްޒަފުން ބޭނުންނުވާނަމަ، އަދި އެ އޮފީހެއްގެ ބަޖެޓުން ހަރަދުކޮށްގެން ރުއްގަސް ސާފުކޮށް ބަލަހައްޓާނަމަ، އެ ތަކެތި މުވައްޒަފުންނަށް ދެވޭނީ އެ އޮފީހެއްގެ އިސްވެރިޔާ ކަނޑައަޅާ ގޮތެއްގެމަތިންނެވެ.  

 

11.13 ވަނަ މާއްދާ - ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ގޯތިގޯއްޗާއި ބިންބިމުގައި ރުއްގަސް އިންދުމާއި ކެނޑުން 

(ހ) ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ގޯތިގޯއްޗާއި ބިންބިމުގައި ރުއްގަސް އިންދަންވާނީ، އެ ތަނެއް ބަލަހައްޓާ އޮފީހެއްގެ އިސްވެރިޔާގެ ހުއްދަ ލިބިގެންނެވެ.

(ށ) ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ގޯތިގޯއްޗާއި ބިންބިމުގައި ހުންނަ ބަންޑާރަ ލަކުޑީގެ ގޮތުގައި ހިމެނޭ ރުއްގަސް ކަނޑަންވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެންނެވެ. އެ ތަންތަނުގައި ހުންނަ އެނޫން ގަސްގަސް ކަނޑަންވާނީ، ނުވަތަ ނަގަންވާނީ، ނުވަތަ ވިއްކަންވާނީ އެ އޮފީހެއްގެ އިސްވެރިޔާގެ ހުއްދަ ލިބިގެންނެވެ.

 

11.14 ވަނަ މާއްދާ - ދައުލަތުގެ މުދާ ބެލެހެއްޓުން

(ހ) ދައުލަތުގެ މުދާ ބަހައްޓަންވާނީ ތިރީގައިމިވާ ގޮތުގެމަތިން ތަޅުލެވޭ ރައްކާތެރި ތަނެއްގައެވެ.

  1. ގުދަނެއްގައި ނުވަތަ ތަޅުލެވޭގޮތަށް ހުންނަ ރައްކާތެރި ތަނެއްގައި.
  2. މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ހުންނަ  ކަބަޑު، މޭޒު، ނުވަތަ އަލަމާރިފަދަ ތަޅުލެވޭ އެއްޗެއްގައި. 
  3. ދަންކޮށްގެން ނުބެލެހެއްޓޭފަދަ ތަކެތި މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ ގޮތެއްގެމަތިން ކަނޑައަޅާ ތަނެއްގައި.

 

11.15 ވަނަ މާއްދާ - ގަނެވޭ މުދާ ސްޓޮކްބާކީގައި ހިމެނުން

ދައުލަތުގެ ބޭނުމަށް ގަންނަ މުދަލުގެ ތެރޭގައި ހިމެނޭ، ސްޓޮކަށް ވައްދަންޖެހޭ ތަކެތި، ސްޓޮކްބާކީއަށް ވައްދަންވާނެއެވެ. ނަމަވެސް ވަކި މުވައްޒަފަކާ ހަވާލުކުރެވިފައިވާ ހާއްސަ މަސައްކަތަކަށް ގަނެވޭ، އާންމުކޮށް ސްޓޮކްގައި ނުހުންނަ އެއްޗެއް އެ މުވައްޒަފަކާ ހަވާލުކޮށް ސޮއިކުރުވުމުން، ނުވަތަ ކުރެވެމުންދާ ވަކި މަސައްކަތަކަށް ގަނެވޭ ތަކެތި އެ މަސައްކަތެއް ކުރާ ފަރާތާ ހަވާލުކޮށް ސޮއިކުރުވުމުން ފުދޭނެއެވެ. 

 

11.16 ވަނަ މާއްދާ - ސްޓޮކް ހިސާބު ބެލެހެއްޓުމާއި، ތަކެތި ދޫކުރުން 

(ހ) އެ އޮފީހެއްގައި ބޭނުންކުރުމަށް، ނުވަތަ އެ ތަކެތި ބޭނުންކޮށްގެން އެހެން އެއްޗެއް އުފެއްދުމަށް، ނުވަތަ ތަނަށް ހިދުމަތް ދިނުމުގައި ބޭނުންކުރުމަށް ހޯދާފައި ބަހައްޓާ ތަކެތި ސްޓޮކަށް ވައްދައި، ސްޓޮކް ބާކީކޮށް ބަލަހައްޓަންވާނެއެވެ. މިގޮތުން ސްޓޮކްކުރެވޭ ތަކެތީގެ ކޮންމެ އައިޓަމެއްގެ ބާކީ ވަކިން އެނގޭގޮތަށް ސްޓޮކްބާކީގެ ހިސާބު ބަލަހައްޓަންވާނެއެވެ.

(ށ) ސްޓޮކަށް ގަނެފައި ހުންނަ ތަކެތި ހުންނަންވާނީ ވަކި މުވައްޒަފަކާ ލިޔުމުން ހަވާލުކުރެވިފައެވެ. ސްޓޮކުގައި ހުންނަ އަގުބޮޑު ތަކެތި ސްޓޮކުން ދޫކުރަންވާނީ އެ އޮފީހެއްގެ ކަމާބެހޭ ވެރިއަކު ހުއްދަ ދީގެންނެވެ.

(ނ) ސްޓޮކް ބަލަހައްޓާ މުވައްޒަފަކީ، ބަޖެޓުގެ ނުވަތަ ޕްރޮކިއުމަންޓުގެ މަސައްކަތްކުރާ މުވައްޒަފަކަށް ވެގެންނުވާނެއެވެ.

 

11.17 ވަނަ މާއްދާ - ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުން 

(ހ) ސްޓޮކަށް ތަކެތި ހޯދަންވާނީ އެ އޮފީހެއްގެ މަސައްކަތަށް ބޭނުންވާ އަދަދަކަށް ބޭނުންވާ މިންވަރަކަށެވެ. މިގޮތަށް ތަކެތި ހޯދުމުގައި އެކި ސެކްށަންތަކުން އެ ސެކްށަނެއްގެ މަސައްކަތަށް ކޮންމެހެން އެވަގުތަކަށް ބޭނުންވާ އަދަދަށް ތަކެތި ދުމަށް ސަމާލުކަންދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެތަނަކަށް ބޭނުންވެގެން ހޯދުމަށް އެދޭ ތަކެއްޗަކީ އެތަނެއްގެ މަސައްކަތް ހިންގުމަށް ނުވަތަ އެ އޮފީހަކުން ހިންގަންޖެހޭ ނުވަތަ އުފައްދަންޖެހޭ އެއްޗަކަށް ބޭނުންވާ ތަކެތިތޯ ބެލުމާއި، ތަކެތި ހޯދުމަށް ހުއްދަދިނުމަކީ އެ ސެކްށަނެއްގެ އިސްވެރިޔެއްގެ މަސްއޫލިއްޔަތެކެވެ. ތަކެތި ހޯދުމަށް އެދޭނީ " މުދާ ިހދުމަތް ލިބިގަތުމަށް އެދޭ "ފޯމު" ންނެވެ. (MG/PC01)

މުދާ ލިބިގަތުމަށް އެދޭ ފޯމު
މުދާ ލިބިގަތުމަށް އެދޭ ފޯމަކީ، ޑިޕާޓްމަންޓަކުން ނުވަތަ ސެކްށަނަކުން ނުވަތަ ވަކި މުވައްޒަފަކު އޮފީހުގައި ކުރާ މަސައްކަތަކަށް ސްޓޮކުން އެ އެއްޗެއް ނެގުމަށްޓަކައި ފުރާ ފޯމެކެވެ. މި ފޯމު އޮންނަންވާނީ އަސްލާއެކު ދެކޮޕީއެވެ.

(ނ) ސްޓޮކުގައި އާންމުކޮށް ހުންނަ ތަކެތި އެކަށީގެންވާވަރަށްވުރެ މަދުވުމުން އަލުން ހޯދުމަށް އެދެންވާނީ "މުދާ ގަންނަން އެދޭ ފޯމު" ންނެވެ. (MG/PC03)

މުދާ ގަންނަން އެދޭ ފޯމު

މި ފޯމަކީ އެކިއެކި ށެކްށަންތަކުން ސްޓޮކުން ތަކެތި ނެގުމަށް ނުވަތަ ތަކެތި ހޯދުމަށް އެދުމުން މުދާ ބޭނުންވާވަރަށް ސްޓޮކުގައި ނެތިއްޖެ ހިނދެއްގައި ނުވަތަ މުޅިން އައު އެއްޗެއް ހޯދާނަމަ ލިޔަންޖެހޭ ފޯމެކެވެ. މި ފޯމުގައި ތަކެއްޗަށް އެދި ސޮއިކުރަންވާނީ ސްޓޮކާ ހަވާލުވެ ހުންނަ މުވައްޒަފެކެވެ. މި ފޯމު އޮންނަންވާނީ އަސްލަކާއި ކޮޕީއެކެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ސްޓޮކަށް މުދާ ގަތުމަށް އެދޭ ފޯމު ލިބުމުން، އެދޭ ތަކެއްޗަށް ހުއްދަދޭންވާނީ ބޭނުންވާ ތަކެތި ހޯދޭވަރަށް ބަޖެޓުގައި ފައިސާ ހުރިތޯ ބަލައި، ހޯދަން އެދޭ ތަކެތި އެކަށީގެންވާވަރަށްވުރެ ސްޓޮކުގައި މަދުވާނަމަ، ކޮންމެހެން ބޭނުންވާވަރަށެވެ. 

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ބެލުމަށްފަހު މުދާ ގަތުމަށް އޯޑަރުކުރަންވާނީ މި ގަވާއިދުގެ 10.59 ވަނަ މާއްދާގެ (ހ) ގައިވާ "މުދަލަށް އޯޑަރުކުރާ ފޯމު" ންނެވެ. (MG/PC02) 

(ޅ) ސްޓޮކަށް ތަކެތި ހޯދުމަށް ފުރަންޖެހޭ "މުދާ ގަންނަން އެދޭ ފޯމު" ފުރަންވާނީ، އަދި އެ ފޯމުގައި ސޮއިކުރަންވާނީ ސްޓޮކާ ހަވާލުވެ ހުންނަ އިސް މުވައްޒަފެކެވެ. މި ފޯމު ފުރުމަށްފަހު އެ ފޯމުގެ އަސްލު ޕްރޮކިއުމަންޓާބެހޭ ބަޔާ ހަވާލުކުރާނީއެވެ. ސްޓޮކަށް ހޯދާ ތަކެތި ގެނައުމުން ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ. 

  1. މުދަލަށް އޯޑަރުކުރާ ފޯމުގައިވަނީ މުދާ ލިބިގަތުމަށް އެދޭ ފޯމުގައިވާ މުދާތޯ ބެލުން
  2. ލިބިފައިވާ މުދަލަކީ މުދަލަށް އޯޑަރުކުރި ފޯމުގައިވާ މުދާތޯ ބެލުން
  3. ލިބިފައިވާ މުދަާލއެކު ބިލެއްވާނަމަ، އެ ބިލުގައިވަނީ ލިބިފައިވާ މުދާތޯ ބަލައި ޗެކްކުރުން. 
  4. މި މާއްދާގެ (ޅ) ގެ 1 ،2 ،އަ ިދ 3 ގައިވާ ކަންތައްތައް ޗެކުކޮށް ބެލިބެލުމުގައި އެއްވެސް މައްސަލައެއް ވާނަމަ، މުދަލަށް އޯޑަރުކުރި ފޯމުގައި ނުވަތަ މުދާ ބަލައިގަތް ނޯޓުގައި އެކަން ބަޔާންކުރުމަށްފަހު ފައިސާއާބެހޭ މަސައްކަތްކުރާ ފަރާތާ ހަވާލުކުރުން. 

 

11.18 ވަނަ މާއްދާ - މުދާ ބަލައިގަތުމާއި، ކަމުނުދާ މުދާ އަނބުރާ ފޮނުވާލުމާއި، މުދަލުގެ ބަދަލު ހޯދުން 

(ހ) ސްޓޮކަށް ނުވަތަ އެތަނަކަށް މުދާ ބަލައިގަންނަންވާނީ އޯޑަރުކުރި ގޮތާ އެއްގޮތަށް ތަކެތި ހަމައަށް ހުރިތޯ ޗެކުކޮށް ބަލާފައެވެ. ތަކެތި ބަލައިގަތްފަހުން ބަލައިގަނެވުނު ތަކެތީގެ ތެރޭގައި އޯޑަރުކުރި ފޯމުގައިވާ ފެންވަރަށްވުރެ ފެންވަރުދަށް ތަކެތި ހުރިކަން ފާހަގަކުރެވިއްޖެނަމަ، ނުވަތަ އޯޑަރުކުރި އެއްޗަކާ ތަފާތު އެއްޗެއް ނުވަތަ ގެއްލުން ލިބިފައިވާ އެއްޗެއް ވާނަމަ، އެ ތަކެތި ވިއްކި ފަރާތަށް ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އަނބުރައި ފޮނުވާލަންވާނެއެވެ. މިގޮތުން އަނބުރައި ފޮނުވާލާ ތަކެތި ވިއްކި ފަރާތާ ހަވާލުކޮށް ސޮއިކުރުވަންވާނެއެވެ.

(ށ) އަނބުރާ ފޮނުވި ތަކެތީގެ ބަދަލުގައި ރަނގަޅު ތަކެތި އަނބުރާ ހޯދައި ސްޓޮކްބާކީގައި ރިކޯޑުކުރަންވާނެއެވެ. އަނބުރައި ފޮނުވި ތަކެތީގެ ބަދަލުގައި ރަނގަޅު ތަކެތި އެ އަދަދަށް ނުލިބޭނަމަ، އެ މުދަލަށް ފައިސާ ދައްކާނީ ބިލު ބަދަލުކުރުވުމަށްފަހު، އެ އޮފީހަކަށް ތަކެތި ލިބުނު އަދަދުގެ މައްޗަށް އަގުކުރުމަށްފަހު، އެފަރާތަކަށް ދައްކަންޖެހޭ އަދަދަކަށެވެ.

 

11.19 ވަނަ މާއްދާ - ސްޓޮކުން ތަކެތި ދޫކުރުން

އޮފީހުގެ މަސައްކަތަށް ބޭނުންވާ އެއްޗެއް "މުދާ ލިބިގަތުމަށް އެދޭ ފޯމު" ން ހުށަހެޅުމުން އެ ފޯމުގައިވާ މުދަލެއް ސްޓޮކުގައި ހުރިނަމަ އެ މުދަލެއް ދޫކުރުމާއި، ސްޓޮކުގައި ނެތްނަމަ އެ އެއްޗެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ތިރީގައިވާ ގޮތުގެމަތިން ކުރިޔަށް ގެންދަންވާނެއެވެ. (MG/PC01)

(ހ) ގިނަ އަދަދަކަށް ސްޓޮކުން ތަކެތި ދޫކުރަންޖެހޭ ތަންތަނުން، ސްޓޮކުން އެއްވެސް އެއްޗެއް ދޫކުރާނަމަ، މުދާ ލިބިގަތުމަށް އެދޭ ފޯމު ފުރިހަމަކޮށްގެން ދޫކުރުން. 

(ށ) މުދާ ލިބިގަތުމަށް އެދޭ ފޯމުތަކުގެ އަސްލު، ސްޓޮކް ބަލަހައްޓާ މުވައްޒަފެއްގެ ހަވާލުގައި ފައިލުކޮށްފައި ބެހެއްޓުން.

(ނ) މުދާ ލިބިގަތުމަށް އެދޭ ފޯމުތަކުގެ ކޮޕީ، އެ ފޯމު ފޮނުވާ ފަރާތުގެ ހަވާލުގައި ފައިލުކޮށްފައި ބެހެއްޓުން. 

 

11.20 ވަނަ މާއްދާ - ސްޓޮކް ރިކޯޑުތައް ބެލެހެއްޓުން  

ސްޓޮކަށް ގަނެވޭ ތަކެތީގެ ރިކޯޑާއި ސްޓޮކުން ތަކެތި ދޫކުރެވޭ ގޮތުގެ ރިކޯޑު ފޮތެއްގައި ލިޔެގެން ނުވަތަ ބިންކާޑުގައި ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ބަލަހައްޓަންވާނެއެވެ. (MG/PC04).

 

11.21 ވަނަ މާއްދާ - ސްޓޮކުގައި ހުންނަ ތަކެތި ބެހެއްޓުން

ސްޓޮކުގައި ހުންނަ ތަކެތި ބަހައްޓަންވާނީ މި ގަވާއިދުގެ 11.14 ވަނަ މާއްދާގައިވާގޮތުގެ މަތިން ރައްކާތެރި ތަނެއްގައެވެ.

 

11.22 ވަނަ މާއްދާ - ދައުލަތުގެ މުދާ ނީލަންކިޔުމާއި ނައްތާލުން

(ހ) ދައުލަތުގެ މުދަލެއް ވިއްކާލަންވާނީ، ނުވަތަ ނައްތާލަންވާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ށ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައިވާ، ދައުލަތުގެ މުދަލުގެ ތެރޭގައި ހިމެނޭ، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް މުދާ، ނީލަމުގައި ވިއްކާލަންވާނީ، ނުވަތަ ނައްތާލަންވާނީ، ނުވަތަ އުކާލަންވާނީ، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާގެ ހުއްދަ ލިބިގެން، މާލީޒިންމާދާރުވެރިޔާ ނުވަތަ މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ. (MG/PR03).

(ނ) ނީލަމުގައި ވިއްކާލާ މުދަލާއި ނައްތާލާ ނުވަތަ އުކާލާ މުދަލުގެ ރިކޯޑުތައް އެ އޮފީހެއްގައި ލިޔެ ފައިލުކޮށްފައި ހުންނަންވާނެއެވެ. މިގޮތުން ނީލަންކިޔާ ތަކެއްޗާއި ނައްތާލާ ނުވަތަ އުކާލާ ތަކެތި، އެ ތަކެތި ރިކޯޑުކޮށްފައިވާ ލިޔުންތަކުން ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އުނިކުރަންވާނެއެވެ.

(ރ) ނީލަންކިޔުނު ތަކެއްޗާއި ނައްތާލި ނުވަތަ އުކާލި ތަކެތީގެ ލިސްޓު ތައްޔާރުކުރުމަށްފަހު ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ.

(ބ) ނީލަންކިޔައިގެން ލިބޭ ފައިސާ ޖަމާކުރަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އަންގާ ގޮތެއްގެމަތިންނެވެ.

 

11.23 ވަނަ މާއްދާ - ލަމަށް ތަކެތި ފޮނުވުމާއި، ނީލަންކިޔުން

(ހ) ދައުލަތުގެ މުދާ ނީލަންކިޔާނެ ނިޒާމެއް ސަރުކާރުން ގާއިމުކޮށްފައިވާ ރަށްރަށުގައި، ދައުލަތުގެ މުދާ ނީލަންކިޔަންވާނީ އެ ނިޒާމު މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާފަދަ ނިޒާމެއް ގާއިމުކޮށްފައިނުވާ ރަށްރަށުގައި ދައުލަތުގެ މުދަލެއް ނީލަންކިޔާނަމަ، އެ ރަށެއްގައި ނީލަންކިޔައިގެން ވިއްކާލެވިދާނެއެވެ. މިގޮތަށް އެ އޮފީހަކުން އަމިއްލައަށް ނީލަމުގައި ތަކެތި ވިއްކާނަމަ، ނީލަން ބާއްވާ ދުވަހުގެ ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ކުރިން އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ނ) ކޮންމެ ތަނެއްގައި ނީލަންކީކަމުގައިވިޔަސް ނީލަންކިޔުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ނީލަންކިޔާ ތަކެތީގެ ހިސާބު ބަލަހައްޓަންވާނެއެވެ. އަދި ނީލަމަށް ފޮނުވޭ ތަކެތީގެ ހިސާބުތައް، ތަފުސީލު އެނގޭގޮތަށް އެ އޮފީހަކުން ލިޔެ ބަލަހައްޓަންވާނެއެވެ. 

(ރ) ނީލަންކިޔުމަށް ފޮނުވާ ތަކެތީގެ ތެރެއިން، ސަރުކާރުން ގާއިމުކޮށްފައިވާ ނިޒާމަކުން ގަބޫލުނުކުރާ ތަކެތި އެ އޮފީހަކުން ވިއްކާލައިގެން އަގެއް ލިބޭނެކަމަށް މާލީޒިންމާދާރުވެރިޔާއަށް ފެންނަނަމަ، އެފަދަ ތަކެތި ނީލަންކިޔުމުގެ ބަދަލުގައި، އެ އޮފީހެއްގައި ބަހައްޓައިގެން ގަންނަން އެދޭ ފަރާތެއްވޭތޯ ބަލައި، އެ އޮފީހަކުން ވިއްކާލާނީއެވެ. 

(ބ) ނީލަމަށް ފޮނުވާ ތަކެތީގެ ތެރެއިން ވަކި ބައިބައިގެ ގޮތުގައި ބައި (ލޮޓް) ތަކަކަށް ބަހައިގެން ނީލަން ކިޔާ ތަކެތީގެ ހިސާބު ނެގުމަށްފަހު، އެ ބައި (ލޮޓް) ތަކަށް ބަދަލުގެނެސް ހަދައިގެން ނުވާނެއެވެ.

(ޅ) ނީލަންކިޔަން ބޭނުންވާ ތަކެތި، އެ މުދާ ހުރި ތަނަކުން ބޭރަށް ގެންދިޔުމުގެ ކުރިންތަކެތީގެ އަދަދާއި، ބާވަތް އަދި އިންވެންޓަރީ ކޯޑު ނަންބަރު އެނގޭގޮތަށް ފޮތެއްގައި ނުވަތަ ކަމާބެހޭ ފޯމުގައި ލިޔެ، އެ މަސައްކަތް ކުރި މުވައްޒަފުގެ އިތުރުން، މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ މުވައްޒަފަކު އެތަކެތި ޗެކުކޮށް ސޮއިކުރަންވާނެއެވެ. އަދި އެ ތަކެތި ނީލަމަށް ފޮނުވުމަށް ނިންމާނީ، އެ ތަނެއްގައި ހުންނަ މާލީޒިންމާދާރުވެރިޔާ ނުވަތަ އެކަމަށް މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ ފަރާތަކުން ބަލާ ޗެކުކުރުމަށްފަހު، އެ ތަކެތި ނީލަމަށް ފޮނުވުމަށް ނުވަތަ އެތަކެތި ނީލަމުގައި ވިއްކާލުމަށް ނިންމިކަމަށް މާލީޒިންމާދާރުވެރިޔާ ސޮއިކުރުމުންނެވެ.

(ކ) އެއްފަހަރު ނީލަންކިޔައިގެން ނުވިކޭ ތަކެތި، ދެވަނަފަހަރު ނީލަންކިޔައިގެންވެސް ނުވިކިއްޖެނަމަ، މި ގަވާއިދުގެ 11.24 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ މުދަލެއް ނައްތާލާނީއެވެ.

(އ) ދައުލަތުގެ އޮފީސްތަކުން އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރުވާ މަސައްކަތްތަކަށް ނުވަތަ ސީދާ އެ ތަނަކުން ކުރާ އެކިއެކި ހާއްސަ މަސައްކަތްތަކަށް ބޭނުންކޮށްފައިވިޔަސް، އަލުން ބޭނުންހިފޭކަހަލަ ތަކެއްޗާއި ބޭނުންނުކޮށް އިތުރުވެފައި ހުންނަ ތަކެތި ލަސްނުކޮށް ނީލަމުގައި ވިއްކާލަންވާނެއެވެ. ތަނުގައި ބަހައްޓައިގެން އޭގެ ބޭނުން ފަހުން ހިފިދާނެ ތަކެއްޗާއި، މެށިނަރީއާއި، އިކުއިޕްމަންޓާއި، ޓޫލްސް އަދި މަސައްކަތްކުރަން ގެންގުޅޭ އެހެނިހެން ސާމާނު މީގެތެރޭގައި ނުހިމެނެއެވެ.

 

11.24 ވަނަ މާއްދާ - ދައުލަތުގެ މުދާ ނައްތާލުން

(ހ) މި ގަވާއިދުގެ 11.22 ވަނަ މާއްދާގައިވާގޮތުގެ މަތިން، ދައުލަތުގެ މުދަލެއް ނައްތާލުމަށް ނުވަތަ އުކާލުމަށް ކަނޑައަޅާ ތަކެތި، ނައްތާލުމުގެ ކުރިން ނުވަތަ އުކާލުމުގެ ކުރިން އެފަދަ ތަކެތީގެ ލިސްޓު ނަގައި، ކަމާބެހޭ ދެ މުވައްޒަފަކު ސޮއިކޮށް، މާލީޒިންމާދާރުވެރިޔާ ހުއްދަދިންކަމުގެ ސޮއިކުރުމަށްފަހު، އެ ތަކެތި ނައްތާލައި އުކާލެވިދާނެއެވެ.

(ށ) އެހެން ކަމަކަށް ބޭނުން ނުކުރެވޭނެ ބާވަތުގެ ތަކެތި، ނުވަތަ އެ ތަކެތި ވިއްކުމުގެ ސަބަބުން ބަޔެއްގެ އާންމު ސިއްހަތަށް ގެއްލުމެއްވެދާނެ ބާވަތުގެ ތަކެތި، އެ ތަކެތި ވިއްކުމުގެ ސަބަބުން ސިއްހަތަށް ވެދާނެ ގެއްލުން ބަޔާންކުރުމާއެކު، އެކަށީގެންވާ ގޮތެއްގެމަތިން ނައްތާލެވިދާނެއެވެ.

 

11.25 ވަނަ މާއްދާ - ދަތުރުކުރުމަށް ބޭނުންކުރާ އުޅަނދު

(ހ) ދައުލަތުގެ އުޅަނދުގެ ގޮތުގައި، ދައުލަތުގެ ނަމުގައި ރަޖިސްޓަރީކުރެވިގެން ދައުލަތުގެއޮފީސްތަކުގައި ބޭނުންކުރާ އެއްގަމާއި ކަނޑާއި، ވައިގެމަގުން ދުއްވާ އުޅަނދުފަހަރު ހިމެނޭނެއެވެ.

(ށ) ދައުލަތުގެ އުޅަނދުތަކުގައި ރަޖިސްޓަރީކުރެވިފައިވާ ދައުލަތުގެ އޮފީހުގެ ނަން، ނުވަތައެ އޮފީހެއްގެ ވަކި ނިށާނެއް ކަނޑައެޅިފައިވާނަމަ އެ ނިށާން އެ އުޅަނދުތަކުގައި ޖަހާފައި ހުންނަންވާނެއެވެ.

(ނ) ދައުލަތުގެ އުޅަނދުފަހަރު ބޭނުންކުރަން ފެށުމުގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ ގޮތެއްގެމަތިން އިންށުއަރކުރަންވާނެއެވެ. އިންށުއަރެންސް ކަވަރޭޖުގެ ތެރޭގައި، އަލިފާނުގެ ހާދިސާތަކާއި، އެކްސިޑެންޓުތަކާއި، ކަނޑުގަދަވެގެން ލިބޭ ގެއްލުންތަކާއި، ފަރުދަކު ނުވަތަ ބަޔަކު ދޭ ގެއްލުންތަކާއި، ވަގަށް ނެގުމާއި، އެ އެއްޗެއް ބާއްވާފައި އޮއްވައި، ނުވަތަ އުޅަނދެއް ފަޅުގައި އަޅާފައި އޮއްވައި ލިބޭ ގެއްލުންތައް ހިމަނަންވާނެއެވެ.

(ރ) ދައުލަތުގެ އެންމެހައި އުޅަނދުފަހަރު ދައުލަތުގެ މުދަލުގެ ރަޖިސްޓަރީއަށް ހިމަނަންވާނެއެވެ. އަދި އޭގެ އިތުރުން ކޮންމެ އުޅަނދަކާބެހޭގޮތުން ތިރީގައިމިވާ ކަންތައްތައް ކުރާނެ ގޮތުގެ އުސޫލެއް އެ ތަނަކުން އެކުލަވައިލައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހުއްދަ ހޯދަންވާނެއެވެ.

  1. ބަލަހައްޓާނެ ގޮތާއި، ބޭނުންކުރާނެ ގޮތް. 
  2. ގަރާޖުކުރާނެ ގޮތް ނުވަތަ ފައްތިޔާކުރާނެ ގޮތް. 
  3. އުޅަނދު ބޭނުންކުރެވޭ ގޮތުގެ ރިކޯޑާއި، ތެޔޮ ބޭނުންކުރެވޭ މިންވަރާއި، މަރާމާތުކޮށް ބަލަހައްޓާނެ ގޮތް. 
  4. އެއް އޮފީހުން އަނެއް އޮފީހަށް ކުރާ ދަތުރާއި، ކޮށްދޭ މަސައްކަތްތަކަށް އަގުނަގާނެ ގޮތް.

 

11.26 ވަނަ މާއްދާ - ދައުލަތުގެ އުޅަނދުފަހަރު ދުއްވާ ފަރާތާއި، ޒިންމާ

(ހ) ދައުލަތުގެ އުޅަނދުފަހަރު ދުއްވުމަށް ހުއްދަކޮށްފައިވާ މުވައްޒަފަކު ފިޔަވައި އެހެން އެއްވެސް މީހަކު އެ އުޅަނދެއް ދުއްވައިގެން ނުވާނެއެވެ. މި ހުއްދަ ދޭންވާނީ އެ ފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށެވެ.

(ށ) ދައުލަތުގެ އުޅަނދެއް ދުއްވުމުގެ ހުއްދަ ދެވިފައިވާ މީހަކު، އެފަދަ ތަކެތި ދުއްވުމަށް ދައުލަތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ހިލާފަށް ދުއްވުމުގެ ސަބަބުން އުޅަނދަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމުގެ ޒިންމާ އުފުލަންވާނީ، އެ އުޅަނދު ދުއްވި މީހާއެވެ.

(ނ) ދައުލަތުގެ އުޅަނދެއް ހަވާލުކޮށްފައިވާ ފަރާތެއްގެ އިހުމާލުން އެ އުޅަނދަކަށް ލިބޭ ގެއްލުމުގެ ބަދަލު އިންށުއަރެންސްއިން ހަމަނުޖެއްސޭނަމަ އެ ބަދަލެއް ދޭންޖެހޭނީ އެ އުޅަނދެއް ދުއްވި މީހާއެވެ.

(ރ) ދައުލަތުގެ އުޅަނދެއް ދުއްވުމުގެ ހުއްދަދެވިފައިވާ މީހަކު ގަވާއިދާ ހިލާފަށް އެހެން ފަރާތަކަށް އުޅަނދު ދޫކޮށްގެން އެ އުޅަނދަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، ގެއްލުމުގެ ބަދަލު އިންށުއަރެންސްއިން ހަމަނުޖެއްސޭނަމަ އެ ބަދަލެއް ދޭންޖެހޭނީ އެ އުޅަނދު ދޫކުރި މީހާއެވެ.

(ބ) ދައުލަތުގެ އުޅަނދެއް ބޭނުންކުރަނިކޮށް ދުއްވި މީހާގެ އިހުމާލުން މީހަކަށް ނުވަތަ އެއްޗަކަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަކަށް ލިބޭ ގެއްލުމުގެ ބަދަލު އިންށުއަރެންސްއިން ހަމަނުޖެއްސޭނަމަ އެ ބަދަލެއް ދޭންޖެހޭނީވެސް އެ އުޅަނދެއް ދުއްވި މީހާއެވެ.

 

11.27 ވަނަ މާއްދާ - ދަތުރު ރިކޯޑު ބެލެހެއްޓުން

(ހ) ދައުލަތުގެ އުޅަނދުފަހަރާއި، ގިނަ ދުވަހަށް ކުއްޔަށް ހިފައިގެން ގެންގުޅޭ އުޅަނދުތަކުގައި ކުރާ ދަތުރުތަކުގެ މައުލޫމާތު، ތިރީގައިވާ ކަންތައްތައް އެނގޭނެ ގޮތަށް ރިކޯޑު ބަލަހައްޓަންވާނެއެވެ. (MG/BC15).

  1. ދަތުރުކުރި ތާރީހު
  2. ދަތުރު ފެށި ގަޑިއާއި، ނިންމި ގަޑި 
  3. ދަތުރުގެ ބޭނުން
  4. ދަތުރު ކުރުވި މުވައްޒަފުންގެ ނަމާއި، މަގާމު އަދި ސޮއި 
  5. އެހެން ފަރާތަކުން ފައިސާ ލިބޭގޮތަށް ކުރި ދަތުރެއްނަމަ، ދަތުރުކުރުމަށް އެއްބަސްވި އަގާއި، އެ އަގު ހޯދުމަށް އެޅި ފިޔަވަޅު
  6. ފަހުން ފައިސާ ދައްކާގޮތަށް ކުރި ދަތުރެއްނަމަ، ދަތުރަށް ހެދި ބިލުގެ ތަފުސީލާއި ތާރީހު
  7. ވަގުތުން ފައިސާ ލިބުނުނަމަ، ފައިސާ ބަލައިގަތް ރަސީދުގެ ތަފުސީލާއި ތާރީހު

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދަތުރުގެ މައުލޫމާތު ފުރިހަމަކުރުމުގައި އެ މާއްދާގެ (ހ) ގެ ނަންބަރު 1 ން 4 ގައި ބަޔާންކޮށްފައިވާ މައުލޫމާތު ރެކޯޑުކުރުމުގެ ޒިންމާ އުފުލާނީ، އެ ދަތުރެއް ކުރި އުޅަނދު ދުއްވި މީހާއެވެ. އަދި މި މާއްދާގެ (ހ) ގެ ނަންބަރު 5 ން 7 ގައި ބަޔާންކޮށްފައިވާ މައުލޫމާތު ރެކޯޑުކުރުމުގެ ޒިންމާ އުފުލާނީ، އެ އުޅަނދެއްގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ އޮފީހަކުންނެވެ.

 

11.28 ވަނަ މާއްދާ - ދައުލަތުގެ ތަންތާނގައި ހުންނަ އުޅަނދުފަހަރު އިޖުތިމާއީ ކަންކަމަށް ބޭނުންކުރުން

(ހ) ދައުލަތުގެ އޮފީސްތަކުން ހިންގާ އިޖުތިމާއީ ހަރަކާތްތަކަށް ދައުލަތުގެ އުޅަނދުފަހަރު ބޭނުންކުރާނަމަ، ބޭނުންކުރަންވާނީ ރަސްމީ އެއްވެސް މަސައްކަތަކަށް ދަތިނުވާ ގޮތެއްގެމަތިން މާލީޒިންމާދާރުވެރިޔާގެ ހުއްދައާއެކު އެކަމަށް ކުރަންޖެހޭ ހުރިހާ ހަރަދެއް އެ އުޅަނދެއް ބޭނުންކުރާ ފަރާތަކުން ދޭގޮތަށެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަގު ނަގާ އުސޫލު އެ އޮފީހެއްގައި ކަނޑައަޅާފައި އޮންނަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީސްތަކުގެ ބޭނުމަށް ހޯދާފައި ހުންނަ އުޅަނދުފަހަރު ދައުލަތުގެ އެއްވެސް މުވައްޒަފެއްގެ އަމިއްލަ ކަންކަމުގައި ބޭނުންކޮށްގެން ނުވާނެއެވެ. 

 

11.29 ވަނަ މާއްދާ - ތަކެތި ކުއްޔަށް ހޯދުމާއި، ތަންތަން ކުއްޔަށް ހިފުން 

(ހ) ދައުލަތުގެ އޮފީސްތަކުން ހިންގާ އެކިއެކި ކަންކަމާ ގުޅޭގޮތުން ކުއްޔަށް ހޯދަންޖެހޭ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުތަކާއި ތަންތަނާއި ތަކެތި ކުއްޔަށް ހޯދަންވާނީ، ދައުލަތުގެ ތަނަކުން ނުވަތަ ދައުލަތުގެ ހިއްސާ އޮތް ތަނަކުން ނުވަތަ ރައްޔިތުންގެ ނަމުގައި ހިންގާ ތަނަކުން ލިބެންހުރިނަމަ އެ ތަނަކުންނެވެ. ނަމަވެސް، މިފަދަ ތަންތަނުން ލިބެންހުރި އަގު، މި ހިދުމަތް އަމިއްލަ ފަރާތްތަކުން ލިބެންހުރި އަގާ އަޅާބަލާއިރު އަގުބޮޑުވާނަމަ، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަމަލުކުރުމުގެ އިހުތިޔާރު އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއަށް ލިބިގެންވެއެވެ.

(ށ) ދައުލަތުގެ އޮފީހަކަށް ބޭނުންވާ އެއްޗެއް މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާފަދަ ތަނަކުން ކުއްޔަށް ލިބޭގޮތް ނުވެއްޖެނަމަ، އަމިއްލަ ފަރާތަކުން ކުއްޔަށް ހިފިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ކުއްޔަށް ހިފާ އެއްޗެއްގެ ނުވަތަ ތަނެއްގެ ކުލީގެ ޖުމުލަ އަގު 35،000 (ތިރީސް ފަސްހާސް) ރުފިޔާ ހަމަނުވާނަމަ، މިފަދަ ހިދުމަތްދޭ މަދުވެގެން 3 (ތިނެއް) ފަރާތަކުން އަންދާސީހިސާބު ހޯދުމަށްފަހު އެފަރާތްތަކުގެ އަންދާސީހިސާބު ގައިވާ އަގުތަކަށް ބަލައި، އެންމެ އެކަށީގެންވާ އަގަކަށް ކުއްޔަށް ހިފާނީއެވެ. ނަމަވެސް، ދިގު މުއްދަތަކަށް އުޅަނދެއް ކުއްޔަށް ހިާފނަމަ، 
ނުވަތަ އެފަދަ އެއްޗެއް ކުއްޔަށް ހިފާފައި ބާއްވައިގެން ދަތުރުތަކެއް ކުރަން ބޭނުންވާނަމަ، އެފަދަ އެއްޗެއް ކުއްޔަށް ހިފަންވާނީ، އިއުލާނުކޮށް އަންދާސީހިބު ހދައިގެންނެވެ.

(ރ) އުޅަނދުފަދަ ތަކެތި ކުއްޔަށް ހިފާއިރު، އެ ތަކެތި ދުއްވާނެ މީހުން ހޯދުމާއި، މަރާމާތުކުރުމަކީ ކުއްޔަށް ދޫކުރި ފަރާތުން ކުރަންޖެހޭ ކަމެއްކަމަށް ދެފަރާތުން އެއްބަސްވެފައި އޮންނަންވާނެއެވެ. އަދި ހިދުމަތް ނުލިބިދާ ދުވަސްތަކަށް ކުލި ނުހިނގާ ގޮތަށްވެސް އެއްބަސްވެވިފައި އޮންނަންވާނެއެވެ.

(ބ) ވަކި މުއްދަތަކަށް ކުއްޔަށް ހިފާފައިވާ އުޅަނދެއް ނުވަތަ އެއްޗެއް ހަލާކުވަންފަދަ ކަމެއް މެދުވެރިވެގެން، ކުއްޔަށް ހިފި ފަރާތަށް ބޭނުން ނުކުރެވޭ ގޮތެއް ވެއްޖެނަމަ، އޭގެ ބަދަލުގައި ބޭނުންކުރެވޭނެ ހަމަ އެ ފެންވަރުގެ އެއްޗެއް، އިތުރު ހަރަދަކާ ނުލައި ކުއްޔަށް ދޫކުރި ފަރާތުން ހަމަޖައްސައިދޭންވާނެކަމަށް ދެފަރާތުން އެއްބަސްވެވިފައި އޮންނަންވާނެއެވެ.

(ޅ) ދިގު މުއްދަތަކަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް) ކުއްޔަށް ހިފައިގެން އުޅޭ އުޅަނދުތަކުގައި ކުރާ ދަތުރުތަކުގެ ރިކޯޑު މި ގަވާއިދުގެ 11.27 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަލަހައްޓަންވާނެއެވެ. 

(ކ) ދައުލަތުގެ ތަނަކަށް ކުއްޔަށް ހިފާ އުޅަނދެއް ނުވަތަ އެއްގަމުގައި ދުއްވާ އެއްޗެއް ނުވަތަ އިމާރާތެއް ދިގު މުއްދަތަކަށް ކުއްޔަށް ހިފަންވާނީ، އެ އެއްޗެއް ނުވަތަ އެތަނެއް ކުއްޔަށް ހިފުމަށް އެއްބަސްވާ އެއްބަސްވުމެއްގައި ދެފަރާތުން  ސޮއިކުރުމަށްފަހުގައެވެ. އުޅަނދުތަކާއި ވެހިކަލްފަދަ ތަކެއްޗާއި އެހެނިހެން ތަކެތި ދިގު މުއްދަތަކަށް ކުއްޔަށް ހިފަންވާނީ، އެ އެއްޗެއް ކުއްޔަށް ހިފައިގެން ގެންގުޅެންޖެހޭ މުއްދަތު ރަނގަޅަށް ބެލުމަށްފަހު، އެ މުއްދަތުގައި ކުއްޔަށް ހޭދަވާނެ ފައިސާގެ އަދަދާއި، އައު އެއްޗެއް ގަތުމަށް ދާނެ ހަރަދު ބެލުމަށްފަހު ސަރުކާރަށް އެންމެ ފައިދާބޮޑު ގޮތަކަށެވެ.

(އ) ދައުލަތުގެ އޮފީސްތަކުން ބަހަން ބޭނުންވާ ސިޓީއާއި ބިލުފަދަ ތަކެތި ބެހުމަށް ކާރާއި ޕިކަޕުފަދަ ތަކެތި ކުއްޔަށް ހިފައިގެން ނުވާނެއެވެ. އެ އޮފީހަކުން ކުރާ މަސައްކަތަކާ ގުޅިގެން އެއްތަނުން އަނެއް ތަނަށް އުފުލަންޖެހޭ އެއްޗެއް އުފުލުމަށް އެފަދަ އެއްޗެއް ކުއްޔަށް ހިފިކަމުގައިވިޔަސް ދަތުރުފީގެ އިތުރަށް، ކުރި މަސައްކަތުގެ އަގުގެ ގޮތުގައި އިތުރު ފައިސާއެއް ދީގެންނުވާނެއެވެ.

(ވ) ދައުލަތުގެ ހަރަދުގައި ރާއްޖޭގައި ބައިތިއްބަންޖެހޭ މީހުން ބައިތިއްބުމަށް ކޮޓަރި، ހޮޓާފަދަ ތަންތަން ކުއްޔަށް ހިފުމުގައި އަމަލުކުރާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

  1. ދައުލަތުގެ ހަރަދުގައި ރާއްޖޭގައި ބައިތިއްބަންޖެހޭ މީހުން ބައިތިއްބުމަށް ކޮޓަރި، ހޮޓާފަދަ ތަންތަން ކުއްޔަށް ހިފުމުގައި އިސްކަންދޭނީ މި މާއްދާގެ (ހ) ގައިވާފަދަ ތަނަކުން ކުއްޔަށް ހިފުމަށެވެ. މުހިންމު ސަބަބަކާހުރެ ޓޫރިސްޓް ރިޒޯޓް ނުވަތަ ހޮޓާފަދަ ތަނެއްގައި މީހަކު ބަހައްޓަން ބޭނުންވެއްޖެނަމަ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ ދަންވާނެއެވެ.
  2. ދައުލަތުގެ ތަނަކަށް ބޭނުންވާ ކޮޓަރިފަދަ ތަންތަން މި މާއްދާގެ (ވ) ގެ 1 ގައިވާ ގޮތުގެ މަތިން ކުއްޔަށް ލިބޭގޮތް ނުވެއްޖެނަމަ، އަމިއްލަ ފަރާތަކުން ކުއްޔަށް ހިފިދާނެއެވެ. މިގޮތަށް ކުއްޔަށް ހިފާއިރު ހިފަންވާނީ މަދުވެގެން  ތިންފަރާތަކުން އަންދާސީހިސާބު ހޯދައިގެންނެވެ. ނަމަވެސް ދިގު މުއްދަތަކަށް (12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް) ތަނެއް ކުއްޔަށް ހިފާނަމަ، އެފަދަ ތަނެއް ކުއްޔަށް ހިފަންވާނީ އިއުލާނުކޮށް އަންދާސީހިސާބު ހޯދައިގެން އެންމެ އެކަށީގެންވާ އަގަކަށެވެ. 

(މ) ދައުލަތުގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފަންވާނީ، އެ އޮފީހެއްގެ ބަޖެޓުން ހަރަދުކުރެވެންހުރިތޯ ބަލައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ފ) މި މާއްދާގެ (މ) ގައިވާ ގޮތުގެމަތިން ދައުލަތުގެ އޮފީސްތަކަށް ކުއްޔަށް ހިފާ ތަންތަނުގެ އެގްރީމެންޓުގެ މުއްދަތު ހަމަވުމަށްފަހު، އެފަދަ ތަނެއް އިތުރު މުއްދަތަކަށް ކުއްޔަށް ހިފަން ބޭނުންވާނަމަ، ކުއްޔަށް ހިފާފައިހުރި ތަނުގެ އެގްރީމެންޓުގެ މުއްދަތު ބަލައި މި ގަވާއިދުގައިވާ ގޮތުގެ ހަމަވުމުގެ ލަސްވެގެން 2 (ދޭއް) މަސްދުވަސް ކުރިން އެފަދަ ތަނެއް ހޯދުމަށް އެ އޮފީހެއްގެ ބަޖެޓުން ހަރަދުކުރެވެންހުރިތޯ މަތީންނެވެ. 

(ދ) ކުއްޔަށް ތަކެތި ހޯދުމާއި ތަންތަން ކުއްޔަށް ހިފުމަށްޓަކައި، އަންދާސީހިސާބު ހޯދުމުގައި އަމަލުކުރަންވާނީ މަސައްކަތް ކުރުވުމާއި ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގައި އަމަލުކުރުމަށް މި ގަވާއިދުގެ ބާބު 10 ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. 

(ތ) ދައުލަތުގެ އޮފީސްތަކަށް ތަންތަނާއި ތަކެތި ކުއްޔަށް ހިފުމަށްޓަކައި ވެވޭ އެއްބަސްވުންތަކުގައި، މި ގަވާއިދުގެ 11.30 ވަނަ މާއްދާގެ (ށ) ގައިވާ ބައިތައް ހިމަނަންވާނެއެވެ.

 

11.30 ވަނަ މާއްދާ - ދައުލަތުގެ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރުނަ 

(ހ) ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް އާންމުކޮށް ކުއްޔަށް ދޫކުރަންވާނީ، މި ގަވާއިދުގެ ބާބު 10 ގައިވާ ގޮތުގެމަތިން ބީލަމުގެ އުސޫލުން އިއުލާނުކޮށްގެން ކުއްޔަށް ހިފާނެ އެންމެ އެކަށީގެންވާ ފަރާތެއް ހޯދައިގެންނެވެ. މިގޮތުން ހޮވޭ ފަރާތްތަކަށް ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޭންވާނީ، ކުއްޔަށް ހިފާ ފަރާތާ ކުއްޔަށް ދޫކުރާ
ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. 
 (ށ) މި މާއްދާގެ (ހ) ގައިވާ އެއްބަސްވުމުގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ކުއްޔަށް ދޫކުރާ ތަނުގެ ނުވަތަ އެއްޗެއްގެ މައުލޫމާތު
  2. ކުއްޔަށް ހިފާ ފަރާތުގެ ފުރިހަމަ މައުލޫމާތު
  3. ކުއްޔަށް ދޫކުރާ މުއްދަތު. 
  4. ކުލި (މަހަކަށް)
  5. ކުލި ދައްކާނެ ގޮތް.
  6. މުއްދަތުގައި ކުލި ނުދައްކައިފިނަމަ އަމަލުކުރާނެ ގޮތް. 
  7. އެއްބަސްވުން ބާތިލުނުކޮށް ޖޫރިމަނާގެ ގޮތުގައި އެންމެ ގިނަވެގެން ނެގޭނެ މިންވަރު.
  8. ކުލި ރިވިއުކުރާނަމަ، ރިވިއުކުރާނެ ގޮތް. 
  9. ކުއްޔަށް ދޫކުރަނީ ތަނެއްނަމަ، އެ ތަނުގައި އިންވެސްޓްކުރުމަށް އެއްބަސްވާ ގޮތް. 
  10. ކުއްޔަށް ހިފާ ފަރާތުގެ އިންވެސްޓްމަންޓަށް ބަދަލުދެވޭނެ ގޮތް. 
  11. އެއްބަސްވުމުގައިވާ ގޮތަށް ކުއްޔާއި ޖޫރިމަނާ ނުދައްކައިފިނަމަ، އެއްބަސްވުންބާތިލުކޮށް ކުއްޔަށް ހިފި ފަރާތުން އެ ތަނެއް ނުވަތަ އެ އެއްޗެއްއަތުލެވޭނެކަން. 
  12. ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކައިގެން ކުއްޔަށް ހިފާ ފަރާތުން އެ ތަނެއް ވަކިކުރާއިރު، އެހާތަނަށް ނުދައްކާހުރި ކުއްޔާއި ޖޫރިމަނާ ފައިސާ ހޯދާނެ ގޮތް. 
  13. ކުއްޔަށް ދޫކުރާ ތަނުގައި ކުރާނެ މަސައްކަތް.
  14. ވަކި ބާވަތެއްގެ މަސައްކަތެއް ކުރުމަށް ތަނެއް ކުއްޔަށް ދޭނަމަ، އެކަމަކުން އެ މުއްދަތުގައި ހާސިލުކުރަން ބޭނުންވާ މަގުސަދު، އަދި އެ މަގުސަދު ހާސިލުނުވެއްޖެނަމަ އަޅާނެ ފިޔަވަޅު.
  15. ވަކި ބާވަތެއްގެ ކަމެއް ކުރަން ދޫކުރާ ތަނެއްނަމަ، އެ ތަނެއްގައި އެނޫން ކަމެއް ނުކުރެވޭނެކަން.
  16. ވަކި ބާވަތެއްގެ ކަމެއް ކުރަން ކުއްޔަށް ދޭނަމަ، އެތަނުގައި ކުރާ މަސައްކަތް ބެލުމަށް ނުވަތަ ދިރާސާއެއް ކުރުމަށް ކުއްޔަށް ދޫކުރި ފަރާތަށް އެތަނަށް ވަދެވޭނެކަން.
  17. ކުއްޔަށް ހިފި ތަނެއް ނުވަތަ އެއްޗެއް ދެވަނަ ފަރާތަކަށް ކުއްޔަށް ދެވޭނެގޮތް.
  18. ކުއްޔަށް ދޫކުރާ ތަނެއް ނުވަތަ އެއްޗެއް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭނެ ފިޔަވަޅު.
  19. ކުއްޔަށް ހިފި އެއްޗެއް ނުވަތަ ތަނަކާ ގުޅިގެން އެއްވެސް ފަރާތަކަށް ފައިސާއެއް ދައްކަންޖެހޭނަމަ، އެ ފައިސާ ދައްކާނެ ފަރާތެއް.
  20. ކުއްޔަށް ހިފި އެއްޗެއް ނުވަތަ ތަނަކާ ގުޅޭގޮތުން އެއްވެސް ގާނޫނަކުން ކުރަން ލާޒިމުވާ ކަމެއް އޮތްނަމަ، އެކަމެއް ކުރާނެ ގޮތަކާއި، އެކަމެއް ކުރާނެ ފަރާތެއް.
  21. އެއްބަސްވުމުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަން ހައްލުކުރާނެ ގޮތަކާއި، އަޅާނެ ފިޔަވަޅު.
  22. ކުއްޔަށް ދޫކުރި އެއްޗެއް ނުވަތަ ތަނެއް، މުއްދަތު ހަމަވެގެން އަނބުރާ ހަވާލުވުމުގައި އަދި ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތް.
  23. ކުއްޔަށް ދޫކޮށްފައިވާ ތަނެއް، މުއްދަތު ހަމަވުމުގެ ކުރިން ދައުލަތުގެ ބޭނުމަކަށް ނަގަން ބޭނުންވެއްޖެނަމަ، ބަދަލު ދިނުމުގެ ކަންތައް ހަމަޖައްސާނެ ގޮތް.
  24. ވަކި ބާވަތެއްގެ މަސައްކަތެއް ކުރަން ށަރުތުކޮށް ކުއްޔަށް ދޫކުރާ ތަންތަނުގައި ކުރަމުންދާ މަސައްކަތް ހިނގަމުންދާ ގޮތުގެ ރިޕޯޓެއް ކަނޑައެޅޭ މުއްދަތެއްގައި ތައްޔާރުކޮށް ކުއްޔަށް ދޫކުރި ފަރާތަށް ހުށަހެޅުމަށް އެއްބަސްވުމުގައި ހިމެނުން.
  25. މި މާއްދާގެ ނަންބަރު 1 އިން 24 އަށް ބަޔާންކުރެވުނު ކަންތައްތަކުގެއިތުރުންވެސް ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޫކުރާ ފަރާތަށް ފެންނަ މުހިންމު ކަންތައްތައް.
  26. ކުއްޔަށްދޭ ފަރާތުން އިންށުއަރަންސް ނަގާފައިވާނަމަ، އެ އިންށުއަރަންސްގެ ފުރިހަމަ މައުލޫމާތު.

(ނ) ދައުލަތުގެ އޮފީސްތަކުން ދުވަހުކުލި ކަނޑައަޅައިގެން ކުއްޔަށް ދޫކުރާ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރާނެ އަގުތައް އެ އޮފީހަކުން ކަނޑައެޅުމަށްފަހު، އެ އަގުތައް ފާސްކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅައި އަގުތައް ފާސްކޮށްފައި އޮންނަންވާނެއެވެ. އަދި އެ އަގުތައް އާންމުކޮށް ފެންނާނެހެން އެ އޮފީހެއްގެ ނޯޓިސްބޯޑުގައި ބަހައްޓަންވާނެއެވެ.

(ރ) ދުވަހުކުއްޔަށް ދޫކުރާ ތަންތަނާއި ތަކެތި، ކުއްޔަށް ދޫކުރުމަށް އާންމުކޮށް އިއުލާނުކުރާކަށް ނުޖެހޭނެއެވެ.

 

11.31 ވަނަ މާއްދާ - ކުއްޔަށް ދޫކުރާ އަދި ކުއްޔަށް ހިފާ ތަންތަނާއި ތަކެތީގެ ރިކޯޑު ބެލެހެއްޓުން

(ހ) ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުން ަނ ކުއްޔަށް ދޫކުރާ އަދި ކުއްޔަށް ހިފާ ތަންތަނާއި ތަކެތީގެ، ތިރީގައިމިވާ މައުލޫމާތު އެ ތަނެއް ނުވަތަ އެ އެއްޗެއް ކުއްޔަށް ދޫކުރުމަށް ނިންމުމުގެ ކުރިން އަދި ކުއްޔަށް ހިފުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އެ އޮފީހަކުން އަންގަންވާނެއެވެ.

  1. އެ ތަނެއް ނުވަތަ އެ އެއްޗެއްގެ ނަން.
  2. އެ ތަނެއް ނުވަތަ އެ އެއްޗެއް ކުއްޔަށް ދޫކުރަން ކަނޑައެޅި ތާރީހު. 
  3. ކުލި (މަހަކަށް)
  4. އެ ތަނެއް ނުވަތަ އެ އެއްޗެއްގެ ތަފުސީލު.

 (ށ) ކުއްޔަށް ދޫކުރާ ތަންތަނާއި ކުއްޔަށް ހިފާ ތަންތަނުގެ ތިރީގައިމިވާ މައުލޫމާތު ހިމަނައިގެން ވަކި ދެރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ. (MG/PR04)

  1. ތަނުގެ ނަމާއި އެޑްރެސް
  2. ކުއްޔަށް ދޫކުރި ނުވަތަ ހިފި ފަރާތް
  3. ކުލި (މަހަކަށް)
  4. ކުއްޔަށް ދޫކުރި ނުވަތަ ހިފި ތާރީހު. 
  5. ކުލި ލިބުނު ތާރީހާއި، ފައިސާ ބަލައިގަތް ރަސީދު ނުވަތަ ބިލު ނަންބަރާއި، ލިބުނު ފައިސާގެ އަދަދާއި، ކުލި ދެއްކި ތާރީހާއި، ވައުޗަރު ނަންބަރު. 
  6. ކުލީގެ ފައިސާ ޖަމާކުރެވޭ އެކައުންޓު ނަންބަރު. 
  7. ކުއްޔަށް ދިން ނުވަތަ ހިފި ތަން ދޫކޮށްލި ތާރީހު. 
  8. އިތުރު ބަޔާން (ކުރެވޭ އެގްރީމެންޓާ ގުޅިގެން އެގްރީމެންޓުގެ މުއްދަތާއި މާއްދާތަކަށް ގެނެވޭ ބަދަލު) 
  9. ކުއްޔަށް ދޫކުރި ނުވަތަ ހިފި ތަނުގެ އިންވެންޓްރީ.

(ނ) ކުއްޔަށް ދޫކުރާ ތަންތަނުގެ އެގްރީމަންޓުގައި ތިރީގައިވާ ކަންކަމުންކުރެ އެއްވެސް ކަމެއް ހިމަނައިގެން ނުވާނެއެވެ.

  1. ކުލި ލިބެންޖެޭހ މުއްދަތުގެ ތެރޭގައި ކުލި ނުލިބޭގޮތަށް އެއްވެސް މާއްދާއެއް އެއްބަސްވުމުގައި ނުހިމެނުން. 
  2. ކުލި ނުދައްކައިގެން ކުރެވޭ ޖޫރިމަނާގެ އަދަދު ވަކިވަރަކަށް އެރުމުން އެގްރީމެންޓް ބާތިލުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެގްރީމެންޓް ބާތިލު ނުކުރެވޭނެގޮތަށް އެއްވެސް މާއްދާއެއް އެގްރީމުންޓުގައި ނުހިމެނުން. 
  3. ކުއްޔަށް ދޫކޮށްފައިވާ ތަނެއް އެގްރީމެންޓާ ހިލާފުވެގެން ވަކިކުރާއިރު ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލުދޭގޮތަށް ގާނޫނަކުން ލާޒިމުކުރާ ކަންކަން ފިޔަވައި، ކުއްޔަށް ހިފި ފަރާތުން ކޮށްފައިވާ އެހެން އެއްވެސް އިންވެސްޓްމަންޓަކަށް ބަދަލުދޭގޮތަށް އެގްރީމެންޓް ނުކުރުން.

 

ބާބު 12

ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް 

 

12.01 ވަނަ މާއްދާ - ހިސާބުތަކުގެ ރިކޯޑުތައް ގިނަދުވަހަށް ދެމިހުންނާނެގޮތަށް ބެލެހެއްޓުން

(ހ) ދައުލަތުގެ އޮފީސްތަކުގެ ހިސާބުތަކުގެ ރިކޯޑުތައް، އިދާރީ ބޭނުންތަކަށާއި، އޮޑިޓްކުރަން ފަސޭހަވާނެގޮތަށް ތަރުތީބުން ރައްކާތެރިކަމާއެކު، ރައްކާތެރި ތަނެއްގައި ބަހައްޓަންވާނެއެވެ. އަދި ގާނޫނީ މައްސަލައެއް ޖެހިއްޖެނަމަ، ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހެޅޭނެފަދަ ގޮތަކަށް ރިކޯޑުތައް ބެހެއްޓުމަށް، މި ގަވާއިދުގެ 12.02 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވަންދެން ލިޔުންތައް ބަހައްޓަންވާނެއެވެ.

(ށ) ލިޔުންތައް ބެލެހެއްޓުމުގެ ހަރަދު ވަސީލަތްތައް ބޭނުންކޮށްގެން ލިޔުންތައް ރައްކާކުރުމުގައި އަބަދުވެސް އެންމެފަހުގެ 
ކުޑަކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ލިޔުންތައް ރައްކާކުރެވިދާނެއެވެ. މިގޮތަށް އިލެކްޓްރޯނިކް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. މިގޮތުން އިލެކްރޯނިކް ޒަރީއާއިން ބަލަހައްޓާ ލިޔުންތަކުގެ ބެކަޕް ފައިލު މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ ތަފާތު ދެ ތަނެއްގައި ރައްކާކޮށްފައި ބަހައްޓަންވާނެއެވެ.

(ނ) ރައްކާކޮށްފައި ބަހައްޓާ އެންމެހައި ލިޔުންތައް ހުންނަންވާނީ އެއީ ކޮން ލިޔުންތަކެއްކަން އެނގޭނޭގޮތަށް ތަރުތީބުން ނަންބަރުޖަހައި އަހަރުތައް ވަކިކުރެވިފައެވެ. މިފަދަ ލިޔުންތައް ރައްކާކުރެވިފައިވާ ތަންތަނުގެ މައުލޫމާތު އެ ލިޔުންތައް ގެންގުޅޭ ދައުލަތުގެ އޮފީހަކުން ބަލަހައްޓަންވާނެއެވެ. 

 

12.02 ވަނަ މާއްދާ - ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތަކުގެ  ރިކޯޑުތައް ބަލަހައްޓަންޖެހޭ މުއްދަތު 

(ހ) ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އެންމެހައި ލިޔުންތައް (ޕޭމަންޓް ވައުޗަރުތަކާއި، ބިލުތަކާއި، ޑެބިޓް ނޯޓުތަކާއި، ކްރެޑިޓް ނޯޓުތަކާއި، ޗެކުގެ ކައުންޓަރ ފޮއިލްތަކާއި، ޕަރޗޭސް އޯޑަރު ފޯމުތަކާއި، ސަރވިސް އޯޑަރު ފޯމުތަކާއި، ރަސީދުތަކާއި، ސަބްސިޑިއަރީ ކޭށް އެކައުންޓް ފޮތްތަކާއި، ޖަރނަލްތަކާއި، އެހެނިހެން މާީލ ރިކޯޑުތައްފަދަ ލިޔުންތައް) ގާނޫނު ނަންބަރު 16/2011 (ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާ މުއްދަތަކަށް ބަލަހައްޓަންވާނެއެވެ. އަދި ހަވާލާދެވުނު ގާނޫނުގެ ދަށުން މުއްދަތެއް ކަނޑައަޅަންދެން މީލާދީ 5 (ފަހެއް) އަހަރު ވަންދެން ލިޔުންތައް ބަލަހައްޓަންވާނެއެވެ. 

 (ށ) މި މާއްދާގެ (ހ) ގައިވާ މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް ސަބަބަކާހުރެ އެ މާއްދާގައި ބަޔާންކޮށްފައިވާފަދަ އެއްވެސް ލިޔުމެއް ނައްތާލެވޭނީ، އެ ލިޔުންތަކަކީ އޮޑިޓްކޮށް ނިމި އޮޑިޓް ރިޕޯޓު ލިބިފައިވާ ލިޔުންތަކަކަށް ވުމާއެކު، އެ ލިޔުންތައް ނައްތާލަން ބޭނުންވާ ސަބަބު ބަޔާންކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅައި، އޮޑިޓަރ ޖެނެރަލްގެ ލަފާގެ މަތިން މިނިސްޓަރު ހުއްދަދިނުމުން، މި ގަވާއިދުގެ 12.03 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. 

 

12.03 ވަނަ މާއްދާ - ދައުލަތުގެ މުދަލާއި ފައިސާއާބެހޭ ލިޔުންތައް ނައްތާލުން 

ދައުލަތުގެ އޮފީހަކުން އެއްވެސް ލިޔެކިޔުމެއް ނައްތާލަންވާނީ ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލަށް ހުށަހަޅައި، ގާނޫނު ނަންބަރު 16/2011 (ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

12.04 ވަނަ މާއްދާ - ދައުލަތުގެ މަސްއޫލު އޮފީސްތަކާއި، މާލީހިންގުމާއި،  މާލީޒިންމާ އުފުލުން ވަކިން އޮންނަ އޮފީސްތައް 

(ހ) ދައުލަތުގެ މަސްއޫލު އޮފީހެއްގެ ގޮތުގައި ނުބެލެވޭ ސަރުކާރުގެ ކޮންމެ އޮފީހެއްގެ މާލީކަންކަމާއި، މާލީ މުއާމަލާތްތައް ހުންނަންވާނީ، އެ އޮފީހަކާ ގުޅޭ ސަރުކާރުގެ މަސްއޫލު އޮފީހުގެ ދަށުގައެވެ. އަދި އެ އޮފީހެއްގެ މާލީ ކަންތައްތަކާއި މާީލ މުއާމަލާތްތަކަށް މަސްއޫލު އޮފީހުން ޒިންމާވާންޖެހޭނެއެވެ.

(ށ) ދައުލަތުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، ދައުލަތުގެ މާލިއްޔަތާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މާލީޒިންމާދާރުވެރިޔަކު ހުންނަންވާނެއެވެ. މާލީޒިންމާދާރުވެރިންގެ ރަޖިސްޓަރީއެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އޮފީސްތަކުގެ ރަޖިސްޓަރީއެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ބަލަހައްޓަންވާނެއެވެ.

 

12.05 ވަނަ މާއްދާ - މުވައްޒަފަކާ ގުޅުންހުރި ވިޔަފާރިއަކާ، ވިޔަފާރީގެ މުއާމަލާތެއް ހިންގުން 

(ހ) ދައުލަތުގެ ތަނަކަށް، އެ ތަނެއްގެ މުވައްޒަފަކާ ގުޅުންހުރި ވިޔަާފރިއަކުން އެ ތަނަކަށް އެއްޗެއް ގަންނަންވާނީ، ނުވަތަ މުވައްޒަފަކާ ގުޅުންހުރި ތަނަކުން މަސައްކަތެއް ކުރުވައި ހިދުމަތެއް ހޯދަންވާނީ، އެނޫން ގޮތަކަށް އެކަން ކުރެވެން ނެތް ހާލަތެއްގައި އެންޓި-ކޮރަޕްށަން ކޮމިށަނުގެ މަށްވަރާ ލިޔުމަކުން ލިބިގެންނެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފަކާ ގުޅުންހުރި ތަނެއްކަމަށް ބެލެވޭނީ، މި ގަވާއިދުގެ 2.13 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ތަންތަނަށެވެ.

 

12.06 ވަނަ މާއްދާ - ފައިސާ ނަގައި ޖަމާކުރުމަށް ދެ މުވައްޒަފުން ފޮނުވުން 

(ހ) ދައުލަތުގެ ތަންތަނުން 25،000 (ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ނަގާނަމަ، ނުވަތަ ޖަމާކުރާނަމަ، ފައިސާ ނަގަންވާނީ ނުވަތަ ޖަމާކުރަންވާނީ 2 (ދޭއް) މުވައްޒަފަކު ފޮނުވައިގެންނެވެ. މިގޮތުން ފޮނުވާ 2 (ދޭއް) މުވައްޒަފުންކުރެ އެކަކީ، ފައިސާ ނެގުމުގެ އައިޑެންޓިޓީކާޑު އޮތް މީހަކަށް ވާންވާނެއެވެ. ބޭރުފައިސާ ނެގުމުގައި ނުވަތަ ޖަމާކުރުމުގައި އޭގެ އަގު 25،000 (ފަންސަވީސް ހާސް) ރުފިޔާއަށް ވުރެ އިތުރުވާނަމަ، އަމަލުކުރާނީވެސް ހަމަ މިގޮތުގެމަތިންނެވެ.

(ށ) ކޮންމެ އޮފީހަކުންވެސް ޗެކަށް ފައިސާ ނެގުމަށް ފޮނުވާ 2 (ދޭއް) މުވައްޒަފުންގެއައިޑެންޓިޓީކާޑު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެގެން ހައްދަންވާނެއެވެ. އެ އޮފީހެއްގެ މަސައްކަތްތައް ހުންނަ ގޮތުން 2 (ދޭއް) މުވައްޒަފުންނަށްވުރެ އިތުރު މުވައްޒަފަކަށް ކާޑު ހަދަން ބޭނުންވާނަމަ، މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެގެން ކާޑު ހައްދާނީއެވެ.

(ނ) ކާޑު ހަދާފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިވުމުން ނުވަތަ އެހެން މަގާމަކަށް ބަދަލުވުމުން ނުވަތަ އެހެން ގޮތަކުން ނަމަވެސް ކާޑު ބާތިލުކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މުވައްޒަފެއްގެ އަތުން ވަގުތުން ކާޑު އަތުލައި، ކާޑު ބާތިލުކުރަންޖެހުނު ސަބަބު ކާޑުގައި ލިޔެ، ކާޑު ބާތިލުކުރުމަށްފަހު، ލަސްވެގެން ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އެކަން އަންގާ، އެ ކާޑު ފޮނުވަންވާނެއެވެ.

(ރ) ފައިސާ ނަގަން ދާ މުވައްޒަފުންނަށް އެ ތަނަކުން ހަދައިދީފައި އޮންނަ އައިޑެންޓިޓީކާޑު ފައިސާ ނަގަންދާ ވަގުތުގައި ނޫނީ  އޮންނަންވާނީ އޮފީހުގެ ތިޖޫރީގައި ނުވަތަ އެފަދަ ރައްކާތެރި ތަޅުލެވޭ ތަނެއްގައެވެ.

 

12.07 ވަނަ މާއްދާ - އަތޮޅުތަކާއި ރާއްޖެއިން ބޭރުގައި ހުންނަ ދައުލަތުގެ އޮފީސްތަކަށް ފައިސާ ފޮނުވުމާއި ފައިސާ ގެނައުން  

(ހ) އަތޮޅުތަކުގައި ހުންނަ ދައުލަތުގެ ތަންތަނާއި ރާއްޖެއިން ބޭރުގައި ހުންނަ ދައުލަތުގެ އޮފީސްތަކަށް ފައިސާ ފޮނުވުމާއި ގެނައުމުގައި، ބޭންކް މެދުވެރިކޮށް ފައިސާ ފޮނުވެން ހުންނަ ތަންތަނަށް ފައިސާ ފޮނުވަންވާނީ ނުވަތަ ގެންނަންވާނީ، ބޭންކް މެދުވެރިކޮށެވެ. މިނޫން ގޮތަކަށް ފައިސާ ފޮނުވާނީ ނުވަތަ ގެންނާނީ، އެ ރަށެއްގައި ހުންނަ އެ ދާއިރާއަކާ ގުޅޭ ދައުލަތުގެ އޮފީހެއް މެދުވެރިކޮށެވެ.

(ށ) ބޭންކެއްގެ ގޮތްޕެއް ހުޅުވިފަ ިއނުވާ އަތޮޅުތަކުގައި ހުންނަ ދައުލަތުގެ ތަންތަނަށް ފައިސާ ފޮނުވުމުގައި، އެ އޮފީހަކާ ގުޅިފަ ިއވާ ތަނެއްގެ މުވައްޒަފަކާ ހަވާލުކޮށް ފައިސާ ފޮނުވިދާނެއެވެ. 

(ނ) އަތޮޅުތަކަށް ފޮނުވާ ފައިސާއާއި، އަތޮޅުތަކުން މާލެއަށް ފޮނުވާ ފައިސާ ފޮނުވަންވާނީ، އެ ފައިސާގެ އަދަދާއި، އެއީ ކޮން ފައިސާއެއްކަން އޮޅުންފިލާނެ ރަސްމީ ލިޔުމަކާ އެކުގައެވެ. 

 

12.08 ވަނަ މާއްދާ - ތަނުގެ ރައްކާތެރިކަމާއި، ތަކެތީގެ ރައްކާތެރިކަން

(ހ) ދައުލަތުގެ މަސްއޫލު އޮފީހުގެ ބެލުމުގެ ދަށުގައިވާ ދައުލަތުގެ ފައިސާއާއި މުދާ ރައްކާތެރިކޮށް ބެލެހެއްޓުމަށް މާލީޒިންމާދާރުވެރިންނަށް މަގުފަހިކޮށްދިނުމަށް ފައިނޭންށަލް ކޮންޓްރޯލަރ މަސައްކަތްކުރަންވާނެއެވެ. 

(ށ) މި ގަވާއިދުގައި ދައުލަތުގެ މުދަލާއި ފައިސާއާއި ހިސާބުތައް ގެންގުޅުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާ ބެހޭގޮތުން ދެވިފައިވާ އިރުށާދުތައް މާލީޒިންމާދާރުވެރިންނަށް ރަނގަޅަށް އެނގެންވާނެއެވެ. އަދި މި އިރުށާދުތަކުގެ ކޮޕީ މުވައްޒަފުންނަށް ލިބެން ހުންނަންވާނެއެވެ. ފައިސާ ގެންގުޅުމާއި، ސެކިއުރިޓީއާ ގުޅުންހުރި ސްޓޭށަނަރީ ބެލެހެއްޓުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރަމުން ގެންދޭތޯ މާލީޒިންމާދާރުވެރިޔާ ބަލަންވާނެއެވެ.

(ނ) ކޮންމެ މާލީޒިންމާދާރުވެރިއެއްގެ ބެލުމުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ޖަވާބުދާރީކުރުވުމާއި ކޮންޓްރޯލްކުރުމަކީ މާލީޒިންމާދާރުވެރިން ކުރަންޖެހޭނެ ކަމެކެވެ. 

(ރ) ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތް، އުޅަނދު، ސްޓޮކް، ފަރުނީޗަރު، އިކުއިޕްމަންޓް، ފައިސާ، ހިސާބުތަކާއި ލިޔުންތައް، އަދި މިނޫންވެސް ފައިސާއާއި މުދަލުގެ ގޮތުގައި ހިމެނޭ ތަކެތި ހުރިހާ ވަގުތުތަކެއްގައިވެސް ރައްކާތެރިކަމާއިއެކު ބެލެހެއްޓޭނެ އިންތިޒާމު މާލީޒިންމާދާރުވެރިޔާ ހަމަޖައްސަންވާނެއެވެ. 

(ބ) ދައުލަތުގެ އޮފީސްތަކުގެ މެއިންސާވަރ ސިސްޓަމަކީ އެ އޮފީހެއްގެ ހުރިހާ ޑޮކިއުމަންޓްތަކެއް ރައްކާކޮށް ބަލަހައްޓާ ސިސްޓަމް ކަމުގައިވާތީ، އެ ސިސްޓަމް އޮޕަރޭޓްކޮށް ބެލެހެއްޓުން، ކަމުގެ ތަޖުރިބާހުރި ހާއްސަ މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކާ ހަވާލުކުރަންވާނެއެވެ. އަދި ސާވަރ ސިސްޓަމްގައިވާ ޑޮކިއުމަންޓްތަކުގެ ބެކަޕް ހަދަންވާނެއެވެ. އަދި ސާވަރ ސިސްޓަމް ހުންނަންވާނީ އެކަމަށް ހާއްސަކުރެވިފައިވާ، އެ ސިސްޓަމް ހަވާލުކުރެވިފައިވާ މުވައްޒަފުންނަށް ނޫނީ ނުވަދެވޭގޮތަށް ހުންނަ ތަޅުލެވޭ ވަކި ތަނެއްގައެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ބެކަޕް ހަދައި ބެލެހެއްޓުމުގައި އަމަލުކުރަންވާނީ ސަރުކާރުގެ ކަމާބެހޭ އޮފީހުން އަންގާ ގޮތެއްގެމަތިންނެވެ.

 

12.09 ވަނަ މާއްދާ - ފައިސާއާއި މުދަލާބެހޭ ލިޔުންތަކުގައި ކުރާ ސޮއި އެނގުން 

ފައިސާއާއި މުދަލާބެހޭ ލިޔުންތަކުގެ ތެރެއިން ސޮއިކުރަންޖެހޭ ކޮންމެ ލިޔުމެއްގައި ސޮއިކޮށްފައި ސޮއިގެ ތިރީގައި ނުވަތަ ކައިރީގައި ސޮއިކުރި މީހާގެ ނަމާއި ސޮއިކުރި ތާރީހު އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ.

 

12.10 ވަނަ މާއްދާ - ގެއްލުން ލިބޭ، މަދުވާ، އިތުރުވާ ދައުލަތުގެ މުދަލާއި ފައިސާ 

(ހ) ދަައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ ބެލުމުގެ ދަށުގައި ހުރި ފައިސާއަކަށް ނުވަތަ މުދަލަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ މަދުވެއްޖެނަމަ، ނުވަތަ އިތުރަށް ފައިސާ ދެއްކިއްޖެނަމަ، ުނވަތަ ފޭރުމެއް ނުވަތަ ވައްކަމެއް ނުވަތަ ހިޔާނާތެއް ނުވަތަ އެނޫންވެސް އާދަޔާ ހިލާފު ކަމެއް ހިނގައިފިނަމަ، ނުވަތަ މިފަދަ އެއްވެސް ކަމެއް ހިނގާކަމަށް ނުވަތަ ހިނގައިފިކަމަށް ށައްކުވެއްޖެނަމަ، އެކަމާ ހަވާލުވެހުރި މުވައްޒަފު ނުވަތަ އެކަމެއް އެނގުނު މުވައްޒަފަކު، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއަށް ނުވަތަ އެ އޮފީހެއްގެ އިސްވެރިޔާއަށް ލަސްނުކޮށް އެކަން އަންގަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތަށް ލިބޭ ގެއްލުންތަކަށް އެ މުވައްޒަފުން ޒިންމާ އުފުލަން ޖެހޭނެއެވެ. މިފަދަ މައްސަލައެއްގައި އެ މުވައްޒަފަކު އިއުތިރާޒުކުރާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ މައްސަލައެއް ހުށަހަޅަންޖެހޭ ަފރާތަކަށް ހުށަހަޅަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި ފައިސާ، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުނުކުރެވި ހުއްޓައި މުވައްޒަފެއްގެ އިހުމާލެއްނެތި ގެއްލިއްޖެނަމަ، ބަދަލުދިނުމުގެ ކަންތައް ހަމަޖައްސާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔެ، އެ މިނިސްޓްރީން އަންގާ ގޮތެއްގެމަތިންނެވެ.

(ރ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ ފައިސާ، ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެއްޖެނަމަ، އިތުރުވާ ފައިސާ، އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ބަހައްޓަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ އެކައުންޓަކަށް ޖަމާކޮށްފައެވެ.

(ބ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި ފައިސާއެއް ނުވަތަ މުދަލެއް މަދުވެއްޖެކަން ނުވަތަ ގެއްލިއްޖެކަން އެނގިއްޖެނަމަ، ވަގުތުން އެކަން ލަސްނުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަންވާނެއެވެ. އަދި އެ މައުލޫމާތު ލަސްވެގެން ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި، އެ އޮފީހަކުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔުމުން އަންގަންވާނެއެވެ.

 

12.11 ވަނަ މާއްދާ - ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ނުވަތަ ގެއްލުމެއް ވަމުންދާކަމުގެ  ރިޕޯޓު ލިބުމުން އަމަލުކުރާނެ ގޮތް 

(ހ) ދައުލަތުގެ އޮފީހެއްގެ މުދަލާއި ފައިސާއަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ނުވަތަ ކުރިމަތިވަމުންދާކަމުގެ ރިޕޯޓު އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއަށް ނުވަތަ އެ އޮފީހެއްގެ އިސްވެރިޔާއަށް ލިބުމާއެކު، އެކަމެއް ޔަގީންކުރުމަށް ވަގުތުން ފިޔަވަޅުއަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާފަދަ ގެއްލުމެއްގެ ރިޕޯޓެއް އެ އޮފީހަކަށް ލިބިއްޖެނަމަ، ތިރީގައިމިވާ ގޮތުގެ މަތިން މާލީޒިންމާދާރުވެރިޔާ އަމަލުކުރަންވާނެއެވެ. 

  1. މުދަލާއި ފައިސާ ރަނގަޅަށް ޗެކުކުރެވިފައިވޭތޯ ޔަގީންކުރުން. 
  2. މައްސަލަ ތަހުގީގަށް ހުށަހެޭޅވަރަށް އިދާރީގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުން.
  3. މައްސަލަ އިތުރަށް ތަހުގީގުކުރަންޖެހޭކަމަށް މާލީޒިންމާދާރުވެރިޔާއާއި އިސްވެރިޔާއަށް ފެނިއްޖެ ހިނދެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުން. މިގޮތުން ހުށަހެޅުމަށްފަހު އެކަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އެންގުން.
  4. މުދަލަށް ނުވަތަ ފައިސާއަށް ގެއްލުން ލިބިފައިވަނީ މުވައްޒަފެއްގެ އިހުމާލުން ނުވަތަ މުވައްޒަފަކު ގަސްދުގައި ކުރި ކަމަކުންކަމަށް ތުހުމަތުކުރެވޭނަމަ، އެ މުވައްޒަފަކު މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެ މަސައްކަތުން އެކަހެރިކުރުން. 
  5. މައްސަލަ ދިމާވެއްޖެނަމަ ހުލާސާ އިންޓަރިމް ރިޕޯޓެއް ތައްޔާރުކުރުން. އަދި ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ތަފުސީލު ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހެޅުން. (މި ރިޕޯޓު ފޮނުވާނީ "ސިއްރު އަވަސް" ރިޕޯޓެއްގެ ގޮތުގައެވެ.) 
  6. މި މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގައިވާ ރިޕޯޓަށް ބަލާއިރު، އެއްވެސް މުވައްޒަފަކު ޒިންމާވާންޖެހޭކަމަށް ހެތްކާއި ގަރީނާ ހުރިކަމަށް މާލީޒިންމާދާރުވެރިޔާއަށް ފެންނަނަމަ، އެ އޮފީހުގެ އިސްވެރިޔާގެ މަށްވަރާގެމަތިން އެ މުވައްޒަފަކާމެދު ގަވާއިދުން ފިޔަވަޅުއެޅުން.

(ނ) މި މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގައިވާ ތަފުސީލު ރިޕޯޓުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ގެއްލުން ލިބުނު އޮފީސް ނުވަތަ ތަނުގެ އެޑްރެސް
  2. ގެއްލުން ލިބުނު ތާރީހާއި ގަޑި.
  3. ލިބިފައިވާ ގެއްލުމުގެ ބާވަތާއި ލިބުނު ގެއްލުމުގެ ޖުމުލަ އަގު، އަދި އެ ގެއްލުމެއްގެ ބަދަލު ހޯދިފައިާވނަމަ އެކަން.
  4. ގެއްލުން ލިބުނު މުދާ ނުވަތަ ފައިސާއާ ހަވާލުވެހުރި މުވައްޒަފެއްގެ ނަމާއިމަގާމު އަދި މަސްއޫލިއްޔަތު އަދާކުރުމުގައިވީ މުއްދަތު، އަދި އެ މުވައްޒަފުގެ ބެލުމުގެދަށުން މީގެކުރިން މިފަދަ ގެއްލުމެއް ވެފައިވޭތޯ ނުވަތަ ކުރިން އަދާކުރި ވަޒީފާއެއްގައި ހުރިއިރު މިބާވަތުގެ ކަމެއް ހިނގާފައިވާނަމަ އެކަމުގެ ތަފުސީލު.
  5. ގެއްލުން ލިބެން މެދުވެރިވި ހާލަތްތަކާއި، އެ ހާލަތްތައް ހޯދުނު މިންވަރު. 
  6. ގެއްލުން ލިބިފައިވާ ތަނުގައި ރައްކާތެރިކަމާއި ސަލާމަތީފިޔަވަޅު ެއޅިފައިވާނަމަ އެކަމުގެ ތަފުސީލު، އަދި މިފަދަ ފިޔަވަޅުތައް ރަނގަޅު އުސޫލެއްގެމަތިން އެޅިފައި ނެތްނަމަ، އެކަން ރަނގަޅުކުރުމަށް ފެންނަ ގޮތް. 
  7. ކުރިން އެންގުމަކާ ނުލައި މުދަލާއި ފައިސާ ބަލައި ޗެކުކުރުމަށް ރޭވިފައިވާ ގޮތުގެ ތަފުސީލު، އަދި އެންމެފަހުން ޗެކުކުރެވިފައިވާ ތާރީހު.   
  8. ފައިސާ ބޭންކަށް ޖަމާކުރުމަށް ކަނޑައަޅާފައިވާ ދުވަހާއި ވަގުތުތައް، އަދި ގަވާއިދުން ޖަމާކުރޭތޯއާއި، އެންމެފަހުން ފައިސާ ޖަމާކުރެވިފައިވާ ތާރީހާއި ވަގުތު.
  9. ގެއްލުނު މުދާ ނުވަތަ ފައިސާއާ ހަވާލުވެހުރި މުވައްޒަފު ފިޔަވައި އެހެން ފަރާތެއް ބައިވެރިވެފައިވާނަމަ، އެކަމުގެ ތަފުސީލު.
  10. މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓު ފޮނުވުމަށްފަހު އެ އޮފީހުން އެއްވެސް ފިޔަވަޅެއް އަޅާފައިވާނަމަ އެކަން. ހާއްސަކޮށް އެކަމުގެ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފެއްގެ ނުވަތަ އެހެން ފަރާތެއްގެ މައްޗަށް ދައުވާކޮށްފައިވާނަމަ އެކަން، ނުވަތަ އެ މުވައްޒަފަކާމެދު އަޅާފައިވާ ފިޔަވަޅު.
  11. މިފަދަ ގެއްލުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ފިޔަވަޅު އެޅުމަށް އެ އޮފީހަކަށް ފެންނަ ގޮތް.
  12. މައްސަލަ އިތުރަށް ތަހުގީގުކުރަން ފެންނަނަމަ ސަބަބާއެކު އެކަން. 

(ރ) މި މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގައިވާ ރިޕޯޓު ލިބުމާއެކު އެ ރިޕޯޓަށް ރިއާޔަތްކޮށް، ތިރީގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އެ އޮފީހަކަށް އަންގަންވާނެއެވެ.

  1. އެއްވެސް ފިޔަވަޅެއް އަޅަން ފެންނަނަމަ، ފިޔަވަޅު އެޅުމަށް ރިޕޯޓު ހުށަހެޅި ފަރާތަށް އެންގުން. އަދި ބޭނުންވެއްޖެ ހިނދެއްގައި ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އެޑްވާންސް އެކައުންޓެއް ހުޅުވުމަށް ހުއްދަދީ، އެ ގެއްލުމެއް އަނބުރާ ދައްކާނެ އުސޫލެއް ކަނޑައެޅުން. 
  2. ލިބިފައިވާ ގެއްލުމަށް ބެލިއިރު ހިސާބުކުރުމުގެ އުސޫލުތަކުގައި ހިމެނޭ އުނިކަމެއް ފާހަގަކުރެވިފައިވާނަމަ، އެކަމެއް އިސްލާހުކުރުމަށް ފެންނަ ގޮތް.
  3. ބޭނުންވެއްޖެކަމަށް ފެންނަ ހާލަތެއްގައި، ތަހުގީގު ކޮމެޓީއެއް އައްޔަންކުރުން.  
  4. ގެއްލުންތައް ބަލައި ހިސާބުކުރުމަށާއި ތަހުގީގުކުރުމަށް އިންޓަރނަލް އޮޑިޑް ކުރާ ފަރާތަކަށް އެންގުން.

 

12.12 ވަނަ މާއްދާ - ދައުލަތުގެ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެކަމަށް ބަލައި ދޫކޮށްލުން 

(ހ) ދައުލަތުގެ ފައިސާއިން މަދުވާ މަދުވުމެއް ނުވަތަ ގެއްލޭ ގެއްލުމެއް ނުވަތަ އުނިވާ އުނިވުމެއް ނުވަތަ އަނބުރާ ނުލިބޭނެ ދައުލަތުގެ ފައިސާ، ނުވަތަ ގެއްލިފައިވާ ނުވަތަ ނައްތާލެވިފައިވާ ނުވަތަ ހަލާކުވެފައިވާ ނުވަތަ ބޭނުންކުރަން އެކަށީގެންނުވާ ދައުލަތުގެ މުދަލެއް އަނބުރާ ނުލިބޭނެކަމަށް ދޫކޮށްލެވޭނީ، މިނިސްޓްރީ އޮފް  ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ

(ށ) ނުލިބޭނެކަމަށް ދޫކޮށްލާ ފައިސާއާއި މުދަލާ ބެހޭގޮތުން ދައުލަތުގެ އޮފީސްތަކުން ލިބޭ ހުށަހެޅުންތައް ބަލައިގަނެ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައަށް އެދި ތައްޔާރުކުރަންޖެހޭ ރިޕޯޓު މިނިސްޓަރަށް ހުށަހަޅާނީ ފައިނޭށަލް ކޮންޓްރޯލަރެވެ. 

 

12.13 ވަނަ މާއްދާ - ހިސާބުތަކަށް ބަދަލުގެނައުން

(ހ) ދައުލަތުގެ އޮފީސްތަކުގެ ހިސާބުތައް ބެލެހެއްޓުމުގައި ހިސާބު އަދަދުތަކުގައި ޖެހިފައި ހުންނަ ކުށްތައް އިސްލާހުކުރަންވާނީ ޖާރނަލް ވައުޗަރެއް ހަދައިގެންނެވެ. ޖަރނަލް ވައުޗަރުގެ ނަމޫނާ MG/BC17 ގައި ވާނެއެވެ. ޖަރނަލް ވައުޗަރު ހަދަންޖެހޭ އާންމު ހާލަތްތައް ތިރީގައި މިވަނީއެވެ.

  1. ހިސާބުއަދަދުތަކުގައި ޖެހިފައިހުންނަ ކުށްތައް އިސްލާހުކުރުމަށް.
  2. ސަސްޕެންސް އެކައުންޓުގައިވާ އެންޓްރީތައް ރަނގަޅު އެކައުންޓަށް ބަދަލުކުރުމަށް.
  3. ޑިޕޮސިޓްކުރާ ފައިސާ ރެވެނިއު ކޯޑަށް ބަދަލުކުރުމަށް.
  4. އެއްފަންޑުން އަނެއް ފަންޑަށް ފައިސާ ބަދަލުކުރުމަށް.
  5. ދައުލަތުގެ އެއް އޮފީހަކުން އަނެއް އޮފީހަކަށް ފޯރުކޮށްދޭ ހިދުމަތުގެ އަގު އަދާކުރުމަށް. 
  6. އާމްދަނީގެ އައިޓަމެއްގެ ގޮތުގައި ދައުލަތުގެ އެއް އޮފީހަކުން އަނެއް އޮފީހަކަށް ދައްކަންޖެހޭ ކުލި، ޗާޖަސް ނުވަތަ ފީ ބަދަލުކުރުމަށް.

(ށ) ދައުލަތުގެ އޮފީސްތަކުގެ ހިސާބުތައް ލިޔަމުންދާއިރު ޖެހޭ ކުށްތައް ނުވަތަ ހިސާބުތައް ނިންމުމުގެ ކުރިން ފެންނަ ކުށްތައް މި ގަވާއިދުގެ 1.04 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ޖަރނަލް ވައުޗަރަކާ ނުލައި އިސްލާހުކުރަމުން ގެންދެވިދާނެއެވެ.

(ނ) ދައުލަތުގެ އޮފީސްތަކުގެ މާލީއަހަރެއްގެ ހިސާބުތައް ނިންމުމުގައި އެކައުންޓުތަކަށް ގެނެވޭ ބަދަލުތައް ނުވަތަ އިސްލާހުތައް ގެންނަންވާނީ ޖަރނަލް ވައުޗަރަކުންނެވެ. އަދި ޖަރނަލް ވައުޗަރުތައް ބެލެންސްކުރަންވާނެއެވެ.

(ރ) ޖަރނަލް ވައުޗަރ ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ގައިޑްލައިނެއް ފައިނޭންށަލް ކޮންޓްރލަރ ތައްޔާރުކުރަންވާނެއެވެ. މީގެ ތެރޭގައި ވައުޗަރު ފުރިހަމަކުރުން، ޗެކުކުރުން، ހުއްދަދިނުން، އަދި ޕޯސްޓްކުރުން ހިމެނެއެވެ. 

 

12.14 ވަނަ މާއްދާ - ދައުލަތުގެ ހަވާލުގައި ހުންނަ އަމިއްލަ މީސްމީހުންގެ ފައިސާއާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން 

(ހ) ދައުލަތުގެ ތަނެއްގައި އަމިއްލަ މީހެއްގެ ނުވަތަ ބައެއްގެ ފައިސާ ނުވަތަ ތަކެތި ބަހައްޓަން ޖެހިއްޖެނަމަ ބަހައްޓަންވާނީ، ރައްކާތެރިކަމާއެކު، އެ ތަކެތީގެ ވެރިފަރާތާ ހަވާލުކުރެވެންދެން، އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހައްޓާ ފައިސާއާއި ތަކެތީގެ މައުލޫމާތު އޮޅުންފިލާނެގޮތަށް ލިޔެ ބަލަހައްޓަންވާނެއެވެ. އެ ލިޔުމުގައި، ތަކެތި ބެލެހެއްޓުމަށް ހަވާލުވާ މުވައްޒަފެއްގެ ނަމާއި މަގާމު ލިޔެ ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ބަހައްޓާފައިހުރި، އަމިއްލަ މީހެއްގެ އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމުގައި އިހުމާލުވި މުވައްޒަފަކު އެކަމުގައި ޒިންމާވާންޖެހޭނެއެވެ.

(ރ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި އަމިއްލަ ފަރާތެއްގެ ފައިސާއާއި ތަކެތި ހަވާލުކުރަން ކަނޑައަޅާފައިވާ ގޮތެއްގެމަތިން، ނުވަތަ ވަކި ގޮތެއް ކަނޑައަޅާފައި ނެތްނަމަ، ލަސްނުކޮށް ފައިސާއާއި ތަކެތި، ވެރިފަރާތާ ހަވާލުކޮށް ސޮއިކުރުވަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ތަކެތި ބެލެހެއްޓުމުގައި އެ ތަކެއްޗާ ހަވާލުވާން އެ ތަކެތީގެ ވެރިފަރާތުން އިއުތިރާޒްކުރާނަމަ ނުވަތަ އެ ތަކެތީގެ ވެރިފަރާތަކީ ކޮބައިކަން ނޭނގޭނަމަ، އަދި އެ ތަކެއްޗަށް ގެއްލުމެއް ލިބިދާނެކަމަށް ފާހަގަކުރެވިއްޖެނަމަ، އެކަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅައިގެން އެ މިނިސްޓްރީން އަންގާ ގޮތެއްގެމަތިން އެ ތަކެތި އާންމު ނީލަމުގައި ވިއްކާލަންވާނެއެވެ. މިގޮތުން ތަކެތި ވިއްކައިގެން ލިބޭ ފައިސާ އެ މައްސަލަ ނިމެންދެން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހައްޓާ ތަކެތި ހަވާލުނުކުރެވި ގިނަދުވަސްވާނަމަ، އެ މައްސަލަ ށަރީއަތަށް ހުށަހަޅައިގެން ނިންމަންވާނެއެވެ. 

 

12.15 ވަނަ މާއްދާ - އިންށުއަރކުރުން

(ހ) ދައުލަތުގެ މުދަލާއި ފައިސާއަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުދަލާއި ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ހުއްދަދޭ ގޮތެއްގެމަތިން އިންށުއަރކުރެވިދާނެއެވެ. މިގޮތުން އިންށުއަރކުރުމުގައި އިންށުއަރެންސް ޕޮލިސީ ނަގަންވާނީ، ލިބިދާނެ ގެއްލުންތަކާއި، ކޮށްފާނެ އަސަރުތަކާއި، ޕްރިމިއަމްގެ އަގަށް ބަލައިގެން އެ އޮފީހެއްގެ ބަޖެޓުގައި ފައިސާ ހުރެގެންނެވެ.

(ށ) އިންށުއަރކުރާނެ ފަރާތެއް ހޯދަންވާނީ، ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާންކޮށްގެންނެވެ. 

(ނ) އިންށުއަރެންސް ކަވަރޭޖް ފައިނޭންށަލް ކޮންޓްރޯލަރ މުތާލިއާކުރަމުން ގެންދަންވާނެއެވެ. 

(ރ) އިންށުއަރެންސް ޕޮލިސީ އައުކުރުމުގެ ކުރިން، އިންށުއަރކުރާ މުދަލުގެ އަގާއި މުއްދަތު އިތުރުކުރުމާމެދު ނުވަތަ އުނިކުރުމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ބ) އިންށުއަރކޮށްފައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ލިބޭ ގެއްލުމަކާ ގުޅިގެން، އެ ގެއްލުމުގެ ބަދަލު ހޯދުމުގެ ކަންތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެމަތިން އެ އޮފީހަކުން ކުރިޔަށް ގެންދަންވާނެއެވެ. 

(ޅ) އިންށުއަރެންސް ޕޮލިސީއާއި ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ ލިޔެކިުންތައް ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. 

 

12.16 ވަނަ މާއްދާ - މާލީއިންވެސްޓްމަންޓްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން

މާލީއިންވެސްޓްމަންޓްތަކުގެ ރަޖިސްޓަރީއެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީގައި ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) އޮފީހުގެ ނަން

(ށ) އިންވެސްޓްމަންޓް ފެށި ތާރީހު

(ނ) އިންވެސްޓްމަންޓުގެ ބާވަތް

(ރ) އިންވެސްޓްމަންޓުގެ މުއްދަތު ހަމަވާ ތާރީހު

(ބ) އިންވެސްޓް ކޮށްފައިވާ އަދަދު

(ޅ) އިންވެސްޓްކުރުމަށް ދެވިފައިވާ ހުއްދަ

(ކ) ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ލިބޭނެކަމަށް އަންދާޒާކުރާ ފައިދާ 

 

12.17 ވަނަ މާއްދާ - މުވައްޒަފުން ލައްވައި ކުރުވާ މަސައްކަތަށް އަގުދޭން ނުޖެހުން 

ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި އެ މުވައްޒަފު ކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ފިޔަވައި އޮފީހުގެ އެހެން މަސައްކަތެއް ކުރުވިކަމުގައިވިޔަސް، އެ މަސައްކަތަކީ ބޭރު މީހަކު ލައްވައި އަގު ދޭގޮތަށް ކުރުވި މަސައްކަތެއް ކަމަށް ބަލައި، އަގެއް ދީގެން ނުވާނެއެވެ.

 

12.18 ވަނަ މާއްދާ - ވަޒީފާތަކަށް ގެންނަ ބިދޭސީންގެ ދަތުރު އަވަސްކޮށް، އެ މީހާ ފޮނުވަންޖެހޭ ތަނަކަށް ފޮނުވުން 

(ހ) ދައުލަތުގެ އެކިއެކި ވަޒީފާތަކަށް ބިދޭސީން ރާއްޖެ ގެންނަންވާނީ، އެ މީހަކު ގެނައުމާއެކު އެ މީހެއްގެ ވަޒީފާގެ މަސައްކަތަށް ލަސްނުކޮށް ނެރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ގެންނަ ބިދޭސީންގެ ތެރެއިން އަތޮޅުތަކަށް ފޮނުވަންޖެހޭ ބިދޭސީން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މީހަކު ވަޒީފާ އަދާކުރަން ހަމަޖެހިފައިވާ ރަށަކަށް ފޮނުވަންވާނެއެވެ.

(ނ) ދައުލަތުގެ ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން އަތޮޅުތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ޗުއްޓީގައި ދިޔުމާއި އައުމަށް މާލޭގައި މަޑުކުރަންޖެހޭ ދުވަސްތަކުގެ އަދަދު މަގުބޫލު ސަ ަބބެއްނެތި 3 (ތިނެއް) ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ. މި ބޭނުމަށް 3 (ތިނެއް) ދުވަހަށްވުރެ އިތުރަށް މާލޭގައި މަޑުކުރާ ދުވަސްތަކަށް އެއްވެސް ހަރަދެއް ނުދެވޭނެއެވެ.

 

12.19 ވަނަ މާއްދާ - މޯބައިލްފޯނު ހޯދައިދިނުމާއި، ފޯނުއެލަވަންސް ދިނުން 

ދައުލަތުގެ ހަރަދުގައި އެއްވެސް މުވައްޒަފަކަށް މޯބައިލްފޯނު ހޯދައިދީގެން ނުވާނެއެވެ. ނަމަވެސް ދައުލަތުގެ ހިދުމަތުގައި ގިނަ ވަގުތު އުޅެންޖެހޭ މުވައްޒަފުންނަށާއި، ހާއްސަ ކަމެއް ދިމާވެގެން އެކަމުގައި އުޅެންޖެހޭ މުވައްޒަފުންނަށް ފޯނު އެލަވަންސެއް ދެވިދާނެއެވެ. މިގޮތުން ފޯނު އެލަވަންސްގެ ގޮތުގައި ފައިސާދޭނެ އަދަދު ކަނޑައަޅަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާ މަށްވަރާކޮށްގެންނެވެ. 

 

12.20 ވަނަ މާއްދާ - ސެކިއުރިޓީސް ޑޮކިއުމަންޓުތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން 

(ހ) ސެކިއުރިޓީސް ޑޮކިއުމަންޓްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމެއް އެ ތަނަކުން ހަމަޖައްސަންވާނެއެވެ. އަދި ސެކިއުރިޓީސް ޑޮކިއުމަންޓްތަކުގެ ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ. އަދި މި ލިޔުންތައް ބަހައްޓަންވާނީ ތިޖޫރީއެއްގައި ނުވަތަ އެފަދަ ތަޅުލެވޭ އެއްޗެއްގައި ޒިންމާދާރު މުވައްޒަފެއްގެ ބެލުމުގެދަށުގައެވެ.

(ށ) ސެކިއުރިޓީސް ޑޮކިއުމަންޓުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބަލާ ތަކެތި ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ސެކިއުރިޓީސް.
  2. އެއްބަސްވުން ކުރިއަށް ގެންދިޔުމަށްޓަކައި ލިބިފައިވާ ގެރެންޓީ.
  3. ނެގޯށިއަބަލް އިންސްޓްރުމަންޓްސް. 
  4. އެހެން ގާނޫނެއްގައި ސެކިއުރިޓީސް ޑޮކިއުމަންޓުގެ ގޮތުގައި މާނަކުރެވިފައިވާ އެއްވެސް ލިޔުމެއް
  5. ސެކިއުރިޓީސް ޑޮކިއުމަންޓެއްކަމަށް ފައިނޭންށަލް ކޮންޓްރޯލަރ ނިންމާ ލިޔުމެއް.

(ނ) ސެކިއުރިޓީސް ޑޮކިއުމަންޓުގެ ކަންތައްތައް ތިރީގައިމިވާ ގޮތުގެމަތިން ފުރިހަމަކުރުމާއެކު، އެކަށީގެންވާ ކޮންޓްރޯލެއް ގާއިމުކޮށްގެން ބަލަހައްޓަންވާނެއެވެ. 

  1. ސެކިއުރިޓީސް ޑޮކިއުމަންޓްތަކުގެ ރަޖިސްޓަރީގައި އެކަށީގެންވާ ތަފުސީލު ރިކޯޑުކުރުން. 
  2. ސެކިއުރިޓީސް ޑޮކިއުމަންޓްތައް ރައްކާތެރި ތަނެއްގައި ރައްކާތެރިކަމާއެކު ބެހެއްޓުން.
  3. ކޮންމެ އަހަރަކު މަދުވެގެން އެއްފަހަރު ސެކިއުރިޓީސް ޑޮކިއުމަންޓްސް ރަޖިސްޓަރީ ރިކޮންސައިލްކުރުން.

 

12.21 ވަނަ މާއްދާ - ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ނުހިމެނޭ ކަމެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެ ގޮތް 

މި ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ދައުލަތުގެ މުދަލާއި ފައިސާއާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމުގައި، މި ގަވާއިދުގައި ނުހިމެނޭ ކަމެއް ކުރަންޖެހިއްޖެނަމަ، އެކަމެއް ކުރަންޖެހޭ ދައުލަތުގެ އޮފީހަކުން އެކަމެއްގެ ތަފުސީލާއި އެކަމެއް ހައްލުކުރަން ފެންނަ ގޮތެއް ބަޔާންކޮށް މިނިސްޓަރަށް ލިޔުމަކުން ހުށަހަޅައި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުގެމަތިން މިނިސްޓަރު ހުއްދަދޭ ގޮތަކަށް އެކަމެއް ކުރާނީއެވެ.

 

ބާބު 13

އެހެނިހެން މާލީކަންކަން ހިންގައި ބެލެހެއްޓުން 

 

13.01 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓް ހުޅުވުމާއި، އެކައުންޓަށް ފައިސާ ޖަމާކޮށް ދޫކުރުން 

(ހ) ދައުލަތުގެ އެންމެހައި ފައިސާ ބަހައްޓަންވާނީ، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ހުޅުވާ އެކައުންޓްތައް ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އާ އެއްގޮތަށް ހުޅުވާ އެކައުންޓެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާއެއްގޮތަށް އެކައުންޓެއް ހުޅުވޭނެ ގޮތެއް ނެތްނަމަ، އެ އުސޫލުގައި ބަޔާންކޮށްފައިވާ ފަދަ އެކައުންޓަކަށް ފައިސާ ޖަމާކުރެވެންދެން ދައުލަތުގެ ފައިސާ ބަހައްޓަންވާނީ ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތެއްގެމަތިން ތިޖޫރީއެއްފަދަ ތަޅުލެވިފައި ހުންނަ ރައްކާތެރި ތަނެއްގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުޅުވާ އެކައުންޓަކުން، ފައިސާ ދައްކަންޖެހޭ ގޮތަށް ހަރަދެއް ކުރަންވާނީ، އެ އެކައުންޓުން އަދާކުރަންޖެހޭ ފައިސާ ބެހެއްޓުމަށްފަހު ބާކީ ފައިސާ ހުރިވަރަށްވުރެ އިތުރުނުވާ ގޮތެއްގެމަތިންނެވެ.

(ރ) ދައުލަތުގެ ތަންތަނަށް ހޯދާ ހުރިހާ ފައިސާއަކާއި، ބަލައިގަންނަ ހުރިހާ ފައިސާއެއް ޖަމާކުރަންވާނީ ޕަބްލިކް ބޭންކް އެކައުންޓަށެވެ. ނުވަތަ މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުޅުވާ އެކައުންޓަކަށެވެ. ނުވަތަ މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފައިސާ ބެހެއްޓުމަށްފަހު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އަންގާ ގޮތެއްގެމަތިން އެކައުންޓަކަށް ފައިސާ ޖަމާކުރަންވާނެއެވެ.

(ބ) ޕަބްލިކް ބޭންކް އެކައުންޓުގައި ހުންނަ ފައިސާއިން ހަރަދުކުރެވޭނީ ނުވަތަ ފައިސާ ދޫކުރެވޭނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

  1. ވަގުތުން ވަގުތަށް ބޭނުންނުވާ ފައިސާ އިންވެސްޓްކުރުމަށް. 
  2. ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ފައިސާ ހަރަދުކުރުމަށް ހުއްދަދޭ ލިޔުމުގައިވާ ގޮތުގެމަތިން ފައިސާ ދޫކުރުމަށް.
  3. ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން ފައިސާ ހަރަދުކުރުމަށް ހުއްދަދޭ ލިޔުމުގައިވާ ގޮތުގެމަތިން ފައިސާ ދޫކުރުމަށް.
  4. އެޑްވާންސް ފަންޑުން ފައިސާ ދޫކުރުމަށް.
  5. ޓްރަސްޓް އެކައުންޓެއްގެ ޓްރަސްޓް ސްޓޭޓްމަންޓެއްގައިވާ ގޮތުގެމަތިން ޓްރަސްޓް ފަންޑުން ފައިސާ ދޫކުރުމަށް. 

 

13.02 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ވަގުތުންވަގުތަށް ބޭނުންނުވާ ފައިސާ އިންވެސްޓްކުރުން  

(ހ) ޕަބްލިކް ބޭންކް އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ވަގުތުންވަގުތަށް ބޭނުންނުވާ ފައިސާ، އެ އެކައުންޓުން ނަގައި، ތިރީގައިމިވާ ގޮތުގެމަތިން މާލީ ރައްކާތެރިކަމާ ގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރަށް  އިންވެސްޓްކުރެވިދާނެއެވެ.

  1. ބޭރު ގައުމެއްގެ ސަރުކާރުން ނުވަތަ ބައިނަލްއަގުވާމީ އިދާރާއަކުން ދޫކޮށްފައިވާ ނުވަތަ ގެރެންޓީކޮށްފައިވާ ސެކިއުރިޓީޒަށް.
  2. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ގަބޫލުކުރާ ބޭންކެއްގެ އެކައުންޓުގައި ޑިޕޮޒިޓުކޮށްފައި ބެހެއްޓުމަށް. 

 (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންވެސްޓްކުރާ ދައުލަތުގެ ފައިސާގެ ހިސާބު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުރާ ކޮންމެ އިންވެސްޓްމަންޓަކުން ލިބޭ އިންޓްރެސްޓް ވެސް ޖަމާކުރަންވާނީ އިންޓްރެސްޓް ސަސްޕެންސް އެކައުންޓަށެވެ. 

 

13.03 ވަނަ މާއްދާ - ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ފައިސާ ޖަމާކުރުމާއި ދޫކުރުން 

(ހ) ދައުލަތުގެ ފައިސާގެ ތެރެއިން، ތިރީގައިމިވާ ފައިސާ ފިޔަވައި އެހެން ހުރިހާ ފައިސާއެއް ޖަމާކުރަންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ. 

  1. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި، ނުވަތަ ރާއްޖެއިން ބޭރުގައި ހިނގާ ސަރުކާރުގެ އޮފީހަކުން ހޯދާ، ނުވަތަ އެފަދަ އޮފީހަކަށް ލިބޭ ނުވަތަ އެފަދަ އޮފީހެއްގައި ހުރި ދައުލަތުގެ ފައިސާ.
  2.  ދައުލަތުގެ ބޭނުންތަކަށާއި، ދައުލަތުން ދޭ ލޯނުގެ ގޮތުގައި ދޫކުރުމަށާއި، ކެޕިޓަލް ހަރަދުތަކަށް ދޫކުރުމަށް ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ދޫކުރެވޭ ފައިސާ
  3. ލޯޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށާއި، އެޑްވާންސް ފަންޑަށާއި، ޓްރަސްޓް ފަންޑުގައި ހިމެނޭ އެކައުންޓުތަކަށާއި، އިންޓަރެސްޓް ސަސްޕެންސް އެކައުންޓަށް ޖަމާކުރަންޖެހޭ ދައުލަތުގެ އެންމެހައި ފައިސާ.

(ށ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޖަމާނުކޮށް ބަހައްޓާ ފައިސާގެ ބަދަލުގައި، އެފަދަ އޮފީސްތަކަށް ހަރަދުކުރުމަށްފައިސާ ފޮނުވާއިރު ފޮނުވާނީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޖަމާނުކޮށް ހުރި އަދަދު އުނިކޮށްފައެވެ. މިގޮތަށް އެޖަސްޓްކުރާ ފައިސާ އެ ފައިސާއެއް ވައްދަންޖެހޭ ލެޖަރ އެކައުންޓަށް ވައްދައި ހިސާބުތައް ނިންމަންވާނެއެވެ.

(ނ) އަންނަނިވި ހާލަތްތަކުގައި މެނުވީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ.

  1. އެ އަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ ގޮތުގެމަތިން ހަރަދުކުރުމަށް.
  2. ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ފައިސާ ދޫކުރުމަށް ހުއްދަކުރާ ގާނޫނެއްގައިވާ ގޮތުގެމަތިން ފައިސާ ދޫކުރުމަށް.
  3. ދައުލަތުގެ ފައިސާއިން ރިފަންޑް ދޭންޖެހޭ ފަރާތްތަކަށް ރިފަންޑް ދިނުމަށް.

(ރ) ހަރަދުކުރުމަށް ހުއްދަދޭ ލިޔު ެމއްގެ މައްޗަށް ބިނާކޮށްގެން މެނުވީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ. 

 

13.04 ވަނަ މާއްދާ - ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ފައިސާ ޖަމާކުރުމާއި ދޫކުރުން 

(ހ) ދައުލަތުގެ ފައިސާގެ ތެރެއިން، ތިރީގައިވާ ފައިސާ ޖަމާކުރަންވާނީ ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށެވެ.

  1.  ދައުލަތުގެ ބޭނުންތަކަށް މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ދައުލަތުން ދޭ ލޯނުގެ ގޮތުގައި ދޫކުރުމަށާއި، ކެޕިޓަލް ހަރަދުތަކަށް ދޫކުރުމަށް ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ދޫކުރާ ފައިސާ
  2. ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން ދޫކުރި ލޯނުގެ ޕްރިންސިޕަލް އަދަދަށް ދައްކާ ފައިސާ
  3. ދައުލަތުގެ މުދަލެއް ވިއްކައިގެން ލިބޭ ފައިސާ.
  4. ބައިނަލްއަގުވާމީ ޖަމާއަތަކުންވިޔަސް، އަދި އެހެން ފަރާތަކުންވިޔަސް، ކެޕިޓަލް ހަރަދުކުރުމަށް އެއްވެސް ށަރުތަކާ ނުލައި، އެހީގެ ގޮތުގައި ދޭ ފައިސާ.
  5. ކެޕިޓަލް ހަރަދުކުރުމަށް، ނުވަތަ އެހެންވެސް ކަމަކަށް އެކި ފަރާތްތަކުން ދައުލަތަށް ދޫކުރާ ލޯނުގެ ފައިސާއާއި، ދައުލަތުން ދަރަންޏަށް ހޯދާ ފައިސާ

(ށ) ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން، ދައުލަތުގެ ފައިސާ ދޫކުރާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ. 

  1. ދައުލަތުގެ ބަޖެޓުގައިވާ ގޮތުގެމަތިން ފައިސާ ދޫކުރުމަށް. 
  2. ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް  ދައުލަތުގެ ފައިސާ ޖަމާކުރީ ވަކި ބޭނުމެއްގައި ކަމުގައިވާނަމަ، އެ ބޭނުމެއް ހާސިލުކުރުމަށް. 

13.05 ވަނަ މާއްދާ - އިންޓަރެސްޓާއި، އިންޓަރެސްޓް ފައިސާ ބަހާނެ ގޮތް 

(ހ) ދައުލަތުގެ އިންވެސްޓްމަންޓެއް އިންވެސްޓްކޮށްގެން ލިބޭ އެންމެހައި އިންޓަރެސްޓް ފައިސާއާއި އެނޫން ގޮތްގޮތުން ދައުލަތަށް ލިބޭ އިންޓަރެސްޓް ފައިސާ ޖަމާކުރަންވާނީ، އިންޓަރެސްޓް ސަސްޕެންސް އެކައުންޓަށެވެ. އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ހުންނަ ދައުލަތުގެ ފައިސާ ނަގަންވާނީ، ޕަބްލިކް ފަންޑަކަށް ޖަމާކުރުމަށް، ނުވަތަ ޓްރަސްޓް ސްޓޭޓްމަންޓުގައިވާ ގޮތުގެމަތިން ޓްރަސްޓް އެކައުންޓަކަށް ނުވަތަ އެކައުންޓުތަކަށް ޖަމާކުރުމަށެވެ.

(ށ) ޓްރަސްޓް އެކައުންޓަކަށް އިންޓަރެސްޓް ލިބޭނެ ގޮތްތަކާއި މިންގަނޑުތައް އަދި އިންޓަރެސްޓް ސަސްޕެންސް އެކައުންޓްގައި ހުންނަ ފައިސާ ބަހާނެ ގޮތް ފައިނޭންށަލް ކޮންޓްރޯލަރ ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. މިގޮތުން އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ހުންނަ ފައިސާއިން ޕަބްލިކް ފަންޑަށް ޖަމާކުރާނެ އަދަދާއި، ޓްރަސްޓް އެކައުންޓްތަކަށް ޖަމާކުރާނެ އަދަދު ވަކިވަކިން އެނގެން އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފައިނޭންށަލް ކޮންޓްރޯލަރ ތައްޔާރުކޮށް ހުށަހަޅާ ސްޓޭޓްމަންޓުގައިވާ ގޮތަށް ޓްރަސްޓް އެކައުންޓްތަކަށާއި، ޕަބްލިކް ފަންޑަށް ޖަމާކުރާނެ އަދަދު ނިންމާނީ މިނިސްޓަރެވެ. އަދި އެ އެކައުންޓުތަކަށް ފައިސާ ޖަމާކުރަންވާނީ މިނިސްޓަރުގެ ހުއްދަ ލިބިގެންނެވެ.

(ރ) އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ހުންނަ ފައިސާ ބެހުމަށް ކަނޑައަޅާ މިންގަނޑުތަކުގެ ރިކޯޑުތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ބަލަހައްޓަންވާނެއެވެ.

(ބ) އިންޓަރެސްޓް ފައިސާ ބެހުމަށް ިނންމި ގޮތެއްގެމަތިން ބަހައި ނިމޭއިރު، އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ބާކީ ފައިސާ ހުރިނަމަ، އެ ފައިސާ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޖަމާކުރަންވާނެއެވެ.

(ޅ) ނިމިދިޔަ އަހަރު އިންޓަރެސްޓުގެ ގޮތުގައި ލިބިފައިވާ ހުރިހާ ފައިސާއެއް ހިނގާ މާލީއަހަރުގެ ތެރޭގައި ބަހައި ނިންމަންވާނެއެވެ. އަދި އެހެނިހެން ބޭންކް އެކައުންޓުތަކަށް ލިބިފައިވާ އިންޓަރެސްޓްވެސް ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޖަމާކޮށް ނިންމަންވާނެއެވެ. 

13.05 ވަނަ މާއްދާ - ޓްރަސްޓް ފަންޑާއި ޓްރަސްޓް އެކައުންޓް އެކުލެވިގެންވާ ގޮތް 

(ހ) ޓްރަސްޓް ފަންޑަށް ޖަމާކުރެވޭނީ، ޓްރަސްޓް ފަންޑް ހުޅުވާ ަފއިވާ ބޭނުމަށް، އެކަމަށް ކަނޑައަޅާފައިވާ ފައިސާއެވެ. މިފަދަ ފައިސާ ޖަމާކުރަންވާނީ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން ހުޅުވާ ޓްރަސްޓް އެކައުންޓަކަށް ނުވަތަ ޕަބްލިކް ފަންޑަކަށެވެ.

(ށ) ޓްރަސްޓް ފަންޑް އެކުލެވިގެންވަނީ، އިންޓަރެސްޓް ސަސް ެޕންސް އެކައުންޓާއި، ޓްރަސްޓް ފަންޑުގެ ބައެއްގެ ގޮތުގައި އުފައްދާ ޓްރަސްޓް އެކައުންޓްތަކާއި، އެކި ބޭނުންތަކުގައި އެކި ދުވަސްވަރު ތިރީގައިމިވާ ބާވަތުގެ ކަންތައްތަކަށް އުފައްދާ ޓްރަސްޓް އެކައުންޓްތަކެވެ. މިހުރިހާ އެކައުންޓެއްވެސް ޓްރަސްޓް ފަންޑުގައި ހިމެނޭނެއެވެ. 

  1. ދައުލަތުގެ ވަކި ބޭނުންތަކަކަށް ހަރަދުކުރުމަށް ބަޖެޓުގައި ކަނޑައަޅައި ފާސްކޮށްފައިވާ ފައިސާ ބެހެއްޓުމަށް.
  2. ދައުލަތުގެ އޮފީހެއް ކަމުގައިނުވާ އެހެ ްނ ފަރާތެއްގެ ބޭނުމަށް، ދައުލަތުން ފައިސާ ބަހައްޓައިދިނުމަށް.
  3. ދައުލަތުގެ ވަކި ބޭނުމަކަށް ހަދިޔާގެ ގޮތުގައި ުނވަތަ ހިލޭއެހީގެ ގޮތުގައި ިލބޭ ފައިސާއާއި، ވަކި ށަރުތުތަކެއްގެ މަތިން ދައުލަތަށް ލިބޭ ފައިސާ، ދައުލަތުގެ ފައިސާގެ ގޮތުގައި ވަގުތީގޮތުން ބެހެއްޓުމަށް. 
  4. ދައުލަތަށް ލިބޭ ފައިސާއެއްގެ ވަކި ބޭނުމެއް އެނގެންދެން، ވަގުތީގޮތުން ބެހެއްޓުމަށް.
  5. ޓްރަސްޓް އެކައުންޓުގައި ބަހައްޓައިގެން ދޭންޖެހޭ ނުވަތަ ހަރަދުކުރަންޖެހޭ ގޮތަށް ވަކި ހާއްސަ ބޭނުމަކަށް ބަޖެޓުގައި ކަނޑައަޅާ ފާސްކޮށްފައިާވ ދައުލަތުގެ އެންމެހައި ފައިސާ ބެހެއްޓުމަށް.
  6. އެހެން ގާނޫނަކުން ލާޒިމުކުރުމުން ޓްރަސްޓް އެކައުންޓެއްގައި ފައިސާ ބެހެއްޓުމަށް.
  7. ހާއްސަ ބޭނުމަކަށް ލިބިފައިވާ ދައުލަތުގެ އެންމެހައި ފައިސާ ބެހެއްޓުމަށް.

(ނ) ބޭންކުގައި ވަކިން އެކައުންޓު ހުޅުވފައިވާ ޓްރަސްޓް އެކައުންޓްތަކާއި، ޕަބްލިކް ބޭންކް އެކައުންޓުގެ ގޮތުގައި ބޭނުންކުރާ ޓްރަސްޓް އެކައުންޓްތައް ޓްރަސްޓް ފަންޑުގައި ހިމެނެއެވެ. ބޭންކުގައި ވަކިން އެކައުންޓެއް ހުޅުވިފައިވާ ޓްރަސްޓް އެކައުންޓެއްނަމަ، އެ ބޭންކް އެކައުންޓުގައި ހިމެނޭ ފައިސާއަށްވުރެ އިތުރަކަށް ފައިސާއެއް ނުނެގޭނެއެވެ.

(ރ) މި ގަވާއިދުގެ ބޭނުމަށް ޓްރަސްޓް އެކައުންޓުގެ ގޮތުގައި ބަލާ އެކި ބާވަތުގެ އެކައުންޓުތައް ތިރީގައި މިވަނީއެވެ.

  1. ސަރުކާރުގެ ވިޔަފާރި ކުރުމަށް ބޭނުންކުރެވޭ ރިވޯލްވިންގ ފަންޑް ނުވަތަ ވަރކިންގ ކެޕިޓަލް ފަންޑް.
  2. އިންޓަރެސްޓް ލިބޭ ޓްރަސްޓް އެކައުންޓުތައް. (ކުށްވެރިންގެ ފައިސާ، ބޭރުމީހުން ދައްކާ ޑިޕޮޒިޓު ފައިސާ، ވާރިސަކު ނެތި އަދި ވަސިއްޔަތެއްވެސް ނެތި ހުންނަ މުދަލަށް ލިބޭ ފައިސާ، ހާއްސަ އެހީގެ މަރުކަޒުތަކުގައި ތިބޭ މީހުންގެ ފައިސާ، ބޮންޑް، ޑިޕޮސިޓްސް، އަދި މިބާވަތުގެ އެހެނިހެން ފައިސާ ބެހެއްޓުމަށް ހުޅުވާ އެކައުންޓުތައް)

(ބ) ސަސްޕެން ްސ އެކައުންޓުގެ ގޮތުގައި ބަލަހައްޓާ ޓްރަސްޓް އެކައުންޓްތަކަށް، ތިރީގައިމިވާ ބާވަތުގެ ކަންތައްތަކަށް ލިބޭ ފައިސާ ޖަމާކުރެވިދާނެއެވެ.

  1. ވަކި ހާއްސަ ބޭނުމަކަށް ބެހެއްޓިފައިވާ ރަށްރަށުގެ ުނވަތަ އަތޮޅުތަކުގެ ފައިސާ.
  2. ވަކި ހާއްސަ ކަމަކަށް ބޭރުގެ އެހީގެ ދަށުން ހިންގޭ ޕްރޮޖެކްޓްތަކަށް ލިބޭ ފައިސާ.
  3. ތިންވަނަ ފަރާތަކަށް ބެހެއްޓިފައިވާ އެހެނިހެން ފައިސާ.

(ޅ) ކޮންމެ މާލީ އަހަރެއް ނިމޭއިރު ޓްރަސްޓް އެކައުންޓުގެ ބާކީގައި ހުންނަ ފައިސާ ޖެހިގެން އަންނަ އަހަރަށް ގެންދެވޭނެއެވެ.

(ކ) ޓްރަސްޓް އެކައުންޓްގެ ހުރިހާ މުއާމަލާތެއްވެސް ހިންގަންވާނީ، ދައުލަތުގެ ފައިސާގެ ހިސާބުތައް ބަލަހައްޓާ ނިޒާމުގެ ތެރެއިން މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

13.07 ވަނަ މާއްދާ - ޓްރަސްޓް އެކައުންޓް ހުޅުވުން 

(ހ) ދައުލަތުގެ އޮފީހަކުން ޓްރަސްޓް އެކައުންޓެއް ހުޅުވުމަށް ބޭނުންވެއްޖެނަމަ، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ޑްރާފްޓް ޓްރަސްޓް ސްޓޭޓްމަންޓެއް ތައްޔާރުކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ. ޑްރާފްޓް ސްޓޭޓްމަންޓް ސައްހަތޯފައިނޭންށަލް ކޮންޓްރޯލަރ ބެލުމަށްފަހު މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދައުލަތުގެ އޮފީސްތަކުން ފޮނުވަންޖެހޭ ޑްރާފްޓް ޓްރަސްޓް ސްޓޭޓްމަންޓާއި، މިނިސްޓަރަށް ހުށަހަޅާ ޓްރަސްޓް ސްޓޭޓްމަންޓް ތައްޔާރުކުރާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އަންގާ ގޮތެއްގެ މަތިންނެވެ.

(ނ) ޓްރަސްޓް ސްޓޭޓްމަންޓުގައި ޓްރަސްޓް އެކައުންޓް ހުޅުވުމާއި ޓްރަސްޓް ފަންޑް ގާއިމުކުރުމުގެ ހުއްދަދީ ސޮއިކުރާނީ މިނިސްޓަރެވެ. ހުއްދަދޭ ލިޔުމުގެ 3 (ތިނެއް) ކޮޕީގައި މިނިސްޓަރު ސޮއިކުރަންވާނެއެވެ. މީގެތެރެއިން 1 (އެކެއް) ކޮޕީ އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއާ ހަވާލުކުރަންވާނެއެވެ. 2 ވަނަ ކޮޕީ ފޮނުވާނީ އޮޑިޓަރ ޖެނެރަލަށެވެ. 3 ވަނަ ކޮޕީ އޮންނަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައެވެ. 
 
 (ރ) ޓްރަސްޓް ސްޓޭޓްމަންޓުގައި އިގްރާރުވެފައިވާ ގޮތަށާއި، ޓްރަސްޓް ފަންޑުގެ އެންމެހައި މުއާމަލާތްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަމަށް މިނިސްޓަރަށް ފެނިއްޖެނަމަ، ތިރީގައިމިވާ ގޮތުގެމަތިން އަމަލުކުރެވިދާނެއެވެ.

  1. ޓްރަސްޓް ސްޓޭޓްމަންޓް އިސްލާހުކޮށް، ޓްރަސްޓް އެކައުންޓުގެ އެޑްމިނިސްޓްރޭޓަރ ޓްރަސްޓް ފަންޑް ހިންގުމުގެ މަސްއޫލިއްޔަތުން ވަކިކޮށް، ނުވަތަ މައްސަލަ ތަހުގީގުކޮށް ވަކި ގޮތެއް ނިންމެންދެން އެކަހެރިކުރުމަށްފަހު، އެޑްމިނިސްޓްރޭޓަރުގެ ވާޖިބު އަދާކުރުމަށް އެހެން މުވައްޒަފެއް އައްޔަންކުރުން.
  2. އެކައުންޓު ހިންގި ގޮތް ތަހުގީގުކުރުން.
  3. ތަހުގީގުގެހޯދުންތަކަށް ބަލާއިރު އެކަހެރިކުރި އެޑްމިނިސްޓްރޭޓަރ ޒިންމާވާންޖެހޭ ކަމެއް ނެތްނަމަ، އެޑްމިނިސްޓްރޭޓަރ އަނބުރާ އެ މަގާމަށް އިއާދަކުރުން.
  4. ތަހުގީގުގެ ހޯދުންތަކަށް ބެލުމަށްފަހު އެކައުންޓު ބެލެހެއްޓުމަށް އިސްލާހީ ފިޔަވަޅެއް އަޅަންޖެހޭނަމަ، އެ ފިޔަވަޅެއްއެޅުން. އަދި އެކައުންޓު ބަންދުކުރަންޖެހޭކަމަށް ފެނިއްޖެނަމަ، އެކައުންޓު ބަންދުކުރުން.

 

13.08 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުން ފަންޑު އެކައުންޓް ހުޅުވައި ހިންގުމުގައި އަމަލުކުރަންޖެހޭ ގޮތް 

(ހ) ވަކި ގާނޫނެއްގެ ދަށުން ބާރު ލިބިގެން، ދައުލަތުގެ އޮފީސްތަކުން ހުޅުވައި ހިންގަންޖެހޭ ފަންޑުތައް ހުޅުވައި ހިންގުމުގައި، ހުރިހާ ފަންޑުތަކެއްގެ މައިގަނޑު ސިފަތައް އެއްގޮތަށް ބެހެއްޓުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހިސާބު ބެލެހެއްޓުމާއި ގެންގުޅުމުގައި ހަރުދަނާ އެއް އުސޫލުތަކެއް އޮތުން ބޭނުންވާނެތީ، ދައުލަތުގެ އޮފީހަކުން އެފަދަ ފަންޑެއް ހުޅުވައި ހިންގަން ބޭނުންވާނަމަ، އެ ފަންޑަކާ ބެހޭ ތިރީގައިމިވާ މައުލޫމާތު ހިމެނޭގޮތަށް "ފަންޑް ސްޓޭޓްމަންޓް" ތައްޔާރުކޮށް ފަންޑު ހުޅުވުމަށް ބޭނުންވާ ދުވަހުގެ 15 (ފަނަރަ) ދުވަސް ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. އަދި މި ހުށަހެޅުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަމާމެދު ފެންނަ ގޮތެއް އެ އޮފީހަކަށް ލިޔުމަކުން އަންގަންވާނެއެވެ.

  1.  ފަންޑު ހުޅުވުމަށް ބަޔާންކުރާ ގާނޫނުގެ ނަމާއި، ަނންބަރާއި، ތާރީހު.
  2. ފަންޑުގެ ނަން.
  3. ފަންޑުގެ ބޭނުން.
  4. ފަންޑަށް ޖަމާކުރާ ފައިސާގެ ބާވަތް.
  5. ފަންޑުން ހޭދަކުރެވޭ ކަންތައްތައް.
  6. ފަންޑު ހިންގުމުގައި ޒިންމާ އުފުލާ ފަރާތް.
  7. ފަންޑު ހިންގުމަށްޓަކައި ޓްރަސްޓް އެކައުންޓެއް ހުޅުވަން ބޭނުންވާނަމަ އެކަން.
  8. ފަންޑު އެކައުންޓު ބަންދުކުރާނެ ތާރީހާއި، ބަންދުކުރާއިރު އެކައުންޓުގައި ހުންނަ ފައިސާއާމެދު އަމަލުކުރާނެ ގޮތެއް.

(ށ) ފަންޑަށް ލިބޭ ފައިސާ ބަލައިގަތުމާއި، ހަރަދުކުރުމާއި، އަދި ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި އަމަލުކުރަންވާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ. 

(ނ) ފަންޑު އެކައުންޓުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު، މި ަގވާއިދުގެ 15.02 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ތައްޔާރުކޮށް އެ ފަންޑެއްގެ ބައިވެރިންނަށް ފެންނަގޮތަށް އާންމުކުރަންވާނެއެވެ.

(ރ) ފަންޑު ހުޅުވުމަށް ހުށަހަޅަންޖެހޭ "ފަންޑް ސްޓޭޓްމަންޓް" މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އަންގާ ގޮތެއްގެ މަތީން ތައްޔާރުކޮށް ފޮނުވަންވާނެއެވެ.

 

13.09 ވަނަ މާއްދާ - ބޭންކް އެކައުންޓުތަކުގެ ހިސާބު ބެލެހެއްޓުމާއި ރިކޮންސައިލްކުރުން 

ޕަބްލިކް ބޭންކް އެކައުންޓާ ވަކިން ބޭންކް އެކައުންޓެއް ހިންގޭނަމަ، އެކަމާ ހަވާލުވެހުރި މާލީޒިންމާދާރުވެރިޔާ ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.

(ހ) ކޮންމެ ބޭންކް އެކައުންޓެއްގެ ހިސާބުތަކާއި ލިޔުންތައް ވަކިން ބެލެހެއްޓުން.

(ށ) އެކައުންޓު ހިންގުމުގައި އެކަށީގެންވާ ކޮންޓްރޯލް ގާއިމުކުރުން. 

(ނ) މަދުވެގެން މަހަކު އެއްފަހަރު އެކައުންޓު ރިކޮންސައިލްކުރުން.

(ރ) ލިބުނު ފައިސާ ހަމައަށް ބޭންކަށް ޖަމާކޮށްފައިވާކަމާއި، ޖަމާކުރި ފައިސާއާއި ހަރަދުކުރެވުނު ފައިސާ ރަނގަޅަށް ހިސާބުތަކުގައި ހިމެނިފައިވާކަމުގެ ޔަގީންކަން ހޯދުން.

(ބ) ވޭތުވެދިޔަ މަހުގެ ރިކޮންސިލިއޭށަން ސްޓޭޓްމަންޓް ތައްޔާރުކޮށް، ތައްޔާރުކުރި ފަރާތާއި މާލީޒިންމާދާރުވެރިޔާ ސޮއިކޮށް، ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވުން. 

 

13.10 ވަނަ މާއްދާ - ޕަބްލިކް ފަންޑްތަކުގެ ހިސާބު ބެލެހެއްޓުން 

(ހ) ތިރީގައިވާ ޕަބްލިކް ފަންޑްތަކުގެ ހިސާބުތައް، އޮޑިޓަރ ޖެނެރަލް ކަނޑައަާޅ ގޮތެއްގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ލިޔެ ބަލަހައްޓަންވާނެއެވެ.

  1. ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑް
  2. ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑް
  3. އެޑްވާންސް ފަންޑް
  4. ޓްރަސްޓް ފަންޑް

(ށ) ޕަބްލިކް ފަންޑްތަކުގައި ހުރި ފައިސާގެ ޖުމުލަ، ޕަބްލިކް ބޭންކް އެކައުންޓުގައި ހުރި ފައިސާއާއި މި ގަވާއިދުގެ 13.02 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައުލަތުން އިންވެސްޓްކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދާ އެއްވަރުވާންވާނެއެވެ.

(ނ) ދައުލަތުން އިންވެސްޓްކުރާ ފައިސާގެ ޕްރިންސިޕަލް އަދަދު ފިޔަވައި، ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރެވޭ ހުރިހާ ފައިސާއެއް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ހިސާބުކޮށް، ޕަބްލިކް ފަންޑްތަކުގެ ހިސާބުތަކުގައި އޭގެ ތަފުސީލު ހިމަނަންވާނެއެވެ. 

 

13.11 ވަނަ މާއްދާ - އެޑްވާންސް ފަންޑް އަދި އެ ފަންޑު ބޭނުންކުރެވޭ ގޮތް

(ހ) އެޑްވާންސް ފަންޑުން ފައިސާ ދޫކުރެވޭނީ ތިރީގައިމިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވެގެންނެވެ.

  1. އާންމު ހިދުމަތްތަކަށާއި، ކެޕިޓަލް ހަރަދުތަކަށް ވަގުތީގޮތުން ދޭންޖެހޭ ފައިސާ ދިނުމަށް.  
  2. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި، ނުވަތަ ރާއްޖެއިން ބޭރުގައި ހިންގާ ސަރުކާރުގެ އޮފީސްތަކުގެ ހަރަދުތަކަށް ފައިސާ ދިނުމަށް.

(ށ) މި މާއްދާގެ (ހ) ގައިވާ ކަންތައްތަކުގެ އިތުރުން ތިރީގައިމިވާފަދަ ކަންތައްތަކާ ގުޅިގެންވެސް އެޑްވާންސް ފަންޑުން ފައިސާ ދޫކުރެވިދާނެއެވެ.

  1. ކުރިން ވިސްނައިގަންނަން ުނވަތަ ރާވަން ނޭނގޭގޮތަށް ކުއްލިއަކަށް ދިމާވާ ކަމަކާ ގުޅިގެން ދޫކުރަންޖެހޭ ފައިސާ ދޫކުރުމަށް.
  2. ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން އެހެން އެއްވެސް ޕަބްލިކް ފަންޑަކުން ފައިސާ ދޫކުރެވެން ނެތް ހާލަތެއްގައި ފައިސާ ދޫކުރުމަށް.
  3. އާންމު ހިދުމަތްތަކަށާއި ކެޕިޓަލް ހަރަދުތަކަށް ވަގުތީގޮތުން ދޭންޖެހޭ ފައިސާ ދޫކުރުމަށް.

(ނ) އެޑްވާންސް ފަންޑުން ފައިސާ ނެގުމަށްޓަކައި، އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނީ، ފައިނޭންށަލް ކޮންޓްރޯލަރ ކަނޑައަޅާ ފޯމެޓަކާ އެއްގޮތަށް މާލީޒިންމާދާރުވެރިޔާއެވެ.  މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ކަމަކަށް މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެން، އެ ލިޔުމުގައިވާ ގޮތުގެމަތިން މެނުވީ، އެޑްވާންސް ފަންޑުން ފައިސާ ދޫކޮށްގެން ނުވާނެއެވެ.

(ރ) އެޑްވާންސް ފަންޑުން ފައިސާ ނެގުމަށް، ހިނގާ މާލީއަހަރުގެ ތެރޭގައި ދީފައިވާ ހުއްދަ، އެ އަހަރުގެ ޑިސެންބަރު 31 ގެ ނިޔަލަށް ބާތިލުވާނެއެވެ.

 

ބާބު 14

ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި، ލޯނަށް ފައިސާ ދޫކުރުމާއި، އަދި ގެރެންޓީދިނުން 

14.01 ވަނަ މާއްދާ - ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި، ގެރެންޓީދިނުން 

(ހ) ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން، ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކަށް، އެއްވެސް ލޯނެއް ނަގަންވާނީ ނުވަތަ ދަރަންޏަށް އެއްވެސް ފައިސާއެއް ނަގަންވާނީ، ތިރީގައިމިވާ މައުލޫމާތު ހިމެނޭގޮތަށް، މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެކަން އެގޮތަށް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަދިނުމުންނެވެ.

  1. ދަރަނި ނުވަތަ ލޯނު ނެގުމުގެ ސަބަބުން ގައުމުގެ ތަރައްގީއަށާއި، އިގުތިސާދަށް ކުރާނެ ފައިދާއަކީ ކޮބައިކަން. 
  2. ދަރަނި ނުވަތަ ލޯނު ނެގުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ކުރާނޭ އަސަރު ދިރާސާކުރުމަށްފަހު، ކަނޑައަޅާ މުއްދަތާއި، މިންވަރާއި، ދަރަނި ނުވަތަ ލޯނުގެ އިންޓަރެސްޓާއި، ދަރަނި ނުވަތަ ލޯނު ނެގުމަށްޓަކައި ނުވަތަ ދަރަނި ނުވަތަ ލޯނު ހޯދުމަށްޓަކައި ކުރަންޖެހޭނެ އެންމެހައި ހަރަދުތަކުގެ ތަފުސީލު. 
  3. ދަރަނި ނުވަތަ ލޯނު ނަގާ ބޭނުމާއި، ކަނޑައަޅާ މުއްދަތުގެ ތެރޭގައި ދަރަނި ނުވަތަ ލޯނު އަދާކުރާނެކަމުގެ ޔަގީންކަން އޮވެގެން މިކަންކަން ބަޔާންކޮށް، ދަރަނި ނުވަތަ ލޯނު ނަގާ ފަރާތުން ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅާ ދިރާސާ ރިޕޯޓު.

(ށ) ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކަށް ނަގާ ލޯނަކާ ގުޅިގެން، ނުވަތަ ދަރަންޏަށް ނަގާ ފައިސާއަކާ ގުޅިގެން، ނުވަތަ ދައުލަތުގެ ނަމުގައި ހިންގާ މުއާމަލާތަކާ ގުޅިގެން، ދައުލަތުގެ ނަމުގައި ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ ނަމުގައި ދިވެހި ސަރުކާރުން ގެރެންޓީއެއް ދޭންވާނީ، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ހައްގެއް ނުވަތަ މަސްލަހަތެއް ރަހުނުކުރަންވާނީ، ނުވަތަ ދައުލަތުގެ މުދަލަކާ ނުވަތަ ފައިސާއަކާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް އަހުދެއް ނުވަތަ ކަށަވަރުކަމެއް ދޭންވާނީ، މި ގަވާއިދުގެ 14.02 ވަނަ މާއްދާގައިވާ ތަފުސީލު ހިމަނައިގެން ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓަރު އެކަމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެކަން އެގޮތަށް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދިނުމުންނެވެ. 

 

14.02 ވަނަ މާއްދާ - ދަރަންޏަށް ފައިސާ ނެގުމަށް ނުވަތަ ގެރެންޓީއެއް ހޯދުމަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތު 

(ހ) މި ގަވާއިދުގެ 01.14 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދަރަންޏަށް ފައިސާ ނެގުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންވާނީ، ގެރެންޓީ ދިނުމަށް މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުގައިވާގޮތުގެ މަތިން މިނިސްޓަރަށެވެ. މިގޮތުން ހުށަހަޅާ ހުށަހެޅުމުގައި ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ދަރަންޏަށް ނަގަން ބޭނުންވާ ފައިސާގެ އަދަދު. 
  2. ލޯނުގެ ގޮތުގައި ނުވަތަ ދަރަނީގެ ގޮތުގައި ނަގަން ބޭނުންވާ ފައިސާއާ ގުޅިގެން، ދައްކަންޖެހޭ އިންޓަރެސްޓުގެ އަދަދާއި، ލޯނު ނެގުމަށްޓަކައި ނުވަތަ އެ ފައިސާ ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ހަރަދުތަކުގެ ތަފުސީލު.  
  3. ލޯނުގެ ގޮތުގައި ނަގަން ބޭނުންވާ ފައިސާ ނުވަތަ ދަރަންޏަށް ނަގަން ބޭނުންވާ ފައިސާ ހޯދަން ބޭނުންވަނީ ކޮން ބޭނުމެއްގައިކަމާއި، އެކަމުގެ ސަބަބުން ހާސިލުވާނެ ތަރައްގީގެ އަމާޒަކީ ކޮބައިކަމާއި، އެކަމުގެ ސަބަބުން ގައުމަށް
    ކުރާނެ ފައިދާއަކީ ކޮބައިކަން. 
  4. ލޯނުގެ ގޮތުގައި ނުވަތަ ދަރަނީގެ ގޮތުގައި ނަގާ ފައިސާ އަނބުރާ ދައްކަން ދައުލަތަށް ލާޒިމުކުރާ މުއްދަތު. 
  5. ލޯނު ދޫކުރުމަށް ނުވަތަ ދަރަންޏަށް ފައިސާ ދޫކުރުމަށް އެއްބަސްވާ ފަރާތުން، ލޯނު ދިނުމުގެ ބޭނުމުގައި ނުވަތަ ދަރަންޏަށް ފައިސާ ދޫކުރުމުގެ ބޭނުމުގައި ކޮށްފައިވާ ދިރާސާ ނުވަތަ އެކުލަވައިލާފައިވާ ރިޕޯޓު.
  6. ލޯނު ނެގުމުން ނުވަތަ ދަރަންޏަށް ފައިސާ ނެގުމުން، ގައުމުގެ އިގުތިސާދީ ހާލަތަށް ނުވަތަ މާލީ ހާލަތަށް ކުރާނެ ހެޔޮ އަސަރާއި ނުރަނގަޅު އަސަރުގެ ތަފުސީލު. 
  7. ލޯނު ނެގުމުން ނުވަތަ ދަރަންޏަށް ފައިސާ ނެގުމުން، ދައުލަތުގެ ފަރާތުން ލޯނުގެ ގޮތުގައި ނުވަތަ ދަރަނީގެ ގޮތުގައި އުފުލަންޖެހޭ ހުރިހާ އިލްތިޒާމުތަކެއްގެ ޖުމުލަ އަދަދާއި، އެ އިލްތިޒާމުތައް އަދާކޮށް ނިންމަންޖެހޭ ތާރީހު.

(ށ) މި ގަވާއިދުގެ 14.01  ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ގެރެންޓީއެއް ދިނުމަށް، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ހައްގެއް ނުވަތަ މަސްލަހަތެއް ރަހުނުކުރުމަށް ނުވަތަ ދައުލަތުގެ މުދަލަކާ ނުވަތަ ފައިސާއަކާ ގުޅޭގޮތުން އަހުދެއް ނުވަތަ ކަށަވަރުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންވާނީ ގެރެންޓީ ދިނުމަށް މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށެވެ. އަދި އެ އުސޫލުގައި ތިރީގައިވާ މައުލޫމާތު ނުހިމެނޭނަމަ ކޮންމެ ހުށަހެޅުމެއްގައި ތިރީގައިމިވާ ތަފުސީލު ބަޔާންކުރަންވާނެއެވެ.

  1. ދައުލަތުގެ ނަމުގައި ދޭން ބޭނުންވާ ގެރެންޓީގެ، ނުވަތަ ރަހުނުކުރަން ބޭނުންވާ ދައުލަތުގެ މުދަލުގެ ނުވަތަ ހައްގުގެ ނުވަތަ މަސްލަހަތުގެ ނުވަތަ އަހުދުގެ ނުވަތަ ކަށަވަރުކަމުގެ ތަފުސީލު.
  2. ހާސިލުވާނެ ތަރައްގީގެ އަމާޒަކީ ކޮބައިކަމާއި، އެކަމުގެ ސަބަބުން ގައުމަށް ކުރާނެ ފައިދާއަކީ ކޮބައިކަން.
  3. ގައުމުގެ އިގުތިސާދީ ހާލަތަށް ނުވަތަ މާލީ ހާލަތަށް ކުރާނެ ހެޔޮ އަސަރާއި ނުރަނގަޅު އަސަރުގެ ތަފުސީލު.
  4. ދައުލަތުގެ ފަރާތުން އުފުލަންޖެހޭ ހުރިހާ އިލްތިޒާމުތަކެއްގެ ޖުމުލަ ތަފުސީލާއި، އެކަންތައްތައް ނިމުމަކަށް އަންނާނެ ތާރީހު.

(ނ) ދައުލަތުން ދަރަންޏަށް ފައިސާ ނަގާނަމަ، ދަރަންޏަށް ނެގި ޕްރިންސިޕަލް އަދަދާއި، އެއަށް ދޭންޖެހޭ އިންޓަރެސްޓާއި، އެ ފައިސާ ދަރަންޏަށް ނެގުމުގައި ހިނގާ އެހެން ހަރަދުތައް، ބަޖެޓުގައި ކަނޑައެޅި ފާސްވެފައިވާ ގޮތުގެމަތިން ދޭންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ. އަދި ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ގެރެންޓީދިނުމާއި، ރަހުނުކުރުމާއި، އަހުދުކަށަވަރު ދިނުމުގައި ކުރަންޖެހޭ އެންމެހައި ހަރަދުތަކަށްވާ ފައިސާ ހަރަދުކުރާނީ، ބަޖެޓުގައި ކަނޑައެޅި ފާސްވެފައިވާ ގޮތުގެމަތިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ.

(ރ) ދައުލަތުން ދަރަންޏަށް ނަގާފައިވާ ފައިސާއާއި، ދައުލަތުގެ ފަރާތުން ދޭ ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގްސްގެ ހިސާބުތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ލިޔެ ބަލަހައްޓަންވާނެއެވެ.

(ބ) ދައުލަތުން ހަރަދުކުރުމަށް މާލިއްޔަތަށް ބޭނުންވާ ފައިސާ ހޯދުމުގެގޮތުން ދަރަންޏަށް ފައިސާ ނެގުމަށް މި ގަވާއިދުގެ 14.01 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެދެވޭނީ ހަމައެކަނި މިނިސްޓަރަށެވެ.

(ޅ) ކުރު މުއްދަތުގެ ނުވަތަ ދިގު މުއްދަތުގެ ލޯނު ނެގުމަށް ނުވަތަ ދަރަންޏަށް ފައިސާ ނެގުމަށް ބޭނުންވާ މިންވަރާބެހޭ ރިޕޯޓެއް، މިނިސްޓަރު ކަނޑައަޅާ މުއްދަތެއްގައި ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅާނީ މިނިސްޓަރު ކަނޑައަޅާ ފަރާތަކުންނެވެ. 

(ކ) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން "ލޯން ރެޖިސްޓަރ" އެއް ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީގައި ދައުލަތަށް ނަގާފައިވާ ހުރިހާ ލޯނުތަކާ ބެހޭ ތަފުސީލު ހުންނަންވާނެއެވެ. މި ރަޖިސްޓަރީ ތައްޔާރުކޮށް ބަލަހައްޓާނީ މިނިސްޓަރު ކަނޑައަޅާ ގޮތެއްގެމަތިން މިނިސްޓަރު ކަނޑައަޅާ ފަރާތަކުންނެވެ. 

(އ) ލޯނު ރަޖިސްޓަރީގައި މަދުވެގެން ތިރީގައިމިވާ މައުލޫމާތުތައް ހުންނަންވާނެއެވެ. 

  1. ލޯނު ދޫކުރި ފަރާތުގެ ނަމާއި ލޯނު ނަގާފައިވާ ފަރާތުގެ ނަމާއި ލޯނުގެ ރިފަރެންސް ނަންބަރު. 
  2. ލޯނުގެ އަދަދާއި ފައިސާގެ ބާވަތް، އަދި ލޯނު ނެގުމަށް ހިނގާ އެހެނިހެން ހަރަދު
  3. ލޯނުން ފައިސާ ނަގަން ފެށޭނެ ތާރީހާއި، އެންމެފަހުން ފައިސާ ނެގޭނެ ތާރީހު.
  4. ލޯނުގެ މުއްދަތު (ގްރޭސް ޕީރިއަޑްގެ ތަފުސީލާއެކު). 
  5. ލޯނު ހަމަޖެއްސުމާ ގުޅޭގޮތުން ކުރެވުނު ދިރާސާ ރިޕޯޓާއި ލިޔެކިޔުންތަކުގެ ހުލާސާއެއް. 
  6. ލޯނަށް ފައިސާ ދައްކަން ފަށަންޖެހޭ ތާރީހާއި ފައިސާ ދައްކާނެ ގޮތުގެ ތާވަލު (ލޯން ރިޕޭމަންޓް ށެޑިއުލް).
  7. ލޯނު ނެގުމާ ގުޅިގެން މުޖުތަމައަށް ކުރާނެ ފައިދާގެ ހުލާސާއެއް.
  8. ޕްރިންސިޕަލް އަދަދާއި އިންޓަރެސްޓުގެ ތަފުސީލް، އަދި ސިންކިންގ ފަންޑަށް ފައިސާ ޖަމާކުރަންޖެހޭނަމަ ޖަމާކުރަންވީ އަދަދު.

 

14.03 ވަނަ މާއްދާ - ދައުލަތުން ލޯނުގެ ގޮތުގައި ފައިސާ ދޫކުރުން 

(ހ) ދައުލަތުން ލޯނުގެ ގޮތުގައި ފައިސާ ދޫކުރަންވާނީ، ލޯނު ދޫކުރުމަށް ބޭނުންވާ ފައިސާ ގާނޫނީ ހަމަތަކުގެމަތިން ލިބެން ހުރުމާއެކު، އެފަދަ ލޯނެއް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަދިނުމުން، މި މާއްދާގެ (ށ) ގައިވާ މަސްލަހަތު ހިމެނިގެންވާ ދައުލަތުގެ ބޭނުންތަކަށެވެ. 

(ށ) މި މާއްދާގެ (ހ) ގައި "ދައުލަތުގެ ބޭނުންތައް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަސްލަހަތުތައް ހިމެނިގެންވާ ބޭނުންތަކަށެވެ.

  1. މުޅި މުޖުތަމައަށް ނުވަތަ މުޖުތަމައުގެ ބޮޑުބަޔަކަށް އެކަމުން ލިބޭނެ މަންފާއެއް އޮތުން.
  2. އެކަމަކީ، ސަރުކާރަކަށްވީތީ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ސީދާ ގުޅުންހުރި ކަމަކަށްވުން.
  3. އެކަމެއް ކުރުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ، ވަކި ފަރުދެއްގެ މަސްލަހަތު ހިމާޔަތްކޮށްދިނުން ކަމުގައި ބެލެވޭ ކަމެއްކަމުގައި ނުވުން.
  4. އެކަމަކީ، އާންމު ސިއްހަތާއި، އާންމު ރައްކާތެރިކަމާއި، އާންމު މަސްލަހަތާއި، އަމަންއަމާންކަމާއި، ގައުމުގެ ކުރިއެރުމާއި، ގައުމުގެ ފުދުންތެރިކަމުގެ ތެރެއިން ކަމެއް ހާސިލުވުމަށް މަގުފަހިކުރާ ކަމަކަށްވުން.

(ނ) ދައުލަތުން ލޯނު ދޫކުރަންވާނީ، އާންމުކުރެވިފައިވާ ހަމަހަމަ އުސޫލެއްގެ މަތިން ކަނޑައެޅޭ ސިޔާސަތެއްގެ ދަށުންނެވެ. ދައުލަތުން ދޫކޮށްފައިވާ ލޯނެއް މާފުކޮށްދެވޭނެ ހާލަތްތައް މި ސިޔާސަތުގައި ކަނޑައަޅަންވާނެއެވެ. 

(ރ) މި މާއްދާގެ (ށ) ގައިވާ ބޭނުންތަކަށް އެއްވެސް ފަރާތަކުން ދައުލަތުން ލޯނަކަށް އެދޭނަމަ، އެދެންވާނީ އެކަމަށް އެދި ލިޔުމަކުން މިނިސްޓަރަށެވެ. މިގޮތުން ލޯނު ހދުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ. 

  1. ލޯނު ނަގާ ފަރާތުގެ ފުރިހަމަ މައުލޫމާތު
  2. ލޯނު ނެގުމަށް ބޭނުންވާ ސަބަބު. 
  3. ލޯނުގެ ގޮތުގައި ބޭނުންވާ ފައިސާގެ އަދަދު.
  4. ލޯނު އަނބުރާ ދައްކަން ހުށަހަޅާ މުއްދަތު.
  5. ލޯނު އަނބުރާ ދައްކާނެ ގޮތުގެ ތާވަލު (ރިޕޭމަންޓް ށެޑިއުލް) 
  6. ލޯނު ފައިސާއިން ކުރާ ބޭނުމުގެ ސަބަބުން މުޖުތަމައަށް ކުރާނެ ފައިދާ. 
  7. ލޯނު ނެގުމަށް ހިނގާނެ ހަރަދުތަކުގެ ތަފުސީލު.
  8. ލޯނަށް އެދޭ ފަރާތުން ހުށަހަޅާ ސެކިއުރިޓީގެ ތަފުސީލު. 
  9. ލޯނަށް އެދޭ ފަރާތަށް އެހެން ފަރާތަކުން ގެރެންޓީ ދޭނަމަ، އެފަރާތުން ދޭ ގެރެންޓީގެ މައުލޫމާތު.
  10. ލޯނު ނެގުމަށް އެ އޮފީހަކުން ނުވަތަ ކުންފުންޏަކުން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާ.
  11. މީގެ އިތުރުންވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ބޭނުންވާ އިތުރު މައުލޫމާތު

(ބ) ދައުލަތުން ދޫކުރާ ލޯނުތަކުގެ ތަފުސީލު، "ލޯން އިންވެސްޓްމަންޓް ރަޖިސްޓަރީ" އެއް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ލޯނުގެ ރިފަރެންސް ނަންބަރު. 
  2. ލޯނު ނަގާ ފަރާތުގެ ނަމާއި އެޑްރެސް
  3. ލޯނަށް ދޫކުރި ފައިސާގެ އަދަދާއި ފައިސާގެ ބާވަތް، އަދި ލޯނު ނެގުމުގައި ހިނގާ އެހެނިހެން ހަރަދުތައް.
  4. ލޯނު ދޫކުރި ތާރީހު.
  5. ލޯނުގެ ބާވަތް ނުވަތަ ބޭނުން. 
  6. ލޯނުގެ ސެކިއުރިޓީގެ ތަފުސީލު. 
  7. ލޯނު ނެގި ފަރާތުން ލޯނު އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި ގެރެންޓީދީފައިވާ ފަރާތް
  8. ލޯނުގެ އިންޓަރެސްޓް ރޭޓާއި، އިންޓަރެސްޓް މުއްދަތު ހަމަވާ ތާރީހުތައް. 
  9. ލޯނުގެ ގްރޭސް ޕީރިއަޑާއި، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު. 
  10. ލޯނު އަނބުރާ ދައްކާނެ ގޮތުގެ ތާވަލު (ރިޕޭމަންޓް ށެޑިއުލް).
  11. ލޯނުގެ މުއްދަތު ހަމަވާ ތާރީހު.
  12. ލޯނު ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަދިން ރިފަރެންސް ނަންބަރު. 
  13. ލޯނާބެހޭ ލިޔުންތައް ބެހެއްޓިފައިވާ ތަން. 

(ޅ) ލޯނުތަކުގެ އިދާރީ ކަންކަން ދައުލަތުގެ އޮފީސްތަކުން ބަލަހައްޓާގޮތަށް ދޫކުރާ ދައުލަތުގެ ލޯނުތަކާއި، ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ދޫކުރާ ދައުލަތުގެ ލޯނުތަކުގެ ވޭތުވެދިޔަ މަހުގެ މައުލޫ ާމތުތައް ހިނގާ މީލާދީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ހޯދަންވާނެއެވެ. އަދި މިގޮތުން ހޯދާ މައުލޫމާތުތައް މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ލޯނު އިންވެސްޓްމަންޓް ރަޖިސްޓަރީގައި ބަލަހައްޓަންވާނެއެވެ. 

(ކ) ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ދައުލަތުން ލޯނު ދޫކުރުމަށް ސޮއިކުރާ އެއްބަސްވުންތަކާއި، އެމް.އޯ.ޔޫ ("މެމޮރޭންޑަމް އޮފް އަންޑަސްޓޭންޑިންގް") ތައް ލިޔެފައި ހުންނަންވާނީ މި ގަވާއިދުގައި ބަޔާންކުރާ އިދާރީ އިންތިޒާމުތަކަށް މަގުފަހިވާނެ ގޮތެއްގެމަތިންނެވެ.

 

14.04 ވަނަ މާއްދާ - ހުއްދަ އޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުން  

ރައީސުލްޖުމްހޫރިއްޔާ ހުއްދަކޮށްފައިވާ ލޯނަކަށް މެނުވީ، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ލޯނު ދޫކުރުމަށް ހުއްދަކޮށްފައިވާ ވަކި ގިންތިތަކެއްގެ ތެރެއިން މިނިސްޓަރު ހުއްދަކޮށްފައިވާ ލޯނަކަށް މެނުވީ، ދައުލަތުގެ ފައިސާ އެއްވެސް ފަރާތަކަށް ލޯނުގެ ގޮތުގައި ދޫކޮށްގެން ނުވާނެއެވެ. 

 

14.05 ވަނަ މާއްދާ - ދައުލަތުން ނަގާ ލޯނާއި، ދޫކުރާ ލޯނުގެ ހިސާބު ބެލެހެއްޓުމާއި، ރިޕޯޓުކުރުން

(ހ) ދައުލަތުން ނަގާ ލޯނުގެ ހިސާބު ބަލަހައްޓައި، ކޮންމެ 3 (ތިނެއް) މަހެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައުލަތުން ނަގާ ލޯނުގެ ރިޕޯޓެއް މިނިސްޓަރު ކަނޑައަޅާ ފަރާތަކުން ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި ލޯނުގެ ޖުމުލަ އަދަދާއި، ލޯނުގެ އަދަދު އިތުރުވާ މިންވަރާއި، އިންޓަރެސްޓް އަދި އަނބުރާ ދެއްކުމަށް ހޭދަކުރިވަރު ހިމަނަންވާނެއެވެ.

(ށ) ދައުލަތުން ދޫކުރާ ލޯޯނާބެހޭ ިހސާބު ބަލަހައްޓައި، ކޮންމެ 3 (ތިނެއް) މަހެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައުލަތުން ދޫކުރާ ލޯނުގެ ރިޕޯޓެއް މިނިސްޓަރު ކަނޑައަޅާ ފަރާތަކުން ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި ލޯޯނުގެ ޖުމުލަ އަދަދާއި، ލޯނުގެ ލޯނުގެ އަދަދު އިތުރުވާ މިންވަރާއި، އިންޓަރެސްޓް އަދި އަނބުރާ ލިބުނު މިންވަރު ހިމަނަންވާނެއެވެ. 

 (ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، މާލީ އަހަރުގެ ކޮންމެ 3 (ތިނެއް) މަހެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. 

 

14.06 ވަނަ މާއްދާ - ލޯނު ހިސާބުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން 

(ހ) ދައުލަތުން ނަގާ ލޯނުގެ ހިސާބުތައް ބެލެހެއްޓުމުގައި، ތިރީގައިމިވާ ބާވަތުގެ ކަމެއް ހިނގައިފިނަމަ، ލޯނު ރަޖިސްޓަރީއާއި ހިސާބުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ލޯނާގުޅޭ އެހެނިހެން މައުލޫމާތު ފައިލުތައް އަޕްޑޭޓްކޮށް ބަލަހައްޓަންވާނެއެވެ. 

  1. ކުރިން ނަގާފައިވާ ލޯނެއްގެ އަދަދު އިތުރުވުން. 
  2. ލޯނު ދައްކަންޖެހޭ މުއްދަތާއި ތާވަލު ބަދަލުވުން. 
  3. މުޅި ލޯނު ނުވަތަ ލޯނުގެ ބައެއް ކެންސަލްވުން. 
  4. ލޯނު އެއްބަސްވުމާ ހިލާފުވުން.
  5. ލޯނުގައި ބައިވެރިވާ ފަރާތަކަށް ބަދަލެއް އައުން. 
  6. ލޯނުގެ ސެކިއުރިޓީއަށް ނުވަތަ ގެރެންޓީއަށް ބަދަލެއްއައުން. 

(ށ) މާލީއަހަރުގެ ތެރޭގައި ބާކީހުރި ލޯނުގެ އަދަދަށް، އަހަރުގެ ތެރޭގައި ބޭރުފައިސާގެ އަގަށް އަންނަ ބަދަލުން ކުރާ އަސަރު އެ އަހަރެއްގެ މާލީހިސާބުތަކުގައި ބަޔާންކުރަންވާނެއެވެ.

 

14.07 ވަނަ މާއްދާ - ކޮންޓިންޖެންޓް ލަޔަބިލިޓީ

(ހ) ދައުލަތުން ގެރެންޓީ ނުވަތަ އިންޑެމްނިޓީ ހޯދުމަށް އެދި ހުށަހަޅަންވާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ އުސޫލާއެއްގޮތަށެވެ. 

 (ށ) ކޮންޓިންޖެންޓް ލަޔަބިލިޓީތައް ހިންގައި ބަލަހައްޓާނެ ގޮތުގެ އުސޫލުތަކެއް ކަނޑައެޅުމުގައި، ގެރެންޓީއާއި އިންޑެމްނިޓީ އަދި އަންޑަރޓޭކިންގްސް ފަދަ ލިޔުންތައް ދިރާސާކުރާނެ ގޮތާއި، އިވެލުއޭޓްކުރާނެ ގޮތާއި، ހުއްދަދިނުމާއި ބަލަހައްޓާނެ ގޮތް، އަދި މިކަމާބެހޭ ލިޔެކިޔުން ރައްކާތެރިކަމާއެކު ބަލަހައްޓާނެ ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) ދައުލަތުގެ ފަރާތުން ދޭ ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ ހިސާބުތައް ބެލެހެއްޓުމަށްޓަކައި ތިރީގައިވާ ބައިތަކުގެ ރަޖިސްޓަރީ ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ބަލަހައްޓަންވާނެއެވެ.

  1. ސަރުކާރުން ދީފައިވާ ގެރެންޓީތަކާއި އިންޑެމްނިޓީތަކާއި އަންޑަރޓޭކިންގތަކުގެ ތަފުސީލު.
  2. ސަރުކާރުގެ އެހެނިހެން ކޮންޓިންޖެންޓް ލަޔަބިލިޓީތަކުގެ ތަފުސީލު.
  3. ސަރުކާރުގެ ކޮންޓިންޖެންޓް ލަޔަބިލިޓީތަކުގެ ޖުމުލަ.

(ރ) މި މާއްދާގެ (ނ) ގައި ހިމެނޭ ބައިތަކުންކުރެ ކޮންމެ ބައެއްގެ ރަޖިސްޓަރީ ތިރީގައިމިވާ މައުލޫމާތު ހިމެނޭގޮތަށް ބަލަހައްޓަންވާނެއެވެ.

  1. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދިނުމަށް ނިންމުނު ގާނޫނީ ހައިސިއްޔަތު. (މިގޮތުން ހުއްދަދެވޭ ގާނޫނު)
  2. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދިނުމުގެ ސަބަބުން ފައިދާކުރާ ފަރާތް ނުވަތަ އޮފީހުގެ ނަން. 
  3. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދެވުނު ލޯނު އެއްބަސްވުމުގެ މާއްދާތަކާއި ށަރުތުތައް. (މީގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތް ހިމަނަންވާނެއެވެ.)
  4. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދެވުނު ތާރީހު.
  5. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދައްކަންޖެހިދާނެ ހާލަތްތައް.
  6. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ މުއްދަތު ހަމަވާ ތާރީހު.
  7. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ ބަދަލުގައި ދިނުމަށް އެއްބަސްވި ސެކިއުރިޓީ. (ސެކިއުރިޓީއެއް ހުށަހަޅާފައިވާނަމަ)
  8. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ މުއްދަތުގައި އަމަލުކުރެވުނު ގޮތް.
  9. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ ދަށުން ސަރުކާރުން ފައިސާ ދައްކަން ޖެހުނުނަމަ، ދެއްކި ފައިސާގެ އަދަދު.

(ބ) ދިވެހި ދައުލަތުން ގެރެންޓީއެއް ނުވަތަ އިންޑެމްނިޓީއެއް ނުވަތަ އަންޑަރޓޭކިންގއެއް ދީފައިވާ ލޯނަކަށް ފައިސާ ނުދެއްކިގެން، ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަންވާނީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ.

(ޅ) ގެރެންޓީއެއް ނުވަތަ އިންޑެމްނިޓީއެއް ނުވަތަ އަންޑަރޓޭކިންގއެއްގެ ސަބަބުން، އަދާކުރަންޖެހިދާނެ ސަރުކާރުގެ ލަޔަބިލިޓީއަކަށް، ބަޖެޓުގައި ފައިސާ ހިމަނަންވާނެއެވެ.

 

14.08 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުން ދަރަންޏަށް ފައިސާ ނެގުމަށާއި، މާލީސެކިއުރިޓީ ވިއްކުމުގައި އަމަލުކުރަންޖެހޭ ގޮތް

ދައުލަތުގެ އޮފީސްތަކަށް ވަކި ގާނޫނެއްގެ ދަށުން ބާރު ލިބިގެން، ދަރަންޏަށް ފައިސާ ނެގުމާއި، މާލީ ސެކިއުރިޓީ ވިއްކުމުގައި އަމަލުކުރަންވާނީ، ތިރީގައިމިވާ ގޮތުގެމަތިންނެވެ.

(ހ) ތަރައްގީގެ ހަރަކާތްތައް ހިންގުމަށް ނުވަތަ އެނޫން ބޭނުމަކަށް ބޭނުންވާ ފައިސާ ހޯދުމުގެގޮތުން ދަރަންޏަށް ފައިސާ ނަގަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ލައިސަންސެއްގެ ދަށުން ރާއްޖޭގައި ވިޔަފާރި ހިންގާ މާލީއިދާރާއަކުންނެވެ. 

(ށ) ތަރައްގީގެ ހަރަކާތްތައް ހިންގުމަށް ނުވަތަ އެނޫން ބޭނުމަކަށް ބޭނުންވާ ފައިސާ ހޯދުމަށް މާލީ ސެކިއުރިޓީ ވިއްކަންވާނީ، ރާއްޖޭގައި ވިޔަފާރި ހިންގާ މާލީއިދާރާއެއް މެދުވެރިކޮށްގެންނެވެ.

(ނ) ދަރަނި ދޫކުރާ ފަރާތަކަށް، އެ ދަރަންޏެއްގެ ސެކިއުރިޓީގެ ގޮތުގައި ދައުލަތުން ގެރެންޓީއެއް ދޭންވާނީ، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ދައުލަތުގެ މިލްކިއްޔާތެއް ރަހުނުކުރަންވާނީ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާގޮތަށް ނަގާ ދަރަންޏަކަށް ނުވަތަ ސެކިއުރިޓީއަކަށެވެ. 

 

14.09 ވަނަ މާއްދާ - ދަރަންޏާއި ގެރެންޓީގެ މައުލޫމާތު މަޖިލީހަށް ފޮނުވުން

ދަރަންޏެއް ނަގާ ތާރީހުން ފެށިގެން ނުވަތަ ގެރެންޓީއެއް ދޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ދަރަންޏަކާ ގުޅޭ މައުލޫމާތު، ނުވަތަ އެ ގެރެންޓީއަކާ ގުޅޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ މާ ިލއްޔަތު ކޮމިޓީއަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ފޮނުވަންވާނެއެވެ. 

 

ބާބު 15

އަހަރީ މާލީހިސާބުތަކާއި އަހަރީ ރިޕޯޓު އަދި އެކައުންޓިންގ ސްޓޭންޑަރޑްސް

 

15.01 ވަަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުގެ އަހަރީ ރިޕޯޓު

(ހ) ދައުލަތުގެ އޮފީސްތަކުގެ މާލީޒިންމާދާރުވެރިޔާ، ކޮންމެ މާލީއަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ތިރީގައިމިވާ މައުލޫމާތު ހިމަނައިގެން އަހަރީ ރިޕޯޓު ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުގެމަތިން މާލީއަހަރުގެ ހިސާބު ނިންމުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާއި، އެކަންތައްތައް ނިންމަންޖެހޭ ތާރީހުތައް، MG/BC19 ފޯޯމުގައި ބަޔާންކުރެވިފައި ވާނެއެވެ. އަހަރީ ރިޕޯޓް ތައްޔާރު ކުރަންޖެހޭ ގޮތުގެ ނަމޫނާ ފޯޯމުތައް ކޮންމެ މާލީ އަހަރެއް ނިމުމުގެކުރިން މިނިސްޓްރީއިން 'މާލީ ހިސާބު ނިންމުމާގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތަކާގުޅޭ' ސާކިއުލަރގައި ށާއިއުކުރާނެއެވެ.

  1. ނިމުނު މާލީއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި އެ އޮފީހަކުން ލަފާކުރި އާމްދަނީއާއި ހަރަދުގެ ހިސާބު.
  2. މާލީއަހަރުގެ ތެރޭގައި އެ އޮފީހަކަށް ލިބުނު އާމްދަނީއާއި ހިނގި ހަރަދުގެ ހިސާބު. 
  3. މާލީއަހަރުގެ ތެރޭގައި އެ އޮފީހަކުން ހިންގި ކަންތައްތަކުގެ ރިޕޯޓު.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މާލީއަހަރުގެ ތެރޭގައި އެ އޮފީހަކުން ހިންގި ކަންތައްތަކުގެ ރިޕޯޓު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކުރަންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގައިވާ ރިޕޯޓު ތައްޔާރުކުރުމުގައި، އެ އޮފީހަކަށް ބޭނުންވާ މައުލޫމާތުގެ ތެރެއިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި ހުރި މައުލޫމާތު މާލީއަހަރު ނިމޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އެ އޮފީހަކަށް ފޮނުވަންވާނެއެވެ.

(ރ) އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި، އެ އޮފީހެއްގެ މާލީހިސާބުތަކުގެ އިތުރުން ތިރީގައިމިވާ ބައިތައް ހިމަނަންވާނެއެވެ.

  1. ދައުލަތުގެ އޮފީހުގެ ގާނޫނީ އޮނިގަނޑު އަދި އެ އޮފީހަކާ ގުޅޭ ގާނޫނުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުންތަކާއި އެފަދަ އެހެނިހެން ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުން، އެ އޮފީހެއްގެ ސިޔާސަތުގެ ލަނޑުދަނޑިތަކާއި މަގުސަދު ހާސިލުވެވުނީ ކިހާވަރަކަށްކަން، އަދި އެ އޮފީހަކުން އެ އަމާޒަށް ވާސިލުވުމަށްޓަކައި ހަރަދުކޮށްފައިވަނީ ބޭނުންތެރި އަދި ހަރުދަނާ ގޮތެއްގައިކަން.
  2. ދައުލަތުގެ އޮފީހުގެ މައިގަނޑު ސިޔާސަތުތަކާއި، ހާސިލުކުރަން ބޭނުންވާ އަމާޒުތަކުގެ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރޭވިފައިވާ ކަންތައްތަކުގެ ތެރެއިން ކުރެވުނު ކަންތައްތަކާއި ނުކުރެވިހުރި ކަންތައްތަކުގެ ތަފުސީލު. 
  3. އިދާރީ އޮނިގަނޑު. (އޯގަނައިޒޭށަން ޗާޓާއި، ފަންކްށަނަލް ޗާޓް އަދި ޑިޕާޓްމަންޓްތަކާއި، ޑިވިޒަންތަކާއި، ސެކްށަންތަކާއި، ޔުނިޓްތަކުގެ މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް) 
  4. ށާއިއުކޮށްފައިވާ ލިޔުންތައް. (އާންމުންނަށް ފޯރުކޮށްދެވިފައިވާ ކަމާބެހޭ ކޮންމެ ލިޔުމަކާ ގުޅޭ ތަފުސީލު) 
  5. އަގު ހެދުމުގެ ސިޔާސަތުތައް. (ބޭނުންވެއްޖެ ހިނދެއްގައި، ފޯރުކޮށްދޭ ހިދުމަތްތަކަށް އަގުނަގާ ގޮތުގެ ސިޔާސަތުތައް)
  6. ކެޕިޓަލް މަށްރޫއުތަކުގެ ތަފުސީލު. (އެ އަހަރެއްގެ ބަޖެޓުގައި ހިމެނިގެންނާއި ބަޖެޓުގައި ނުހިމެނި ހިންގުނު މަށްރޫއުތަކުގެ ތަފުސީލު)
  7. ސަރުކާރުގެ މަސްއޫލު އޮފީހެއްގެ މަސައްކަތްތަކާ ގުޅޭގޮތުން ހިމަނަންޖެހޭކަމަށް އެ އޮފީހަކަށް ފެންނަ އިތުރު މައުލޫމާތެއް ވާނަމަ، އެ މައުލޫމާތު.

 

15.08 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކާއި އެތަންތަނުގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ އަހަރީ ހިސާބު ތައްޔާރުކުރުން

(ހ) ދައުލަތުގެ އޮފީސްތަކުން އަހަރު ނިމުމުން، އެއޮފީހެއްގެ އަހަރީ މާލީ ބަޔާން ތައްޔާރުކޮށް، ހިނގާ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް ހުށަހަޅަންވާނެއެވެ. އަދި އެ ބަޔާނުގައި ތިރީގައި މިވާ މައުލޫމާތު ހިމަނަންވާނެއެވެ. (MG/BC20)

  1. ލިބުނު ފައިސާގެ ހުލާސާ (އެކި ބައިތަކަށް ލިބުނު ފައިސާގެ އަދަދުގެ ޖުމުލަ ވަކިވަކިން އެނގޭގޮތަށް) 
  2. ހަރަދު ނުވަތަ ދޫކުރެވުނު ފައިސާގެ ހުލާސާ (އެކި ބައިތަކަށް ހަރަދުކުރެވުނު ފައިސާގެ ޖުމުލަ އަދަދު ވަކިވަކިން އެނގޭނެގޮތަށް)
  3. އަހަރުތެރޭގައި ލިބުނު އެއްޗަކަށްވުރެ އިތުރަށް އެ އަހަރު ހަރަދުކުރެވުނު އަދަދު، ނުވަތަ އަހަރުތެރޭގައި ހަރަދުކުރެވުނު އަދަދަށްވުރެ އަހަރުތެރޭގައި ލިބުނު އެއްޗެއް އިތުރުވާ އަދަދު.
  4. އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާގެ ތެރެއިން ދޭންޖެހޭ ފަރާތްތަކަށް ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނުދެވިހުރި ފައިސާގެ ތަފުސީލު.
  5. ދޭންޖެހޭ ފަރާތަށް ނުދެވި އެކައުންޓުގައި އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ ފައިސާގެ ތަފުސީލު (ހަވާލުނުވެ ފާއިތުވެފައިވާ މުއްދަތު އަހަރުދުވަހަށް ބަހައި އަހަރުތައް ވަކިވާގޮތަށް)
  6. ރައުސުލްމާލެއްގެ ގޮތުގައި ނުވަތަ އެކުވެފައިވާ ފަންޑު (އެކިއުމިލޭޓެޑް ފަންޑް) ގެ ގޮތުގައި އަހަރުގެ ނިޔަލަށް އޮތް އަދަދު. 
  7. ދަރަނީގެ ގޮތުގައި ފައިސާއެއް ހޯދާފައިވާނަމަ، ނުވަތަ އެއްވެސް ފަރާތަކަށް އެއްޗެއް ދޭން އޮތްނަމަ، އޭގެ ތަފުސީލު.  
  8. އެކައުންޓަށް ލިބުނު ފައިސާއިން ދައުލަތުގެ މުދަލުގެ ގޮތުގައި ހޯދާފައިވާ ތަކެތީގެ ލިސްޓު (އަގުތަކާއެކު)
  9. ލިބެންޖެހޭ އާމްދަނީއާއި އެނޫން ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާގެ ތަފުސީލު.

(ށ) ދައުލަތުގެ މަސްއޫލު އޮފީސްތަކުގެ ދަށުން ހިނގަމުންދާ އޮފީސްތަކުން މި މާއްދާގެ (ހ) ގައިވާ ރިޕޯޓު ހިނގާ އަހަރުގެ ފެބުރުވަރީމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ އޮފީހެއްގެ މަސްއޫލު އޮފީހަށް ފޮނުވައި ނިންމަންވާނެއެވެ.

(ނ) ދައުލަތުގެ މަސްއޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުން ހިނގަމުންދާ އޮފީސްތަކުން ބަލަހައްޓާ ޓްރަސްޓް ފަންޑުފަދަ އެކިއެކި ފަންޑުތަކުގެ ނިމުނު މާލީއަހަރުގެ އަހަރީ ހިސާބުތައް (ލިބުނު ފައިސާއާއި ހަރަދުގެ ހިސާބާއި، ބެލެންސްށީޓް) މި މާއްދާގެ (ހ) ގައިވާ މައުލޫމާތު ހިމެނޭގޮތަށް، ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަ ަލށް ތައްޔާރުކޮށް ހިނގާ އަހަރުގެ ފެބުރުވަރީމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ މަސްއޫލު އޮފީސްތަކަށް ފޮނުވަންވާނެއެވެ. މިފަދަ ހިސާބެއް ތައްޔާރުކުރެވިދާނެ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/BC22. MG/BC21 އަދި MG/BC23 ގައި ވާނެއެވެ.

15.03 ވަނަ މާއްދާ - ދައުލަތުގެ މާލީ ހިސާބުތައް ތައްޔާރުކުރާނެ އެކައުންޓިންގ ސްޓޭންޑަރޑްސް

ދައުލަތުގެ މާލީ ބަޔާން ތައްޔާރުކުރަންވާނީ "އިންޓަނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންޓްސް" އިން ނެރެ ށާއިއުކުރާ "އިންޓަނޭށަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑް: ފައިނޭންށަލް ރިޕޯޓިންގ އަންޑަރ ދަ ކޭށް ބޭސިސް އޮފް އެކައުންޓިންގ" އާ އެއްގޮތަށެވެ. 

 

15.04 ވަނަ މާއްދާ - ދައުލަތުގެ  އަހަރީ ހިސާބުތައް ނިންމުމާއި ހުށަހެޅުން 

(ހ) މި ގަވާއިދުގެ 15.02 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދައުލަތުގެ އޮފީސްތަކުން ލިބޭ އަހަރީ ހިސާބުތައް ކޮންސޮލިޑޭޓްކޮށް، އެ އަހަރެއްގެ ދައުލަތުގެ އަހަރީ ހިސާބު، މި ގަވާއިދުގެ 15.03 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފައިނޭންށަލް ކޮންޓްރޯލަރ ތައްޔާރުކޮށް ކޮންމެ މާލީއަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ށ) ދައުލަތުގެ އަހަރީ ހިސާބުތައް، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މިނިސްޓަރަށްލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، މިނިސްޓަރު، އެ ހިސާބުތައް އޮޑިޓަރޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ދައުލަތުގެ އަހަރީ ހިސާބުތައް، މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަހާއި 14 (ސާދަ) ދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް މިނިސްޓަރުގެ ފަރާތުން ނުލިބިއްޖެނަމަ، އެކަން 14 (ސާދަ) ދުވަހުގެ ތެރޭގައި ލިޔުމަކުން އޮޑިޓަރ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.

(ރ) ދައުލަތުގެ އަހަރީ ހިސާބުތައް، މިނިސްޓަރުގެ ފަރާތުން އޮޑިޓަރ ޖެނެލަރަށް ލިބޭތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، އެ ހިސާބުތައް އޮޑިޓްކުރުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓު، މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. 

 

15.05 ވަނަ މާއްދާ - އަހަރީ ރިޕޯޓާއި،  އަހަރީ މާލީހިސާބު،  އޮޑިޓް ރިޕޯޓާއެކު  ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ 15.01 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު އަހަރީ މާލީ ހިސާބާއެކު އޮޑިޓްކުރުމަށްފަހު، އޮފީސްތަކުގެ މާލީޒިންމާދާރުވެރިޔާއަށް ލިބޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓް ރިޕޯގެ ކޮޕީއާއި އަހަރީ ރިޕޯޓުގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްާޔއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވާނީ އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއެވެ.

(ށ) މި ގަވާއިދުގެ 15.04 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓު މިނިސްޓަރަށް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ އޮޑިޓް ރިޕޯޓާއި މި ގަވާއިދުގެ 04.15 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ތައްޔާރުކުރާ ދައުލަތުގެ އަހަރީ މާލީހިސާބު، މިނިސްޓަރު ރައީސުލްޖޫމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ. އެ ރިޕޯޓާއި ހިސާބުތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ރިޕޯޓާއި ހިސާބުތައް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

15.06 ވަނަ މާއްދާ - ދައުލަތުގެ  މާލީހިސާބުތައް ނިންމުމަށް ބޭނުންވާ މައުލޫމާތު ފޮނުވުން

ދައުލަތުގެ މާލީހިސާބުތައް ނިންމުމަށްޓަކައި ދައުލަތުގެ އޮފީސްތަކުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންޖެހޭ ހިސާބުތަކާއި ލިޔުންތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އަންގާ ގޮތެއްގެމަތިން ފޮނުވަންވާނެއެވެ.

 

15.07 ވަނަ މާއްދާ - ދައުލަތުގެ އޮފީހެއް އުވައިލުމުން، ފައިނަލް ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުން

(ހ) ދައުލަތުގެ އޮފީހެއް އުވާލެވިއްޖެނަމަ، އެ އޮފީސް އުވާލެވުނު ދުވަހާ ހަމައަށް އެ އަހަރަކު ހިނގާފައިވާ މުއްދަތަށް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް، އެ އޮފީހެއް އުވައިލެވުނުއިރު އެ އޮފީހުގައި ހުރި މާލީޒިންމާދާރުވެރިޔާ ތައްޔާރުކޮށް، އެ އޮފީހެއް އުވައިލެވޭތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީހެއް އުވާލުމާ ގުޅިގެން އެތަނުގައި ހުރި މާލީޒިންމާދާރުވެރިޔާ ބަދަލުވެފައިވާނަމަ، އެ ހިސާބު ތައްޔާރުކުރާނެ ފަރާތެއް މިނިސްޓަރު އައްޔަންކުރަންވާނެއެވެ.

(ނ) ދައުލަތުގެ އޮފީހަކުން އެންމެފަހުން ހުށަހެޅި އަހަރީ ރިޕޯޓުގެ ތާރީހުން ފެށިގެން އެ ތަނެއްގެ މަސައްކަތް ހުއްޓާލުމާ ހަމައަށް ރިޕޯޓެއް ތައްޔާރުކޮށް، މާލީޒިންމާދާރުވެރިޔާ ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ރ) އުވައިލާ މަސްއޫލު އޮފީހުގެ ފައިނަލް ރިޕޯޓު ތައްޔާރުކުރާނީ، މި ގަވާއިދުގެ 15.01 އަދި 15.02 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. 

(ބ) މާލީޒިންމާދާރުވެރިޔާ ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތަށް އެކަށީގެންވާ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދީ، ހުރިހާ އެކައުންޓެއްގެ މައުލޫމާތާއި، ލިޔުންތަކާއި، މިނޫނަސް ރިޕޯޓު ތައްޔާރުކުރާ ފަރާތަށް މުހިންމުކަމަށް ފެންނަ މައުލޫމާތުތަކާއި ރިކޯޑުތައް، ކޮންމެ ވަގުތެއްގައި ބެލޭނެގޮތް ހަމަޖެހިފައި އޮންނަންވާނެއެވެ. 

 

15.08 ވަނަ މާއްދާ - މަސައްކަތް ބަދަލުވާ ތަންތަނާއި އުވައިލާ ތަންތަނުގެ ބަޖެޓާއި، މިލްކިއްޔާތާއި،  މާލީޒިންމާތައް ބަދަލުކުރުން

(ހ) ދައުލަތުގެ އޮފީހެއްގެ ދަށުގައިވާ މަސައްކަތެއް ނުވަތަ ހިދުމަތެއް، ދައުލަތުގެ އެހެން އޮފީހަކަށް ބަދަލުކުރެވިއްޖެނަމަ، އެހާތަނަށް ހަރަދުނުކުރެވިހުރި ބާކީ ފައިސާގެ ހިސާބުކޮށް ރީކޮންސައިލްކުރުމަށްފަހު، މިނިސްޓަރުގެ ހުއްދައާއެކު، އެ މަސައްކަތް ކުރުމުގެ ނުވަތަ ހިދުމަތް ދިނުމުގެ މަސްއޫލިއްޔަތާ އަލަށް ހަވާލުވި އޮފީހަކަށް އެ ހިސާބާއި ބާކީހުރި ފައިސާ ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފައިސާ ބަދަލުކުރާއިރު، ކުރިން އެ މަސްއޫލިއްޔަތު ހަވާލުވެފައިވާ އޮފީހަކުން އަގު އަދާނުކުރެވިހުރި ކޮމިޓްމަންޓްތަކުގެ ތަފުސީލު މިނިސްޓަރަށް ދޭންވާނެއެވެ.

(ނ) އެ މަސައްކަތާ އަލަށް ހަވާލުވި އޮފީހުން އެ މަސައްކަތަށް ނުވަތަ ހިދުމަތަށް ހަރަދު ނުކުރެވިހުރި ބާކީ ފައިސާގެ އަންދާޒާ ހިސާބުތައް ބެލުމަށްފަހު ބާކީހުރި ފައިސާގެ ހިސާބު ދިމާވާކަން ނުވަތަ ނޫންކަން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށާއި ކުރިން އެ މަސައްކަތް ކުރަމުންދިޔަ ދައުލަތުގެ އޮފީހަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ހުށަހެޅުންތައް ބެލުމަށްފަހު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ވަކި ގޮތެއް ނިންމައި، ނިންމި ގޮތެއް، އަލަށް އެ މަސައްކަތާ ހަވާލުވި އޮފީހަާށއި ކުރިން އެ މަސައްކަތް ކުރަމުންދިޔަ އޮފީހަށް އަންގަންވާނެއެވެ.

 

ބާބު 16

ދައުލަތުގެ އިންޓަރނަލް އޮޑިޓް

 

16.01 ވަނަ މާއްދާ -  ދައުލަތުގެ އިންޓަރނަލް އޮޑިޓް

(ހ) ދައުލަތުގެ އިންޓަރނަލް އޮޑިޓަކީ، ދައުލަތުގެ ނަމުގައި ހިނގަމުންދާ ޕަބްލިކް ބޭންކް އެކައުންޓާއި، ޕަބްލިކް ފަންޑްތަކާއި، ދައުލަތުގެ މާލީހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް މިނިސްޓަރު ގާއިމުކުރާ ނިޒާމެކެވެ.

(ށ) ދައުލަތުގެ އޮފީސްތަކުގެ އެކި ދާއިރާތަކުގައި ހުންނަ ރިސްކް (މާލީހިންގުމަށް ކުރާ ނުރަނގަޅު އަސަރު) ދެނެގަނެ، އެ އޮފީސްތަކުގައި ހުންނަ މުދަލާއި ފައިސާ އަދި މުދަލާއި ފައިސާގެ ހިސާބުތަކާއި އެ ހިސާބުތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަމުންދަނީ މި ގަވާއިދާ އެއްގޮތަށްތޯ އިންޓަރނަލް އޮޑިޓްގައި ބަލައި ޗެކުކުރެވޭނެއެވެ.

 

16.02 ވަނަ މާއްދާ - ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލުމުގެ ބާރާއި އިހުތިޔާރު

(ހ) ދައުލަތުގެ މުދަލާއި ފައިސާއާއި، މުދަލާއި ފައިސާގެ ހިސާބުތަކާއި، މުދަލާއި ފައިސާއާ  ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް، ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، މިނިސްޓަރަށް ނުވަތަ މިނިސްޓަރު އެކަމަށް ކަނޑައަޅާ މީހަކަށް ނުވަތަ މިނިސްޓަރު އައްޔަންކުރާ އިންޓަރނަލް އޮޑިޓަރަކަށް ބެލިދާނެއެވެ.

(ށ) ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތް ހިންގުމުގައި، ދައުލަތުގެ އޮފީސްތަކުގައި ހުންނަ ދައުލަތުގެ މުދަލާއި ފައިސާއާއި، އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ އެހެން ފަރާތްތަކުގެ މުދަލާއި ފައިސާއާއި، އެކައުންޓުތަކާއި، މައުލޫމާތާއި، ލިޔެކިޔުންތަކާއި، މުދަލާއި ފައިސާއާ ގުޅުންހުރި އެންމެހައި ރިކޯޑުތައް ބޭނުންވެއްޖެ ހިނދެއްގައި އިންޓަރނަލް އޮޑިޓްކުރުމުގެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ބެލިދާނެއެވެ.

 

16.03 ވަނަ މާއްދާ - އިންޓަރނަލް އޮޑިޓް ގާއިމުކުރުން

(ހ) މި ގަވާއިދުގެ 16.01 ވަނަ މާއްދާގެ (ހ) ގައިވާ މަގުސަދު ހާސިލުކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި މިނިސްޓަރު ގާއިމުކުރާ އިންޓަރނަލް އޮޑިޓްގެ ފަރާތުންނެވެ. އިންޓަރނަލް އޮޑިޓުގެ އެންމެ އިސްވެރިޔާގެ މަސައްކަތްތައް ރިޕޯޓުކުރާނީ މިނިސްޓަރަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ އިންޓަރނަލް އޮޑިޓް ކޮމިޓީއަކަށެވެ.

(ށ) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ ދައުލަތުގެ އިންޓަރނަލް އޮޑިޓްކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ އޮފީސްތަކުގައި އިންޓަރނަލް އޮޑިޓް ގާއިމުކުރެވިދާނެއެވެ.

(ނ) ދައުލަތުގެ އޮފީސްތަކުގައި ގާއިމުކުރާ އިންޓަރނަލް އޮޑިޓް ނިޒާމުގެ ތެރެއިން ރިޕޯޓުކުރާނީ އެ އޮފީހެއްގެ އެންމެ އިސްވެރިޔާއަށް ނުވަތަ މިނިސްޓަރުގެ މަށްވަރާގެ މަތިން އެ އޮފީހެއްގެ އެންމެ އިސްވެރިޔާ ގާއިމުކުރާ އިންޓަރނަލް އޮޑިޓް ސަބްކޮމިޓީއަށެވެ. މީގެއިތުރަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ އުސޫލެއްގެ މަތިން އެ މިނިސްޓްރީން ބޭނުންވާ ރިޕޯޓުތައް މިފަދަ ނިޒާމެއްގެ ތެރެއިން އެ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ރ) ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތް ވިލަރެސްކުރުމާއި، މި ގަވާއިދުގެ 16.03 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިންޓަރނަލް އޮޑިޓްގެ ފަރާތުން އޮޑިޓް ރިޕޯޓުތައް ދިރާސާކޮށް އެ ރިޕޯޓުތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދޭނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި މިނިސްޓަރު ގާއިމުކުރާ އިންޓަރނަލް އޮޑިޓް ކޮމިޓީންނެވެ.

(ބ) ދައުލަތުގެ އޮފީސްތަކުގައި ގާއިމުކުރާ އިންޓަރނަލް އޮޑިޓްގެ މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށާއި، އިންޓަރނަލް އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމަށް އެ އޮފީސްތަކުގައި އިންޓަރނަލް އޮޑިޓް ސަބްކޮމިޓީތައް އުފައްދާނީ މިނިސްޓަރުގެ ލަފާގެ މަތިން އެ އޮފީހެއްގެ އެންމެ އިސްވެރިޔާއެވެ.

(ޅ) އިންޓަރނަލް އޮޑިޓްގެ ހަރަކާތްތައް ހިންގުމާއި ރޭވުމުގައި ދައުލަތުގެ އޮފީސްތަކުގެމާލީޒިންމާދާރުވެރިން އެހީތެރިވެދޭންވާނެއެވެ. އަދި ދައުލަތުގެ އޮފީސްތަކުގައި ހިންގާ އިންޓަރނަލް އޮޑިޓްގެ ހަރަކާތްތަކަށް ބޭނުންވާ މައުލޫމާތާއި އެއްބާރުލުމާއި އެހީތެރިކަން އެ އޮފީހެއްގެ މުވައްޒަފުން ފޯރުކޮށްދޭންވާނެއެވެ.

 

16.04 ވަނަ މާއްދާ - އިންޓަރނަލް އޮޑިޓް ރާވައި ހިންގުން

(ހ) ދައުލަތުގެ އޮފީސްތަކުގައި އިންޓަރނަލް އޮޑިޓްގެ ނިޒާމެއް ގާއިމުކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ދައުލަތުގެ އޮފީސްތަކުގައި ގާއިމުކުރާ އިންޓަރނަލް އޮޑިޓްގެ ނިޒާމު ހިންގުމަށްޓަކައި ތިރީގައިވާ ބައިތައް އެކުލެވޭގޮތަށް "އިންޓަރނަލް އޮޑިޓް ގަރާރު" މިނިސްޓަރު އެކުލަވައިލައި އެ އޮފީސްތަކަށް ފޮނުވާނެއެވެ.

  1. އިންޓަރނަލް އޮޑިޓްގެ މަގުސަދު.
  2. އިންޓަރނަލް އޮޑިޓް ހަރަކާތުގެ ދައުރު.
  3. އިންޓަރނަލް އޮޑިޓް ކުރާ ފަރާތުގެ ޒިންމާތައް.
  4. އިންޓަރނަލް އޮޑިޓާއި އެކްސްޓާނަލް އޮޑިޓާ ދެމެދު އޮންނަންޖެހޭ ގުޅުމާއި، ވިލަރެސްކުރާނެ ގޮތް.
  5. އޮޑިޓް ޕްލޭން.
  6. ރިޕޯޓުކުރާނެ ގޮތް.
  7. އިންޓަރނަލް އޮޑިޓއަށް ދީފައިވާ އިހުތިޔާރާއި ބާރު، އަދި މުއައްސަސާގައި އިންޓަރނަލް އޮޑިޓް ކުރާ ފަރާތުގެ މިނިވަންކަން.
  8. އިންޓަރނަލް އޮޑިޓް ކުރާ ފަރާތް އަމަލުކުރަންޖެހޭ މިންގަނޑުތައް.

(ނ) ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ހަރަކާތްތައް ހިންގުމުގެ އުސޫލުތަކާއި ސްޓޭންޑަރޑްސް އަދި ރިޕޯޓުކުރުމުގެ މިންގަނޑުތައް ކަނޑައަޅާނީ، އޮޑިޓަރ ޖެނެރަލްގެ ލަފަޔާއެކު މިނިސްޓަރެވެ.

(ރ) ދައުލަތުގެ އޮފީސްތަކުގައި ގާއިމުކުރާ އިންޓަރނަލް އޮޑިޓް ނިޒާމުގެ މަސައްކަތްތައް ކުރާނީ އިދާރީގޮތުން މިނިވަން މާހައުލެއްގައެވެ. އަދި އިންޓަރނަލް އޮޑިޓުން ފަހުން އޮޑިޓްކުރަން ޖެހޭނޭފަދަ މެނޭޖްމަންޓް ހަރަކާތެއްގައި އިންޓަރނަލް އޮޑިޓަރުން ށާމިލުކޮށްގެން ނުވާނެއެވެ.

(ބ) ދައުލަތުގެ އިންޓަރނަލް އޮޑިޓް މަސައްކަތުގެ ނަތީޖާ ގަވާއިދުން ރިޕޯޓުކުރަންވާނީ  މިނިސްޓަރަށް ނުވަތަ މިނިސްޓަރ ގާއިމުކުރާ އޮޑިޓް ކޮމިޓީއަށެވެ. އިންޓަރނަލް އޮޑިޓްގެ އެންމެ އިސްފަރާތުން މިނިސްޓަރަށް ޖަވާބުދާރީވާންޖެހޭ ކަންތައްތައް ތިރީގައި މިވަނީއެވެ.

  1. އިންޓަރނަލް އޮޑިޓުން ކުރާ މަސައްކަތަށް ބިނާކޮށް ސަރުކާރުގެ ރިސްކް މެނޭޖްމަންޓުގެ ނިޒާމާއި އިންޓަރނަލް ކޮންޓްރޯލް ހަރުދަނާތޯ އަދި އެކަށީގެންވޭތޯ ވަޒަންކޮށް އޭގެ ނަތީޖާ ފޯރުކޮށްދިނުން
  2. އިންޓަރނަލް ކޮންޓްރޯލްގެ މައިގަނޑު މައްސަލަތަކާއި، ރިސްކް މެނޭޖްމަންޓާއި އިންޓަރނަލް ކޮންޓްރޯލްގައި ހުރި އިސްލާހްކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ރިޕޯޓުކުރުން. 
  3. ކަނޑައެޅޭ ވަކި މުއްދަތަކަށް އަހަރީ އިންޓަރނަލް އޮޑިޓް ޕްލޭންގައިވާ ކަންތައްތައް ހާސިލުކުރެވިފަ ިއވާ މިންވަރާއި، އޭރުގެ ހާލަތާ ބެހޭ މައުލޫމާތާއި، އިންޓަރނަލް އޮޑިޓް ބައިގައި ހުރި ވަސީލަތްތައް ފުދޭވަރަށް ހުރިކަމުގެ މައުލޫމާތު ފޯރުކޮށްދިނުން

(ޅ) ދައުލަތުގެ އިންޓަރނަލް އޮޑިޓް ހިންގުމާ ހަވާލުވެހުންނަ ފަރާތުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  1. ދައުލަތަށް ކުރިމަތިވެދާނެކަމަށް ދެނެގަނެވިފައިވާ ރިސްކުތަކަށް ބިނާކޮށް އަހަރީ އޮޑިޓް ޕްލޭން ތައްޔާރުކުރުން.
  2. ރިވިއުކުރުމަށާއި ހުއްދަ ހޯދުމަށް މިނިސްޓަރަށް ނުވަތަ އޮޑިޓް ކޮމިޓީއަށް ޕްލޭން ހުށަހެޅުން.
  3. ކަނޑައެޅިފައިވާ އަހަރީ އޮޑިޓް ޕްލޭނުގެ މަސައްކަތް ހިންގުން.
  4. ޕްލޭނާ އެއްގޮތަށް މަސައްކަތް ހިންގުމަށްޓަކައި، އެކަށީގެންވާ ތައުލީމާއި ހުނަރު އަދި ތަޖުރިބާ ލިބިފައިވާ ފަންނީ މުވައްޒަފުން ގެންގުޅުން.
  5. ފޯރުކޮށްދެވޭ ހިދުމަތަކުން އަދި އެ ހިދުމަތް މިހާރު ފޯރުކޮށްދެވޭގޮތުން ގަސްދުކުރެވިފައިވާ ނަތީޖާ ހަރަދު ކުޑަ އަދި އެކަށީގެންވާގޮތަށް ހާސިލުކުރެވިފަ ިއވޭތޯ ބެލުމާއި، އެ ހިދުމަތް އެއަށްވުރެ ރަނގަޅު ގޮތަކަށް ފޯރުކޮށްދެވިދާނެ ގޮތްތަކަށް ލަފާދިނުން.
  6. އޮޑިޓަރުންގެ ހުނަރާއި ތައުލީމު އަދި ފަންނީ ގާބިލުކަން އިތުރުކޮށް ތަރައްގީކުރުމަށް މަސައްކަތްކުރުން.

 

ބާބު 17

ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

 

17.01 ވަނަ މާއްދާ - "ހުއްދަ ނޫން އަމަލު" ކުރުން 

ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި އެއްވެސް މުވައްޒަފަކު ނުވަތަ އެނޫން ފަރާތަކުންވެސް މި މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައިވާފަދަ ހުއްދަ ނޫން އަމަލެއް ކޮށްފިނަމަ، އެ މައްސަލައެއް ބަލައި ފިޔަވަޅުއަޅަންާވނެއެވެ. އަދި އެފަދަ މައްސަލަތަކުގައި ޒިންމާވާންޖެހޭ ފަރާތަކާމެދު ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންވާނެއެވެ. ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ބަލާނީ މި ގަވާއިދުގެ ދަށުން ހުއްދަ ނޫން އަމަލުގެ ގޮތުގައެވެ.

(ހ) ދައުލަތުގެ ފައިސާ ނުވަތަ މުދާ ނެގުމާއި އަނބުރާ ހޯދުމާއި ޖަމާކުރުމާއި، ހިސާބުތަކަށް ވެއްދުމުގެ ޒިންމާއާ ހަވާލުވެހުރި މީހަކު، ފައިސާ ނުވަތަ މުދާ ނެގުމާއި ނުވަތަ އަނބުރާ ހޯދުމާއި ނުވަތަ ޖަމާކުރުމާއި ނުވަތަ ހިސާބުތަކަށް ވެއްދުމުގައި އިހުމާލުވުން ނުވަތަ ފަރުވާކުޑަކުރުން.

(ށ) އެ މީހެއްގެ ޒިންމާގެ ދަށުގައި ހުރި ދައުލަތުގެ ފައިސާ ނުވަތަ ފައިސާއިން ބައެއް މަދުވުން.

(ނ) އެ މީހެއްގެ ޒިންމާގެ ދަށުގައި ހުރި ދައުލަތުގެ މުދަލަކަށް އުނިކަމެއް ލިބުން ނުވަތަ ގެއްލުން.

(ރ) ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދާ ހިލާފަށް ދައުލަތުގެ ފައިސާއެއް ނުވަތަ މުދަލެއް އެއްވެސް ފަރާތަކަށް ދިނުން، ނުވަތަ ވިއްކައިލުން، ނުވަތަ ނައްތާލުން، ނުވަތަ ފޮރުވުން ނުވަތަ ކޮރަޕްށަންގެ އަމަލެއް ހިންގުން.

 

17.02 ވަނަ މާއްދާ - ހުއްދަ ނޫން އަމަލުތައްބެލުން

(ހ) ދައުލަތުގެ އެއްވެސް މުވައްޒަފަކު އަދި އެނޫން ފަރާތަކުންވެސް މި ގަވާއިދުގެ 17.01 ގައި ބަޔާންކޮށްފައިވާ ފަދަ ހުއްދަ ނޫން އަމަލެއް ކޮށްފިކަން، ނުވަތަ އެފަދަ އަމަލެއް ކުރުމުގައި ބައިވެރިވިކަމަށް ނުވަތަ ބައިވެރިވާން އުޅޭކަމަށް ތުހުމަތުކުރެވޭނަމަ، އެކަމެއް ބަލައި، އެފަރާތަކާމެދު މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މައްސަލައެއް ބެލުމުގެ އެންމެހައި އިދާރީ އަދި ފަންނީ ކަންކަން ބަލަހައްޓާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ އިންޓަރނަލް އޮޑިޓުންނެވެ.

(ނ) މި މާއްދާގެ (ހ) ގައިވާފަދަ މައްސަލަތައް ބެލުމުގައި، ބައިވެރިކުރަންވާނީ އެފަދަ އަމަލެއްގައި ތުހުމަތުކުރެވޭ މުވައްޒަފަކާ އާއިލީގޮތުން ނުވަތަ ވިޔަފާރީގެގޮތުން އެއްވެސް ގުޅުމެއްނެތް ފަރާތްތަކެވެ.

(ރ) އިންޓަރނަލް އޮޑިޓް ރިޕޯޓު ލިބުމުން، މި ރިޕޯޓު ބަލައި ދިރާސާކުރުމަށްފަހު، އެއްވެސް ފިޔަވަޅެއް އަޅަންޖެހޭކަމަށް "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" އަށް ފެނިއްޖެނަމަ، އަޅަން ފެންނަ ފިޔަވަޅެއް ަބޔާންކޮށް، އެކަމުގެ ލަފައަކަށް އެދި މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ށަރީއަތަށް ފޮނުވަންޖެހޭކަމަށް ފާހަގަކުރެވޭ މައްސަލަތައް ށަރީއަތަށް ހުށަހަޅަންވާނީ، ބަންޑާރަނާއިބު ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށެވެ.

 

17.03 ވަނަ މާއްދާ - މައްސަލަ ބަލާ ކޮމިޓީ އުފެއްދުން

(ހ) މި ގަވާއިދުގެ ދަށުން ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" ގެ ނަމުގައި އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ، މަދުވެގެން 7 (ހަތެއް) މެންބަރުން ހިމެނޭ ކޮމިޓީއެއް މިނިސްޓަރު އުފައްދަންވާނެއެވެ.

(ށ) "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" ގެ ޒިންމާއަކީ، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، މުދަލާއި ފައިސާގެ ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، މި ގަވާއިދާ ހިލާފަށް ހިނގާ އަމަލުތައް ބަލައި ދިރާސާކޮށް އެ މައްސަލަތަކާމެދު ގޮތެއް ނިންމުމަށްޓަކައި މިނިސްޓަރަށް ލަފާ ދިނުމެވެ

 

17.04 ވަނަ މާއްދާ - މައްސަލަ ބަލާ ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތު

(ހ) މި މާއްދާގެ (ށ) ގައި އެގޮތަށް ބަޔާ ްނކޮށްފައިވީނަމަވެސް، "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" ގެ މަސްއޫލިއްޔަތުތައް މި ގަވާއިދާއި، ކޮމިޓީގެ ހިންގާ އުސޫލުގައި ކަނޑައެޅިފައި އޮންނަންވާނެއެވެ.

(ށ) ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތަކާމެދު ފިޔަވަޅެއް އެޅުމަށް އެދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަދި އެންޓި-ކޮރަޕްށަން ކޮމިށަނުން ހުށަހަޅައިފިނަމަ، އެ މައްސަލަތަކުގައި މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް ފެންނަ ގޮތް މިނިސްޓަރަށް ރިޕޯޓުކުރަންވާނެއެވެ.

(ނ) ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންޖެހޭކަމަށް އިންޓަރނަލް އޮޑިޓް ރިޕޯޓުތަކުން ފާހަގަކުރެވޭ މައްސަލަތައް ބަލައި މިނިސްޓަރަށް ރިޕޯޓުކުރަންވާނެއެވެ. 

(ރ) ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކުރާ ކުށްތައް ދެނެގަތުމާއި އެފަދަ ކުށްތައް މަދުކުރުމުގެ ގޮތުން މައްސަލަ ބަލާ ކޮމިޓީގެ ހިންގާ އުސޫލުގައި މިނިސްޓަރު ކަނޑައަޅާފައިވާ އެހެނިހެން މަސްއޫލިއްޔަތުތައް ކޮމިޓީން އަދާކުރަންވާނެއެވެ.

 

17.04 ވަނަ މާއްދާ - ކޮމިޓީން މައްސަލަތައް ބެލުން

(ހ) މައްސަލަ ބަލާ ކޮމިޓީން މައްސަލަތައް ބެލުމުގައި، މުސްތަގިއްލުކަމާއެކު މަސައްކަތްކުރަންވާނެއެވެ. މައްސަލަތައް ބެލުމުގައި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކާއި ހިސާބުތަކަށް އަދި މައްސަލައިގެ ހެތްކާއި ގަރީނާތަކަށް ރިއާޔަތްކުރަންވާނެއެވެ. މިގޮތަށް މައްސަލަތައް ބެލުމުގައި ދައުލަތުގެ ކޮންމެ މުވައްޒަފަކާވެސް ކޮމިޓީން ސުވާލުކުރެވިދާނެއެވެ.

(ށ) މައްސަލައިގެ ބާވަތުން ފުލުހުން މެދުވެރިކޮށް ތަހުގީގުކުރާ ކަންކަމުގައި ކޮމިށަނަރ އޮފް ޕޮލިސް އެދިއްޖެ ހިނދެއްގައި، ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން މެންބަރެއް، އެ މައްސަލައިގެ ފަންނީ ލަފާދީ، ތުހުމަތުކުރެވޭ މުވައްޒަފުންނާ ސުވާލުކުރުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް އެހީތެރިވުމަށް ހަމަޖެއްސިދާނެއެވެ.

(ނ) މައްސަލަ ބަލައި ނިމޭ ތާރީހުން ފެށިގެން ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިޓީގެ ރިޕޯޓު ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. 

(ރ) ކޮމިޓީގެ ރިޕޯޓުގައި، ތިރީގައި ބަޔާންކޮށްފައިވާ ުނކުތާތަކަށް ރިއާޔަތްކުރަންވާނެއެވެ.

  1. މުދަލަށް ނުވަތަ ފައިސާއަށް ގެއްލުން ލިބުނު ގޮތް.
  2. މުދަލާއި ފައިސާއާ ހަވާލުވެހުރި މުވައްޒަފުގެ އިހުމާލުން ގެއްލުމެއް ލިބިފައިވާނަމަ، އިހުމާލުވެފައިވާ މިންވަރު.
  3. މުދަލާއި ފައިސާ ހަވާލުވެހުރި މުވައްޒަފުގެ އިތުރުން އެހެން މުވައްޒަފަކު ނުވަތަ އެހެން މީހަކު ކުރި ކަމެއްގެ ސަބަބުން ގެއްލުން ލިބިފައިވާނަމަ، އެފަރާތެއް މަސްއޫލުވާ މިންވަރު.
  4. މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމަށް އެތަނެއްގައި ގެންގުޅޭ ނިޒާމުގައި ހުރި އުނިކަމެއްގެ ސަބަބުން ގެއްލުން ލިބުމަށް މަގުފަހިވެފައިވާނަމަ، އެކަމުގެ ތަފުސީލު.
  5. ޖިނާއީ ދައުވާއެއްގެ ސަބަބުން ތަހުގީގަށް އެއްވެސް ހުރަހެއް ކުރިމަތިވެފައިވާނަމަ، އެކަމެއް ބަޔާންކުރުން.

(ޅ) މައްސަލަ ބަލާ ކޮމިޓީން ތައްޔާރުކުރާ ރިޕޯޓުގައި ހިޔާލެއް ނުވަތަ ލަފައެއް ހިމެނުމަށް ފެންނަނަމަ، ތިރީގައިމިވާ ކަންތައްތަކަށް ރިއާޔަތްކޮށް ރިޕޯޓުގައި އެކަމެއް ހިމަނަންވާނެއެވެ. 

  1. މުވައްޒަފަކާމެދު އަހުލާގީ ފިޔަވަޅު އަޅަންޖެހޭކަމަށް ފެންނަނަމަ އެކަމެއް، މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް އަ ަޅންނުޖެހޭނަމަ އެކަން، އަދި މުވައްޒަފަކާމެދު ޖިނާއީ ދައުވާއެއް އުފުލާފައިނުވާނަމަ އެ މުވައްޒަފަކާމެދު އަޅަން ފެންނަ ފިޔަވަޅު.
  2. ގެއްލުންތައް ހުއްޓުވުމަށްޓަކައި ނުވަތަ މަދުކުރުމަށްޓަކައި މުސްތަގުބަލްގައި އެޅެންހުރި ފިޔަވަޅުތައް.
  3. މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް.

(ކ) ކޮމިޓީގެ ރިޕޯޓު ތައްޔާރުކޮށް، ކޮމިޓީގައި ހިމެނޭ ހުރިހާ މެންބަރުން ރިޕޯޓުގައި ސޮއިކުރުމަށްފަހު، ސިއްރު ރިޕޯޓެއްގެ ގޮތުގައި، މިނިސްޓަރަށް ފޮނުވަންވާނެއެވެ. މި މަރުހަލާގައި މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، މި ރިޕޯޓު އިތުރު ފަރާތަކަށް ދީ ނުވަތަ ރިޕޯޓުގައިވާ މައުލޫމާތެއް އެއްވެސް ފަރާތަކަށް ހާމަކޮށް ނުވަތަ ށާއިއުކޮށްގެންނުވާނެއެވެ.

 

17.06 ވަނަ މާއްދާ - ކޮމިޓީގެ ރިޕޯޓު ލިބުމުން އަމަލުކުރަންޖެހޭ ގޮތް

(ހ) ކޮމިޓީގެ ރިޕޯޓު ލިބުމަށްފަހު، މުދަލާއި ފައިސާ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން މިނިސްޓަރަށް ފެންނަނަމަ އިތުރު ފިޔަވަޅެއް އެޅު ަމށް އަންގަންވާނެއެވެ.

(ށ) މައްސަލައިގައި ގެއްލުމެއް ލިބިފައިވާނަމަ، ލިބިފައިވާ ގެއްލުމަށް ޒިންމާވާންޖެހޭ މުވައްޒަފު ނުވަތަ މުވައްޒަފުން އަތުން އެ ގެއްލުމެއްގެ ބަދަލު ހޯދުމުގައި އަމަލުކުރާނެ ގޮތެއް ނުވަތަ ޖޫރިމަނާ ކުރަންވީ އަދަދު ކަނޑައަޅާނީ މިނިސްޓަރެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ފިޔަވަޅު އަޅާނީ، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ މުއައްސަސާއަކަށް އަންގައި، އެ މުއައްސަސާއެއް މެދުވެރިކޮށްގެންނެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ފިޔަވަޅު އަޅަންޖެހެނީ، މުވައްޒަފަކު ފިޔަވައި އެހެން ފަރާތަކާ މެދުގައި ކަމަށްވާނަމަ، އެ ފަރާތަކާމެދު ފިޔަވަޅު އަޅާނީ ށަރީއަތް މެދުވެރިކޮށްގެންނެވެ.

 

17.07 ވަނަ މާއްދާ - ޖޫރިމަނާކުރާނެ އަދަދު ކަނޑައެޅުމާއި، ފިޔަވަޅު އެޅުން

(ހ) ދައުލަތުގެ ފައިސާއަކާމެދު ނުވަތަ މުދަލަކާމެދު އެއްވެސް މުވައްޒަފަކު ނުވަތަ އެނޫންވެސް މީހަކު ހުއްދަ ނޫން އަމަލެއް ކޮށްފިނަމަ، އެފަރާތެއް ޖޫރިމަނާކުރަން ނުވަތަ އެ ފަރާތެއްގެ މައްސަލަ ށަރީއަތަށް ހުށަހެޅުމާމެދު މިނިސްޓަރު ގޮތެއް ނިންމަންވާނެއެވެ. ޖޫރިމަނާކޮށް މައްސަލަ ނިންމުމުގައި ކުރެވޭ ޖޫރިމަނާގެ އަދަދު ވާންވާނީ، ތިރީގައިމިވާ ގޮތުގެމަތިން ކަނޑައެޅޭ އަދަދަކަށެވެ.

  1. ހުއްދަ ނޫން އަމަލު ހިންގުމުގައި ހިމެނުނު ދައުލަތުގެ ފައިސާގެ އަދަާދ އެއްވަރުގެ އަދަދެއް، ނުވަތަ ދައުލަތުގެ މުދަލެއްނަމަ އެ މުދަލުގެ އަގާ އެއްވަރުގެ އަދަދެއް.
  2. މުވައްޒަފު ޒިންމާވާންޖެހޭގޮތަށް އުނިވެފައިވާ ފައިސާގެ އަދަާދ އެއްވަރުގެ އަދަދެއް. 
  3. މުވައްޒަފު ވިއްކާލި ނުވަތަ ދޫކޮށްލި ނުވަތަ ހަލާކުކުރި ނުވަތަ ގެއްލުންދިން ދައުލަތުގެ މުދަލުގެ އަގާ އެއްވަރުގެ އަދަދެއް. 
  4. މި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދު ކަނޑައަޅައި ނިންމެން ނެތް ހާލަތްތަކުގައި ޖޫރިމަނާކުރާނެ އަދަދެއް.

(ށ) ހުއްދަ ނޫން އަމަލެއް މީހަކު ގަސްދުގައި ކޮށްފިނަމަ މި މާއްދާގެ (ހ) ގައިވާ ގޮތަށް ޖޫރިމަނާނުކުރާނަމަ، އެ މީހެއްގެ މައްސަލަ ށަރީއަތަށް ހުށަހެޅުމަށްޓަކައި ބަންޑާރަނާއިބުގެ އޮފީހަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުރެވޭ ޖޫރިމަނާއެއްގެ މަގުސަދަކީ، ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ފުރިހަމައަށް ހޯދުމެވެ. ގެއްލުމުގެ ބަދަލު ފުރިހަމައަށް ލިބެންދެން، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ދެމިއޮންނާނެއެވެ.

(ރ) މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ މުއައްސަސާއަކަށް ދައްކަންޖެހޭ މުދަލެއް ނުވަތަ ފައިސާއެއް ދައްކައި ނުނިމެނީސް ވަޒީފާއިން ވަކިވާން ނުވަތަ ވަކިކުރަން ނިންމައިފިނަމަ، އެ މުވައްޒަފަކު އެހާތަނަށް ނުދައްކާ އޮތް އެއްޗެއް، ދައްކައި ހަލާސްކުރާނެ ގޮތަކާމެދު އެ މުވައްޒަފަކާ އެ މުއައްސަސާއަކާ ދެމެދު އެއްބަސްވާ ގޮތެއް، ވަޒީފާއިން ވަކިކުރުމުގެ ކުރިން ނިންމަންވާނެއެވެ.

(ބ) މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ އޮފީހަކަށް ދައްކަންޖެހޭ މުދަލެއް ނުވަތަ ފައިސާއެއް ދައްކައި ނުނިމި އޮއްވައި ދައުލަތުގެ އެހެން އޮފީހަކަށް ބަދަލުވާނަމަ ނުވަތަ ބަދަލުކުރާނަމަ، އެ މުވައްޒަފަކު އެހާތަނަށް ނުދައްކާ އޮތް އެއްޗެއް ބަދަލުވާ އޮފީހަކަށް ދައްކައި ހަލާސްކުރުމަށް އެ މުވައްޒަފަކު އެއްބަސްކުރުވައި، އެއްބަސްވުމުގެ ލިޔުމުގެ ކޮޕީ ބަދަލުވާ އޮފީހަށް ވަޒީފާ އަދާކުރަމުންދިޔަ އޮފީހުން ފޮނުވަންވާނެއެވެ.

(ޅ) ދައުލަތުގެ މުވައްޒަފަކު ހުއްދަ ނޫން އަމަލެއް ނޭނގި ކުރިކަމަށް ސާބިތުވެއްޖެނަމަ، އެކަމެއް ކުރުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމާ އެއްވަރުގެ އަދަދަކުން އެ މުވައްޒަފަކު ޖޫރިމަނާކުރުމަށްފަހު، އެ މައްސަލަ މިނިސްޓަރަށް ނިންމިދާނެއެވެ.

(ކ) ދައުލަތުގެ މުވައްޒަފަކު މި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދު ކަނޑައަޅައި ނިންމެން ނެތް ހާލަތްތަކުގައި، އެ މުވައްޒަފަކު އިހުމާލުވާ މިންވަރު ކަނޑައަޅައި، އެ މުވައްޒަފަކު ޖޫރިމަނާކުރާނެ އަދަދެއް ނިންމާނީކަނޑައަޅާނީ މިނިސްޓަރެވެ.

(އ) މި ގަވާއިދާއި ދައުލަތުގެ މުދަލާއި ފައިސާއާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ އުސޫލުތަކާ ހިލާފަށް މުވައްޒަފަކު ހިންގި އަމަލަކީ، ހިޔާނާތެއް ނުވަތަ ވައްކަމެއްފަދަ އަމަ ެލއްކަމުގައިނުވާ ކަންތައްތަކުގައާއި، މި ގަވާއިދުގައި ވަކި އަދަބެއް ނުވަތަ ޖޫރިމަނާއެއް ކަނޑައެޅިފައިނުވާ ކަންތައްތަކުގައި، އިދާރީ ހިންގުން ހަރުދަނާކުރުމުގެގޮތުން ގަވާއިދާ ހިލާފުވާ މުވައްޒަފުންނާ ދޭތެރޭ އަޅަންޖެހޭ އިސްލާހީ ފިޔަވަޅު އަޅާނީ، މިނިސްޓަރު އަންގާ ގޮތެއްގެމަތިން، އެ މުވައްޒަފަކު އެ ވަގުތަކު ވަޒީފާ އަދާކުރާ އޮފީހަކުންނެވެ.

 

17.08 ވަނަ މާއްދާ - ބީލަމެއްގައި ގަވާއިދާ ހިލާފަށް ކުރާ ކަންތައްތައް ބެލުން 

ބީލަމުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް މި ގަވާއިދުގައި ބުނެފައިވާ ގޮތް ނޫން ގޮތަކަށް ނުވަތަ ގަވާއިދާ ހިލާފަށް ކުރާ ކަމަކާ ގުޅިގެން ބީލަމުގައި ބައިވެރިވެފައިވާ އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބޭނަމަ، ނުވަތަ ގެއްލުމެއް ލިބިއްޖެނަމަ، އެފަރާތަކުން މި ގަވާއިދުގެ 17.09 ވަނަ މާއްދާގައިވާ ގޮތުގެމަތިން މައްސަލަ ބެލުމަށް ހުށަހެޅިދާނެއެވެ.

 

17.09 ވަނަ މާއްދާ - ބީލަމާގުޅޭ މައްސަލަތައް ބެލުން

(ހ) ބީލަމެއް ވަކި ފަރާތަކާ ހަވާލުކުރުމުގެ ކުރިން އެ ބީލަމަކާ ގުޅިގެން މައްސަލައެއް އޮތްނަމަ، އެ މައްސަލައެއް ބީލަން އިއުލާންކުރި ދައުލަތުގެ އޮފީހެއްގެ ޕްރޮކިއުމަންޓް އޮފިސަރަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

(ށ) ހުށަހެޅުނު މައްސަލައެއް، އެ މައްސަލަ ހުށަހެޅި ފަރާތުން އަނބުރާ ގެންދިޔުން، ނުވަތަ މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން ވާހަކަދައްކައިގެން އެ މައްސަލައެއް ހައްލުނުކުރެވޭ ހިނދެއްގައި، ޕްރޮކިއުމަންޓް އޮފިސަރު އަމަލުކުރާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

  1. އެ މައްސަލަ ހިނގާފައިވާ ގޮތް ވަގުތުން ބަލަން ފެށުން.
  2. މައްސަލަ ވަކިގޮތަކަށް ނުނިމެނީސް ކޮންޓްރެކްޓް ހަވާލުނުކުރުން.
  3. މައްސަލަ ހުށަ ަހޅާ ތާރީހުން ފެށިގެން ސަރުކާރު ބަންދު ނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި، މައްސަލަ ނިންމައި، މައްސަލަ ނިންމި ގޮތް ލިޔުމަކުން މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެންގުން.

(ނ) މައްސަލަ ބަލައި ނިމުމުން، އެ މައްސަލަ ނިންމި ގޮތް ތިރީގައިމިވާ ގޮތުގެމަތިން މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.

  1. މައްސަލަ އެއްކޮށް ނުވަތަ މައްސަލައިގެ ބައެއް ގަބޫލުކުރިކަން ނުވަތަ މައްސަލަ ގަބޫލުނުކުރާކަން.
  2. މައްސަލަ ނިންމި ގޮތް.
  3. މައްސަލައިގައި ކަމެއް ރަނގަޅުކުރުމަށް ނިންމިނަމަ، އެކަމެއް ރަނގަޅުކުރުމުގެގޮތުން އަޅަން ނިންމި ފިޔަވަޅެއް.

 

17.10 ވަނަ މާއްދާ - އިދާރީގޮތުން އަލުން ބެލުމަށް ހުށަހެޅުމުގެ ހައްގު 

ބީލަމުގެ ކަމެއް ހިނގައިދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލައެއް އެ އޮފީހަކުން ބަލައި ނިންމި ގޮތާމެދު، ތިރީގައި މި ބަޔާންކުރެވިފައިވާ ކަންތައްތަކުންކުރެ ކަމަކާމެދު ހިތްހަމަނުޖެހިއްޖެނަމަ، އެ މައްސަލައެއް އަލުން ބަލައިދިނުމަށް ހުށަހެޅުމުގެ ހައްގު، މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ. އަލުން ބެލުމަށް ހުށަހަޅާ މައްސަލަތައް ހުށަހަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށެވެ.  

(ހ) ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން މި ގަވާއިދުގެ 17.09 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައިވާ މުއްދަތުގެ ތެރޭގައި ޕްރޮކިއުމަންޓް އޮފިސަރު ވަކިގޮތެއް ނިންމާފައިނުވުން.

(ށ) ޕްރޮކިއުމަންޓް އޮފިސަރު މައްސަލަ ނިންމި ގޮތާމެދު ބީލަން ހުށަހެޅި ފަރާތުން ހިތްހަމަނުޖެހުން.

(ނ) އެ ބީލަމަކާ ގުޅޭ ކޮންޓްރެކްޓަށް އަމަލުކުރަން ފެށުން.

(ރ) އެ މައްސަލައެއްގެ އިދާރީ ކަންކަން ހިނގި ގޮތް އަލުން ރިވިއުކުރުމަށް ބޭނުންވުން.

 

17.11 ވަނަ މާއްދާ - އިދާރީގޮތުން މައްސަލަ އަލުން ބެލުމަށް އެދޭ ފޯމުން މައްސަލަ ހުށަހެޅުން

(ހ) މި ގަވާއިދުގެ 17.10 ވަނަ މާއްދާގެ ދަށުން މައްސަލައަކާ ގުޅިގެން އިދާރީ ކަންކަން އަލުން ބެލުމަށް ހުށަހަޅަންވާނީ، އެކަމަށް ދޫކުރާ ފޯޯމަކުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށެވެ.

(ށ) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހެޅޭ މައްސަލައެއް ގަބޫލުކުރެވޭނީ، ޕްރޮކިއުމަންޓް އޮފިސަރު އެ މައްސަލައެއް ނިންމި ދުވަހުން ފެށިގެން ނުވަތަ އެ މައްސަލައެއް ނިންމަންޖެހޭ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހުށަހެޅޭ މައްސަލަތަކެވެ.

(ނ) ބީލަމަކާ ގުޅޭގޮތުން އިދާރީ މައްސަލައެއް އަލުން ބެލުމަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުށަހެޅުމުން، ތިރީގައިވާ ގޮތަށް އެ މައްސަލައަކާމެދު މިނިސްޓްރީން އަމަލުކުރަންވާނެއެވެ.

  1. އެ މައްސަލައަކާ ގުޅޭ ދައުލަތުގެ އޮފީހަކަށް ވަގުތުން އެ މައްސަލަ ހުށަހެޅިފައިވާކަން އެންގުން.
  2. މައްސަލަ ހުށަހެޅިއިރު، އެ ބީލަމުގެ މަސައްކަތް ވަކި ފަރާތަކާ ހަވާލުކޮށްފައިނުވާނަމަ، މައްސަލައާމެދު ވަކިގޮތެއް ނިންމަންދެން އެކަމެއް ހަވާލުކުރާނޭ ފަރާތެއް ކަނޑައެޅުން ލަސްކޮށްލުމަށް ދައުލަތުގެ އެ އޮފީހަކަށް ވަގުތުން އެންގުން.
  3. މައްސަލަ ހުށަހެޅިއިރު، އެ ބީލަމުގެ މަސައްކަތް ވަކި ފަރާތަކާ ހަވާލުކޮށްފައިވާނަމަ، މައްސަލައާމެދު ވަކިގޮތެއް ނިންމަންދެން މަސައްކަތް ވަގުތީގޮތުން މެދުކަނޑާލުމަށް އެ އޮފީހަކަށް ވަގުތުން އެންގުން.
  4. މައްސަލަ އަލުން ބެލުމަށްޓަކައި، މި ގަވާއިދުގެ 17.12 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުސްތަގިއްލު ރިވިއު ކޮމެޓީއެއް އެކުލަވާލުން.

 

17.12 ވަނަ މާއްދާ - ބީލަމުގެ މައްސަލަ އަލުން ބެލުމަށް މުސްތަގިއްލު ރިވިއު ކޮމިޓީ އެކުލަވާލުން

(ހ) ބީލަމުގެ މައްސަލައެއް އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުން މައްސަލަތަ ްއ އަޑުއެހުމަށާއި، މައްސަލަތައް އަލުން ބެލުމަށާއި، ސަސްޕެންޑްކުރެވިފައިވާ ފަރާތެއް ސަސްޕެންށަނުން ވީއްލުމަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ، މުސްތަގިއްލު ރިވިއު ކޮމިޓީއެއް މިނިސްޓަރު އައްޔަންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ މުސްތަގިއްލު ރިވިއު ކޮމިޓީގައި ހިމަނަންވާނީ، ޕަބްލިކް ޕްރޮކިއުމަންޓް ނުވަތަ އެފަދަ ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ، އަދި ކޮންޓްރެކްޓާގުޅޭ ފަންނީ ހުނަރާއި މައުލޫމާތު ލިބިފައިވުމާއެކު، ފައިސާއާބެހޭ މައްސަލައެއްގައި ކުށެއް ސާބިތުވެފައިނުވާ މީހުންނެވެ. އެ މީހަކު، މުސްތަގިއްލު ރިވިއު ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނަ މުއްދަތުގައި ދައުލަތުގެ އެއްވެސް ޕްރޮކިއުމަންޓުގެ މަސައްކަތެއްގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ބައިވެރިވެގެން ނުވާނެއެވެ. އަދި މުސްތަގިއްލު ރިވިއު ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ޕްރޮކިއުމަންޓް ޕޮލިސީގެ މަސައްކަތުގައި އުޅޭ މުވައްޒަފަކު ހިމަނައިގެން ނުވާނެއެވެ.

(ނ) މުސްތަގިއްލު ރިވިއު ކޮމެޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނޭ މުވައްޒަފަކު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅަންވާނެއެވެ.

(ރ) މުސްތަގިއްލު ރިވިއު ކޮމެޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާ މުވައްޒަފު ހިމެނޭގޮތުން، އެ ކޮމިޓީން ބަލަމުންގެންދާ މައްސަލައާ މަސްލަހަތު ފުށުއަރާ (ކޮންފްލިކްޓް އޮފް އިންޓަރެސްޓް) ކަމެއް އޮތްކަން ނުވަތަ ނެތްކަން، އެ މެންބަރުން ހާމަކޮށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

 

17.13 ވަނަ މާއްދާ - މުސްތަގިއްލު ރިވިއު ކޮމިޓީން މައްސަލަ އަލުން ބެލުން

(ހ) މުސްތަގިއްލު ރިވިއު ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައެއް މައްސަލަ ހުށަހެޅި ފަރާތުން އަނބުރާ ނުގެންދާނަމަ، މުސްތަގިއްލު ރިވިއު ކޮމެޓީން ކުރަންޖެހޭ ކަންތައްތައް ތިރީގައި ބަޔާމިވަންކޮށްފައި މިވަނީއެވެ.

  1. އެ މައްސަލައެއް ކޮމިޓީއަށް ހުށަހެޅުމާއެކު އެންމެ އަވަސް ފުރުސަތެއްގައި، މައްސަލަ ބަލަން ފެށުން.
  2. އެ މައްސަލައެއް ހުށަހެޅޭތާ ސަރުކާރު ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމައި، ނިންމި ގޮތް މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމަކުން އެންގުން.

(ށ) ހުށަހެޅިފައިވާ މައްސަލައެއް ބެލުމުގައި މުސްތަގިއްލު ރިވިއު ކޮމިޓީއަށް ތިރީގައިމިވާ ބާރުތައް ލިބިގެންވެއެވެ.

  1. ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި އެ ޕްރޮކިއުމަންޓާ ގުޅޭ އެންމެހައި މައުލޫމާތާއި، ލިޔެކިޔުންތަކާއި، ރިކޯޑުތަކާއި، ރިޕޯޓުތައް ބަލައި ޗެކުކުރުމުގެ އިހުތިޔާރު.
  2. ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމާއި، ހެކީގެގޮތުގައި ބެލެވޭ އެއްޗެއް އިތުރަށް ތަހުލީލުކޮށް ބެލުން.
  3. ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި އޮފީހެއްގެ މައްސަލައާ ގުޅުންހުރި ވެރިންނާއި މުވައްޒަފުންނާ ސުވާލުކޮށް މައުލޫމާތު ހޯދުން.
  4. ހުށަހެޅިފައިވާ މައްސަލަ ރިވިއުކޮށް ބެލުމުގައި، ރިވިއު ކޮމިޓީއަށް ފެނިއްޖެ ހިނދެއްގައި، މައުލޫމާތު ސާފުކޮށްދިނުމަށް ރިވިއު ކޮމިޓީއަށް މައްސަލަ ހުށަހެޅި ފަރާތް ހާޒިރުވުމަށް އަންގާ އަދި މިގޮތުން ދެވޭ ފުރުސަތުގައި އޭނާ ރިވިއު ކޮމިޓީއަށް ހާޒިރުނުވެއްޖެނަމަ، އެ މައްސަލަ އިތުރަށް ނުބަލައި ހުއްޓާލުމުގެ އިހުތިޔާރު.
  5. ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި އޮފީހެއްގެ މައްސަލައާ ގުޅުންހުރި ވެރިންނާއި މުވައްޒަފުންނާ ސުވާލުކޮށް މައުލޫމާތު ހޯދުން. 

 (ނ) ހުށަހެޅިފައިވާ މައްސަލަ ބަލައި ނިންމުމަށްފަހު ހުށަހަޅާ ރިޕޯޓުގައި ތިރީގައިމިވާ ކަންކަން ބަޔާންކުރަންވާނެއެވެ.

  1. މައްސަލަ ދިރާސާކޮށް ބެލުމުން ފާހަގަކުރެވުނު ކަންތައްތައް.
  2. ހުށަހެޅުނު މައްސަލަ އެއްކޮށް ނުވަތަ މައްސަލައިގެ ބައެއް ގަބޫލުކުރެވިފައިވާކަން ނުވަތަ މައްސަލަ ބާތިލުކުރެވިފައިވާކަން.
  3. މައްސަލަ ނިންމި ގޮތް.
  4. މައްސަލައާ ގުޅޭގޮތުން ރަނގަޅުކުރަންޖެހޭ ކަންތައްތަކާއި، އެ މައްސަލައަކާ ގުޅިގެން އަޅަން ފެންނަ ފިޔަވަޅު.

 

17.14 ވަނަ މާއްދާ - ބީލަމެއްގެ މައްސަލަ ރިވިއުކުރަން ހުށަހެޅުމުން އަޅަންޖެހޭ ފިޔަވަޅުތައް

ބީލަމެއްގެ މައްސަލަ ރިވިއުކުރަން ހުށަހެޅުމުން، މުސްތަގިއްލު ރިވިއު ކޮމިޓީން ތިރީގައިމިވާ ފިޔަވަޅުތަކުންކުރެ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅިދާނެއެވެ.

(ހ) ދައުލަތުގެ އޮފީހަކުން ގަވާއިދާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ނުވަތަ ކޮށްފައިވާ އަމަލެއް ނުވަތަ ނިންމާފައިވާ ނިންމުމަކަށް ގަވާއިދާ ހިލާފަށް ގެނެސްފައިވާ ބަދަލެއް އެއްކޮށް ނުވަތަ ހިލާފުވާ ބައެއް ބާތިލުކުރުމަށް ނުވަތަ އަނބުރާ ރުޖޫއުކުރުމަށް އެ
އޮފީހަކަށް އެންގުން.

(ށ) ހިނގަމުންދާ ޕްރޮކިއުމަންޓުގެ މަސައްކަތެއް އެއްކޮށް ހުއްޓާލުމަށް ނުވަތަ ބާތިލުކުރުމަށް އެ އޮފީހަކަށް އެންގުން.

(ނ) ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެ އޮފީހަކަށް އެންގުން.

(ރ) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ، މަށްރޫއަށް ބަޖެޓް ނުވަތަ ފައިސާދޭ ފަރާތުންނާއި، މިފަދަ މައްސަލަތައް ބެލުމަށް އުފެދިފައިވާ މުސްތަގިއްލު މުއައްސަސާތަކުންނާއި، ގާނޫނު ތަންފީޒުކުރާ ތަންތަނުން އަޅަންޖެހޭ ވަކި ފިޔަވަޅެއް އޮތްނަމަ، އެ ފިޔަވަޅެއް އެޅުމަށް އެކަމަކާބެހޭ ފަރާތަށް އެންގުން.

 

17.15 ވަނަ މާއްދާ - ބީލަމުގައި ބައިވެރިވެފައިވާ އެހެން ބީލަންވެރިންނަށް އެންގުން

(ހ) މި ގަވާއިދުގެ 17.09 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައުލަތުގެ އޮފީހަކަށް ޕްރޮކިއުމަންޓާގުޅޭ މައްސަލައެއް ބެލުމަށް ހުށަހެޅުމާއެކު، އެ އޮފީހުގެ ޕްރޮކިއުމަންޓް އޮފިސަރަށާއި އެ ބީލަމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކަކަށް، ބީލަމާ ގުޅޭގޮތުން މައްސަލައެއް ހުށަހެޅިފައިވާކަމާއި، ހުށަހެޅިފައިވަނީ ކޮން ބާވަތެއްގެ މައްސަލައެއްކަން އަންގަންވާނެއެވެ.

 

17.16 ވަނަ މާއްދާ - މައްސަލަ ބަލަމުންދާއިރު ބީލަމުގެ މަސައްކަތް އެވޯޑްކުރުން މަނާކުރުން

(ހ) ދައުލަތުގެ އޮފީހަކަށް ބީލަމުގެ މައްސަލައެއް ހުށަހެޅިގެން، އެ މައްސަލައެއް ރިވިއުކޮށް ބަލަމުންދާއިރު، ނުވަތަ ކަމާބެހޭ އެހެން ފަރާތަކަށް އެ މައްސަލައެއް ހުށަހެޅިގެން އަލުން ބަލަމުންދާއިރު، ތިރީގައިމިވާ ހާލަތްތަކުގައި ބީލަމުގެ މަސައްކަތް އެވޯޑްކޮށްގެން ނުވާނެއެވެ.

  1. މި ގަވާއިދުގެ 17.09 ވަނަ މާއްދާގެ ދަށުން އެ އޮފީހަކަށް އެ މައްސަލައެއް ހުށަހެޅިގެން ބަލަމުންގެންދާއިރު، ނުވަތަ އެ މައްސަލައެއް އެ އޮފީހަކުން ބަލައި ނިންމާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ބީލަމުގެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުނުކުރުން.
  2. މި ގަވާއިދުގެ 17.13 ވަނަ މާއްދާގެ ދަށުން މައްސަލައެއް އަލުން ބަލަމުން ގެންދާއިރު، ނުވަތަ އެ މައްސަލައެއް ބަލައި ނިންމުމުގެ ކުރިން ބީލަމުގެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުނުކުރުން.

(ށ) އަލުން ބެލުމަށް ހުށަހަޅާފައިާވ މައްސަލައެއް ނިމުމުގެ ކުރިން ބީލަން އެއްވެސް ފަރާތަކަށް ހަވާލުކުރެވޭނީ، އެކަމަކީ ރައްޔިތުންނަށް ވަރަށް އަވަހަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތެއްކަން ނުވަތަ ކުރަންޖެހޭ ކަމެއްކަން އެ އޮފީހަކުން މިނިސްޓަރަށް ކަށަވަރުކޮށްދިނުމުން، މިނިސްޓަރުގެ ހުއްދަ ލިބުމުންނެވެ. މިގޮތުން، އެއީ ކޮން ހިދުމަތެއްކަމާއި، އެ ހިދުމަތް ފޯރުކޮށްދޭންޖެހޭ ފަރާތަކީ ކޮބައިކަމާއި، އަދި އެކަމެއް މުހިންމުވި ސަބަބާއި، އެކަމެއް އަވަސްކަމެއްގެ ގޮތުގައި ބަލަންޖެހުނު ސަބަބު ތަފުސީލުކޮށް ބަޔާންކޮށްދޭންވާނެއެވެ

 

17.17 ވަނަ މާއްދާ - ބީލަމުގައި ބައިވެރިވާ ފަރާތްތަކާއި ސަޕްލަޔަރުން ސަސްޕެންޑްކުރެވޭ ގޮތްތަކާއި އެޅޭނެ ފިޔަވަޅު

(ހ) ދައުލަތުގެ ބީލަމެއްގައި ބައިވެރިނުވެވޭގޮތަށް ބީލަންވެރިއެއް ނުވަތަ ސަޕްލަޔަރެއް ސަސްޕެންޑްކުރެވޭނީ، ތިރީގައިމިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވެގެންނެވެ. މިގޮތުން ބީލަންވެރިޔެއް ނުވަތަ ސަޕްލަޔަރެއް ސަސްޕެންޑްކުރާނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޒަރީންނެވެ.

  1. ބީލަމަކާ ގުޅޭގޮތުން ދައުލަތުގެ އޮފީހަކަށް ބީލަމުގެ މަރުހަލާގައާއި ކޮންޓްރެކްޓް ކުރިޔަށް ގެންދިޔުމުގައި ސައްހަނޫން ލިޔުންތައް ހުށަހެޅުމާއި، އެފަދަ މައުލޫމާތު ދިނުމާއި އަދި މައުލޫމާތު ފޮރުވުން.
  2. ބީލަމުގައި އެހެން ފަރާތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި، އެހެން ފަރާތަކަށް ބީލަން ލިބޭގޮތަށް މަގުފަހިކުރުމަށް މަސައްކަތްކުރުން.
  3. ބީލަން ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތް ނޫން ގޮތްގޮތަށް އަމަލުކުރުމާއި، ބީލަމުގައި ކޮރަޕްޓް، ފްރޯޑިއުލެންޓް، ކޮލޫސިވް، ކޮއެސިވް އަދި އޮބްސްޓްރަކްޓިވް ޕްރެކްޓިސްގެ އަމަލު ހިންގުމާއި، ބީލަމުގެ އަގަށް ނުފޫޒު ފޯރުވުމާއި، މައުލޫމާތުގެ ސިއްރުކަން ގެއްލޭފަދަ އަމަލެއް ހިންގުން. 
  4. ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދެފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއް ގުޅިގެން އެމީހުން އެއްބަސްވާ ވަކި ފަރާތަކަށް މަސައްކަތް ލިބޭނެގޮތަށް މަގުފަހިކުރުމަށްޓަކައި، ރާވައިގެން އެއިން ކޮންމެ ފަރާތަކުން ހުށަހަޅާ ކޮންމެ ބީލަމަކީވެސް އެއްފަރާތް އަނެއް ފަރާތާ ނުގުޅި ހުށަހެޅި ސައްހަ ބީލަންތަކެއްގެ ގޮތުގައި ދެއްކުމަށްޓަކައި، އެކަށީގެންނުވާ ބޮޑު އަގުތަކެއް، ނުވަތަ ރާވާފައިވާ ގޮތުގެމަތިން ކުޑަ އަގުތަކެއް ހުށަހެޅުން.
  5. ވާދަވެރި ބީލަމެއްކަން ދެއްކުމުގެގޮތުން ތަފާތު މީސްމީހުންގެ ނަމުގައި ނުވަތަ ކުންފުނިތަކުގެ ނަމުގައި ނުވަތަ ޕާޓްނަރށިޕެއްގެ ނަމުގައި ނުވަތަ އެނޫންވެސް ވިޔަފާރިކުރާ ތަނެއްގެ ނަމުގައި، އެއްފަރާތަކުން ބީލަން ހުށަހެޅުން.
  6. ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދެފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަކުން އެއްބަސްވެގެން ބީލަން ހުށަނޭޅުމާއި، ހުށަހަޅާފައިވާ ބީލަމެއް އަނބުރާ ގެންދިޔުމާއި، ވަކި ފަރާތަކަށް ނަހަމަ ފައިދާތަކެއް ލިބޭގޮތަށް ރާވައިގެން ބީލަން ހުށަހެޅުމާއި، އެފަދަ އެއްބަސްވުމެއްގައި ބައިވެރިވުން.
  7. ބީލަން ހުށަހަާޅ ފަރާތުން އަމިއްލަޔަށް ނުވަތަ އެހެން ބަޔަކާ ގުޅިގެން، ރޭވުމެއްގެ ދަށުން އެކި ފަރާތްތަކުގެ މެދުގައިވާ ތަބައީ ވާދަވެރިކަން ނައްތާލުމަށް މަސައްކަތްކުރުމާއި، ނުވަތަ ވާދަވެރިކަން ކުޑަކުރުމަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެގޮތުން އާންމުންނަށް ލިބެންވީ ފައިދާއަށް އުނިކަން ލިބުން.
  8. ބީލަމެއްގެ ކޮންޓްރެކްޓުގައި ސޮއިކުރުމަށް އިންކާރުކުރުން، ނުވަތަ ބިޑް ވެލިޑިޓީގެ މުއްދަތަކާމެދު އެއްބަސްވެ ހުށަހެޅޭ ބީލަންތަކުގައި ބީލަންފޮތުގައި ނުވަތަ ބީލަމުގެ އިއުލާނުގައި ޕަރފޯމަންސް ސެކިއުރިޓީ ހުށަހެޅުމަށް ބުނެފައިވާ ހިނދެއްގައި އެ ސެކިއުރިޓީ ހުށަހެޅުމަށް އިންކާރުކުރުން.
  9. އަމިއްލަ ބާރުގެ ދަށުގައިނުވާ ކަމެއް (ގުދުރަތީގޮތުން ދިމާވާ ކަމެއް) މެދުވެރިވެގެން ނޫން ގޮތަކަށް ކޮންޓްރެކްޓުގެ ދަށުން ކޮންމެހެން ކުރަންޖެހޭ ކަމެއް ފުރިހަމަނުކޮށް ދޫކޮށްލުން. 
  10. ކޮންޓްރެކްޓެއް ނުވަތަ ސަބްކޮންޓްރެކްޓެއް ހޯދުމުގެގޮތުން ކޮށްފައިވާ ޖިނާއީ ކުށެއް ސާބިތުވުން.
  11. ޕްރޮކިއުމަންޓުގެ އުސޫލުގައި ކޮންޓްރެކްޓަރު އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތާ ހިލާފަށް އަމަލުކުރުން. އަދި މި ގަވާއިދުގައިވާ ގޮތުގެމަތިން އަމަލުކުރުމަށް އަންގާ އެންގުންތަކަށް އަމަލުނުކުރުން.
  12. ވިޔަފާރިގެ ހަރަކާތަކާ ގުޅިގެން ނުވަތަ ޕްރޮފެށަނަލް ހަރަކާތަކާ ގުޅިގެން މަދަނީ ކުށެއް ށަރީއަތަށް ސާބިތުވެ، އެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށްވުން.

(ށ) އެހެން ގައުމަކުން ނުވަތަ ދައުލަތަށް އެހީދޭ ނުވަތަ ލޯނުދޭ ޖަމާއަތަކުން ސަސްޕެންޑްކޮށްފައިވާ ފަރާތެއް ދައުލަތުގެ ޕްރޮކިއުމަންޓުގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކުރެވިދާނެއެވެ. މިގޮތުން ސަސްޕެންޑްކުރުމުގައި ބަލާ މިންގަނޑުގެ  ތެރޭގައި، އެ ގައުމަކުން ނުވަތަ ޖަމާއަތަކުން ބަލާފައިވާ މިންގަނޑަކީ އިންސާފުވެރި މިންގަނޑެއްތޯއާއި، އަދި ސަސްޕެންޑްކުރެވިފައިވާ ފަރާތަށް އެފަރާތުގެ ދިފާއުގައި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދީފައިވޭތޯ ބަލަންވާނެއެވެ.

(ނ) ބީލަމުގައި ބައިވެރިވާ ފަރާތެއް ނުވަތަ ސަޕްލަޔަރެއް ސަސްޕެންޑްކުރަންވާނީ، އެފަރާތަކުން އެކަމުގެ ދިފާއުގައި މައުލޫމާތު ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ދިނުމަށްފަހު، އެ މައްސަލައެއް ތަހުގީގުކޮށް ނިމޭއިރު، އެފަރާތެއްގެ މައްޗަށް މި މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް ސާބިތުވާނަމައެވެ.

(ރ) މި މާއްދާގެ (ހ) ، (ށ) އަދި (ނ) ގައިވާފަދަ ކަމެއް ސާބިތުވެގެން، ބީލަމުގައި ބައިވެރިވާ ފަރާތެއް ނުވަތަ ސަޕްލަޔަރެއް ސަސްޕެންޑްކުރެވޭނީ، މަދުވެގެން 6 (ހައެއް) މަސްދުވަހަށް، އަދި ގިނަވެގެން 5 (ފަހެއް) އަހަރުދުވަހަށެވެ. މިގޮތުން ސަސްޕެންޑްކުރާނެ މުއްދަތު ކަނޑައަޅާނީ، ހުށަހެޅިފައިވާ މައްސަލައިގެ ކުޑަބޮޑުމިނަށާއި އެކަމެއްގެ ބާވަތަށް ބަލައި މިނިސްޓަރެވެ.

 

17.18 ވަނަ މާއްދާ - ކޮންޓްރެކްޓަރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމުންނާއި، ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ލިބޭ ގެއްލުމަށް ޖާމިނުނުވުމުން އެޅޭނެ ފިޔަވަޅު

(ހ) ބީލަން ކާމިޔާބުކުރާ ފަރާތުން އަމަލުކުރުމަށް މި ގަވާއިދުގެ 10.71 ވަނަ މާއްދާއާއި 10.72 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ކޮންޓްރެކްޓަރަކު އަމަލުނުކޮށްފިނަމަ، ދައުލަތުގެ ބީލަންތަކުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އެ ކޮންޓްރެކްޓަރަކު ބައިވެރިކޮށްގެން ނުވާނެއެވެ.

(ށ) ބީލަން ކާމިޔާބުކުރާ ފަރާތުން މި ގަވާއިދުގެ 71.10 ވަނަ މާއްދާއާއި 72.10 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުނުކޮށްފިނަމަ، ކޮންޓްރެކްޓުގައި ބަޔާންކުރާ ގޮތެއްގެމަތިން އެފަރާތެއްގެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން އެކަމެއް ހަމަޖައްސާނީއެވެ. މުދާ ވިއްކައިގެން ލިބޭ ފައިސާއިން އެކަމަށް ހިނގި ހަރަދު ހަމަޖެއްސުމަށްފަހު، ބާކީ ފައިސާ ހުރިނަމަ އެފަރާތަކަށް ދޭންވާނެއެވެ.

(ނ) ބީލަން ކާމިޔާބުކުރާ ފަރާތުން މި ގަވާއިދުގެ 10.71 ވަނަ މާއްދާއާއި 10.72 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުނުކޮށްފި ހާލަތެއްގައި، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެފަރާތެއްގެ މުދާ ވިއްކައިގެން އެކަމެއް ހަމަޖެއްސޭނެ ގޮތެއް ކޮންޓްރެކްޓުގައި ބަޔާންކުރެވިފައި ނެތްނަމަ، އެފަދަ މައްސަލަތައް ނިންމާނީ ށަރީއަތަށް ހުށަހަޅައިގެންނެވެ.

 

17.19 ވަނަ މާއްދާ - ކޮންޓްރެކްޓް ފުރިހަމަނުކޮށް ދޫކޮށްލުމުން އެޅޭނެ ފިޔަވަޅު

(ހ) ކޮންޓްރެކްޓާ ހަވާލުވެ މަސައްކަތް ވަކި ހިސާބަކަށް ގެންދިޔުމަށްފަހު، އެ ކޮންޓްރެކްޓެއް ދޫކޮށްލައިފިނަމަ، 1 (އެކެއް) އަހަރު ވަންދެން ދައުލަތުގެ އެއްވެސް މަސައްކަތެއް އެފަރާތަކާ ހަވާލުކޮށްގެން ނުވާނެއެވެ.

(ށ) ކޮންޓްރެކްޓުގައި ސޮއިކުރުމަށްފަހު މަސައްކަތް ނުފަށައި އެ ކޮންޓްރެކްޓް ދޫކޮށްލައިފިނަމަ، ބިޑްސެކިއުރިޓީއަށް ބެހެއްޓި ފައިސާ ދައުލަތަށް ނަގަންވާނެއެވެ. އަދި އެފަރާތަކާ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ދައުލަތުގެ އެއްވެސް މަސައްކަތެއް ހަވާލުކޮށްގެން ނުވާނެއެވެ. ކޮންޓްރެކްޓެއް ވަކި ފަރާތަކަށް ދޭން ނިންމާފައިވަނިކޮށް އެ ފަރާތުން ކޮންޓްރެކްޓާ ހަވާލުނުވެއްޖެނަމަ، އެ ކޮންޓްރެކްޓްގެ ބިޑްސެކިއުރިޓީއަށް ބެހެއްޓި ފައިސާ ދައުލަތަށް ނަގަންވާނެއެވެ.

 

17.20 ވަނަ މާއްދާ - ބީލަމާ ގުޅިގެން ގަވާއިދާ ހިލާފުވާ މުވައްޒަފުންނާއި އެކަމުގައި ބައިވެރިވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅު

ތިރީގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް އަމަލެއް ކޮށްފި ކޮންމެ މުވައްޒަފެއްގެ މައްސަލަ ނިންމާނީ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި އެ އަމަލެއް ިހންގުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ އަދަދާ އެއްވަރުގެ އަދަދަކުން ޖޫރިމަނާކޮށްގެންނެވެ. އަދި މިފަދަ އަމަލެއް ގަސްދުގައި ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެ މައްސަލައެއް ނިންމާނީ ށަރީއަތަށް ހުށަހަޅައިގެންނެވެ.

(ހ) ބީލަންތައް ހުޅުވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން، ބަންދުކޮށްފައިވާ ބީލަން ހުޅުވުމާއި، އިލެކްޓްރޯނިކް ވަސީލަތްތަކުގެ ޒަރީއާއިންނާއި ސިޓީއުރައިގައި ނުވަތަ އެފަދަ އެހެން އެއްޗެއްގައި ބަންދުކުރެވިގެން ހުށަހެޅޭ ސިއްރު މައުލޫމާތުތަކާއި ލިޔުންތައް ނުވަތަ އޭގެ ކޮޕީ ނުވަތަ އޭގައި ހިމެނޭ އެއްވެސް މައުލޫމާތެއް އެހެން ފަރާތަކަށް ފޯރުކޮށްދިނުން ނުވަތަ އަމިއްލަ ކަމަކަށް ބޭނުންކުރުން. 

(ށ) މަގުބޫލު އުޒުރެއްނެތި، އެކަން ކުރެވޭފަދަ ގާބިލު ފަރާތެއްތޯޯ ބެލުން ލަސްކުރުމާއި، ބީލަންތައް ހުޅުވުމާއި، ބީލަންތައް ވަޒަންކުރުން އެކަށީގެންވާވަރަށްވުރެ ލަސްކުރުމާއި، ބީލަންތައް ކާމިޔާބުކުރި ފަރާތަށް އެކަން އެންގުން ލަސްކުރުމާއި، މަސައްކަތްކުރާ ފަރާތްތަކާ މަސައްކަތް ހަވާލުކުރަ ްނ ކަނޑައެޅިފައި އޮންނަ ވަގުތަށްވުރެ ލަސްކުރުން.

(ނ) ވަކި ފަރާތަކަށް މަސައްކަތް ހޯދައިދިނުމަށް މަސައްކަތްކުރުމާއި، މިގޮތަށް ކަންތައްތައް ކުރުމަށް ބާރުއަޅައި ނޭށަނަލް ޓެންޑަރ ބޯޑުގައި ހިމެނޭ މެންބަރުންގެ މައްޗަށް ނުވަތަ މުވައްޒަފުންގެ މައްޗަށް ބާރުފޯރުވުމާއި، ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރުން.

(ރ) މި ގަވާއިދުގައިވާ ގޮތުގެމަތިން ބީލަމަށް ނުވަތަ ނޭށަނަލް ޓެންޑަރ ބޯޑަށް ހުށަހަޅަންޖެހޭ ަމސައްކަތްތައް އެގޮތުގެމަތިން ހުށަނާޅައި ފަރުޖެއްސުމުގެގޮތުން އެއް މަސައްކަތެއް ތަފާތު އެކިއެކި ބައިބަޔަށް ބަހާލައިގެން ކުދިކުދި ޕްރޮޖެކްޓުތަކެއްގެ ގޮތުގައި މަސައްކަތް ކުރުވުން.
(ބ) މި ގަވާއިދާ ހިލާފަށް ވަކި ފަރާތަކަށް މަސައްކަތް ދިނުމަށް މަގުފަހިކުރުމުގެގޮތުން، އޮފީހުގެ އިސްވެރިޔަކު ނުވަތަ މުވައްޒަފަކު މަގާމުގެ ނުފޫޒު ބޭނުންކުރުން.

(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންކުރެވުނު ކުށްތައް މުވައްޒަފަކު ކުރުމުގައި އަމިއްލަ ފަރުދަކު ބައިވެރިވެފައިވާނަމަ، ނުވަތަ އެހީތެރިވެދީފައިވާނަމަ، އެފަރާތެއްގެ މައްސަލަ ށަރީއަތަށް ހުށަހެޅުން.

(ކ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންކުރެވުނު ކުށްތަކުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ މުވައްޒަފުން، އެ މައްސަލަ ނިމެންދެން އެ މުވައްޒަފަކު އަދާކުރާ ވަޒީފާއަށް ނުނިކުންނަގޮތަށް ސަސްޕެންޑްކުރުން.

 

------------

 

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 1.07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނަމޫނާ ލިޔުންތައް

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ނަމޫނާ ލިޔުންތަކުގެ ވެބްސައިޓް ލިންކް:

ތަޅުދަނޑި:

MG މާލިއްޔަތުގެ ގަވާއިދު

BC ބަޖެޓް ކޮންޓްރޯލް

RV ރެވެނިއު

PR ޕްރޮޕަޓީ

PC ޕްރޮކިއުމެންޓް

 

MG/BC01  ބަޖެޓް ކޮންޓްރޯލް ފޯމު

MG/BC02  ބަޖެޓް އައިޓަމްތަކުގެ ތަފްސީލުނަގާ ބަހކުރުން

MG/BC03  ބަޖެޓުގެ މުޅީ ޖުމްލަ ބާކީ

MG/BC04  ޕޭމަންޓް ވައުޗަރު

MG/BC05  ބަޖެޓް ބާކީގެ ރިޕޯޓް

MG/BC06  ޕޭމަންޓް ވައުޗަރު ޗެކްލިސްޓް

MG/BC07  ޕޭމަންޓް ވައުޗަރު ރަޖިސްޓްރީ

MG/BC08   ޗެކު ރަޖިސްޓަރީ

MG/BC09  ނުރަސްމީ/އިތުރު ގަޑީގެ ހާޒިރީ

MG/BC10  ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީ

MG/BC11  މުވައްޒަފުންގެ ހާޒިރީ

MG/BC12  މުސާރަ ށީޓް

MG/BC13  މުސާރަ ށީޓް

MG/BC14  ރާއްޖެއިން ބޭރަށް ކުރާ ދަތުރުގެ ހުއްދަ

MG/BC15  ކުއްޔަށްހިފާ އުޅަނދު ބޭނުންކުރަމުންދާ ގޮތް

MG/BC17  ޖަރނަލް ވައުޗަރ

MG/BC19  މާލީ އަހަރުގެ ހިސާބު ނިންމުމާ ގުޅޭ

 

MG/BC20  އަހަރީ މާލީ ހިސާބު

MG/BC21  ލިބުނު ފައިސާއާއި ހަރަދުގެ ހިސާބާއި، ބެލެންސް ށީޓް

MG/BC22  ޕްރޮޖެކްޓް އެކައުންޓް ސްޓޭޓްމެންޓް

MG/BC23  ބަޖެޓް އެކައުންޓް ނޫން އެހެން އެކައުންޓްތަކާއި ބެހޭ މައުލޫމާތު.

MG/BC24  ތިޖޫރީގައި ހުރި ފައިސާގެ ހިސާބު

 

MG/RV01  ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓަރީ

MG/RV02  ލިބޭފައިސާގެ ދުވަހުފޮތް ބެލެހެއްޓުން އަދި ލިބޭ ފައިސާގެ ދުވަހު ށީޓް. 

MG/RV03  މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފައިސާ ޖަމާކުރާ ފޯމު

MG/RV04  އަތޮޅުތެރެއިން ބޭންކް މެދުވެރިކޮށް ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރކުރާ ފޯމު

MG/RV05  ބޭންކް އެކައުންޓް ބާކީ ބެލެހެއްޓުން

MG/RV06  ޓްރާންސްފަރކުރާ ފައިސާގެ ޓްރާންސްފަރ ފޯމުގެ ރަޖިސްޓަރ

MG/RV07  އެކިފަރާތްތަކާ ހަވާލުކުރުމަށް މުވައްޒަފުންނާ ފައިސާ ހަވާލުކުރާ ފޯމު

MG/RV08  ހަރަދުތަކަށް އެޑްވާންސަށް ބޭނުންވާނެކަމަށް ލަފާކުރާ ފައިސާގެ ފޯމު

MG/RV09  އެޑްވާންސް ފައިސާއިން ކުރެވުނު ހަރަދާއި ބާކީގެ ހިސާބު

MG/RV10  ބޭންކް ރިކޮންސިލިއޭށަން ސްޓޭޓްމަންޓް

MG/RV11  އަތްމަތީ ފައިސާގެ ހިސާބު (ޕެޓީކޭށް)

 

MG/PR01  ހަރުމުދަލުގެ ރަޖިސްޓަރީ

MG/PR02  އެސެޓް މާސްޓަރ ޑާޓާ ކްރިއޭށަން ފޯމު 

MG/PR03  މުދާ ނީލަންކިޔުމާއި ނައްތާލުން

MG/PR04  ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ

 

MG/PC01  މުދާ/ހިދުމަތް ލިބިގަތުމަށް  އެދޭ ފޯމު

MG/PC02  މުދަލަށް އޯޑަރުކުރާ ފޯމު

MG/PC03  މުދާ ގަންނަން އެދޭ ފޯމު

MG/PC04  ސްޓޮކް ބާކީ


މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

8 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2017-20)

 

މި ގަވާއިދުގެ ދަށުން ހެދިފައިވާ ގަވާއިދު/އުސޫލު

  1. ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުންކުރުމާބެހޭ އުސޫލު (އުސޫލު ނަންބަރު 2023-08)
  2. ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2022-43)
  3. ދައުލަތުގެ އޮފީސްތަކުން ކުރިޔަށް ގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-23)
  4. ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ސަރަހައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލު (އުސޫލު 10 ފެބްރުއަރީ 2021)
  5. ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު (އުސޫލު – 9 ސެޕްޓެމްބަރު 2020)
  6. ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު 23 ޑިސެމްބަރު 2019)
  7. ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު (އުސޫލު - 028 ޖެނުއަރީ 2019)

 

އުވާލެވުނު ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (11 ފެބްރުއަރީ 2009)

 

މައި ގާނޫނު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު