-

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް 6 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2024-01)

(މި ފްރޭމްވަރކަށް އަމަލުުރަން ފެށީ 29 ޖަނަވަރީ 2024 ގައި)

 

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - މިންގަނޑު ނަންބަރު 10-އެސްޓީ/2022/އެންޕީސީ-478 (ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތް ދެވޭނެ މިންގަނޑު) ގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

އިސްތިސްނާ ހާލަތް 7.

(ހ) އެއްވެސް މުވައްޒަފެއް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާ ތާރީހުން ފެށިގެން ގިނަވެގެން 33 (ތިރީސް ތިނެއް) މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދޭންޖެހޭނަމަ، އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހްތިޔާރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

 

2 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އިސްލާހު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ފްރޭމްވަރކް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (އެހެނިހެން ނަންބަރު 2022)

 

ކޮންސޮލިޑޭޓެޑް ފްރޭމްވަރކް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (ކޮންސޮލިޑޭޓެޑް ނަންބަރު 2022-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު