-

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް 5 ވަނަ އިސްލާހު ގެނައުން

(އެހެނިހެން ނަންބަރު 2023-10)

(މި ފްރޭމްވަރކަށް އަމަލުުރަން ފެށީ 22 އޮކްޓޫބަރ 2023 ގައި)

 

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - މިންގަނޑު ނަންބަރު 04-އެސްޓީ/2022/އެންޕީސީ-478 (މަގާމަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު) ގެ 5 ވަނަ މާއްދާގެ (ށ) އާއި (ބ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

ހާޒިރީ އިނާޔަތް (Attendance Benefit) 5.

(ށ) ހާޒިރީ އިނާޔަތަކީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށާއި ރަސްމީ ބަންދު ދުވަސްތަކުގައި ޑިއުޓީ އުސޫލުން އޮފީހަށް ހާޒިރުވެ، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ދޭ އިނާޔަތެކެވެ. އޮފީހަށް ހާޒިރުވުން ކަމުގައި މާނަކުރާނީ، މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު ފިޒިކަލީ އޮފީހަށް ހާޒިރުވުމާއ،ި މަސައްކަތު ދުވަސްތަކުގެ ތެރެއިން އޮންލައިންކޮށް މަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައި އެ އިދާރާއެއްގައި ހަމަޖެހިފައިވާ އުސޫލުން ސައިނ-ް އިން ވެގެން ހާޒިރުވުމާއ،ި މަސައްކަތު ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކެވެ.

(ބ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މުވައްޒަފު އިދާރާއަށް ހާޒިރުވެ، ޑިއުޓީ އުސޫލުން އިދާރާގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅައިފައިވާ ޖުމުލަ ވަގުތުގެ މަދުވެގެން ދެބައިކުޅައެއްބައި ވަގުތު މަސައްކަތްކުރާ ހާލަތްތަކުގައ،ި ހާޒިރީ އިނާޔަތް ލިބޭނެއެވެ. އެފަދަ ދުވަސްތަކުގައި މަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައި މަސައްކަތްކުރާ ހުރިހާ ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދޭނީ، "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" ގެ 2 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ. މިފަދައިން އިތުރުގަޑީގެ ފައިސާ ދޭއިރުގައި ވެސ،ް "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" ގެ 2 ވަނަ މާއްދާގެ (ބ) އަށް އަމަލުކުރަން ޖެހޭނެއެވެ.

 

2 ވަނަ މާއްދާ - މިންގަނޑު ނަންބަރު 10-އެސްޓީ/2022/އެންޕީސީ-478 (ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑު) ގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން. 

އިސްތިސްނާ ހާލަތު 7.

(ހ) އެއްވެސް މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 (އެކާވީސް) މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދޭންޖެހޭނަމ،ަ އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހުތިޔާރުކުރުމުގެ ފުރު ސަތު އޮންނާނެއެވެ.

 

3 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އިސްލާހު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ފްރޭމްވަރކް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (އެހެނިހެން ނަންބަރު 2022)

 

ކޮންސޮލިޑޭޓެޑް ފްރޭމްވަރކް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (ކޮންސޮލިޑޭޓެޑް ނަންބަރު 2022-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު