ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް 8 ވަނަ އިސްލާހު ގެނައުން
(އެހެނިހެން ނަންބަރު 2025-10)
(މި މިންގަނޑަށް އަމަލުކުރަން ފެށީ 29 އޮކްޓޫބަރު 2025 ގައި)
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - މިންގަނޑު ނަންބަރު 01-އެސްޓީ/2022/އެންޕީސީ-478 (ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތައް ބޭނުންކޮށްގެން އިދާރާގެ އޮގަނައިޒޭށަނަލް ސްޓްރަކްޗަރ އެކުލަވައިލުމުގެ އާންމު މިންގަނޑު) ގެ 2 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް، މިހާރު މިންގަނޑުގައި އޮތް (ބ) (ޅ) އަށް ބަދަލުކުރުން.
އާންމު މިންގަނޑު 2.
(ބ) ޖޮބް މެޓްރިކްސްތައް އެކުލަވައިލުމުގައި ވަކިވަކި ފަންނުތަކަށް ވަކިވަކި ޖޮބް މެޓްރިކްސްތައް އެކުލަވައިލައިފައިވުމާއެކު، އެފަދަ ޖޮބް މެޓްރިކްސްތަކުގައި ބޭނުންކޮށްފައިނުވާ އާންމު ނަމެއް މަގާމުގެ ނަމުގައި ބޭނުންކުރުމަށް އިދާރާއަކުން ބޭނުންވާ ހާލަތްތަކުގައި "ޖެނެރަލް އެޑްމިނިސްޓްރޭށަން ޕްރޮފެށަނަލުން" ފަދަ އާންމު ޖޮބް މެޓްރިކްސްތަކުގައިވާ މަގާމުތައް އިހްތިޔާރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެފަދަ ހާލަތްތަކުގައި އެ މަގާމަކަށް ލިބޭނީ "ޖެނެރަލް އެޑްމިނިސްޓްރޭށަން ޕްރޮފެށަނަލުން" ފަދަ އާންމު ޖޮބް މެޓްރިކްސްތަކުގައި ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކެވެ.
2 ވަނަ މާއްދާ - މިންގަނޑު ނަންބަރު 02-އެސްޓީ/02/2022/އެންޕީސީ-478 (ޖޮބް މެޓްރިކްސްތައް ބޭނުންކުރާނެ ގޮތުގެ އާންމު މިންގަނޑު) ގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުމާއި، 4 ވަނަ މާއްދާއަށް (ރ) އިތުރުކުރުމާއި، 5 ވަނަ މާއްދާއަށް (ބ) އިތުރުކުރުމާއި، 8 ވަނަ މާއްދާއަށް (ނ) އިތުރުކުރުން.
މިސްކޯ ކޯޑު، ޕަބްލިކް ސަރވިސް ރޭންކް އަދި ސްކިލް ލެވެލް 3.
(ހ) ޖޮބް މެޓްރިކްސްތަކުގައިވާ މަގާމުތައް އިހްތިޔާރުކުރާއިރު މަގާމު ނިސްބަތްވާ ގިންތިތަކަށް ސަމާލުކަން ދޭންވާނެއެވެ. "މިސްކޯޑު" ފެށެނީ 1 އިން ފެށޭ ނަންބަރަކުން ކަމުގައި ވާ ނަމަ، އެއިން ރަމްޒުކޮށްދެނީ އެއީ މެނޭޖީރިއަލް ގިންތީގެ މަގާމެއް ކަމެވެ. 2 އިން ފެށޭ ނަންބަރެއް ކަމުގައި ވާ ނަމަ، އެއިން ރަމްޒުކޮށްދެނީ ޕްރޮފެށަނަލް ގިންތީގެ މަގާމެއް ކަމެވެ. 3 އިން ފެށޭ ނަންބަރެއް ކަމުގައި ވާ ނަމަ، އެއިން ރަމްޒުކޮށްދެނީ އެސޯސިއޭޓް ޕްރޮފެށަނަލް ގިންތީގެ މަގާމެއް ކަމެވެ. 4 އިން ފެށޭ ނަންބަރެއް ކަމުގައި ވާ ނަމަ، އެއިން ރަމްޒުކޮށްދެނީ ސެކްރެޓޭރިއަލް ނުވަތަ ސްކިލްޑް މަސައްކަތްތެރީންގެ ގިންތީގެ މަގާމެއް ކަމެވެ. 5 އިން ފެށޭ ނަންބަރެއް ކަމުގައި ވާ ނަމަ، އެއީ އެލިމަންޓަރީ ގިންތީގެ މަގާމެކެވެ އަދި 6 އިން ފެށޭ ނަންބަރެއް ކަމުގައި ވާ ނަމަ، އެއީ ޕްރޮޓެކްޓިވް ސަރވިސްގެ މަގާމެކެވެ.
ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ 4.
(ރ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ހިންގާ ޕްރޮގުރާމުތަކުން ހާސިލްކުރާ ނޭށަނަލް ސެޓްފިކެޓަކީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްހަމަ ސަނަދެއްގެ ގޮތުގައި ބަލަންޖެހޭނެއެވެ.
މަގާމަށް އައްޔަނުކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތައް 5.
(ބ) މި މާއްދާގެ (ހ) ގައިވާ ފަދައިން، ޖޮބް މެޓްރިކްސްތަކުގައި މަގާމުގެ ބާވަތުގެ ލައިސަންސެއް ނުވަތަ ތަމްރީނެއް ބޭނުންވާނެކަމަށް ފެންނަ ހާލަތްތަކުގައި އިއުލާނުގައި އެކަން ބަޔާންކުރާއިރު އެއީ ކޮން ލައިސަންސެއްކަން ނުވަތަ ތަމްރީނެއްކަން ސާފުކޮށް ބަޔާންކުރަންވާނެއެވެ. މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓުގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދައިން އިއުލާނު ކުރަންވާނީ އެ މަރުކަޒީ އިދާރާގެ ހުއްދަޔާއެކުގައެވެ.
މަގާމުގެ މައިގަނޑު މަސައްކަތްތައް 8.
(ނ) ފަންނެއްގެގޮތުން މެނޭޖީރިއަލް ގިންތީގެ މަގާމުތައް ނުހުންނަ ފަންނުތަކާއި މެނޭޖީރިއަލް ގިންތީގެ މަގާމުތައް ހުސްކޮށް ހުންނަ ފަދަ ހާލަތްތަކުގައި އެ ފަންނެއްގެ ޕްރޮފެށަނަލް ގިންތީގެ މަގާމުތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މެނޭޖީރިއަލް މަސްއޫލިއްޔަތުތައް ހިމެނުމަށް ހުރަހެއް ނޯންނާނެއެވެ.
3 ވަނަ މާއްދާ - މިންގަނޑު ނަންބަރު 03-އެސްޓީ/02/2022/އެންޕީސީ-478 (ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުގެ އާންމު މިންގަނޑު) ގެ 2 ވަނަ މާއްދާގެ (ބ) އާއި، (އ) އާއި، (ވ) (މ) އަންނަނިވި ގޮތަށް އިސްލާހުކުރުމާއި، މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް، މިންގަނޑުގައި ކުރިން އޮތް (ދ) (ތ) އަށް ބަދަލުކުރުން.
އާންމު މިންގަނޑު 2.
(ބ) މިހާރު މަގާމަކަށް ކަނޑައަޅައިފައިވާ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ ޖޮބް މެޓްރިކްސްގައި ސީދާ އެއްހަމަ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ ނެތް ހާލަތްތަކުގައި އިސްކަންދޭނީ ޖޮބް މެޓްރިކްސްގައި އެންމެ ގާތްކުރާ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ ކަނޑައަޅައިފައިވާ ރޭންކަކަށް ބަދަލުކުރުމަށެވެ.
(އ) ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރުކުރުމަށްފަހު މުވައްޒަފުގެ މުސާރައާއި އިނާޔަތްތައް އިތުރުކުރުމުގެ މަގުސަދުގައި އެއް ޖޮބް މެޓްރިކްސްއަކުން އަނެއް ޖޮބް މެޓްރިކްސްއަކަށް މުވައްޒަފު ބަދަލެއް ނުކުރެވޭނެއެވެ.
(ވ) އިދާރާތަކުގެ އޮނިގަނޑުތަކުގައި ހިންގުމުގެ ޒިންމާއާއި ވަކި ހާއްސަ ޒިންމާއެއް އަދާކުރުމަށް ކަނޑައަޅައިފައިވާ މަގާމުތަކާއި، މި މިންގަނޑުގެ ދަށުން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރާކުރާއިރު އެކުވާ (މަރޖްވާ) ރޭންކުތަކުގެ މަގާމުތަކާއި، އިދާރާތަކުގައި މުވައްޒަފުން ނެގުން ހުއްޓައިލައިފައިވާ ރޭންކްތަކުގެ މަގާމުތަކުގައި ތިބި މުވައްޒަފުން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ނޭށަނަލް ޕޭ ކޮމިށަނަށް ހުށަހެޅުމުގެ އިހުތިޔާރު އެ އިދާރާއަކަށް ލިބިގެންވެއެވެ. މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓުގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެ ކަމެއް ހުށަހަޅާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ. އަދި އެފަދަ މަގާމުތައް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުކުރާނީ ނޭށަނަލް ޕޭ ކޮމިށަނުން ނިންމާ ގޮތެއްގެ މަތީންނެވެ.
(މ) މި މިންގަނޑުގެ ދަށުން މުވައްޒަފުން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުގައި ޖޮބް މެޓްރިކްސްގައި ކަނޑައަޅައިފައިވާ މަގާމަށް ހިޖުރަކުރެވޭނީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް އެ މުވައްޒަފު ބަދަލުކުރުމުގެ ކުރިން ހުރި މަގާމުގައި އަދާކުރާ މަސްއޫލިއްޔަތުތަކަކީ ހިޖުރަކުރެވޭ ޖޮބް މެޓްރިކްސްގެ ފަންނުގެ މަސްއޫލިއްޔަތުތަކަށް ވާނަމައެވެ. މުވައްޒަފު ހުރި މަގާމުގެ ނަމާއި މުވައްޒަފު އަދާކުރަމުންއަންނަ މަސްއޫލިއްޔަތުތަކާ ދިމާނުވާ ހާލަތުގައި އެ މުވައްޒަފެއް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާއިރު ހިޖުރަކުރާނީ އެ މުވައްޒަފު އަދާކުރަމުންއަންނަ މަސްއޫލިއްޔަތުތަކާ ގުޅޭ ފަންނުގެ ޖޮބް މެޓްރިކްސްއަކަށެވެ. ނަމަވެސް އެއް ގިންތިއަކަށް ނިސްބަތްވާ މަގާމެއް ހިޖުރަކުރުމުގެ މަރުހަލާގައި އާންމު އުސޫލުން އެހެން ގިންތިއެއްގެ މަގާމަކަށް ބަދަލެއް ނުކުރެވޭނެއެވެ. (މިސާލަކަށް ސަޕޯޓް ސްޓާފް (އެސްއެސް) ރޭންކުތަކުގައި އައްޔަނުކޮށްފައިވާ މުވައްޒަފަކު ޖެނެރަލް ސަރވިސް (ޖީއެސް) ރޭންކުގެ މަގާމުތައް ހިޖުރަކުރާ ރޭންކަކަށް ހިޖުރައެއް ނުކުރެވޭނެއެވެ) އަދި އެ މުވައްޒަފަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅޭ ޖޮބް މެޓްރިކްސްއަށް އަމަލުކުރަން ނުފަށާ ކަމުގައި ވާ ނަމަ، އެ މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާނީ އެ ޖޮބް މެޓްރިކްސްއަކަށް އަމަލުކުރަން ފެށުމުންނެވެ.
(ދ) މަގާމެއްގެ ޒިންމާތަކުގެ ތެރޭގައި އެކި ފަންނުތަކުގެ ޖޮބް މެޓްރިކްސްތަކާ ގުޅޭ ޒިންމާތައް ހިމަނައިފައިވާ ހާލަތުގައި އެ މުވައްޒަފެއްގެ މަސްއޫލިއްޔަތުތަކުގެ ބުރަދަން ކަނޑައަޅައި އެ މުވައްޒަފެއްގެ އެންމެ ގިނަ ނުވަތަ މުހިންމު ޒިންމާ އަދާކުރާ ފަންނެއްގެ ޖޮބް މެޓްރިކްސްއަކަށް ހިޖުރަކުރުމުގެ އިހްތިޔާރު އެ އިދާރާއަކަށް ލިބިގެންވެއެވެ.
4 ވަނަ މާއްދާ - މިންގަނޑު ނަންބަރު 04-އެސްޓީ/02/2022/އެންޕީސީ-478 (މަގާމަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު) ގެ 5 ވަނަ މާއްދާގެ (ބ) އާއި، (ޅ) އާއި، (މ) އާއި (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުމާއި، 6 ވަނަ މާއްދާއަށް (ރ) އިތުރުކުރުމާއި، 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާއާއި، 9 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިތުރުކުރުން.
ހާޒިރީ އިނާޔަތް (Attendance Benefit) 5.
(ބ) ހުކުރު ދުވަސް ހިމެނޭހެން ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަސްމީ ބަންދު ދުވަސްތަކުގައި، މުވައްޒަފު އިދާރާއަށް ހާޒިރުވެ، އިދާރާގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅައިފައިވާ ޖުމުލަ ވަގުތުގެ މަދުވެގެން ދެބައިކުޅައެއްބައި ވަގުތު މަސައްކަތްކުރާ ހާލަތްތަކުގައި، ހާޒިރީ އިނާޔަތް ލިބޭނެއެވެ. އެފަދަ ދުވަސްތަކުގައި މަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައި "މަސައްކަތްކުރާ ހުރިހާ ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދޭނީ، އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" ގެ 2 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.
(ޅ) ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތަކުގައި "މިސްކޯ ކޯޑް" 1 އިން ފެށޭ މެނޭޖީރިއަލް ގިންތީގެ މަގާމުތަކާއި، "މިސްކޯ ކޯޑް" 6 އިން ފެށޭ ޕްރޮޓެކްޓިވް ސަރވިސްގެ މަގާމުތަކުގެ ތެރެއިން އެ ފަންނެއްގެ ޖޮބް މެޓްރިކްސްގައި ހިންގުމުގެ އިސް މަގާމެއްގެ ގޮތުގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ މުވައްޒަފުންނަށް އެހެން ގިންތިތަކުގެ މަގާމުތަކާ އެއްފަދައިން ރަސްމީ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކާއި، ހޮނިހިރު ދުވަސްތަކުގައި މުވައްޒަފު އިދާރާއަށް ހާޒިރުވެ، އިދާރާގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅައިފައިވާ ޖުމުލަ ވަގުތުގެ މަދުވެގެން ދެބައިކުޅައެއްބައި ވަގުތު މަސައްކަތްކުރާ ހާލަތްތަކުގައި ހާޒިރީ އިނާޔަތް ލިބޭނެއެވެ.
(މ) މި މިންގަނޑުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ރަމަޒާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޒާން މަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭނެ ކަމަށް ކަނޑައަޅާ މުވައްޒަފުން މަސައްކަތަށް ނުކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭންވާނެއެވެ. އަދި ޑިއުޓީ އުސޫލުން މަސައްކަތްކުރާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދޭންވާނީ، އެ ދުވަސްތަކުގެ ތެރެއިން މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށް އެކަންޏެވެ.
(ފ) މި މިންގަނޑުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޒާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޒާން މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސްތަކާއި، ހޮނިހިރު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކަށް އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ކަމުގައި ވީނަމަވެސް، ހާޒިރީ އިނާޔަތް ދޭންވާނެއެވެ. އެހެންނަމަވެސް، އެ ދުވަސްތަކުގައި، އޮފީހުން ކޮންމެހެން ދޭންޖެހޭ ހިދުމަތެއް މެދުނުކެނޑި ދިނުމަށް ޓަކައި އޮފީހަށް ހާޒިރުވާންޖެހޭ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދޭންވާނީ، ކަނޑައަޅައިފައިވާ ގޮތުގެ މަތީން މަސައްކަތަށް ހާޒިރުވެފައި ވާނަމައެވެ. ނަމަވެސް، މިފަދައިން އިނާޔަތް ދޭންވާނީ، ރަމަޒާންމަހުގެ 20 ވަނަ ދުވަސް ފެށޭއިރު، އެއްވެސް ބާވަތެއްގެ ޗުއްޓީއެއްގައި ނެތް މުވައްޒަފުންނަށެވެ.
ވަޒީފާއަށް ނުނިކުތުމުންނާއި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު އުނިކުރުން 6.
(ރ) އިދާރާގެ މުވައްޒަފުންގެ ގަވާއިދުގައި ނުވަތަ ވަޒީފާގެ އެއްބަސްވުމުގައި، ދުވާލަކު މަދުވެގެން މަސައްކަތް ކުރަންޖެހޭނެ ކަމަށް އިދާރާއިން ކަނޑައަޅައިފައިވާ ވަގުތު ފުރިހަމަނުވާ ހާލަތުގައި، އިދާރާއިން ކަނޑައަޅާ މުއްދަތެއްގައި، އެ ވަގުތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ކަނޑައަޅައި އެ މުއްދަތުގައި އެ ވަގުތު ފުރިހަމަނުކުރާ ހާލަތުގައި މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މަގާމުގެ އަސާސީ މުސާރައިންނާއި މަގާމުގެ އެލަވަންސުން އުނިކުރުމުގެ އިހުތިޔާރު އިދާރާއަށް ލިބިގެންވެއެވެ.
ނޯޓިހުގެ ފައިސާއާއި، ވަޒީފާއިން ވަކިވިާއިރު އަހަރީ ޗުއްޓީގެ ބާކީ ފައިސާ ދިނުން 7.
(ހ) ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި އެ ނޯޓިސްގެ މުއްދަތަށް ފައިސާ ދޭ ހާލަތްތަކުގައި، ދޭންޖެހޭނީ މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމުގެ އަސާސީ މުސާރައާއި މަގާމުގެ އެލަވަންސް ހިމެނޭ ގޮތަށެވެ.
(ށ) ވަޒީފާއިން ވަކިވާއިރު ބާކީ އޮންނަ އަހަރީ ޗުއްޓީގެ މުއްދަތަށްވާ ފައިސާ ދޭންޖެހޭ ހާލަތްތަކުގައި، ދޭންޖެހޭނީ މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމުގެ އަސާސީ މުސާރައާއި މަގާމުގެ އެލަވަންސް ހިމެނޭ ގޮތަށެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ފައިސާ ދޭއިރު ބަލާނީ، އެ މުވައްޒަފު ވަކިވާ ދުވަހު އެ މުވައްޒަފުގެ މަގާމުގެ އަސާސީ މުސާރައާއި، މަގާމުގެ އެލަވަންސްގެ އަދަދަށެވެ.
ރަސްމީ ގަޑި ނުވަތަ ޑިއުޓީ ގަޑި 8 ގަޑިއިރަށްވުރެ އިތުރުވާ ހާލަތު 8.
އިދާރާގެ ރަސްމީ ގަޑި ނުވަތަ ޑިއުޓީ ގަޑި 8 (އަށެއް) ގަޑިއިރަށް ވުރެ އިތުރުވާގޮތަށް ކަނޑައަޅައިފައިވާ ހާލަތުގައި، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އިތުރު އިނާޔަތެއް ދިނުމުގެ އިހުތިޔާރު ލިބިގެންވެއެވެ.
ޕޭ ފްރޭމްވަރކްގައި ކަނޑައަޅައިފައިވާ ގޮތަށް މުސާރައާއި އިނާޔަތްތައް ދިނުން 9.
ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ބަޖެޓު ދޭ އިދާރާތަކާއި، ބަޖެޓުގައި ހިމަނައިގެން ފައިސާ ދޫކުރާ އިދާރާތަކާއި، ބްލޮކް ގްރާންޓުގެ ގޮތުގައި ފައިސާ ދޫކުރާ އިދާރާތަކުގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ދަށުން މުސާރައާއި އިނާޔަތްތައް ކަނޑައަޅައިފައިވާ އިދާރާތަކާއި މަގާމުތަކަށް ދޭންވާނީ، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ދަށުން ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތައް އެކަންޏެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މުސާރައާއި އިނާޔަތްތައް ދޭއިރު، އެ އިދާރާއަކަށް ލިބޭ އާމްދަނީގެ ފައިސާއިން ނުވަތަ ބަޖެޓުގެ ފައިސާއިން ވެސް، ނޭށަނަލް ޕޭ ކޮމިށަނުގެ ހުއްދަ ނެތި އެއްވެސް ފައިސާއެއް ދީގެން ނުވާނެއެވެ. އަދި އެކަން ކަށަވަރުކުރުމަކީ އެ އިދާރާއެއްގެ މާލީ ޒިންމާދާރު ވެރިޔާގެ ޒިންމާއެކެވެ.
5 ވަނަ މާއްދާ - މިންގަނޑު ނަންބަރު 05-އެސްޓީ/02/2022/އެންޕީސީ-478 (ޖޮބް މެޓްރިކްސްތަކުގެ ޕޭ ސްޓްރަކްޗަރ ބޭނުންކުރާނެ ގޮތުގެ އާންމު މިންގަނޑު) އުވައިލުން.
6 ވަނަ މާއްދާ - 5 ވަނަ މާއްދާ - މިންގަނޑު ނަންބަރު 06-އެސްޓީ/02/2022/އެންޕީސީ-478 (ޖޮބް މެޓްރިކްސްތަކުގެ ޕޭ ސްޓްރަކްޗަރ ބޭނުންކުރާނެ ގޮތުގެ އާންމު މިންގަނޑު) ގެ 5 ވަނަ މާއްދާގެ (ބ) އަންނިނިވި ގޮތަށް އިސްލާހު ކުރުން.
މުސާރައިގެ ކުރިއެރުން ދިނުމާ ގުޅުންހުރި މުހިންމު ބައެއް ކަންތައްތައް 5.
(ބ) މި މިންގަނޑަށް ރިއާޔަތްކޮށް ދައުލަތުގެ އިދާރާތަކުގައި މުސާރައިގެ ކުރިއެރުން ދޭނެ ތަފުސީލީ އުސޫލުތައް އިދާރާތަކުން އެކުލަވައިލެވިދާނެއެވެ. މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓުގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދަ އުސޫލުތައް އެކުލަވައިލާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ. އެގޮތުން އެފަދަ އުސޫލުތައް އެކުލަވައިލާއިރު، މި މިންގަނޑުގައި ބަޔާންކޮށްފައިވާ %75 (ހަތްދިހަފަހެއް އިންސައްތަ) ގެ މާކުހަށް ވުރެ މަތީ މާކުހެއް ކަނޑައެޅުމުގެ އިހުތިޔާރު ވެސް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - މިންގަނޑު ނަންބަރު 07-އެސްޓީ/02/2022/އެންޕީސީ-478 (މަސައްކަތުގެ ފެންވަރު ބެލުމުގެ އާންމު މިންގަނޑު) ގެ 6 ވަނަ މާއްދާއަށް ތިރީގައިވާ ގޮތަށް (ނ) އިތުރުކުރުން.
މަސައްކަތުގެ ފެންވަރު ބަލައި ވަޒަންކުރުން 6.
(ނ) މި މިންގަނޑަށް ރިއާޔަތްކޮށް އިދާރާތަކުގައި ބޭނުންކުރާނެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުތައް އެކުލަވައިލާއިރު، ނުވަތަ މަރުކަޒީ އިދާރާއަކުން މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުތައް އެކުލަވައިލާއިރު، ރޭޓިންގ ސްކޭލްގައި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ %75 (ހަތްދިހަފަހެއް އިންސައްތަ) އަށް ވުރެ މަތީން ކަނޑައެޅޭ ގޮތަށް ރޭޓިންގ ސްކޭލް އެކުލަވައިލުމުގެ އިހުތިޔާރު ވެސް ލިބިގެންވެއެވެ.
8 ވަނަ މާއްދާ - މިންގަނޑު ނަންބަރު 08-އެސްޓީ/02/2022/އެންޕީސީ-478 (އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު) ގެ 2 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރު އިސްލާހުކޮށް، 2 ވަނަ މާއްދާގެ (ރ) ގެ (6) ވަނަ ނަންބަރު އުނިކުރުމާއި، މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ޅ) އިސްލާހުކުރުމާއި، 2 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އަންނަނިވި ގޮތަށް އިތުރުކޮށް އޭގެ ފަހަތުގައިވާ މާއްދާތައް ތަރުތީބުކުރުން.
އިތުރުގަޑީގެ ފައިސާ ހިސާބުކުރުން 2.
(5) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތިރީގައި ބަޔާންކޮށްފައިވާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބުކުރާނީ މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށެވެ.
5.1 ރަމަޒާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް.
5.2 2025 އޮކްޓޫބަރު 22 ވަނަ ދުވަހަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތައް.
(ޅ) މި މާއްދާގެ (ބ) ގައިވާ %10 (ދިހައެއް އިންސައްތަ) ގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ދުވަސްތަކެއް ނުހިމެނޭނެއެވެ. އަދި އެ ދުވަސްތަކުގައި، އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތް ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.
- ރަމަޒާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް.
- 2025 އޮކްޓޫބަރު 22 ވަނަ ދުވަހަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތައް.
- ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް.
އިތުރުގަޑީގެ ފައިސާ ދިނުމުގައި މަސައްކަތު ގަޑީގައި އަމިއްލަ ކަންކަމުގައި މަސައްކަތުގެ މާހައުލުން ބޭރުގައި ހޭދަކުރާ ވަގުތާމެދު އަމަލުކުރާނެ ގޮތް 3.
މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި އިތުރުގަޑީގެ ފައިސާ ބަޔާންކޮށްފައިވާ ފަދައިން އިތުރުގަޑީގެ ފައިސާ ދިނުމުގައި، ދިނުމުގައި އަމިއްލަ އެ ދުވަހަކު އަމިއްލަ ކަންކަމުގައި މަސައްކަތުގެ މާހައުލުން ބޭނުމެއްގައި ބޭރުގައި އެއްވެސް ވަގުތެއް ހޭދަކޮށްފައިވާ ނަމަ، އެ ހޭދަކުރި މަސައްކަތުގެ މާހައުލުން ވަގުތު އެ ދުވަހުގެ 8 (އަށެއް) ގަޑިއިރު ގުނުމުގައި ހިމަނައިގެން ބޭރުގައި ހޭދަކުރާ ނުވާނެއެވެ. މިގޮތުން، އިތުރުގަޑީގެ ފައިސާ ލިބޭނީ، އެ ވަގުތާމެދު އަމަލުކުރާނެ ދުވަހެއްގައި މަސައްކަތުގެ މާހައުލުގައި 8 (އަށެއް) ގަޑިއިރު ގޮތް ހަމަކުރުމުންނެވެ.
(ށ) ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކެއުމުގެ ގަޑިއާއި ނަމާދުކުރުމުގެ ވަގުތާއި ކުއްޖާ ބެލުމަށް ދޭ ވަގުތުތައް ފަދަ ހުސްވަގުތުތަކަކީ، އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާހައުލުން ބޭރުގައި އުޅުނު ވަގުތުކަމުގައެއް ނުބެލެވޭނެއެވެ.
(ނ) މި މިންގަނޑުގެ 2 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ދުވަސްތަކުގައި، އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދޭ ހިނދު، އެފަދަ ދުވަސްތަކުގައި ވެސް އިތުރުގަޑީގެ ފައިސާ ދޭންވާނީ އެ ދުވަހަކު އެ މުވައްޒަފަކު އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާހައުލުން ބޭރުގައި އެއްވެސް ވަގުތެއް ހޭދަކޮށްފައިވާ ނަމަ، އެ ހޭދަކުރި ވަގުތު އުނިކުރުމަށްފަހުގައެވެ.
(ރ) އަމިއްލަ ބޭނުންތަކުގައި މަސައްކަތުގެ މާހައުލުން ބޭރުގައި އުޅޭ ވަގުތު މާނަކުރުމާއި ރިކޯޑުކުރުމާ ގުޅޭގޮތުން، ތަފުސީލީ އުސޫލުތައް އިދާރާތަކުން އެކުލަވައިލަންވާނެއެވެ. މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓުގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދަ އުސޫލުތައް އެކުލަވައިލާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ. އެގޮތުން އެކުލަ ވައިލާ އުސޫލުތަކުގައި މުވައްޒަފު މަސައްކަތް ފެށި ވަގުތާއ،ި މަސައްކަތް ނިންމި ވަގުތާއި، މަސައްކަތު ވަގުތުގައި މަސައްކަތުގެ
މާހައުލުގެ ބޭރުގައި ހޭދަކުރި ވަގުތު ރިކޯޑުކުރާނެ ގޮތްތައް ބަޔާންކުރަންވާނެއެވެ.
(ބ) އިދާރާގެ ހުރިހާ މުވައްޒަފުންނަށް ވެސް އިތުރުގަޑީގެ ފައިސާ ދެމުންދަނީ މި މިންގަނޑުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންކަން ކަށަވަރުކުރުމަކީ އެ އިދާރާއެއްގެ މާލީ ޒިންމާދާރުވެރިޔާގެ ޒިންމާއެކެވެ.
9 ވަނަ މާއްދާ - މިންގަނޑު ނަންބަރު މިންގަނޑު ނަންބަރު 10-އެސްޓީ/02/2022/އެންޕީސީ-478 (ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑު) ގެ 5 ވަނަ މާއްދާގެ ދެވަނަ ބުލެޓް ޕޮއިންޓް އަންނަނިވި ގޮތަށް އިސްލާހުކުރުން:
ވަޒީފާއިން ވަކިވެގެންދާއިރު ދެވޭނެ އިނާޔަތް ހިސާބުކުރާނެ ގޮތް 5.
މަހު މުސާރައިގެ އަދަދަކީ، އެންމެ ފަހުން ހިދުމަތްކުރި 5 (ފަހެއް) އަހަރުގެ އެވްރެޖް އަސާސީ މުސާރައެވެ. އަދި އެވްރެޖް ހިސާބުކުރާނީ ކޮންމެ މަހެއްގެ އަސާސީ މުސާރަ ވަކިވަކިން އެއްކުރުމަށްފަހު، ޖުމުލަ މަހުގެ އަދަދުން ގެއްލައިގެންނެވެ. މިސާލަކަށް، 5 އަހަރު (ކަމުގައި ވާ ނަމަ އެއީ 60 މަސް) އެއްކުރުމަށްފަހު، 60 އިން ގެއްލައިގެންނެވެ.
10 ވަނަ މާއްދާ - މިންގަނޑު ނަންބަރު 11-އެސްޓީ/02/2022/އެންޕީސީ-478 (ދައުލަތުގެ ވަޒީފާއިން ދޫކޮށްލުމުން (ރިޑަންޑަންޓް ކުރުމުން) އިނާޔަތް ދެވޭނެ މިންގަނޑު) ގެ 4 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް (ވ) އިތުރުކުރުން:
ރިޑަންޑަންޓް ކުރުން ކަމުގައި ބެލޭނެ ހާލަތްތައް 4.
(ވ) ރިޑަންޑަންޓް ކުރެވޭނެ ކަމަށް މަތީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، މަރުކަޒީ އިދާރާއަކުން ރިޑަންޑަންޓް ކުރުމުގެ ކަންކަން ރެގިއުލޭޓްކުރާ ހާލަތުގައި، އެފަދަ މަރުކަޒީ އިދާރާއަކުން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައަޅާ ހާލަތްތައް.
11 ވަނަ މާއްދާ - މިންގަނޑު ނަންބަރު 13-އެސްޓީ/02/2022/އެންޕީސީ-478 (ބައެއް އެލަވަންސްތަކާއި އިނާޔަތް ދިނުމަށް ޓަކައި ދައުލަތުގެ މުއައްސަސާތައް ގިންތިކުރުމުގެ މިންގަނޑު) އުވައިލުން.
12 ވަނަ މާއްދާ - މިންގަނޑު ނަންބަރު 16-އެސްޓީ/02/2022/އެންޕީސީ-478 (ދާއިރާތަކަށް ހާއްސަ އިނާޔަތްތައް ކަނޑައެޅުމާބެހޭ އާންމު މިންގަނޑު) ގެ 3 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން:
ވަކި ދާއިރާއަކަށް ހާއްސަވާގޮތަށް އިނާޔަތް ދެވޭނެ ހާލަތްތައް 3.
(ވ) ވަކި ފަންނަކަށް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގައި ހިމެނޭ ސްޕެށަލިސްޓް ދާއިރާތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަށް މީހުން ތަމްރީންކުރެވިފައި ނެތް ސްޕެށަލިޓީއެއްގެ ފަންނުވެރިންގެ ހިދުމަތް ދައުލަތަށް ކޮންމެހެން ހޯދަންޖެހޭ ފަދަ ހާލަތްތަކުގައި އެފަދަ ސްޕެށަލިޓީއެއްގެ ފަންނުވެރިންނަށް ވަޒީފާގެ ބާޒާރުގައި ދެމުންއަންނަ އުޖޫރަ ކޮންމެހެން ދޭންޖެހޭ ހާލަތްތައް.
(މ) ވަކި ފަންނަކަށް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގައި ހިމެނޭ މަގާމުތަކުގެ މަސައްކަތްތައް އިންތިޒާމު ކުރެވިފައިވާ ގޮތުން އެކި މުވައްޒަފުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި މާހައުލުގައި ފަރަގުތައް ހުންނަ ހާލަތްތައް.
(ފ) މަގާމަށް އައްޔަނުކުރުމަށް ޓަކައި ވަކި ލައިސަންސެއް ހޯދަންޖެހޭ ހާލަތްތަކުގައި ނުވަތަ ޕްރޮފެށަނަލް ތަމްރީނެއް ފުރިހަމަކުރަންޖެހޭ ހާލަތުގައި އިދާރާއަށް އެ ފަރާތެއްގެ ހިދުމަތް ލިބެމުންއަންނަ ދުވަސްތަކުގައި، އެފަދަ ލައިސަންސެއް ނުވަތަ ތަމްރީނެއް ފުރިހަމަކުރަމުންއަންނަ މަރުހަލާގައި އިނާޔަތެއް ދޭންޖެހޭ ހާލަތްތައް.
(ދ) އާންމު ހާލަތްތަކުގައި މަސައްކަތްކުރަންޖެހޭ ގޮތްގޮތާ ތަފާތުކޮށް މަސައްކަތް ކުރަންޖެހޭތީ، ދައުލަތުގެ ޕޭ ފްރޭމްވަރކްގައި މަގާމުތަކަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތައް ދެމުންއަންނަ އާންމު ހަމަތަކާ ތަފާތުކޮށް މުސާރައާއި އިނާޔަތްތައް ކަނޑައަޅަންޖެހޭ ހާލަތްތައް.
13 ވަނަ މާއްދާ - މިންގަނޑު ނަންބަރު 17-އެސްޓީ/02/2022/އެންޕީސީ-478 (ހައުސިންގ އިނާޔަތާ ގުޅޭ މިންގަނޑު) ގެ 3 ވަނަ މާއްދާގެ (ށ) ގެ ފަހަތުގައިވާ (ނ) އަކުރުގައި ލިޔެފައިނުވަނީ ލިޔުމުގެ ކުށަކުން ކަމުގައިވާތީ، (އެއީ (ނ) ކަމުގައި ކަނޑައަޅައި، އޭގެ ފަހަތުގައިވާ އަކުރުތައް ތަރުތީބުކުރުން.
14 ވަނަ މާއްދާ - މިންގަނޑު ނަންބަރު 18-އެސްޓީ/02/2022/އެންޕީސީ-478 (ކޮމިއުނިކޭށަން ޑިވައިސް އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު) ގެ
7 ވަނަ މާއްދާގެ (ރ) ގެ ފަހަތުގައިވާ ތާވަލު، އަންނަނިވި ގޮތަށް އިސްލާހުކުރުން.
| ގިންތި | ފައިސާގެ އަދަދު (ރުފިޔާއިން) (މަސްދުވަހަކަށް) |
| ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތައް | 1,500 |
| ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތައް / ޕަރމަނަންޓް ސެކްރެޓަރީން / ޗީފް އެގްޒެކެޓިވް އޮފިސަރުން / ސެކްރެޓަރީ ޖެނެރަލުން (ލޯކަލް ކައުންސިލްތައް ފިޔަވައި) | 1،000 |
| މިނިސްޓަރުގެ އެޑްވައިޒަރ | 800 |
| މިނިސްޓްރީތަކާއި (މުވައްސަސާތަކުގެ) މާލީ ޒިންމާދާރުވެރިން | 800 |
| ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން | 500 |
| އެހެނިހެން ސިޔާސީ މަގާމުތައް | 500 |
| ޑިޕާޓްމަންޓްތަކުގެ އެންމެ އިސްވެރިޔާ، ޑިވިޒަންތަކުގެ އެންމެ އިސްވެރިޔާ | 500 |
| ސެކްށަންތަކުގެ އެންމެ އިސްވެރިޔާ | 350 |
| ރުފިޔާއާއި 250 ރުފިޔާއާ ދެމެދު ރަސްމީ ގަޑިއާއި ރަސްމީ ގަޑީގެ އިތުރުން އޮފީހުގެ ބޭނުންތަކަށް މޯބައިލް ފޯނުން ގުޅަންޖެހޭ މުވައްޒަފުން | 100 |
15 ވަނަ މާއްދާ - މިންގަނޑު ނަންބަރު: 23-އެސްޓީ/02/2022/އެންޕީސީ-478 (ވަގުތީ ޒިންމާގެ އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު) ގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެލަވަންސް ދޭނެ މިންވަރު 5.
މި މިންގަނޑުގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ މުއައްސަސާއެއްގެ އިދާރީ އޮނިގަނޑުގައި ކަނޑައަޅައިފައިވާ ހިންގުމުގެ އިސް މަގާމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރެވޭ ހާލަތްތަކުގައި މި އެލަވަންސްގެ ގޮތުގައި ދޭނީ ދުވާލަކަށް (ބަންދުދުވަސްތައް ހިމެނޭގޮތަށް) 75 (ހަތްދިހަ ފަހެއް) ރުފިޔާއެވެ.
16 ވަނަ މާއްދާ - ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް، މިންގަނޑު ނަންބަރު 26-އެސްޓީ/02/2022/އެންޕީސީ-478 (މައިގްރޭށަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު) އިތުރުކުރުން.
މައިގްރޭށަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު
މިންގަނޑު ނަންބަރު 26-އެސްޓީ/02/2022/އެންޕީސީ-478
ތައާރުފު 1.
މިއީ ދިވެހި ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމާ ގުޅިގެން އެއްވެސް މުވައްޒަފަކަށް ލިބެމުންއައި މުސާރައާއި އެލަވަންސްތަކަށް އުނިކަމެއް އަންނަ ފަދަ ހާލަތެއް މެދުވެރިވާ ނަމަ، އެފަދަ މުވައްޒަފުންނަށް މައިގްރޭށަން އެލަވަންސް ދޭނެ ގޮތް ބަޔާންކޮށްފައިވާ މިންގަނޑެވެ.
މައިގްރޭށަން އެލަވަންސް ހިސާބުކުރުމަށް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުގެ ކުރިން ލިބެމުންއައި މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ ބަލާނެ ގޮތް 2.
(ހ) މައިގްރޭށަން އެލަވަންސް ހިސާބުކުރުމަށް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުގެ ކުރިން ލިބެމުންއައި މުސާރައާއި އިނާޔަތްތަކުގެ ޖުމުލަކަމުގައި ބަަލާނީ، މަގާމުގެ އަސާސީ މުސާރައާއި އުޖޫރައިގެ ތެރޭގައި ކޮންމެ މަހަކު ވެސް އެއް މިންވަރަކަށް ދެމުންއައި ފިކްސްޑް އެލަވަންސްތަކާއި، މަސައްކަތަށް ހާޒިރުވުމުން ދުވަހަކަށް ދެމުންއައި ފައިސާއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ހިސާބުކުރާ ޖުމްލަ ބަލާނީ، މަގާމުގެ އަސާސީ މުސާރައާއި، އުޖޫރައިގެ ތެރޭގައި ކޮންމެ މަހަކު ވެސް އެއް މިންވަރަކަށް ދެމުންއައި ފިކްސްޑް އެލަވަންސްތަކާއި، މަސައްކަތަށް ހާޒިރުވުމުން ދުވަހަކަށް ދެމުންއައި ފައިސާއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ޖުމްލަ ހިސާބުކުރުމަށް ޓަކައި އެއް މަގާމެއްގައި އަދި އެއް ރޭންކް/ގްރޭޑެއްގައި ދެމިހުރި މުވައްޒަފެއް ނަމަ، ބަލަންވާނީ ކުރީގެ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ އެވަރެޖް ހިސާބުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ޖުމްލަ ހިސާބުކުރުމަށް ޓަކައި، ދިގު މުއްދަތުގެ ޗުއްޓީއެއް ފުރިހަމަކުރުމަށްފަހު މަސައްކަތަށް އެނބުރި އަންނަ މުވައްޒަފެއް ކަމުގައި ވާ ނަމަ އެ މުވައްޒަފެއްގެ އެވަރެޖް ހިސާބުކުރާނީ، އެ މުވައްޒަފާ އެއްފަދަ މަގާމެއްގައި އަދި އެ ރޭންކް/ގްރޭޑެއްގައި ހުރި މުވައްޒަފެއްގެ އެންމެ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ އެވަރެޖާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ބ) މި މާއްދާގެ (ހ) ގައިވާ ޖުމްލަ ހިސާބުކުރުމަށް ޓަކައި މަދުވެގެން 6 (ހައެއް) މަސްދުވަހުގެ އެވަރެޖް ހިސާބުކުރުމަށް ދަތިވާ ހާލަތްތަކުގައި ހިސާބުކުރެވެން އޮތް އެންމެ ދިގު މުއްދަތެއްގެ އެވަރެޖް ހިސާބުކުރުމަށް އިސްކަން ދޭންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައިވާ ޖުމްލަ ހިސާބުކުރުމަށް ޓަކައި، މުވައްޒަފަށް މަގާމުގެ ކުރިއެރުން ނުވަތަ ރޭންކް/ގްރޭޑުގެ ކުރިއެރުން ލިބުމުގެ ސަބަބުން 1 (އެކެއް) މަސްދުވަސް ނުލިބޭ ހާލަތްތަކުގައި، އެ މުވައްޒަފެއްގެ އެވަރެޖް ހިސާބުކުރާނީ، އެ މުވައްޒަފާ އެއްފަދަ މަގާމެއްގައި އަދި ރޭންކް/ގްރޭޑެއްގައި ހުރި މުވައްޒަފެއްގެ އެންމެ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ އެވަރެޖާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ކ) މައިގްރޭށަން އެލަވަންސް ހިސާބުކުރުމަށް ދައުލަތުގެ ފްރޭމްވަރކަށް ހިޖުރަކުރުމުގެ ކުރިން ލިބެމުންއައި މުސާރައާއި އިނާޔަތްތަކުގެ ޖުމުލައިގެ ތެރޭގައި ނުހިމެނޭނީ، ވަގުތީގޮތުން ވަކި މުއްދަތަކަށް ނުވަތަ ވަކި މަސައްކަތެއް ކުރުމަށް އެ މުވައްޒަފަކަށް ދެމުންއައި އެލަވަންސްތަކާއި ފޯނު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއެވެ.
މައިގްރޭށަން އެލަވަންސް ދިނުމުގެ ބޭނުމަށް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމަށްފަހު މުސާރައާއި، އިނާޔަތްތައް ހިސާބުކުރާނެ ގޮތް 3.
(ހ) މައިގްރޭށަން އެލަވަންސް ހިސާބުކުރުމަށް ދައުލަތުގެ ޕޭ ފްރޭމްވަރކަށް، ހިޖުރަކުރުމަށްފަހު ލިބޭނެކަމަށް އަންދާޒާކުރާ ޖުމުލަކަމުގައި ބަލާނީ، އެވަރެޖް އަހަރީ (އެނުއަލް އެވަރެޖް) މުސާރައާއި، އިނާޔަތްތަކަށެވެ. އަހަރެއްގެ އެވަރެޖް ހިސާބުކުރާނީ، މަގާމުގެ އަސާސީ މުސާރައާއި، މަގާމުގެ އެލަވަންސް (ޖޮބް އެލަވަންސް) އާއި، ހާޒިރީ އިނާޔަތް ކަނޑައަޅައިފައިވާ މަގާމުތަކަށް އެ މަގާމެއްގެ ހާޒިރީ އިނާޔަތަށް އަހަރެއްގެ ތެރޭގައި، ހުރިހާ ފަންނަކަށް، އެއްހަމަވާ ގޮތަށް އެވްރެޖްކޮށް، މަސައްކަތް ކުރާނެ ކަމަށް ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ ދުވަހުގެ އަދަދު ހިމަނައިގެން، ހިސާބުކުރުމަށް ފަހުގައެވެ. އެނުއަލް އެވަރެޖް ހިސާބުކުރުމުގައި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ދަށުން، ވަކިވަކި ދާއިރާތަކަށް ހާއްސަ އިނާޔަތްތައް ކަނޑައެޅުމާބެހޭ އާންމު "މިންގަނޑު" ގެ ދަށުން، ކަނޑައަޅައިފައިވާ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ އިނާޔަތްތަކުގެ ތެރެއިން އެ ފަންނެއްގެ ހުރިހާ މުވައްޒަފުންނަށް ވެސް، އެއްހަމައަކުން، ލިބޭނެ އިނާޔަތްތައް، ހިމަނައިގެން ހިސާބުކުރުމުގެ އިހުތިޔާރު، ނޭށަނަލް ޕޭ ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މައިގްރޭށަން އެލަވަންސް ހިސާބުކުރުމަށް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމަށްފަހު ލިބޭނެކަމަށް އަންދާޒާކުރާ ޖުމުލައިގެ ތެރޭގައި، ވަގުތީގޮތުން، ވަކި މުއްދަތަކަށް ނުވަތަ ވަކި މަސައްކަތެއް ކުރުމަށް އެ މުވައްޒަފަކަށް ދޭންޖެހޭ އެލަވަންސްތަކާއި، ފޯނު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއެއް ނުހިމެނޭނެއެވެ. އަދި އެ ހިސާބުކުރުމުގައި ސުވާލު އުފެދޭ ފަދަ އެލަވަންސާއި އިނާޔަތްތަކާމެދު، ގޮތެއް ނިންމާނީ ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
މައިގްރޭށަން އެލަވަންސް ދޭންޖެހޭ ހާލަތެއް އޮތްކަމަށް ފެންނަ ހާލަތުގައި އަމަލުކުރާނެ ގޮތް 4.
(ހ) ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމަށްފަހު މި މިންގަނޑުގައި ކަނޑައަޅައިފައިވާ ފަދައިން އެއްވެސް މުވައްޒަފަކަށް ލިބެމުންއައި އެނުއަލް އެވަރެޖަށް އުނިކަމެއް އަންނަ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މުވައްޒަފަކަށް މައިގްރޭށަން އެލަވަންސް ދިނުމާގުޅޭ މައްސަލަ، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއަކުން ނޭށަނަލް ޕޭ ކޮމިށަނަށް ހުށަހަޅަންވާނެއެވެ. މަރުކަޒީ އިދާރާއަކުން މުވައްޒަފުންނާ ގުޅޭ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދަ މައްސަލަތައް ނޭށަނަލް ޕޭ ކޮމިށަނަށް ހުށަހަޅާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ.
(ށ) މި މާއްދާގައިވާ ގޮތަށް މައިގްރޭށަން އެލަވަންސް ދިނުމާ ގުޅޭ މައްސަލަ ހުށަހަޅާއިރު، އެ މުވައްޒަފެއްގެ މައިގްރޭށަން އެލަވަންސްގެ އަދަދު ހިސާބުކުރުމަށް ޓަކައި މި މިންގަނޑުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުރިހާ މައުލޫމާތެއް ހުށަހަޅަންވާނެއެވެ.
މައިގްރޭށަން އެލަވަންސްގެ (ހ) ވަކިވަކި މުވައްޒަފުންނަށް މައިގްރޭށަން އެލަވަންސްގެ ގޮތުގައި ދޭނެ އަދަދު މިންވަރު ކަނޑައެޅުން ކަނޑައަޅާނީ ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
(ށ) މައިގްރޭށަން އެލަވަންސް ދޭންޖެހޭ މުވައްޒަފުންނަށް މައިގްރޭށަން އެލަވަންސް ދޭން ފަށާނީ، ނޭށަނަލް ޕޭ ކޮމިށަނުން ކަމާބެހޭ އިދާރާއަށް އެންގުމަށްފަހުގައެވެ.
މައިގްރޭށަން އެލަވަންސް 6.
(ހ) އާންމުކޮށް ހުޅުވައިލާ ނުވަތަ އިދާރާގެ އެތެރޭގައި ހުޅުވައިލާ މަގާމަކަށް ދިނުން ހުއްޓައިލަންޖެހޭނެ ކުރިމަތިލައިގެން މުވައްޒަފު ހޮވިގެން އެފަދަ މަގާމަކަށް އައްޔަނުކުރާ ހާލަތްތައް ހާލަތުގައި، އެ މުވައްޒަފަށް ދެމުންއައި މައިގްރޭށަން އެލަވަންސް ދިނުން ހުއްޓައިލަންވާނެއެވެ.
(ށ) މަގާމުގެ ކުރިއެރުން ލިބުމުގެ ސަބަބުން ނުވަތަ މުސާރައިގެ ކުރިއެރުން ލިބުމުގެ ސަބަބުން އެ މުވައްޒަފަށް އަލަށް ލިބޭ މުސާރައާއި އިނާޔަތްތަކަށް އިތުރުވާ މިންވަރަކީ އެ މުވައްޒަފަށް ލިބެމުންއައި މައިގްރޭށަން އެލަވަންސަށް ވުރެ ބޮޑު އަދަދެއް ކަމުގައި ވާ ނަމަ، އެ ކުރިއެރުން ލިބުނު ތާރީހަކުން ފެށިގެން އެ މުވައްޒަފަށް ލިބެމުންއައި މައިގްރޭށަން އެލަވަންސް ދިނުން ހުއްޓައިލަންވާނެއެވެ.
މައިގްރޭށަން އެލަވަންސްގެ އަދަދު މުރާޖާކުރަންޖެހޭނެ ހާލަތްތައް 7.
(ހ) މަގާމުގެ ކުރިއެރުން ލިބުމުގެ ސަބަބުން ނުވަތަ މުސާރައިގެ ކުރިއެރުން ލިބުމުގެ ސަބަބުން އެ މުވައްޒަފަށް އަލަށް ލިބޭ މުސާރައާއި އިނާޔަތްތަކަށް އިތުރުވާ މިންވަރަކީ އެ މުވައްޒަފަށް ލިބެމުންއައި މައިގްރޭށަން އެލަވަންސަށް ވުރެ ކުޑަ އަދަދެއް ކަމުގައި ވާ ނަމަ، އެ ކުރިއެރުން ލިބުނު ތާާރީހަކުން ފެށިގެން އެ މުވައްޒަފަށް ލިބެމުންއައި މައިގްރޭށަން އެލަވަންސްގެ އަދަދަށް ބަދަލުގެންނަން ޖެހޭނެއެވެ.
(ށ) މައިގްރޭށަން އެލަވަންސްގެ އަދަދަށް ބަދަލުގެންނަންޖެހޭ ހާލަތުގައި، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއަކުން ނޭށަނަލް ޕޭ ކޮމިށަނަށް އެ މައްސަލަ ހުށަހަޅަންވާނެއެވެ. މަރުކަޒީ އިދާރާއަކުން މުވައްޒަފުންނާ ގުޅޭ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި، ނޭށަނަލް ޕޭ ކޮމިށަނަށް އެފަދަ މައްސަލަތައް ހުށަހަޅާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ.
މައިގްރޭށަން އެލަވަންސް ދެމުންއަންނަނީ މި މިންގަނޑާ އެއްގޮތަށްކަން ކަށަވަރުކުރުން 8.
(ހ) މައިގްރޭށަން އެލަވަންސް ދެމުން އަންނަނީ މި މިންގަނޑުގައި ކަނޑައަޅައިފައިވާ ގޮތަށްކަން އެ އިދާރާގެ މާލީ ޒިންމާދާރުވެރިޔާ ކަށަވަރުކުރަން ޖެހޭނެއެވެ.
(ށ) މި މިންގަނޑުގައި ކަނޑައަޅައިފައިވާ ގޮތް ނޫން ގޮތަކަށް އަދި ނޭށަނަލް ޕޭ ކޮމިށަނުގެ ނިންމުމަކާ ހިލާފަށް، އެއްވެސް މުވައްޒަފަކަށް މައިގްރޭށަން އެލަވަންސް ދީފިނަމަ، އެ އިދާރާގެ މާލީ ޒިންމާދާރުވެރިޔާ އެކަމަށް ޒިންމާވާން ޖެހޭނެއެވެ.
ނޭށަނަލް ޕޭ ކޮމިށަނުގެ ލަފާ ހޯދުން 9.
މި މިންގަނޑުގައި ބަޔާންކޮށްފައި ނެތް ހާލަތްތަކުގައްޔާއި ކަންތައްތަކުގައި އަމަލުކުރަންވާނީ ނޭށަނަލް ޕޭ ކޮމިށަނުގެ ލަފާ ހޯދުމަށްފަހުގައެވެ.
17 ވަނަ މާއްދާ - ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް، މިންގަނޑު ނަންބަރު 27/އެސްޓީ/02/2022/އެންޕީސީ-478 (ފަހެލި މަސައްކަތު ވަގުތާއި ގަޑި ކަނޑައެޅުމުގެ މިންގަނޑު) އިތުރުކުރުން.
ފަހެލި މަސައްކަތު ވަގުތާއި ގަޑި ކަނޑައެޅުމުގެ މިންގަނޑު
މިންގަނޑު ނަންބަރު 27-އެސްޓީ/02/2022/އެންޕީސީ-478
ތައާރުފު 1.
(ހ) މިއީ ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދިވެހި ދައުލަތަށް ލިބޭ އާމްދަނީގެ ދާއިރާގެ ތެރޭގައި، ދެމެހެއްޓެނިވި މުސާރައާއި އިނާޔަތްތައް ދިގު މުއްދަތަށް ދެވޭނެ މިންގަނޑުތައް އެކަށައެޅުމަށް ގާނޫނުން ލާޒިމްކޮށްފައިވާތީ، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ދަށުން ކަނޑައަޅާ މުސާރައާއި އިނާޔަތްތައް ދެވޭނީ އެންމެ ކުރުންތެރިކޮށް މަސައްކަތު ވަގުތާއި ގަޑި ކަނޑައަޅައިގެންކަމަށްވާތ،ީ އެކަމަށް މަގުފަހިކުރުމަށް ޓަކައި އިދާރާތަކުން ފަހެލި މަސައްކަތު ވަގުތާއި ގަޑި ކަނޑައެޅިދާނެ ގޮތުގެ މިންގަނޑެވެ.
(ށ) މި މިންގަނޑަށް ރިއާޔަތްކޮށ،ް ފަހެލި މަސައްކަތު ވަގުތާއި ގަޑި ކަނޑައެޅުމުގައި ގެންގުޅޭނެ ތަފުސީލީ އުސޫލުތައް އިދާރާތަކުން އެކުލަވައިލެވިދާނެއެވެ. މަރުކަޒީ އިދާރާއަކުން މުވައްޒަފުންނާ ގުޅޭ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދަ އުސޫލުތައް އެކުލަވައިލާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ.
މަސައްކަތު ގަޑި" އާއި "ރަސްމީ ގަޑި" އާއި "ޑިއުޓީ ގަޑީ" ގެ މާނާ 2.
(ހ) ދައުލަތުގެ ޕޭ ފްރޭމްވަރކްއަކީ އެއްހަމަ މިންގަނޑަކުން ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މެދުގައި ތަންފީޒު ކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ ނިޒާމެއް ކަމުގައި ވާތީ، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ބޭނުމަށް، "މަސައްކަތު ގަޑި" ކަމުގައި ބަލައިފައިވާނީ ދުވާލަކު 8 (އަށެއް) ގަޑިއިރެވެ.
(ށ) ސަރުކާރުގެ "ރަސްމީ ގަޑި" އަކީ، ދައުލަތުގެ ގަވަރނަންސް ނިޒާމު ރޭވިފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވަގުތެކެވެ. އަދި ރަމަޒާން މަސް ނުވަތަ އެހެން މަސްމަހުގައި ނުވަތަ ތަފާތު ހާލަތްތަކުގައި ރަސްމީ ގަޑިއަށް ބަދަލުގެނައުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. ވެރިކަން ހިންގުމުގެ ބާރުގެ ދަށުގައިވާ އިދާރާތަކުގައި އާންމު ހާލަތުގައި ރަސްމީ ގަޑިކަމުގައި ބަލަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ރަސްމީ ގަޑި ކަމުގައި ވިޔަސް، ރާއްޖޭގައި ގާއިމްކޮށްފައިވަނީ ބާރުތައް ވަކިކުރެވިފައިވާ ނިޒާމެއް ކަމުގައި ވާތީ، ވަކިވަކި ހިދުމަތްތަކުން ނުވަތަ މުއައްސަސާތަކުން ރަސްމީ ގަޑީގެ ގޮތުގައި ތަފާތު ގަޑިތައް ކަނޑައެޅުމުގެ އިހުތިޔާރު ލިބިގެންވެއެވެ.
(ނ) "ޑިއުޓީ ގަޑި" އަކީ، ދައުލަތުގެ އެކި އިދާރާތަކުން ދުވާލާއި ރޭގަނޑުގެ ތަފާތު ވަގުތުތަކުގައި ހިދުމަތް ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި، އެކި މުވައްޒަފުން އެކި ވަގުތުތަކުގައި މަސައްކަތް ކުރަންޖެހޭ ގޮތަށް ކަނޑައަޅާ ވަގުތުތަކެކެވެ. ޑިއުޓީ ގަޑީގެ ވަގުތު ކަނޑައަޅާނީ، އާންމު އުސޫލުން އެ އިދާރާއަކުން ނުވަތަ މަރުކަޒީ ވަކި އިދާރާއަކުންނެވެ. އެއް އިދާރާއެއްގައި، ތަފާތު ފަންނުވެރީންނަށް ތަފާތު ޑިއުޓީ ގަޑި ކަނޑައެޅިދާނެއެވެ. އަދި ރަމަޒާން މަސް ނުވަތަ އެހެން މަސްމަހުގައި ނުވަތަ ތަފާތު ހާލަތްތަކުގައި ޑިއުޓީ ގަޑިއަށް ބަދަލު ގެނެވިދާނެއެވެ.
މިންގަނޑުގެ މަގުސަ ދުތައް 3.
މި މިންގަނޑު އެކުލަވައިލުމުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ދައުލަތުގެ އެކި އިދާރާތަކުން ހިދުމަތް ފޯރުކޮށްދޭންޖެހޭ ވަގުތާއި ގޮތްތަކުގައި ބޮޑެތި ފަރަގުތަކެއް ހުރުމުގެ ފުރުސަތު އޮތުމުން އެ އިދާރާއެއްގެ ރަސްމީ ގަޑި ނުވަތަ ޑިއުޓީ ގަޑި ކަނޑައަޅާ ގޮތުގެ ސަބަބުން، އެ ވަގުތުތަކުގައި ބައެއް މުވައްޒަފުން އެއްވެސް މަސައްކަތެއް ނެތް ގޮތުގައި ނުވަތަ ގިނަ ވަގުތު އެއްވެސް މަސައްކަތެއް ނެތް ގޮތުގައި ވަގުތު އިސްރާފުވާ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ޓަކައި އެފަދަ ހާލަތުތައް މެދުވެރިނުވާނެ ފަދަ ގޮތަކަށް މަސައްކަތުގެ ވަގުތުތައް ރޭވުން.
(ށ) މުވައްޒަފުންނަށް ފައިދާވާނެގޮތަށް ފަހެލިކޮށް މަސައްކަތު ވަގުތާއި ގަޑި ކަނޑައެޅުމާއި އެކި ވަގުތުތަކުގައްޔާއި އެކި ހާލަތްތަކުގައި އިދާރާއިން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިކުރުން.
(ނ) ބައެއް އިދާރާތަކުގެ ބައެއް މަސައްކަތްތަކަކީ، އެ އިދާރާއެއްގެ ރަސްމީ ގަޑީގެ ފަހުން ކުރަންޖެހޭ މަސައްކަތްތަކެއް ކަމުގައި ވެދާނެތީއާއި އެފަދަ ހާލަތްތަކުގައި ރަސްމީ ގަޑީގައި ހޭދަވާ ވަގުތު އެއްވެސް މަސައްކަތެއް ނުކޮށް ބޭކާރުގޮތުގައި ހޭދަވެ، ރަސްމީ ގަޑީގެ ފަހުން ގިނަ ވަގުތުތަކަށް އިތުރުގަޑީގެ ފައިސާ ދޭންޖެހޭ ހާލަތްތައް ކުރިމަތިވެދާނެތީ، އެފަދަ ހާލަތްތަކުގައި، އިދާރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ރަސްމީ ގަޑީގެ ފަހުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނަށް ފަހެލިކޮށް ރަސްމީ ގަޑި ކަނޑައަޅައި އިދާރާގެ ހަރަދުތައް ކުޑަކުރުން.
ފަހެލި މަސައްކަތު ވަގުތާއި ގަޑި ކަނޑައެޅުމުގައި އިސްކަންދޭންވާނެ މުހިންމު ބައެއް ކަންތައްތައް 4.
(ހ) ސަރުކާރުގެ ރަސްމީ ގަޑީގައި ނުވަތަ އެ އިދާރާއަކުން ކަނޑައަޅައިފައިވާ ޑިއުޓީ ވަގުތުތަކުގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށް ބުރޫއަރާނެ ގޮތަކަށް މުވައްޒަފުންގެ ފަހެލި މަސައްކަތު ގަޑި ކަނޑައަޅައިގެން ނުވާނެއެވެ.
(ށ) ފަހެލި މަސައްކަތު ވަގުތު ކަނޑައަޅާއިރު، އެއް ބާވަތެއްގެ މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އެއްހަމައަކުން އެ ފުރުސަތު ދިނުމަށް އިސްކަންދޭންވާނެއެވެ.
(ނ) ދުވާލުގެ އެކި ވަގުތުތަކުގައި ހިދުމަތް ދޭންޖެހޭ ހާލަތްތަކުގައި، މިހައިތަނަށް ޑިއުޓީ އުސޫލުން މަސައްކަތް ނުކުރާ ފަންނުވެރީންގެ މަސައްކަތްތައް ވެސް ޑިއުޓީ އުސޫލަށް ބަދަލުކުރެވިދާނެއެވެ. އަދި މަސައްކަތުގެ ބާވަތުން ދުވާލެއްގެ ތެރޭގައި އެއް ޑިއުޓީއަށް ވުރެ ގިނަ ޑިއުޓީ އަދާކުރަންޖެހޭ ގޮތަށް ފަހެލި މަސައްކަތު ވަގުތު ކަނޑައެޅިދާނެއެވެ. ނަމަވެސް އެފަދައިން ކަނޑައަޅާއިރު ވެސް ދުވާލެއްގެ ތެރޭގައި ޖުމުލަ ޑިއުޓީ ވަގުތު 8 (އަށެއް) ގަޑިއިރަށް ވުރެ އިތުރުނުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
(ރ) ފަހެލި މަސައްކަތު ގަޑި ކަނޑައަޅާއިރު، ހަފުތާގެ ހުރިހާ ދުވަހަކު ހިދުމަތް ދޭންޖެހޭ އިދާރާތަކުގައި ހަފުތާގެ ހުރިހާ ދުވަހަކަށް އެ ފުރުސަތު ދެވިދާނެއެވެ. އަދި ހަފުތާއަކު 6 (ހައެއް) ދުވަހު ހިދުމަތް ދޭންޖެހޭ އިދާރާތަކުގައި އެ 6 (ހައެއް) ދުވަހަކަށް އެ ފުރުސަތު ދެވިދާނެއެވެ. ނުވަތަ ހަފުތާއަކު އެއަށްވުރެ މަދުން ހިދުމަތް ދޭންޖެހޭ އިދާރާތަކުގައި އެ އިދާރާއަކުން ހިދުމަތްދޭ ހުރިހާ ދުވަސްތަކުގައި އެ ފުރުސަތު ދެވިދާނެއެވެ. ނުވަތަ ހަފުތާގެ ބައެއް ދުވަސްދުވަހު އެކަނި ފަހެލި މަސައްކަތު ގަޑި ކަނޑައެޅިދާނެއެވެ. ނުވަތަ އެކި ހަފުތާތަކުގައި އެކި ދުވަސްދުވަހު ފަހެލި މަސައްކަތު ގަޑި ކަނޑައެޅުން ފަދަ ތަފާތު ގޮތްގޮ ތް ހިމެނޭގޮތަށް ކަނޑައެޅިދާނެއެވެ.
(ބ) ޑިއުޓީ އުސޫލުން މަސައްކަތު ގަޑި ކަނޑައެޅުމާ ގުޅިގެން ނުވަތަ ފަހެލި މަސައްކަތު ގަޑި ކަނޑައެޅުމާ ގުޅިގެން ހަފުތާ ބަންދާއެކުގައި މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނަށ،ް ގާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރެއިނ،ް އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން ހަފުތާ ތެރޭގެ ދުވަހަކު ރިލީޒް ދިނުމުގެ އިހުތިޔާރު ލިބިގެންވެއެވެ.
(ޅ) ފަހެލި މަސައްކަތު ގަޑި ކަނޑައަޅައި އެ ފުރުސަތު ދޭއިރު، މަސައްކަތް ފަށާ ގަޑިއާއި މަސައްކަތް ނިމޭ ގަޑ،ި ކޮންމެ ފަހަރަކު ރިކޯޑުކުރަންވާނެއެވެ. އަދި އެ މުވައްޒަފަކަށް ކަނޑައަޅައިފައިވާ މަސައްކަތު ގަޑީގައި އަމިއްލަ ބޭނުމެއްގައި އިދާރާއިން ބޭރަށް ނުވަތަ މަސައްކަތުގެ މާހައުލުން ބޭރަށް ދާންޖެހޭ ހާލަތްތަކުގައި އެފަދައިން އަމިއްލަ ބޭނުންތަކުގައި މަސައްކަތުން ދުރުގައި ހޭދަކުރާ ވަގުތު ރިކޯޑުކުރެވިފައި އޮންނަންވާނެއެވެ. އަދި އެފަދައިން މަސައްކަތުން ބޭރުގައި ހޭދަވި ވަގުތު، އެ މުވައްޒަފަކަށް ކަނޑައަޅައިފައިވާ ޖުމުލަ ވަގުތު ފުރިހަމަކުރުމަށް ޓަކައ،ި އެ މަހެއްގެ ޕޭރޯލް ސައިކަލްގެ ތެރޭގައި މަސައްކަތްކޮށް އެ ވަގުތު ފުރިހަމަ ކުރަންވާނެއެވެ.
(ކ) އިދާރާގެ ރަސްމީ ގަޑީގައި ގިނަ ވަގުތުތަކެއްގައި އާންމުކޮށް މަސައްކަތުގައި ހޭދަނުކުރެވޭ މުވައްޒަފެއް ކަމުގައި ވާ ނަމަ އަދި އެފަދައިން މަސައްކަތްތައް އިންތިޒާމު ކުރެވިފައިވަނީ އިދާރާއިން ހުއްދަ ހޯދައިގެން ކަމުގައި ވާ ނަމަ، އަދި އެ މުވައްޒަފަކަށް އިތުރުގަޑީގެ ފައިސާ ދޭންޖެހޭ ކަމުގައި ވާ ނަމަ، އެފަދަ މުވައްޒަފުންނަށް ފަހެލި މަސައްކަތު ގަޑި ކަނޑައެޅުމަށް އިދާރާއިން އިސްކަން ދޭންވާނެއެވެ. އެގޮތަށް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކ،ީ އިތުރުގަޑީގެ ފައިސާއަށް ކުރަންޖެހޭ ހަރަދު ނުކުރުމާއެކ،ު އެ މުވައްޒަފަށް ފަހެލި މަސައްކަތު ގަޑި ކަނޑައަޅައިގެން އެ މުވައްޒަފެއްގެ ހިދުމަތް އިދާރާއަށް ހޯދުމަށް މަގުފަހިކުރުމެވެ.
(އ) ފަހެލި މަސައްކަތު ގަޑި ކަނޑައަޅާއިރު ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކެއުމުގެ ވަގުތާއި، ނަމާދުކުރުމުގެ ވަގުތާއި ކުއްޖާ ގެންގުޅުމަށް ދޭ ވަގުތު ފަދަ ހުސްވަގުތުތައް ދޭންވާނެއެވެ.
(ވ) ފަހެލި މަސައްކަތު ގަޑި ކަނޑައަޅާ ހުރިހާ ހާލަތްތަކެއްގައި ވެސް ދައުލަތުގެ ހާޒިރީ ފްރޭމްވަރކްގެ މިންގަނޑުތަކުގައި އިނާޔަތް ދިނުމަށް ކަނޑައަޅައިފައިވާ މިންގަނޑަށް އަމަލުކުރަން ޖެހޭނެއެވެ.
ނޭށަނަލް ޕޭ ކޮމިށަނުގެ ލަފާ ހޯދުން 5.
މި މިންގަނޑުގައި ބަޔާންކޮށްފައިވާ ނެތް ހާލަތްތަކުގައްޔާއި، ކަންތައްތަކުގައި އަމަލުކުރަންވާނީ ނޭށަނަލް ޕޭ ކޮމިށަނުގެ ލަފާ ހޯދުމަށްފަހުގައެވެ. އަދި މި މިންގަނޑުގެ ދަށުން ފަހެލި މަސައްކަތު ވަގުތާއި ގަޑި ކަނޑައެޅުމުގައި ގެންގުޅޭނެ ތަފުސީލީ އުސޫލުތައް އިދާރާތަކުން އެކުލަވައިލުމުގެ މަރުހަލާގައި ލަފާ ބޭނުންވާ އިދާރާތަކަށް ނޭށަނަލް ޕޭ ކޮމިށަނުން ފަންނީ ލަފާ ފޯރުކޮށްދޭނެއެވެ.
18 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އިސްލާހު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ފްރޭމްވަރކް
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (އެހެނިހެން ނަންބަރު 2022)
ކޮންސޮލިޑޭޓެޑް ފްރޭމްވަރކް
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (ކޮންސޮލިޑޭޓެޑް ނަންބަރު 2022-00)
ކިޔުންތެރިންގެ ހިޔާލު