-

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނަށް ހުށަހެޅޭ ށަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-26)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 އެޕްރީލް 2026 ގައި)

 

އިބްތިދާއީ ބައިތައް

 

1 ވަނަ މާއްދާ - ތަޢާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2025-16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަން ގާނޫނު) ގެ 63 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ ށަކުވާތަކާއި މައްސަލަތައް ބެލުމުގައި ޢަމަލުކުރާނޭ އުސޫލުތައް ކަނޑައެޅުމާއި، އެ ގާނޫނުގެ 70 ވަނަ މާއްދާއާއި، 71 ވަނަ މާއްދާއާއި 72 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކޮމިށަނުން ފިޔަވަޅު އެޅުމުގެ ހަމަތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނަށް ހުށަހެޅޭ ށަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ކޮމިށަނަށް ހުށަހެޅޭ އެކިއެކި ށަކުވާތަކާއި މައްސަލަތައް ބަލައިގަތުމާއި، އެ ށަކުވާތަކާއި މައްސަލަތައް ކުރިޔަށްގެންދާނެ ސާފު އިޖުރާތުތަކެއް ކަނޑައަޅައި އިންސާފުވެރިކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މައްސަލަތައް ތަހުގީގުކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމާއި، ގާނޫނާއި ގަވާއިދުތަކާ ހިލާފުވާ ހާލަތްތަކުގައި އެކަށީގެންވާ ފިޔަވަޅު އެޅުމާ ގުޅޭ ހަރުދަނާ އުސޫލުތައް ބަޔާންކޮށް، މުއައްސަސާގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ޓަކައި އެ ކަންކަން ތަންފީޒުކުރާނެ ގޮތްތައް ކަނޑައެޅުމެވެެ.

 

ށަކުވާ ނުވަތަ މައްސަލަ ހުށަހެޅުން

 

3 ވަނަ މާއްދާ - މައްސަލަ ނުވަތަ ށަކުވާ ހުށަހެޅޭނެ ގޮތްތައް

ގާނޫނާއި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާ ކަމަކާ، އެއްވެސް ފަރާތަކުން ހިލާފުވާ ކަމަށް ފެނިއްޖެ ނަމަ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ށަކުވާ ނުވަތަ މައްސަލަ ކޮމިށަނަށް ހުށަހެޅިދާނެއެވެ:

(ހ) ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުން ނުވަތަ ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން ށަކުވާ ނުވަތަ މައްސަލަ ހުށަހެޅުން:

(ށ) މޮނިޓަރ ކުރުމުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާ ގުޅިގެން މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިށަނުން އިސްނަގައިގެން މައްސަލަ ބެލުން.

(ނ) ކޮމިށަނުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ތަހުގީގުކޮށްދިނުމަށް އެދި، ދައުލަތުގެ މުއައްސަސާއަކުން ހުށަހެޅުން

 

4 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގެ މަތީން މައްސަލަ ބެލުން

ށަކުވާ ހުށަހެޅުމުގެ މުއްދަތު ގާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަމަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެކަމަށް ނުވަތަ މީޑިއާގެ ވަސީލަތެއްގައި ށާއިޢުކުރި އެއްޗަކާ ގުޅިގެން ވަކި ފަރާތެއްގެ ނުވަތަ ބައެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ކޮމިށަނަށް ފެނިއްޖެ ނަމަ، ކޮމިށަނުގެ އަމިއްލަ އިސްނެގުމުގެ މަތީން އެ މައްސަލަ ބެލުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ މުއްދަތު

(ހ) ކޮންޓެންޓާ ގުޅުންހުރި މައްސަލައެއް ނަމަ، އެ ކޮންޓެންޓެއް ށާއިޢުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ތާރީހުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތުގައި އެ ށަކުވާއެއް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) ށަކުވާއެއް ނުވަތަ މައްސަލައެއް ކޮމިށަނަށް ލިބުމުން ށަކުވާ ނުވަތަ މައްސަލަ ރައްދުވާ ފަރާތަށް ކޮމިށަނުން އެކަން އަންގަންވާނެއެވެ.

 

 

އިބްތިދާއީ ސްކްރީނިން

 

6 ވަނަ މާއްދާ - ސްކްރީނިންގ މަރްހަލާ

ހުށަހަޅައިފައިވާ ށަކުވާއަކީ ނުވަތަ މައްސަލައަކީ ބަލައިގަނެވޭނެ ށަކުވާއެއްކަން ނުވަތަ މައްސަލައެއްކަން ކަނޑައެޅުމަށް ޓަކައި، އިބްތިދާއީ ސްކްރީނިންގއެއް ކޮމިށަނުން ކުރިޔަށް ގެންދަންވާނެއެވެ.

 

7 ވަނަ މާއްދާ - ށަކުވާ ސްކްރީން ކުރުމަށްފަހު ނިންމާ ގޮތް

ށަކުވާއެއް ނުވަތަ މައްސަލައެއް ހުށަހެޅުމުން އެ ށަކުވާއެއް ނުވަތަ މައްސަލައެއް ބަލައިގަތުމަށް ނުވަތަ ބަލައިނުގަތުމަށް ކޮމިށަނުން ނިންމައިފި ނަމަ ސަބަބު ބަޔާންކޮށް ށަކުވާ ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

 

 

ށަކުވާގެ ނުވަތަ މައްސަލައިގެ ތަހުގީގު މަރުހަލާ

 

8 ވަނަ މާއްދާ - މައްސަލައިގެ ތަހުގީގު މަރުހަލާ ފެށުން

ށަކުވާއެއް ނުވަތަ މައްސަލައެއް ތަހުގީގުކުރުމަށް ކޮމިށަނުން ނިންމައިފި ނަމަ، އެ މައްސަލައިގެ ތަހުގީގުގެ މަރުހަލާ ފެށުމާއެކު، ށަކުވާއެއް ނުވަތަ މައްސަލައެއް ރައްދުވާ ފަރާތަށް ކޮމިށަނުން އެކަން އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ޖަވާބުދާރީވުމުގެ ފުރުޞަތު

(ހ) ށަކުވާއާ ނުވަތަ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ކަންކަމާ ގުޅިގެން ލިޔުމުން ޖަވާބުދާރީވުމަށް ށަކުވާ ނުވަތަ މައްސަލަ ރައްދުވާ ފަރާތަށް ރަސްމީ ބަންދު ދުވަސް ހިމެނޭހެން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

(ށ) ށަކުވާއާ ނުވަތަ މައްސަލައާ ގުޅިގެން އިޖުރާއީ ކަންކަން ފާހަގަކުރެވޭ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކޮމިށަނަށް ލިޔުމުން އެކަން ހުށަހަޅަންވާނެއެވެ.

(ނ) ށަކުވާއަށް ނުވަތަ މައްސަލައަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަރާތަށް މި މާއްދާގެ (ހ) ގެ ދަށުން ދެވޭ 7 (ހަތެއް) ދުވަހުގެ މުއްދަތުގައި، ޖަވާބުދާރީވުމުގެ މުއްދަތު އިތުރުކުރަން ށަކުވާ ނުވަތަ މައްސަލަ ރައްދުވާ ފަރާތުން ބޭނުންވާ ނަމަ ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް ހުށަހެޅިދާނެއެވެ.

 

10 ވަނަ މާއްދާ - ށަކުވާ ނުވަތަ މައްސަލަ ބަލާ ކޮމިޓީ އެކުލަވައިލުން

ކޮމިށަނަށް ހުށަހަޅާ ށަކުވާއެއް ނުވަތަ މައްސަލައެއް ބެލުމަށް ނިންމައިފި ނަމަ، އެ ށަކުވާއެއް ނުވަތަ އެ މައްސަލައެއް ބަލާނެ ވަގުތީ ކޮމިޓީއެއް، އަންނަނިވި ގޮތުގެ މަތީން ކޮމިށަނުން އެކަށައަޅަންވާނެއެވެ.

(ހ) ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ށަކުވާއަކީ މުޅި ކޮމިށަނުން ބަލަންޖެހޭ މައްސަލައެއްކަމަށް ކޮމިށަނަށް ފެނިއްޖެ ނަމަ، އެ މައްސަލައެއްގައި މައްސަލަ ބަލާ ކޮމިޓީގެ ދައުރު އަދާކުރާނީ ކޮމިށަނުންނެވެ.

(ށ) މައްސަލަ ނުވަތަ ށަކުވާ ބަލާ ކޮމިޓީއަށް ކޮމިށަނުގެ މެންބަރުން ނޫން މީހުން އައްޔަނުކުރުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކޮމިޓީއަށް މީހުން އައްޔަންކުރާ ނަމަ ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް އެ ފަރާތެއްގެ ކިބައިގައި ހުރުން ލާޒިމުވާނެއެވެ. އަދި އެ ސިފަތަކާއެކު އެ ފަރާތަކީ ފަންނީ ފަރާތެއް ކަމުގައި ވާންވާނެއެވެ.

(ރ) މައްސަލަ ނުވަތަ ށަކުވާ ބަލާ ކޮމިޓީގެ މެންބަރުންގެ ދަދަކީ، އޮނަހިރި އަދަދަކަށް ވާންވާނެއެވެ. އަދި މައްސަލަ ނުވަތަ ށަކުވާ ބަލާ ކޮމިޓީގެ މެންބަރުންގެ ތެރެއިން، މެންބަރަކު، އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނެ ފަރާތުގެ ގޮތުގައި، ކޮމިޓީން އައްޔަނުކުރަންވާނެއެވެ.

(ބ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ނުވަތަ ށަކުވާތައް ބެލުމުގައި، ކޮމިށަނަށް ލިބިދޭ ބާރުތައް ކަމަށް ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާރުތައް، މައްސަލަ ބަލާ ކޮމިޓީއަށް ވެސް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ށަކުވާ ބަލައި ނިންމަންޖެހޭ މުއްދަތު

ހާއްޞަ ހާލަތެއް މެދުވެރިވެގެން، މެނުވީ ކޮމިށަނަށް ހުށަހެޅޭ ށަކުވާއެއް ނުވަތަ މައްސަލައެއް، އެފަދަ ށަކުވާއެއް ނުވަތަ މައްސަލައެއް ހުށަހަޅާ ދުވަހުން ފެށިގެން، ނުވަތަ ށަކުވާއެއް ނުވަތަ މައްސަލައެއް ބަލަން ކޮމިށަނުން ނިންމާ ދުވަހުން ފެށިގެން، 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ށަކުވާއެއް ނުވަތަ މައްސަލައެއް ބަލައި ނިންމަންވާނެއެވެ. އަދި 30 (ތިރީސް) ދުވަހުގެ ތެރޭގައި ނިނުވޭ ކަމުގައި ވާ ނަމަ، ލިޔުމަކުން ސަބަބު ބަޔާންކޮށް، އެ ށަކުވާއެއް ނުވަތަ އެ މައްސަލައެއް ހުށަހެޅި ފަރާތަކަށް އެކަން އަންގަންވާނެއެވެ.

 

12 ވަނަ މާއްދާ - ތަހްގީގުގައި ޢަމަލުކުރާނެ ގޮތާއި، ހެއްކާއި ގަރީނާ ހޯދުން

ކޮމިށަނުން ބޭނުންވެއްޖެ ހިނދެއްގައި، ތިރީގައިވާ ބާވަތުގެ ހެކިތައް ށަކުވާއާ ގުޅިގެން ނުވަތަ މައްސަލައާ ގުޅިގެން އެއްކުރެވިދާނެއެވެ.

(ހ) ށަކުވާއާ ނުވަތަ މައްސަލައާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް.

(ށ) މޮނިޓަރިންގ ރިޕޯޓު.

(ނ) ހެކިބަސް ދޭ މީހުންގެ ބަޔާން.

(ރ) ހަބީރުންގެ ލަފާ.

(ބ) ޑިޖިޓަލް ލޮގް، ނުވަތަ ޓެކްނިކަލް ލޮގްތަކާއި، މެޓަޑޭޓާ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ އިތުރުން، ގާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ގާނޫނު) ގެ ދަށުން ހުށަހެޅޭ ހެއްކާއި ގަރީނާ ބަލައިގަތުމުގެ އިހުތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.

 

13 ވަނަ މާޢްދާ - ހަސްމުންގެ ހައްގުތައް

ށަކުވާ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތަށާއި ށަކުވާ ނުވަތަ މައްސަލަ ރައްދުވާ ފަރާތަށް ތިރީގައިވާ ހައްގުތައް ލިބިގެންވެއެވެ.

(ހ) ށަކުވާއަކީ ނުވަތަ މައްސަލައަކީ ކޮބައިކަން ށަކުވާ ނުވަތަ މައްސަލަ ރައްދުވާ ފަރާތަށް ސާފުކޮށްދިނުން.

(ށ) ޖަވާބުދާރީވުމަށް ފުރުޞަތު ދިނުން.

(ނ) ގާނޫނީ ވަކީލަކު އައްޔަނުކުރަން ފުރުޞަތު ދިނުން.

(ރ) ހެކި ހުށަހެޅުމުގެ ފުރުޞަތު ށަކުވާ ނުވަތަ މައްސަލައިގެ ހަސްމުންނަށް ދިނުން. އެގޮތުން މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ހެކިންގެ ލިސްޓާ އެއްގޮތަށް ހެކި ހުށަހެޅުން.

 

14 ވަނަ މާޢްދާ - ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ހައްގު

މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މި ގަވާއިދުގެ ދަށުން ހުށަހެޅޭ ށަކުވާއެއްގައި ނުވަތަ މައްސަލައެއްގައި ހިމެނޭ ކޮންމެ ފަރާތަކަށް ވެސް ތަހުގީގުގެ ނުވަތަ އިޖުރާތުގެ ކޮންމެ މަރުހަލާއެއްގައި ވެސް ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ހައްގު ލިބިގެންވެއެވެ.

(ހ) ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނުކުރެވޭނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކެވެ.

(ށ) މި މާއްދާގައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދޭ ނަމަ ވަކީލަކު އައްޔަނުކުރިކަމުގެ ޕަވަރ އޮފް އެޓަރނީއާއި، ވަކީލުގެ ހުއްދައާއި ދެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕަވަރ އޮފް އެޓަރނީ ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމެޓަށެވެ.

(ރ) ކުންފުންޏަކުން ވަކީލަކު އައްޔަނުކުރާ ނަމަ ހުށަހަޅާނީ، ކުންފުނީގެ ރިޒޮލިއުށަނެވެ.

 

 

ށަކުވާ ނުވަތަ މައްސަލަ ބަލައި ނިންމުން

 

15 ވަނަ މާޢްދާ - މައްސަލަ ނުވަތަ ށަކުވާ ނިމުނު ގޮތުގެ ރިޕޯޓު

މައްސަލަ ނުވަތަ ށަކުވާ ބަލައި ނިމުމުން، މައްސަލަ ނުވަތަ ށަކުވާ ބަލައި ނިމުނު ގޮތުގެ ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ.

(ހ) މައްސަލަ ނުވަތަ ށަކުވާ ބަލައި ނިމުނު ގޮތުގެ ރިޕޯޓު، ކޮމިށަނުން ފާސްކުރަންވާނެއެވެ.

(ށ) މައްސަލަ ނުވަތަ ށަކުވާ ބަލައި ނިމުނު ގޮތުގެ ރިޕޯޓު، ކޮމިށަނުން އާންމުކުރަންވާނެއެވެ.

 

16 ވަނަ މާޢްދާ - ކޮމިށަނުގެ ނިންމުން މުރާޖާކުރުމަށް އެދުން

ކޮމިށަނުގެ ނިންމުމަކާމެދު ށަކުވާ ނުވަތަ މައްސަލަ ރައްދުވާ ފަރާތުން، ހިތްހަމަ ނުޖެހޭ ނަމަ އެ ފަދަ ށަކުވާއެއް ނުވަތަ މައްސަލައެއް އަލުން މުރާޖާކުރުމަށް އެ ފަރާތަށް ކޮމިށަނަށް ހުށަހެޅިދާނެއެވެ. ކޮމިށަނުން މައްސަލައެއް އަލުން މުރާޖާކުރުމަށް ނިންމަންވާނީ، މުރާޖާކުރުމަށް، ށަރުޢީގޮތުން ނުވަތަ ގާނޫނީގޮތުން ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމައެވެ.

(ހ) މި މާއްދާގައިވާ ގޮތުގެ މަތީން ށަކުވާގެ ނުވަތަ މައްސަލައިގެ ނިންމުން މުރާޖާކުރަން އެދޭ ނަމަ ށަކުވާ ނުވަތަ މައްސަލަ ނިންމި ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސް ހިމެނޭހެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ކަމަށް އެދި ހުށަހަޅަންވާނެއެވެ.

(ށ) ކޮމިށަނުން ނިންމާ ނިންމުމަކާ ގުޅިގެން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިވާ ނަމަ އެ ނިންމުން، ނިންމިތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ ނިންމުން ބަދަލުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

 

 

ފިޔަވަޅުއެޅުން

 

17 ވަނަ މާޢްދާ - ފިޔަވަޅުއެޅުން

މި ގަވާއިދުގެ ދަށުން ހުށަހެޅޭ ށަކުވާތަކާއި ކޮމިށަނުން ބަލާ މައްސަލަތަކާ ގުޅިގެން، ފިޔަވަޅުއެޅުމުގައި ޢަމަލުކުރަންވާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، މައްސަލަ ރައްދުވާ ފަރާތަށް، ޖަވާބުދާރީވުމުގެ ފުރުޞަތު ދެވިފައިވާކަން ކަށަވަރުކޮށް މި ގަވާއިދުގެ ދަށުން، ހިންގާ ތަހްގީގަކަށްފަހު، ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

18 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން ފިޔަވަޅުއަޅާނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތައް.

(ށ) ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތައް.

(ނ) މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް.

(ރ) ނޫސްވެރިން.

(ބ) ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހްތިޞާސް ހިނގާ އެހެނިހެން ފަރާތްތައް.

 

19 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގެ އާންމު އުސޫލުތައް

(ހ) މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގައި، ށާއިޢުކޮށްފައިވާ ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓް ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ މިންވަރާއި މައްސަލައިގެ ކުޑަބޮޑުމިނަށާއި، އޭގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރަށާއި، އެ ޢަމަލު ތަކުރާރުވެފައިވާ މިންވަރަށާއި ގުޅުންހުރި އެހެނިހެން ކަންކަމަށް ކޮމިށަނުން ރިއާޔަތް ކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ކަނޑައެޅުމަށް އެހީތެރިވުމުގެ ގޮތުން، ޢަމަލުތައް ތަރުތީބުކުރުމާއި ދަރަޖަކުރުމުގެ އޮނިގަނޑުތައް ހިމެނޭހެން އުސޫލުތައް އެކުލަވައިލައި، އެ އުސޫލުތަކަށް ޢަމަލުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅެއް ކަނޑައެޅުމަށް ކޮމިށަނަށް ލިބިދޭ އިހްތިޔާރު، މި ގަވާއިދުގެ އެއްވެސް މާއްދާއަކުން ހަނިއެއް ނުކުރެވޭނެއެވެ.

 

20 ވަނަ މާޢްދާ - ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް އޮތް ފަރާތާމެދު ފިޔަވަޅުއެޅުން

ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތަކުން، ގާނޫނާއި އެ ގާނޫނުގެ ދަށުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ނުވަތަ ގާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ) ގާނޫނުގެ ދަށުން ކަނޑައަޅައިފައިވާ ލައިސަންސް ދިނުމުގެ ށަރުތަކާ ހިލާފުވެއްޖެ ނަމަ، މައްސަލައިގެ ކުޑަބޮޑުމިނަށާއި ގާނޫނާ ހިލާފުވުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް، އެ ފަރާތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) ލައިސަންސް ލިބިފައިވާ ފަރާތަށް އެ ކަމެއް ރަނގަޅުކުރަން އެންގުން.

(ށ) ލައިސަންސް ލިބިފައިވާ ފަރާތަށް ދެވޭ އިންޒާރެއް އާންމުކޮށް ށާއިޢުކުރުން.

(ނ) ކޮމިށަނުން އަންގާ ވަގުތެއްގައި، ކޮމިށަނުން އަންގާ ގޮތެއްގެ މަތީން، ކުށްގެ އިސްލާހު އާންމުކުރުމަށް، ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް، ބަޔާނެއް އާންމުކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަށް އެންގުން.

(ރ) ކުށް އިޞްލާހުކޮށް، އެފަދަ ކުށްތައް ތަކުރާރުވިޔަނުދިނުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމަށް ލައިސަންސް ލިބިފައިވާ ފަރާތަށް އެންގުން.

(ބ) ލައިސަންސް ލިބިފައިވާ ފަރާތަކުން، ގާނޫނާއި، އެ ގާނޫނުގެ ދަށުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ނުވަތަ ގާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ކަނޑައަޅައިފައިވާ ލައިސަންސް ދިނުމުގެ ށަރުތަކާ ހިލާފުވެއްޖެ ނަމަ، 50,000 (ފަންސާސް ހާސް) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުން.

(ޅ) ލައިސަންސް ލިބިފައިވާ ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފުވަމުންދާ ނަމަ، އަދި އެކަން ރަނގަޅުކުރުމަށް އެންގުމުން، ރަނގަޅުނުކޮށްފި ނަމަ އެ ފަރާތެއްގެ ޕްރޮގްރާމުގެ ށެޑިއުލްގެ ބައެއް ވަގުތީގޮތުން މެދުކަނޑައިލުމަށް އެންގުން.

(ކ) ލައިސަންސް ލިބިފައިވާ ފަރާތަކުން ފޮނުވާ ކޮންޓެންޓަކީ، އިސްލާމްދީނާއި ގައުމީ ސަލާމަތާއި އާންމު ނިޒާމަށް ނުވަތަ އާންމު ޞިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތައް މެދުވެރިކޮށް ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުން ހުއްޓުވުން.

(އ) އެއްވެސް ފަރާތަކުން ލައިސަންސެއް ނެތި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތެއް ފޯރުކޮށްދޭ ނަމަ، ނުވަތަ ކޮމިށަނުން ދޫކޮށްފައިވާ ލައިސަންސެއް ކޮމިށަނުގެ ހުއްދަ ނުހޯދައި ބަދަލުކޮށްފި ނަމަ، އެފަދައިން ފޯރުކޮށްދޭ ހިދުމަތެއް ހުއްޓައިލުމަށް އެންގުން ނުވަތަ އެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ޖޫރިމަނާކުރުން. ނުވަތަ އެކަން ކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުން ނުވަތަ އެ ފަރާތެއް ޖޫރިމަނާކުރުމާއެކު އެކަން ކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުން. އަދި މި އަކުރުގައިވާ ގޮތުގެ މަތީން ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އާލާތެއް ހިފެހެއްޓުމަށް ކޮމިށަނުން ނިންމައިފި ހިނދެއްގައި، ކޯޓު އަމުރެއްގެ ދަށުން އެ އާލާތް ހިފެހެއްޓުމަށް އެދި ފުލުހުންނަށް ކޮމިށަނުން ހުށަހަޅަންވާނެއެވެ.

(ވ) ލައިސަންސް ލިބިފައިވާ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމަށްފަހު، ކޯޓުން ނިންމާ ގޮތެއްގެ މަތީން ލައިސަންސް ބާތިލުކުރުން. މިގޮތުން ލައިސަންސް ބާތިލުކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ލައިސަންސް ބާތިލުކުރުމާ ގުޅޭގޮތުން ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

 

21 ވަނަ މާއްދާ - ނޫސް، މަޖައްލާއާމެދު ފިޔަވަޅުއެޅުން

ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި އެ ގާނޫނުގެ ދަށުން ކޮމިށަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ މައްސަލައިގެ ކުޑަބޮޑުމިނަށާއި، ގާނޫނާ ހިލާފުވުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް އެ ފަރާތަކާމެދު އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އިދާރީ ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) ނޫހަށް ނުވަތަ މަޖައްލާއަށް އެ ކަމެއް ރަނގަޅުކުރަން އެންގުން.

(ށ) ނޫހަކަށް ނުވަތަ މަޖައްލާއަކަށް ދެވޭ އިންޒާރެއް އާންމުކޮށް ށާއިޢުކުރުން.

(ނ) ކޮމިށަނުން އަންގާ ވަގުތެއްގައި ކޮމިށަނުން އަންގާ ގޮތެއްގެ މަތީން، ކުށުގެ އިސްލާހު އާންމުކުރުމަށް، ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް އާންމުކުރުމަށް ނޫހަކަށް ނުވަތަ މަޖައްލާއަކަށް އެންގުން.

(ރ) ކުށް އިޞްލާހުކޮށް، އެ ކުށް ތަކުރާރުވިޔަނުދިނުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމަށް ނޫހަކަށް ނުވަތަ މަޖައްލާއަކަށް އެންގުން.

(ބ) ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި، އެ ގާނޫނުގެ ދަށުން ކޮމިށަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ އެ ނޫހެއް ނުވަތަ އެ މަޖައްލާއެއް، 5,000 (ފަސް ހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ޅ) ނޫހަކުން ނުވަތަ މަޖައްލާއަކުން ށާއިޢުކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި، ގައުމީ ސަލާމަތާއި އާންމު ނިޒާމަށް ނުވަތަ އާންމު ޞިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތައް މެދުވެރިކޮށް، އެ ކޮންޓެންޓެއް ށާއިޢުކުރި ވަސީލަތެއް ހުއްޓުމަކަށް ގެނައުން.

(ކ) ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ ރަޖިސްޓަރީ ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމަށްފަހު ކޯޓުން ނިންމާ ގޮތެއްގެ މަތީން ރަޖިސްޓަރީ ބާތިލުކުރުން، މިގޮތުން ރަޖިސްޓަރީ ބާތިލުކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި، ރަޖިސްޓަރީ ބާތިލުކުރުމާ ގުޅޭގޮތުން، ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ ފިޔަވަޅުއެޅުން 

ގާާނޫނާއި އެ ގާނޫނުގެ ދަށުން ކޮމިށަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ، މީޑިއާގައި މަސައްކަތްކުރާ ފަރާތެއް ނުވަތަ ނޫސްވެރިޔަކު ހިލާފުވެއްޖެ ނަމަ، އެ ފަރާތަކާމެދު އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް، ފިޔަވަޅު އެޅުމުގެ ބާރު، ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) މި ގާނޫނާ ހިލާފަށް ކުރި ކަމެއް ރަނގަޅުކުރަން އެންގުށް.

(ށ) އާންމުކޮށް މާފަށް އެދެން އެންގުށް.

(ނ) ކޮމިށަނުން އަންގާ ވަގުތެއްގައި، ކޮމިށަނުން އަންގާ ގޮތެއްގެ މަތީނ،ް ކުށުގެ އިޞްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް އާންމުކުރުމަށް އެންގުށް.

 

23 ވަނަ މާއްދާ - ކޮމިށަނުން އަންގާ އެންގުންތަކަށް ޢަމަލުކުރުން

މި ގަވާއިދުގެ ދަށުން ފިޔަވަޅެއް އަޅަންޖެހ ކަމަށް ކޮމިށަނުން ކަނޑައަޅާ ހާލަތްތަކުގައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ޓަކައި އަންގަންޖެހ އެންގުންތައް އެންގުމުގެ އިހުތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ. އަދި އެ އެންގުތަކަށް ޢަމަލުކުރަމުންދާ މިންވަރު ކޮމިށަނުން ބަލަންވާނެއެވެ.

 

24 ވަނަ މާއްދާ - ކޮމިށަނުން އަންގާ އެންގުމަށް ތަބާނުވުން

މި ގަވާއިދުގެ ދަށުން އަންގާ އެންގުމަކަށް ޢަމަލުކުރުމުގައި އެ ފަރާތަކުން އިހުމާލުވެއްޖެ ހާލަތެއްގައި، ގާނޫނުގެ 70 ވަނަ މާއްދާއިން ފެށިގެން 72 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކާ އަދި މި ގަވާއިދުގައި ކަނޑައެޅިފައިވާ ފިޔަވަޅުތަކާ އެއްގޮތްވާ ގޮތުގެ މަތީން އިތުރު ފިޔަވަޅު އެޅުމުގެ އި ހުތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ގާނޫނުގައިވާ ގޮތުގެ މަތީން އިތުރު ފިޔަވަޅުތައް އެޅުމާއި، ފިޔަވަޅުތައް ހަރުކަށިކުރުމުގެ އިހުތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - ފިޔަވަޅު އަޅައިފައިވާ ފަރާތްތަކުގެ ދަފުތަރު

(ހ) މި ގަވާއިދުގެ ދަށުން ފިޔަވަ ޅު އެޅ ފަރާތްތަކާ މެދު އަޅައިފައިވާ ހުރިހާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކާ ގުޅުންހުރި ތަފުސީލުތައް ބަޔާންކޮށް، ކޮމިށަނުން ދަފުތަރެއް ބަލަހައްޓަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅައިފައިވާ ނަމަ، އެ ފިޔަވަޅު އަޅައިފައިވާ ސަބަބު، ކޮމިށަނުން ދަފުތަރުކުރަންވާނެއެވެ.

 

26 ވަނަ މާޢްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މައްސަލަ" ކަމުގައި ބުނެފައި އެވަނީ، ބްރޯޑްކާސްޓް ލައިސަންސިންގއާއި، ނޫސް މަޖައްލާގެ ރަޖިސްޓަރީއާ ގުޅުންހުރި މައްސަލަތަކަށެވެ.

(ށ) "ށަކުވާ" ކަމުގައި ބުނެފައި އެވަނީ، ބްރޯޑްކާސްޓްކުރާ ކޮންޓެންޓާއި ށާއިޢުކުރާ ކޮންޓެންޓާ ގުޅުންހުރި ށަކުވާތަކަށެވެ.

(ނ) "މޮނިޓަރިންގ" ކަމަށް ބުނެފައި އެވަނީ، މީޑިއާގެ ކޮންޓެންޓް (ހަބަރާއި ބްރޯޑްކާސްޓްތައް ހިމެނޭ ގޮތަށް) މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުން ބަލައި ދިރާސާކޮށް ވަޒަންކުރުމުގެ ނިޒާމަށާއި، އެކަން ކުރާ ގޮތަށެވެ.

(ރ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލ ށަންގެ ގާނޫނު) އަށެވެ.

(ބ) "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނަށެވެ.

(ޅ) "ސުލޫކީ މިންގަނޑު" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން އެކުލަވައިލައިފައިވާ "ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ
ސުލޫކީ މިންގަނޑަށެވެ.

(ކ) "ކުށް" ކަމަށް ބުނެފައި އެވަނީ، ގާނޫނާ ނުވަތަ ގަވާއިދާ ނުވަތަ ސުލޫކީ މިންގަނޑާ ހިލާފަށް ކުރާ ކަންކަމަށާއި، ނުކޮށް ދޫކޮށްލާ ކަންކަމަށެވެ.

(އ) "ތަކުރާރުކޮށް ކުރާ ކުށް" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ކުރިން ފިޔަވަޅު އަޅައިފައިވަނިކޮށް ފިޔަވަޅު އަޅައިފައިވާ ހަމަ އެ ބާވަތުގެ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުން ނުވަތަ ށާއިޢުކުރުން ނުވަތަ ގާނޫނާ ނުވަތަ ގަވާއިދާ ނުވަތަ ސުލޫކީ މިންގަނޑާ ހިލާފުވާ ކޮންޓެންޓް އަނެއްކާ ވެސް ބްރޯޑްކާސްޓްކުރުމަށް ނުވަތަ ށާއިޢުކުރުމަށެވެ.

 

27 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

 

(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

 

ޖަދުވަލު 1

ށަކުވާ ހުށަހަޅާ ފޯމު

 

ޖަދުވަލު 2

ހެކިންގ ލިސްޓް

 

މައި ގާނޫނު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2025-16)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު