-

މާލިއްޔަތުގެ ގަވާއިދު  (ގަވާއިދު ނަންބަރު 20-2017) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-03)

މާލިއްޔަތުގެ ގަވާއިދު  (ގަވާއިދު ނަންބަރު 20-2017) އަށް 6 ވަނަ އިސްލާހު ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.67 ވަނަ މާއްދާއަށް (ބ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

އެޑްވާންސަށް ފައިސާ ދިނުން 10.67

(ބ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގަވާއިދުގެ 10.67 ގެ (ހ) ގެ ދަށުން ހަވާލުކުރާ މަށްރޫއުތަކުގައި، މި މާއްދާގެ (ރ) އަށް އަމަލުކުރުން އިސްތިސްނާ ކުރެވޭނީ، މިނިސްޓަރަށް ހުށަހަޅައި، މިނިސްޓަރުގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2017)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2017/20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު