މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު
(ގާނޫނު ނަންބަރު 2025-16)
(މި ގާނޫނަށް އަމަލުކުރަން ފެށީ 18 ސެޕްޓެމްބަރު 2025 ގައި)
(މި ގާނޫނުގެ 8 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 2008-15 އާއި ގާނޫނު ނަންބަރު 1978-47 އުވާލެވިފައި)
އެއްވަނަ ބާބު
އާންމު މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ދިވެހިރާއްޖޭގައި، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު މީޑިއާގެ ޒިންމާދާރުކަން އިތުރުކުރުމުގެ ގޮތުން، މީޑިއާއާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުންނާއި އަދި ނޫސްވެރިން އަމަލުކުރަންވީ ހަމަތަކާއި، އުސޫލުތައް ކަނޑައަޅައި އެ އުސޫލުތައް ހިންގުމަށާއި އަދި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން، ނޫސް މަޖައްލާ ރަޖިސްޓަރީކުރުމާބެހޭ ލުއިފަސޭހަ، އަދި ހަރުދަނާ މިންގަނޑުތަކެއް ތައާރަފުކޮށް އެ މިންގަނޑުތައް ހިންގުމުގެ އިތުރުން، މި ގާނޫނާއި، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކޮމިށަނެއް އުފައްދައި، އެ ކޮމިށަންގެ މަގްސަދުތަކާއި މަސްއޫލިއްޔަތުތަކާއި އަދި ބާރުތައް، އެކަށައަޅައި، އެ ކަންކަމާގުޅޭ އުސޫލުތައް، ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
(ހ) މި ގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމާއި، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ދެމެހެއްޓުން؛
- ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ބްރޯޑްކާސްޓް މީޑިއާ ހިމެނޭނެހެން، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ޒިންމާދާރުކަން އިތުރުކޮށް ބަލަހައްޓާނެ މިނިވަން އިދާރީ ނިޒާމެއް ގާއިމުކުރުން؛
- ދިވެހިރާއްޖޭގައި އެކި ބާވަތުގެ ނޫސް މަޖައްލާ، ބްރޯޑްކާސްޓް، ރީބްރޯޑްކާސްޓް އަދި މިނޫންވެސް ހުރިހާ މީޑިއާގެ ހިދުމަތްތައް ދިނުމުގެ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައަޅައި ގާއިމުކުރުން؛
- ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުންނާއި ނޫސްވެރިން މައުލޫމާތު ހާމަކުރުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ކަނޑައަޅައި، އެ ފަރާތްތަކުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތައް އެކަށައެޅުން؛
- ހަބަރު ފެތުރުމުގައި މުޖުތަމައުގައި މީޑިއާ އަދާކުރާ ދައުރަށް އާންމު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުކުރުން؛
- ޒަމާނާ އެއްގޮތަށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓަރީކުރުމާބެހޭ ލުއި މިންގަނޑުތަކެއް ކަނޑައަޅައި، ތައާރަފުކުރުން؛
- ދޮގު މައުލޫމާތާއި ދޮގު ހަބަރު ފެތުރުން ހުއްޓުވުމާއި، ކަނޑައެޅިގެން އެފަދަ މައުލޫމާތު ފެތުރުނަ ނުދިނުމަށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ވަކި ބޭނުމެއްގައި ނުވަތަ ވަކި މަގްސަދެއް ހާސިލުކުރުމުގެ ބޭނުމުގައި ކަންކަމުގެ ހަގީގަތް ވަންހަނާކޮށް ނުވަތަ ކަމެއް ނުވަތަ ކަންތައްތަކެއް ކަނޑައެޅިގެން އޮޅުވާލުމަށްޓަކައި، މީޑިއާތައް މެދުވެރިކޮށް، ވަކިވަކި ފަރުދުން ނުވަތަ ޖަމާއަތް ހަދައިގެން ރޭވިގެން ނުވަތަ ތަރުތީބުކުރެވިގެން ހިންގާ ކަންކަން ހުއްޓުވައި އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ މީޑިއާތަކާމެދު ފިޔަވަޅު އެޅުން؛
- މި ގާނޫނުގެ ދަށުން، އެކަށައަޅާ ހަމަތަކާއި، އުސޫލުތަކާއި އަދި ސުލޫކީ މިންގަނޑުތަކާ ހިލާފަށް ހިނގާ ކަންކަމާ ގުޅިގެން ހުށަހެޅޭ ށަކުވާތައް ބަލައި ފިޔަވަޅު އެޅުން؛
- ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާނެ އިދާރާއަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަން ކަމުގައި ކަނޑައެޅުން.
(ށ) މި ގާނޫނު ތަންފީޒުކުރުމުގައި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާއި މީޑިއާއާއި ބްރޯޑްކާސްޓްކުރުމާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބަޔާންކުރާ އެންމެހައި ހަމަތައް ކޮމިށަނުން ހިފަހައްޓަންވާނެއެވެ.
ދެވަނަ ބާބު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަން އުފެއްދުން
3 ވަނަ މާއްދާ - ކޮމިށަން އުފެއްދުން
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށާއި އަދި މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަން" ގެ ނަމުގައި ކޮމިށަނެއް އުފެދުނީއެވެ.
4 ވަނަ މާއްދާ - މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަންގެ އޮފީސް ގާއިމުކުރުން
މި ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަން" ގެ ނަމުގައި އޮފީހެއް، ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރަންވާނެއެވެ.
5 ވަނަ މާއްދާ - ގާނޫނީ ހައިސިއްޔަތު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.
6 ވަނަ މާއްދާ - ކޮމިށަނުން ނަގަހައްޓަންޖެހޭ އަސާސީ އުސޫލުތައް
ކޮމިށަނުގެ އެންމެހައި ކަންކަން ހިންގަންވާނީ މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަންނަނިވި އަސާސީ އުސޫލުތައް ނެގެހެއްޓުމުގެ މަގްސަދުގައެވެ.
(ހ) ނޫސްވެރިކަމުގެ މިނިވަންކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ މިނިވަންކަމެއް ކަމުގައިވީ ހިނދު، އެ މިނިވަންކަން ވީހާވެސް ފުޅާ ދާއިރާއެއްގައި ކުރިއަރުވައި، ތަރައްގީކޮށް ދެމެހެއްޓުން.
(ށ) ނޫސްވެރިކަމުގެ މިނިވަންކަމަކީ ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމާ އެއްވަރުގެ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާ ކަމެއްކަން ގަބޫލުކުރުމާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ޒިންމާއަކީ ރައްޔިތުންނަށާއި މުޖުތަމައަށް އޮތް ޒިންމާއެއްކަން ގަބޫލުކުރުން.
(ނ) ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާ ދިވެހިރާއްޖޭގައި ގާއިމުކުރުން.
(ރ) ވަކި ސިޔާސީ ފިކުރެއްގެ މައްޗަށް ބުރަވުމެއް ނެތި، އަދި އެއްވެސް މާލީ ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ ފަރާތެއްގެ މަސްލަހަތެއް ހިމާޔަތްކުރުމާއި އިސްކުރުމެއް ނެތި، ބްރޯޑްކާސްޓް މީޑިއާ ހިމެނޭނެހެން މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ޒިންމާދާރުކަން އިތުރުކޮށް ހިންގައި ބަލަހައްޓާނެ މިނިވަން އިދާރީ ނިޒާމެއް ގާއިމުކުރުން.
(ބ) ނޫސްވެރިކަމުގެ މިނިވަންކަން ވީހާވެސް ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ތަރައްގީކޮށް، ދެމެހެއްޓުމަށްޓަކައި، މީޑިއާއާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންނަށް އެކަށީގެންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން.
7 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތުތައް
ކޮމިށަނުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ގާނޫނުގެ ދަށުން ކޮމިށަނުން އަދާކުރަންޖެހޭ ކަންކަން ކުރުން.
(ށ) ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ބްރޯޑްކާސްޓްކުރުމަށް ދޫކުރެވޭ ފްރީކުއެންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުން.
(ނ) ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމުގެ ކަންކަން ބެލެހެއްޓުން.
(ރ) ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ލައިސަންސް ދޫކުރުމުގައި އެކަށައަޅާ ށަރުތުތަކަށް ބްރޯޑްކާސްޓަރުން އިހްތިރާމްކުރާކަން ޔަގީންކުރުން.
(ބ) ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާބެހޭ މައްސަލަތަކުގައި ސަރުކާރަށް ލަފާދިނުން.
(ޅ) ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ގާނޫނުއަސާސީންނާއި ގާނޫނުން ލިބިދޭ މިނިވަންކަން ދިރުވައި އާލާކުރުމަށާއި އެ ކަންކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
(ކ) ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށް ފެންނަ ގޮތަށް ސަރުކާރުންނާއި މީޑިއާއާއި އެހެނިހެން ފަރާތްތަކުން ކުރާ ކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ހައްލުކުރުން.
(އ) އާންމުކޮށް މައުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަމަށާއި ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އެޅޭ އެކިއެކި ސިޔާސީ ނުވަތަ ގާނޫނީ ނުވަތަ އިދާރީ ނުވަތަ ވިޔަފާރީގެ ނުވަތަ އިގްތިސާދީ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ކަންކަން ދިރާސާކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެ ކަންކަން އިސްލާހުކުރުން.
(ވ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނޫސް މަޖައްލާ ރަޖިސްޓަރީކޮށްދިނުން.
(މ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނޫސްވެރިންގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމާއި ނޫސްވެރިންނަށް ފާސްދޫކުރުން.
(ފ) ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިން ނޫސްވެރިކަމުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައް އެކަށައަޅައި ދެމެހެއްޓުން.
(ދ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ހިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ ގުޅޭގޮތުން ށަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމުކޮށް، އެ ކަންކަން ބަލައި، ސުލޫކީ މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކުން ހިލާފުވި ހިލާފުވުން ބަލައި، މި ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުން؛
(ތ) މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށާއި ނޫސްވެރިންނަށް ބޭނުންވާ ފަންނީ ހުނަރުވެރިކަން ހޯދުމަށް ގައުމުން ބޭރުގެ ފަރާތްތަކާއި އެތެރޭގެ ފަރާތްތަކާ ގުޅިގެން އެ ފުރުސަތު ހޯދައިދިނުން؛
(ލ) ދޮގު ހަބަރު ފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ކަމާބެހޭ ފަރާތްތަކަށާއި އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެންގުން؛
(ގ) އިސްލާމްދީނާ ހިލާފު ވާހަކަތައް ފެތުރުމާއި އަހްލާގީގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާހިށް އަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
(ޏ) އެހެން ގާނޫނަކުން ކޮމިށަނުގެ މަސްއޫލިއްޔަތު ކަމަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރުން.
ތިންވަނަ ބާބު
އިންތިގާލީ މަރުހަލާ
8 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) އަދި ގާނޫނު ނަންބަރު 2008-15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނު) އުވުނީއެވެ.
9 ވަނަ މާއްދާ - އުވާލެވޭ މާއްދާތައް
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާއިން ފެށިގެން 18 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކާއި، އެ ގާނޫނުގެ 20 ވަނަ މާއްދާއާއި، 37 ވަނަ މާއްދާ އަދި 42 ވަނަ މާއްދާއިން ފެށިގެން 45 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އުވުނީއެވެ.
10 ވަނަ މާއްދާ - އުވާލެވޭ ގާނޫނީ ށަހްސު
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2008-15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލް" އާއި ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަން" އުވުނީއެވެ.
11 ވަނަ މާއްދާ - މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަން އުވާލުމުގެ ނަތީޖާ
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގައި "ކޮމިށަން" ކަމަށް ބަޔާންކޮށްފައިވާ ކޮމިށަނަކީ، މި ގާނޫނުގެ ދަށުން އުފައްދާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަން" އެވެ.
12 ވަނަ މާއްދާ - ނިމުމަކަށް އަންނާނެ މަގާމުތައް
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާ ހިނގަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، އަންނަނިވި މަގާމުތަކުގެ ގާނޫނީ ހައިސިއްޔަތު ނިމުމަކަށް އަންނާނެއެވެ.
(ހ) ގާނޫނު ނަންބަރު 2008-15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނު) ގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ ކައުންސިލުގެ މެންބަރުން.
(ށ) ގާނޫނު ނަންބަރު 2008-15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނު) ގެ 11 ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސާއި ނައިބު ރައީސް.
(ނ) ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން އައްޔަންކޮށްފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުން.
(ރ) ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން އައްޔަންކޮށްފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުގެ ރައީސާއި ނައިބު ރައީސް.
(ބ) ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން އައްޔަންކޮށްފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް.
13 ވަނަ މާއްދާ - އިލްތިޒާމްތައް ބަދަލުވުމާއި، ބްރޯޑްކާސްޓަރުންނާއި މީޑިއާތައް ރަޖިސްޓަރީކުރުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އަންނަނިވި ކަންކަން ކޮމިށަނަށް ބަދަލުވެގެންދާނެއެވެ:
- މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މިލްކުވެރިކަމުގެ ދަށުގައި، ނުވަތަ ބެލެހެއްޓުމުގެ ދަށުގައި، ހުރި ބިންބިމާއި އިމާރާތްތަކާއި، މުދަލާއި، ފައިސާއާއި، ވަސީލަތްތަކާއި، އަރުށީފު؛
- ތިންވަނަ ފަރާތަކާއެކު މޯލްޑިވްސް މީޑިއާ ކައުންސިލުން ނުވަތަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުން ވެފައިވާ އެއްބަސްވުމެއް ނުވަތަ ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނަށް ލިބިފައިވާ ހައްގުތަކާއި އަދާކުރަންޖެހޭ އިލްތިޒާމުތައް؛ އަދި
- ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން، ނޫސް މަޖައްލާއާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީގައި ދަފްތަރުކުރެވިފައިވާ ލިޔެކިޔުންތަކާއި އަރުށީފު.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ބްރޯޑްކާސްޓަރުންނާއި، މީޑިއާތަކަކީ، މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ބްރޯޑްކާސްޓަރުންނާއި، މީޑިއާކަމުގައި ބެލޭނެއެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އަލަށް ރަޖިސްޓަރީކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާއާއި، އެއްވެސް ސަބަބަކާހުރެ ރަޖިސްޓަރީ ބާތިލުކުރުމަށްފަހު އަލުން ރަޖިސްޓަރީކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާއާއި، އެއްވެސް ސަބަބަކާހުރެ ލައިސަންސެއް ނުވަތަ ރެޖިސްޓްރޭށަނެއް އާކުރަންޖެހޭ ފަރާތްތަކުން އެކަމަކަށް އެދެންވާނީ، މި ގާނޫނާއި، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިންނެވެ.
14 ވަނަ މާއްދާ - މުވައްޒަފުން ބަދަލުވުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުގައި ހިދުމަތްކުރަމުންދިޔަ މުވައްޒަފުންނަކީ ކޮމިށަނުގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުވައްޒަފުން ބަދަލުވެގެންދާއިރު، އެ މުވައްޒަފުންގެ ހިދުމަތުގެ މުއްދަތު ގުނަމުންދިޔަ ދިއުމަށް އެއްވެސް މެދުކެނޑުމެއް ނުގެނެސް، ކޮމިށަނުގެ މުވައްޒަފުންގެ ގޮތުގައި އެ މުވައްޒަފުންގެ ހިދުމަތުގެ މުއްދަތު ގުނަމުން ގެންދެވޭނެއެވެ.
15 ވަނަ މާއްދާ - ވަގުތީގޮތުން ކޮމިށަން ހިންގުން
(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަން އެކުލަވާލައި މެންބަރުން ކޮމިށަން ހިންގުމާ ހަވާލުވަންދެން، ކޮމިށަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިށަނުން އެކުލަވާލާ 5 (ފަހެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. މި 5 (ފަހެއް) މެންބަރުންނަކީ ސިވިލް ސަރވިސްގެ ދާއިރާގައި ހިމެނޭ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ޑިރެކްޓަރ ޖެނެރަލުން ފެށިގެން މަތީގެ މަގާމުތަކުގައި ތިބި ފަރާތްތަކަށް ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލެވޭ ވަގުތީ ކޮމިޓީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިށަނުން އެކުލަވާލަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލެވޭ 5 (ފަހެއް) މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނޭ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ސިފަތައް ފުރިހަމަވާންވާނެއެވެ.
- ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން؛
- ކޮމިއުނިކޭށަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހެއް ކަމުގައި ނުވުން؛
- މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލެވޭ ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ވަގުތީ ކޮމިޓީގެ 5 (ފަހެއް) މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލެވޭ ވަގުތީ ކޮމިޓީގެ މެންބަރުންނަށް ދެވޭ އެލަވަންސް ކަނޑައަޅާނީ ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
(ޅ) މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަން އެކުލަވާލެވެންދެން، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލެވޭ ވަގުތީ ކޮމިޓީއަށް ކުރެވޭނީ އަންނަނިވި ކަންކަމެވެ.
- ކޮމިށަނުގެ އިދާރީ މަސައްކަތްތައް؛
- ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުން؛
- މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީކޮށްދިނުމާމެދު ގޮތެއް ނިންމުން.
(ކ) އިންތިގާލީ މަރުހަލާގައި ވަގުތީ ކޮމިޓީއަށް އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެން ނުވެއެވެ.
- މި ގާނޫނުގައިވާ ގޮތުގެމަތިން، ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާއި މި ގާނޫނުގެ 76 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބްރޯޑްކާސްޓިންގ ކޮމިށަނުން އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަމުން އައި، ނުނިމިވާ މައްސަލަތައް ބަލައި، އެ މައްސަލަތަކާމެދު ގޮތެއް ނިންމުން އަދި ފިޔަވަޅު އެޅުން؛
- ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާއި ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އެއްވެސް ފަރާތެއްގެ ރަޖިސްޓްރޭށަން ބާތިލުކުރުން.
ހަތަރުވަނަ ބާބު
ކޮމިށަނުގެ އޮނިގަނޑު
16 ވަނަ މާއްދާ - މެންބަރުންގެ އަދަދު
ކޮމިށަން އެކުލެވިގެންވަނީ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.
17 ވަނަ މާއްދާ - ކޮމިށަން އެކުލެވިގެންވާ ގޮތް
(ހ) ކޮމިށަން އެކުލެވިގެންވަނީ، ތިރީގައި ބަޔާންކޮށްފައިވާ މެންބަރުންގެ މައްޗަށެވެ.
- ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 (ތިނެއް) މެންބަރުން؛ އަދި
- މީޑިއާތަކުން އިންތިހާބުކުރާ 4 (ހަތަރެއް) މެންބަރުން.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނަކީ، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 (ދޭއް) މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ 2 (ދޭއް) މެންބަރުން ކަމުގައި ވާންވާނެއެވެ.
18 ވަނަ މާއްދާ - ކޮމިށަނުގެ މެންބަރުންގެ ސިފަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރައްޔިތަކު ކަމުގައިވުން؛
(ށ) އުމުރުން 30 (ތިރީސް) އަހަރު ވެފައިވުން؛
(ނ) ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން، ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން؛
(ރ) މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން؛
(ބ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
(ޅ) ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން؛
(ކ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(އ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(ވ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(މ) ހިޔާނާތުގެ ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(ފ) ކޮމިއުނިކޭށަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހެއް ކަމުގައި ނުވުން.
19 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުން މެންބަރުން ކަނޑައެޅުން
(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކޮމިށަނަށް މެންބަރުން ކަނޑައެޅުމުގައި އަމަލުކުރަންވާނީ، ކޮމިށަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާންކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ށ) މި ގާނޫނުގެ ދަށުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނަށް ފުރަތަމަ ފަހަރަށް މެންބަރުން އައްޔަންކުރުމަށްޓަކައި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އިއުލާންކުރަންވާނެއެވެ.
20 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުން
(ހ) މި ގާނޫނުގެ ދަށުން ކޮމިށަނަށް ފުރަތަމަ ފަހަރަށް މެންބަރުން އައްޔަންކުރުމަށް، މި ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުން އާންމުކޮށް އިއުލާންކުރުމަށްފަހު، އިއުލާންގެ މުއްދަތު ހަމަވާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ އިއުލާނަށް އިޖާބަދިން ފަރާތްތަކަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތް ކަނޑައަޅައި ނިންމަންވާނެއެވެ.
(ށ) މި ގާނޫނުގެ 19 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ފަރާތްތައް މި ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެންބަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
21 ވަނަ މާއްދާ - އިންތިހާބުކުރާ މެންބަރުން
(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު ބާއްވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުންނެވެ.
(ށ) މި ގާނޫނުގެ ދަށުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނަށް ފުރަތަމަ ފަހަރަށް މެންބަރުން އިންތިހާބުކުރުމަށްޓަކައި، އިލެކްށަންސް ކޮމިށަނުން އިންތިހާބެއް ބާއްވައި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މެންބަރުން އިންތިހާބުކުރަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ބާއްވާ އިންތިހާބުގައި، ވޯޓުލުމުގައި ބައިވެރިވާނީ، މި ގާނޫނުގެ ދަށުން އިލެކްށަންސް ކޮމިށަނުން އެކުލަވާލާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކެވެ. މި މާއްދާގެ ދަށުން ކޮންމެ ބްރޯޑްކާސްޓަރަކަށާއި މީޑިއާއަކަށް ލެވޭނީ 1 (އެކެއް) ވޯޓެވެ.
(ރ) މި މާއްދާގެ ދަށުން ބާއްވާ އިންތިހާބުގައި ނަގާނީ ސިއްރު ވޯޓެވެ.
(ބ) މި މާއްދާގެ (ށ) ގެ ދަށުން ކޮމިށަނަށް ފުރަތަމަ ފަހަރަށް އިންތިހާބުކުރާ މެންބަރުންގެ މުއްދަތު ހަމަވެއްޖެނަމަ، ނުވަތަ ފުރަތަމަ ފަހަރަށް އިންތިހާބުކުރާ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ ކޮމިށަނަށް މެންބަރުން އައްޔަންކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ޅ) މި މާއްދާގެ (ޅ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ހަދަންޖެހޭ ގަވާއިދު ގާނޫނަށް އަމަލުކުރަން ފަށާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ކ) މި މާއްދާގެ ދަށުން އިންތިހާބުކުރާ މެންބަރުން އިންތިހާބުކުރާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އެ މެންބަރުންނަށް ކޮމިށަންގެ މެންބަރުކަމުގެ ލިޔުން ހަވާލުކުރަންވާނެއެވެ.
22 ވަނަ މާއްދާ - ކޮމިށަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމާއި ވަކިކުރުން
(ހ) ކޮމިށަނުގެ މެންބަރުންގެ ތެރެއިން ކޮމިށަންގެ ރައީސް އައްޔަންކޮށް ވަކިކުރާނީ، ރައްޔިތުންގެ މަޖިލީހުންނެވެ.
(ށ) ކޮމިށަނުގެ ނައިބު ރައީސް އައްޔަންކުރާނީ، ކޮމިށަނުގެ މެންބަރުންގެ ތެރެއިން، ކޮމިށަންގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
(ނ) ކޮމިށަނުގެ ނައިބު ރައީސް އެ މަގާމުން ވަކިވާނީ، ކޮމިށަނުގެ ނައިބު ރައީސް އެ މަގާމުން ވަކިކުރުމަށް، ކޮމިށަނުގެ މެންބަރުންގެ ތެރެއިން 4 (ހަތަރެއް) މެންބަރަކު ކޮމިށަނުގެ ޖަލްސާއަކަށް ހުށަހަޅައި، އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުންނެވެ.
23 ވަނަ މާއްދާ - ކޮމިށަނުގެ ރައީސްގެ ޒިންމާ
ކޮމިށަނުގެ ރައީސްގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މި ގާނޫނުގެ ދަށުން ކޮމިށަނުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
(ށ) ކޮމިށަނުގެ ޖަލްސާތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ރިޔާސަތު ބެލެހެއްޓުމާއި، ޖަލްސާތަކުގެ ގަވާއިދުތައް ހިފެހެއްޓުން.
(ނ) ކޮމިށަނުގެ މަސައްކަތްތައް ކޮމިށަނުގެ މެންބަރުންނާ ހަވާލުކުރުން.
(ރ) ކޮމިށަނުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.
24 ވަނަ މާއްދާ - ކޮމިށަނުގެ ނައިބު ރައީސްގެ ޒިންމާ
ކޮމިށަނުގެ ނައިބު ރައީސްގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކޮމިށަނުގެ ރައީސަށް އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި ރައީސްގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން.
(ށ) ކޮމިށަނުގެ މަސައްކަތްތަކާ ގުޅިގެން ކޮމިށަނުގެ ރައީސް ހަވާލުކުރާ މަސައްކަތްތައް ކުރުން.
(ނ) ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދިނުން.
25 ވަނަ މާއްދާ - ކޮމިށަނުގެ މެންބަރުންގެ ޒިންމާ
ކޮމިށަނުގެ މެންބަރުންގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކޮމިށަނުގެ ޖަލްސާތަކަށް ހާޒިރުވުން
(ށ) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކޮމިށަނުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން؛
(ނ) ކޮމިށަނުގެ މަސައްކަތާ ބެހޭގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި މިންގަނޑުތައް ކަނޑައެޅުން؛
(ރ) ކޮމިށަނަށް ހުށަހަޅާ ށަކުވާތަކާއި މައްސަލަތައް ބެލުން؛
(ބ) ސިއްރުގެ ގޮތުގައި ކޮމިށަނުން ކަނޑައަޅާ މައުލޫމާތު ސިއްރުގެ ގޮތުގައި ހިފެހެއްޓުން؛
(ޅ) ތިމާއަށް ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކި ފަރާތަކަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުން ނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި، ގާނޫނުގައިވާ ސައްހަ މަސްލަހަތުތަކަށް އިހްތިރާމްކުރުން؛
(ކ) މިނިވަންކަމާއި އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ކޮމިށަނަށް ހިދުމަތްކުރުމާއި، ހަވާލުކުރެވޭ ކަންކަން އެއްވެސް ނުފޫޒަކަށް ލެނބުމެއް ނެތި ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރުން.
26 ވަނަ މާއްދާ - މެންބަރުކަމުގެ މުއްދަތު
(ހ) ކޮމިށަނަށް އައްޔަންކުރެވޭ މެންބަރުންނާއި އިންތިހާބުކުރެވޭ މެންބަރުން، މެންބަރުކަމުގެ މަގާމުގައި ދެމިތިބޭނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
(ށ) މި ގާނޫނުގެ ދަށުން މެންބަރުކަމަށް އައްޔަންކުރެވޭ ނުވަތަ އިންތިހާބުކުރެވޭ އެއްވެސް މީހަކަށް، ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް 2 (ދޭއް) ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެއެވެ.
27 ވަނަ މާއްދާ - މުސާރަ
ކޮމިށަނުގެ މެންބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
28 ވަނަ މާއްދާ - މަގާމު ހުސްވުން
(ހ) ތިރީގައި މިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޮމިށަނުގެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.
- މި ގާނޫނުގައިވާ ގޮތުގެމަތިން އިސްތިއުފާދިނުން؛
- މި ގާނޫނުގައި މެންބަރުންގެ ސިފަތައް ކަމުގައި ބަޔާންވެފައިވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުން؛
- މެންބަރުކަމުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާފަދަ ކަމެއް ކުރުން؛
- މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުން؛
- މެންބަރުކަމުގެ ދައުރު ހަމަވުން؛
- މަރުވުން.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، މެންބަރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން، އޭނާ އޭނާގެ މަގާމުން ވަކިވީއެވެ.
29 ވަނަ މާއްދާ - ހުސްވާ މަގާމަށް މެންބަރުން އައްޔަންކުރުން
މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން މި ގާނޫނުގެ 19 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮމިށަނަށް އައްޔަންކުރާ މެންބަރެއްގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގައިވާ ގޮތުގެމަތިން، އެ މަގާމަށް މީހަކު އަލުން އައްޔަންކުރަންވާނެއެވެ.
30 ވަނަ މާއްދާ - ހުސްވާ މަގާމަށް މެންބަރުން އިންތިހާބުކުރުން
މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން، ހާލަތެއް މެދުވެރިވެގެން މި ގާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮމިށަނަށް އިންތިހާބުކުރާ މެންބަރެއްގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގާނޫނުގައިވާ ގޮތުގެމަތިން މަގާމަށް މީހަކު އަލުން އިންތިހާބުކުރަންވާނެއެވެ.
31 ވަނަ މާއްދާ - މަގާމު ހުސްވުމުގެ ސަބަބުން ކޮމިށަނުގެ ރައީސް ނުވަތަ ކޮމިށަނުގެ ނައިބު ރައީސްގެ މަގާމު ހުސްވުން
މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން، ހާލަތެއް މެދުވެރިވެގެން ކޮމިށަނުގެ ރައީސްކަމުގެ މަގާމު ނުވަތަ ކޮމިށަނުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގައިވާ ގޮތުގެމަތިން، އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.
32 ވަނަ މާއްދާ - އިސްތިއުފާދިނުން
(ހ) ކޮމިށަނުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
(ށ) ކޮމިށަނުގެ ރައީސް ނުވަތަ ނައިބު ރައީސް އެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ކޮމިށަނުގެ ރައީސްކަމުގެ މަގާމުން ނުވަތަ ނައިބު ރައީސްކަމުގެ މަގާމުން އެ މީހަކު ވަކިވީއެވެ.
33 ވަނަ މާއްދާ - ކޮމިށަނުގެ ބައްދަލުވުންތައް
(ހ) ކޮމިށަނުގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.
(ށ) ކޮމިށަނުގެ ބައްދަލުވުމެއް ބޭއްވޭނެ ގާނޫނީ އަދަދަކީ، ކޮމިށަނުގެ މެންބަރުންގެ އަގުލަބިއްޔަތެވެ
(ނ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، ކޮމިށަނުގެ 3 (ތިނެއް) މެންބަރުންގެ ސޮޔާއެކު ނުވަތަ ދައުލަތުގެ އިދާރާއަކުން، އެއްވެސް ބާވަތެއްގެ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއް ހުށަހެޅިތާ 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި ކޮމިށަނުގެ ބައްދަލުވުމެއް ބާއްވައި އެ މައްސަލައެއް ކުރިއަށް ގެންދާނެ ގޮތުގެ ނިންމުން ނިންމަންވާނެއެވެ.
(ރ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މުޅި ކޮމިށަނުގެ ފެންވަރުގައި ބަލާ މައްސަލަތައް ނިންމުމުގައި ކޮމިށަނުގެ އިއްތިފާގުން އެ މައްސަލަތައް ނިންމޭތޯ މަސައްކަތްކުރަންވާނެއެވެ. އެފަދަ މައްސަލަތައް ނިންމުމުގައި ކޮމިށަނުގެ އިއްތިފާގު ނުލިބޭ ހާލަތްތަކުގައި، މައްސަލަތައް ނިންމާނީ ކޮމިށަނުގެ އަގުލަބިއްޔަތުންނެވެ.
34 ވަނަ މާއްދާ - މަސްލަހަތު ހިމެނޭ ކަންކަން ހާމަކުރުން
(ހ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއް ކޮމިށަނުން ބަލާނަމަ އެ ބައްދަލުވުމެއްގައި މެންބަރަކު އެކަން ހާމަކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހާމަކުރާ ކަންކަން ކޮމިށަނުގެ އެ ބައްދަލުވުމެއްގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މެންބަރެއްގެ މަސްލަހަތެއް އޮތް ކަމެއް ހާމަކުރުމަށްފަހު އެ މައްސަލައަކާބެހޭ ބަހުސެއްގައި ނުވަތަ ނިންމުމެއްގައި އެ މެންބަރަކަށް ބައިވެރިއެއް ނުވެވޭނެއެވެ.
35 ވަނަ މާއްދާ - ކޮމިށަން ހިންގުމާބެހޭ ގަވާއިދު އެކުލަވާލުން
ކޮމިށަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އަމަލުކުރާނެ އުސޫލު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކޮމިށަނުން ކަނޑައަޅަންވާނެއެވެ.
ފަސްވަނަ ބާބު
ކޮމިށަން ހިންގުން
36 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލް
(ހ) ކޮމިށަނުގެ އިދާރާ ދުވަހުން ދުވަހަށް ހިންގުމަށްޓަކައި، ސިވިލް ސަރވިސް ކޮމިށަނުން ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރަންވާނެއެވެ. އަދި ކޮމިށަނުން ކަނޑައަޅާ ސިޔާސަތުތަކާއި އެކުލަވާލާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކޮމިށަނުގެ އިދާރާ ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ.
(ށ) ސެކްރެޓަރީ ޖެނެރަލްކަމަށް އައްޔަންކުރެވޭ މީހަކީ ކޮމިށަނުގެ މެންބަރުންގައި ހުރުން ލާޒިމުކަމަށް މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ ސިފަތައް ފުރިހަމަވާ މީހެއް ކަމުގައި ވާންވާނެއެވެ.
(ނ) ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ކަނޑައަޅާނީ ކޮމިށަނުންނެވެ.
(ރ) ސެކްރެޓަރީ ޖެނެރަލްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ނޭށަނަލް ޕޭ ކޮމިށަނުގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިށަނުންނެވެ.
37 ވަނަ މާއްދާ - ކޮމިށަނުގެ މުވައްޒަފުން
(ހ) ކޮމިށަނުގެ މުވައްޒަފުންގެ ގޮތުގައި ތިބޭނީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. އަދި އެ މުވައްޒަފުންގެ މައްޗަށް ހިނގާނީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކެވެ.
(ށ) ކޮމިށަނުގެ ފަންނީ އަދި އިދާރީ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ އިދާރީ އޮނިގަނޑެއް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮމިށަނުގެ މެންބަރުން އެކުލަވާލައި ކޮމިށަނުގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރަންވާނެއެވެ. އަދި އެ އޮނިގަނޑުގައި، ކޮމިށަނުގެ މުވައްޒަފުންގެ މަގާމުތަކުގެ ށަރުތުތަކާއި، އެކި ކަންކަމަށް މުވައްޒަފުން ތިބެންވާނެ އަދަދު ކަނޑައަޅާފައި އޮންނަންވާނެއެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގެ ދަށުން އެކުލަވާލާ އޮނިގަނޑާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. އަދި އެ އޮނިގަނޑުގައިވާ ގޮތުގެމަތިން އަދި ކޮމިށަނުގެ މެންބަރުންގެ މަށްވަރާއާއެކު ކޮމިށަނަށް ބޭނުންވާ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވެރިންނާއި މުވައްޒަފުން މަގާމުތަކަށް ހަމަޖައްސަމުން ދިއުމުގައި، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުގެ އެކި ފަންތީގެ ވަޒީފާތަކުގައި ކުރިން ތިބި ވެރިންނާއި މުވައްޒަފުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ ވަޒީފާގެ އޮނިގަނޑަށް ފެތޭގޮތަށް އެކި މަގާމުތަކަށް ބަދަލުކުރުމާއި އޮނިގަނޑަށް ނުފެތޭ މުވައްޒަފުން ވަކިކުރުމާއި، އެކި މަގާމުތަކަށް އަލަށް މުވައްޒަފުން އައްޔަންކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. ނަމަވެސް މި ގޮތުގެމަތިން މުވައްޒަފުންގެ މަގާމު ބަދަލުކުރެވޭނީ ނުވަތަ މަގާމުން ވަކިކުރެވޭނީ ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ހަވަނަ ބާބު
ސުލޫކީ މިންގަނޑު
38 ވަނަ މާއްދާ - ސުލޫކީ މިންގަނޑު އެކުލަވާލުން
(ހ) ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންގެ މަށްވަރާގެ މަތިން، އަދި މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، އަދި ނޫސްވެރިން އަމަލުކުރުމަށް ސުލޫކީ މިންގަނޑެއް ކޮމިށަނުން އެކުލަވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލާ، ކޮމިށަނުން ށާއިއުކުރަންވާނެއެވެ.
39 ވަނަ މާއްދާ - ހަމަތައް
ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ނޫސްވެރިން މަސައްކަތްކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، ހަމަތައް ނެގެހެއްޓޭނެ ގޮތުގެމަތިންނެވެ.
(ހ) އިސްލާމްދީނާއި، ގާނޫނުއަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން؛
(ށ) ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން؛
(ނ) އިޖްތިމާއީ އަހްލާގާއި އާންމު ނިޒާމު ހިފެހެއްޓުން؛
(ރ) މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުން؛
(ބ) އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުން؛
(ޅ) ތެދު މައުލޫމާތު ހާމަކުރުމާއި، އިންސާފުވެރިކަމާއެކު، ހާމަކަން ބޮޑު ގޮތެއްގައި ހަބަރާއި މައުލޫމާތު ގެނެސްދިނުން؛
(ކ) އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކަށް ގާނޫނުތައް ހުއްދަކުރާ ގޮތުގެމަތިން ޖާގަ ދިނުން؛
(އ) މުޖުތަމައުގައި އަޅާލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ހަބަރާއި މައުލޫމާތު ފެތުރުމުގައި، އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ހާއްސަ ރައްކާތެރިކަމާއި ސަމާލުކަމެއް ދިނުން؛
(ވ) ހަބަރާއި މައުލޫމާތު ފެތުރުމުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، ކުޑަކުދިންގެ ހައްގުތަކަށް ގެއްލުންވާނެފަދަ ހަބަރާއި މައުލޫމާތު ނުފެތުރުން؛
40 ވަނަ މާއްދާ - ސުލޫކީ މިންގަނޑުގައި ހިމަނަންޖެހޭ ކަންކަން
މި ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ސުލޫކީ މިންގަނޑުގައި، ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކުގެ އިތުރުން، ޕްރޮގްރާމިންގ އަދި ކޮންޓެންޓްއާ ގުޅުންހުރި ކަންކަމުގެ މައްޗަށް ބަލައި، އަންނަނިވި ކަންކަމާއި، އެ ކަންކަމާބެހޭ އުސޫލުތައް ކޮމިށަނުން ހިމަނަންވާނެއެވެ.
(ހ) އިސްލާމްދީން ފިޔަވައި އެހެން ދީނެއް ކުރިއެރުވުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ބްރޯޑްކާސްޓް ނުވަތަ ށާއިއު ނުކުރުން؛
(ށ) ހަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ހަމަހަމަކަމާއެކު ގެނެސްދިނުމަށް އިސްކަންދީ، ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތްކުރުން؛
(ނ) އިންޓަރވިއުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އަދި އެޑިޓްކުރެވޭނެ ގޮތްތައް؛
(ރ) ހުއްދަ ނެތި ރިކޯޑުކޮށްފައިވާ މައުލޫމާތު ބޭނުން ނުކުރުމާއި، އެކަމަށް ބޭނުންކޮށްފައިވާ އާލާތްތަކުގެ ބޭނުން ނުހިފުން؛
(ބ) އޮރިޔާންކާޑުގެ މާނައިގައި ހިމެނޭ އެއްޗެއްސާއި، ޖިންސީ ގުޅުން ސިފަވާ މަންޒަރާއި އަޑު ހިމެނޭ އެއްވެސް އެއްޗެއް، ނުވަތަ ޖިންސީ ގުނަވަންތައް ސިފަވާ މަންޒަރާއި އަޑު އަދި ޖިންސީ ގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދާފައި ހުންނަ އެއްޗެހީގެ މަންޒަރާއި، އެފަދަ މަންޒަރު ސިފަވާ އަޑު ހިމެނޭ އެއްވެސް އެއްޗެއް ނުދެއްކުން އަދި ށާއިއު ނުކުރުން؛
(ޅ) މީހެއްގެ ނުވަތަ ބަޔެއްގެ ހުރުމަތް ކެނޑިދާނެފަދަ، ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ، ނުވަތަ ކޮންމެވެސް ސިފައެއްގައި ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މުޖުތަމައުގައި ބޭނުންކުރުމަށް އެކަށީގެންނުވާ ބަސްތަކާއި އިށާރާތާއި ހަރަކާތާއި އަމަލުތައް ހިމެނޭ އެއްވެސް އެއްޗެއް ނުދެއްކުން އަދި ށާއިއު ނުކުރުން؛
(ކ) ހަގީގީ އަދި ހިޔާލީ ކޮންޓެންޓް ވަކިކޮށްދިނުން.
(އ) އެކި ނަސްލުތަކުގެ މީހުންނާއި، ވަކި ޖިންސެއްގެ ބަޔަކަށް ނުވަތަ ވަކި އުމުރުފުރައެއްގެ ބަޔަކަށް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިހްތިރާމް ކުޑަވާފަދަ އެއްޗެއް، ނުވަތަ އިންސާނީ ގަދަރަށް އުނިކަން އަންނަ އެއްވެސް އެއްޗެއް ނުދެއްކުން އަދި ށާއިއު ނުކުރުން.
(ވ) ފަރުދުންގެ މިނިވަންކަމަށް އިހްތިރާމްކުރުން.
(މ) އަހްލާގީ ފެންވަރު ދަށް މަންޒަރާއި އަޑު ބޭނުން ނުކުރުން.
(ފ) ދޮގު މައުލޫމާތާއި ހަބަރު ނުފެތުރުން.
41 ވަނަ މާއްދާ - އެކި ފަރާތްތަކުގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތައް
(ހ) އެކި ފަރާތްތަކުގެ އަމިއްލަ މައުލޫމާތު މީޑިއާގައި މަސައްކަތްކުރާ މީހުން ހޯދަންވާނީ މުޖުތަމައުގެ މަސްލަހަތެއް އެކަމުގައި ހިމެނޭ ކަމަށްވާނަމައެވެ. އެފަދަ މައުލޫމާތު ހޯދުމުގައި އަދި ބޭނުންކުރުމުގައި، އެ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށާއި، އެ ފަރާތުގެ އަމިއްލަ އަބުރަށާއި ގަދަރަށް އަބަދުމެ އިހްތިރާމްކުރަންވާނެއެވެ.
(ށ) ވަކި މީހަކާ ބެހޭގޮތުން ހޯދާ އޭނާގެ އަމިއްލަ މައުލޫމާތާއި ފޮޓޯ ށާއިއުކުރަންވާނީ ހަމައެކަނި އެ މައުލޫމާތެއް ހޯދި މަގްސަދަށްޓަކައެވެ. އަދި އެ މީހަކާބެހޭ އަމިއްލަ މައުލޫމާތެއް ފޯރުކޮށްދޭ ފަރާތެއްވެސް އެ މައުލޫމާތު އެ ފޯރުކޮށްދެނީ ވަކި މަގްސަދެއްގައި ކަމަށް ނުވަތަ އެ މައުލޫމާތެއް ލިބޭ ފަރާތަކަށް އެ ލިބެނީ ވަކި ބޭނުމެއްގައިކަން ގަބޫލުކުރުމުގެ ހައްގު އެފަދަ މައުލޫމާތު ފޯރުކޮށްދޭ މީހާއަށްވެސް އަދި އެފަދަ މައުލޫމާތު ނިސްބަތްވާ މީހާއަށްވެސް ލިބިގެންވެއެވެ.
(ނ) ވަކި ފަރާތަކާ ބެހޭގޮތުން ހޯދައި އަދި ބޭނުންކުރާ އެ ފަރާތެއްގެ އަމިއްލަ މައުލޫމާތަކީ، ތެދު ފުރިހަމަ، އަދި އެންމެ ފަހުގެ މައުލޫމާތު ކަމުގައި ވާންވާނެއެވެ. އަދި، ވަކި ފަރާތަކާ ބެހޭގޮތުން ފާހަގަކުރާ އަމިއްލަ މައުލޫމާތަކީ، ތެދުނޫން މައުލޫމާތެއް ކަމުގައިވާނަމަ ވީއެންމެ އަވަސް ފުރުސަތެއްގައި ހަމަ އެ ވަސީލަތެއްގައި ފާޅުކަން ބޮޑު ގޮތެއްގައި އެކަން އިސްލާހުކޮށް ރަނގަޅުކުރަންވާނެއެވެ. އަދި ދެވަނަ ފަހަރަށް އެ މައުލޫމާތު ބޭނުންކޮށްގެން ނުވާނެއެވެ.
(ރ) ވަކި ފަރާތަކާ ބެހޭގޮތުން ހޯދާ އެ ފަރާތެއްގެ އަމިއްލަ މައުލޫމާތު މީޑިއާގައި މަސައްކަތްކުރާ މީހަކު ބަލަހައްޓަންވާނީ އެއިން ނަހަމަ ބޭނުމެއް ނުކުރެވޭނެ ގޮތެއްގެމަތިން، ނުވަތަ އެ މައުލޫމާތެއް ގެއްލިގެން ނުދާނެ ގޮތުގެމަތިން ނުވަތަ ހުއްދަ ނޫން ފަރާތަކަށް އެ މައުލޫމާތެއް ނުފެންނާނެ ގޮތެއްގެމަތިން ރައްކާތެރިކަމާއެކުގައެވެ.
(ބ) މީޑިއާގެ އެކިއެކި ވަސީލަތްތަކަށް މައުލޫމާތުދޭ ފަރާތްތައް ހިމާޔަތްވެގެންވުމުގެ ހައްގު އެ ފަރާތްތަކަށް ލިބިގެންވެއެވެ. އަދި މައުލޫމާތު ދިނީ ކާކުކަން ނޭނގޭ ގޮތެއްގައި ލިބޭ މައުލޫމާތު ހާމަކުރާއިރު، އެ މައުލޫމާތު ދިން ފަރާތް ހާމަކުރުމަކީ، ގާނޫނަކުން ލާޒިމުކުރާ ކަމެއް ކަމުގައިނުވާހާ ހިނދަކު އެ ފަރާތުގެ ތަފްސީލު ހާމަކުރުމަކީ މީޑިއާގައި މަސައްކަތްކުރާ މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.
42 ވަނަ މާއްދާ - އާންމު މަސްލަހަތާގުޅޭ މައްސަލަތަކުގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު
އާންމު މަސްލަހަތާގުޅޭ މައްސަލަތަކުގައި މީޑިއާއިން ށާއިއުކުރާ ނުވަތަ ބްރޯޑްކާސްޓްކުރާ ކޮންމެ މައުލޫމާތެއް އަންނަނިވި މިންގަނޑުތަކަށް ފެތެންވާނެއެވެ:
(ހ) މައްސަލައިގެ ހަގީގަތާއި އެ ހަގީގަތުގެ މައްޗަށް ބިނާކޮށް މީހަކު ފާޅުކުރާ އެ މީހެއްގެ އަމިއްލަ ހިޔާލާ ދެ ކަންތައް ތަފާތުކޮށް އެނގޭ ގޮތަށް ފާހަގަކުރުން؛
(ށ) މައްސަލައިގެ މައުލޫމާތު ހާމަކުރުމުގައި، އާންމުންނަށް ހަގީގަތް އޮޅޭގޮތަށް، ނުވަތަ މައްސަލައިގެ ވަކި ކަމެއް އޮޅޭގޮތަށް، ނުވަތަ މައްސަލައާގުޅޭ ބައެއް މައުލޫމާތު ހިފެހެއްޓޭގޮތަށް މައުލޫމާތު ހާމަނުކުރުން؛
(ނ) މައްސަލައިގެ ހަގީގަތެއް ހާމަކުރާއިރު، އެއީ ތެދު މައުލޫމާތުކަމަށް ނުބެލެވޭގޮތަށް ނުވަތަ ހަގީގަތުގެ ސައްހަކަމާމެދު ށައްކު އުފެއްދޭފަދަ ގޮތަކަށް، ނުވަތަ ހަގީގަތް ތެދެއް ކަމަށް ބެލެވޭ ކަމެއް ހާމަކޮށްދެވޭ ގޮތުން ތެދަށް ވުރެ ބޮޑަށް، ދޮގުކަމަށް ބެލެވޭގޮތަށް މައުލޫމާތު ހާމަނުކުރުން.
(ރ) ހަބަރެއް ނުވަތަ މައުލޫމާތެއް ނުވަތަ ހިޔާލެއް ފާޅުކުރުމުގައި، އެއްވެސް ޒާތީ މަސްލަހަތެއް އޮތްކަމަށް ވާނަމަ، އެ މަސްލަހަތު އެގޮތަށް އޮތްކަން ހާމަކުރުން.
(ބ) އެއްވެސް ފަރާތެއްގެ އަބުރުވެރިކަމުގެ ގޮތުގައި ބެލެވޭ އަމިއްލަ މައުލޫމާތު އަދި އޭނާގެ އަބުރަށް ނުވަތަ ގަދަރަށް އުނިކަން އަތުވެދާނެފަދަ ނުވަތަ މީހުންނަށް ކަންކަން އޮޅިދާނެފަދަ ހަގީގަތެއް ނެތް ވާހަކަ ހާމަނުކުރުން.
(ޅ) މައުލޫމާތު ށާއިއުކުރުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު މީޑިއާއަށް ލިބިގެންވީ ކަމުގައި ވީނަމަވެސް، އެ މައުލޫމާތެއް ބަލައި އަޑުއަހައި، ނުވަތަ ކިޔުމަށްފަހުގައި، އެއީ އާންމު އިޖްތިމާއީ މިންގަނޑުތަކަށް އުނިކަމެއް ލިބިދާނެފަދަ ކަމެއް ކަމަށްވާނަމަ އެ މައުލޫމާތު ހާމަކުރި ސަބަބު އެއިން ބަޔާންކޮށްދިނުން.
(ކ) ވަކި ފަރާތަކާ ދިމާއަށް ނުވަތަ ވަކި ޖަމާއަތަކާ ދިމާއަށް ފާޑުކިޔައި އެއްޗެއް ށާއިއުކުރާ ކަމަށްވާނަމަ، އެކަން ކުރުމުގައި ހަމަޔާއި އިންސާފާއި އަހްލާގު ހިފެހެއްޓުން.
43 ވަނަ މާއްދާ - މީޑިއާގެ ވަސީލަތްތައް ބަލައިގަންނަ ފަރާތްތަކުގެ ހައްގު
ބްރޯޑްކާސްޓްކުރެވޭ ނުވަތަ މީޑިއާގައި ށާއިއުކުރާ މައުލޫމާތަކީ އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު ފޯރުކޮށްދެވޭ މައުލޫމާތެއް ކަމާއި އަދި އެފަދަ މައުލޫމާތު މީޑިއާގެ ވަސީލަތްތައް ބަލައިގަންނަ ފަރާތްތަކަށް ފޯރުކޮށްދެނީ ފަރުދުންނަށް ލިބިގެންވާ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް ހުރުމަތްތެރިކޮށް ހިތޭ ގޮތެއްގައި އެ ފަރާތަކަށް ދޭންވާ ހައްގު ގަދަރާއި އިހްތިރާމް ދެވިގެންކަމުގައި ގަބޫލުކުރުމުގެ ހައްގު މީޑިއާގެ ވަސީލަތްތައް ބަލައިގަންނަ ފަރާތްތަކަށް ލިބިގެންވެއެވެ.
44 ވަނަ މާއްދާ - ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާ
މި ގާނޫނުގެ 43 ވަނަ މާއްދާގެ މަގްސަދަށްޓަކައި، އަންނަނިވި ކަންކަމަކީ، ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، އަދި ނޫސްވެރިންގެ މައްޗަށް މި ގާނޫނުގެ ދަށުން މަތިކުރެވިފައިވާ ޒިންމާތަކެވެ.
(ހ) ކަނޑައެޅިގެން ދޮގުކަން އެނގޭ، ނުވަތަ އެއީ ދޮގަކަށް ވެދާނެ ކަމަށް ބެލުމުގެ ފުރުސަތު ބޮޑު މައުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތަކުން ހާމަނުކުރުން؛
(ށ) މީޑިއާއަށް ލިބޭ މައުލޫމާތެއް އެއީ ތެދުތޯ ބެލުމަށް ފުރުސަތު އޮވެ، އެކަން ކަށަވަރުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް، އެ މައުލޫމާތެއް ހާމަނުކުރުން؛
(ނ) ތެދު މައުލޫމާތުކަން ކަށަވަރުނުކުރެވޭ މައުލޫމާތު ހާމަކުރާނަމަ، އެއީ އެފަދަ ވާހަކައެއްކަން ހާމަކުރާ ހާމަކުރުމުގައި ބަޔާންކުރުން.
ހަތްވަނަ ބާބު
ނޫސް މަޖައްލާ ރަޖިސްޓަރީކުރުން
ވަނަ މާއްދާ - ނޫސް މަޖައްލާ ރަޖިސްޓަރީކޮށްގެން ށާއިއުކުރުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެއްވެސް ވަސީލަތެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ށާއިއުކުރަންވާނީ ކޮމިށަނުގައި ރަޖިސްޓަރީކުރުމަށްފަހުގައެވެ. މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ނުކޮށް ދިވެހިރާއްޖޭގައި ނޫސް މަޖައްލާ ހިންގުމަކީ، ހުއްދަކަމެއް ނޫނެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މި ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ކޮމިށަން އެކުލަވާލުމަށްފަހު 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެހިނދުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރެއް އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ދަފްތަރުގައި ނޫސް މަޖައްލާއެއް ރަޖިސްޓަރީކުރެވިފައި ނެތްނަމަ، ދަފްތަރު ށާއިއުކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިށަނަށް ލިޔުމަކުން ށަކުވާ ހުށަހަޅަންވާނެއެވެ. އަދި އެ ފަރާތެއް ރަޖިސްޓަރީކުރެވިފައި ނެތް ސަބަބު 5 (ފަހެއް) ދުވަހުގެ ތެރޭގައި ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ށާއިއުކުރުމުން އިސްތިސްނާވާނީ، ކަމާބެހޭ ގާނޫނެއްގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީއެއް، ނުވަތަ ކްލަބެއް، ނުވަތަ ޖަމްއިއްޔާއެއް ނުވަތަ ޔޫނިއަނެއް، ނުވަތަ ކުންފުންޏެއް، ނުވަތަ ގާނޫނީ ށަހްސެއް، ނުވަތަ ސަރުކާރުގެ އިދާރާއަކުން ހަމައެކަނި އެ ތަނެއްގެ މެންބަރުންގެ މެދުގައި، ނުވަތަ އާންމުކޮށް ފެންނާނެހެން ހަމައެކަނި އެ ތަނަކާގުޅޭ މައުލޫމާތާއި ހަބަރާއި ނުވަތަ އެ ތަނެއްގެ މަސައްކަތާ ގުޅޭގޮތުން އާންމުންނަށް އެނގެންޖެހޭ މައުލޫމާތާއި ހަބަރު ފެތުރުމަށްޓަކައި ށާއިއުކުރާ ލިޔުންތަކެވެ.
46 ވަނަ މާއްދާ - ނޫސް ނުވަތަ މަޖައްލާ ރަޖިސްޓަރީކުރުމަށް ހުށަހެޅުން
(ހ) ނޫހެއް ނުވަތަ މަޖައްލާއެއް ރަޖިސްޓަރީކުރުމަށް އެދޭ ފަރާތަކުން ނޫސް ނުވަތަ މަޖައްލާ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، އެކަމަށްޓަކައި ކޮމިށަނުން ދޫކުރާ ފޯމު މެދުވެރިކޮށެވެ.
(ށ) ނޫހެއް ނުވަތަ މަޖައްލާއެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތަކުން މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
- ނޫހުގެ ނުވަތަ މަޖައްލާގެ މަސްއޫލުވެރިޔާއާ ގުޅޭގޮތުން، މި ގާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ކަމުގެ ރަސްމީ ލިޔުންތައް؛
- މަސްއޫލުވެރިޔާއަކީ ގާނޫނީ ށަހްސެއްނަމަ، ގާނޫނީ ށަހްސެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް.
47 ވަނަ މާއްދާ - ނޫހަށް ނުވަތަ މަޖައްލާއަށް ކިޔާ ނަން
(ހ) ނޫހަށް ނުވަތަ މަޖައްލާއަށް ކިޔަން ހުށަހަޅާ ނަމަކީ، އަންނަނިވި ބާވަތުގެ ނަމަކަށް ވެގެންނުވާނެއެވެ.
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ ނަމެއް؛
- ރަޖިސްޓަރީކުރުމަށް ކޮމިށަނަށް ހުށަހަޅާފައިވާ ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ ނަމެއް؛
- ދިވެހިރާއްޖެއިން ބޭރުގައި ށާއިއުކުރާ މަށްހޫރު ނޫހަކަށް ނުވަތަ މަޖައްލާއަކަށް ކިޔާ ނަމެއް؛
- ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ށާއިއުކުރާ މަށްހޫރު ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ ނަމާ އެއްގޮތް ނުވަތަ އެ ނަމެއް ބޭނުންކޮށްފިނަމަ، އެ ނޫހަކީ ނުވަތަ އެ މަޖައްލާއަކީ، ބުނެވިދިޔަ ނޫހަކާ ނުވަތަ މަޖައްލާއަކާ ގުޅުންހުރި ނޫހެއްކަން ނުވަތަ މަޖައްލާއެއްކަން ދޭހަވާ ބާވަތުގެ ނަމެއް؛
- ދިވެހިރާއްޖޭގެ އެއްވެސް މީޑިއާއެއްގައި އެ މީޑިއާއަކުން އަމިއްލައަށް އުފައްދައިގެން ހިންގާ މަށްހޫރު ޕްރޮގްރާމެއްގެ ނުވަތަ ކޮލަމެއްގެ ނަމެއް.
(ށ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫހަކަށް ނުވަތަ މަޖައްލާއަކަށް ކިޔާ ނަމެއް، އެ ނަން ރަޖިސްޓަރީކޮށްދެވިފައިވާ ފަރާތްނޫން އެހެން ފަރާތަކަށް ރަޖިސްޓަރީކޮށްދެވޭނީ، އެ އެއްޗެއްގެ ރަޖިސްޓަރީ އުވާލާތާ 3 (ތިނެއް) އަހަރު ދުވަހުގެ ފަހުންނެވެ. ރަޖިސްޓަރީކޮށްފައިވާ ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރާ ހާލަތު މި އުސޫލުން އިސްތިސްނާވާނެއެވެ.
48 ވަނަ މާއްދާ - ނޫސް ނުވަތަ މަޖައްލާ ށާއިއުކުރަން ގަސްދުކުރާ ބަސް
ނޫސް ނުވަތަ މަޖައްލާ ރަޖިސްޓަރީކުރަން ހުށަހަޅާއިރު، އެ ނޫސް ނުވަތަ މަޖައްލާ ށާއިއުކުރަން ގަސްދުކުރާ ބަސް ނުވަތަ ބަސްތައް ބަޔާންކުރަންވާނެއެވެ. އެނޫން ބަހަކުން އެ ނޫސް ނުވަތަ މަޖައްލާ ށާއިއުކުރާނަމަ އެކަން ކޮމިށަނަށް އަންގަންވާނެއެވެ.
49 ވަނަ މާއްދާ - މަސްއޫލުވެރިޔާ
(ހ) ނޫހުގެ ނުވަތަ މަޖައްލާގެ މަސްއޫލުވެރިޔަކު ކަމުގައި މީހަކަށް ނުވަތަ ގާނޫނީ ށަހްސަކަށް ވެވިދާނެއެވެ.
(ށ) ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިޔަކު ކަމުގައި ހުށަހަޅާ ފަރާތަކީ މީހަކު ކަމުގައިވާނަމަ އެ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ހިޔާނާތުގެ ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ މައްސަލައެއްގައި ހުކުމް ކުރެވިފައިވާ މީހަކު ކަމުގައި ނުވުން.
- މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ނ) ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިޔަކު ކަމުގައި ހުށަހަޅާ ފަރާތަކީ ގާނޫނީ ށަހްސެއް ކަމުގައިވާނަމަ، އެ ތަނެއްގައި އަންނަނިވި ށަރުތު ފުރިހަމަވާންވާނެއެވެ.
- ދިވެހިރާއްޖޭގެ ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ތަނަކަށްވުން
- އެ ތަނެއްގެ މަގްސަދުތަކުގެ ތެރޭގައި ނޫސް ނުވަތަ މަޖައްލާ ނެރުން ހިމެނިފައިވުން.
- ވޭތުވެދިޔަ 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ށަރުއީ ހުކުމެއް އައިސްފައިވާ ފަރާތެއް ކަމުގައި ނުވުން.
50 ވަނަ މާއްދާ - މަސްއޫލުވެރިޔާގެ މަގާމު ހުސްވުން
(ހ) ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިޔަކީ، މީހަކު ކަމަށްވެފައި، އޭނާއަށް އަންނަނިވި ދެ ގޮތުންކުރެ ގޮތެއް ދިމާވެއްޖެނަމަ މަސްއޫލުވެރިޔާކަމުގެ މަގާމު ހުސްވީއެވެ. އެ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު ހަމަޖެއްސުމަކީ، އެ ވަގުތަކު ހުރި އެންމެ އިސް އެޑިޓަރުގެ ޒިންމާއެކެވެ.
- މަސްއޫލުވެރިޔާ މަރުވުން.
- މި ގާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގައި މަސްއޫލުވެރިޔެއްގެ ކިބައިގައި ހުރުމަށް ލާޒިމުކުރާ ސިފައެއް އުނިވުން.
(ށ) ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިޔަކީ ގާނޫނީ ށަހްސަކަށްވެފައި، ކަމާގުޅޭ ގާނޫނެއްގެ ދަށުން އެ ގާނޫނީ ށަހްސު އުވާލައިފިނަމަ ނުވަތަ މި ގާނޫނުގެ 49 ވަނަ މާއްދާގެ (ނ) ގައި މަސްއޫލުވެރިޔެއްގެ ކިބައިގައި ހުރުމަށް ލާޒިމުކުރާ ސިފައެއް އުނިވެއްޖެނަމަ އެ ނޫހުގެ ނުވަތަ މަޖައްލާގެ މަސްއޫލުވެރިޔާކަމުގެ މަގާމު ހުސްވީއެވެ. އެ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މަސްއޫލުވެރިޔެއް ހަމަޖެއްސުމަކީ، އެ ވަގުތަކު ހުރި އެންމެ އިސް އެޑިޓަރުގެ ޒިންމާއެކެވެ.
(ނ) މި މާއްދާގައިވާ މުއްދަތުގެ ތެރޭގައި މަސްއޫލުވެރިޔަކު ހަމަނުޖެއްސިއްޖެނަމަ އެ ނޫހުގެ ނުވަތަ މަޖައްލާގެ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
51 ވަނަ މާއްދާ - ނޫހުގެ ނުވަތަ މަޖައްލާގެ އިދާރާ
(ހ) ދިވެހިރާއްޖޭގައި ށާއިއުކުރާ ކޮންމެ ނޫހެއްގެވެސް އަދި މަޖައްލާއެއްގެވެސް ކޮމިށަނުގައި ރަޖިސްޓަރީކޮށްފައިވާ އިދާރާއެއް ހުންނަންވާނެއެވެ.
(ށ) ނޫހުގެ ނުވަތަ މަޖައްލާގެ އިދާރާގެ އެޑްރެހަށް ބަދަލެއް އަތުވެއްޖެނަމަ، އެ ނޫހެއްގެ ނުވަތަ އެ މަޖައްލާއެއްގެ މަސްއޫލުވެރިޔާ އެކަން 5 (ފަހެއް) ދުވަހުގެ ތެރޭގައި ކޮމިށަނަށް އަންގައި، އެ އިދާރާ ކޮމިށަނުގައި ރަޖިސްޓަރީކުރުމުގެ ކަންތައް ހަމަޖައްސަންވާނެއެވެ.
52 ވަނަ މާއްދާ - މީޑިއާގެ އެޑިޓަރުން
މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މީޑިއާގައި މަސައްކަތްކުރާ އެޑިޓަރުންނަކީ، ކޮމިށަނުން ކަނޑައަޅާ ށަރުތުތައް ފުރިހަމަވާ އެޑިޓަރުން ކަމުގައި ވާންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ އެޑިޓަރުންގެ ހުންނަންޖެހޭ ށަރުތުތަކާއި، އެޑިޓަރުންގެ ޒިންމާތަކާއި، އެޑިޓަރުންގެ ސުލޫކީ މިންގަނޑާއި، އެ ކަންކަމާބެހޭ އެންމެހައި ކަންކަން މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
53 ވަނަ މާއްދާ - ކޮމިށަނުން އެދޭ މައުލޫމާތު ދިނުން
މި ގާނޫނުގައި ބަޔާންވެގެންވާ ކަމަކާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ހޯދުމަށް ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ އިދާރާގައި ކޮމިށަނުން އެދިއްޖެނަމަ، އެދުނު ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ނޫހުގެ ނުވަތަ މަޖައްލާގެ މަސްއޫލުވެރިޔާ އެ މައުލޫމާތު ކޮމިށަނަށް ދޭންވާނެއެވެ.
54 ވަނަ މާއްދާ - ސަޕްލިމެންޓާއި އެޑިށަން
(ހ) ނޫހަކުން ނުވަތަ މަޖައްލާއަކުން އެ ނޫހުގެ ނުވަތަ އެ މަޖައްލާއެއްގެ ސަޕްލިމެންޓެއް ނެރެވިދާނެއެވެ. ނަމަވެސް، ސަޕްލިމެންޓް ނެރެންވާނީ އެ ނޫހުގެ ނުވަތަ އެ މަޖައްލާގެ އެތެރޭގައި އޮންނަ އެ ނޫހުގެ ނުވަތަ މަޖައްލާގެ ބައެއްގެ ގޮތުގައެވެ.
(ށ) ދުވަހު ނޫހަކަށް، އެ ނޫހުގެ އިތުރު ދުވަހު އެޑިށަނެއް ނެރެވިދާނެއެވެ. އަދި ދުވަހު ނޫހަކަށް އިތުރު ސަރަހައްދީ އެޑިށަނެއްވެސް ނެރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން، އިތުރު އެޑިށަނެއް ނޫހަކުން ނުވަތަ މަޖައްލާއަކުން، ށާއިއުކުރާނަމަ ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ހުރުމަށް މި ގާނޫނު ލާޒިމުކުރާ މައުލޫމާތު އެ އެޑިށަނެއްގައި ހުންނަންވާނެއެވެ.
55 ވަނަ މާއްދާ - ނޫހުގެ ނުވަތަ މަޖައްލާގެ ސުލޫކީ މިންގަނޑެއް އެކުލަވާލުން
މި ގާނޫނުގެ ދަށުން ކޮމިށަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން، ނޫހަކުން ނުވަތަ މަޖައްލާއަކުން، އެ ނޫހެއްގެ ނުވަތަ އެ މަޖައްލާއެއްގެ ނޫސްވެރިކަމުގެ މަގްސަދުތަކާއި ނޫސްވެރިކަމުގައި އެ ނޫހަކުން ނުވަތަ އެ މަޖައްލާއަކުން ތަބާވާނެ އަހްލާގީ ހަމަތައް އެކުލެވޭ ސުލޫކީ މިންގަނޑެއް އެކުލަވާލުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
56 ވަނަ މާއްދާ - ޒިންމާ އުފުލުން
(ހ) ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ވަކި ފަރާތެއް ނޭނގޭ ގޮތަށް ށާއިއުކުރާ ހަބަރެއް، ނުވަތަ ލިޔުމެއް ނުވަތަ ފޮޓޯއެއް، ނުވަތަ ކުރެހުމަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެ ނޫހެއްގެ ނުވަތަ އެ މަޖައްލާއެއްގެ އެޑިޓަރެވެ.
(ށ) ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ވަކި ފަރާތެއް އެނގޭ ގޮތަށް ށާއިއުކުރާ ހަބަރެއް ނުވަތަ ލިޔުމެއް ނުވަތަ ފޮޓޯއެއް ނުވަތަ ކުރެހުމަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަމުގެ މަސްއޫލިއްޔަތު އުފުލާނީ އެ ލިޔުމެއް ލިޔުނު މީހާއާއި އެ ފޮޓޯއެއް ނެގި މީހާއާއި، އެ ނޫހެއްގެ ނުވަތަ އެ މަޖައްލާއެއްގެ އެޑިޓަރެވެ.
57 ވަނަ މާއްދާ - މަސްއޫލުވެރިކަން ބަދަލުވުމުން ރަޖިސްޓަރީ އާކުރުން
ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިކަން ބަދަލުކުރާ ތާރީހުން ފެށިގެން އެ ނޫހެއްގެ ނުވަތަ އެ މަޖައްލާއެއްގެ ރަޖިސްޓަރީ އާކުރަންވާނެއެވެ.
58 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލުކުރުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ރަޖިސްޓަރީކޮށްފައިވާ ނޫހެއް ނުވަތަ މަޖައްލާއެއް ށާއިއުކުރުމަށް އެ ނޫހަކުން ނުވަތަ އެ މަޖައްލާއަކުން ކަނޑައަޅާފައިވާ ގޮތުގެމަތިން ށާއިއުކުރުން ހުއްޓާލައި، އެންމެ ފަހުން ށާއިއުކުރި އަދަދު ށާއިއުކުރިތާ 12 (ބާރަ) މަސްދުވަސް ފާއިތުވެ އެ މުއްދަތުގެ ތެރޭގައި އިތުރު އަދަދެއް އެ ނޫހަކުން ނުވަތަ އެ މަޖައްލާއަކުން ށާއިއުކޮށްފައި ނުވާނަމަ، ބެލެވޭނީ އެ ނޫހަކުން ނުވަތަ އެ މަޖައްލާއަކުން ށާއިއުކުރުން ހުއްޓާލީ ކަމުގައެވެ. މި ހާލަތުގައި އެފަދަ ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) ނޫހެއް ނުވަތަ މަޖައްލާއެއް ރަޖިސްޓަރީކުރުމުގެ މަރުހަލާގައި، ކޮމިށަނަށް ކަމެއް އޮޅުވާލާފައިވާކަން، ރަޖިސްޓަރީކުރުމަށްފަހު ސާބިތުވެއްޖެނަމަ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރާއި، އެ ނޫހެއްގެ ނުވަތަ އެ މަޖައްލާއެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
59 ވަނަ މާއްދާ - ނޫސްވެރިންގެ ދަފްތަރު
(ހ) ދިވެހިރާއްޖޭގެ ނޫސްވެރިކަން ކުރާ މީހުންނާއި އެޑިޓަރުކަން ކުރާ މީހުންގެ ދަފްތަރެއް ކޮމިށަނުން ބަލަހައްޓަމުން ގެންދަންވާނެއެވެ. އެ ނޫސްވެރިންނަކީ، ރަސްމީ ހައިސިއްޔަތުން ދިވެހިރާއްޖޭގައި ނޫސްވެރިކަންކުރާ މީހުން ކަމުގައި ބެލެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ނޫސްވެރިއެއްގެ ގޮތުގައި ކޮމިށަނުގައި ލިސްޓުކުރާނީ އަންނަނިވި ފަރާތްތަކެވެ.
- ރަޖިސްޓަރީކޮށްފައިވާ ބްރޯޑްކާސްޓަރަކަށް ނުވަތަ މީޑިއާއަކަށް ހަބަރާއި ފީޗަރ އާޓިކަލާއި، ރިޕޯޓު ލިޔާ މީހުންނާއި، ނޫހަށް ފޮޓޯ ނަގައިދޭ މީހުން.
- އިލެކްޓްރޯނިކް ވަސީލަތެއްގައި ހަބަރާއި މައުލޫމާތު ފެތުރުމުގެ މަސައްކަތުގައި އުޅޭ މީހުން.
60 ވަނަ މާއްދާ - ނޫސްވެރިއެއްކަން އަންގައިދޭ ފާސް
(ހ) މި ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފްތަރުގައި ނަން ހިމެނޭ ނޫސްވެރިންނަށް، ކޮމިށަނުން، ނޫސްވެރިއެއްކަން އަންގައިދޭ ފާހެއް ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފާހަކީ، ދިވެހިރާއްޖޭގެ އެކިއެކި ތަންތަނުގައި ހިނގާ ކަންކަމާއި ހާދިސާތަކާއި ކާރިސާތައް ހިނގަމުންދާއިރު އާންމުކޮށް ވަދެވެން ނުހުންނަ ތަންތަނަށް، ނޫސްވެރިއެއްގެ ހައިސިއްޔަތުން ވަނުމަށް ބޭނުންކުރެވޭނެ ފާހެކެވެ. އެ ފާހަށް ކަމާބެހޭ ފަރާތްތަކުން ހުރުމަތްތެރިކޮށް ހިތައި، ނޫސްވެރިންނަށް، ސަލާމަތްތެރިކަމާއި ފަސޭހަކަމާއެކު މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސައިދޭންވާނެއެވެ.
61 ވަނަ މާއްދާ - ނޫސްތަކަށް ހުރި އުސޫލު އިލެކްޓްރޯނިކް ވަސީލަތްތަކަށް ހިނގުން
މި ގާނޫނުގައި، ނޫހާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށްވެސް، އެ މީޑިއާގުޅޭ ނިސްބަތަކަށް ހިނގާނެއެވެ. އަދި ނޫސްވެރިންނާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް އެ މީހުންނާގުޅޭ ނިސްބަތަކަށް ހިނގާނެއެވެ.
އަށްވަނަ ބާބު
މޮނިޓަރކުރުމާއި، ށަކުވާ ހުށަހެޅުމާއި، ފިޔަވަޅު އެޅުން
62 ވަނަ މާއްދާ - މޮނިޓަރކުރުން
(ހ) އަންނަނިވި ކަންކަން މޮނިޓަރކޮށް ބެލެހެއްޓުމަކީ ކޮމިށަނުގެ ޒިންމާއެކެވެ.
- ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ނޫސްވެރިން މި ގާނޫނާ އެއްގޮތަށް އަމަލުކުރަމުންދާކަން ބަލައި ކަށަވަރުކުރުން.
- ނޫސް މަޖައްލާތައް ހިންގަމުންދަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށްކަން ބަލައި ކަށަވަރުކުރުން؛
- މީޑިއާގައި އާންމުކުރާ ހަބަރާއި މައުލޫމާތަކީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އާންމުކުރާ ކޮންޓެންޓެއްކަން ކަށަވަރުކުރުން؛
- ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، އަދި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމަކާ އެ ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ފަރާތަކުން ހިލާފުވެފައިވާ ކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެކަމެއް ކޮމިށަނުން ބަލަންވާނެއެވެ.
63 ވަނަ މާއްދާ - މައްސަލަ ބެލުމާއި ށަކުވާ ހުށަހެޅުން
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަމަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ ކޮންމެ ފަރާތަކަށްވެސް އެކަމާ ގުޅިގެން ކޮމިށަނަށް ށަކުވާ ހުށަހެޅިދާނެއެވެ.
(ށ) މީޑިއާގެ ވަސީލަތެއްގައި ށާއިއުކުރި އެއްޗަކާ ގުޅިގެން ވަކި ފަރާތެއްގެ ނުވަތަ ބަޔެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ނުވަތަ ހައްގަކަށް ކަނޑައެޅިގެން އުނިކަމެއް ލިބިދާނެ ކަމަށް ބުނެ ވަކި ފަރާތަކުން ނުވަތަ ބަޔެއްގެ ފަރާތުން ށަކުވާއެއް ހުށަހެޅުމުން، އެކަމެއް ބެލުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަމަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެކަމަށް، ނުވަތަ މީޑިއާގެ ވަސީލަތެއްގައި ށާއިއުކުރި އެއްޗަކާ ގުޅިގެން، ވަކި ފަރާތެއްގެ ނުވަތަ ބަޔެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، ކޮމިށަނުގެ އަމިއްލަ އިސްނެގުމުގެ މަތިން އެ މައްސަލަ ބެލުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން، ކޮމިށަނަށް ހުށަހެޅޭ ށަކުވާތައް ބެލުމުގައި އަމަލުކުރާނެ އުސޫލު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކޮމިށަނުން ކަނޑައަޅަންވާނެއެވެ.
64 ވަނަ މާއްދާ - މައްސަލަ ބެލުމުގެ ބާރު
ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަންނަނިވި ކަންކަން ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ހ) ހެކިންގެ ގޮތުގައި ހާޒިރުކުރަންޖެހޭ ފަރާތްތައް ކޮމިށަނަށް ހާޒިރުކުރުމާއި، ހެކިބަސް ހޯދުން.
(ށ) ބަލަމުންދާ މައްސަލައަކާ ގުޅުންހުރި ކަމަށް ފެންނަ ފަރާތްތައް ކޮމިށަނަށް ހާޒިރުކުރުމާއި، އެ ފަރާތުގެ ބަޔާން ހޯދުން.
(ނ) ގާނޫނީ ބާރު ލިބިގެން އެހެން އިދާރާއަކުން ކުރަމުންދާ ނުވަތަ ހިންގަމުންދާ ތަހްގީގެއްގައި ހިމެނޭ ލިޔުމެއް ފިޔަވައި ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތައް ކޯޓު އަމުރެއްގެ ދަށުން ހޯދުމާއި، ބެލުމާއި ބޭނުންވެއްޖެނަމަ އެ ލިޔުންތައް ކޮމިށަނަށް ގެނައުން.
(ރ) މި މާއްދާގެ (ނ) ގެ ދަށުން، ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތައް ހޯދުމަށާއި ބެލުމަށާއި، ބޭނުންވެއްޖެނަމަ އެ ލިޔުންތައް ކޮމިށަނަށް ގެނައުމަށް، ފުލުހުންގެ އެހީތެރިކަމަށް ކޮމިށަނަށް އެދެވިދާނެއެވެ. އަދި އެފަދައިން ކޮމިށަނުން އެދިއްޖެ ހާލަތެއްގައި، ފުލުހުންގެ އެހީތެރިކަން ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.
(ބ) ވަކި ކަންކަމާ ގުޅޭގޮތުން ހާއްސަ މައުލޫމާތެއް ދެވިދާނެ ކަމަށް ކޮމިށަނަށް ފެންނަ ފަރާތްތަކުން އެ މައުލޫމާތެއް ލިޔުމަކުން ކޮމިށަނަށް ދިނުމަށް އެންގުން.
(ޅ) ކޮމިށަނަށް ހުށަހެޅޭ މައްސަލައަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި، ކޮމިށަނަށް މައުލޫމާތެއް ދިނުމަށް ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެންގުމުން، އެ މުއްދަތުގެ ތެރޭގައި އެ މައްސަލައަކާބެހޭ މައުލޫމާތެއް ނުފޮނުވައިފިނަމަ، ނުވަތަ ރިޕޯޓެއް ހުށަނާޅައިފިނަމަ، ކޮމިށަނުން އެ މައްސަލަ އަމިއްލައަށް ބެލުން.
(ކ) ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަންޖެހޭ ހެކި ހޯދުމާއި ބަލައިގަތުން.
(އ) ކޮމިށަނަށް ހުށަހެޅިފައިވާ ށަކުވާއެއްގެ ތަހްގީގަށް ބޭނުންވާ ފަންނީ ނުވަތަ އެނޫންވެސް އެހީތެރިކަން ހޯދުމަށް، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި ދައުލަތުގެ އެހެން ތަންފީޒީ އިދާރާއެއްގެ އެހީތެރިކަން އެފަދަ ތަހްގީގުތަކަށް ހޯދުން.
65 ވަނަ މާއްދާ - މައްސަލަ ބަލާ ކޮމިޓީ
(ހ) މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހަޅާ ށަކުވާއެއް ނުވަތަ ކޮމިށަނުން މައްސަލަ ބެލުމަށް ނިންމައިފިނަމަ، އެ މައްސަލައެއް ބަލާނެ ވަގުތީ މައްސަލަ ބަލާ ކޮމިޓީއެއް ކޮމިށަނުން އެކުލަވާލަންވާނެއެވެ. ނުވަތަ އެ މައްސަލައަކީ މުޅި ކޮމިށަނުން ބަލަންޖެހޭ މައްސަލައެއްކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއްގައި މައްސަލަ ބަލާ ކޮމިޓީގެ ދައުރު އަދާކުރާނީ ކޮމިށަނުންނެވެ.
(ށ) މައްސަލަ ބަލާ ކޮމިޓީއަށް ކޮމިށަނުގެ މެންބަރުން ނޫން މީހުން އައްޔަންކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ނ) މައްސަލަ ބަލާ ކޮމިޓީގެ މެންބަރުންގެ ގޮތުގައި އައްޔަންކުރެވޭ ކޮމިށަނުގެ މެންބަރުން ނޫން މީހުންނަކީ، މި ގާނޫނުގައި ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރެވޭ މެންބަރުންގެ ކިބައިގައި ހުރުން ލާޒިމުކުރާ ށަރުތުތައް ފުރިހަމަވާ ފަންނީ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
(ރ) މައްސަލަ ބަލާ ކޮމިޓީގެ މެންބަރުންގެ އަދަދަކީ، އޮނަހިރި އަދަދަކަށް ވާންވާނެއެވެ. އަދި، މައްސަލަ ބަލާ ކޮމިޓީގެ މެންބަރުންގެ ތެރެއިން މެންބަރަކު ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނެ ފަރާތުގެ ގޮތުގައި ކޮމިޓީން އައްޔަންކުރަންވާނެއެވެ.
(ބ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި، ކޮމިށަނަށް ލިބިދޭ ބާރުތައް ކަމަށް މި ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާރުތައް މައްސަލަ ބަލާ ކޮމިޓީއަށްވެސް ލިބިގެންވެއެވެ.
66 ވަނަ މާއްދާ - މައްސަލަތައް ބެލުމުގައި ނަގަހައްޓަންޖެހޭ އުސޫލުތައް
މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން މައްސަލަ ބެލުމުގައި، ކޮމިށަނާއި މައްސަލަ ބަލާ ކޮމިޓީން އަންނަނިވި އަސާސްތައް ނެގެހެއްޓުމަށް ސަމާލުކަންދޭންވާނެއެވެ.
(ހ) ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީއާއި ގާނޫނުތަކުން ލިބިދޭ އެންމެ ފުޅާ ދާއިރާއެއްގައި ލިބިދިނުން.
(ށ) އާންމުންނަށް މައުލޫމާތު ލިބިގަތުމުގެ ހައްގާއި، އަމިއްލަ ފަރުދުންގެ މިނިވަންކަމުގެ ހައްގު ވީއެންމެ މަތީ ދަރަޖައަކަށް ހަމަހަމަކުރުން ނުވަތަ ހަމަހަމަކުރުމަށް މަސައްކަތްކުރުން.
(ނ) މައްސަލަ ބެލުމުގައި އިންސާފުވެރިވުމާއި ތައައްސުބުން އެއްކިބާވުމާއި ޑިއު ޕްރޮސެސްގެ އުސޫލުތައް ނެގެހެއްޓުން.
67 ވަނަ މާއްދާ - ޖަވާބުދާރީވުމުގެ ފުރުސަތުދިނުން
މި ގާނޫނުގެ ދަށުން ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއް ރައްދުވާ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް ނުވަތަ ނޫސް މަޖައްލާއަކަށް ނުވަތަ މީޑިއާގައި މަސައްކަތްކުރާ ފަރާތަކަށް ނުވަތަ ނޫސްވެރިއަކަށް، އެ ފަރާތަކަށް ތުހުމަތުކުރެވޭ ކަންކަމާ ގުޅިގެން ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތާއި، ވަގުތު ކޮމިށަނުން ދޭންވާނެއެވެ. އަދި ކޮމިށަނުން ބަލާ ކޮންމެ މައްސަލައެއްގައި އެ މައްސަލައެއް ރައްދުވާ ފަރާތަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވެއެވެ.
68 ވަނަ މާއްދާ - މައްސަލަ ބަލާ ކޮމިޓީގެ ރިޕޯޓު
(ހ) މައްސަލަ ބަލާ ކޮމިޓީން މައްސަލަ ބެލުމަށްފަހު، އެ މައްސަލައާ ގުޅިގެން އަމަލުކުރަން ފެންނަ ގޮތް ކަނޑައަޅައި ކޮމިޓީގެ ނިންމުން އެކުލެވޭ ރިޕޯޓެއް ކޮމިށަނަށް ހުށަހަޅައި ރިޕޯޓާމެދު ކޮމިށަނުން ގޮތެއް ނިންމަންވާނެއެވެ.
(ށ) މައްސަލަ ބަލާ ކޮމިޓީގެ ރިޕޯޓުގައި އިތުރަށް ދިރާސާކުރަންޖެހޭ ކަންކަން ހުރިކަމަށް ކޮމިށަނަށް ފެނިއްޖެނަމަ ނުވަތަ އިތުރަށް ސާފުކުރަންޖެހޭ ކަންކަން ހުރިކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި އެ ކަންކަން ހިމަނައި ރިޕޯޓު ފުރިހަމަކުރުމަށް ކޮމިށަނުން ކޮމިޓީއަށް އެންގިދާނެއެވެ.
69 ވަނަ މާއްދާ - ކޮމިށަނުގެ ނިންމުންތައް
(ހ) ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ، ކޮމިށަނަށް ހުށަހެޅޭ ށަކުވާއެއް ނުވަތަ ކޮމިށަނުން ބަލާ މައްސަލައެއް އެފަދަ ށަކުވާއެއް ކޮމިށަނަށް ހުށަހަޅާ ދުވަހުން ފެށިގެން، ނުވަތަ ކޮމިށަނުން އެފަދަ މައްސަލައެއް ބަލަން ފަށާ ދުވަހުން ފެށިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިށަނުން ގޮތެއް ނިންމަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ކޮމިށަނުން ނިންމާ ނިންމުމެއްގައި، އެ ގޮތަކަށް ނިންމި ސަބަބާއި މި ގާނޫނުގެ ދަށުން ފިޔަވަޅެއް އަޅާނަމަ އެކަމަކާއި އަދި އެ ނިންމުން ރައްދުވާ ފަރާތަށް، އެ ނިންމުމާ ދެކޮޅަށް، ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ ހައްގު އޮތްކަން. ބަޔާންކުރުމާއެކު ކޮމިށަނުން ނިންމި ގޮތް އާންމުކޮށް ށާއިއުކުރަންވާނެއެވެ. އަދި ކޮމިށަނުން ނިންމި ގޮތުގެ ލިޔުމެއް، މައްސަލަ ރައްދުވާ ފަރާތަށާއި، ށަކުވާ ހުށަހެޅި ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މައްސަލައާމެދު ކޮމިށަނުން ގޮތެއް ނުނިމޭނެކަން ޔަގީންވާނަމަ، ސަބަބު ބަޔާންކޮށް، ށަކުވާ ހުށަހެޅި ފަރާތަށާއި، ށަކުވާ ރައްދުވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
70 ވަނަ މާއްދާ - ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް އޮތް ފަރާތާމެދު ފިޔަވަޅު އެޅުން
ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތަކުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ކޮމިށަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ނުވަތަ ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާފައިވާ ލައިސަންސްދިނުމުގެ ށަރުތަކާ ހިލާފުވެއްޖެނަމަ، މައްސަލައިގެ ކުޑަބޮޑު މިނަށާއި ގާނޫނާ ހިލާފުވުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް އެ ފަރާތަކާމެދު އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އިދާރީ ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ހ) ލައިސަންސް ލިބިފައިވާ ފަރާތަށް އެކަމެއް ރަނގަޅުކުރަން އެންގުން؛
(ށ) ލައިސަންސް ލިބިފައިވާ ފަރާތަށް ދެވޭ އިންޒާރެއް އާންމުކޮށް ށާއިއުކުރުން؛
(ނ) ކޮމިށަނުން އަންގާ ވަގުތެއްގައި ކޮމިށަނުން އަންގާ ގޮތެއްގެމަތިން ކުށުގެ އިސްލާހު އާންމުކުރުމަށް، ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް އާންމުކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަށް އެންގުން؛
(ރ) ކުށް އިސްލާހުކޮށް ތަކުރާރުވިޔަނުދިނުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ ކަމެއް ކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަށް އެންގުން؛
(ބ) ލައިސަންސް ލިބިފައިވާ ފަރާތަކުން ގާނޫނާއި، މި ގާނޫނުގެ ދަށުން ކޮމިށަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ނުވަތަ ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާފައިވާ ލައިސަންސްދިނުމުގެ ށަރުތަކާ ހިލާފުވެއްޖެނަމަ، 50,000 (ފަންސާސްހާސް) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުން.
(ޅ) ލައިސަންސް ލިބިފައިވާ ފަރާތަކުން ގާނޫނާއި، ގަވާއިދާ ހިލާފުވަމުންދާނަމަ، އަދި އެކަން ރަނގަޅުކުރުމަށް އެންގުމުން، ރަނގަޅުނުކޮށްފިނަމަ، އެ ފަރާތެއްގެ ޕްރޮގްރާމްގެ ށެޑިއުލްގެ ބައެއް ވަގުތީގޮތުން މެދުކަނޑާލުމަށް އެންގުން.
(ކ) ލައިސަންސް ލިބިފައިވާ ފަރާތަކުން ފޮނުވާ ކޮންޓެންޓަކީ އިސްލާމްދީނާއި، ގައުމީ ސަލާމަތާއި، އާންމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުން ހުއްޓުވުން.
(އ) އެއްވެސް ފަރާތަކުން ލައިސަންސެއް ނެތި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް ފޯރުކޮށްދޭނަމަ ނުވަތަ ކޮމިށަނުން ދޫކޮށްފައިވާ ލައިސަންސެއް ކޮމިށަނުގެ ހުއްދަ ނުހޯދައި، ބަދަލުކޮށްފިނަމަ އެފަދައިން ފޯރުކޮށްދޭ ހިދުމަތެއް ހުއްޓާލުމަށް އެންގުން، ނުވަތަ އެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ޖޫރިމަނާކުރުން، ނުވަތަ އެކަން ކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުން ނުވަތަ އެ ފަރާތެއް ޖޫރިމަނާކުރުމާއެކު އެކަން ކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުން. މި އަކުރުގައިވާ ގޮތުގެމަތިން ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އާލާތެއް ހިފެހެއްޓުމަށް ކޮމިށަނުން ނިންމައިފި ހިނދެއްގައި އެ އާލާތް ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމަށް އެދި ފުލުހުންނަށް ކޮމިށަނުން ހުށަހަޅަންވާނެއެވެ.
(ވ) ލައިސަންސް ލިބިފައިވާ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމަށްފަހު ކޯޓުން ނިންމާ ގޮތެއްގެމަތިން، ލައިސަންސް ބާތިލުކުރުން. މިގޮތުން، ލައިސަންސް ބާތިލުކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ލައިސަންސް ބާތިލުކުރުމާ ގުޅޭގޮތުން ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
71 ވަނަ މާއްދާ - ނޫސް މަޖައްލާއާމެދު ފިޔަވަޅު އެޅުން
ނޫސް ނުވަތަ މަޖައްލާއަކުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ކޮމިށަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ، މައްސަލައިގެ ކުޑަބޮޑު މިނަށާއި ގާނޫނާ ހިލާފުވުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް އެ ފަރާތަކާމެދު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އިދާރީ ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ހ) ނޫސް ނުވަތަ މަޖައްލާއަށް އެކަމެއް ރަނގަޅުކުރަން އެންގުން.
(ށ) ނޫހަކަށް ނުވަތަ މަޖައްލާއަކަށް ދެވޭ އިންޒާރެއް އާންމުކޮށް ށާއިއުކުރުން.
(ނ) ކޮމިށަނުން އަންގާ ވަގުތެއްގައި، ކޮމިށަނުން އަންގާ ގޮތެއްގެމަތިން، ކުށުގެ އިސްލާހު އާންމުކުރުމަށް، ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް އާންމުކުރުމަށް، ނޫހަކަށް ނުވަތަ މަޖައްލާއަކަށް އެންގުން.
(ރ) ކުށް އިސްލާހުކޮށް، ތަކުރާރުވިޔަނުދިނުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ ކަމެއް ކުރުމަށް ނޫހަކަށް ނުވަތަ މަޖައްލާއަކަށް އެންގުން.
(ބ) ނޫސް ނުވަތަ މަޖައްލާއަކުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ކޮމިށަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ އެ ނޫހެއް ނުވަތަ މަޖައްލާއެއް 5,000 (ފަސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
(ޅ) ނޫހަކުން ނުވަތަ މަޖައްލާއަކުން ށާއިއުކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި، ގައުމީ ސަލާމަތާއި، އާންމު ނިޒާމު، ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެންޓެއް ށާއިއުކުރި ވަސީލަތެއް ހުއްޓުމަކަށް ގެނައުން.
(ކ) ނޫހެއް ނުވަތަ މަޖައްލާއެއްގެ ރަޖިސްޓަރީ ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމަށްފަހު ކޯޓުން ނިންމާ ގޮތެއްގެމަތިން ރަޖިސްޓަރީ ބާތިލުކުރުން. މިގޮތުން، ރަޖިސްޓަރީ ބާތިލުކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ބާތިލުކުރުމާ ގުޅޭގޮތުން ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
72 ވަނަ މާއްދާ - މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާމެދު ފިޔަވަޅު އެޅުން
މި ގާނޫނާއި މި ގާނޫނުގެ ދަށުން ކޮމިށަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ މީޑިއާގައި މަސައްކަތްކުރާ ފަރާތެއް ނުވަތަ ނޫސްވެރިއެއް ހިލާފުވެއްޖެނަމަ، އެ ފަރާތަކާމެދު އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ހ) މި ގާނޫނާ ހިލާފަށް ކުރި ކަމެއް ރަނގަޅުކުރަން އެންގުން؛
(ށ) އާންމުކޮށް މައާފަށް އެދެން އެންގުން؛
(ނ) ކޮމިށަނުން އަންގާ ވަގުތެއްގައި، ކޮމިށަނުން އަންގާ ގޮތެއްގެމަތިން ކުށުގެ އިސްލާހު އާންމުކުރުމަށް، ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް އާންމުކުރުމަށް އެންގުން.
73 ވަނަ މާއްދާ - ތެދުނޫން މައުލޫމާތު ހާމަކޮށްފިނަމަ މައާފަށް އެދުން
(ހ) މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ތެދުނޫން މައުލޫމާތެއް ހާމަކޮށްފި ކަމަށްވާނަމަ، އެ މައުލޫމާތެއް އެއީ ތެދުނޫން މައުލޫމާތެއްކަން އެނގޭހިނދު، ވީހާވެސް އަވަހަކަށް، އެކަމަށް މައާފަށް އެދި، އެފަދަ މައުލޫމާތެއް ހާމަކުރި ކުރުން އަނބުރާ ގެންދާކަން، ނުވަތަ ރަނގަޅުކުރާކަން ނުވަތަ އިތުރަށް ބުނެދީ ސާފުކޮށްދޭކަން ނުވަތަ އެކަމަށް މައާފަށް އެދޭކަން. އެފަދަ މައުލޫމާތެއް ހާމަކުރި ފަރާތަކުން އާންމުކޮށް އެނގޭނެ ގޮތަށް ހާމަކުރަންވާނެއެވެ. އަދި އެފަދައިން ހާމަކުރާ ކަންތައް ކުރުމަކީ އެ ފަރާތުގެ މައްޗަށް އޮތް ޒިންމާއެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަމަލުނުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، އަދި ނޫސްވެރިންނަށް، އެ ފަރާތްތަކުން ހާމަކުރި ތެދުނޫން މައުލޫމާތު ރަނގަޅުކުރުމަށް ނުވަތަ އެކަމަށް މައާފަށް އެދުމަށް އެންގުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ ދަށުން، ކޮމިށަނުން އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
74 ވަނަ މާއްދާ - ކޮމިށަނުން ނިންމާ ނިންމުންތަކާ ދެކޮޅަށް ދައުވާކުރުމުގެ ހައްގު
ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން، ލައިސަންސްދިނުމާ ގުޅޭގޮތުން ކޮމިށަނުން ނިންމާ ނިންމުމަކާ ގުޅިގެން، ނުވަތަ ލައިސަންސެއް ލިބިފައިވާ ފަރާތަކާ ނުވަތަ ނޫސް މަޖައްލާއަކާ ނުވަތަ މީޑިއާގައި މަސައްކަތްކުރާ ފަރާތަކާ ނުވަތަ ނޫސްވެރިއަކާ ދެކޮޅަށް މި ގާނޫނުގެ ދަށުން ކޮމިށަނުން ނިންމާ ނިންމުމަކާ ގުޅިގެން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިވާނަމަ، އެ ނިންމުމެއް ނިންމާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.
75 ވަނަ މާއްދާ - މައްސަލަ ބެލުމުގެ ބާރު ލިބިގެންވާ މުއްދަތު
މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާއަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އެޅުން ފިޔަވައި، މި ގާނޫނުގެ ދަށުން ކޮމިށަނަށް މައްސަލައެއް ހުށަހެޅޭނީ އަދި ކޮމިށަނުން މައްސަލައެއް ބެލޭނީ އެކަމެއްގެ މައްޗަށް މައްސަލަ ބިނާވެފައިވާ ކަންކަން ހިނގާފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުގެ ތާރީހެއްގައި ކަމަށް ވާނަމައެވެ.
76 ވަނަ މާއްދާ - ނުނިމި ހުރި މައްސަލަތައް
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުން ބަލަމުން އައި މައްސަލައެއް ނުނިމިވާނަމަ، އެ މައްސަލައެއް ބަލާނީ މި ކޮމިށަނުންނެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަން ބައިވެރިވާ އެއްވެސް މައްސަލައެއް ނުވަތަ މުއާމަލާތެއް ނުނިމިވާނަމަ، އެ މައްސަލައެއް ނުވަތަ މުއާމަލާތެއްގެ ބައިވެރިޔަކަށްވާނީ މި ކޮމިށަނެވެ.
77 ވަނަ މާއްދާ - އެހެން ގާނޫނަކުން ތަހްގީގުކުރުމަށް ކޮމިށަނަށް ލިބިދޭ ބާރު
އެހެން ގާނޫނަކުން، ތަހްގީގުކުރުމަށް ނުވަތަ މައްސަލައެއް ބެލުމަށް ކޮމިށަނަށް ލިބިދޭ ބާރުގެ ދަށުން، ކޮމިށަނުން ހިންގާ ތަހްގީގަކާ ގުޅިގެން ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއް، ނުވަތަ ނޫސް މަޖައްލާއެއް، ނުވަތަ މީޑިއާގައި މަސައްކަތްކުރާ ފަރާތެއް ނުވަތަ ނޫސްވެރިއަކާމެދު އެ ގާނޫނެއްގައި ބަޔާންކުރާ ފިޔަވަޅު އެޅުމަށް، މި ގާނޫނު ހުރަހެއް ނާޅައެވެ.
ނުވަވަނަ ބާބު
އެހެނިހެން
78 ވަނަ މާއްދާ - ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން
ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ބޭނުންވެއްޖެ ހިނދެއްގައި އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ކޮމިށަނުގެ މެންބަރުން ހާޒިރުވާންވާނެއެވެ. އަދި އެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީން ކޮމިށަނުގެ މެންބަރުންނާ ކުރެވޭ ސުވާލުތަކަށް ކޮމިށަނުގެ މެންބަރުންނަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެއެވެ.
79 ވަނަ މާއްދާ - މާލީ ކަންކަން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްގޮތަށް ކޮމިށަނަށް ފައިސާ ހޯދިދާނެއެވެ:
- ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ނެގޭ ބްރޯޑްކާސްޓިންގ ލައިސަންސް ފީ
- ދިވެހިރާއްޖޭގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދޭ ހިލޭ އެހީ
- ދިވެހިރާއްޖޭގެ ގާނޫނާއި، ގަވާއިދާ ހިލާފުނުވާ ގޮތަށް އެހެނިހެން ގޮތްގޮތުން ހޯދާ ފައިސާ
- ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާ
(ށ) ކޮމިށަނުގެ އެންމެހައި ހިސާބުތަކާއި އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަންވާނީ ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
80 ވަނަ މާއްދާ - އޮޑިޓް ކުރުން
ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު ކޮމިށަނުގެ ހިސާބުތައް އޮޑިޓަރ ޖެނެރަލްގެ ގަބޫލުކުރާ އަދި ކޮމިށަނުން އެކަމަށް އައްޔަންކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރަންވާނެއެވެ.
81 ވަނަ މާއްދާ - އަހަރީ ރިޕޯޓް
(ހ) ކޮމިށަނުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެ ރިޕޯޓުގެ މުއްދަތުގައި ހިނގައިދިޔަ އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކޮމިށަނުން ކުރެވުނު މަސައްކަތުގެ ތަފްސީލާއި ކޮމިށަނުގެ މަގްސަދުތައް ހާސިލުކުރެވިފައިވާ މިންވަރު
- ކޮމިށަނުން ދޫކޮށްފައިވާ ލައިސަންސްތަކާބެހޭ މައުލޫމާތު.
- ކޮމިށަނުން ރަޖިސްޓަރީކޮށްދީފައިވާ މަޖައްލާތަކާބެހޭ މައުލޫމާތު؛
- ކޮމިށަނަށް ހުށަހެޅުނު މައްސަލަތައް ނުވަތަ ށަކުވާތަކާބެހޭ މައުލޫމާތު؛
- ކޮމިށަނުން ނިންމި މައްސަލަތަކާއި، އެ މައްސަލަތައް ނިންމިގޮތުގެ މައުލޫމާތު؛
- ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަލަމުންގެންދާ މައްސަލަތަކުގެ މައުލޫމާތު؛
- ކޮމިށަނުން ފިޔަވަޅު އަޅާފައިވާ މައްސަލަތަކުގައި، އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު؛ އަދި
- އޮޑިޓަރުންގެ ރިޕޯޓުގެ ކޮޕީ.
82 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
83 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ކޮމިށަނުންނެވެ.
(ށ) މި ގާނޫނުގެ ދަށުން ކޮމިށަނުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން ހަދާ އެއްވެސް ގަވާއިދަކީ، މި ގާނޫނުގެ މަގްސަދުތަކާ ފުށުއަރާ، ނުވަތަ އެފަދަ މަގްސަދެއް ނަފީވާނެ ނުވަތަ އެ މަގްސަދުތަކަށް އަމަލުކުރުމަށް ހުރަސްއެޅޭނެ ގަވާއިދަކަށް ވެގެންނުވާނެއެވެ.
84 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި، އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ:
(ހ) "ހުއްދަ ނޫން ފަރާތް" ކަމަށް ބުނެފައި އެވަނީ، މައުލޫމާތު ހިއްސާކުރި މަސްދަރާއި ނޫސްވެރިޔާ ފިޔަވައި އެ މައުލޫމާތެއް އެނގުމުގެ ހައިސިއްޔަތު ނެތް ތިންވަނަ ފަރާތަކަށެވެ.
(ށ) "ނޫސް" ކަމަށް ބުނެފައި އެވަނީ، ދުވަހު ނޫސްތަކަށާއި، ހަފްތާ ނޫސްތަކަށާއި، ޓްރޭޑް ޕަބްލިކޭށަންތަކާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން، މައުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިށްތިހާރު، އާންމުކޮށް ފެތުރުމަށްޓަކައި، ގަންނަން ލިބޭގޮތަށް ނުވަތަ އަގަކާ ނުލައި ލިބޭގޮތަށް، ޗާޕުކޮށްގެންނާއި އިންޓަރނެޓާއި މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ށާއިއުކުރެވޭ ށާއިއުކުރުންތަކަށެވެ.
(ނ) "ބްރޯޑްކާސްޓަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތްތަކަށެވެ.
(ރ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކަށެވެ.
(ބ) "އަމިއްލަ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ފާހަގަކުރެވޭ ވަކި ފަރުދެއްގެ އަމިއްލަ ދިރިއުޅުމުގެ ދާއިރާގެ ތެރޭގައި ހިމެނޭ މައުލޫމާތަށާއި، އެ މައުލޫމާތެއް ހާމަކުރުމަކީ، އޭނާގެ އަމިއްލަ ފަރުދީ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބުން ކަމުގައި ބެލެވިދާނެ މައުލޫމާތަށެވެ.
(ޅ) "އިލެކްޓްރޯނިކް މީޑިއާ" ކަމަށް ބުނެފައި އެވަނީ، އޯޑިއޯ އަދި ވީޑިއޯ ޓޭޕާއި އިންޓަރނެޓް ހިމެނޭގޮތުން، ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށްގެން ހަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކަށެވެ.
(ކ) "އެޑިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އާންމުކޮށް ނެރޭ ނޫހަކުން ބައެއް ހަބަރާއި މައުލޫމާތު އާކޮށްގެން ނެރޭ އެ ނޫހުގެ އިތުރު ޗާޕަށް ނުވަތަ ކޮޕީއަށެވެ.
(އ) "އިލެކްށަންސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-08 (އިލެކްށަންސް ކޮމިށަންގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ އިލެކްށަންސް ކޮމިށަނަށެވެ.
(ވ) "އާންމު ނިޒާމު" ކަމަށް ބުނެފައި އެވަނީ، މުޖުތަމައުގައި ނަގަހައްޓަންޖެހޭ އާންމު އުސޫލުތަކަށާއި، އެކަމެއް ނެތިދިއުމުގެ ސަބަބުން ނުވަތަ އެކަމަށް އަސަރުކުރުމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންލިބޭ ކަންކަމަށެވެ.
(މ) "އާންމު މަސްލަހަތު އޮތުން" ކަމަށް ބުނެފައި އެވަނީ، މުޖުތަމައުގެ ގިނަ އަދަދެއްގެ ބަޔަކަށް އެ މައުލޫމާތަކުން ހައްގުނޫން ގެއްލުމެއް ނުވަތަ އުނިކަމެއް ލިބިދާނެ މައުލޫމާތާއި، މުޖުތަމައުގެ ގިނަ އަދަދެއްގެ ބަޔަކު އެނގެން ބޭނުންވެދާނެ މައުލޫމާތާއި، ކަންބޮޑުވާ މައުލޫމާތާއި މުޖުތަމައުގެ ގިނަ ބަޔެއްގެ ތެރޭގައި އެކަން ހިނގަމުންދާ ގޮތާބެހޭ މައުލޫމާތު އެނގުމަކީ މުހިންމު ކަމެއް ކަމަށް ބަލާފާނެ މައުލޫމާތަށެވެ.
(ފ) "މީޑިއާ" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމާއި ހިޔާލާއި އިށްތިހާރު އާންމުކޮށް ފެތުރުމަށްޓަކައި ހިންގާ ބްރޯޑްކާސްޓް ޓީވީއަށާއި ރޭޑިއޯއަށާއި ކޭބަލް ޓެލެވިޒަން ނެޓްވަރކްއަށާއި، މިއިން ވަސީލަތަކުން ފަތުރާ ކޮންޓެންޓް އިންޓަރނެޓް މެދުވެރިކޮށް ހިންގާ (ސޮފްޓްވެއަރ ވެބްސައިޓެއް ނުވަތަ އެޕްލިކޭށަނެއް މެދުވެރިކޮށް) ގެނެސްދިނުމަށާއި، ޗާޕުކޮށްގެން ށާއިއުކުރާ ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ސޮފްޓްވެއަރ ވެބްސައިޓެއް ނުވަތަ އެޕްލިކޭށަނެއްގައި ށާއިއުކުރާ ދުވަހު ނޫސްތަކަށާއި، ހަފްތާ ނޫސްތަކަށާއި މަޖައްލާތަކަށާއި، މިފަދަ އެހެންވެސް ހަބަރާއި މައުލޫމާތާއި ކަރަންޓް އެފެއާޒް ގެނެސްދޭ ށާއިއުކުރުންތަކަށެވެ.
(ދ) "މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، އެޑިޓަރުންނާއި، އެޑިޓަރުންގެ ޒިންމާ އަދާކުރާ މީހުންނާއި، ރިޕޯޓަރުންނާއި، ޖާނަލިސްޓުންނާއި، ޕްރެޒެންޓަރުންނާއި، ޓެކްނީށަނުންނާއި، ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުންނަށެވެ.
(ތ) "މަޖައްލާ" ކަމަށް ބުނެފައި އެވަނީ، އިލްމީ ދާއިރާއިންނާއި ސައިންސްގެ ދާއިރާއިންނާއި އަދި އެނޫންވެސް އެކިއެކި ދާއިރާތަކުގެ މައްޗަށް ބިނާކޮށް ހަބަރާއި މައުލޫމާތާއި، ހިޔާލު ށާއިއުކޮށްގެން ނެރެވޭ ލިޔުންތަކާއި، ޖާނަލްތައް ހިމެނޭގޮތުންނެވެ.
(ލ) "ގައުމީ ސަލާމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް ބޭރުންނާއި އެތެރެއިން ކުރިމަތިވާ ކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމަށް ނުވަތަ މުޅި ގައުމަށް ނުވަތަ މުޖުތަމައުގެ ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާފަދަ ކަންކަމާއި، އެކަމެއްގެ ސަބަބުން ދިވެހި ދައުލަތަށް ނުރައްކާވެދާނެފަދަ ކަންކަމާއި މަސްލަހަތުތަކަށެވެ.
(ގ) "ސަރަހައްދީ އެޑިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އާންމުކޮށް ނެރޭ ނޫހަކުން، ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ށާއިއުކުރާ އެ ނޫހެއްގެ އިތުރު ޗާޕަށް ނުވަތަ ކޮޕީއަށެވެ.
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
ކިޔުންތެރިންގެ ހިޔާލު