ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދު
(ގަވާއިދު ނަންބަރު 2025-21)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 12 ފެބުރުއަރީ 2025 ގައި)
(މި ގަވާއިދުގެ 69 ވަނަ މާއްދާގެ (ހ) އިން ވަނީ ގަވާއިދު ނަންބަރު 2012-41 އުވާލެވިފައި)
ފުރަތަމަ ބާބު: އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކަށް ދުންފަތުގެ ދުމުން ރައްކައުތެރިވެ ތިބުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ޓަކައި، ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް އެކަށައެޅުމަށާއި، ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުއާމަލާތު ކުރުމުގެ ހުއްދަ ދޫކުރުމާއި، ދިވެހިރާއްޖޭގައި ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުއާމަލާތުތައް ކުރުމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރުމަށާއި، ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކޮންޓްރޯލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ދުންފަތުގެ އިސްތިހާރުކުރުން މަނާކުރުމާއި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމުގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރުމަށް ޓަކައި ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު
މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.
(ހ) ދުންފަތަކީ އެންމެ ވިހަގަދަ މާއްދާތަކުގެ ތެރޭގައި ހިމެނޭ އަދި އޭގެ ރައްކައުތެރި ވަކި މިންވަރެއް ކަނޑައެޅިފައިނުވާ ވިހައެއްކަމަށް ވެފައި، ދުންފަތުގެ ސަބަބުން ފުރާނައަށް ނުރައްކައުތެރި ބަލިތައް ޖެހޭތީ، މި ވިހައިން މުޖުތަމައު ރައްކައުތެރިކުރުން
(ށ) ޒަމާނީ ސައިންސުގެ އިލްމުން ސާބިތުކޮށްދޭ ފަންނީ މައުލޫމާތާއި، މިނިވަން ތަހުޒީބު މުޖުތަމައުތަކުން ތަޖުރިބާކޮށްފައިވާ އަދި އަމަލުކުރަމުންދާ އުސޫލުތަކަށް ރިއާޔަތްކޮށް، އާންމު ތަންތަނާއި މަސައްކަތުގެ މާހައުލުތަކަކީ ދުންފަތުގެ ދުމުން ރައްކައުތެރި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގެ ގޮތުގައި ކަނޑައަޅައި، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށް ދުންފަތުގެ ސަބަބުން ބަލިތައް ޖެހޭ މިންވަރު މަދުކުރުން،
(ނ) ދުންފަތުގެ އިސްތިއުމާލުނުކުރާ ފަރާތްތައް ދުންފަތުގެ ދުމުން ރައްކައުތެރިކުރުން، އަދި ވަކީން ހާއްސަކޮށް، ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، ހާއްސަ އެހީ ބޭނުންވާ ފަރާތްތަކާއި، ދާއިމީގޮތެއްގައި ފަރުވާކުރާ ބަލިތައް ތަހައްމަލުކުރަމުންދާ މީހުން ދުންފަތުގެ ދުމުން ރައްކައުތެރިކުރުން،
(ރ) ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް އެކަން ހުއްޓައިލުމަށް މަގުފަހިކުރުން،
(ބ) އާންމު ސިއްހަތު ރައްކައުތެރިކޮށް ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން އާންމު ތަންތަނާއި ވަޒީފާގެ މާހައުލުތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ އަދި ދުންފަތުގެ ދުމުން ރައްކައުތެރި މާހައުލުތަކަށް ހެދުން،
(ޅ) ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައަޅައި، ދުންފަތުގެ ބާވަތްތައް ލިބޭނޭ ގޮތްތައް މަދުކުރުން،
(ކ) ދުންފަތުގެ ވިޔަފާރީގެ މުއާމަލާތުތައް ކުރުމަށް ވަކި އުސޫލުތަކެއް ކަނޑައަޅައިގެން ދުންފަތުގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމާއި، ދުންފަތުން ލިބޭ ގެއްލުންތަކުން މުޖުތަމައު ރައްކައުތެރިކުރުން،
(އ) ދުންފަތުގެ ވިޔަފާރީގެ މުއާމަލާތުކުރުމަށް ދޫކުރެވޭ ހުއްދައިގެ ބާވަތްތަކާއި، އެ ހުއްދަތައް ދޫކުރެވޭ ގޮތާއި، ބާތިލުކުރެވޭ ގޮތާއި، ހުއްދައާ ގުޅޭ އުސޫލުތައް ކަނޑައެޅުން،
(ވ) ދުންފަތުގެ ވިޔަފާރީގެ މުއާމަލާތުކުރުމަށް ދޫކުރެވޭ ހުއްދައާ ގުޅޭ އުސޫލުތަކާ ހިލާފުވުމުން އަޅާނެ ފިޔަވަޅު ކަނޑައެޅުން،
(މ) ދުންފަތުގެ ވިޔަފާރީގެ މުއާމަލާތު ތައް ކުރެވޭ ތަންތަނުގެ އަދަދާއި، އެފަދަ މުއާމަލާތު ތައް ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅުން،
(ފ) ދިވެހިރާއްޖޭގައި ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުމާއި ސްޕޮންސަރކުރުން ކަމުގައި ބަލާނެ ކަންކަން ކަނޑައެޅުމާއި، އެ ކަންކަން މަނާކުރުން،
(ދ) ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުން ދުންފަތުގެ ބާވަތްތަކަށް ށައުގުވެރިނުވާނެ ފަދަ މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރުން،
(ތ) ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށާއި، ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުގެ ފުރުސަތު ބޮޑު ފަރާތްތަކަށާއި، ހާއްސަކޮށް، ޒުވާނުންނަށް ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުން އަންގައިދިނުމާއި، ދުންފަތް ގަނެވިއްކުމުގައި އެ ފަރާތްތަކުގެ ރައްކައުތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ލާޒިމުކުރުން،
(ލ) ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަންގައި، ދުންފަތުން ލިބޭ ގެއްލުންތަކުގެ ހަގީގަތް ހާމަވާ މަންޒަރު ނުވަތަ ފޮޓޯ ހިމެނޭ އިންޒާރުގެ ނޯޓިސް ޖެހުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައެޅުން
(ގ) ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ފަށާ ފަރާތްތަކުގެ އަދަދު މަދުކުރުމަށް މަސައްކަތްކުރުން،
(ޏ) ވަކިވަކި ސިނގިރޭޓު ވިއްކުން މަނާކުރުން،
ދެވަނަ ބާބު: ދުންފަތުގެ ދުމުން މުޖުތަމައު ރައްކައުތެރިކުރުން
3 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި ހުންނަންޖެހޭ ށަރުތުތައް
ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި، ތިރީގައި ބަޔާން ކޮށްފައިވާ ކަންކަން ފުރިހަމަވެފައި ހުންނަންވާނެއެވެ.
(ހ) ދުންފަތުގެ ދުމުގެ އަސަރުނުކުރާ ތަނެއްކަމަށް ވުން،
(ށ) ދުންފަތުގެ އިސްތިއުމާލުނުކުރެވޭ ތަނެއްކަން އަންގައިދޭ ލިޔުން ނުވަތަ ނޯޓިސް، އެ ތަނަށް ވަދެނުކުމެ ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ފެންނާނޭހެން އެ ތަނުގައި ހުރުން،
(ނ) ދުންފަތުގެ ބާވަތްތަކާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެކަމަށް ބޭނުންކުރާ އާލަތްތަކާއި، ދުންފަތުގެ ވިޔަފާރީގެ ސީދާ އިސްތިހާރާއި ނުސީދާ އިސްތިހާރުކަމުގައި ބެލެވޭ އެއްވެސް އެއްޗެއް އެފަދަ ތަނެއް ގައި ފެންނަގޮތަށް ނުބެހެއްޓުން،
(ރ) ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި ބައިނަލްއަގުވާމީ ފަންނީ މުއައްސަސާތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ކަމާބެހޭ މުއައްސަސާތަކުން ހިންގާ ހަރަކާތްތަކާއި ގާނޫނުން ހުއްދަކުރާ އެ ނޫން ވެސް މުއާމަލާތެއް ގާނޫނު ހުއްދަކުރާ ގޮތުގެ މަތީން ހިންގުން ފިޔަވައި ދުންފަތުގެ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ތަނުގައި ނުހިންގުން،
4 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން
ތިރީގައި ބަޔާންކޮށްފައިވާ ތަންތަނަކީ ދުންފަތުގެ ދުމުން ރައްކައުތެރި ތަންތަނެވެ. މި ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ.
(ހ) އިޖުތިމާއީ ތަންތަނާއި، އާންމު ހިދުމަތްދޭ ތަންތަ ނާއި، އާންމު ހަރަކާތްތައް ހިންގާ ތަންތަން،
- މިސްކިތްތަކާއި، ސްކޫލްތަކާއި، މަދަރުސާތަކާއި، މި ތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކާއި، އެ ތަންތަނުގެ ގޯތިތެރޭގައި ހުންނަ އެންމެހައި އިމާރާތްތަކާއި، މި ތަންތަނަށް ވަދެ ނުކުންނަ ދޮރާއި ދޮރާށިތަކުގެ އިމުން ފެށިގެން 25 (ފަންސަވީސް) ފޫޓުގެ ރޭޑިއަސްގެ ތެރޭގައި ހިމެނޭ އާންމު ތަންތަން؛
- ސިއްހީ ހިދުމަތްދޭ ތަންތަނާއި، މަތީ ތައުލީމުދޭ ތަންތަނާއި، އެ ތަންތަނުގެ ދޮރުމައްޗާއި، ކުޑަކުދީން ބަލަހައްޓައި ތަރުބިއްޔަތުދޭ ތަންތަނާއި، އެ ތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކާއި، އެ ތަންތަނުގެ ގޯތިތެރޭގައި ހުންނަ އެންމެހައި އިމާރާތްތަކާއި، އެ ތަންތަނުގެ ގޯއްޗާއި، އެ ތަންތަނަށް ވަދެނުކުމެވޭގޮތަށް ހުންނަ އެފަދަ ތަންތަނާއި، ބުނެވިދިޔަ ތަންތަނަށް ވަދެނުކުންނަ ދޮރާއި ދޮރާށިތަކާއި، ވަދެނުކުތުމަށް ކަނޑައަޅައިފައި ހުންނަ ތަންތަނާއި އެ ތަންތަނުގެ ދޮރުމަތި؛
- ބޭސްފިހާރަތަކާއި، ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ މަގުސަދުގައި ހިންގާ ތަންތަން؛
- ދައުލަތުގެ އެންމެހައި އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ގާނޫނީ ށަހްސުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރުގެ ރަސްމީ ޒިންމާތައް އަދާކުރާ އެންމެހައި ތަންތަނާއި ގޯތިތަކާއި، އެ ތަންތަނުގެ އިމާރާތްތަކާއި، އިމާރާތުން ބޭރަށް ނެރެފައި ހުންނަ ބެލްކަނި ތަކާއި އެ ތަންތަނުގެ ދޮރުމަތި.
(ށ) މަސައްކަތްކުރާ ތަންތަން.
- މުސާރައަކަށް ނުވަތަ އުޖޫރައަކަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ހިލޭސާބަހަށް މީހުން މަސައްކަތްކުރާ އޮފީސްތަކާއި، އާންމުންނާއި މުވައްޒަފުން ވަދެނުކުންނަ ތަންތަނުގެ ދޮރުމަތި؛
- ސިނާއީ މަސައްކަތްކުރާ ތަންތަނާއި ސަރަހައްދުތަކުގައި އިމާރާތްކޮށްފައިވާ ނުވަތަ ބަންދުކޮށް ހުންނަ ) Indoor )ހުރިހައި ތަންތަނާއި، މަސައްކަތްކުރަން ކަނޑައަޅައިފައިވާ ހާމަ ތަންތަނުގެ ތެރެއިން މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުމަށް ހުއްދަކުރެވޭ ތަންތަން ފިޔަވައި އެ ނޫން ތަންތަނުގެ ދޮރުމަތި.
(ނ) އާންމު ދަތުރުފަތުރުކުރާ އެންމެހައި އުޅަނދުފަހަރާއި ތަންތަން،
- ވައިގެ ދަތުރުފަތުރުކުރާ އެންމެހައި އުޅަނދުތައް؛
- އާންމު ދަތުރުފަތުރުކުރާ އެއްގަމު އެންމެހައި އުޅަނދުފަހަރާއި، ކަނޑު އުޅަނދުފަހަރު؛
- އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންތައްތައް ބަޔާންކޮށްފައިވާ ގަވާއިދުތަކުގައި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަމަށް ކަނޑައަޅައިފައިވާ ހުރިހާ އުޅަނދުތައް؛
- އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ ގިމަތަތަކާއި، އެ ތަންތަނުގެ ދޮރުމައްޗާއި، ބަސްހުއްޓިތަކާއި، ވައިގެ ބަނދަރުތަކާއި، ކަނޑުގެ އުޅަނދުތައް ކައިރިކުރުމަށް ހަދައިފައިވާ ބަނދަރުތަކާއި، ފާލަންތަކާއި، ޖެޓީތަކާއި، ޕްލެޓްފޯމްތައް ފަދަ ތަންތަނާއި، ޓެކްސީ ސްޓޭންޑްތަކާއި އެފަދަ އުޅަނދުތަކަށް އަރައިފޭބުމަށް މަޑުކުރުމަށް ކަނޑައަޅައިފައިވާ އެ ނޫން ވެސް ތަންތަން،
(ރ) ހަފުލާތައް ބާއްވާ ތަންތަނާއި، ކުޅިވަރާއި، ކަސްރަތާއި، މުނިފޫހިފިލުވުމާއި، ހިތްފަސޭހަކުރުމަށް މީހުން ވަދެނު ކުމެއުޅޭ ތަންތަން.
- ސިނަމާތަކާއި، ޖަލްސާކުރާ މާލަންތަކާއި، ހިތްފަސޭހަކުރުމަށް ހަދައިފައި ހުންނަ ޕާކުތަކަށް ވަދެނުކުންނަ ތަންތަނާއި، މުނިފޫހިފިލުވުމުގެ ހަރަކާތް ހިންގާ ތަންތަނާއި، އެ ތަންތަނުގެ ދޮރުމަތި؛
- ކުޅިވަރުކުޅޭ އިމާރާތްތަކާއި، ކޯޓުތަކާއި، ދަނޑުތަކާއި، ސްޓޭޑިއަމްތަކާއި، ކުޅިވަރުކުޅޭ މި ނޫން ވެސް ތަންތަނާއި، އެ ތަންތަނުގެ ގޯތިތެރޭގައި ކުޅުންތެރިން ބޭނުންކުރުމަށާއި މަޑުކުރުމަށް ހަދައިފައިވާ ކޮޓަރިތަކާއި، އެކޮމޮޑޭށަން ފަދަ ތަންތަނާއި، ކަސްރަތުކުރާ ތަންތަނާއި، އާންމު ތަންތަނުގައި ކުޅިވަރާއި ކަސްރަތުކުރުމަށް ވަސީލަތްތައް ގާއިމުކޮށްފައި ހުންނަ ތަންތަނުގެ ދޮރުމަތި. މި ތަންތަނުގެ ތެރޭގައި އަމިއްލަ ބޭނުމަށް ހަދައިފައިވާ އަމިއްލަ ފަރާތެއްގެ އިމާރާތެއް ނުވަތަ ތަނެއްގެ ތެރޭގައި ހުރި ކުޅިވަރުކުޅޭ ކޯޓެއް ނުވަތަ ދަނޑެއް ނުވަތަ އެ ނޫން ވެސް ތަނެއް ނުހިމެނޭނެއެވެ.)
(ބ) އަލިފާނުގެ ހާދިސާ ހިނގުމުގެ ފުރުސަތު ބޮޑު ތަންތަން.
- އަލިފާން ހިފާ ނުވަތަ އަލިފާން ރޯވާ ހަކަތައިގެ ބާވަތްތަކާއި އަލިފާން ރޯވުމުގެ ފުރުސަތު ބޮޑު ތަކެތި ވިއްކާ ތަންތަނާއި، އެފަދަ ތަކެތި ގުދަންކޮށްފައި ހުންނަ ތަންތަނާއި، މިފަދަ ތަކެތި އުފުލުމަށް ހާއްސަކޮށްފައިވާ އުޅަނދުތަކާއި، އެފަދަ އުޅަނދުތައް އާންމުކޮށް ޕާކުކޮށްފައި ބެހެއްޓުމަށް ވަކި ސަރަހައްދެއް ކަނޑައަޅައިފައިވާ ނަމަ އެފަދަ ސަރަހައްދުތަކުގެ ދޮރުމަތި؛
- އާންމުންނަށް ހިދުމަތްދޭ ތަންތަނުގެ ތެރެއިން ޕެޓްރޯލް ސްޓޭށަން ފަދަ، އަލިފާން ރޯވުމުގެ ފުރުސަތު ބޮޑު ތަންތަނާއި، އެ ތަންތަނުގެ ވަށައިގެންވާ 10 (ދިހައެއް) ފޫޓުގެ ތެރޭގައި ހިމެނޭ އާންމު ސަރަހައްދުތައް؛
- އަލިފާން ރޯވުމުގެ ފުރުސަތު ބޮޑު ސިނާއީ މަސައްކަތްކުރާ ތަންތަނުގެ ދޮރުމަތި؛
- އެއްގަމު އުޅަނދުތައް ޕާކުކުރާ ސަރަހައްދުތަކާއި، ޑެޕޯތަކާއި، ކަނޑުގެ އުޅަނދުތައް މަޑުކުރާ ނުވަތަ ޑޮކްކުރާ ސަރަހައްދުތަކާއި، ވައިގެ އުޅަނދުތައް މަޑުކުރާ ސަރަހައްދުތަކުގެ ދޮރުމަތި؛
(ޅ) މުޖުތަމައުގެ ބައެއް ފަރާތްތަކަށް ހާއްސަކޮށްފައިވާ ތަންތަން.
- ކުޑަކުދިންގެ ޕާކުތަކާއި، މައިޒާންތަކާއި، ކުޑަކުދިންނަށް ނުވަތަ އާއިލާތަކަށް ހާއްސަކޮށް، ކަނޑައަޅައިފައިވާ ތަންތަނާއި އެ ތަންތަނުގެ ދޮރުމައްޗާއި އެ ތަންތަނުގެ ހާމަ ބިންތައް؛
- ޒުވާނުންގެ މަރުކަޒުތަކާއި، ޒުވާނުން ކުޅިވަރުކުޅުމަށް ހާއްސަކޮށްފައިވާ ތަންތަނާއި، އެ ތަންތަނުގެ ދޮރުމައްޗާއި، އެ ތަންތަނުގެ ހާމަ ބިންތައް؛
- އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ ތަންތަނާއި، އެފަދަ ފަރާތްތަކަށް ހިދުމަތްދިނުމަށް ނުވަތަ މުނިފޫހިފިލުވުމަށް ހާއްސަކޮށްފައިވާ ތަންތަނާއި، އެފަދަ ފަރާތްތަކަށް ހާއްސަ ހަރަކާތްތައް ބާއްވާ ތަންތަނާއި، އެ ތަންތަނުގައި އޮންނަ ހާމަ ބިންތަކާއި، އެ ތަންތަނުގެ ދޮރުމަތި؛
(4) ދައުލަތުގެ ބެލުމުގެ ދަށުން މީހުން ބަލަހައްޓާ އެންމެހައި ތަންތަނާއި، އެ ތަންތަނުގައި އޮންނަ ހާމަ ބިންތައް؛
(5) ހާދިސާއެއް ނުވަތަ ކާރިސާއެއްގައި ގެއްލުން ލިބޭ މީހުން ވަގުތީގޮތުން ބައިތިއްބާ އެންމެހައި ތަންތަނާއި، އެ ތަންތަނުގައި އޮންނަ ހާމަ ބިންތަކުގެ ތެރެއިން މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުމަށް ކަނޑައަޅައިފައިވާ ތަންތަން ނުވަތަ ސަރަހައްދުތައް ފިޔަވައި އެ ނޫން ތަންތަން،
(ކ) އާންމުން ހިދުމަތް ހޯދާ ތަންތަނާއި ވިޔަފާރީގެ އުސޫލުން ހިންގާ ތަންތަން.
- މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުމަށް ހުއްދަދެވޭ ތަންތަން ފިޔަވައި، ސައި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތި އުފައްދާ ތަންތަނާއި ވިއްކާ ތަންތަން އަދި މި ނޫން ވެސް ކެއިންބުއިމުގެ ހިދުމަތް ދިނުމަށް އިމާރާތްކޮށްފައިވާ ނުވަތަ އެފަދަ ކަންކަން ކުރަން ބަންދުކޮށް ހުންނަ (Indoor) ތަންތަނާއި، ހާމަކޮށް ހުންނަ ތަންތަނާއި، އެ ތަން ތަނު ގެ ދޮރުމަތި؛
- ފިހާރަތަކާއި، މާރުކޭޓްތަކާއި، މޯލްތަކާއި އަދި މި ނޫން ވެސް ތަކެތި ވިއްކާ ނުވަތަ ވިޔަފާރިކުރުމަށް ހިންގާ އާންމު ތަންތަނާއި، ވަގުތީގޮތުން ވަކި މުއްދަތަކަށް ހިންގާ ބާޒާރުތަކާއި، އެ ތަންތަނުގެ ދޮރުމަތި.
(އ) ގިނަމީހުން ދިރިއުޅޭ ތަންތަނުގައި ހުންނަ އާންމުން ވަދެނުކުމެއުޅޭ ތަންތަން.
- އެއް އާއިލާއަށްވުރެ ގިނަ އާއިލާ ތައް ނުވަތަ ގޭބިސީތައް ދިރިއުޅުމަށް ޓަކައި އިމާރާތްކޮށްފައިވާ އެއް އެޕާޓްމަންޓަށް ވުރެ ގިނަ އެޕާޓްމަންޓް ހިމެނޭ އިމާރާތްތަކުގައި ހުންނަ އާންމު ތަންތަނާއި ވައިގޮޅި؛
- ވަޒީފާގައްޔާއި މަސައްކަތުގެ ދާއިރާގައި ގިނައިރު އުޅެންޖެހޭ ނުވަތަ މަޑުކުރަންޖެހޭ ތަންތަނާއި މުވައްޒަފުންގެ "އެކޮމޮޑޭށަން" ހަމަޖައްސައިފައިވާ ތަންތަނުގައި މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ދުންފަތުގެ އިސްތިއުމާލު ކުރެވޭނެކަމަށް ކަނޑައަޅައިފައިވާ ތަންތަން ނުވަތަ ސަރަހައްދުތައް ފިޔަވައި، ބަންދުކޮށް ހުންނަ (Indoor) ހުރިހާ ތަންތަނާއި، އާންމު ތަންތަނާއި، ވައިގޮޅިއާއި، ބެލްކަނި ފަދަ ކޮޓަރިއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވައި ދައުރުވާ ފަދަ ތަންތަނުގެ ދޮރުމަތި؛
(3) އުނގަންނައިދޭ މުއައްސަސާއެއްގެ ބެލުމުގެ ދަށުން ދަރިވަރުންގެ އެކޮމޮޑޭށަން (ދަނާލް ނުވަތަ ހޮސްޓެލް ފަދަ) ހަމަޖައްސައިފައިވާ ތަންތަނާއި، އެ ތަންތަނުގެ ދޮރުމަތި.
(ވ) އެއް ގެއަށް ވުރެ ގިނަ ގޭގެއަށް ވަދެނުކުމެ ހެދުމަށް ހަދައިފައިވާ ގޯޅިތަކާއި، ކޮޅުބެދިފައިވާ ބަންޑާރަ ގޯޅިތައް.
(މ) މި މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނުގެ ތެރެއިން އެއްވެސް ތަނެއް ހުންނަނީ ނުވަތަ ހިންގަނީ އަމިއްލަ ފަރާތެއްގެ އިމާރާތެއްގައި ނަމަ، ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅޭގޮތުން އެ ތަނާމެދު އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- އެފަދަ ތަނެއް ހިންގާ ތަނުގައި ނުވަތަ ސަރަހައްދުގައި ނުވަތަ ބައެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާވުން؛
- އެފަދަ ތަނަކަށް ވަދެނުކުމެހަދާ ދޮރުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާވުން،
(ފ)
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަންތަން ފިޔަވައި، މި މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނާއި، އިމާރާތްތަކާއި، ސަރަހައްދުތަކުގެ ތެރެއިން އެ ތަނެއްގެ ނުވަތަ އިމާރާތެއްގެ ނުވަތަ ސަރަހައްދެއްގެ އެއްވެސް ބައެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނޫން ތަންތަނާއި، އިމާރާތްތަކާއި، ސަރަހައްދުތަކުގެ ދޮރުތަކާއި، ދޮރާށިތަކާއި ގޭޓުތަކުގެ އިމުގެ ކުރިމަތިން ފެށިގެން 10 (ދިހައެއް) ފޫޓުގެ ތެރޭގައި ހިމެނޭ އާންމު ސަރަހައްދުތައް؛
- މި މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނުގެ ނުވަތަ ސަރަހައްދުތަކުގެ ތެރެއިން އެ ތަނެއްގެ ނުވަތަ ސަރަހަ އްދެއްގެ އެއްވެސް ބައެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަނޫން ތަނަކީ ނުވަތަ ސަރަހައްދަކީ ހާމައަށް އޮންނަ ތަނެއް ނުވަތަ އެ ސަރަހައްދެއް ނަމަ، އެ ތަނެއްގެ ނުވަތަ ސަރަހައްދުގެ އިމުން ފެށިގެން ވަށައިގެން 10 (ދިހައެއް) ފޫޓުގެ ތެރޭގައި ހިމެނޭ އާންމު ސަރަހައްދުތައް.
5 ވަނަ މާއްދާ - ވަކި ހާލަތްތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން
(ހ) މި ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ އަދި ދުންފަތުގެ ދުމުން ރައްކައުތެރި ތަންތަންކަމަށް ކަނޑައަޅައިފައިނުވާ ތަނެއްގައި ބާއްވާ ހަފުލާއެއްގެ ސަބަބުން ނުވަތަ ހަރަކާތެއްގެ ސަބަބުން ނުވަތަ ކުރާ ކަމެއްގެ ސަބަބުން އެ ތަނަކީ މީހުން ޖަމާވާ ތަނެއް ނަމަ، އެ ތަނެއް އެއީ ވަގުތީގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަނެއް ނަމަ، އެ ތަނެއްގައި އެކަން އަންގައިދޭ ލިޔުމެއް، އެ ހަފުލާއެއް ނުވަތަ ހަރަކާތެއް ފެށުމުގެ ކުރިން ފެށިގެން އެ ހަފުލާއެއް ނުވަތަ ހަރަކާތެއް ނިމުމާ ހަމަޔަށް ބަހައްޓަންވާނެއެވެ. އަދި އެފަދަ ހަރަކާތެއް ނުވަތަ ހަފުލާއެއް ހިންގާއިރު، އެ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން، އާންމުންނަށް މައުލޫމާތު ދިނުމަށް ބޭނުންކުރާ ވަސީލަތެއް ބޭނުންކޮށްގެން އަންގަންވާނެވެ.
6 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އެންގުން
(ހ) ގާނޫނާއި މި ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގެ ގޮތުގައި ކަނޑައަޅައިފައިވާ ތަންތަނުގައި ނުވަތަ ތަނެއްގެ ބައެއްގައި ނުވަތަ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ލިޔުމެއް އާންމުންނަށް ފަސޭހައިން ފެންނާނޭހެން ބަހައްޓަންވާނެއެވެ.
(ށ) ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ލިޔުންތަކާއި ދުންފަތުގެ އިސްތިއުމާލުކުރުމަށް ކަނޑައަޅައިފައިވާ ތަންތަނުގައި ބަހައްޓާ އިންޒާރުތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަރުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަރުކުރަންޖެހޭ ލިޔުންތައް ފަސޭހައިން ފެންނާނޭހެން ހަރުކުރުމަކީ، އެ ތަނެއްގެ ވެރިފަރާތުގެ ނުވަތަ ހިންގާ ފަރާތުގެ ނުވަތަ އިންތިޒާމުކުރާ ފަރާތުގެ ޒިންމާއެކެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާ ލުކުރުމަކީ މަނާކަމެއްކަން އަންގައިދޭ ލިޔުމެއް ހަރުކޮށްފައި ނުވަތަ ބަހައްޓައިފައި ނުވުމަކީ، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ހުރަސްއަޅާނެ ކަމެއް ނޫނެވެ.
7 ވަނަ މާއްދާ - ސްމޯކިންގ ރޫމާއި ސްމޯކިންގ އޭރިއާ
ދުންފަތުގެ ދުމުން ރައްކައުތެރި ތަންތަނުގައި އާންމުންނާއި އެހެން ފަރާތްތަކަށް ނުރައްކަލެއް ނުވާ ގޮތެއްގައި، އަދި ދުންފަތުގެ އިސްތިއުމާލުކުރުން އިސްތިހާރުނުވާ ގޮތެއްގައި، ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންވާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދަ ދޭނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.
(ހ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ތަންތަނުގައި ދުން ފަތުގެ އިސްތިއުމާލުކުރުމަށް ބަންދުކޮށްފައިވާ ތަނެއް ("ސްމޯކިންގ ރޫމް") ނުވަތަ ސަރަހައްދެއް ("ސްމޯކިންގ އޭރިއާ" އެއް) ކަނޑައަޅާނީ މިނިސްޓްރީގެ ނުވަތަ މިނިސްޓްރީން ޒިންމާ ހަވާލުކުރާ ފަރާތެއްގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައެވެ.
(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވާ ތަންތަނުގެ ތެރެއިން އަންނަނިވި ތަންތަނުގައި ސްމޯކިންގ ރޫމެއް ގާއިމުކުރެވިދާނެއެވެ.
- ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކުގެ ތެރެއިން ޓްރާންސިޓް ދަތުރުގެ
އިންތިޒާމު ހުންނަ ބަނދަރުތައް؛ - މޯލްތައް؛
- ސައިހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތައް؛
- ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުގައި މީހުން ބައިތިއްބާ ތަންތަން؛
- ސިނާއީ މަސައްކަތްކުރާ ތަންތަނާއި، މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން
ދިރިއުޅެންޖެހޭ ތަންތަން (މިސާލު: ރިސޯޓުތައް).
(ނ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވާ ތަންތަނުގެ ތެރެއިން، އަންނަނިވި ތަންތަނުގައި ސްމޯކިންގ އޭރިއާއެއް ގާއިމުކުރެވިދާނެއެވެ.
- ވައިގެ ބަނދަރުތަކުގައްޔާއި ކަނޑުގެ ބަނދަރުތަކުގައިވާ ހާމަ ތަންތަނުގައި؛
- ސިނާއީ މަސައްކަތްކުރާ ތަންތަނާއި ސަރަހައްދުތަކުގައިވާ ހާމަ ތަންތަނުގައި؛
- ސައި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކުގައި؛
- މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގެ ތެރެއިން އެ ތަނެއްގައި މުވައްޒަފުން ދިރިއުޅެންޖެހޭ ތަންތަނުގައި؛
- ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުގައި މީހުން ބައިތިއްބާ ތަންތަނުގައި ހުންނަ ހާމަ ބިންތަކުގައި؛
- ކާރިސާއެއްގައި ގެއްލުން ލިބުނު މީހުން ވަގުތީގޮތުން ތިބޭ ކޭމްޕް ފަދަ ތަންތަނުގައި އޮންނަ ހާމަ ބިންތަކުގައި؛
- ދައުލަތުގެ އެންމެހައި އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރުގެ ރަސްމީ ޒިންމާ އަދާކުރާ އެންމެހައި ތަންތަނުގައި އޮންނަ ހާމަ ބިންތަކުގައ.ި
8 ވަނަ މާއްދާ - ސްމޯކިންގ ރޫމާއި ސްމޯކިންގ އޭރިއާ ހެދުމަށް ހުއްދައަށް އެދި ހުށަހެޅުން
(ހ) ދުންފަތުގެ އިސްތިއުމާލުކުރުމަށް ސްމޯކިންގ ރޫމް ނުވަތަ ސްމޯކިންގ އޭރިއާ ހެދުމަށް ހުއްދަ ދޭނީ ލިޔުމުން އެކަމަށް އެދި ހުށަހެޅުމުންނެވެ.
(ށ) ސްމޯކިންގ ރޫމް ނުވަތަ ސްމޯކިންގ އޭރިއާއެއް ކަނޑައަޅައި ހުއްދަ ދޫކުރާނީ، އެ ތަނަކުން ހުއްދަ ހޯދުމަށް ހުށަހަޅާ ލިޔުންތަކާއި އެ ތަނުގެ މިންގަނޑުތައް، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ މުއައްސަސާއަކުން ބަލައި ފާސްކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ފީ ދެއްކުމުންނެވެ.
9 ވަނަ މާއްދާ - ސްމޯކިންގ ރޫމާއި ސްމޯކިންގ އޭރި އާގެ ށަރުތުތަކާއި މިންގަނޑުތައް
މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ހުއްދަ ދޫކުރެވޭ ސްމޯކިންގ ރޫމްތަކާއި ސްމޯކިންގ އޭރިއާތަކަށް ހުއްދަ ދިނުމުގައި ފުރިހަމަވާންޖެހޭ ށަރުތުތަކާއި ބެލެވޭނެ މިންގަނޑުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ، 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
10 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނާ ގުޅޭ ގޮތުން ގަވާއިދާ ހިލާފުވުންކަމުގައި ބަލާނެ ކަންކަން
(ހ) އަންނަނިވި ކަންކަމަކީ މި ބާބުގެ ދަށުން ކުށެއްގެ ގޮތުގައި ބެލެވޭނެ ކަންކަމެވެ.
(ށ) އަންނަނިވި ކަންކަން ފަރުދަކު ކުރުމަކީ ކުށެކެވެ.
- ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިނުވާ ތަނެއްގައި، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ގާނޫނުގެ 2 ވަނަ މާއްދާއިން ލިބިދީފައިވާ ހައްގު ގެއްލޭނޭ ފަދައިން ދުންފަތުގެ އިސްތިއުމާލުކުރުން؛
- ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން،
(ނ) މުއައްސަސާތަކާއި، ވިޔަފާރިތަކުގެ ވެރިފަރާތްތަކާއި، އެ ތަންތަން ހިންގާ ފަރާތްތަކާއި، ޒިންމާދާރު ފަރާތްތަކުގެ ކުށެއްގެ ގޮތުގައި ބެލޭނެ ކަންކަން،
- މި ގަވާއިދުގެ 6 ވަނަ މާއްދާއާ ހިލާފުވުން؛
- މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ ހިލާފުވުން؛
- މި ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްކަމަށް ކަނޑައަޅައިފައިވާ ތަނަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަ ތަނެއްގެ ގޮތުގައި ދެއްކުން؛ މި ނަންބަރުގެ ބޭނުމަށް ޓަކައި، އަންނަނިވި ކަންކަން ކުރުމަކީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަ ތަނެއްގެ ގޮތުގައި ދެއްކުންކަމަށް ބެލެވޭނެއެވެ.
3.1 ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްގައި އަޅިކެނޑިއެއް ބެހެއްޓުން؛
3.2 ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްގައި އާންމުންނަށް ފެންނަގޮތަށް ދުންފަތުގެ އެއްވެސް ބާވަތެއް ބެހެއްޓުން، - ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ، އެކަން ހުއްޓުވުމަށް މަސައްކަތް ނުކުރުން؛ މި ނަންބަރުގެ ބޭނުމަށް ޓަކައި ހުއްޓުވުމަށް މަސައްކަތް ނުކުރުން ކަމުގައި ބެލެވޭނީ އަންނަނިވި ކަންކަމެވެ.
4.1 ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ، އެ ތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްކަން އެންގުމަށް އެއްވެސް މަސައްކަތެއް ނުކުރުން؛
4.2 ގަވާއިދާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތައް ކަމާބެހޭ ފަރާތަށް ވަގުތުން ނުވަތަ އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ރިޕޯޓު ނުކުރުން،
11 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންނަށް އިސްކަންދިނުން
މި ގަވާއިދުގައިވާ މާއްދާތައް މާނަކުރުމުގައި ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންނާއި އެފަދަ މުވައްޒަފުންގެ ހައްގުތައް ރައްކައު ތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި އެއްވެސް އިރެއްގައި ވަކި ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރެވިދާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިއްޖެ ހާލަތެއްގައި އެކަމާމެދު ގޮތެއް ނިންމަންވާނީ، ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންގެ ހައްގުތަކަށް އިސްކަންދީގެންނެވެ. އަދި މި ހާލަތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ހައްގުގެ ގޮތުގައި
ބަލަންވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ބަދަލުގައި އެކަމުން ދުރުހެލިވެ، ދުޅަހެޔޮ ސިއްހަތެއް ލިބުމުގެ ހައްގަށެވެ.
ތިން ވަނަ ބާބު: ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުއާމަލާތު ކުރުން
12 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުން
ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި މުއާމަލާތުކުރާ ފަރާތްތަކުން ވިޔަފާރިކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަކި ހުއްދައެއް ހޯދަންވާނެއެވެ.
13 ވަނަ މާއްދާ - އުމުރުން 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ދުންފަތުގެ ވިޔަފާރީގެ މުއާމަލާތެއްގައި ބައިވެރިނުކުރުން
(ހ) އުމުރުން 21 (އެކާވީސް) އަހަރުން ދަށުގެ މީހަކަށް ނުވަތަ ކުޑަކުއްޖަކަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި، 21 (އެކާވީސް) އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ލައްވައި ދުންފަތުގެ ބާވަތްތައް ވިއްކުމާއި ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި ދުންފަތުގެ ބާވަތްތައް ބަންދުކުރުމަކީ މަނާކަމެކެވެ.
(ށ) ދުންފަތުގެ ބާވަތެއް ގަންނަ ފަރާތަކީ އުމުރުން 21 (އެކާވީސް) އަހަރުން ދަށުގެ މީހެއްކަމަށް ނުވަތަ ކުޑަކުއްޖެއްކަމަށް ށައްކުކުރެވޭ ނަމަ، އެ ފަރާތެއްގެ އުމުރު 21 (އެކާވީސް) އަހަރުން މަތިކަން ކަށަވަރުކުރުމުގެ ގޮތުން އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ނުވަތަ ކާކުކަން އަންގައިދޭ އަދި އުފަން ތާރީހު ހިމެނޭ ރަސްމީ ލިޔުމެއް ދެއްކުމަށްފަހުނޫނީ ވިއްކައިގެން ނުވާނެއެވެ. އުމުރު ކަށަވަރުކުރުމަކީ، ތަކެތި ވިއްކާ ފަރާތުގެ ނުވަތަ ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ.
14 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް
(ހ) ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ތަންތަނުގައި 21 (އެކާވީސް) އަހަރުން ދަށުގެ މީހުންނާއި ކުޑަކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ ގާނޫނުގައި މަނާކަމެއްކަން އެނގޭނޭ ލިޔުމެއް އާންމުންނަށް ފެންނާނޭހެން އެ ތަންތަނުގައި ބަހައްޓަންވާނެއެވެ. މި ނޯޓިސް ހުންނަންވާނެ ގޮތުގެ ނަމޫނ،ާ މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނައިފައި އެ ވަނީއެވެ.
(ށ) ދުންފަތުގެ އެއްވެސް ބާވަތެއް އެއްތަނުން އަނެއްތަނަށް އުފުލައި ގެންގުޅުމުގައި ދުންފަތުގެ ބާވަތެއް އިސްތިހާރުކުރުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭ ފަދަ ގޮތަކަށް، މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުންނަށް އެފަދަ ތަކެތި ފެންނާނޭހެން ބަހައްޓައިގެން ނުވާނެއެވެ.
(ނ) ދުންފަތުގެ ވިޔަފާރިކުރާ ތަންތަނުން ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކަންވާނީ، މި ގަވާއިދުގައި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.
(ރ) މި ގަވާއިދުގެ ދަށުން ގަނޑުކޮށް ނުވަތަ ވަކިވަކީން ވިއްކުމުގެ ހުއްދަ ލިބިގެން ދުންފަތުގެ ވިޔަފާރިކުރާ ކޮންމެ ތަނެއްގައި، މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ ގޮތެއްގެ މަތީން ދުންފަތުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު އެނގޭނޭ ފަދަ މެސެޖެއް، އެ ތަނަކަށް ވަދެ ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ފެންނާނޭހެން ބަހައްޓަންވާނެއެވެ. މި ނޯޓިސް ހުންނަންވާނޭ ގޮތުގެ ނަމޫނ،ާ މި ގަވާއިދުގެ ޖަދުވަލު 2 ގައި އެވަނީއެވެ.
(ބ) ދުންފަތް ނުވަތަ ދުންފަތުން އުފައްދައިފައިވާ ތަކެތި، ކާކުކަން ނޭނގޭ ފަދަ ގޮތަކަށް، ވެންޑިންގ މެށިނަކުން ނުވަތަ ޕޯސްޓުގެ ޒަރީއާއިން ނުވަތަ ސިޓީ މެދުވެރިކޮށް ނުވަތަ އިންޓަރނެޓް ބޭނުންކޮށްގެން ނުވަތަ އެ ނޫން ވެސް އަމިއްލައަށް ލިބިގަންނަ ހިދުމަތަކަށްވާ ގޮތަށް ދުންފަތުގެ އެއްވެސް ބާވަތެއް އެއްވެސް މީހަކު ވިއްކައިގެން ވެސް ނުވަތަ ގަނެގެން ވެސް ނުވާނެއެވެ.
15 ވަނަ މާއްދާ - ހުއްދަނޫން ވިޔަފާރިކުރުން ނުވަތަ ސްމަގްލްކުރުން (ވަގު ވިޔަފާރިކުރުން)
(ހ) އެއްވެސް ފަރާތަކުން ދުންފަތުގެ ބާވަތްތައް ވިއްކުމަށާއި، ރާއްޖެއަށް އެތެރެކުރުމަށާއި، ރާއްޖެއިން ބޭރުކުރުމަށް ނަގަންޖެހޭ ހުއްދަ ނެތި އެ ތަކެތި ވިއްކުމާއި އެތެރެކުރުމާއި ރީ-އެކްސްޕޯޓްކުރުމާއި ދުންފަތުގެ ބާވަތްތައް ބަންދުކޮށް ފައިވާ ޕެކެޓް ނުވަތަ ކާޓަން ނުވަތަ ކިޓް ފަދަ ތަކެތިން ނެގުމަށްފަހު، އެހެން ޕެކެޓް ނުވަތަ ކާޓަން ނުވަތަ ކިޓް ފަދަ ތަކެތީގައި ބަންދުކޮށްގެން ވިއްކުމާއި، ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖެއިން ބޭރުކުރުމަކީ ދުންފަތުގެ ބާވަތްތަކުން ވަގު ވިޔަފާރިކުރުމެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯ ޓްގެ ގާނޫނު) ގެ ދަށުން ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ފަރާތްތަކުން، އެ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ދުންފަތުގެ ބާވަތްތަކުގެ ތެރެއިން، ޑިއުޓީ މައާފުކޮށްދީފައިވާ ދުންފަތުގެ ބާވަތްތައް އެ ބާވަތެއް މައާފުކޮށްދީފައިވާ މިންވަރަށް ދިވެހިރާއްޖެ ގެނައުމަކީ ނުވަތަ އެތެރެކުރުމަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން ކަމަކަށް ނުބެލެވޭނެއެވެ.
16 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް ޓްރޭސްކުރުމާއި ޓްރެކްކުރުމުގެ ނިޒާމު
ރާއްޖޭގެ ބާޒާރުގައި ދައުރުވާ ދުންފަތުގެ ވަގު ބާވަތްތަކާއި، ދުންފަތުގެ ވަގު ވިޔަފާރި ދެނެގަނެ ކޮންޓްރޯލުކުރުމަށް ޓަކައި އަޅާ ފިޔަވަޅުތަކާއި ގާއިމުކުރާ އެންމެހައި ނިޒާމުތައް ވާންޖެހޭނީ ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ (ފްރޭމް ވޯރކް ކޮންވެންށަން އޮން ޓޮބޭކޯ ކޮންޓްރޯލް) އާއި އެހެނިހެން އެއްބަސްވުންތަކުގެ މައްޗަށް ބިނާކުރެވިގެން އެފަދަ އެއްބަސްވުންތަކުގެ ރޫހާ އެއްގޮތަށް ކަނޑައަޅައި ތަންފީޒުކުރެވޭ ފިޔަވަޅުތަކާއި ނިޒާމުތަކަށެވެ.
17 ވަނަ މާއްދާ - ދުންފަތުގެ އުފެއްދުންތަކުން ވިޔަފާރިކުރުމަށް ދެވޭ ލައިސަންސް
ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި މުއާމަލާތުކުރާ ފަރާތްތަކުން ވިޔަފާރިކުރުމަށް މި ގަވާއިދުގެ ދަށުން ދޫކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ހުއްދަތަކެވެ.
(ހ) ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސ.ް
(ށ) ދުންފަތުގެ ބާވަ ތްތައް އިމްޕޯޓުކުރުމުގެ ލައިސަންސ.ް
(ނ) ދުންފަތުގެ ބާވަތްތައް ރީ-އެކްސްޕޯޓްކުރުމުގެ ލައިސަންސ.ް
18 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސް ދޫކުރާ އުސޫލު
(ހ) ދިވެހިރާއްޖޭގައި ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކަންވާނީ މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ހޯދުމަށްފަހުގައެވެ.
(ށ) ދުންފަތުގެ ބާވަތެއް ވިއްކުމަށް ވަކި ހުއްދައެއް ނަގަން ޖެހުނު ކަމުގައި ވިޔަސް، ހަމައެކަނި ދުންފަތުގެ އުފެއްދުންތައް ވިއްކުމަކަށް ނުވަތަ ހަމައެކަނި ދުންފަތާ ގުޅޭ ވިޔަފާރިއެއް ހިންގުމުގެ ހުއްދައެއް ދުލެއް ނުކުރެވޭނެއެވެ.
(ނ) ދުންފަތުގެ ބާވަތެއް ވިއްކުމުގެ ހުއްދަ ދޫކުރެވޭނީ، ވިޔަފާރީގެ މުއާމަލާތުކުރުމަށް ޓަކައި ސަރުކާރުގެ އެހެން އިދާރާއަކުން ހޯދަންޖެހޭ ހުއްދައެއް އޮތް ނަމަ، އެފަދަ ހުއްދައެއް އޮންނަ ފަރާތްތަކަށެވެ.
(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ކުރެވޭނީ، މި ގަވާއިދާ އެއްގޮތަށް ލައިސަންސް ހޯދުމަށްފަހުގައެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދާ އެއްގޮތަށް ލައިސަންސް ހޯދަންވާނެއެވެ.
19 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު
މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރާނީ، މީލާދީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. މި ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސުގެ މުއްދަތު ހަމަވުމަށްފަހު، ހުއްދަ އައުނުކޮށް ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރީގެ މުއާމަލާތު ކުރުމަކީ މަނާކަމެކެވެ.
20 ވަނަ މާއްދާ - ލައިސަންސް އައުކޮށްދިނުން
(ހ) ލައިސަންސުގެ މުއްދަތު ހަމަވުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން ހުއްދަ އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް އައުކުރުމަށް އެދި ހުށަހަޅަންވާނީ، މި ގަވާއިދުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ނ) ހުއްދަ އައުކޮށްދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި، ލައިސަންސް އައުކުރުމަށް ކަނޑައަޅައިފައިވާ ފީއާއި މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތް ނަމަ، އެ ފައިސާއެއް ދައްކައި ނިމުމުންނެވެ.
21 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުއާމަލާތުކުރާ ފަރާތްތަކުގެ ދަފުތަރު
ލައިސަންސް ހޯދުމަށް އެދޭއިރު ހުށަހަޅާ މައުލޫމާތުތައް ހިމެނޭ ގޮތުގެ މަތީން، ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުއާމަލާތުކުރާ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
22 ވަނަ މާއްދާ - ލައިސަންސް ހޯދުމަށް ހުށަހަޅަންޖެހޭ މައުލޫމާތު
މި ގަވާއިދުގެ ދަށުން ވިޔަފާރިކުރުމުގެ މުއާމަލާތުކުރުމަށް ލައިސަންސަށް އެދި ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި ލައިސަންސަށް އެދި ހުށަހަޅާނީ "ވަންގަވް" https://one.gov.mv ޕޯޓަލް ނުވަތަ މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އަންގާ ޕޯޓަލް މެދުވެރިކޮށް، އެ ޕޯޓަލުގައި އެ ލައިސަންސަކަށް ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތުތަކާ އެކުގައެވެ.
(ހ) ހުއްދައަށް އެދޭ ފަރާތަކީ ވިޔަފާރި (ސޯލް ޕްރޮޕްރިއޭޓަރށިޕް) އެއް ނުވަތަ ކުންފުންޏެއް ނުވަތަ ގާނޫނީ ށަހްސެއް ނަމަ، އެ ފަރާތުގެ ނަމާއި ރަޖިސްޓަރީކޮށްފައިވާ އެޑްރެހާއި، ރަޖިސްޓަރީ ނަންބަރާއި، ޑިރެކްޓަރުންގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި، ރަޖިސްޓަރީގެ ކޮޕީ.
(ށ) ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ގަސްތުކުރާ ތަންތަން،
(ނ) ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ ފަރާތްތަކުން އެ ފަރާތުން އެތެރެކުރާ ބާވަތްތައް ވިއްކުމަށް ގަސްތުކުރާ ތަންތަން،
(ރ) މީގެ އިތުރުން، މި މާއްދާގައި ބަޔާންކޮށްފައިވާ ޕޯޓަލުގައި ކަނޑައަޅައިފައިވާ މައުލޫމާތުތަކާއި ލިޔުންތައް.
23 ވަނަ މާއްދާ - ފީ ނެގުން
މި ގަވާއިދުގެ ދަށުން ލައިސަންސްތައް ދޫކުރާނީ، މިނިސްޓްރީން އެކަމަށް ކަނޑައަޅައިފައިވާ ފީއެއް ދެއްކުމުންނެވެ. މި ގޮތުން ހުއްދަ ދޫކުރުމާ ގުޅޭ ފީތަކުގެ ތަފުސީލ،ު މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައި އެ ވަނީއެވެ.
24 ވަނަ މާއްދާ - ރާއްޖޭގައި ވިއްކަމުން އަންނަ ބާވަތްތަކަށް ހުއްދަ ހޯދުން
ރާއްޖޭގައި ވިއްކަމުންދާ ދުންފަތުގެ ބާވަތްތަކަށް މި ގަވާއިދުގެ ދަށުން ހުއްދަ ހޯދަންވާނެއެވެ. ހުއްދައަށް އެދި ހުށަހަޅާނީ "ވަންގަވް" "https://one.gov.mv" ޕޯޓަލް ނުވަތަ މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އަންގާ ޕޯޓަލެއް މެދުވެރިކޮށް، އެ ޕޯޓަލުގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތުތަކާއެކުގައެވެ.
25 ވަނަ މާއްދާ - ކުރިން ރާއްޖޭގައި ވިއްކައިފައިނުވާ ބާވާތްތައް
މި ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އާންމުކުރާ ލިސްޓުގައި ނެތ،ް ދުންފަތުގެ ކޮންމެ ބާވަތެއް ބެލެވޭނީ، ކުރިން ރާއްޖޭގައި ވިއްކައިފައިނުވާ ބާވަތެއްކަމުގައެވެ.
26 ވަނަ މާއްދާ - ރާއް ޖެއަށް އެތެރެކުރާ (އިމްޕޯޓްކުރާ) ދުންފަތުގެ ބާވަތްތައް
(ހ) މި ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އާންމުކުރާ ލިސްޓުގައި ނެތ،ް ދުންފަތުގެ ކޮންމެ ބާވަތެއް ރާއްޖޭގައި ވިއްކުމަށް ހުއްދަ ދެވޭނީ، އެ ބާވަތެއް އިމްޕޯޓްކުރުމުގެ ހުއްދައަށް އެދި އަންނަނިވި މައުލޫމާތުތައް މިނިސްޓްރީއަށް ހުށަހަޅައި، އެ ބާވަތެއް އިމްޕޯޓުކުރުމުގެ ހުއްދަ މިނިސްޓްރީން ދިނުމުންނެވެ.
- އުފައްދާ ފަރާތަކީ ކޮބައިކަން އެނގޭނެ ފަދަ ލިޔުމެއް؛
- އުފައްދާ ގައުމެއްގެ ސަރުކާރު ގަބޫލުކުރާ ލެބޯޓަރީއަކުން ހަދައި ފައިވާ ތަހުލީލު ރިޕޯޓު؛
- އެ އުފެއްދުމެއްގެ ނަން؛
- އެ އުފެއްދުމެއްގެ ނަމޫނާ؛
- އެ އުފެއްދުމެއްގައި އެކުލެވޭ ބާވަތްތަކުގެ ތަފުސީލު އެނގޭނ،ޭ އުފެއްދި ފަރާތުގެ ލިޔުން؛
- އެ އުފައްދާ ގައުމެއްގައި އެ ބާވަތް ވިއްކުމަށް ދީފައިވާ ހުއްދައާ ގުޅޭ ލިޔުން؛
- އެ އުފެއްދުމެއް ރާއްޖެއާ ހަމަޔަށް ވާސިލުވާނެ ގޮތް؛
- އެ އުފެއްދުމެއްގައި"އިންޒާރުގެ ނޯޓިސް ޖަހާނެ ގޮތް"؛
- އެ އުފެއްދުމެއްގައި ތާރާއި ނިކޮޓިން އެކުލެވޭ މިންވަރާއި، އެހެން ބާވަތްތަކާ ނުގުޅި ވަކިން ހުންނަ ނިކޮޓިން ދުމުގައި ހިމެނޭ ނިސްބަތް؛
- އެ އުފެއްދުމުގެ ދުންފަތުގެ ދުމުގައި ޕީއެޗް ހުންނަ މިންގަނޑާއި، އެކިފަހަރުމަތީން ބޭރުކުރެވޭ ދުމުގައި ޕީއެޗް ހުންނަގޮތުގެ ތަފުސީލު؛
- އެ އުފެއްދުމުގެ ފިލްޓަރުން އޭގެ ބޭނުން ހާސިލުވާ މިންވަރާއި، ފިލްޓަރުކުރެވޭ ނިސްބަތް އިންސައްތައިން؛
- އެ އުފެއްދުމުގެ ދުންފަތުން ބޭރުކުރާ ދުމުގައި ވިހަ ތާސީރު ފަދަ ތަކެތި ހިމެނޭ ނިސްބަތާއި، އެކި ބާވަތްތަކުގެ ނިސްބަތް ނުވަތަ އެ ބާވަތަކާ ނިކޮޓިން އަޅައިކިޔައި އޭގެ ރޭށިއޯ.
(ށ) މި ލިސްޓުގައި ހިމެނިފައިނުވާ ދުންފަތުގެ ބާވަތްތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، "ވަންގަވް" "https://one.gov.mv" ޕޯޓަލް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ޕޯޓަލެއް މެދުވެރިކޮށެވެ.
27 ވަނަ މާއްދާ - ާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތަކުގެ ލިސްޓު
މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި ވިއްކަމުންދާ ދުންފަތުގެ އުފެއްދުންތަކުގެ ލިސްޓެއް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލައި އާންމުކުރަންވާނެއެވެ. އަދި އައު ބާވަތްތައް ރަޖިސްޓަރީކުރަމުންދާ ވަރަކަށް މި ލިސްޓަށް އިތުރުކޮށް، މި ލިސްޓު އަދާހަމަކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.
28 ވަނަ މާއްދާ - ކުރިން ރާއްޖޭގައި ވިއްކައިފައިނުވާ ބާވަތްތައް
(ހ) މި ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިސްޓުގައި ހިމެނޭ އުފެއްދުންތައް އަލުން ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ. އެ ލިސްޓުގައިވާ އުފެއްދުންތައް ބެލެވޭނީ ރަޖިސްޓަރީވެފައި ހުރި އުފެއްދުންތަކެއްކަމުގައެވެ.
(ށ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ރަޖިސްޓަރީނުކުރާ "ދުންފަތުގެ އުފެއްދުންތައް" ރާއްޖޭގައި ވިއްކުމަކީ މަނާކަމެކެވެ.
29 ވަނަ މާއްދާ - ހުއްދަ ދޫކުރުން
(ހ) ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭނީ، މިނިސްޓްރީން ދޫކުރ،ާ ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސާއި ދުންފަތުގެ ބާވަތްތައް ރީ-އެކްސްޕޯޓްކުރުމުގެ ައިސަންސް ނުވަތަ ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސް މިނިސްޓްރީން ދޫކޮށްފައިވާ ފަރާތްތަކަށެވެ.
(ށ) ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސް ނެތި ރާއްޖެއަށް ދުންފަތުގެ ބާވަތެއް ގެނައުމަށްފަހު، އެ ތަކެތި އިމްޕޯޓްކުރުމަށް ލައިސަންސެއް ދުލެއް ނުކުރެވޭނެއެވެ. އަދި މިފަދަ ތަކެތި އަނބުރާ ރާއްޖެއިން ބޭރަށް ފޮނުވައިލުމުގެ ފުރުސަތެއް ވެސް ނުދެވޭނެއެވެ.
30 ވަނަ މާއްދާ - ރިޕޯޓު ހުށަހަޅާ ފަރާތުގެ އިގްރާރު
މި ގަވާއިދުގެ 31 ވަނަ މާއްދާއާއި 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓު ހުށަހަޅާ ފަރާތްތަކުން ރިޕޯޓު ހުށަހަޅާއިރު، އެ ރިޕޯޓުގައިވާ މައުލޫމާތުތަކަކީ ތެދު އަދި ސައްހަ މައުލޫމާތުތަކެއްކަމަށް އިގްރާރުވާންވާނެއެވެ.
31 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުންނާއި ރީ-އެކްސްޕޯޓުކުރާ ފަރާތްތަކުން ހުށަހަޅަންޖެހޭ ރިޕޯޓާއި އޭގައި ހިމަނަންޖެހޭ މައުލޫމާތުތައް
މި ގަވާއިދުގެ ދަށުން ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކުންނާއި ރީ-އެކްސްޕޯޓުކުރާ ފަރާތްތަކުން، މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭ ގޮތަށް މިނިސްޓްރީއަށް ރިޕޯޓެއް ހުށަހަޅަންވާނެއެވެ. މި ރިޕޯޓު ހުށަހަޅާނީ، "ވަންގަވް" https://one.gov.mv ޕޯޓަލް ނުވަތަ މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އަންގާ ޕޯޓަލެއް މެދުވެރިކޮށެވެ.
(ހ) ރިޕޯޓު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރު؛
(ށ) ރިޕޯޓު ތައްޔާރުކޮށްފައިވާ ތާރީހު؛
(ނ) ރިޕޯޓުގައި ހާމަކޮށްފައިވާ މައުލޫމާތުތައް އެއްކޮށްފައިވަނީ ކޮން މުއްދަތަކުން ކޮން މުއްދަތަކަށްކަން؛
(ރ) ރިޕޯޓުކުރާ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ދުންފަތުގެ ބާވަތްތަކުގެ އަދަދާއި މިންވަރު؛
(ބ) ބްރޭންޑުގެ ނަމާއި ބާވަތާއި، އުފެއްދި ގައުމުގެ ނަމާއި، ސަޕްލައިކުރި ފަރާތުގެ ނަމާއި، އެ ފަރާތުން އެ ބާވަތެއް އެތެރެކުރި މިންވަރު؛
(ޅ) ބްރޭންޑުގެ ނަމާއި ބާވަތާއި، ރީ-އެކްސްޕޯޓުކުރާ ގައުމުތަކުގެ ނަމާއި، ރީ-އެކްސްޕޯޓުކުރާ ފަރާތުގެ ނަމާއި، އެ ފަރާތުން އެ ބާވަތެއް ރީ-އެކްސްޕޯޓުކުރި މިންވަރު؛
(ކ) ދުންފަތުގެ ބާވަތްތައް ރާއްޖެއަށް ގެނައުމުގެ މަގުމަތީގައި އުފުލައި ގެންގުޅުމަށް ބޭނުންކުރި މަންޒިލުތަކުގެ ލިސްޓާއި، އެ ތަކެއްޗަށް ދީފައިވާ ސީރިއަލް ނަންބަރުތައް؛
(އ) އެތެރެކުރި ށިޕްމަންޓުގައި ހިމެނޭ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ ބާވަތްތަކުގެ ޕެކެޓުގެ އަދަދު ނުވަތަ އެހެން ބޭނުމަކަށް ބޭނުންކުރާ ބާވަތެއް ނަމަ، އޭގެ ބަރުދަން ގުރާމުން؛
(ވ) ދުންފަތުގެ ބާވަތް ބޭރުކުރި ތާރީހާއި، ބޭރުކުރި ވަކިވަކި ށިޕްމަންޓުތަކަށް ދީފައިވާ ސީރިއަލް ނަންބަރުތައް؛
(މ) ދުންފަތުގެ ބާވަތްތައް ވިއްކައިގެން ލިބުނު ފައިސާގެ މިންވަރު ވަކިވަކިން؛
(ފ) ތާރާއި ނިކޮޓިން އެކުލެވޭ މިންވަރާއި، އެހެން ބާވަތްތަކާ ނުގުޅި ވަކިން ހުންނަ ނިކޮޓިން ދުމުގައި ހިމެނޭ ނިސްބަތް؛
(ދ) ދުންފަތުގެ ދުމުގައި ޕީއެޗް ހުންނަ މިންގަނޑާއި، އެކިފަހަރު މަތީ ން ބޭރުކުރެވޭ ދުމުގައި ޕީއެޗް ހުންނަގޮތުގެ ތަފުސީލު؛
(ތ) ފިލްޓަރުން އޭގެ ބޭނުން ހާސިލުވާ މިންވަރާއި، ފިލްޓަރުކުރެވޭ ނިސްބަތް އިންސައްތައިން؛
(ލ) ދުންފަތުން ބޭރުކުރާ ދުމުގައި ވިހަ ތާސީރު ފަދަ ތަކެތި ހިމެނޭ ނިސްބަތާއި،އެކި ބާވަތްތަކުގެ ނިސްބަތް ނުވަތަ އެ ބާވަތަކާ ނިކޮޓިން އަޅައިކިޔައި އޭގެ ރޭށިއޯ؛
(ގ) ދުންފަތުގެ ބާވަތް ހިމެނޭ ފޮށީގެ ނަމޫނާއަކާއި އޭގައި ޖަހައިފައިވާ ލޭބަލްތަކުގެ ނަމޫނާ؛
(ޏ) ރިޕޯޓުކުރާ މުއްދަތުގެ ތެރޭގައި ދުންފަތުގެ އުފެއްދުންތައް އެތެރެކުރާ ނުވަތަރީ-އެކްސްޕޯޓުކުރާ ތަންތަނުގެ އޮޑިޓް ރިޕޯޓުގެ ކޮޕީ.
32 ވަނަ މާއްދާ - ުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން ހުށަހަޅަންޖެހޭ ރިޕޯޓާއި އޭގައި ހިމަނަންޖެހޭ މައުލޫމާތުތައް
މި ގަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭ ގޮތަށް މިނިސްޓްރީއަށް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
(ހ) ރިޕޯޓު ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު؛
(ށ) ރިޕޯޓު ތައްޔާރުކޮށްފައިވާ ތާރީހު؛
(ނ) ރިޕޯޓުގައި ހާމަކޮށްފައިވާ މައުލޫމާތުތައް އެއްކޮށްފައިވަނީ ކޮން މުއްދަތަކުން ކޮން މުއްދަތަކަށްކަން؛
(ރ) ރިޕޯޓުކުރާ މުއްދަތުގެ ތެރޭގައި ދުންފަތުގެ އުފެއްދުންތަކުގެ ވިޔަފާރިކުރާ ތަންތަނުގެ އޮޑިޓް ރިޕޯޓުގެ ކޮޕީ؛
(ބ) ތާރާއި ނިކޮޓިން އެކުލެވޭ މިންވަރާއި، އެހެން ބާވަތްތަކާ ނުގުޅި ވަކިން ހުންނަ ނިކޮޓިން ދުމުގައި ހިމެނޭ ނިސްބަތް؛
(ޅ) ދުންފަތުގެ ދުމުގައި ޕީއެޗް ހުންނަ މިންގަނޑާއި، އެކިފަހަރުމަތީ ން ބޭރުކުރެވޭ ދުމުގައި ޕީއެޗް ހުންނަގޮތުގެ ތަފުސީލު؛
(ކ) ފިލްޓަރުން އޭގެ ބޭނުން ހާސިލުވާ މިންވަރާއި ފިލްޓަރުކުރެވޭ ނިސްބަތް އިންސައްތައިން؛
(އ) ދުންފަތުން ބޭރުކުރާ ދުމުގައި ވިހަ ތާސީރު ފަދަ ތަކެތި ހިމެނޭ ނިސްބަތާއި،އެކި ބާވަތްތަކުގެ ނިސްބަތް ނުވަތަ އެ ބާވަތަކާ ނިކޮޓިން އަޅައިކިޔައި އޭގެ ރޭށިއޯ.
33 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތު
(ހ) މި ގަވާއިދުގެ 31 ވަނަ މާއްދާއާއި 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދުންފަތުގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާއި ރީ-އެކްސްޕޯޓުކުރާ ފަރާތްތަކުގެ ރިޕޯޓު ހުށަހަޅާންވާނީ، އެ ފަރާތްތަކަށް ހުއްދަ ދޫކުރި ތާރީހުން ފެށިގެން، ކޮންމެ އަހަރަކު އެއްފަހަރުއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ މައުލޫމާތު ހުށަހަޅަންވާނީ،އެ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައަށް އަހަރުވާ ތާރީހުން ފެށިގެން މީލާދީގޮތުން 1 (އެކެއް)
މަސްދުވަހުގެ ތެރޭގައެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 31 ވަނަ މާއްދާއާއި 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓ،ު މިނިސްޓްރީއަށް ބޭނުންވެއްޖެ ހިނދެއްގައި ހުށަހެޅުމަށް އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
34 ވަނަ މާއްދާ - މައުލޫމާތު ފުރިހަމަކަން އެންގުމާއި ބަދަލެއް އައުން
(ހ) މި ގަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅައިފައިވާ ރިޕޯޓުތަކުގައި ހިމަނައިފައިވާ މައުލޫމާތުތައް ފުރިހަމަތޯ ބެލުމަށްފަހު، ފުރިހަމަނުވާ ނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި ރިޕޯޓު ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
(ށ) ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތު ފުރިހަމަނުވާ ރިޕޯޓުތައް ހުށަހެޅި ފަރާތަށް އެކަން އެންގުމަށްފަހު، 15 (ފަނަރަ) ދުވަހުގެ ތެރޭގައި އަލުން ރިޕޯޓު ހުށަހެޅުމަށް އަންގަންވާނެއެވެ.
ހަތަރުވަނަ ބާބު: ދުންފަތުގެ ބާވަތްތައް އިސްތިހާ ރުކުރުމާއި ޕްރޮމޯޓްކުރުމާއި ސްޕޮންސަރކުރުން މަނާކުރުން
25 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް އިސްތިހާރު ނުކުރުން
ދުންފަތާއި ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމާއި ޕްރޮމޯޓުކުރުމާއި ސްޕޮންސަރކުރުން ކަމުގައި ބެލެވޭނެކަމަށް ކަނޑައަޅައިފައިވާ ކަމެއް އެއްވެސް ގޮތަކަށް ކުރުމަކީ މަނާ ކަމެކެވ
36 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް އިސްތިހާ ރުކުރުން ކަމުގައި ބެލެވޭނެ ކަންކަން
(ހ) ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ށ) އިން އިސްތިސްނާކޮށްފައިވާ ކަންކަން ފިޔަވައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން މި ގަވާއިދުގެ ބޭނުމަށް ޓަކައި ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން ކަމުގައި ބެލެވޭނެއެވެ.
- ލިޔެ ޗާޕުކުރާ ނުވަތަ މީޑިއާގެ އެއްވެސް ވަސީލަތަކުން ވިޔަސް ދުންފަތުގެ ބާވަތްތަކުން ލިބޭ ގެއްލުންތައް މީހުންނަށް އަންގައިދީ އެކަމާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމުގެ ބޭނުމުގައި މެނުވީ ދުންފަތާއި ދުންފަތުގެ ބާވަތްތަކާބެހޭ ފޮޓޯ ނުވަތަ ލިޔުން ނުވަތަ ކުރެހުން ނުވަތަ މަންޒަރު ނުވަތަ އަޑު ބޭނުންކުރުން؛
- ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުގެ ބާވަތެއް އެކުލެވޭ ފޮށި ނުވަތަ ކާޓަން ނުވަތަ އެފަދަ ތަކެތި ބަންދުކޮށްފައި ހުންނަ އެ ނޫން ވެސް އެއްޗެއް، އާންމުންނަށް ފެންނާނޭހެން ބެހެއްޓުން، އަދި އެފަދަ އެއްޗެއް އާންމުންނަށް ފެންނާނޭ ހެން އެއް ތަނުން އަނެއް ތަނަށް އުފުލުން؛
- އެއްވެސް މުބާރާތެއްގައި ނުވަތަ މި ނޫން ވެސް ކަމެއްގައި ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއްގެ އެއްޗެއް އިނާމެއްގެ ގޮތުގައި ދިނުން؛
- ދުވަހެއް ނުވަތަ މުނާސަބަތެއް ފާހަގަކުރުމުގެ ގޮތުން ނުވަތަ އަގުވަޒަންކުރުމުގެ ގޮތުން ނުވަތަ މިފަދަ އެހެން ކަމަކާ ގުޅުވައިގެން ދުންފަތުގެ ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއްގެ އެއްޗެއް ނުވަތަ ދުންފަތުގެ ބާވަތެއް އިސްތިއުމާލުކުރާ ހިދުމަތެއް އިނާމެއްގެ ގޮތުގައި ނުވަތަ އެ ނޫން ވެސް ގޮތަކުން ދިނުން؛
- ވިޔަފާރި ކުރިއެރުވުމުގެ ބޭނުމުގައި ދުންފަތުގެ ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއްގެ އެއްޗެއް އާންމުންނަށް ހިލޭ ބެހުމާއި، އެއްވެސް ހިދުމަތެއް ހޯދުމުން ނުވަތަ އެއްވެސް އެއްޗެއް ވިއްކުމާއި ގަތުމާ ގުޅުވައިގެން ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ ބާވަތެއް އިސްތިއުމާލުކުރާ ހިދުމަތެއް އިނާމެއްގެ ގޮތުގައި ނުވަތަ އެ ނޫން ވެސް ގޮތަކުން ދިނުން؛ މީގެ ތެރޭގައި، ދުންފަތުގެ ބާވަތެއް ހިލޭ ދިނުމާއި ނުވަތަ ދުފުމުގެ އަގުގެ ތެރޭގައި ހިމެނުމާއި، މިފަދަ ކަންކަމަކީ ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން ކަމުގައި ބެލެވޭނެއެވެ.
- ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއްގެ ނަމެއް ނުވަތަ ދުންފަތުގެ ބާވަތެއް ރަމްޒުކޮށްދޭ ބްރޭންޑެއް ނުވަތަ ކުރެހުމެއް ނުވަތަ ލޯގޯއެއް ނުވަތަ ނިށާނެއް ނުވަތަ ފޮޓޯއެއް ނުވަތަ ތަސްވީރެއް ނުވަތަ ށިއާރެއް ނުވަތަ އެއިން ބާވަތެއް ދޭހަކޮށްދޭ އެއްވެސް އެއްޗެއް ނުވަތަ އެފަދަ އެއްޗެއްގެ ބައެއް ވިޔަސް ފެންނާނޭހެން ބެހެއްޓުން؛
- ސީދާގޮތުންނާއި ނުސީދާގޮތުން ދުންފަތުގެ ބާވަތްތަކާއި، އޭގެ ބްރޭންޑުތަކާއި، އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތްތަކުގެ މައުލޫމާތ،ު ވިޔަފާރި ކުރިއެރުވުމުގެ ބޭނުމުގައި ތަފާތު ވަސީލަތްތައް މެދުވެރިކޮށް އާންމުކުރުމާއި ޕްރޮމޯޓްކުރުން،
(ށ) މި މާއްދާގެ (ހ) އިން އިސްތިސްނާވަނީ:
- ފިލްމުތަކާއި، ޑްރާމާތަކާއި، ށޯތަކާއި، ނޫސް މަޖައްލާތަކާއި، ޕާރފޯރމިންގ އާރޓްސްގެ އެހެނިހެން އުފެއްދުންތައް ފެށިގެންދާއިރު ދުންފަތުގެ ނުރައްކައުތެރިކަމާބެހޭ އިންޒާރުގެ މެސެޖެއް ގެނެސްދޭ ނަމަ، އިސްތިސްނާ ކުރެވޭނެއެވެ.
- ދުންފަތް އުފެއްދުމާއި އޭގެ އިސްތިއުމާލުކުރުމުން ސިއްހަތަށާއި އިގްތިސާދަށާއި ތިމާވެށްޓަށާއި މުޖުތަމައަށް ލިބޭ ގެއްލުން އަންގައިދ،ީ އެކަމަށް އާންމުން ހޭލުންތެރިކުރުމަށް ޓަކައި ހިންގާ ހަރަކާތްތައް މި މާއްދާގެ ބޭނުމަށް އިސްތިސްނާ
ކުރެވޭނެއެވެ. - އެއަރޕޯޓުގެ ފުރާ ގިމަތައިގައި ހުންނަ ޑިއުޓީފްރީ ފިހާރަތަކުގައި އިންޒާރުގެ ނޯޓިސް ޖަހައިގެން ވިއްކަން ބަހައްޓައިފައި ހުންނަ ދުންފަތުގެ ބާވަތްތައް މި މާއްދާގެ ބޭނުމަށް އިސްތިސްނާކުރެވޭނެއެވެ.
37 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް ވިއްކުމާއި ގެންގުޅުމުގައި ސަމާލުވާންވީ ކަންތައްތައް
(ހ) ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައްޔާއި މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ފެންނާނޭހެން ހާމަކަން ބޮޑުގޮތަކަށް ބަހައްޓައިގެން ނުވާނެއެވެ.
(ށ) ވެބްސައިޓްތަކާއި ސޯށަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމަކީ މަނާކަމެކެވެ.
38 ވަނަ މާއްދާ - ފިލްމާއި، ސްޓޭޖް ޑްރާމާއާއި، ވީޑިއޯ ގޭމް ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ދުންފަތުގެ ބާވަތްތައް ބޭނުންކުރާ މަންޒަރު ދެއްކުން
(ހ) ދިވެހިރާއްޖޭގައި އުފައްދާ ފިލްމާއި ސްޓޭޖް ޑްރާމާއާއި ވީޑިއޯ ގޭމް ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތެއްގައި ދުންފަތުގެ ބާވަތްތައް ބޭނުންކުރާ މަންޒަރު ހިމެނިފައިވާ ނަމަ،އެ ހަރަކާތެއްގައި ބޭނުންކޮށްފައިވާ ދުންފަތުގެ އެއްވެސް ބާވަތެއް އެ ހަރަކާތެއްގައި ބޭނުންކުރިކަމަށް ޓަކައި އެކަމުގެ ބަދަލެއްގެ ގޮތުގައި އެ ފިލްމެއް ނުވަތަ ޑްރާމާއެއް ނުވަތަ ވީޑިއޯ ގޭމެއް ނުވަތަ މުނިފޫހިފިލުވުމުގެ އެ ނޫން ވެސް ހަރަކާ ތެއް އުފެއްދި ފަރާތަށް ނުވަތަ އޭގައި ބައިވެރިވި ފަރާތަކަށް އެއްވެސް ފައިސާއެއް ނުވަތަ ހަދިޔާއެއް ނުވަތަ މާލީ ެއްވެސް މަންފާއެއް ލިބިފައިނުވާކަމުގެ އިގުރާރެއް، އެ ހަރަކާތެއް ފެށިގެންދާއިރު ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަސޭހައިން ފެންނަ ފަދަ ގޮތަކަށް ގެނެސްދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިގުރާރު އޮންނަންވާނީ އަންނަނިވި ކަންކަން ހިމެނޭ ގޮތަށެވެ. މިސާލު:
"މި މީޑިއާ އުފެއްދުމާ ގުޅުންހުރި އެއްވެސް ފަރާތަކަށް، މި ކޮންޓެންޓުގައި ދުންފަތުގެ އިސްތިއުމާލުކުރުން ދެއްކުމާ ގުޅޭގޮތުން އެއްވެސް ފައިސާއެއް ނުވަތަ އަގެއް ލިބިފައެއް ނުވެއެވެ. އަދި އެކަމާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއްގައި ވެސް ބައިވެރިވެފައެއް ނުވެއެވެ."
No one associated with this media production received any money, consideration, or entered into any agreement related to the depiction of tobacco in this content
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް ހަރަކާތެއްގައި ބޭނުންކޮށްފައިވާ ދުންފަތުގެ ބާވަތުގެ ބްރޭންޑް ނުވަތަ ލޯގޯ ނުވަތަ އުފެއްދި ފަރާތް ނުވަތަ ސަޕްލައިކުރި ފަރާތް އެނގޭނޭ ފަދަ ގޮތަކަށް އެއްވެސް އުފެއްދުމެއް ދެއްކުމަކީ މަނާކަމެކެވެ.
ފަސްވަނަ ބާބު: ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުން
39 ވަނަ މާއްދާ - ުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ޕެކެޓްކޮށް ވިއްކުން
ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި، ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ހުންނަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ބަންދުކޮށްފައެވެ.
(ހ) ސިނގިރޭޓްފޮށި ބަންދުކޮށްފައި ހުންނަންވާނީ، ކޮންމެ ފޮށްޓެއްގައި 20 (ވިހި) ސިނގިރޭޓަށް ވުރެ މަދުނުވާނެގޮތަށެވެ.
(ށ) ބިޑި ޕެކެޓްކޮށްފައި ހުންނަންވާނީ، ކޮންމެ ޕެކެޓެއްގައި، 50 (ފަންސާސް) ބިޑިއަށް ވުރެ މަދުނުވާނޭ ގޮތަށެވެ.
(ނ) ސުއްޓާ ޕެކެޓްކޮށްފައި ހުންނަންވާނީ، ކޮންމެ ޕެކެޓެއްގައި، 5 (ފަހެއް) ސުއްޓާއަށް ވުރެމަދުނުވާނޭ ގޮތަށެވެ.
(ރ) ރޯލިންގ ޓޮބޭކޯ ނުވަތަ ޕައިޕް ޓޮބޭކޯ ފަދަ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށްފައި ހުންނަންވާނީ، ކޮންމެ ޕެކެޓެއްގައި، މަދުވެގެން 30 (ތިރީސް) ގުރާމ،ު ގިނަވެގެން 100 (އެއްސަތޭކަ) ގުރާމަށް ވުރެ އިތުރުނުވާނޭ ގޮތަށެވެ.
(ބ) އިތުރު ބަދަލެއް ނުގެނެސް ހިއްކައިފައި ހުންނަ ދުންފަތްގަހުގެ ފަތް (ތަނޑިއާއެކު ނުވަތަ ތަނޑިއާ ނުލައި ނަމަވެސް) ޕެކެޓްކޮށްފައި ހުންނަންވާނީ، ކޮންމެ ޕެކެޓެއްގައި، މަދުވެގެން 30 (ތިރީސް) ގުރާމ،ު ގިނަވެގެން 1,000 (އެއްހާސް) ގުރާމަށް ވުރެ އިތުރުނުވާނޭ ގޮތަށެވެ.
(ޅ) ޗުވިންގ ޓޮބޭކޯ ފަދަ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށްފައި ހުންނަންވާނީ، ކޮންމެ ޕެކެޓެއްގައި، މަދުވެގެން 30 (ތިރީސް) ގުރާމ،ު ގިނަވެގެން 100 (އެއް ސަތޭކަ) ގުރާމަށްވުރެ އިތުރުނުވާނޭ ގޮތަށެވެ.
(ކ) ނިކޮޓިންގ ޕައުޗް ފަދަ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށްފައި ހުންނަންވާނީ، ކޮންމެ ޕެކެޓެއްގައި، މަދުވެގެން 15 (ފަނަރަ) ގުރާމ،ު ގިނަވެގެން 100 )އެއްސަތޭކަ( ގުރާމަށް ވުރެ އިތުރުނުވާނޭ ގޮތަށެވެ.
(އ) މި މާއްދާގެ (ހ) އިން ފެށިގެން (ކ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ބާވަތްތައް ފިޔަވައި، ދުންފަތުގެ އެހެނިހެން ބާވަތްތައް ޕެކެޓްކުރަންވާނީ، ކޮންމެ ޕެކެޓެއްގެ ބަރުދަނުގައި މަދުވެގެން 15 (ފަނަރަ) ގުރާމ،ު ގިނަވެގެން 100 )އެއްސަތޭކަ( ގުރާމަށް ވުރެ އިތުރުނުވާނޭ ގޮތަށެވެ.
(ވ) މި މާއްދާގެ (ހ) އިން ފެށިގެން (ކ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް، ބަންދުކޮށްފައިވާ ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުމަކީ މަނާކަމެކެވެ.
40 ވަނަ މާއްދާ - ުންފަތުގެ ބާވަތްތައް އެންމެ މަދުން ވިއްކޭނެ މިންވަރު
(ހ) ދުންފަތުގެ ބާވަތްތައް އެންމެ މަދުން ވިއްކޭނެ މިންވަރަކީ، މި ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) އިން ފެށިގެން (އ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ މިންވަރެވެ.
(ށ) ސިނގިރޭޓާއި ބިޑިއާއި ސުއްޓާ ވަކިވަކީން ވިއްކުމާއި، ސިނގިރޭޓާއި ބިޑިއާއި ސުއްޓާ ފިޔަވައި ދުންފަތުގެ އެހެނިހެން ބާވަތްތައް، މި ގަވާއިދުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެ މަދު މިންވަރަށް ވުރެ މަދުން ވިއްކުމަކީ މަނާކަމެކެވެ.
41 ވަނަ މާއްދާ - އިންޒާރުގެ ނޯޓިސް ޖެހުން
(ހ) ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ ފަރާތްތަކާއި، ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން، ދުންފަތުގެ ބާވަތްތައް ހިމެނޭ ފޮށްޓާއި ޕެކެޓާއި ކާޓަންތަކާއި އެ ނޫން ވެސް އެފަދަ އެއްޗެހި ބަންދުކޮށްފައި ހުންނަ އެއްޗެހީގެ ބޭރުގައި މިނިސްޓްރީން އާންމުކުރާ އިންޒާރުގެ ނޯޓިސް ޖަހަންވާނެއެވެ. މި ނޫން ގޮތަކަށް އޮންނަ އިންޒާރުގެ ނޯޓިހެއްގެ އިބާރާތެއް ޖެހުމަކުން ނުވަތަ ކުރެހުމެއް ޖެހުމަކުން މި ގަވާއިދާ އެއްގޮތަށް އަމަލުކުރި ކަމުގައެއް ނުބެލެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޯޓިސް، މި ގަވާއިދަށް އަމަލުކުރަށް ފަށާ ތާރީހުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި އާ ންމުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންޒާރުގެ ނޯޓިހަށް ބަދަލެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި އެ ބަދަލެއް ގެނައުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނޯޓިހަށް ބަދަލެއް ގެނެސް އެކަން އާންމުކޮށްފި ނަމަ، އައު ނޯޓިސް އާންމުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެން ބޭނުންކުރަންވާނީ އައު ނޯޓިހެވެ.
(ރ) ވިޔަފާރީގެ ބޭނުމަށް ޓަކައި ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް، ސާމްޕަލްގެ ގޮތުގައި ރާއްޖެއަށް އަލަށް އެތެރެކުރި ނަމަވެސް، ގާނޫނުން ނުވަތަ މި ގަވާއިދުން ލާޒިމުކުރާ އެއްވެސް ކަމަކުން އެފަދަ ތަކެތި އިސްތިސްނާއެއް ނުވާނެއެވެ.
42 ވަނަ މާއްދާ - ލޭބަލްކުރުމުގައި ސަމާލުވާންވީ ކަންތައްތައް
ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ލޭބަލްކުރުމުގައި، ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، އަންނަނިވި މިންގަނޑުތަކަށް ސަމާލުވެ، އެ މިންގަނޑުތަކާ ތައާރަޒުނުވާނޭހެން އަމަލުކުރަންވާނެއެވެ.
(ހ) ދުންފަތުގެ އިސްތިއުމާލުކުރުމުގެ ށައުގުވެރިކަން އުފެދޭގޮތަށް ނުވަތަ އިތުރަށް އިސްތިހާރުވާނޭގޮތަށް، ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތަކުގައި ލޭބަލް ޖަހައިގެން ނުވާނެއެވެ.
(ށ) ދުންފަތުގެ އެއްވެސް ބާވަތެއްގެ ހަގީގަތް އޮޅޭގޮތަށް ލޭބަލްކޮށްގެން ނުވާނެއެވެ.
(ނ) އެ ބާވަތެއް ބޭނުންކުރުމަކީ އެ ބާވަތަކުން ސިއްހަތަށް ލިބޭ ގެއްލުން ކުޑަކޮށްދޭ ބާވަތެއްކަމަށް ހީވާ ފަދަ އެއްވެސް ލޭބަލެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުމެއް ނުވަތަ އެފަދަ އެހެން އެއްޗެއް ހުރެގެން ނުވާނެއެވެ.
(ރ) ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުމެއް ލޭބަލްކުރުމުގައި، އެ އުފެއްދުމަކީ، ދުންފަތުގެ އެހެން އުފެއްދުމަކަށް ވުރެ ސިއްހަތަށް ލިބޭ ގެއްލުން ކުޑަވާނެ އުފެއްދުމެއްކަން ދޭހަކޮށްދޭ ފަދަ އެއްވެސް އިބާރާތެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުމެއް ނުވަތަ އެފަދަ އެހެން އެއްޗެއް ހުރެގެން ނުވާނެއެވެ.
43 ވަނަ މާއްދާ - ނޯޓިސް އޮންނަންޖެހޭ ގޮތް
(ހ) އިންޒާރުގެ އިބާރާތް ލިޔެފައި އޮންނަންވާނީ، ފަސޭހައިން ކިޔަން އެނގޭނޭ ގޮތަކަށެވެ. އަދި އިންޒާރުގެ ފޮޓޯ ހުންނަންވާނީ، ފަސޭހައިން ފެންނާ ނޭ ގޮތަކަށެވެ. އިންޒާރުގެ އިބާރާތުގެ ނުވަތަ ފޮޓޯގެ މަތީގައި އެހެން ނަމެއް ނުވަތަ ލޯގޯއެއް ނުވަތަ ކުރެހުމެއް ނުވަތަ އެއްވެސް ލިޔުމެއް ނުވަތަ މިފަދަ އެހެން އެއްޗެއް ވެސް ހުރެގެން ނުވާނެއެވެ. އަދި މިނިސްޓްރީން އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާ ނަމަ، އިންޒާރުގެ އިބާރާތް ލިޔެފައި އޮންނަންވާނީ ނުވަތަ ފޮޓޯ ހުންނަންވާނީ ޕެކެޓުގައި ނުވަތަ ކާޓަނުގައި ނުވަތަ ބަންދުކޮށްފައި ހުންނަ އެއްޗެއްގައި، އިންޒާރުގެ ނޯޓިސް ޗާޕު (ޕްރިންޓް) ކުރެވޭ ބައިގެ އެންމެ މަތީގައެވެ.
(ށ) ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުމެއް އެކުލެވޭ ކޮންމެ ޕެކެޓެއްގެ ނުވަތަ ކާޓަނެއްގެ ނުވަތަ އެއްޗެއްގެ ދެފަރާތުގައި ނުވަތަ އޭގެ "މައިގަނޑު" ކޮންމެ ފަރާތެއްގައި (މިސާލަކަށް، މޫނުމައްޗާއި ފަހަތުގައި)، މިނިސްޓްރީން އާންމުކޮށްފައިވާ ނަމޫނާއާއި އުސޫލާ އެއްގޮތަށް އިންޒާރުގެ ނޯޓިސް ޗާޕުކޮށްފައި (ޕްރިންޓުކޮށްފައި) އޮންނަންވާނެއެވެ. ޕެކެޓް ފަރުމާކޮށްފައިވަނީ ދެފަރާތަށް ވުރެ ގިނަފަރާތް ހިމެނޭގޮތަށް ނަމަ، އިންޒާރުގެ ނޯޓިސް ޖަހަންވާނީ ސައިޒަށް (ސަރފަސް އޭރިޔާއަށް) ބަލައިގެން، އެ އެއްޗެއްގައިވާ އެންމެ ބޮޑު ދެފަރާތުގައެވެ.
(ނ) އިންޒާރުގެ ނޯޓިސް ޗާޕުކޮށްފައި އޮންނަންވާނީ، ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުމެއް ބަންދުކޮށްފައިވާ ޕެކެޓެއް ނުވަތަ ކާޓަނެއް ނުވަތަ އެއްޗެއް ހުޅުވައި ލައްޕައި ހަދާއިރު އިންޒާރުގެ އިބާރާތް ފަސޭހައިން ހަލާކުވެގެން ނުދާނެ ނުވަތަ ފޮހެވިގެންނުދާނެ ގޮތަކަށެވެ.
(ރ) ލޭބަލް ޖަހައިފައިވާ ދުންފަތުގެ ބާވަތް ހިމެނޭ އުފެއްދުން ބަންދުކޮށްފައިވާ ޕެކެޓް ނުވަތަ ކާޓަން ނުވަތަ އެއްޗަކީ އެ އެއްޗެއްގެ އޮރިޖިނަލް ޕެކިންގ ކަމުގައި ވާންވާނެއެވެ.
(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިތުރު ކަންކަން ކަނޑައަޅައި އެ ކަންކަން އާންމުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
44 ވަނަ މާއްދާ - ނޯޓިސް އޮންނަންވީ ސައިޒު
(ހ) ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުމެއް އެކުލެވޭ ކޮންމެ ޕެކެޓެއްގައި ނުވަތަ ކާޓަނެއްގައި އިންޒާރުގެ ފޮޓޯއާއި ލިޔުން އޮންނަންވާނީ، އެ ޕެކެޓެއްގައި އިންޒާރުގެ ނޯޓިސް ޖެހުމަށް ކަނޑައަޅައިފައިވާ ކޮންމެ ބައެއްގައި، އެ ބައިގެ "ސަރފަސް އޭރިޔާގެ" %90 (ނުވަދިހަ އިންސައްތަ) އަށް ވުރެ ކުޑަނުވާ މިންވަރަކަށެވެ.
(ށ) އިންޒާރުގެ ލިޔުން އޮންނަންވާނީ، އެ ޕެކެޓެއްގައި ނުވަތަ ކާޓަނެއްގައި އިންޒާރުގެ ނޯޓިސް ޖެހުމަށް ކަނޑައަޅައިފައިވާ %90 (ނުވަދިހަ އިންސައްތަ) ގެ އެތެރޭގައި، އެ ޕެކެޓެއްގެ ސައިޒާ ގުޅޭ މިންވަރަށެވެ.
(ނ) އިންޒާރުގެ ފޮޓޯއާއި ލިޔުން އޮންނަންވާނީ، މި ގަވާއިދުގެ ދަށުން މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ ނަމޫނާއާއި މައުލޫމާތާ އެއްގޮތަށެވެ.
45 ވަނަ މާއްދާ - ުންފަތުގެ ބާވަތްތައް ޓްރޭސްކުރުމާއި ޓްރެކްކުރުން
(ހ) ރާއްޖޭގެ ބާޒާރުގައި ދައުރުވާ ދުންފަތުގެ ވަގު ބާވަތްތަކާއި ދުންފަތުގެ ވަގު ވިޔަފާރި ދެނެގަތުމަށް ޓަކައި އަންނަނިވި މައުލޫމާތ،ު ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރާއިރު ހުށަހަޅަންވާނެއެވެ.
- ދުންފަތުގެ ބާވަތްތައް އުފެއްދި ގައުމާއި، ތަނާއި، ތާރީހު؛
- ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ އިކުއިޕްމަންޓްތަކުގެ ބްރޭންޑާއި، މޮޑެލް ނަންބަރާއި، ސީރިއަލް ނަންބަރު؛
- ދުންފަތުގެ ބާވަތްތައް ރިޓެއިލްކޮށް ވިއްކުމަށް ކަނޑައަޅައިފައިވާ ބާޒާރު؛
- ދުންފަތުގެ ބާވަތްތައް ރީ-އެކްސްޕޯޓުކުރާ ފަރާތާއި އިމްޕޯޓުކުރާ ފަރާތުގެ ނަމާއި އެޑްރެސް؛
- ދުންފަތުގެ ބާވަތްތައް ރީ-އެކްސްޕޯޓުކުރާ ފަރާތާއި އިމްޕޯޓުކުރާ މިންވަރު؛
- އެޗ.ްއެސ.ް ކޯޑު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު އެއްކޮށް ބަލަހައްޓަންވާނީ މިނިސްޓްރީންނެވެ. އެ މައުލޫމާތުތައް ހުންނަންވާނީ، ކަމާބެހޭ އިދާރާތަކަށާއި ތަންފީޒީ އިދާރާތަކަށް ފަސޭހައިން ހިއްސާކުރެވޭނެ ގޮތަކަށެވެ. އަދި އެދިއްޖެ ހާލަތެއްގައި ސަރަހައްދީ ގައުމުތަކަށާއި ބައިނަލްއަގުވާމީ ކަމާބެހޭ އިދާރާތަކަށް އެ މައުލޫމާތުތައް ފަސޭހައިން ހިއްސާކުރެވޭނެ ގޮތަކަށެވެ.
46 ވަނަ މާއްދާ - އިސްތިސްނާ ހާލަތްތައް
(ހ) ތިރީގައި ބަޔާންކޮށްފައިވާ ދުންފަތުގެ ބާވަތްތަކުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދުންފަތުގެ ބާވަތްތައް ބަންދުކޮށް އިންޒާރުގެ ނޯޓިސް ޖެހުން މި ގަވާއިދު ލާޒިމެއް ނުކުރެއެވެ.
- ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގެ ދަށުން، ޑިއުޓީހިލޭ ފިހާރަތަކަށް ގެންނަ މުދާ ބެހެއްޓުމަށް ހާއްސަކޮށްފައި ހުންނަ ބޮންޑެޑް ވެއަރހައުސްތަކަށާއި، ރާއްޖެއިން މުދާ އެކްސްޕޯޓުކުރުމަށް ހާއްސަކޮށްފައި ހުންނަ ބޮންޑެޑް ވެއަރހައުސްތަކަށް ގެންނަ ދުންފަތުގެ ބާވަތްތައް؛
- ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކުގެ ފުރާ ސަރަހައްދުގައި ހުންނަ ޑިއުޓީހިލޭ ފިހާރަތަކުގައި ވިއްކާ ދުންފަތުގެ ބާވަތްތައް؛
- ރާއްޖެއިން ބޭރުން ދަތުރުކޮށްފައި ރާއްޖެ އަންނަ ފަރާތްތަކުން އަމިއްލަ ބޭނުންތަކަށް ގެންނ،ަ ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ ދަށުން ޑިއުޓީ މައާފުކޮށްދީފައިވާ މިންވަރަށް ގެންނަ ދުންފަތުގެ ބާވަތްތައް.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންޒާރުގެ ނޯޓިސް ޖެހުމުން އިސްތިސްނާކުރެވޭ ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.
47 ވަނަ މާއްދާ - ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރުގައި ހުންނަ ދުންފަތުގެ ބާވަތްތައް
ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރުގެ ސްޓޯރސްގައި ހުންނަ ދުންފަތުގެ ބާވަތްތައް، މި ގަވާއިދާ އެއްގޮތަށް ޕެކެޓުކޮށް ލޭބަލްކޮށްފައިނުވާ ނަމަ އެ ތަކެއްޗާމެދު އަމަލުކުރަންވާނީ، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
ހަވަނަ ވަނަ ބާބު: ފިޔަވަޅުއެޅުން
48 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅުން
(ހ) މި ގަވާއިދާ ހިލާފުވާ ފަރުދުންނާ މެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.
- މި ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު، 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- މި ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު، 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- މި ގަވާއިދާ ހިލާފުވާ ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު، 3,000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާކުރުން،
(ށ) މުއައްސަސާތަކާއި ވިޔަފާރިތަކުގެ ވެރިފަރާތްތަކާއި އެ ތަންތަން ހިންގާ ފަރާތްތަކާއި ޒިންމާވާ ފަރާތުން ކުށެއް ކޮށްފައިވާ ނަމަ ނުވަތަ މި ގަވާއިދު ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރާ ނަމަ، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަން ހިންގާ ފަރާތް ނުވަތަ ޒިންމާވާ ފަރާތްތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފިޔަވަޅު އެޅޭނެއެވެ.
- މި ގަވާއިދާ ހިލާފުވި ފުރަތަމަ ފަހަރު ނަމަ، 3,000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- މި ގަވާއިދާ ހިލާފުވި ދެވަނަ ފަހަރު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ތިންވަނަ ފަހަރުން ފެށިގެން ޖޫރިމަނާގެ އަދަދު ކޮންމެ ފަހަރަކު ވެސް ދެގުނަޔަށްއިތުރުކުރެވޭނެއެވެ. އަދި ދެފަހަރަށް ވުރެ ގިނައިން ތަކުރާރުވާ ނަމަ، ތަކުރާރުވާ ކޮންމެ ފަހަރަކު، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓޭނެއެވެ. މިގޮތަށް ލައިސަންސް ހިފަހައްޓާ ތަންތަން ވިޔަފާރިއަށް އަލުން ހުޅުވަންވާނީ، ކޮށްފައިވާ އެންމެހައި ޖޫރިމަނާތައް ދައްކައި ހަލާ ސްކުރުމަށްފަހު، އެ ތަނެއްގައި އިސްލާހުކުރަންޖެހޭ ކަންތައްތައް އިސްލާހުކުރުމާއެކު، ބަންދުކުރާތާ މަދުވެގެން 24 (ސައުވީސް) ގަޑިއިރުގެ ފަހުންނެވެ.
(ނ) އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް ފުރުސަތު ދީފި ނަމަ ނުވަތަ ގަވާއިދު ތަންފީޒުކުރަން އެ ތަނެއްގެ ވެރިފަރާތް ނުވަތަ ޒިންމާވާ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ނުކުރާ ނަމަ ނުވަތަ ދުންފަތުގެ ބާވަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ދުންފަތުގެ އިސްތިހާރުކުރުން ކަމުގައި ބެލެވޭ އަމަލެއް ހިންގައިފި ނަމަ، އެ ތަނެއްގެ ވެރިފަރާތް ނުވަތަ ޒިންމާވާ ފަރާތްތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފިޔަވަޅު އެޅޭނެއެވެ.
- ފުރަތަމަ ފަހަރު، 10,000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ދެވަނަ ފަހަރުން ފެށިގެން ޖޫރިމަނާ އަދަދު ކޮންމެފަހަރަކު ވެސް ދެގުނަޔަށް އިތުރުކުރެވޭނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ޖޫރިމަނާކުރެވޭ ފަރާތްތައް ޖޫރިމަނާކުރެވޭއިރު، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖޫރިމަނާ ފައިސާ ދެއްކުމަށް ޗިޓެއް ހަވާލުކުރަންވާނެއެވެ.
(ބ) މި ގަވާއިދާ ހިލާފުވެގެން 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖަކު ޖޫރިމަނާކޮށްފި ނަމަ، އެ ކުއްޖެއްގެ ބެލެނިވެރިޔަކު އެ ޖޫރިމަނާ ދެއްކުމަށް ޒިންމާވާންވާނެއެވެ.
49 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުއާމަލާތުކުރުމުގައި ކަނޑައަޅައިފައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް
މި ގަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑާ ހިލާފުވުމަކީ މަނާކަމެކެވެ. ހިލާފުވެއްޖެ ނަމަ، އެ ފަރާތްތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ފަދައިން ފިޔަވަޅު އަޅަންވާނެއެވެ.
(ހ) މި ގަވާއިދާ ހިލާފުވި ފުރަތަމަ ފަހަރު ނަމަ، 10,000 (ދިހަހާސް) ރުފިޔާއިން ޖުރިމަނާކުރުވޭނެއެވެ.
(ށ) ދެވަނަ ފަހަރު ނަމަ، 50,000 (ފަންސާސް ހާސް) ރުފިޔާއިން އަދަދުން ޖުރިމަނާ ކުރެވޭނެއެވެ.
(ނ) ތިންވަނަ ފަހަރަށް ނަމަ، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށްފަހު، އެ ފަރާތަކަށް ދޫކޮށްފައިވާ ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމުގެ ހުއްދަ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެއެވެ.
50 ވަނަ މާއްދާ - ވަގު ވިޔަފާރިކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން
(ހ) ދުންފަތުގެ ބާވަތްތަކުން ވަގު ވިޔަފާރިކުރުމަކީ މަނާކަމެކެވެ. ވަގު ވިޔަފާރި ކުރީ ފުރަތަމަ ފަހަރު ނަމަ، އެ ފަރާތަކަށް ކުރާނެ ޖޫރިމަނާ ކަނޑައަޅާނީ، އެ އަމަލާ ގުޅުންހުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމުލަ އަދަދުގެ 10 (ދިހައެއް) ގުނައިގެ ގޮތުގައެވެ. އެގޮތުން އަންނަ ޖުމު ލަ އަދަދަކީ 1,000 (އެއްހާސް ) ރުފިޔާއަށް ވުރެ ކުޑަ އަދަދެއް ނަމަ، ޖޫރިމަނާގެ އަދަދަކީ، 1,000 (އެއްހާސް) ރުފިޔާއެވެ. އަދި 1,000,000 (އެއް މިލިޔަން) ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ނަމަ، 1,000,000 (އެއް މިލިޔަން) ރުފިޔާއެވެ.
(ށ) މި ގަވާއިދާ ހިލާފުވި ދެވަނަ ފަހަރުން ފެށިގެން ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޖޫރިމަނާކުރުމުގެ އިތުރުން، އެންމެފަހުން ޖޫރިމަނާކުރި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ހުއްދަ ހިފެހެއްޓޭނެއެވެ.
51 ވަނަ މާއްދާ - ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތަކުން މުއާމަލާތުކުރުމުން އެޅޭނެ ފިޔަވަޅުތައް
ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި، ވިއްކުމާއި، ބޭރުކުރުމަށް ނަގަންޖެހޭ ހުއްދަ ނުނަގައި، ދުންފަތުގެ ބާވަތްތަކުން އެއްވެސް މުއާމަލާތެއްކޮށްފި ނަމަ، އެ ފަރާތަކާ މެދު އަންނަނިވި ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.
(ހ) ހިލާފުވާ ފުރަތަމަ ފަހަރު، 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން،
(ށ) ފުރަތަމަ ފަހަރަށް ވުރެ އިތުރަށް މި ކުށްކުރާ ކޮންމެ ފަހަރަކު، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން،
(ނ) ހިލާފުވީ ދެވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ޖޫރިމަނާކުރުމުގެ އިތުރުން، އެންމެފަހުން ޖޫރިމަނާކުރި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ވިޔަފާރި ހުއްދަ ހިފެހެއްޓުމަށް ކަމާބެހޭ އިދާރާއަށް ހުށަހެޅުން،
52 ވަނަ މާއްދާ - ރިޕޯޓު ހުށަނޭޅުމުން އެޅޭނެ ފިޔަވަޅުތައް
މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ ރިފޯޓު ހުށަހެޅުމުގައި މި ގަވާއިދުގެ ދަށުން ބަޔާންކޮށްފައިވާ މާއްދާއަކާ ހިލާފުވެއްޖެ ނަމަ، 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
53 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް އިސްތިހާ ރުކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން
(ހ) މި ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވާ ފަރާތެއް، އެ ކަމަކާ ހިލާފުވާ ފުރަތަމަ ފަހަރު ނަމަ، 10,000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދެވަނަ ފަހަރު ނަމަ، 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދެވަނަ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީގެ އިތުރުން، ގަވާއިދާ ހިލާފުވާ ފަރާތުން ހަރުކޮށްފައި ހުންނަ ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރާ ޕޯސްޓަރު، ބެނަރ ފަދަ ތަކެތި ނެގުމުގެ ބާރު ދައުލަތުގެ ތަންފީޒީ އިދާރާތަކަށާއި މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން 3 ވަނަ ފަހަރަށް ޖޫރިމަނާކުރެވޭ ފަރާތަކީ ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތެއް ނަމަ، އެ ފަރާތަކަށް ދުންފަތުގެ ބާވަތްތައް ވިއްކުމަށް ދޫކޮށްފައިވާ ހުއްދަ 1 (އެކެއް) އަހަރުދުވަހަށް ބާތިލުކުރެވޭނެއެވެ.
(ނ) ގާނޫނާ ހިލާފު އަމަލު ހިންގުމަށް ބޭނުންކުރި ތަކެތި ތަންފީޒީ އިދާރާގެ ބާރުގެ ދަށަށް ގެނެސް، ތިމާވެށްޓަށް ގެއްލުންނުވާ ގޮތެއްގެ މަތީން ނައްތައި ލެވިދާނެއެވެ. މިފަދައިން ނައްތައިލެވޭ ތަކެއްޗަށް އެއްވެސް ބަދަލެއް ނުދެވޭނެއެވެ.
(ރ) މި ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ފެންނާން ހުންނަ ގޮތަށް ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތަކަށް، ދޫކޮށްފައިވާ، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެއެވެ.
(ބ) މި ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފަށް އަމަލުކުރާ ފަރާތަކާއި، އެ އަމަލެއް ކޮށްފައިވާ ތަނެއް ހިންގާ ފަރާތާއި، އެ ތަނެއްގެ ވެރިފަރާތުގެ މައްޗަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު، މި ގަވާއިދު ތަންފީޒުކުރާ ކަމާގުޅޭ އިދާރާތަކަށް ލިބިގެންވެއެވެ.
54 ވަނަ މާއްދާ - ޕެކެޓްކޮށް ލޭބަލްކުރުމާ ގުޅޭ އުސޫލުތަކާ ހިލާފުވުމުން އެޅޭ ފިޔަވަޅު
މި ގަވާއިދުގެ ފަސްވަނަ ބާބުގައި ކަނޑައަޅައިފައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކާމެދު އަންނަނިވި
ގޮތުގެ މަތީން ފިޔަވަޅު އަޅަންވާނެއެވެ.
(ހ) ހިލާފުވި އަމަލާ ގުޅުންހުރި މުދަލުގެ އަގުގެ ތެރެއަށް، އެ މަރުހަލާއެއްގައި ދައްކަންޖެހޭ ޓެކުހާއި ފީތައް އިތުރުކޮށްގެން އަންނަ ޖުމުލަ އަދަދުގެ 10 (ދިހައެއް) ގުނައިން ޖޫރިމަނާ ކުރެވޭނެއެވެ.
(ށ) މި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރެވޭނެއެވެ.
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ އިތުރުން، ދެވަނަ ފަހަރު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ އިތުރުން، ތިންވަނަ ފަހަރު 10,000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ އިތުރުން، ހަތަރުވަނަ ފަހަރު 20,000 (ވިހިހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ އިތުރުން، ފަސްވަނަ ފަހަރު، ގާނޫނުގައި ޖޫރިމަނާ ކުރެވޭނެކަމަށް ކަނޑައަޅައިފައިވާ އެންމެ މަތީ އަދަދުން ޖޫރިމަނާ ކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ހިސާބު ހެދުމުން އަންނަ އަދަދު 1,000 (އެއްހާސް) ރުފިޔާއަށް ވުރެ މަދު ނަމަ، ޖޫރިމަނާގެ އަދަދަކީ، 1,000 (އެއްހާސް) ރުފިޔާއެވެ. އަދި އެ އަދަދު 1,000,000 (އެއް މިލިޔަން) ރުފިޔާއަށް ވުރެ ގިނަވެއްޖެ ނަމަ، ޖޫރިމަނާގެ އަދަދަކީ، 1,000,000 (އެއް މިލިޔަން) ރުފިޔާއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) ބަޔާންކޮށްފައިވާ ޖޫރިމަނާގެ އިތުރުން، ދުންފަތުގެ މުއާމަލާތުކުރުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމާއި، ހުއްދަ ބާތިލުކުރުމާއި، ހުއްދައިގައި ހިމެނޭ ވަކިވަކި ކަންތައްތައް ހިފެހެއްޓުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
ފަސްވަނަ ބާބާ ހިލާފަށް
55 ވަނަ މާއްދާ - އަމަލެއް ހިންގުމަށް ބޭނުންކުރާ ތަކެތި ނައްތައިލުން
މި ގަވާއިދުގެ ފަސްވަނަ ބާބާ ހިލާފު އަމަލެއް ހިންގުމަށް ބޭނުންކުރާ ތަކެތި، އިހުތިޔާރު ލިބިފައިވާ ފަރާތުގެ ބާރުގެ ދަށަށް ގެނެސް، ތިމާވެށްޓަށް ގެއްލުންނުވާ ގޮތެއްގެ މަތީން ނައްތައިލެވިދާނެއެވެ. މިފަދަ ތަކެތީގެ ތެރޭގައި ހިމެނެނީ އަންނަނިވި ތަކެއްޗެވެ.
(ހ) ޕެކެޓްކުރުމަށް ނުވަތަ ލޭބަލްޖެހުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ ހިލާފަށް ތިމާއަށް އެކަން އެނގިހުރެގެން ނުވަތަ ނޭނގިގެން ނަމަވެސް ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްކުރުމަށް ނުވަތަ މި ގަވާއިދުގެ މާއްދާއަކާ ހިލާފުވުމަށް ބޭނުންކުރެވިދާނެ ގޮތަށް އަތުގައި އޮންނަ އެއްޗެއް ނުވަތަ މެށިނެއް ނުވަތަ ލިޔުމެއް.
(ށ) ދުންފަތުގެ ބާވަތްތަކުގައި ހުންނަންޖެހޭނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ ހިލާފަށް ތައްޔާރުކޮށްފައިވާ ދުންފަތުގެ ކޮންމެ އެއްޗަކާއި، ރާއްޖޭގެ ކޮންމެ ތަނެއްގައި ބަޔަކުމީހުން ގަސްތުގައި ނުވަތަ އެނޫން ގޮތަކަށް ނަމަވެސް ބަހައްޓައިފައި ހުރި އަސްލު ނޫން ދުންފަތުގެ ބާވަތްތައް.
56 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް އިމްޕޯޓުކުރާ ތަކެތި ހިފަހައްޓައި ނައްތައިލުން
މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، މި ގަވާއިދާ ހިލާފަށް އިމްޕޯޓު ކުރާ ތަކެތި ހިފެހެއްޓުމަށްފަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އުސޫލުތަކާ އެއްގޮތަށް، ތިމާވެށްޓަށް ގެއްލުންނުވާ ގޮތުގެ މަތީން ނައްތައިލަންވާނެއެވެ.
57 ވަނަ މާއްދާ - އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ހިފެހެއްޓުން
(ހ) ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ބޭނުންކުރުން މަނާތަނެއްގައި ބޭނުންކުރަނިކޮށް ފެނިއްޖެ ނަމަ ނުވަތަ އަތުގައި އޮތް ނަމަ ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ގާނޫނަކުން ލިބިދޭ ބާރެއްގެ ދަށުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި އެފަދަ އެއްޗެއް ފެނިއްޖެ ނަމަ،
އެ އެއްޗެއް، ކަމާގުޅޭ ތަންފީޒީ އިދާރާގެ ބާރުގެ ދަށަށް ނެގިދާނެއެވެ. ނުވަތަ އަތުލެވިދާނެއެވެ.
(ށ) ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއް ގެންގުޅެނިކޮށް ފެނިއްޖެ ނަމަ، 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާ ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އަންގާ އެންގުމަކާ އެއްގޮތަށް އެ އެންގުމެއް ރައްދުވާ ފަރާތުން އަމަލުނުކޮށްފި ނަމަ، ފަރުދެއް ނަމަ، 50,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އަންގާ އެންގުމަކާ އެއްގޮތަށް އެ އެންގުމެއް ރައްދުވާ ފަރާތުން އަމަލުނުކޮށްފި ނަމަ، ވިޔަފާރިކުރާ ގާނޫނީ ށަހުސަކުން ނަމަ، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމާއެކު، ވިޔަފާރި ހުއްދަ ބާތިލުކުރުމަށް ހުށަހަޅަންވާނެއެވެ.
58 ވަނަ މާއްދާ - ހިފަހައްޓާ ތަކެތި ނައްތަ އިލުން
(ހ) މި ގަވާއިދުގެ ދަށުން ހިފެހެއްޓޭ ނުވަތަ އަތުލެވޭ ތަކެއްޗަކީ، ދިވެހިރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާ ތަކެއްޗަށްވާތީ، މި ގަވާއިދުގެ ދަށުން އެ ތަކެތި ހިފެހެއްޓުމަށްފަހު، އަލުން ދުލެއް ނުކުރެވޭނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ނަގާ ނުވަތަ އަތުލާ ތަކެތި އެ އެއްޗެއް ނެގި ނުވަތަ އަތުލި ތަންފީޒީ އިދާރާއަކުން ނައްތައިލަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) އިން ލިބިދޭ ބާރުގެ ދަށުން ނައްތައި ލާ ތަކެތި ނައްތައިލަންވާނީ، ނައްތައިލުމުގެ އިހުތިޔާރު ލިބިފައިވާ އިދާރާގެ ތަކެތި ނައްތައިލުމަށް ކަނޑައަޅައިފައިވާ އިޖުރާތާ އެއްގޮތަށެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތަކެތި ނައްތައިލުމުގައި ތިމާވެށްޓަށް ގެއްލުން ލިބުން ކުޑަކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިދާރާއަކީ މި ގަވާއިދާ އެއްގޮތަށް މިފަދަ ތަކެތި ނައްތައިލުމުގެ އިންތިޒާމު ނެތް އިދާރާއެއް ނަމަ، އެ ތަކެތި ނައްތައިލުމުގެ އިންތިޒާމު ހަމަޖެހިފައި ހުރި އިދާރާއަކާ އެ ތަކެތި ހަވާލުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
59 ވަނަ މާއްދާ - ހިފަހައްޓާ ތަކެއްޗާއި ނައްތައިލާ ތަކެތީގެ ރިޕޯޓު ފޮނުވުން
މި ގަވާއިދުގެ ދަށުން އަތުލާ ތަކެއްޗާއި ނައްތައިލާ ތަކެތީގެ އަންނަނިވި މައުލޫމާތު ހިމެނޭ ރިޕޯޓެއް، ކޮންމެ 6 (ހައެއް) މަހަކުން އެއްފަހަރު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
(ހ) ހިފެހެއްޓި ތަކެތީގެ ބާވަތ.ް
(ށ) ހިފެހެއްޓި ތަކެތީގެ އަދަދ.ު
(ނ) ހިފެހެއްޓި ތަކެތި ހިފެހެއްޓި ތާރީހު ނުވަތަ ތާރީހުތައް.
(ރ) ނައްތައިލި ތަކެތީގެ އަދަދާއި، ނައްތައިލި ތާރީހު ނުވަތަ ތާރީހުތައް.
(ބ) ނައްތައިލުމަށް އެހެން އިދާރާއަކަށް ހަވާލުކޮށްފައިވާ ނަމަ، އެ އިދާރާގެ ނަމާއި ހަވާލުކުރި ތާރީހު.
60 ވަނަ މާއްދާ - ޖޫރިމަނާ ޗިޓު ހަވާލުކުރުން
މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތަކުން ޖޫރިމަނާކޮށްފި ނަމަ، އެ ފަރާތަކަށް ޖޫރިމަނާކުރިކަމުގެ ޗިޓެއް ހަވާލުކުރަންވާނެއެވެ.
61 ވަނަ މާއްދާ - ޖޫރިމަނާގެ ފައިސާ ދެއްކުން
މި ގަވާއިދުގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ، ޖޫރިމަނާކޮށްފައި އަންގާތާ، ސަރުކާރު ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންވާނެއެވެ.
62 ވަނަ މާއްދާ - ޖޫރިމަނާގެ ފައިސާ ނުދެއްކުން
(ހ) ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތައް ކުރެވޭ ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުން، ދުންފަތުގެ މުއާމަލާތުކުރުމަށް ޓަކައި ދޫކޮށްފައިވާ ހުއްދަތައް ހިފެހެއްޓުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުއްދަތައް ހިފަހައްޓާނީ، މި ގަވާއިދުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ފައިސާ ނުދައްކާ ނަމަ، ކަމާބެހޭ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ށަރުއީ ކޯޓު މެދުވެރިކޮށް ޖޫރިމަނާ ފައިސާ ހޯދުމުގެ އިހުތިޔާރު ލިބިގެންވެއެވެ.
63 ވަނަ މާއްދާ - ގަވާއިދުގެ ދަށުން އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހިއްޖެ ނަމަ، އަމަލުކުރާނެ ގޮތް
(ހ) މި ގަވާއިދުގެ ދަށުން އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހިއްޖެ ނަމަ، ޖޫރިމަނާކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަމުގެ ށަކުވާ މިނިސްޓްރީއަށް ހުށަހެޅުމުގެ އިހުތިޔާރު، އެ ފިޔަވަޅެއް ރައްދުވާ ފަރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ފަރާތަކުން ށަކުވާއެއް ކޮށްފި ނަމަ، އެ ށަކުވާއެއް ހުށަހެޅޭތާ ރަސްމީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ށަކުވާއެއް ބެލުމަށްފަހު، މިނިސްޓްރީން ލިޔުމުން ޖަވާބުދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީން ދޭ ޖަވާބާމެދު ށަކުވާ ހުށަހެޅި ފަރާތުން ހިތްހަމަނުޖެހޭ ހާލަތުގައި އެ ށަކުވާއަކާ ގުޅޭގޮތުން ކަމާބެހޭ ށަރުއީ ކޯޓަކަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
ހަތްވަނަ ބާބު: އެހެނިހެން ކަންކަން
64 ވަނަ މާއްދާ - ތަންފީޒުކުރުމުގެ ޒިންމާ
(ހ) މި ގަވާއިދު ތަންފީޒުކުރާނީ އަންނަނިވި ތަންތަނުންނެވެ.
- މިނިސްޓްރީ؛
- މޯލްޑިވްސް ކަސްޓަމްސް ސަރވިސް؛
- ދިވެހި ފުލުހުންގެ ހިދުމަތް؛
- އިގުތިސާދީ ސިޔާސަތު ތަންފީޒުކުރުމުގެ ޒިންމާ އެ ވަގުތަކު ހަވާލުކޮށްފައިވާ ވުޒާރާ؛
- ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް.
(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަމަށް ކަނޑައަޅައިފައިވާ ތަންތަނުގެ މައްޗަށް ބާރު އޮތް ފަރާތަކުން ނުވަތަ އެ ތަނެއް ހަވާލުވެ ހިންގާ ފަރާތުން ނުވަތަ ބަލަހައްޓާ ފަރާތަކުން، މި ގަވާއިދު ތަންފީޒުކުރުމަށް ޒިންމާވާންވާނެއެވެ.
(ނ) ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ މަރުހަލާގައި މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި، ޖޫރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި، ގަވާއިދާ ހިލާފަށް ހުންނަ ތަކެތި ނައްތައިލުން ފަދަ ކަންކަން ކުރާނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސުންނެވެ. މިގޮތުން ނައްތައިލާ ތަކެތި ނައްތައިލަންވާނީ ތިމާވެށްޓަށް ގެއްލުންނުވާނޭ ގޮތެއްގެ މަތީންނެވެ. އަދި ނައްތައިލުމަށް ހިނގާ ހަރަދ،ު އެ ތަކެތި ރާއްޖެ ގެނައި ފަރާތުން، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންވާނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ހިފަހައްޓާ ތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންޓްރޯލްގެ ދަށުގައި ހުންނައިރު ހިނގާ ހަރަދ،ު އެ ތަކެތި ރާއްޖެ ގެނައި ފަރާތުން، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންވާނެއެވެ.
(ބ) ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ މަރުހަލާގައި ފިޔަވައި، މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން، ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި، ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި، ގަވާއިދާ ހިލާފަށް ހުންނަ ތަކެތި ނައްތައިލުން ފަދަ ކަންކަން ކުރާނީ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިދާރާ ފިޔަވައި އެ މާއްދާގައި ބަޔާންކޮށްފައިވާ އެހެން އިދާރާތަކުގެ ތެރެއިން އެ ކަމެއް މަތިކޮށްފައިވާ އިދާރާއިންނެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިންސްޕެކްޓްކުރަނީ ވިޔަފާރިއާބެހޭ ވުޒާރާއިން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިންގާ އޮޕަރޭށަނެއްގައި ކަމަށް ވާ ނަމަ، ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރު އެ އިންސްޕެކްށަނެއް ކުރި ފަރާތަކަށް ލިބިގެންވެއެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކޮށްފި ނަމަ، އެ ޖޫރިމަނާކުރި އިދާރާއަކުން ހެލްތު ޕްރޮޓެކްށަން އެޖެންސީއަށް ވަގުތުން ނުވަތަ ވީ އެންމެ އަވަހަކަށް އެކަން އަންގަންވާނެއެވެ.
(ކ) ޕޯސްޓް ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން އަމިއްލަ ފަރުދުންގެ ނަމުގައި އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކާއި، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ދަތުރުވެރިންގެ އަމިއްލަ ނަމުގައި، އަމިއްލަ ބޭނުމަށް ގެންނަ ތަކެތީން ޑިއުޓީ މައާފުވާ މިންވަރަށްވުރެ އިތުރަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތަކާ ހިލާފަށް ރާއްޖެއަށް ގެންނަ ދުންފަތުގެ ބާވަތްތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުމުން އިސްތިސްނާކޮށް، އެ ތަކެތި ނައްތައިލުމުގެ ބާރު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަންފީޒީ އިދާރާތަކަށް ލިބިގެންވެއެވެ.
65 ވަނަ މާއްދާ - ފޯކަލް ޕޮއިންޓެއް ކަނޑައެޅުން
(ހ) ސަރުކާރުގެ ހުރިހައި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި، ގާނޫނާއި މި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ އަމަލުތަކާމެދު ފާރަވެރިވުމަށާއި، އެފަދަ ކަންތައްތައް ބަލައި، ފިޔަވަޅުއަޅައި، ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް ބާރުއެޅުމަށް ޓަކައި، ގާނޫނާއި މި ގަވާއިދުގެ މާއްދާތައް ތަންފީޒުކުރަންޖެހޭ ސަރުކާރުގެ އިދާރާތަކުން އެ އިދާރާއެއްގެ އެންމެ އިސް ފަރާތުގެ ދަށުން އެ މަސައްކަތްކުރާނެ ވެރިޔަކު އައްޔަނުކޮށް، އެ މީހަކަށް ފުރިހަމަ އިހުތިޔާރާއި ބާރު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަނުކުރާ ވެރިޔާގެ މަސައްކަތުގެ ތެރޭގައި ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން، އެ ގާނޫނާއި މި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ އަމަލުތަކާމެދު ފާރަވެރިވުމަށާއި، އެފަދަ ކަންތައްތައް ބަލައި ފިޔަވަޅުއަޅައި، އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް ބާރުއެޅުމަށް ޓަކައި، އެ އިދާރާއެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމާއި، އޮފީހުގެ މުވައްޒަފުންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރުން ހިމެނެއެވެ.
66 ވަނަ މާއްދާ - ރިޕޯޓުކުރާ މީހާގެ ރައްކައުތެރިކަން
(ހ) މި ގަވާއިދުގައި ކަނޑައަޅައިފައިވާ އެއްވެސް ކަމަކާ ހިލާފުވެއްޖެކަމަށް ބަޔާންކޮށް ކަމާބެހޭ ފަރާތަކަށް އެއްވެސް ފަރާތަކުން ރިޕޯޓުކުރުމުން، އެއްވެސް މީހަކު ނުވަތަ މުވައްޒަފަކު ނުވަތަ އެ ތަނެއްގެ ވެރިޔަކު އެ ފަރާތެއްގެ މައުލޫމާތު އާންމުކޮށްގެން ނުވާނެއެވެ. އަދި އެފަދަ ރިޕޯޓެއް ކުރާ މީހަކާމެދު ފިޔަވަޅުއަޅައި، އެކަމުގެ ބަދަލުހިފައިގެން ވެސް ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރިޕޯޓުކުރާ މީހާގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ޓަކައި، ރިޕޯޓުކުރާ މީހާގެ ސިއްރު ހިފެހެއްޓުމަށް ޓަކައި ރިޕޯޓުކުރާ މީހާގެ މައުލޫމާތު އެހެން ފަރާތްތަކަށް ދީ ހާމަކޮށްގެން ނުވާނެއެވެ.
67 ވަަނަ މާއްދާ - ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުންކުރާ ާލާތްތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނުދިނުން
(ހ) ވިޔަފާރީގެ އުސޫލުން ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުންކުރާ މެށިނާއި އެފަދަ އެ ނޫން ވެސް އާލާތްތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. މީގެ ތެރޭގައި، ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް ރޯލްކުރެވޭ މެނުއަލް ކުދިކުދި ޕޯޓަބަލް އާލާތްތަކެއް ނުހިމެނޭނެއެވެ.
(ށ) ދުންފަތުގެ ބާވަތްތައް ނުވަތަ ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ރޯލްކޮށްފައި ހުންނަ ހުސް ޓިޔުބް ނުވަތަ ޕައިޕް (ފިލްޓަރާއެކު ނުވަތަ ފިލްޓަރާ ވަކިން ނަމަވެސް) އާއި، ހުސްފޮށްޓާއި، އެނޫނަސް އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. ނަމަވެސް، ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާއި، ރޯލްނުކޮށް ހުންނަ ކަރުދާހާއި، ފިލްޓަރާއި ކަރުދާސް އެއްކޮށް ނުވަތަ ވަކިވަކިން ޕެކެޓްކޮށްފައި ހުރިނަމަވެސް، 50 (ފަންސާސް) އަށް ވުރެ އަ ދަދު އިތުރުނުވާ ނަމަ، އެ ތަކެތި ދޫކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ދޫކުރެވޭ ތަކެތި ބޭނުންކޮށްގެން ވިޔަފާރި ބޭނުމަށް ދުންފަތުގެ ބާވަތްތައް އުފައްދައިފިކަން ފާހަގަކުރެވިއްޖެ ނަމަ، މި ގަވާއިދުގެ ދަށުން އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނުދެވޭ ތަކެތި ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަނބުރާ ރާއްޖެއިން ބޭރަށް ގެންދިއުމުގެ ފުރުސަތު ދެވޭނެއެވެ.
68 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރަންވާނީ، އެ ލަފުޒުތައް ނުވަތަ އިބާރާތްތައް ތިރީގައި މާނަކޮށްފައިވާ ގޮތަށެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހަތާބެހޭ ކަންތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "ގާނޫނު" ނުވަތަ "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު) އަށެވެ.
(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ސިއްހަތާބެހޭ ކަންތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ރ) "ދުންފަތުގެ ބާވަތް" ކަމަށް ބުނެފައި އެވަނީ، ދުންފަތާއި ދުންފަތުގެ ތަނޑިއާއި، ނިކޮޓިންއާއި، ދުންފަތާއި ދުންފަތުގެ ތަނޑިއާއި ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އަދި އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނ،ޭ ހަފައިގެން ނުވަތަ ބޮއިގެން ނުވަތަ ވަސްދަމައިގެން ނުވަތަ ަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާސިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެކެވެ. މިފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ދުންފަތުން ދުރުހެލިވުމަށް "ސެޒޭށަން" ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅައި ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ މިފަދަ އެހެން ބާވަތްތައް މި ގާނޫނުގެ ބޭނުމަށް ޓަކައި ދުންފަތުގެ ބާވަތްތައް ކަމަކަށް ނުބެލެވޭނެއެވެ.
(ބ) "ދުންފަތުގެ އިސްތިއުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތެއް، އެއިން ބާވަތަކުން އުފެދޭ ދުން ނުވަތަ އާވި އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ ދުންފަތުގެ ބާވަތެއް އަނގަޔަށްލުން ނުވަތަ އަނގައިން ހެފުން ނުވަތަ ކެއުން ނުވަތަ ބުއިން ނުވަތަ ދުންފަތުގެ ބާވަތަކުން ވަސްދެމުން ނުވަތަ މި ނޫން ވެސް ގޮތަކަށް ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް ހަށިގަނޑަށް ވާސިލުކުރުމަށެވެ.
(ޅ) "ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އާލާތް" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތަކުން ބޭރުވާ ދުމާއި، އާތްވާއި އެހެން ބާވަތެއްކަމަށް ވިޔަސް ދުންފަތުގެ
އިސްތިއުމާލުކުރާ މީހާގެ ހަށިގަނޑަށް އެ އެއްޗެއްގެ ޒަރީއާއިން އެތެރެކުރުމަށް ބޭނުންކުރާ އެންމެހައި ތަކެއްޗަށެވެ.
(ކ) "އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގައި މީހުން ހިނގާބިނގާވާ ނުވަތަ އެއްވެސް ހުރަހެއްނެތި އެ ތަނަކަށް މީހުން އައިސްގޮސްވާ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ނުވަތަ އެހެންވެސް ބޭނުންތަކުގައި އެއްވެއުޅެވޭގޮތަށް ހުންނަ ތަންތަނާއި، އެފަދަ ގޮތަކަށް ބޭނުންކުރެވޭ އުޅަނދުފަހަރު ފަދަ ތަކެއްޗަށާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އާންމު ތަންތަނަށެވެ.
(އ) "މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ފުރާޅަކުން ނުވަތަ މި ނޫން ވެސް އެފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ހިޔާކޮށްފައިވާ ނުވަތަ ފާރުތަކަކުން ނުވަތަ ބިތްގަނޑުން ނުވަތަ ބިތްގަނޑުތަކަކުން ނުވަތަ މިފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ވިޔަސް ބަންދުކޮށްފައިވާ ނުވަތަ ނިވައިކޮށް ފައިވާ ތަންތަނުގެ ތެރެއިން އުޖޫރައެއް ލިބޭގޮތަށް ނުވަތަ ހިލޭސާބަހަށް ހިދުމަތްކުރުމުގެ ގޮތުން މީހަކު މަސައްކަތުގެ ވަގުތުގައި ބޭނުންކުރާ ލިފްޓާއި، ކޮރިޑޯއާއި، ސިޑިއާއި، ލޮބީއާއި، ފާހާނާއާއި، ލައުންޖާއި، ކެފެޓީރިޔާއާއި، ކެންޓީނާއި، ސައިކޮޓަރި ފަދަ ތަންތަން، މި މާނައިގެ ތެރޭގައި ހިމެނެއެވެ. ވިޔަފާރީގެ ބޭނުމުގައި ނުވަތަ އާންމު ހިދުމަތެއް ދިނުމުގައި ބޭނުންކުރާ ނަމަ، ދިރިއުޅުމަށް ބޭނުންކުރާ ތަންތަން، ަސައްކަތްކުރާ ތަންތަނުގެ ތެރެޔަކު ނުހިމެނެއެވެ. އަދި މަސައްކަތްކުރާ ތަނެއް މާނަކުރުމުގައި މުޅި ރަށް އެއީ މަސައްކަތްކުރާ ތަންކަމުގައެއް ނުބެލެވޭނެއެވެ.
(ވ) "ފެރީ އުޅަނދު" ކަމަށް ބުނެފައި އެވަނީ، އާންމު ދަތުރުފަތުރުގެ ނިޒާމުގައި މީހުންނާއި މުދާ އެއްތަނުން އަނެއްތަނަށް ކަނޑުމަގުން އުފުލުމަށް ބޭނުންކުރާ އެކިވައްތަރުގެ އުޅަނދަށެވެ.
(މ) "އިމާރާތް" ކަމަށް ބުނެފައި އެވަނީ، ދާއިމީގޮތުން ނުވަތަ ވަގުތީގޮތުން ހިޔާކޮށްފައިވާ ތަންތަނާއި، އެ ތަން ތަނުގައި ހުންނަ ސިޑި، ސިޑި ގޮޅ،ި ކޮރިޑޯ، ބެލްކަނ،ި ޓެރަސް، ލިފްޓ،ް ލޮބ،ީ ޕޯޓިކޯ، ޕޫލ،ް ޕާކިންގ އޭރިއ،ާ ވައިގޮޅ،ި ވޯކްވޭމ ބަގީޗާ ފަދަ އިމާރާތް ތެރޭގައި ހަދައިފައިވާ ހާމަ ތަންތަނާއި އަދި މި ނޫން ވެސް އިމާރާތާއި ގޯތިތެރޭގައި އާންމުކޮށް ބޭނުންކުރަން ހުންނަ ހުސްތަންތަނަށެވެ.
(ފ) "ބަންދުކޮށްހުންނަ ތަންތަން (Indoor "(ކަމަށް ބުނެފައި އެވަނީ، ފުރާޅަކާއި މަދުވެގެން ދެ ބިތް (1 މީޓަރަށް ވުރެ ކުޑަނުވާ ގޮތަށް) ނުވަތަ 10 (ފޫޓު) ފޫޓު 10 (ފޫޓު) ފޫޓަށް ވުރެ ކުޑަނުވާގޮތަށް ހިޔާކޮށްފައިވާ ކޮންމެ ތަނަކަށެވެ. (މީގެ ތެރޭގައި "އައުޓްޑޯ ގޮތުގައި ހާމަތަނެއްގެ ގޮތުގައި ބޭނުންކުރަމުން، އަދި ބޭނުންއިރެއްގައި ށީޓެއް ނުވަތަ ވަގުތީ ފުރާޅެއް ދަމައިލައިފައި "އިންޑޯ" ތަނަކަށް ބަދަލުކުރެވޭ ފަދަ ތަންތަން މި ގަވާއިދުގެ ދަށުން ބެލެވޭނި އިންޑޯ ތަނެއްގެ ގޮތުގައެވެ.)
(ދ) "ސިނާއީ މަސައްކަތްކުރާ ތަންތަނާއި ސަރަހައްދުތައް" ކަމަށް ބުނެފައި އެވަނީ، ސިނާއީ މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ނުވަތަ ހުއްދަ ދީ ފައިވާ ތަނެއް ނުވަތަ ސަރަހައްދަކަށވެ. އަދި ވަގުތީގޮތުން އިމާރާތްކުރާ ނުވަތަ ވަޑާންކުރާ ނުވަތަ މެށިނެރީ ބޭނުންކޮށްގެން މަސައްކަތްކުރާ ނުވަތަ ސިނާއީ މަސައްކަތްކުރާ އެ ނޫން ވެސް ތަންތަނަށެވެ.
(ތ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު) ގެ 36 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައިފައިވާ ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބޯޑަށެވެ.
(ލ) "ޓާމިނަލް" ކަމަށް ބުނެފައި އެވަނީ، ފެރީ ޓާމިނަލާއި ބަސް ޓާމިނަލް ފަދަ ތަންތަން ހިމެނޭހެން، ދަތަރުފަތުރުކުރުމަށް މީހުން ޖަމާވާ ތަންތަނަށެވެ.
(ގ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާ ކައުންސިލްތަކަށެވެ.
(ޏ) "ބަންދުގައި މީހުން ބައިތިއްބާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ޖަލުތަކާއި، ބަންދުގައި މީހުން ބައިތިއްބަންޖެހޭ މަރުކަޒުތަކާއި، ރިހެބިލިޓޭށަން ސެންޓަރުތަކާއި، ޑިޓެންށަން ސެންޓަރުތަކަށެވެ.
(ސ) "ޗިޓު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ނުވަތަ ލިޔުމުން އަންގާ އެންގުމަކަށެވެ.
(ޑ) "ކާޓަނެއް" ކަމަށް ބުނެފައި އެވަނީ، ސިނގިރޭޓު ނަމަ، 20 (ވިހި) ޔުނިޓުގެ 10 (ދިހައެއް) ފޮށި އެކުގައި ބަންދުކޮށްފައިވާ ކޮންމެ ޕެކޭޖަށެވެ. އަދި ސިނގިރޭޓު ނޫން ދުންފަތުގެ އެހެން ބާވަތެއް ނަމަ، އެ އުފެއްދުމެއްގެ މަދުވެގެން 5 (ފަހެއް) ޔުނިޓް އެކުގައި ބަންދުކޮށްފައިވާ ކޮންމެ ޕެކެޓަކަށެ ވެ.
(ޒ) "އިންޒާރުގެ ނޯޓިސް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި ނުވަތަ ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި ހުރުން ލާޒިމުކުރ،ާ ސިއްހަތުގެ އިންޒާރުގެ އިބާރާތް ނުވަތަ ކުރެހުން ނުވަތަ ނިށާން ނުވަތަ ފޮޓޯ ނުވަތަ ކުލައަށެވެ.
(ޓ) "ޕެކެޓް" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތްތައް ރީޓެއިލްކުރާއިރު ދުންފަތުގެ ކޮންމެ އުފެއްދުމެއް ބަންދުކޮށްފައިވާ އެއްޗަކަށެވެ.
(ޔ) "މާސްޓަރ ކޭސް" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތްތައް އިމްޕޯޓްކޮށް، ރީ-އެކްސްޕޯޓުކޮށް، ހޯލްސޭލްކޮށް، ޑިސްޓްރިބިއުޓްކޮށް ނުވަތަ ގަނޑުކޮށް އެއްތަނުން އަނެއްތަނަށް އުފުލުމުގައި، ދުންފަތުގެ ބާވަތްތައް ބަންދުކޮށްފައި ހުންނަ ފޮށި ނުވަތަ ބަސްތާ ނުވަތަ ގޯނި ނުވަތަ މިފަދަ އެހެނިހެން ތަކެއްޗަށެވެ.
(ޕ) "އިސްތިހާރު" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި ނުސީދާގޮތުން ދުންފަތުގެ ބާވަތްތަކާއި އޭގެ ބްރޭންޑުތަކާއި އުފައްދާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާބެހޭ މައުލޫމާތު ވިޔަފާރީގެ އުސޫލުން ތަފާތު ވަސީލަތްތައް މެދުވެރިކޮށް އާންމުކުރުމާއި، ދުންފަތުގެ ބާވަތްތަކާއި ބްރޭންޑުތައް ވިއްކުމަށް ޓަކައި ނުވަތަ ވިއްކޭ އަދަދު އިތުރުކުރުމުގެ ގޮތުން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ އަމަލެއް ކުރިއެރުވުމުގެ ގޮތުން ހިންގާ ޕްރޮމޯށަން ހަރަކާތްތަކަށެވެ. ދުންފަތުގެ އިސްތިހާރުގެ މާނައިގައި، ދުންފަތުގެ ބާވަތާއި ބްރޭންޑާއި އުފައްދާ ފަރާތްތަކާއި ވިއްކާ ފަރާތުގެ ނުވަތަ އެފަދަ ފަރާތްތަކުން ބޭނުންކުރާ ނުވަތަ އެ ފަރާތްތަކަށް ނުވަތަ އެއްޗެއްސަށް އިށާރާތްކުރެވޭ ލަފުޒުތަކާއި ނަންތަކާއި އިބާރާތްތަކާއި ށިއާރުތަކާއި އަކުރުތަކާއި ނަންބަރުތަކާއި ތަސްވީރުތަކާއި ކުރެހުންތަކާއި ޑިޒައިންތަކާއި ލޯގޯތަކާއި ކުލަތަކާއި، އެ ނޫން ވެސް އެފަދަ އެއްޗެހީގެ އިތުރުން، އަޑާއި ލަވަޔާއި ރާގާއި މިއުޒިކު ހިމެނެއެވެ.
(ޖ) "ދުންފަތް ސްޕޮންސަރކުރުން" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި ނުސީދާގޮތުން ދުންފަތުގެ އެއްވެސް ބާވަތެއް އުފައްދާ ފަރާތަކާއި ވިއްކާ ފަރާތަކާއި މާކެޓްކުރާ ފަރާތަކާ ބައިވެރިވުމެއް ނުވަތަ ގުޅުމެއް، ތިރީގައި ބަޔާންކޮށްފައިވާ ކަމަކާ ގުޅޭގޮތުން އޮތްކަން އެއްވެސް ތަނެއްގައި އެއްވެސް ގޮތަކަށް ދޭހަކޮށްދިނުމާއި، ދުންފަތާ ގުޅުންހުރި އެފަދަ ފަރާތެއް ރަމްޒުކޮށްދޭ އެއްޗެއް އެއްވެސް ސިފައެއްގައި އެއިން ހަރަކާތެއްގައި ނުވަތަ އެއްޗެއްގައި ނުވަތަ ތަނެއްގައި ބޭނުންކުރުމަށެވެ.
- މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކުޅިވަރު މުބާރާތްތަކާއި، އިލްމީ ހަރަކާތްތަކާއި، އަދަބީ ހަރަކާތްތަކާއި، ސަގާފީ ކަންކަމާއި، ފެށަނާ ގުޅޭ ކަންކަމާއި، އެފަދަ އެ ނޫން ވެސް ބާވަތްތަކުގެ މަސައްކަތްތަކާއި، ހަރަކާތްތަކާއި، ށޯތަކާއި، ފިލްމުތަކާއި، ވީޑިއޯތަކާއި، ކުރެހުންތަކާއި، އޯޑިއޯތައް؛
- އެއިން ކަމެއްގައި ބައިވެރިވާ ބަޔަކު ނުވަތަ މީހަކު ބޭނުންކުރާ ހެދުމާއި، ޔުނިފޯމާއި، ގެންގުޅޭ ސާމާނުތަކާއި، ކަމާގުޅޭ ސޯށަލް މީޑިއާ އެކައުންޓްތައް؛
- އެއްވެސް ސޯށަލް މީޑިއާ އަދި ޑިޖިޓަލް ޕްލެޓްފޯމެއްގައި އަދި އާންމު ތަންތަނުގައި ނުވަތަ މީހުން އެއްވެއުޅޭ ތަންތަނުގައި ބޭއްވޭ ހަރަކާތްތައް؛
- އިމާރާތްތަކާއި، އުނގަންނައިދޭ ތަންތަނާއި، ހާމަކޮށް އޮންނަ ބިންބިމާއި އާންމު ތަންތަން،
(ޗ) "ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން" ކަމުގައި ބުނެފައި އެވަނީ، ދުންފަތަށާއި ދުންފަތް ބޭނުންކޮށްގެން އުފައްދައިފައިވާ އުފެއްދުމެއްގެ އެއްވެސް މިންވަރެއް ހިމެނޭ ކޮންމެ އުފެއްދުމަކަށެވެ. ނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ފާސްކޮށްގެން ނުވަތަ އާންމުކޮށް ހުއްދަކޮށްފައިވާ ސިއްހީ ފަރުވާގެ ބައެއްގެ ގޮތުގައި ނުވަތަ ސެޒޭށަން ޕުރޮގުރާމެއްގައި ބޭނުންކުރުމަށް ކަނޑައަޅައިފައިވާ ނުވަތަ އެފަދަ ޕުރޮގުރާމެއްގެ ތެރެއިން ދެވޭ ނިކޮޓީން ރިޕްލޭސްމެންޓް ތެރަޕީ (އެން.އާރު.ޓީ) ގެ ގޮތުގައި ހިމެނޭ ޗުވިންގަމް ނުވަތަ ޕެޗް ނުވަތަ މިފަދަ އެހެން ބާވަތްތަކާއި ޑަކްޓަރީބޭސް، އެ ތަކެތީގައި ދުންފަތުގެ މިންވަރެއް ހިމެނުނު ކަމުގައި ވިޔަސް، މި ގަވާއިދުގެ ބޭނުމަށް "ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން" ކަމުގައެއް ނުބެލެވޭނެއެވެ.
(ހހ) "ކުށްކުރުމަށް ބޭނުންކުރި މުދާ" ކަމަށް ބުނެފައި އެވަނީ،
- ރާއްޖެއަށް މުދާ އެތެރެކުރާ މަރުހަލާގައި ނަމަ، ކޮންސައިންމަންޓުގައި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ހުރިހާ ބާވަތަކަށެވެ؛
- ހޯލްސޭލްކުރާ މަރުހަލާގައި ނަމަ، ހޯލްސޭލްކޮށް ވިއްކި މުދަލުގެ ތެރޭގައި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ހުރިހާ ބާވަތަކަށެވެ؛
- ރީޓެއިލް މަރުހަލާގައި ނަމަ، ރީޓެއިލްކޮށް ވިއްކ،ި ގަވާއިދާ ހިލާފަށް ހުރި، ދުންފަތުގެ ހުރިހާ ބާވަ ތަކަށެވެ؛
- ނަމަވެސް، ރީޓެއިލްކޮށް ވިއްކީ 20 (ވިހި) ސިނގިރޭޓަށް ވުރެ ނުވަތަ 50 (ފަންސާސް) ބިޑިއަށް ވުރެ މަދު އަދަދެއް ނަމަ، ކުށް ކުރުމަށް ބޭނުންކުރި މުދާކަމުގައި ބެލެވޭނީ، 20 (ވިހި) ސިނގިރޭޓުގެ 1 (އެކެއް) ފޮށި ނުވަތަ 50 (ފަންސާސް) ބިޑީގެ އެއް ބޮނޑިކަމުގައެވެ.
- ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ކުރާ އިންސްޕެކްށަނެއްގެ ތެރެއިން، ވިޔަފާރިކުރާ ތަނަކުން ނުވަތަ ތަކެތި ގުދަންކޮށް ރައްކައުކުރާ ތަނަކުން ނުވަތަ ތަކެތި އުފުލާ އުޅަނދަކުން މި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ބާވަތެއް ފެނިއްޖެ ނަމަ، އެ ތަނެއްގައި ނުވަތަ އެ އުޅަނދެއްގައި އެ ވަގުތު ހުރި މި ގަވާއިދަށް ނުފެތޭ ދުންފަތުގެ ހުރިހާ ބާވަތެއް ބެލެވޭނީ، ކުށްކުރުމަށް ބޭނުންކުރި މުދާކަމުގައެވެ.
(ހށ) "އަގު" ކަމަށް ބުނެފައި އެވަނީ،
- ރާއްޖެއަށް ތަކެތި އެތެރެކުރާ މަރުހަލާގައި ނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަމަލުކުރާ "ކަސްޓަމްސް ވެލިއު" އަށެވެ؛
- ހޯލްސޭލް މަރުހަލާގައި ނަމަ، ވިޔަފާރި މުއާމަލާތު ހިންގި ފަރާތުން ކަނޑައަޅާ ހޯލްސޭލް އަގަށެވެ؛
- ރީޓެއިލް މަރުހަލާގައި ނަމަ، ވިޔަފާރި މުއާމަލާތު ހިންގި ފަރާތުން ކަނޑައަޅާ ރީޓެއިލް އަގަށެވެ.
69 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދުތައް
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގަވާއިދު ނަންބަރު 2012-41 (ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު) އުވުނީއެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގަވާއިދު ނަންބަރު 2019-158 (ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2019-1028 (ގަވާއިދު ނަންބަރު 2019-158 ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2019-1046 (ގަވާއިދު ނަންބަރު 2019-158 ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2024-108 (ގަވާއިދު ނަންބަރު 2019-158 ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2024-111 (ގަވާއިދު ނަންބަރު 2019-158 ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އުވުނީއެވެ.
70 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ޖަދުވަލު 1
ދުންފަތުގެ ދުމުން ރައްކައުތެރި ތަންތަން ފާހަގަކޮށް ފައި އެ ތަންތަން އާންމުންނަށް އެންގުމަށް ބަހައްޓާ ނުވަތަ ހަރުކުރާ ބޯޑުގެ ނަމޫނާއާއި ބޯޑުގައި ހިމަނަންވީ މައުލޫމާތު ތަކުގެ ގައިޑްލައިން
ދުންފަތުގެ ދުމުން ރައްކައުތެރި ތަންތަން ފާހަގަކޮށް އާންމުންނަށް އެންގުމަށް ބަހައްޓާ ނުވަތަ ހަރުކުރާ ބޯޑުގައި ހިމަނަންވީ މައުލޫމާތު ތަކުގެ މައިގަނޑުގޮތެއްގައި ދުންފަތުގެ ދުމުން ރައްކައުތެރި މާހައުލެއްކަން އަންގައިދޭ ބޯޑު ހުންނަންވާނީ، އާންމުންނަށް ފަސޭހައިން ދޭހަވާނެ ތަފުސީލު:
ގޮތަށް ލިޔެފައިވާ، އާންމުންގެ ތެރޭގައި މަގުބޫލުވާނ،ެ އެކަމަށް އާންމުންގެ އެއްބާރުލުން ލިބުން އެކަށީގެންވާ، އެ ތަނުގެ މަގުބޫލުކަން އިތުރުކުރެވޭ ފަދަ ނުވަތަ އެ ތަނަކީ ރައްކައުތެރި ތަނެއްކަން އިހުސާސްކުރެވޭ ގޮތަކަށެވެ. އަދި އެ ތަނަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ އަދި ދުންފަތުގެ ދުމުން ރައްކައުތެރި ތަނެއްކަން ސާފުކޮށް އެނގޭނޭ ގޮތަށެވެ. މިގޮތުން ބޯޑުގައި ހިމަނަންވާ މައުލޫމާތުތަކާއި މަންޒަރުތަކުގެ ތަފުސީލު ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.
1. ދުންފަތުގެ އިސްތިއުމާލުނުކު ރުމަށް އަންގައިދޭ ފާހަގަ:
(ހ) މި ފާހަގައަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އެންމެންނަށް ވެސް ސާފުކޮށް އަންގައިދޭ ފާހަގަ (universal no smoking symbol / crossed cigarette symbol) އަކަށް ވާންޖެހެއެވެ. ސިނގިރޭ ޓާއި ދުންފަތުގެ ބާވަތްތައް ކަމުގައި ގާނޫނު ނަންބަރު 23/2024 )ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު( ގެ 42 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ އެހެނިހެން ތަކެތި ބޭނުންކުރުން މަނާކަން އަންގައިދޭ ފާހަގައެއް ބޭނުންކުރުން ބުއްދިވެރިއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ނޭދެވޭ އެއްޗެއް ކަމުގައި ދައްކައިދޭ ކްރިއޭޓިވް ފާހަގަތައް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، ސިނގިރޭޓު ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަގުބޫލު އެއްޗެއް ކަމުގައި ދެކެވިގެން ނުވާނެއެވެ.
(ށ) މި ފާހަގަ ހުންނަންވާނީ، ސައިޒް 3.54x3.54 އިންޗި (9x9 ސެންޓިމީޓަރު) އަށް ވުރެ ކުޑަނޫ ން މިންވަރަކަށް، އަދި 6 (ހައެއް) ފޫޓަށްވުރެ ދުރުން ފެންނަންޖެހޭ ތަންތަނުގައި (މިސާލަކަށް، ވަންނަ ދޮރުގައި ބަހައްޓާ ނުވަތަ ހަރުކުރާ ބޯޑުތައް 25 (ފަންސަވީސް) ފޫޓު ދުރުން ފެންނަ ގޮތަށެވެ.) ކޮންމެ 6 (ހައެއް) ފޫޓު ދުރުމިނަކަށް ސައިޒު އެންމެ ކުޑަމިނުން މަތީގައިވާ މިންތައް ދެގުނަ (އޭރިއާ 4 ގުނަ) ވާންޖެހެއެވެ.
(ނ) މި ފާހަގަ އިންޒާރުގެ ސާފެސް އޭރިއާގެ ބޮޑު ބަޔަ ކަށް ވާންޖެހެއެވެ. ގުޅުންހުރި ރިވެތި މަންޒަރުތައް ބޯޑުގައި ހިމަނާ ނަމަ، މި ފާހަގަ ސައިޒުން ކުޑަވިޔަސް، މަތީގައިވާ އެންމެ ކުޑަމިނަށް ވުރެ ބޮޑުވާންޖެހެއެވެ.
(ރ) ތަނަކަށް ވަންނަ ދޮރުގައި، އެ ތަނުގެ ހުރިހާ ގަވާއިދުތައް އެއް ބޯޑަކުން އަންގައިދޭ ގޮތަށް، ބޯޑު ތައްޔާރުކުރާ ނަމަ، އެ ބޯޑުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ފާހަގަ ހިމަނަންވާނެއެވެ. އަދި މި ފާހަގައިގެ ސައިޒ،ު ބޯޑުގައި ޖަހ،ާ އެހެން ގަވާއިދުތަކާ ގުޅުންހުރި ފާހަގަތަކަށްވުރެ ކުޑަވެގެން ނުވާނެއެވެ.
(2) މައިގަނޑު އެނގުމުގެ / މެސެޖުގެ އިބާރާތް:
(ހ) މެސެޖުގެ އިބާރާތް ހުންނަންވާނީ، ކިޔަން ފަސޭހަ ފޮންޓް ސައިޒެއް (ފަރުމާ ނުވަތަ Times New Roman ގެ ފޮންޓް ސައިޒު 18 ނުވަތަ އެއައްވުރެ ބޮޑު) ގައެވެ. އަދި ކިޔަން ފަސޭހ،ަ ސާފު ފޮންޓަކަށް ވާންޖެހޭނެއެވެ. މި ފޮންޓުތައް ފިޔަވައި އެހެން ފޮންޓެއް ނަމަވެސް ފޮންޓް ސައިޒް އަޅައިކިޔާނީ މަތީގައި ބަޔާންކުރި ފޮންޓް ސައިޒަށެވެ. ފޮންޓް ސައިޒް އިތުރަށް ބޮޑުކޮށް، މުހިންމު އިބާރާތްތައް ފަސޭހައިން ފެންނަ ގޮތަކަށް ހެދޭނެއެވެ.
(ށ) މި މެސެޖުގައި، ދުންފަތުގެ އިސްތިއުމާލުނުކުރުމުން ލިބޭ ފައިދާ ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާންޖެހޭ ސަބަބު ބަޔާންކުރުން މުހިންމެވެ. މިސާލަކަށް، ސިއްހީ ރައްކައުތެރިކަމަށް، ރައްކައުތެރި މާހައުލެއްގައި މަޖާކުރުމަށް، އަލިފާނުގެ ނުރައްކަލުން ސަލާމަތްވުމަށް، އެންމެންގެ މަންފާއަށްޓަކައި ނުވަތަ އެ ތަނަކަށް ގުޅޭގޮތުގައި، ލިބޭ ފައިދާއެއް ބަޔާންކުރުން.
(ނ) މެސެޖު ކިޔާ މީހަކަށް އެ ތަނުގައި ދުންފަތުގެ އިސްތިއުމާލުނުކު ރުމަށް ފަސޭހައިން އެއްބާރުލުން ލިބޭ ފަދަ އިބާރާ ތެއް ބޭނުންކުރުން. މިސާލަކަށް، ދުންފަތުގެ އިސްތިއުމާލުނުކު ރާތީ ށުކުރު އަދާކުރުން ނުވަތަ މަރުހަބާ ކިޔުން، އަދި ނުރައްކާ ބޮޑު ތަންތަނުގައި (މިސާލަކަށް، އަލިފާނުގެ ހާ ދިސާ ދިމާވެދާނެ ތަންތަނުގައި) ހަރުކަށި އިބާރާތް ވެސް ބޭނުންކުރެވިދާނެއެވެ.
(ރ) އާންމުކޮށް މެސެޖު ހުންނަންވާނީ ދިވެހިބަހުންނެވެ. ބައިނަލްއަގުވާމީ އެއަރޕޯޓާއި، ފަތުރުވެރީ ން ޒިޔާރަތް ކުރާ ތަންތަނާއި، ބޭރުގައުމުތަކުގެ ފަތުރުވެ ރީން އާންމުކޮށް ޒިޔާރަތްކުރާ ނުވަތަ ވަދެނުކުމެއުޅޭ ތަންތަނުގައި ދިވެހިބަހުންނާއި އިނގިރޭސިބަހުން ވެސް މެސެޖު ހުންނަންވާނެއެވެ. ދެ ބަހުން ދެ ބޯޑު ވަކިން ތައްޔާރުކޮށް ގެން ވެސް ބޭނުންކުރެވިދާނެއެވެ.
(ބ) މިގޮތުން ބޭނުންކުރެވިދާނެ މެސެޖުތައް ތިރީގައި ހިމެނިފައިވާނެއެވެ.
3. ފިޔަވަޅުއަޅަން ގުޅަންޖެހޭ ފޯނު ނަންބަރު – 3322111 (ރަށްރަށާއި ސިޓީތަކުގައި އެ ތަނެއްގެ ކައުންސިލުން ކަނޑައަޅާ ނަންބަރެއް ހިމެނުމަށް)
- މި ފޯނު ނަންބަރަކީ ފަސޭހައިން ގުޅޭނ،ެ އަދި އަވަސް ފިޔަވަޅުއަޅަން ޒިންމާ ނަގާ ފަރާތެއްގެ ނަންބަރަކަށް ވާންވާނެއެވެ. މިސާލަކަށް، އެ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ކަނޑައަޅައިފައިވާ ފަރާތަށް ނުވަތަ ހެލްތު ފޯކަލް ޕޮއިންޓަށް ގުޅޭ ފޯނު ނަންބަރާއި ގައުމީ ފެންވަރުގައި ގުޅޭނެ ފޯނު ނަންބަރު ހިމެނުން ރަނގަޅެވެ.
4. ހުއްޓައިލުމަށް ހިތްވަރުދޭ މެސެޖް (optional):
(ހ) ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް އެހީތެރިކަން ފޯރުކޮށްދޭ ހިދުމަތް ލިބެންހުރި ނަމަ، މި ފަދަ މެސެޖެއް ހިމެނުމުން، ބޯޑުގެ މަގުސަދު ހާސިލުކުރުމުގެ ފުރުސަތު އިތުރުވެއެވެ.
(ށ) ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް އެހީތެރިކަން ފޯރުކޮށްދޭ ހިދުމަތް އެ ރަށެއްގައި ލިބެންހުރި ނަމަ، ބޭނުންކުރެވިދާނެ
މެސެޖު: "ދުންފަތާ ދުރުހެލިވުމަށް އެހީތެރިކަން ބޭނުންވާ ނަމަ، ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ޒިޔާރަތް ކޮށްލާ!"
(ނ) ގައުމީ ފެންވަރުގެ ކުއިޓްލައިނުގެ އެހީތެރިކަން ބޭނުންވާ ނަމަ، ގުޅާނެ ފޯނު ނަންބަރު ހިމަނައިގެން ބޭނުންކުރެވިދާނެ މެސެޖު: "ދުންފަތާ ދުރުހެލިވުމަށް އެހީތެރިކަން ބޭނުންވާ ނަމަ، 1676 މި ނަންބަރަށް ގުޅައިލާ!
5. ގާނޫނަށް ރިއާޔަތްކުރުން.
(ހ) ކުޑަ ފޮންޓް ސައިޒަކުން ތިރީގައި ހިމެނުން،
6. އާންމުންގެ އެއްބާރުލުން އިތުރުކުރުމަށްޓަކައި އެހެނިހެން މަންޒަރުތައް ނުވަތަ މެސެޖުތައް ހިމެނުން (optional):
މިގޮތުން ވަކި ތަނަކަށް، އެ ތަނުން ލިބޭ ހިދުމަތްތަކަށް ނުވަތަ މުނިފޫހިފިލުވުމަކަށް، އެ ތަނަށް ވަންނަ ހާއްސަ ބައެއްގެ ރައްކައުތެރިކަމާބެހޭ މުހިންމު މަންޒަރެއް ނުވަތަ މެސެޖެއް ބޭނުންކުރެވިދާނެއެވެ. މިސާލަކަށް، ހޮސްޕިޓަލެއްގައި ޑޮކްޓަރަ ކު މެސެޖު ދޭ ގޮތުގެ މަންޒަރެއް، ކުޑަކުދިންނަށް ހާއްސަ ޕާކެއްގައި ކުޑަކުދިންގެ މަންޒަރެއް، ކުޅިވަރުކުޅޭ މައިޒާނެއްގައި ކުޅުންތެރިންގެ މަންޒަރެއް، މުނިފޫހިފިލުވުމުގެ ހަރަކާތެއް ހިންގާ މަންޒަރެއް ހިމެނިދާނެއެވެ. މިގޮތުން (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބައިތަކާއި މި ގައިޑްލައިނު ގައި ހިމެނިފައިވާ މެސެޖުތަކުގެ މިސާލުތަކާއި، މަންޒަރުތަކުގެ ނަމޫނާތައް ފިޔަވައި، އިތުރު މަންޒަރެއް ނުވަތަ މެސެޖެއް ހިމެނޭ ބޯޑު ބެހެއްޓުމުގެ ކުރިން ނުވަތަ ހަރުކުރުމުގެ ކުރިން މިނިސްޓްރީ ގެ ހުއްދަ ހޯދަންވާނެއެވެ.
ޖަދުވަލު 2
(މި ޖަދުވަލުގައި ހިމެނޭ ލޭބަލްތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
އުވުނު ގަވާއިދު
ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-41)
މައި ގާނޫނު
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2010-15)
ކިޔުންތެރިންގެ ހިޔާލު