-

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-20) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2021-166)

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-20) އަށް 5 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.09 ވަނަ މާއްދާއަށް (ޅ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

ޕްރޮކިއުމަންޓުގެ ކަމެއް ކުރުމަށް ހުއްދަދެވޭ މިންގަނޑުތައް 10.09

(ޅ) މި ގަވާއިދުގެ 10.25 ގެ (ރ) ގެ (6) ވަނަ ނަންބަރުގެ ދަށުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓްތަކުގައި "ގައުމީ ސަލާމަތާބެހޭ" މަޖިލީހުގެ މަށްވަރާގެ މަތީން ކުރިޔަށް ގެންދިއުމަށް ނިންމިދާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.25 ވަނަ މާއްދާގެ (ރ) އަށް (6) ވަނަ ނަންބަރުގެ ގޮތުގައި ނަންބަރެއް އިތުރުކުރުން.

"ސިންގަލް ސޯސް ޕްރޮކިއުމަންޓު" ގެ އުސޫލުން ތަކެތި ގަތުން ނުވަތަ ހިދުމަތް ހޯދުން 10.25 (ރ)

(6) ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް، ގާނޫނު ނަންބަރު 2008-01 (ސިފައިންގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމުން.

6.1 އެފަދަ ހާލަތެއްގައި ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ބޮޑު މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި، ނުވަތަ ދިފާޢީ ސަލާމަތާބެހޭ ވުޒާރާގެ ތެރެއިން އުފައްދައިފައިވާ ކޯޕަރޭޓިވް ސޮސައިޓީއަކަށް މަސައްކަތް ހަވާލުކުރެވިދާނެއެވެ.

6.2 މި ގަވާއިދުގެ 10.25 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހަވާލުކުރާ ކަމެއް އެހެން ފަރާތަކަށް ސަބްކޮންޓްރެކްޓެއް ނުކުރެވޭނެއެވެ.

6.3 މި މާއްދާގެ ދަށުން ހަވާލު ކުރާ ޕްރޮކިއުމަންޓާ ގުޅޭ މަޢުލޫމާތު، އެ މަސައްކަތެއް ހަވާލުކުރާތާ 2 (ދޭއް) ދުވަހުގެ ތެރޭގައި މިނިސްޓަރާ ހިއްސާކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.25 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

10.25 (ބ)

  1. "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ގަންނަނަމަ،ނުވަތަ ހިދުމަތް ހޯދާނަމަ، ނުވަތަ މަސައްކަތް ކުރުވާނަމަ، އެ ކަމަކަށް ހުއްދަ ދޭނީ، މި ބާބުގެ 10.09 ގައިވާ ގޮތުގެ މަތީންނެވެ.
  2. މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް،މި މާއްދާގެ (ރ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުއްދަ ދޭނީ، ގާނޫނު ނަންބަރު 2008-01 (ސިފައިންގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ގައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-20)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2017-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު