އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-28)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 އެޕްރީލް 2026 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2013-01 (ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު) ގެ 54 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އެއްވުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން
ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް އެންމެ ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ފަހިކޮށްދިނުން.
(ށ) އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ސަލާމަތީ ބާރުތަކުގެ ފަރާތުން ބޭނުންވާ ހިމާޔަތާއި އެއްބާރުލުން ކަށަވަރުކޮށްދިނުން.
(ނ) އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ، އެންމެހައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުން.
(ރ) އެއްވެއުޅުމާގުޅޭ މައުލޫމާތު ފެތުރުމަށް ޓަކައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ އުސޫލުތައް ކަނޑައެޅުން.
3 ވަނަ މާއްދާ - އެކްރެޑިޓްކުރެވޭނެ ފަރާތްތައް
މި ގަވާއިދުގެ ދަށުން އެކްރެޑިޓްކުރެވޭނެ ފަރާތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ރާއްޖޭގެ މީޑިއާތައް
(ށ) ބައިނަލްއަގުވާމީ މީޑިއާ ތަމްސީލުކުރާ ފަރާތްތައް
(ނ) ފްރީލާންސް ނޫސްވެރިން
4 ވަނަ މާއްދާ - އެކްރެޑިޓްކުރެވޭ ފަރާތްތައް ދަފުތަރުވުން
މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ ނޫސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރީވާނެ ފަރާތްތަކެކެވެ.
5 ވަނަ މާއްދާ - އެކްރެޑިޓްކުރުމުގެ އުސޫލުތައް
މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް އެކްރެޑިޓްކޮށްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ރާއްޖޭގެ މީޑިއާ" ތައް އެކްރެޑިޓްކޮށްދެވޭނެ އުސޫލުތައް.
- އެކްރެޑިޓްކުރުމަށް ހުށަހަޅާއިރު ޖަދުވަލު 1 ގައިވާ ފޯމުން ނުވަތަ ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެކްރެޑިޓް ކުރުމަށް ހުށަހެޅިދާނެއެވެ؛
- އެކްރެޑިޓް ކުރުމަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަކުރުމަށްފަހު މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ކާޑު، ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ބައިނަލްއަގުވާމީ މީޑިއާ ތަމްސީލުކުރާ ފަރާތްތައް" އެކްރެޑިޓްކޮށްދެވޭނެ އުސޫލުތައ.ް
- އެކްރެޑިޓްކުރުމަށް ހުށަހަޅާ ފަރާތަކީ ބައިނަލްއަގުވާމީ މީޑިއާ އޯގަނައިޒޭށަނެއް ތަމްސީލުކުރާ ފަރާތެއްކަން ބަޔާންކޮށްފައިވާ، އެ އޯގަނައިޒޭށަނެއްގެ ލިޔުމެއް ހުށަހަޅަންވާނެއެވެ؛
- އެކްރެޑިޓްކުރުމަށް ހުށަހަޅާއިރު ޖަދުވަލު 1 ގައިވާ ފޯމުން ނުވަތަް. ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެކްރެޑިޓް ކުރުމަށް
ހުށަހެޅިދާނެއެވެ.
(ނ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ފްރީލާންސް ނޫސްވެރިން" އެކްރެޑިޓްކޮށްދެވޭނެ އުސޫލުތައް.
- އެކްރެޑިޓްކުރުމަށް ހުށަހަޅާއިރު ޖަދުވަލު 1 ގައިވާ ފޯމުން ނުވަތަ ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެކްރެޑިޓް ކުރުމަށް ހުށަހެޅިދާނެއެވެ؛
- އެކްރެޑިޓް ކުރުމަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަކުރުމަށް ފަހު މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ކާޑު، ކޮމިށަނަށް ހުށަހަޅަންވާނެއެވެ؛
- ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާ ނުވަތަ ބްރޯޑްކާސްޓިންގ ސްޓޭށަން ނުވަތަ އޮންލައިން ނިއުސް ސައިޓަކުން އެ ފަރާތަކީ ފްރީލާންސް ނޫސްވެރިއެއްކަން ބަލައިގަންނަކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ރ) އެކްރެޑިޓްކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކޮށްފައި ހުށަހަޅާތާ، އެންމެ ގިނަވެގެން ވެސް މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކްރެޑިޓްކޮށްދޭންވާނެއެވެ.
6 ވަނަ މާއްދާ - އެކްރެޑިޓް ކޮށްދެވޭނެ މުއްދަތު
އެކްރެޑިޓް ކޮށްދެވޭނެ މުއްދަތ،ު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ރާއްޖޭގެ މީޑިއާތައ-ް އެކްރެޑިޓްކޮށްދޭ ތާރީހުން ފެށިގެން މީލާދީ 1 (އެކެއް) އަހަރުދުވަހަށެވެ.
(ށ) ބައިނަލްއަގުވާމީ މީޑިއާ ތަމްސީލުކުރާ ފަރާތްތައް - އެކްރެޑިޓްކޮށްދޭ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހަށެވެ.
(ނ) ފްރީލާންސް ނޫސްވެރިން - އެކްރެޑިޓްކޮށްދޭ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހަށެވެ.
7 ވަނަ މާއްދާ - އެކްރެޑިޓޭށަން ކާޑު
(ހ) ކާޑު ޕްރިންޓްކޮށްފައި އޮންނަންވާނީ 80 GSM ގެ ސާފު ހުދު ކަރުދާހުގައެވެ.
(ށ) ކާޑުގެ ދިގުމިނުގައި 5.9 (ފަހެއް ޕޮއިންޓް ނުވައެއް) އިންޗި، ފުޅާމިނުގައި 4.1 (ހަތަރެއް ޕޮއިންޓް އެކެއ) އިންޗި ހުންނަންވާނެއެވެ.
(ނ) އެކްރެޑިޓޭށަން ކާޑު އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.
(ރ) ކާޑުގައި ޖަހާ ފޮޓޯ ވާންވާނީ ފޮޓޯ ނެގިތާ 3 (ތިނެއް) މަސްދުވަސް ނުވާ، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކަށެވެ.
(ބ) ކާޑު ބޭނުންކުރަންވާނީ ލެމިނޭޓްކޮށްގެންނެވެ.
8 ވަނަ މާއްދާ - އެކްރެޑިޓްކޮށްފައިވާ ނޫސްވެރިންނަށް ލިބޭ އިމްތިޔާޒުތައް
މި ގަވާއިދުގެ ދަށުން އެކްރެޑިޓްކޮށްދެވޭ ނޫސްވެރިންނަށ،ް އަންނަނިވި އިމްތިޔާޒުތައް ކަށަވަރުކޮށްދެވޭނެއެވެ.
(ހ) ސަލާމަތީ ބާރުތަކުގެ ހާއްސަ ހިމާޔަތް.
(ށ) ހަލަބޮލި ހާލަތްތައް ހިނގާ ސަރަހައްދުތަކަށް ދެވޭ "އެކްސެސް"
(ނ) ސަލާމަތީ ބާރުތަކުން މައުލޫމާތު ހޯދުމުގެ ލުއިފަސޭހަކަން.
9 ވަނަ މާއްދާ - އެކްރެޑިޓޭށަން ކާޑު އުކުރުން
އެކްރެޑިޓޭށަން ކާޑު އައުކޮށްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ.
(ހ) މުއްދަތު ހަމަވުން.
(ށ) ގެއްލުން.
(ނ) ބޭނުންކުރެވޭ ވަރަށް ވުރެ ބޮޑަށް ކާޑު ހަލާކުވުން (ކާޑުގައި ބަޔާންކޮށްފައިވާ މައުލޫމާތު ސާފުނުވާ ވަރުވުން).
10 ވަނަ މާއްދާ - އެކްރެޑިޓޭށަން ކާޑު ބާތިލުކުރުމާއި ބާތިލުވުން.
ކާޑު ބާތިލުކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ.
(ހ) ކާޑު ބޭނުންކުރާ ފަރާތުން އެދިގެން.
(ށ) އެކްރެޑިޓްކުރުމަށް ހުށަހަޅާ މައުލޫމާތު ސައްހަނޫންކަމަށް ކޮމިށަނަށް ސާބިތުވުން.
(ނ) ކާޑު ބޭނުންކުރާ ފަރާތުގެ މައްޗަށް ޖީނާއީ ކުށެއްގައި ށަރުއީ ކޯޓަކުން ހުކުމެއް ކުރުން.
(ރ) ކާޑު ބޭނުންކުރާ ފަރާތް ނިސްބަތްވާ މީޑިއާ އޯގަނައިޒޭށަނުގެ ރަޖިސްޓަރީ ނުވަތަ ލައިސަންސް ބާތިލުކުރުން.
11 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކުގެ މާނަކުރާނީ ތިރީގައިވާ ގޮތަށެވެ.
(ހ) "ރާއްޖޭގެ މީޑިއާތައް" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ރަޖިސްޓަ ރީ ކޮށްގެން ހިންގާ ބްރޯޑްކާސްޓަރުންނާއި، ނޫސް މަޖައްލާ ތަކާއ،ި އޮންލައިން މީޑިއާ ތަކާއި، އަދި މި ނޫންވެސް މީޑިއާގެ ގޮތުގައި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތްތަކަށެވެ.
(ހ) "ބައިނަލްއަގުވާމީ މީޑިއާ ތަމްސީލުކުރާ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވާ ރާއްޖެއިން ބޭރުގެ މީޑިއާތަކުން ރާއްޖޭގައި ތަމްސީލުކުރާ ފަރާތްތަކަށެވެ.
(ށ) "ފްރީލާންސް ނޫސްވެރިން" ކަމަށް ބުނެފައި އެވަނީ> ހަބަރާއި މައުލޫމާތު ފެތުރުމުގައި ވަކި ނިއުސް މިޑިއާ އަކާ ނުގުޅި މަސައްކަތްކުރާ ފަރާތްތަކަށެވެ.
(ނ) "އެކްސެސް" ކަމަށް ބުނެފައި އެވަނީ، އެއްވުން ހިނގާ ސަރަހައްދާއި، ސަލާމަތީ ބާރުތައް ހަރަކާތްތެރިވާ ހިސާބާ އެންމެ ގާތުން ހަބަރާއި މައުލޫމާތު ހޯދުމަށް ދެވޭ ފުރުޞަތަށެވެ.
(ރ) "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނަށެވެ.
12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ޖަދުވަލު 1
މުޒާހަރާތަކާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމަށް ބޭނުންވާ މީޑިއާގެ ފަރާތްތައް އެކްރެޑިޓްކުރުމަށް އެދި ހުށަހަޅާ ފޯމު
ޖަދުވަލު 2
ދޭ ކާޑުގެ ކުރިމަތި އަދި ފަހަތުގެ ފޮޓޯ
މައި ގާނޫނު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2025-16)
ކިޔުންތެރިންގެ ހިޔާލު