ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2010-15) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2024-23)
(މި ގާނޫނުގެ 10-2 އަށް އަމަލުކުރަން ފެށީ/ފަށާނީ 15 ޑިސެމްބަރު 2024 ގައި. ދެންހުރި މާއްދާތަކަށް އަމަލުކުރަން ފެށީ 15 ނޮވެމްބަރު 2024 ގައި)
ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން ދައުލަތުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި އެތަންތަނުގެ ގޯތި،
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން
މަނާ ތަންތަނުގައި، އަދި ހުއްދައާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރު މުން ފިޔަވަޅު އެޅުން 1-3.
(ހ) މި ގާނޫނުގެ 3 ވަނަ މާއްދާއިން މުޅިން މަނާކޮށްފައިވާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ، އަދި އެތަނަކީ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ތަނެއްނަމަ، އެކަން ކުރި ފަރާތާއި، އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތާމެދު މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން، އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަކޮށްފައިވާ ތަނެއްގައި އެ ހުއްދައާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ، އަދި އެ ތަނަކީ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ތަނެއްނަމަ، އެކަން ކުރި ފަރާތާއި، އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތާމެދު މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން، އެތަނެއް ހިންގާ ފަރާތާމެދު އަންނަނިވި ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- އެތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުން؛
- އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުން.
(ނ) ދުންފަތުގެ އިސްތިއުމާލުކުރުމަށް މި ގާނޫނުގެ ދަށުން ހުއްދަ ދީފައިވާ ތަނަކަށް ދޫކޮށްފައިވާ ހުއްދަ މި މާއްދާގެ ދަށުން މިނިސްޓްރީން ބާތިލުކުރަންވާނީ، ނުވަތަ އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ މި މާއްދާގެ ދަށުން ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް މިނިސްޓްރީން ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) އެއްވެސް މީހަކު، ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް، 21 އަހަރުން ދަށުގެ މީހަކަށް ނުވަތަ ކުޑަކުއްޖަކަށް ވިއްކައިގެން ނުވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) އެއްވެސް މީހަކު، ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް ވިއްކުމުގެ މުއާމަލާތެއްގައި 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ބައިވެރިކޮށްގެން ނުވާނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 21 އަހަރު ވެފައިވާ މީހެއްކަން ނުވަތަ ކުޑަކުއްޖެއް ނޫންކަން ޔަގީންކުރުމަކީ އެ އެއްޗެއް ވިއްކާ ފަރާތުގެ ޒިންމާއެކެވެ. އެގޮތުން، ދުންފަތުގެ ބާވަތެއް ގަންނަ ފަރާތަކީ، އުމުރުން 21 އަހަރުން ދަށުގެ މީހެއް ނުވަތަ ކުޑަކުއްޖެއް ކަމަށް ބެލެވޭ ނަމަ، އެފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ އެފަރާތުގެ އުމުރު އަންގައިދޭ އެނޫންވެސް ސައްހަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން އެފަރާތުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެއްކަން އަންގައިދޭ ލިޔުން ބެހެއްޓުން 7.
7 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ފަރާތްތަކުން، ވިޔަފާރިކުރާ ތަންތަނުގައި ދުންފަތުގެ އެއްވެސް ބާވަތެއް 21 އަހަރުން ދަށުގެ މީހުންނަށާއި ކުޑަކުދިންނަށް ވިއްކުމަކީ ގާނޫނުގައި މަނާކަމެއްކަން އަންގައިދޭ، މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވާ އިންޒާރެއް، އާންމުންނަށް ފެންނާނެހެން ބަހައްޓަންވާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
ދުންފަތުގެ ބާވަތްތައް ވިއްކާ ތަނުން އިށްތިހާރު ނުކުރުން 8.
(ހ) ދުންފަތުގެ އެއްވެސް ބާވަތެއް އެ ވިއްކާ ފަރާތަކުން އިށްތިހާރުކޮށްގެން ނުވާނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި ދުންފަތުގެ އެއްވެސް ބާވަތެއް، ނުވަތަ ދުންފަތުގެ ބާވަތެއް އެކުލެވޭ ފޮށި ނުވަތަ ކާޓަން ނުވަތަ އެނޫންވެސް އެފަދަ ތަކެތި ބަންދުކޮށްފައި ހުންނަ އެއްޗެއް، އާންމުންނަށް ފެންނާނެހެން ބަހައްޓައިގެން ނުވާނެއެވެ. އަދި އެފަދަ އެއްޗެއް ާންމުންނަށް ފެންނާނެހެން އެއް ތަނުން އަނެއް ތަނަށް އުފުލައިގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް އެކުލެވޭ ފޮށި ނުވަތަ ކާޓަން ނުވަތަ އެނޫންވެސް އެފަދަ ތަކެތި ބަންދުކޮށްފައި ހުންނަ އެއްޗެހިކަން އެނގޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ އެއްޗެހި ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި އާންމުކޮށް ފެންނާނެހެން ބެހެއްޓުމަކީ ނުވަތަ އާންމުންނަށް ފެންނާނެހެން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަކީ އެ އެއްޗެހި އިށްތިހާރުކުރުން ކަމުގައި ބެލެވޭނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދުންފަތް ހެއްދުމާއި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާވުން 10.
(ހ) ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް، އެއްވެސް މިންވަރަކަށް ހެއްދުމަކީ، ނުވަތަ ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ.
(ށ) ދުންފަތް ގަހާއި، ދުންފަތުގެ ގަހުގެ އޮށް ހިމެނޭހެން، ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެ ގަހުގެ އެނޫންވެސް ބައެއް، ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.
(ނ) ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަކީ މަނާކަމެކެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.
އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާވުން 1-10.
(ހ) އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭ ނެއެވެ. އޭގެ އިތުރުން، އެފަރާތަކުން ދިވެހިރާއްޖެއަށް އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 (ދިހަހާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭ ނެއެވެ.
އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުން 2-10.
(ހ) އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ވިއްކުމަކީ މަނާކަމެކެވެ.
(ށ) އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ހިލޭ ބެހުމަކީ މަނާކަމެކެވެ.
(ނ) އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ބޭނުންކުރުމަކީ މަނާކަމެކެވެ.
(ރ) މި މާއްދާގެ (ހ) އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެފަރާތެއް 20,000 (ވިހިހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭ ނެއެވެ. އޭގެ އިތުރުން، އެފަރާތަކުން ވިއްކި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 (ދިހަހާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭ ނެއެވެ.
(ބ) މި މާއްދާގެ (ށ) އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެ އަމަލެއްކުރި ފަރާތެއް 10,000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭ ނެއެވެ.
(ޅ) މި މާއްދާގެ (ނ) އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެފަރާތެއް 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭ ނެއެވެ.
(ކ) މި މާއްދާގެ (ހ) އަދި (ށ) އާ ހިލާފަށް އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތެއް ނުވަތަ އެފަދަ އެއްޗަކާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމުގައިވާނަމަ، މި މާއްދާގެ (ރ) އަދި (ބ) ގެ ދަށުން ެފަރާތެއް ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭ ނެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ ފަރާތްތަކާއި، ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން، ދުންފަތުގެ ބާވަތްތައް ހިމެނޭ ފޮށްޓާއި ޕެކެޓާއި ކާޓަންތަކާ އި އެނޫންވެސް އެފަދަ އެއްޗެހި ބަންދުކޮށްފައި ހުންނަ އެއްޗެއްސާމެދު އަމަލުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) އުނިކުރުން.
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދުންފަތުގެ ބާވަތް ހިމެނޭ ކޮންމެ ފޮށްޓެއް ނުވަތަ ޕެކެޓެއް ނުވަތަ ކާޓަނެއް ނުވަތަ ދުންފަތުގެ ބާވަތެއް ބަންދުކޮށްފައި ހުންނައިރު އެ އެއްޗެއްގެ ބޭރުގައި އަންނަނިވި މައުލޫމާތު، އިނގިރޭސި ބަހުން ޗާޕުކޮށްފައި ހުންނަންވާނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
ދުންފަތުގެ ބާވަތްތައް އެތެރެކުރާ ނުވަތަ ވިއްކާ ފަރާތްތަކުން ގަވާއިދުތަކާއި މުއާހަދާތަކަށް ތަބާވުން 13.
ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވިއްކާ ފަރާތްތަކުން މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރި ކަމުގައިވިއަސް، ދުންފަތުގެ ބާވަތްތަކުން ލިބޭ ގެއްލުމާބެހ މައުލޫމާތު އަނެކުންނަށް ފޯރުވައިދިނުމަށް ބާރުއެޅުމުގެ ގޮތުން އެފަދަ ފަރާތްތަކުން އަމަލުކުރަންޖެހޭ އަދި ހުރުމަތްތެރިކޮށް ހިތަންޖެހޭ އެނޫންވެސް ގަވާއިދުތަކާއި، އުސޫލުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބަޔާންވެފައިވާ އެފަރާތްތަކުގެ ޒިންމާތަކަކަށް އެއްވެސް ލުޔެއް ނުލިބޭނެއެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު އުނިކުރުން.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގެ )4( ވަނަ ނަންބަރު އުނިކުރުން.
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދުންފަތުގެ ބާވަތްތަކުގެ ނުވަތަ ބާވަތްތަކަށް ނަމުގެ ރަޖިސްޓަރީ ބަދަލުކުރުން 17.
މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދުންފަތުގެ ބާވަތްތަކަށް ބޭނުންކުރުމަށް ރަޖިސްޓަރީކުރެވިފައިވާ ނަމެއް، ނުވަތަ އާންމުކޮށް ދުންފަތުގެ ބާވަތަކަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އާލާތަކަށް ނުވަތަ އެފަދަ ނަމެއްގެ ބައެއްވެސް، ދުންފަތުގެ ބާވަތްތައް ނުހިމެނޭ އެއްޗަކަށް ނުވަތަ ތަނަކަށް ދީގެން ނުވާނެއެވެ. އަދި ދުންފަތުގެ ބާވަތަކަށް، ދުންފަތުގެ ބާވަތެއް ނޫން އެއްޗަކަށް ނުވަތަ ތަނަކަށް އެއްވެސް އިރެއްގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެފަދަ ތަނަކަށް ނުވަތަ އެއްޗަކަށް ބޭނުންކުރާ ނަމެއްވެސް ދީގެން ނުވާނެއެވެ.
17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ގާނޫނާ ހިލާފަށް އިށްތިހާރުކުރާ، ސްޕޮންސަރކުރާ ނުވަތަ ޕްރޮމޯޓުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން 1-17.
(ހ) ދުންފަތުގެ ބާވަތްތައް އިށްތިހާރުކުރުމާއި، ސްޕޮންސަރކުރުމާއި ޕްރޮމޯޓުކުރުމާ ގުޅޭ ގޮތުން މި ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވެސް ފަރާތަކުން ދުންފަތުގެ ބާވަތެއް އިށްތިހާރުކުރުމަކީ ނުވަތަ ޕްރޮމޯޓުކުރުމަކީ ނުވަތަ ސްޕޮންސަރކުރުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފަށް އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ދުންފަތުގެ ބާވަތެއް އިށްތިހާރުކޮށްފިނަމަ ނުވަތަ ޕްރޮމޯޓުކޮށްފިނަމަ ނުވަތަ ސްޕޮންސަރކޮށްފިނަމަ، އެކަން ކުރި ފަރާތާއި އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތާމެދު މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ފިޔަވަޅު ެޅުމުގެ އިތުރުން، އެތަނެއް ހިންގާ ފަރާތާމެދު އަންނަނިވި ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- އެތަނުގައި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށް މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުން؛
- އެތަނެއްގެ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުން.
(ނ) ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށް މި ގާނޫނުގެ ދަށުން މިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސެއް މި މާއްދާގެ ދަށުން ބާތިލުކުރަންވާނީ، ނުވަތަ އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ މި މާއްދާގެ ދަށުން ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގަ އި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޓެކްސް ނެގުން 18.
ދިވެހިރާއްޖޭގައި ވިއްކުމަށް އެތެރެކުރާ ދުންފަތާއި ދުންފަތުގެ ބާވަތްތަކާއި އަދި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ހުރިހާ ބާވަތްތަކަށާއި، ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެންމެހައި އާލާތްތަކުން ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިމްޕޯޓް ޑިއުޓީއާއި ކަމާބެހޭ ގާނޫނުތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުން ލާޒިމުވާނެއެވެ.
19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގާނޫނާއި ގަވާއިދާ ހިލާފަށް ދުންފަތުގެ މުއާމަލާތުކުރުން 19؛
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފަށް އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކޮށ،ް ނުވަތަ ދިވެހިރާއްޖެއިން ބޭރުކޮށ،ް ނުވަތަ ދިވެހިރާއްޖޭގައި ބަހައި، ނުވަތަ ވިއްކައި ހަދައިގެން ނުވާނެއެވެ.
20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދުންފަތާބެހ ރިޕޯޓު ހުށަހެޅުން 21.
ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ ކޮންމެ މީހަކު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މި ބާބުގައި ބުނެފައިވާ މައުލޫމާތު ރިޕޯޓެއްގެ ގޮތުގައި އެކުލަވާލައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގޮތުން ބޭނުންކުރާ ދުންފަތުގެ ބާވަތްތަކާއި އެނޫން ބޭނުންތަކަށް ބޭނުންކުރާ ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖޭގައި ވިއްކާ ފަރާތްތަކާއި ދިވެހިރާއްޖެއިން ބޭރުކުރާ ފަރާތްތަކުން، އެފަދަ ކޮންމެ ބާވަތެއް އެ އެއްޗެއްގެ ބްރޭންޑު ނަމުން ރިޕޯޓުގައި ލިސްޓުކުރުމާއެކު އެ އެއްޗަކާބެހ އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.
22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.
މި ބާބުގެ ދަށުން ރިޕޯޓުގައި ހިމަނަންޖެހޭނެ ކަމަށް ބުނާ ބައިތަކުގެ އިތުރުން، ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ ކޮންމެ ފަރާތަކާއި، ދިވެހިރާއްޖެއިން ބޭރުކުރާ ކޮންމެ ފަރާތަކުން ކަނޑައެޅިފައިވާ ގޮތެއްގެމަތިން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައިނުވާހާ ހިނދަކު، މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، އެފަދަ ރިޕޯޓެއްގައި ހުންނަންޖެހޭނެ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާ އިދުގައި ބުނާ އެންމެހައި މައުލޫމާތުވެސް ހިމަނަންވާނެއެވެ.
23 ވަނަ މާއްދާ - 3 ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ރިޕޯޓުކުރާ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއަށް އެތެރެކުރި ނުވަތަ ބޭރުކުރި ބިޑި، ސުއްޓާ، ސިނގިރޭޓް، ދުންފަތް ޕެކެޓް، ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެހެނިހެން ތަކެތީގެ އަދަދާއި، ދުންފަތުގެ އިސްތިއުމާލުކުރުން ނޫން އެހެން ބޭނުންތަކަށް އެތެރެކުރި ނުވަތަ ބޭރުކުރި ދުންފަތުގެ ބާވަތްތަކުގެ ބަރުދަނާއި، އެއިން ކޮންމެ ބާވަތެއް ވިއްކައިގެން ލިބުނު ފައިސާގެ މިންވަރު ވަކިވަކިން އެނގޭނެގޮތަށް،
24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) ތަކެތި ބޭރުކުރި ފަރާތުން އެ އެއްޗެއް ވިއްކި އަގާއި، ރިޕޯޓުކުރާ މުއްދަތުގެ ތެރޭގައި ބްރޭންޑުތަކުގެ އަގަށް އައި ބަދަލުތަކާއި، އެ ބްރޭންޑުތަކުގެ ނަންތައް.
25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށް ލައިސަންސް ނެގުން ލާޒިމުވުން
(ހ) ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ދިވެހިރާއްޖެއިން ބޭރުކުރާ ކޮންމެ ފަރާތަކާއި، ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ދިވެހިރާއްޖޭގައި ވިއްކާ ކޮންމެ ފަރާތެއްގެ ކިބައިގައި، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން، މި ގާނޫނުގެ ދަށުން މިނިސްޓްރީން ދޫކުރާ ސައްހަ ލައިސަންސެއް އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސްގެ ތެރޭގައި ހިމެނޭނީ އަންނަނިވި ބާވަތްތަކުގެ ވިޔަފާރިއަށް ދޫކުރާ ލައިސަންސެވެ.
- ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސް؛
- ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސް؛
- ދުންފަތުގެ ބާވަތްތައް ރ-ީ އެކްސްޕޯޓްކުރުމުގެ ލައިސަންސ.ް
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސް، ހަމައެކަނި ދުންފަތާގުޅޭ ވިޔަފާރިއެއް ހިންގުމަކަށް ދުލެއްނުކުރެވޭ ނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއަށެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ލައިސަންސް ދޫކުރުމާގުޅޭ އުސޫލުތަކާއި، ލައިސަންސް ދޫކުރުމުގައި ރިއާޔަތްކުރާނެ ކަންކަމާއި، ލައިސަންސްގެ މުއްދަތާއި، ލައިސަންސް އާކުރުމާގުޅޭ އިޖުރާއަތުތަކާއި، ލައިސަންސް ދޫކުރުމުގެ ށަރުތުތަކާއި، ލައިސަންސްގެ މުއްދަތު އާކުރުމާގުޅޭ އުސޫލުތަކާއި، ލައިސަންސް ފީއާއި، ލައިސަންސް ދޫކުރުމާގުޅޭ އެނޫންވެސް އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ލައިސަންސް ހޯދުމަކާ ނުލައި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުން 1-28.
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމުގެ ސައްހަ ލައިސަންސެއް ނެތި، އެއްވެސް ބާވަތެއްގެ ދުންފަތުގެ ވިޔަފާރިއެއް ދިވެހިރާއްޖޭގައި ހިންގުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިއެއް ކުރުން ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ ވިޔަފާރިތަކާއި، އެނޫންވެސް ދުންފަތުގެ ބާވަތެއް ގަނެވިއްކުމުގެ މުއާމަލާތެއް ކަމުގައިވާ ކޮންމެ މުއާމަލާތެއް ހިމެނޭ ގޮތުންނެވެ.
(ނ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމުގެ ސައްހަ ލައިސަންސެއް ހޯދުމަކާ ނުލައި އެއްވެސް ބާވަތެއްގެ ދުންފަތުގެ ވިޔަފާރިއެއް ހިންގައިފިނަމަ، އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތާމެދު މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން، އެތަނެއް ހިންގާ ފަރާތާމެދު އަންނަނިވި ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- އެތަނުގައި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށް މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުން؛
- އެތަނެއްގެ ވިޔަފާރިކުރުމުގެ ލައިސަންސް ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުން.
(ރ) ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށް މި ގާނޫނުގެ ދަށުން މިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސެއް މި މާއްދާގެ ދަށުން ބާތިލުކުރަންވާނީ، ނުވަތަ އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ މި މާއްދާގެ ދަށުން ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
1. މި ގާނޫނުގެ އެގާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ ދުންފަތް ކޮންޓްރޯލުކުރުމާބެހ ބޯޑުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން 1,000 (އެއްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. ޖޫރިމަނާކުރެވޭ ފަރާތުން ހިންގި އަމަލަކީ، ދުންފަތުގެ ހުއްދަ ނޫން ބާވަތްތަކުން މުއާމަލާތުކުރުން ނުވަތަ ހުއްދަ ނޫން ވިޔަފާރިކުރުން ނުވަތަ ސްމަގްލްކުރުން ނުވަތަ އިމްޕޯޓް އަދި އެކްސްޕޯޓް މަރުހަލާގައި ހާމަކުރަންޖެހޭ މައުލޫމާތު ހާމަނުކުރުން ނުވަތަ އޮޅުވައިލުން ނުވަތަ ޕެކެޓްކޮށ،ް ބަންދުކުރުމާއި ލ ބަލްޖަހަންޖެހޭ އުސޫލުތަކާ ހިލާފުވުންފަދަ ކަންކަންކަމުގައިވާނަމަ ޖޫރިމަނާގެ އަދަދު ކަނޑައަޅާނީ އެ އަމަލާ ގުޅުންހުރި މުދަލުގެ އަގުގެ ތެރެއަށ،ް އެ މަރުހަލާގައި ދައްކަންޖެހޭ ޓެކުހާއި ފީތައް އިތުރުކޮށްގެން އަންނަ ޖުމްލަ އަދަދުގެ 10 (ދިހައެއް) ގުނައިގެ ގޮތުގައެވެ. އަދި އެގޮތުން އަންނަ ޖުމްލަ އަދަދަކީ 1,000 (އެއްހާސް) ރުފިޔާއަށްވުރެ ކުޑަ އަދަދެއްނަމަ ޖޫރިމަނާގެ އަދަދު ކަމުގައި ވާނީ 1,000 (އެއްހާސް) ރުފިޔާއެވެ.
28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގާނޫނު ތަންފީޒުކުރުން 35.
(ހ) ސަރުކާރުގެ ކޮންމެ އިދާރާއަކުން ވެސް އެ އިދާރާއަކާ ހަވާލުވެފައިވާ ދާއިރާއަކާ ގުޅުންހުރި މި ގާނޫނުގެ މާއްދާތައް ތަންފީޒުކުރަންވާނެއެވެ. އަދި އެ މާއްދާތަކުގައި ބަޔާންކުރާ ކަންތައްތައް އެންމެ އެދެވޭ ގޮތުގައި ތަންފީޒުކުރުމުގެ މައްޗަށް ސަމާލުކަންދީ، ދިވެހިރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލުކުރުމާބެހ ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރުމުގެ ގޮތުން އެކަމަކާ ގުޅޭ ގޮތުން ތަންފީޒުކުރަންޖެހޭ ގަވާއިދުތައް ތަންފީޒުކުރަންވާނެއެވެ.
(ށ) މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މި ގާނޫނާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ އަމަލުތަކާމެދު ފާރަވެރިވުމަށާއި، އެފަދަ ކަންތައްތައް ބަލައި ފިޔަވަޅު އަޅައި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށް ބާރުއެޅުމަށްޓަކައި، މި ގާނޫނުގެ މާއްދާތައް ތަންފީޒުކުރަންޖެހޭ ސަރުކާރުގެ އިދާރާތަކުން، އެ އިދާރާއެއްގައި އެންމެ އިސްފަރާތުގެ ދަށުން އެ މަސައްކަތްކުރާނެ ވެރިޔަކު އައްޔަންކޮށް އެމީހަކަށް ފުރިހަމަ އިހްތިޔާރާއި ބާރުދޭންވާނެއެވެ.
29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
(2) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާ އިދުތައް ހެދުމާއި ފަންނީ މިންގަނޑުތައް އެކުލަވާލުން.
30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 38 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދުންފަތް އުފެއްދުމާއި އޭގެ އިސްތިއުމާލުކުރުމުން ސިއްހަތަށާއި، އިގްތިސާދަށާއި، ތިމާވެށްޓަށާއި މުޖްތަމައަށް ލިބޭ ގެއްލުން އަންގައިދީ، އެކަމަށް އާންމުން ހޭލުންތެރިކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހަރުދަނާ ހަރަކާތްތައް ރާވައި ހިންގަންވާނެއެވެ. އެފަދަ ހަރަކާތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) "އިށްތިހާރު" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި ނުސީދާގޮތުން ދުންފަތުގެ ބާވަތްތަކާއި، އޭގެ ބްރޭންޑުތަކާއި، އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތްތަކާބެހ މައުލޫމާތު ވިޔަފާރީގެ އުސޫލުން ތަފާތު ވަސީލަތްތައް މެދުވެރިކޮށް އާންމުކުރުމާއި، ދުންފަތުގެ ބާވަތްތަކާއި ބްރޭންޑުތައް ވިއްކުމަށްޓަކައި ނުވަތަ ވިއްކ އަދަދު އިތުރުކުރުމުގެ ގޮތުން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ އަމަލެއް ކުރިއެރުވުމުގެ ގޮތުން ހިންގާ ޕްރޮމޯށަން ހަރަކާތްތަކަށެވެ. ދުންފަތުގެ އިށްތިހާރުގެ މާނައިގައި، ދުންފަތުގެ ބާވަތާއި، ބްރޭންޑާއި، އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތުގެ ނުވަތަ އެފަދަ ފަރާތްތަކުން ބޭނުންކުރާ ނުވަތަ އެފަރާތްތަކަށް ނުވަތަ އެއްޗެއްސަށް އިށާރާތްކުރެވޭ ބަސްތަކާއި، ނަންތަކާއި، އިބާރާތްތަކާއި، ށިއާރުތަކާއި، އަކުރުތަކާއި، ނަންބަރުތަކާއި، ތަސްވީރުތަކާއި، ކުރެހުންތަކާއި، ޑިޒައިންތަކާއި، ލޯގޯތަކާއި، ކުލަތަކާއި އެނޫންވެސް އެފަދަ އެއްޗެހީގެ އިތުރުން އަޑާއި، ލަވަޔާއި، ރާގާއި މިއުޒިކު ހިމެނެއެވެ.
32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ފ) "ދުންފަތް" ކަމަށް ބުނެފައި އެވަނީ، ދުންފަތް ގަހުގެ ހުރިހާ ބާވަތެއްގެ ގަހާއި އެ ގަސްގަހުގެ ފަތަށެވެ.
33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ދ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ދ) "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި އެވަނީ، ދުންފަތާއި ދުންފަތުގެތަނޑިއާއި، ނިކޮޓިންއާއި، ދުންފަތާއި ދުންފަތުގެ ތަނޑިއާއި ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އަދި އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ، ހަފައިގެން ނުވަތަ ބޮއެ ގެން ނުވަތަ ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިއަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާސިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެކެވެ. މިފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، ދުންފަތުން ދުރުހެލިވުމަށް "ސެޒޭށަން" ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅާ ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ މިފަދަ އެހެން ބާވަތްތައް މި ގާނޫނުގެ ބޭނުމަށްޓަކައި ދުންފަތުގެ ބާވަތްތައްކަމަށް ނުބެލެވޭނެއެވެ.
34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ތ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ތ) "ދުންފަތް އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ވައި، އަވި އަދި އަލިފާނުގެ ހޫނުން ދުންފަތް ހިއްކުން ނުވަތަ މިނޫންވެސް ގޮތަކަށް ދުންފަތް އުފެއްދުމުގައި ބޭނުންކުރުމަށްޓަކައި ދުންފަތުގެ ތާޒާ ފަތް އެކި ގޮތްގޮތަށް ތައްޔާރުކުރުމަށެވެ.
35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ލ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ލ) "ދުންފަތުގެ އިސްތިއުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތެއް، އެއިން ބާވަތަކުން އުފެދ ދުން ނުވަތަ އާވި އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ ދުންފަތުގެ ބާވަތެއް އަނގައަށްލުން ނުވަތަ އަނގައިން ހެފުން ނުވަތަ ކެއުން ނުވަތަ ބުއިން ނުވަތަ ދުންފަތުގެ ބާވަތަކުން ވަސްދެމުން ނުވަތަ މިނޫންވެސް ގޮތަކަށް ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިއަސް ހަށިގަނޑަށް ވާސިލުކުރުމަށެވެ.
36 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ގ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ގ) "ދުންފަތުގެ އިސްތިޢުމާލުކުރުމަށް ބޭނުންކުރާ އާލާތް" ކަމަށް ބުނުފައި އެވަނީ، ދުންފަތުގެ ބާވަތަކުން ބޭރުވާ ދުމާއި އާވި އަދި އެހެން ބާވަތެއްވިއަސް ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ ހަށިގަނޑަށް އެ އެއްޗެއްގެ ޒަރީއާއިން އެތެރެކުރުމަށް ބޭނުންކުރާ އެންމެހައި ތަކެއްޗަށެވެ.
37 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ޏ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ޏ) "ދުންފަތް ސްޕޮންސަރކުރުން" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި ނުސީދާގޮތުން، ދުންފަތުގެ އެއްވެސް ބާވަތެއް އުފައްދާ ފަރާތަކާއި ވިއްކާ ފަރާތަކާއި މާރކެޓްކުރާ ފަރާތަކާ ބައިވެރިވުމެއް ނުވަތަ ގުޅުމެއް، ތިރީގައި ބުނެފައިވާ ކަމަކާ ގުޅޭ ގޮތުން އޮތްކަން އެއްވެސް ތަނެއްގައި އެއްވެސް ގޮތަކަށް ދޭހަކޮށްދިނުމާއި، ދުންފަތާ ގުޅުންހުރި އެފަދަ ފަރާތެއް ރަމްޒުކޮށްދޭއެއްޗެއް އެއްވެސް ސިފައެއްގައި އެއިން ހަރަކާތެއްގައި ނުވަތަ އެއްޗެއްގައި ނުވަތަ ތަނެއްގައި ބޭނުންކުރުމަށެވެ.
- މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކުޅިވަރު މުބާރާތްތަކާއި، އިލްމީ އަދި އަދަބީ ހަރަކާތްތަކާއި، ސަގާފީ އަދި ފެށަނާގުޅޭ ކަންކަމާއި އަދި އެފަދަ އެނޫންވެސް ބާވަތްތަކުގެ މަސައްކަތްތަކާއި، ހަރަކާތްތަކާއި އަދި ށޯތަކާއި، ފިލްމުތަކާއި، ވީޑިއޯތަކާއި، ކުރެހުންތަކާއި، އޯޑިއޯތައް؛
- އެއިން ކަމެއްގައި ބައިވެރިވާ ބަޔަކު ނުވަތަ މީހަކު ބޭނުންކުރާ ހެދުމާއި، ޔުނިފޯމާއި އަދި ގެންގުޅޭ ސާމާނުތަކާއި، ކަމާގުޅޭ ސޯށަލް މީޑިއާ އެކައުންޓްތައް؛
- އެއްވެސް ސޯށަލް މީޑިއާ އަދި ޑިޖިޓަލް ޕްލެޓްފޯމެއްގައި އަދި އާންމު ތަންތަނުގައި ނުވަތަ މީހުން އެއްވެއުޅ ތަންތަނުގައި ބޭއްވޭ ހަރަކާތްތައް؛
- އިމާރާތްތަކާއި، އުނގަންނައިދޭ ތަންތަނާއި، ހާމަކޮށް އޮންނަ ބިންބިމާއި އާންމު ތަންތަން؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނާ އެހެނިހެން ކަންކަން އަދި ތަންތަން.
38 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ސ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ސ) "ދައުލަތުގެ އިދާރާތައް " ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުން ހިންގާ ގާނޫނީ ށަހްސުތަކާއި، ސަރުކާރުގެ ރަސްމީ ޒިންމާތައް އަދާކުރާ އެންމެހައި ތަންތަން ހިމެނޭ ގޮތުންނެވެ.
39 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ސ) ގެ ފަހަތަށް އަންނަނިވި ފަދައިން އަށް އަކުރު އިތުރުކުރުން.
(ޑ) "ދުންފަތް ގަސް" ކަމުގައި ބުނެފައި އެވަނީ، ނިކޮށިއާނާ ޓަބޭކަމް އަދި ނިކޮށިއާނާ ރަސްޓިކާ ބާވަތުގެ ގަހަށެވެ.
(ޒ) "ވެރިން" ކަމުގައި ބުނެފައި އެވަނީ، ތަނެއްގެ އެންމެ އިސްފަރާތަށް ނުވަތަ އެފަރާތުގެ ޒިންމާ ވަކި މުއްދަތަކަށް ނުވަތަ ދާއިމަށް ހަވާލުކުރެވިފައިވާ ފަރާތަށާއި، ވަކި ވަގުތަކަށް ތަނެއް އިސްވެ ބަލަހައްޓަން ހަވާލުކުރެވޭ ފަރާތަށެވެ. މީގެ ތެރޭގައި، އާންމުކޮށް ހިދުމަތްދ ތަންތަނުގައި އެ ވަގުތެއްގައި އެތަނާ ހަވާލުވެގެން އެތަނު ގައި ހުންނަ ފަރާތްވެސް
ހިމެނެއެވެ.
(ޓ) "ދުންފަތަށް ދެވިހިފާފައި ތިބޭ މީހުން" ކަމަށް ބުނެފައި އެވަނީ، ދުންފަތުގައި ހިމެނޭ ނިކޮޓިންގެ ސަބަބުން ނުވަތަ އެހެން ސަބަބަކާ ހުރެވިއަސް އެ ބާވަތެއް އާންމުކޮށް ބޭނުންކުރުމަށް އާދަވުމާއެކު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުންފަތުގައި ހިމެނޭ ނިކޮޓިންއަށް ބަރޯސާވާ ފަރާތްތަކަށެވެ.
)ޔ( "ދުންފަތުގެ ދުން" ކަމަށް ބުނެފައި އެވަނީ، ދުުންފަތުގެ އިސްތިޢުމާލުކުރުމުގެ ތެރެއިން ބޭރުވާ ދުމާއި އާތްވާއި އެނޫންވެސް އެންމެހައި މާއްދާތަކަށެވެ.
(ޕ) "އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް" ކަމަށް ބުނެފައި އެވަނީ، ނިކޮޓިން ނުވަތަ އެނޫންވެސް މާއްދާތައް އެކުލެވ ވޭޕަރ އަނގައިން ދެމޭ ގޮތަށް ފަރުމާކޮށްފައިވާ އެންމެހައި އާލާތްތަކަށެވެ. މީގެ ތެރޭގައި، ރީފިލް ކޮންޓެއިނަރެއް ނުވަތަ ޓޭންކެއް ނުވަތަ ސިންގަލް-ޔޫސް ކާރޓްރިޖެއް މެދުވެރިކޮށް ރީފިލްކުރެވޭ ގޮތަށް ނުވަތަ އެއްފަހަރު ބޭނުންކުރުމަށްފަހު ޑިސްޕޯސްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާލާތްތަކާއި، ކާރޓްރިޖާއި ޓޭންކާ ނުލައި ވަކިން އުފައްދާފައި ހުންނަ އެފަދަ އާލާތްތަކުގެ ކާރޓްރިޖާއި ޓޭންކާއި، ނިކޮޓިން އެކުލެވޭ ރީފިލް ކޮންޓެއިނަރާއި، އެނޫންވެސް އެފަދަ އާލާތްތަކުގެ ވަކިވަކި ބައިބައި ހިމެނެއެވެ. މި މާނައިގެ ތެރޭގައި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓް އަދި ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓެއް ނުހިމެނެއެވެ.
(ޖ) "އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކަށް އެޅުމަށް ނުވަތަ ލެއްވުމަށް ތައްޔާރުކޮށްފައި ހުންނަ އެންމެހައި ކެމިކަލްގެ އުފެއްދުންތައް ހިމެނޭ ގޮތުންނެވެ.
(ޗ) "ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓް" ކަމަށް ބުނެފައި އެވަނީ، ހޫނުކުރުމުން ނިކޮޓިން ނުވަތަ ނިކޮޓިންއާއި އެހެން ކެމިކަލް އެކުލެވޭ އެރޯސޮލް ބޭރުކޮށްދޭ ޓޮބޭކޯ ސްޓިކް ނުވަތަ އެނޫންވެސް ދުންފަތުގެ އުފެއްދުންތަކަށެވެ.
(ހހ) "ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓް" ކަމަށް ބުނެފައި އެވަނީ، އެއަށް ލައްވާ ޓޮބޭކޯ ސްޓިކް ނުވަތަ އެނޫންވެސް ދުންފަތުގެ އުފެއްދުމެއް ރޯކުރުމަކާ ނުލައި ހޫނުކޮށްދޭ، އަދި އެފަދައިން އެ ހޫނުކުރުމުން، އެއިން އުފައްދައިދ ނިކޮޓިން ނުވަތަ ނިކޮޓިންއާއި އެހެން ކެމިކަލް އެކުލެވޭ އެރޯސޮލް އަނގައިން ދަމައިގެން ހަށިގަނޑަށް ވާސިލުކުރެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ކޮންމެ ޑިވައިސަކަށެވެ.
40 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
41 ވަނަ މާއްދާ - މި ގާނޫނުގެ 10-2 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ، 15 ޑިސެންބަރު 2024 ގައެވެ. މި ގާނޫނުގެ ދެންހުރި މާއްދާތަކަށް އަމަލުކުރަން ފަށާނީ، 15 ނޮވެންބަރު 2024 އިން ފެށިގެންނެވެ.
މައި ގާނޫނު
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2010-15)
ކިޔުންތެރިންގެ ހިޔާލު