މީޑިއާތަކަށް 2025 ވަނަ އަހަރު މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު
(އުސޫލު ނަންބަރު 2025-35)
(މި އުސޫލަށް އަމަލުކުރަން ފެށީ 25 ޑިސެމްބަރު 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް 2025 ވަނަ އަހަރު މާލީ އެހީތެރިކަން ދިނުމުގެ އެންމެހައި އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރުމަށް އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔަނީ، "މީޑިއާތަކަށް 2025 ވަނަ އަހަރު މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް، ދައުލަތުގެ ބަޖެޓުން އިންސާފުވެރިކަމާއެކު، މާލީ އެހީ ލިބޭކަން ކަށަވަރުކުރުމެވެ.
3 ވަނަ މާއްދާ - ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޫކުރާނެ މީޑިއާތައް
(ހ) ގާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އަމިއްލަ މީޑިއާތައް.
(ށ) ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގެ 45 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ނޫސްމަޖައްލާތަކުގެ ދަފުތަރުގައި ހިމެނޭ އަމިއްލަ މީޑިއާއެއް ކަމުގައި ވުން.
4 ވަނަ މާއްދާ - މާލީ އެހީ ދޫކުރުމުގައި ފުރިހަމަވާންޖެހޭ ށަރުތުތައް
މި އުސޫލުގެ ދަށުން މާލީ އެހީ ދޫކުރެވޭނީ، 2024 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީކޮށް ލައިސަންސް ލިބިގެން މެދުނުކެނޑި ހިންގަމުންގެންދާ އަމިއްލަ މީޑިއާތަކަށެވެ.
5 ވަނަ މާއްދާ - އެހީގެ ގޮތުގައި ފައިސާ ދޭ މިންވަރު
މި އުސޫލުގެ ދަށުން "ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް އެހީގެ ގޮތުގައި ފައިސާ" ދޫކުރާނީ، 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ ތެރެއިން، ހިލޭ އެހީ، އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އައު ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ، އަދި ވަކި ކަމަކަށް ހިމަނައިފައިވާ ފައިސާ ނުހިމަނައި ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ %0.1 (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) އަށްވާ ފައިސާއެވެ.
6 ވަނަ މާއްދާ - އެހީއަށް އެދި ހުށަހެޅުން
(ހ) މި އުސޫލުގެ ދަށުން މާލީ އެހީއަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ކޮމިށަނުން އިއުލާނު ކުރަންވާނެއެވެ.
(ށ) މާލީ އެހީތެރިކަން ހޯދުމަށް ހުށަހަޅާ ފަރާތުގައި، މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ނ) މި އުސޫލުގެ ދަށުން މާލީ އެހީއަށް އެދި ހުށަހަޅާނީ، މި ކޮމިށަނުން އިއުލާނުކުރުމުން އެކަމަށް ޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވެ، އޭގައި ބަޔާންކުރާ ހުރިހައި ލިއެކިޔުންތަކާ އެކުގައެވެ. މާލީ އެހީ ހޯދުމަށް އެދޭ ކޮންމެ މީޑިއާއަކުން ވެސް، ޕޯޓަލުގައި ރަޖިސްޓަރީވާންޖެހޭނީ 1 (އެކެއް) ފަހަރުއެވެ.
(ރ) މާލީ އެހީއަށް އެދި މީޑިއާތަކުން އެޕްލިކޭށަން ހުށަހެޅުމާއެކު، އެ އެޕްލިކޭށަނަކަށް ލިބޭ ވަގުތީ މާކްސް، ޕޯޓަލުގެ ތެރެއިން އެ މީޑިއާއަކަށް ފެންނަން ހުންނާނެއެވެ.
(ބ) މީޑިއާތަކުން ހުށަހަޅާ ލިޔެކިޔުންތަކާއި މައުލޫމާތުގެ ސައްހަކަން މި ކޮމިށަނުން ކަށަވަރުކުރުމަށްފަހު، އެހީއަށް އެދި ހުށަހެޅި ފަރާތަށް ލިބުނު މާކްސް، ޕޯޓަލް މެދުވެރިކޮށް އާންމުކޮށް ފެންނާނޭހެން އަދާހަމަކޮށްފައި ހުންނަންވާނެއެވެ.
(ޅ) މި އުސޫލުގެ ދަށުން ކޮންމެ މީޑިއާ ހައުސްއަކުން ހުށަހެޅޭނީ 1 (އެކެއް) އެޕްލިކޭށަން ފޯމެވެ. ކޮންމެ މީޑިއާ ހައުސްއަކުން އިހުތިޔާރުކުރެވޭނީ ގިނަވެގެން 2 (ދޭއް) މީޑިއަމްއެކެވެ. ނަމަވެސް، މީގެ ތެރޭގައި އެއްވައްތަރެއްގެ ދެ މީޑިއަމްއެއް އިހުތިޔާރެއް ނުކުރެވޭނެއެވެ.
7 ވަނަ މާއްދާ - މާކްސް ދޭ މިންގަނޑ
(ހ) މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ލިބޭ މީޑިއާތައް ކަނޑައެޅުމަށް މާކްސް ދިނުމުގައި ބަލާނެ ކަންތައްތައް ތިރީގައި މިވަނީއެވެ. މި ކަންތައްތަކަށް ރިއާޔަތްކޮށް މާކްސް ދެވޭ މިންގަނޑު، މި އުސޫލުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.
- މީޑިއާގެ މުއްދަތު
- މުވައްޒަފުންގެ އަދަދު؛
- މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން: (ބިޒްނަސް ޕްލޭން)؛
- ކޮންޓެންޓާއި ބާވަތް؛
- މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ؛
- އިދާރީ އިންތިޒާމުތައް.
(ށ) މާލީ އެހީތެރިކަމަށް އެދި ހުށަހަޅާ އެއްވެސް މީޑިއާއަކާމެދު 2024 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 31 ވަނަ ދުވަހާ ހަމަޔަށް، ބްރޯޑްކާސްޓް މީޑިއާއާއި އޮންލައިން މީޑިއާ ހިމެނޭ ގޮތުން ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާއި ގާނޫނު ނަންބަރު 2008-15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނު) ގެ ދަށުން ފިޔަވަޅެއް އަޅައި، އެ އެޅި ފިޔަވަޅެއް އާންމުކޮށްފައިވާ ނަމަ، އެ މީޑިއާއަކުން ހުށަހެޅި އެޕްލިކޭށަނުން ކޮންމެ ފިޔަވަޅަކަށް 3 (ތިނެއް) މާކުހުގެ މަގުން މާކްސް އުނިކުރެވޭނެއެވެ.
8 ވަނަ މާއްދާ - މާލީ އެހީ ލިބޭނެ ފަރާތްތައް ކަނޑައެޅުން
(ހ) ކޮންމެ މީޑިއާއަކަށް ލިބޭ މާލީ އެހީ ކަނޑައަޅާނީ، މި އުސޫލުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީންނެވެ.
(ށ) މި އުސޫލުގެ ދަށުން ލިބޭ މާކުހާމެދު ހިތްހަމަނުޖެހޭ ނަމަ، ލިބޭ މާކްސް އާންމުކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެކަން މުރާޖާކުރުމަށް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
(ނ) މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ، މި އުސޫލުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވެރިފިކޭށަނަށްފަހު، 60 (ފަސްދޮޅަސް) މާކުހުން ފެށިގެން މަތިން ލިބޭ މީޑިއާތަކަށެވެ.
9 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި މުރާޖާކުރުން
(ހ) މި އުސޫލުގެ ދަށުން މުރާޖާކުރަން ހުށަހެޅޭނީ، އެހީއަށް އެދި ހުށަހެޅި ފަރާތަކަށެވެ.
(ށ) މި އުސޫލުގެ ދަށުން ށަކުވާއެއް ހުށަހެޅޭނީ އެ މީޑިއާއަކާ ގުޅޭގޮތުން މަސްލަހަތު އޮތް ފަރާތަކަށެވެ.
(ނ) މި އުސޫލުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން މުރާޖާކުރަން ހުށަހަޅާ ށަކުވާ، ކޮމިށަނުން ބަލާނެއެވެ.
10 ވަނަ މާއްދާ - މާލީ އެހީ ދޫކުރުން
މާލީ އެހީގެ ގޮތުގައި ފައިސާ ދޫކުރާނީ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭށަން އެންޑް އާޓްސްއާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނާ ދެމެދު ސޮއިކުރެވުނު ނަންބަރު AGR493-MR/503/2025/1 އެމް.އޯ.ޔޫގެ ދަށުން، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދެވޭ މާލީ އެހީ މި ކޮމިށަނުން ކަނޑައެޅުމަށްފަހު އެ މީޑިއާތަކުގެ މައުލޫމާތު ޔޫތު މިނިސްޓްރީއާ ހިއްސާކުރުމުން ޔޫތު މިނިސްޓްރީން، އެ މީޑިއާތަކުގެ ނަންތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުމުންނެވެ. އެގޮތުން 2025 ވަނަ އަހަރު މާލީ އެހީ ލިބޭ ށަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމުލަ ލިބޭ އެ އަދަދު (އެކެއް) ޕޭމަންޓުގެ ގޮތުގައި ލިބޭނެއެވެ.
11 ވަނަ މާއްދާ - އުސޫލުގައި ނެތް ކަމެއް ދިމާވުން
މި އުސޫލުގައި ނެތް ކަމެއް ދިމާވެއްޖެ ނަމަ އެ ކަމެއް ހައްލުކުރާނީ މި ކޮމިށަނުންނެވެ.
12 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މީޑިއާ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގެ 45 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފުތަރުގައި ހިމެނޭ އަމިއްލަ މީޑިއާތަކާއި، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށެވެ.
(ށ) "ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން މީޑިއާތަކުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމަށް މި ކޮމިށަނުން ގާއިމުކޮށްފައިވާ ޕޯޓަލަށެވެ.
(ނ) "އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން މާލީ އެހީ ދިނުމަށާއި، ލިބިގަތުމަށް އެއްބަސްވެ، ޕޯޓަލް މެދުވެރިކޮށް ކޮމިށަނާއި އެ މީޑިއާއަކާ ދެމެދުގައި ވެވޭ އެއްބަސްވުމަށެވެ.
(ރ) "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަން" އަށެވެ.
ކިޔުންތެރިންގެ ހިޔާލު