-

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20-2017) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-158)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 އޮކްޓޫބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އަށް 7 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.25 ވަނަ މާއްދާގެ (ރ) ގެ (6) ވަނަ ނަންބަރުގެ 6.1 އަންނަނިވި ފަދައިން އިސްލާހުކުރުން.

"ސިންގަލް ސޯސް ޕްރޮކިއުމަންޓު" ގެ އުސޫލުން ތަކެތި ގަތުން ނުވަތަ ހިދުމަތް ހޯދުން 10.25 

(ރ) 6.1 އެފަދަ ހާލަތެއްގައި ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ބޮޑު މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި،ނުވަތަ ދިފާއީ ސަލާމަތާބެހޭ ވުޒާރާއާއި ދާހިލީ ސަލާމަތާ ބެހޭ ވުޒާރާގެ ދާއިރާގެ ތެރެއިން އުފައްދައިފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށް މަސައްކަތް ހަވާލުކުރެވިދާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-20)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2017-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު