-

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް

(އެހެނިހެން ނަންބަރު 2022)

 

-------------------

ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތައް ބޭނުންކޮށްގެން އިދާރާގެ އޮގަނައިޒޭޝަން ސްޓްރަކްޗަރ އެކުލަވާލުމުގެ އާންމު މިންގަނޑު

 

 

01-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

(ހ) މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތައް ބޭނުންކޮށްގެން އިދާރާތަކުގެ އޮގަނައިޒޭށަން ސްޓްރަކްޗަރ އެކުލަވާލުމުގެ އާންމު މިންގަނޑެވެ.

(ށ) ތިރީގައި އެވަނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތައް ބޭނުންކޮށްގެން އިދާރާތަކުގެ އޮގަނައިޒޭށަން ސްޓްރަކްޗަރ އެކުލަވާލުމުގައި ދައުލަތުގެ އިދާރާތަކުން ގެންގުޅޭނެ އާންމު މިންގަނޑެވެ. މި މިންގަނޑަށްރިއާޔަތްކޮށް އޮގަނައިޒޭށަން ސްޓްރަކްޗަރ އެކުލަވާލުމުގައި ގެންގުޅޭނެތަފްސީލީ އުސޫލުތައް އިދާރާތަކުން އެކުލަވާލެވިދާނެއެވެ. މަރުކަޒީ އިދާރާއަކުންރެކްރޫޓްމަންޓްގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދައުސޫލުތައް އެކުލަވާލާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ.

 

2 ވަނަ މާއްދާ - އާންމު މިންގަނޑު

(ހ) ކޮންމެ އިދާރާއެއްގެ އޮގަނައިޒޭށަން ސްޓްރަކްޗަރއެއް އޮންނަންވާނެއެވެ. އޮގައިނޭށަން ސްޓްރަކްޗަރ އެކުލަވާލާނީ އެ އިދާރާއަކުންނެވެ. ނަމަވެސްމަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓްގެ މަސައްކަތް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދަ މަރުކަޒީ އިދާރާއަކުން ކަނޑައަޅާ އުސޫލުތަކަށް އަމަލުކުރަންޖެހޭނެއެވެ.

(ށ) އޮގަނައިޒޭށަން ސްޓްރަކްޗަރ ގައި ހިމެނޭ އިދާރާގެ އާންމު ކޮންމެމަގާމަކީވެސް ކޮންމެވެސް ޖޮބް މެޓްރިކްސްއަކަށް ނިސްބަތްވާ މަގާމެއްގެގޮތުގައި ވާންޖެހޭނެއެވެ. އާންމު މަގާމުތަކަކީ ޖޮބް މެޓްރިކްސްތަކުގެ ކަނޑައަޅާފައިވާ ޕަބްލިކް ސަރވިސް ރޭންކުގެ 1 ން ފެށިގެން 12 އާ ހަމައަށް ހިމެނޭ މަގާމުތަކެވެ.

(ނ) އޮގަނައިޒޭށަން ސްޓްރަކްޗަރ އެކުލަވާލުމުގައި އެ އިދާރާއަކާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި އެ އިދާރާއެއްގެ މެންޑޭޓްގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަންނުތަކުގެ މަގާމުތައް ހިމެނޭ ޖޮބް މެޓްރިކްސްތައް އިހްތިޔާރުކުރުމަށް އިސްކަންދޭންވާނެއެވެ.

(ރ) ޖޮބް މެޓްރިކްސްތަކުގައި ތަފާތު ރޭންކުތަކުގެ މަގާމުތައް ހިމެނޭނެތީވެ، އެ އިދާރާއަކަށް ބޭނުންވާ ރޭންކުގެ މަގާމުތައް ކަނޑައަޅަންވާނީ އެ އިދާރާއެއްގެ މެންޑޭޓްގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވާނީ ކޮންކޮން ގިންތިތަކެއްގެމަގާމުތަކެއްކަން ވަޒަންކުރުމަށްފަހުގައެވެ.

(ބ) އޮގަނައިޒޭށަން ސްޓްރަކްޗަރ އެކުލަވާލުމުގައި "ދައުލަތުގެ ޕޭ ފްރޭމްވަރކަށްހިޖުރަ ކުރުމުގެ އާންމު މިންގަނޑު" އަށާއި "ޖޮބް މެޓްރިކްސްތައް ބޭނުންކުރާނެގޮތުގެ އާންމު މިންގަނޑު" އަށް ރިއާޔަތްކުރަންވާނެއެވެ.

 

 

 

 

-------------------

 

ޖޮބް މެޓްރިކްސްތައް ބޭނުންކުރާނެ ގޮތުގެ އާންމު މިންގަނޑު 

02-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

(ހ) މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތަކުގައިވާ މުސާރައާއި އިނާޔަތްތަކުގެ ބައިތައް ފިޔަވައި އެހެން ބައިތައް ބޭނުންކުރާނެ ގޮތުގެ އާންމު މިންގަނޑެވެ.

(ށ) ތިރީގައި އެވަނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތަކުގައިވާ މުސާރައާއި އިނާޔަތްތަކުގެ ބައިތައް ފިޔަވައި އެހެން ބައިތައް ބޭނުންކުރާނެ ގޮތުގެ އާންމު މިންގަނޑެވެ. މި މިންގަނޑަށް ރިއާޔަތްކޮށް ޖޮބް މެޓްރިކްސްތައް ބޭނުންކުރާނެ ގޮތުގެ ތަފްސީލީ އުސޫލުތައް އިދާރާތަކުން އެކުލަވާލެވިދާނެއެވެ. މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓްގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދަ އުސޫލުތައް އެކުލަވާލާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ.

 

2 ވަނަ މާއްދާ - މަގާމުގެ ނަން

(ހ) ޖޮބް މެޓްރިކްސްތަކުގައި ހިމަނާފައިވާނީ މަގާމުގެ ނަމުގެ ގޮތުގައި ބޭނުންކުރެވިދާނެ ބައެއް ނަންތަކެވެ. ޖޮބް މެޓްރިކްސްތަކުގައި ބަޔާންކޮށްފައިވާ ނަންތަކުގެ އިތުރުން އެހެން ނަމެއް ނުވަތަ ނަންތަކެއް އެ އިދާރާއަކުން ބޭނުންކުރަން ބޭނުންވާ ހާލަތްތަކުގައި އެފުރުސަތު އެ އިދާރާއަކަށް އޮންނާނެއެވެ. ނަމަވެސް މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓްގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެކަން ކަނޑައަޅާނީ އެ ރެގިއުލޭޓަރީ މަސްއޫލިއްޔަތު އަދާކުރާ އިދާރާއަކުންނެވެ.

(ށ) ޖޮބް މެޓްރިކްސްތަކުގައި ބަޔާންކޮށްފައިވާ ނަންތައް ފިޔަވައި އެހެން ނަމެއްބޭނުންކުރާ ހާލަތްތަކުގައި އެ ޖޮބް މެޓްރިކްސްއެއް ނިސްބަތްވާ ޖޮބް ފެމެލީގައިހިމެނޭ އެހެން ޖޮބް މެޓްރިކްސްތަކުގައި އެއް ރޭންކެއްގެ މެދުގައި ނަންތައްބޭނުންކޮށްފައިވާ ހަމަތަކަށް ރިއާޔަތްކޮށް އެއްހަމަ ނަންތަކެއް ބޭނުންކުރަންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖޮބް މެޓްރިކްސްގައި އަލަށް ނަމެއް ހިމަނަން ހުށަހަޅާއިރު، އެކަން ނޭށަނަލް ޕޭ ކޮމިށަނަށް އީމެއިލްގެ ޒަރިއާއިން ([email protected]) ލިޔެ ހުއްދަ ހޯދަންވާނެއެވެ. އެގޮތުން ހުށަހަޅާއިރު ޖޮބް މެޓްރިކްސްގެ ނަމާއި ރޭންކާއި، ހުށަހަޅާ މަގާމުގެ ނަން ބަޔާންކުރަންވާނެއެވެ. މިއީ ޖޮބް މެޓްރިކްސްތައް އަދާހަމަކޮށް ބެލެހެއްޓުމަށް ކުރަންޖެހޭނެ ކަމެއް ކަމުގައިވާތީ، މިކަމަށް އިދާރާތަކުން ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

 

3 ވަނަ މާއްދާ - މިސްކޯ ކޯޑު، ޕަބްލިކް ސަރވިސް ރޭންކް، އަދި ސްކިލް ލެވެލް  

(ހ) ޖޮބް މެޓްރިކްސްތަކުގައިވާ މަގާމުތައް އިހްތިޔާރުކުރާއިރު މަގާމު ނިސްބަތްވާ ގިންތިތައަށް ސަމާލުކަން ދޭންވާނެއެވެ. ކޮންމެ މަގާމަކާއެކުގައިވާ "މިސްކޯކޯޑު" ފެށެނީ 1 ން ފެށޭ ނަންބަރަކުން ކަމުގައިވާނަމަ، އޭގެން ރަމްޒުކޮށްދެނީއެއީ މެނޭޖީރިއަލް ގިންތީގެ މަގާމެކެވެ. މަގާމެކެވެ. 2 ން ފެށޭ ނަންބަރެއް ކަމުގައިވާނަމަ، އޭގެން ރަމްޒުކޮށްދެނީ ޕްރޮފެށަނަލް ގިންތީގެ މަގާމެއް ކަމެވެ. 3 ން ފެށޭ ނަންބަރެއް ކަމުގައިވާނަމަ، އޭގެން ރަމްޒުކޮށްދެނީ އެސޯސިއޭޓް ފްރޮފެށަނަލް ގިންތީގެ މަގާމެއް ކަމެވެ. 4 ން ފެށޭ ނަންބަރެއް ކަމުގައިވާނަމަ،އޭގެން ރަމްޒުކޮށްދެނީ ސެކްރެޓޭރިއަލް ނުވަތަ ސްކިލްޑް މަސައްކަތްތެރިންގެގިންތީގެ މަގާމެއް ކަމެވެ. އަދި 5 ން ފެށޭ ނަންބަރެއް ކަމުގައިވާނަމަ، އެއީ އެލިމަންޓަރީ ގިންތީގެ މަގާމެކެވެ.

(ށ) ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ދައުލަތުގެ ހުރިހާ މަގާމުތަކެއްގެ ރޭންކް ވާނީ ކަނޑައަޅާފައެވެ. ޖޮބް މެޓްރިކްސްތަކުގައި ހިމެނޭނީ ޕަބްލިކް ސަރވިސް ރޭންކް1 ން ފެށިގެން 12 ގެ މަގާމުތަކެވެ.

(ނ) ޖޮބް މެޓްރިކްސްތަކުގައި ހިމެނޭ މަގާމުތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށްބޭނުންވާނެ ސްކިލްސް ނުވަތަ ހުނަރުގެ ގިންތި، ޖުމްލަ 4) ސްކިލް ލެވެލް) ގިންތިއަކަށް ވާނީ ގިންތިކޮށްފައެވެ. ސްކިލް ލެވެލް އާބެހޭ ތަފްސީލް "ދަމޯލްޑިވްސް ޕަބްލިކް ސަރވިސް ސްޓޭންޑަޑް ކްލެސިފިކޭށަން އޮފް އޮކިއުޕޭށަންސް (މިސްކޯ)" ގައި ވާނީ ބަޔާންކޮށްފައެވެ.

 

4 ވަނަ މާއްދާ - ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ  

(ހ) ޖޮބް މެޓްރިކްސްތަކުގައި މަގާމަކަށް "ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ" ގެ ގޮތުގައި 1 އަށްވުރެ ގިނަ އިހްތިޔާރު (އޮޕްށަން) ބަޔާންކޮށްފައިވާހާލަތްތަކުގައި އޭގެ ތެރެއިން އެ އިދާރާއަކުން ބޭނުންވާ އިހްތިޔާރެއް ނުވަތައިހްތިޔާރުތަކެއް ބޭނުންކޮށްގެން މަގާމަށް އިއުލާނު ކުރެވިދާނެއެވެ. ނަމަވެސްދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މެދުގައި އެއްހަމަ މިންގަނޑެއް ގެންގުޅުންލާޒިމްވާތީވެ، އިދާރީއިން ބޭނުންކުރުމަށް ކަނޑައަޅާ އި ހްތިޔާރު އިބާރާތްކޮށްފައިވާގޮތަށް އުނިއިތުރެއް ގެނެސްގެން ނުވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން އިހްތިޔާރު ބޭނުންކުރާއިރު މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓްގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެކަން ކަނޑައަޅާނީ އެ ރެގިއުލޭޓަރީ މަސްއޫލިއްޔަތު އަދާކުރާ އިދާރާއަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން އިހްތިޔާރު ބޭނުންކުރާއިރު އެކިފަހަރު އިއުލާނުކުރާއިރު އެކި އިހްތިޔާރު ބޭނުންކޮށްގެން ނުވާނެއެވެ. އެއިދާރާއަކުން ބޭނުންކުރާނެ އިހްތިޔާރު ނުވަތަ އިހްތިޔާރުތައް އޮންނަންވާނީ ދުރާލާ ކަނޑައަޅާފައެވެ. މިއީ އިދާރާގެ ފަރާތުން ވަކިވަކި ފަރުދުންނަށް (މަގާމަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް) ނާޖާއިޒު ގޮތެއްގައި ފަހި ފުރުސަތުތައް ހޯދައިދިނުން ހުއްޓުވުމަށްޓަކައި ބޭނުންތެރިކަމެވެ.

 

5 ވަނަ މާއްދާ - މަގާމަށް އައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތައް

(ހ) މަގާމަށް އައްޔަންކުރާއިރު އެއްވެސް ލައިސަންސެއް ނުވަތަ ފުރިހަމަކުރުންލާޒިމު ތަމްރީނެއް ވާނަމަ އެ ބައިތައް ވާނީ ޖޮބް މެޓްރިކްސްތަކުގައި ހިމަނާފައެވެ. ނުވަތަ މަގާމުގެ ބާވަތުގެ ގޮތުން އެފަދަ ލައިސަންސެއް ނުވަތަތަމްރީނެއް ބޭނުންވާނެކަމަށް ފެންނަ ހާލަތްތަކުގައި އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން އެ ލައިސަންސެއް ނުވަތަ ތަމްރީނެއް ހިމެނިދާނެކަމަށް ބަޔާންކޮށްފައިވާނެއެވެ. މިއިން ހާލަތެއްގެ ދަށުން ލައިސަންސެއް ނުވަތަތަމްރީނެއް ބޭނުންވާނެ މަގާމުތަކަށް އިއުލާނު ކުރާއިރު އެކަން އިއުލާނުގައި ބަޔާންކުރަންވާނެއެވެ.

(ށ) ބައެއް ޖޮބް މެޓްރިކްސްތަކުގެ ބައެއް މަގާމުތަކަށް ބޭނުންވާނެ ލައިސަންސްތަކާއިފުރިހަމަކުރުން ލާޒިމު ތަމްރީނުތަކުގެ ގޮތުގައި 1 އަށްވުރެ ގިނަ އިހްތިޔާރު (އޮޕްށަން) ބަޔާންކޮށްފައިވާ ހާލަތްތަކުގައި އޭގެ ތެރެއިން އެ އިދާރާއަކުންބޭނުންވާ އިހްތިޔާރެއް ނުވަތަ އިހްތިޔާރުތަކެއް ބޭނުންކޮށްގެން މަގާމަށް އިއުލާނު ކުރެވިދާނެއެވެ. ނަމަވެސް ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މެދުގައި އެއްހަމަމިންގަނޑެއް ގެންގުޅުން ލާޒިމްވާތީވެ، އިދާރީއިން ބޭނުންކުރުމަށް ކަނޑައަޅާ އިހްތިޔާރު އިބާރާތްކޮށްފައިވާ ގޮތަށް އުނިއިތުރެއް ގެނެސްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން އިހްތިޔާރު ބޭނުންކުރާއިރު މަރުކަޒީއިދާރާއަކުން ރެކްރޫޓްމަންޓްގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެކަން ކަނޑައަޅާނީ އެ ރެގިއުލޭޓަރީ މަސްއޫލިއްޔަތު އަދާކުރާ އިދާރާއަކުންނެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ފަދައިން އިހްތިޔާރު ބޭނުންކުރާއިރު އެކިފަހަރުއިއުލާނުކުރާއިރު އެކި އިހްތިޔާރު ބޭނުންކޮށްގެން ނުވާނެއެވެ. އެ އިދާރާއަކުންބޭނުންކުރާނެ އިހްތިޔާރު ނުވަތަ އިހްތިޔާރުތައް އޮންނަންވާނީ ދުރާލާކަނޑައަޅާފައެވެ. މިއީ އިދާރާގެ ފަރާތުން ވަކިވަކި ފަރުދުންނަށް (މަގާމަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް) ނާޖާއިޒު ގޮތެއްގައި ފަހި ފުރުސަތުތައްހޯދައިދިނުން ހުއްޓުވުމަށްޓަކައި ބޭނުންތެރިކަމެވެ.

 

6 ވަނަ މާއްދާ - މަގާމުގެ މަސައްކަތާގުޅޭ ތައުލީމީ ދާއިރާތައް

(ހ) މަގާމުގެ މަސައްކަތާގުޅޭ ތައުލީމީ ދާއިރާތައް ކަމުގައި ޖޮބް މެޓްރިކްސްތަކުގައި ހިމަނާފައިވާނީ ތައުލީމީ ފާސްތަކުގެ ނަންތަކެވެ. އެއް ޖޮބް މެޓްރިކްސެއްގެ ތަފާތު މަގާމުތަކުގައި ތަފާތު ތައުލީމީ ފާސްތަކުގެ ނަންތައް ހިމަނާފައިވާ ޖޮބް މެޓްރިކްސްތައްވެސް ހުންނާނެއެވެ. އެ އިދާރާއަކުން ބޭނުންވާ ރޭންކެއްގެމަގާމާއެކުގައި ބަޔާންކޮށްފައިވާ ތައުލީމީ ފާސްތަކުގެ ލިސްޓުގެ ތެރެއިން އެއިދާރާއަކުން ބޭނުންވާ ފާސްތައް އިހްތިޔާރުކޮށް އެ ފާސްތައް ހިމަނައިގެންމަގާމަށް އިއުލާނު ކުރުމުގެ ފުރުސަތު އިދާރާތަކަށް އޮންނާނެއެވެ. ނަމަވެސްފާހެއް އިތުރުކުރަން އިދާރާއަކުން ބޭނުންވާ ހާލަތްތަކުގައި ނޭށަނަލް ޕޭ އިހްތިޔާރުކުރަންވާނީ އެ ލިސްޓުގައިވާ ނަންތަކުގެ ތެރެއިންނެވެ. އެ ލިސްޓަށް ފާހެއް އިތުރުކުރަން އިދާރާއަކުން ބޭނުންވާ ހާލަތްތަކުގައި ނޭށަނަލް ޕޭ ކޮމިށަނުގެ ފަރާތުން އެކަން ވަޒަންކުރުމަށްފަހު އެ ލިސްޓު އަދާހަމަކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދޭނެއެވެ.

(ށ) ފާސްތަކުގެ ލިސްޓަށް އެއްވެސް ފާހެއް އިތުރުކުރުމަށް އިދާރާއަކުން އެދޭނަމަ އެކަން ނޭށަނަލް ޕޭ ކޮމިށަނަށް އީމެއިލްގެ ޒަރިއާއިން ([email protected]) ލިޔެ ހުއްދަ ހޯދަންވާނެއެވެ. އެގޮތުން ހުށަހަޅާއިރު ޖޮބް މެޓްރިކްސްގެ ނަމާއި ރޭންކާއި، ހުށަހަޅާ ފާހުގެ ނަން ބަޔާންކުރަންވާނެއެވެ. އެފަދަ މަގާމަކަށް އިއުލާނުކުރަންވާނީ އެފާހެއް އެ ޖޮބް މެޓްރިކްސްގައި ހިމެނުމަށް ނޭށަނަލް ޕޭ ކޮމިށަނުން ހުއްދަ ދިނުމަށްފަހުގައެވެ. މިއީ ޖޮބް މެޓްރިކްސްތައް އަދާހަމަކޮށް ބެލެހެއްޓުމަށް ކުރަންޖެހޭނެ ކަމެއް ކަމުގައިވާތީ، މިކަމަށް އިދާރާތަކުން ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތައުލީމީ ފާސްތަކުގެ ނަންތަކާއި ކިޔަވައިދޭ މާއްދާތަކަށް ރިއާޔަތްކޮށް ތައުލީމީ ފާސްތައް ބޭނުންކުރުމަށްޓަކައި މި މިންގަނޑުގެ 1 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން އިދާރާތަކުން ނުވަތަ ރެގިއުލޭޓަރީ އިދާރާތަކުން ތަފްސީލީ އުސޫލުތައް އެކުލަވާލުމަށް ހުރަހެއް ނޯންނާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ފަދައިން ފާހެއް އިތުރުކުރާނަމަ، މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓްގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެކަން ނޭށަނަލް ޕޭ ކޮމިށަނަށް ހުށަހަޅާނީ އެ ރެގިއުލޭޓަރީ މަސްއޫލިއްޔަތު އަދާކުރާ އިދާރާއަކުންނެވެ. 

(ބ) މި މާއްދާގެ (ހ) ގައިވާ ފަދައިން އިހްތިޔާރު ބޭނުންކުރާއިރު އެއް އިދާރާއަކަށް އެކިފަހަރު އިއުލާނުކުރާއިރު އެކި ފާސްތައް ބޭނުންކޮށްގެން ނުވާނެއެވެ. ޖޮބް މެޓްރިކްސްތަކުގައި ބަޔާންކޮށްފައިވާ ފާސްތަކުގެ ތެރެއިން އެ އިދާރާއަކުން ނުވަތަ އެ އިދާރާއަކަށް ބޭނުންކުރާނެ ފާސްތައް އޮންނަންވާނީ ދުރާލާ ކަނޑައަޅާފައެވެ. މިއީ އިދާރާގެ ފަރާތުން ވަކިވަކި ފަރުދުންނަށް (މަގާމަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް) ނާޖާއިޒު ގޮތެއްގައި ފަހި ފުރުސަތުތައް ހޯދައިދިނުން ހުއްޓުވުމަށްޓަކައި ބޭނުންތެރިކަމެވެ.

 

7 ވަނަ މާއްދާ - މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް 

(ހ) މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް ކަމުގައި ޖޮބް މެޓްރިކްސްތަކުގައި ހިމަނާފައިވާނީ އެ މަގާމެއްގެ މަސައްކަތުގެ ތަޖުރިބާގުނުމުގައި ބަލާނެ ދާއިރާތަކެވެ. އެގޮތުން ޖޮބް މެޓްރިކްސްތަކުގައިބަޔާންކޮށްފައިވާ ދާއިރާތައް އިތުރަށް ތަފްސީލްކުރުމުގެ ގޮތުން އިދާރާތަކުން ތަފްސީލީ އުސޫލުތައް އެކުލަވާލެވިދާނެއެވެ. މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓްގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދަ އުސޫލުތައް އެކުލަވާލާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ.

(ށ) މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ޖޮބް މެޓްރިކްސްތަކުގައި "މެނޭޖީރިއަލް" ފެންވަރުގެ މަސައްކަތްތައް ކަމުގައި ކަނޑައަޅާފައިވާނީ ދައުލަތުގެ ޕޭފްރޭމްވަރކްގައި މެނޭޖީރިއަލް ގިންތީގެ މަގާމުތަކުގެ ތަޖުރިބާއެވެ. ދައުލަތުގެ ޕޭފްރޭމްވަރކަށް އަމަލުކުރަން ފެށުމުގެ ކުރީގައި ލިބިފައިވާ ތަޖުރިބާގެ ތެރެއިންމެނޭޖީރިއަލް ފެންވަރުގެ ތަޖުރިބާގެ ގޮތުގައި ބަލާނީ ހިންގުމުގެ އިސް މަގާމުތަކުގައި ލިބިފައިވާ ތަޖުރިބާތަކާއި ހިންގުމުގެ މަސްއޫލިއްޔަތުއަދާކޮށްފައިވާ މަގާމުތަކުގެ ތަޖުރިބާއެވެ. މީގެ އިތުރުން މަގާމުގެ ގޮތުން ހިންގުމުގެ އިސް މަގާމެއް ނޫން ހަލާތްތަކުގައިވެސް ހިންގުމުގެ ޒިންމާ އަދާކޮށްފައިވާ މުއްދަތު ގުނުމުގައި ހުރަހެއް ނޯންނާނެއެވެ.

(ނ) މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ޖޮބް މެޓްރިކްސްތަކުގައި "ފަންނީ" ނުވަތަ"ދިރާސާ" ކުރުމުގެ މަސައްކަތްތައް ކަމުގައި ކަނޑައަޅާފައިވާނީ ދައުލަތުގެ ޕޭ
ފްރޭމްވަރކްގައި ޕްރޮފެށަނަލް ގިންތީގައާއި އެސޯސިއޭޓް ޕްރޮފެށަނަލް ގިންތީގައާއި ސްކިލްޑް މަސައްކަތްތެރިންގެ މަގާމުތަކުގެ ތަޖުރިބާއެވެ. ދައުލަތުގެޕޭ ފްރޭމްވަރކަށް އަމަލުކުރަން ފެށުމުގެ ކުރީގައި ލިބިފައިވާ ތަޖުރިބާގެ ތެރެއިން ފަންނީ ނުވަތަ ދިރާސާ ކުރުމުގެ ތަޖުރިބާގެ ގޮތުގައި ބަލާނީ މަގާމުގެމަސްއޫލިއްޔަތުގެ ތެރޭގައި ފަންނީ މަސައްކަތްތަކާއި ދިރާސާކުރުމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ މަގާމުތަކުގެ ތަޖުރިބާއެވެ. މީގެ އިތުރުން މަގާމުގެ ގޮތުން ޕްރޮފެށަނަލް ނުވަތަ އެސޯސިއޭޓް ޕްރޮފެށަނަލް ގިންތީގެ މަގާމެއް ކަމުގައި ނުހިމެނޭ ހާލަތްތަކުގައިވެސް ފަންނީ މަސައްކަތްތަކާއި ދިރާސާކުރުމުގެ މަސައްކަތް އަދާކޮށްފައިވާނަމަ އެ މަސައްކަތްތަކުގެ މުއްދަތު ގުނުމުގައި ހުރަހެއް ނޯންނާނެއެވެ.

(ރ) މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ޖޮބް މެޓްރިކްސްތަކުގައި "އިދާރީ" މަސައްކަތްތައް ކަމުގައި ކަނޑައަޅާފައިވާނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ސެކްރެޓޭރިއަލް ގިންތީގެ މަގާމުތަކުގެ ތަޖުރިބާއެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކަށްއަމަލުކުރަން ފެށުމުގެ ކުރީގައި ލިބިފައިވާ ތަޖުރިބާގެ ތެރެއިން އިދާރީ ތަޖުރިބާގެގޮތުގައި ބަލާނީ މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި އިދާރީ މަސައްކަތްތަކުގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ މަގާމުތަކުގެ ތަޖުރިބާއެވެ.

 

8 ވަނަ މާއްދާ - މަގާމުގެ މައިގަނޑު މަސައްކަތްތައް 

(ހ) ޖޮބް މެޓްރިކްސްތަކުގައި މަގާމުގެ މައިގަނޑު މަސައްކަތްތައް ކަމުގައިބަޔާންކޮށްފައިވާނީ އެ ޖޮބް މެޓްރިކްސެއްގެ އެ ރޭންކެއްގެ މަގާމެއް މަސްއޫލިއްޔަތުތަކުގެ މިސާލުތަކެކެވެ. މަގާމު ނިސްބަތްވާ އިދާރާއެއްގެ މެންޑޭޓަށް ރިއާޔަތްކޮށް މަސައްކަތްތަކުގެ ލިސްޓަށް އުނިއިތުރު ގެންނާނީ އެ އިދާރާއަކުންނެވެ. މިގޮތުން އުނިއިތުރު ގެންނައިރު އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއަކަށާއި އެ ޖޮބް މެޓްރިކްސެއްގައި އެ މަގާމު ނިސްބަތްވާ ރޭންކުގެމަސްއޫލިއްޔަތުގެ ބުރަދަނަށް ރިއާޔަތްކޮށްގެން މަސައްކަތްތަކުގެ ލިސްޓަށްއުނިއިތުރު ގެނައުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. މިސާލެއްގެ ގޮތުންމެނޭޖީރިއަލް ގިންތީގެ މަގާމެއްނަމަ ހިންގުމުގެ ޒިންމާ އެ މަގާމެއްގައި ހިމަނަންވާނެއެވެ. އަދި އެ މަގާމަކާނުގުޅޭ މަސްއޫލިއްޔަތުތައް ނުހިމެނުމަށް ސަމާލުކަންދޭންވާނެއެވެ. 

(ށ) ބައެއް ޖޮބް މެޓްރިކްސްތަކުގައި އެއް ރޭންކެއްގައި ތަފާތު ނަންނަމުގައި މަގާމުތައް ހިމަނާފައިވާނެއެވެ. ނަމަވެސް އެއިން ކޮންމެ މަގާމެއްގެމަސައްކަތްތައް ބަޔާންކޮށްފައި ނުވާނެއެވެ. އެފަދަ ހާލަތްތަކުގައި އެ މަގާމެއްގެ މަސްއޫލިއްޔަތުތައް އެ އިދާރާއަކުން އެކުލަވާލަންވާނެއެވެ. އަދި އެއްވެސް ޖޮބްމެޓްރިކްސްއަކަށް އަލަށް މަގާމެއްގެ ނަމެއް ހިމަނާކަމުގައިވާނަމަ، އެފަދަމަގާމުތަކުގެ މަސްއޫލިއްޔަތުތައްވެސް އެ އިދާރާއަކުން އެކުލަވާލަންވާނެއެވެ.

 

9 ވަނަ މާއްދާ - އެހެނިހެން ކަންތައްތައް

ޖޮބް މެޓްރިކްސްތަކާގުޅޭ، މި މިންގަނޑުގައި ނެތް ކަންތައްތަކާގުޅޭ ގޮތުން ނޭށަނަލް ޕޭ ކޮމިށަނުގެ ލަފާ ހޯދަންވާނެއެވެ. 

 

 

 

 

-------------------

 

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަ ކުރުމުގެ އާންމު މިންގަނޑު 

03-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

(ހ) މިއީ ދައުލަތުގެ އިދާރާތަކުގެ މަގާމުތައް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑެވެ.

(ށ) ތިރީގައި އެވަނީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުގައި ދައުލަތުގެއިދާރާތަކުން ގެންގުޅޭނެ އާންމު މިންގަނޑެވެ. މި މިންގަނޑަށް ރިއާޔަތްކޮށްއިދާރާތަކުގެ މަގާމުތައް ހިޖުރަކުރުމުގައި ގެންގުޅޭނެ ތަފްސީލީ އުސޫލުތައް އިދާރާތަކުން އެކުލަވާލެވިދާނެއެވެ. މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓްގެމަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދަ އުސޫލުތައް އެކުލަވާލާނީއެފަދަ މަރުކަޒީ އިދާރާއަކުންނެވެ.

 

2 ވަނަ މާއްދާ - އާންމު މިންގަނޑު

(ހ) ދައުލަތުގެ ކޮންމެ އިދާރާއެއްގެ އޮގަނައިޒޭށަން ސްޓްރަކްޗަރއެއް އޮންނަންވާނެއެވެ. އޮގަނައިޒޭށަން ސްޓްރަކްޗަރގައިވާ މަގާމުތައްއިހްތިޔާރުކުރާނީ ޖޮބް މެޓްރިކްސްތަކުންނެވެ. މިގޮތުން މަގާމުތައްކަނޑައަޅާއިރު އެ އިދާރާއެއްގެ މެންޑޭޓަށް ރިއާޔަތްކޮށް އެ އިދާރާއަކުން ބޭނުންކުރާ ޖޮބް މެޓްރިކްސް އާއި އެ ޖޮބް މެޓްރިކްސެއްގެ ރޭންކް އިހްތިޔާރު ކުރުމުގައި ސަމާލުކަން ދޭންވާނެއެވެ. އަދި، އެ މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކަށް ބޭނުން ވާ ފައިސާ ހަމަޖެހިފައިވާ އުސޫލުން ބަޖެޓްކުރެވިފައިވާންވާނެއެވެ.

(ށ) މިހާތަނަށް ވަޒީފާގެ ހާއްސަ އޮނިގަނޑުތައް އެކުލަވާލައި އަމަލުކުރަމުންދާފަންނުތަކުގެ މަގާމުތައް، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރަންވާނީ އެފަންނަކަށް އެކުލަވާލަފައިވާ ޖޮބް މެޓްރިކްސްއަކަށެވެ.

(ނ) މިހާތަނަށް ވަޒީފާގެ އާންމު އޮނިގަނޑުތަކުގައި ހުންނަ މަގާމުތަކުގެ ތެރެއިންދައުލަތުގެ ޕޭ ފްރޭމްވަރކްގައި ފަންނެއްގެ ގޮތުގައި ނުވަތަ ހާއްސަ މަސައްކަތެއްގެ ގޮތުގައި ބަލައި ވަކި ޖޮބް މެޓްރިކްސެއް އެކުލަވާލާފައިވާހާލަތްތަކުގައި އެފަދަ މަގާމުތައް ހިޖުރަކުރުމަށް އިސްކަންދޭންވާނީ އެފަދަ ޖޮބް މެޓްރިކްސްއަކަށެވެ. އެފަދަ ޖޮބް މެޓްރިކްސްއަކަށް ހިޖުރަކުރުމަށް އިހްތިޔާރުނުކުރާ ހާލަތްތަކުގައި އެފަދަ މަގާމުތައް ހިޖުރަކުރަންވާނީ "ޖެނެރަލްއެޑްމިނިސްޓްރޭށަން ޕްރޮފެށަނަލުން" ފަދަ އާންމު ޖޮބްމެޓްރިކްސްއަކަށެވެ.

(ރ) ޖޮބް މެޓްރިކްސްތަކަށް ހިޖުރަ ކުރުމުގައި ބަލަންވާނީ މިހާރު މަގާމަށްކަނޑައަޅާފައިވާ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އެންމެ ދިމާވަނީ ޖޮބް މެޓްރިކްސްގައި ކޮން ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ކަމަށެވެ. އާންމު އުސޫލެއްގެ ގޮތުން އެ މަގާމުގައި ހުރި މުވައްޒަފު މަގާމުގައި ހުރެގެން ހާސިލްކޮށްފައިވާ އިތުރު ތައުލީމީ ފާހާއި މަސައްކަތުގެ ތަޖުރިބާގެމުއްދަތަށް ބަލައިގެން ހިޖުރަކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްގެން ނުވާނެއެވެ.

(ބ) މިހާރު މަގާމަކަށް ކަނޑައަޅާފައިވާ ތައުލީމީ ފެންވަރާއި މަސައްކަތުގެތަޖުރިބާ، ޖޮބް މެޓްރިކްސްގައި ސީދާ އެއްހަމަ ތައުލީމީ ފެންވަރާއިމަސައްކަތުގެ ތަޖުރިބާ ނެތް ހާލަތްތަކުގައި އިސްކަންދޭނީ ޖޮބް މެޓްރިކްސްގައި އެންމެ ގާތް ކުރާ ތައުލީމީ ފެންވާރާއި މަސައްކަތުގެ ތަޖުރިބާ ކަނޑައަޅާފައިވާ ރޭންކަކަށް ބަދަލުކުރުމަށެވެ. ނަމަވެސް މިގޮތަށް ހިޖުރަކުރާއިރު އެއްވެސް 
މުވައްޒަފަކަށް މިހާރު ލިބޭ މުސާރައާއި އެލަވަންސްތަކަށް އުނިކަމެއް އަންނަފަދަ ހާލަތެއް މެދުވެރިވާނަމަ، ރޭންކުގެ ގޮތުން މަތީ ރޭންކެއްގެ މަގާމަކަށް ހިޖުރަކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެފަދަ އިސްތިސްނާ ދޭ ހާލަތްތަކުގައިވެސް އިދާރާގައި ހުންނަ އެއް މަސައްކަތެއް ކުރާ އެއް މަގާމުތަކެއްގެ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރުމަށް އިސްކަންދޭންވާނެއެވެ.

(ޅ) ކޮންމެ މަގާމެއްވެސް ކޮންމެވެސް އެއް ޖޮބް މެޓްރިކްސެއްގެ ކޮންމެވެސް އެއް ރޭންކަކަށް ހިޖުރަކުރަންޖެހޭނެއެވެ. އެގޮތުން ހިޖުރަކުރާއިރު ޖޮބް މެޓްރިކްސްތަކުގައި ކަނޑައަޅާފައިވާ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ ހިޖުރަކުރާ މުވައްޒަފުގެ ކިބައިގައި ނެތް ހާލަތެއް ނަމަވެސް އެފަދަ މުވައްޒަފުންވެސް މިހާރު ހުރި މަގާމުގެ ރޭންކުގެ ގޮތުން ޖޮބް މެޓްރިކްސްގައި އެންމެ ގާތްކަމަށް ބެލެވޭ ރޭންކެއްގެ މަގާމަކަށް ހިޖުރަކުރެވިދާނެއެވެ. ނަމަވެސް އެފަދަ މުވައްޒަފުން އެ ޖޮބް މެޓްރިކްސްގައި މަގާމުގެ ކުރިއެރުން ލިބޭނީ އެ ޖޮބް މެޓްރިކްސެއްގެ މަތީ ރޭންކުތަކަށް ކަނޑައަޅާފައިވާ ތައުލީމީފެންވަރާއި މަސައްކަތުގެ ތަޖުރިބާ ފުރިހަމަވާ ހާލަތްތަކުގައެވެ.

(ކ) ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމަށްފަހު، ޖޮބް މެޓްރިކްސެއްގައި އިސްތިސްނާއެއް ކަނޑައަޅާފައިނުވާ ނަމަ، ހުރިހާ ޖޮބް މެޓްރިކްސްތަކުގައިވެސް މަގާމުގެ ކުރިއެރުން ލިބޭނީ މިހާތަނަށްވެސްއަމަލުކުރަމުން ގެންގޮސްފައިވާ އުސޫލުން އިދާރާގެ އޮގަނައިޒޭށަންސްޓްރަކްޗަރގައި ހުސް މަގާމެއް އޮންނަ ހާލަތްތަކުގައެވެ. ނަމަވެސް ޖޮބް މެޓްރިކްސްތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މަގާމުގައި ހުރެގެންމުސާރައިގެ ކުރިއެރުން ލިބެމުންދާނެއެވެ.

(އ) ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރުކުރުމަށްފަހު، އެއް މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތައް އިތުރުކުރުމުގެ މަގްސަދުގައި އެއް ޖޮބް މެޓްރިކްސްއަކުން އަނެއް ޖޮބް މެޓްރިކްސްއަކަށް އެ މުވައްޒަފަކު ބަދަލެއް ނުކުރެވޭނެއެވެ.

(ވ) މި މިންގަނޑުގައި ބަޔާންކޮށްފައި ނެތް ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެލަފާ ނޭށަނަލް ޕޭ ކޮމިށަނުން ފޯރުކޮށްދޭނެއެވެ.

 

 

 

 

-------------------

 

މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު 

04-އެސްޓީ/2022/އެންޕީސީ-478

 

 

1 ވަނަ މާއްދާ - ތައާރަފު

މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތަކުގައިވާ މަގާމުތަކަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތް ކަނޑައަޅާފައިވާ މިންގަނޑެވެ.

 

2 ވަނަ މާއްދާ - މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތް 

(ހ) ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތަކުގައިވާ މަގާމުތަކަށް ކަނޑައަޅާފައިވާނީ މުސާރައާއި އިނާޔަތެކެވެ. މުސާރައަކީ އިނާޔަތް ނުހިމެނޭގޮތުން، ވަޒީފާ އަދާކުރާ ފަރާތަށްދެވޭ، ދުރާލާ ކަނޑައެޅިފައިއޮތް، އަދި، ކަނޑައެޅިފައިވާ ވަކި އުސޫލަކުން ދެވޭ، ވަޒީފާގެ ނުވަތަ މަސައްކަތުގެ އުޖޫރައެވެ. އެގޮތުން މުސާރައިގެ ތެރޭގައި ހިމެނޭނީ މަގާމުގެ އަސާސީ މުސާރަ (Salary Basic) އާއި މަގާމުގެ އެލަވަންސް (Allowance Job) އެވެ.

(ށ) މަގާމަށް ކަނޑައަޅާފައިވާ އިނާޔަތަކީ އަދާކުރާ ވަޒީފާއާ ގުޅޭ ގޮތުން، މުސާރައިގެ އިތުރަށް ދެވޭ ފައިސާއެވެ. އެގޮތުން މަގާމުގެ އިނާޔަތުގެ ތެރޭގައި ހިމެނޭނީ ހާޒިރީ އިނާޔަތް (Benefit Attendance) އެވެ.

 

3 ވަނަ މާއްދާ - އަސާސީ މުސާރަ  (Basic Salary)

(ހ) ޕަބްލިކް ސަރވިސް ރޭންކް 1 ން ފެށިގެން 12 ގެ ނިޔަލަށް ހިމެނޭ މަގާމުތަކުގެ އަސާސީ މުސާރަ ބަޔާންކޮށްފައިވާނީ އެ ފަންނަކަށް އެކުލަވާލަފައިވާ ޖޮބް މެޓްރިކްސްއެއްގައެވެ.

(ށ) ޖޮބް މެޓްރިކްސްގައި މަގާމުގެ އަސާސީ މުސާރަ ކަނޑައަޅާފައިވާނީ 1މަހުގެ ޖުމްލަ އަސާސީ މުސާރައިގެ ގޮތުގައެވެ.

(ނ) އަސާސީ މުސާރައިން ދުވަހަކަށް ޖެހޭ މިންވަރު ބަލާނީ އަސާސީ މުސާރަ 30 އިން ގެއްލައިގެންނެވެ.

(ރ) އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު ހިސާބުކުރާނީ މި މާއްދާގެ(ނ) އިން އަންނަ އަދަދު 8 ން ގެއްލައިގެންނެވެ.

(ބ) އަސާސީ މުސާރައިން މިނެޓަކަށް ޖެހޭ މިންވަރު ބަލާނީ މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ގަޑިއަކަށް ޖެހޭ މިންވަރު ހިސާބު ކުރުމަށްފަހު 60 އިން ގެއްލައިގެންނެވެ.

 

4 ވަނަ މާއްދާ - މަގާމުގެ އެލަވަންސް (Job Allowance)

(ހ) ޕަބްލިކް ސަރވިސް ރޭންކް 1 ން ފެށިގެން 12 ގެ ނިޔަލަށް ހިމެނޭ މަގާމުތަކުގެ އެލަވަންސް ބަޔާންކޮށްފައިވާނީ އެ ފަންނަކަށް އެކުލަވާލަފައިވާޖޮބް މެޓްރިކްސްއެއްގައެވެ.

(ށ) މަގާމުގެ އެލަވަންސް ކަނޑައަޅާފައިވާނީ 1 މަހުގެ ޖުމްލަ އެލަވަންސްގެ ގޮތުގައެވެ.

(ނ) މަގާމުގެ އެލަވަންސްއިން ދުވަހަކަށް ޖެހޭ މިންވަރު ބަލާނީ ފިކްސްޑް ޖޮބްއެލަވަންސް 30 އިން ގެއްލައިގެންނެވެ.

(ރ) މަގާމުގެ އެލަވަންސްއިން ގަޑިއަކަށް ޖެހޭ މިންވަރު ހިސާބުކުރާނީ މި މާއްދާގެ (ނ) އިން އަންނަ އަދަދު 8 ން ގެއްލައިގެންނެވެ.

(ބ) މަގާމުގެ އެލަވަންސްއިން މިނެޓަކަށް ޖެހޭ މިންވަރު ބަލާނީ މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ގަޑިއަކަށް ޖެހޭ މިންވަރު ހިސާބު ކުރުމަށްފަހު 60 އިން ގެއްލައިގެންނެވެ.

 

5 ވަނަ މާއްދާ - ހާޒިރީ އިނާޔަތް (Attendance Benefit)

(ހ) ޕަބްލިކް ސަރވިސް ރޭންކް 1 ން ފެށިގެން 12 ގެ ނިޔަލަށް ހިމެނޭ މަގާމުތަކުގެ ހާޒިރީ އިނާޔަތް ބަޔާންކޮށްފައިވާނީ އެ ފަންނަކަށް އެކުލަވާލަފައިވާ ޖޮބް މެޓްރިކްސްއެއްގައެވެ. 

(ށ) ހާޒިރީ އިނާޔަތަކީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް ދެވޭ އިނާޔަތެކެވެ. އޮފީހަށް ހާޒިރުވުންކަމުގައި މާނަކުރާނީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފުފިޒިކަލީ އޮފީހަށް ހާޒިރުވުމާއި، ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން އޮންލައިންކޮށް މަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައި އެ އިދާރާއެއްގައިހަމަޖެހިފައިވާ އުސޫލުން ސައިން-އިން ވެގެން ހާޒިރުވުމާއި، ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރަށްކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކެވެ.

(ނ) ހާޒިރީ އިނާޔަތުގެ ގޮތުގައި ޖޮބް މެޓްރިކްސްތަކުގައި ބަޔާންކޮށްފައިވާނީ 1ދުވަހަށް އިނާޔަތުގެ ގޮތުގައި ދެވޭނެ މިންވަރެވެ.

 

6 ވަނަ މާއްދާ - ވަޒީފާއަށް ނުނިކުތުމުންނާއި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު އުނިކުރުން

(ހ) މުވައްޒަފު ވަޒީފާއަށް ނުނިކުތުމުންނާއި، ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އޭނާގެ އަސާސީ މުސާރައިންނާއި މަގާމުގެ އެލަވަންސުން އުނިކުރާނީ މި މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތަށެވެ.

(ށ) ވަޒީފާ އަދާކުރާ އިދާރާއިން ކުރިއަށް ޗުއްޓީއެއް ހަމަޖެއްސުމަކާ ނުލައިމުވައްޒަފު ވަޒީފާއަށް ހާޒިރުނުވާ ދުވަހަކަށް އުނިކުރާނީ މުވައްޒަފުގެ އަސާސީ މުސާރައާއި މަގާމުގެ އެލަވަންސުން ދުވަހަކަށް ޖެހޭ އަދަދެވެ.

(ނ) މުވައްޒަފު ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު އުނިކުރާނީ މި މިންގަނޑުގެ 3 ވަނަ މާއްދާގެ (ބ) އާއި 4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން މިނިޓެކަށް ޖެހޭ މިންވަރު ވަޒީފާއަށް ނުނިކުމެ ހުރި ޖުމްލަ މިނެޓާ ގުނަކޮށްގެންނެވެ.

 

 

 

 

-------------------

 

ޖޮބް މެޓްރިކްސްތަކުގެ ޕޭ ސްޓްރަކްޗަރ ބޭނުންކުރާނެ ގޮތުގެ އާންމު މިންގަނޑު

05-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

(ހ) މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތަކުގައިވާ މުސާރައާއި އިނާޔަތްތަކުގެ ބައިތައް (ޕޭ ސްޓްރަކްޗަރ) ބޭނުންކުރާނެ ގޮތުގެ އާންމު މިންގަނޑެވެ.

(ށ) މި މިންގަނޑު ބޭނުންކުރަންވާނީ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" އާއި "ޖޮބް މެޓްރިކްސްތައް ބޭނުންކުރާނެގޮތުގެ އާންމު މިންގަނޑު" އާއި "ބައެއް އެލަވަންސްތަކާއި އިނާޔަތް ދިނުމުގައި ދައުލަތުގެ މުއައްސަސާތައް ގިންތިކުރުމުގެ މިންގަނޑު" އަދި މަގާމުގެ ކުރިއެރުން ދިނުމާ ގުޅޭގޮތުން ނެށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

2 ވަނަ މާއްދާ - މަގާމުގެ އަސާސީ މުސާރަ

ކޮންމެ ޖޮބް މެޓްރިކްސްއެއްގައި ކޮންމެ ޕަބްލިކް ސަރވިސް ރޭންކެއްގެ އަސާސީ މުސާރަ އެ ޖޮބް މެޓްރިކްސްއެއްގައި ބަޔާންކޮށްފައިވާނެއެވެ. އެއް ޖޮބް މެޓްރިކްސްއަކަށް ނިސްބަތްވާ އެއް ރޭންކެއްގެ މަގާމެއް ކަމުގައިވާނަމަ، އެ ރޭންކެއްގައި ހުންނަ ދައުލަތުގެ ހުރިހާ މަގާމުތަކަށް ލިބޭނީ އެ އަސާސީ މުސާރައެކެވެ.

 

3 ވަނަ މާއްދާ - މަގާމުގެ އެލަވަންސާއި ހާޒިރީ އިނާޔަތުގެ ސްޓްރަކްޗަރ

(ހ) މަގާމުގެ އެލަވަންސްއާއި ހާޒިރީ އިނާޔަތުގެ ސްޓްރަކްޗަރއެކުލަވާލާފައިވާނީ ދައުލަތުގެ މުއައްސަސާތައް ގިންތިކުރުމުގެ މިންގަނޑު އަސާސެއްގެ ގޮތުގައި ބޭނުންކޮށްގެން މަގާމުގެ އެލަވަންސާއި ހާޒިރީ އިނާޔަތުގެ މިންވަރުގައި ތަފާތު ގެންނަގޮތަށެވެ.

(ށ) މަގާމުގެ އެލަވަންސްއާއި ހާޒިރީ އިނާޔަތުގެ ސްޓްރަކްޗަރ އެކުލަވާލާފައިވާ ގޮތުގެ ނަމޫނާއެއް ތިރީގައި އެވަނީއެވެ. 

 

 

4 ވަނަ މާއްދާ - މުއައްސަސާތަކުގެ ގިންތިއާ އެއްގޮތްވާ ގޮތުގެ މަތިން ހާޒިރީ އިނާޔަތާއި މަގާމުގެ އެލަވަންސް ދިނުން

(ހ) ދައުލަތުގެ ތަފާތު ގިންތީގައި ހިމެނޭ މަގާމުތަކުގެ ޖޮބް މެޓްރިކްސްތަކުގައި ޕޭ ސްޓްރަކްޗަރ ހިމަނާފައިވާނީ މަތީގައިވާ ނަމޫނާގައިވާ ފަދައިން ތަފާތު ގިންތިތައް ހިމެނޭގޮތަށެވެ.

(ށ) ގިންތި 1 އަށް ނިސްބަތްވާ މުއައްސަސާތަކުގެ މަގާމުތަކަށް ދޭނީ ގިންތި 1 ގެ ހާޒިރީ އިނާޔަތާއި މަގާމުގެ އެލަވަންސެވެ. ހަމަ އެފަދައިން ގިންގި 2، 3 އަދި 4 ގެ މުއައްސަސާތަކަށް ދޭނީ އެ މުއައްސަސާއެއް ނިސްބަތްވާ ގިންތިއަކަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތާއި މަގާމުގެ އެލަވަންސެވެ.

(ނ) ޕޭ ސްޓްރަކްޗަރގެ ގޮތުގައި ޖޮބް މެޓްރިކްސްއެއްގައި މުއައްސަސާއެއްގެ ގިންތިއެއް ހިމަނާފައި ނެތް ހާލަތެއްގައި އެފަދަ މުއައްސަސާއަކުން އެ ޖޮބް މެޓްރިކްސްގެ ދަށުން މަގާމަކަށް މީހަކު އައްޔަންކުރަން ބޭނުންވާނަމަ، އެކަން ނޭށަނަލް ޕޭ ކޮމިށަނަށް ހުށަހެޅުމުން އެ ގިންތިއެއްގެ މުއައްސަސާގެ ޕޭ ސްޓްރަކްޗަރ ހިމަނައިގެން އެ ޖޮބް މެޓްރިކްސެއް އަދާހަމަ ކުރެވޭނެއެވެ.  

 

 

 

 

-------------------

މުސާރައިގެ ކުރިއެރުން ދިނުމުގެ މިންގަނޑު 

06-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ ތައާރަފު

މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި މުސާރައިގެ ކުރިއެރުން ދޭނެ ގޮތުގެ މިންގަނޑެވެ. 

 

2 ވަނަ މާއްދާ - މުސާރައިގެ ކުރިއެރުން މާނަކުރުން 

ދައުލަތުގެ ޕޭ ފްރޭމްވަރކްގައި މުސާރައިގެ ކުރިއެރުން ކަމުގައި ބަލާފައިވާނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ "މަގާމުގެ އެލަވަންސް" (Allowance Job) ގެ 1 ވަނަ ހަރުފަތުން 3 ވަނަ ހަރުފަތަށް ލިބޭނެ ކުރިއެރުމަށެވެ.

(ށ) "މަގާމުގެ އެލަވަންސް" ގެ ގޮތުގައި ކޮންމެ މަގާމަކަށް ލިބޭނެ މިންވަރު އެމަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގައި ބަޔާންކޮށްފައިވާނެއެވެ.

(ނ) ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާއިރު ކޮންމެ މަގާމެއްވެސް ފަށާނީ އެ މަގާމެއްގެ "މަގާމުގެ އެލަވަންސް" ގެ 1 ވަނަ ހަރުފަތުންނެވެ.

 

3 ވަނަ މާއްދާ - މުސާރައިގެ ކުރިއެރުމުގެ 2 ވަނަ ހަރުފަތް

(ހ) މުސާރައިގެ ކުރިއެރުން ލިބޭނީ އެ މުވައްޒަފު ހުރި މަގާމުގައި މަދުވެގެން 2އަހަރު މަސައްކަތްކޮށް، އެ އިދާރާއެއްގައި ގާއިމްކޮށްފައިވާ މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން އެ 2 އަހަރުވެސް ވިދިވިދިގެން މަދުވެގެން 75 އިންސައްތަމާރކްސް ހޯދުމުންނެވެ. (މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގައި ރޭޓިންގ ސްކޭލެއް ބޭނުންކުރާ ހާލަތްތަކުގައި އެ އިދާރާއަކުން ބޭނުންކުރާ ސްކޭލްގައި 75 އިންސައްތަ ކަމުގައި ބަލާނެ ބެންޗްމާރކެއް ކަނޑައަޅަންވާނެއެވެ.) 

(ށ) ވިދިވިދިގެން 2 އަހަރު މަދުވެގެން 75 އިންސައްތަ މާރކްސް ނުލިބިއްޖެ ހާލަތެއްގައި، އެފަދަ މުވައްޒަފަކަށް މުސާރައިގެ ކުރިއެރުން ލިބޭނީ އެމުވައްޒަފެއް ވިދިވިދިގެން 2 އަހަރު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން
މަދުވެގެން 75 އިންސައްތަ މާރކްސް ހޯދުމުންނެވެ.

(ނ) މަގާމުގައި ހޭދަކުރާ 2 އަހަރާއި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ 2އަހަރު ދިމާވާނީ ތަފާތު ދުވަސްތަކަށް ކަމުގައިވާތީ، އަމަލުކުރާނެ އާންމު ގޮތްތައް ތިރީގައި އެވަނީއެވެ.

  1. މަގާމުގައި 2 އަހަރު ހޭދަކުރުމުން، އެ ތާރީހުގެ ކުރިން ނިމިދިޔަމަސައްކަތުގެ ފެންވަރު ބެލުމުގެ 2 އަހަރު ދުވަހުގެ މާރކްސް ބެލުން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމަށްފަހު މަގާމުގައި 2 އަހަރު ހޭދަކުރުމުން، އެ ތާރީހުގެ ކުރިން ނިމިދިޔަ މަސައްކަތުގެ ފެންވަރުބެލުމުގެ 2 އަހަރު ދުވަހުގެ މާރކްސް ބެލުން
  3. މަގާމުގައި 2 އަހަރު ހޭދަކުރިއިރު 2 އަހަރު މަސައްކަތުގެ ފެންވަރު ބަލަންނުޖެހޭ ހާލަތް މެދުވެރިވާ މުވައްޒަފުންނަށް، މުސާރައިގެ ކުރިއެރުންދޭންވާނީ މަސައްކަތުގެ ފެންވަރު ބެލުމުގެ 2 އަހަރު ފުރިހަމަވުމުންނެވެ.
  4. މަގާމުގައި 2 އަހަރު ހޭދަކުރުމުގެ ކުރިން 2 އަހަރު މަސައްކަތުގެ ފެންވަރު ބަލާފައިވާ މުވައްޒަފުންނަށް، މުސާރައިގެ ކުރިއެރުން ދޭންވާނީ މަގާމުގައި 2 އަހަރުވުމަށްފަހުގައެވެ.

(ރ) މުސާރައިގެ ކުރިއެރުމުގެ ގޮތުގައި "މަގާމުގެ އެލަވަންސް" ގެ 2 ވަނަ ހަރުފަތުގައި ލިބޭނެ މިންވަރު ބަޔާންކޮށްފައިވާނީ އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގައެވެ.

 

4 ވަނަ މާއްދާ - މުސާރައިގެ ކުރިއެރުމުގެ 3 ވަނަ ހަރުފަތް

(ހ) "މަގާމުގެ އެލަވަންސް" ގެ 3 ވަނަ ހަރުފަތަށް މުސާރައިގެ ކުރިއެރުން ލިބޭނީ "މަގާމުގެ އެލަވަންސް" ގެ 2 ވަނަ ހަރުފަތުގައިވާ "މަގާމުގެ އެލަވަންސް" ލިބުމަށްފަހު ހަމަ އެމަގާމުގައި އެ މުވައްޒަފު މަދުވެގެން 2 އަހަރު  މަސައްކަތްކޮށް، އެ އިދާރާއެއްގައި ގާއިމްކޮށްފައިވާ މަސައްކަތުގެ ފެންވަރު  ބެލުމުގެ ނިޒާމުން އެ 2 އަހަރު ވިދިވިދިގެން މަދުވެގެން 75 އިންސައްތަ މާރކްސް ހޯދުމުންނެވެ.

(ށ) "މަގާމުގެ އެލަވަންސް" ގެ 2 ވަނަ ހަރުފަތުގައިވާ "މަގާމުގެ އެލަވަންސް" ލިބުމަށްފަހު ހަމަ އެމަގާމުގައި ވިދިވިދިގެން 2 އަހަރު މަދުވެގެން 75 އިންސައްތަމާރކްސް ނުލިބިއްޖެ ހާލަތެއްގައި، އެފަދަ މުވައްޒަފަކަށް މުސާރައިގެ ކުރިއެރުންލިބޭނީ "މަގާމުގެ އެލަވަންސް" ގެ 2 ވަނަ ހަރުފަތުގައިވާ "މަގާމުގެ އެލަވަންސް" ލިބުމަށްފަހު ހަމަ އެމަގާމުގައި ވިދިވިދިގެން 2 އަހަރު މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން މަދުވެގެން 75 އިންސައްތަ މާރކްސް ހޯދުމުންނެވެ.

(ނ) "މަގާމުގެ އެލަވަންސް" ގެ 2 ވަނަ ހަރުފަތުގައިވާ "މަގާމުގެ އެލަވަންސް" ލިބުމަށްފަހު އެ ހަރުފަތުގައި ހޭދަކުރާ 2 އަހަރާއި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ 2 އަހަރު ދިމާވާނީ ތަފާތު ދުވަސްތަކަށް ކަމުގައިވާތީ، އެ ހާލަތްތަކުގައިވެސް އަމަލު ކުރާނީ މި މިންގަނޑުގެ 3 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތިންނެވެ.

(ރ) މުސާރައިގެ ކުރިއެރުމުގެ ގޮތުގައި "މަގާމުގެ އެލަވަންސް" ގެ 3 ވަނަ ހަރުފަތުގައި ލިބޭނެ މިންވަރު ބަޔާންކޮށްފައިވާނީ އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގައެވެ.

 

5 ވަނަ މާއްދާ - މުސާރައިގެ ކުރިއެރުން ދިނުމާގުޅުންހުރި މުހިއްމު ބައެއް ކަންތައް ތައް 

(ހ) މުސާރައިގެ ކުރިއެރުން ދިނުމުގައި ބޭނުންކުރާނެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ކޮންމެ އިދާރާއެއްގައި ގާއިމްކޮށްފައި އޮންނަންވާނެއެވެ. އަދި ދައުލަތުގެޕޭ ފްރޭމްވަރކްގައި ޖޮބް މެޓްރިކްސްތަކުގައި މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވާ ހުރިހާ ރޭންކެއްގެ ވަޒީފާއެއްގެ މަސައްކަތުގެ ފެންވަރު ބަލަންވާނެއެވެ.

(ށ) އިދާރާގައި ގާއިމްކޮށްފައިވާ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގައި ހިމަނަންވާނެ އަސާސީ ކަންތައްތައް ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުގެ އާންމު މިންގަނޑު" ގައި ބަޔާންކޮށްފައިވާނެއެވެ.

(ނ) މުސާރައިގެ ކުރިއެރުން ލިބެންޖެހޭނެކަމަށް މި މިންގަނޑުގައި ބަޔާންކޮށްފައިވާ ހާލަތްތައް ފުރިހަމަވުމުން، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައްފުރިހަމަކުރުމަށްފަހު، ވީއެންމެ އަވަހަކަށް، އެ މުވައްޒަފަކަށް ދޭންޖެހޭމުސާރައިގެ ކުރިއެރުން ލިބުނު ކަމުގެ ރަސްމީ ލިޔުމެއް އިދާރާގެ ފަރާތުން(މަރުކަޒީ އިދާރާއަކުން ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދަ މަރުކަޒީ އިދާރާއަކުން) އެ މުވައްޒަފަކަށް ދޭންވާނެއެވެ. އެ މުވައްޒަފެއްގެ މުސާރައިގެކުރިއެރުން ލިބޭނީ އެ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ހައްގުވާ ދުވަހުން ފެށިގެންނެވެ.

(ރ) މުވައްޒަފު މަސައްކަތްކުރާ އިދާރާ ބަދަލުވުމުން ނުވަތަ މުވައްޒަފަށް މަގާމުގެ ކުރިއެރުމެއް ލިބުމުން ނުވަތަ މުވައްޒަފު އެހެން ޖޮބް މެޓްރިކްސްއެއްގެ މަގާމަކަށް ބަދަލުވުންފަދަ ތަފާތު ސަބަބުތައް މެދުވެރިވެގެން އެ މުވައްޒަފެއްގެ މަސައްކަތުގެ  ފެންވަރު ބެލުމުގެ މުއްދަތަށް ބަދަލު އަންނަ ހާލަތްތަކުގައި މި މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުސާރައިގެ ކުރިއެރުން ދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

(ބ) މި މިންގަނޑަށް ރިއާޔަތްކޮށް ދައުލަތުގެ އިދާރާތަކުގައި މުސާރައިގެ ކުރިއެރުން ދޭނެ ތަފްސީލީ އުސޫލުތައް އިދާރާތަކުން އެކުލަވާލެވިދާނެއެވެ. މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓްގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދަ އުސޫލުތައް އެކުލަވާލާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ.

(ޅ) މުސާރައިގެ ކުރިއެރުން ލިބޭ ހާލަތްތަކުގައި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ މަގާމުގެ "އަސާސީ މުސާރަ" އަށާއި "ހާޒިރީ އިނާޔަތް" އަށް އުނިއިތުރެއް ނާންނާނެއެވެ.

 

 

 

 

-------------------

 

މަސައްކަތު ފެންވަރު ބެލުމުގެ އާންމު މިންގަނޑު

07-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފި

(ހ) މިއީ ދައުލަތުގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ އާންމު މިންގަނޑެވެ. މި މިންގަނޑަށް ރިއާޔަތްކޮށް އިދާރާތަކުގައި ބޭނުންކުރާނެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުތައް އެކުލަވާލާނީ އެ އިދާރާއަކުންނެވެ. މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓްގެ މަސައްކަތްތައް ރެގިއުލޭޓްކުރާހާލަތްތަކުގައި އެފަދަ ނިޒާމުތައް އެކުލަވާލާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ.

(ށ) މި މިންގަނޑުގެ މައިގަނޑު މަގްސަދަކީ "މުސާރައިގެ ކުރިއެރުން ދިނުމުގެމިންގަނޑު" ގައި މުސާރައިގެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބޭ މާރކްސްއަށް ބިނާކޮށްގެން ކަމަށްވާތީ، ދައުލަތުގެ ހުރިހާ އިދާރާތަކުގައި ބޭނުންކުރާ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުތަކުގައި އެއްހަމަ މައިގަނޑު އަސާސްތަކެއް ގެންގުޅުމަށް މަގުފަހިކުރުމެވެ.

 

2 ވަނަ މާއްދާ - މަސައްކަތު ފެންވަރު ބެލުމުގައި މުއްދަތު ބަލާނެ ގޮތް

(ހ)  މަސައްކަތު ފެންވަރު ބެލުމުގެ ބޭނުމަށް މަސައްކަތުގެ އަހަރު ބަލާނީ މީލާދީ އަހަރެއްގެ 12 މަސް ކަމުގައެވެ.  

(ށ) އަހަރު ތަފާތު ދުވަސްވަރުގައި ވަޒީފާއަށް އައްޔަންކުރާ މުވައްޒަފުންގެވެސް މަސައްކަތު ފެންވަރު ބަލަންވާނެއެވެ. 

(ނ) މަސައްކަތު ފެންވަރުބަލާ މުއްދަތުގައި ދައުލަތުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ބަދަލުވާ ނުވަތަ ބަދަލުކުރާ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލަންވާނީ އެމުވައްޒަފު ކުރިން މަސައްކަތްކުރި އިދާރާއާ ގުޅިގެންނެވެ. ނަމަވެސް ވަޒީފާ ބަދަލުވި ނުވަތަ ބަދަލުކުރި އިދާރާގައި މަސައްކަތުގެ ފެންވަރު ބަލާ މުއްދަތުގައި 90 ދުވަހަށްވުރެ އިތުރަށް މަސައްކަތްކޮށްފައިވާނަމަ، ހަމައެކަނި އެމުއްދަތަށް ބަލައިގެން މަސައްކަތު ފެންވަރު ބެލިދާނެއެވެ.  

(ބ) މަސައްކަތު ފެންވަރު ބަލާ މުއްދަތުގެ ތެރޭގައި މުވައްޒަފު ވަޒީފާއިން ވަކިވާނަމަ، ނުވަތަ ވަކިކުރާނަމަ، އެމުވައްޒަފަކު ވަޒީފާގައި އެންމެ ފަހުން މަސައްކަތްކުރި ދުވަހާއި ހަމައަށް އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ބަލަންވާނެއެވެ.

 

4 ވަނަ މާއްދާ - މަސައްކަތު ފެންވަރު ބެލުމުގައި ބޭނުންކުރާނެ ކެޓެގަރީތައް

މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމު ބައްޓަންކުރަނީ އެކި ފަންތީގެ މުވައްޒަފުންނަށް ތަފާތު މިންގަނޑުތަކެއްގެ ބޭނުންކޮށްގެން މަސައްކަތުގެ ފެންވަރު ބެލުމަށް ކަމުގައިވާނަމަ، ދައުލަތުގެ ޕޭ ފްރޭމްވަރކްގައި މުވައްޒަފުން ގިންތިކޮށްފައިވާ ފަދައިން ތިރީގައިވާ ގިންތިތައް ބޭނުންކުރުމަށް އިސްކަން ދެވިދާނެއެވެ.

(ހ) މެނޭޖަރުން

(ށ) ޕްރޮފެށަނަލުން

(ނ) އެސޯސިއޭޓް ޕްރޮފެށަނަލުން

(ރ) ސްކިލްޑް މަސައްކަތްތެރިން

(ބ) ސެކްރެޓޭރިއަލް ސަޕޯޓް މަސައްކަތްތެރިން

 (ޅ) އެލިމެންޓަރީ މަސައްކަތްތެރިން.

 

5 ވަނަ މާއްދާ - މަސައްކަތު ފެންވަރު ބަލާ ނިޒާމުގައި ހިމެނިދާނެ ބައިތައް

(ހ)  މުވައްޒަފާ ހަވާލުކުރޭވޭ ރޫޓިން ނުވަތަ މުއްދަތު ކަނޑައެޅިފައިވާ ޓާސްކުތައް.

(ށ) މުވައްޒަފުގެ ސުލޫކީ އަދި އަހްލާގީ މިންގަނޑުތައް

(ނ) ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަ ކުރާ މިންވަރު ބަލާނެ މިންގަނޑުތައް

 

މަސައްކަތުގެ ފެންވަރު ބަލައި ވަޒަން ކުރުން 

(ހ) މަސައްކަތުގެ ފެންވަރު ބަލައި ވަޒަންކޮށް މިން ކުރާނެ ރޭޓިންގ ސްކޭލެއް އޮންނަންވާނެއެވެ.

(ށ) މަސައްކަތު ފެންވަރު ބެލުމުގައި މިމިންގަނޑުގެ 6 ވަނަ މާއްދާގައިވާ ގޮތަށް މާކުސް ދިނުމުގެ އުސޫލެއް އެކުލަވާލަންވާނެއެވެ. "މުސާރައިގެ ކުރިއެރުން ދިނުމުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ ފަދައިން މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން 75 އިން ސައްތަ ކަނޑައެޅޭނެ ގޮތަށް ރޭޓިންގ ސްކޭލެއް އެކުލަވާލާފައި އޮންނަންވާނެއެވެ.  

 

 

 

 

-------------------

އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު 

08-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑެވެ.

 

2 ވަނަ މާއްދާ - އިތުރުގަޑީގެ ފައިސާ ހިސާބުކުރުން 

(ހ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާ ބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް ފިޔަވައި އެހެން ދުވަސްދުވަހު އިތުރުގަޑީގެ ފައިސާ ހިސާބުކުރާނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައިވާ ގޮތުގެ މަތިން އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު 1.25 އާ ގުނަކޮށްގެން އަންނަ އަދަދު، އެ މުވައްޒަފު ދުވާލެއްގެ މައްޗަށް 8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތާ ގުނަކޮށްގެން އަންނަ އަދަދެވެ.

(ށ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާ ބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތަކުގެ ތެރޭގައި ހިމެނޭ ދުވަހެއް ނަމަ، އިތުރުގަޑީގެ ފައިސާ ހިސާބުކުރާނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައިވާ ގޮތުގެ މަތިން އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު 1.5 އާ  ގުނަކޮށްގެން އަންނަ އަދަދު، އެ މުވައްޒަފެއްގެ މަސައްކަތްކޮށްފައިވާ ވަގުތާ ގުނަކޮށްގެން އަންނަ އަދަދެވެ.

(ނ) އިތުރުގަޑީގެ ފައިސާ ހިސާބުކުރުމުގައި ބަލާނީ ނިމިގެންދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަށެވެ.

(ބ) އިތުރުގަޑީގެ ފައިސާ ހިސާބު ކުރުމުގައި ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ. (ނޯޓް: މި މާއްދާގެ (ރ) ނުހިމެނި (ބ) ހިމެނިފައި)

  1. ގާނޫނު ނަންބަރު 2008-02 (ވަޒީފާއާ ބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް ފިޔަވައި އެހެން ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދޭނީ ދުވާލަކަށް މަސައްކަތްކުރާވަގުތު 8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކޮށްފައިވާނަމައެވެ.
  2. ގާނޫނު ނަންބަރު 2008-02 (ވަޒީފާއާ ބެހޭ ގާނޫނު) ގެ 38 ވަނަ މާއްދާގައިވާ އިނާޔަތް ލިބޭނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ގާނޫނު ނަންބަރު 2008-02 (ވަޒީފާއާ ބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތަކުގައި އާންމުކޮށް މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނަށެވެ. މިފަދަ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާގެ މިންވަރު ހިސާބުކުރާނީ މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިންނެވެ.
  3. ވަޒީފާގެ އެއްބަސްވުމުގެ ދަށުން ގާނޫނު ނަންބަރު 2008-02 (ވަޒީފާއާ ބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތަކުގައި އާންމުކޮށް މަސައްކަތް ކުރަންނުޖެހޭ މުވައްޒަފުންނަށް ގާނޫނު ނަންބަރު 2008-02 (ވަޒީފާއާ ބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް ފިޔަވައި އެހެން ދުވަސްތަކުގައި ކުރާ އިތުރުގަޑީގެ މަސައްކަތަށް އިތުރުގަޑީގެ ފައިސާގެ މިންވަރު ހިސާބުކުރާނީ މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ.
  4. އިތުރުގަޑީގެ ފައިސާ ދިނުމުގައި ގަޑިއިރަކަށް ނުވަތަ މިނެޓަކަށް ޖެހޭ މިންވަރު ހިސާބުކުރާނީ މި ކޮމިށަނުން އާންމު ކޮށްފައިވާ"މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައިވާ ގޮތުގެ މަތިން މަގާމުގެ އަސާސީ މުސާރަ 30 އިން ގެއްލީމަ އަންނަ އަދަދު 8 އިން ގެއްލައިގެން އަންނަ އަދަދަކީ ގަޑިއިރަކަށްޖެހޭ މިންވަރު ކަމަށް ބަލައިގެންނެވެ.

(ޅ) އިތުރުގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ މި މިންގަނޑުގައި އިތުރުގަޑީގެ ފައިސާ ލިބޭނެކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ މަގާމުގެ އަސާސީ މުސާރައިގެ އެންމެ ގިނަވަގެން 10 އިންސައްތަ އަށްވާ މިންވަރަށް ކަމަށްވާތީ، އެ މިންވަރަށްވުރެ އިތުރުވާގޮތަށް މުވައްޒަފު ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެއެވެ. 

 

4 ވަނަ މާއްދާ - އިތުރުގަޑީގެ ފައިސާ ލިބޭނެ ފަރާތްތައް 

ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތަކުގައި ނުވަތަ މިންގަނޑުތަކުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހިނދެއްގައި، "ދަ  މޯލްޑިވްސް ޕަބްލިކް ސަރވިސް ސްޓޭންޑަޑް ކްލެސިފިކޭށަން އޮފް އޮކިއުޕޭށަންސް (މިސްކޯ)" ގެ މޭޖަރ ގްރޫޕްތަކުގެ ތެރެއިން؛ (1) ޕްރޮފެށަނަލްސް، (2) ޓެކްނީށަން އެންޑް އެސޯސިއޭޓް ޕްރޮފެށަނަލްސް، (3) ސެކްރެޓޭރިއަލް ސަޕޯޓް ވަރކަރސް އެންޑް ސްކިލް ވަރކަރސް، (4) އެލިމެންޓްރީ އޮކިއުޕޭށަންސް، އަދި (5 (ޕްރެޓެކްޓިވް ސަރވިސަސް ވަރކަރސް ގިންތީގެ މަގާމުތަކަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

5 ވަނަ މާއްދާ - އިތުރުގަޑީގެ ފައިސާ ނުލިބޭނެ ފަރާތްތައް

(ހ) ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތަކުގައި ނުވަތަ މިންގަނޑުތަކުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހިނދެއްގައި، "ދަ މޯލްޑިވްސް ޕަބްލިކް ސަރވިސް ސްޓޭންޑަޑް ކްލެސިފިކޭށަން އޮފް އޮކިއުޕޭށަންސް (މިސްކޯ)" ގެ މޭޖަރ ގްރޫޕްތަކުގެ ތެރެއިން "މެނޭޖަރސް" ގެ ގިންތީގެ މަގާމުތަކަށް އިތުރުގަޑީގެ ފައިސާ ނުލިބޭނެއެވެ. 

(ށ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާ ބެހޭ ގާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް އިތުރުގަޑީގެ ފައިސާ ނުލިބޭނެއެވެ.

(ނ) ވަޒީފާގެ އެއްބަސްވުމުގައި އިތުރުގަޑީގެ ފައިސާ ނުލިބޭނެކަމަށް ބަޔާންކޮށްފައިވާ މަގާމުތަކަށް އިތުރުގަޑީގެ ފައިސާ ނުލިބޭނެއެވެ.

 

 

 

 

-------------------

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު

09-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ ތައާރަފު

މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ގާނޫނު ނަންބަރު 2008-02 (ވަޒީފާއާ ބެހޭ ގާނޫނު) ގެ 38 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރަސްމީ ބަންދު ދުވަހު މަސައްކަތް ކުރުމުން އިނާޔަތް ދޭނެ ގޮތް ކަނޑައަޅާފައިވާ ގޮތުގެ މިންގަނޑެވެ.

 

2 ވަނަ މާއްދާ - ރަސްމީ ބަންދު ދުވަސްތައް

ރަސްމީ ބަންދު ދުވަސްތަކަކީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާ ބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދުވަސްތަކެވެ.

 

3 ވަނަ މާއްދާ - ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭނެ އިނާޔަތްތައް

(ހ) ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭނީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާ ބެހޭ ގާނޫނު) ގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މި މާއްދާގެ (ށ) އަދި (ނ) ގައިވާ އިނާޔަތްތަކެވެ. 

(ށ) މަގާމުގެ އަސާސީ މުސާރައިން ދުވަހަކަށް ޖެހޭ މިންވަރުގެ ދެބައިކުޅައެއްބައި. (އަސާސީ މުސާރައިން ދުވަހަކަށް ޖެހޭ މިންވަރު ހިސާބުކުރާނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައިވާ ގޮތުގެ މަތިން އެ މަގާމަކަށް ކަނޑައަޅާފައިވާ އަސާސީ މުސާރައިގެ ދުވަހަކަށް ޖެހޭ މިންވަރު ހޯދުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.)

(ނ) އިތުރުގަޑީގެ ފައިސާ. (އިތުރުގަޑީގެ ފައިސާ ދޭނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" ގައިވާ ގޮތުގެ މަތިންނެވެ.) 

 

4 ވަނަ މާއްދާ - ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން އިނާޔަތް ލިބޭނެ ފަރާތްތައް

(ހ) ހަފްތާއަކު 7 ދުވަހު މަސައްކަތް ކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މަގާމުތަކުގެ ތެރެއިން މި މިންގަނޑުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތައް.

(ށ) ޑިއުޓީ އުސޫލުން ހަފްތާގެ ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަންޖެހޭނެ ފަދަ ގޮތަކަށް ބައްޓަންކޮށްފައިވާ މަގާމުތައް.

 

5 ވަނަ މާއްދާ - ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން އިނާޔަތް ނުލިބޭނެ ފަރާތްތައް 

(ހ) ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތަކުގައި ނުވަތަ މިންގަނޑުތަކުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހިނދެއްގައި، "ދަމޯލްޑިވްސް ޕަބްލިކް ސަރވިސް ސްޓޭންޑަޑް ކްލެސިފިކޭށަން އޮފް އޮކިއުޕޭށަންސް (މިސްކޯ)" ގެ މޭޖަރ ގްރޫޕްތަކުގެ ތެރެއިން "މެނޭޖަރސް" ގެ ގިންތީގެ މަގާމުތައް.

(ށ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާ ބެހޭ ގާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް.

(ނ) ހަފްތާއަކު 7 ދުވަހު މަސައްކަތް ކުރަންނުޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މަގާމުތައް.

 

 

 

 

-------------------

 

ދައުލަތުގެ ވަޒީ ފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑު 

10-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ދަށުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވާ ހުރިހާ މުވައްޒަފުން، ދައުލަތުގެ ވަޒީފާއަކުން ވަކިވެގެންދާއިރު އެއްހަމަ މިންގަނޑެއްގެ ދަށުން އިނާޔަތް ދޭނެ ގޮތުގެ މިންގަނޑެވެ.

 

2 ވަނަ މާއްދާ - އިނާޔަތް ދެވޭނެ ފަރާތް ތައް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ދަށުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވާ މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދޭނެ މިންވަރު ގާނޫނެއްގައި ބަޔާންކޮށްފައިނުވާ ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް މި މިންގަނޑުގެ ދަށުން އިނާޔަތް ދެވޭނެއެވެ.

 

3 ވަނަ މާއްދާ - ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ ހާލަތްތައް

(ހ) ގާނޫނުގައި ވަޒީފާއިން މުސްކުޅިކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އުމުރުވުމަށްފަހު، އަމިއްލައަށް ބޭނުންވެގެން ވަޒީފާއިން މުސްކުޅިވުމަށް އެދި، އެ މުވައްޒަފެއް މަސައްކަތްކުރާ ދައުލަތުގެ އިދާރާއަށް ހުށަހެޅުން. 

(ށ) ގާނޫނުގައި ވަޒީފާއިން މުސްކުޅިކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އުމުރުވުމަށްފަހު، އެ މުވައްޒަފަކު މަސައްކަތް ކުރާ އިދާރާއަކުން ނުވަތަ ގާނޫނުގައި މުވައްޒަފު ވަޒީފާއިން މުސްކުޅި ކުރުމުގެ އިހްތިޔާރު ލިބިގެންވާ އިދާރާއަކުން އެ މުވައްޒަފަކު މުސްކުޅިކުރުމަށް ކަނޑައެޅުން.

 

4 ވަނަ މާއްދާ - ވަޒީފާއިން ވަކިވެގެންދާއިރު ދެވޭނެ އިނާޔަތް

ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތުގެ ގޮތުގައި ދެވޭނީ އެއްފަހަރާ ގަނޑުކޮށްދެވޭ ފައިސާގެ މިންވަރެކެވެ.

 

5 ވަނަ މާއްދާ - ވަޒީފާއިން ވަކިވެގެންދާއިރު ދެވޭނެ އިނާޔަތް ހިސާބު ކުރާނެގޮތް

ތިރީގައި އެވަނީ ވަޒީފާއިން ވަކިވެގެންދާއިރު ދެވޭނެ އިނާޔަތް ހިސާބު ކުރާނެ ގޮތެވެ.

 

 

  • ހިދުމަތުގެ މުއްދަތުގެ ގޮތުގައި އެންމެ ދިގު މުއްދަތުގެ ގޮތުގައި 30 އަހަރު ބެލުން (ހިދުމަތުގެ މުއްދަތު ބަލާނީ، މީލާދީ އަހަރުންނާއި އަހަރުގެ ބައިކުޅަ ބައިންނެވެ. މިސާލަކަށް 2 އަހަރާއި 6 މަސް ކަމުގައި ބަލާނީ 2.5 އަހަރު ކަމުގައެވެ.) 
  • މަހު މުސާރައިގެ އަދަދަކީ އެންމެ ފަހުން ހިދުމަތްކުރި 5 އަހަރުގެ އެވްރެޖް އަސާސީ މުސާރަ ކަމުގައި ބެލުން.
  • އުމުރަށް ނިސްބަތްކޮށް ކަނޑައަޅާ ބުރަދަން ތިރީގައިވާ ތާވާލުގައިވާ ގޮތަށް ކަނޑައެޅުން

 

 

6 ވަނަ މާއްދާ - ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދިނުމަށްފަހު ސަމާލުކަން ދޭންޖެހޭނެ މުހިއްމު ކަންތައްތައް

ދިވެހި ދައުލަތުގެ ވަކި ހިދުމަތެއްގައި ހިމެނޭ (މިސާލު: ދިވެހި ސިވިލް ސަރވިސް، ށަރުއީ ދާއިރާ) މުވައްޒަފަކު ވަޒީފާއިން ވަކިވެގެންދާއިރު ލިބޭ އިނާޔަތް ލިބިގަތުމަށްފަހު، އަލުން އެ މުވައްޒަފު ދައުލަތުގެ ހިދުމަތެއްގެ ވަޒީފާއަކަށް އައްޔަންކޮށް، އެ މުވައްޒަފު ފަހުން ގުޅުނު ވަޒީފާއިން ވަކިވެގެންދާއިރު އަލުން އިނާޔަތް ލިބެންޖެހޭނެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ، އެ މުވައްޒަފަށް ފަހުން ދޭންޖެހޭ އިނާޔަތް ހިސާބުކުރާއިރު ހިދުމަތުގެ މުއްދަތު ގުނާނީ ކުރިން އިނާޔަތް ލިބުނު އިރު ގުނި ހިދުމަތުގެ މުއްދަތު ނުހިމެނޭގޮތަށެވެ.

 

7 ވަނަ މާއްދާ - އިސްތިސްނާ ހާލަތް 

(ހ) އެއްވެސް މުވައްޒަފެއް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާ ތާރީޙުން ފެށިގެން ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތް ދޭންޖެހޭނަމަ، އެ މުވައްޒަފަކަށް ލިބޭނެ ޢިނާޔަތް އިހްތިޔާރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

(ށ) އެފަދަ މުވައްޒަފަކަށް ދެވޭނެ ފުރަތަމަ އިހްތިޔާރަކީ މި މިންގަނޑުގައިވާ ކަނޑައަޅާފައިވާ ގޮތަށް އިނާޔަތް ލިބިގަތުމެވެ.

(ނ) އެފަދަ މުވައްޒަފަކަށް ދެވޭނެ ދެވަނަ އިހްތިޔާރަކީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމާ ހަމައަށް އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއިން އަމަލުކުރަމުން ގޮސްފައިވާ އުސޫލުގައިވާ ގޮތުގެ މަތިން އިނާޔަތް ލިބިގަތުމެވެ. މި ހާލަތުގައި އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ގޮތުގައި ބަލަންޖެހޭނީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމާ ހަމައަށް އެ މުވައްޒަފަކަށް ލިބެމުންދިޔަ އަސާސީ މުސާރައެވެ. ނަމަވެސް ހިދުމަތުގެ މުއްދަތު ގުނުމުގައި ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމަށްފަހު ހޭދަވި މުއްދަތުވެސް ގުނޭނެއެވެ.

(ރ) ދައުލަތުގެ ޕޭ ފްރޭމްވަރކަށް އަމަލު ކުރަން ފަށާއިރު ވަޒީފާއިން ވަކިވުމުގެ ސަބަބުން އިނާޔަތް ލިބެމުންދާ ފަރާތްތަކަށް އެފަދަ ފަރާތްތަކުން ވަޒީފާއިން ވަކިވިއިރު އިނާޔަތް ލިބެމުންދާނެކަމަށް ކަނޑައެޅިފައި އޮތްގޮތަށް އިނާޔަތް ލިބެމުންދާނެއެވެ.

 

 

 

 

-------------------

 

ދައުލަތުގެ ވަޒީ ފާއިން ދޫކޮށްލުމުން (ރިޑަންޑަންޓް ކުރުމުން ) އިނާޔަތް ދެވޭނެ މިންގަނޑު

11-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ދަށުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވާ މުވައްޒަފަކު، ދައުލަތުގެ ވަޒީފާއިން ދޫކޮށްލުމުން (ރިޑަންޑަންޓް ކުރުމުން) އިނާޔަތް ދޭނެ ގޮތުގެ މިންގަނޑެވެ.

 

2 ވަނަ މާއްދާ - އިނާޔަތް ދެވޭނެ ފަރާތްތައް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ދަށުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވާ މުވައްޒަފުންގެ ތެރެއިން ރިޑަންޑަންޓް ކުރާ މުވައްޒަފުންނަށް މި މިންގަނޑުގެ ދަށުން އިނާޔަތް ދެވޭނެއެވެ.

 

3 ވަނަ މާއްދާ - ރިޑަންޑަންޓް ކުރުން ކަމުގައި ނުބެލެވޭނެ ހާލަތްތައް 

(ހ) ވަޒީފާގެ ޕްރޮބޭށަންގެ މުއްދަތުގައި ވަޒީފާއިން ވަކިކުރުން. 

(ށ) ވަޒީފާގެ އެއްބަސްވުމާ ހިލާފުވެގެން ވަޒީފާއިން ވަކިކުރުން.

(ނ) ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުން.

(ރ) ދައުލަތުގެ އެއް އިދާރާއަކުން ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުވުން.

 

4 ވަނަ  މާއްދާ - ރިޑަންޑަންޓް ކުރުން ކަމުގައި ބެލޭނެ ހާލަތްތައް 

(ހ) އިދާރާއެއްގެ އޮނިގަނޑަށް ނުވަތަ މަސައްކަތަށް ބަދަލު ގެނައުމުގެ ސަބަބުން ނުވަތަ ކުރަމުން އައި މަސައްކަތެއް ހުއްޓައިލުމުގެ ސަބަބުން ވަޒީފާ އުވުން.

(ށ) ސަރުކާރުގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ސަބަބުން އެ އޮފީހުގެ ނުވަތަ އެ ބައެއްގެ ވަޒީފާތައް އުވުމުގެ ސަބަބުން އިދާރާއެއް ނުވަތަ އިދާރާގެ ބައެއް އުވައިލުން.

(ނ) ވަޒީފާތަކުގެ އެނަލިސިސް (ޖޮބް އެނަލިސިސް) އަށް ފަހު، މަގާމުތައް އަލުން ރުކުރުވައިލުމުގެ ސަބަބުން ނުވަތަ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން އެވަޒީފާގައި ކުރަމުންދިޔަ މަސައްކަތް އެހެން ގޮތަކަށް ކުރުމަށް އިދާރާއަކުންނިންމުމުން އިދާރާއަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މަގާމު ހުރިކަމަށް އެ އިދާރާއަކަށް ފާހަގަކުރެވިގެން އެ މަގާމު އުވާލުން. (މަރުކަޒީ އިދާރާއަކުންރެކްރޫޓްމަންޓްގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެކަން ބަލާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ.)

(ރ) ސަރުކާރު ހިންގުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން ވަޒީފާ އަދާކުރާ އޮފީސްނުވަތަ ކުރަމުންދިޔަ މަސައްކަތް އެހެން ރަށަކަށް ނުވަތަ ތަނަކަށްބަދަލުކުރުމުން، މުވައްޒަފު އެ ވަޒީފާ ބަދަލުކުރި ރަށަކަށް ނުވަތަ ތަނަށް ބަދަލުވުމަށް އުޒުރުވެރިވުން.

(ބ) އޮފީހެއް ނުވަތަ އޮފީހުން ބައެއް ޕްރައިވަޓައިޒް ކުރުމުގެ ސަބަބުން ނުވަތަ ކޯޕަރަޓައިޒްކުރުމުގެ ސަބަބުން ނުވަތަ މި ނޫންވެސް ގޮތަކަށް ދައުލަތުގެ އިދާރާއަކުން ދެމުންދިޔަ ހިދުމަތެއް ދައުލަތުގެ އިދާރާއެއްގެ ތެރޭގައި ނުހިމެނޭ ގޮތަށް ބަދަލުވުން.

(ޅ) މުވައްޒަފަކު އަދާކުރި ވަޒީފާގެ މަސައްކަތް އައުޓްސޯސް ކުރުމުގެ ސަބަބުން އެ މަގާމު އުވައިލުން.

(ކ) ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލެއްގެ ސަބަބުން އޮފީހަކުން ކުރަމުން ދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް އެހެން އޮފީހަކަށް ބަދަލުކުރުމުން، އެ މަސައްކަތް ބަދަލުވި އޮފީހަކަށް އެ މަސައްކަތްކުރިމުވައްޒަފުން ބަދަލުކުރެވޭއިރު، އިތުރުވުން.

(އ) ސަރުކާރުގެ ކުންފުންޏަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ކުރަމުން އައި މަސައްކަތެއް ދައުލަތުގެ އިދާރާއަކަށް ބަދަލުކުރުމުން، އެކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުން ބަދަލުވާ ދައުލަތުގެ އިދާރާއަށް ބޭނުންވާ ވުރެން މުވައްޒަފުން އިތުރުވުން، ނުވަތަ އެފަދަ މުވައްޒަފުން ހިޖުރަކުރާ ޖޮބް މެޓްރިކްސްގައި ކަނޑައަޅާފައިވާ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ ފުރިހަމަނުވުން. 

 

5 ވަނަ މާއްދާ - ރިޑަންޑަންޓް ކުރުމުން ދެވޭނެ އިނާޔަތްތައް 

(ހ) ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ވަޒީފާއިން ވަކިކުރާއިރު ދޭންޖެހޭ ނޯޓިސް ނުވަތަ އެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ. ނޯޓިސްގެ މުއްދަތަށްވާ ފައިސާގެ ގޮތުގައި ބަލާނީ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ "އަސާސީ މުސާރަ" އާއި "މަގާމުގެ އެލަވަންސް" އެވެ. 

(ށ) އުމުރުން 55 އަހަރުވެފައިވާ މުވައްޒަފެއް ކަމުގައިވާނަމަ، "ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑު" 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގައިވާ ފަދައިން ދެވޭ އިނާޔަތް.

(ނ) އުމުރުން 55 އަހަރު ނުވާ މުވައްޒަފެއް ކަމުގައިވާނަމަ، ތިރީގައިވާ ގޮތަށް ހިސާބުކުރުމަށްފަހު ދެވޭ އިނާޔަތް.

  • ހިދުމަތުގެ މުއްދަތުގެ ގޮތުގައި އެންމެ ދިގު މުއްދަތުގެ ގޮތުގައި 30 އަހަރު ބެލުން . (ހިދުމަތުގެ މުއްދަތު ބަލާނީ، މީލާދީ އަހަރުންނާއި އަހަރުގެ ބައިކުޅަ ބައިންނެވެ. މިސާލަކަށް 2 އަހަރާއި 6މަސް ކަމުގައި ބަލާނީ 2.5 އަހަރު ކަމުގައެވެ.)
  • މަހު މުސާރައިގެ އަދަދަކީ އެންމެ ފަހުން ހިދުމަތްކުރި 5 އަހަރުގެ އެވްރެޖް އަސާސީ މުސާރަ ކަމުގައި ބެލުނ

 

6 ވަނަ މާއްދާ - ރިޑަންޑަންޓް އިނާޔަތް ދިނުމުގައި ބަލަންޖެހޭނެ މުހިއްމު ކަންތައްތައް

(ހ) މި މިންގަނޑުގެ 4 ވަނަ އަދަދުގައިވާ ހާލަތެއް މެދުވެރިވެގެން މުވައްޒަފެއް ރިޑަންޑެންޓު ކުރަންޖެހިއްޖެ ހާލަތެއްގައި އެ މުވައްޒަފެއް ހުރި ޖޮބް މެޓްރިކްސްއެއް ނުވަތަ އެ ޖޮބް މެޓްރިކްސްއާ ގުޅުންހުރި އެހެން ޖޮބް މެޓްރިކްސްއެއްގައި ހިމެނޭ އެއް މިންވަރެއްގެ ނުވަތަ އެއަށްވުރެ އިތުރަށް މުސާރައާއި އިނާޔަތް ލިބޭ ދައުލަތުގެ އެހެން އިދާރާއަކުން ވަޒީފާއެއް ލިބެން އޮންނަ ހާލަތުގައި އެ ވަޒީފާއަކަށް ބަދަލުވުމަށް މުވައްޒަފަށް ހުށަހަޅަންވާނެއެވެ. އެފަދަ ފުރުސަތެއްނެތްނަމަ، އެ މުވައްޒަފަކު ރިޑަންޑެންޓުކޮށް އިނާޔަތް ދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މުވައްޒަފަށް ވަޒީފާ ހުށަހެޅުމުން، އެ ފުރުސަތުގެ ބޭނުން އެ މުވައްޒަފު ބޭނުންނުކޮށްފި ހާލަތެއްގައި އެ މުވައްޒަފަށް ދޭންވާނީ މި މިންގަނޑުގެ 5 ވަނަ މާއްދާގެ (ހ) ގައިވާ އިނާޔަތެވެ. އަދި އުމުރުން 55 އަހަރުވެފައިވާ މުވައްޒަފެއް ކަމުގައިވާނަމަ 5 ވަނަ މާއްދާގެ (ށ) ގައިވާ އިނާޔަތްވެސް ދޭންވާނެއެވެ.

(ނ) ރިޑަންޑަންޓް ކުރާއިރު ހައްގުވާ އަހަރީ ޗުއްޓީގެ ބޭނުން ނުހިފައި އޮތްނަމަ، އެ ދުވަސްތަކަށްވާ އަސާސީ މުސާރައާއި މަގާމުގެ އެލަވަންސް އިން ދުވަހަކަށް ޖެހޭ މިންވަރުގެ ފައިސާ ދޭންވާނެއެވެ. ދުވަހަކަށްޖެހޭ މިންވަރު ހިސާބުކުރާނީ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. 

 

 

 

 

-------------------

 

ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުންތަކުގައާއި ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަކަށް އައްޔަންކުރާ ހާލަތްތަކުގައި މުސާރައާއި އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު

12-އެސްޓީ/2022/އެންޕީސީ-478

 

 

1 ވަނަ މާއްދާ - ތައާރަފު

މިއީ ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުން އައްޔަންކުރާ މަގާމުތަކާއި ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަކަށް އައްޔަންކުރާ ހާލަތްތަކުގައި މުސާރައާއި އިނާޔަތް ދޭނެ ގޮތުގެ އާންމު މިންގަނޑެކެވެ.

 

2 ވަނަ މާއްދާ - ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމާއި ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އައްޔަންކުރާ ވަޒީފާތަކުގެ އާންމު ސިފަތައް

(ހ) މުވައްޒަފެއްގެ ގޮތުގައި ވަޒީފާއަށް އައްޔަންކޮށްފައިވުން. އެގޮތުން ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުން އައްޔަންކުރާ މަގާމުތަކާއި ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަކަށް އައްޔަންކުރާކަމުގައިވުން.

(ށ) ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ހިދުމަތް ދިނުން.

(ނ) ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުން އައްޔަންކުރާ މަގާމުތަކުގައާއި ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަކަށް އައްޔަންކުރާ ކަމުގައިވާނަމަ ވަޒީފާގެ އެއްބަސްވުމުގެ މަގްސަދަކީ ނުވަތަ ނަތީޖާއަކީ ވަޒީފާ އަދާކުރާ ތަނުގައި އާދައިގެމަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް ނުވަތަ ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުންނަފަދަ ވަޒީފާއެއް ކަމުގައި ނުވުން.

 

3 ވަނަ މާއްދާ - ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުން ނުވަތަ ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ދައުލަތުގެ އިދާރާތަކުން މުވައްޒަފުން އައްޔަންކުރާ ބާވަތްތައް

(ހ) ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ހަމަޖައްސާ މުވައްޒަފުން.

(ށ) ވަކި މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ހަމަޖައްސާ މުވައްޒަފުން

(ނ) ދާއިމީ މަގާމަކަށް އެކަށީގެންވާ މުވައްޒަފުން ނުލިބޭ ހާލަތުގައި އެ މަގާމުގެ ޒިންމާތައް އަދާކުރުމަށް ވަގުތީ ގޮތުން ހަމަޖައްސާ މުވައްޒަފުން.

(ރ) މުވައްޒަފެއް ދިގު މުއްދަތަކަށް ޗުއްޓީއެއް ނެގުމުން އެ މުވައްޒަފުގެ މަސައްކަތްތައް ކުރުމަށް ވަގުތީ ގޮތުން ހަމަޖައްސާ މުވައްޒަފުން.

(ބ) ވޭޖް އެމްޕްލޯއިމަންޓް އުސޫލުން ހަމަޖައްސާ މުވައްޒަފުން.

(ޅ) ޓްރަސްޓް ފަންޑުތަކުން ހަރަދުކުރާ ގޮތަށް ހަމަޖައްސާ މުވައްޒަފުން.

(ކ) ދައުލަތުން ނަގާ ލޯނު އަދި ދައުލަތަށް ހިލޭ އެހީގެ ދަށުން ހިންގާ މަށްރޫއުތަކުގެ މަސައްކަތް ކުރުމަށް ހަމަޖައްސާ މުވައްޒަފުން.

(އ) މަށްރޫއުތަކުގައި މަސައްކަތް ކުރުމަށް ހަމަޖައްސާ މުވައްޒަފުން.

 

4 ވަނަ މާއްދާ - މުސާރައާއި އިނާޔަތް ހަމަޖައްސާނެ ގޮތުގެ މިންގަނޑުތައް 

މި މިންގަނޑުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މުވައްޒަފުންގެ ތެރެއިން ތަފާތު ގޮތްގޮތަށް މަސައްކަތްތައް އިންތިޒާމު ކުރެވޭ ހާލަތްތަކުގައި މުސާރައާއި އިނާޔަތްތައް ދޭނެ ގޮތްތައް ތިރީގައި އެވަނީއެވެ. (މިގޮތަށް މުސާރައާއި އިނާޔަތް ދެވޭނީ އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަކަށް ކަނޑައަޅާފައިވާ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ ހާސިލްވާ މުވައްޒަފުންނަށެވެ.) 

(ހ) މަހު މުސާރަ ލިބޭގޮތަށް، ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުން ނުވަތަ ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، އިދާރާއަށް ހާޒިރުވެގެން، ފުލްޓައިމްކޮށް މަސައްކަތްކުރާ މުވައްޒަފުން.

  1. އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ މަގާމުގެ އަސާސީ މުސާރަ (Salary Basic،) މަހު މުސާރައިގެ ގޮތުގައި ދިނުން.
  2. އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ މަގާމުގެ އެލަވަންސް (Allowance Job) ގެ 1 ވަނަ ހަރުފަތް ނުވަތަ 2 ވަނަ ހަރުފަތުގައިވާ އެލަވަންސް ދިނުން. (އޭގެ ތެރެއިން ކޮންމެވެސް އެއް ހަރުފަތެއް އިހްތިޔާރުކުރުމުގެ ފުރުސަތު އިދާރާއަށް އޮންނާނެއެވެ.)
  3. "މުސާރައިގެ ކުރިއެރުން ދިނުމުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ ފަދައިން މި މަގާމުތަކުގެ މުވައްޒަފުންނަށް މަގާމުގެ އެލަވަންސްގެ ހަރުފަތް ބަދަލެއް ނުވާނެއެވެ.
  4. އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް (Benefit Attendance) ދިނުން.
  5. މަތީގައި ބަޔާންކޮށްފައިވާ މުސާރައާއި އިނާޔަތް ހިސާބުކުރުމުގައާއި ވަޒީފާއަށް ނުނިކުތުމުންނާއި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު އުނިކުރުމުގައި "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައިވާ ގޮތަށް އަމަލުކުރުން.
  6. އިތުރުގަޑީގެ ފައިސާ ދިނުމުގައި "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" ގައިވާ ގޮތަށް އަމަލުކުރުން.
  7. ރަސްމީ ބަންދު ދުވަހު މަސައްކަތްކުރުމުން "ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު" ގައިވާ ގޮތަށް އަމަލުކުރުން.

(ށ) ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ، ޕާޓްޓައިމްކޮށް މަސައްކަތްކުރާ މުވައްޒަފުން.

  1. ހަފްތާއަކު މަސައްކަތްކުރާ ގަޑިއިރެއްގެ ނިސްބަތުން މުސާރައާއި އިނާޔަތް ދިނުން. އެގޮތުން ގަޑިއިރަކަށް ޖެހޭ މިންވަރު ބަލާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
  2. އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ މަގާމުގެ އަސާސީ މުސާރަ (Salary Basic) ގެ ގަޑިއިރަކަށްޖެހޭ މިންވަރު ހިސާބުކުރުމަށްފަހު، ހަފްތާއަކު މަސައްކަތްކުރި ޖުމްލަ ގަޑިއިރުން ގުނަކުރުން. އަސާސީ މުސާރައިގެ ގަޑިއިރަކަށްޖެހޭ މިންވަރު ބަލާނީ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  3. އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ މަގާމުގެ އެލަވަންސް (Allowance Job) ގެ 1 ވަނަ ހަރުފަތް ނުވަތަ 2 ވަނަ ހަރުފަތުގައިވާ އެލަވަންސް (އޭގެ ތެރެއިން ކޮންމެވެސް އެއް ހަރުފަތެއް އިހްތިޔާރުކުރުމުގެ ފުރުސަތު އިދާރާއަށް އޮންނާނެއެވެ) ގެ ގަޑިއިރަކަށްޖެހޭ މިންވަރު (އިހްތިޔާރުކުރާ ހަރުފަތަށް ބިނާކޮށް) ހިސާބުކުރުމަށްފަހު، ހަފްތާއަކު މަސައްކަތްކުރި ޖުމްލަ ގަޑިއިރުން ގުނަކުރުން. މަގާމުގެ އެލަވަންސްގެ ގަޑިއިރަކަށްޖެހޭ މިންވަރު ބަލާނީ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  4. "މުސާރައިގެ ކުރިއެރުން ދިނުމުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ ފަދައިން މި މަގާމުތަކުގެ މުވައްޒަފުންނަށް މަގާމުގެ އެލަވަންސްގެ ހަރުފަތް ބަދަލެއް ނުވާނެއެވެ.
  5. މަސައްކަތްކުރާ ކޮންމެ ދުވަހަކަށް އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް (Benefit Attendance) ދިނުން

(ނ) ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، ވޭޖް އެމްޕްލޯއިމަންޓް އުސޫލުންނާއި މަސައްކަތްކުރާ ގަޑިއިރަށް ބިނާކޮށް މަސައްކަތްކުރާ މުވައްޒަފުން.

  1. އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ މަގާމުގެ އަސާސީ މުސާރަ (Salary Basic) ގެ ގަޑިއިރަކަށްޖެހޭ މިންވަރު ހިސާބުކުރުމަށްފަހު، މަސައްކަތްކުރި ޖުމްލަ ގަޑިއިރުން ގުނަކުރުން. އަސާސީ މުސާރައިގެ ގަޑިއިރަކަށްޖެހޭ މިންވަރު ބަލާނީ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  2. އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ މަގާމުގެ އެލަވަންސް (Allowance Job) ގެ 1 ވަނަ ހަރުފަތް ނުވަތަ 2 ވަނަ ހަރުފަތުގައިވާ އެލަވަންސް (އޭގެ ތެރެއިން ކޮންމެވެސް އެއް ހަރުފަތެއް އިހްތިޔާރުކުރުމުގެ ފުރުސަތުއިދާރާއަށް އޮންނާނެއެވެ) ގެ ގަޑިއިރަކަށްޖެހޭ މިންވަރު (އިހްތިޔާރުކުރާ ހަރުފަތަށް ބިނާކޮށް) ހިސާބުކުރުމަށްފަހު، މަސައްކަތްކުރި ޖުމްލަ ގަޑިއިރުން ގުނަކުރުން. މަގާމުގެ އެލަވަންސްގެ ގަޑިއިރަކަށްޖެހޭ މިންވަރު ބަލާނީ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
  3. "މުސާރައިގެ ކުރިއެރުން ދިނުމުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ ފަދައިން މި މަގާމުތަކުގެ މުވައްޒަފުންނަށް މަގާމުގެ އެލަވަންސްގެ ހަރުފަތް ބަދަލެއް ނުވާނެއެވެ.
  4. މަސައްކަތްކުރާ ކޮންމެ ދުވަހަކަށް އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް (Benefit Attendance) ދިނުން.

(ރ) ޓްރަސްޓް ފަންޑުތަކުން ހަރަދުކުރާ މުވައްޒަފުން.

  1. ޓްރަސްޓް ފަންޑުން ހަރަދުކުރާގޮތަށް އައްޔަންކުރާ މުވައްޒަފުންގެ ތެރެއިން ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއް ކަމުގައިވާނަމަ، 
    އެފަދަ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދޭނީ ދާއިމީ މުވައްޒަފުންނާ އެއްފަދައިންނެވެ. އެގޮތުން އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތައް ލިބޭނެއެވެ.
  2. ޓްރަސްޓް ފަންޑުން ހަރަދުކުރާގޮތަށް އައްޔަންކުރާ މުވައްޒަފުންގެ ތެރެއިން،ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުން ނުވަތަ ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އައްޔަންކުރާ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ދޭނީ މި މިންގަނޑުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ.
  3. ޓްރަސްޓް ފަންޑުން ހަރަދުކުރާގޮތަށް އައްޔަންކުރާ ޕާޓްޓައިމް މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ދޭނީ މި މިންގަނޑުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިންނެވެ.
  4. ޓްރަސްޓް ފަންޑުން ހަރަދުކުރާ ގޮތަށް މަސައްކަތްކުރާ ގަޑިއިރަށް ބިނާކޮށް އިނާޔަތްދޭ މަގާމުތަކަށް މުސާރައާއި އިނާޔަތްތައް ދޭނީ މި މިންގަނޑުގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިންނެވެ.

(ބ) ދައުލަތުން ނަގާ ލޯނު އަދި ދައުލަތަށް ހިލޭ އެހީގެ ދަށުން ހިންގާ މަށްރޫއުތަކުގެ މަސައްކަތް ކުރުމަށް ހަމަޖައްސާ ފުލްޓައިމް މުވައްޒަފުން.

  1. އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ މަގާމުގެ އަސާސީ މުސާރަ (Salary Basic،) މަހު މުސާރައިގެ ގޮތުގައި ދިނުން.
  2. އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ މަގާމުގެ އެލަވަންސް (Allowance Job) ގެ 1 ވަނަ ހަރުފަތް ނުވަތަ 2 ވަނަ ހަރުފަތް ނުވަތަ 3 ވަނަ ހަރުފަތުގައިވާ އެލަވަންސް ދިނުން (އޭގެ ތެރެއިން ކޮންމެވެސް އެއް ހަރުފަތެއް އިހްތިޔާރުކުރުމުގެ ފުރުސަތު އިދާރާއަށް އޮންނާނެއެވެ).
  3. "މުސާރައިގެ ކުރިއެރުން ދިނުމުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ ފަދައިން މި މަގާމުތަކުގެ މުވައްޒަފުންނަށް މަގާމުގެ އެލަވަންސްގެ ހަރުފަތް ބަދަލެއް ނުވާނެއެވެ.
  4. އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް (Benefit Attendance) ދިނުން.

(ޅ) ދައުލަތުން ނަގާ ލޯނު އަދި ދައުލަތަށް ހިލޭ އެހީގެ ދަށުން ހިންގާ މަށްރޫއުތަކުގެ މަސައްކަތް ކުރުމަށް ހަމަޖައްސާ ޕާޓްޓައިމް މުވައްޒަފުން.

  1. ދައުލަތުން ނަގާ ލޯނު އަދި ދައުލަތަށް ހިލޭ އެހީގެ ދަށުން ހިންގާ މަށްރޫއުތަކުގެ މަސައްކަތް ކުރުމަށް ހަމަޖައްސާ ޕާޓްޓައިމް މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ދޭނީ މި މިންގަނޑުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިންނެވެ. ނަމަވެސް މަގާމުގެ އެލަވަންސް (JobAllowance) ހިސާބުކުރާނީ އެ މަގާމަކަށް އެ އިދާރާއަކުން އިހްތިޔާރުކުރާ ހަރުފަތުގައިވާ އެލަވަންސް ބޭނުންކޮށްގެންނެވެ.

(ކ) ދައުލަތުން ނަގާ ލޯނު އަދި ދައުލަތަށް ހިލޭ އެހީގެ ދަށުން ހިންގާ މަށްރޫއުތަކުގެ މަސައްކަތް ފުރިހަމަކުރާ މިންވަރަށް (ޑެލިވަރަބަލްސްއަށް) ބިނާކޮށް އިނާޔަތް ހަމަޖައްސާ މުވައްޒަފުން.

  1. މަސައްކަތް ފުރިހަމަކުރާ މިންވަރަށް (ޑެލިވަރަބަލްސްއަށް) ބިނާކޮށް އިނާޔަތް ހަމަޖައްސާ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދޭނީ މަސައްކަތް ފުރިހަމަކުރާ މިންވަރަށް (ޑެލިބަރަބަލްސްއަށް) ބިނާކޮށް "ޕްރޮރޭޓް" ކޮށް ހިސާބުކުރުމަށްފަހު ތިރީގައިވާ ގޮތުގެ މަތިންނެވެ.
  2. ޑެލިބަރަބަލްސްތަކަށް ކަނޑައަޅާފައިވާ ޖުމްލަ މަހުގެ އަދަދު ކަނޑައެޅުން.
  3. ތިރީގައިވާ މުސާރައާއި އިނާޔަތްތައް އެއްކޮށްގެން ހިސާބުކުރުން. އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ މަގާމުގެ އަސާސީ މުސާރަ .(Basic Salary)
    3.1 އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ މަގާމުގެ އެލަވަންސް Job(Allowance) ގެ ހަރުފަތުގައިވާ އެލަވަންސް. (ހިސާބުކުރާނީ އެ މަގާމަކަށް އެ އިދާރާއަކުން އިހްތިޔާރުކުރާ ހަރުފަތުގައިވާ އެލަވަންސް ބޭނުންކޮށްގެންނެވެ.)
    3.2 އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގެ އެ މަގާމެއް ނިސްބަތްވާ ރޭންކަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް (Benefit Attendance) 21 އިން ގުނަކުރުން.
  4. މި މާއްދާގެ ނަންބަރު 3 އިން އަންނަ އަދަދު މި މާއްދާގެ ނަންބަރު 2 އިން ލިބުނު އަދަދާ ގުނަކުރުން.
  5. ކޮންމެ ޑެލިވަރަބަލްއަކަށް ރިއާޔަތްކޮށް އެއިން ކޮންމެ ޑެލިވަރަބަލްއަކަށް ބުރަދަނެއް (ވެއިޓޭޖެއް) ކަނޑައެޅުން. އަދި އެ ބުރަދަނަށް ބަލައިގެން މި މާއްދާގެ 4 ވަނަ ނަންބަރުން އަންނަ އަދަދު ކޮންމެ ޑެލިވަރަބަލްއަކަށް ބަހާލުން.

(އ) ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށާއި، ދައުލަތުން ލޯނު ނަގައިގެންނާއި، ދައުލަތަށް ލިބޭ ހިލޭ އެހީގެ ދަށުން ހިންގާ މަށްރޫއުތަކުގައި މަސައްކަތް ކުރުމަށްޓަކައި، ދާއިމީ މަގާމެއްގައި ދެމި ހުރެގެން އެފަދަ މަށްރޫއެއްގައި މަސައްކަތް ކުރާ މުވައްޒަފުން.

  1. މަށްރޫއުގައި މަސައްކަތް ކުރުމުން އެ މުވައްޒަފަކަށް އެލަވަންސެއް ދިނުން. މިގޮތުން އެލަވަންސްގެ ގޮތުގައި މަހަކު އެންމެ ގިނަވެގެން ދެވޭނީ އެ މުވައްޒަފެއްގެ ދާއިމީ މަގާމުގެ އަސާސީ މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވާ (3/1) މިންވަރެވެ.

 

5 ވަނަ މާއްދާ - އިތުރު ހާލަތްތައް

މި މިންގަނޑުގައި ބަޔާންކޮށްފައިވާ ނެތް ހާލަތްތަކުގައި އަމަލުކުރަންވާނީ ނޭށަނަލް ޕޭ ކޮމިށަނުގެ ލަފާ ހޯދުމަށްފަހުގައެވެ. 

 

 

 

 

-------------------

 

ބައެއް އެލަވަންސްތަކާއި އިނާޔަތް ދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާތައް ގިންތިކުރުމުގެ މިންގަނޑު 

13-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ބައެއް އެލަވަންސްތަކާއި އިނާޔަތްތައް ދިނުމުގައި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އެފަދަ އެލަވަންސްތަކާއި އިނާޔަތްތަކުގެ މިންވަރު ތަފާތުކުރެވޭނެފަދަ އެލަވަންސްތަކާއި އިނާޔަތްތައް ވަކި ހުދޫދެއްގެ ތެރޭގައި ތަފާތު ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތައް ގިންތި ކުރުމުގެ މިންގަނޑެކެވެ.

 

2 ވަނަ މާއްދާ - މުއައްސަސާތަކުގެ ގިންތިތައް ކަނޑައެޅުމުގައި ގެންގުޅުނު މައިގަނޑު އަސާސްތައް

ދައުލަތުގެ އިދާރާތަކުގެ ގިންތިތައް ކަނޑައެޅުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާފައިވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރާއްޖޭގައި އަމަލުކުރަމުންގެންދާ ގާނޫނުތަކުގައި ދައުލަތުގެ ބާރުތައް ވަކި ކުރެވިފައިވާ ގޮތަށާއި، އޭގެ މައްޗަށް ރިއާޔަތްކޮށް އެކިއެކި މުއައްސަސާތަކަށް ދެވިފައިވާ ބާރުތަކާއިއިހްތިޔާރުތަކާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައްފަދަ ކަންކަމުގެ މައްޗަށެވެ. އަދި މުއައްސަސާތަކުގެ މަސްއޫލިއްޔަތުގެ ބާވަތްތަކާއި ދައުލަތުގެ ހިންގުމުގެނިޒާމުގައި ތާރީހީގޮތުން މުއައްސަސާތައް ތަސައްވުރު ކުރެވިފައިވާ ގޮތާއި،މުއައްސަސާތަކުގެ މަސައްކަތުގެ ވަގުތުތައް އިންތިޒާމުކުރެވިފައިވާ ގޮތްތައްފަދަ ކަންތައްތަކަށްވެސް ރިއާޔަތްކޮށްފައިވާނެއެވެ.

 

 

މަތީގައިވާ ގޮތަށް ގިންތި ކުރުމުން، އެއިން ކޮންމެ ގިންތިއެއްގައި ހިމެނޭ މުއައްސަސާތަކުގެ ލިސްޓް މި މިންގަނޑާއެކުގައި އެވަނީއެވެ. އަދި އެ ލިސްޓަށް ގެންނަންޖެހޭ ބަދަލުތަކާއެކުގައި އެ ލިސްޓް އަދާހަމަ ކުރެވޭނެއެވެ.

 

 

 

 

 

 

-------------------

 

 

ޖޯގުރަފީއަށް ބިނާކޮށް އިނާޔަތް ދިނުމުގައި ގިންތިތައް ކަނޑައެޅުމުގެ މިންގަނޑު

14-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅުމުގެ ހަރަދު ހުރި ނިސްބަތަށް ބަލައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިނާޔަތްތައް ކަނޑައެޅުމުގައި ތަފާތުކުރެވިދާނެ ގޮތް ބަޔާންކުރަންވާނެކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީވެ، ޖޯގުރަފީއަށް ބިނާކޮށް އިނާޔަތް ދިނުމުގައި ގިންތި ކުރުމުގެ މިންގަނޑެކެވެ.

 

 

 

 

-------------------

 

 

ރޫރަލް ރިޓެންށަން ޕޮލިސީތަކާއި އެފަދަ ޕޮލިސީތަކުގެ ދަށުން އިނާޔަތް ކަނޑައެޅުމާބެހޭ އާންމު މިންގަނޑު

15-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

މިއީ ބައެއް ފަންނުތަކާއި ބައެއް ހާއްސަ ދާއިރާތަކުގެ ގާބިލް މީހުން އަތޮޅުތަކުގައި މަސައްކަތް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކުލަވާލާ ރޫރަލް ރިޓެންށަން ޕޮލިސީތަކާއި އެފަދަ ޕޮލިސީތަކުގެ ދަށުން އިނާޔަތް ކަނޑައެޅުމުގައި ގެންގުޅޭނެ އާންމު މިންގަނޑެވެ. 

 

2 ވަނަ މާއްދާ - ރޫރަލް ރިޓެންށަން ޕޮލިސީތައް  

ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދްމަތްތައް އަތޮޅުތަކުގައި ފޯރުކޮށްދެމުންދާއިރު ބައެއް ފަންނުތަކާއި ބައެއް ހާއްސަ ދާއިރާތަކުގައި ގާބިލް މީހުން އަތޮޅުތަކުގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ރޫރަލް ރިޓެންށަން ޕޮލިސީތައް އެކުލަވާލެވިދާނެއެވެ. އެފަދަ ޕޮލިސީތަކުގައި ދައުލަތުގެ ޕޭ ޕްރޭމްވަރކްގައި އެކިއެކި ފަންނުތަކަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ އިތުރު އިނާޔަތްތަކެއް ދިނުމަށް އެދޭކަމުގައިވާނަމަ، އެފަދަ ޕޮލިސީތައް ނޭށަނަލް ޕޭ ކޮމިށަނަށް ހުށަހަޅައި ފާސްކުރަންޖެހޭނެއެވެ. މި މިންގަނޑުގައި ބަޔާންކޮށްފައިވާނީ އެފަދަ ރޫރަލް ރިޓެންށަން ޕޮލިސީތަކުގެ ދަށުން އިތުރު އިނާޔަތެއް ދޭން އެދޭ ހާލަތްތަކުގައި ގެންގުޅޭނެ އާންމު މިންގަނޑެވެ.

 

3 ވަނަ މާއްދާ - ރޫރަލް ރިޓެން ށަން ޕޮލިސީއެއްގެ ދަށުން އިތުރު އިނާޔަތެއް ދެވޭނެ ހާލަތްތައް

(ހ) ސަރުކާރުގެ ސްކޫލްތަކުގެ ކިޔަވައި ދޭ މާއްދާތަކުގެ ތެރެއިން ވަކި މާއްދާއެއްގެ ޓީޗަރުން އަތޮޅުތަކަށް ފޮނުވުމަށް ދަތިވާ ހާލަތެއް ޖުމްލަގޮތެއްގައި ހުރިހާ އަތޮޅުތަކަކަށް މެދުވެރިވެ، އެ މާއްދާއެއްގެ ޓީޗަރުންނަށް އިތުރު އިނާޔަތެއް ދީފިކަމުގައިވާނަމަ އެ ދަތިތައް ހައްލުކުރެވިދާނެކަމަށް ފެންނަ ހާލަތްތައް

(ށ) އަތޮޅުތަކުގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ފޮނުވަންޖެހޭސްޕެށަލިސްޓް މެޑިކަލް ޑޮކްޓަރުންގެ ތެރެއިން ވަކި ސްޕެށަލިޓީއެއް ނުވަތަވަކި ސްޕެށަލިޓީތަކެއްގެ ޑޮކްޓަރުން އަތޮޅުތަކަށް ފޮނުވުމަށް ދަތިވާ ހާލަތެއް ޖުމްލަގޮތެއްގައި ހުރިހާ އަތޮޅުތަކަށް މެދުވެރިވެ، އެ ސްޕެށަލިޓީ ނުވަތަ ސްޕެށަލިޓީތަކެއްގެ ޑޮކްޓަރުންނަށް އިތުރު އިނާޔަތެއް ދީފިކަމުގައިވާނަމަ އެ ދަތިތައް ހައްލުކުރެވިދާނެކަމަށް ފެންނަ ހާލަތްތައް.

(ނ) އަތޮޅުތަކުގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހުންނަންޖެހޭ ސްޕެށަލިސްޓް ފަންނުތަކުގެ މަގާމުތަކުގެ ތެރެއިން ވަކި ސްޕެށަލިސްޓްފަންނެއްގެ މުވައްޒަފުން އަތޮޅުތަކަށް ފޮނުވުމަށް ދަތިވާ ހާލަތެއް ޖުމްލަގޮތެއްގައިހުރިހާ އަތޮޅުތަކަށް މެދުވެރިވެ، އެ ސްޕެށަލިސްޓް ފަންނެއްގެ މުވައްޒަފުންނަށްއިތުރު އިނާޔަތެއް ދީފިކަމުގައިވާނަމަ އެ ދަތިތައް ހައްލުކުރެވިދާނެކަމަށް ފެންނަ ހާލަތްތައް.

(ރ) ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގައި ދިނުމަށް ސަރުކާރުން ކަނޑައަޅާ ހިދުމަތްތަކުގެ ތެރެއިން ވަކި ހާއްސަ ފަންނެއް ނުވަތަ ފަންނުތަކެއްގެ މުވައްޒަފުން އަތޮޅުތަކަށް ފޮނުވުމަށް ދަތިވާ ހާލަތެއް ޖުމްލަގޮތެއްގައި ހުރިހާއަތޮޅުތަކަށް މެދުވެރިވެ، އެ ހާއްސަ ފަންނެއްގެ މުވައްޒަފުންނަށް އިތުރުއިނާޔަތެއް ދީފިކަމުގައިވާނަމަ އެ ދަތިތައް ހައްލުކުރެވިދާނެކަމަށް ފެންނަ ހާލަތްތައް.

(ބ) ސަރުކާރުގެ ފަރާތުން އަތޮޅުތަކުގައި ހިންގާ ބޮޑެތި މަށްރޫއުތަކުގައި އެ މަށްރޫއުގެ މުއްދަތަށް އަތޮޅުތަކަށް ފޮނުވަންޖެހޭ ހާއްސަ ފަންނުތަކުގެ މުވައްޒަފުން އަތޮޅުތަކަށް ފޮނުވުމަށް ދަތިވާ ހާލަތެއް ޖުމްލަގޮތެއްގައި ހުރިހާއަތޮޅުތަކަށް މެދުވެރިވެ، އެ ހާއްސަ ފަންނެއްގެ މުވައްޒަފުންނަށް އިތުރުއިނާޔަތެއް ދީފިކަމުގައިވާނަމަ އެ ދަތިތައް ހައްލުކުރެވިދާނެކަމަށް ފެންނަ ހާލަތްތައް. 

 

4 ވަނަ މާއްދާ - ރޫރަލް ރިޓެންށަން ޕޮލިސީތަކުގެ ދަށުން ދެވިދާނެ އިނާޔަތްތައް  

ތިރީގައި އެވަނީ ރޫރަލް ރިޓެންށަން ޕޮލިސީތަކުގެ ދަށުން ދެވިދާނެ އިނާޔަތްތަކެވެ. އެއިނާޔަތްތަކުގެ ތެރެއިން އެކި ދާއިރާތަކަށް ކަނޑައަޅާނެ އިނާޔަތްތަކާއި އިނާޔަތްތަކުގެ މިންވަރު ބިނާވެގެންވާނީ އެ ފަންނަކަށާއި ހައްލުކުރަން ބޭނުންވެފައިވާ ކަމުގެ ކުޑަބޮޑު މިނަށާއި ދައުލަތުގެ މާލީ ފުދުންތެރިކަމަށެވެ.

(ހ) ރޫރަލް ރިޓެންށަން އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކަށް ދެވޭ ފައިސާގެ އީނާޔަތް.

(ށ) ރޫރަލް ރިޓެންށަން އި ނާޔަތުގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ދެވޭފައިސާގެ އިނާޔަތް.

(ނ) ރޫރަލް ރިޓެންށަންގެ ތެރޭގައި ހިމެނޭ ވަކި ހާއްސަ ފަންނުތަކެއްގެ މުވައްޒަފުންނަށް ކޮންމެ މަހަކު ދެވޭ އެކަމަޑޭށަންގެ ފައިސާ.

(ރ) ރޫރަލް ރިޓެންށަންގެ ތެރޭގައި ހިމެނޭ ވަކި ހާއްސަ ފަންނުތަކެއްގެ މުވައްޒަފުންނަށް ދެވޭ ކޮއްތު ފައިސާ.

(ބ) ރޫރަލް ރިޓެންށަންގެ ތެރޭގައި ހިމެނޭ ވަކި ހާއްސަ ފަންނުތަކެއްގެ މުވައްޒަފުން މަސައްކަތްކުރާ ރަށާއި ދިރިއުޅުން ހަމަޖެހިފައިވާ ރަށާއި ދެމެދު ދެކޮޅުދަތުރުކުރުމަށް އަހަރަކު އެއްފަހަރު ދެވޭ ފައިސާ.

 

5 ވަނަ މާއްދާ - ރޫރަލް ރިޓެންށަން ޕޮލިސީގެ ދަށުން އިނާޔަތް ދެވޭނެ މުވައްޒަފުން  

(ހ) ރޫރަލް ރިޓެންށަން ޕޮލިސީގެ ދަށުން އިނާޔަތް ދެވޭނީ ހަމައެކަނި ދިވެހިންނަށެވެ.

(ށ) ރޫރަލް ރިޓެންށަން ޕޮލިސީގެ ދަށުން އިނާޔަތް ދެވޭނީ އަމިއްލަ ރަށް ފިޔަވައި އެހެން ރަށެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށެވެ. ވަޒީފާ އަދާކުރާ ރަށާއި އަމިއްލަ ރަށަކީ ތަފާތު ދެ ރަށެއް ކަމުގައިވީނަމަވެސް އެއީ އެއްފަސް ކުރެވިފައިވާ ރަށްތަކެއް ކަމުގައިވާނަމަ އެފަދަ މުވައްޒަފުންނަށް މި އިނާޔަތެއް ނުދެވޭނެއެވެ. އަދި ވަޒީފާ އަދާކުރަންޖެހެނީ އަމިއްލަ ރަށުގައި ކަމުގައިވާނަމަ ރޫރަލްރިޓެންށަން ޕޮލިސީގެ ދަށުން އެފަދަ މުވައްޒަފަކަށް އިނާޔަތެއް ނުލިބޭނެއެވެ. "އަމިއްލަ ރަށް" ކަމުގައި ބަލާނީ، މުވައްޒަފުގެ ދިރިއުޅުން ހަމަޖެހިފައިވާ ރަށުގެއިތުރުން މުވައްޒަފުގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ރަށެވެ.

 

6 ވަނަ މާއްދާ - ރޫރަލް ރިޓެންށަން ޕޮލިސީގެ ދަށުން އިނާޔަތް ނުދެވޭނެ ސަރަހައްދުތައް  

މާލެ ސަރަހައްދު އަދި ބްރިޖަކުން މާލެއާ ގުޅާލެވިފައިވާ ރަށްރަށުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޫރަލް ރިޓެންށަން ޕޮލިސީގެ ދަށުން އިނާޔަތެއް ނުދެވޭނެއެވެ.

 

7 ވަނަ މާއްދާ - ރޫރަލް ރިޓެންށަން ޕޮލިސީއެއް އެކުލަވާލައި ނޭށަނަލް ޕޭ ކޮމިށަނަށް ހުށަހެޅުމުގައި ސަމާލުކަން ދޭންޖެހޭނެ މުހިއްމު ކަންތައްތައް 

(ހ) ސަރުކާރުގެ ސިޔާސަތުތަކަށް ރިއާޔަތްކޮށް ރޫރަލް ރިޓެންށަން ޕޮލިސީއެއް އެކުލަވާލައި އެފަދަ ޕޮލިސީއެއްގެ ދަށުން އިނާޔަތެއް ނުވަތަ އިނާޔަތްތަކެއްދިނުމަށްޓަކައި ދައުލަތުގެ އިދާރާއަކުން އެ މައްސަލަ ނޭށަނަލް ޕޭ ކޮމިށަނަށްހުށަހެޅިދާނެއެވެ.

(ށ) އެ މައްސަލަ ހުށަހަޅާއިރު މި މިންގަނޑުގައިވާ ބަޔާންކޮށްފައިވާ ހާލަތްތަކަށާއި ކަންތައްތަކަށް ސަމާލުކަންދޭންވާނެއެވެ.

(ނ) ރޫރަލް ރިޓެންށަން ޕޮލިސީގެ ދަށުން ދެވޭނެ އިނާޔަތްތަކަކީ ހާއްސަ ހާލަތެއްމެދުވެރިވުމާގުޅިގެން ވަކި މުއްދަތަކަށް ދެވޭނެ އިނާޔަތެކެވެ. އެހެންކަމުން، އެ ހާލަތް ނެތި ދިއުންކަމުގައި ބަލާނެ މިންގަނޑެއް އެކުލަވާލައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

(ރ) ރޫރަލް ރިޓެންށަން ޕޮލިސީއެއްގެ ދަށުން ދޭން ހުށަހަޅާ އިނާޔަތަކީ ދައުލަތުގެ ޕޭ ޕްރޭމްވަރކްގައި އެ ފަންނެއްގެ މަގާމުތަކަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތެއް ބޮޑުކުރުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުމެއް ކަމުގައި ވެގެންނުވާނެއެވެ.

(ބ) ރޫރަލް ރިޓެންށަން ޕޮލިސީއާއި އެ ޕޮލިސީގެ ދަށުން އިނާޔަތް ދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކުގައި އެއާ ގުޅުންހުރި ހުރިހާ މައުލޫމާތާއި އިނާޔަތްތަކުގެތަފްސީލާއި އިނާޔަތް ދެވޭނެ ގޮތްތަކާއި ހާލަތްތަކާއި ހިނގާނެ ހަރަދުފަދަ ހުރިހާ ތަފްސީލެއް ހިމަނަންވާނެއެވެ.

 

 

 

 

-------------------

 

ދާއިރާތަކަށް ހާއްސަ އިނާޔަތްތައް ކަނޑައެޅުމާބެހޭ އާންމު މިންގަނޑު

16-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

މިއީ ދައުލަތުގެ ބައެއް ދާއިރާތަކާއި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން އެ ދާއިރާތަކާއި އިދާރާތަކަށް ހާއްސަވާ ކަންތައްތަކާގުޅޭ ގޮތުން އިނާޔަތް ހަމަޖެއްސުމުގައި ގެންގުޅޭނެ އާންމު މިންގަނޑެވެ.

 

2 ވަނަ މާއްދާ - ދާއިރާތަކަށް ހާއްސަ އިނާޔަތްތައް ކަނޑައެޅުން

ދައުލަތުގެ ބައެއް ދާއިރާތަކާއި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން އެ ދާއިރާތަކާއި އިދާރާތަކަށް ހާއްސަވާ ކަންތައްތަކާގުޅޭ ގޮތުން އިނާޔަތެއް ހަމަޖައްސަންޖެހޭ ހާލަތްތަކުގައި، އެ މައްސަލައެއް ނޭށަނަލް ޕޭ ކޮމިށަނަށް ހުށަހަޅައި ހުއްދަ ހޯދަންޖެހޭނެއެވެ. އަދި އެފަދަ އިނާޔަތްތައް ދިނުމުގައި ގެންގުޅޭނެ ތަފްސީލީ އުސޫލުތައް ކަމާގުޅޭ އިދާރާއަކުން އެކުލަވާލަންވާނެއެވެ.

 

3 ވަނަ މާއްދާ - ވަކި ދާއިރާތަކަށް ހާއްސަވާ ގޮތަށް އިނާޔަތް ދެވޭނެ ހާލަތްތައް

(ހ) ދައުލަތުން ތައުލީމާއި މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ކިޔަވައިދޭ ދަރިވަރުންގެ އަދަދުން އުފުލަންޖެހޭ ޒިންމާގެ ބުރަދަނަށް ބަދަލު އަންނަ ހިނދު އެފަދަ ތަންތަނުގެ ހިންގުމުގެ އިސް ފަރާތްތަކަށް އިތުރު އިނާޔަތެއް ދޭންޖެހޭ ހާލަތްތައް.

(ށ) ދައުލަތުން ތައުލީމާއި މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މުވައްޒަފުންގެ މެދުގައި ވަކި މުއްދަތަކުން ދައުރުވާގޮތަށް ހުންނަ ޒިންމާތަކަށް އެފަދަ ޒިންމާތައް ހަވާލުކުރާ މުވައްޒަފުންނަށް އިތުރު އިނާޔަތެއް ދޭންޖެހޭ ހާލަތްތައް.

(ނ) ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ހިދުމަތްދޭ މީހުންގެ އަދަދުން އުފުލަންޖެހޭ ޒިންމާގެ ބުރަދަނަށް ބަދަލު އަންނަ ހިނދު އެފަދަ ތަންތަނުގެ ހިންގުމުގެ އިސް ފަރާތްތަކަށް އިތުރު އިނާޔަތެއް ދޭންޖެހޭ ހާލަތްތައް.

(ރ) ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މުވައްޒަފުންގެ މެދުގައި ވަކި މުއްދަތަކުން ދައުރުވާގޮތަށް ހުންނަ ޒިންމާތަކަށް އެފަދަ ޒިންމާތައް ހަވާލުކުރާ މުވައްޒަފުންނަށް އިތުރު އިނާޔަތެއް ދޭންޖެހޭ ހާލަތްތައް.

(ބ) ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ސިއްހީ ފަންނުވެރިންގެ އަސާސީ ޒިންމާގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ހިދުމަތްކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ވަކި ހާއްސަ އުސޫލެއްގެ ދަށުން އިތުރު އިނާޔަތެއް ދިނުމަށް ކަނޑައަޅާ ހާލަތްތައް.

(ޅ) ދައުލަތުގެ އިދާރާތަކުގެ ހައްސާސް މަގާމުތަކުގެ ތެރެއިން ދާއިމީ މުވައްޒަފުން ހޯދުމަށް ދަތިވާ ހާލަތްތަކުގައި ވަގުތީ މުވައްޒަފުން ހޯދުމަށްޓަކައި ތަފާތު މުސާރައެއް ނުވަތަ އިނާޔަތެއް ދޭންޖެހޭ ހާލަތްތައް.

(ކ) ދައުލަތުގެ އިދާރާއަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ދާއިމީކޮށް ކުރަންނުޖެހޭ، ނަމަވެސް ވަކި ދުވަސްވަރެއްގައި ކުރަންޖެހޭފަދަ ކަންތައްތަކުގައި އެ އިދާރާއެއްގެ މުވައްޒަފުންނަށް ނުވަތަ އެ އިދާރާއިން ބޭރު ފަރާތްތަކަށް ހާއްސަ އިނާޔަތެއް ދޭންޖެހޭ ހާލަތްތައް.

(އ) ދައުލަތުގެ އިދާރާއަކުން އާންމުގޮތެއްގައި އައުޓްސޯސްކޮށްގެން ކުރާ މަސައްކަތްތަކުގެ ތެރެއިން އެ އި ދާރާގެ މުވައްޒަފުން ބޭނުންކޮށްގެން ދައުލަތަށް ހަރަދުކުޑަވާނެ ގޮތެއްގައި ވަކި މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކުރެވިދާނެފަދަ މަސައްކަތްތަކަށް ހާއްސަ އިނާޔަތެއް ދޭންޖެހޭ ހާލަތްތައް.

 

4 ވަނަ މާއްދާ - އިނާޔަތް ދެވޭނެ ގޮތް

މި މިންގަނޑުގެ ދަށުން އިނާޔަތް ދިނުމަށްޓަކައި އެކަމާބެހޭ މައުލޫމާތާއި އެ އިދާރާއަކުން ހުށަހަޅާ ގޮތަކާއެކުގައި ނޭށަނަލް ޕޭ ކޮމިށަނަށް ހުށަހެޅުމުން، އެ ހުށަހެޅުމަކަށް ރިއާޔަތް އިނާޔަތް ދެވޭނެ ހާލަތްތަކުގައި އިނާޔަތުގެ ގޮތުގައި ދޭނެ މިންވަރު ކަނޑައަޅާނީ ނޭށަނަލް ޕޭ ކޮމިށަނުންނެވެ.

 

 

 

 

-------------------

 

 

ހައުސިންގ އިނާޔަތާގުޅޭ މިންގަނޑު 

17-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު 

މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހައުސިންގ އިނާޔަތާގުޅޭ ކަންތައްތައް ކަނޑައަޅާފައިވާ ގޮތުގެ މިންގަނޑެވެ.

 

2 ވަނަ މާއްދާ - ހައުސިންގ އިނާޔަތް ދެވޭނެ ހަމަތައް

(ހ) ނޭށަނަލް ޕޭ ކޮމިށަނުން އެކުލަވާލާފައިވާ "ރޫރަލް ރިޓެންށަން ޕޮލިސީތަކާއި އެފަދަ ޕޮލިސީތަކުގެ ދަށުން އިނާޔަތް ކަނޑައެޅުމާބެހޭ އާންމު މިންގަނޑު" ގެ ދަށުން ހައުސިންގ ގެ ބޭނުމަށް ދިރިއުޅޭނެ ތަނެއް ނުވަތަ ތަނެއް ކުއްޔަށް ހިފުމަށްޓަކައި ފައިސާ ދެވޭ ހާލަތްތައް.

(ށ) "ރޫރަލް ރިޓެންށަން ޕޮލިސީތަކާއި އެފަދަ ޕޮލިސީތަކުގެ ދަށުން އިނާޔަތް ކަނޑައެޅުމާބެހޭ އާންމު މިންގަނޑު" އިން އިސްތިސްނާވާ ހާލަތްތަކުގައި،ދައުލަތުގެ ހާއްސަ ބޭނުމަކަށްޓަކައި ކަނޑައެޅޭ ވަކި މުއްދަތަކަށް ވަކި މަސައްކަތެއް ކުރާ ފަރާތްތަކަކަށް ނޭށަނަލް ޕޭ ކޮމިށަނުގެ ހުއްދައާއެކު ހައުސިންގ އިނާޔަތް ދެވޭ ހާލަތްތައް.

 

3 ވަނަ މާއްދާ - ހައުސިންގ އިނާޔަތް ނުދެވޭނެ ހާލަތްތައް 

(ހ) މި މިންގަނޑުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކުން އިސްތިސްނާވާ ފަރާތްތަކަށް ހައުސިންގ ގެ ބޭނުމަށް އެއްވެސް އިނާޔަތެއް ނުދެވޭނެއެވެ. އޭގެ ތެރޭގައި ދިރިއުޅުމަށްޓަކައި ދެވޭ ދައުލަތުގެ ތަންތަނާއި ހައުސިންގ އެލަވަންސް، ލިވިންގ އެލަވަންސް، ރެންޓް އެލަވަންސް، އެކަމަޑޭށަން އެލަވަންސް ފަދަ ތަފާތު ނަންނަމުގައި މިހާތަނަށް ދެމުންދިޔަ އިނާޔަތްތަކާއި އެލަވަންސްތައްވެސް ހިމެނޭނެއެވެ.

(ށ) ވަޒީފާ އަދާކުރާ ރަށުގައި މުވައްޒަފުގެ އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް އޮންނަ މުވައްޒަފުންނަށާއި މުވައްޒަފު ވަޒީފާ އަދާކުރާ ރަށަކުން ފްލެޓެއް ނުވަތަ ބިމެއް ގަނެފައިވާނަމަ، އެ މުވައްޒަފަކަށް އިތުރު ހައުސިންގ އިނާޔަތެއް ނުދެވޭނެއެވެ.

ސަރުކާރުގެ މިލްކުވެރިކަމުގެ ދަށުގައިވާ ގެ، ފްލެޓް ނުވަތަ ރޯ ހައުސްފަދަ ތަންތަނުގައި އެކަމަޑޭށަން ހަމަޖައްސާފައިވާ ފަރާތްތަކަށް އިތުރު ހައުސިންގ އިނާޔަތެއް ނުދެވޭނެއެވެ.

(ނ) ސަރުކާރުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ހިންގާ ސޯށަލް ހައުސިންގ ސްކީމަކުން މުވައްޒަފަށް ނުވަތަ މުވައްޒަފުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ފްލެޓެއް ނުވަތަ ބިމެއް ލިބިފައިވާ ފަރާތްތަކަށް އިތުރު ހައުސިންގ އިނާޔަތެއް ނުދެވޭނެއެވެ.

(ރ) ސަރުކާރުގެ ކުންފުންޏަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ހިންގާ ހައުސިންގ ސްކީމެއްގެ ދަށުން މުވައްޒަފުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ފްލެޓެއް ނުވަތަ ބިމެއް ލިބިފައިވާ ފަރާތްތަކަށް އިތުރު ހައުސިންގ އިނާޔަތެއް ނުދެވޭނެއެވެ.

(ބ) މި މާއްދާގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ތަންތަނަށް ކުލި ދައްކަންޖެހޭ ކަމުގައިވާނަމަ، އެ ތަންތަނަށް ކުލި ދައްކަންޖެހޭނީ އެ މުވައްޒަފެކެވެ.

 

 

 

 

-------------------

 

ކޮމިއުނިކޭށަން ޑިވައިސް އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު 

18-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

ކޮމިއުނިކޭށަން ޑިވައިސް އިނާޔަތަކީ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތައް އުފުލުމުގައި އެކި ފަރާތްތަކާއި ރަސްމީ ވަގުތު ތަކުގައާއި، ރަސްމީ ނޫން ވަގުތުތަކުގައި ރަސްމީ ބޭނުމަށް ފޯނުން ނުވަތަ އެހެނިހެން އިލެކްޓްރޯނިކް ޑިވައިސްތަކުން މުއާމަލާތް ކުރަންޖެހޭތީ، އެފަދަ ކަންތައްތަކަށް އިނާޔަތް ދޭނެ ގޮތުގެ އާންމު މިންގަނޑެކެވެ.

 

2 ވަނަ މާއްދާ - ކޮމިއުނިކޭށަން ޑިވައިސްގެ ގޮތުގައި ބެލޭނެ އާލާތްތައް 

(ހ)  މުވައްޒަފުގެ އަމިއްލަ މޮބައިލް ފޯން.

(ށ)  މުވައްޒަފުގެ އަމިއްލަ ލެޕްޓޮޕް، އައިޕެޑް ނުވަތަ އެފަދަ ޑިވައިސްތައް.

(ނ) އިދާރާގެ ފަރާތުން ފޯރުކޮށްދޭ މޮބައިލް ފޯނު، ލެޕްޓޮޕް، އައިޕެޑް ނުވަތަ އެފަދަ ޑިވައިސްތައް.

 

3 ވަނަ މާއްދާ - ކޮމިއުނިކޭށަން ޑިވައިސް އިނާޔަތުގެ ގޮތުގައި ދެވޭނެ އިނާޔަތްތަކުގެ ބާވަތްތައް 

(ހ) މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ އާލާތެއް މެދުވެރިކޮށް މުއާމަލާތް ކުރުމަށް ކޮންމެ މަހަކު ދެވޭ ފައިސާގެއިނާޔަތެއް.

(ށ) މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ އާލާތެއް މެދުވެރިކޮށް މުއާމަލާތް ކުރުމަށްޓަކައި އިދާރާގެ ފަރާތުން ފޯރުކޮށްދޭ އިންޓަނެޓް ޑޭޓާ ޕެކޭޖެއް. 

 

4 ވަނަ މާއްދާ - މާލީ ޒިންމާދާރުވެރިޔާގެ ދައުރު  

(ހ) މި މިންގަނޑާއެއްގޮތްވާ ގޮތުގެ މަތިން ކޮމިއުނިކޭށަން ޑިވައިސް އިނާޔަތްދިނުމާގުޅޭ ހުރިހާ ކަންތައްތަކެއް ހިންގައި ބަލަހައްޓައި، މި މިންގަނޑުގެ ދަށުން އެ އިނާޔަތް ދިނުމާގުޅޭ ނިންމުންތައް ނިންމާނީ އެ އިދާރާއެއްގެ މާލީޒިންމާދާރުވެރިޔާއެވެ.

(ށ) މާލީ ޒިންމާދާރުވެރިޔާގެ ނިންމުން ނިންމުމުގައި ދައުލަތުގެ މާލިއްޔަތާބެހޭ ގަވާއިދާ އެއްގޮތަށް އަމަލުކުރަންޖެހޭނެއެވެ.

 

5 ވަނަ މާއްދާ - ކޮމިއުނިކޭށަން ޑިވައިސް އިނާޔަތް ދިނުމަށްޓަކައި ގެންގުޅޭނެ މައިގަނޑު އަސާސްތައް

(ހ) ކޮމިއުނިކޭށަން ޑިވައިސް އިނާޔަތް ދިނުމަށް ހިނގާ ހަރަދަކީ އެ އިދާރާއަކަށް އެ އަހަރަކަށް ފާސްކޮށްފައިވާ ބަޖެޓުގައި އެކަމަށް ހިނގާނެ ހަރަދު ހިމަނާފައިވާ ހަރަދަކަށް ވާންޖެހޭނެއެވެ. އަދި މައިގަނޑު މަގްސަދަކަށް ވާންޖެހޭނީ ދައުލަތަށް އެންމެ ހަރަދު ކުޑަ ގޮތެއްގައި މި އިނާޔަތް ދިނުމަށެވެ.

(ށ) އިދާރާގެ މަސައްކަތްތަކާއި އިދާރާގެ ތަފާތު މަގާމުތަކުގެ މުވައްޒަފުންގެ މަސްއޫލިއްޔަތަށް ބިނާކޮށް، ފައިސާގެ އިނާޔަތުގެ ގޮތުގައި ނުވަތަ އިންޓަނެޓް ޑޭޓާ ޕެކެޖް އިހްތިޔާރު ކުރެވިދާނެއެވެ.

(ނ) އިދާރާގެ އެކި މުވައްޒަފުންގެ މަސްއޫލިއްޔަތަށް ބިނާކޮށް ބައެއް މުވައްޒަފުންނަށް ފައިސާގެ އިނާޔަތެއް، ބައެއް މުވައްޒަފުންނަށް އިންޓަނެޓް ޑޭޓާ ޕެކެޖް އިހްތިޔާރުކުރެވިދާނެއެވެ.

(ރ) އިދާރާގެ މުވައްޒަފުންގެ މެދުގައި ކޮމިއުނިކޭށަން ޑިވައިސް އިނާޔަތް ދިނުމުގައިއެ އިނާޔަތް ދޭންވާނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެ އިނާޔަތް ކޮންމެހެން ދޭންޖެހޭ މުވައްޒަފުންނަށް އެކަންޏެވެ.

(ބ) އިދާރާގައި ކުރަންޖެހޭ ވަގުތީ މަސައްކަތެއް ކުރުމަށްޓަކައި ކަނޑައެޅޭ ވަކިމުއްދަތަކަށް ކޮމިއުނިކޭށަން ޑިވައިސް އިނާޔަތް ދެވިދާނެއެވެ.

(ޅ) އިދާރާގެ އެއްވެސް މުވައްޒަފަކަށް ދެ ބާވަތެއްގެ ކޮމިއުނިކޭށަން ޑިވައިސްއިނާޔަތް އެއް ވަގުތެއްގައި ދީގެންނުވާނެއެވެ. އެއް ބާވަތެއްގެ ކޮމިއުނިކޭށަން ޑިވައިސް އިނާޔަތް ދެމުންދާ މުވައްޒަފަކަށް އެހެން ބާވަތެއްގެ ކޮމިއުނިކޭށަން ޑިވައިސް އިނާޔަތެއް ދޭންޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުރިންދެމުންދިޔަ ކޮމިއުނިކޭށަން ޑިވައިސް އިނާޔަތް ހުއްޓާލަންވާނެއެވެ.

 

6 ވަނަ މާއްދާ - ކޮމިއުނިކޭށަން ޑިވައިސް އިނާޔަތުގެ ގޮތުގައި އިންޓަނެޓް ޕެކެޖް އިހްތިޔާރުކުރުން  

(ހ) ކޮމިއުނިކޭށަން ޑިވައިސް އިނާޔަތުގެ ގޮތުގައި އިންޓަނެޓް ޕެކެޖެއް އިހްތިޔާރުކުރާ ހާލަތްތަކުގައި ރާއްޖޭގައި އެ ހިދުމަތް ފޯރުކޮށްދޭ ސަރވިސް ޕްރޮވައިޑަރތަކުގެ ތެރެއިން ހިދުމަތް ބޭނުންވާ އިދާރާއިން އެދޭ ކަންތައްތައް ފުރިހަމަވާ، ދައުލަތަށް އެންމެ ކުޑަ ހަރަދަކުން އެ ހިދުމަތް ފޯރުކޮށްދޭ ސަރވިސް ޕްރޮވައިޑަރއެއް އިހްތިޔާރުކުރަންވާނެއެވެ. 

(ށ) ކޮމިއުނިކޭށަން ޑިވައިސް އިނާޔަތުގެ ގޮތުގައި އިންޓަނެޓް ޕެކެޖް ގިނަ މުވައްޒަފުންތަކަކަށް ބޭނުންވާ ކުރެވޭގޮތަށް ހޯދުމުން އޭގެ ބޭނުން އިދާރާއަށްފުރިހަމަގޮތުގައި ކުރެވި، ބޭނުންކުރާ މުވައްޒަފަކަށް ހިނގާ ހަރަދު ކުޑަވާހާލަތްތަކުގައި އެފަދަ ޕެކެޖެއް އިހްތިޔާރުކުރެވިދާނެއެވެ.

 

7 ވަނަ މާއްދާ - ކޮމިއުނިކޭށަން ޑިވައިސް އިނާޔަތުގެ ގޮތުގައި ފައިސާގެ އިނާޔަތް އިހްތިޔާރުކުރުން

(ހ) ކޮމިއުނިކޭށަން ޑިވައިސް އިނާޔަތުގެ ގޮތުގައި ފައިސާގެ އިނާޔަތް އިހްތިޔާރުކުރާ ހާލަތްތަކުގައި މަގާމު ނިސްބަތްވާ ޕަބްލިކް ސަރވިސް ރޭންކަށް ރިއާޔަތް މި މިންގަނޑުގައިވާ ގޮތަށް ކޮންމެ މަހަކު ވަކި އަދަދަކަށް ފައިސާ ދެވިދާނެއެވެ.

(ށ) އިދާރާގައި ކުރަންޖެހޭ ވަގުތީ މަސައްކަތެއް ކުރާ މުވައްޒަފުންނަށް ކަނޑައެޅޭ ވަކި މުއްދަތަކަށް ކޮމިއުނިކޭށަން ޑިވައިސް އިނާޔަތުގެ ގޮތުގައި މި މިންގަނޑުގައިވާ ގޮތަށް އެ މުއްދަތަކަށް ފައިސާގެ އިނާޔަތެއް ދެވިދާނެއެވެ.

(ނ) ކޮމިއުނިކޭށަން ޑިވައިސް އިނާޔަތުގެ ގޮތުގައި ފައިސާގެ އިނާޔަތް ދެވޭ މުވައްޒަފުން އެ ފައިސާ ބޭނުންކޮށްގެން ހޯދާ ޕެކޭޖް އަޕްގްރޭޑް ކުރުމަށް ނުވަތަ ޓޮޕްއަޕް ކުރުމަށް އިދާރާގެ ފަރާތުން ފައިސާ ދީގެން ނުވާނެއެވެ.

(ރ) ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމުތަކުގެ ތެރެއިން ކޮމިއުނިކޭށަން ޑިވައިސް އިނާޔަތުގެ ގޮތުގައި ބެލެވޭ އިނާޔަތެއް ދިނުމަށް އެ މަޖިލީހުން ވަކި ގޮތަކަށް ކަނޑައަޅާ މަގާމުތައް ފިޔަވައި ދައުލަތުގެ އެހެން ހުރިހާ މަގާމުތަކަށް ކޮމިއުނިކޭށަން ޑިވައިސް އިނާޔަތުގެ ގޮތުގައި ފައިސާގެ އިނާޔަތް ދެނީ ތިރީގައިވާ ތަވާލުގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން އިނާޔަތް ދޭއިރު އެއްވެސް މުވައްޒަފަކަށް 2 ގިންތިއަކުން ކޮމިއުނިކޭށަން ޑިވައިސް އިނާޔަތުގެ ގޮތުގައި ފައިސާގެ އިނާޔަތް ދީގެންނުވާނެއެވެ.

 

 

 

 

 

-------------------

 

 

ކޮމިއުޓް އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު 

19-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

ކޮމިއުޓް އެލަވަންސަކީ ތިމާގެ ދިރިއުޅުން ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށަކަށް ކޮންމެ ދުވަހަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި "އިންޓަގްރޭޓަޑް ނޭށަނަލް ފެރީ ނެޓްވަރކް" ގެ ދަށުން ގާއިމްކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)" ފެރީގައި ދަތުރުކުރާ މުވައްޒަފުންނަށް، މި މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދޭނެ އެލަވަންސެކެވެ.

 

2 ވަނަ މާއްދާ - އެލަވަންސް ދެވޭނެ ފަރާތްތައް

ކޮމިއުޓް އެލަވަންސް ދެވޭނީ ތިރީގައިވާ ފަތާތްތަކަށެވެ.

(ހ) ތިމާގެ ދިރިއުޅުން ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށަކަށް ކޮންމެ ދުވަހަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކަނޑުމަގުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)" ފެރީގައި ދަތުރުކުރާ މުވައްޒަފުންނަށް.

(ށ) ވަޒީފާ އަދާކުރަންޖެހޭ އިދާރާގެ މަސައްކަތްތަކުގެ ބާވަތުން، ރާއްޖޭގެ ރަށްރަށަށްވަކި މުއްދަތަކަށް ސްޓޭށަންވާންޖެހޭ މުވައްޒަފުންގެ ތެރެއިން، ހުރުމާއި ނިދުން ހަމަޖެހިފައިވާ ރަށާއި މަސައްކަތް ކުރަންޖެހޭ ރަށާ ތަފާތުވާ މުވައްޒަފުންގެ ތެރެއިން ކަނޑުމަގުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)" ފެރީގައި ދަތުރުކުރާ މުވައްޒަފުންނަށް. 

 

3 ވަނަ މާއްދާ - އެލަވަންސް ނުދެވޭނެ ހާލަތްތައް

(ހ) ދިވެހިރާއްޖޭގެ އެއް ރަށެއްގެ ތެރޭގައި ވަޒީފާ އަދާކުރުމަށްޓަކައި އައިސްގޮސްވާންޖެހޭ މުވައްޒަފުންނަށް މި އެލަވަންސް ނުދެވޭނެއެވެ.

(ށ) ދިވެހިރާއްޖޭގެ އެއްފަސްކުރެވިފައިވާ ރަށްތަކުގައި ދިރިއުޅޭ މުވައްޒަފުންގެ ތެރެއިން އެއްރަށުން އަނެއް ރަށަށް ވަޒީފާ އަދާކުރުމަށްޓަކައިއައިސްގޮސްވާންޖެހޭ މުވައްޒަފުންނަށް މި އެލަވަންސް ނުދެވޭނެއެވެ. މިގޮތުންބްރިޖަކުން ގުޅާލާފައިވާ ރަށްތަކާއި ކޯޒްވޭތަކުން ގުޅާލާފައިވާ ރަށްތަކުގެ މެދުގައި ކުރާ ދަތުރުތަކަށްވެސް މި އެލަވަންސް ނުދެވޭނެއެވެ.

(ނ) ދައުލަތުގެ އިދާރާއަކުން އެ އިދާރާގެ މުވައްޒަފުންނަށް ނުވަތަ ކަނޑައެޅޭ އިދާރާތަކެއްގެ މުވައްޒަފުންނަށް ފެރީގެ ހިދުމަތް ހަމަޖައްސައިދީފައިވާ ހާލަތްތަކުގައި މި އެލަވަންސް ނުދެވޭނެއެވެ. 

 

4 ވަނަ މާއްދާ - އެލަވަންސްގެ ގޮތުގައި ދޭނެ މިންވަރު 

ކޮމިއުޓް އެލަވަންސްގެ ގޮތުގައި ދޭނީ އެ މުވައްޒަފެއްގެ ދިރިއުޅުން ހަމަޖެހިފައިވާ ރަށުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި "ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)" ފެރީގައި ދަތުރުކުރުމަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

 

5 ވަނަ މާއްދާ - އެލަވަންސް ދޭނެ ގޮތް 

(ހ) ކޮމިއުޓް އެލަވަންސް ދޭނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދަތުރުކުރާ ކޮންމެ ދުވަހަކު ދެކޮޅު ދަތުރަށެވެ.

(ށ) ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދަތުރުކުރަންނުޖެހޭ ދުވަސްތަކަށާއި ދަތުރުނުކުރާ ދުވަސްދުވަހަށް ކޮމިއުޓް އެލަވަންސް ނުދެވޭނެއެވެ.

(ނ) ކޮމިއުޓް އެލަވަންސްގެ ގޮތުގައި ފައިސާ ދޭނީ ފާއިތުވި މަހުގެ 16 ން ފެށިގެން ހިނގާ މަހުގެ 15 ގެ ނިޔަލަށް ހާޒިރުވި ދުވަސްތަކަށް ބަލައި ހިސާބުކުރުމަށްފަހު މުވައްޒަފުގެ މުސާރައާއެކުގައެވެ.

(ރ) ކޮމިއުޓް އެލަވަންސްގެ ގޮތުގައި މުވައްޒަފަށް ފައިސާ ދިނުމުގެ ބަދަލުގައި އިދާރާގެ ފަރާތުން ޓިކެޓް ނަގައިދިނުމުން ދައުލަތުން ކުރަންޖެހޭ ހަރަދު ކުޑަވާނެ ހާލަތްތަކުގައި ކޮމިއުޓް އެލަވަންސްގެ ގޮތުގައި ފައިސާ ދިނުމުގެ ބަދަލުގައި ޓިކެޓް ހޯދައިދިނުމުގެ އިހްތިޔާރު އެ އިދާރާއަށް ލިބިގެންވެއެވެ.

 

 

 

 

-------------------

 

ކޮއްތު އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު 

20-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

ކޮއްތު އެލަވަންސަކީ މީހުން ދިރިއުޅޭ ސަރަހައްދާ އެކަހެރިކޮށް ގާއިމުކުރެވިފައިވާ ސީޕޯޓުތަކާއި އެއާރޕޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ވަޒީފާގެ މަސްއޫލިއްޔަތުތައް ހަމަޖެހިފައި އޮންނަ ގޮތުން މަސައްކަތުގެ މާހައުލު ދޫކޮށްފައި، ކާ ގަޑިއަށް ވަޒީފާއަދާކުރާ ތަނުން ބޭރުގައި ހުންނަ ހޮޓާ/ރެސްޓޯރަންޓަކަށް ނުވަތަ ގެއަކަށް ދިއުމަށް އާންމު ގޮތެއްގައި ފުރުސަތު ނުލިބޭ މުވައްޒަފުންނަށާއި، މި  މިންގަނޑުގައި ބަޔާންކޮށްފައިވާ އެހެން ހާލަތްތަކުގައި މި މިންގަނޑުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ދެވޭނެ އެލަވަންސެކެވެ.ސ

 

2 ވަނަ މާއްދާ - އެލަވަންސް ދެވޭނެ ފަރާތްތައް 

(ހ) މީހުން ދިރިއުޅޭ ސަރަހައްދާ އެކަހެރިކޮށް ގާއިމުކުރެވިފައިވާ ސީޕޯޓުތަކާއި އެއާރޕޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ވަޒީފާގެ މަސްއޫލިއްޔަތުތައް ހަމަޖެހިފައި އޮންނަ ގޮތުން މަސައްކަތުގެ މާހައުލު ދޫކޮށްފައި، ކާ ގަޑިއަށް ވަޒީފާއަދާކުރާ ތަނުން ބޭރުގައި ހުންނަ ހޮޓާ/ރެސްޓޯރަންޓަކަށް ނުވަތަ ގެއަކަށް ދިއުމަށް އާންމު ގޮތެއްގައި ފުރުސަތު ނުލިބޭ މުވައްޒަފުން

(ށ) އިދާރާއިން ކުރަންޖެހޭ ހާއްސަ އަދި ބޮޑު މަސައްކަތެއް ކުރުވައިގެން، ކެއުމެއް ނުވަތަ ސަޔެއް ދޭންޖެހޭ މުވައްޒަފުން.

(ނ) ރަމަޒާންމަހު ރޯދަވީއްލާ ގަޑީގައި ނުވަތަ ހާރުކާ ގަޑީގައި މަސައްކަތުގެ މާހައުލުގައި އުޅެންޖެހޭތީވެ ކެއުން ދޭންޖެހޭ މުވައްޒަފުން.

(ރ) "ރޫރަލް ރިޓެންށަން ޕޮލިސީތަކާއި އެފަދަ ޕޮލިސީތަކުގެ ދަށުން އިނާޔަތް ކަނޑައެޅުމާބެހޭ އާންމު މިންގަނޑު" ގެ ދަށުން ކޮއްތު ފައިސާ ދެވިދާނެ ކަމަށް ކަނޑައަޅާ މުވައްޒަފުން.

 

3 ވަނަ މާއްދާ - އެލަވަންސް ދޭނެގޮތާއި މިންވަރު

(ހ) މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ފަރާތްތަކަށް ކޮއްތު އެލަވަންސް ދޭނީ މި މިންގަނޑުގެ އިތުރުވެނީގެ ތާވަލު 1 ނުވަތަ 2 ގައިވާ ގޮތަށެވެ. 

(ށ) މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ށ) ގައިވާ ފަރާތްތަކަށް ކޮއްތު އެލަވަންސް ދެވޭނީ މި މިންގަނޑުގެ އިތުރުވެނީގެ ތާވަލު 1 ނުވަތަ 2 ގައިވާ ބަޔާންކޮށްފައިވާ ކެއުމުގެ ވަގުތުތަކުގައި މެދުނުކެނޑި 2 ގަޑިއިރު މަސައްކަތުގައި ހޭދަކޮށްފައިވާނަމަ، އެ ވަގުތަކަށް ކަނޑައަޅާފައިވާ މިންވަރަކަށެވެ.

(ނ) މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ރޯދަވީއްލާ ގަޑީގައި މަސައްކަތުގެ މާހައުލުގައި އުޅެންޖެހޭ މުވައްޒަފުންނަށް ކޮއްތު އެލަވަންސް ދޭނީ މި މިންގަނޑުގެ އިތުރުވެނީގެ 1 ނުވަތަ 2 ގައި ކެއުމުގެ ވަގުތަށް ކަނޑައަޅާފައިވާ މިންވަރަށެވެ.

(ރ) މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ހާރުކެއުމަށް ކޮއްތު އެލަވަންސް ދެވޭނީ ރަމަޒާންމަހުގެ ދަންވަރު 2:00 ން 4:00 އަށް މެދުނުކެނޑި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އެގޮތުން އެފަދަ މުވައްޒަފުންނަށް ކޮއްތު އެލަވަންސް ދޭނީ މި މިންގަނޑުގެ އިތުރުވެނީގެ 1ނުވަތަ 2 ގައި ކެއުމުގެ ވަގުތަށް ކަނޑައަޅާފައިވާ މިންވަރަށެވެ.

(ބ) ކޮއްތު އެލަވަންސް ދެވޭނީ މި މިންގަނޑުގައި ކަނޑައަޅާފައިވާ ހާލަތްތަކުގެ ދަށުން މަސައްކަތަށް ނުކުންނަ ދުވަހަކަށް، ކޮއްތު އެލަވަންސް ދޭންޖެހޭ ވަގުތަށްވާ މިންވަރު އެކަންޏެވެ.

(ޅ) މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުވައްޒަފުންނަށް ކޮއްތު އެލަވަންސްގެ ގޮތުގައި ދޭނީ އެ މުވައްޒަފަކަށް ކޮއްތު އެލަވަންސް ކަނޑައަޅާފައިވާ ރޫރަލް ރިޓެންށަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. (ނޯޓް: (ޅ) ދެފަހަރު ގެނެވިފައިވޭ)

(ޅ) ކޮއްތު އެލަވަންސް ދޭނީ ފާއިތުވި މަހުގެ 16 ން ފެށިގެން ހިނގާ މަހުގެ 15 ގެ ނިޔަލަށް ހާޒިރީއަށް ބަލައި ހިސާބުކުރުމަށްފަހު މުވައްޒަފުގެ މުސާރައާއެކުގައެވެ. (ނޯޓް: (ޅ) ދެފަހަރު ގެނެވިފައިވޭ)

 

4 ވަނަ މާއްދާ - އެލަވަންސް ނުދެވޭނެ ފަރާތްތައް 

މި އެލަވަންސް ދެވޭނެކަމަށް މި މިންގަނޑުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކަށް މި އެލަވަންސް ނުދެވޭނެއެވެ. 

 

5 ވަނަ މާއްދާ - އެލަވަންސް ނުދެވޭނެ އެލަވަންސް ނުދެވޭނެ ހާލަތްތައް 

ކޮއްތު އެލަވަންސް ނުދެވޭނެ ހާލަތްތައް ތިރީގައި މިވަނީއެވެ. 

(ހ) ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ކެއުމުގެ ހަރަދު ދޭނަމަ، އެ ދުވަހަކަށް ކޮއްތު އެލަވަންސް ނުދެވޭނެއެވެ. 

(ށ) އިދާރާގައި މުވައްޒަފު މަސައްކަތުގެ ހޭދާކުރާ ވަގުތު، ކެއުން ބުއިމުގެ އިންތިޒާމު އެ އިދާރާގައި ހަމަޖައްސާފައިވާނަމަ، ކޮއްތު އެލަވަންސް ނުދެވޭނެއެވެ.

(ނ) ޑިއުޓީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ޑިއުޓީގައި މަސައްކަތްކުރާތީ ވަކި އެލަވަންސެއް ކަނޑައަޅާފައިވާނަމަ، ކޮއްތު އެލަވަންސް ނުދެވޭނެއެވެ. 

 

6 ވަނަ މާއްދާ - އެލަވަންސް ދިނުމުގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް

ކޮއްތު އެލަވަންސް ދިނުމުގައި ތިރީގައިވާ ކަންތައްތައް އެ އިދާރާއަކުން ބަލައި ކަށަވަރު ކުރަންވާނެއެވެ.

(ހ) މި އެލަވަންސް ދެވެނީ މި މިންގަނޑުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން،  އެލަވަންސް ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ފަދަ މުވައްޒަފުންނަށް ކަން އިދާރާގެ މާލީ ޒިންމާދާރުވެރިޔާ ކަށަވަރުކުރުން.

(ށ) މި އެލަވަންސަކީ މުވައްޒަފުންނަށް ކޮންމެ މަހަކު މުސާރައާއެކު އެއް މިންވަރަކަށް ދެވެމުންދާނެ އެލަވަންސެއްކަމަށް ނުވެދާނެތީވެ، އެލަވަންސް ދެވެމުންދާގޮތް ގަވާއިދުން އެ އިދާރާއަކުން ބަލައި މޮނިޓަރ ކުރުން.

 

 

 

 

 

-------------------

 

ޔުނީފޯމް އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު 

21-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

ޔުނީފޯމް އިނާޔަތަކީ ސަރުކާރުން ކަނޑައަޅާ އިދާރާތަކަކަށް ހާއްސަ ކުރެވިގެން އެ އިދާރާއެއް ފާހަގަވާނެފަދަ ގޮތަކަށް އެ އިދާރާއެއްގެ މަސައްކަތުގެ މާހައުލުގައި ބޭނުންކުރުމަށް ފޯރުވައިދޭ ހެދުމާއި ހެދުމާއެކު ބޭނުންކުރެވޭ އެހެން އައިޓަމްތަކެވެ.

 

2 ވަނަ މާއްދާ - ޔުނީފޯމް އިނާޔަތުގެ ގޮތުގައި ދެވޭނެ އިނާޔަތްތަކުގެ  ބާވަތްތައް

(ހ) މި މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޔުނީފޯމް އިނާޔަތުގެ ގޮތުގައި ފައިސާގެ އިނާޔަތެއް ދެވިދާނެއެވެ.

(ށ) މި މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޔުނީފޯމް އިނާޔަތުގެ ގޮތުގައި ޔުނީފޯމާއި ޔުނިފޯމާއެކު ބޭނުންކުރަންޖެހޭ ތަކެތި ދެވިދާނެއެވެ.

(ނ) ޔުނީފޯމުގެ ތެރޭގައި ހިމެނޭ ތަކެތީގެ ބާވަތަށް ރިއާޔަތްކޮށް، މި މާއްދާގެ (ހ) އަދި (ށ) ގައިވާ އިނާޔަތް އެކުގައި ހިމެނޭގޮތަށް އިނާޔަތް ދެވިދާނެއެވެ.

 

3 ވަނަ މާއްދާ - މާލީ ޒިންމާދާރުވެރިޔާގެ ދައުރު 

(ހ) މި މިންގަނޑާއެއްގޮތްވާ ގޮތުގެ މަތިން ޔުނީފޯމް އިނާޔަތް ދިނުމާގުޅޭ ހުރިހާ ކަންތައްތަކެއް ހިންގައި ބަލަހައްޓައި، މި މިންގަނޑުގެ ދަށުން އެ އިނާޔަތް ދިނުމާގުޅޭ ނިންމުންތައް ނިންމާނީ އެ އިދާރާއެއްގެ މާލީ ޒިންމާދާރުވެރިޔާއެވެ.

(ށ) މާލީ ޒިންމާދާރުވެރިޔާގެ ނިންމުން ނިންމުމުގައި ދައުލަތުގެ މާލިއްޔަތާބެހޭ ގަވާއިދާ އެއްގޮތަށް އަމަލުކުރަންޖެހޭނެއެވެ.

 

4 ވަނަ މާއްދާ - ޔުނީފޯމް އިނާޔަތް ދިނުމުގައި ބަލަންޖެހޭނެ މައިގަނޑު އަސާސްތައް 

(ހ) ޔުނީފޯމް އިނާޔަތް ދިނުމަށް ހިނގާ ހަރަދަކީ އެ އިދާރާއަކަށް އެ އަހަރަކަށް ފާސްކޮށްފައިވާ ބަޖެޓުގައި އެކަމަށް ހިނގާނެ ހަރަދު ހިމަނާފައިވާ ހަރަދަކަށްވާންޖެހޭނެއެވެ. 

(ށ) މި މިންގަނޑުގެ 2 ވަނަ މާއްދާގައިވާ އިނާޔަތްތަކުގެ ބާވަތްތަކުގެ ތެރެއިން އެ އިދާރާއަކުން އިހްތިޔާރުކުރަންވާނީ ދައުލަތަށް އެންމެ ހަރަދު ކުޑަ ގޮތެއްގައި އިނާޔަތް ދިނުމަށެވެ.

(ނ) އިދާރާގެ މުވައްޒަފުންގެ ތެރެއިން ޔުނީފޯމް އިނާޔަތް ދޭންވާނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެ އިނާޔަތް ކޮންމެހެން ދޭންޖެހޭ މުވައްޒަފުންނަށް އެކަންޏެވެ.

 

5 ވަނަ މާއްދާ - ޔުނީފޯމުގެ ގޮތުގައި ޓީށާޓް ބޭނުންކުރުން

އިދާރާގައި ދައުލަތުގެ ބަޖެޓުން ހަރަދުކުރާގޮތަށް ޔުނީފޯމެއްގެ ގޮތުގައި ޓީށާޓް ބޭނުންކުރަންވާނީ އެ އިދާރާގެ މަސައްކަތްތަކުން ކުރަންޖެހޭ މަސައްކަތުގެ ބާވަތުން "އައުޓް ޑޯ" މާހައުލެއްގައި މަސައްކަތް ކުރަންޖެހޭ ކަމުގައިވާނަމަ އެވެ. އެފަދަ ހާލަތްތަކުގައިވެސް މި މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - އިދާރާއިން ފުރިހަމަކުރަންޖެހޭނެ ކަންތައްތައް

ޔުނީފޯމް ނުވަތަ ޓީ -ށަރޓް ބޭނުންކުރާ އިދާރާއިން އެ އިދާރާއެއްގައި ޔުނިފޯމް ނުވަތަ ޓީ-ށަރޓް ބޭނުންކުރުމާބެހޭގޮތުން ގަވާއިދެއް އެކުލަވާލައި ސަރުކާރުގެ ގެޒެޓްގައި ގެޒެޓްކުރަންވާނެއެވެ. މިފަދަ ގަވާއިދު ގެޒެޓްކުރުމުން އިސްތިސްނާވާނީ އެފަދަ މައުލޫމާތު ހާމަކުރުމުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ މަސައްކަތްކުރާ އިދާރާތައްއެކަންޏެވެ.

 

7 ވަނަ މާއްދާ - މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން ހާއްސަ ހެދުން ބޭނުންކުރަން ޖެހުން

(ހ) މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން ވަކި ހާއްސަ ވަގުތުތަކެއްގައި އާންމު ގޮތެއްގައި (ޔުނީފޯމް ފިޔަވައި) ކޯޓް ފަޓުލޫނު، ދިގުހެދުން ނުވަތަ އެފަދަ ހާއްސަ ހެދުމެއް ބޭނުންކުރަންޖެހޭ މުވައްޒަފުންނަށް ޔުނީފޯމް އެލަވަންސް ދެވިދާނެއެވެ.

(ށ) މިފަދަ މުވައްޒަފުންނަށް އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން (އެއްފަހަރާ ނުވަތަ ބަހާލައިގެން) އަހަރެއްގެ ތެރޭގައި ދެވޭނީ އެންމެ ގިނަވެގެން -/2500ރުފިޔާއެވެ. މީގެ ތެރޭގައި ފެހުމާއި، ގަތުމާއި، ދޮވުމާއި، ޑްރައިކްލީން ކުރުމުގެ ހަރަދު ހިމެނެއެވެ. އަދި އެގޮތުން ބޭނުންކުރާ ހެދުމާއެކުގައި ބޭނުންކުރަންޖެހިދާނެ ތަކެތިވެސް ހިމެނެއެވެ.

(ނ) މިފަދަ މުވައްޒަފުންގެ ގޮތުގައި ބެލެވޭނީ ތިރީގައިވާ މަސައްކަތްކުރާ މުވައްޒަފުންނެވެ.

  1. ށަރުއީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރާ މުވައްޒަފުން.ރާއްޖޭން ބޭރުގައި އޮންނަ ފެއަރ، ސެމިނަރތަކަށް އާންމުކޮށް ދާންޖެހޭ މުވައްޒަފުން.
  2. އާންމުކޮށް ޕްރޮޓޮކޯލް މޫވްމަންޓްތަކުގައި އުޅޭ މުވައްޒަފުންނާއި އާންމުކޮށް ސްޓޭޓް ވިޒިޓްތަކުގައި ބައިވެރިވާ މުވައްޒަފުން.
  3. އިދާރާއިން ކުރާ މަސައްކަތުގެ ބާވަތުން ރަސްމީގަޑީގައި ހާއްސަ ހެދުމެއް ބޭނުންކުރަންޖެހޭ މުވައްޒަފުން.

 

 

 

 

-------------------

 

 

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާގުޅުން ހުރި އިނާޔަތްތައް ދޭނެ ގޮތުގެ އާންމު މިންގަނޑު

22-އެސްޓީ/2022/އެންޕީސީ-478

 

 

1 ވަނަ މާއްދާ - ތައާރަފު

މިއީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން މަސައްކަތުގެ މާހައުލުގައި އުޅޭއިރު ދިމާވެދާނެ ސަލާމަތާއި ރައްކާތެރިކަމާގުޅުން ހުރި ތަފާތު ކަންތައްތަކާގުޅޭ ގޮތުން އިނާޔަތްތައް ދޭނެ ގޮތުގެ އާންމު މިންގަނޑެކެވެ.

 

2 ވަނަ މާއްދާ - މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާގުޅުން ހުރި އިނާޔަތްތަކުގެ ބާވަތްތައް

(ހ) ފުރާނަ ދިއުމުން ނުވަތަ ޖާނަށް ނުވަތަ ސިއްހަތަށް ލިބޭ ގެއްލުމުގެ ސަބަބުން ދޭ އިނާޔަތްތައް. 

(ށ) ޑިސްއެބިލިޓީ އިންށުއަރަންސް.

(ނ) އޮކިއުޕޭށަނަލް ހެލްތް އެންޑް ސޭފްޓީ އިންށުއަރަންސް.

(ރ) ޕްރޮފެށަނަލް އިންޑެމްނިޓީ އިންށުއަރަންސް.

 

3 ވަނަ މާއްދާ - މާލީ ޒިންމާދާރުވެރިޔާގެ ދައުރު

(ހ) މި މިންގަނޑާއެއްގޮތްވާ ގޮތުގެ މަތިން އިނާޔަތް ދިނުމާގުޅޭ ހުރިހާ ކަންތައްތަކެއް ހިންގައި ބަލަހައްޓައި، މި މިންގަނޑުގެ ދަށުން އެ އިނާޔަތް ދިނުމާގުޅޭ ނިންމުންތައް ނިންމާނީ އެ އިދާރާއެއްގެ މާލީ ޒިންމާދާރުވެރިޔާއެވެ.

(ށ) މާލީ ޒިންމާދާރުވެރިޔާގެ ނިންމުން ނިންމުމުގައި ދައުލަތުގެ މާލިއްޔަތާބެހޭ ގަވާއިދާ އެއްގޮތަށް އަމަލުކުރަންޖެހޭނެއެވެ.

 

4 ވަނަ މާއްދާ - އިންށުއަރަންސް ސްކީމްތަކުގައި ބައިވެރިވުން

(ހ) އިދާރާއިން ކުރާ މަސައްކަތްތަކާއި އެކި ފަންނުވެރިން ހުށަހެޅޭ ހިރާސްތަކަށް ރިއާޔަތްކޮށް، މި މިންގަނޑުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އިންށުއަރަންސް ސްކީމްތަކުގައި ބައިވެރިވެވިދާނެއެވެ.

(ނ) އިންށުއަރަންސް ސްކީމްތަކުގައި ބައިވެރިވާއިރު ކަމާގުޅޭ އިދާރާއިން އެކަމާގުޅޭ ގޮތުން އުސޫލުތައް އެކުލަވާލައި އާންމުކުރަންވާނެއެވެ.

(ރ) އިންށުއަރަންސް ސްކީމެއްގައި ބައިވެރިވެ، އެ ސްކީމުން ކަވަރޭޖް ލިބޭ ހާލަތްތަކުގައި މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިނާޔަތެއް ނުލިބޭނެއެވެ.

 

5 ވަނަ މާއްދާ - ޖާނަށް ނުވަތަ ސިއްހަތަށް ލިބޭ ގެއްލުމުގެ ސަބަބުން ދޭ އިނާޔަތްތައް

(ހ) މުވައްޒަފެއް ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ބޭނުންވާ އާލާތްތަކާއެކު މަސައްކަތުގައި  އުޅެނިކޮށް ނުވަތަ އޮފީހަކުން ފޮނުވައިގެން މަސައްކަތަށް ބޭނުންވާ ހާއްސަ ހުނަރެއް ދަސް ކުރަން އުޅެނިކޮށް ޖާނަށް ނުވަތަ ސިއްހަތަށް ލިބުނު ގެއްލުމަކަށް ހެލްތު އިންށުއަރެންސް ސްކީމުން ހަރަދު ހަމަޖައްސައި ނުދޭނަމަ، އެ ގެއްލުމަކަށް އޮފީހުގެ ހަރަދުގައި ބޭސްފަރުވާ ކޮށްދޭން ވާނެއެވެ. ނުވަތަ އެ ސްކީމަކުން ހަމަޖައްސައި ދެނީ ވަކި މިންވަރެއް ނަމަ އެ ހަމަޖައްސައި ނުދޭ މިންވަރު އޮފީހުން ދޭން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ވާ ފަދަ ހާލަތެއް މެދުވެރިވެގެން އޮފީހުން ބޭސްފަރުވާކޮށްދޭ މީހަކު ފަސޭހަ ނުވަނީސް އެ މީހަކު އަމިއްލައަށް ބޭސްފަރުވާ ކުރުން ހުއްޓައިލައިފިނަމަ، އަލުން އެކަމަކަށް ބޭސްފަރުވާކޮށެއް ނުދެވޭނެއެވެ.

(ނ) މުވައްޒަފެއް ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ބޭނުންވާ އާލާތްތަކާއެކު މަސައްކަތުގައި އުޅެނިކޮށް، ވަޒީފާގައި މަސައްކަތްކޮށް ނޫޅެވޭވަރުގެ ގެއްލުމެއް، މުވައްޒަފެއްގެޖާނަށް ނުވަތަ ސިއްހަތަށް ލިބިއްޖެނަމަ، އެ ކަމަކަށް ބޭސް ކޮށްދިނުމުގެއިތުރުން، އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރެވޭވަރުވަންދެން، އަދި އާމްދަނީއެއް ލިބޭ ވަރުގެ މަސައްކަތެއް ކުރެވޭވަރު ނުވާނަމަ، އެ މީހަކު ނިޔާވަންދެން، ހާއްސައެހީގެ ފައިސާގެ ގޮތުގައި، އެއިރަކު އެ މީހަކަށް ލިބެމުން ދިޔަ މުސާރައާ (އަސާސީ މުސާރައާއި މަގާމުގެ އެލަވަންސް) އެއްވަރު އަދަދަކަށް ފައިސާ، މަހުއެހީއެއްގެ ގޮތުގައި ކޮންމެ މަހަކު ވެސް އެ މުވައްޒަފަކަށް ދޭންވާނެއެވެ. މިގޮތުން ދޭ އިނާޔަތް ދެމުންދާނީ ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގެ ދަށުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ޕެންށަން ލިބެން ފެށުމާ ހަމައަށެވެ.

 

6 ވަނަ މާއްދާ - މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވަނިކޮށް ނިޔާވުމުން ދޭނެ އިނާޔަތްތައް 

(ހ) މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވަނިކޮށް ދިމާވާ ނުވަތަ ދިމާކުރުވާ ހާދިސާއެއްގެ ސަބަބުން ނިޔާވާ މުވައްޒަފުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ މުވައްޒަފުގެ އާއިލާއަށް މި މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ދެވޭނެއެވެ.

  1. ނިޔާވި މުވައްޒަފުގެ ޖަނާޒާގެ ހަރަދު.
  2. ނިޔާވި މުވައްޒަފަށް އެންމެ ފަހުން ލިބުނު އަސާސީ މުސާރައިގެ %60 (ފަސްދޮޅަސް އިންސައްތަ) އާއި އެ މުވައްޒަފު ދައުލަތުގެ ވަޒީފާގައި ހިދުމަތްކުރި މުއްދަތު ގުނަ ކުރުމުން ޖެހޭ އަދަދު، ގަނޑުކޮށް އެއްފަހަރާދެވޭ އިނާޔަތެއްގެ ގޮތުގައި ދިނުން.
  3. ނިޔާވި މުވައްޒަފަށް އެންމެ ފަހުން ލިބުނު އަސާސީ މުސާރައިގެ %100 (ސަތޭކަ އިންސައްތަ) އަށްވާ ފައިސާ، ކޮންމެ މަހަކު ހާއްސަ އެލަވަންސެއްގެ ގޮތުގައި އެ މީހެއްގެ އާއިލާއަށް ދިނުން. މި ގޮތުން ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ކޮންމެވެސް އެއް ހާލަތެއް ދެމި އޮތްހާ ހިނދަކު މި އިނާޔަތް ދޭންވާނެއެވެ.
    3.1 ހުވަފަތް އަނބިމީހާ ނުވަތަ ފިރިމީހާ ކައިވެނި ނުކޮށް ހުރުން.
    3.2 ނިޔާވި މުވައްޒަފުގެ 18 އަހަރުން ދަށުގެ ދަރިން ތިބުން.
    3.3 ނިޔާވި މުވައްޒަފުގެ މައިންބަފައިން ދުނިޔޭގައި ތިބުން.
  4. މުވައްޒަފު ނިޔާވުމުގެ ސަބަބުން އޭނާގެ އާއިލާ، ދިރިއުޅެމުން އައި ރަށުންމީހުން ދިރިއުޅޭ އެހެން ރަށަކަށް ނުވަތަ އަވަށަކަށް ދިރިއުޅުން ބަދަލުކުރާނަމަ، މުވައްޒަފުގެ އާއިލާއަށް ޕެސެޖް ފީ ދިނުން. ޕެސެޖް ފީ ދެވޭނީ،ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ނުވަތަ އެއްއަވަށުން އަނެއް އަވަށަށް ބަދަލު ވާނަމައެވެ. (މިގޮތުން މި އިނާޔަތް ދެވޭނީ މުވައްޒަފު ނިޔާވިތާ 3 މަސްދުވަހުގެ ތެރޭގައި ދިރިއުޅުން ބަދަލުކުރާ ހާލަތްތަކުގައެވެ.)
  5. ނިޔާވި މުވައްޒަފުގެ އާއިލާއަށް މި މިންގަނޑުގައި ބަޔާންވެފައިވާ އިނާޔަތް ލިބިދިނުމުގައި ނުވަތަ އިނާޔަތް ހަވާލު ކުރުމުގައި ށަރުއީ ކޯޓަކުން ވަކިގޮތަކަށް ނިންމާފައި ނުވާ ހާލަތުގައި، އިނާޔަތް ހަވާލުކުރެވޭނީ އާއިލާގެއެއް މެންބަރަކަށެވެ. މި އިނާޔަތް ދިނުމުގައި ނިޔާވި މުވައްޒަފުގެ އާއިލާ ކަމަށް ބަލާނީ އެ މީހެއްގެ އަނބިން/ފިރިން، ދަރިން އަދި މައިންބަފައިންނެވެ. 

     

     

     

     

    -------------------

 

ވަގުތީ ޒިންމާގެ އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު 

23-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

ވަގުތީ ޒިންމާގެ އެލަވަންސް އަކީ އަސާސީ މަގާމުގެ ޒިންމާގެ އިތުރުން، ވަކި މުއްދަތަކަށް ހަވާލުކުރެވޭ ޒިންމާތަކަކަށް، މި މިންގަނޑުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ދެވޭނެއެލަވަންސެކެވެ.

 

2 ވަނަ މާއްދާ - އެލަވަންސް ދެވޭނެ ފަރާތްތައް

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ދައުލަތުގެ މުއައްސަސާއެއްގެ އިދާރީ އޮނިގަނޑުގައި ކަނޑައަޅާފައިވާ ހިންގުމުގެ އިސް މަގާމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރެވޭ ހާލަތްތަކުގައި، އެ ޒިންމާ ހަވާލުކުރެވޭ ފަރާތްތައް.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދައުލަތުގެ ވުޒާރާއެއް/އޮފީހެއް/ ސެކްރެޓޭރިއެޓެއް؛
  2. ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނެއްގައި ބަޔާންކޮށްފައިވާ ނުވަތަ އެ ގާނޫނަކުން ބާރު ލިބިގެން ނުވަތަ އެ ގާނޫނެއްގެ ދަށުން އެކުލަވާލާ ގަވާއިދެއްގެ ދަށުން އުފައްދާފައިވާ ދައުލަތުގެ އޮފީހެއް/ސެކްރެޓޭރިއެޓެއް؛
  3. ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން އުފައްދާފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ ނުވަތަ އަމިއްލަ ނަމުގައިދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިނުވާ އޮފީހެއް/ސެކްރެޓޭރިއެޓެއް.

 

3 ވަނަ މާއްދާ - އެލަވަންސް ނުދެވޭނެ ފަރާތްތައް

(ހ) މި އެލަވަންސް ދެވޭނެކަމަށް ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް މި އެލަވަންސް ނުދެވޭނެއެވެ. އެގޮތުން މި އެލަވަންސް ނުދެވޭނެ ފަރާތްތަކުގެ ތެރޭގައި މި މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައްވެސް ހިމެނޭނެއެވެ.

  1. ވަގުތީ ޒިންމާގެ އެލަވަންސް ދެވޭނެ ކަމަށް ކަނޑައަޅާފައިވާފަދަ އިދާރާތައް ފިޔަވައި އެހެން އިދާރާތަކުގެ ހިންގުމުގެ އިސް މަގާމުގެ ޒިންމާ ވަގުތީ ގޮތުން ހަވާލުކުރެވޭމުވައްޒަފުން.
  2. މި މިންގަނޑުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ނުވާހާ ހިނދަކު، ދައުލަތުގެ  އިދާރާތަކުގެ އެކިއެކި ޑިޕާޓްމަންޓް/ސެކްށަން/ޔުނިޓް ފަދަ ބައިބައި ހިންގުން ވަގުތީ ގޮތުން ހަވާލުކުރެވޭ މުވައްޒަފުން.

 

4 ވަނަ މާއްދާ - އެލަވަންސް ދޭނެ ގޮތް

(ހ) މި އެލަވަންސް ދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ދައުލަތުގެ މުއައްސަސާއެއްގެ އިދާރީ  އޮނިގަނޑުގައި ކަނޑައަޅާފައިވާ ހިންގުމުގެ އިސް މަގާމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރެވޭ ހާލަތްތަކުގައި، އެ ޒިންމާ ހަވާލުކުރެވޭ ފަރާތްތަކަށް ވަގުތީ ޒިންމާގެ އެލަވަންސް ދޭނީ މި މާއްދާގައިވާ ގޮތުގެ މަތިންނެވެ.

  1. ވަގުތީ ޒިންމާގެ އެލަވަންސް ދެވޭނީ މި މިންގަނޑުގައި ބަޔާންކޮށްފައިވާފަދައިން ވަގުތީ ގޮތުން ހިންގުން ލިޔުމުން ހަވާލުކުރެވޭ ހާލަތްތަކުގައެވެ.
  2. ވަގުތީ ޒިންމާގެ އެލަވަންސް އާންމު އުސޫލެއްގެ ގޮތުން އެއް މުވައްޒަފަކަށް މެދުކެނޑުމެއްނެތި ދެވޭނީ އެންމެ ގިނަވެގެން 6 މަސްދުވަހަށެވެ. އަދި އިސްތިސްނާހާލަތެއް މެދުވެރިވެއްޖެނަމަ، އެ އިދާރާއަކުން އިސްތިސްނާ ހާލަތް މެދުވެރިވިސަބަބު ލިޔެ ބަޔާންކުރުމަށްފަހު، އެއް މުވައްޒަފަކަށް މެދުކެނޑުމެއްނެތި އެންމެގިނަވެގެން ޖުމްލަ 12 މަސް ދުވަސްވަންދެން މި އެލަވަންސް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތާ ތައާރުޒުނުވާނެ ގޮތުގެ މަތިން، މި އެލަވަންސް ދެވޭނެ ހާލަތްތަކަކީ:

  1. މި މިންގަނޑުގައި ބަޔާންކޮށްފައިވާފަދަ މަގާމެއް ހުސްވެފައި އޮތުން.
  2. މި މިންގަނޑުގައި ބަޔާންކޮށްފައިވާފަދަ މަގާމެއްގައި ހުރި މުވައްޒަފަކު ވަގުތީގޮތުން ޒިންމާތަކާ ދުރުވުން ނުވަތަ ދުރުކުރުން
  3. މި މިންގަނޑުގައި ބަޔާންކޮށްފައިވާފަދަ މަގާމެއްގައި ހުރި މުވައްޒަފަކު ޗުއްޓީއެއް ނެގުން.
  4. މި މިންގަނޑުގައި ބަޔާންކޮށްފައިވާފަދަ މަގާމެއްގައި ހުރި މުވައްޒަފަކު ދައުލަތުގެއެހެން މަސައްކަތަކަށް ވީއްލުން.
  5. މި މިންގަނޑުގައި ބަޔާންކޮށްފައިވާފަދަ މަގާމެއްގައި ހުރި މުވައްޒަފަކު ރަސްމީ ބޭނުންތަކަށް ރަށުން ބޭރަށް ނުވަތަ ރާއްޖެއިން ބޭރަށް ދިއުން.

 

5 ވަނަ މާއްދާ - އެލަވަންސް ދޭނެ މިންވަރު

ކަނޑައަޅާފައިވާ ހިންގުމުގެ އިސް މަގާމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރެވޭ ހާލަތްތަކުގައި މި މި މިންގަނޑުގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ މުއައްސަސާއެއްގެ އިދާރީ އޮނިގަނޑުގައި އެލަވަންސް ދޭނީ "ބައެއް އެލަވަންސްތަކާއި އިނާޔަތް ދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާތައްގިންތިކުރުމުގެ މިންގަނޑު" ގައިވާ ގިންތިތަކަށް ރިއާޔަތްކޮށް ދުވާލަކަށް (ބަންދު ދުވަސްތައް ހިމެނޭގޮތަށް)، ތިރީގައިވާ ގޮތުގެ މަތިންނެވެ.

 

6 ވަނަ މާއްދާ - އެލަވަންސް ދިނުމުގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް 

މި އެލަވަންސް ދިނުމަށްޓަކައި ވަގުތީ ގޮތުން ޒިންމާ ހަވާލުކުރެވުނުކަން ލިޔުމުންހަވާލުކުރަންވާނެއެވެ. އެ ލިޔުމުގައި ވަގުތީ ގޮތުން ޒިންމާ ހަވާލުކުރެވުނު މުއްދަތާއި، ވަގުތީ ގޮތުންހަވާލުކުރެވެނީ ކޮންކޮން ޒިންމާއެއް ކަމާއި، އެ ޒިންމާތަކުގެ އިތުރުން އެ މުވައްޒަފެއްގެ އަސްލު ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދަންވާނެކަމަށް ބަޔާންކުރަންވާނެއެވެ. އަދި އެ ލިޔުމުގައި އިދާރާގެ އިސްވެރިޔާ ނުވަތަ އިސްވެރިޔާ ކަނޑައަޅާ ފަރާތަކުން ލިޔެ ސޮއިކުރަންވާނެއެވެ.

 

 

 

 

-------------------

 

ދަތުރުފަތުރު އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު 

24-އެސްޓީ/2022/އެންޕީސީ-478

 

1 ވަނަ މާއްދާ - ތައާރަފު

ދަތުރުފަތުރުގެ އެލަވަންސްއަކީ ރާއްޖެއާއި ރާއްޖޭން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުފަތުރުތަކުގައި ކުރަންޖެހޭ އެކި ހަރަދުތަކަށް ދެވޭ އެލަވަންސްއެކެވެ.

 

2 ވަނަ މާއްދާ - އެލަވަންސް ދެވޭނެ ފަރާތްތައް

ދަތުރުފަތުރުގެ އެލަވަންސް ދެވޭނީ ރާއްޖެއާއި ރާއްޖޭން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގައި ބައިވެރިވާ ފަރާތްތަކާއި ކުރުމުއްދަތުގެ ޓްރޭނިންގ ކޯސްތަކުގައި ރާއްޖޭން ބޭރަށް ފޮނުވާ މުވައްޒަފުންނަށެވެ.

 

3 ވަނަ މާއްދާ - އެލަވަންސް ދެވޭނެ ހާލަތްތައް

ދަތުރު ފަތުރު އެލަވަންސް ލިބޭނީ ތިރީގައިވާ ތިން ހާލަތުގައެވެ.

(ހ) ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ކުރާ ރަސްމީ ދަތުރުތަކުގައި

(ށ) ރާއްޖޭން ބޭރުގައި އޮންނަ ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ރަސްމީ ދަތުރުތަކުގައި

(ނ) ކުރުމުއްދަތުގެ (03 މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު) ތަމްރީނުޕްރޮގްރާމުތަކުގައި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި

 

4 ވަނަ މާއްދާ - އެލަވަންސްގެ ތެރޭގައި ހިމެނޭ ބައިތައް  

ދަތުރުފަތުރުގެ އެލަވަންސްގެ ގޮތުގައި ހިމެނޭނެ ބައިތައް ތިރީގައި މިވާނީއެވެ.

(ހ) ކެއުމުގެ ހަރަދު

(ށ) އެކަމަޑޭށަން (ހުރުމުގެ ހަރަދު)

(ނ) ޕޮކެޓްމަނީ

(ރ) އިންސިޑެންށަލް ހަރަދު

(ބ) ސޮޓޮޕް އޯވަރ ހަރަދު

(ޅ) ޓްރެވަލް ޕަރޑިއަމް

(ކ) ދައުލަތުގެ ބޭނުމަށް ފުރިހަމަކުރަންޖެހޭ މެޑިކަލް ހަރަދު

 

5 ވަނަ މާއްދާ - އެލަވަންސްގެ ތެރާގައި ނުހިމެނޭނެ ބައިތައް

ތިރީގައިވާ ކަންތައްތަކަށް ހިނގާ ހަރަދަކީ ދަތުރުފަތުރުގެ އެލަވަންސްގެ ގޮތުގައި މުވައްޒަފަށް ދެވޭނެ އެލަވަންސެއް ނޫނެވެ. އެކަންކަމަށް ހިނގާ ހަރަދަކީ މިނިސްޓްރީއޮފް ފިނޭންސުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން އިދާރާއިން ކުރަންޖެހޭނެ ހަރަދެކެވެ.

(ހ) ކަނޑުމަގުން ކުރާ ދަތުރުގެ ޓިކެޓް ހަރަދު

(ށ) ވައިގެމަގުން ކުރާ ދަތުރުގެ ޓިކެޓް ހަރަދ

 

6 ވަނަ މާއްދާ - އެލަވަންސް ނުލިބޭނެ ހާލަތްތައް

(ހ) ދަތުރުފަތުރުގެ އެލަވަންސްގެ ތެރޭގައި ހިމެނޭ އެއްވެސް ބަޔަކަށް ހިނގާ ހަރަދަކަށް އެހެން ފަރާތަކުން ފައިސާދީފައިވާނަމަ، އެކަމަކަށް ދަތުރުފަތުރުގެއެލަވަންސް ނުލިބޭނެއެވެ.

(ށ) ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ދަތުރުގެ ދިގުމިން 12 ގަޑިއިރަށްވުރެ ކުރުވެފައި ކެއުން ނުވަތަ ސައިގެ ވަގުތު ފާއިތުވެއްޖެނަމަ އެ ވަގުތެއްގެ ކެއުމުގެ ހަރަދު ނުލިބޭނެއެވެ.

(ނ) ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ރޭނގަޑެއް ވެއިތުނުކުރާނަމަ އެކަމަޑޭށަން ހަރަދު ނުލިބޭނެއެވެ.

 

7 ވަނަ މާއްދާ - އެލަވަންސްގެ ގޮތުގައި ދޭނެ މިންވަރު

(ހ) ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ކުރާ ރަސްމީ ދަތުރުތަކުގައި ދަތުރުފަތުރުގެ އެލަވަންސްގެ ގޮތުގައި ހަރަދުކުރާނެ ގޮތާއި ހަރަދުކުރާނެ މިންވަރު ތިރީގައި މިވަނީއެވެ.

  1. ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ހަރަދު ހަމަޖައްސާނީ މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާފައިވާ ރޭޓްތަކަށްވުރެ އިތުރު ނުވާނެ ގޮތުގެ މަތިން އެރަށަކުން ހަމަޖެހެން ހުރި އެންމެ އަގު ހެޔޮ ރޭޓަކަށެވެ. އަދި ހަރަދު ކުޑަކުރެވޭނެ ގޮތްތައް ބަލައި ދަތުރު އިންތިޒާމް ހަމަޖެއްސުމަކީ އެއޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާގެ ޒިންމާއެކެވެ.
  2. ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ކުރާ ދަތުރުތަކުގައި އިންސިޑެންޓަލް ފައިސާ އާއި ޕޮކެޓް މަނީ އެއްވެސް މުވައްޒަފަކަށް ދީގެން ނުވާނެއެވެ. ނަމަވެސް ދަތުރުގައި ކޮންމެހެން ކުރަންޖެހޭ ހަރަދެއް (ކެއުމާއި ހުރުމުގެ ހަރަދު ފިޔަވައި) ކަމަށް ވަނީނަމަ، އެ ހަރަދެއް މުވައްޒަފުގެ އަތުން ކުރުމަށްފަހު، އެ ހަރަދު ހޯދުމަށް، ހަރަދުވި ފައިސާގެ ތަފްސީލް އެނގޭ ބިލާއެކު ހުށަހަޅައިފިނަމަ، އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާގެ ހުއްދައާއެކު އެހަރަދު އަނބުރާ ދެވިދާނެއެވެ.

(ށ) ރާއްޖޭން ބޭރަށް ކުރާ ރަސްމީ ދަތުރުތަކާއި، ކުރުމުއްދަތުގެ ޓްރޭނިންގ ކޯސްތަކުގައި ރާއްޖޭން ބޭރަށް ފޮނުވާ މުވައްޒަފުންނަށް ދަތުރުފަތުރުގެ އެލަވަންސްގެ ގޮތުގައި ހަރަދުކުރާނެ ގޮތާއި ހަރަދުކުރާނެ މިންވަރު ތިރީގައިމިވަނީއެވެ.

1. ރާއްޖޭން ބޭރަށް ކުރާ ރަސްމީ ދަތުރުތަކާއި، ކުރުމުއްދަތުގެ ޓްރޭނިންގ ކޯސްތަކުގައި ރާއްޖޭން ބޭރަށް ފޮނުވާ މުވައްޒަފުންނަށްޕޮކެޓްމަނީ އާއި އިންސިޑެންށަލް ހަރަދު ދޭނީ މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާފައިވާ ގޮތަށެވެ. އިންސިޑެންށަލް ހަރަދަކީ ފައިސާ ހަރަދުކުރެވުނު ގޮތުގެ ތަފްސީލާއި ބިލްތައް ހުށަހެޅުމުން މުވައްޒަފަށްރީއެމްބަރސް ކުރެވޭނެ ފައިސާއެކެވެ.

(ނޯޓް: 2 ވަނަ ނަންބަރެއް ނެތް)

3. ރާއްޖޭން ބޭރަށް ކުރާ ރަސްމީ ދަތުރުތަކާއި، ކުރުމުއްދަތުގެ ޓްރޭނިންގކޯސްތަކުގައި ރާއްޖޭން ބޭރަށް ފޮނުވާ މުވައްޒަފުންނަށް ސްޓޮޕް އޯވަރ ހަރަދު ދޭނީ އެއަރޕޯޓުގައި 06 ގަޑިއިރަށްވުރެ އިތުރުވާ ކޮންމެ ސްޓޮޕް އޯވަރއަކަށް 100 ޑޮލަރުގެ ރޭޓުންނެވެ. ނަމަވެސް އެއަރޕޯޓުގައި 12 ގަޑިއިރަށްވުރެ އިތުރުވާ ކޮންމެ ސްޓޮޕްއޯވަރއަކަށް ދޭނީ، މިނިސްޓްރީ އޮފް ފިނޭންސުން މިހާރު ކަނޑައަޅާފައިވާ ޓްރެވެލް ޕަރޑިއަމްގެ ރޭޓްތަކަށް ބަލައިގެން ދުވާލަކަށް އެތަނަކަށް ކަނޑައަޅާފައިވާ ޓްރެވަލް ޕަރޑިއަމްގެ 
ރޭޓުންނެވެ.

4. ރާއްޖޭން ބޭރަށް ކުރާ ރަސްމީ ދަތުރުތަކާއި، ކުރުމުއްދަތުގެ ޓްރޭނިންގކޯސްތަކުގައި ރާއްޖޭން ބޭރަށް ފޮނުވާ މުވައްޒަފުންނަށް ޓްރެވަލް ޕަރޑިއަމް ހަރަދު ދޭނީ މިނިސްޓްރީ އޮފް ފިނޭންސުން މިހާރު ކަނޑައަޅާފައިވާ ޓްރެވެލް ޕަރޑިއަމްގެ ރޭޓްތަކަށެވެ. ޓްރެވަލް ޕަރޑިއަމް ދިނުމުގައިދަތުރުކުރާ ތަނަށް ކަނޑައަޅާފައިވާ ރޭޓަށް ފައިސާ ދިނުމުގައި ދުވަހެއްކަމުގައި ބަލާނީ ދަތުރުކުރާ ތަނަކަށް ދެވޭ ދުވަހުގެ މެންދުރު 12:00 އިން އަނެއް ދުވަހުގެ މެންދުރު 12:00 އަށެވެ. އަދި ދަތުރުކުރާ ތަނަކަށް ދެވޭ ދުވަހު ނުވަތަ ފުރާ ދުވަހުގެ މެންދުރު 12:00 ގެކުރިއަށް/ފަހުން 6 ގަޑިއިރު ވާނަމަ އެއީ އިތުރު ދުވަހެއް ކަމުގައި ބެލެވިދާނެއެވެ.

 

8 ވަނަ މާއްދާ - އެހެނިހެން

(ހ) ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނުވަތަ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދީގެން ރާއްޖޭން ބޭރަށް ކުރާ ރަސްމީ ދަތުރުތަކާއި، ކުރުމުއްދަތުގެޓްރޭނިންގ ކޯސްތަކުގައި ރާއްޖޭން ބޭރަށް ފޮނުވާ މުވައްޒަފުންނަށް ޕޮކެޓްމަނީ ދީގެން ނުވާނެއެވެ.

(ށ) ބޭރުގެ ހިލޭ އެހީގެ ދަށުން، އެހީ ދޭފަރާތުން ދަތުރުގެ ހުރިހާ ހަރަދެއް ނުވަތަ ސަރުކާރުން ވަކި ބައެއް ހަރަދުކުރަންޖެހޭ ގޮތަށް ރާއްޖޭން ބޭރަށް ކުރާ ރަސްމީ ދަތުރުތަކާއި، ކުރުމުއްދަތުގެ ޓްރޭނިންގ ކޯސްތަކުގައި ރާއްޖޭން ބޭރަށް ފޮނުވާމުވައްޒަފުންނަށް ދަތުރުފަތުރުގެ އެލަވަންސް ހަމަޖެއްސުމުގައި އަމަލުކުރާނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

 

މި ފްރޭމްވަރކް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ފްރޭމްވަރކް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (ކޮންސޮލިޑޭޓެޑް ނަންބަރު 2022-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު